ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/169 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/169
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރު: 169/HC
-
A/2014
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: މަރްޔަމް ޢަލީމަނިކު
* އައި.ޑީ.ކާޑު ނަންބަރު: A062190
ބަދަލުގައި، އިބްރާހީމް ރަމީޒު، ތުތިޔާގެ ލ. ފޮނަދޫ
އެޑްރެސް: ރޯޒްމީޑް / ހއ. ކެލާ
މިހާރުގެ އެޑްރެސް: ގ. ދާސްތާން/ މާލެ
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މަރްޔަމް ޒުނާ
ދާއިމީ އެޑްރެސް: ދިމިޝްގު| މާލެ
އައި.ޑީ.ކާޑު ނަންބަރު: A038755
މިހާރުގެ އެޑްރެސް:
މ. ދިމިޝްގު) މާލެ
* ބަދަލުގައި: އދ. އިސްމާޢީލް ވިޝާމް، މ. ހަންޑިއު/ މާލެ
0
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 27 ޝަޢުބާން 1435
25 ޖޫން 2014
ނިމުނު ތާރީޚް: 25 ޝައްވާލު 1435
21 އޯގަސްޓް 2014
0
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2014
/
04/B
-
CR
-
8
/
VA
ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ވަޤުތީ އަމުރު
• އަމުރު ނެރުއްވި ތާރީޚް: 04 މެއި 2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުގެ އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
24/HC-A/16g
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
ޑ 8 ޓީދ8
އެއްގޮތަށް
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014
/
04/B
-
CR
-
8
/
VA ވަޤުތީ އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ނޫންކަމަށްބުނެ، އެވަޤުތީ އަމުރު
އިސްތިއުނާފުކޮށްދިނުމަށް އެދި، ކެލާ ރޯޒްމީޑް މަރްޔަމް ޢަލީމަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ މ. ދިމިޑް ޝް މަރްޔަމް މޫނާއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2014
/
04/B
-
CR
-
8
/
VA ވަޤުތީ އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެވަޤުތީ އަމުރު އިސްތިއުނާފުކޮށްދިނުމަށް އެދި
ކެލާ! ރޯޒްމީޑް މަރްޔަމް ޢަލީމަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2014
/
04/B
-
CR
-
8
/
V ވަޤުތީ އަމުރަށް ބަލާއިރު، އެއަމުރަކީ،
ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/982 ޤަޟިއްޔާއާ ގުޅިގެން އެކޯޓުން ނެރުއްވާފައިވާ ވަޤުތީ
އަމުރެއްކަމާއި،
އެއަމުރުގައި ވަނީ،"މަރްޔަމް ޒާނާ އާއި މަރްޔަމް ޢަލީމަނިކު އާއިދެމެދު މަރްޔަމް ޢަލީމަނިކުގެ
ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ހުޅުމާލެ 10129 އަމިއްލަ ބިމާއި އެބިމުގައިވާ ގޯއްޗާއިގުޅޭގޮތުން 20
ނޮވެމްބަރ 2013 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން މަރްޔަމް ޢަލީމަނިކު އަދާކުރަންޖެހޭ
އިލްތިޒާމްތައް މަރްޔަމް ޢަލީމަނިކު އަދާކޮށްފައިނުވާކަމަށްބުނެ މ. ދިމިޝްޤު މަރްޔަމް ޒުނާ (ދ.ރ.ކާޑް:_
ޑިއްއްޖޭގެ އި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2014/HC-A/169
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
539,47243 މައްޗަށް
22 ހއ 2
މަރްޔަމް
މަރެމާ
A038755) ގެ ފަރާތުން ކެލާ ރޯޒްމީޑް (އ. ދާސްތާން) މަރްޔަމް ޢަލީމަނިކު (ދ.ރ.ކާޑް:
A062190) ގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާގައި ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން މިދަޢުވާގައި
ޙަވާލާދެވޭ ބިމާއި ގޯއްޗާއި ގުޅޭގޮތުން މަރްޔަމް ޢަލީމަނިކު އިތުރު ފަރާތަކާއެކު
ވަޤުތީ އަމުރަކަށްއެދި މަރްޔަމް ޓޫނާގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ބެލިއިރު،
ދަޢުވާއާއިގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި 20 ނޮވެމްބަރ 2013 ގައި
ދެފަރާތްދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމެއް ހިމެނިގެންވާކަމާއި، މިލިޔުމަށް ބެލުމުން މިއީ
ޢަލިމަނިކުގެ ނަމުގައި ރަޖިސްޓްރީކުރެވިގެންވާ ހުޅުމާލެ 10129 ގޯތީގައި ހަދާފައިވާ ޢިމާރާތް މަރްޔަމް
ޒޫނާއަށް 05 (ފަހެއް) އަހަރުދުވަހަށް ކުއްޔަށްދިނުމަށް ހެދިފައިވާ އެއްބަސްވުމެއްކަން އެނގެން އޮންނައިރު،
މިއެއްބަސްވުމުގެ 3 ވަނަ މާއްދާގެ ދަށުން މަރްޔަމް ޒުނާ ދައްކަންޖެހޭ ފައިސާ ދައްކާ ނިންމާފައިވާކަމަށް
މަރްޔަމް މޫނާގެ ފަރާތުން ބުނެފައިވާއިރު، އެފައިސާ ހަމައަށް ލިބިފައިވާކަމަށް ޢަލީމަނިކު
ޝަރީޢަތުގައި ބުނެފައިވާތީ،
މަރްޔަމް ޒުނާ އާއި މަރްޔަމް ޢަލީމަނިކު އާއިދެމެދު މަރްޔަމް ޢަލީމަނިކުގެ ނަމުގައި
ރަޖިސްޓްރީކުރެވިގެންވާ ހުޅުމާލެ 10129 ގޯއްޗާގުޅޭގޮތުން މަރްޔަމް ޓޫނާގެ މަޞްލަޙަތެއް ހިމެނިގެންވާކަމުގައި
ފުރަތަމަ ބަލާލުމުން (prima facie} މިހިނދަށް އެނގެން އޮންނައިރު، ދަޢުވާއާއެކު ހުށަހެޅިފައިވާ
އެއްބަސްވުމާއި، ދެފަރާތްދެމެދު ބަދަލުކުރެވިފައިވާ ފައިސާއާއިގުޅޭ ކަންކަމާމެދު ޝަރީޢަތުން ވަކިގޮތެއް
ކަނޑައެޅުމުގެ ކުރިން މިކަމުގައި ހިމެނޭ އެއްފަރާތަށް މިދަޢުވާ އެމައްޗަށް ބިނާކުރެވިގެންވާ މަރްޔަމް
ޢަލިމަނިކުގެ ނަމުގައި ރަޖިސްޓްރީކުރެވިގެންވާ ހުޅުމާލެ 10129 ގޯއްޗާގުޅޭގޮތުން މުޢާމަލާތްކުރުމަށް
ފުރުޞަތުދެވިފައިއޮތުމަކީ ޢަދުލުވެރިގޮތްކަމުގައި ނުވާނޭކަމަށްޓަކައި، އަދި އެގޮތަށް ފުރުޞަތުދެވިފައި
އޮވެއްޖެނަމަ، އެކަމުގެ ސަބަބުން ހުށަހެޅިފައިމިވާ ދަޢުވާގައި ޝަރީޢަތުން ކުރާ ނިޔާގެ މަޤްޞަދަށް
އަސަރުކުރުމުގެ ފުރުޞަތުއޮވެދާނޭކަމަށް
މަށްޓަކައި، ހުށަހެޅިފައިމިވާ ދަޢުވާގައި ޝަރީޢަތުން ޙުކުމެއް ކުރަންދެން
ނުވަތަ ކޯޓުން ވަކިގޮތަކަށް އަންގަންދެން މަރްޔަމް ޢަލީމަނިކުގެ ނަމުގައި ރަޖިސްޓްރީކުރެވިގެންވާ ހުޅުމާލެ
3 ފހ އމ މހ8
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/169
10129 އަމިއްލަ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާގުޅޭގޮތުން އިތުރު ފަރާތަކާއެކު މުޢާމަލާތުނުކުރުމަށް
ކެލާ ރޯޒްމީޑް (އ. ދާސްތާން) މަރްޔަމް ޢަލީމަނިކު (ދ.ރ.ކާޑް: A062190) އަށް އަންގައި
އަމުރުކޮށްފީމެވެ" މިފަދައިންނެވެ.
3. ސިވިލް ކޯޓުގެ ނަންބަރު 2014
/
04/B
-
CR
-
8
/
VA ވަޤުތީ އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ހއ. ކެލާ ރޯޒްމީޑް މަރްޔަމް ޢަލީމަނިކުގެ
ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
8 އ ވ މގ ތ
އެއެވފަ2އ
ފުރަތަމަ ނުކުތާއަކީ، ވުޖޫދުގައި ޞައްޙަ
ނުވަނިކޮށްމެ،
މަރްޔަމް ޒުނާ
ހުށަހަޅާފައިވާ މަދަނީ މައްސަލަ ހުށަހަޅާ ފޯމަކަށް ބިނާކޮށް ނެރުއްވާފައިވާ އަމުރަކަށްވާކަމަށް ބުނެ ހުށަހެޅި
ނުކުރައެވެ.
އެންމެr
ދެވަނަ ނުކުތާއަކީ، ވަޤުތީ އަމުރަށް އެދުނު ފަރާތަކީ ޤާނޫނީ ޙިމާޔަތް ލިބެންޖެހޭ މަޢުޟޫޢީ ޙައްޤެއް
އިޙްތިމާލު ފާޅުކަންބޮޑު ގޮތެއްގައި ޤާޢިމުވާ ފަރާތެއްކަން އެންގުމުގެކުރިން ނެރުއްވާފައިވާ
އަމުރަކަށްވާކަމަށް ބުނެ ހުށަހެޅި ނުކު
ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، އަމުރުގެ ސަބަބުން މަރްޔަމް ޢަލީމަނިކެއަށް އިއާދަނުކުރެވޭފަދަ، ބޮޑެތި
ގެއްލުންތަކެއް ލިބޭއިރު، މިފަދަ މާލީ އެއްވެސް ގެއްލުމެއް މަރްޔަމް ޒުނާއަށް ލިބެންނެތް ޙާލަތެއްގައި
ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި
ނެވެބައެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
އާއިޤާތާ 4ހއބާނޭ
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/169
4. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިއުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2014
/
04/B
-
CR
-
8
/
VA ވަޤުތީ އަމުރު އެކޯޓުން
ނެރުއްވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ކެލާ ރޯޒްމީޑް މަރްޔަމް
ޢަލިމަނިކުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
4
(ހ) ފުރަތަމަ ކަމަކީ، ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޝަރީޢަތް ނިމުމުގެކުރިން ވަޤުތީ
އަމުރެއް ނެރެދިނުމަށް އެދޭ ޙާލަތުގައި، އެފިޔަވަޅު ނާޅައިފިނަމަ، މައްސަލާގައި ޙުކުމްކުރެވޭއިރު، އެ ޙުކުމުގެ
މަޤްޞަދު ހާޞިލުނުވެ ހިނގައިދާނެކަމަށް ޤަބޫލުކުރެވޭ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރެއްޖެނަމަ، ނުވަތަ
މައްސަލާގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ފަނޑިޔާރަށް ފެނިވަޑައިގަންނަވާނަމަ،
ވަޤުތީ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން، "ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު
6" ގެ 295 ވަނަ މާއްދާއިން އެނގޭކަމާއި،
އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 21/SC
-
A/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރަށް ބަލާއިރުވެސް، ވަޤުތީ އަމުރު ނެރުމަކީ ކޯޓަށް
ލިބިގެންވާ އިޚްތިޔާރީ ބާރެއްކަމާއި، ވަޤުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ
މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަންބޮޑުގޮތެއްގައި ޤާއިމުވެ
ވަޤުތީ އަމުރު ނެރުމަކާނުލައި އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ތަދާރުކު ނުކުރެވޭފަދަ
އަދި އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ އެވަޤުތީ އަމުރަށް އެދުނު ފަރާތުން
ކުރިމަތިލާންޖެހުމުގެ ނުރައްކާ ނުވަތަ ބިރު އޮތުމުގެ އިތުރުން، ވަޤުތީ އަމުރަށް އެދުނު ފަރާތަކީ އެފަދަ
އނމާއެކު“
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
އެ29 0 =q
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/169
އަމުރަކަށް އެދުމުގެ ޙައިޘިއްޔަތު ޤާނޫނީގޮތުން ލިބިގެންވާ ފަރާތެއްކަމުގައި ވާނަމަ، ވަޤުތީ އަމުރެއް
ނެރެވިދާނެކަން އެނގެންއޮންނަކަމެވެ.
ދެވަނަ ކަމަކީ، މިމައްސަލާގައި އިސްތިއުނާފުކުރެވިފައި މިވާ، ނަންބަރު
2014
/
04/B
-
CR
-
8
/
VA ވަޤުތީ އަމުރަކީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/982 ޤަޟިއްޔާއާ
ގުޅިގެން އެކޯޓުން ނެރުއްވާފައިވާ ވަޤުތީ އަމުރެއްކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/982 ޤަޟިއްޔާއަކީ، މަރްޔަމް ޢަލީމަނިކުގެ ނަމުގައި
ރަޖިސްޓްރީކުރެވިފައިވާ ހުޅުމާލެ 10129 އަމިއްލަ ބިމާއި އެބިމުގައިވާ ޢިމާރާތާ ގުޅޭގޮތުން 20 ނޮވެމްބަރ
2013 ވަނަ ދުވަހު މަރްޔަމް ޒުނާ އާއި މަރްޔަމް ޢަލީމަނިކާއި ދެމެދު ވެފައިވާ
ދަށުން
މަރްޔަމް ޢަލީމަނިކު އަދާކުރަންޖެހޭ އިލްތިޒާމްތައް މަރްޔަމް ޢަލީމަނިކު އަދާނުކޮށް، ބަސްވުން
ބާޠިލްކޮށްފައިވާ ކަމުގައި އަންގާފައިވާކަމަށްބުނެ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއެއްބަސްވުމަށް ޢަމަލުކުރުން
މަރްޔަމް ޢަލީމަނިކުގެ މައްޗަށް ލާޒިމްކުރުމަށްއެދި މަރްޔަމް މޫނާގެ ފަރާތުން، މަރްޔަމް ޢަލީމަނިކުގެ މައްޗަށް
ހުށަހަޅާފައިވާ ދަޢުވާގެ މައްސަލައަކަށްވާއިރު،
ވެ
އަދި އެމައްސަލާގައި ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އެދަޢުވާގައި ޙަވާލާދެވޭ ބިމާއި
ގުޅޭގޮތުން މަރްޔަމް ޢަލީމަނިކު އިތުރު ފަރާތަކާއެކު
މައްޗަށް ވަޤުތީ
ގޯއްޗާއި
މ އ ހދ 8
29
92
މުޢާމަލާތެންކުރުމުގެ
އަމުރަކަށްއެދި މަރްޔަމް މޫނާގެ ފަރާތުން ހުށަހަޅާފައިވާކަމާ
ވެމާއި،
ވަޤުތީ އަމުރަކަށް އެދި މަރްޔަމް ޒުނާގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ސިވިލް ކޯޓުން
ބިއްލެވުމަށްފަހު، އިސްތިއުނާފުކުރެވިފައި މިވާ ވަޤުތީ އަމުރު ނެރެދެއްވާފައިވާކަމާއި، އެ ވަޤުތީ އަމުރުގައި
ހައިޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/169
ކަނޑައަޅުއްވާފައިވަނީ، ނަންބަރު 2014/Cv-C/982 ޤަޟިއްޔާގައި ޝަރީޢަތުން ޙުކުމެއް ކުރައްވަންދެން
ނުވަތަ ކޯޓުން ވަކިގޮތަކަށް އަންގަވަންދެން، މަރްޔަމް ޢަލީމަނިކުގެ ނަމުގައި ރަޖިސްޓްރީކުރެވިގެންވާ ހުޅުމާލެ
10129 އަމިއްލަ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާގުޅޭގޮތުން އިތުރު ފަރާތަކާއެކު މުޢާމަލާތުނުކުރުމަށް
މިތީއީދުނުކުރުމަށް މަރްޔަމް
ޢަލީމަނިކަށް އަންގަވައި އަމުރުކުރައްވާ ކަމުގައި ކަމާއި،
ސިވިލް ކޯޓުން އެއަމުރު އެގޮތަށް ނެރުއްވުމުގައި، އެދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް
އޮތްކަމާއި، އެއެއްބަސްވުމުގެ 3 ވަނަ މާއްދާގެ ދަށުން މަރްޔަމް ޒުނާ ދައްކަންޖެހޭ ފައިސާ ދައްކާފައިވާކަމަށް
ބުނެފައިވާއިރު، އެފައިސާ ލިބިފައިވާކަމަށް މަރްޔަމް ޢަލީމަނިކު ޝަރީޢަތުގައި ބުނެފައިވާއިރު، ކޯޓަށް
ހުށަހެޅިފައިވާ މައްސަލާގައި ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުއްވުމުގެ ކުރިން މަރްޔަމް ޢަލީމަނިކުގެ ނަމުގައި
ރަޖިސްޓްރީކުރެވިގެންވާ ހުޅުމާލެ 10129 ގޯއްޗާއިގުޅޭގޮތުން މުޢާމަލާތްކުރުމަށް ފުރުޞަތުދެވިފައި އޮތުމަކީ
ޢަދުލުވެރިގޮތްކަމުގައި ނުވާނޭކަމަށާއި، އަދި އެގޮތަށް ފުރުޞަތުދެވިފައި އޮވެއްޖެނަމަ، އެކަމުގެ ސަބަބުން
ހުށަހެޅިފައިވާ ދަޢުވާގައި ޝަރީޢަތުން ކުރާ ނިޔާގެ މަޤްޞަދަށް އަސަރުކުރުމުގެ ފުރުޞަތު އޮވެދާނެކަން
އެއަމުރުގައި ފާހަގަކުރައްވާފައިވާކަން އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، މަރްޔަމް ޒުނާއާއި މަރްޔަމް ޢަލީމަނިކުއާއި ދެމެދުގައި މަރްޔަމް ޢަލީމަނިކުގެ
ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ހުޅުމާލެ 10129 ގޯތީގައި ހަދާފައިވާ ޢިމާރާތް މަރްޔަމް ޒުނާއަށް 05
(ފަހެއް) އަހަރުދުވަހަށް ކުއްޔަށްދިނުމަށް 20 ނޮވެމްބަރ 2013 ވަނަ ދުވަހު މަރްޔަމް ޒުނާ އާއި މަރްޔަމް
ޢަލިމަނިކު އާއިދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް އޮތްކަމާއި، އަދި މިއެއްބަސްވުމުގެ 3 ވަނަ މާއްދާގެ
ދަށުން މަރްޔަމް ޒުނާ ދައްކަންޖެހޭ ފައިސާ ދައްކާ ނިންމާފައިވާކަމަށް މަރްޔަމް ޒުނާގެ ފަރާތުން
ބުނެފައިވާއިރު، އެފައިސާ ހަމައަށް ލިބިފައިވާކަމަށް މަރްޔަމް ޢަލީމަނިކު ސިވިލް ކޯޓުގެ ޝަރީޢަތުގައި
ބުނެފައިވާކަން އިސްތިއުނާފުކުރެވިފައިމިވާ ވަޤުތީ އަމުރުގައި ފާހަގަކުރައްވާފައިވުމުން، މަރްޔަމް ޒުނާއަކީ އެފަދަ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވާ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/169
އަމުރަކަށް އެދުމުގެ ޙައިޘިއްޔަތު ޤާނޫނީގޮތުން ލިބިގެންވާ ފަރާތެއްކަމުގައި ބަލަންޖެހޭކަމާއި، އަދި މަރްޔަމް
ޒުނާއަކީ، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މަޢުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު
ފާޅުކަންބޮޑުގޮތެއްގައި ޤާއިމުވެފައި އޮތް ފަރާތެއްކަމުގައިވާކަން އެނގޭކަމާއި،
މަރްޔަމް ޒޫނާގެ ފަރާތުން، ބަޔާންކުރެވިދިޔަ ވަޤުތީ އަމުރަށް އެދިފައިވާއިރު، ސިވިލް ކޯޓަށް
ހުށަހެޅިފައިވާ މައްސަލަ ބައްލަވައި އެމައްސަލައިގެ މައުޟޫޢާމެދު ސިވިލް ކޯޓުން ގޮތެއް ކަނޑައެޅުއްވުމުގެ
ކުރިން މަރްޔަމް ޢަލީމަނިކު، އެދަޢުވާގައި ޙަވާލާދެވޭ ގޯއްޗާއި ޢިމާރާތާ ގުޅޭގޮތުން އިތުރު ފަރާތަކާއެކު
މުޢާމަލާތުކުރުމަކީ، އެކަމުގެ ސަބަބުން މަރްޔަމް ޒުނާއަށް އިޢާދަނުކުރެވޭފަދަ ގެއްލުމެއް ލިބި، ސިވިލް ކޯޓަށް
ހުށަހެޅިފައިވާ ޤަޟިއްޔާގައި ޙުކުމްކުރެވޭއިރު، އެ ޙުކުމުގެ މަޤްޞަދު ހާޞިލުނުވެ ހިނގައިދާނެކަމެއްކަމަށް
މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށްވެސް ޤަބޫލުކުރެވޭކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ، އިސްވެ ފާހަގަކުރެވިދިޔަ ކަންކަން އެގޮތަށް ހުރުމުން، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު
2014
/
04/B
-
CR
-
8
/
VA ވަޤުތީ އަމުރަކީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ވިޔަސް ޚިލާފަށް
ނެރުއްވާފައިވާ
.މުރެއްކަމުގައި ބަލާނެތަނެއް ނުފެންނަކަމަށާއި އަދި އެ އަމުރަށް
ނުގެންނަންޖެހޭފަދަ ސަބަބެއް ވިޔަސް އޮތްކަމަށް ނުފެންނަކަމުގައެވެ.
އޮތްކަމަށް
-:34
އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2014
/
04/B
-
CR
-
8
/
VA ވަޤުތީ އަމުރަކީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ވިޔަސް ޚިލާފަށް
ދިވެހިރާއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/169
ނެރެއްވާފައިވާ އަމުރެއްކަމުގައި ބަލާނެތަނެއް ނެތްކަމަށް މި މައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ޑިހިރާއްޖޭގެ 1
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv