ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/35 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/35
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
9
ކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 35/HC-A/2010
އިސްތިއުނާފުކުރި ފަރާތް:
ނަން: ޙަސަން ޙަބީބު
އައިޑީ ކާޑު ނަންބަރު: A037035
ދާއިމީ އެޑްރެސް: ގ.ކޮށްދިއްޕަރު!މާލެ
މިހާރުގެ އެޑްރެސް: މއ.ގްރޭވުޑް މާލެ
އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: ޢަބްދުﷲ ޢާރިފް
އައިޑީ ކާޑު ނަންބަރު: A065939
* ދާއިމީ އެޑްރެސް: މއ.އެވަރގްލޯރީމާވެ
މިހާރުގެ އެޑްރެސް: މއ.ޕިއަރސް،މާލެ
0
ރަޖިސްޓްރީ ތާރީޚް: 07 ރަބީއުލްއައްވަލް 1431
21 ފެބްރުއަރީ 2010
ނިމުނު ތާރީޚް: 30 ޛުލްޤަޢިދާ 1433
16 އޮކްޓޯބަރ 2012
އިސްތިއުނާފުކުރެވުނު
ރު ޤަޟިއްޔާ ނަންބަރު: މަދަނީ ކޯޓުގެ ނަންބަރު 2009/MC/1724
ނިންމެވި ފަރާތް: މަދަނީ ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 19.07.2009
ނިމުނު ތާރީޚް: 27.12.2009
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2010/HC-A/35
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1724 ޤަޟިއްޔާ، އެކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ގ.ކޮށްދިއްޕަރު (މާލެ ޙަސަން ޙަބީބުގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި
އިސްތިއުނާފު ރައްދުވާ ފަރާތަކީ މއ.އެވަރގްލޯރީ މާލެ ޢަބްދުﷲ ޢާރިފްއެވެ.
(l
• ފާހަގަކުރެވުނު ނުކުތާތައް:
އިސްތިއުނާފު ކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2009/MC/1724 ޤަޟިއްޔާގައި
ގ.ކޮށްދިއްޕަރު (މއ.ގްރޭވުޑް) ޙަސަން ޙަބީބު (ދ.ރ.ކާޑު ނަންބަރު A037035) އަށް މއ.އެވަރގްލޯރީ
(މއ.ޕިއާރސް) ޢަބްދުﷲ އާރިފް (ދ.ރ.ކާޑު ނަންބަރު A065939) ގެ ފަރާތުން ދީފައިވާ ފައިސާގެ ތެރެއިން
ޙަސަން ޙަބީބުގެ ފަރާތުން ޢަބްދުﷲ ޢާރިފްއަށް ރައްދުކޮށްފައިވާ ފައިސާ ކެނޑުމުން ބާކީވާ -/
245,510ރ.
(ދެލައްކަ ސާޅީސް ފަސްހާސް ފަސްސަތޭކަ ދިހަ ރުފިޔާ) ޙަސަން ޙަބީބު އެއްބަސްވެފައިވާ ފަދައިން ޢަބްދު
ޢާރިފްއާއި ޙަވާލުކޮށްފައިނުވާތީ، އެފައިސާ ހޯދައިދިނުން އެދި ޢަބްދުﷲ ޢާރިފްގެ ފަރާތުން ޙަސަން ޙަބީބުގެ
މައްޗަށް ދަޢުވާކުރުމުން، މަދަނީ ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "... ކޮއްދިއްޕަރު (މއ. ގްރޭވުޑް) ޙަސަން ޙަބީބު
(ދ.ރ.ކާޑު ނަންބަރު A037035) އަށް މއ. އެވަރގްލޯރީ (މއ. ޕިއާރސް} ޢަބްދުﷲ އާރިފް (ދ.ރ.ކާޑު
ނަންބަރު A065939) ގެ ފަރާތުން ދީފައިވާ ފައިސާގެ ތެރެއިން ޙަސަން ޙަބީބުގެ ފަރާތުން ޢަބްދުﷲ ޢާރިފްއަށް
.ދުކޮށްފައިވާ ފައިސާ ކެނޑުމުން ބާކީވާ -/
245,510ރ. (ދެލައްކަ ސާޅީސް ފަސްހާސް ފަސްސަތޭކަ ދިހަ
ރުފިޔާ) ޙަސަން ޙަބީބު އެއްބަސްވެފައިވާ ފަދައިން ޢަބްދުﷲ ޢާރިފްއާއި ޙަވާލުކޮށްފައިނުވާތީ، އެފައިސާ ހޯދާދިނުން
އެދި ޢަބްދުﷲ ޢާރިފްގެ ފަރާތުން ޙަސަން ޙަބީބުގެ މައްޗަށް ކުޅި ދަޢުވާއަށް ބަލައި ނަޒަރުކުރިއިރު،
ސީ.އައި.އެމް.އެފް ކުންފުނީގައި ބައިވެރިވުމަށް ޢަބްދުﷲ ޢާރިފްގެ ފަރާތުން ޙަސަން ޙަބީބުއާއި
ޙަވާލުކުރި 360,510ރ. (ތިންލައްކަ ފަސްދޮޅަސްހާސް ފަސްސަތޭކަ ދިހަ ރުފިޔާ) ގެ ތެރެއިން ޙަސަން ޙަބީބުގެ
ފަރާތުން އެކިފަހަރުމަތިން ޢަބްދުﷲ ޢާރިފްއާއި ޙަވާލުކޮށްފައިވާ -/
115,000ރ. (އެއްލައްކަ ފަނަރަހާސް ރުފިޔާ)
ކަނޑާ ބާކީވާ -/
245,510ރ. (ދެލައްކަ ސާޅީސް ފަސްހާސް ފަސްސަތޭކަ ދިހަ ރުފިޔާ) ޙަސަން ޙަބީބުގެ
ހދ 29 އ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
އެޗެދه , 5
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/35
ފަރާތުން ޢަބްދުﷲ ޢާރިފްއަށް އަނބުރާ ދައްކާ ޚަލާސްކުރުމަށްޓަކައި 2009 ފެބްރުއަރީ މަހުން ފެށިގެން ކޮންމެ
މީލާދީ މަހަކު -/10,000 ރ. (ދިހަހާސް ރުފިޔާ)، ކޮންމެ 15 (ފަނަރަ) ދުވަހަކުން -/
5,000ރ. (ފަސްހާސް
ރުފިޔާ) ގެ މަގުން އަދާކޮށް ނިންމުމަށް ޙަސަން ޙަބީބު އެއްބަސްވެ، 18 ފެބްރުއަރީ 2009 ދުވަހު
ސޮއިކޮށްފައިވާކަމާއި، ޢަބްދުﷲ އާރިފްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ހުށަހެޅި މަދަނީ ކޯޓުގެ ނަންބަރު
2009/MC/1986 ޤަޟިއްޔާގެ ދަޢުވާ ފޯމުން ޙަސަން ޙަބީބުގެ ފަރާތުން ޢަބްދުﷲ ޢާރިފްއަށް -/
380,510ރ.
(ތިންލައްކަ އަށްޑިހަހާސް ފަސްސަތޭކަ ދިހަ ރުފިޔާ) ދައްކަންޖެހޭކަން ހަސަން ހަބީބުގެ ފަރާތުން
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1986 ޤަޟިއްޔާގެ ދަޢުވާ
ފޯމުން ޙަސަން ޙަބީބުގެ އިޢުތިރާފުލިބޭކަމަށް ޤަބޫލުކުރާކަމަށް ޙަސަން ޙަބީބުގެ ފަރާތުން ޝަރީޢަތުގެ
މަޖިލީހުގައިބުނެ ބަޔާންދީފައިވާކަމަށްޓަކައި، ދަޢުވާގައިވާ -/
245,510ރ. (ދެލައްކަ ސާޅީސް ފަސްހާސް
ފަސްސަތޭކަ ދިހަ ރުފިޔާ) އަކީ ޙަސަން ޙަބީބުގެ ފަރާތުން ޢަބްދުﷲ ޢާރިފްއަށް ދޭންޖެހޭ ފައިސާއެއްކަން
ޘާބިތުވާކަމުގައި ކަނޑައަޅައި،
މިފައިސާ ދެއްކުމުގެ ގޮތުން 27 ޑިސެމްބަރ 2009 ދުވަހުން ފެށިގެން 06 (ހައެއް)
މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުމެ، އެމީހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް މަދަނީ ކޯޓަށް ދައްކާ
ޚަލާސްކުރުމަށް ގ. ކޮއްދިއްޕަރު (މއ. ގްރޭވުޑް) ޙަސަން ޙަބީބު އަށް އަންގައި" ޙުކުމްކުރައްވާފައިވާކަން އެ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
(2
މަދަނީ ކޯޓުގެ ނަންބަރު 2009/MC/1724 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ގ.ކޮށްދިއްޕަރު މާލެ ޙަސަން ޙަބީބުގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރަމުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް،
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
CC
ފުރަތަމަ ނުކުތާއަކީ، ޙަސަން ޙަބީބު ޢަބްދުﷲ ޢާރިފްއަށް މިޤަޟިއްޔާ ޙުކުމްކުރިއިރު
ދޭންޖެހޭ ފައިސާއެއް ނެތްހިނދު، ދޭންޖެހޭ ފައިސާއެއް އޮތްކަމަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/35
ދެވަނަ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1986 ޤަޟިއްޔާއާއި
ނަންބަރު 2009/MC/1724 ޤަޟިއްޔާއެކު އެކުގައި ހިންގަމުން އައިސް ދެޤަޟިއްޔާ ވަކިކޮށް ހިންގެވުމުން
އެއްފަރާތުން އަނެއް ފަރާތަށް ދޭންޖެހޭ ފައިސާގެ ތެރެއިން މިހާރު ފައިސާ ދޭންޖެހޭ މީހަކީ ޙަސަން ޙަބީބުއަށް
ޢަބްދުﷲ ޢާރިފްކަން އެނގޭ ޤަޟިއްޔާ ނުނިންމަވާ ޙަސަން ޙަބީބު ޢަބްދުﷲ ޢާރިފްއަށް ފައިސާ ދޭންޖެހޭކަމަށް
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، ޙަސަން ޙަބީބުގެ ފަރާތުން ޝަރީޢަތަށް ޙާޟިރުވި މުޙައްމަދު
ސަޢީދު ޙަސަން ޙަބީބުގެ ފަރާތުން މަޢުލޫމާތު ނުހޯދައި މުޙައްމަދު ސަޢީދުއަށް ފެންނަ ބަޔާނެއް ދީފައިވުމުން
މުޙައްމަދު ސަޢީދު ކަމުގެ ޙަޤީޤަތް އޮޅުވާލުމަށް ކުރި މަސައްކަތަކީ އިޢުތިރާފެއްކަމަށް ބައްލަވައި މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2009/MC/1724 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ހ)
ފުރަތަމަ ކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1724 ޤަޟިއް
ޤަޟިއްޔާއަކީ
ސީ.އައި.އެމް.އެފް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގައި ޙަސަން ޙަބީބު ބައިވެރިވުމަށްޓަކައި، ޙަސަން ޙަބީބަށް
ޢަބްދުﷲ ޢާރިފް -/
360,510ރ. (ތިންލައްކަ ފަސްދޮޅަސްހާސް ފަސްސަތޭކަ ދިހަ ރުފިޔާ) ދިނުމުން، އޭގެ
ތެރެއިން -/
115,000ރ. (އެއްލައްކަ ފަނަރަހާސް ރުފިޔާ) އެކި ފަހަރު މަތިން ޙަސަން ޙަބީބު ޢަބްދު
ޢާރިފްއަށް ދައްކާފައިވާތީ، އެ އަދަދު ކަނޑާ، ބާކީވާ -/245,510ރ. (ދެލައްކަ ސާޅީސްފަސްހާސް ފައްސަތޭކަ
ދިހަ ރުފިޔާ) އަނބުރާ ދައްކާނެގޮތަކަށް ޙަސަން ޙަބީބުއާއި ޢަބްދުﷲ ޢާރިފް ވަކިގޮތަކަށް އެއްބަސްވެފައިވާތީ،
ބުނެވުނު އަދަދު ދެފަރާތު ދެމެދުގައި އެއްބަސްވީ ގޮތަށް ޙަސަން ޙަބީބު ދައްކަމުން ނުގެންދާތީ، އެ ފައިސާ
ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްއެދި ޢަބްދުﷲ ޢާރިފްގެ ފަރާތުން މަދަނީ ކޯޓަށް ހުށަހެޅުނު މައްސަލައެއްކަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
2010/HC-A/35
1986/MC/2009
އެނގެން އޮންނަކަމާއި، އަދި ޢަބްދުﷲ އާރިފް މިޤަޟިއްޔާ މަދަނީ ކޯޓަށް ހުށަހެޅީ 19 ޖުލައި 2009 ގައިކަމާއި
އަދި އެ ޤަޟިއްޔާ ބައްލަވައި ނިންމެވީ 27 ޑިސެމްބަރ 2009 ގައިކަން ފާހަގަކުރެވޭކަމާއި،
26 އޯގަސްޓް 2009 ގައި މަދަނީ ކޯޓަށް ޙަސަން ޙަބީބުގެ ފަރާތުން މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ މައްސަލަ ހުށަހެޅުނުކަން އެނގޭކަމާއި، މަދަނީ ކޯޓުގެ ނަންބަރު
2009/MC/1986 ޤަޟިއްޔާގައި ޙަސަން ޙަބީބުކޮށްފައިވާ ދަޢުވާއަކީ ޙަސަން ޙަބީބު ހިންގަމުން ގެންދާ
ޑޯލްފިން ރެސްޓޯރަންޓުން ބަޔަކަށް އެކިދުވަސް މަތިން ކާންދެމުންގޮސް ކެއުމަށް ދިޔަ ޚަރަދު ކަމުގައިވާ
558,853
/
80ރ. (ފަސްލައްކަ ފަންސާސްއަށްހާސް އަސްސަތޭކަ ފަންސާސްތިން ރުފިޔާ އަށްޑިހަ ލާރި) އިން
ޙަސަން ޙަބީބުގެ ފަރާތުން ޢަބްދުﷲ އާރިފަށް ދޭންޖެހޭ -/
380,510ރ. (ތިންލައްކަ އަށްޑިހަ ހާސް ފަސްސަތޭކަ
ދިހަ ރުފިޔާ) ކެނޑުމުން ބާކީވާ 178,343
/
80ރ. (އެއްލައްކަ ހަތްދިހައަށްހާސް ތިންސަތޭކަ ސާޅީސްތިން
ރުފިޔާ އަށްޑިހަ ލާރި) ހޯދުމަށް ޙަސަން ޙަބީބުގެ ފަރާތުން ޢަބްދުﷲ ޢާރިފްގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްކަން
އެނގޭކަމާއި، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1986 ޤަޟިއްޔާ ބައްލަވައި ނިންމަވާފައިވަނީ 8 މާރޗް
2010 ގައިކަން ފާހަގަކުރެވޭކަމެވެ.
ހ) ދެވަނަ ކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1724 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، 21 ޑިސެމްބަރ 2009 ގައި ދަޢުވާކުރާ ޢަބްދުﷲ ޢާރިފްގެ ފަރާތުން މަދަނީ
ކޯޓަށް ޙާޟިރުވި އަބޫބަކުރު މުޙައްމަދު ޝަރީޢަތަށް ދީފައިވާ ބަޔާނަށް ބަލާއިރު، އެ ޝަރީޢަތުގެ މަޖިލިހަށް
މަދަނީ ކޯޓުގެ ނަންބަރު 2009/MC/1986 ޤަޟިއްޔާ ގެ ދަޢުވާ ފޯމުގެ ކޮޕީއެއް ހުށަހެޅިކަން އެނގެން
އޮންނަކަމާއި، އަދި އެދަޢުވާއަކީ ޙަސަން ޙަބީބު ޢަބްދުﷲ ޢާރިފްގެ މައްޗަށް ހުށަހެޅި ދަޢުވާއެއްކަމަށްވީ ހިނދު، އެ
ދަޢުވާ ފޯމުގައި ޙަސަން ޙަބީބުގެ ފަރާތުން ޢަބްދުﷲ ޢާރިފްއަށް -/
380,510ރ. (ތިންލައްކަ އަށްޑިހަ ހާސް
ފަސްސަތޭކަ ދިހަ ރުފިޔާ) ދޭންޖެހޭކަމަށް ބުނެފައި އޮތުމުން، ޙަސަން ޙަބީބުގެ ފަރާތުން ޢަބްދުﷲ ޢާރިފްއަށް
ފައިސާތަކެއް ދޭންޖެހޭކަމަށް ޙަސަން ޙަބީބު އިޢުތިރާފުވާކަމަށާއި، ޢަބްދުﷲ ޢާރިފްގެ ފަރާތުން ދަޢުވާކުރަނީ
އިސްވެ ބުނެވުނު -/380,510ރ. (ތިންލައްކަ އަށްޑިހަ ހާސް ފަސްސަތޭކަ ދިހަ ރުފިޔާ) އަށް ނޫންކަމަށާއި،
ޢަބްދުﷲ ޢާރިފް ދަޢުވާ ކުރަނީ -/
245,510ރ. (ދެލައްކަ ސާޅީސްފަސްހާސް ފައްސަތޭކަ ދިހަ ރުފިޔާ) އަށްކަމަށް
އަބޫބަކުރު މުޙައްމަދުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ
ހައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/35
ދ
642
21 ޑިސެމްބަރ 2009 ގައި ޙަސަން ޙަބީބުގެ ފަރާތުން މަދަނީ ކޯޓަށް ޙާޟިރުވި މުޙައްމަދު ސަޢީދު
ޝަރީޢަތުގެ މަޖިލިހަށްދިން ބަޔާނަށް ބަލާއިރު، ދަޢުވާކުރާފަރާތުން ދިން ބަޔާނާ މެދު އިތުރު އެއްޗެއް
މަދަނީ ކޯޓުގެ ނަންބަރު 2009/MC/1986 ޤަޟިއްޔާގެ ދަޢުވާގައި އޮތްގޮތުން، އެއީ
ޙަސަން ޙަބީބުގެ ފަރާތުން އިޢުތިރާފެއްކަމަށް ޤަބޫލުކުރެވޭކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
މަދަނީ ކޯޓުގެ ނަންބަރު 2009/MC/1724 ޤަޟިއްޔާގެ ދަޢުވާ ސާބިތުކުރުމަށްޓަކައި ޢަބްދު
ޢާރިފްގެ ފަރާތުން 18 ފެބްރުއަރީ 2008 ގައި ޙަސަން ޙަބީބު ސޮއިކޮށްފައިވާ، ޙަސަން ޙަބީބު ޢަބްދު
ޢާރިފްއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެއްބަސްވިގޮތުގެ ލިޔުމެއް
ޝަރީޢަތަށް ހުށަހެޅުނުކަން
ފާހަގަކުރެވޭކަމާއި،
މަދަނީ ކޯޓުގެ ނަންބަރު 2009/MC/1724 ޤަޟިއްޔާއަކީ ޢަބްދުﷲ ޢާރިފް ޙަސަން ޙަބީބުގެ
އަތުން ފައިސާ ހޯދުމަށްކޮށްފައިވާ ދަޢުވާއެއްކަމަށްވީ ހިނދު، އެ ދަޢުވާ މަދަނީ ކޯޓަށް ހުށަހެޅި ތާރީޚުކަމުގައިވާ
19 ޖުލައި 2009 ގެ އެއްމަހާއި އެއް ހަފްތާ ފަހުން ޙަސަން ޙަބީބުގެ ފަރާތުން ޢަބްދުﷲ ޢާރިފްގެ މައްޗަށް
މަދަނީ ކޯޓުގެ ނަންބަރު 2009/MC/1986 ޤަޟިއްޔާގައި ދަޢުވާކޮށްފައިވާކަން އެނގޭކަމާއި، މިދެ ޤަޟިއްޔާއަށް
ބަލާއިރުގައި، މި ދެ ޤަޟިއްޔާގެ މައުޟޫޢަކީ ތަފާތު ދެ ވިޔަފާރީގެ މުޢާމަލާތްކަން އެނގެން އޮންނަކަމާއި،
ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި ޝަރީޢަތުން ރިޢާޔަތްކުރާނީ ހަމައެކަނި ހުށަހެޅިފައި އޮންނަ
ދަޢުވާއަށްކަމާއި، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1724 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު
2009/MC/1986 ޤަޟިއްޔާގެ މައްސަލަ އެންމެ ފުރަތަމަ އެކޯޓުން ގެންދަވާފައިވަނީ އެއްކޮށްކަމަށް ޙަސަން
ޙަބީބުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލިހުގައި ބުނެފައިވީނަމަވެސް، ޝަރީޢަތަށް ހުށަހެޅޭ
މައްސަލަތަކުގައި، ކޮންމެ ޤަޟިއްޔާއަކުން ބަލާނީ ވަކި އެއް މުޢާމަލާތަކަށް ނުވަތަ ޙާދިސާއަކަށްކަމާއި، އަދި
ޚާއްސަގޮތެއްގައި މަދަނީ މައްސަލަތަކުގައި މިފަދައިން ޢަމަލުކުރާކަން ފާހަގަކުރެވޭކަމާއި، އަދި ޝަރީޢަތުން
ކަނޑައަޅާނީ ހަމައެކަނި ހުށަހެޅިފައިވާ ދަޢުވާއަށްކަމީ ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ޢަމަލުކުރަމުން އަންނަގޮތްކަން
އެނގޭކަމާއި،
މަދަނީ ކޯޓުގެ ނަންބަރު 2009/MC/1724 ޤަޟިއްޔާއަށާއި ހަމަ އެކޯޓުގެ ނަންބަރު
2009/MC/1986 ޤަޟިއްޔާގެ މައުޟޫޢަށް ބަލާއިރު، މިދެ މައްސަލައަކީ ތަފާތު ދެ ވިޔަފާރީގެ
މުޢާމަލަތަށްވާތީ، އެއް މައްސަލައެއްގައި ކޯޓުން ކުރައްވާ ޙުކުމަކުން މައްސަލައަށް ދާ
x
8
އަނެއް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
21/HC-A/35
އަސަރުކުރާނެކަމަށް ބެލެވެން ނެތްކަމާއި، އެހެންކަމުން، ޙަސަން ޙަބީބުއަށް ވުރެ ކުރިން ޢަބްދުﷲ ޢާރިފް މަދަނީ
ކޯޓަށް ހުށަހަޅާފައިވާ މަދަނީ ކޯޓުގެ ނަންބަރު 2009/MC/1724 ޤަޟިއްޔާގެ ޙުކުމް ކުރެއްވޭނީ ޙަސަން ޙަބީބު
މަދަނީ ކޯޓަށް ހުށަހަޅާފައިވާ ނަންބަރު 2009/MC/1986 ޤަޟިއްޔާގެ ޙުކުމް އެކޯޓުން ކުރެއްވުމަށްފަހުކަމަށް
ޙަސަން ޙަބީބުގެ ފަރާތުން ބުނާ ބުނުމަކީ އެއްވެސް ޤާނޫނީ ބުރަދަނެއް ހުރި ބުނުމެއް ނޫންކަމާއި،
މަދަނީ ކޯޓުގެ ނަންބަރު 2009/MC/1724 ޤަޟިއްޔާގެ ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހެޅުނު
ލިޔެކުއިންތަކާގުޅޭ ގޮތުން ޙަސަން ޙަބީބުގެ ފަރާތުން ކޯޓަށް ޙާޟިރުވި މުޙައްމަދު ސަޢީދު އިތުރު ވާހަކައެއް
ދައްކަންނެތްކަމަށް ބުނެފައިވުމުންނާއި އަދި މަދަނީ ކޯޓުގެ ނަންބަރު 2009/MC/1986 ޤަޟިއްޔާގެ ދަޢުވާ
ފޯމުން ޙަސަން ޙަބީބު ޢަބްދުﷲ ޢާރިފްއަށް ފައިސާތަކެއް ދޭންޖެހޭކަމުގެ އިޢުތިރާފެއްކަމަށް ބެލެވޭނެ ކަމަށް
ބުނެފައި
އޮތުމުން، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1724 ޤަޟިއްޔާގައި ޝަރީޢަތުން ޢަމަލު
ކުރައްވާފައިވަނީ ޤާނޫނީ ނު ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމަވެ.
ތިންވަނަ ކަމަކީ، ޙަސަން ޙަބީބުގެ ފަރާތުން ޝަރީޢަތަށް ޙާޟިރުވި މުޙައްމަދު ސަޢީދު
ޙަސަން ޙަބީބުގެ ފަރާތުން މަޢުލޫމާތު ނުހޯދައި މުޙައްމަދު ސަޢީދުއަށް ފެންނަ ބަޔާނެއް ދީފައިވުމުން މުޙައްމަދު
ސަޢީދު، ކަމުގެ ޙަޤީޤަތް އޮޅުވާލުމަށްކުރި މަސައްކަތަކީ އިޢުތިރާފެއްކަމަށް ބައްލަވައި މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނަޒަރުކުރިއިރު،
މުޙައްމަދު ސަޢީދުއަކީ ޙަސަން ޙަބީބުގެ ފަރާތުން ޝަރީޢަތަށް ޙާޟިރުވީ މީހެއްކަމަށް ޙަސަން
ޙަބީބުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭތީ، މުޙައްމަދު
ސަޢީދު މަދަނީ ކޯޓުގެ ނަންބަރު 2009/MC/1724 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުވީ ޙަސަން
ޙަބީބުއަށް އެނގިހުރެ، ޙަސަން ޙަބީބުގެ ރުހުމުގައިކަން އެނގޭކަމާއި، މަދަނީ މައްސަލަތަކުގައި ބަދަލު
ހަމަޖައްސަނީ ޚަސްމަކު އަމިއްލައަށް ކޯޓަށް ޙާޟިރުވުމަށް މަޤުބޫލު އުޒުރެއް އޮތުމުންކަމާއި،
ފަރާތުން ބަދަލު ހަމަޖެއްސުމަށްފަހު، ބަދަލުގައި ޙާޟިރުވާ މީހާ ދައްކާ ވާހަކަތަކަކީ އޭނާ ތަމްސީލުކުރާ މީހާ
ދައްކާ ވާހަކަތައްކަމަށް ޝަރީޢަތުން ބަލާކަމާއި، މިމައްސަލައިގައި ހުށަހެޅިފައިވާ ފަދައިން، ޚަސްމެއް ބަދަލުގައި
ހަމަޖައްސާ މީހާ ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުވެ ދައްކާފައިވާ ވާހަކަތަކަކީ އެ ޚަސްމު ދައްކަން ބޭނުންނުވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
8
2010/HC-A/35
86 ހ2 8
ހޮކު
ވާހަކަތަކެއްކަމަށްވެފައި، އަދި އޭގެ ސަބަބުން އެ ޚަސްމަށް ގެއްލުން ލިބިދީފައިވާނަމަ، އެ ޚަސްމަށް ބަދަލުގައި
ހަމަޖެއްސި ފަރާތުގެ ކިބައިން ޝަރީޢަތް މެދުވެރިކޮށް ޤާނޫނީ ފަރުވާއެއް ހޯދިދާނެކަމާއި،
ވުމުން، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1724 ޤަޟިއްޔާގައި ޙަސަން ޙަބީބުގެ
ބަދަލުގައި ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުވި މުޙައްމަދު ސަޢީދު ދައްކާފައިވާ ވާހަކަތަކަށް ޝަރީޢަތުން ރިޢާޔަތް
ކުރައްވައި އެ ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް މި މައްސަލަ ބެލި
ފަނޑިޔާރަކަށް ނުފެންނަކަމެވެ.
8 4 8 2
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު
2009/MC/1724 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ވ.ކޮށްދިއްޕަރު(މާލެ ޙަސަން ޙަބީބުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް ނެތްކަމަށް
މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެ ޤަޟިއްޔާގައި މަދަނީ
ކޯޓުން ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv