ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/175 ޤަޟިއްޔާގެ ޙުކުމް
ވެ. ދިވެހީން
1
ޤަޟިއްޔާ ނިމުނު ގޮތު
2015/HC-A/175
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 175/HC
-
A/2015
އިސްތިއުނާފު ކުރިފަރާތް:
ޞަބާޙް ރަޝީދު
އައިޑީ ކާޑު ނަންބަރު: A075800
* ދާއިމީ އެޑްރެސް: އަބުގަސްދޮށުގެ ސ. މީދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: -
* ދާއިމީ އެޑްރެސް:
ސްޓްރީކުރެވުނު
23 ރަޖަބު 1436
12 މެއި 2015
ނިމުނު ތާރީޚް: 29 ރަޖަބު 1436
18 މެއި 2015
ގ 3
334 *
އދ
އިސްތިގު ފިކުރެވުނު ކޯޓުއަމުރު ނަންބަރު: 2015
/
3424/J
/
MD-145
ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
ހެޅުނު ތާރީޚް: 4 މެއި 2015
ނިމުނު ތާރީޚް: 4 މެއި 2015
ރޮޗެވެ
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ
ނިމުނު 1
2015/HC-A/175
مل من *
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3424/J
/
MD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓުއަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި މީދޫ އަބުގަސްދޮށުގެ، ޞަބާޙް ރަޝީދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A075800) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
42 047
4 2c
@ރދީއކމ
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3424/J
/
MD-145 ކޯޓުއަމުރަށް ބަލާއިރު،
ކޯޓުއަމުރަކީ،
މީދޫއަބުގަސްދޮށުގެ، ޞަބާޙް ރަޝީދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ
މައްސަލާގައި، "2015 މެއި 1 ވަނަ ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ
މުޒާހަރާގައި އަނިޔާވެރި ޢަމަލުތައް ހިންގުމަށް މުޒާހަރާގެ ބައިވެރިންނަށް ހިތްވަރުލިބޭގޮތަށް ޞަބާޙް
ރަޝީދު ވާހަކަދެއްކުމުން، މުޒާހަރާގެ ބައިވެރިން ފުލުހުން ބަންދުކޮށްފައިވާ އެކިއެކި ސަރަޙައްދުތަކަށް
ވަންނަން މަސައްކަތްކޮށް، ފުލުހުންނަށާއި، ޢާންމުންގެ މުދަލަށް ގެއްލުންދެމުން ދާތީއާއި، މިކަމަކީ
ރަޝީދުއާއި އިތުރު ފަރާތްތަކުން އެފަދަ ކަންކަމަށް ހިތްވަރުދިނުމުގެ ސަބަބުން ހިންގާފައިވާ
ކަންތައްތަކަކަށް ވާތީ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި" ކަމަށް ބުނެ، ޞަބާޙް ރަޝީދުގެ
ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކްރިމިނަން ކޯޓަށް
ހުށަހެޅުމާގުޅިގެން، "މުޖްތަމަޢުގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި" ކަމަށްބުނެ، 2015 މެއި 4 ވަނަ
ދުވަހުގެ 14:55 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން
04
ދިވެހިރާއްޖޭގެ
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.lhighcourt.gov.mv
3
2x 9
ޤަޟިއްޔާ ނިމުނު "
443
=32
2015/HC-A/175
ކަނޑައަޅާ ތަނެއްގައި، ޞަބާޙް ރަޝީދު ބަންދުގައި ބެހެއްޓުމަށް، ކްރިމިނަލް ކޯޓުން ނެރުއްވާފައި އޮންނަ
އަމުރެއްކަން އެނގެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3424/J
/
MD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ ޞަބާޙް ރަޝީދުގެ ފަރާތުން
އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ޞަބާޙް ރަޝީދުގެ
ފަރާތުން ހުށަހަޅާފައިވާ؟
ފުރަތަމަ ނުކުތާއަކީ، ޞަބާޙް ރަޝީދު (އިސްތިއުނާފުކުރާ ފަރާތް) ދައްކާފައިވާ
ވާހަކަތަކަށް ރިޢާޔަތްކުރުމެއްނެތި މުޖުތަމަޢުގެ ސަލާމަތަށްޓަކައިކަމަށް ވިދާޅުވެ އެއްވެސް ފެކްޗުއަލް
އަސާސެއްގެ މައްޗަށް ބިނާކުރުމަކާނުލައި އިސްތިއުނާފުކުރާ ފަރާތް 15 ދުވަހަށް ބަންދުކުރުމަށް
ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3424/J
/
MD-145 (04 މެއި 2015) ކޯޓު އަމުރު
ނެރުއްވާފައިވަނީ، ކުށެއްގެ ތުޙުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް
ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާއާ ޚިލާފަށްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
22 / 2,
2 2x
مسترد کر کر رہے
• ދެވަނަ ނުކުތާއަކީ، ހައިކޯޓުގެ ނަންބަރު 286/HC
-
A/2014 ޤަޟިއްޔާގައި،
ކުށެއްގެ ތުހުމަތުގައި ހުރިމީހަކު ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި،
އެފަދަ މީހަކު ބަންދުގައި ބަހައްޓަންޖެހޭކަމަށް ސާބިތުކޮށްދީ އެކަމުގެ މައްޗަށް ހެކި ޤަރީނާ ހުށަހެޅުމަކީ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އުފުލަންޖެހޭ ބުރައެއްކަމަށް ބަޔާންކޮށްފައިވާއިރު، މޯލްޑިވްސް
ޕޮލިސް ސަރވިސްއިން އެކަން ސާބިތުކުރުމަށް އެއްވެސް ބާވަތެއްގެ ހެކި ހުށަހަޅާފައިނުވަނީސް ކޯޓު
އަމުރު ނެރެދެއްވައިފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: WWW.highcourt.gov.mv
2015/HC-A/175
4 ޤަޟިއްޔާ ނިމުނު ގޮތު
کی مری متهم يب*
• ތިންވަނަ ނުކުތާއަކީ، ކުށެއްގެ ތުޙުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ރ) އިން
ލާޒިމްކޮށްފައިވާ ގޮތާއި ޚިލާފަށް، އެ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ބަންދުކުރި ސަބަބު ފޯމުގައި
ބަޔާންކޮށްފައިނެތްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތް ބަންދުކުރީ ވަކި ހާލަތަކާ
ގުޅިގެންކަމަށް ބުނާއިރު، އެހާލަތު ދެމިގެން ނުދާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. ކްރިމިނަލް ކޯޓުގެ
ނަންބަރު
145-J/MD/2015/3424
ކޯޓުއަމުރު
24
އިސްތިއުނާފު ކުރުމަށް ޞަބާޙް ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކުށެއްގެ ތުހުމަތުގައި
މީހެއްގެ ބަންދާމެދު ގޮތެއް
ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5
ބަންދާމެދު
ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުދީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް31641
i
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.lhighcourt.gov.mv
2015/HC-A/175
کی مرگی
=32
5 ޤަޟިއްޔާ ނިމުނު ގޮ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު
ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް
ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި،
މިގޮތުން ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދިފައިވާ ގޮތުގެމަތިން،
ރަޝީދު 15 (ފަނަރަ) ދުވަހަށް ބަންދުކުރެއްވުމަށް ކްރިމިނަލް ކޯޓުން އަމުރުކުރައްވާފައިވަނީ
އޭނާގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ބިރުދެއްކުމުގެ ކުށުގެ މައްސަލާގައި "މުޖްތަމަޢުގެ ސަލާމަތާއި،
ރައްކާތެރިކަމަށްޓަކައި" ކަން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2015
/
3424/J
/
MD-145 ކޯޓުއަމުރަށް ބެލުމުން އެނގޭކަމާއި، އެސަބަބަކީ، ކުށެއްގެ ތުހުމަތުގައިވާ
މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުގެ ތެރޭގައި ހިމެނޭ
02)
24
249
(ނ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 170/HC
-
A/2015
ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ބަންދުގެ މުއްދަތު
Ox
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.lhighcourt.gov.mv
3
ޤަޟިއްޔާ ނިމުނު
4, 2
=32
2015/HC-A/175
19
އިތުރުކޮށް ނެރޭ ކޯޓުއަމުރުގައި ބަޔާންކުރުން ލާޒިމުވާނީ ބަންދުގައި
ގައި ބެހެއްޓުމަށް ނިންމެވި ސަބަބުކަން
އެނގޭކަމާއި، ނަމަވެސް މިފަދަ އަމުރުތަކުގެ ޠަބީޢަތަށާއި، މިފަދަ އަމުރުތައް ނެރުއްވުމުގައި ކޯޓުތަކުން
ޢަމަލުކުރައްވަމުންގެންދަވާ
ންދަވާ އުޞޫލުތަކުގެ މައްޗަށް ބަލާއިރު، އެސަބަބުގެ ތަފްޞީލު ކޯޓު އަމުރުގައި
ލިޔުއްވުމަކީ ލާޒިމުކަމެއްނޫންކަން އެނގެން އޮތްއިރު، އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ
ނަންބަރު 2015
/
3424/J
/
MD-145 ކޯޓު އަމުރުގައި ޞަބާޙް ރަޝީދު ބަންދުގައި ބެހެއްޓުމަށް
ނިންމެވި ސަބަބު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ރ) ގައިވާ ފަދައިން
ބަޔާންކުރެވިފައިވާކަމާއި، އެއީ މުޖުތަމަޢުގެ ސަލާމަތަށްޓަކައިކަން އެއަމުރަށް ބެލުމުން އެނގެން
x
އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު
ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ
ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ
އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި،
ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި،
ޝައްކުކުރެވޭ މީދާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި ހެކިތަކާކުޅެ ހެކިތައް
ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު
19/SC
-
A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި،
އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ، އިސްވެމިބުނެވުނު
އުޞޫލަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 170/HC
-
A/2015 ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާ
ފަދައިން، ކުށެއްކޮށްފައިވާކަމަށް ތުހުމަތު ކުރެވޭވަރަށް ހެކި ލިބިފައިވާ ކޮންމެ ފަހަރަކީ، ހަމައެކަނި
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: WWW.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތު
2015/HC-A/175
کی عمری
ޝައްކުމާއި،
އެހެކީގެ މައްޗަށް ބަލައި، ތުހުމަތު ކުރެވޭ މީހާ ތަޙްޤީޤު މަރުޙަލާގައި ބަންދުގައި ބަހައްޓަން ޖެހޭކަމަށް
ކަނޑައަޅާފައިވާ އުޞޫލެއް ނޫންކަމާއި، އެއާއި ޚިލާފަށް އެޤަޟިއްޔާއާއި، އެޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ އެއުޞޫލު ތަޠުބީޤުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
263/HC
-
A/2012 ޤަޟިއްޔާއާއި ނަންބަރު 265/HC
-
A/2012 ޤަޟިއްޔާ ފަދަ ޤަޟިއްޔާތަކުގައި
ކަނޑައަޅާފައިވާ އުޞޫލަކީ، ޝަރީޢަތުން ޙުކުމްކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓޭނީ، އެމީހަކު
ކުށެއްކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމާއެކު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި
މީހަކު ބަންދުގައި ބެހެއްޓިދާނެކަމަށް ބަޔާންކޮށްފައިވާ، 5 (ފަހެއް) ޙާލަތުންކުރެ ޙާލަތެއް، އެމީހެއްގެ
ކިބައިގައި ފުރިހަމަވެފައިވާ ކަން، އެކަށީގެންވާ ހަމަތަކުގެމަތިން، ދައުލަތުގެ ފަރާތުން ޝަރީޢަތަށް
ހާމަކޮށްދޭ ޙާލަތުގައިކަމަށް ބަޔާންކުރާ އުޞޫލެއް
އިސްވެމިބުނެވުނު ޤާނޫނީ ކަންކަމުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލައަށް ބަލާއިރު، ޞަބާޙް ރަޝީދުގެ މައްޗަށް ދައުލަތުން ތުހުމަތުކޮށްފައިވާ ކުށަކީ ބިރުދެއްކުމުގެ
ކުށްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކައިންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތްއިރު،
ބިރުދެއްކުމުގެ ކުށް ޞަބާޙް ރަޝީދުގެ މައްޗަށް ތުހުމަތުކުރެވޭ ގޮތާއި، އަދި އެކަމުގެ ސަބަބުން އޭނާ
ދޫކޮށްލާފައި ބަހައްޓައިފިނަމަ އޭނާގެ ފަރާތުން މުޖްތަމަޢަށް ނުރައްކާތެރިވާނެގޮތް ޝަރީޢަތަށް
ހާމަކޮށްދިނުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ މުއްދަތުގެ މަޖިލީހަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ހެކި ޤަރީނާތަކެއް ހުށަހަޅާފައިވާކަމާއި،
މިގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ
ހެކިޤާރީނާތަކަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑައިރެކްޓަރޭޓް
އޮފް އިންޓެލިޖެންސުން ތައްޔާރުކޮށްފައިވާ "އިންޓެލިޖެންސް ރިޕޯޓް" އެއްކަމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ބުނާ ލިޔުމަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް
2
އެންޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv
¢ 3
8 ޤަޟިއްޔާ ނިމުނު ގޮ
2015/HC-A/175
می هرکی
ދެވެ
oec
އޯގަނައިސްޑް ކްރައިމް ޑިޕާޓްމަންޓުން، "2015 މެއި 1 ވަނަ ދުވަހު "މޭޑޭ" ގެ ނަމުގައި މާލޭގައި
ބޭއްވި މުޒާހަރާގައި މީދޫއަބުގަސްދޮށުގެ، ޞަބާޙް ރަޝީދު ދައްކާފައިވާ ވާހަކައިގެ
ޓްރާންސްކްރިޕްޓް" މިސުރުޚީގެ ދަށުގައި ތައްޔާރުކޮށްފައިވާ ލިޔުމަކާއި، 2015 މެއި 1 ވަނަ ދުވަހުގެ
މުޒާހަރާގައި ޞަބާޙް ރަޝީދު ދައްކާފައިވާ ވާހަކަތަކުގެ ވީޑިއޯކަން، މިމައްސަލައާ ގުޅިގެން ޝަރީޢަތަށް
ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، މިމައްސަލައިގައި ހިމެނޭ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމާއި،
އިސްވެމިބަޔާންކުރެވުނު ހެކިޤާރީނާތަކަށް ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ޑައިރެކްޓަރޭޓް އޮފް އިންޓެލިޖެންސުން ތައްޔާރުކޮށްފައިވާ "އިންޓެލިޖެންސް ރިޕޯޓް" އެއްކަމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބުނާ ލިޔުމަކީ، 2015 މެއި 1 ވަނަ ދުވަހު "މޭޑޭ
ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި ޞަބާޙް ރަޝީދު ދައްކާފައިވާ ވާހަކަތައް އޭނާ ދެއްކިގޮތަށް
އަކުރުން އަކުރަށް ލިޔެފައިވާ ލިޔުމެއް ނޫންކަމާއި، އެހެންނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ، ސީރިއަސް އެންޑް އޯގަނައިސްޑް ކްރައިމް ޑިޕާޓްމަންޓުން،
"2015 މެއި 1 ވަނަ ދުވަހު ގެ ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި
މީދޫއަބުގަސްދޮށުގެ، ޞަބާޙް ރަޝީދު ދައްކާފައިވާ ވާހަކައިގެ ޓްރާންސްކްރިޕްޓް" މިސުރުޚީގެ ދަށުގައި
ތައްޔާރުކޮށްފައިވާ ލިޔުމަށް ބަލާއިރު، އެލިޔުމުގައި ހިމަނާފައިވަނީ ޞަބާޙް ރަޝީދު އެމުޒާހަރާގައި
ދައްކާފައިވާ ވާހަކަތައް އަކުރުން އަކުރަށް (ވަރބަޓީމް) ކަމަށްވެފައި، އެލިޔުމުގައި ހުރި ކަންކަމާބެހޭ
ގޮތުން މައްސަލަ ބެއްލެވި ޤާޟީ ޞަބާޙު ރަޝީދާ ސުވާލުކުރައްވައި، އެލިޔުމުގައި ޞަބާޙު ރަޝީދު
ދައްކާފައިވާކަމަށް ބަޔާންކޮށްފައިވާ ވާހަކަތައް ދައްކާފައިވަނީ ކޮން މާނައެއްގައި ކޮން މަޤްޞަދެއް
ޙާސިލުކުރުމުގެ ގޮތުންތޯ ޞަބާޙް ރަޝީދުގެ ކިބައިން ސާފުކުރައްވާފައިވާކަމަށް، މިމައްސަލައާ ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ބުނެފައިވާއިރު
އެކަމަށް ޞަބާޙު ރަޝީދުގެ ފަރާތުން އިންކާރުކޮށް އެއްވެސް ވާހަކައެއް ދައްކާފައިނުވާކަމާއި،
11 LCLCT!
02c
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު 1
2015/HC-A/175
ދެވެ
އެހެންކަމުން، އިސްވެމިބުނެވުނު ކަންކަމަށް ޖުމްލަ ގޮތެއްގައި ބަލާއިރު، މޯލްޑިވްސް
ޕޮލިސް ސަރިވިސްގެ ފަރާތުން ޞަބާޙް ރަޝީދުގެ މައްޗަށް ތުހުމަތުކޮށްފައިވާ ބިރުދެއްކުމުގެ ކުށް އޭނާގެ
މައްޗަށް ތުހުމަތުކުރެވޭ ގޮތާއި، އަދި އެކަމުގެ ސަބަބުން އޭނާ ދޫކޮށްލާފައި ބަހައްޓައިފިނަމަ އޭނާގެ
ފަރާތުން މުޖްތަމަޢަށް ނުރައްކާތެރިވާނެގޮތް ޝަރީޢަތަށް ހާމަކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓުގެ މުއްދަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ހެކި ޤަރީނާތަކުގެ ތެރޭގައި
ހިމެނޭ ވީޑިއޯ ރެކޯޑިން މައްސަލަ ބެއްލެވި ޤާޟީ ބައްލަވާފައި ނުވީނަމަވެސް، ޞަބާޙް ރަޝީދު އެދުވަހު
ދައްކާފައިވާ ވާހަކަތައް އަކުރުން އަކުރަށް ލިޔެ ތައްޔާރުކޮށްފައިވާ ލިޔުން ބައްލަވާ އޭގައި ހުރި
ކަންކަމާބެހޭގޮތުން ޞަބާޙް ރަޝީދާ ސުވާލުކުރައްވާ، އެކަންކަމާބެހޭ ގޮތުން ޞަބާޙް ރަޝީދު
ބައްލަވާފައިވުމުން، ޞަބާޙް ރަޝީދުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން
އިތުރުކުރައްވާފައިވަނީ، މުއްދަތު މަޖިލީހަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާ
ހެކިޤާރީނާ އެކަށީގެންވާ ގޮތެއްގައި ވަޒަންކުރެއްވުމަށް ފަހުގައިކަމަށް ބެލެވޭކަމެވެ.
މ 4
2 ބ 2
ބިނާއެއd
4 22
(ނ) ހަތަރުވަނަ ކަމަކީ، ޞަބާޙް ރަޝީދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިފައިވަނީ އޭނާގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ބިރުދެއްކުމުގެ މައްސަލާގައި، އޭނާ "2015 މެއި 1 ވަނަ ދުވަހު މާލޭގައި ކުރިއަށް
ގެންދިޔަ މުޒާހަރާގައި އަނިޔާވެރި ޢަމަލުތައް ހިންގުމަށް މުޒާހަރާގެ ބައިވެރިންނަށް ހިތްވަރުލިބޭގޮތަށް
ޞަބާޙް ރަޝީދު ވާހަކަދެއްކުމުން، މުޒާހަރާގެ ބައިވެރިން ފުލުހުން ބަންދުކޮށްފައިވާ އެކިއެކި
ޞަރަޙައްދުތަކަށް ވަންނަން މަސައްކަތްކޮށް، ފުލުހުންނަށާއި، ޢާންމުންގެ މުދަލަށް ގެއްލުންދެމުން
ދާތީއާއި، މިކަމަކީ ޞަބާޙް ރަޝީދުއާއި އިތުރު ފަރާތްތަކުން އެފަދަ ކަންކަމަށް ހިތްވަރުދިނުމުގެ
ސަބަބުން ހިންގާފައިވާ ކަންތައްތަކަކަށް ވާތީ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި"
ކަމަށްވީއިރު، 4 މެއި 2015 ގެ ތާރީޚުގައި ކްރިމިނަލް ކޯޓުގައި ބޭއްވިފައިވާ، އިސްތިއުނާފަށް
2 22 22 22
497
t
.ޑީޖޭގެ ހައިކޯނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: WWW.highcourt.gov.mv
* 4 0206
2015/HC-A/175
کی مری من *
Box
1
02 22
10 ޤަޟިއްޔާ ނިމުނު "
ހުށަހެޅިފައިމިވާ ކޯޓުއަމުރު ނިސްބަތްވާ މުއްދަތު މަޖިލީހަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ހުށަހަޅާފައިވާ ހެކި ޤަރީނާ ތަކުގެ މައްޗަށް ބުރަވެ ޞަބާޙް ރަޝީދު ބަންދުގައި ބަހައްޓަންޖެހޭފަދަ
ސަބަބެއް އޮތްތޯ ބަލާއިރު، ޞަބާޙު ރަޝީދަކީ، ފަހަކަށްއައިސް ސަރުކާރާ ދެކޮޅަށް މާލެތެރޭގައި
ބޭއްވެމުންދާ މުޒާހަރާތަކުގައި އިސްދައުރެއް އަދާކުރަމުންދާ ފަރާތެއްކަމާއި، އޭނާއަކީ އެމުޒާހަރާތައް
ހޯސްޓްކޮށް ލީޑުކުރަމުންދާ ފަރާތެއްކަމަށާއި، އަދި 1 މެއި 2015 ގައި މާލޭގައި ބޭއްވުނު މުޒާހަރާގައި
ޞަބާޙް ރަޝީދު ދައްކާފައިވާ ވާހަކަތަކުގެ ތެރޭގައި،
ފަހަތައް
ޖެހިވަޑައިނުގަންނަވާތީ، ކެރިގެން، ސާބިތުކަމާއިއެކު ﷲ ގެ މަގުގައި ކުރިއަށް ދިއުމަށް ވަޑައިގަންނަވާ،
ބިރުފުޅު ނުގަންނާތި، ފަހަތައް ޖެހިވަޑައިނުގަންނަވާތީ، ކުރިމަތި ލައްވާތި، ވަޑައިގަންނަވާ، އިސްލާމީ
މަރުކަޒަށް ނަމާދަށް ވަޑައިގަންނަވާ" މިފަދައިން ބުނެ ވާހަކަދައްކާފައިވާކަން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާ ހެކީ;ޤާރީނާތަކުން އެނގެން އޮންނައިރު، އޭނާގެ އެވާހަތަކުގެ
ފަހުން، އޭނާގެ އިރުޝާދުގެ މަތިން އިސްލާމީ މަރުކަޒަށް ނަމާދަށް ދިޔަކަމަށްބުނާ މުޒާހިރާގެ
ބައިވެރިންތަކެއް ހަމަނުޖެހުން ހިންގާ، ފުލުހުން ބަންދުކޮށްފައިވާ އެކިއެކި ސަރަޙައްދުތަކަށް ވަންނަން
ފުލުހުންނާއި، ޢާންމުންގެ މުދަލަށް ގެއްލުންދީފައިވާކަމަށް
އެކިޤަރީނާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޝަރީޢަތަށް ހުށަހެޅިފައިވާކަމަށް
ޤަބޫލުކުރެވޭކަމާ ،
އަދި އެ ހެކި ޤަރީނާ ވަޒަންކޮށް ބަލާއިރު، ޞަބާޙް ރަޝީދުގެ މައްޗަށް މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން ތުހުމަތުކޮށްފައިވާ ބިރުދެއްކުމުގެ ކުށުގެ ތުހުމަތު ކުރެވުމުގެ
އިތުރުން،
މިޙާލަތުގައި އޭނާ މުޖްތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ބަހައްޓައިފިނަމަ އޭނާގެ ކިބައިން މުޖްތަމަޢުގެ
ސަލާމަތަށް ނުރައްކަލެއް ފޯރުމަކީ އެކަށީގެންވާކަމެއްކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ
ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށްވެސް ޤަބޫލުކުރެވޭކަމެވެ.
22 ހ22 2 ބޑތ ތކ
/40//ވވަރަށް
2 20
0
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮންދީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
9
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.lhighcourt.gov.mv
2015/HC-A/175
کی مرکی
11 ޤަޟިއްޔާ ނިމުނު ގޮ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު2015
/
3424/J
/
MD-145 ކޯޓުއަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާ ޚިލާފަށްކަމަށްބުނެ ޞަބާޙް ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެއަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ އެއްވެސް
ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
މަޖިލީހަކަށް ނުފެނުނެވެ.
ޙުކުމް
އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ފހު 0
242
3
19ދަޗރން
ކަންކަން
24 2 0
19ތކތ
ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3424/J
/
MD-145 ކޯޓުއަމުރު
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ،
މީދޫ އަބުގަސްދޮށުގެ، ޞަބާޙް ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ
މައްޗަށް ބިނާކޮށް، އެއަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް
ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
0 0
<< O
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.lhighcourt.gov.mv