ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2011/SC-C/30 ޤަޟިއްޔާ
ސަފްޙާ36ގެ1
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 30/SC
-
C/2011
ދަޢުވާކުރާ ފަރާތް: މުޙައްމަދު ނަޢީމް، މ. ވެލިދޫގެ، މާލެ
• ދަޢުވާ ލިބޭ ފަރާތް: ދައުލަތް (އެޓަރނީ ޖެނެރަލް)
• މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
• މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން
• ހުށަހެޅުނު ތާރީޚް: 13 އެޕްރީލް 2011
ނިމުނު ތާރީޚް: 16 އޯގަސްޓް 2012
• މައްސަލަ ނިންމި ގަޑި: 12:35
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދު
ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު
އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން.
ރާއްޖޭގެ
ސުޕްރީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ2536
މައްސަލައިގެ ޚުލާޞާ
/
<< O
މިއީ، ޤާނޫނު ނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ރ) އާއި (ބ) އާއި، 60 ވަނަ މާއްދާއާއި، 61
ވަނަ މާއްދާއާއި، 42 ވަނަ މާއްދާގެ (ހ) އާއި، 63 ވަނަ މާއްދާއާއި، 127 ވަނަ މާއްދާއާއި، 129
ވަނަ މާއްދާއާއި، އަދި 130 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ
މާއްދާއާއި، 6 ވަނަ މާއްދާއާއި، 140 ވަނަ މާއްދާއާއި، 179 ވަނަ މާއްދާއާއި، 230 ވަނަ މާއްދާގެ
(ށ) އާއި، 232 ވަނަ މާއްދާގެ (ހ) އާއި ޚިލާފު މާއްދާތަކަކަށް ވުމުގެ އިތުރުން، ޤާނޫނުއަސާސީގެ 8
ވަނަ ބާބު އެކުގައި ކިޔައި ނެރެވޭ ލާމަރުކަޒީ މަފްހޫމާއި ޚިލާފު އުޞޫލުތަކަކާއި ސިފަތަކެއްގެ މައްޗަށް
މާއްދާތަކެއްކަމަށް ބުނެ، އެމާއްދާތަކަކީ ޤާނޫނުއަސާސީއާ ފުށުއަރާ މާއްދާތަކެއް ކަމަށް
ކަނޑައަޅައިދިނުމަށާއި، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގައި ހުރި
ޤާނޫނުއަސާސީއާ ފުށުއަރާ މާއްދާތައް ޤާނޫނުއަސާސީއާ އެއްގޮތަށް ބަދަލުކުރުމަށް ދިވެހި ދައުލަތުގެ މައްޗަށް
އަމުރުކޮށްދިނުމަށް އެދި، މުޙައްމަދު ނަޢީމް، މ.ވެލިދޫގެ، މާލެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް
ބެލިފައިވާ މައްސަލައެކެވެ.
eނވގނވާ
4
2
2
4
ހުށަހެޅުމެނެ
ފާހަގަ ކުރެވުނު ނުކުތާތައް
މިމައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި،
ޤާނޫނުނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)
އަށާއި، ދަޢުވާކުރާފަރާތުންނާއި ދަޢުވާލިބޭފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ތަފާތު ޖުރިސްޑިކްޝަންތަކުގައި
ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުން އިންތިޒާމް ކުރެވިފައިވާ އުޞޫލުތަކުގެ މައްޗަށް ޝަރުޢީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ3536
އަދި ޤާނޫނީ ނަޒަރަކުން ބަލައިވިސްނިއިރު، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މިމައްސަލަބެލި
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
02 ,
-1
ދައުލަތުގެ ޤާނޫނީ ނިޒާމުގެ ތެރޭގައި ހިމެނޭ އެންމެހައި ޤާނޫނީ ޤާޢިދާ
(Legal Rule) ތަކަކީ - އެއީ ޕާރލަމެންޓުން ފާސްކުރާ ޤާނޫނަކަށްވިއަސް، އިދާރާއަކުން ނެރޭ ޤަވާޢިދު
(regulation) އަކަށް ވިއަސް ނުވަތަ އިދާރާ ޤަރާރަކަށް ވިއަސް - ދައުލަތުގެ ޤާނޫނީ ހަރުފަތުގެ އެންމެ
މަތީގައިވާ ދުސްތޫރު ނުވަތަ ޤާނޫނުއަސާސީގެ ނައްޞުތަކާ ތަޢާރުޟުނުވާ ޤާޢިދާތަކަކަށް ވުމަކީ ޤާނޫނީ
ދައުލަތެއްގެ އެންމެ މުހިއްމު އެއް އަސާސްކަމާ، އަދި މި އަސާސަކީ ދުނިޔޭގެ އެންމެހައި ޤާނުނީ
ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ ދުސްތޫރީ މައްދައެއްކަމަށްވާ
"މައްދައެއް ދުސްތޫރިއްޔާ"
(Principle of Constitutionality) އޭގެ މައްޗަށް ބިނާވެގެންވާ އަސާސްވެސް ކަމާއި، މި އަސާސްގެ
މައްޗަށް ތަރައްތުބުވާ ނަތީޖާއަކީ ޤާނޫނުއަސާސީއާ ޚިލާފު ކޮންމެ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ނުވަތަ އިދާރީ
ޤަރާރަކަށްވިއަސް ވާނީ އޭގެ ބާރު ނުހިނގާ ބާޠިލުއެއްޗެއްކަމަށް ވީހިނދު، މި މަފްހޫމު ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި އެއްވެސް
ކަށަވަރުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.
2 20
268
02 2x
19
/ 2*ދޏ
سر گر کر
-2
އިސްވެ އިޝާރާތްކުރެވުނު "މައްދައެއް ދުސްތޫރިއްޔާ" ގެ އުޞޫލު ޤާނޫނީ
ނިޒާމުގައި ނެގެހެއްޓުމަށްޓަކައި، ޤާނޫނުތަކާއި ޤަވާޢިދުތައް އެކުލަވާލެވިފައިވަނީ ޤާނޫނުއަސާސީއާ
އެއްގޮތްވާގޮތުގެ މަތީންތޯ ބެލުމުގެ އެންމެ މަޤްބޫލު ވަސީލަތަކީ މިޒަމާނުގެ އެންމެހައި ދުސްތޫރީ
ނިޒާމްތަކުގައި "ޖުޑީޝަލް ރިވިއު" (Judicial review) ކަމާއި، ތަފާތު ދުސްތޫރީ ނިޒާމްތަކުގައި
ޤާނޫނުތަކާއި ޤަވާޢިދުތައް ޤާނޫނުއަސާސީއާ އެއްގޮތްތޯ ބަލައި ރިވިއުކުރުމުގެ މައިގަނޑު ދެގޮތެއް ވާކަމާއި؛
ފުރަތަމަގޮތަކީ ޤާނޫނުއަސާސީއާ ތަޢާރުޟުވާ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ރިވިއުކޮށްދިނުމަށް އެދި ކަމާބެހޭ
ކޯޓުގައި އަޞްލީ (original) ދަޢުވާއެއް އުފުލުން ކަމާއި، މިގޮތަށް އުފުލޭ އަޞްލީ ދަޢުވާ ބެލުމުގެ
މިރާއްޖޭގެ
ސުޕްރީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު ، މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ36ގެ4
އިޚްތިޞާޞް ތަފާތު ދުސްތޫރީ ނިޒާމުތަކުގައި ޢާންމު އުޞޫލެއްގެ ގޮތުގައި ލިބިގެންވަނީ ދައުލަތުގެ
ޤަޟާއީ ހަރުފަތުގެ އެންމެ މަތީގައިވާ ކޯޓަކަށް ނުވަތަ ދުސްތޫރީ މައްސަލަތައް ބެލުމަށް ޚާއްޞަކުރެވިފައިވާ
ދުސްތޫރީ ވޯޓަކަށް ކަމާއި، މިގޮތަށް އުފުލާ އަޞްލީ ދަޢުވާއަކީ ދަޢުވާ އުފުލާފަރާތުން ވަކި ޤާނޫނެއް ނުވަތަ
ޤަވާޢިދެއް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ކަނޑައަޅައިދިނުމަށް އެދި ކުރާ މައުޟޫޢީ ދަޢުވާއެއްކަމާއި،
މިފަދަ މައުޟޫޢީ ދަޢުވާއަކީ ވަކި ޚަޞްމަކާ އިދިކޮޅަށް އުފުލޭ ދަޢުވާއެއް ނޫންކަމާ، އަދި ޤާނޫނުތަކުގެ
ދުސްތޫރިއްޔަތުކަން ރިވިއުކުރުމުގެ ދެވަނަގޮތަކީ ކޯޓެއްގައި ހިގަމުންދާ މައްސަލައެއްގައި ތަޠްބީޤްކުރުމަށް
ޙަވާލާދެވޭ ޤާނޫނަކީ ނުވަތަ ޤަވާޢިދަކީ ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނެއްކަމަށްބުނެ އެ މައްސަލާގައި ހިމެނޭ
ފަރާތަކުން އެ މައްސަލަ ބަލަމުންދާ ކޯޓުގައި ކުރާ ދިފާޢީ ދަޢުވާއަކާ ގުޅިގެން ކުރެވޭ ރިވިއުއެއް ކަމާއި،
މިގޮތުން ކޯޓެއްގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ޤާނޫނެއް ނުވަތަ ޤަވާޢިދެއް ޤާނޫނުއަސާސީއާ
ޚިލާފުތޯ ބެލުމަކީ ޢާންމުގޮތެއްގައި އެމައްސަލަ ބަލާ ކޯޓުގެ އިޚްތިޞާޞްއްކަމާއި، އިސްވެ
އިޝާރާތްކުރެވުނު ދެގޮތުންކުރެ ގޮތެއްގެމަތިން ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ދުސްތޫރިއްޔަތުކަން
ބެލުމަށްފަހު ކޯޓުތަކުން ޢަމަލުކުރާގޮތުގެ މައްޗަށް ނަޒަރުކުރާއިރު، އަޞްލީ ދަޢުވާއެއްގެ ދަށުން ޤާނޫނެއްގެ
ދުސްތޫރިއްޔަތުކަން ބެލުމަށްފަހު ޤާނޫނުއަސާސީއާ ތަޢާރުޟުވާކަމަށް ކޯޓަށް ފެންނަ ޤާނޫނެއް ނުވަތަ
ޤަވާޢިދެއް ބާޠިލުކޮށް ކެންސަލްކުރުމުގެ ބާރު ތަފާތު ދުސްތޫރީ ނިޒާމްތަކުގައި ކަމާބެހޭ ކޯޓަށް
ލިބިގެންވާކަމާއި، މިގޮތަށް އަޞްލީ ދަޢުވާގެ ދަށުން ޤާނޫނުތައް ރިވިއުކޮށް ބާޠިލުކުރުމުގެ އިޚްތިޞާޞް
ތަފާތު ކޯޓުތަކަށް ލިބިފައިވުމަކީ ދައުލަތުގެ ޤާނޫނީ ނިޒާމުގެ އިސްތިޤްރާރުކަން ގެއްލިގެން
ހިނގައިދާނެކަމަކަށްވާތީ، ތަފާތު ދުސްތޫރީ ނިޒާމްތަކުގައި އެފަދަ އިޚްތިޞާޞް ޢާންމުގޮތެއްގައި
ލިބިގެންވަނީ ދައުލަތުގެ ޤަޟާއީ ނިޒާމުގެ އެންމެ މަތީ ކޯޓަކަށް ނުވަތަ ކަމާބެހޭ ދުސްތޫރީ ވޯޓަކަށް
ކަމުގައި ވީނަމަވެސް، ކޯޓެއްގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ކުރެވޭ ދިފާޢީ ދަޢުވާއަކުން ޤާނޫނެއް
ނުވަތަ ޤަވާޢިދެއް ޤާނޫނުއަސާސީއާ ޚިލާފުތޯ ބެލުމަކީ ޢާންމު އުޞޫލެއްގެ ގޮތުގައި މައްސަލަ ބެލުމުގެ
2
ރާއްޖޭގެ .
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ5536
އިޚްތިޞާޞް ލިބިގެންވާ ކޮންމެ ކޯޓަކަށް ލިބިގެންވާ ބާރެއްކަމާ، އެހެންނަމަވެސް މިޙާލަތުގައި ދިފާޢީ
ދަޢުވާއަކާ ގުޅިގެން ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ދުސްތޫރިއްޔަތުކަން ބެލުމަށް ފަހު، އެ ޤާނޫނެއް ނުވަތަ
ޤަވާޢިދަކީ ޤާނޫނުއަސާސީއާ ތަޢާރުޟުވާ ޤާނޫނެއް ނުވަތަ ޤަވާޢިދެއްކަމަށް މައްސަލަ ބެލި ކޯޓަށް
ޘާބިތުވެއްޖެނަމަ، އެ ކޯޓަކުން ބުނެވިދިޔަ ޤާނޫނުއަސާސީއާ ތަޢާރުޟުވާކަމަށް ޘާބިތުވި ޤާނޫނެއް ނުވަތަ
ޤަވާޢިދެއް ބާޠިލުކޮށް ކެންސަލްކުރުމުގެ ބަދަލުގައި އެ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ތަޠްބީޤްކުރުމުން
މަނާވެގަތުމަކީ ދިފާޢީ ދަޢުވާއަކާ ގުޅިގެން ޤާނޫނެއްގެ ނުވަތަ ޤަވާޢިދެއްގެ ދުސްތޫރިއްޔަތުކަން ކޯޓުތަކުން
ރިވިއުކުރާ ދުސްތޫރީ ނިޒާމްތަކުގައި ޢާންމުގޮތެއްގައި ޢަމަލުކުރާގޮތްކަން ދުނިޔޭގެ ތަފާތު ދުސްތޫރީ
ނިޒާމްތަކުގައި ޤާނޫނުތަކުގެ ދުސްތޫރިއްޔަތުކަން ރިވިއުކުރުމުގައި ޢަމަލުކުރާ އުޞޫލުތަކަށް ބެލުމުން
އެނގެން އޮވެއެވެ.
-3
ޤާނޫނުތަކާއި ޤަވާޢިދުތައް ޤާނޫނުއަސާސީއާ އެއްގޮތްތޯ ބަލައި ރިވިއުކުރުމުގައި
ތަފާތު ދުސްތޫރީ ނިޒާމްތަކުގައި ޢަމަލުކުރާ އިސްވެ ބަޔާންވެގެންދިޔަ މައިގަނޑު އުޞޫލުތަކާ
އަޅައިބަލާއިރު، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި އަޞްލީ ދަޢުވާއެއްގެ ދަށުން ޤާނޫނެއްގެ
ދުސްތޫރިއްޔަތުކަން ބަލައި ގޮތެއް ކަނޑައެޅުމުގެ އިޚްތިޞާޞް ލިބިގެންވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށާއި
ސުޕްރީމް ކޯޓަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) އިން
ސާފުކޮށް އެނގެން އޮންނައިރު، ބަލަމުންދާ މައްސަލައަކާގުޅިގެން ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ
ދުސްތޫރިއްޔަތުކަން ބަލައި، ޤާނޫނުއަސާސީއާ ޚިލާފުވާ މިންވަރު ބާޠިލުކުރުމުގެ ބާރު މައްސަލަ ބެލުމުގެ
އިޚްތިޞާޞް ލިބިގެންވާ ކޮންމެ ކޯޓަކަށް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
144 ވަނަ މާއްދާގެ (ހ) ގައި އޮންނަ އޮތުމުގެ މައްޗަށް ޤާނޫނީ ނަޒަރަކުން ވިސްނައި ބަލާއިރު،
ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ދުސްތޫރިއްޔަތުކަން ރިވިއުކޮށް
ބާޠިލުކުރުމުގެ ބާރު ދަށު ކޯޓުތަކަށާއި ހައިކޯޓަށް ލިބިގެންވީނަމަވެސް، އެފަދަ މައްސަލަތަކުގައިވެސް
0
<< O
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ސަފްޙާ36ގެ6
ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އިން އެނގެން އޮވެއެވެ.
-4
އިސްވެ ބަޔާންވެގެންދިޔަ އުޞޫލުތަކުގެ އަލީގައި، މި މައްސަލާގައި ދަޢުވާކުރާ
ފަރާތުގެ ދަޢުވާގެ ޞިޝާއަށް ނަޒަރުކުރުމުން، ޤާނޫނުނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ
ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ މާއްދާތަކެއް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއާ ޚިލާފުކަމަށް ކަނޑައަޅައި ރިވިއުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ މި މައްސަލައަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާފައިވާ،
ޤާނޫނެއްގެ ދުސްތޫރިއްޔަތުކަން ރިވިއުކުރުމުގެ އަޞްލީ ދަޢުވާއެއްކަން އެނގެން އޮންނައިރު، މި
މައްސަލާގައި ދަޢުވާކުރާފަރާތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުކަމަށް ބުނެފައިވާ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ މާއްދާތައް ޤާނޫނުއަސާސީއާ
ޚިލާފުތޯ ބެލުމަށްފަހު އެ މާއްދާތަކަކީ ޤާނޫނުއަސާސީއާއި ޚިލާފު މާއްދާތަކެއްނަމަ އެއީ ބާޠިލު މާއްދާތައް
މާއްދާތަކެއް
ކަމުގައި ކަނޑައެޅުމުގެ ބާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.
-5
މިޒަމާނުގެ ދުސްތޫރީ ނިޒާމްތަކުގައި، ސަރަޙައްދީގޮތުން ދައުލަތުގެ ސިޔާދަތީ
އިޚްތިޞާޞްތައް ބަހާލެވިފައިވާގޮތުގެ މައްޗަށް ނަޒަރުކުރާއިރު، ދައުލަތްތައް ބެހިގެންވަނީ މައިގަނޑު ދެ
ވައްތަރަކަށް ކަމާއި، އެއީ ފެޑެރަލް ދައުލަތާއި، ޔުނިޓަރީ ދައުލަތްކަމާއި، މި ދެވައްތަރުގެ ތެރެއިން
ދިވެހިރާއްޖޭގައި ޤާއިމުވެފައިވަނީ ޔުނިޓަރީ ދައުލަތެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
2 ވަނަ މާއްދާއިގައި ކަށަވަރުކޮށްދީފައި އޮންނައިރު، ޔުނިޓަރީ ދައުލަތަކީ އެދައުލަތެއްގެ އެންމެހައި ދާޚިލީ
އަދި ޚާރިޖީ ސިޔާދަތު އެއް ސަރުކާރަކުން ނުވަތަ އެއް ސިޔާސީ ބާރަކުން ތަމްޘީލުކުރާދައުލަތެއް ކަމާއި،
މިގޮތުން ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނުހެދުމުގެ ބާރާއި، ޢަދްލު އިންޞާފު
ޤާއިމްކުރުމުގެ ބާރަކީ މުޅިދައުލަތުގެ ހުރިހައި ސަރަޙައްދަކަށް ހިނގާ އެއްބާރުތަކެއްކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ އޯކިޑްމަގު ، މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ36ގެ 7
-6
ދުސްތޫރީގޮތުން ދައުލަތް ޤާއިމުވެފައިވަނީ ފެޑެރަލް ދައުލަތެއްގެ ގޮތުގައި
ކަމަށްވިއަސް، ނުވަތަ ޔުނިޓަރީ ދައުލަތެއްގެ ގޮތުގައިކަމަށް ވިއަސް، އެ ދައުލަތެއް ސަރަޙައްދީގޮތުން
ބެހިފައިވާ ލޯކަލް ދާއިރާތައް އިދާރީގޮތުން ހިންގުމުގައި، ކޮންމެ ދައުލަތަކުންވެސް އެ ދައުލަތެއްގެ ސިޔާސީ،
އަދި އިޖްތިމާޢީ ޙާލަތަށާއި، އެ ދައުލަތެއްގައި ދީމް ޤްރާތީ އުޞޫލު އަށަގެންފައިވާ މިންވަރަށް ރިޢާޔަތްކޮށް
އިޚްތިޔާރުކުރާ އަސާސީ ދެ ނިޒާމެއް ވާކަމާއި، ފުރަތަމަ ނިޒާމަކީ ބުނެވިދިޔަ ލޯކަލް ދާއިރާތައް މަރްކަޒީ
އުޞޫލުން ހިންގުން ކަމާއި، ދެވަނަ ނިޒާމަކީ އެ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުންކަން އެނގެން
އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ
ނައްޞުގައި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުޞޫލުންނެވެ." މިހެން
ބަޔާންވެގެން ވެއެވެ.
-1
ދައުލަތެއްގައި މަރްކަޒީ އުޞޫލުން އިދާރީކަންތައް ހިންގުން ބިނާވެގެންވާ އެންމެ
މުހިއްމު އެއް އަސާސަކީ ދައުލަތުގެ އިދާރީ ކަންތަކާ ގުޅިފައިވާ އެންމެހައި ބާރުތައް ވެރިރަށުގައި އޮންނަ
މަރްކަޒީ ސަރުކާރުގެ އަތްމަތީގައި ތަރްމީޒުވެފައި އޮތުންކަމުގައި ވީހިނދު، މި މަފްހޫމާ ޚިލާފަށް
ދައުލަތެއްގައި ލާމަރުކަޒީ އުޞޫލުން އިދާރީކަންތައް ހިންގުން ބިނާވެގެންވަނީ ދައުލަތުގެ އެންމެހައި އިދާރީ
ކަންތައްތައް ވެރިރަށުގައި ޤާއިމުވެގެންވާ މަރްކަޒީ ސަރުކާރާއި، ދައުލަތުގެ އެހެނިހެން ލޯކަލް ދާއިރާތަކުގައި
އިންތިޚާބުކުރެވޭ ލޯކަލް ކައުންސިލްތަކުގެ މެދުގައި ބަހާލެވިގެން ހިންގާ އުޞޫލަކުން ކަމާއި، މިގޮތުގެމަތިން
ދައުލަތްތަކުން ލާމަރުކަޒީ އުޞޫލުން ލޯކަލް ދާއިރާތައް ހިންގުން އިޚްތިޔާރުކުރަނީ ސިޔާސީ، އިދާރީ،
އިޖްތިމާޢީ، އަދި އިޤްތިޞާދީ މަޤްޞަދުތަކެއް ޙާޞިލު ކުރުމަށްކަން އެނގެން އޮވެއެވެ.
-8
8- ލޯކަލް ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ނިޒާމް ތަފާތު
ޖުރިސްޑިކްޝަންތަކުގައި ޤާއިމުވެގެންވަނީ އަސާސީގޮތެއްގައި އަންނަނިވި އަސާސްތަކުގެ މައްޗަށްކަން
އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ836
ހ) ލޯކަލް ދާއިރާތަކުގައި ލާމަރުކަޒީކޮށް ހިންގުމުގެ މަޞްލަޙަތު ހިމެނޭ ކަންތައް
ކަނޑައެޅިފައިވުން: މި އަސާސްގެ ދަށުން ލޯކަލް ދާއިރާތަކުގައި ލާމަރުކަޒީކޮށް ހިންގުމުގެ
މަޞްލަޙަތު ހިމެނޭކަންތައް ތަފާތު ނިޒާމްތަކުގައި ކަނޑައަޅަނީ ޤާނޫނުންކަމާއި، ޤާނޫނުން
ލާމަރުކަޒީކޮށް ހިންގަންޖެހޭކަންތައް ކަނޑައެޅުމުގައި މުޅިދައުލަތުގެ ސިޔާދަތާ ގުޅިފައިވާ
މަރްކަޒީކޮށް ހިންގުން ލާޒިމްކުރާ ކަންތަކާ، އަދި މުޅި ދައުލަތުގެ ޤައުމީ މަޞްލަޙަތާ
ގުޅިފައިވާ ކަންތައް ލާމަރުކަޒީކޮށް ހިންގުމުގެ ނިޒާމުން އިސްތިސްނާވެފައި އޮންނަންޖެހޭ
ހިނދު، ދިވެހިރާއްޖޭގައި ލޯކަލްކައުންސިލްތަކަށް ލިބިގެންވާ އިޚްތިޞާޞްތައް ޤާނޫނުގައި
ކަނޑައަޅާފައި އޮންނަންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230
ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅައިފައި އޮތުމުގެ އިތުރުން ޤާނޫނުއަސާސީގެ 232
ވަނަ މާއްދާގައި ލޯކަލް ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް ކަނޑައެޅުމުގައި ޤާނޫނުން
ރިޢާޔަތްކުރަންޖެހޭނެ އަސާސްތައް ބަޔާންކޮށްފައިވާއިރު، ޤާނޫނު ނަންބަރު 2010/7
(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި
ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ ތަފާތު ލޯކަލް ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާއި
ބާރުތަކާ، އަދި އެ ކައުންސިލްތަކުން ދޭ ޚިދުމަތްތައް ބަޔާންކޮށްފައިވާކަން އެނގެން
UCO
249:
19
އޮވެއެވެ.
) ލޯކަލް ދާއިރާތަކުގައި ލާމަރުކަޒީ އުޞޫލުން ހިންގަންޖެހޭ ކަންތައް ހިންގުމާ ޙަވާލުވާ
ކައުންސިލްތަކަކީ އެކައުންސިލްތަކުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި މިނިވަން
މުސްތަޤިއްލު ކައުންސިލްތަކަކަށް ވުން: މި އަސާސްގެ ދަށުން ލޯކަލް ކައުންސިލްތަކުގެ
ލާމަރުކަޒީ އިޚްތިޞާޞްތައް މިނިވަންކަމާއެކު ހިންގުމުގެ ބާރަކީ އޭގެޒާތުގައި މަރްކަޒީ
ސަރުކާރުން އެ ކައުންސިލްތަކަށް ހިބަކޮށްދޭ ބާރެއް ނޫންކަމާއި، އެ ބާރުގެ ޙަޤީޤީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ36ގެ9
މަޞްދަރަކީ ޤާނޫނުއަސާސީ ނުވަތަ ޤާނޫނު ކަމާ، އަދި ލޯކަލް ކައުންސިލްތަކަކީ މިނިވަން
މުސްތަޤިއްލު އިދާރާތަކަކަށް ވުމުގެ ނަތީޖާއެއްގެ ގޮތުން މިޒަމާނުގެ ތަފާތު އިދާރީ
ނިޒާމްތަކުގައި ލޯކަލް ކައުންސިލްތަކުގެ މެންބަރުންނަކީ އެ ކައުންސިލްތައް ނިސްބަތްވާ
ލޯކަލް ދާއިރާތަކުގެ ރައްޔިތުން އިންތިޚާބުކުރާ މެންބަރުންކަން އެނގެން އޮންނަ ހިނދު،
މިކަން ކަށަވަރުކުރަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ
މާއްދާގެ (ހ) ގެ ޞަރީޙަ ނައްޞުގައި "އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ
ކައުންސިލްތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ
ރައްޔިތުން ދީމިޤްރާތީ އުޞޫލުތަކުގެމަތީން، ސިއްރު ވޯޓަކުން އިންތިޚާބުކުރާ
މެންބަރުންނެވެ." މިހެން ކަނޑައަޅައި ބަޔާންކޮށްފައި ވެއެވެ.
94
4 2
(ނ) ލާމަރުކަޒީކޮށް ހިންގާ ލޯކަލް ދާއިރާއަކީ "ޢާންމު ޤާނޫނީ ޝަޚްޞް"
(Public Legal Person) އަކަށް ވުން: މި އަސާސްގެ ދަށުން ޤާނޫނީ ޝަޚްޞަކަށް
މުގެޝަރްޠު ފުރިހަމަނުވާ ކޮންމެ ލޯކަލް ދާއިރާއެއް ބެލެވޭނީ މަރުކަޒީ ސަރުކާރުގެ
ގޮތްޕެއްގެ ގޮތުގައި ކަމާ، އެހެންކަމުން ދައުލަތުގައި ހިމެނޭ ކޮންމެ ލޯކަލް ދާއިރާއެއްގެ
ޤާނޫނީ މަޞްލަހަތުތައް ޙިމާޔަތްކުރާ، އަދި އެ ލޯކަލް ދާއިރާއަކުން ހިންގާ ކަންތައްތައް
ސީދާ ނިސްބަތްވާ ޤާނޫނީ ޝަޚްޏެއް ލާމަރުކަޒީ ނިޒާމުގައި ޤާއިމުވެފައި އޮތުމަކީ ތަފާތު
އިދާރީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ މައްދައަކަށް ވީހިނދު، ޤާނޫނު ނަންބަރު
2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)
ގައި ބަޔާންވެގެންވާ ތަފާތު ލޯކަލް ކައުންސިލްތަކަކީ "އަމިއްލަ ނަމުގައި ދަޢުވާކުރުމާއި،
ދަޢުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ޙައިޘިއްޔަތު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ސަފްޙާ36ގެ10
ލިބިފައިވާ ވަކި ސިއްކައެއް އޮންނަ" ޤާނޫނީ ޝަޚްޞިން ކަމަށް ބުނެވިދިޔަ ޤާނޫނު
ނަންބަރު 2010/7 ގައި ބަޔާންކޮށްފައި ވެއެވެ.
ހ) ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞްތައް ދައުލަތުގެ މަރުކަޒީ ބާރުގެ "ރަޤާބާ"
(monitor
/
control
/
review އާއި "އިޝްރާފު" (supervision) ގެ ދަށުން ހިންގުން: މި
އަސާސްގެ ދަށުން ލޯކަލް ކައުންސިލްތަކަށް ލިބިގެންވާ ލާމަރްކަޒީ އިޚްތިޞާޞްތައް
މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ހިންގުމުގެ ބާރަކީ އެއްވެސް އިދާރީ ނިޒާމެއްގައި
މުޠުލަޤު ބާރެއް ނޫންކަމާ، އަދި އެއީ މުޠުލަޤު ބާރަކަށް ވެއްޖެނަމަ ދައުލަތުގެ ދާޚިލީ
ވަޙްދަތު (unity) ގެއްލިގެން ހިނގައިދާނެކަމާއި، އެހެންކަމުން ލޯކަލް ކައުންސިލްތަކުގެ
އިޚްތިޞާޞްތަކަކީ އަބަދުވެސް ދައުލަތުގެ މަރްކަޒީ ބާރުގެ ރަޤާބާއާއި އިޝްރާފުގެ ދަށުން
ހިންގުން ލާޒިމްކުރާ އިޚްތިޞާޞްތަކެއްކަން އެނގެން އޮންނަހިނދު، ތަފާތު އިދާރީ
ނިޒާމްތަކާއި ޤާނޫނުތަކުގައި ލޯކަލް ކައުންސިލްތަކުގެ މައްޗަށް ދައުލަތުގެ މަރްކަޒީ ބާރުގެ
ރަޤާބާއާއި އިޝްރާފު އޮންނަ މިންވަރު ތަފާތުކަމާއި، އިނގިރޭސި ނިޒާމް ފަދަ ބައެއް
އިދާރީ ނިޒާމްތަކުގައި ލާމަރުކަޒީ އިދާރާތަކުގެ މައްޗަށް ނަޛަރީގޮތުން އޮންނަނީ
ޕާރލަމެންޓާއި ޖުޑިޝަރީގެ ރަޤާބާ ކަމާ، އަދި އެފަދަ ނިޒާމްތަކުގައި މަރްކަޒީ ސަރުކާރުގެ
ރަޤާބާއާއި އިޝްރާފް ލާމަރްކަޒީ އިދާރާތަކުގެ މައްޗަށް އޮންނަނީ ވަރަށް ހަނި
ދާއިރާއެއްގައި ކަމާއި، މިގޮތުން ލާމަރްކަޒީ އިދާރާތަކުން ޤާނޫނާ ޚިލާފަށް ހިންގާ ކަންތައް
ކޯޓަށް ހުށަހަޅައިގެން ރިވިއުކުރުވުމާއި، ލޯކަލް ކައުންސިލްތަކުން ހިންގާ އިދާރީ
ކަންތައްތައް އިންސްޕެކްޓްކޮށް މަޝްވަރާދިނުމާއި، ލޯކަލް ކައުންސިލްތަކުގެ މަސައްކަތާގުޅޭ
ރިޕޯރޓްތައް ޕާރލަމެންޓަށް ހުށަހެޅުމާއި، ޕާރލަމެންޓުގެ ހުއްދައާއެކު ލޯކަލް
ކައުންސިލްތަކާ ގުޅޭ
އިންތިޒާމް ކުރުމަށްޓަކައި ހަދަންޖެހޭ ޤަވާޢިދު
މ 04 ދ ތ ލ0
ބައެއްކަންތައް
ރާއްޖޭގެ .
ސުޕްރީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ސަފްޙާ11536
ހެދުމާއި، ލޯކަލް ކައުންސިލްތަކަށް ލިބިގެންވާ ޤަވާޢިދު ހެދުމާއި، ލޯކަލް ދާއިރާތަކުގެ
މުދަލަށް ތަޞައްރުފުކުރުމާއި ލޯނު ނެގުންފަދަ ފަދަ މާލީ އެހެނިހެން މުޢާމަލާތްތަކުގެ
މައްޗަށް މަރްކަޒީ
ސަރުކާރުގެ
ރަޤާބާއާއި އިޝްރާފް އޮންނަކަން އިސްވެ
އިޝާރާތްކުރެވުނު އިނގިރޭސި ނިޒާމް ފަދަ ބައެއް އިދާރީ ނިޒާމްތަކުގައި ޢަމަލުކުރެވޭ
ލާމަރުކަޒީ ނިޒާމުގެ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، ފަރަންސޭސި ނިޒާމް
ފަދަ ބައެއް އިދާރީ ނިޒާމްތަކުގައި ލާމަރުކަޒީ އިދާރާތަކުގެ މައްޗަށް އޮންނަ ޕާރލަމެންޓާއި
ޖުޑިޝަރީގެ ރަޤާބާގެ އިތުރުން މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފް ލާމަރުކަޒީ
އިދާރާތަކުގެ މައްޗަށް ވަރަށް ފުޅާ ދާއިރާއެއްގައި އޮންނަ ކަމާއި، މިގޮތުން ލޯކަލް
ކައުންސިލްތަކަށް އިންތިޚާބުކުރެވޭ މެންބަރުންގެ އިތުރުން އެކައުންސިލްތަކަށް ބައެއް
މެންބަރުން ޢައްޔަންކުރުމާއި،
ޔަންކުރުމާއި، ބައެއްފަހަރު ކައުންސިލްގެ ރައީސް ޢައްޔަންކުރުމާ، އަދި
ބައެއް ޙާލަތްތަކުގައި ކައުންސިލްތަކުގެ މެންބަރުން ވަޤުތީގޮތުން މަޤާމުން ސަސްޕެންޑް
ކުރުމާއި މަޤާމުން ވަކިކުރުމާ، އަދި ލޯކަލް ކައުންސިލްތަކުގެ މަސައްކަތް ސަސްޕެންޑް
ކުރުމާއި، ކައުންސިލްތައް ރޫޅާލުން ފަދަ ކަންތަކަކީ ބުނެވިދިޔަ ފަރަންސޭސީ ނިޒާމްފަދަ
ބައެއް އިދާރީ ނިޒާމްތަކުގައި ސީދާ ލޯކަލް ކައުންސިލްތަކުގެ (ކައުންސިލަތައް އުފެއްދުމާއި
އެކުލެވިގެންވާގޮތާއި އުވާލުމުގެ) މައްޗަށް މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފް
އޮންނަ މިންވަރު ދަލީލުކޮށްދޭ ކަންތައްކަމާއި، މީގެ އިތުރުން ލާމަރުކަޒީ އިދާރާތަކުގެ
މަސައްކަތްތަކުގެ މައްޗަށް މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފް ތަފާތު ފެންވަރުގައި
އޮންނަކަމާއި، މިގޮތުން ލާމަރްކަޒީ އިދާރާތަކުގެ ބައެއް އިޚްތިޞާޞްތަކާ ގުޅިގެން ހިންގާ
ކަންތައްތައް މަރްކަޒީ ސަރުކާރުގެ އިޒުނައާއެކު ކުރުމާއި، ނުވަތަ ލާމަރުކަޒީ އިދާރާތަކުން
ނިންމާ ބައެއް ކަންތައް ތަންފީޒުކުރުމުގެ ކުރިން މަރްކަޒީ ސަރުކާރުގެ ރުހުން ހޯދުމާ،
މ 24
ރާއްޖޭގެ .
ސުޕްރީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ12536
އަދި
ބައެއް
7ހ 09 37ދ
ރަރުތައް ހއeވހއ
ޙާލަތުގައި ލާމަރުކަޒީ އިދާރާތަކުގެ ޤަރާރު ބާޠިލުކުރުމާ، އަދި
ޤާނޫނީގޮތުން ލާމަރުކަޒީ އިދާރާތަކުގެ މައްޗަށް ކުރުން ލާޒިމްވެގެންވާ ކަމެއް ކުރުމުން އެ
އިދާރާތައް މަނާވެގަންނަ ޙާލަތުގައި މަރްކަޒީ ސަރުކާރުން އިސްނަގައިގެން އެކަމެއް ކުރުން
ފަދަ ކަންތަކަކީ ފަރަންސޭސީ ނިޒާމްފަދަ ބައެއް އިދާރީ ނިޒާމްތަކުގައި ލާމަރުކަޒީ
އިދާރާތަކުގެ އިޚްތިޞާޞްތަކަށް މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފް އޮންނަ
މިންވަރު ދަލީލުކޮށްދޭ ކަންތައްތަކެވެ.
-9
ލާމަރުކަޒީ އިދާރާތަކުގެ މައްޗަށް މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފު
އޮންނަ މިންވަރު - އިސްވެ ބަޔާންވެގެން ދިޔަ ފަދައިން - އެއް އިދާރީ ނިޒާމުން އަނެއް އިދާރީ ނިޒާމަށް
ތަފާތުކަމާއި، މިކަން އިންތިޒާމްކުރުމުގައި ދައުލަތްތަކުން ރިޢާޔަތްކުރަނީ ލާމަރުކަޒީ އިދާރާތަކަށް ޤާނޫނުން
ލިބިދީފައިވާ އިދާރީ މިނިވަންކަމާއި މުސްތަޤިއްލުކަން ނުގެއްލޭ ދަރަޖައަކަށް، މަރްކަޒީ ސަރުކާރުގެ
ޤާބާއާއި އިޝްރާފް އޮތުންކަމާއި، އެހެނީ ލާމަރުކަޒީ އިދާރާތަކަށް ލިބިގެންވާ އިދާރީ މިނިވަންކަމާއި
މުސްތަޤިއްލުކަމަކީ ޤާނޫނުން ލިބިގެންވާ އަޞްލީ މިނިވަންކަމެއްކަމާއި، ވެރިކަން ހިންގުމުގެ ބާރުން
ލާމަރުކަޒީ އިދާރާތަކަށް ދޭ އިމްތިޔާޒެއް ނޫންކަމާ، ވުމާއިއެކު މަރުކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފް
ލާމަރުކަޒީ އިދާރާތަކުގެ މައްޗަށް އޮންނަންވާނީ އަބަދުވެސް ޤާނޫނުގައި ކަނޑައެޅިފައިވާ ޙުދޫދުގެތެރޭގައި،
ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ރޫޙާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ ޢާންމު ސިޔާސަތާއި "ނިޘާމް
ޢާންމް" ރައްކާތެރިކޮށް ޙިމާޔަތްކުރުމުގެ މަޤްޞަދުގައި ކަމާއި، މި މަޤްޞަދު ފަހަނަޅައި ދާފަދަ ގޮތަކަށް
ޤާނޫނުގައި ކަނޑައެޅިފައިވާ ޙުދޫދުން ބޭރުގައި ލާމަރުކަޒީ އިދާރާތަކުގެ މައްޗަށް - ރަޤާބާއާއި އިޝްރާފްގެ
ނަމުގައި - އިދާރީގޮތުން އެއްވެސް ރިޔާސީ ބާރެއް މަރްކަޒީ ސަރުކާރުގެ އިދާރާތަކުން ހިންގުމަކީ
ލާމަރުކަޒީ މަފްހޫމާ މުޅިން ޚިލާފް ކަމެއްކަމާއި، ހަމަ އެމޭރުމުން ލާމަރުކަޒީ އިދާރާތަކަށް ޤާނޫނުން
މަޢުނަވީ ޝަޚްޞިއްޔަތުކަން ދެވި އިދާރީ ގޮތުން މިނިވަން މުސްތަޤިއްލު އިދާރާތަކެއްގެ ގޮތުގައި އޮތުމުގެ
ރާއްޖޭގެ .
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ސަފްޙާ1336
މާނައަކީ އެއްވެސް ޙާލެއްގައި ލާމަރުކަޒީ އިދާރާތަކަކީ ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރުގައި ނުހިމެނޭ،
ވަކި ބާރެއްގެ ގޮތުގައި ތަޞައްރުފުކުރުމުގެ ބާރުލިބިފައިވާ، މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފުން
ބޭރުގައިވާ އިދާރާތަކެއް ނޫންކަމުގައި ވުމަކީ މިޒަމާނުގެ ތަފާތު އިދާރީ ނިޒާމްތަކުން ޤަބޫލުކުރާ މައްދައެކެވެ.
10- ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞްތަކުގެ މައްޗަށް ދައުލަތުގެ މަރްކަޒީ ބާރުގެ
ރަޤާބާއާއި އިޝްރާފް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އޮންނަ ގޮތުގެމައްޗަށް ނަޒަރުކުރާއިރު، އަންނަނިވި
ކަންތައް ފާހަގަކުރެވެއެ
4 22
<< Od
ހ) ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރު (ސަރުކާރު) ގައި، އޭގެ އެންމެ ފުޅާ މާނާގައި،
ޝާމިލްވާ މަޤާމްތަކަކީ، ދައުލަތުގެ މަރްކަޒީ އަދި ލާމަރުކަޒީ އިދާރާތަކާއި މިނިވަން
މުއައްސަސާތަކުގެ އެންމެހައި މަޤާމްތައް ކަމުގައި ވީހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި 99 ވަނަ މާއްދާގައި ކަނޑައެޅިގެންވާ
އުޞޫލުތަކުގެ މަތިން ސީދާ ލާމަރުކަޒީ އިދާރާތައް ޖަވާ
ޖަވާބުދާރީ
ކުރުވުމުގެ
ރައްޔިތުންގެ މަޖިލީހަށް ލިބިގެންވުމުގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 93 ވަނަ މާއްދާއާއި 101 ވަނަ މާއްދާއާއި 134 ވަނަ މާއްދާގެ
ދަށުން ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ވަޒީރުން ޖަވާބުދާރީ ކުރުވުމުގެތެރޭގައި
ނުސީދާކޮށް ލާމަރުކަޒީ އިދާރާތަކުގެ މައްޗަށް އެ މަޖިލީހުގެ ރަޤޫބާ ދެމިގެން ދިއުމުގެ
ފުރުޞަތު އޮންނަ ކަމާއި، މިގޮތުން ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން
ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތުތައް ތަންފީޒުކޮށް ހިންގުމާ ގުޅިގެން ކޮންމެ
ވަޒީރަކުވެސް އެވަޒީރެއްގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް
ޖަވާބުދާރީވާން ޖެހޭހިނދު، ވަޒީރު ޖަވާބުދާރީވާން ޖެހޭނީ ހަމައެކަނި އެވަޒީރުގެ ސީދާ
ބެލުމުގެދަށުން ހިނގާ މަރްކަޒީ އިދާރާތަކާއި ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި
ސުޕްރީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ14
:
36
ދައުލަތުގެ ޢާންމު ސިޔާސަތުތައް ލާމަރުކަޒީ އުޞޫލުން ހިންގާ ލޯކަލް ދާއިރާތަކުގައި
ތަންފީޒުކުރެވޭ ގޮތުގެ މައްޗަށް މަރްކަޒީ ސަރުކާރުގެ ރަބާއާއި އިޝްރާފް އޮންނަ
މިންވަރާއި މަރްކަޒީ އިދާރާތަކާ ލޯކަލް ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުމާ
ބެހޭގޮތުންވެސް ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެކަމާ، އަދި މީގެ
އިތުރުން ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގައި ބަޔާންވެގެންވާ ލޯކަލް
ގަވަރމަންޓް އޮތޯރިޓީ އަކީ ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ ލޯކަލް ކައުންސިލްތަކުގެ
މަސައްކަތާއި ޙަރަކާތްތައް ހިނގަމުންދާގޮތް ބަލައި، އެ ކައުންސިލްތަކުގެ މަސައްކަތްތައް
ވިލަރެސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދާ ޤައުމީ މުއައްސަސާއެއް ކަމުގައި
ވީހިނދު، ޤާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި 99 ވަނަ މާއްދާގެ ޙުދޫދުގެ ތެރޭގައި،
އެ މުއައްސަސާއަކީވެސް ލޯކަލް ކައުންސިލަތަކުގެ އިޚްތިޞާޞްތަކާ ގުޅިގެން ރައްޔިތުންގެ
މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި އެމަޖިލީހަށް ޖަވާބުދާރީވާންޖެހޭ މުއައްސަސާއެއްކަން
އެނގެއެވެ.
ނ) ލާމަރްކަޒީ އިދާރާތަކުން އަދާކުރާ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ގުޅިގެން
އެކަންތަކުގެ މަޝްރޫޢިއްޔަތުކަން (Legality) ބަލައި ރިވިއު ކުރުމާއި، ދައުލަތުގެ މަރްކަޒީ
އިދާރާތަކާއި ލާމަރުކަޒީ އިދާރާތަކާ ދެމެދު އުފެދޭ ޚުޞޫމަތްތަކުގައި ފައިޞަލާކުރުމުގެ
ބާރު ދައުލަތުގެ ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކަމާބެހޭ
ކޯޓްތަކަށް އަބަދުވެސް ލިބިގެންވާ ކަމާއި، މިގޮތުން ދައުލަތުގެ އެންމެހައި އިދާރާތަކުގެ
މައްޗަށް - އެއީ މަރްކަޒީ އިދާރާއަކަށް ވިއަސް ނުވަތަ ލާމަރުކަޒީ އިދާރާއަކަށް ވިއަސް
4 22
ރާއްޖޭގެ .
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ36 15
<< O
ނުވަތަ މިނިވަން މުއައްސަސާއަކަށް ވިއަސް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 43 ވަނަ
މާއްދާގެ (ނ) އާއި 144 ވަނަ މާއްދާގެ (ހ) ގެ ދަށުން އޮންނަ "ޤަޟާއީ ރަޤާބާ"
(Judicial Review) ގެ އިތުރުން، ސީދާ ލާމަރުކަޒީ އިދާރާތަކުގެ މައްޗަށް ޝަރްޢީ
ކޯޓުތަކުގެ ރަޤާބާ އޮންނަ ބައެއް ޙާލަތްތައް ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންވެގެން ވާކަމާއި،
މިގޮތުން ލޯކަލް ކައުންސިލްތައް ރޫޅާލުމުގައި ކޯޓުގެ ރަޤާބީ ދައުރު ބަޔާންކުރަމުން
ބުނެވިދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ
66 ވަނަ މާއްދާގެ (ހ) ގައި "އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ
ކައުންސިލް ރޫޅާލުމުގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ބާރު ލޯކަލް
ގަވަރމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ. މިހެން ބުނުމަށްފަހު ހަމަ އެމާއްދާގެ
(ށ) ގައި "މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކައުންސިލެއް އުވާލުމަށް ކޯޓުން
ކަނޑައަޅަންވާނީ ކައުންސިލް އުވާލުން ނޫން އެހެން ގޮތެއް ނެތްކަމަށް ކޯޓަށް
ޤަބޫލުކުރެވޭނަމައެވެ." މިހެން ބަޔާންވެގެން އޮންނައިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ ނުވަތަ ދެ
ކައުންސިލެއްގެ ދެމެދުގައި ޚިލާފެއް އުފެދިއްޖެނަމަ އެކަމަށް ޙައްލެއް ހޯދައިދިނުމުގެ
ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމާގޮތާމެދު ހިތްހަމަނުޖެހޭ ފަރާތަކުން އެކަމެއް
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާ ކަމަށް އިސްވެ އިޝާރާތްކުރެވުނު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 149 ވަނަ
I
މާއްދާގައި
ހރު 0
2
0
2
2
2
ބަޔާންވެގެންވެއެވެ"
-ރާއްޖޭގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ސަފްޙާ36ގެ16
ނ) ލާމަރުކަޒީ އިދާރާތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އޮންނަ،
ރައްޔިތުންގެ މަޖިލީހާއި، ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ރަޤާބާއާއި އިޝްރާފުގެ
އިތުރުން، ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ ވުޒާރާތަކާއި މަރްކަޒީ އެހެނިހެން
އިދާރާތަކުގެ ރަޤާބާއާއި އިޝްރާފް ލާމަރްކަޒީ އިދާރާތަކުގެ މައްޗަށް ތަފާތު ފެންވަރުގައި
އޮންނަ އޮތުމުގެ އަސާސަށް ބަލާއިރު ލާމަރުކަޒީ އިދާރާތަކަކީ ޤާނޫނުން މަޢުނަވީ
ޝަޚްޞިއްޔަތުކަން ލިބިފައިވާ، އިދާރީގޮތުން މިނިވަން މުސްތަޤިއްލު އިދާރާތަކެއް ކަމުގައި
ވީނަމަވެސް، އެއީ ޙަޤީޤަތުގައި ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ އިދާރާތަކެއްކަން
އެނގެން އޮންނަކަމާއި، ވެރިކަން ހިންގުމުގެބާރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 6 ވަނަ މާއްދާއާއި 106 ވަނަ މާއްދާގެ (ހ) ގައި ވާފަދައިން
ލިބިގެންވަނީ ދައުލަތުގެ އެންމެ މަތީވެރިޔާ އަދި ސަރުކާރުގެ އެންމެ މަތީވެރިޔާ ކަމުގައިވާ
ރައީސުލްޖުމްހޫރިއްޔާއަށް ކަމާއި، ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގާންވާނީ
ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެމަތީންކަން އިސްވެދިޔަ ޤާނޫނުއަސާސީގެ 106
ވަނަ މާއްދާގެ (ށ) އިން ސާފުކޮށް އެނގެން އޮންނަކަމާއި، އަދި ޤާނޫނުއަސާސީ އާއި
ޤާނޫނުން ކަނޑައަޅައިފައިވާ ކަންތައްތައް އިޚްލާޞްތެރިކަމާއެކު ތަންފީޛުކޮށް ދައުލަތުގެ
މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް
ބާރު އެޅުމާއި، ސަރުކާރުގެ އެންމެހައި އިދާރާތައް ގުޅިގެން ހިންގުންތެރިކަމާއެކު
މަސައްކަތްކުރޭތޯ ބެލުމާއި، ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ
ސިޔާސަތުތައް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށާއި މުއައްސަސާތަކަށް އަންގައި
އެތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމާއި، މިކަންތައްތަކަކީ ރައީސުލް ޖުމްހޫރިއްޔާގެ
ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
-ރާއްޖޭގެ .
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ސަފްޙާ36ގެ17
24 2 2220
އފހރ
/
<
ہی ہی گرمی
115 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި (ބ) ގައި ކަނޑައަޅައިފައިވާ ކަންތައްކަން
ރަނގަޅަށް އެނގެން އޮންނައިރު، ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ކަންތައްތަކާއި
ޤާނޫނުއަސާސީންނާއި ޤާނޫނުން
ކަންތައްތައް ކުރުމަށްޓަކައި
ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންގެ މަޖިލީހެއް އޮންނަންވާނެކަމަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ކަނޑައެޅުމަށްފަހު،
ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް
މަޝްވަރާދިނުމާއި، އެހީތެރިވެދިނުމާއި، ޤާނޫނުއަސާސީ އާއި ޤާނޫނާ
ގޮތުގެމަތިން، ސަރުކާރު ހިންގުމުގެ ހުރިހައި ދާއިރާތަކެއްގައިވެސް އެ ސިޔާސަތުތައް
ތަންފީޛުކޮށް، ހިނގާނުހިނގާގޮތް ބެލުމަކީ ވަޒީރުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 132 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
އިރު، ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ ތަފާތު އިދާރާތަކަކީ - އެއީ މަރްކަޒީ
އިދާރާތަކެއް ކަމުގައި ވީނަމަވެސް، އަދި ލާމަރުކަޒީ އިދާރާތަކެއް ކަމުގައި ވީނަމަވެސް،
އަދި މިނިވަން މުއައްސަސާތަކެއް ކަމުގައި ވީނަމަވެސް ވަޒީރުންގެ މަޖިލީހުގެ
މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ދައުލަތް ހިންގުމުގެ ޢާންމު
ސިޔާސަތުތައް ތަންފީޒުކުރުން ލާޒިމްވެގެންވާ އިދާރާތަކެއްކަމުގައި ވީހިނދު، ޤާނޫނީ
ޝަޚްޞިއްޔަތު ލިބިގެންވާ ލާމަރުކަޒީ އިދާރާތަކަކީ އިދާރީގޮތުން މިނިވަން މުސްތަޤިއްލު
އިދާރާތަކަކަށް ވުމުން، އެ އިދާރާތަކަކީ ސީދާ މަރްކަޒީ ސަރުކާރަށް އިދާރީގޮތުން ތަބާވާ
މުއައްސަސާތަކެއްކަމުގައި ނުވިނަމަވެސް، މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފް
ލާމަރުކަޒީ އިދާރާތަކުގެ މައްޗަށް އޮތުމުގެ ޤާނޫނީ އަސާސް ބިނާވެގެންވަނީ އިސްވެބަޔާން
ވެގެންދިޔަ ދުސްތޫރީ ނައްޞުތަކުން ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާ
ރާއްޖޭގެ .
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ސަފްޙާ36ގެ18
ޙަވާލުކރުކެނޗށް
14ނކުރު
ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނެކުރާ ވަޒީރުންގެ މަޖިލީހަށް
ލިބިގެންވާ ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތު ކަނޑައަޅައި ތަންފީޒުކޮށް އެ
ސިޔާސަތުތައް މުޅިދައުލަތުގެ އެންމެހައި އިދާރާތަކުގައި ހިނގާނުހިގާގޮތް ބެލުމުގެ ބާރުގެ
މައްޗަށްކަން ފާހަގަކުރެވެއެވެ.
4 20 0
11- ލާމަރްކަޒީ އިދާރާތަކުގެ ނުވަތަ ލޯކަލް ކައުންސިލްތަކުގެ މެންބަރުން
އިޚްތިޔާރުކުރެވެނީ އިންތިޚާބުން ކަމުގައި ވީނަމަވެސް، އެކައުންސިލްތަކަކީ އޭގެ ޒާތުގައި. ވެރިކަން
ހިންގުމުގެ ބާރުގައި ހިމެނޭ އިދާރާތަކަށްވާއިރު، އެ އިދާރާތަކުގެ މައްޗަށް ވެރިކަން ހިންގުމުގެ އަޞްލީ
އިޚްތިޞާޞް ލިބިގެންވާ ފަރާތްކަމުގައިވާ، މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފް އޮތުމަކީ - އިސްވެ
އިޝާރާތް ކުރެވުނުފަދައިން - ލާމަރުކަޒީ ނިޒާމުގެ އަސާސެއްކަމާއި، ބުނެވިދިޔަ ރަޤާބާއާއި އިޝްރާފުގެ
ޒަރީޢާއިން ޙާޞިލުވާ އަސާސީ ތިން މަޤްޞަދެއް ވާކަމާއި، ފުރަތަމަ މަޤްޞަދަކީ ދައުލަތުގެ ވަޙްދަތާއި
އިސްތިޤްރާރު ޙިމާޔަތްވުން ގެރެންޓީ ކުރުން ކަމާއި، ދެވަނަ މަޤްޞަދަކީ ލޯކަލް ދާއިރާތަކުގައި ހިމެނޭ
އިދާރާތައް ރަގަޅުގޮތުގައި އެއް އުޞޫލުތަކެއްގެ މަތިން ހިންގުން ގެރެންޓިކުރުންކަމާއި، ތިންވަނަ
މަޤްޞަދަކީ ލޯކަލް އިދާރާތަކުން ޤާނޫނުތަކާއި ޤަވާޢިދުތަކާއި ދައުލަތުގެ ޢާންމު ސިޔާސަތުތަކަށް ތަބާވުން
ގެރެންޓީ ކުރުންކަމުގައި ވީހިނދު، މި އެންމެހައި ކަންތައްތައް ގެރެންޓީކުރުމަށް ޓަކައި ޤާނޫނު ނަންބަރު
2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ލާމަރުކަޒީ
އިދާރާތަކާއި މަރްކަޒީ އިދާރާތަކާ ދެމެދުގައި އޮންނަ ގުޅުމާއި، ލާމަރުކަޒީ އިދާރާތަކުގެ މައްޗަށް މަރްކަޒީ
ފެންވަރެއްގައި ރަޤާބާއާއި އިޝްރާފް ޤާއިމުވެގެންވާ ގޮތާއި، ތަފާތު ފެންވަރުގައި ލާމަރުކަޒީ އިދާރާތައް
ޖަވާބުދާރީ ކުރުވަނިވި އުޞޫލުތައް ކަނޑައެޅިގެންވާ ގޮތުގެ މައްޗަށް ނަޒަރު ކުރާއިރު އަންނަނިވި
ކަންތައްތައް ފާހަގަވެއެވެ.
-ރާއްޖޭގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ސަފްޙާ36ގެ19
ހ) ލާމަރުކަޒީ ނިޒާމުގައި ކޮންމެ ޕްރޮވިންސެއްގައި ޝާމިލުވާ ލޯކަލް ކައުންސިލްތަކުގެ
ތެރެއިން، ސަރަޙައްދީގޮތުން ކުޑަ ކައުންސިލްތަކުން ބޮޑުކައުންސިލްތަކަށް ރިޕޯޓުކޮށް
ޖަވާބުދާރީވުމުގެ އުޞޫލު ދިވެހިރާއްޖޭގެ ލާމަރްކަޒީ ނިޒާމުގައި ޤާއިމުވެފައިވާކަން ޤާނޫނު
ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ
ޤާނޫނު) ގެ ތަފާތު ނައްޞުތަކުން އެނގެން އޮވެއެވެ. މިގޮތުން ރަށު ކައުންސިލަކުން
ޖަވާބުދާރީވާ އަދި ރިޕޯޓްކުރާ ރަސްމީ ފަރާތަކީ، އެ ރަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު
ކައުންސިލް ކަމާ، އަދި ރަށު ކައުންސިލްގެ ޚަރަދުތަކާއި ލިބޭ އާމްދަނީގެ އަހަރީ ރިޕޯޓް
އަތޮޅު ކައުންސިލަށް، ރަށު ކައުންސިލްގެ ރައީސް ފޮނުވަންވާނެކަމާއި، އަދި އަވަށު
އޮފީސްތަކުގެ ޚަރަދުތަކާއި ލިބޭ އާމްދަނީގެ އަހަރީ ރިޕޯޓް ސިޓީ ކައުންސިލަށް، ބޯޑުގެ
ރައީސް ފޮނުވަންވާނެ ކަން ބުނެވިދިޔަ ޤާނޫނުގެ 3 ވަނަ މާއްދާގެ (ރ) އާއި، 105
ވަނަ މާއްދާއިން އެނގެން އޮންނައިރު، ހަމަ އެ ޤާނޫނުގެ 108 ވަނަ މާއްދާގައި
ބަޔާންވެގެންވާ ތަފާތު ލިއުންތަކާއި ރިޕޯޓްތައް ކަނޑައެޅިފައިވާ އުޞޫލުން ރަށު
ކައުންސިލްތަކުން އަތޮޅު ކައުންސިލަށް، އަދި އަވަށު އޮފީސްތަކުން ސިޓީ ކައުންސިލަށް
ފޮނުވަން ވާނެކަން އެނގެން އޮވެއެވެ.
ނ) ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން
ހިންގުމުގެ ޤާނޫނު) ގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އުފެއްދުން ލާޒިމްކޮށްފައިވާ
ލޯކަލް ގަވަރމަންޓް އޮތޯރިޓީއަކީ ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ ލޯކަލް ކައުންސިލްތަކުގެ
މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދާގޮތްބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް
ވިލަރެސްކުރުމަށްޓަކައި ޙަރަކާތްތެރިވާ ޤައުމީ މުއައްސަސާއެއްކަން ބުނެވިދިޔަ ޤާނޫނުގެ
60 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނައިރު، އެ މުއައްސަސާއަށް ޖަވާބުދާރީވެ
ރާއްޖޭގެ .
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
4227
ސަފްޙާ20536
ރިޕޯޓުކުރުމަކީ ލޯކަލް ކައުންސިލްތަކުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަން ބުނެވިދިޔަ
ޤާނޫނުގެ ތަފާތު ނައްޞުތަކުން އެނގެން އޮންނަކަމާ، އަދި މީގެ އިތުރުން ލޯކަލް
ކައުންސިލްތަކުގެ މައްޗަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރަޤާބާއާއި އިޝްރާފް ތަފާތު
ފެންވަރުގައި އޮންނަކަމާއި، މިގޮތުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތާއި ޙަރަކާތްތަކާއި
ކައުންސިލްތަކުން އެކަށައަޅާ ޤަވާޢިދުތައް ހުންނަނީ އެއް އުޞޫލަކުންތޯ ބަލައި ހުރިހާ
ކައުންސިލްތަކުން އެއް ހަމަތަކަކާ އެއް އުޞޫލުތަކެއް ދެމެހެއްޓުމަށް މަސައްކަތްކުރުމާއި،
<< O
އެއްވެސް ކައުންސިލެއްގެ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާގޮތަށް އަދާނުކުރެވޭނަމަ އެ
ކައުންސިލެއްގެ މަސްއޫލިއްޔަތާއި
ވާޖިބުއަދާކުރުމަށް
ހުރަސްއެޅޭ
ދެނެގަތުމަށްޓަކައި ކަންއޮތްގޮތް ދިރާސާކޮށް ބެލުމާއި، ޤާނޫނުގައި ކަނޑައެޅިގެންވާ
ޙާލަތެއް މެދުވެރިވެއްޖެނަމަ ކައުންސިލް ރޫޅާލުމުގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބާރާއި މަސްއޫލިއްޔަތުގެ ތެރޭގައި
ހިމެނޭކަންތައްކަން ބުނެވިދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން
ހިންގުމުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ރ) އާއި، 65 ވަނަ މާއްދާއާއި، 66 ވަނަ
މާއްދާގެ (ހ) އިން އެނގެން އޮންނައިރު، ޤާނޫނުގައި ނުހިމެނޭކަމަކާބެހޭ ގޮތުން ނުވަތަ
ދެ ކައުންސިލެއްގެ ދެމެދުގައި ޚިލާފެއް އުފެދިއްޖެނަމަ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި
ޤަވާޢިދުތަކާ ޚިލާފުނުވާނޭ ގޮތުގެމަތިން އެކަމުގައި ގޮތެއް ނިންމުމުގެ ބާރު ލޯކަލް
ގަވަރމަންޓް އޮތޯރިޓީއަށް ލިބިގެންވާކަމާއި، ލޯކަލް ކައުންސިލްތަކަށް ތަފާތު ޤަވާޢިދުތައް
ހެދުމުގެ ބާރުލިބިގެންވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު ކަން
ބުނެވިދިޔަ ޤާނޫނުގެ 149 ވަނަ މާއްދާއާއި، 151 ވަނަ މާއްދާ އާއި، 152 ވަނަ
ޤައްދާއިން ރަނގަޅަށް އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ސަފްޙާ36 21
4 22
CO
ނ) ލާމަރުކަޒީ އުޞޫލުން ލޯކަލް ދާއިރާތައް ހިންގާގޮތަށް ތަންޖީމުކުރެވިފައިވާ އިދާރީ
ނިޒާމްތަކުގައި ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތު ލޯކަލް ދާއިރާތަކުގައި އޭގެ
އެންމެފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށްޓަކައި މަރްކަޒީ ސަރުކާރުގެ އިދާރާތަކާއި
ލާމަރުކަޒީ އިދާރާތަކުގެ ދެމެދުގައި ތަފާތު ފެންވަރުގައި ގުޅުން ޤާއިމުކުރެވޭކަން އެނގެން
އޮންނައިރު، އިސްވެ އިޝާރާތްކުރެވުން ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ހަތްވަނަ ބާބުގައި
ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ލާމަރުކަޒީ ނިޒާމުގައި ޤައުމީ ނުވަތަ މަރްކަޒީ
އިދާރާތަކާ ލޯކަލް ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުން ތަފްޞީލުކުރެވިފައިވާ ކަމާ،
މިގޮތުން ބުނެވިދިޔަ ޤާނޫނުގެ 67 ވަނަ މާއްދާގައި ސަރުކާރުގެ މިނިސްޓްރީތަކާއި
މިނިސްޓްރީތަކުގެ ދަށުން ހިނގާ އިދާރާތަކުން އިދާރީ ދާއިރާތަކުގައި ދޭ ޚިދްމަތްތަކާއި
ސަރުކާރުގެ މިނިސްޓްރީތަކާއި މިނިސްޓްރީތަކުގެ ދަށުން ހިނގާ އިދާރާތަކުން އިދާރީ
ދާއިރާތަކުގައި ހިންގާ ތަރައްޤީގެ ޙަރަކާތްތައް ރާވައި ވިލަރެސްކުރާނީ
އަތޮޅުކައުންސިލްތަކުގެ ބެލުމުގެ ދަށުންކަމުގައި ބަޔާންވެގެންވާ ހިނދު، އިދާރީ
ދާއިރާތަކާއި ރަށްރަށުގައި ޙަރަކާތްތެރިވާ ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރުމުގެ ތެރޭގައި
ކައުންސިލްތަކުގެ އެހީއަށް އެދިއްޖެނަމަ ކައުންސިލްތަކަށް ވެވުނު މިންވަރަކުން އެފަދަ
ކަންކަމުގައި ފުލުހުންނަށް އެހީތެރިވެދޭންވާނެ ކަމަށާއި، އަދި ސިޓީ ކައުންސިލްތަކާއި
އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ވާޖިބުތައް އަދާކުރުމުގައި ފުލުހުންގެ
އެހީތެރިކަމަށް އެދިއްޖެނަމަ، ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން
ފުލުހުން ދޭންވާނެކަމަށާއި، އަދި ޤައުމީ އިދާރާތަކުން ދޭ ޚިދްމަތްތައް ކޮންމެ އިދާރީ
ދާއިރާއަކުން ލިބޭނެ އިންތިޒާމު ޤާނޫނުގައިވާ ގޮތުގެމަތިން، ޤައުމީ އިދާރާތަކުން
94
4
ރާއްޖޭގެ .
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ36ގެ22
24 2 .
އެއްބާރުލުމާއި
ހަމަޖައްސަންވާނެ ކަމަށާއި، ޤައުމީ އިދާރާތަކުން އިދާރީ ދާއިރާތަކުގައި އަދާކުރަންޖެހޭ
ވާޖިބުތައް އަދާކުރުމަށްޓަކައި ބޭނުންވާ
އެހީތެރިކަން އަތޮޅު
ކައުންސިލްތަކުން ދޭންވާނެކަމަށް އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2010/7
(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 70 ވަނަ
71 ވަނަ މާއްދާގައި ބަޔާންވެގެ
0 0
<< o
މައްދިއެއް
ހރު 8
4
2
2
4
2
4
ބަޔާންވެގެނެވެއެވެ"
ރ) ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ މާލީކަންތައް ދުނިޔޭގެ
އެހެނިހެން ލާމަރުކަޒީ ނިޒާމްތަކެކޭ އެއްފަދައިން - ތަންދީމުކުރެވިފައިވަނީ ދައުލަތުގެ
ކަމާބެހޭ މަރްކަޒީ އިދާރާތަކުގެ ރަޤާބައާއި އިޝްރާފުގެ ދަށުން ކަން ޤާނޫނު ނަންބަރު
2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)
ގެ ތަފާތު މާއްދާތަކުން ދަލީލުކޮށް ދޭކަމާއި، މިގޮތުން ދައުލަތައް އާމްދަނީ ލިބޭ
ވަސީލަތްތަކުން ލޯކަލް ކައުންސިލްތަކަށް ދޭންވާ މިންވަރު ކަނޑައަޅާނީ މިނިސްޓްރީ އޮފް
ފިނޭންސް އެންޑް ޓްރެޜަރީން ކަމަށާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި،
އަތޮޅު ކައުންސިލްތަކުގެ އޮފީސްތައް ހިންގުމަށާއި، ކައުންސިލްތަކުން ދޭ ޚިދުމަތްތައް
ދިނުމަށާއި، ކައުންސިލްތަކުން ތަރައްޤީއަށް ހިންގާ މަޝްރޫޢުތަކަށް ޚަރަދުކުރުމަށް،
ޤާނޫނުގައި ކަނޑައެޅިފައިވާ ކަންތަކަށް ރިޢާޔަތްކޮށް ސަރުކާރުން ކޮންމެ އަހަރަކުމެ
ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނައި، އެ ފައިސާ ހިލޭ އެހީގެ ގޮތުގައި ސަރުކާރުން
ކައުންސިލްތަކަށް ދޭންވާނެކަމަށާއި، ތަރައްޤީގެ ޕްލޭންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ
ގޮތުން ކަނޑައެޅިފައިވާ މަޝްރޫޢުތަކަށް ރާއްޖެއިން ބޭރުގެ ބޭންކަކުން ނުވަތަ މާލީ
އިދާރާއަކުން ކައުންސިލަކަށް ލޯނު ފޯރުކޮށްދެވޭނީ ސަރުކާރު މެދުވެރިކޮށް ކަމަށް
ބުނެވިދިޔަ ޤާނޫނުގެ 81 ވަނަ މާއްދާއާއި 82 ވަނަ މާއްދާއާއި 84 ވަނަ މާއްދާގައި
ރާއްޖޭގެ .
ސުޕްރީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ2336
ބަޔާންވެގެން ވާއިރު، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ޤާނޫނުގައި
ބަޔާންކޮށްފައިވާ އަވަށު އޮފީސްތަކާއި، ސިޓީ ކައުންސިލްގެ ބަޖެޓަށް ކުރިއަށްއޮތް އަހަރު
ސަރުކާރުން ބޭނުންވާ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގައިވާ
ގޮތުގެމަތިން ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅަ
ހަހަޅަންވާނެ ކަމަށާއި، ޤައުމީ ތަރައްޤީގެ
ޕްލޭނާއި ސަރުކާރުގެ ބަޖެޓް ތައްޔާރުކުރުމުގައި ރަށްރަށާއި ސިޓީތަކާއި އިދާރީ ދާއިރާތަކުގެ
ތަރައްޤީގެ ޕްލޭންތަކަށް ރިޢާޔަތް ކުރަންވާނެ ކަމަށާއި، ކައުންސިލްތަކުގެ ޚަރަދުތަކާއި ލިބޭ
އާމްދަނީގެ އަހަރީ ރިޕޯޓު ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ޤާނޫނުގައި ވާގޮތުގެ މަތިން
ފޮނުވަންވާނެ ކަމަށާއި، ކައުންސިލްތަކުގެ ފައިސާއާއި ހިސާބުތައް ބެލުމުގެ އިޚްތިޔާރު
ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި،
އޮޑިޓަރ ޖެނެރަލް އަށް ލިބިގެންވާ ކަމަށާ، އަދި ހުށަހެޅިފައިވާ މައްސަލައަކާގުޅޭ ގޮތުން
ބަލަންޖެހޭ ލިޔެކިޔުންތަކާއި ހިސާބުތައް ބެލުމުގެ އިޚްތިޔާރު އެ މައްސަލައެއް ބެލުމަށް
ހަމަޖެހިފައިވާ ދައުލަތުގެ މުއައްސަސާތަކަށް ލިބިގެންވާ ކަމަށް އިސްވެދިޔަ ޤާނޫނު
ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ
ޤާނޫނު) ގެ 95 ވަނަ މާއްދާއާއި، 101 ވަނަ މާއްދާއާއި، 105 ވަނަ މާއްދާއާއި، 106
ވަނަ މާއްދާއިން އެނގެން އޮވެއެވެ.
12- އިސްވެ ބަޔާންވެގެންދިޔަ ލާމަރުކަޒީ ނިޒާމުގެ އަސާސްތަކާއި އުޞޫލުތަކުގެ
އަލީގައި، މި މައްސަލާގައި ދަޢުވާކުރާ މ.ވެލިދޫގެ މާލެ، މުޙައްމަދު ނަޢީމް، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ނަންބަރު SC
-
L145/2011 ފޯމުން،
ޤާނޫނުނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)
ގެ މާއްދާތަކެއް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުކަމަށް ކަނޑައަޅައިދިނުމަށް އެދި
ރާއްޖޭގެ .
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ2436
ހުށަހަޅާފައިވާ މައްސަލައިގެ ދަޢުވާ ބިނާކުރާ ސަބަބުތަކުގެ މައްޗަށް ނަޒަރުކުރާއިރު އަންނަނިވި ކަންތައް
ފާހަގަކުރެވެއެވެ.
ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ
ޤާނޫނުގެ 3 ވަނަ މާއްދާގެ (ރ) ގައި ރަށު ކައުންސިލަކުން ޖަވާބުދާރީވާ އަދި ރިޕޯޓުކުރާ
ރަސްމީ ފަރާތަކީ، އެ ރަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލްކަމަށާ، އަދި އަތޮޅު
ކައުންސިލްތަކުން ޖަވާބުދާރީ ވާންޖެހޭނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ކަމަށް ބުނުމަށް
ފަހު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ޖަވާބުދާރީވާންޖެހޭ ފަރާތަކީ ކޮބައިކަން ބުނެވިދިޔަ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 3 ވަނަ
މާއްދާގެ (ރ) ގައި ބަޔާންކޮށްފައި ނެތުމަކީ އޭގެ ޒާތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގެ މަފްހޫމާ ތަޢާރުޟުވާ ކަމެއް ނޫންކަމާ، އެހެނީ
ލޯކަލް ގަވަރމަންޓް އޮތޯރިޓީއަކީ ލޯކަލް ކައުންސިލްތަކުގެ މަސައްކަތާއި ޙަރަކާތްތައް
ހިނގަމުންދާގޮތް ބަލައި، އެ ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި
ރައީސުލްޖުމްހޫރިއްޔާ އުފައްދާ ޤައުމީ މުއައްސަސާއެއްކަން ދިވެހިރާއްޖޭގެ އިދާރީ
ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 60 ވަނަ މާއްދާއިން އެނގެން
އޮވެފައި، އަދި އެ އޮތޯރިޓީއަކީ މުސްތަޤިއްލު މުއައްސަސާއެއްކަމަށް އެއްވެސް ޤާނޫނަކުން
ކަނޑައަޅާފައި ނެތުމުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަކީ ސަރުކާރުން ޤާއިމުކުރާ ޤައުމީ
ނުވަތަ މަރްކަޒީ މުއައްސަސާއެއްކަން އެނގޭކަމާ، އަދި ސަރުކާރުން ޤާއިމުކުރާ އެފަދަ
ކޮންމެ މުއައްސަސާއަކާ މަސްއޫލުވެ، އެ މުއައްސަސާގެ ހިންގުމަށް ޒިންމާ އުފުލައި
ޖަވާބުދާރީ ވާން ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހުންނަންވާނެ ކަން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ސަފްޙާ25.36
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 134 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ
ޢިބާރާތުގައި " ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ޙަވާލުކުރެވޭ މަސްއޫލިއްޔަތުތަކާއި
ވާޖިބުތައް ހެޔޮގޮތުގައި އަދާކުރުމުގައި ވަކިވަކި މެންބަރުންނާއި މުޅި ވަޒީރުންގެ މަޖިލިސް
ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދާރީވުމުގެ އިތުރަށް، ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ
ގޮތަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ވާނެއެވެ"، މިހެން ބަޔާންވެގެން އޮތުމުން،
ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި މަސްއޫލުވެ ހުންނަ ވަޒީރުގެ ޙައިޘިއްޔަތުން އެ ވަޒީރު
ޖަވާބުދާރީ ވާންޖެހޭ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސްކަން ސީދާ
ޤާނޫނުއަސާސީގެ ނައްޞުން އެނގެން އޮތުމުގެ އިތުރުން ސަރުކާރުގެ އިދާރާއެއްގެ
ޙައިޘިއްޔަތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ މަޤާމްތަކުގައި ތިބޭ މީހުން ޖަވާބުދާރީ
ކުރުވުމުގެ ބާރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 98 ވަނަ މާއްދާގެ ދަށުން
ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާކަން އެނގެން އޮންނައިރު، ޤާނޫނުއަސާސީގެ ޞަރީޙަ
ނައްޞުގައި ބަޔާންވެގެންވާ ކަމެއް ޤާނޫނެއްގައި ކަނޑައެޅިފައި ނެތުމަކީ އެ ޤާނޫނެއް
ޤާނޫނުއަސާސީއާ ތަޢާރުޟުވާ ސަބަބެއް ނޫންކަމާއި، ޤާނޫނެއް ޤާނޫނުއަސާސީއާ
ތަޢާރުޟުވާކަމަށް ބެލެވޭނީ އެ ޤާނޫނުގައި ކަނޑައެޅިފައިވާ ނައްސެއް ޤާނޫނުއަސާސީގެ
ނައްޞަކާ ނުވަތަ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ
ތުޢާރުޟުވާނަމަކަން އެނގެން އޮންނަކަމެވެ
.
އުޞޫލަކާ
ށ) ދެވަނަ ކަމަކީ، ޤާނޫނުނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ
އުފައްދަންވާނެކަމަށް ބުނެފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަކީ ދައުލަތުގެ މުސްތަޤިއްލު
މުއައްސަސާއެއް ނޫންކަން އެނގެން އޮންނަހިނދު، އެ މުއައްސަސާއާ މަސްއޫލުވާނޭ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ36ގެ26
ޤާނޫނުއަސާސީގެ 140 ވަނަ މާއްދާއިން ރަނގަޅަށް އެނގެން އޮންނަކަމާއި، ސަރުކާރުގެ
މުސްތަޤިއްލު ނޫން އިދާރާތަކާއި މުއައްސަސާތަކާއި މަސްއޫލުވާނޭ ވަޒީރުންގެ މަޖިލީހުގެ
މެންބަރަކު ހުރުމުގެ މަޤްޞަދަކީ ދައުލަތުގެ މަރްކަޒީ އެންމެހައި އިދާރާތަކުގައި
ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތްވާގޮތުގެމަތީން، ދައުލަތް ހިންގުމުގެ ޢާންމު
ސިޔާސަތުތައް ހިނގާ ނުހިގާގޮތް ބަލައި ރައީސުލްޖުމްހޫރިއްޔާ އަށާއި، ރައްޔިތުންގެ
މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވުން ކަމާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ
ދަށުން ހިނގާ ސަރުކާރުގެ ބުނެވިދިޔަފަދަ މުއައްސަސާއެއް ނުވަތަ އިދާރާއެއް ޢަމަލީގޮތުން
ހިންގާ އިދާރީ އެންމެ އިސްވެރިއަކަށް އެ ވަޒީރަކު ހުރުމަކީ ކޮންމެހެން ލާޒިމްކަމެއް
ނޫންކަމާއި، ނަމަވެސް ޤާނޫނުއަސާސީގެ 140 ވަނަ މާއްދާއިން ލާޒިމްކުރާ މިންވަރަކީ
ސަރުކާރުގެ މުސްތަޤިއްލު ނޫން ކޮންމެ މުއައްސަސާއަކީ ކޮންމެވެސް ވަޒީރެއްގެ ބެލުމުގެ
ދަށުން ހިނގާ މުއައްސަސާއަކަށް ވުންކަމާ، އަދި އެ މުއައްސަސާގެ ހިންގުމަށް އެވަޒީރަކު
ޒިންމާ އުފުލައި ޖަވާބުދާރީވުންކަމާއި، މި އަސާސްގެ މަތިން ޤާނޫނު ނަންބަރު 2010/07
(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 60 ވަނަ
މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެކަމަށް ބުނެފައިވާ ލޯކަލް ގަވަރމަންޓް
އޮތޯރިޓީ އުފެއްދުމަށްފަހު އޮތޯރިޓީއާ މަސްއޫލުވާނެ އަދި އެ އޮތޯރިޓީގެ ހިންގުމަށް
ޒިންމާވާނެ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ކަނޑައެޅިފައިވުމަކީ ސީދާ ޤާނޫނުއަސާސީގެ
140 ވަނަ މާއްދާއިން ލާޒިމްކުރާކަމެއްކަމުގައި ވީހިނދު، ބުނެވިދިޔަ ޤާނޫނުނަންބަރު
2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)
ގައި އެކަން ބަޔާންވެގެން ނެތުމަކީ ޤާނޫނުއަސާސީގެ ވަނަ މާއްދާއިން
140
ރާއްޖޭގެ .
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ2736
ލާޒިމްކުރާކަމެއް ނަފީކުރާ ކަމެއް ނޫންކަމާއި، އަދި އެއީ ޤާނޫނުއަސާސީގެ އެ މާއްދާއާ
ތަޢާރުޟުވާކަމެއްވެސް ނޫންކަން އެނގެން އޮންނަކަމެވެ.
ނ) ތިންވަނަކަމަކީ، އިސްވެ އިޝާރާތްކުރެވުނު ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިންގާނީ
ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާ އެއްގޮތްވާ
ގޮތުގެމަތިން އެކުލަވާލެވޭ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުންކަމަށް އެޤާނޫނުގެ 62
ވަނަ މާއްދާގައި ބުނުމަށްފަހު، އެ މާއްދާގެ (ހ) ގައި ބުނެވިދިޔަ ލޯކަލް ގަވަރމަންޓް
އޮތޯރިޓީގެ ބޯޑު އޭގެ މައްޗަށް އެކުލެވިގެންވާ މެންބަރުންގެ ތެރޭގައި ޤާނޫނު އަސާސީގެ
140 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް
ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރަކު ހުންނަންވާނެކަމަށް
ބުނެފައި އޮންނަ އޮތުމަށާ، އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސަކާއި ނާއިބު
ރައީސެއް އިންތިޚާބުކުރާނީ އެ އޮތޯރިޓީގެ މެންބަރުންގެ މެދުގައި ނެގޭ ސިއްރު
ވޯޓަކުންކަމަށް އިސްވެދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން
ހިންގުމުގެ ޤާނޫނުގެ 63 ވަނަ މާއްދާގައި ކަނޑައަޅާފައި އޮންނަ އޮތުމަށް ބަލާއިރު،
ލޯކަލް ގަވަރމަންޓް އޮތޯރިޓީ އުފެއްދުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުޞޫލުން ހިންގުމުގެ ޤާނޫނުގެ 60 މާއްދާގައި މަތިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާއާ
ކަމާއި، ރައީސުލްޖުމްހޫރިއްޔާ އެ އޮތޯރިޓީ އުފެއްދުމަށްފަހު އެ އޮތޯރިޓީއާއި މަސްއޫލުވާނޭ
ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ވާގޮތުގެމަތިން
ކަނޑައަޅަންވާނެކަމާއި، އެގޮތުގެމަތިން ކަނޑައެޅޭ ވަޒީރުންގެ މަޖިލީހުގެ މެންބަރު ލޯކަލް
ގަވަރމަންޓް އޮތޯރިޓީ ޢަމަލީގޮތުން ހިންގަން ހުންނަ އިދާރީ އިސްވެރިޔާއަށް ވުމަކީ
އޭގެޒާތުގައި ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގެ ދަށުން ލާޒިމް ކުރާކަމެއް ނޫންކަމާ،
<< O
/
<< O
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ28536
ވުމާއިއެކު އިސްވެ ބަޔާންވެގެންދިޔަ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގައި ޝާމިލުވާ
މެންބަރުންގެ ތެރޭގައި، ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ވާގޮތުގެމަތިން ލޯކަލް
ގަވަރމަންޓް އޮތޯރިޓީ އެ ވަޒީރެއްގެ ބެލުމުގެ ދަށުގައި ހުންނަ ވަޒީރު ޝާމިލުވުމަކީ
ނުވަތަ ނުވުމަކީވެސް އެ މާއްދާގެ ދަށުން ލާޒިމްވެގެން
މާރމްވެގެންވާ ކަމެއްނޫންކަމާ، ހަމަ އެއާއެކު
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސަކާއި ނާއިބު ރައީސެއް އިންތިޚާބުކުރާނީ އެ
އޮތޯރިޓީގެ ބޯޑުގެ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންކަމަށް ވުމަކީވެސް
އިސްވެދިޔަ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާއާ ތަޢާރުޟުވާކަމެއް ނޫންކަމާ، އަދި އެއީ
ސީދާ ޤާނޫނުއަސާސީގެ މާއްދާގެ ބާރުން ކަނޑައެޅޭ، ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ
މަސްއޫލުވާނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހުރުން ނަފީކުރާ ސަބަބެއްވެސް ނޫންކަމާ،
އެހެންނަމަވެސް ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގެ ދަށުން ލޯކަލް ގަވަރމަންޓް
އޮތޯރިޓީއާ މަސްއޫލުވުމަށްޓަކައި ކަނޑައެޅޭ ވަޒީރުންގެ މަޖިލީހުގެ މެންބަރާއި
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 62 ވަނަ
މާއްދާގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިންގުމަށްޓަކައި އެކުލަވާލެވޭ ލޯކަލް
ގަވަރމަންޓް އޮތޯރިޓީގެ ބޯޑު ދެމެދުގައި އޮންނަ ޤާނޫނީ ގުޅުން އިންތިޒާމު ކުރެވިފައި
އޮންނަންވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެ ވަޒީރެއްގެ ބެލުމުގެ ދަށުގައި އޮންނަ
ވަޒީރަށް ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ވާފަދައިން އެ އޮތޯރިޓީގެ ހިންގުމަށް
ޒިންމާ އުފުލައި ޖަވާބުދާރީ ވެވޭފަދަ
އުޞޫލަކުން ކަމާއި، އެގޮތުގެ މަތިން
ލޯކަލްގަވާރމަންޓް އޮތޯރިޓީ އެ ވަޒީރެއްގެ ބެލުމުގެދަށުގައިވާ ވަޒީރާއި، ލޯކަލް
ގަވަރމަންޓް އޮތޯރިޓީގެ ބޯޑާ ދެމެދުގައި އޮންނަންޖެހޭ ގުޅުން އިސްވެދިޔަ ދިވެހިރާއް
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި އިންތިޒާމްވެފައި ނެތުމަކީ
2x
2x
بهتر است که
ރާއްޖޭގެ .
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ36ގެ29
44
އަޤު
ޒާތުގައި އެ ޤާނޫނު ޤާނޫނުއަސާސީއާއި ތަޢާރުޟުވާ ސަބަބެއް ނޫންކަމާ، އަދި އެއީ
އެ ޤާނޫނުގައިވާ އުނިކަމެއްނަމަ އެފަދަ އުނިކަމަކަށް "ތަޝްރީޢީ" (Legislative) ޙައްލު
ގެނައުމަކީ ޤާނޫނުހަދާ މަޖިލީހުގެ މަސްއޫލިއްޔަތެއްކަން ފާހަގަވެފައި އޮންނަކަމެވެ.
0 2
<< O
ރ) ހަތަރުވަނަ ކަމަކީ، ލޯކަލް ކައުންސިލްތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް
އެހީތެރިވެދީ، އެ ކައުންސިލްގެ އިދާރީ ކަންކަން ކުރުމަށްޓަކައި ކޮންމެ ކައުންސިލެއްގެ
އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޤާއިމްކުރަންވާނެކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 127 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު،
ކައުންސިލްގެ އިދާރާއަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދާ އޮފީހަކަށް ވާހިނދު، އެ އޮފީހާ
މަސްއޫލުވާނޭ ވަޒީރަކު ހުންނަންޖެހޭކަމެއް އަދި ހުންނަން ނުޖެހޭކަމެއްވެސް ބުނެވިދިޔަ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން އެނގެން
ނެތުމުން އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާއާ ޚިލާފު
މަފްހޫމެއްކަމަށް މިމައްސަލާގައި ދަޢުވާކުރާފަރާތުން ބުނެފައި އޮންނަ އޮތުމަށް ބަލާއިރު،
ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައި "މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ
މުސްތަޤިއްލު މުއައްސަސާތަކާއި، ޤާނޫނަކުން އުފައްދާ މުސްތަޤިއްލު އެހެން
މުއައްސަސާތައް ފިޔަވައި، ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ޤާއިމުކުރާ ކޮންމެ
އިދާރާއަކާއި ކޮންމެ މުއައްސަސާއަކާ މަސްއޫލުވާނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު
ހުންނަންވާނެއެވެ. "، މިފަދައިން ކަނޑައަޅައިފައި އޮތުމުގެ ދުސްތޫރީ މަޤްޞަދަކީ
ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ އިދާރާތަކުގެ ތެރެއިން ޤާނޫނީ
ޝަޚްޞިއްޔަތުކަން ލިބިގެންވާ މުސްތަޤިއްލު އިދާރާތައް ފިޔަވައި ސަރުކާރުގެ އެހެން
ހުރިހައި އިދާރާތަކަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެދަށުން ހިނގާ
ސުޕްރީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ30536
އިދާރާތަކަކަށް ވުމުގެ އިތުރުން، އެ އިދާރާތަކުގެ ހިންގުމަށް ޒިންމާ އުފުލައި އެއިން
ކޮންމެ އިދާރާއަކާ ޙަވާލުވާ ވަޒީރުންގެ މަޖިލީހުގެ މެންބަރު ރައީސުލްޖުމްހޫރިއްޔާއަށާއި
ރައްޔިތުންގެ މަޖިލީހަށް ޤާނޫނުއަސާސީއާއި ޤާނޫނުގައި ކަނޑައެޅިފައިވާގޮތުގެމަތިން
ޖަވާބުދާރީވުންކަން ރަނގަޅަށް އެނގެން އޮންނައިރު، ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ
މުސްތަޤިއްލު މުއައްސަސާތަކުގެ އިދާރީކަންތައް ހިންގުމަށްޓަކައި އުފައްދާ އިދާރާތަކަކީ
ސީދާ އެ އިދާރާއެއް ތަބާވާ މުސްތަޤިއްލު މުއައްސަސާގެ ބެލުމުގެ ދަށުން ހިނގާ
އިދާރާތަކެއްކަން ސާފުކޮށް އެނގެން އޮންނަކަމާ، މިގޮތުން ލާމަރުކަޒީ އުޞޫލުން ލޯކަލް
ދާއިރާތައް ހިންގުމުގެ ނިޒާމުގެދަށުން ޤާއިމުކޮށްފައިވާ ލޯކަލް ކައުންސިލްތަކަކީ
މިޒަމާނުގެ އެންމެހައި އިދާރީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ ފަދައިން - ޤާނޫނީ
ޝަޚްޞިއްޔަތު އެކައުންސިލްތަކަށް ލިބިގެންވާ މުސްތަޤިއްލު ކައުންސިލްތަކެއްކަން
އިސްވެދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި
ކަނޑައަޅައި ބަޔާންވެގެންވާއިރު، އެފަދަ މުސްތަޤިއްލު ކައުންސިލްތަކުގެ އިދާރީ ކަންކަން
ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ
ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޤާއިމުކުރާ ކޮންމެ އިދާރާއަކީ
ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ މަސްއޫލިއްޔަތުގެ ދަށުން ހިނގާ އިދާރާއަކަށް
ވެއްޖެނަމަ ލާމަރުކަޒީ ނިޒާމްގެދަށުން ޤާއިމުކުރެވިފައިވާ ލޯކަލް ކައުންސިލްތަކަށް
ލިބިގެންވާ އިދާރީ މުސްތަޤިއްލުކަމާއި މިނިވަންކަން ގެއްލިގެން ހިނގާދާނެކަމީ
ޖަދަލުނުކުރެވޭނެ ޙަޤީޤަތެއްކަމުގައި ވާއިރު، ބުނެވިދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 127 ވަނަ މާއްދާގައި ބުނެފައިވާ ލޯކަލް
ކައުންސިލް އިދާރާތަކާ މަސްއޫލުވާން ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހުރުމަކީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ36ގެ 31
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސީގެ 140 ވަނަ މާއްދާގެ ތަޞައްވުރެއް ނޫންކަން
ސާފުކޮށް އެނގެން އޮންނަ ކަމެވެ.
2
Democracy)
Direct
ބ) ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ
ޤާނޫނުގެ 3 ވަނަ މާއްދާގެ (ބ) ގައި އެ ކައުންސިލެއް ހިމެނޭ ރަށެއްގެ ނުވަތަ
ދާއިރާއެއްގެ ރައްޔިތުންނަށް އެކައުންސިލުން ޖަވާބުދާރީ ވާންޖެހޭނެކަމަށް ބުނެފައި އޮންނަ
އޮތުމަށް ބަލާއިރު، ޒަމާނީ ޑިމޮކްރަސީތަކުގައި ރައްޔިތުންގެ ބައެއްކަންތައް ނިންމުމުގައި
ސީދާ އެރައްޔިތުން
އެރައްޔިތުން ބައިވެރިކުރުމަކީ
ބައިވެރިކުރުމަކީ "ކިގާޒީ ޑައިރެކްޓް ޑިމޮކްރެސީ"
Quasi) ގެ
ވައްތަރެއްކަމާ މިގޮތުން ރައްޔިތުންގެ
ބައިވެރިވުމާއެކު ރަށްރަށާއި ސިޓީތަކުގެ ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމާއި އިދާރީ
ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައި
ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަކީ އަތޮޅު ކައުންސިލާއި، ރަށު ކައުންސިލާއި، ސިޓީ
ކައުންސިލްގެ ބާރުގެތެރޭގައި ހިމެނޭ ކަންތައް ކަމަށާ، އަދި އިޝާރާތްކުރެވުނު ތަރައްޤީގެ
ޕްލޭންތަކަށް ބިނާކޮށް ރައްޔިތުންގެ ބައިވެރިވުމާއިއެކު 5 އަހަރުގެ ފައިނޭންޝަލް ޕްލޭން
އަތޮޅު ކައުންސިލާއި، ރަށު ކައުންސިލާއި، ސިޓީ ކައުންސިލުން އެކުލަވާލައި
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ
ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) އާއި، 23 ވަނަ މާއްދާގެ (ށ) އާއި، 41 ވަނަ
މާއްދާގެ (ށ) އާއި 92 ވަނަ މާއްދާއިން އެނގެން އޮންނަ ކަމާ، އަދި ރައްޔިތުންނަށް
ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީއާއި ޖުލައިމަހު ސިޓީ
ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެކަމަށާއި، މިގޮތުން ފެބްރުއަރީ
މަހު ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް
2
0 33ތ 0
2
4 އ ދވ
0ހރނނކމށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ32536
ރިޕޯޓު ރައްޔިތުންނަށް
ހުށަހަޅަންވާނކު
ފެނެކަމަށާއި،
އަދި ޖުލައި މަހުގައި
މ 24
135
4c 0 2
ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް
ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދަންވާނެކަމަށް ބުނެވިދިޔަ ޤާނޫނުގެ 110 ވަނަ
މާއްދާގައި ބަޔާންވެގެންވާއިރު، ދިވެހިރާއްޖޭގެ ލޯކަލް ދާއިރާތަކުގައި މީހުން ދިރިއުޅޭ
ރަށެއްގެ ނުވަތަ ރަށްތަކެއްގެ ރަށްވެހިން އެހެންރަށަކަށް ބަދަލުކުރުމުގެ އިޚްތިޔާރު
ސަރުކާރަށް
ލިބިގެންވަނީ އެރަށެއްގެ
ރައްޔިތުންގެ އަޣުލަބިއްޔަތު އެގޮތަށް
ބޭނުންވާނަމަކަން އެ ޤާނޫނުގެ ވަނަ މާއްދާގައި ބަޔާންވެގެންވާކަމާއި،
މިގޮތުގެމަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ
ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ކައުންސިލްތަކުން އެކައުންސިލްތައް ހިމެނޭ
ދާއިރާއެއްގެ ރައްޔިތުންގެ ބައިވެރިވުމާއެކު ކަންތައް ނިންމުމަކީ ޙަޤީޤަތުގައި
ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާފަދައިން ދީމުޤްރާޠީ އަދި
ޖަވާބުދާރީވަނިވި އުޞޫލުތަކުގެ މަތިން ލޯކަލް ކައުންސިލްތަކުގެ ކަންކަން ހިންގުމުގެ
ވަސީލަތެއްކަމާ، އަދި އެއީ ލޯކަލް ކައުންސިލްތައް ޖަވާބުދާރީކުރުމުގެ ބާރު ޤާނޫނީގޮތުން
ލިބިފައިވާ ފަރާތްތަކަށް، އެ ކައުންސިލްތައް ޖަވާބުދާރީކުރުވުން މަނާކުރާ ސަބަބެއް
ނޫންކަންވެސް އެނގެން އޮންނަކަމެވެ.
22
ޅ) ހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ
ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ލޯކަލް ކައުންސިލްތަކުގެ އިދާރީ ކަންކަން
ކުރުމަށްޓަކައި ޤާއިމުކުރެވޭ ކައުންސިލްތަކުގެ އިދާރާތަކުގެ މަޤާމުތައް ކަނޑައަޅައި އެ
މަޤާމުތަކަށް މުވައްޒަފުން ޢައްޔަންކޮށް ވަކިކުރާނީ ކައުންސިލްތަކުގެ މަޝްވަރާއާއެކު
ސިވިލް ސަރވިސް ކޮމިޝަނުން ކަމަށާ، އަދި މިފަދަ މުވައްޒަފުންގެ މައްޗަށް ހިނގާނީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ33536
ޤަވާޢިދުތައް ކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ
ޤާނޫނުގެ 130 ވަނަ މާއްދާގައި ބަޔާންވެގެން އޮންނަ އޮތުމާ، އަދި ލޯކަލް ކައުންސިލްގެ
އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ކައުންސިލްގެ ޒިންމާދާރު ވެރިޔާ ސިވިލް
ސަރވިސް ކޮމިޝަނުން ޢައްޔަންކުރަންވާނެކަމަށް އެ ޤާނޫނުގެ 129 ވަނަ މާއްދާގައި
އޮންނަ އޮތުމަކީ އެއްވެސް ޙާލެއްގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި،
ޤާނޫނުނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެދަށުން ޤާއިމުވެފައިވާ
ސިވިލް ސަރވިސްގެ އެއްވެސް އުޞޫލަކާ ޚިލާފުކަމެއް ނޫންކަމާއެހެނީ ދައުލަތުގެ
މުވައްޒަފުންގެ ތެރެއިން ސިވިލް ސަރވިސްގެ މުވައްޒަފުންކަމުގައި ބެލެވެނީ އުޞޫލެއްގެ
ގޮތުގައި ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ ސިޔާސީ މަޤާމްތަކަށް
ޢައްޔަންކުރެވޭ މުވައްޒަފުންނާއި، ޢަސްކަރީ އަދި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނާއި،
ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މުވައްޒަފުންނާއި، ރައްޔިތުންގެ މަޖިލީހުގެ
މެންބަރުންނާއި، މިނިވަން މުސްތަޤިއްލު ޤާނޫނީ ޝަޚްޞިއްޔަތު ލިބިފައިވާ ތަންތަނުގެ
މުވައްޒަފުންނާ، އަދި މީގެ އިތުރުންވެސް ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރޭގައި
ޝާމިލް ނުވާގޮތަށް ޤާނޫނަކުން އިސްތިޘްނާވެގެންވާ މުވައްޒަފުން ފިޔަވައި ދައުލަތުގެ
ޢާންމު ޚިދުމަތްދޭ އިދާރާތަކުގެ އެންމެހައި މުވައްޒަފުންކަން އިސްވެދިޔަ ޤާނޫނު ނަންބަރު
5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 2 ވަނަ މާއްދާއާއި 3 ވަނަ
މާއްދާއާ، އަދި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު ނަންބަރު: 1-2010/R ގެ 6 ވަނަ
މާއްދާއާއި 7 ވަނަ މާއްދާއިން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންތިޚާބުކޮށް އުފެއްދޭ ލޯކަލް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
47095ވ
ސަފްޙާ3436
ކައުންސިލްތަކަކީ އޭގެޒާތުގައި ޤާނޫނީ ޝަޚްޞިއްޔަތު ލިބިފައިވާ މުސްތަޤިއްލު
ކައުންސިލްތަކެއް ކަމުގައި ވީނަމަވެސް، އެކައުންސިލްތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތައް
އަދާކުރުމަށް އެހީތެރިވެދީ، އެކައުންސިލްތަކުގެ އިދާރީ ކަންކަން ކުރުމަށްޓަކައި
ޤާއިމުކުރެވޭ އިދާރާތަކުގެ އިދާރީ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ ޤާނޫނަށް ތަބާވާ
ސިވިލް ސަރވިސްގެ މުވައްޒަފުންކަމުގައި އިސްވެދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 129 ވަނަ މާއްދާއާއި 130 ވަނަ މާއްދާގައި
ކަނޑައަޅާފައި އޮންނަ އޮތުމުގެ ދުސްތޫރިއްޔަތުކަމާމެދު ޖަދަލުކުރެވޭނެ އެއްވެސް ހަމައެއް
ނެތްކަމާއި، ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރުގެތެރޭގައި ހިމެނޭ މަރްކަޒީ ނުވަތަ ޤައުމީ
އިދާރާތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތްކުރަންވާނީ
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 61 ވަނަ މާއްދާއާއި 62 ވަނަ މާއްދާގައި
ވާފަދައިން ސަރުކާރުގެ މަސްއޫލު އޮފީހެއްގެ ނުވަތަ އެ އޮފީހަކާ ގުޅޭ ސަރުކާރުގެ
މަސްއޫލުވެ ޒިންމާވާ އޮފީހެއްގެ ބެލުމުގެ ދަށުގައި ކަމުގައި ވީނަމަވެސް، ދައުލަތުގެ
ވެރިކަން ހިންގުމުގެ ބާރުގެތެރޭގައި ހިމެނޭ މުސްތަޤިއްލު މުއައްސަސާތަކާއި އިދާރާތަކުގައި
މަސައްކަތްކުރާ އިދާރީ މުވައްޒަފުން އެ މީހުންގެ މައްޗަށް ހިނގަނީ ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނުކަމުގައި ވިޔަސް ނުވަތަ އެހެން ޤާނޫނެއްކަމުގައި ވިޔަސް -
މަސައްކަތްކުރަންވާނީ އެ މުސްތަޤިއްލު މުއައްސަސާތަކާއި އިދާރާތަކުގެ ބެލުމުގެ
ދަށުގައިކަން އެނގެން އޮންނަކަމެވެ.
-13
2010/07
0359
އިސްވެދިޔަ ކަންކަން އެހެން ހުރުމާއެކު، ޤާނޫނުނަންބަރު
(
ދުސްތޫރިއްޔަތުކަމާ މެދު ޠަޢުނުކޮށް މި މައްސަލާގައި ދަޢުވާކުރާފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް
2 23 2
38/
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ އޯކިޑްމަގު ، މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ36 35
ހުށަހަޅާފައިވާ ސަބަބުތަކަކީ ޤާނޫނީގޮތުން ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާވެގެންވާ ސަބަބުތަކެއް
ނޫންކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ
ދަށުން ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވާ ލާމަރުކަޒީ އުޞޫލުން ލޯކަލް ދާއިރާތައް ހިންގުމުގެ ނިޒާމުގައި،
ލާމަރުކަޒީ ނިޒާމުގެ އަސާސްތައް ތަފާތު ފެންވަރުގައި ޤާއިމުވެގެންވާކަމާއި، މިގޮތުން ލާމަރުކަޒީ ނިޒާމުގެ
ދަށުން ހިންގާ ލޯކަލް ދާއިރާތަކައް ހިންގުމަށް އިންތިޚާބުކުރެވޭ ލޯކަލް ކައުންސިލްތަކަކީ އެއްވެސް
ޙާލެއްގައި ދައުލަތުގެ ސިޔާދަތީ ތިން ބާރާއި ހަމަހަމަ ވަކި ބާރެއް ނޫންކަމާ، އެހެންނަމަވެސް އެއީ
ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރުގެތެރެއިން ލޯކަލް ފެންވަރެއްގައި ޤާނޫނުގައި ކަނޑައެޅިގެންވާ
ގޮތުގެމަތިން އިދާރީކަންތައް ނިންމުމުގެ މިނިވަންކަން ދެވިފައިވާ ޤާނޫނީ ޝަޚް ޞުތަކެއްކަމާ، އެހެންކަމުން
އެ ކައުންސިލްތަކުގެ މައްޗަށް ދައުލަތުގެ މަރްކަޒީ ބާރުތަކުގެ ރަޤާބާއާއި އިޝްރާފު އެ ކައުންސިލްތަކުގެ
އިދާރީ މުސްތަޤިއްލުކަން ނުގެއްލޭ ފެންވަރަށް އޮތުމަކީ ލާމަރުކަޒީ ނިޒާމުގެ އެންމެ މައިގަޑު އެއް
އަސާސްކަމާއި، މިކަންތަކުގެ މައްޗަށް ރިޢާޔަތްކޮށް ޤާއިމުކުރެވޭ ލާމަރުކަޒީ ނިޒާމު ޢަމަލީގޮތުން ތަޠުބީޤު
ކުރެވެނީ ދިވެހިދައުލަތް އެ މައްޗަށް ޤާއިމުވެގެންވާ ޚަޞާއިޞްތަކުގެ ތެރެއިން އެންމެ މުހިންމު އެއް
ޚާއްޞިއްޔަތުކަމަށްވާ ޔުނިޓަރީ ދައުލަތެއްގެ ސިފަ ގެއްލިގެންދާފަދަ ގޮތަކަށް ކަމުގައިވާނަމަ، ނުވަތަ
ދައުލަތުގެ ވަޙުދަތާއި އިސްތިޤްރާރު ނެގެހެއްޓޭފަދަ ގޮތަކަށް ކަމުގައި ނުވާނަމަ، އެކަމަކީ ދައު
ސިޔާދަތީ އަދި މަރްކަޒީ ބާރުތައްކަމުގައިވާ ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ޢަދުލު
އިންޞާފު ހިންގުމުގެ ބާރުން، އެކަމަށް މުނާސަބު ޙައްލު ގެންނަންޖެހޭ ކަމެކެވެ.
5 23
ދައުލަތުގެ
ޙުކުމް
އިސްވެ ބަޔާން ކުރެވުނު ސަބުތައް އެގޮތަށް ހުރުމާއެކު، ޤާނޫނު ނަންބަރު 2010/07
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ރ)
އާއި (ބ) އާއި، 60 ވަނަ މާއްދާއާއި، 61 ވަނަ މާއްދާއާއި، 62 ވަނަ މާއްދާގެ (ހ) އާއި، 63 ވަނަ
މިރާއްޖޭގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ދިވެހިރާއްޖެ
ސަފްޙާ36ގެ36
0 0
<< O
0
<< O
މާއްދާއާއި، 127 ވަނަ މާއްދާއާއި، 12 ވަނަ މާއްދާއާ، އަދި 130 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތަޢާރުޟުވާ މާއްދާތަކެއް ކަމަށް ބުނެ، މުޙައްމަދު ނަޢީމް، މ.ވެލިދޫގެ،
މާލެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަށް ބަލައި ރިވިއު ކުރުމަށްފަހު، އިސްވެދިޔަ
އެއްވެސް މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާއާއި، 6 ވަނަ
މާއްދާއާއި، އަދި ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ކަށަވަރުކޮށްދީފައިވާ ލާމަރުކަޒީ އުޞޫލަކާ ޚިލާފު
މާއްދާތަކެއް ނޫންކަމަށާ، އަދި ބުނެވިދިޔަ ޤާނޫނު ނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ރ) އާއި، 62 ވަނަ މާއްދާގެ (ހ) އާއި،
63 ވަނަ މާއްދާ އާއި، 127 ވަނަ މާއްދާއާއި، 130 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 140 ވަނަ މާއްދާއާއި ޚިލާފު މާއްދާތަކެއް ނޫންކަމަށާ، އަދި ބުނެވިދިޔަ ޤާނޫނު ނަންބަރު
2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 3 ވަނަ
މާއްދާގެ (ބ) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ށ) އާ، އަދި
232 ވަނަ މާއްދާގެ (ހ) އާއި ޚިލާފު މާއްދާއެއް ނޫންކަމަށާ، އަދި ބުނެވިދިޔަ ޤާނޫނު ނަންބަރު
2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 129 ވަނަ
މާއްދާއާއި، 130 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 179 ވަނަ މާއްދާއާއި
ޚިލާފު މާއްދާތަކެއް ނޫންކަމަށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައިފީމެވެ.
-ރާއްޖޭގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+