ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/240 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/240
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 240/HC-A/2011
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުލްޤާދިރު އަޙްމަދު
އައިޑީ ކާޑު ނަންބަރު: A073241
.
ދާއިމީ އެޑްރެސް: ޝަބްނަމްގެ/ ހއ.ދިއްދޫ
އޭރުގެ އެޑްރެސް: މއ.ފޮސީތިޔާ | މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ފިއުލް ސަޕްލައިސް މޯލްޑިވްސް ޕވޓ ލޓޑ
ރަޖިސްޓްރީ ނަންބަރު: 358
/
2000-C * މިހާރުގެ އެޑްރެސް: އެސްޓީއޯ އައިފާން ބިލްޑިންގ
ރަޖިސްޓްރީ ތާރީޚް: 14 ޛުލްޙިއްޖާ 1432
12 އޮކްޓޯބަރ 2011
* ނިމުނު ތާރީޚް: 28 ޞަފަރު 1430
10 ޖެނުއަރީ 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC
/
2010
)
1345
/
CvC/237)
ނިންމެވި ކޯޓް: ސިވިލްކޯޓް
މައްސަލައިގެ ބާވަތް: ފައިސާހޯދުން
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޔޫސުފު ޙުސައިން، ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2011/HC-A/240
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު (2010/Cv
-
C
/
2010
(
2376
/
MC/1345 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުން
އެދި ހއ.ދިއްދޫ ޝަބްނަމްގެ ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލެވިފައިވާ ޤަޟިއްޔާއެގެ
ހުށަހެޅުމުން
އކު1.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާފަރާތަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް
1 ސިވިލް ކޯޓުގެ ނަންބަރު (2010/Cv
-
C
/
2010
(
2376
/
MC/1345 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ " ޢަބްދުލްޤާދިރު އަޙްމަދުގެ ބޭނުމަށް ފިއުލް
ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެކިފަހަރު މަތިން ދޫކޮށްފައިވާ ތެލުގެ ބާވަތްތަކުގެ
އަގުގެ ގޮތުގައި ދައްކަންޖެހޭ -/1,347,750ރ. (އެއްމިލިއަން ތިންލައްކަ ސާޅީސްހަތްހާސް ހަތްސަތޭކަ
ފަންސާސް ރުފިޔާ) އާއި މިފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި
ދައްކަންޖެހޭ -/802,854
/
46ރ. (އަށްލައްކަ ދެހާސް އަށްސަތޭކަ ފަންސާސް ހަތަރު ރުފިޔާ ސާޅީސް ހަލާރި)
އާއި އެކުޖުމްލަ -/2,150,604
/
46ރ. (ދެމިލިއަން އެއްލައްކަ ފަންސާސްހާސް ހަސަތޭކަ ހަތަރު ރުފިޔާ
ސާޅީސް ހަލާރި) ދެއްކުމަށް ޢަބްދުލްޤާދިރު އަޙްމަދަށް އެންގުމުން މިފައިސާ ދައްކާފައިނުވާތީ، މިފައިސާ އެކީ
އެއްފަހަރާ ހޯދުމަށް ހއ.ދިއްދޫ ޝަބްނަމްގެ (މއ.ފޮސީތިޔާ) ޢަބްދުލްޤާދިރު އަޙްމަދުގެ މައްޗަށް ފިއުލް
ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކޮށް ފަހެޅުމުން ބެލުނު މައްސަލައެއްކަން"
އެނގޭކަމާއި،
IF
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކާއި،
މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުމުގެ މައްޗަށް ބަލައި، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ހއ.ދިއްދޫ ޝަބްނަމްގެ (މއ.ފޮސީތިޔާ) ޢަބްދުލްޤާދިރު އަޙްމަދުގެ މައްޗަށް ކުޅަ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
2011/HC-A/240
/
މައްޗަށް
44 s
coc
ހަމައެ
މިދަޢުވާއަށް ބެލިއިރު، ދަޢުވާއާއެކު ހުށަހަޅާފައިވާ ޗެކުގައިވާ ފައިސާއަކީ ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން
ދަޢުވާކުރާ ފަރާތަށް ދޭންޖެހޭ ފައިސާއެއްކަމަށް ދަޢުވާލިބޭ ޢަބްދުލްޤާދިރު އަޙްމަދު އިޢުތިރާފް ވެފައިވާކަމާއި،
ދަޢުވާއާއެކު ހުށަހެޅި ބައެއް ލިޔެކިޔުމަށް ދަޢުވާލިބޭ ފަރާތުން އެއްބަސްވެ، އަނެއްބައި ލިޔެކިޔުމަށް
އިންކާރުކުރާހިނދު، އިންކާރުކުރާ ލިޔެކިޔުމަށް އިންކާރުކޮށްފައިވަނީ އެލިޔެކިޔުމުގެ ޞައްޙަކަމުގެ
ސުވާލު އުފައްދައިކަމާއި، އެލިޔެކިޔުންތަކަކީ ޞައްޙަ ލިޔެކިޔުންތަކެއް ނޫންކަމަށް އެއްވެސް
އެއްނެތަތީއާއި، ދެފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުމަށް ބެލުމުން ދަޢުވާގައި އިޝާރާތްކުރާ
ލާތްތަކަކީ ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދު ކުރެވިފައިވާ މުޢާމަލާތްތަކެއްކަން މަދަނީ
މިންގަނޑުން ޘާބިތުވާތީ،
ދަޢުވާގައި ހޯދުން އެދިފައިވާ -/2,150,604
/
46ރ. (ދެމިލިއަން އެއްލައްކަ ފަންސާސްހާސް
ހަސަތޭކަ ހަތަރު ރުފިޔާ ސާޅީސް ހަލާރި) އަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ދަޢުވާލިބޭ ޢަބްދުލްޤާދިރު އަޙްމަދު ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅާ،
މިފައިސާ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން، މިއަދު 22
ޖޫން 2011 ދުވަހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ އެމީހަކަށްޖެހޭ
ޢަދަދަށްވުރެ މަދުނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކަމުންގޮސް، މިމުއްދަތުގެ ތެރޭގައި މިފައިސާ
ދައްކައި ޚަލާޞްކުރުމަށް ހއ.ދިއްދޫ ޝަބްނަމްގެ (މއ.ފޮސީތިޔާ) ޢަބްދުލްޤާދިރު އަޙްމަދަށް އަންގައި،
ޙުކުމްކޮށްފީމެވެ". މިފަދައިންނެވެ.
އއކށ
02- ސިވިލް ކޯޓުގެ ނަންބަރު (2010/Cv
-
C
/
2010
(
2376
/
MC/1345 ޤަޟިއްޔާ
ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި
ހއ.ދިއްދޫ ޝަބްނަމްގެ ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި
ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ޢަބްދުލްޤާދިރު
އަޙްމަދާއި ދެމެދު ކުރެވުނު މުޢާމަލާތެއްގެ ދަށުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ޢަބްދުލްޤާދިރު އަޙްމަދަށް ދޫކުރި ތެލުގެ އަގަށް މިހާތަނަށް ނުދެއްކި ބާކީއޮތް އަދަދު ޚަލާސް ކުރުވައްޖޭގެ ހައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2011/HC-A/240
ޢަބްދުލްޤާދިރު އަޙްމަދު 2 ޗެކް ދޫކޮށްފައިވާނެ ކަމަށާއި، ދަޢުވާގެ ފޯމާއެކު ހުށަހަޅާފައިވަނީ އެދެ ޗެކްކަމަށް
ޢަބްދުލްޤާދިރު އަޙްމަދު ދަންނަވާފައިވާ ދެންނެވުމުގެ މައްޗަށް ކުރައްވާފައިވާ ރިޢާޔަތަށް އޮޅުންއަރާފައިވާކަން
ކުރައްވާފައިވާ ޙުކުމްގައި ޢަދުލުވެރިކަން ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ، ބަޔާންވެ ދިޔަ ދެ ޗެކާއި އެ ދެ ޗެކަށް ނިސްބަތްވާ ލިޔުންތައް ފިޔަވައި،
ދެން ހުށަހަޅާފައިހުރި ލިޔުންތަކަކީ އެކުންފުނިން ޙައްޤުނޫން ގޮތެއްގައި މިހާރު އުފައްދައިގެން ހުށަހަޅާފައިވާ
ޞައްޙަނޫން ލިޔުންތަކެއް ކަމަށް ޢަބްދުލްޤާދިރު އަޙްމަދު ދެންނެވި ދެންނެވުމަށް ކުރެއްވި ރިޢާޔަތް އިންސާފުން
އެއްކިބާވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
(ނ) ތިންވަނަ ނުކުތާއަކީ، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކިޖެނަމަ އިތުރަށް ހިނގާ
ދުވަސްތަކަށް ޖޫރިމަނާއެއް ދައްކަންޖެހޭނެ ކަމަށް އެއްވެސް ފަހަރަކު ޢަބްދުލްޤާދިރު އަޙްމަދު އެއްބަސްވެފައި
ނުވާއިރު، ޖޫރިމަނާގެ ގޮތުގައި ޢަބްދުލްޤާދިރު އަޙްމަދު އަތުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް ލިބެންޖެހޭނެކަމަށް އެކުންފުނިން ދަޢުވާގައި ބަޔާންކޮށްފައިވާ އަދަދު ޢަބްދުލްޤާދިރު އަޙުމަދުގެ
ރުހުމާއި ދެކޮޅަށް ޢަބްދުލްޤާދިރު އަޙްމަދު އަތުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ނަންގަވައި ދެއްވުމަށް ކަނޑައެޅުއްވުމުގައި އިންޞާފުން އެއްކިބާވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ފ 3
2
3 ފ
ކަނޑައެޅުއްވުމުގައި
(ރ) ހަތަރުވަނަ ނުކުތާއަކީ، ދައްކަންޖެހޭ ކަމަށް ޝަރީޢަތަށް ޘާބިތުވާ ޢަދަދު ދެއްކުމަށް
.ގައި ބަލަންޖެހޭ ކަންތައްތަކަށް އިންޞާފުވެރި ނަޒަރަކުން ނުބައްލަވައި ކަނޑައަޅުއްވާފައިވާ
ޢަދުލުވެރިކަމެއް ބުނެ ހުށަހެޅި
ދ ގ 42 ހ
ކަނޑައެޅުއްވުމުގައި
, ތ ދދވ
,އ ނeހ2ށ
ކުe.
1345/Cv-C/2010
03- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު (2010/MC/2376)
ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ
ހއ.ދިއްދޫ/ ޝަބްނަމްގެ ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
<< O
ދިވެހިރާއްޖޭގެ
ދު، ފ ދ9 * * *
ފަހ ޤާހރަވިއެވެ"
ހައި9
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
އުފާ8 ކީމާވެސް
5
2011/HC-A/240
(ހ) ފުރަތަމަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު (2010/Cv
-
C
/
2010
(
2376
/
MC/1345
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ސިވިލްކޯޓުގައި ދަޢުވާ އުފުލާފައިވަނީ ،ޢަބްދުލްޤާދިރު އަޙްމަދުގެ ބޭނުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެކިފަހަރު މަތިން ދޫކޮށްފައިވާ ތެލުގެ ބާވަތްތަކުގެ އަގުގެ ގޮތުގައި ޢަބްދުލް
ޤާދިރު އަޙުމަދު ދައްކަން ޖެހޭ ފައިސާ ދައްކާފައި ނުވާތީ، މިފައިސާ ހޯދުމަށާއި، ފައިސާ ނުދެއްކުމުގެ
ސަބަބުން އަރާފައިވާ ޖޫރިމަނާ ފައިސާ ޢަބްދުލްޤާދިރު އަޙުމަދުގެ އަތުން ހޯދުމަށްކަން އެނގޭކަމާއި، ފިއުލް
ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޢަބްދުލްޤާދިރު އަޙުމަދާއި ދެމެދު ހިނގާފައިވާ ތެޔޮ ވިއްކުމުގެ
މިމުޢާމަލާތަކީ ލިޔެކިޔުމުން އެއްބަސްވުމެއް ހެދިގެން ކުރެވިފައިވާ މުޢާމަލާތެއްކަން އެނގެން ނެތްކަމާއި،
ތެޔޮ ވިއްކުމުގެ މުޢާމަލާތެއް ޢަބްދުލްޤާދިރު އަޙުމަދާއި ފިއުލްސަޕްލައިސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހިނގިކަމަށް އަދި މިމުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ ފައިސާގެ ތެރެއިން ބައެއް
ފައިސާ ނުދެއްކިވާކަމަށް ޢަބްދުލްޤާދިރު އަޙުމަދު އެއްބަސްވާކަން ޢަބްދުލްޤާދިރު އަޙުމަދުގެ ފަރާތުން
ސިވިލްކޯޓުގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަކަމަކީ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގަނެފައިވާ ތެލުގެ އަގުގެ
ގޮތުގައި ޢަބްދުލް ޤާދިރު އަޙުމަދު ދައްކަންޖެހި ނުދެއްކިވާ ފައިސާގެ ޖުމްލަ އަދަދަކީ -/1,347,750ރ.
(އެއްމިލިއަން ތިންލައްކަ ސާޅީސްހަތްހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) ކަމުގައި ފިއުލް ސަޕްލައިސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާއިރު، މިކަން ސާބިތުކޮށްދިނުމުގެ ގޮތުން ފިއުލް
ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދަށުކޯޓަށް ހުށައަޅާފައިވާ ހެކިތަކަކީ، ތެލުގެ
ބާވަތްތަކަށް އަގު ދެއްކުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް ޕޮލިކް ލިމިޓެޑުގައި އޮންނަ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
2011/HC-A/240
0391
ޢަބްދުލްޤާދިރު އަޙުމަދުގެ ނަންބަރު 100491002
7701 އެކައުންޓުން 24 މާރޗް 2008
ގައި ފައިސާނެގޭ ގޮތަށް ދޫކޮށްފައިވާ ނަންބަރު 001614 ޗެކާއި 27 އެޕްރީލް 2008 ގައި
ފައިސާނެގޭގޮތަށް ދޫކޮށްފައިވާ ނަންބަރު 01615 ޗެކުގެ ކޮޕީއާއި، ޢަބްދުލްޤާދިރު އަޙުމަދަށް
އެކިފަހަރު މަތިން ތެޔޮ ދޫކުރުމަށްފަހު ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ޢަބްދުލްޤާދިރު އަޙުމަދާއި ޙަވާލުކުރިކަމަށް ބުނާ އިންވޮއިސް ތަކާއި މެމޯތަކާއި ޑެލިވަރީ
ނޯޓުތަކާއި މިދެމެދުގައި އެކި ފަހަރުތަކުގެ މަތިން ބަދަލު ކުރެވިފައިވާ ސިޓީތައްކަން އެނގޭކަމާއި،
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ތެލުގެ އަގު އަދާކުރުމަށް
ޢަބްދުލްޤާދިރު އަޙުމަދުގެ ފަރާތުން ދޫކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ދެޗެކްގައިވާ ޢަދަދަށް
ޢަބްދުލްޤާދިރު އަޙުމަދުގެ
އަޙުމަދުގެ އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން އެދެޗެކު ބައުންސް
497
ވެފައިވާއިރު، އެދެޗެކުގައިވާ ފައިސާގެ ޖުމްލަ ޢަދަދަކީ -/504,000 ރ. (ފަސްލައްކަ ހަތަރުހާސް
ރުފިޔާ) ކަން އެނގޭކަމާއި، މި -/504,000 ރ. (ފަސްލައްކަ ހަތަރުހާސް ރުފިޔާ) އަކީ ޢަބްދުލްޤާދިރު
އަޙުމަދުގެ ފަރާތުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހޭ ފައިސާ އެއްކަމަށް
ޢަބްދުލް ޤާދިރު އަޙުމަދު އެއްބަސްވާކަން އެނގޭކަމާއި، އެހެންނަމަވެސް މިފައިސާގެ އިތުރަށް ފިއުލް
ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ -/843750 ރ .( އައްލައްކަ ސާޅީސް
ތިންހާސް ހަތްސަތޭކަ ފަންސާސްރުފިޔާ) އާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭކަމަށް ފިއުލް ސަޕްލައިސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނާ ފައިސާ އަކީ ޢަބްދުލް ޤާދިރު އަޙުމަދުގެ ފަރާތުން ފިއުލް ސަޕްލައިސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއް މަށްބުނެ މިފައިސާ ދެއްކުމަށް ޢަބްދުލް
ޤާދިރު އަޙުމަދުގެ ފަރާތުން ސިވިލްކޯޓުގައި އިންކާރުކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ނޫންކަމަށްه
29 ހދ38
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
7
2011/HC-A/240
(ނ) ތިންވަނަކަމަކީ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގަނެފައިވާ ތެލުގެ އަގުގެ
ގޮތުގައި ޢަބްދުލް ޤާދިރު އަޙުމަދު ދައްކަންޖެހި ނުދެއްކިވާ ފައިސާގެ ޢަދަދުކަމަށް ފިއުލް ސަޕްލައިސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނާ -/
1,347,750ރ. (އެއްމިލިއަން ތިންލައްކަ ސާޅީސްހަތްހާސް
ހަތްސަތޭކަ ފަންސާސް ރުފިޔާ) ގެ ތެރެއިން ޢަބްދުލް ޤާދިރު އަޙުމަދުގެ ފަރާތުން ފިއުލް ސަޕްލައިސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށް އެއްބަސްވާ -/504,000 ރ. (ފަސްލައްކަ ހަތަރުހާސް ރުފިޔާ)
އުނިކުރުމުން ބާކީވާ -/843750 ރ. (އެއްލައްކަ ސާޅީސް ތިންހާސް ހަތްސަތޭކަ ފަންސާސްރުފިޔާ) އަކީ
ޢަބްދުލްޤްދިރު އަޙުމަދު ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހި ދައްކާވާ
ފައިސާކަން ސާބިތުކޮށް ދިނުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސިވިލްކޯޓަށް
ހުށައަޅާފައިވަނީ އިސްވެ އިޝާރާތް ކުރެވުނު ފަދައިން އެކުންފުނީގެ އިންވޮއިސް ތަކަކާއި ޑެލިވަރީ ނޯޓު
ތަކަކާއި މެމޯތަކަކާއި ޢަބްދުލްޤާދިރު އަޙުމަދުގެ ނަމުގައި ހުރި އޯޑަރ ފޯމްތަކަކާއި މި މުޢާމަލާތާއި ގުޅިގެން
މިދެފަރާތުގެ ދެމެދުގައި ބަދަލު ކުރެވިފައިވާކަމަށް ބުނާ ސިޓީތަކެއް ކަން އެނގެން އޮންނަކަމާއި، 23
ފެބުރުއަރީ 2011 ވަނަ ދުވަހު ޢަބްދުލް ޤާދިރު އަޙުމަދު ގެ ފަރާތުން ސިވިލްކޯޓަށް ދީފައިވާ ބަޔާނުގައި،
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޝަރީޢަތަށް ހުށައެޅި މެމޯތަކާއި، އިންވޮއިސް ތަކާއި،
ޑެލިވަރީ ނޯޓު ތަކަކީ ޢަބްދުލްޤާދިރު އަޙުމަދަށް ލިބިފައިނުވާ ތަކެތި ކަމަށް ބުނެ މިލިޔުންތައް ލިބުނު ކަމުގެ
މައްޗަށާއި އެލިޔުންތަކުގައި ފާހަގަ ކޮށްފައިވާ މުޢާމަލާތް މިދެމެދުގައި ހިނގިކަމުގެ މައްޗަށް ޢަބްދުލްޤާދިރު
އަޙުމަދު ސިވިލްކޯޓުގައި އިންކާރުކޮށްފައިވާކަން އެނގޭކަމާއި، އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން ހުށައަޅާފައިވާ އިންވޮއިސްތަކުގެ ސައްޙަކަމާއި މެދުވެސް ޢަބްދުލްޤާދިރު އަޙުމަދުގެ ފަރާތުން
ސިވިލްކޯޓުގައި ސުވާލު އުފައްދާފައިވާކަން އެނގެން އޮތް އިރު، ޢަބްދުލްޤާދިރު އަޙުމަދުގެ ނަމުގައި ހުރި
އޯޑަރ ފޯމްތަކާއިމެދު އެއްޗެއް ބުނަން އެނގޭނީ އެއޯޑަރު ތަކުގެ
ބީޑީޕޯކުތަކުގެ އަސްލުފެނިގެން ކަމަށް ޢަބްދުލްޤާދިރު
އަޙުމަދުގެ ފަރާތުން ބުނެފައިވާކަން އެނގޭކަމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2011/HC-A/240
(ށ) ހަތަރުވަނަކަމަކީ، މަދަނީ، ޚުސޫމާތްތަކުގައި، ހުށައެޅޭ ދަޢުވާއަކަށް ދަޢުވާ ރައްދުވާ ފަރާތުން
އިންކާރުކޮށް ފިނަމަ، ޢާއްމު އުސޫލެއްގެ ގޮތުގައި އެދަޢުވާއެއް ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާ ކުރާ
ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢަބްދުލްޤްދިރު
އަޙުމަދުގެ އަތުން ހޯދުމަށް އެދިފައިވާ ޖުމްލަ ފައިސާގެ ޢަދަދުން -/843750 (އައްލައްކަ ސާޅީސް
ތިންހާސް ހަތްސަތޭކަ ފަންސާސްރުފިޔާ) އާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި ލިބިގަތުމަށް އެދޭ ފައިސާ
ދެއްކުމަށް ޢަބްދުލްޤާދިރު އަޙުމަދު އިންކާރު ކޮށްފައިވާކަން އެނގޭއިރު، އަދި މިފަދައިން އިންކާރު ކުރަން ޖެހޭ
ސަބަބަކީ މިފައިސާ ދައްކަންޖެހޭ ކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޙަވާލާދެމުންދާ
މުޢާމަލާތް ޢަބްދުލްޤްދިރު އަޙުމަދާއި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު
ހިނގާފައިނުވާނޭކަމަށާއި އަދި މައްސަލައާއި އެކު ހުށައެޅިފައިވާ ޗެކްތަކާއި އެޗެކްތަކާއި ގުޅިގެން ހުށައެޅިފައިވާ
ލިޔުންތައް ފިޔަވާ އެހެނިހެން ލިޔުންތަކަކީ ޢަބްދުލްޤްދިރު އަޙުމަދަށް ކުރިން ލިބިފައިވެސް ނެތް ލިޔުންތަކެއްކަން
ބުނެކަން އެނގޭއިރު، މިލިޔުންތަކުގައި ޙަވާލާދެވޭ މުޢާމަލާތްތައް ހިނގާފައިވާކަން އަދި ފިއުލް ސަޕްލައިސް
މޯލްޑިވްސް އިން ޙަވާލާދޭ ލިޔުންތައް، އެލިޔުންތަކުގައި ބަޔާންކުރާ ތާރީޚުތަކުގައި ޢަބްދުލްޤާދިރު އަޙުމަދަށް
ލިބިދިންކަމުގެ މައްޗަށް ޙުއްޖަތްދައްކާ އެކަން ސާބިތުކޮށްދިނުމަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން އުފުލަންޖެހޭ ބުރައެއްކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަކަމަކީ، ސިވިލްކޯޓުގެ ނަންބަރު (2010/Cv
-
C
/
2010
(
2376
/
MC/1345
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 6 އަދި 7 ވަނަ ނުކުތާގައި ފާހަގަކުރައްވާފައިވާ ގޮތާއި
ޚިލާފަށް، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މިދަޢުވާ ސާބިތުކުރުމަށް ހުށައެޅި
އިންވޮއިސްތަކާއި މެދު ޢަބްދުލް ޤާދިރު އަޙުމަދު އިންކާރު ކޮށްފައިވަނީ އެއިންވޮއިސްތަކުގެ ސައްޙަކަމުގެ
މައްޗަށް އެކަނި ނޫންކަން އެނގޭކަމާއި، މި އިންވޮއިސް ތަކަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން ޢަބްދުލްޤާދިރު އަޙުމަދާއި ޙަވާލުކޮށްފައިވާ އަދި އެއިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ ތާރީޚުތަކުގައްޖޭގެ ހައިg
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2011/HC-A/240
ޢަބްދުލްޤާދިރު އަޙުމަދަށް ލިބިފައިވާ އިންވޮއިސް ތަކެއް ކަމާއި މެދުވެސް ޢަބްދުލްޤާދިރު އަޙުމަދުގެ ފަރާތުން
އިންކާރުކޮށްފައިވާކަން އެނގެން އޮންނަކަމާއި، އެހެން ނަމަވެސް އިންވޮއިސް ތަކަކީ ޢަބްދުލްޤާދިރު
އަޙުމަދާއި ޙަވާލުކުރި އިންވޮއިސް ތަކެއްކަން ސާބިތުކުރުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން ސިވިލްކޯޓަށް އެއްވެސް ހެއްކެއް ހުށަހަޅާފައިވާކަން އެނގެން ނެތް އިރު، މިކަން ޝަރީޢަތުގެ
ފަރާތުން ކަށަވަރު ކޮށްފައިވާކަން ސިވިލްކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން
ނެތްކަމާއި، މީގެ އިތުރުން މައްސަލައާއި އެކު ހުށައެޅުނު ބައެއް ލިޔުންތަކަކީ ވެސް ޢަބްދުލްޤާދިރު އަޙުމަދަށް
ލިބިފައިނެތް ލިޔުންތަކެއް ކަމަށް އޭނާ ބުނާބުނުމާއި މެދު ޝަރީޢަތުގެ ފަރާތުން ދެކޭ ގޮތެއް ސިވިލްކޯޓުގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން ނެތް އިރު، ޢަބްދުލްޤާދިރު އަޙުމަދުގެ ނަމުގައި ހުރި އޯޑަރފޯމް
ތަކާއި މެދު އެއްޗެއް ބުނަން އެނގޭނީ އެތަކެތީގެ އަސްލު ފެނިގެން ކަމަށް ޢަބްދުލްޤާދިރު އަޙުމަދުގެ ފަރާތުން
ބުނެފައިވާއިރު، މިތަކެތީގެ އަސްލު ޢަބްދުލްޤާދިރު އަޙުމަދަށް ދެއްކިކަން ނުވަތަ ނޫންކަން އެނގެން ނެތްކަމާއި،
އަދި މިއޯޑަރ ފޯމް ތަކާއި މެދު ޢަބްދުލްޤާދިރު އަޙުމަދުގެ ފަރާތުން ބުނާ އެއްޗެއް ޝަރީޢަތުގެ ފަރާތުން
އިތުރަށް ސާފުކޮށްފައިވާކަން އެނގެން ނެތްކަމާއި، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ހޯދުމަށް އެދޭ ފައިސާ އަކީ ޢަބްދުލްޤާދިރު އަޙުމަދު ދައްކަން ޖެހޭ ފައިސާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ
ކުރިން އިޝާރާތްކުރެވުނު ކަންކަމާއި މެދު ޝަރީޢަތުން ދެކޭ ގޮތެއް ބަޔާންކޮށް ޢަބްދުލްޤާދިރު އަޙުމަދުގެ
ފަރާތުން އެލިޔުންތަކެއް ލިބިފައިވާކަމަށް އިންކާރު ކުރާ ލިޔުންތަކަކީ ޙަޤީޤަތުގައިވެސް އޭނާއަށް ލިބިފައިވާ
ލިޔުންތަކެއްކަން ނުވަތަ ނޫންކަން ޝަރީޢަތުގެ ފަރާތުން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ޤަބޫލުކުރެވެއެވެ.
(ޅ) ހަވަނަކަމަކީ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޢަބްދުލްޤާދިރު އަޙުމަދު ގެ
ފަރާތުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި އެއްވެސް
ވެސް އިރެއްގައި ޖޫރިމަނާގެ ފައިސާއެއް ދައްކަން
އެއްބަސްވެފައި ނުވާނެކަމަށް ޢަބްދުލްޤާދިރު އަޙުމަދުގެ ފަރާތުން ސިވިލްކޯޓުގައި ފާހަގަކޮށްފައިވާކަން އެނގެން
އޮންނައިރު، ތެޔޮ ވިއްކުމުގެ މި މުޢާމަލާތާއި ގުޅިގެން މިދެފަރާތުގެ ދެމެދުގައި ލިޔެކިޔުމުން
އްޖޭގެ
ހައިކޯޓް
އެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2011/HC-A/240
އެކުލަވާލެވިފައިނުވާކަން މިދެފަރާތުގެ ވާހަކަތަކުން އެނގޭކަމާއި، ޖޫރިމަނާގެ ފައިސާއަކީ ނެގޭނެ
ފައިސާއެއްކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދެކެނީ ޢަބްދުލްޤާދިރު
އަޙުމަދަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޮނުވި އިންވޮއިސްތަކުގައި،
އެއިންވޮއިސްގައިވާ ތާރީޚަށް ފައިސާ ދެއްކުން ލަސްވެއްޖެނަމަ، ޖޫރިމަނާނެގޭނެ ކަމަށް ބަޔާންކޮށްފައި
އޮތުމުންނާއި މި އިންވޮއިސް ތަކުގައި އެކަމަށް އެއްބަސްވެ ޢަބްދުލްޤާދިރު އަޙުމަދު ސޮއިކޮށްފާ އޮތުމުންކަމަށް
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާކަމާއި، އެހެންނަމަވެސް ފިއުލް ސަޕްލައިސް މޯލްޑިވްސް އިން އެދިފައިވާ ޖޫރިމަނާގެ ފައިސް
ސިވިލްކޯޓުން ނަގައިދޭން ކަނޑައެޅިއިރު، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޙަވާލާދޭ
އިންވޮއިސް ތައް ޢަބްދުލް ޤާދިރު އަޙުމަދަށް ލިބުނު ކަމުގެ މައްޗަށް ޢަބްދުލް ޤާދިރު އަޙުމަދު ސިވިލްކޯޓުގައި
އިންކާރުކޮށްފައިވާކަން އެނގެން އޮންނަކަމާއި، މިހެންކަމުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން ޙަވާލާދެމުންދާ އިންވޮއިސްތަކުގައިވާ ޖޫރިމަނާގެ ފައިސާއަކީ ޢަބްދުލްޤާދިރު އަޙުމަދު ދައްކަންޖެހޭ
ފައިސާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ކުރިން މިއިންވޮއިސް ތަކަކީ، އެއިންވޮއިސްތަކުގައިވާ
ތާރީޚުތަކުގައި ޢަބްދުލްޤާދިރު އަޙުމަދަށް ލިބިފައިވާ އިންވޮއިސްތަކެއްކަން ނުވަތަ ނޫންކަން ޝަރީޢަތުގެ
ފަރާތުން ކަށަވަރު ކުރަންޖެހޭކަން އެނގެއެވެ.
ވީމާ، އިސްވެ ދިޔަ ސަބަބުތައް އެގޮތަށް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢަބްދުލްޤާދިރު އަޙުމަދު
ގަނެފައިވާ ތެލުގެ ބާވަތްތަކަށް އަގު ދެއްކުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް ޕލކ ލިމިޓެޑުގައި އޮންނަ
ޢަބްދުލް ޤާދިރު އަޙުމަދުގެ ނަންބަރު 100491002
7701 އެކައުންޓުން
މާރޗް 2008 ގައި
ފައިސާނެގޭ ގޮތަށް ދޫކޮށްފައިވާ ނަންބަރު 001614 ޗެކާއި 27 އެޕްރީލް 2008 ގައި ފައިސާނެގޭގޮތަށް
ދޫކޮށްފައިވާ ނަންބަރު
:ރު 001615 ޗެކުގައިވާ ފައިސާގެ ޢަދަދު -/504,000 ރ. ( ފަސްލައްކަ ހަތަރުހާސް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
11
2011/HC-A/240
ރުފިޔާ) އަކީ ޢަބްދުލްޤާދިރު އަޙުމަދުގެ ފަރާތުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ދައްކަން ޖެހޭ ފައިސާ އެއްކަމަށް ޢަބްދުލް ޤާދިރު އަޙުމަދު އެއްބަސްވާ ފައިސާކަމުން، މިފައިސާ އަކީ
ޢަބްދުލްޤާދިރު އަޙުމަދުގެ ފަރާތުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ
ފައިސާއެއްކަމާއި، މި -/504,000 ރ. (ފަސްލައްކަ ހަތަރުހާސް ރުފިޔާ) ގެ އިތުރަށް ތެޔޮ ވިއްކުމުގެ
މިމުޢާމަލާތާއި ގުޅިގެން ޢަބްދުލްޤްދިރު އަޙުމަދުގެ ފަރާތުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް ދައްކަންޖެހޭކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނާ ފައިސާއާއި،
ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭކަމަށް ބުނާ ފައިސާއާއި މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން އިތުރަށް
ބަލަންޖެހޭކަންކަން ހުރިކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވުނު
ހިނދު މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި މިފައިސާއާއި ގުޅޭ ކަންކަން އަލުން ބަލައި
ނިންމުމަށް، ސިވިލްކޯޓަށް ތަޙްލީލުކުރުމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވޭކަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކޮށްފައިވާ ނުކުތާތައް އެގޮތަށް ހުރުމުން، ސިވިލްކޯޓުގެ ނަންބަރު
(2010/Cv
-
C
/
2010
(
2376
/
MC/1345 ޤަޟިއްޔާގައި، ފިއުލް ސަޕްލައިސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ޢަބްދުލްޤާދިރު އަޙުމަދު ގަނެފައިވާ ތެލުގެ ބާވަތްތަކަށް އަގު ދެއްކުމުގެ ގޮތުން ބޭންކް
އޮފް މޯލްޑިވްސް ޕލކ ލިމިޓެޑުގައި އޮންނަ ޢަބްދުލް ޤާދިރު އަޙުމަދުގެ ނަންބަރު 100491002
7701
އެކައުންޓުން 24 މާރޗް 2008 ގައި ފައިސާނެގޭ ގޮތަށް ދޫކޮށްފައިވާ ނަންބަރު 001614 ޗެކާއި 27
އެޕްރީލް 2008 ގައި ފައިސާނެގޭގޮތަށް ދޫކޮށްފައިވާ ނަންބަރު 001615 ޗެކުގައިވާ ފައިސާގެ ޢަދަދު
-/504,000 ރ. (ފަސްލައްކަ ހަތަރުހާސް ރުފިޔާ) އަކީ ޢަބްދުލްޤާދިރު އަޙުމަދުގެ ފަރާތުން ފިއުލް
ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހޭ ފައިސާ އެއްކަމަށް ކަނޑައަޅައި މިފައިސާ
ރާއްޖޭގެ ހައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް
12
2011/HC-A/240
COX
މިއަދުން (10 ޖެނުއަރީ 2013 } ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ އެމަހަކަށްޖެހޭ
ޢަދަދަށްވުރެ މަދުނޫން ޢަދަދެއްގެ މިންވަރެއްގެ ފައިސާ ސިވިލް ކޯޓަށް ދައްކަމުންގޮސް، މިމުއްދަތުގެ ތެރޭގައި
-/504,000 ރ. (ފަސްލައްކަ ހަތަރުހާސް ރުފިޔާ) ދައްކައި ޚަލާޞްކުރުމަށް ހއ.ދިއްދޫ ޝަބްނަމްގެ
(މއ.ފޮސީތިޔާ) ޢަބްދުލްޤާދިރު އަޙްމަދަށް އަންގައި ޙުކުމްކޮށް، މި -/504,000 ރ. (ފަސްލައްކަ ހަތަރުހާސް
ރުފިޔާ) ގެ އިތުރަށް ތެޔޮ ވިއްކުމުގެ މިމުޢާމަލާތާއި ގުޅިގެން ޢަބްދުލްޤާދިރު އަޙުމަދުގެ ފަރާތުން ފިއުލް
ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން ފައިސާއާއި، ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭކަމަށް ބުނާ ފައިސާގެ މިންވަރަކާއި މެދު
ޝަރީޢަތުގެ ފަރާތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އިތުރަށް ބަލަންޖެހޭކަންކަން ހުރިކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭތީ، މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމުގެ
އަލީގައި މިފައިސާއާއި ގުޅޭ ކަންކަން އަލުން ބަލައި ނިންމުމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ
މާއްދާގެ (ށ) ގެ ދަށުން ސިވިލްކޯޓަށް ތަޙްލީލުކޮށް މިގޮތުގެ މަތިން މިމައްސަލަބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ނ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv