ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/254 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/254
ޤަޟިއްޔާ ނިމުނު ގޮތުގެ
ދެލި
#
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އިކާޓް
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
oc
ޤަޟިއްޔާ ނަންބަރު: 254/HC
-
A/2014
• އިސްތިއުނާފް ކުރިފަރާތް
* ނަން: ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 702
/
2005-C
އެޑްރެސް: އެމްއެފް ބިލްޑިންގ (ހަވަނަ ފަންގިފިލާ)މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ސުވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 214
/
2004-C * ދާއިމީ އެޑްރެސް: ހ. އޯކިޑްމާގެ
ހ. އޯކިޑްމާގެ (ތިންވަނަ ފަނގިފިލާ)/މާލެ
ދާއިމީ
ޖިސްޓްރީކުރެވުނު
0
4 ޒުލްޤައިދާ 1435
2 ސެޕްޓެމްބަރު 2014
ނިމުނު ތާރީޚް: 26 މުޙައްރަމް 1436
ވެމްބަރު 2014
19 ނޮވެމް.
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv-C/415
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ނިންމެވި ކޯޓް: ސިވިލް ކޯޓު
ހުށަހެޅުން ތާރީޚް: 20 ފެބްރުއަރީ 2013 ނިމުނު ތާރީޚް: 21 އެޕްރީލް 2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޑރ އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/254
2 ޤަޟިއްޔާ ނިމުނު "
و جری معلمي مب
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/415
ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު
702
/
2005-C) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ސުވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
(ރަޖިސްޓްރީ ނަންބަރު 214
/
2004-C) އެވެ.
4,455
ފާހަގަކުރެވުނު ނުއް
1. އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/415
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ
އެދުމުގެމަތިން، ސްވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޯރުކޮށްދީފައިވާ ލޯންޗް
ދަތުރުތަކުގެ އަގުގެގޮތުގައި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ
ފައިސާއާއި، އެފައިސާ ދައްކާފައިނުވުމުގެ ސަބަބުން ސުވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް
ލިބުނު ގެއްލުމުގެ ބަދަލާއި، އެމައްސަލަ ޝަރީޢަތަށް ހުށަހަޅަންޖެހުމުގެ ސަބަބުން ޤާނޫނީ ވަކީލަށް
ޚަރަދުވި ފައިސާ، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ހޯދުމަށްއެދި،
ސުވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާކުރުމުން ސިވިލް ކޯޓުން ބައްލަވާ
ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/254
و مری
3 ޤަޟިއްޔާ ނިމުނު "
އެޤަޟިއްޔާގެ ޙުކުމުގައިވަނީ، "ދެންފަހެ، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑްގެ އެދުމުގެ މަތިން ސްވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ފޯރުކޮށްދީފައިވަ ލޯންޗް ދަތުރުތަކުގެ އަގުގެ ގޮތުގައި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑުން ދައްކަންޖެހޭ ފައިސާއާއި، އެފައިސާ ދައްކާފައިނުވުމުގެ ސަބަބުން ސުވެނިއަރ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލާއި، މިމައްސަލަ ޝަރީއަތަށް
ހުށަހަޅަންޖެހުމުގެ ސަބަބުން ޤާނޫނީ ވަކީލަށް ޚަރަދުވި ފައިސާ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ހޯދުމަށް ސުވެނިއަރ އިންވަސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ހުށަހެޅި މިދަޢުވާއަށް ޝަރީއަތުގެ ހަމަތަކުގެ މަތިން ބެލިއިރު،
ދަޢުވާލިބޭ ފަރާތުން މިދަޢުވާއަށް އިންކާރުކޮށްފައިވީނަމަވެސް، ދަޢުވާގައިބުނާގޮތަށް
ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތުގެ ކިބައިން ލޯންޗް ދަތުރުގެ ޚިދުމަތަށް އެދިފައިވާކަމާއި
އިންވޮއިސްތައް އެފަރާތަށް ލިބިފައިވާކަން ދަޢުވާލިބޭ ފަރާތުގެ ބަހުން އެނގެން އޮވެފައި، ދަޢުވާލިބޭ
ފަރާތުން އިންކާރުކުރަނީ ދަޢުވާއާއި ގުޅިގެން ހުށަހެޅިފައިވާ އިންވޮއިސްތަކުގައިވާ ޢަދަދުތަކުގެ
ސައްހަކަމާމެދުކަން އެނގެން އޮންނައިރު
އިންވޮއިސްގައިވާ ޢަދަދުތަކާމެދު އެއްވެސް ޝަކުވާއެއް ދަޢުވާލިބޭ ފަރާތުން މިހާތަނަށް
އުފުލާފައިނުވުމުންނާއި، ދެފަރާތުން މިމައްސަލައާއިގުޅިގެން ދައްކާފައިވާ ވާހަކައާއި ހުށަހެޅިފައިވާ އެންމެހާ
ލިޔެކިޔުމަށް ބަލާއިރު، ދަޢުވާގައިވާ ފަދައިން ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތުގެ ކިބައިން ޚިދުމަތް
ހޯދުމަށްފަހު އެ ޚިދުމަތުގެ އަގު ދައްކާފައިނުވާކަމާއި، އެގޮތުން ދަޢުވާގައި ހޯދުން އެދިފައިވާ
-/1,390,120 (އެއްމިލިއަން ތިންލައްކަ ނުވަދިހަހާސް އެއްސަތޭކަ ރުފިޔާ) އަކީ ދަޢުވާކުރާ ފަރާތަށް
ދައުވާލިބޭ ފަރާތުން ދައްކަންޖެހި ނުދައްކަވާ ފައިސާއެއްކަން މަދަނީ މިންގަޑުން ޘާބިތުވާކަމަށް
ކަނޑައަޅައި، މިފައިސާ ސުވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ މިގޮތުން
4 20 0
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2014/HC-A/254
ޤަޟިއްޔާ ނިމުނު ގޮ
و مری
މިއަދު 2014 އޭޕްރީލް 21 ވަނަ ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ
މަހަކުމެ އެމީހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކަމުންގޮސް މިމުއްދަތުގެ
ތެރޭގައި މިފައިސާ އެއްކޮށް ދައްކާ ޚަލާސްކުރުމަށް ދަޢުވާލިބުނު ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑަށް އަންގައި، ދަޢުވާގައި ހޯދުން އެދިފައިވާ ގެއްލުމުގެ ބަދަލު ހިސާބުކުރެވިފައިވާގޮތަށް
ސާފުކޮށްދީފައިނުވުމުން އެބަދަލު ނަގައިދެވޭނެތަނެއް ނެތްކަމުގައާއި، ޤާނޫނީ ވަކީލަށް ޚަރަދުވާ ފައިސާއަކީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 348/HC
-
A/2009 ޤަޟިއްޔާއަށް ރިޢާޔަތް ކުރުމުން ނަގައިދެވޭނެ
ފައިސާއެއްކަމުގައިނުވާތީ، އެފައިސާ ނަގއިދެވޭނެތަނެއް ނެތްކަމުގައި ޙުކުމް ކޮށްފީމެވެ" މިފަދައިންކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮންނަކަމެވެ.
2. ސިވިލް ކޯޓުގެ
ނަންބަރު
415/Cv-C/2013
ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޕްލެޓިނަމް ކެޕިޓަލް
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 4
(ހަތަރެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެގޮތުން ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިވާ
ފުރަތަމަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު،
ޝަރީޢަތަށް ކަމެއް ސާބިތުކޮށްދިނުމަށްޓަކައި ހުށަހަޅަންޖެހޭ ހެއްކަކީ ކަނޑައެޅޭ ވަކި ޝަރުތުތަކެއް
ފުރިހަމަވާންޖެހޭ އެއްޗަކަށްވާއިރު، ސިވިލް ކޯޓުގައި މައްސަލަ ނިންމެވިއިރު ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތިން ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަނުވާ ހެކިތަކެއްގެ މައްޗަށް ރިޢާޔަތްކޮށް މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471"
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
44
2014/HC-A/254
کی عمری
xo
5 ޤަޟިއްޔާ ނިމުނު "
• ދެވަނަ ނުކުތާއަކީ، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން
ހުށަހަޅާފައިވާ ބަޔާންތަކުގައި "މި އިންވޮއިސްތަކަކީ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑަށް ރައްދުވެފައިވާ އިންވޮއިސްތަކެއް ނޫނެވެ. މިދަފައިން ވަނިކޮށް ސިވިލް ކޯޓުން މައްސަލަ
ނިންމެވިއިރު ސިވިލް ކޯޓުން ފާހަގަކޮށްފައިވާ 2 ވަނަ ނުކުތާގައި، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި
ނުކުތާއަށް ރިޢާޔަތްނުކޮށް، އިންވޮއިސްތައް އެފަރާތަށް ލިބިފައިވާކަން ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑުގެ ބަހުން އެނގެން އޮންނަކަމަށް ކަނޑައަޅާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
44 / 33
0
ތިންވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގައި، ޚިދުމަތް
ހޯދުމަށް، ޚިދުމަތްދޭ ފަރާތަށް ރިކްއެސްޓެއް ފޮނުވުމަކީ، އެ ޚިދުމަތް ހޯދިކަން ދަލާލަތުކޮށްދޭ ކަމެއްނޫން
ކަމުގައި ފާހަގަކުރި ނުކުތާއަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
ކެނއިވާ"
• ހަތަރުވަނަ ނުކުތާއަކީ، ލިބިފައިނުވާ އިންވޮއިސްތަކަކަށް ޝަކުވާ ނުއުފުލޭނެކަމަށް
ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ފާހަގަކުރުމުންވެސް، އެކަމަށް ރިޢާޔަތްނުކޮށް،
ސިވިލް ކޯޓުގައި މައްސަލަ ނިންމެވިއިރު އިންވޮއިސްގައިވާ ޢަދަދުތަކާމެދު އެއްވެސް
ދަޢުވާލިބޭ ފަރާތުން މިހާތަނަށް އުފުލާފައިނުވާކަމަށް ފާހަގަކޮށްފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ޝަކުވާއެއް
3. މިމައްސަލައާ ގުޅިގެން، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/415
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޕްލެޓިނަމް ކެޕިޓަލް
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލަ ރައްދުވާ ސުވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތު
2014/HC-A254
کرم محترمب
ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބެލިއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
0
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2013/Cv
-
C/415 ޤަޟިއްޔާގައި ހިމެނޭ މައްސަލައަށް ބަލާއިރު، އެމައްސަލައަކީ ޕްލެޓިނަމް ކެޕިޓަލް
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ އެދުމުގެމަތިން، ސްވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ފޯރުކޮށްދީފައިވާ ލޯންޗް ދަތުރުތަކުގެ އަގުގެގޮތުގައި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާއާއި، އެފައިސާ ދައްކާފައިނުވުމުގެ ސަބަބުން ސުވެނިއަރ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލާއި، އެމައްސަލަ ޝަރީޢަތަށް
ހުށަހަޅަންޖެހުމުގެ ސަބަބުން ޤާނޫނީ ވަކީލަށް ޚަރަދުވި ފައިސާ، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ހޯދުމަށްއެދި، ސުވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްކަމާއި،
އެމައްސަލަ ސާބިތުކުރުމުގެ ގޮތުން ހެކީގެ ގޮތުގައި ސުވެނިއަރ އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ، އެކުންފުނިން ފައިސާ ހޯދުމަށް
އެދިފައިވާ ދަތުރުތައް އެކުންފުނީގެ ފަރާތުން ކޮށްދިނުމަށް އެދި، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެކުންފުންޏަށް ފޮނުވާފައިވާ ސިޓީތަކުގެ ކޮޕީއާއި، އެ ސިޓީތަކުގައި
ބަޔާންކޮށްފައިވާ ދަތުރުތަކަށް ތައްޔާރުކޮށްފައިވާ އިންވޮއިސްތަކުގެ ކޮޕީއާއި، އެހާތަނަށް ދައްކާފައިނުވާ
ފައިސާ ދެއްކުމާބެ
މާބެހޭ ގޮތުން، 26 މެއި 2010 ގެ ތާރީޚުގައި، ސުވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީގެ
ކޮޕީކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 330471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮ
2014/HC-A/254
کی مرکی
ދެލީ
40440
ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސުވެނިއަރ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ، އިސްވެދެންނެވިފައިވާ
މައްސަލާގެ ޖަވާބުގައި އެކުންފުނީގެ ފަރާތުން މައިގަނޑުގޮތެއްގައި ބުނެފައިވަނީ، ސްޕީޑް ލޯންޗުގެ
ޚިދުމަތް ހޯދުމަށް ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސުވެނިއަރ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ރިކުއެސްޓުތަކެއް ފޮނުވިފައިހުރިކަމުގައި ވީނަމަވެސް،
އެރިކުއެސްޓުތަކާ ގުޅިގެން ޚިދުމަތް ފޯރުކޮށްދީފައިވާކަން ނުވަތަ ނޫންކަން ސާފުވާންޖެހޭކަމަށާއި،
އެހެންނަމަވެސް، ޚިދުމަތް ފުރިހަމަކުރެވިފައިވާކަމުގެ އެއްވެސް ލިޔެކިޔުމެއް ހުށަހެޅިފައި ނެތްހާލު، އެ
އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ ޚިދުމަތް އެކުންފުނީގެ ފަރާތުން ފޯރުކޮށްދެވިފައިވާކަން ސުވެނިއަރ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސާބިތުކޮށްދެވިފައި ނުވާކަމަށާއި، އަދި
އިންވޮއިސްތަކެއް ފޮނުވާފައިވުމަކީ އެ އިންވޮއިސްތަކުގެ މައްޗަށް ބިނާކޮށް ފައިސާ ދައްކަންޖެހޭކަމުގެ
އެއްވެސް ޤާނޫނީ ބުރައެއް އެކުންފުނީގެ މައްޗަށް އޮތްކަމެއްކަމަށް އެކުންފުނިން ނުދެކޭކަމަށާއި،
އެހެންކަމުން އެކުންފުނިން އެދެނީ، އެ ދަޢުވާގައި ދަޢުވާކުރި ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާގެ
މިންވަރަކީ، ޚިދުމަތެއް ފޯރުކޮށްދީގެން ކަމަށްބުނެ ހޯދުމަށް ހުށަހަޅާފައިވާ އިންވޮއިސްތަކެއްގެ މައްޗަށް
ބިނާކޮށް ހުށަހެޅިފައިވާ ދަޢުވާއެއްކަމުން، ހުށަހެޅިފައިވާ އިންވޮއިސްތަކާއި، ޚިދުމަތް ހޯދުމަށް
ހުށަހެޅިފައިވާ ސިޓީތަކަކީ، ހޯދުމަށް ހުށަހެޅިފައިވާ ޚިދުމަތެއް ފުރިހަމަވީކަމުގެ ހުއްޖަތެއް ނޫންކަމަށްވާތީ،
އެދަޢުވާ އެގޮތަށް ނުކުރެވޭނެކަމަށާއި، ދަޢުވާގައި ބަޔާންކޮށްފައިވާ ޢަދަދުތަކަށް އެކުންފުނީގެ ފަރާތުން
އިންކާރުކުރާތީ ދަޢުވާ ބާޠިލުކޮށްދެއްވައި މައްސަލަ ނިންމަވައިދެއްވުންކަން އެނގޭކަމާއި،
އަދި މީގެއިތުރުން، މައްސަލާގެ ދަށުކޯޓު މަރުޙަލާގައި ޕްލެޓިނަމް ކެޕިޓަލް
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، 23 ފެބްރުއަރީ 2014 ގެ ތާރީޚުގައި ސިވިލް ކޯޓަށް
ހުށަހަޅާފައިވާ ބަޔާނުގެ 4 ވަނަ ނަންބަރުގައާއި، 25 މާޗް 2014 ގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ
ޚުލާސާ ބަޔާނުގެ 2 ވަނަ ނަންބަރުގައި، މައްސަލާގައި ހިމެނޭ އިންވޮއިސްތަކަކީ އެކުންފުންޏަށް
OX
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471*
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
މީ =
فیملی کی مری
8 ޤަޟިއްޔާ ނިމުނު
4, 2
=32
2014/HC-A/254
ރައްދުވެފައިވާ އިންވޮއިސްތަކެއް ނޫންކަމަށް އެކުންފުނީގެ ފަރާތުން ބުނެފައިވާކަންވެސް އެނގެން
އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލާގެ ދަށުކޯޓު މަރުޙަލާގައި، އެމައްސަލާގައި ހިމެނޭ އިންވޮއިސްތަކަކީ އެކުންފުންޏަށް
ރައްދުވެފައިވާ އިންވޮއިސްތަކެއް ނޫންކަމަށް، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ދެފަހަރެއްގެ މަތިން ބަޔާންކޮށްފައި ވީނަމަވެސް، މައްސަލައާ ގުޅިގެން އެކުންފުނީގެ ފަރާތުން،
11 އޯގަސްޓް 2013 ގެ ތާރީޚުގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ވިޔަފާރިއާބެހޭ ބަޔަށް ހުށަހަޅާ
ދަޢުވާއާއި މައްސަލާގެ ޖަވާބު ހުށަހަޅާ ފޯމް" ގެ 7.1 ގައި، "ސްޕީޑް ލޯންޗްގެ ޚިދުމަތް ހޯދާފައިވާކަމަށް
ބުނެ، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އިންވޮއިސްތަކެއް ފޮނުވާފައިވެއެވެ"
މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، އަދި އެފޯމުގެ 11 ވަނަ ނަންބަރުގައި، "ދަޢުވާ ރައްދުވާ
ފަރާތުން އެދެނީ، ދަޢުވާކުރާފަރާތުން ހޯދުމަށް ހުށަހަޅާފައިވާ ފައިސާގެ މިންވަރަކީ، ޚިދުމަތެއް
ފޯރުކޮށްދީގެންކަމަށް ބުނެ ހޯދުމަށް ހުށަހަޅާފައިވާ އިންވޮއިސްތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ
ދަޢުވާއެއްކަމުން" މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، އަދި އެކުންފުނީގެ ފަރާތުން 27
ފެބްރުއަރީ 2014 ގެ ތާރީޚުގައި މަދަނީ ކޯޓަށް ހުށަހަޅާފައިވާ ބަޔާނުގެ 2 ވަނަ ނަންބަރުގައި
ދަޢުވާކުރާ ފަރާތުން ޚިދުމަތްތަކެއް ދިންކަމަށް ބުނެ، އިންވޮއިސްތަކެއް ފޮނުވާފައި ހުރުމަކީ، އަދި
ބަޔަކަށް ފައިސާ ދޭންޖެހޭ ހުއްޖަތެއް ހުނެވެ" މިފަދައިން ބަޔާންކޮށްފައި އޮތްއޮތުމަށާއި، އަދި އެ
ކުންފުނީގެ ފަރާތުން 5 ސެޕްޓެމްބަރު 2013 ގެ ތާރީޚުގައި މަދަނީ ކޯޓަށް ހުށަހަޅާފައިވާ ބަޔާނުގެ 1
ވަނަ ނަންބަރުގައި "މިމައްސަލާގައި ޝައްކު އުފެދެނީ ނުވަތަ ޔަޤީން ނުވަނީ ދަޢުވާގެ މައިގަނޑު
ބިނާވެފައިވާ އިންވޮއިސްތަކުގެ ޢަދަދަކީ ޞައްޙަ ޢަދަދެއް ކަމާއި މެދުގައެވެ" މިފަދައިން ބަޔާންކޮށްފައި
XO
ނޫނޭ.
އޮންނަ
އޮތުމަށާއި، ސުވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށު ކޯޓަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4426495
x4ބs.
9
23
2014/HC-A/254
کی مرکی
ދެވެ
ޤަޟިއްޔާ ނިމުނު
ހުށަހަޅާފައިވާ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ، މައްސަލާގައި އެކުންފުނިން ހޯދުމަށް އެދިފައިވާ
ފައިސާއަކީ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދޭންނުޖެހޭ
ފައިސާއެއްކަމަށް އެކުންފުނިން ބުނާބުނުން ބިނާކޮށްފައިވާ މައިގަނޑު ސަބަބަކީ، މައްސަލާގައި ހިމެނޭ
އިންވޮއިސްތަކަކީ އެކުންފުންޏަށް ރައްދުވެފައިވާ އިންވޮއިސްތަކަކަށް ނުވުން ނޫންކަމާއި، އެއާ ޚިލާފަށް،
އެކުންފުނިން ހުށަހަޅާފައިވާ މައިގަނޑު ސަބަބަކީ އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ ޚިދުމަތް
އެކުންފުނީގެ ފަރާތުން ފޯރުކޮށްދެވިފައިވާކަން ސުވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ސާބިތުކޮށްދެވިފައި ނުވާކަމަށްބުނެ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ހުށަހަޅާފައިވާ ސަބަބުކަން، މައްސަލައާ ގުޅިގެން އެކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް ދީފައިވާ
ބަޔާންތަކަށް ބެލުމުން އެނގެން އޮންނަ އޮތުމަށް ޖުމްލަ ގޮތެއްގައި ބަލާއިރު، މިމައްސަލާގައި ހިމެނޭ
އިންވޮއިސްތަކަކީ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވެފައިވާ
އިންވޮއިސްތަކެއްކަމަށް، މަދަނީ މިންގަނޑުން ބަލަންޖެހޭކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ
2,
2 2 20 22
ކޯޗަޅުކު9ވ.
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ހިމެނޭ
އިންވޮއިސްތަކަކީ، އިސްވެދެންނެވިފައިވާ ސަބަބުތައް
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވެފައިވާ އިންވޮއިސްތަކެއްކަމަށް ޝަރުޢީ ހަމަތަކުގެމަތިން
ބެލެވުމާއި، އަދި ސުވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ލޯންޗް ދަތުރުތަކެއް
ކޮށްދިނުމަށް އެދި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެކުންފުންޏަށް
ފޮނުވާފައިވާ ސިޓީތަކުގައި ބަޔާންކޮށްފައިވާ ދަތުރުތަކާ ގުޅިގެން ސުވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުން ތައްޔާރުކޮށްފައިވާ އިންވޮއިސްތަކެއްކަން، އެ އިންވޮއިސްތަކަށް ބެލުމުން ސާފުކޮށް އެނގެން
އޮތުމާއި، އަދި އެ އިންވޮއިސްތަކުގައި އެއްވެސް މައްސަލައެއް ހުރިނަމަ ސައުވީސް ގަޑިއިރުގެ ތެރޭގައި
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-A/254
10 ޤަޟިއްޔާ ނިމުނު "
کی عمری
=32
4ދ 64 ފ ތ ދ ތ 4
2
2 ތ ދ
ی ما را بسر کرتے سم مرادی
0 0 2 0 0 2 0
22 22 22
އެއިންވޮއިސްތަކުގައި ބަޔާންކޮށްފައި އޮތްނަމަވެސް އެފަދަ އެއްވެސް ކަމެއް
ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސުވެނިއަރ އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓެޑަށް އަންގާފައިނުވުމާއި، އަދި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ސުވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އެހާތަނަށް ދައްކާފައިނުވާ ފައިސާ
ދެއްކުމާބެހޭ ގޮތުން، 26 މެއި 2010 ގެ ތާރީޚުގައި، ސުވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީ
އެކުންފުންޏަށް ލިބިފައިވާކަމާމެދު އެކުންފުނީގެ ފަރާތުން އިންކާރުކޮށްފައިނުވާއިރު، އެސްޓީއަށް
އެކުންފުނީގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައިވާކަން، ނުވަތަ އެސިޓީ ލިބުމާ ގުޅިގެން އެކުންފުނީގެ
ފަރާތުން އަޅާފައިވާ އެއްވެސް ފިޔަވަޅެއްވެސް ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ދެއްކިފައި ނުވުމާއި، އަދި މިމައްސަލާގައި ހިމެނޭ ފައިސާއާމެދު، މިދެންނެވުނު ސިޓީގެ
އިތުރުންވެސް ސުވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޕްލެޓިނަމް ކެޕިޓަލް
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއެކު ސިޓީގެ ޒަރިއްޔާއިން މުޢާމަލާތުތަކެއް ކޮށްފައިވާކަން އެސިޓީއަށް
ބެލުމުން ސާފުކޮށް އެނގެން އޮތުމާއެކު، އެ އިންވޮއިސްތަކުގައިވާ ދަތުރުތަކަކީ ސުވެނިއަރ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްދީފައިވާ ދަރުތުތަކެއްކަމަށް ނުވަތަ
އިސްވެމިދެންނެވުނު ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ސިޓީތަކުގައި
ބަޔާންކޮށްފައިވާ ޚިދުމަތްތަކަކީ ސުވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ފޯރުކޮށްދީފައިވާ ޚިދުމަތްތަކެއްކަމަށް ފުރަތަމަ ނަޒަރަކުން (prima facie) ބެލެވޭކަމާއި، އެހެން
މިހެންކަމުން،
ސުވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފައިސާ ހޯދުމަށްއެދި ޝަރީޢަތަށް
ހުށަހަޅާފައިވާ އިންވޮއިސްތަކުގެ ޢަދަދާމެދު، ނުވަތަ އެއިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ ފައިސާގެ
ޢަދަދާމެދު ނުވަތަ އެއިންވޮއިސްތަކުގެ ތެރެއިން އެއްވެސް އިންވޮއިސްއެއްގައި ބަޔާންކޮށްފައިވާ ޚިދުމަތެއް
*
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/254
11 ޤަޟިއްޔާ ނިމުނު ގޮ
گمرکی
ދެވެ
99
އޭގައި ބަޔާންކޮށްފައިވާ ބީދައިން ލިބިފައިނުވާނަމަ އެކަމެއް ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ ކެޕިޓަލް
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޒިންމާއެއްކަމާއި،
މިދެންނެވުނު ކަންކަމުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގެ
ދަށުކޯޓު މަރުޙަލާގައި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް
ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި ދައްކާފައިވާ ވާހަކައަށް ބަލާއިރު، އިސްވެމިދެންނެވުނު ކަންކަން
ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ގޮތުން ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއްވިއަސް ސިވިލް ކޯޓަށް ހުށަހަޅާފައިނުވާކަމާއި،
އެހެންކަމުން،
އިސްވެމިދެންނެވުނު ކަންކަމުގެ މައްޗަށް ޖުމްލަގޮތެއްގައި ބަލާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ހިމެނޭ އިންވޮއިސްތަކަކީ ސުވެނިއަރ އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވުމުން
އެކުންފުޓަށް ރައްދުވެފައިވާ އިންވޮއިސްތަކެއްކަމަށާއި، އަދި އެއިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ
ފައިސާއަކީ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ސުވެނިއަރ އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓެޑަށް ލިބިދޭންޖެހޭ ފައިސާއެއްކަމަށް، މަދަނީ މިންގަޑުން ސާބިތުވާކަމަށް ސިވިލް ކޯޓުން
ކަނޑައަޅުވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފަށްކަމަށް ބެލެވެންނެތްކަމެވެ.
0 0
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2013/Cv
-
C/415 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
ޚިލާފަށް އެކޯޓުން ކުރައްވާފައިވާ ޙުކުމެއްކަމަށްބުނެ، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޙުކުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ
xވ މ ފ ދ ތތ
އޮތްކަމަކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-A/254
12 ޤަޟިއްޔާ ނިމުނު ގޮތުގެ
ދެލި
• ޙުކުމް
ދެންފަހެ،
އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ބަޔާންކުރެވުނު
ކަންކަން
1eނV
OX
ރެކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/415 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް އެކޯޓުން ކުރައްވާފައިވާ
ޙުކުމެއްކަމަށްބުނެ، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު
702
/
2005-C) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް،
އެޤަޟިއްޔާގައި ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ
އެއްވެސް ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv