ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/04 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/04
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 04/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
*
* ނަން: އަޙުމަދު އަލީ
އައިޑީ ކާޑު ނަންބަރ: A257063
ދާއިމީ އެޑްރެސް: އަލިވާގެ/ވ.ކެޔޮދޫ
މިހާރުގެ އެޑްރެސް: އަލިވާގެ (ވ.ކެޔޮދޫ
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ނެތް
ކާޑު ނަންބަރ:-
.ޑު
ދާއިމީ އެޑްރެސް: .
މިހާރުގެ އެޑްރެސް-
:
ރެވުނު ތާރީޚް: 11 ރަބީޢުލްއައްވަލް 1435
12 ޖެނުއަރީ 2014
* ނިމުނު ތާރީޚް: 16 ރަބީޢުލްއާޚިރު 1435
16 ފެބުރުވަރީ 2014
• އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2013/J3C/19
ނިންމެވިތަން: ފެލިދޫ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓުގެ ހުރުމަތް ކަނޑާލުން
ހުށަހެޅި ތާރީޚް: 2017-11-25 ނިމުނު ތާރީޚް: 2017-11-25
•މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާ: ޢައްބާސް ޝަރީފް
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20j4/HC-A/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
މިއީ، ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2013/J3C/19 ޤަޟިއްޔާ
ނިމިފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ ވ.ކެޔޮދޫ އަލިވާގެ، އަޙުމަދު ޢަލީ
ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
ޅ.1
ވެވުނު ނުކުތާ
01 އިސްތިއުނާފް މިކުރެވޭ ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2013/J3C/19 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ވ.ފެލިދޫ
ރަތްމާގެ، ޢަބްދުލްޤާދިރު އާދަމް ވ.ކެޔޮދޫއަލިވާގެ، އަޙުމަދު ޢަލީގެ މައްޗަށް ހުށަހަޅާފައިވާ ފައިސާގެ މައްސަލަ
ބެލުމަށްޓަކާ ޢަބްދުލްޤާދިރު އާދަމް އާއި އަޙުމަދު ޢަލީ ޙާޟިރުކޮށް މައްސަލައިގެ އަޑުއެހުން ކުރިޔަށްދިޔަ
ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު ޢަލީ ކޯޓުގެ ހުރުމަތް ކަނޑާލާފައިވާތީ ވަގުތުން ބެލުނު މައްސަލައެއްކަން
އެނގެން އޮންނަކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، އިސްވެދިޔަ ބަޔާންތަކާއި
ފާހަނގަކުރެވުނު ނުކުތާތަކަށް ބަލާއިރު ވ.ފެލިދޫ ރަތްމާގެ ޢަބްދުލްޤާދިރު އާދަމް ވ.ކެޔޮދޫ އަލިވާގެ އަޙުމަދު
ޢަލީގެ މައްޗަށް ހުށަހަޅާފައިވާ ފައިސާގެ މައްސަލަ މިކޯޓުން ބެލުމަށްޓަކައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި
އަޙުމަދު ޢަލީ މެޖިސްޓްރޭޓަށް އިހާނެތި ބަސްތައްބުނެ މެޖިސްޓްރޭޓް އަޙުމަދު ޢަލީ އާއި ކުރި ސުވާލުތަކަށް
ޖަވާބުދާރީވުމަށް އިންކާރުކޮށްފައިވާތީ މެޖިސްޓްރޭޓް ތަކުރާރުކޮށް ނަސޭހަތްތެރިވުމަށް ފަހު އަޙުމަދު ޢަލީ
ދެއްކިވާހަކައިގެ މައްޗަށް ބިނާކޮށް މެޖިސްޓްރޭޓް ނެންގެވި ބަޔާން ކިޔާދިނުމުން ބަޔާން ރަނގަޅުކަމަށް ބުނުމުން
ބަޔާން ކޮމްޕިއުޓަރުން ލިޔެ ސޮއިކުރަންދިނުމުން ބަޔާނުގައި ސޮއި ނުކުރާނެކަމަށް އަޙުމަދު ޢަލީ ބުނެފައިވާތީއްޖޭގެ ހައިވީ
މެޖިސްޓްރޭޓް ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ބަޔާނަކީ ތިމަންނާ ދިންބަޔާނެއްކަމަށާއި ބަޔާނުގައި
19
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/04
02. އިސްވެ
ނުކުރާނެކަމަށް އަޙުމަދު ޢަލީ ބުނުމުން ކޯޓުގެ ހުރުމަތް ނުކަނޑާ ކޯޓުގެ އަމުރަށް ކިޔަމަންގަން ޝަރީޢަތަށް
އެއްބާރުލުން ދިނުމަށް އަޙުމަދު ޢަލީއަށް މެޖިސްޓްރޭޓް އަމުރުކުރުމުން މެޖިސްޓްރޭޓްގެ އަމުރާއި އަޙުމަދު ޢަލީ
ޚިލާފްވެ ބަޔާނުގައި ސޮއި ނުކުރާނެކަމަށް ތަކުރާރުކޮށް ބުނެފައިވާތީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ
ޤަވާއިދުގެ 4 ވަނަ ނަންބަރުގެ (2) އާއި (7) އާއި އަޙުމަދު ޢަލީ ޚިލާފުވެފައިވުމުން ޙަވާލާދީފައިވާ
ޤަވާއިދުގެ 17 ވަނަ ނަންބަރުގެ (ހ) އާއި ޙަވާލާދީ ޤާނޫނުލް އުޤޫބާތުގެ 80 ވަނަ މާއްދާގެ (ހ) ގެ ދަށުން
ވ.ކެޔޮދޫ އަލިވާގެ އަޙުމަދު ޢަލީ 06 (ހަތެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުން ހުކުމްކޮށް މި ޤަޟިއްޔާ
ނިންމީއެވެ."
ބަޔާންކުރެވުނު ގޮތުގެ މަތީން ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2013/J3C/19 ޤަޟިއްޔާގެ ޙުކުމްކުރުމާއި ގުޅިގެން ވ.ކެޔޮދޫއަލިވާގެ، އަޙުމަދު ޢަލީގެ ފަރާތުން އެ
ޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް އެ ނުކުތާ ތާ އާއި މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ތުޙުމަތު ކުރެވޭ މައްސަލައަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމަށް
ބުނާއިރު އިސްތިއުނާފްކުރާ ފަރާތުން އެފަދަ އެއްވެސް ޢަމަލެއް ނުކުރާކަމަށާއި ނަމަވެސް ކޯޓުގައި
އެދެމުންގޮސްފައިވަނީ ކޯޓުގައި ކުރެވޭ ދަޢުވާއަށް އިންކާރުކޮށް ލިޔުމުން ޖަވާބުދިނުމުގެ ފުރުސަތަކަށް ކަމަށާއި
އެ ފުރުސަތު ނުދީ އަނގަބަހުން ޖަވާބުދިނުމަށް އެންގުމުން ދިން ބަޔާނުގައި އިސްތިއުނާފްކުރާ ފަރާތުން ފާހަގަ
ކުރި ވަރަށްގިނަ ނުކުތާ ފާހަގަކޮށްފައިނުވާތީ އެ ނުކުތާތަކާއި ނުލާ ސޮއިނުކުރަން ބުނި ބުނުމަކީ ލިބިފައިވާ
ޙައްޤަކަށްވާއިރު އެފަދައިން ބުނި ބުނުން ކޯޓުގެ ޙުރުމަތް ކެނޑުންކަ ބަލާފައިވަނީ ޤާނޫނު އަސާސީގެ 42
ވަނަ މާއްދާގެ (ހ) އާއި ޚިލާފަށްކަމަށްވާތީއެވެ.
* ދެވަނަ ނުކުތާއަކީ: އަނގަބަހުން ކޯޓުގައި ބަޔާންކޮށްފައިވަނީ މައްސަލައަށް ލިޔުމުން
ޖަވާބުދާރީވުމަށް ފުރުސަތެއްދިނުމަށް ނަމަވެސް ފުރުސަތުދީފައިނުވުމާއި މައްސަލައިގެ ލިޔުމުން ޖަވާބުދާރީ
2
8 ހދ8
سرمر
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
20j4/HC-A/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފުރުސަތަކަށް އެދުމުން ދޭންޖެހޭ ޢަދުލުއިންސާފު ހަމަހަމަ ކަމާއެކު ޤާއިމްކޮށްފައި ނުވުމަކީ ޤާނޫނު އަސާސީގެ
42 ގެ (ށ) އާއި ޚިލާފުކަމަކަށްވާތީއެވެ.
ތިންވަނަ ނުކުތާއަކީ: ދައުވާއަށް އިންކާރުކޮށް ލިޔުމުން ޖަވާބުދާރީވުމަށް ފުރަތަމަ
އަޑުއެހުމުގައި އެދުމުން އެ ފުރުސަތު ނުދީ ޙުކުމްކޮށްފައިވަނީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި
ޚިލާފަށެވެ.
cuco
ހަތަރުވަނަ ނުކުތާއަކީ، މި މައްސަލަ ހިނގަމުންދިޔައިރުގަ މައްސަލަ ބައްލަވާ ޤާޝީ އާއި
އެކޯޓުގެ ދެ އެޑްމިން އޮފިސަރުން ބުނެފައިވާ ބުނުން ތަފާތުކަމަށާއި މައްސަލައިގަ ލިޔުމުން ޖަވާބުދާރީވުމަށް
އިސްތިއުނާފްކުރާ ފަރާތުން އެދިފައިވާކަމަށް އެއްބަސްވެއެވެ. އަދި ލިޔުމުން ޖަވާބުދާރީވުމަށް އެދުމުން
ޝަރީޢަތުގެ މަޖިލީހުން އެ ފުރުސަތުދީފައި ނުވާކަމަށް އެ ދެފަރާތުގެ ބަހުންވެސް އެނގެއެވެ. އަދި ދަޢުވާ އަކީ
ތެދު ދަޢުވާ އެއްތޯ ނުވަތަ ދޮގު ދަޢުވާ އެއްތޯ ޖަވާބުދާރީވާންޖެހޭނެ ކަމަށް ބުނެފައިވާކަމަށް ފާހަގަކުރެވުނު
3 ވަނަ ނުކުތާގައި ކޯޓުގެ 2 އެޑްމިން އޮފިސަރުން ހެކިބަސް ދީފައިވެއެވެ. ވީމާ މައްސަލަ ބެއްލެވި ޤާޟީ
ޝަރީޢަތުގެ މަޖިލީހުގައި ކޮށްފައިވާ ޢަމުރުތަކަކީ ކަނޑައެޅިގެން ޤާނޫނު އަސާސީ އާއި ޚިލާފް
އަމުރުތަކަކަށްވެފައި އެ އަމުރުތަކަށް ކިޔަމަންނުވި ކަމަށް ބުނެ ކޯޓުގެ ޙުރުމަތް ކަނޑައިފިކަމަށް ކަނޑައަޅައި
6 މަސް ދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށްފައިވަނީ 42 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށެވެ.
CC
/7/
8 26
03- އިސްތިއުނާފު މިކުރެވޭ ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2013/J3C/19
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓަށާއި، އެ ޤަޟިއްޔާ ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
ނުވާކަމަށްބު
ށްބުނެ ވ.ކެޔޮދޫއަލިވާގެ، އަޙުމަދު ޢަލީގެ ފަރާތުން އިސްތިއުނާފުކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތްތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
20j4/HC-A/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
19/J3C/2013
(ހ) ފުރަތަމަ ކަމަކީ: އިސްތިއުނާފު މިކުރެވޭ ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯރޓަށް ބަލާއިރު، އެޤަޟިއްޔާއަކީ،
ވ.ކެޔޮދޫއަލިވާގެ އަޙްމަދު ޢަލީ ކޯޓުގެ ޙުރުމަތް ކަނޑާފައިވާކަމަށްބުނެ އެ ކޯޓުގެ އަމިއްލަ އިސްނެގުމަށް
ހުށަހަޅާ ބަލާފައިވާ މައްސަލައެއްކަން އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި
ބަލާފައިވާނީ، އަޙްމަދު ޢަލީ ކޯޓުގެ ޙުރުމަތް ކެނޑުމުގެ ގޮތުން ކުރި ޢަމަލަކީ ކޮބައިކަން ދެނެގަތުމާއެކު،
އަޙްމަދު ޢަލީގެ މައްޗަށް ކޯޓުގެ ޙުރުމަތް ކެނޑުމުގެ ކުށުގެ އަދަބު ކަނޑައަޅާފައިވަނީ ޤާނޫނީ އިމުގެ ތެރެއިން
މިފަދަ ޙާލަތްތަކުގައި ކޯޓުތަކުން ޢަމަލުކުރަންޖެހޭ ހަމަތަކާއި އެއްގޮތަށްކަން ނުވަތަ ނޫންކަން ދެނެގަނެ
އެކަމާމެދު ގޮތެއް ކަނޑައެޅުމުގެ މައްޗަށްކަން ފާހަގަކުރެވެއެވެ.
ނ) ދެވަނަ ކަމަކީ: ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2013/J3C/19 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯރޓަށާއި، އެރިޕޯޓުގައި ހިމެނިފައިވާ ލިޔުންތަކަށް ބަލާއިރު، އަޙްމަދު ޢަލީ ވ.ފެލިދޫ
މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރެވިފައިވަނީ، ވ.ފެލިދޫރަތްމާގެ ޢަބްދުލްޤާދިރު އާދަމް، އަޙްމަދު ޢަލީ ގެ
މައްޗަށް ހުށަހަޅާފައިވާ ފައިސާ ހޯދުމުގެ މައްސަލައެއްގައި ކަމާއި، އެއީ އެކޯޓުގެ ނަންބަރު: 2013/J3C/13
ޤަޟިއްޔާކަމާއި، އެޤަޟިއްޔާއާއި ގުޅިގެން އަޙްމަދު ޢަލީ އަށް ޖަވާބުދިނުމަށް ޝަރީޢަތުގެ ފަރާތުން
އެންގުމުން، އަޙްމަދު ޢަލީ އެ ދަޢުވާއަށް ޖަވާބު ދޭން ބޭނުންވަނީ ލިޔުމުން ބަޔާނެއް ތައްޔާރުކުރުމަށްފަހު،
އެލިޔުން ޝަރީޢަތަށް ހުށަހަޅައިގެންކަމަށްބުނެ، އެކަމަށް މައްސަލަ ބެއްލެވި މެޖިސްޓްރޭޓްގެ އަރިހުން
ފުރުޞަތަކަށް އެދިފައިވާކަން އިސްތިއުނާފް މިކުރެވޭ ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2013/J3C/19
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުންނާއި، އެޤަޟިއްޔާއާއި ގުޅިގެން ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ
އެޑްމިނިސްޓްރޭޓިވް އޮފިސަރުން ކަމުގައިވާ ވ.ފެލިދޫ ސަންދަރޯސްމާގެ އިބްރާހީމް ރަޝީދުއާއި
ވ.ފެލިދޫ/މޫންލައިޓް އަޙްމަދު ނިޝާން ދީފައިވާ ދެ ބަޔާނުން އެނގެން އޮންނައިރު، އަޙްމަދު ޢަލީ ކޯޓުގެ
ޙުރުމަތް ކަނޑާފައިވާކަމަށް ފެލިދޫ މެޖިސްޓްރޭޓް ކޯޓުން ބައްލަވާފައިވަނީ މައްސަލަ ބައްލަވާ ފަނޑިއާ
ޝަރީޢަތުގެ މަޖިލީހުގައި ނެންގެވި ބަޔާނެއްގައި އަޙްމަދު ޢަލީ ސޮއިކުރުމަށް އިންކާރު ކޮށްފައިވާ
ކޮށްފައިވާއެއް
ދިވެހިން%2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/04
އަޙްމަދު ޢަލީ ނޭދެވޭ ބަހުން ވާހަކަ ދައްކާފައިވާތީއާއި، އަޙްމަދު ޢަލީ އަށް ރައްދުވާގޮތަށް އެ ކޯޓަށް އޭގެ
ކުރިން ހުށަހެޅުނު ދެ ޤަޟިއްޔާއަކާއި ގުޅިގެން އޭނާ އެކޯޓަށް ޙާޟިރުކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ
ކަމަށް އެރިޕޯޓުގައި ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: އަޙްމަދު ޢަލީގެ މައްޗަށް ކޯޓުގެ ޙުރުމަތް ކެނޑުމުގެ ކުށުގައި
ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، އެޙުކުމް ކުރައްވާފައިވަނީ "ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާއިދު" ގެ
04 ވަނަ މާއްދާގެ (2) ވަނަ ނަންބަރަށާއި (7) ވަނަ ނަންބަރާއި އަޙްމަދު ޢަލީ ޚިލާފްވެފައިވާކަމަށް
ބައްލަވައި، އެޤަވާޢިދުގެ 17 ވަނަ މާއްދާގެ (ހ) އާއި ޙަވާލާ ދީ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ)
ގެ ދަށުންކަން އެނގެން އޮންނާތީ، ޙަވާލާ ދެވުނު ޤަވާޢިދުގެ ޙަވާލާ ދެވުނު މާއްދާތަކަށް ބަލާއިރު، "ކޯޓުގެ
ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާއިދު" ގެ 4 ވަނަ މާއްދާއަކީ، ކޯޓުގެ ޙުރުމަތް ކެނޑޭ ޢަމަލުތައް ބަޔާންކުރާ
މާއްދާކަމާއި، މިގޮތުން އެމާއްދާއިން ޙަވާލާދީފައިވާ (2) ވަނަ ނަންބަރާއި (7) ވަނަ ނަންބަރަށް ބަލާއިރު،
މީގެ ތެރެއިން (2) ވަނަ ނަންބަރުގައި، "ކޯޓުގައި ހިނގަމުންދާ ޝަރީޢަތަކަށް ހުރަސް އެޅުން ނުވަތަ ހުރަސް
އަޅަން މަސައްކަތްކުރުން" މިފަދައިން ބަޔާންކޮށްފައިވާއިރު، (7) ވަނަ ނަންބަރުގައި، "ޝަރީޢަތުގެ
މަޖިލީހުގައި ފަނޑިޔާރަކު ކުރާ އަމުރަށް ނުކިޔަމަންތެރިވުން” މިފަދައިން ބަޔާންކޮށްފައިވާކަން
ފާހަގަކުރެވޭކަމާއި،
އަޙްމަދު ޢަލީ، ކޯޓުގައި ހިނގަމުންދިޔަ ޝަރީޢަތަކަށް ހުރަސް އަޅާފައިވާކަމަށް ނުވަތަ ހުރަސް
އަޅަން މަސައްކަތްކޮށްފައިވާކަމަށް، އަދި ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރު ކުރި އަމުރަކަށް ނުކިޔަމަންތެރި
ވެފައިވާކަމަށް ފެލިދޫ މެޖިސްޓްރޭޓް ކޯޓުން ބައްލަވާފައިވަނީ، އޭނާގެ މައްޗަށް ރައްދުވާގޮތަށް އެ ކޯޓުގައި
ހިނގަމުންދިޔަ މަދަނީ ދަޢުވާއަކަށް ޖަވާބުދާރީވުމަށް ޝަރީޢަތުން އެންގު ޝަރީޢަތުގެ މަޖިލީހުގައި
އަނގަބަހުން އެ ދަޢުވާއަށް ޖަވާބުދާރީވުމުގެ ބަދަލުގައި އެދަޢުވާއަށް ޖަވާބުދާރީވުމުގެ ގޮތުން ލިޔުމުން
ހުށަހެޅުމުގެ ފުރުޞަތު ދެއްވުމަށް އެދުމުން، ޝަރީޢަތުގެ ފަރާތުން ބަޔާނެއް ނަގައި އެބަޔާނުގައި ސޮއިކުރުމަލްޓީގެ
އިން ގެމެނޭ،
ތަޖާ8
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/04
އަޙްމަދު ޢަލީ އަށް އެންގުމުން އެބަޔާނުގައި އަޙްމަދު ޢަލީ ސޮއިކުރުމަށް އިންކާރުކުރުމުންކަން އެނގެން
އޮންނައިރު،
ޝަރީޢަތަށް ޙާޟިރުވެ ދައްކާ ވާހަކައާއި ގުޅިގެން ޝަރީޢަތުގެ ފަރާތުން ނަގާ މަޙްޝަރު
ބަޔާނުގައި އެއިން ފަރާތަކުން ސޮއިކުރުމަށް އިންކާރުކޮށްފިނަމަ ޢަމަލުކުރަންވީގޮތް ޝަރީޢަތްކުރުމާ ބެހޭގޮތުން
ހެދިފައިވާ ގަވާއިދު (6) ގެ 228 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމާއި، އެގޮތުން،
ދަޢުވާކުރާ ފަރާތާއި، ދަޢުވާ ލިބޭ ފަރާތާއި، ހެކީންނާއި އަދި މީގެ އިތުރުން ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތަށް
ހާޒިރުކުރެވޭ މީހަކު، ޝަރީޢަތުގެ މަޖިލީހުގައި ދައްކާ ވާހަކައިގެ މަޙްޝަރުގައި ސޮއިކުރުމަށް
އިންކާރުކޮށްފިނަމަ އެ ބަޔާނަކީ އެމީހަކު ދެއްކި ވާހަކައާ އެއްގޮތަށް ލިޔެފައިވާ ބަޔާނެއްކަމަށް ހެކީންގެގޮތުގައި
ދެ މުވައްޒަފަކު ސޮއިކުރަންވާނެކަމަށާއި، އަދި ދެމުވައްޒަފުން ހަމަނުވާ ކޯޓުތަކުގައި އެހެން މީހަކު
ހޯދަންވާނެކަމަށާއި، އަދި ސޮއިކުރާ ދެހެކީންގެ އިތުރުން ފަނޑިޔާރު ސޮއިކުރަންވާނެކަމަށް ބަޔާންކޮށްފައިވާކަން
ފާހަގަކުރެވޭކަމާއި،
މަޙްޝަރު ބަޔާނުގައި ސޮއިކުރުމަށް އަޙްމަދު ޢަލީ އިންކާރުކުރުމުން ފެލިދޫ މެޖިސްޓްރޭޓް
ކޯޓުން އެކަން މާނަކޮށްފައިވަނީ އެއީ ޝަރީޢަތަށް ހުރަސްއެޅުމާއި ފަނޑިޔާރުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ
މާނާގައިކަމަށްވީނަމަވެސް، އިސްވެދެންނެވިފައިވާ ފަދައިން ޝަރީޢަތަށް ޙާޟިރުވެ ދައްކާ ވާހަކައާއި ގުޅިގެން
ޝަރީޢަތުގެ ފަރާތުން ނަގާ މަޙްޝަރު ބަޔާނުގައި އެބަޔާނެއްދޭ ފަރާތަކުން ސޮއިކުރުމަށް އިންކާރުކޮށްފިނަމަ
ޢަމަލުކުރަންވީގޮތް ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދު (6) ގެ 228 ވަނަ މާއްދާގެ (3) ވަނަ
ނަންބަރުގައި ބަޔާންކޮށްފައިވާއިރު، މިމައްސަލާގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، އަޙްމަދު ޢަލީ
ދިންކަމަށްބުނާ މަޙްޝަރު ބަޔާނުގައި ސޮއިކުރުމަށް އިންކާރުކުރުމަކީ، "ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ
ޤަވާއިދު" ގެ
ވަނަ މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ "ކޯޓުގައި ހިނގަމުންދާ
ޝަރީޢަތަކަށް ހުރަސް އެޅުން ނުވަތަ ހުރަސް އަޅަން މަސައްކަތްކުރުން" ނުވަތަ (7) ވަނަ ނަންބަރުގައި
ދިވެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
20j4/HC-A/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އޭނާގެ
ބަޔާންކޮށްފައިވާފަދަ "ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރަކު ކުރާ އަމުރަށް ނުކިޔަމަންތެރިވުން" ގެ ޢަމަލެއް
ގޮތުގައި ބެލެވެން ނެތްކަމާއި،
މީގެއިތުރުން "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގައި ކޯޓަކަށް
ހުށަހެޅޭ މައްސަލައަކާއި ގުޅިގެން ހާޒިރުކުރަންޖެހޭ އެންމެހައި ފަރާތްތައް ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތާއި،
އެކަމުގައި ދިމާވާ އެކިއެކި ކަންކަމުގައި އަޅާނެ ފިޔަވަޅުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވާއިރު، އެޤަވާޢިދުގެ
އެއްވެސް މާއްދާއެއްގައި، މީހެއްގެ މައްޗަށް ހުށަހެޅޭ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރު
އޭނާއަށް ލިބި ހާޒިރު ނުވުން ފަދަ ކަންތައްތައް ދިމާވެ، ބަންދުގައި ބަހައްޓައިގެން އެމީހަކު ހާޒިރުކޮށް،
އެމައްސަލައެއް ނިމޭފަހުން، އޭނާގެ މައްޗަށް ހުށަހެޅޭ އެހެން މައްސަލައެއްގައި، ކުރީން ބަލާ ނިމިފައިވާ
މައްސަލައަކަށް ނުވަތަ އެކޯޓުގައި އޭރު ހިނގަމުން އަންނަ އެހެން މައްސަލައެއްގައި ކޯޓަށް ހާޒިރުވުމުގައި
އަލުކޮށްފައިވާގޮތަށް ބަލައި، ފަހުން އޭނާގެ މައްޗަށް ހުށަހެޅުނު އެހެން މައްސަލައެއްގެ ތެރެއިން
މައްޗަށް ކޯޓުގެ ޙުރުމަތް ކެނޑީ ކަމުގައި ބަލައި އަދަބު ކަނޑައެޅޭނެ .ނިޒާމެއް ތަޢާރަފްވެފައި ނެތްކަމާއި،
ނަމަވެސް މައްސަލައަކާއި ގުޅިގެން ކޯޓަށް ޙާޟިރުކުރެވޭ މީހަކު ނޭދެވޭ ބަސްތަކުން މުޚާޠަބު
ކުރުމަކީ ކޯޓުގެ ޙުރުމަތް ކެނޑުންކަމަށް މާނަކުރެވޭ ޙާލަތެއް މެދުވެރިވެދާނެކަމާއި،
ދާނެކަމާއި، ނަމަވެސް އެކަން އެގޮތަށް
ނިންމޭނީ އެމީހަކު އެބޭނުންކުރި ނެދެވޭ ބަހަކަށް ބެލުމަށްފަހު، އެބަހެއް ބޭނުންކުރި މަޙައްލާއި ޙާލަތަށާއި
މިންވަރަށްވެސް ބެލުމަށްފަހުގައިކަމާއި، އިސްތިއުނާފް މިކުރެވޭ ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާގައި،
އަޙްމަދު ޢަލީ ނޭދެވޭ ބަހުން މުޚާޠަބް ކޮށްފައިވާކަމަށް ބަޔާންކޮށްފައި ވިޔަސް، އޭނާ ބޭނުންކުރި ނޭދެވޭ ބަހަކީ
ކޮބައިކަމާއި، އޭނާ އެބަސް ބޭނުންކުރީ ކޮން ޙާލަތެއްގައިކަމާއި، އޭނާ އެބަސް ތަކުރާރު ކޮށްފައިވާކަމާއި،
މިއިން އެއްވެސް ކަމެއް އެނގެން ނެތްކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމާއެކު،
ވ.ފެލިދޫ ރަތްމާގެ ޢަބްދުލްޤާދިރު އާދަމް، ވ.ކެޔޮދޫއަލިވާގެ ޢަޙްމަދު ޢަލީގެ މައްޗަށް ކުޑަ ފައިސާ ހޯދުމުގެ
ދަޢުވާއާއި ގުޅިގެން ފެލިދޫ މެޖިސްޓްރޭޓް ކޯޓުން ބެލުމަށް ހަމަޖެހިފައިވާ އެކޯޓުގެ ހިންބަރު
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
20j4/HC-A/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
6
4
2013/J3C/13 ޤަޟިއްޔާއާއި ގުޅިގެން 25 ނޮވެމްބަރ 2013 ވަނަ ދުވަހު އޮތް އަޑުއެހުމުގައި،
މެޖިސްޓްރޭޓް ނެންގެވި ބަޔާނުގައި ސޮއިކުރުމަށް އަޙްމަދު ޢަލީ އިންކާރު ކޮށްފައިވާތީއާއި، 2013 އޮކްޓޯބަރ
މަހާއި ނޮވެމްބަރ މަހުގައި އެ ކޯޓުގައި އަޙްމަދު ޢަލީ އަށް ރައްދުވާގޮތަށް ހިނގަމުންދިޔަ ދެ މައްސަލައަކަށް
ޙާޟިރުވުމަށް އެންގުމުން ކޯޓަށް ޙާޟިރުވުމުގައި އޭނާ ޢަމަލުކޮށްފައިވާގޮތަށް ބައްލަވައި، ފެލިދޫ
މެޖިސްޓްރޭޓް ކޯޓުގެ އިސްނެގުމަކަށް އެކޯޓުން އަޙްމަދު ޢަލީގެ މައްޗަށް ކޯޓުގެ ޙުރުމަތް ކަނޑާލުމުގެ ކުށުގެ
ޤަޟިއްޔާއެއް ހުށަހަޅުއްވައި، އެ ކޯޓުގެ ނަންބަރު: 2013/J3C/19 ޤަޟިއްޔާގައި އަޙްމަދު ޢަލީ ގެ
މައްޗަށް ކޯޓުގެ ޙުރުމަތް ކެނޑުމުގެ ކުށުން ކުށްވެރިވެއްޖެކަ
ކަމަށް ކަނޑައަޅައި، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ
މާއްދާގެ (ހ) ގެ ދަށުން އަޙްމަދު ޢަލީ 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް އަޙްމަދު ޢަލީ ޖަލަށްލުމަށް
ޙުކުމް ކުރައްވާފައިވަނީ، "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" އާއި ޝަރީޢަތްކުރުމާ
ތުން ހެދިފައިވާ ގަވާއިދު (6) ގެ 228 ވަނަ މާއްދާގެ (2) ވަނަ ނަންބަރަށް ރިޢާޔަތްކުރުމަކާ
ނުލައިކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފެނުނު ހިނދު، ފެލިދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު: 2013/J3C/19" ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ކަމަށް
މިޤަޟިއްޔާ ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
2=45
UCO
• ޙުކުމް:
ފެން
ހުރުމާއެކު،
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކު
ފެންކުރެވު.
ސަބަބުތައް އެފަދައިން
ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2013/J3C/19 ޤަޟިއްޔާގައި އަޙްމަދު ޢަލީ ކޯޓުގެ
ހުރުމަތް ކެނޑުމުގެ ކުށުން ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ
ދަށުން އަޙްމަދު ޢަލީ 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް ކުރައްވާފައިވަނީ ސްޓޭޓް އިގެ
މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" އާއި ޝަރީޢަތްކުރު ހެދިފައީމާ
ގިބރ( 0ހގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯޑު"
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/04
228
(6) ގެ ވަނަ މާއްދާގެ (3) ވަނަ ނަންބަރަށް ރިޢާޔަތްކުރުމެއްނެތި، ކޯޓުގެ ޙުރުމަތް
ރައްކާތެރިކުރުމާބެހޭ ގަވާއިދު" ގެ 4 ވަނަ މާއްދާގެ (2) ވަނަ ނަންބަރާއި (7) އާއި އެއްގޮތަށް ކަމަށް
މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނުނު ހިނދު، ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު: 2013/J3C/19 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާ އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv