ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/207 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2014/HC-A/207
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
L
- ed e;
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 207/HC
-
A/2014
އިސްތިއުނާފު ކުރި ފަރާތް
1- ނަން: މެދުފުށި އިންވެސްޓް މަންޓް ޕްރައިވެޓް ލިމިޓެޑް
2- ނަން: ވީ.އޭ ޕްރައިވެޓް ލިމިޓެޑް
3- ނަން: ޢަބްދުﷲ ޢަލީ
* ދާއިމީ އެޑްރެސް: މ.ތްރީއޭވިލާ ކ.މާލެ
4- ނަން: މުޙައްމަދު ލްޠީފް
*ދާއިމީ އެޑްރެސް: އަލަނާސިގެ ސ.މަރަދޫފޭދޫ
5- ނަން: ޝަމްސުލް މުނާ
*ދާއިމީ އެޑްރެސް: އަލަނާސިގެ ސ.މަރަދޫފޭދޫ
6- ނަން: ޢަލީ ޝިޔާމް
*ދާއިމީ އެޑްރެސް: އަލަނާސިގެ ސ.މަރަދޫފޭދޫ
1- ނަން: އަޙްމަދު ޙަމްޒާ
*ދާއިމީ އެޑްރެސް: އަލަނާސިގެ;ސ.މަރަދޫފޭދޫ
8- ނަން: އިބްރާހީމް ޖިހާދު
*މިހާރުގެ އެޑްރެސް: މ.ތްރީއޭވިލާ ކ.މާލެ
9- ނަން: ޝަމްޢޫނާ ޢަބްދުﷲ ޢަލީ
މިހާރުގެ އެޑްރެސް: މ.ތްރީއޭވިލާ ކ.މާލެ
*ރަޖިސްޓްރީ ނަންބަރު: 5
/
85-C
*ރަޖިސްޓްރީ ނަންބަރު: 125
/
2002-C
*އައި.ޑީ.ކާޑު ނަންބަރު: A023078
މިހާރުގެ އެޑްރެސް: މ.ތްރީއޭވިލާ ކ.މާލެ
*އައި.ޑީ.ކާޑު ނަންބަރު: A024721
*މިހާރުގެ އެޑްރެސް: މ.ތްރީއޭވިލާ ކ.މާލެ
*އައި.ޑީ.ކާޑު ނަންބަރު: A066205
*މިހާރުގެ އެޑްރެސް: ލ.ތްރީއޭވިލާ ކ.މާލެ
*އައި.ޑީ.ކާޑު ނަންބަރު: A041622
މިހާރުގެ އެޑްރެސް: މ.ތްރީއޭވިލާ/ ކ.މާލެ
*އައި.ޑީ.ކާޑު ނަންބަރު: A036799
*މިހާރުގެ އެޑްރެސް: މ.ތްރީއޭވިލާ/ ކ.މާލެ
*އައި.ޑީ.ކާޑު ނަންބަރު: A024127
*މިހާރުގެ އެޑްރެސް: މ.ތްރީއޭވިލާ| ކ.މާލެ
*އައި.ޑީ.ކާޑު ނަންބަރު: A024127
*މިހާރުގެ އެޑްރެސް: މ.ތްރީއޭވިލާ/ ކ.މާލެ
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، jpއިރާtޑން 3325039، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް
www.highcourts
2
ޤަޟިއްޔާ ނިމުނު ގޮ
2014/HC-A/207
کرم مائي *
• އިސްތިއުނާފް ރައްދުވި ފަރާތް:
1. ނަން: ބޭންކް އޮފް މޯލްޑިވްސް ޕލކ
: ރަޖިސްޓްރީ ނަންބަރު:
* ދާއިމީ އެޑްރެސް: 11 ބޮޑުތަކުރުފާނު
ބޮޑުތަކުރުފާނުމަގު| މާލެ
*
C-221981
ރަޖިސްޓްރީކުރެވުނު ތާރީޚް: 27 ރަމަޟާން 1435
ނިމުނު ތާރީޚް: 12 ޛުލްޤައިދާ 1436
27 އޯގަސްޓް 2015
24 ޖުލައި
2014
0
އިސްތިއުނާފު
ތިއުނާފު ކުރެވުނު ޤާޟިއްޔާ ނަންބަރު: 2013/Cv
-
C/739
ނިންމިކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
•
ހުށަހެޅުނު ތާރީޚް: 04 އޭޕްރީލް 2013 * ނިމުނު ތާރީޚް: 01 އޭޕްރީލް 2014
މައްސަލަބެލި ފަނޑިޔާރުގެ ބެންޗް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
OLC
OLC
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/207
3 ޤަޟިއްޔާ ނިމުނު ގޮތުގެ
ދެލި
ދަޢުވާގެ ޚުލާޞާ
OX
ޤާނޫނީ ހަމަތަކާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/739 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި މެދުފުށި އިންވެސްޓް
މަންޓް ޕްރައިވެޓް ލިމިޓެޑްއާއި، ވީއޭ ޕްރައިވެޓް ލިމިޓެޑްއާއި، މ.ތްރީއޭވިލާ ޢަބްދުﷲ ޢަލީއާއި،
ސ.މަރަދޫފޭދޫ އަލަނާސިގެ މުޙައްމަދު ލަޠީފްއާއި، ސ.މަރަދޫފޭދޫ އަލަނާސިގެ ޝަމްސުލް މުނާއާއި،
ސ.މަރަދޫފޭދޫ! އަލަނާސިގެ ޢަލީ ޝިޔާމްއާއި، ސ.މަރަދޫފޭދޫ އަލަނާސިގެ އަޙްމަދު ޙަމްޒާއާއި،
ސ.މަރަދޫފޭދޫ އަލަނާސިގެ އިބްރާހީމް ޖިހާދުއާއި، މ.ތްރީއޭވިލާ ޝަމްޢޫނާ ޢަބްދުﷲ ޢަލީގެފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ooec
މިޤާޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތްތަކަކީ ބޭންކް އޮފް މޯލްޑިވްސް ޕލކ އެވެ.
• ފާހަގަކުރެވުނު ނުކު
1. ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/739 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު
އެޤަޟިއްޔާއަކީ، މިއީ، ވީ.އޭ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 125
/
2002-C) އާއީ،
މ.ތްރީއޭވިލާ ޢަބްދުﷲ ޢަލީ (ދ.ރ.ކާޑު ނަންބަރު A023078) އާއި، ސ.މަރަދޫފޭދޫ އަލަނާސިގެ
(މ.ތްރީއޭވިލާ) މުޙައްމަދު ލަޠީފް (ދ.ރ. ކާޑު ނަންބަރު A024721) އާއި، ސ.މަރަދޫފޭދޫ އަލަނާސިގެ
(މ.ތްރީއޭވިލާ) ޝަމްސުލްމުނާ (ދ.ރ. ކާޑު ނަންބަރު A066205) އާއި، ސ.މަރަދޫފޭދޫ އަލަނާސި
(މ.ތްރީއޭވިލާ) ޢަލީ ޝިޔާމް (ދ.ރ. ކާޑު ނަންބަރު A041622) އާއި، ސ.މަރަދޫފޭދޫ އަލަނާސިގެ
(މ.ތްރީއޭވިލާ) އަޙްމަދު ޙަމްޒާ (ދ.ރ. ކާޑު ނަންބަރު A036799) އާއި، މ.ތްރީއޭވިލާ އިބްރާހީމް
ޖިހާދު (ދ.ރ. ކާޑު ނަންބަރުA024127) އާއި، މ.ތްރީއޭވިލާ ޝަމްޢޫނާ ޢަބްދުﷲ ޢަލީ (ދ.ރ. ކާޑު
ނަންބަރު A066229) ޔަޤީންކަންދީގެން މެދުފުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
(ރަޖިސްޓްރީ ނަންބަރު 5
/
85-C) ގެ އެދުމަކަށް، ބޭންކް އޮފް މޯލްޑިވްސް ޕލކ
ނަންބަރު 22
/
1982-C) އާއި މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާދެމެދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 38471$،
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2014/HC-A/207
کی مرکی
ދެވެ
04
4 0 2 0 2
8
و کر مر مسرع - کی
ޤަޟިއްޔާ ނިމުނު '
ދަށުން 16,791,875.84$US (ސޯޅަމިލިއަން ހަތްލައްކަ ނުވަދިހަ
އަށްސަތޭކަ ހަތްދިހަ ފަހެއް ޕޮއިންޓް އަށެއް ހަތަރެއް އެމެރިކާ ޑޮލަރު) ގެ ކްރެޑިޓް ފެސިލިޓީއެއް
އެފަރާތަށް ދޫކޮށްފައިވާހިނދު، ލޯނު ނަގާފައިވާ ފަރާތުން އެއްބަސްވެފައިވާ ގޮތަށް ފައިސާ އަދާކުރަމުން
ގޮސްފައިނުވާ ކަމުގައި ބުނެ، ބަޔާންކުރެވުނު ލޯނާއި ގުޅިގެން މިހާތަނަށް ދައްކަންޖެހި ނުދައްކާވާ
ފައިސާއާއި، އިންޓަރެސްޓާއި، ޖޫރިމަނާ ފައިސާ އެކުގައި އެއްފަހަރާ ލިބިގަތުމަށާއި، ފައިސާ އެކުގައި
އެއްފަހަރާ ނުދެއްކޭނަމަ، މިލޯނާއި، ގުޅިގެން "މެދުފުށި އައިލެންޑް ރިސޯޓް" (ރަޖިސްޓްރީ ނަންބަރު:
87-TRH) އާއި ގުޅޭގޮތުން މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް އަށް، ރަށް ކުއްޔަށް ހިފިފަރާތުގެ
(ހެޑް ލެސީގެ) ޙައިޘިއްޔަތުން، ލިބޭ އެންމެހައި ޙައްޤުތަކުގެ މައްޗަށް ކުރެވުނު ރަހުނު ވިއްކާލުމުގެ ހުއްދަ
ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދިނުމަށާއި، ލޯނާއި ގުޅިގެން ބޭންކަށް ލިބެންޖެހޭ އެންމެހައި، ފައިސާ
ދައްކާ ދަރަނި ޚަލާޞްކުރެވި، މިފެސިލިޓީގެ އެކައުންޓް ބަންދުކުރެވެންދެން ރަހުނު އެގްރިމެންޓުގެ ދަށުން
ލިބިގެންވާ ޙައްޤުތަކާއި ބާރުތައް ބާޠިލްނުވެ ދެމިގެންދާނެކަމަށް ކަނޑައަޅައިދިނުމަށް އެދި ބޭންކް އޮފް
މޯލްޑިވްސް ޕލކ ގެ ފަރާތުން މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، ވީ.އޭ
ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، ޢަބްދުﷲ ޢަލީގެ މައްޗަށާއި، މުޙައްމަދު ލަޠީފްގެ މައްޗަށާއި،
ޝަމްސުލްމުނާގެ މައްޗަށާއި، ޢަލީ ޝިޔާމްގެ މައްޗަށާއި، އަޙްމަދު ޙަމްޒާގެ މައްޗަށާއި، އިބްރާހީމް
ޖިހާދުގެ މައްޗަށާއި، ޝަމްޢޫނާ ޢަބްދުﷲ ޢަލީގެ މައްޗަށް ބޭންކް އޮފް މޯލްޑިވްސް ޕލކއިން
ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
2 2 2
24 2 4
ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/739 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ،
ވީ" ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު
125
/
2002-C) އާއި، މ.ތްރީއޭވިލާ ޢަބްދުﷲ ޢަލީ (ދ.ރ.ކާޑު ނަންބަރު A023078) އާއި،
ސ.މަރަދޫފޭދޫ އަލަނާސިގެ (މ.ތްރީއޭވިލާ) މުޙައްމަދު ލަޠީފް (ދ.ރ. ކާޑު ނަންބަރު A024721) އާއި،
މަރަދޫފޭދޫ އަލަނާސިގެ (މ.ތްރީއޭވިލާ) ޝަމްސުލްމުނާ (ދ.ރ. ކާޑު ނަންބަރު A066205) އާއި،
ސ.މަރަދޫފޭދޫ އަލަނާސިގެ (މ.ތްރީއޭވިލާ) ޢަލީ ޝިޔާމް (ދ.ރ. ކާޑު ނަންބަރު A041622) އާއި،
ސ.މަރަދޫފޭދޫ އަލަނާސިގެ (މ.ތްރީއޭވިލާ) އަޙްމަދު ޙަމްޒާ (ދ.ރ. ކާޑު ނަންބަރު A036799) އާއި،
މ.ތްރީއޭވިލާ އިބްރާހީމް ޖިހާދު (ދ.ރ. ކާޑު ނަންބަރުA024127) އާއި، މ.ތްރީއޭވިލާ ޝަމްޢޫނާ
ޢަބްދުﷲ ޢަލީ (ދ.ރ. ކާޑު ނަންބަރު A066229) ޔަޤީންކަންދީގެން މެދުފުށި އިންވެރީޓްމަންޓް
ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 5
/
85-C) ގެ އެދުމަކަށް، ބޭންކް އޮފް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް:
6316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
ޤަޟިއްޔާ
2014/HC-A/207
کمرنگی
=32
ނިމުނު ގޮ
(ރަޖިސްޓްރީ ނަންބަރު 22
/
1982-C) އާއި މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު
ވެވުނު ލޯނު އެގްރިމެންޓެއްގެ ދަށުން 16,791,875.84$US (ސޯޅަމިލިއަން ހަތްލައްކަ ނުވަދިހަ
އެއްހާސް އަށްސަތޭކަ ހަތްދިހަ ފަހެއް ޕޮއިންޓް އަށެއް ހަތަރެއް އެމެރިކާ ޑޮލަރު) ގެ ކްރެޑިޓް ފެސިލިޓީއެއް
އެފަރާތަށް ދޫކޮށްފައިވާހިނދު، ލޯނު ނަގާފައިވާ ފަރާތުން އެއްބަސްވެފައިވާ ގޮތަށް ފައިސާ އަދާކުރުމުން
ގޮސްފައިނުވާ ކަމުގައި ބުނެ، ބަޔާންކުރެވުނު ލޯނާއި ގުޅިގެން މިހާތަނަށް ދައްކަންޖެހި ނުދައްކާވާ
ފައިސާއާއި، އިންޓަރެސްޓާއި ޖޫރިމަނާ ފައިސާ އެކުގައި އެއްފަހަރާ ލިބިގަތުމަށާއި، ފައިސާ އެކުގައި
އެއްފަހަރާ ނުދެއްކޭނަމަ، މިލޯނާއި ގުޅިގެން މެދުފުށި އައިލެންޑް ރިސޯޓް" (ރަޖިސްޓްރީ ނަންބަރު:
87-TR) އާއި ގުޅޭގޮތުން މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް އަށް، ރަށް ކުއްޔަށް ހިފިފަރާތުގެ (ހެޑް
ލެސީގެ) ޙައިޘިއްޔަތުން، ލިބޭ އެންމެހައި ޙައްޤުތަކުގެ މައްޗަށް ކުރެވުނު ރަހުނު ވިއްކާލުމުގެ ހުއްދަ ބޭންކް
އޮފް މޯލްޑިވްސް ޕލކ އަށް ދިނުމަށާއި، ލޯނާއި ގުޅިގެން ބޭންކަށް ލިބެންޖެހޭ އެންމެހައި، ފައިސާ ދައްކާ
ދަރަނި ޚަލާޞް ކުރެވި، މިފެސިލިޓީގެ އެކައުންޓް ބަންދުކުރެވެންދެން ރަހުނު އެގްރިމެންޓްގެ ދަށުން
ލިބިގެންވާ ޙައްޤުތަކާއި ބާރުތައް ބާޠިލްނުވެ ދެމިގެންދާނެކަމަށް ކަނޑައަޅައި ދިނުމަށްއެދި ބޭންކް އޮފް
މޯލްޑިވްސް ޕލކގެ ފަރާތުން މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، ވީ. އޭ
ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، ޢަބްދުﷲ ޢަލީގެ މައްޗަށާއި، މުޙައްމަދު ލަޠީފްގެ މައްޗަށާއި،
ޝަމްސުލްމުނާގެ މައްޗަށާއި، ޢަލީ ޝިޔާމްގެ މައްޗަށާއި، އަޙްމަދު ޙަމްޒާގެ މައްޗަށާއި، އިބްރާހީމް ޖިހާދުގެ
މައްޗަށާއި، ޝަމްޢޫނާ ޢަބްދުﷲ ޢަލީގެ މައްޗަށް ކުޅަ ދަޢުވާއަށް ބަލައި ނަޒަރުކުރާއިރު،
ދަޢުވާގައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާ ކަމުގައި އިޢުތިރާފުވެ، ދަޢުވާލިބޭ ފަރާތްތަކުން
ބަޔާން ހުށަހަޅާފައިވާކަން އެނގޭކަމާއި،
ޤަޟިއްޔާއާއި ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން، ދަޢުވާލިބޭ ފަރާތްތަކުން
އެއްބަސްވެފައިވާ ގޮތަށް ފައިސާ އަދާކުރަމުން ގޮސްފައިނުވާކަމާއި، ލޯނު ލިބިގަތުމުގައި އެއްބަސްވެފައިވާ
ޝަރުޠުތަކާއި، ދަޢުވާލިބޭ ފަރާތުން ޚިލާފުވެފައިވުމުގެ ސަބަބުން 31 މާރޗް 2014 ވަނަ ދުވަހުގެ ނިޔަލަށް
US
$
17,625,729,95 (ސަތާރަ މިލިއަން ހަލައްކަ ފަންސަވީސް ހާސް ހަތްސަތޭކަ އޮނަތިރީސް ޕޮއިންޓް
ނުވައެއް ފަހެއް އެމެރިކާ ޑޮލަރު) ދައްކަންޖެހި ނުދައްކާވާކަން އެނގެން އޮތަތީ،
މިފައިސާއަކީ، އިސްވެ ބަޔާންކުރެވުނު ލޯނު ލިބިގަތުމަށްޓަކައި އެއްބަސްވެފައިވާ ޝަރުޠުތަކާއި
ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ އިންޓަރެސްޓް އަދި ޖޫރިމަނާ ފައިސާ، އަދި މިނޫންވެސް ލޯނާއި
ގުޅިގެން ބޭންކަށް ލިބެންޖެހޭ އެންމެހައި ފައިސާ ދައްކާ ދަރަނި ޚަލާޞްކޮށް، މިކްރެޑިޓް ފެސިލިޓީ
ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ އެކައުންޓް ބަންދުކުރެވެންދެން ރަހުނުގެ އެގްރިމެންޓުގެ ދަށުން
ފޮތެއްގެ
.ބޭންކް
،ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471%95
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
¢ ¢3
2014/HC-A/207
6 ޤަޟިއްޔާ ނިމުނު 1
OLC
އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާ ޙައްޤުތަކާއި ބާރުތައް ބާޠިލްނުވެ ދެމިގެންދާނެ ކަމަށްކަމަށް
ކަނޑައަޅައި،
މިފައިސާ ބޭންކް އޮފް މޯލްޑިވްސް ޕލކއަށް ރައްދުކުރުމުގެ ގޮތުން 01 އޭޕްރީލް 2014 ވަނަ
ދުވަހުން ފެށިގެން 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކުމެ އެބަހަކަށްޖެހޭ ޢަދަދަށްވުރެ
މަދުނޫން މިންވަރެއް ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކާ ޚަލާޞްކުރުމަށް މެދުފުށި އިންވެސްޓް
މަންޓް ޕްރައިވެޓް ލިމިޓެޑް އަށާއި، ވީ. އޭ ޕްރައިވެޓް ލިމިޓެޑް އަށާއި، ޢަބްދުﷲ ޢަލީ އަށާއި، މުޙައްމަދު
ލަޠީފް އަށާއި، ޝަމްސުލްމުނާ އަށާއި، ޢަލީ ޝިޔާމް އަށާއި، އަޙްމަދު ޙަމްޒާ އަށާއި، އިބްރާހީމް ޖިހާދު
އަށާއި، ޝަމްޢޫނާ ޢަބްދުﷲ ޢަލީ އަށް އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/739 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތަށްނޫންކަމަށް
އެގޮތަށްނޫންކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި މެދުފުށި
އިންވެސްޓް މަންޓް ޕްރައިވެޓް ލިމިޓެޑްއާއި، ވީ. އޭ ޕްރައިވެޓް ލިމިޓެޑްއާއި، މ.ތްރީއޭވިލާ ޢަބްދު
ޢަލީއާއި، ސ.މަރަދޫފޭދޫ އަލަނާސިގެ މުޙައްމަދު ލަޠީފްއާއި، ސ.މަރަދޫފޭދޫ އަލަނާސިގެ ޝަމްސުލް
މުނާއާއި، ސ.މަރަދޫފޭދޫ އަލަނާސިގެ ޢަލީ ޝިޔާމްއާއި، ސ.މަރަދޫފޭދޫ އަލަނާސިގެ އަޙްމަދު ޙަމްޒާއާއި،
ސ.މަރަދޫފޭދޫ އަލަނާސިގެ އިބްރާހީމް ޖިހާދުއާއި، މ.ތްރީއޭވިލާ ޝަމްޢޫނާ ޢަބްދުﷲ ޢަލީގެފަރާތުން
ހުށަހަޅާފައިވަނީ އެންމެ ނުކުތާއެއްކަމާއި، އެނުކުތާއަކީ އިސްތިއުނާފުކުރާ ފަރާތުން އަބުރާ ދައްކާގޮތަށް ނެގި
ފައިސާ ދައްކަންވާ މުއްދަތަށް ނުދެއްކުމުގެ ސަބަބުން އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި ދޫކުރި
ފައިސާއަށްވުރެ އިތުރަށް ނަންގަވަން ހުށަހަޅާފައިވާ ފައިސާއަކީ އިސްލާމީ ޝަރުޢުގައި ކަނޑައެޅިގެން
ޙަރާމްކުރައްވާފައިވާ ރިބާގެ ގޮތުގައި ނެންގެވުމަށް ހުށަހަޅާފައިވާ ފައިސާއެއް ކަމަށްވާތީ މިމައްސަލަ
ޝަރީޢަތުން ނިންމެވުމުގައި ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ)، (ކ) އަށާއި، އަދި ޤާނޫނު
އަސާސީގެ 268 ވަނަ މާއްދާއަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވުންކަމަށް ބުނެ ހުށަހެޅި
ކުރާކަން އެނގޭކަމެ
ހއ 2
"
3. މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/739 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ އިސްތިއުނާފު ކުރުމަށް އެދި މެދުފުށި އިންވެސްޓް
މަންޓް ޕްރައިވެޓް ލިމިޓެޑްއާއި، ވީ. އޭ ޕްރައިވެޓް ލިމިޓެޑްއާއި، މ.ތްރީއޭވިލާ ޢަބްދުﷲ ޢަލީއާއި،
ސ.މަރަދޫފޭދޫ އަލަނާސިގެ މުޙައްމަދު ލަޠީފްއާއި، ސ.މަރަދޫފޭދޫ އަލަނާސިގެ ޝަމްސުލް މުނާޢާއި
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 3316477*
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-A/207
7 ޤަޟިއްޔާ ނިމުނު ގޮ
کی عمر
ސ.މަރަދޫފޭދޫ އަލަނާސިގެ ޢަލީ ޝިޔާމްއާއި، ސ.މަރަދޫފޭދޫ އަލަނާސިގެ އަޙްމަދު ޙަމްޒާއާއި،
ސ.މަރަދޫފޭދޫ އަލަނާސިގެ އިބްރާހީމް ޖިހާދުއާއި، މ.ތެރީއޭވިލާ ޝަމްޢޫން ޢަބްދުﷲ ޢަލީގެ ފަރާތުން
އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިއުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
· 4
މ އ
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/739 ޤަޟިއްޔާގައި
ހުށަހެޅިފައިވާ މައްސަލައަކީ، ވީ. އޭ ޕްރައިވެޓް ލިމިޓެޑާއި، މ.ތްރީއޭވިލާ ޢަބްދުﷲ ޢަލީ އާއި،
ސ.މަރަދޫފޭދޫ އަލަނާސިގެ މުޙައްމަދު ލަޠީފް އާއި، ޝަމްސުލްމުނާ އާއި، ޢަލީ ޝިޔާމް އާއި، އަޙްމަދު
ޙަމްޒާ އާއި، މ.ތްރީއޭވިލާ އިބްރާހީމް ޖިހާދު އާއި، މ.ތްރީއޭވިލާ ޝަމްޢޫން ޢަބްދުﷲ ޢަލީ
ޔަޤީންކަންދީގެން މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް، ބޭންކް އޮފް މޯލްޑިވްސް
ޕިލކ އާއި މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާދެމެދު ވެވުނު ލޯނު އެގްރިމެންޓެއްގެ ދަށުން
US
$
16,791,875.84 (ސޯޅަމިލިއަން ހަތްލައްކަ ނުވަދިހަ އެއްހާސް އަށްސަތޭކަ ހަތްދިހަ ފަހެއް
ޕޮއިންޓް އަށެއް ހަތަރެއް އެމެރިކާ ޑޮލަރު) ގެ ކްރެޑިޓް ފެސިލިޓީއެއް ދޫކޮށްފައިވާހިނދު، ލޯނު ނަގާފައިވާ
ފަރާތުން އެއްބަސްވެފައިވާ ގޮތަށް ފައިސާ އަދާކުރަމުން ގޮސްފައިނުވާ ކަމުގައި ބުނެ، ބަޔާންކުރެވުނު
ލޯނާއި ގުޅިގެން އެހާތަނަށް ދައްކަންޖެހި ނުރައްކާވާ ފައިސާއާއި، އިންޓަރެސްޓާއި، ޖޫރިމަނާ ފައިސާ
އެކުގައި އެއްފަހަރާ ލިބިގަތުމަށާއި، ފައިސާ އެކުގައި އެއްފަހަރާ ނުދެއްކޭނަމަ، މިލޯނާއި، ގުޅިގެން
"މެދުފުށި އައިލެންޑް ރިސޯޓް" (ރަޖިސްޓްރީ ނަންބަރު: 87-TRH) އާއި ގުޅޭގޮތުން ލިބޭ އެންމެހައި
ޙައްޤުތަކުގެ މައްޗަށް ކުރެވުނު ރަހުނު ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދިނުމަށާއި،
ލޯނާއި ގުޅިގެން ބޭންކަށް ލިބެންޖެހޭ އެންމެހައި، ފައިސާ ދައްކާ ދަރަނި ޚަލާޞްކުރެވި، މިފެސިލިޓީގެ
އެކައުންޓް ބަންދުކުރެވެންދެން ރަހުނު އެގްރިމެންޓުގެ ދަށުން ލިބިގެންވާ ޙައްޤުތަކާއި ބާރުތައް ބާޠިލްނުވެ
ދެމިގެންދާނެކަމަށް ކަނޑައަޅައިދިނުމަށް އެދި ބޭންކް އޮފް މޯލްޑިވްސް ޕޮލިކް ގެ ފަރާތުން މެދުފުށި
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، ވީ.އޭ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، ޢަބްދު
ޢަލީއާއި، މުޙައްމަދު ލަޠީފްއާއި، ޝަމްސުލްމުނާއާއި، ޢަލީ ޝިޔާމްއާއި، އަޙްމަދު ޙަމްޒާއާއި، އިބްރާހީމް
ޖިހާދުއާއި، ޝަމްޢޫނާ ޢަބްދުﷲ ޢަލީގެ މައްޗަށް ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ހުށަހެޅުމުން ސިވިލް
ކޯޓުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 23164/1
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
8
2014/HC-A/207
کمر مم .۶
?/0ހހ
ރު
00c
ދިވެހިރާއްޖޭގެ ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮ
ސިވިލް ކޯޓުން އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ދަޢުވާލިބޭ ފަރާތްތަކުގެ
އިޢުތިރާފުންނާއި، ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވި ކަންކަމުގެ މައްޗަށް ބިނާކުރައްވައި
ކުރައްވާފައިވާ ޙުކުމެއްކަން އެނގޭކަމެވެ.
(ނ) ދެވަނަ ކަމަކީ، ބޭންކް އޮފް މޯލްޑިވްސް ޕޮލިކް ގެ ފަރާތުން މިމައްސަލަ މިގޮތަށް
ހުށަހެޅުމާއި ގުޅިގެން، 16 މާރޗް 2014 ވަނަ ދުވަހު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
މައްސަލައިގައި ދަޢުވާލިބޭ ފަރާތްތަކުން ދީފައިވާ ބަޔާނަށް ބަލާއިރު، ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ
ފަރާތުން ހުށަހެޅި މައްސަލާގައި ބަޔާންކޮށްފައިވާ ފައިސާއަކީ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން
ހުށަހެޅި ފަދައިން ދަޢުވާލިބޭ ފަރާތްތަކުން ނަގާފައިވާ! ގެރެންޓީ ދީފައިވާ ފައިސާކަމަށާއި، އެފައިސާ
އަދާކުރެވެންދެން ރަހުނެއްގެ ގޮތުގައި، މުލަކަތޮޅު، މެދުފުށި އައިލެންޑް ރިޒޯޓް ރަހުނުކޮށްފައިވާނެކަމަށް
އެއްބަސްވާކަމަށާއި، މިފައިސާ އެއްބަސްވެފައިވާގޮތުގެ މަތީން ނުދެއްކި ވަނީ މާލީ ޙާލަތު ހުރިގޮތުން
އެކަމަށް ނުކުޅެދިގެންކަމަށް ބުނެ އެފައިސާ އަދާކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް ފުރުޞަތަކަށް
އެދިފައިވާކަން އެނގެން އޮންނަކަމާއި، މިހެންކަމުން ބޭންކް އޮފް މޯލްޑިވްސް އިން ދަޢުވާކުރި ލޯނުގެ
ފައިސާއާއި، އެލޯނާއި ގުޅިގެން ދައްކަންޖެހޭ އެންމެހައި ފައިސާ ދެއްކުމާމެދު މިފަރާތްތަކުން ސިވިލް
ކޯޓުގައި އިޢުތިރާޟްކޮށްފައިނުވާކަން އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/739 ޤަޟިއްޔާ ނިމިފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ނުކުތާގައި ބަޔާންކުރާ ކަންކަމަކީ، އިސްތިއުނާފުކުރާ
ފަރާތްތަކުން ދަށުކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިމެ، އެކަންކަން ދަށުކޯޓުގައި ފާހަގަކޮށްފައިވާ
ކަމެއްނޫންކަން އެނގެން އޮތްއިރު، ސިވިލް ކޯޓުން މިމައްސަލަ ނިންމާފައިވަނީ އިސްތިއުނާފުކުރާ
ފަރާތްތަކުން ވެފައިވާ އިޢުތިރާފުގެ މައްޗަށްކަން އެނގެން އޮތުމުން، އިސްތިއުނާފު ކުރާ ފަރާތްތަކުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު ފާހަގަކުރާ ނުކުތާއަށް ސިވިލް ކޯޓުން ރިޢާޔަތްނުކޮށް އޮތްކަމަށް ބަލައި،
ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއް އޮތްކަމަށް ނުބެލެވޭކަމެވެ.
22 / ހދ 2
2
އެއްގޮތްނުވާކަމަށްބުނެ،
04
0 0
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތު
2014/HC-A/207
ދެލި
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2013/Cv
-
C/739 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނާނެތަނެއް ނެތްކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
އައިކޯޓް
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv