ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/13 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-I-K/13
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 13/HC
-
I
-
K/2011
، މައްސަލަ ހުށަހެޅި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ދަޢުވާ ރައްދުވި ފަރާތް:
* ނަން: އަޙްމަދު ޢަބްދުލް ޤާދިރު
އައިޑީ ކާޑުނަންބަރު: A059814
* ދާއިމީ އެޑްރެސް: ނ.މާފަރު ،ރިހިފަސް
އޭރުގެ އެޑްރެސް: ނ.މާފަރު ، ރިހިފަސް
• ހުށަހެޅުނު ތާރީޚް: 16 މާޗް 2011
ނިމުނު ތާރީޚް: 16 މާޗް 2011
ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ކުށް
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ، ފަނޑިޔާރު ޔޫސުފު ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
2011/HC-I-K13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޚުލާޞާ
2011 ގައި
T
މިއީ، ނ.މާފަރު ރިހިފަސް، އަޙްމަދު ޢަބްދުލްޤާދިރު (ދ.ރ.ކ.ނަންބަރ:A059814)، 05 ފެބްރުއަރީ
ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބަށް ކުރިމަތި ލުމުގެ ގޮތުން އިލެކްޝަންސް
ކޮމިޝަނަށް ހުށަހެޅި "ވޯކަލް ކައުސިލްތަކުގެ މެމްބަރުކަމަށް ކުރިމަތި ލުމަށް އެދޭ ފޯމް" ގައި، މީނާއަކީ ޤާނޫނު
ނަންބަރ: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ބުނެފައިވާ
ޝަރުޠުތައް ފުރިހަމަ ވެފައިވާ މީހެއްކަމަށާއި، އެފޯމުގައިވާ މަޢުލޫމާތު ތަކަކީ ޞައްޙަ މަޢުލޫމާތު ތަކެއްކަމަށް
އަޙްމަދު ޢަބްދުލްޤާދިރު އިޤްރާރުވެ، އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ދޮގު
މަޢުލޫމާތު ދީފައިވާކަމަށްބުނެ، ޤާނޫނު ނަންބަރ:11/2008 (އިންތިޚާބު ތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ
މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން އަޙްމަދު ޢަބްދުލްޤާދިރުގެ މައްޗަށް
ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓާރ ޖެނެރަލްގެ ފަރާތުން ކުރުމުން ބަލާފައިވާ އިންތިޚާބާބެހޭ
ކުށުގެ މައްސަލައެކެވެ.
3x
9439ވ
ފާހަގަކުރެވުނު ނުކުތާތައް:
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:83/2011 "އިންތިޚާބާބެހޭ ކުށުގެ މައްސަލަ ހުށަހަޅާފައިވާ ފޯމް"
އިން، ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބާބެހޭ ކުށުގެ މިމައްސަލައަށާއި،
އެމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެއޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލަ ރައްދުވާ އަޙްމަދު ޢަބްދުލްޤާދިރުގެ ފަރާތުން ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅިގެން
ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) އިސްވެ ބަޔާން ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:83/2011 "އިންތިޚާބާބެހޭ ކުށުގެ
މައްސަލަ ހުށަހަޅާފައިވާ ފޯމް" އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން، ނ.މާފަރު ރިހިފަސް، އަޙްމަދު
ޢަބްދުލްޤާދިރުގެ މައްޗަށް ހުށަހަޅާފައިވާ އިންތިޚާބާބެހޭ ކުށުގެ ދަޢުވާގައި ބުނެފައިވާފަދައިން،
ފެބްރުއަރީ 2011 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތި ލުމުގެ ގޮތުން
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް" ގައި،
05
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
226މި
3
2011 HC-I-K/13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދޮގު މަޢުލޫމާތު ދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާ ބުނުމާއި ގުޅިގެން އަޙްމަދު
ޢަބްދުލްޤާދިރު އިންކާރުކޮށް ދައްކާފައިވާ ވާހަކައަށް ބަލާއިރު، ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު:2002/AC/967
ޤަޟިއްޔާއިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި އޭނާ ކޯޓުން ބޭރުގައި ދައްކާފައިވާކަމަށާއި، ނަމަވެސް
އެފަދައިން އެފައިސާ ދައްކާފައިވާކަން ސާބިތު ކޮށްދެވޭނެ ގޮތެއް ނެތްކަމަށް ބުނެފައިވާކަން
44 44 3
ފަހަގަ
ހކAއވެ"
(ނ) ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައްސަލަ ސާބިތު ކުރުމަށް ހެކީގެ ގޮތުގައި
ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި އަޙްމަދު ޢަބްދުލްޤާދިރު
ބައިވެރިވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމާއި، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރ:18/SC
-
E/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ ހުށަހަޅާފައިވާކަން
ފާހަގަކުރެވޭކަމާއި،
މީގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި އަޙްމަދު ޢަބްދުލްޤާދިރު
ބައިވެރިވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމަށް ބަލާއިރު، އެފޯމުގައި
"ކެންޑިޑޭޓުގެ އިޤްރާރު" މި ސުރުޚީގެ ދަށުގައިވާ ލިޔުމުގައި، "ލޯކަލް ކައުންސިލްގެ އިންތިޚާބަށް، މިފޯމުގައި
ބަޔާން ކޮށްފައިވާ ނ.މާފަރު ރަށު ކައުންސިލަށް ކުރިމަތިލުމަށްއެދި އަޅުގަޑު ހުށަހަޅާމެވެ. އަޅުގަޑަކީ ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު (ޤާނޫނު ނަންބަރ:10/2010) ގެ 12 ވަނަ މާއްދާގައި ބުނާ ޝަރުޠުތައް
ފުރިހަމަވާ މީހެއްކަމަށާއި، މިފޯމުގައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތު ކަމަށާއި، އަދި މިފޯމާއެކު ހުށަހަޅާފައިވާ
ހުރިހާ ތަކެއްޗަކީ ޞައްޙަ ތަކެތި ކަމަށާއި، ޙަޤީޤަތާއި ޚިލާފް މަޢުލޫމާތެއް ހިމަނާފައިވާނަމަ ކެންޑިޑޭޓްކަން ބާޠިލް
ކުރެވޭނޭކަން ދެނެހުރެ އަޅުގަޑު އަޙްމަދު ޢަބްދުލްޤާދިރު އިޤްރާރުވަމެވެ." މިފަދައިން ބަޔާންކޮށްފައިވާ ލިޔުމުގެ
ތިރީގައި ސޮއިކުރުމަށް ކަނޑައެޅިފައިވާ ބައިގައި ސޮއިކޮށް، "އަޙްމަދު ޢަބްދުލްޤްދިރު! ރިހިފަސް" ގެ ނަން
ލިޔެފައިވާކަން ފާހަގަކު
ގަކުރެވެއެވެ.
އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ:18/SC
-
E/2011 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ އަށް ބަލާއިރު، ނ.މާފަރު ރިހިފަސް، އަޙްމަދު ޢަބްދުލްޤާދިރަކީ ކުރީގެ
ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2002/AC/967 ޤަޟިއްޔާއިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި، ޙުކުމާ
އެއްގޮތަށް ދައްކަމުން ނުދާ މީހެއްކަން މިހާރުގެ ފެމިލީކޯޓުގެ ނަންބަރު A2
/
2011
/
156-146 (01 ޖެނުއަރީ
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2011/HC-I-K13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މީހަކު،
2011) ގެ ލިޔުމުން އެނގެން އޮންނަކަމަށް ބަޔާން ކުރައްވައި، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް
ޙުކުމާ އެއްގޮތަށް އެދަރަނި އަދާކުރަމުން ނުދާނަމަ، ޤާނޫނު ނަންބަރ: 10/2010 (ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) 1 ވަނަ ނަންބަރުގެ ދަށުން އެމީހަކަށް ލޯކަލް ކައުންސިލްގެ
އިންތިޚާބުގައި ބައިވެރި ނުވެވޭނޭކަމަށް ބަޔާންކުރައްވައި، ނ.މާފަރު ރިހިފަސް، އަޙްމަދު ޢަބްދުލްޤާދިރަކީ ލޯކަލް
ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް އެޕްލިކޭޝަން ފޯމް ހުށަހެޅިއިރު،
އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ޙުކުމާ އެގޮތަށް އެދަރަނީ އަދާ ކުރަމުން ނުދާ މީހެއްކަން ޝަރީޢަތަށް
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާކަން ފާހަގަކުރެވެއެވެ.
(ނ) ޤާނޫނު ނަންބަރ: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 20 ވަނަ
މާއްދާގެ (ހ) އަށް ބަލާއިރު، އެ ޤާނޫނުގެ 14 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަންތައް ފިޔަވައި، ތާއީދު
ހޯދުމަށް މަސައްކަތް ކުރުމާއި، ވޯޓު ނެގުމަށް ތައްޔާރު ވުމާއި ގުޅޭގޮތުންނާއި، ވޯޓު ނެގުމާއި، ވޯޓު ގުނުމާއި،
ނަތީޖާ އިޢުލާން ކުރުމާއި، އިންތިޚާބާބެހޭ ޝަކުވާއާއި، ފައިސާއާއި، މާލީ ކަންކަމާއި ގުޅޭގޮތުންނާއި،
އިންތިޚާބާބެހޭ ކުށާއި، އަދަބާއި ގުޅޭގޮތުން ލޯކަލް ކައުންސިލްތަކުގެ އިނތިޚާބުގައި ޢަމަލު ކުރަންވާނީ ޤާނޫނު
ނަންބަރު:11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައި އެކަންކަމާއި ގުޅޭގޮތުން ކަނޑައެޅިފައިވާ ގޮތުގެ
މަތީންކަމަށް ބަޔާން ކޮށްފައި އޮންނަ އޮތުމުންނާއި،
އެމާއްދާގެ (ށ) ގައި، އެމާއްދާގެ (ހ) ގައި އެހެން އޮތްނަމަ
ރަމަވެސް، ޤާނޫނު ނަންބަރު:11/2008
(އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) އާއި، އެޤާނޫނުގެ 25 ވަނަ މާއްދާއާއި،
އެޤާނޫނުގެ 66 ވަނަ މާއްދާއާއި، އެޤާނޫނުގެ 67 ވަނަ މާއްދާއާއި، އެޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން
ކުރަންޖެހޭ ކަންތައްތައް ކުރުން ޤާނޫނު ނަންބަރު: 10/2010 ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ
ބޭނުމަށްޓަކައި، އެޤާނޫނުގެ ދަށުން ބޭއްވޭ ކައުންސިލްތަކުގެ އިންތިޚާތަކުގެ މައްޗަށް ނުހިނގާނެކަމަށް ބަޔާން
ކޮށްފައި އޮތްއޮތުމުން، އިންތިޚާބާބެހޭ ކުށާއި، އަދަބު ޢަމަލު ކުރަންޖެހޭނީ ޤާނޫނު
ނަންބަރު:11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީންކަން
LG OL
2 2x2&2
کر میر
އދ ވ2 2
2
4
2
مکمل کرو ہو
(ރ) އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންތައްތައް އެގޮތުގެ މަތީން ހުރުމާއެކު،
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި އަޙްމަދު ޢަބްދުލްޤާދިރު ބައިވެރިވުމަށް އެދި އިލެކްޝަންސް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
2011/HC-I-/13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކޮމިޝަނަށް ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުގައި އަޙްމަދު ޢަބްދުލްޤާދިރު ވެފައިވާ އިޤްރާރމުގައި، އޭނާއަކީ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު (ޤާނޫނު ނަންބަރ.10
/
2010) ގެ 12 ވަނަ މާއްދާގައި ބުނާ
ޝަރުޠުތައް ފުރިހަމަވާ މީހެއްކަމަށާއި، އެފޯމުގައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތު ކަމަށް ބުނެފައިވާ ބުނުމަކީ
ޙަޤީޤަތާއި ޚިލާފަށް ބުނެފައިވާ ބުނުމެއްކަމާއި، އަޙްމަދު ޢަބްދުލްޤާދިރު ގެ އެ އިޤްރާރުގެ ސަބަބުން ޤާނޫނު
ނަންބަރު:11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ ދަށުން އަޙްމަދު
ޢަބްދުލްޤާދިރު ކުށްވެރިވާކަމާމެދު މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާޤުވާކަން
ދެ ތ ދ9 44
44
0ހ ޤާކނުވެއެވެ"
ޙުކުމް:
ވީމާ 05 ފެބްރުއަރީ 2011 ދުވަހު ބޭއްވުނު " ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011" ގެ
ނ.މާފަރު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލި މިއީ، ނ.މާފަރު!ރިހިފަސް، އަޙްމަދު ޢަބްދުލްޤާދިރު
(ދ.ރ.ކ.ނަންބަރ:A059814) އަކީ، އެ އިންތިޚާބަށް ކުރިމަތި ލުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް
ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް" ގައި ދޮގު މަޢުލޫމާތު
ދީފައިވާކަމަށްބުނެ، ޤާނޫނު ނަންބަރ:11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ
(ހ) ގެ 01 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން އަޙްމަދު ޢަބްދުލްޤާދިރުގެ މައްޗަށް
ޕްރޮސިކިއުޓާރ ޖެނެރަލްގެ ފަރާތުން ދަޢުވާ ކުރުމުން ބެލުނު މިޤަޟިއްޔާގައި އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް
ރިޢާޔަތްކޮށް ބަލާއިރު، އަޙްމަދު ޢަބްދުލްޤާދިރަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު (ޤާނޫނު
ނަންބަރ:10/2010) ގެ ވަނަ މާއްދާގައި ބުނާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމަށާއި، އަޙްމަދު
ޢަބްދުލްޤާދިރު ހުށަހެޅި ފޯމުގައި ދީފައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތު ކަމަށާއި، އަދި އެފޯމާއެކު
ހުށަހަޅާފައިވާ ހުރިހާ ތަކެއްޗަކީ ޞައްޙަ ތަކެތި ކަމަށް އިޤްރާރުވެ އެފޯމުގައި ސޮއިކޮށްފައިވާއިރު، ޤާނޫނު
ނަންބަރު:10/2010 ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގައި، ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރި ނުވެވޭނޭކަމަށް ބަޔާން ކޮށްފައިވާ ޙާލަތް ތަކުގެ ތެރެއިން "އަދާ
ކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު
ކަމުގައި ވުން" މިފަދައިން ބުނެފައިވާ ޙާލަތު އަޙްމަދު ޢަބްދުލްޤާދިރުގެ ކިބައިގައި ފުރިހަމަ ވެފައިވާކަން، ކުރީގެ
12
އެހިރާއް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2011 HC-I-K/13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2002/AC/967 ޤަޟިއްޔާއިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި، ޙުކުމާ
އެއްގޮތަށް ދައްކަމުން ނުދާ މީހެއްކަން މިހާރުގެ ފެމިލީކޯޓުގެ ނަންބަރު A2
/
2011
/
156-146 (05 ޖެނުއަރީ
2011) ގެ ލިޔުމަށް ރިޢާޔަތް ކުރައްވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ:18/SC
-
E/2011
ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުމުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި،
ޤާނޫނު
ނަންބަރ:11/2008 (އިންތިޚާބު ތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާ
ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން އިންތިޚާބަށް ކުރިމަތި ލުމުގައި ދޮގުމަޢުލޫމާތު ދިނުމުގެ ކުށުން
ނ.މާފަރު ރިހިފަސް، އަޙްމަދު ޢަބްދުލްޤާދިރު (ދ.ރ.ކ.ނަންބަރ:A059814) ކުށްވެރިވެއްޖެ ކަމަށް މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މިކުށުގެ ޢުޤޫބާތުގެ ގޮތުން އެމާއްދާގެ
(ށ) ގެ ދަށުން މި އަޙްމަދު ޢަބްދުލްޤާދިރު -/127000ރ.(ބާރަހާސް) ރުފިޔާ އިން ޖޫރިމަނާކޮށް، މިފައިސާ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ދެއްކުމަށްޓަކައި މިއަދުން (16މާރޗް 2011) ފެށިގެން 01
(އެކެއް) މަސް ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ދައްކާ ޚަލާސް ކުރުމަށް އަޙްމަދު ޢަބްދުލްޤާދިރަށް
އަންގާ އެގޮތުގެ
ގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ.
0 0
ceco
02c
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv