ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-DM/08 ޤަޟިއްޔާގެ ޙުކުމް
1
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/08
بمقال مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ވެ
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 08/HC
-
DM/2012
• މައްސަލަ ހުށަހެޅި ފަރާތް:
. * ނަން: ޢަބްދުލްމާނިޢު ޙުސައިން
* ދާއިމީ އެޑްރެސް: އަންބަރީގެ/ ހއ.އިހަވަންދޫ
* އައިޑީކާޑު ނަންބަރު: A147136
* މިހާރުގެ އެޑްރެސް: ފ.ލަކްސްވިލާ/ މާލެ
2
ނަން ޙުސައިން ޝާހިދު
* ދާއިމީ އެޑްރެސް: ބާޒީގެ/ ސ.ހިތަދޫ
* އައިޑީކާޑު ނަންބަރު: A019815
* މިހާރުގެ އެޑްރެސް: ގ.ވޯޓްރޫޓްގެ މާލެ
3. * ނަން: ޢަބްދުﷲ ސިޔާޒު
އެޑްރެސް: ނަސީމާމަންޒިލް ޅ.ނައިފަރު
* އައިޑީކާޑު ނަންބަރު: A077969
މިހާރުގެ އެޑްރެސް: ހ.އޮށްކަފަގެ/ މާލެ
•4
ޢަބްދުﷲ ނަޞީރު މުޙައްމަދު
ދާއިމީ އެޑްރެސް: ބޯޅަދަނޑުގެ/ ގދ.ގައްދޫ
* އައިޑީކާޑު ނަންބަރު: A011543
* މިހާރުގެ އެޑްރެސް: ބ.ޑޭސްޓާރ/ މާލެ
*
5. * ނަން: ޙަސަން ވަޙީދު
* ދާއިމީ އެޑްރެސް: ރަންކޮކާގެ/ ހދ.ކުރިނބި
* އައިޑީކާޑު ނަންބަރު: A079015
* މިހާރުގެ އެޑްރެސް: މއ.އަންދަލުސް/ މާލެ
• މައްސަލަ ރައްދުވާ ފަރާތް:
-1
* ނަން: ދައުލަތް (އެޓާރނީ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް: ވެލާނާގެ 6 ވަނަ ފަންގިފިލާ މާލެ
* މިހާރުގެ އެޑްރެސް: ވެލާނާގެ 6 ވަނަ ފަންގިފިލާ! މާލެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 (
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/08
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 އޯގަސްޓް 2012
ނިމުނު ތާރީޚް: 30 ނޮވެންބަރު 2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު،
ފަނޑިޔާރު ޢަލީ ސަމީރު،
ފަނޑިޔާރު ޝުޖާޢު އުޘްމާން،
ފަނޑިޔާރު ޢަބްދު
ދަޢުވާގެ ޚުލާ
ހ2 0
2
2
0
4
18ނނަވަޤުންވާ
ކުށަށް،
މިއީ، ޤާތިލްގެ ކިބައިން ޤިޞާޞް ހިފުމަށް މަޤްތޫލުގެ ހުރިހާ ވާރިޘުން ބޭނުންވުމުން، ޤާތިލުގެ
ލޭގެ ހުރުމަތް ކެނޑިއްޖެ ކަމަށް ކަނޑައަޅައި ޤާތިލް މެރުމަށް ނުވަތަ ޤިޞާޞް ހިފުމަށް ޝަރުޢީ ކޯޓަކުން
ޙުކުމް ކުރި ނަމަވެސް، ޤާނޫނު ނަންބަރު 2/2010 (މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގެ 21
ވަނަ މާއްދާގެ ދަށުން އެ އަދަބުގެ ބާވަތް، އުމުރު ދުވަހުގެ ޖަލު ޙުކުމަކަށް ބަދަލުކުރުމުގެ އިޚްތިޔާރު
ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވުމާއި، އަދި ހަމަ އެޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި
ޤިޞާޞް ހިފުމުގެ އަދަބު ކަނޑައެޅޭ ޙާލަތުގައި، އެ އަދަބުގެ ބާވަތް ބަދަލު ކުރުމުގެ
ފުރުޞަތު ރައީސުލްޖުމްހޫރިއްޔާއަށް އޮތުމަކީ، ކަނޑައެޅިގެން އިސްލާމީ ޝަރީޢަތާ ޚިލާފަށް ދައުލަތުގެ ޙާކިމަށް
ދީފައި އޮންނަ އިޚްތިޔާރެއް އަދި ފުރުޞަތެއް ކަމުގައިވާތީ، ބުނެވިދިޔަ ޤާނޫނުގެ 21 ވަނަ މާއްދާއާއި، އެ
ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރަކީ އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއާ ޚިލާފު މާއްދާތަކެއްކަމަށް ކަނޑައަޅައި އެމާއްދާތައް (21 ވަނަ މާއްދާއާއި 5 ވަނަ މާއްދާގެ
(ހ) ގެ 1 ވަނަ ނަންބަރު) ބާޠިލު ކޮށްދިނުމަށް އެދި އިހަވަންދޫ އަންބަރީގޭ ޢަބްދުލްމާނިޢު
ޙުސައިންއާއި، ހިތަދޫ ބާޒީގެ، ޙުސައިން ޝާހިދުއާއި، ޅ. ނައިފަރު! ނަސީމާމަންޒިލް، ޢަބްދު
.
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 20.4
/
3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/08
ސިޔާޒްއާއި، ގދ. ގައްދޫ ބޯޅަދަނޑުގެ، ޢަބްދުﷲ ނަޞީރު މުޙައްމަދުއާއި، ހދ.ކުރިނބި ރަންކޮކާގެ، ޙަސަން
ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބެލެވުނު ޤާޟިއްޔާއެވެ.
މިމައްސަލާގައި ދަޢުވާ ރައްދުވާ ފަރާތަކީ ދައުލަތް (އެޓާރނީ ޖެނެރަލް) އެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1. މިމައްސަލަ ހުށަހެޅި ފަރާތްތަކުން މައްސަލައިގެ ދަޢުވާ އަންނަނިވި ސަބަބުތަކުގެ މައްޗަށް
ބިނާކޮށް، އެސަބަބުތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
މިގޮތުން ހުށަހެޅި
0*8
(ހ) ފުރަތަމަ ސަބަބަކީ: މަރުގެ މައްސަލަތަކުގައި ޤިޞާޞް ހިފުން އިސްލާމީ ޝަރީޢަތުގައި
ކަނޑައަޅުއްވާފައި ވަނީ "ޤަތުލް ޢަމްދު" ގައެވެ. ޤަތުލް ޢަމްދު ޤާތިލުގެ މައްޗަށް ސާބިތުވެއްޖެނަމަ، ޤާތިލުގެ
ކިބައިން ޤިޞާޞް ހިފުން ނުވަތަ ދިޔައިގައި ހިފުން ނުވަތަ ޤިޞާޞް އާއި ދިޔަ އެކީ އެއްކޮށް މަޢާފުކުރުމުގެ
މުޠުލަޤު ޙައްޤު އިސްލާމީ ޝަރީޢަތުގައި ދެއްވާފައިވަނީ މަޤްތޫލުގެ ވާރިޘުންނަށެވެ. އެހެނީ ޤާތިލުގެ ކިބައިން
ޤިޞާޞް ހިފަނީ މަޤްތޫލުގެ ހުރިހާ ވާރިޘުން އެކަމަށް ބޭނުންވުމުންނެވެ. މަޤްތޫލުގެ ވާރިޘުން ޤިޞާޞް ހިފުމަށް
ބޭނުންވެއްޖެނަމަ އެކަން ޤާއިމްކޮށްދިނުމަކީ ޙާކިމުގެ މައްޗަށް ވާޖިބުވެގެންވާ ކަމެވެ. މަޤްތޫލުގެ ހުރިހާ ވާރިޘުން
ބޭނުންވުމުން، ޤާތިލުގެ ލޭގެ ހުރުމަތް ކެނޑިއްޖެ ކަމަށް ކަނޑައަޅައި ޤާތިލު މެރުމަށް
ނުވަތަ ޤިޞާޞް
ހިފުމަށް ޝަރުޢީ ކޯޓަކުން ކުރާ ޙުކުމެއް ބަދަލުކޮށް ޤާތިލަށް މަޢާފުދިނުމަކީ އެއްވެސް ޙައިޞިއްޔަތަކުން
ދައުލަތުގެ ޙާކިމަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް އަދި ދައުލަތުގެ ތަންފީޒީ އެއްވެސް މުއައްސަސާއަކަށް
ލިބިގެންވާ ބާރެއް ނޫންކަމަށާއި، ޤާތިލްގެ ކިބައިން ޤިޞާޞް ހިފުމާއި ނުހިފުމުގެ މުޠުލަޤު ޙައްޤު ލިބިގެންވަނީ
މަޤްތޫލުގެ ވާރިޘުންނަށްކަމަށް ބުނެ ހުށަހެޅި ސަބަބު.
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471]3
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/08
{.
ކަމަށް
(ށ) ދެވަނަ ސަބަބަކީ: ޤާނޫނު ނަންބަރު 2/2010 (މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ
ޤާނޫނު) ގެ 21 ވަނަ މާއްދާގައި "މި ޤާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ސްޕްރީމް ކޯޓުން
މީހެއްގެ މައްޗަށް މަރުގެ ޙުކުމް ކަނޑައަޅައިފި ހިނދެއްގައި ނުވަތަ ދަށު ކޯޓަކުން ނުވަތަ ހައިކޯޓުން މީހެއްގެ
މައްޗަށް ކަނޑައަޅާފައިވާ މަރުގެ ޙުކުމް ސްޕްރީމް ކޯޓުން ދަމަހައްޓައިފި ހިނދެއްގައި، އެ ޙުކުމް ނިސްބަތްވާ
މީހާ ހުރި ޙާލަތަށާއި، ކަމާގުޅޭ ޝަރުޢީ އުޞޫލުތަކަށާއި، ދައުލަތުގެ މަޞްލަޙަތަށާއި، އިންސާނިއްޔަތުގެ ހަމަތަކަށް
ބަލައި، އޭނާގެ ޙުކުމް، ޢުމުރު ދުވަހަށް ޖަލުގައި ބަންދުކުރުމަށް ބަދަލުކުރުމުގެ އިޚްތިޔާރު ރައީސުލް
ޖުމްހޫރިއްޔާއަށް މިޤާނޫނުން ލިބިގެންވާ ކަމަށާއި "އެހެން ނަމަވެސް، އެ ބަދަލު ގެނައުމަށްފަހު، އެ
ބަދަލުގެނެވުނު ޙުކުމަކީ، މިޤާނޫނުގެ އެއްވެސް މާއްދާއެއްގެ ދަށުން މަޢާފު ދެވިގެންވާނެ ޙުކުމެއް ނޫން"
ބަޔާންކޮށްފައިވީ ހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި "ދިވެހި
ދައުލަތުގެ ދީނަކީ އިސްލާމް ދީން" ކަމަށާއި "އަދި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު
މަޞްދަރު" ކަމަށާއި އަދި މި މާއްދާގެ (ށ) ގައި "ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު އެއްވެސް
ޤާނޫނެއް ނުހެދޭނެ" ކަމަށް ބަޔާންކޮށްފައި އޮންނަ ކަމާއި، އިސްލާމީ އުޞޫލަކީ މަޤްތޫލުގެ ހުރިހާ ވާރިޘުން
ވަމުން، ޤާތިލުގެ ލޭގެ ހުރުމަތް ކެނޑިއްޖެ ކަމަށް ކަނޑައަޅައި ޤާތިލު މެރުމަށް ނުވަތަ ޤިޞާޞް ހިފުމަށް
ޝަރުޢީ ކޯޓަކުން ކުރާ ޙުކުމެއް ބަދަލުކޮށް ޤާތިލަށް މަޢާފުދިނުމުގެ ބާރު، އެއްވެސް ޙައިޞިއްޔަތަކުން ދައުލަތުގެ
އާސިމަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް އަދި ދައުލަތުގެ ތަންފީޒީ އެއްވެސް މުއައްސަސާއަކަށް ލިބިގެން
ނުވުންކަމަށްވުމުން، ޤާނޫނު ނަންބަރު 2/2010 (މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު)ގެ 21
ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ދީފައި އޮންނަ ބާރަކީ ކަނޑައެޅިގެން އިސްލާމީ ޝަރީޢަތާ
ފުށުއަރާގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ދީފައި އޮންނަ ބާރެއްކަމަށް ވާތީ، އެ މާއްދާ އަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފު މާއްދާއެއްކަމަށް ބުނެ ހުށަހެޅި
ޏ 7
8
7
ބޭނުންވުމުން،
ސަބަބު.
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012HC-DM/08
(ނ) ތިންވަނަ ސަބަބަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި
"ދިވެހިރާއްޖޭގައި ހަދާ އެންމެހާ ޤާނޫނުތައް ހަދާން ވާނީ މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތީން"
ކަމަށާއި، "މި ޤާނޫނުއަސާސީން ލާޒިމްކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރަންވާނެ" ކަމަށާއި،
"މި ޤާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލް
އެއްޗަކަށް" ކަމަށާއި، "އަދި އެފަދަ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެ" ކަމަށާއި، "މި
ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލު ކަމެއް" ކަމަށް ބަޔާންކޮށްފައިވީހިނދު، ޤާނޫނު ނަންބަރު
2/2010 (މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު)ގެ 21 ވަނަ މާއްދާއަކީ އިސްލާމީ ޝަރީޢަތާއި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު މާއްދާއެއްކަމަށް
ކޮށް، އެ މާއްދާއަކީ
ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގެ ދަށުން، ޤާނޫނީ ބާރު ލިބިގެން ނުވާ ބާޠިލު މާއްދާއެއްކަމަށް ބުނެ ހުށަހެޅި
ޚި4 reއ
އަނެކޮށް،
ސަބަބު.
ކުށްކުން
(ރ) ހަތަރުވަނަ ސަބަބަކީ: ޤާނޫނު ނަންބަރު 2/2010 (މަޢާފު ދިނުމާއި އަދަބު
ލުއިކޮށްދިނުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައި "ތިރީގައި ބަޔާންވެގެން އެވަނީ، މި ޤާނޫނުގެ 4 ވަނަ
މާއްދާގެ (ހ) ގެ ދަށުން ކުށް މަޢާފުކޮށްދެވިގެން ނުވާނެ، ނުވަތަ އެ މާއްދާގެ (ށ) ގެ ދަށުން އަދަބު
ފަސްކުރެވިގެން ނުވާނެ، ނުވަތަ މިޤާނޫނުގެ އެހެންވެސް މާއްދާއެއްގެ ދަށުން ކުށް މަޢާފުދެވިގެން ނުވާނެ
ކުށް" ކަމަށާއި އެހެންނަމަވެސް، އެ ކުށްކުށުގެ އަދަބުގެ މުއްދަތު މި ޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގެ
ދަށުން، ކުރުކޮށް ދިނުމަކަށް ނުވަތަ އެ މާއްދާގެ (ރ) ގެ ދަށުން، އަދަބުގެ ބާވަތް ލުއިކޮށްދިނުމަކަށް ނުވަތަ
މިޤާނޫ އެހެންވެސް މާއްދާއެއްގެ ދަށުން ލުއިކޮށްދިނުމަކަށް މިޤާނޫނު ހުރަހެއް
ބަޔާންކުރުމަށްފަހު، އެ މާއްދާގެ (1) ވަނަ ނަންބަރުގައި މީހަކު މުރުމުގެ ކުށް" ބަޔާންކޮށްފައި އޮތުމުން، މީހަކު
މެރުމުގެ ކުށަށް ޤިޞާޞް ހިފުމުގެ އަދަބު ކަނޑައެޅިއްޖެނަމަ، މާއްދާގެ ދަށުން އެއަދަބުގެ ބާވަތް ބަދަލު
ކުރުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ހިނދު، މަޤްތޫލުގެ ހުރިހާ ވާރިޘުން ބޭނުންވުމުން، ޤާތިލުގެ
ކަމަށް
OXO
ޑިހިރާއްޖޭގެ ކި
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471]33
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/08
0 0
ލޭގެ ހުރުމަތް ކެނޑިއްޖެކަމަށް ކަނޑައަޅައި ޤާތިލް މެރުމަށް ނުވަތަ ޤިޞާޞް ހިފުމަށް ޝަރުޢީ ކޯޓަކުން ކުރާ
ޙުކުމެއް ބަދަލުކޮށް ޤާތިލަށް މަޢާފުދިނުމުގެ ބާރު، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވުމަކީ އިސްލާމީ ޝަރީޢަތާ
ކަނޑައެޅިގެން ޚިލާފުކަމެއް ކަމަށް ބަޔާންކޮށް، ޤާނޫނު ނަންބަރު 2/2010 (މަޢާފު ދިނުމާއި އަދަބު
ލުއިކޮށްދިނުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު، ބާޠިލްކަމަށް ކަނޑައަޅަން
ޖެހޭކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކަށް ބެލުމުން އެނގެން އޮންނަކަމަށް ބުނެ ހުށަހެޅި ސަބަބު.
3- މިމައްސަލަ ހުށަހެޅި ފަރާތްތަކުން މައްސަލާގައި ދަޢުވާ ބިނާކުރި ސަބަބުތަކަށާއި، މައްސަލަ
ހުށަހެޅި ފަރާތްތަކުންނާއި މި މައްސަލަ ރައްދުވާ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި
ފާހަގަކުރެވިފައިވެއެވެ.
04 00 0.
ކަންތައްތއް
(ހ) ފުރަތަމަ ކަމަކީ، މި މައްސަލަ ހުށަހެޅި ފަރާތްތަކުގެ ދަޢުވާއަކީ، މަރުގެ މައްސަލަތަކުގައި
ޤާތިލުގެ ކިބައިން ޤިޞާޞް (މަރަށްމަރު) ހިފުމަށް މަޤްތޫލުގެ ހުރިހާ ވާރިޘުން ބޭނުންވާ ޙާލަތުގައި، ޤާތިލު
މެރުމަށް ނުވަތަ ޤިޞާޞް ހިފުމަށް ޝަރުޢީ ކޯޓަކުން ޙުކުމްކުރި ނަމަވެސް، ޤާނޫނު ނަންބަރު 2/2010 (މަޢާފު
ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުން އެ އަދަބުގެ ބާވަތް، އުމުރު ދުވަހުގެ
ޖަލު ޙުކުމަކަށް ބަދަލުކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވުމާއި، އަދި ހަމަ އެޤާނޫނުގެ 5 ވަނަ
މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި
"މީހަކު މެރުމުގެ ކުށަށް"، ޤިޞާޞް ހިފުމުގެ އަދަބު
ކަނޑައެޅޭ ޙާލަތުގައި، އެއަދަބުގެ ބާވަތް ބަދަލުކުރުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާއަށް އޮތުމަކީ،
ކަނޑައެޅިގެން އިސްލާމީ ޝަރީޢަތާ ޚިލާފަށް ދައުލަތުގެ ޙާކުމަށް ދީފައިއޮންނަ އިޚްތިޔާރެއް އަދި ފުރުޞަތެއް
ކަމުގައި ދެކިގެން، ބުނެވިދިޔަ ޤާނޫނުގެ 21 ވަނަ މާއްދާއާއި، 5 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރަކީ
ހ2 2
4
2 ބ
ބަޔާންވެގެންވާ،
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2012/HC-DM/08
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު މާއްދާތަކެއްކަމަށް ކަނޑައަޅައި، އެ
ދެމާއްދާ ބާޠިލު ކޮށްދިނުމަށް އެދި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާ ދަޢުވާއެއްކަން އެނގެން
އ ހދ 2
2
##ވ"
222
18ދނ.33
(ނ) ދެވަނަ ކަމަކީ: މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު
2/2010) ގެ 5 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގެ (ހ) ވަނީ، "ތިރީގައި ބަޔާން އެވަނީ، މިޤާނޫނުގެ
4 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށް މަޢާފުކޮށްދެވިގެން ނުވާނެ، ނުވަތަ އެމާއްދާގެ (ށ) ގެ ދަށުން އަދަބު
ފަސްކުރެވިގެން ނުވާނެ ނުވަތަ މި ޤާނޫނުގެ އެހެންވެސް މާއްދާއެއްގެ ދަށުން ކުށް މަޢާފުކޮށްދެވިގެން ނުވާނެ
ކުށްކުށެވެ. އެހެންނަމަވެސް، އެކުށްކުށުގެ އަދަބުގެ މުއްދަތު މިޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގެ ދަށުން،
ދިނުމަކަށް ނުވަތަ އެމާއްދާގެ (ރ) ގެ ދަށުން، އަދަބުގެ ބާވަތް ލުއިކޮށްދިނުމަކަށް ނުވަތަ މިޤާނޫނުގެ
އެހެންވެސް މާއްދާއެއްގެ ދަށުން ލުއިކޮށްދިނުމަކަށް މިޤާނޫނު ހުރަހެއް ނާޅައެވެ." މިފަދައިންކަމާއި އެއަކުރުގެ 1
ވަނަ ނަންބަރުގައި، "މީހަކު މެރުމުގެ ކުށް" މިފަދައިން ބަޔާންކޮށްފައިވާކަމާއި އަދި އެއަކުރުގެ 2 ވަނަ
ނަންބަރުން ފެށިގެން 7 ވަނަ ނަންބަރަށް
ކުރުކޮށް
(2) އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށް
(3) ޓެރަރިޒަމްގެ ކުށް،
(4) ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށް،
(5) އެއްވެސް ޤާނޫނެއްގެ ދަށުން 14 (ސާދަ) ގްރާމަށްވުރެ ގިނަ ޢަދަދަކަށް މަސްތުވާތަކެތި
ހުރެގެން ޢުމުރަށް ޖަލަށްލުމަށް އަދަބު ކަނޑައެޅިފައިވާ ކުށް،
(6) ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށް،
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 956471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/08
(7) އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށް މިފަދައިން ބަޔާންކޮށްފައިވާ ކަމާއި،
އިސްވެ ބަޔާންކުރެވުނު ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ޙަވާލާދީފައިވާ އެޤާނޫނުގެ 4 ވަނަ މާއްދާއަށް
ބަލާއިރު، އެޤާނޫނުގެ ދަށުން މަޢާފުކޮށްދިނުމާއި އަދަބު ލުއިކޮށްދެވޭ ގޮތް 5 (ފަހެއް) ގިންތިއަކަށް ބަހާލެވިފައިވާ
ކަމާއި، އެއީ:-
(ހ) މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބު މަޢާފުކޮށްދިނުން؛
(ށ) މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބު ތަންފީޒުކުރުން ވަކި
މުއްދަތަކަށް ފަސްކޮށްދިނުން؛
(ނ) މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ މުއްދަތު ކުރުކޮށް
ދިނުން،
444
(ނ) މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ، އެކުށް ގުޅިގެން
އެއަށްވުރެ ލުއި އަދަބުތަކެއް ކަނޑައެޅުމަށްވެސް ޤާނޫނުގައި ފުރުސަތު ލިބިގެންވާ ކުށެއްކަމުގައިވާހިނދު،
ތެރެއިން ލުއިވާބާވަތެއްގެ އަދަބަކަށް، އޭނާގެ އަދަބުގެ ބާވަތް ބަދަލުކޮށްދިނުން؛
(ބ) މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ، ވަކި ޢަދަދެއްގެ
ފައިސާ ދެއްކުން ކަމުގައިވާހިނދު، އެ އިލްތިޒާމު އުފުލުމުން އޭނާ ބަރީޢަކޮށްދީ، އެ ފައިސާ ދެއްކުމުން އޭނާ
02c
މިނިވަންކޮށްދިނުން، ނުވަތަ ދައްކަންޖެހޭ ފައިސާގެ ޢަދަދު ކުޑަކޮށްދިނުން،ކަން އެނގޭއިރު،
މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 5 ވަނަ މާއްދާއަކީ "މަޢާފުނުދެވޭނެ ކުށް"
ބަޔާންކުރާ މާއްދާކަން އެނގޭކަމާއި، އެގޮތުން އެމާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި "މީހަކު މެރުމުގެ ކުށް"
މިފަދައިން ބަޔާންކޮށްފައިވާއިރު، އެކުށުގެ އަދަބު މަޢާފުކޮށް ނުދެވޭނެކަމާއި އަދި އެކުށުގެ އަދަބު ތަންފީޒުކުރުން
ފަސްނުކުރެވޭނެކަން އެޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކޮށް ބެލުމުން އެނގެން
0x3
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/08
އަނނަމަވެސްK
މަޢާފުނުދެވޭނެ ކުށްކަމަށް އެޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްތަކަކީ
އެޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން އަދަބުގެ މުއްދަތު ކުރުކޮށް ދިނުން ނުވަތަ އަދަބު ލުއި
ބާވަތަކަށް ބަދަލުކޮށް ދެވިދާނެކަން އެނގޭއިރު، މި މައްސަލަ ހުށަހެޅި ފަރާތްތަކުން މިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިސްވެ ބުނެވުނު ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ
ނަންބަރު، އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުވާކަމަށް ދެކެނީ،
ޤަޞްދުގައި މީހަކު މެރުމުގެ ކުށުގައި ޤާތިލުގެ ކިބައިން މަޤްތޫލުގެ ވާރިޘުން ޤިޞާޞް ހިފުމަށް އެދޭ ޙާލަތުގައި
އެމީހަކު މެރުމަށް! ޤިޞާޞް ހިފުމަށް ޙުކުމް ކަނޑައަޅާފައި ވީނަމަވެސް، އެމާއްދާގެ ދަށުން އަދަބުގެ ބާވަތް
ބަދަލުކުރުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭތީކަން އެނގޭއިރު،
30
22
OXO
މަޢާފުދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ޤާނޫނުގެ ވަނަ މާއްދާގެ (ހ) ގެ 1 ވަނަ
ނަންބަރުގައި "މީހަކު މެރުމުގެ ކުށް" މިގޮތަށް ބަޔާންކޮށްފައި އޮތުމުން، މީހަކު މެރުމުގެ ހުރިހާ ބާވަތެއް ކުށެއް
ހިމެނޭކަން އެނގޭއިރު، އިސްލާމީ ޖުމްހޫރު ޢިލްމްވެރިންގެ އަރިހުގައި ÉÉ (މަރު) ގެ
3 (ތިނެއް)
ވައްތަރެއްވާކަމާއި، އެއީ:-
(1) ޤަތުލް ޢަމްދު للهل للލهلا (ޤަޞްދު މަރު)،
(2) ޤަތުލު ޝިބުހު ޢަމްދު للهل ޖާޤޑ للލهلا (ޤަޞްދު މަރާ ވައްތަރު ޤަތުލު)
987
(3) ޤަތުލު ޚަޠައު هل للލޮهل (ކުށަކުން، އޮޅިގެން މީހަކު މަރުވުން) ކަން އެނގޭއިރު،
ބުނެވިދިޔަ މަރުގެ ވައްތަރުތަކުގެ ތެރެއިން 2 އާއި 3 ގައި ބުނެފައިވާ މަރުގެ ވައްތަރުތަކަކީ އެފަދަ މަރުގެ
އަދަބެއްގެ ގޮތުން ޤިޞާޞް ނުހިފޭނެ މަރުގެ ވައްތަރުތަކެއް ކަމަށް ޖުމްހޫރު ޢިލްމުވެރިން އެއްބަސްވެފައިވާކަން
އެނގޭއިރު، މި މައްސަލަ ހުށަހެޅި ފަރާތްތަކުގެ ދަޢުވާގައި ބުނެފައިވަނީ لهل للهلا (ޤަޞްދު މަރު) ކަމާއި،
އަދި އެޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރު (މީހަކު މެރުމުގެ ކުށް) ބާޠިލްކޮށްދިނުމަށް
އެފަރާތްތަކުން އެދެނީވެސް، ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން ޤާތިލު މެރުމަށް ނުވަތަ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
10
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012HC-DM/08
ޤިޞާޞް ހިފުމަށް ޝަރީޢަތުން ކަނޑައެޅޭ ޙުކުމެއްގެ އަދަބުގެ ބާވަތް ބަދަލުކޮށްދިނުމުގެ ފުރުސަތު އެމާއްދާގެ
ދަށުން ރައީސުލްޖުމްހޫރިއްވާ
ރިއްޔާއަށް އޮތުމުންކަން އެނގޭއިރު، ބުނެވިދިޔަ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ 1
ގައިވާ "މީހަކު މެރުމުގެ ކުށް" ގައި ކަނޑައެޅޭ އަދަބަކީ ހަމައެކަނި ޤިޞާޞް ހިފުން މެރުމަށް ކަނޑައެޅޭ
އަދަބު ނޫންކަން އެމާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، މި މައްސަލަ ހުށަހެޅި ފަރާތްތަކުން ބާޠިލްކޮށް ދިނުމަށް އެދިފައިވާ
މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2/2010) ގެ 21 ވަނަ މާއްދާއަށް ބަލާއިރު،
އެމާއްދާގައިވަނީ "މިޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ސުޕްރީމް ކޯޓުން މީހެއްގެ މައްޗަށް
މަރުގެ ޙުކުމް ކަނޑައަޅައިފި ހިނދެއްގައި، ނުވަތަ ދަށު ކޯޓަކުން ނުވަތަ ހައިކޯޓުން، މީހެއްގެ މައްޗަށް
ކަނޑައަޅާފައިވާ މަރުގެ ޙުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފިހިނދެއްގައި، އެޙުކުމް ނިސްބަތްވާ މީހާ ހުރި
ޙާލަތަށާއި، ކަމާގުޅޭ ޝަރުޢީ އުޞޫލުތަކަށާއި، ދަޢުލަތުގެ މަޞްލަޙަތަށާއި، އިންސާނިއްޔަތުގެ ހަމަތަކަށް ބަލައި،
އޭނާގެ ޙުކުމް، އުމުރު ދުވަހަށް ޖަލުގައި ބަންދުކުރުމަށް ބަދަލުކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް
މިޤާނޫނުން ލިބިގެންވެއެވެ. އެހެންނަމަވެސް، އެބަދަލު ގެނައުމަށްފަހު، އެބަދަލުގެނެވުނު ޙުކުމަކީ، މިޤާނޫނު
އެއްވެސް މާއްދާއެއްގެ ދަށުން މަޢާފު ދެވިގެންވާނެ ޙުކުމެއް ނޫނެވެ." މިފަދައިންކަން އެނގޭކަމާއި،
ޤ
އިސްވެ ބުނެވުނު މާއްދާގައިވާ ގޮތުގެމަތިން މަރުގެ ޙުކުމެއް، އުމުރު ދުވަހަށް ޖަލުގައި
ބަންދުކުރުމަށް ބަދަލުކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވަނީ ޝަރުތުތަކަކާ އެކުގައިކަމާއި،
އެގޮތުން، މަރުގެ ޙުކުމެއް އުމުރު ދުވަހުގެ ޖަލުގައި ބަންދުކުރުމަށް ބަދަލުކޮށް ދިނުމުގައި، އެޙުކުމް ނިސްބަތްވާ
މީހާ ހުރި ޙާލަތަށާއި، ކަމާގުޅޭ ޝަރުޢީ އުޞޫލުތަކަށާއި، ދަޢުލަތުގެ މަޞްލަޙަތަށާއި، އިންސާނިއްޔަތުގެ
ހަމަތަކަށް ބަލަންވާނެކަން އެނގޭއިރު، މި މައްސަލަ ހުށަހެޅި ފަރާތްތަކުން ބުނެވިދިޔަ މާއްދާ ބާޠިލްކޮށްދިނުމަށް
އެދި ހުށަހެޅި މައިގަނޑު ސަބަބަކީ، ޤާތިލުގެ ކިބައިން ޤިޞާޞް(މަރަށް މަރު ހިފުމަށް މަޤްތޫލުގެ ވާރިޘުން އެދޭ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
11
2012/HC-DM/08
249
ޝަރީއަތް ނިމުނު ގޮތުގެ ޚުލާޞާ
ޙާލަތުގައި ޤިޞާޞް ހިފުމަށް ކޯޓުން ކަނޑައަޅާފައިވަނިކޮށްވެސް، ޝަރުޢީ އުސޫލާ ޚިލާފަށް ޤިޞާޞް ހިފުމަށް
މެރުމަށް ކަނޑައަޅާފައިވާ ޙުކުމެއް ޖަލު ޙުކުމަކަށް ބަދަލުކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް
ލިބިދީފައިވާތީކަން އެފަރާތްތަކުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭއިރު، އެމާއްދާގެ
ދަށުން މަރުގެ ޙުކުމެއް ޖަލުގެ އަދަބަކަށް ބަދަލުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިޚްތިޔާރު ލިބިދީފައިވަނީ
ޝަރުތުތަކެއް ކަނޑައެޅުމަށްފަހު، އެޝަރުތަކުގައިވާ ގޮތުގެމަތިންކަން އެނގޭކަމާއި،
އެގޮތުން
ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން މަރުގެ ޙުކުމެއް އުމުރު ދުވަހުގެ ޖަލުގައި
ބަންދުކުރުމަށް ބަދަލުކުރުމުގައި ބަލަންޖެހޭ އެއްކަމަކީ "ކަމާގުޅޭ ޝަރުޢީ އުޞޫލުތައް"ކަން އެނގޭހިނދު، އެގޮތަށް
އަދަބު ލުއިކޮށްދިނުމަށް ޝަރުޢީ އުޞޫލު ހުއްދަނުކުރާ އަދި ޝަރުޢީ އުޞޫލުގައި އެކަމެއް އޮތްގޮތާ ޚިލާފަށް
މަރުގެ ޙުކުމުގެ އަދަބު ބަދަލުކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިނުދޭކަން އެމާއްދާގެ ނައްޞުން
ސާފުކޮށް އެނގޭކަމާއި،
ދިވެހިރާއްޖޭގެ
ރާއްޖޭގެ ޖިނާއީ ޢަދުލް ނިޒާމުގައި އިސްލާމީ ޝަރީޢަތުގައި ކުށެއްގެ އަދަބެއްގެ ގޮތުން
މެރުމަށް ކަނޑައަޅާފައިވާ ކުށްތަކަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އަދަބު ކަނޑައެޅޭ
ކުށްތަކާއި، އަދި ކުށެއްގެ އަދަބެއްގެ ގޮތުން ޤާނޫނުގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށްތައް ހިމެނޭކަން
އެނގޭކަމާއި، މިގޮތުން ޤާނޫނުގައި ކުށުގެ އަދަބެއްގެ ގޮތުން މެރުމަށް ކަނޑައަޅާފައިވާ ކުށްތަކަށް ބަލާއިރު، މި
މައްސަލަ ހުށަހެޅިއިރު ޢަމަލުކުރެވެމުން ދިޔަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު 1/81) ގެ 36
ވަނަ މާއްދާގައިވަނީ، "ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފު ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ގެއްލުމެއް
ދީފި މީހެއްގެ އަދަބަކީ މެރުމެވެ. މިފަދައިންކަމާއި، އެޤާނޫނުގެ 37 ވަނަމާއްދާގައިވަނީ، "ދިވެހިރާއްޖެއިން
ބޭރުގައި ނުވަތަ ދިވެހިރާއްޖޭގައި މީހަކު ވެރިކަމަށް، މިނިވަންކަމަށް ނުވަތަ އިސްތިޤްލާލަށް އުނިކަމެއް
އަތުވެދާފަދަ ނުވަތަ ދިވެހިރާއްޖޭގެ އެއްވެސް ބައެއް (ސަރަހައްދީ ގޮތުން ނުވަތަ މީހުންގެ ގޮތުން ވިޔަސް)
ދިވެހި ވެރިކަމުގެ ބާރުން ނެއްޓިދާފަދަ ޢަމަލެއް ކުރި މީހެއްގެ އަދަބަކީ މެރުމެވެ." މިފަދައިންކަމާއި، ޤާނޫނު
UCO
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
12
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/08
4 0 0
ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގައި
ޓެރަރިޒަމްގެ ކުށެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެކުށްކުރި މީހާގެ އަދަބަކީ މެރުމެވެ." މީގެ އިތުރުން
ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ
ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 41/2014) ގެ 5 ވަނަ މާއްދާގައި
ޤަޞްދުގައި މީހަކު މެރުމުގެ ކުށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ މެރުންކަމަށް ބަޔާންކޮށް
ންކޮށްފައިވާކަން
އެނގޭކަމާއި،
ބަ ޖެ
ބަޔާން ކުރެވިދިޔަ ޤާނޫނުތަކުގައި މެރުމުގެ އަދަބު ކަނޑައެޅިފައިވާ ކުށްތަކުގެ އިތުރުން
އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން މަރުގެ އަދަބު ދެވޭނެކަމަށް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ
ކުށްތަކަށް ބަލާއިރު، މި މައްސަލަ ހުށަހެޅި އިރު ޢަމަލު ކުރެވެމުން ދިޔަ ޤާނޫނުލްޢުޤޫބާތުގެ 64 ވަނަމާއްދާގައި،
ދޮގު ހެކިދިނުމުގެ ސަބަބުން އެވަގުތަކު ހިންގާ ޤާނޫނަކުން ނުވަތަ ޝަރީޢަތުގެ ފަރާތުން ކުށްނުކުރާ މީހަކު
މެރުމަށް ނިޔާ ކަނޑައެޅި އެޙުކުމް ތަންފީޒު ކުރުމަށްފަހު އެހެކިވެރިޔާގެ ހެކި ޤަޞްދުގައި ދިން ދޮގު
ހެއްކެއްކަމަށް ސާބިތު ވެއްޖެނަމަ އެހެކިދިންމީހާގެ އަދަބަކީ އިސްލާމީ ޝަރީޢަތް އެކަމަށް ހުއްދަކުރާ އެންމެ
އަދަބެކެވެ." އަދި ޤާނޫނުލްޢުޤޫބާތުގެ 88 ވަނަމާއްދާގެ (ރ) ގައި، "މިފަދަ (ޝަރުޢީ އަދި ޤާނޫނީގޮތުން ކުރާ
އަމުރަކަށް ނުކިޔަމަންތެރިވުން) ކުށުގެ ޢަމަލުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އެކުށްކުރި މީހެއްގެ އަދަބަކީ
އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބެކެވެ. އަދި މިހާރު
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު
(ޤާނޫނު ނަންބަރު 9/2014) ގެ ދަށުން ދެވޭ އަދަބު ދަރަޖަކުރުމުގައި ޖިނާޔާތުގެ 1 ވަނަ ދަރަޖައިގައި،
މެރުމުގެ އަދަބު ކަނޑައެޅުން ހިމެނޭކަމާއި، އަދި ޤިޞާޞް ކަނޑައެޅިފައިވާ ކުށެއް އިސްލާމީ ޝަރީޢަތުގައި
ކަނޑައެޅިފައިވާ ގޮތުގެމަތިން އެއްވެސް ޝައްކެއްނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެމީހެއްގެ
މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން އެކަމަކަށް އިސްލާމީ ޝަރީޢަތުގައިވާ
އަދަބުކަމަށް ޤާނޫނުލްޢުޤޫބާ
ނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
ކޮށްފައިވާކަން އެނގޭއިރު،
* 2 4 2 22
24ކރވެމުނގ
22
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
13
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/08
މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 21 ވަނަ މާއްދާ އިބާރާތް ކުރެވިފައިވަނީ
އިސްވެ ބަޔާންކުރެވުނު ޤާނޫނުތަކާއި އިސްލާމީ ޝަރީޢަތުގައި މަރުގެ އަދަބު ކަނޑައެޅޭ ކުށްތައްވެސް ހިމެނޭ
ގޮތަށް ކަން އެމާއްދާއަށް ބެލުމުން އެނގެން އޮތުމުން ޤާނޫނުގައިވާ ގޮތުގެމަތިން ނުވަތަ އިސްލާމީ ޝަރުޢީ
އުޞޫލުތަކުގައިވާ ގޮތުގެމަތިން މެރުމަށް ޙުކުމްކޮށްފައިވާ މީހެއްގެ ޙުކުމް ޢުމުރު ދުވަހުގެ ޖަލު ޙުކުމަކަށް
ބަދަލުކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް އެމާއްދާގެ ދަށުން ލިބިދީފައިވާކަމަށް މާނަ ކުރެވޭކަމާއި،
4 22
ޤަސްދުގައި މީހަކު މެރުމުގެ ކުށުގައި ޤާތިލުގެ ކިބައިން ޤިޞާޞް ހިފުމަށް ނުވަތަ
މަޢާފުދިނުމާއެކު ދިޔަ (ބަދަލު) ލިބުމަށް ނުވަތަ ބަދަލެއްނެތި (ދިޔައެއްނެތި، މަޢާފުކުރުމުގެ ބާރު ލިބިދީފައިވަނީ
މަޤްތޫލުގެ ވާރިޘުންނަށްކަން އެނގޭކަމާއި، މިއިން ގޮތަކަށް އިޚްތިޔާރުކުރުމުގެ ޙައްޤަކީ މަޤްތޫލުގެ ވާރިޘުންނަށް
ލިބިގެންވާ ޙައްޤެއްކަމާއި، އަދި އެއީ ވާރިޘުން ދުނިޔޭގައި ތިބިނަމަ، އިސްލާމީ ދައުލަތުގެ އެންމެ އިސްވެރިޔާ
(ޙާކިމާ) އަށް ލިބިގެންވާ ޙައްޤެއްނޫންކަން ޝަރުޢީ އުޞޫލުތަކަށް ބެލުމުން އެނގޭއިރު، ބުނެވިދިޔަ ގޮތުގެމަތިން
ކަންކަން ހުރުމުން އެޤާނޫނުގެ 21 ވަނަ މާއްދާ މާނަ ކުރުމުގައި، މަރުގެ ޙުކުމް އުމުރު ދުވަހުގެ ޖަލުގެ
އަދަބަކަށް ބަދަލުކުރުމުގެ އިޚްތިޔާރު އެމާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވަނީ، ޤަޞްދުގައި
މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން ޤާތިލުގެ ކިބައިން ޤިޞާޞް ހިފުމަށް މެރުމަށް ޙުކުމް ކަނޑައަޅާފައިވާ
044
ދ ތ ދވ
כל ס
ﷲ ހކ ދވހ އދ8
بر روی سرم مصری ملا کر ہم
.އިކަމަށް ޤަބޫލުކުރެވޭކަމެވެ.
(ނ) ހަތަރުވަނަ ކަމަކީ: ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ
އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ ދީމިޤްރާޠީ ޖުމްހޫރީ އަދި ޔުނިޓަރީ
ދައުލަތެއްކަމާއި، އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމާއި، އިސްލާމް ދީނުގެ
އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ދިވެހިރާއްޖޭގައި ނުހެދޭނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
މީގެ 2 ވަނަ މާއްދާއާއި 10 ވަނަ މާއްދާއަށް ބެލުމުން ސާފުކޮށް އެނގޭކަމާއި، ޤާނޫނުއަސާސީގެ
222 22
ޑިއްޖޭގެ ގަޑި
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471 އެގެ
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
14
2012HC-DM/08
OXO
OXO
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން ކޯޓުތަކާއި ޓްރައިބިއުނަލްތަކުން މާނަކުރުމުގައި
ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ
އުޞޫލުތަކަށް
ރިޢާޔަތްކޮށް އެއުޞޫލުތައް
ނަގަހައްޓަންވާނެކަމަށާއި އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ
މުޢާހަދާތަކަށް
ރިޢާޔަތްކުރަންވާނެކަމަށް ޤާނޫނުއަސާސީގެ 68 ވަނަމާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، ޤާނޫނުއަސާސީގެ ދެވަނަ
ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބިދީފައިވަނީ އިސްލާމް ދީނުގެ އަޞްލަކާ
ޚިލާފުނުވާނޭ ގޮތެއްގެ މަތީންކަމާއި، އިސްލާމް ދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، އެބާބުގައި
ބަޔާންކޮށްފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ރައްޔިތުންގެ
މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓުމަކަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ) އިން
ހުރަސްނާޅާކަން އެނގޭކަމާއި، ދިރިހުރުމުގެ ޙައްޤާއި އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު
ކޮންމެ މީހަކަށްމެ ލިބިގެންވާކަމާއި، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން
ހަދާފައިވާ ޤާނޫނަކާ އެއްގޮތަށް މެނުވީ އެއްވެސް މީހެއްގެ ކިބައިން، އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ
އެއްވެސް މިންވަރެއް ނިގުޅައިގަނެވިގެނެއް ނުވާނެކަމަށް ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
ކަން އެނގޭއިރު،
މަރުގެ އަދަބު ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލް ނިޒާމުގައި ކަނޑައެޅޭ ގޮތަށް ބަލާއިރު، އިސްލާމީ
ޝަރީޢަތުގައި ކުށެއްގެ އަދަބެއްގެ ގޮތުން މެރުމަށް ކަނޑައަޅާފައިވާ ކުށްތަކާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ
ޤާނޫނުގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށްތައް ހިމެނޭކަމާއި، މިގޮތުން، ޤާނޫނުގައި ނުވަތަ އިސްލާމީ
ޝަރީޢަތުގައި ކުށުގެ އަދަބެއްގެ ގޮތުން މެރުމަށް ޤިޞާޞް ހިފުމަށް ކަނޑައަޅާފައިވާ ކުށްތައް މިރިޕޯޓުގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 3 ގެ (ނ) (ތިންވަނަ ކަން)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުރިކަން އެނގޭއިރު،
<< O
އިސްލާމީ ޝަރީޢަތުގައި މާތްﷲ ހުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާނުލައި މެރުމަކީ
ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއްކަމާއި، ޙައްޤަކާނުލައި މީހުން މެރުމަކީ މާތްﷲ ކަނޑައެޅިގެން ޙަރާމް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471"
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
15
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/08
ކުރައްވާފައިވާ ކަމެއްކަމަށް ބަޔާންކުރައްވައި ކީރިތި ޤުރުއާނުގެ هلފ(للا ގެ 93 ވަނަ އާޔަތުގައި މާތް
به شما کره و ترد وسر، ومن يقتل مؤمنا متعمدا فجزاؤه جهنم خالدا فيها وغضب الله عليه ولعنه وأعد له
هلا1 ނޮލޮلهل! މާނައީ: "އަދި، ޤަޞްދުގައި މުއުމިނަކު މަރާމީހާ ދަންނާށެވެ! ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކައެވެ.
އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި ﷲ އެމީހާގެ މައްޗަށް ކޯފާ ލައްވައި ލަޢުނަތް ލެއްވިއެވެ. އަދި،
ބޮޑުވެގެންވާ ޢަޒާބު އެމީހާއަށް ތައްޔާރު ކުރެއްވިއެވެ."
އަދި لފޕ لللللގެ 32 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ، ޘަޤާ2 هل ޤާهل ޤަޓާ]
يغير نفس أو فساد في الأرض فكأنما قتل الكاس جميعا ومن أحياها فكأنما أحيا الناس جميعا
މާނައީ:"ނަފްސެއް މަރައިގެން ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަކަށް، ނަފްސެއް މަރައިފި
މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި ނަފްސެއް ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި
ބަހައްޓައިފި މީހާ އެންމެހާ މީސްތަކުން ދިރުވިފަދައެވެ." މިފަދައިންކަމާއި،
މާތްﷲ ޙުރުމަ
2ތ 0
2
2
(869/ތޗގ
#
.ވާފައިވާ ނަފްސެއް ޙައްޤަކާނުލައި މަރައިފިމީހަކަށް އޮތް ޢުޤޫބާތް
ބަޔާން ކުރައްވައި، للهل لهފ6 178 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ، ޤަ"ا للޖ ޝޯا ޕ
عليكم القصاص في القتلى الحر بالحر والعبد بالعبد والأنثى بالأنثى قمن في له من أخيه شيء قاباغ
بالمعروف وأداء إليه بإحسان لا rله لޝާޤޕޓާޝޫ هل (& ފަޤމުޖް8ﷲ ޝާﷲގ ފުލުޤު lys& ޘަل& ސަاޖ لل މާނަ
"އޭ އިމާންވި މީސްތަކުންނޭ! ޤަތުލު ކުރެވޭ މީހުންނާއިމެދު ޤިޞާޞް ހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު
ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ އެމީހާގެ މަރުވި
އަޚާގެ ފަރާތުން ޤިޞާޞްގެ ބައެއް މަޢާފް ކުރެވުނު މީހާ ދަންނާށެވެ. އެމީހާގެ ކިބައިން ހެޔޮ ގޮތުގައި މަރުގެ
ދިޔައަށް އެދުން ހުއްޓެވެ. އަދި މަޢާފުކުރި ފަރާތަށް އިޙްސާންތެރިކަމާއެކު އެދިޔަ އަދާކުރުން ހުއްޓެވެ. އެހެނީ
ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ފަރާތުން ތިޔަބައި މީހުންނަށް ދެއްވި ލުޔެކެވެ. އަދި ރަޙްމަތެކެވެ. އެއަށްފަހު
ދެކޮޅުވެރިވެ ޢަދާވާތްތެރިވެއްޖެ މީހާއަށް ވޭންދެނިވި ޢަޒާބު ހުއްޓެވެ". މިފަދައިންކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
އިމްބި18 ގޭ
16
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012HC-DM/08
އަދި އެ ޕ: ގެ 179 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ، ފަلل ޓ لޤهلللل
ބޮا 1ފلل للهلޖ للا ޤާههل މާނައީ، "އަދި ޤިޞާޞް ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު)
ދިރުމެއްވެއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! (އެއީ) ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ." މިފަދައިން
ކަމާއި،
ޤާތިލުގެ މައްޗަށް މަޤްތޫލުގެ ވާރުތަވެރިންނަށް މާތްﷲ ބާރުވެރިކަމެއް ދެއްވާފައިވާކަމަށް ކީރިތި
ޤުރުއާނުގެ هފޕގެ | هلނު ގެ 33 ވަނަ އާޔަތުގައި ބަޔާންކުރައްވައި މާތްﷲ ވަޙީކުރައްވާފައިވަނީ، [3 تهلޅ1
النفس التي حرم الله إلا بالحق ومن قتل مظلوما فقد جعلنا لوليه سلطنا فلا يسترف قي القتل إله كان منصورا
މާނައީ، " އަދި ތިޔަބައިމީހުން، ﷲ ހުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޙައްޤުތަކާ ލައިގެންމެނުވީ ނުމަރާށެވެ!
އަދި އަނިޔާގެ ގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ވަލީވެރިޔާއަށް،
ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، ޤަތުލު ކުރުމުގައި އޭނާ އިސްރާފުނުކުރާހުށިކަމެވެ! ހަމަކަށަވަރުން،
އެވަލީވެރިޔާއަކީ ނަޞްރުލިބިގެންވާ މީހެއްކަމުގައި ވިއެވެ." މިފަދައިންކަމާއި،
އަދިވެސް لا لللG
45 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ، ا –ޤވ لا
أن النفس بالنفس والعين بالعين والأنف والأنف والأذن والأذن والسن بالسن والجروح قصاص فمن
ޤާދޣާG ޑ ޤަޖުލު í5 "ފަ– لޔޮ هلهلا ه1 لاU |للا ޤަاފاލޮޝުދު للللل މާނައީ "އެ ތައުރާތުގައި
އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ ޤިޞާޞްގެ އުޞޫލު ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން، ނަފްސަކަށް
ނަފްސެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތަކެވެ. ޒަޚަމް ތަކަކީ
ޤިޞާޞް ހުރިކަމެކެވެ. ފަހެ، އެކަން މަޢާފުކޮށްފިމީހާއަށް އެއީ ކައްފާރާއެކެވެ. އަދި ﷲ ބާވައިލެއްވި ޙުކުމުން
ޙުކުމް ނުކުރާ މީހާ ދަންނާށެވެ! ފަހެ، އެއުރެން އެއީ ހަމަ އަނިޔާވެރިންނެވެ". މިފަދައިންކަމާއި،
އަދި ތިންކަމެއްގައި މެނުވީ މާތްﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފްސެއް މެރުން ހުއްދަނުވާކަން
ބަޔާންކުރައްވައި ކީރިތި ރަސޫލާ ޙަދީސް ކުރައްވާފައިވަނީ، L للا ޤަޑު للގކީ ޅނީ ޤަلهلا — 13 ل& |لا ,ގ
محمدا رسول الله، إلا بإحدى ثلاث: التفس بالنفس، والزاني المحصن، والتارك إدينه المفارق للجماعة
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
17
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/08
މާނައީ: "ﷲގެ ކަށަކުޅަދުންވަންތަކަން ޤަބޫލުކުރާ އަދި މުޙައްމަދުގެ ފާނަކީ ﷲ ގެ ޙައްޤު ރަސޫލާކަމަށް
ޤަބޫލުކުރާ މީހަކު ތިން ސަބަބަކާހުރެ މެނުވީ މެރުން ހުއްދަވެގެން ނުވެއެވެ. އެއީ ޤަޞްދުގައި މީހަކު މެރި
މީހާއާއި، ޒިނޭކުރި މުޙް ޞަނު މީހާއާއި،އަދި ދީނުން ބޭރުވެ ޖަމާޢަތް ވަކިވެދާމީހާ (މުރުތައްދުވި މީހާ) އެވެ."
މިފަދައިންކަން އެނގޭކަމާއި،
އިސްވެ ބަޔާންކުރެވުނު ކީރިތި ޤުރުއާނާއި ކީރިތި
ކީރިތި ރަސޫލާގެ ސުންނަތުން ލިބޭ ދަލީލުތަކުން
ޙައްޤަކާނުލައި ޤަޞްދުގައި މީހަކު މެރުމަކީ އިސްލާމް ދީނުގައި ޙަރާމްކުރައްވާފައިވާ ކަމެއްކަމާއި، ޙައްޤަކާ ނުލައި
މީހަކު މަރައިފި މީހެއްގެ ޢުޤޫބާތަކީ ޤިޞާޞް (މަރަށް މަރު ) ކަމާއި، ޤިޞާޞް ހިފުމަށް ނުވަތަ މަރަށް މަރު
ހިފުމުގެ ބާރު ލިބިދީފައިވަނީ މަރާލެވުނު މީހާގެ ވާރުތަވެރިންނަށްކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ދިވެހިރާއްޖެއަކީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ މިނިވަން
ދިމިޤްރާތީ ދަޢުލަތެއްކަމާއި، މިދައުލަތުގެ ދީނަކީ އިސްލާމް ދީންކަމާއި، އިސްލާމީ ޝަރީޢަތަކީ ދިވެހިރާއްޖޭގެ
ޤާނޫނުގެ މައިގަޑު މަޞްދަރުކަމާއި، އިސްލާމްދީނާއި ޚިލާފު ޤާނޫނެއް ދިވެހިރާއްޖޭގައި ނެހެދޭނެކަން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 02 ވަނަ މާއްދާއާއި 10 ވަނަ މާއްދާއިން ޞަރީޙަކޮށް އެނގެން
އޮތްއިރު، ގަޞްދުގައި މީހަކު މެރުމުގެ ކުށަށް އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން އަދަބުކަނޑައެޅުމުގައި
މަޤްތޫލުގެ ވަލީވެރިޔާ (ވާރިޘުން) އަށް ބާރެއް ލިބިދީފައިވާކަމާއި، އެގޮތުން، ޤާތިލުގެ ކިބައިން ޤިޞާޞް މަރަށް
މަރު، ނުވަތަ ދިޔަ (ބަދަލު) ލިބުމާއެކު ޤާތިލަށް މަޢާފުދިނުން، ނުވަތަ މަޢާފުކުރުން، މި ކަންކަމުގެ ތެރެއިން
ކަމެއް އިޚްތިޔާރުކުރުމުގެ ބާރަކީ މަޤްތޫލުގެ ވާރުތަވެރިންނަށް ލިބިދީފައިވާ ބާރެއްކަމާއި، ނަމަވެސް ވާރިޘުންނަށް
ލިބިދީފައިވާ ޤިޞާޞް ހިފުމުގެ ބާރުގެ ބޭނުންކުރަންވާނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި އެބާރު
ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ޤަވާޢިދާއި އުޞޫލުތަކުގެ ތެރެއިންކަމާއި ވާރިޘުން އަމިއްލަ އަމިއްލައަށް
ބާރުގެ ބޭނުންކުރުން އިސްލާމީ ޝަރީޢަތުގައި ހުއްދަވެގެން ނުވާކަން އެނގޭކަމާއި،
;tޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
18
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/08
މަރާލެވުނު މީހާގެ ވާރުތަވެރީންގެ ގޮތުގައި އެކަކަށްވުރެ ގިނަ މީހުން ތިބިނަމަ، ޤިޞާޞް ހިފޭނީ
އެހުރިހާ ވާރިޘުން ޤިޞާޞް ހިފުމަށް އެދޭނަމަކަމާއި އެއިން މީހަކު ނުވަތަ ބަޔަކު ޤިޞާޞް ހިފުމާމެދު ގޮތެއް
ނުނިންމިއްޖެ ޙާލަތެއްގައި ނުވަތަ ވާރުތަވެރިންގެ ތެރެއިން މީހަކު ޤިޞާޞް ހިފުމަށް ބޭނުން ނުވެއްޖެ
ހިނދެއްގައި ޤާތިލުގެ ކިބައިން ޤިޞާޞް ނުހިފޭނެކަމާއި، ޤަޞްދުގައި މީހަކު މެރުމުގެ ކުށް ޝަރުޢީ ހަމަތަކުގެ
މަތިން ސާބިތުވެއްޖެ މީހެއްގެ (ޤާތިލުގެ) ކިބައިން ޤިޞާޞް ހިފުމަށް މަރާލެވުނު މީހާގެ ހުރިހާ ވާރިޘުން އެދޭ
ޙާލަތުގައި، އަދި އެކަމަށް ހުރަސްއެޅޭފަދަ ޝަރުޢީ ސަބަބެއްނެތް ހިނދެއްގައި، ޤިޞާޞް (މަރަށްމަރު) ހިފުމަށް
ޙުކުމްކުރުން އެމައްސަލަ ބައްލަވާ ފަނޑިޔާރެއްގެ މައްޗަށް ލާޒިމްވާ ފަދައިން އެފަދަ ޙުކުމެއް ތަންފީޒުކުރުން
އިސްލާމީ ދައުލަތުގެ ޙާކިމާގެ މައްޗަށްވެސް ލާޒިމްވެގެންވާނެކަން ޝަރުޢީ އުޞޫލުތަކަށް ބެލުމުން އެނގެން
އޮންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ: ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތާއި، ސަރުކާރާއި އަދި
ސިފައިންގެ އެންމެ މަތީ ވެރިޔާކަމާއި، ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގަންވާނީ ޤާނޫނުއަސާސީއާއި
ޤާނޫނުގައިވާ ގޮތުގެމަތީންކަމާއި، ޤާނޫނުއަސާސީ ދަމަހައްޓައި ދިފާޢުކޮށް، ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް
ހިތުންމަތީ ރައީސުލްޖުމްހޫރިއްޔާ ދެމިހުންނަންވާނެކަން ޤާނޫނުއަސާސީގެ 106 މާއްދާއަށް ބެލުމުން އެނގޭކަމާއި،
ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްޢޫލިއްޔަތު ބަޔާންކޮށްފައި
އޮންނައިރު، އެމާއްދާގެ (ޏ) ގައި، ޖިނާއީކުށްތަކުގައި ޙުކުމްކޮށްފައިވާ، އިސްތިއުނާފުކުރުމުގެ އިތުރު ފުރުޞަތެއް
ނެތް މީހުންގެ ތެރެއިން، ވަކިވަކިފަރުދުންގެ ކުށަށް ޤާނޫނުގައިވާ ގޮތުގެމަތީން މަޢާފު ދިނުމާއި، އަދަބު
ލުއިކޮށްދިނުން، ހިމެނިފައިވާކަން އެނގޭއިރު، މި މައްސަލަ ހުށަހެޅިފަރާތްތަކުން ބާޠިލްކޮށްދިނުމަށް އެދިފައިވަނީ،
އަދަބު ލުއިކޮށްދިނުމާއި މަޢާފުކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2/2010) ގެ 21 ވަނަ މާއްދާއާއި
0x0
ދިވެހިރާއްޖޭގެ
.ކު
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
19
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012HC-DM/08
22
އެޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރު،
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި އިސްލާމީ ޝަރުޢީ އުޞޫލާއި ޚިލާފުވާކަމަށް ދެކިގެންކަން އެނގޭކަމާއި،
އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަން ޤާނޫނުއަސާސީގެ 10 ވަނަމާއްދާއިން އެނގޭއިރު، ދިވެހި
ދައުލަތަކީ އިސްލާމީ ދައުލަތެއްކަމާއި، މިދައުލަތުގެ އެންމެ އިސްފަރާތަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން
އެނގޭކަމާއި، އިސްލާމީ ދައުލަތުގެ އެންމެ އިސް ފަރާތް (ވަލިއްޔުލް އަމުރު) އަކީ ދައުލަތުގެ ޤާނޫނާއި އިސްލާމީ
ރީތި އުޞޫލުތައް ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލުމުގެ ޒިންމާއާ ހަވާލުވެފައިވާ ފަރާތްކަމާއި، އެފަރާތާއި
ހަވާލުކުރެވިފައިވާ ބާރަކީ އަމާނާތެއް ގޮތުގައި މާތްﷲ ހަވާލުކުރައްވާފައިވާ ބާރެއްކަން އެނގޭއިރު
ރު،
ޤަޞްދުގައި މީހަކު މަރައިފިމީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅޭނީ މީހަކު ޤަޞްދުގައި
މެރިކަން އިސްލާމީ ޝަރީޢަތުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތީން ޝަރީޢަތެއްގައި ސާބިތުވާ ޙާލަތުގައި،
މަޤްތޫލު (މަރާލެވުނު މީހާ)ގެ ހުރިހާ ވާރުތަވެރިން މަރަށް މަރު ހިފަން ބޭނުންކަމުގައި ވާނަމަކަމާއި އެފަދަ
އެގޮތަށް ޙުކުމްކުރަންޖެހޭނެކަން އެނގޭއިރު، ޤަޞްދުގައި މީހަކު މެރި ޤާތިލަށް އަދަބު
ކަނޑައެޅުމުގައި ދިޔައަށް އެދުމާއެކު މަޢާފު ދިނުން ނުވަތަ ދިޔައަށް އެދުމެއްނެތި މަޢާފް ދިނުމަކީ މަރާލެވުނު
މީހާގެ ވާރުތަވެރިންނަށް ލިބިގެންވާ ބާރެއްކަމަށް އިސްލާމީ އުންމަތުގެ ޖުމްހޫރު އިލްމްވެރިން އިއްތިފާޤުވާކަން
4.3444
4 0 0
އެނގެން އޮންނަކަމެވެ.
ވީމާ، މަޢާފް ދިނުމާއި ޢަދަބު ލުއިކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2/2010) ގެ 5
ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވަނީ "މީހަކު މެރުމުގެ ކުށް" ކަމާއި، މަރުގެ ތިން ވައްތަރެއް
ހިމެނޭއިރު، ޤިޞާޞް (މަރަށް މަރު) ގެ އަދަބު ކަނޑައެޅެނީ ހަމައެކަނި ޤަޞްދުގައި މީހަކު މެރުމުގެ ކުށުގައި
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471"
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
20
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/08
ކަމަށްވެފައި، އެނޫން މަރުގެ ކުށުގައި ޤިޞާޞް ހިފުމަށް އަދަބު ކަނޑަނޭޅޭނެތީއާއި، އަދި އެޤާނޫނުގެ
21 ވަނަ
މާއްދާގެ ދަށުން މަރުގެ ޙުކުމް އުމުރު ދުވަހުގެ ޖަލު ޙުކުމަކަށް ބަދަލުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް
ލިބިގެންވަނީ އެޙުކުމް ނިސްބަތްވާ މީހާގެ ޙާލަތަށާއި، އިންސާނިއްޔަތުގެ ހަމަތަކަށާއި، ކަމާގުޅޭ ޝަރުޢީ
އުޞޫލުތަކަށް ބެލުމަށްފަހުގައިކަން އެނގެން އޮތުމުގެ އިތުރަށް ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުނިޒާމުގެ ތެރެއިން
އިސްލާމީ ޝަރީޢަތުގައި މަރުގެ އަދަބު ދިނުމަށް ކަނޑައެޅިފައިވާ ކުށްތަކުގެ އިތުރަށް މަރުގެ އަދަބު ދިނުމަށް
ޤާނޫނުގައި ކުށްތަކެއް ބަޔާންކޮށްފައިވާކަން އެނގޭކަމާއި، މިމާއްދާގައި ބަޔާންކޮށްފައިވަނީ ހަމައެކަނި ޤިޞާޞް
ހިފުމުގެ އަދަބު މަޢާފުކޮށްދިނުން ނޫންކަމާއި، އެމާއްދާގައި ބަޔާންކޮށްފައިވާ މަރުގެ އަދަބުގެ ތެރޭގައި ޤާނޫނުގައި
މަރުގެ އަދަބު ދިނުމަށް ކަނޑައެޅިފައިވާ ކުށްތައްވެސް
ޤައްވެސް ހިމެނޭކަން އެނގޭކަމާއި،
އެހެންކަ
7/
އެކަމުން އެޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، އެޤާނޫނުގެ 21 ވަނަ
މާއްދާ ބާޠިލްކުރެވިއްޖެނަމަ، ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން މަރުގެ އަދަބު ކަނޑައެޅޭ ކުށްތަކާއި އަދި
ޤިޞާޞް ހިފުމަށްނޫން ގޮތުގައި އަދަބު ކަނޑައެޅޭ މަރުގެ މައްސަލަތަކުގައި އަދަބު މަޢާފުކޮށް ދިނުމާއި
ލުއިކޮށްދިނުމާއި، އަދަބުގެ ބާވަތް ބަދަލުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ(ޙާކިމާ) އަށް ލިބިދޭ ބާރުވެސް
އުނިވެގެންދާނެކަމަށް ފެންނާތީ، މި މައްސަލަ ހުށަހެޅި ފަރާތްތަކުން އެދިފައިވާ ގޮތުގެމަތިން މަޢާފް ދިނުމާއި
ޢަދަބު ލުއިކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2/2010) ގެ 5 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ
ނަންބަރާއި އެޤާނޫނުގެ 21 ވަނަ މާއްދާގެ އިބާރާތަށް ޖުމްލަގޮތެއްގައި ބެލުމުން އެދެމާއްދާއަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އިސްލާމީ ޝަރުޢީ އުޞޫލާ ކަނޑައެޅިގެން ޚިލާފު މާއްދާތަކެއް ކަމަކަށް މި
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެންނަކަމެވެ.
ދިވެހިރާއް2
.ޓް
، އިc
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 171
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
21
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/08
ޙުކުމް
4
2 ހ2
އިސްވެބަޔާންކުރުވާ ކަންކަން އެގޮތަށް
640//
މަޢާފުދިނުމާއި ޢަދަބު
ލުއިކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2/2010) ގެ 5 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި
އެޤާނޫނުގެ
21 ވަނަ މާއްދާ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ
ކަނޑައެޅިގެން ޚިލާފުވާކަމަ
ޚިލާފުވާކަމަށް ބުނެ އެދެމާއްދާ ބާޠިލުކޮށްދިނުމަށްއެދި މި މައްސަލަ ހުށަހެޅި ފަރާތްތަކުން
ފާހަގަކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް އެދެމާއްދާ ބާޠިލުކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް
މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެމަތިން
OX
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv