ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/234 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A;234
ދިވެހިރާއްޖޭގެ ހައިކޯޓް
(
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ.234/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް:
*ނަން:ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް:މ.ޔުޓިލިޓީ
ރަޖިސްޓަރީ ނަންބަރު.5192-C
މިހާރުގެ އެޑްރެސް: ފ.ޔުޓިލިޓީ
އިސްތިއުނާފު ރައްދުވި ފަރާތް:
މިނަން.ޑީ.އޭ ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓަރީ ނަންބަރު: 28
/
2007-C
މިހާރުގެ އެޑްރެސް:ގ.ނީމް
، ރަޖިސްޓްރީ ތާރީޚް:27 ޝަޢުބާން 1430
ނިމުނު ތާރީޚް: 28 ރަޖަބް 1432
11 އޯގަސްޓް 2008
30 ޖޫން 2011
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: މަދަނީކޯޓުގެ ނަންބަރު: 2009/MC/333
• ނިންމެވި ފަރާތް:މަދަނީކޯޓް
މައްސަލައިގެ ބާވަތް ފައިސާ ހޯދުން
• ހުށަހެޅި ތާރީޚް:05.02.2009* ނިމުނު ތާރީޚް:14.05.2009
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
އިސްފަނޑިޔާރު އަޙްމަދު ޝަރީފު
ފަނޑިޔާރު ޢަބްދުﷲ ހަމީދު
ހައިކޯޓް،އްބުރުޒުހިނގުން.ތީމުގެ 3ވަނަދޮރޯށި ޝްވެ! ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
ވެބް ސައިޓް: www.highco
!!
rt.gov.tztv
[email protected]
2
2009/HC-A734
ދައުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/333 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ
ޢުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެނިންމެވުން އިސްތިއުނާފުކޮށް ދިނުމަށް އެދި ނޮވެލްޓީ ޕްރިންޓާރސް އެންޑް
ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު 51
/
92-C) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފް ރައްދުވާފަރާތަކީ ވީ.އޭ ޕްރައިވެޓް ލިމިޓެޑް
(ރަޖިސްޓަރީ ނަންބަރު 28
/
2007-C) އެވެ
ފާހަގަކުރެވުނު ނުކުތާތައް:
01. މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/333 ޤަޟިއްޔާގައި ނޮވެލްޓީ ޕްރިންޓާރސް އެންޑް
ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑަށް (ރަޖިސްޓަރީ ނަންބަރު 51
/
92-C) ދުވަހު ނޫސް "ޖަޒީރާ" ޗާޕްކުރުމަށް
ޚަރަދުވެފައިވާ ފައިސާ މަހަކު -/70,000 ރ. ( ހަތްދިހަހާސް ރުފިޔާ) ގެ މަގުން ދެއްކުމަށް ވީ.އޭ. ޕްރައިވެޓް
ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު 28
/
2007-C)ގެ ލެޓަރހެޑްގައި ޓީ.އޭ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ
އިބްރާހީމް ޖިހާދު ސޮއިކޮށް 17 ޖޫން 2007 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައި "ޖަޒީރާ" ނޫސް ނެރޭ ފަރާތަށް
އަމިއްލައަށް ނޫސް ޗާޕުކުރަން މެދުވެރިވާންދެން، އަދި އެފައިސާ އެފަރާތަށް ނުދެއްކިއްޖެނަމަ،ވީ.އޭ ޕްރައިވެޓް
ލިމިޓެޑުން އެފައިސާ ދެއްކުމަށް ޙަވާލުވެފައިވާކަމަށް ބުނުމުން، ޓީ.އޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެސިޓީއިން
ހުށަހަޅާފައިވާ ގޮތަށް ފައިސާ ދައްކާފައިނުވުމުގެ ސަބަބުން ވީ.އޭ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަދަނީ ކޯޓުގައި
ދަޢުވާކުރުމުން، ދުވަހު ނޫސް "ޖުޒީރާ" ނެރޭފަރާތުގެ މައްޗަށް ދަޢުވާ އުފުލާ، ނޫސް ނެރޭފަރާތުގެ ކިބައިން
އެފައިސާ ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑަށް ނުލިބިއްޖެ ހާލަތެއްގައިމެނުވީ، މި
މައްސަލައާއި ގުޅިގެން ވީ.އޭ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އެކަނި ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް
ޕްރައިވެޓް ލިމިޓެޑަށް ދަޢުވާކުރެވޭނެތަނެއް ނެތްކަމުގައި ކަނޑައަޅުއްވައި މަދަނީ ކޯޓުން ޙުކުމްކުރައްވާފައިވާ
ޤަޟިއްޔާއަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށްބުނެ އެނިންމެވުން
އިސްތިއުނާފްކޮށްދިނުމަށް އެދި ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ މައްސަލައެކެވެ.
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
31
ވެބް ސައިޓް: www.highcourt.gov.mv
info@highcourl-gov-mvon
3
2009/HC-A/234
02- އިސްތިއުނާފް މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2009/MC/333 ޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، ދުވަހު ނޫސް "ޖަޒީރާ” ޗާޕްކުރުމަށް ޚަރަދުވެފައިވާ ފައިސާ މަހަކު
/70،000ރ. (ހަތްދިހަހާސް ރުފިޔާ) ގެ މަގުން ދައްކަމުންގޮސް ނިންމުމަށް ވީ.އޭ ޕްރައިވެޓް ލިމިޓެޑްގެ
ލެޓަރހެޑްގައި ވީ.އޭ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އިބްރާހީމް ޖިހާދު ސޮއިކޮށް 17 ޖޫން 2007 ދުވަހު
ފޮނުވާފައިވާ ސިޓީއަކުން އެއްބަސްވެ، މިގޮތުން -/840,000 ރ.(އަށްލައްކަ ސާޅީސްހާސް ރުފިޔާ) ދެއްކުމަށްފަހު،
ބާކީ ދައްކަންޖެހި ނުދައްކާވާ -/
1,117,237ރ.( އެއްމިލިއަން އެއްލައްކަ ސަތާރަހާސް ދުއިސައްތަ ތިރީސް ހަތް
ރުފިޔާ) ދެއްކުމަށްޓަކައި މަހަކު -/ 70,000 ރ. (ހަތްދިހަހާސް ރުފިޔާ) ގެ މަގުން ދައްކާ ޚަލާޞްކުރުމަށް ވީ.އޭ
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވީހިނދު، އެންމެފަހުން ފައިސާދައްކާފައިވަނީ 29 ޖޫން 2008 ގައި
ކަމަށްވާތީ، ފައިސާ ނުދައްކާވީ 07 (ހަތެއް) މަހަށްވާ -/ 490,000 ރ. (ހަތަރުލައްކަ ނުވަދިހަހާސް ރުފިޔާ )
ލިބިދިނުމަށާއި، އެއްބަސްވެފައިވާގޮތަށް ފައިސާ ދައްކަމުން ގެންދިއުމަށް އެދި ނޮވެލްޓީ ޕްރިންޓާރސް އެންޑް
ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަދަނީ ކޯޓުގައި ޓީ.އޭ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް
ދައުވާކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ވީ.އޭ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި، ދުވަހު ނޫސް "ޖަޒީރާ
ޗާޕުކުރުމަށް ޚަރަދުވެފައިވާ ފައިސާ މަހަކު -/70،000ރ. (ހަތްދިހަހާސް ރުފިޔާ) ގެ މަގުން ދައްކަމުންގޮސް
ނިންމުމަށް ވީ.އޭ ޕްރައިވެޓް ލިމިޓެޑްގެ ލެޓަރހެޑްގައި ޓީ.އޭ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އިބްރާހީމް ޖިހާދު
ސޮއިކޮށް 17 ޖޫން 2007 ދުވަހު ފޮނުވާފައިވާ ސިޓީއަކުން އެއްބަސްވެފައިވީހިނދު، ވީ.އޭ ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އެސިޓީން ހުށަހަޅާފައިވާގޮތަށް ފައިސާ ދައްކާފައިނުވުމުގެ ސަބަބުން ދުވަހު ނޫސް "ޖަޒީރާ" ނެރޭ
ފަރާތުގެ މައްޗަށް ދަޢުވާ އުފުލާ، ނޫސް ނެރޭ ފަރާތުގެ ކިބައިން އެފައިސާ ނޮވެލްޓީ ޕްރިންޓާރސް އެންޑް
ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑަށް ނުލިބިއްޖެ ޙާލަތެއްގައިމެނުވީ، މިމައްސަލައާއި ގުޅިގެން ވީ.އޭ ޕްރައިވެޓް
ލިމިޓެޑުގެ މައްޗަށް އެކަނި ނޮވެލްޓީ ޕްރިންޓާރސް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑަށް ދަޢުވާކުރެވޭނެ
ތަނެއް ނެތްކަމުގައި ކަނޑައަޅުއްވައި ޙުކުމް ކުރައްވާފައިވާކަން އެޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.
404
ޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން. ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެޓިވް:
ވެބް ސައިޓް www.highcourt.gov.mv
i
info@highcount govny
29/HC-A/234
03-މަދަނީ ކޯޓުގެ ނަންބަރު 2009/MC/333 ޤުޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލަކާ ޚިލާފަށްކަމަށް ބުނެއެނިންމެވުން އިސްތިއުނާފުކުރަމުން، ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެ ނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ : މަދަނީ ކޯޓުގެ ނަންބަރު 2009/MC/333 ޤަޟިއްޔާގައި ޓައިމްސް ޕަބްލިކޭޝަން
ކުންފުނީގެ ޙިއްސާދާރުން ކަމުގައިވާ ގ.ނޫރަންގެ ފައްޔާޒް ފައިޞަލް އާއި ގއ.ކޮލަމާފުށީ އޮއިވާލި
މުޙައްމަދު ރަފީޢުގެ ބަޔާނުގައި ވީ.އޭ ޕްރައިވެޓް ލިމިޓެޑަށް ޓައިމްސް ޕަބްލިކޭޝަނުން %53
(ފަންސާސްއެއް އިންސައްތަ) ޙިއްސާ ވިއްކިކަމަށާއި، އަދި ގއ.ކޮލަމާފުށީ އޮއިވާލި މުޙައްމަދު ރަފީޢުގެ
ބަޔާނުގައި ވީ.އޭ ޕްރައިވެޓް ލިމިޓެޑްގެ ޙިއްސާދާރު އަދި ޑިރެކްޓަރ އިބްރާހީމް ޖިހާދަށް %51
(ފަންސާސްއެއް އިންސައްތަ) ޙިއްސާ ވިއްކިކަމަށާއި އަދި މިޙިއްސާ ވިއްކާފައިވަނީ ދުވަހު ނޫސް
"ޖަޒީރާ ޗާޕްކުރުމުގެ ސަބަބުން ލިބިފައިވާ ދަރަނިވެރިކަން ފިލުވުމުގެ ހުރިހާ މާލީ ޒިންމާއެއް
ނަގާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިނުމުންކަން ސާބިތުވާއިރު، ވީ.އޭ ޕްރައިވެޓް ލިމިޓެޑުން ގަނެފައިވާ
51
% (ފަންސާސްއެއް އިންސައްތަ) ޙިއްސާ އެހެން ފަރާތަކަށް ބަދަލުކޮށްފައިވާތާ 01 (އެކެއް) އަހަރު
ވެފައިވާކަމަށް ވީ.އޭ ޕްރައިވެޓް ލިމިޓެޑުން ބުނާއިރު މީގެ ހަޤީގަތެއް ނުބައްލަވައި މައްސަލަ
ނިންމަވާފައިވުމާއި، އަދި ގ.ނޫރަންގެ ފައްޔާޒް ފައިޞަލްގެ ބަޔާނުގައި އެ ހިއްސާ ވިއްކާފައިވަނީ ވީ.އޭ
ޕްރައިވެޓް ލިމިޓެޑަށް ނުވަތަ އިބްރާހީމް ޖިހާދަށްކަން ޔަޤީންކޮށް ބުނަން އިނގޭނީ ލިޔުންތައް ބެލުމުން
ކަމަށް ބުނެފައިވާއިރު، ގ.ނޫރަންގެ ފައްޔާޒް ފައިޞަލް އެބުނާ ލިޔުމެއްގެ ހަޤީގަތް ނުބައްލަވައި، މިފަދަ
މައްސަލައެއްގައި ހާޒިރުކުރި ދެ ހެކިންނަށް ދެ ސުވާލުކުރައްވާ ގި.ނޫރަންގެ ފައްޔާޒް
ފައިޞަލްއަށާއި ގއ.ކޮލަމާފުށީ އޮއިވާލި މުޙައްމަދު ރަފީޢުއަށް ޔަޤީންކަމާއެކު
ދެވިފައިނުވާކަމަށް މަދަނީ ކޯޓުން ފާހަގަކުރެއްވި ފާހަގަކުރެއްވުން ރަނގަޅުނޫންކަމަށް ބުނެ ހުށަހެޅި
ދުޢާލާމާތް
ނެކަc.
: 0
9
ދެވަނަ ނުކުތާއަކީ: މަދަނީ ކޯޓުގެ ނަންބަރު 2009/MC/333 ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 04ވަނަ ނުކުތާގައި ވީ.އޭ ޕްރައިވެޓް ލިމިޓެޑްގެ ލެޓަރހެޑްގައި 17 ޖޫން 2007 ވަނަ
ދުވަހު ވީއޭ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އިބްރާހީމް ޖިހާދު ސޮއިކޮށް ނޮވެލްޓީ ޕްރިންޓާރސް
އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވި ސިޓީގައި "ޖަޒީރާ" ނޫހަށް އަމިއްލައަށް ނޫސް
ޗާޕްކުރެވެންދެން ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުން ނޫސް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން،ތީމްގެ 3ޖަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316472
އީމެއިލް:
ވެބް ސައިޓް:
[email protected] SA
www.highcourt.gov.my :;
5
2([09/HC-A/234
ޗާޕްކޮށްދެމުން ގެންދިއުމަށާއި، އަދި"ޖަޒީރާ" ނޫސްނެރޭ ފަރާތަށް ކޮންމެވެސް މައްސަލައެއް ނުވަތަ
ސަބަބެއް ދިމާވެގެން ފައިސާ ދެއްކޭގޮތް ނުވިނަމަ ވީ.އޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދަރަންޓާއި
ޙަވާލުވެ މަހަކު -/70،000ރ.(ހަތްދިހަހާސް ރުފިޔާ) ދައްކަމުންގޮސް ނިންމާނެކަމުގެ ޔަޤީންކަން
ދޭކަމަށް އެ ސިޓީގައި ބަޔާންކުރެވިފައިވާކަން ފާހަގަކުރެއްވިނަމަވެސް، އަދި މިސިޓީގެ ދަށުން ވީ.އޭ
ޕްރައިވެޓް ލިމިޓެޑުން -/
840,000ރ. (އަށްލައްކަ ސާޅީސްހާސް ރުފިޔާ) ދައްކާފައިވާއިރުވެސް،
މިކަންކަމަށް ރިޢާޔަތް ނުކުރައްވާ މިދަޢުވާއަކީ ވީ.އޭ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރެވޭނެ
ދަޢުވާއެއް ނޫންކަމަށް ނިންމެވި ނިންމެވުން ރަނގަޅުނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ: މަދަނީ ކޯޓުގެ ނަންބަރު 2009/MC/333 ޤަޟިއްޔާގައި ކޮންޓްރެކްޓް ނުވަތަ
އެއްބަސްވުމުގެ އުޞޫލުތަކަށް ބައްލަވައި ފާހަގަކުރައްވާފައިވާ ނުކުތާގައި، ޕީ.އޭ ޕްރައިވެޓް ލިމިޓެޑްގެ
ޑިރެކްޓަރ އިބްރާހީމް ޖިހާދު ސޮއިކޮށް 17 ޖޫން 2017 ދުވަހު ފޮނުވާފައިވާ ސިޓީއާއި، ވީ.އޭ
ޕްރައިވެޓް ލިމިޓެޑުން މިސިޓީގެ ދަށުން ދައްކާފައިވާ ފައިސާއާއި ވީ.އޭ ޕްރައިވެޓް ލިމިޓެޑަކީ "ޖަޒީރާ"
ނޫސް ނެރޭ ކުންފުނީގެ 51 (ފަންސާސްއެއް އިންސައްތަ) ޝެއަރ ގަނެފައިވާ ކުންފުންޏެއްކަމާއި މި
މައްސަލާގައި ޙާޟިރު ކުރެވުނު ގއ.ކޮލަމާފުށި އޮއިވާލި މުޙައްމަދު ރަފީޢުއާއި ގ.ނޫރަންގެ ފައްޔާޒް
ފައިސަލްގެ ބަޔާނުންނާއި، އަދިވެސް ރިޕޯޓުގައި ބަޔާންކޮށްފައި ނެތްނަމަވެސް ޝަރީޢަތުގައި ވީ.އޭ ގެ
ފަރާތުން ޝަރީޢަތުން ބޭރުގައި މައްސަލަ ނިންމުމަށް ފުރުޞަތަކަށް އެދުނުހިނދު ވީ.އޭ ޕްރައިވެޓް
ލިމިޓެޑާއި ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސްގެ ފަރާތުން ދިޔަފަރާތާއި ވާހަކަ ދައްކާ ފައިސާ
ދައްކާނެކަމާއި އަދި ދައްކަން ބުނާ އަދަދު މަދުކަމުން ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސްގެ
ފަރާތުން ވާހަކަދައްކަން ދިޔަފަރާތުން ޝަރީޢަތުގައި އެވާހަކަ ދެއްކުމުން އެކަމުގެ އެއްވެސް ނުކުތާއެއް
ފާހަގަކޮށްފައި ނެތްކަމަށްބުނެ
ތ ބ*ވ
ހުށަހެޅި ނުކުތާ.
• ހަތަރުވަނަ ނުކުތާއަކީ: "ޖުޒީރާ" ދުވަހު ނޫސް ޗާޕް ކުރުމާ ބެހޭގޮތުން ނޮވެލްޓީ ޕްރިންޓާރސް އެންޑް
ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑްއާ ވާހަކަދައްކައި ޗާޕްގެކަންތައް ކުރިޔަށް ގެންދިޔައީ "ޖަޒީރާ"ގެ
އެޑިޓަރ ގ.ނޫރަންގެ ފައްޔާޒް ފައިޞަލްއާއި، ގއ.ކޮލަމާފުށީ އޮއިވާލި މުޙައްމަދު ރަފީޢުކަމަށްވެފައި،
ޗާޕުގެ ބިލްތަކަށް ފައިސާ ނުލިބޭތީ ވަކިހިސާބަކުން އެކަން ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް
ޕްރައިވެޓް ލިމިޓެޑުން ކުރިޔަށް ގެންދިޔައީ މަހަކު -/
70,000ރ. (ހަތްދިހަހާސް ރުފިޔާ)ގެ މަގުން ފައިސާ
ދައްކަމުންގޮސް ދުރަނި ނިންމާނެކަމަށް ވީ.އޭ ޕްރައިވެޓް ލިމިޓެޑުން ލިޔުމަކުން އެކަމުގެ ޒިންމާއާ
ހައިކޯ
4
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތިމްގެ 3ވަނަދޮރޯށި( މާލެ. ދިވެހިޖާއްޖެ، ފޯން: 3325020، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: Www.highicurt.gov.mv
އެއިރުގެ
6
29/HC-A1234
ވެރިވެ
4
8
ންކަމުން، ވީ.އޭ ޕްރައިވެޓް ލިމިޓެޑުން، އެމީހުންގެ ޒިންމާއުފުލައި، ވީވަޢުދާ
/840,000ރ.(އަށްލައްކަ ސާޅީސްހާސް ރުފިޔާ) ދައްކާފައި، ފަހުން ފައިސާ ދެއްކުން ހުއްޓާލިނަމަވެސް،
އޭގެ ޒިންމާ އުފުލައި ދައްކަމުންއައި ދަރަންޏެއް، ވަކިހިސާބަކުން އެހެންބަޔަކު އޭގައި ބައިވެރިކުރަން
ނިންމި ނިންމުންއެއީ، ހަމައާއި އިންސާފުން ވާންޖެހޭނެ ގޮތްކަމަށް ޤަބޫލުނުކުރެވޭކަމަށް ބުނެ ހުށަހެޅި
ނުކުތާ.
04-މަދުނީ ކޯޓުގެ ނަންބަރު 2009/MC/333 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވާ ގޮތް ރަނގަޅު ނޫން
ކަމަށްބުނެ އެ ނިންމެވުން އިސްތިއުނާފުކޮށްދިނުމަށް އެދި ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި އިސްވެ ބަޔާން ކުރެވުނު
ނުކުތާތަކަށް ޖަވާބުދާރީ ވުމުގެ ގޮތުން، އިސްތިއުނާފް ރައްދުވާ ވީ.އޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، "ޖަޒީރާ" ދުވަހު ނޫސް ޗާޕްކުރުމުގެ ޚިދުމަތަކީ
ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ވީ.އޭ ޕްރައިވެޓް ލިމިޓެޑަށް
ދީފައިވާ ޚިދުމަތެއްނޫން ކަމަށާއި، އެއީ ޓައިމްސް ޕަބްލިކޭޝަން ކުންފުންޏަށް ދީފައިވާ ޚިދުމަތެއްކަމާއި، އަދި
ޓައިމްސް ޕަބްލިކޭޝަން ކުންފުނީގެ ޙިއްސާ ވީ.އޭ ޕްރައިވެޓް ލިމިޓެޑުން އެއްވެސް އިރެއްގައި ބުނެފައި
ނުވާނެކަމާއި، ޓައިމްސް ޕަބްލިކޭޝަން ކުންފުނީގެ ޙިއްސާދާރެއްގޮތުގައި ވީ.އޭ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ
އިބްރާހީމް ޖިހާދު 17 ޖޫން 2007 ގައި ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުގެ މަތިން "ޖަޒީރާ" ދުވަހު ނޫސް
ޓައިމްސް ޕަބްލިކޭޝަނުން އަމިއްލައަށް ޗާޕްކޮށްގެން ނެރެންފެށެންދެން، "ޖަޒީރާ" ދުވަހު ނޫސް މެދުނުކެނޑި
ނެރެވޭގޮތް ހެދުމަށްޓަކައި ނޫސް ޗާޕްކޮށްދެއްވަމުން ގެންދެވި ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް
ޕްރައިވެޓް ލިމިޓެޑަށް މަހަކު -/ 70,000 ރ.(ހަތްދިހަހާސް ރުފިޔާ)ގެ މަގުން ދައްކަމުން ގެންގޮސް ޖުމްލަ -1
840.000 ރ.( އަށްލައްކަ ސާޅީސްހާސް ރުފިޔާ) ދައްކާފައިވާނެ ކަމަށާއި، އަމިއްލައަށް ޗާޕްކޮށް ނޫސް ނެރެން
ފެށުމުން ވީ.އޭ ޕްރައިވެޓް ލިމިޓެޑުން ދައްކަމުން ގެންދިޔަ ފައިސާގެ ޒިންމާ އުފުލަން ޖެހޭނީ ޓައިމްސް
ޕަބްލިކޭޝަންގެ ފަރާތުންކަމާއި، 17 ޖޫން 2007 ގައި ފޮނުވާފައިވާ ސިޓީގައި ސޮއިކުރެއްވި އިބްރާހީމް ޖިހާދު
ވީ.އޭ ޕްރައިވެޓް ލިމިޓެޑްގެ އޭނާގެ ޙިއްސާ ވިއްކާލާ މުޅިން ކުންފުނިން ވަކިވެފައިވާކަމަށާއި، އަދި ޝަރީޢަތުން
ބޭރުގައި މިމައްސަލަ ޙައްލުކުރުމަށް މަސައްކަތްތަކެއް ކުރެވި އެއްބަސްވުމަކަށް ނާދެވުމުން އެކަމާ ގުޅޭގޮތުން ވީ.އޭ
ޕްރައިވެޓް ލިމިޓެޑަށް ފެންނަގޮތެއް ސިޓީއެއްގައި ހުށަހެޅުމުން އެކަން ނޮވެލްޓީ ޕްރިންޓާރސް
8 4 4
ޑް
ދިވެހިރާއްޖޭގެ ދައިކޯޓް،އުބުރުޒު ހިނގުން، ތީމުގެ 3ވަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: (331647
އީމެއިނޯ:
[email protected]
ވެބް ސައިޓް: www.highcourt.gov.mv
އިއް
2(qHC-A123.1
ސިޓީ
ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުން ޤަބޫލުނުކޮށް
ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވެއެވެ.
އަނބުރާ ފޮނުވާލީކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
.
05-މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2009/MC/333 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި،
މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) "ޖަޒީރާ" ނޫސްޗާޕްކުރުމަށްޓަކައި އެޚިދުމަތަށްނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް
ލިމިޓެޑްގެ ކިބައިން އެންމެ ފުރަތަމަ އެދިފައިވަނީ އެނޫސް ނެރޭ ފަރާތްކަމުގައިވާ ޓައިމްސް ޕަބްލިކޭޝަންކަން އަދި
ވީ.އޭ ޕްރައިވެޓް ލިމިޓެޑެއް ނޫންކަން ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮންނަކަން.
(ނ) "ޖަޒީރާ" ނޫސް ނެރެނީ ޓައިމްސް ޕަބްލިކޭޝަންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކުންކަން
ދެފަރާތުންވެސް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުންނާއި އަދި މަދަނީ ކޯޓުގެ ނަންބަރު
2009/MC/333 ޤަޟިއްޔާއިން އެނގެން އޮވެފައި، އަދި ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް
ޕްރައިވެޓް ލިމިޓެޑްގެ ކިބައިން އެނޫސް ޗާޕްކުރުމުގެ ޚިދުމަތަށް އެދިފައިވަނީ ޓައިމްސް ޕަބްލިކޭޝަނުން
ކަމުގައިވުމުން، ޓައިމްސް ޕަބްލިކޭޝަނަކީ ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏަކަށް ވެފައި، ޤާނޫނު ނަންބަރު
10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ)ގައިވާ ގޮތަށް، އެ ކުންފުންޏަކީ އެ
ކުންފުނީގެ ޙިއްސާދާރުންނާއި ވަކި ޤާނޫނީ ޝަޚުސެއްކަމަށް ވުމުން، ކުންފުނީގެ ނަމުގައި ކުރެވޭ އެކި
މަލާތްތަކުގައި ޤާނޫނީ ޒިންމާ އުފުލާނީ، އަދި ޤާނޫނީ ގޮތުން ބަނދެވޭނީވެސް ވަކި ޤާނޫނީ ޝަޚްސެއްގެ
ހައިސިއްޔަތުން ކުންފުނިކަމަށް އިސްވެ ބަޔާންކުރެވުނު މާއްދާއިން އެނގެން އޮތުމުން، މައްސަލައިގައި
ޓައިމްސް ޕަބްލިކޭޝަންގެ ޙިއްސާ ކޮންމެ ފަރާތަކަށް ވިއްކާފައިވީ ނަމަވެސް، ކުންފުނީގެ ދަރަނިތަކަށް ޒިންމާ
އުފުލަން ޖެހޭނީ ކުންފުނިންކަން ޝަރީޢަތަށް ފާހަގަކުރެވުން.
(ނ) މަދަނީ ކޯޓުގެ ނަންބަރު 2009/MC/333 ޤަޟިއްޔާގެ ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ ތެރެއިން 05
ވަނަ ނުކުތާގައިވާ ގޮތަށް، ދެފަރާތުން ވެފައިވާ އެއްބަސްވުމެއްގައި، އެއް ފަރާތުން ދައްކަންޖެހޭ ފައިސާ
ނުދެއްކިއްޖެ ޙާލަތެއްގައި، އެ ފައިސާ ދައްކާނެ ތިންވަނަ ފަރާތެއް ޖާމިނުވުމަކީ ޢާއްމު އުޞޫލެއްކަމަށްވެފައި،
ޖެ24
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gv.mv
8
2009,ICA:24
އެހެންނަމަވެސް އެއް ފަރާތަކުން ފައިސާ ނުދައްކައިގެން އެފަރާތުގެ މައްޗަށް ފައިސާދެއްކުމަށް އެއްވެސް ދަޢުވާއެއް
ނުއުފުލާ، އެއްބަސްވުމުގެ ބައިވެރިއެއްގެ ފަރާތުން ޖާމިނުވާ ތިންވަނަ ފަރާތަކަށް ސީދާ ދަޢުވާ އުފުލުމަކީ
ކޮންޓްރެކްޓުގެ އުޞޫލުތަކާ ޚިލާފު ކަމަކަށްވުމުގެ އިތުރުން، އިބްރާހީމް ޖިހާދު 17 ޖޫން 2007 ގައި ފޮނުވި
ސިޓީއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު،ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑަށް
ޓައިމްސް ޕަބްލިކޭޝަންގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތަކުން، ޓައިމްސް ޕަބްލިކޭޝަން އެއްކޮށް ބަރީޢަވާގޮތަށް
ވީ.އޭ ޕްރައިވެޓް ލިމިޓެޑަށް އެޒިންމާތައް އެއްކޮށް ތަޙްލީލު ކުރެވިފައިވާކަން ޝަރީޢަތަށް ސާބިތުނުވާތީ، ޓައިމްސް
ޕަބްލިކޭޝަންގެ މައްޗަށް އެއްވެސް ދަޢުވާއެއް އުފުލުމަކާ ނުލާ ސީދާ ވީ.އޭ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާ
އުފުލުމަކީ ޤާނޫނީ އަދި ޝަރުޢީ ގޮތުން ހަމަޖެހޭ އުޞޫލެއް ނޫންކަން ފާހަގަކުރެވުން.
(ނ) އިސްވެ ފާހަގަކުރެވުނު ސަބަބުތަކުގެ މައްޗަށާއި، ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން މަދަނީ ކޯޓުގެ ޙުކުމް އިސްތިއުނާފްކުރުމަށް ހުށަހެޅި ނުކުތާތަކަށް ބެލުމުން، މަދަނީ ކޯޓުގެ
ނަންބަރު 2009/MC/333ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުން ބަދަލުކުރަން ޖެހޭ ފަދަ އެކަށީގެންވާ ޤާނޫނީ
އަދި ޝަރުޢީ ސަބަބެއް ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑަށް ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށައެޅިފައިނުވާކަން، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފާހަގަކުރެވުން.
doc
8 0 4
ދެންފަހެ އިސްވެ ބަޔާންކުރެވުނު ޤާނޫނީ އަދި ޝަރުޢީ ސަބަބުތައް އެހެން ހުރުމާއިއެކު
މަދަނީ ކޯޓުގެ ނަންބަރު 2009/MC/333 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޤާނޫނާއި
ޤަވަޢިދާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށް މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ހައިކޯޓް
ތި
8/
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯނީ! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް
ވެބް ސައިޓް: www.highcourt.gov.mv
[email protected]