ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/349 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/349
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
.ޤަޟިއްޔާ ނަންބަރ: 349/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތްތައް:
1- * ނަން: މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް:
އަރިސް
ރެޖިސްޓްރީ
ނަންބަރ: 706
/
2008-C
މިހާރުގެ އެޑްރެސް: ގ. އަރިސް
* ޕަވަރ އޮފް އެޓާރނީގެ ދަށުން: މޒ. ޢަބްދުލްޙަންނާނު އަޙްމަދު، ގ. އަސްމަހި
2- * ނަން: މުޙައްމަދު ނާޝިޒު
* ދާއިމީ އެޑްރެސް: ލ. މޮހޮރީވިލާ
އައިޑީ ކާޑު ނަންބަރ: A011535 މިހާރުގެ އެޑްރެސް: ހ.ރުވާމާގެ
ޕަވަރ އޮފް އެޓާރނީގެ ދަށުން: މޒ. ޢަބްދުލްޙަންނާނު އަޙްމަދު، ގ. އަސްމަހި
3- * ނަން: ޢަލީ އާޘިމް
* ދާއިމީ އެޑްރެސް: ފ. ނިއުކްއީން
އައިޑީ
ކާޑު ނަންބަރ: A045185
މިހާރުގެ އެޑްރެސް:ހ. ނެރީން
ޕަވަރ އޮފް އެޓާރނީގެ ދަށުން: އޒް. ޢަބްދުލްޙަންނާނު އަޙްމަދު، ގ. އަސްމަހި
:
4- + ނަން: އަޙްމަދު ރަޝީދު
* ދާއިމީ އެޑްރެސް: މ. ރަފީޤުގެ
އައިޑީ ކާޑު ނަންބަރ: A053674 މިހާރުގެ އެޑްރެސް:މ. ރަފީޤުގެ
* ޕަވަރ އޮފް އެޓާރނީގެ ދަށުން: އގ. ޢަބްދުލްޙަންނާނު އަޙްމަދު، ގ. އަސްމަހި
5- * ނަން: ރީތި ބީޗް ޕްރައިވެޓް ލިމިޓެޑް ދާއިމީ އެޑްރެސް: ގ. އަރިސް
ރެޖިސްޓްރީ ނަންބަރ: 707
/
2008-C މިހާރުގެ އެޑްރެސް: ގ. އަރިސް
* ޕަވަރ އޮފް އެޓާރނީގެ ދަށުން: އގ. ޢަބްދުލްޙަންނާނު އަޙްމަދު، ގ. އަސްމަހި
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
2
2009/HC-A/349
ސޮއްޔާ
އެޔާ ނިމުނު ގޮތުގެ ޚުލާޞާ
1 #
މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ބޭންކް އޮފް މޯލްޑިވްސް ޕލކ
އެޑްރެސް:11 ބޮޑުތަކުރުފާނު މަގު(
ރެޖިސްޓްރީ ނަންބަރ: 22
/
1982-C މިހާރުގެ އެޑްރެސް:11 ބޮޑުތަކުރުފާނު މަގު/ ކ. މާލެ
ވަކީލު: އޖ. މަޢުލާން ރަޝީދު، ގ. ރަތްވިލާގެ
ހުށަހެޅުނު ތާރީޚް: 07 ޑިސެމްބަރ 2009
ނިމުނު ތާރީޚް: 04 އޮކްޓޯބަރ 2011
• މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ އިސްފަނޑިޔާރު އަޙްމަދު ޝަރީފު، ފަނޑިޔާރު ޔޫސުފު ޙުސައިން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
3
2009/HC-A/349
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/864 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، އަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، ހ.
މޮހޮރީވިލާ މުޙައްމަދު ނާޝިޒް އާއި، ހ. ނިއުކްއީން ޢަލީ އާތިމް އާއި، މ. ރަފީޤުގެ އަޙްމަދު ރަޝީދު އާއި،
ރީތި ބީޗް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ ބޭންކް އޮފް މޯލްޑިވްސް ޕލކ، އަށެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- މަދަނީކޯޓުގެ ނަންބަރު 2009/MC/864 ޤަޟިއްޔާ އަކީ، މަހައްދޫ އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓެޑަށް ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން ދޫކޮށްފައިވާ 23,500,000.00$US (ތޭވީސް
މިލިއަން ފަސްލައްކަ ޔޫ. އެސް. ޑޮލަރު) ގެ ޑިމާންޑް ލޯނަށާއި، 103,200.00$US (އެއްލައްކަ ތިންހާސް
ދުއިސައްތަ ޔޫ. އެސް. ޑޮލަރު) ގެ ބޭންކް ގެރެންޓީ އަށާއި، 30,090.20$US (ތިރީސް ހާސް ނުވަދިހަ
ޕޮއިންޓް ދޭއް ސުމެއް ޔޫ. އެސް. ޑޮލަރު)ގެ ލެޓަރ އޮފް ކްރެޑިޓަށް މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުން އެއްބަސްވެފައިވާ ގޮތަށް ފައިސާ އަދާކޮށްފައިނުވާތީ، އެފައިސާ އިންޓަރެސްޓާއި ޖޫރިމަނާ އެކުގައި
އެއްފަހަރާ ލިބިގަތުމަށާއި، އެފައިސާ އެކީ އެއްފަހަރާ އަދި ވަގުތުން ނުދެއްކޭނަމަ، އެފިލިޓީތަކާއި ގުޅިގެން
ރަހުނު ކުރެވިފައިވާ އުޅަނދު ތަކާއި، ތަންތަނާއި، ތަކެތީގެ މައްޗަށް ދަޢުލިބޭ ފަރާތް ތަކަށް ލިބިގެންވާ
އެންމެހާ މިލްކުވެރިކަމުގެ ޙައްޤުތަކާއި، އެހެނިހެން ޙައްޤުތައް ޝަރީޢަތް މެދުވެރިކޮށް ވިއްކާލުމަށްފަހު ބޭންކް
އޮފް މޯލްޑިވްސް ޕލކ. އަށް ފައިސާ ލިބިގަތުމަށް އެދި ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން މަހައްދޫ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށާއި ރީތި ބީޗް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށާއި، ހ. މޮހޮރީވިލާ
މުޙައްމަދު ނާޝިޒްގެ މައްޗަށާއި، ނިއުކްއީން ޢަލީ އާތިމްގެ މައްޗަށާއި، މ. ރަފީޤުގެ އަޙްމަދު ރަޝީދުގެ
މައްޗަށް ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް
ކަމާއި؛
00c
:
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
4
2009/HC-A/349
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
OOOO
DOLC
e
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ: [ދެންފަހެ، މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު 706
/
2008-C) އަށް ބޭންކް އޮފް މޯލްޑިވްސް ޕޮލިކް. (ރަޖިސްޓަރީ
ނަންބަރު 22
/
1982-C) އިން ދޫކޮށްފައިވާ 23,500,000.00$US (ތޭވީސް މިލިއަން ފަސްލައްކަ
އެމެރިކާ ޑޮލަރު) ގެ ޑިމާންޑް ލޯނަށާއި، 103,200.00$US (އެއްލައްކަ ތިންހާސް ދުއިސައްތަ އެމެރިކާ
ޑޮލަރު) ގެ ބޭންކް ގެރެންޓީ އަށާއި، 30,090.20$US (ތިރީސް ހާސް ނުވަދިހަ ޕޮއިންޓް ދޭއް ސުމެއް
އެމެރިކާ ޑޮލަރު)ގެ ލެޓަރ އޮފް ކްރެޑިޓަށް މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާ
ގޮތަށް ފައިސާ އަދާކޮށްފައިނުވާތީ، ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑަށް ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ، އިންޓަރެސްޓާއި ޖޫރިމަނާ އެކުގައި
އެއްފަހަރާ ލިބިގަތުމަށާއި، ކްރެޑިޓް ފެސިލިޓީތަކަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް އެކީ އެއްފަހަރާ އަދި
ވަގުތުން ނުދެއްކޭނަމަ، އެފިސިލިޓީތަކާއި ގުޅިގެން ރަހުނު ކޮށްފައިވާ އުޅަނދު ތަކާއި، ތަންތަނާއި، ތަކެތީގެ
މައްޗަށް ދަޢުލިބޭ ފަރާތްތަކަށް ލިބިގެންވާ އެންމެހާ މިލްކުވެރިކަމުގެ ޙައްޤުތަކާއި، އެހެނިހެން ޙައްޤުތައް
ޝަރީޢަތް މެދުވެރިކޮށް ވިއްކާލުމަށްފަހު ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ފައިސާ ލިބިގަތުމަށް އެދި ބޯ
އޮފް މޯލްޑިވްސް ޕލކ. އިން މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށާއި، ރީތި ބީޗް
ޕްރައިވެޓް ލިމިޓެޑުގެ މައްޗަށާއި، މޮހޮރީވިލާ މުޙައްމަދު ނާޝިޒްގެ މައްޗަށާއި، ހ. ނިއުކްއީން ޢަލީ
އާޝިމްގެ މައްޗަށާއި، ރަފީޤުގެ އަޙްމަދު ރަޝީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް ބަލާ ނަޒަރު ކުރިއިރު،
ބޭންކް އޮފް މޯލްޑިވްސް އިން މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް
US
$
23,500,000.00 (ތޭވީސް މިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ގެ ޑިމާންޑް ލޯނަކާއި،
US
$
103,200.00 (އެއްލައްކަ ތިންހާސް ދުއިސައްތަ އެމެރިކާ ޑޮލަރު) ގެ ބޭންކް ގެރެންޓީ އަކާއި،
US
$
29,677.16 (އޮނަތިރީސް ހާސް ހަސަތޭކަ ހަތްދިހަ ހަތެއް ޕޮއިންޓް އެކެއް ހައެއް އެމެރިކާ ޑޮލަރު)ގެ
ލެޓަރ އޮފް ކްރެޑިޓެއް ދޫކޮށްފައިވާ ކަމާއި، މިކްރެޑިޓް ފެސިލިޓީ ތަކުގެ ތެރެއިން 103,200.00$US
(އެއްލައްކަ ތިންހާސް ދުއިސައްތަ އެމެރިކާ ޑޮލަރު) ގެ ބޭންކް ގެރެންޓީ، އެ ބޭންކް ގެރެންޓީގެ މުއްދަތުގައި
ބެނެފިޝަރީންގެ ފަރާތުން ކޯލްކޮށްފައިނުވާތީ، އޮފް މޯލްޑިވްސް ޕލކ. ގެ ފަރާތުން ކޮށްފައިވާ
ދަޢުވާއިން ބޭންކް ގެރެންޓީ ލިބުމަށް އެދި ކޮށްފައިވާ ދަޢުވާ އުނިކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް ޕލކ.
ގެ ފަރާތުން އެދިފައިވާ ކަމާއި، ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް
ބޭންކް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
43، 017ޔޫ.
5
2009/HC-A/349
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
8 0 40
e
ލިމިޓެޑަށް ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތަކުގެ ތެރެއިން ދޫކޮށްފައިވާ 23,500,000.00$US (ތޭވީސް
މިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ގެ ޑިމާންޑް ލޯނު ދޫކޮށްފައިވަނީ، ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ
ނަންބަރު 47
/
2008-BML
/
MAIN
/
AGR ރަހުނު އެގްރީމެންޓްގެ ދަށުން ރީތި ބީޗް ޕްރައިވެޓް ލިމިޓެޑުން
ބ. ފޮނިމަގޫދޫގައި ހަދާފައިވާ ”ރީތި ބީޗް ރިސޯޓް“ (ރަޖިސްޓްރީ ނަންބަރު 75-TRI) އާއި
އޮފް މޯލްޑިވްސް ޕލކ. ގައި ރަހުނު ކުރުމަށް ފަހުގައި ކަމާއި، މިޑިމާންޑް ލޯނު އަނބުރާ ދައްކާނެ
ކަމުގެ ޔަޤީންކަން ހ. މޮހޮރީވިލާ މުޙައްމަދު ނާޝިޒް އާއި، ނިއުކްއީން ޢަލީ އާތިމް އާއި، މ. ރަފީޤުގެ
އަޙްމަދު ރަޝީދު ދީފައިވާ ކަމާއި، ދަޢުވާލިބޭ ފަރާތް ތަކުން ދެންނެވުނު ކްރެޑިޓް ފެސިލިޓީތަކަށްވާ ފައިސާ
އެއްބަސްވެފައިވާ ގޮތަށް ދައްކާފައިނުވާކަމާއި، ކްރެޑިޓް ފެސިލިޓީތައް ދޫކުރުމުގައި ބޭންކް އޮފް މޯލްޑިވްސް
ޕިލކ. އިން ކަނޑައަޅާފައިވާ ޝަރުތުތަކާއި ދަޢުވާލިބޭ ފަރާތްތަކުން ޚިލާފުވެފައިވާކަން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުން ޝަރީޢަތަށް ޘާބިތުވާ ކަމާއި، މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި
ނަގާފައިވާ ޑިމާންޑް ލޯނު (އެކައުންޓް ނަންބަރު 301-170522-7701) އަށް 18 އޮކްޓޯބަރ 2009 ގެ
ނިޔަލަށް 28,091,705.88$US (އަށާވީސް މިލިއަން ނުވަދިހައެއްހާސް ހަތްސަތޭކަ ފަހެއް ޕޮއިންޓް އަށެއް
އަށެއް އެމެރިކާ ޑޮލަރު) ދަޢުވާލިބޭ ފަރާތްތަކުން ދައްކަންޖެހި ނުދައްކާވާ ކަމާއި، މަހައްދޫ އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ނަގާފައިވާ ލެޓަރ އޮފް ކްރެޑިޓް (އެކައުންޓް ނަންބަރު 302-170522-
7701) އަށް 19 އޮކްޓޯބަރ 2009 ގެ ނިޔަލަށް 34,394.21$US (ތިރީސް ހަތަރުހާސް ތިންސަތޭކަ
ނުވަދިހަ ހަތަރެއް ޕޮއިންޓް ދޭއް އެކެއް އެމެރިކާ ޑޮލަރު) ދައްކަންޖެހި ނުދައްކާވާކަމާއި، މިފައިސާ އާއި
ދަޢުވާލިބޭ ފަރާތްތަކުން ޙަވާލާދެވުނު ކްރެޑިޓް ފެސިލިޓީތައް ލިބިގަތުމަށްޓަކައި އެއްބަސްވެފައިވާ ޝަރުތުތަކާއި
ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ އިންޓަރެސް އަދި ޖޫރިމަނާ ފައިސާއަކީ ދަޢުވާލިބޭ ފަރާތް ތަކުން ބޭންކް
އޮފް މޯލްޑިވްސް ޕލކ. އަށް ދައްކަންޖެހޭ ފައިސާ ކަމުގައި ކަނޑައަޅައި، މިފައިސާ ދެއްކުމުގެ ގޮތުން 19
އޮކްޓޯބަރ 2009 ދުވަހުން ފެށިގެން 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ އެމީހަކަށްޖެހޭ
ޢަދަދަށްވުރެ މަދުނޫން މިންވަރެއް ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ދައްކާ ޚަލާޞްކުރުމަށާއި، މިމުއްދަތުގެ
ތެރޭގައި ދަޢުވާލިބޭ ފަރާތްތަކުން ޑިމާންޑް ލޯނު ލިބިގަތުމަށްޓަކައި އެއްބަސްވެފައިވާ ޝަރުތުތަކާއި ޚިލާފުވުމުގެ
ސަބަބުން ދައްކަންޖެހޭ އެންމެހާ
.މެހާ ފައިސާ އެކީ ދައްކާ ޚަލާޞްނުކޮށްފިނަމަ، 19 އޮކްޓޯބަރ 2009 އިން
ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޑިމާންޑް ލޯނާއި ގުޅިގެން ރަހުނުކޮށްފައިވާ ”ރީތި ބީޗް ރިސޯޓް“
02c
Ooec
55
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
2009/HC-A/349
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ރަޖިސްޓްރީ ނަންބަރު 75-TRH) އާއި ގއ. މަހައްދޫ އެތަންތަނުގެ މައްޗަށް ދަޢުވާލިބޭ ފަރާތްތަކަށް
ލިބިގެންވާ އެންމެހާ މިލްކުވެރިކަމުގެ ޙައްޤުތަކާއެކު، ބޭންކް އޮފް މޯލްޑިވްސް ޕލކ. އާއި ޙަވާލުކުރުމަށް
މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށާއި، ރީތި ބީޗް ޕްރައިވެޓް ލިމިޓެޑަށާއި، ހ. މޮހޮރީވިލާ
މުޙައްމަދު ނާޝިޒްގެ އަށާއި، . ނިއުކްއީން ޢަލީ އާތިމް އަށާއި، ރަފީޤުގެ
.ގެ އަޙްމަދު ރަޝީދަށް އަންގައި
ޙުކުމް ކޮށްފީމެވެ.“ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
02- އިސްވެ
ބަޔާންކުރެވުނު ގޮތުގެމަތީން މަދަނީ ކޯޓުގެ ނަންބަރު 2009/MC/864
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު
ތަކާއި ޚިލާފަށް ކަމަށްބުނެ، އަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހަ ނުކުތާ އާއި، މުޙައްމަދު ނާޝިޒްގެ ފަރާތުން ހަތަރު ނުކުތާއާއި، ޢަލީ އާތިމްގެ ފަރާތުން ހަތަރު ނުކުތާއާއި،
އަދި އަޙްމަދު ރަޝީދުގެ ފަރާތުން ހަތަރު ނުކުތާ އާއި، ރީތި ބީޗް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދެ ނުކުތާ
ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
03- މަދަނީ ކޯޓުގެ ނަންބަރު 2009/MC/864 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
އޮފް މޯލްޑިވްސް ޕލކ.ގެ ނަންބަރު
(10 ޖުލައި 2008) ގެ ސަންކްޝަން ސިޓީގައި ބަޔާންކުރެވިފައިވާ
ޝަރުތުތަކުގެ މަތީން، 23,500,000.00$US (ތޭވީސް މިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ގެ ޑިމާންޑް
ލޯނެއް ބޭންކް އޮފް މޯލްޑިވްސް ޕޮލިކީ. އިން މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާކަން
އެނގެން އޮތްއިރު
ބޭންކް
BML/CREDIT/MAIN-
163(2007)/2008/1135
Oo oo
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
2009/HC-A/349
ގެ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހަމަ އެކުންފުނީގެ އެދުމުގެ މަތީން 142,800.00$US (އެއްލައްކަ ސާޅީސް ދެހާސް
އަށްސަތޭކަ އެމެރިކާ ޑޮލަރު)ގެ ލެޓަރ އޮފް ކްރެޑިޓް (އެލްސީ ނަންބަރު 08
/
924/BML ) ބޭންކް އޮފް
މޯލްޑިވްސް ޕލކ. އިން ހުޅުވައިދީފައިވާކަން އެނގެން އޮވެފައި، އެ އެލްސީ އިން 29,677.16$US
(އޮނަތިރީސް ހާސް ހަސަތޭކަ ހަތްދިހަ ހަތެއް ޕޮއިންޓް އެކެއް ހައެއް އެމެރިކާ ޑޮލަރު)ގެ ބޭނުން މަހައްދޫ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހިފާފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުމުން ޝަރީޢަތަށް
ސާބިތުވާއިރު، އިޝާރާތް ކުރެވުނު ޑިމާންޑް ލޯނު ދޫކުރުމަށާއި އަދި އެލް ސީ ހުޅުވުމުގައި އެއްބަސްވެފައިވާ
ގޮތުމަތީން ދައްކަންޖެހޭ އެއްވެސް ފައިސާއެއް ދައްކާފައިވާކަން އެނގޭނެ އެއްވެސް ހެއްކެއް ޝަރީޢަތަށް
ހުށަހެޅިފައިވާކަން އެނގެން ނެތްއިރު، އެގޮތުގެ މަތީން ފައިސާ ދެއްކިފައިނުވާކަން ދަޢުވާލިބޭ ފަރާތްތަކުގެ
ބަހުން ޝަރީޢަތަށް ސާބިތުވެއެވެ.
(ށ) ބޭންކް އޮފް މޯލްޑިވްސް ޕލކ އިން މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް
US
$
23,500,000.00 (ތޭވީސް މިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ގެ ޑިމާންޑް ލޯނު ދޫކޮށްފައިވަނީ،
ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ ނަންބަރު 47
/
2008-BML
/
MAIN
/
AGR ރަހުނު އެގްރީމެންޓްގެ
ދަށުން ރީތި ބީޗް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޮނިމަގޫދޫގައި ހަދާފައިވާ ”ރީތި ބީޗް ރިސޯޓް“
(ރަޖިސްޓްރީ ނަންބަރު 75-TRH) އާއި ”ގއ. މަހައްދޫ“، ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި ރަހުނު
ކުރުމަށްފަހުގައިކަން އިޝާރާތް ކުރެވުނު އެގްރީމެންޓުން އެނގެން އޮތުމުގެ އިތުރުން؛
މޮހޮރީވިލާ މުޙައްމަދު ނާޝިޒު އާއި، ނިއުކްއީން ޢަލީ އާޘިމް އާއި، ރަފީޤުގެ
އަޙްމަދު ރަޝީދު އާއި މިމީސްމީހުން، އެޑިމާންޑް ލޯނު އަނބުރާ ދައްކާނެ ކަމުގެ ޔަޤީންކަން އަމިއްލަ
ހައިސިއްޔަތުން ދީފައިވާކަން ބޭންކް އޮފް މޯލްޑިވްސް ޕލކ.ގެ ނަންބަރު
-BML
/
CREDIT
/
MAIN
2008
/
1135/(2007)163 (10 ޖުލައި 2008) ގެ ސަންކްޝަން ސިޓީން ސާފުކޮށް އެނގެން އޮވެއެވެ.
އ"
22 2x
(ނ) މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ މަތިން ބޭންކް އޮފް
މޯލްޑިވްސް ޕިލކ. އިން ޑިމާންޑް ލޯނެއްގެ ގޮތުގައި ދޫކޮށްފައިވާ 23,500,000.00$US (ތޭވީސް
މިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) އާއި ބެހޭ ގޮތުން މަހައްދޫ އިންވެސްޓްމަންޓުން ސޮއިކޮށްފައިވާ
00c
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
8
2009/HC-A/349
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އޮފް މޯލްޑިވްސް ޕލކ.ގެ ނަންބަރު 2008
/
1135/(2007)163-BML
/
CREDIT
/
MAIN (10 ޖުލައި
2008) ގެ ސިޓީގެ 8 ވަނަ މާއްދާގައި އެފައިސާ އަނބުރާ ދައްކަން ޖެހިފައިވާ ގޮތަކީ ޖޫން 2009 ކުން
ފެށިގެން ލޯނުގެ މުއްދަތު ހަމަވަންދެން (31 އޮކްޓޫބަރ 2015 އަށް) 305,200.00$U (ތިންލައްކަ
ފަސްހާސް ދުއިސައްތަ ޔޫ.އެސް ޑޮލަރު) ކަމުގައި ބަޔާން ކުރެވިފައިވާއިރު، އަދި ލޯނު ދައްކަން ފަށަންޖެހޭ
މުއްދަތު ނުފެށެނީސް 23 މާރޗް 2009 ގައި ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން މިމައްސަލަ މަދަނީކޯޓަށް
ހުށަހަޅައި، އަދި ލޯނު ދެއްކުމުގެ މުއްދަތުވެސް ހަމަނުވަނީސް މިފަދަ ދަޢުވާއެއް ކުރެވިގެން ނުވާނެ ކަމުގައި
ބުނެފައިވާ ބުނުމަށް ރިޢާޔަތް ކުރުމެއްނެތި މަދަނީ ކޯޓުން މައްސަލަ ނިންމަވާފައިވާކަމަށް ބުނެ މަހައްދޫ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު،
އިޝާރާތް ކުރެވުނު ބޭންކް އޮފް މޯލްޑިވްސް ޕލކ.ގެ ސިޓީގެ 8 ވަނަ މާއްދާގައި، އަހައްދޫ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާ، ބަޔާން ކުރުމުގެ ކުރިން ހަމަ
ލޯނު ދައްކާ ނިމެންދެން ލޯނުގެ ބާކީގައިވާ ޢަދަދުގެ މައްޗަށް ބަލާ ކޮންމެ މަހަކު، ފާއިތުވި މަހުގެ
އިންޓްރެސްޓް ދެއްކުމަކީވެސް ލޯނު އަނބުރާ ދެއްކުމަށް ހަމަޖެހިފައިވާ ތެރޭގައި ހިމެނޭ ކަމެއްކަން
އެމައްދީﷲ
4 23x
کفر کی
އެނގެން އޮވެފައިވާ
ﷲ ޗެތ (2(
އއރަތެކެ ރެވެން ސްލޭ
2 22 22
ޚަތްކުރެވުނު ސެންކްޝަން ސިޓީގެ 10 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ސެންކްޝަން
ސިޓީގައިވާ އެއްވެސް މާއްދާއަކާ ޚިލާފުވެއްޖެނަމަ ލޯނުގެ ފައިސާ އެއްފަހަރާ ދެއްކުމަށް އެންގުމުގެ ބާރު ބޭންކް
އޮފް މޯލްޑިވްސް ޕލކ. އަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާއިރު، ސެންކްޝަން ސިޓީގައި
އެއްބަސްވެފައިވާ ޝަރުތުތަކުގައިވާ ގޮތުގެ މަތީން މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ފައިސާ ދައްކާފައިވާކަން އެނގޭނެ އެއްވެސް ހެއްކެއް އެފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާކަން
އެނގެން ނެތުމުން، ބޭންކް އޮފް މޯލްޑިވްސް ޕލކ.ގެ ފަރާތުން މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުގެ މައްޗަށް މަދަނީކޯޓަށް ހުށަހަޅާފައިވާ ދަޢުވާއަކީ އެފަރާތުގެ މައްޗަށް ކުރެވެން އޮތް ދަޢުވާއެއް
ނޫންކަމަށް ބަލާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތް ކަން އެނގެއެވެ.
(ދ) ބޭންކް އޮފް މޯލްޑިވްސް ޕލކ އާއި ލޯނު ނެގި ފަރާތާއި އަދި ޔަޤީންކަންދީފައިވާ
ފަރާތް
ރާތްތަކުގެ މެދުގައި ސޮއި ކުރެވިފައިވާ ރަހުނު އެގްރީމެންޓަށް ބަލާއިރު، އެއެގްރީމެންޓް 20 ވަނަ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.higlhcourt.gov.mv
2009/HC-A/349
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މާއްދާގައި އެއެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެންމެހާ ފައިސާ އާއި ސަރވިސް ޗާރޖް އެކުގައި
އަދާކުރުމުގެ މަސްއޫލިއްޔަތު (ލަޔަބިލިޓީގެ ދަރަނި ނަގާފަރާތާއި ޔަޤީންކަންދޭ ފަރާތުން އެކުއެކީގައިވެސް އަދި
ވަކިވަކިންވެސް ޙަވާލުވާކަމަށް ދަރަނި ނަގާފަރާތާއި ޔަޤީންކަންދޭ ފަރާތް ކަނޑައެޅިގެން އެއްބަސްވާ ކަމަށް
ޔާންކުރެވިފައިއޮތުމުގެ އިތުރުން؛
ގެރެންޓީ ދޭފަރާތުން ޒިންމާވާންޖެހެނީ ދަރަނިވެރިޔާގެ ހައިސިއްޔަތުން ޒިންމާވާންޖެހޭ އުޞޫލުން
ކަމާއި ދަރަނިވެރިޔާގެ ދަރަނިތަކަށް ގެރެންޓީދޭ ފަރާތްތަކުން ފުރިހަމައަށް ޒިންމާވާންޖެހޭނެކަމަށް ނިންމުމުގެ
އިޚްތިޔާރު ބޭންކަށް ލިބިގެންވާކަމާއި،
އެކަން ސާފުކޮށް އެންގުމުގެ ގޮތުން ލޯނު ނެގިފަރާތުގެ ކިބައިން ނުވަތަ ލޯނު ނެގިފަރާތުގެ
މުދަލުން ނުވަތަ ލޯނު ނެގިފަރާތުގެ ދަރަނިތަކަށް ސީދާ ޒިންމާވާންޖެހޭ މީހެއްގެ ކިބައިން ފައިސާ ހޯދުމަށް
މަސައްކަތް ކުރުމުގެ ކުރިން، ނުވަތަ ބޭންކަށް ސެކިއުރިޓީއެއްގެ ގޮތުގައި ހުށަހަޅާފައިވާ ނުވަތަ ނަގާފައިވާ
އެއްވެސް މުދަލަކުން ފައިސާ ހޯދުމަށް މަސައްކަތް ކުރުމުގެ ކުރިން ގެރެންޓީދޭ ފަރާތްތަކުގެ ކިބައިން ފައިސާ
އެދެވިދާނެ
ކަމަށް އޮފް މޯލްޑިވްސް
ޕީލިޞ.ގެ ނަންބަރު
2008
/
1135/(2007)163-BML
/
CREDIT
/
MAIN (10 ޖުލައި 2008) ގެ ސިޓީގެ ދަށުން
މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ޑިމާންޑް ލޯނަށް ގެރެންޓީ ދިނުމުގެ ގޮތުން
މުޙައްމަދު ނާޝިޒު އާއި، ޢަލީ އާޘިމް އާއި އަޙްމަދު ރަޝީދު ސޮއިކޮށްފައިވާ ޖަމާޢީ އަދި ފަރުދީ ގެރެންޓީ
އަދި އިންޑެމްނިޓީ“ (JOINT
&
SEVERAL GUARANTEE AN INDEMNITY) ގެ
1.2 ގައި ބަޔާން ކުރެވިފައި އޮތުމުން، ލޯނު ނެގި ފަރާތެކޭ އެއްފަދައިން ހަމަ އެއް ހަމައެއްގައި ޔަޤީންކަން
ދީފައިވާ ފަރާތްތަކުންވެސް ލޯނު ދެއްކުމުގައި އެކުއެކީގައިވެސް އަދި ވަކި ވަކިން ފަރުދީ ގޮތުންވެސް
ންމާވާންޖެހޭކަން ސާފުކޮށް އެނގެން އޮތުމާއިއެކު، ޔަޤީންކަން ދޭ ފަރާތްތަކުން ފައިސާ ދެއްކުމުގެ ޒިންމާ
އުފުލަންޖެހޭނީ ނުވަތަ އެފަރާތްތަކުގެ މައްޗަށް ފައިސާ ހޯދުމަށް ދަޢުވާކުރެވޭނީ ލޯނު ނެގި ފަރާތުން ލޯނު
ދެއްކުމަށް ނުކުޅެދިއްޖެ ޙާލަތެއްގައި ކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބެލެވެން ނެތްކަން އެނގެއެވެ.
26 ތ 8
2 0 2c
ހޯދުމަށް
(ބ) މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ބޭންކް އޮފް މޯލްޑިވްސް ޕޮލިކ. އިން
ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތަކަށް ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ގޮތަށް ފައިސާ ދެއްކުމަށް އެކިފަހަރު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
2009/HC-A/349
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މަތީން ހަނދާންކޮށްދިނުމުންވެސް ފައިސާ ދައްކާފައިނުވާތީ، 2009 ޖެނުއަރީ 31 ވަނަ ދުވަހުގެ ނިޔަލަށް
ދައްކަންޖެހޭ އެންމެހައި ފައިސާ 2009 ފެބުރުއަރީ 13 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް އަންގާ ބޭންކް އޮފް
މޯލްޑިވްސް ޕލކ. ގެ ފަރާތުން އެންމެ ފަހުގެ ނޯޓިސް (ނަންބަރު 2009
/
81/BML
/
CREDIT)
ފޮނުވާފައިކަން އެނގެން އޮތްއިރު، އެނޯޓިސް އެޑްރެސްކޮށްފައިވަނީ މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނާޝިޒަށްކަމާއި، މުޙައްމަދު ނާޝިޒަކީ، ހައްދޫ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި، ރީޗް ބީޗް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭންކް އޮފް
މޯލްޑިވްސް ޕލކ.ގެ ނަންބަރު2008
/
1135/(2007)163-
BML
/
CREDIT
/
MAIN (10 ޖުލައި
2008) ގެ ސަންކްޝަން ސިޓީގައި ސޮއިކޮށްފައިވާ ފަރާތް ކަން އެނގެން އޮތުމުގެ އިތުރުން؛
މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރެވިފައިވާ ޑިމާންޑް ލޯނަށް އަމިއްލަ
ހައިސިއްޔަތުން ޔަޤީންކަން ދީފައިވާ ސ. ނިއުކްއީން ޢަލީ އާތިމް އާއި، މ. ރަފީޤުގެ އަޙްމަދު ރަޝީދަށްވެސް
ބާރާތްކުރެވުނު ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ އެންމެ ފަހުގެ ނޯޓިސް ކޮޕީކޮށްފައިވާ ކަމާއި، އަދި
އެފަރާތްތަކަށް އެނޯޓިސް ޙަވާލު ކުރެވިފައިވާކަން އެނގެން އޮތުމުން، މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑަށް ދޫކޮށްފައިވާ ކުރެޑިޓް ފެސިލިޓީތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދީ ފައިސާ ދެއްކުމަށް ލޯނު
ނެގި ފަރާތަށާއި، ޔަޤީންކަން ދީފައިވާ ފަރާތްތަކަށް އެންގިފައިނުވާ ކަމަށް ބަލާނެ ޝަރުޢީ އަދި ޤާނޫނީ
ހަމައެއް ނެތްކަން އެނގެއެވެ.
(ޅ) ޤާނޫނު ނަންބަރު 9/93 (ރަހުނާބެހޭ ޤާނޫނު)ގެ 12 ވަނަމާއްދާގައި ރަހުނުގެ ގޮތުގައި
ބަހައްޓާފައިވާ މުދަލެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެމުއާވިއްކަން ކޯޓުން އަމުރުކުރެވޭނީ ރަހުނުބެހެއްޓި
މީހާގެ ހުއްދަލިބިގެން، ނުވަތަ ރަހުނުބެހެއްޓިމީހާ ނަގާފައިވާ ދަރަނި އަދާކުރެވޭނޭ އެހެން އެއްވެސް ގޮތެއް
ނެތިގެން ދަރަނި ލިބެންވާމީހުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު އެދިއްޖެ ހިނދެއްގައި ކަމުގައި ބަޔާން
ކުރެވިފައިވާއިރު، މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އެދުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސް
ޕީލކ އިން މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ޑިމާންޑް ލޯނަށް ރަހުނުކުރެވިފައިވާ
ރީތިބީޗް އައިލެންޑް ރިސޯޓް ވިއްކާލެވޭނީ ލޯނުނެގިފަރާތް ކަމުގައިވާ އަހައްދޫ އިންވެސްޓް މަންޓް ޕްރައިވެޓް
ލިމިޓެޑްގެ ހުއްދައާއެކު އެކުންފުންޏަށް މިލޯނު އަދާކުރެވޭނޭ އެހެން އެއްވެސް ގޮތެއް ނެތިއްޖެ ޙާލަތެއްގައިކަން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
2009/HC-A/349
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވަރަށް ސާފުކޮށް އެނގެން އޮތްއިރު، ޤާނޫނު ނަންބަރު 9193 (ރަހުނާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތް ކުރުމެއްނެތި މަދަނީ ކޯޓުގެ ނަންބަރު 2009/MC/864
ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން
ނަޒަރުކުރާއިރު؛
މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރެވިފައިވާ ޑިމާންޑް ލޯނާއި ގުޅިގެން ސޮއި
ކުރެވިފައިވާ ރަހުނުގެ އެގްރީމެންޓްގެ 5 ވަނަ މާއްދާއަށް ބަލާއިރު އެމާއްދާގައި ބޭންކުން ކަނޑައަޅާ
މުއްދަތެއްގެ ތެރޭގައި ދަރަނިތައް އަދާ ކުރުމަށް ދަރަނި ނަގާފަރާތަށް ޔަޤީންކަންދޭ ފަރާތްތަކަށް އެންގުމުން
އެކަމަށް ޢުޒުރުވެރިވެއްޖެ ހިނދެއްގައި މަތީގައި ބަޔާން ކުރެވިފައިވާ ރިޒޯޓް ބޭންކުގެ ފަރާތުން ވިއްކާލުމުގެ
ނުވަތަ ކުއްޔަށް ދިނުމުގެ ހުއްދަ އެއްވެސް ޝަރުތަކާ ނުލާ ދިނުމަށް ރަހުނުކުރާ ފަރާތުން އެއްބަސްވާކަމަށް
ބަޔާންކޮށްފައިވާއިރު،
ރަހުނު އެގްރިމެންޓުގެ 16 ވަނަ މާއްދާގައި ބޭންކުން އަންގައިފި ކޮންމެވަގުތެއްގައި ސެކިއުރިޓީގެ
ގޮތުން ބެހެއްޓިފައިހުރި ރިޒޯޓް ބޭންކާ އަވަހަށް ޙަވާލުކުރުމަށާއި، މިއެގްރިމެންޓުގެ ދަށުން ބޭންކަށް ލިބިގެންވާ
ޙައްޤުތަކެއް ލިބިގަތުމުގައި ބޭންކުންކުރާ އެއްވެސް ޢަމަލަކަށް އެއްވެސް ބާވަތެއްގެ ހުރަހެއް ނޭޅުމަށް
ދަރަނިނަގާ ފަރާތުން) ޔަޤީންކަންދޭ ފަރާތުން އެއްބަސްވާކަމަށް ބަޔާންކުރެވިފައި
ބެހެއްޓިފައިވާ މުދާ ބޭންކުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ތަޞައްރަފު ކުރުމުގެ ޙައްޤު ރަހުނު
އެގްރީމެންޓްގެ ދަށުން ބޭންކަން ލިބިދީފައިވާކަން އެނގޭކަމާއި، އެހެންކަމުން ރަހުނު ވިއްކާލުމުގެ ހުއްދަ ރަހުނު
ބެހެއްޓި ފަރާތުން ދީފައިވާކަން ޟިމްނީ ގޮތުން ބެލެވެން އޮތުމުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް ޕލކ
އިން ދޫކޮށްފައިވާ ޑިމާންޑް ލޯނަށާއި، އެފް ސީ އަށް ދައްކަންޖެހިފައިވާ ފައިސާގެ ތެރެއިން އެއްވެސް
މިންވަރެއް ދެއްކިފައިވާކަން އެނގޭނެ ގަރީނާއެއް ވިޔަސް ޝަރީޢަތަށް ހުށަހެޅިފައިނުވުމުން، މަދަނީ ކޯޓުގެ
ނަންބަރު 2009/MC/864 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޤާނޫނު ނަންބަރު 9/91 (ރަހުނާބެހޭ
ޤާނޫނު) ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތް ކުރުމެއްނެތި ކަމަށް ބަލާނެ ޝަރުޢީ
އަދި ޤާނޫނީ ހަމައެއް ނެތްކަން އެނގެއެވެ.
އޮތުމުން، ރަހުނުގެ ގޮތުގައި
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
12
2009/HC-A/349
0729
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް
ގޮތަށް ހުރުމު
ހުރުމުން މަދަނީކޯޓުގެ
ނަންބަރު 2009/MC/864 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެނެވެން ނެތްކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ހުރިހާ ފަނޑިޔާރުންނަށް އެއްބަސްވެވެއެވެ.
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތް ކުރުމުން،
މަހައްދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، ރީތި ބީޗް ޕްރައިވެޓް ލިމިޓެޑާއި، ހ. މޮހޮރީވިލާ މުޙައްމަދު
ނާޝިޒު އާއި، ހ. ނިއުކްއީން ޢަލީ އާޘިމް އާއި، މ. ރަފީޤުގެ އަޙްމަދު ރަޝީދުގެ ފަރާތުން، މަދަނީކޯޓުގެ
ނަންބަރު 2009/MC/864 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި، އެޤަޟިއްޔާގައި މަދަނީކޯޓުން ކުރައްވާފައިވާ ޙުކުމަށް
ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށް ފީމެވެ.
ސައިކްq
di
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv