ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/22 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/22
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 22/HC-A/2015
• އިސްތިއުނާފުކުރި ފަރާތް:
1- ނަން: ޙަސަން ޝާކިރު މުޙައްމަދު
އައި.ޑީ.ކާޑު ނަންބަރު: A025712
ދާއިމީ އެޑްރެސް: ހ.ހުދުފިނިފެންމާގެ/ ކ.މާލެ
މިހާރުގެ އެޑްރެސް: ހ.ހުދުފިނިފެންމާގެ/ ކ.މާލެ
*
އިސްތިއުނާފް ރައްދުވި ފަރާތްތައް:
* ނަން: ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
* ރަޖިސްޓްރީ ނަންބަރު:
*
، ދާއިމީ އެޑްރެސްނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
.ރަޖިސްޓްރީ ކުރެވުނު ތާރީޚް: 30 ރަބީޢުލްއައްވަލު 1436 •ނިމުނު ތާރީޚް: 10 ޖުމާދަލްއޫލާ 1438
ޖެނުވަރީ
07 ފެބުރުވަރީ 2017
21
2015
..4 6/
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv-C/2371
• ނިންމެވި ކޯޓު: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
• ހުށަހެޅުނު ތާރީޚް: 14 އޯގަސްޓް 2014
ތާރީޚް: 30 ނޮވެމްބަރު 2015
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، އިސްފަނޑިޔާރު: ޢަބްދުﷲދީދީ، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 4816471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ބޭންކް
2
ޝިރުޔާ
2015/HC-A/22
މެއި
44
ދަޢުވާގެ ޚުލާޞާ
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2371 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ހ.ހުދުފިނިފެންމާގެ
ކ.މާލެ ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
CCCO
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
4
01- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2371 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ހ.ހުދުފިނިފެންމާގެއެވެ ކިޔާ ގޯތިން ހ.ހުދުފިނިފެންމާގެ (ހ.ރެއާލް
7B) ޙަސަން ޝާކިރު މުޙައްމަދު (ދ.ރ.ކާޑު ނަންބަރު: A025712) އަށް ލިބިފައިވާ ބައިގައި 06
ދޭހައެއް) ބުރީގެ ޢިމާރާތެއް ކުރުމަށް މާލޭ މުނިސިޕަލްޓީން ފާސްކޮށްފައިވާ ކުރެހުމާއި، ޢިމާރާތްކުރުމުގެ
ހުއްދައާއި އެއްގޮތަށް ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ޢިމާރާތްކުރަމުން ދަނިކޮށް، މާލޭ
މުނިސިޕަލްޓީގެ ފަރާތުން ވަގުތީގޮތުން ޢިމާރާތްކުރުމުގެ މަސައްކަތްކުރުން ހުއްޓާލުމަށް އެންގި އެންގުމާއި
ގުޅިގެން ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ކޯޓުގައި ދަޢުވާކޮށް، ސިވިލް ކޯޓުގެ ނަންބަރު
2010/Cv
-
C/472 ޤަޟިއްޔާގެ ޙުކުމުގައި، ހ.ހުދުފިނިފެންމާގެ އެވެ ކިޔާ ގޯތީގައި މަސައްކަތްކުރުން
ހުއްޓާލުމަށް މާލޭ މުނިސިޕަލްޓީގެ ފަރާތުން އަންގާފައިވަނީ ޤާނޫނީ އެއްވެސް ސަބަބެއް މެދުވެރިވެގެން
އެއެންގުން ބާޠިލްކުރުމަށާއި، ހ.ހުދުފިނިފެންމާގެ އެވެ ކިޔާ ގޯތީގައި ޢިމާރާތްކުރުމުގެ
މަސައްކަތް ހުއްޓާލުމަށް މާލޭ މުނިސިޕަލްޓީގެ ފަރާތުން އެންގުމުގެ ސަބަބުން ޙަސަން ޝާކިރު މުޙައްމަދަށް
ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމުގެ ބަދަލުގެ ޒިންމާ މާލޭ މުނިސިޕަލްޓީގެ ފަރާތުން
އުފުލަންޖެހޭނެކަމުގައި ކަނޑައަޅާފައިވާތީ، ޙަސަން ޝާކިރު މުޙައްމަދަށް ލިބިފައިވާ ގެއްލުމުގެ ބަދަލު
ހޯދުމަށް އެދި ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ދަޢުވާކުރުމުން
ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: bal647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/22
އެޤަޟިއްޔާގައި
ޖ29
472/Cv-C/2010
0x0
ސިވިލް
ކޯޓުން ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ،
ހ.ހުދުފިނިފެންމާގެ (ހ.ރެއާލް 7B) ޙަސަން ޝާކިރު މުޙައްމަދު (ދ.ރ.ކާޑު ނަންބަރު
A025712) ގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ކުޅަ ދަޢުވާއަށް ބަލާއިރު،
މިދަޢުވާއަކީ ސިވިލް ކޯޓުގެ
ނަންބަރު
ޤަޟިއްޔާގެ
ޙުކުމުން
ރ.ހުދުފިނިފެންމާގެ އެވެ ކިޔާ ގޯތީގައި ޢިމާރާތްކުރުމުގެ މަސައްކަތްކުރުން ހުއްޓާލުމަށް މާލޭ
މުނިސިޕަލްޓީގެ ފަރާތުން އަންގާފައިވާ އެންގުން ބާޠިލްކޮށް، ހ.ހުދުފިނިފެންމާގެ އެވެ ކިޔާ ގޯތީގައި
ޢިމާރާތްކުރުމުގެ މަސައްކަތް ހުއްޓާލުމަށް މާލޭ މުނިސިޕަލްޓީގެ ފަރާތުން އެންގުމުގެ ސަބަބުން
ޙަސަން ޝާކިރު މުޙައްމަދަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމުގެ ބަދަލުގެ ޒިންމާ މާލޭ
މުނިސިޕަލްޓީގެ ފަރާތުން އުފުލަންޖެހޭނެކަމުގައި ކަނޑައަޅާފައިވާތީ، ޙަސަން ޝާކިރު މުޙައްމަދަށް
ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ކޮށްފައިވާ ދަޢުވާއަކަށްވެފައި، ޢިމާރާތްކުރުމުގެ
މަސައްކަތް ހުއްޓުވުމުގެ ސަބަބުން ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް ބޭނުންވެގެން ހުށަހަޅާފައިވާ
ގެއްލުމުގެ ބަދަލަށް ބަލާއިރު، ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް
ހުށަހެޅުމެއް ޘާބިތުކުރުމަށްޓަކައި ޝަރީޢަތަށް ހެކި ހުށަހަޅާފައި ނެތަތީ، މިޤަޟިއްޔާއިން
ލިބިދިނުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ނަގާދޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި،
ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
02- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2371 ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ހ.ހުދުފިނިފެންމާގެ/ ކ.މާލެ
ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެނުކުތާއާ ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި ނުކުތާއަކީ؛
• ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ހ.ހުދުފިނިފެންމާގެ އެވެ ކިޔާ ގޯތީގައި ކުރަމުން
ދިޔަ ޢިމާރާތުގެ މަސައްކަތް ޤަވާޢިދާ ޚިލާފަށް ހުއްޓާލުމަށް މާލޭ މުނިސިޕަލްޓީގެ ފަރާތުން ޤާނޫނީ ސަބަބެއް
ނެތި އެންގުމުގެ
ސަބަބުން ޙަސަން ޝާކިރު މުޙައްމަދަށް ލިބިފައިވާ ގެއްލުމުގެ ބަދަލުތައް
ސާބިތުކުރުމަށްޓަކައި ޝަރީޢަތަށް ހެކި ހުށަހަޅާފައި ނުވާކަމަށް ސިވިލް ކޯޓުގެ ޝަރީޢަތުން
ކަނޑައަޅާފައިވަނީ، ދަޢުވާއާއެކު ހުށަހެޅިފައިވާ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/472 ޤަޟިއްޔާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 33161
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2015/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ރިޕޯޓުގެ ކޮޕީ ހުށަހަޅާފައިވަނިކޮށް އެރިޕޯޓަށާއި، އެރިޕޯޓުގައި ހިމެނިފައިވާ ލިޔެކިޔުންތަކަށް (ހެކިތަކަށް)
އަދި ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުމަކާ ނުލައި މައްސަލަ ނިންމަވާފައިވުންކަމަށް
ބުނެ ހުށަހެޅި
ނުކުތާއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2371 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި
މ.ހުދުފިނިފެންމާގެ ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި
ވާހަކަތަކަށާއި،
ފ ތ ދތ ކތ
ކަންތައްތައް
/P3ރ09އވެ
CCCC
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2371
ސ.ހުދުފިނިފެންމާގެ ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން މާލޭ ސިޓީކައުންސިލްގެ މައްޗަށް ރައްދުވާގޮތަށް
އުފުލާފައިވާ ދަޢުވާއަކީ، ހ.ހުދުފިނިފެންމާގެއެވެ ކިޔާ ގޯތިން ހ.ހުދުފިނިފެންމާގެ (ހ.ރެއާލް 7B) ޙަސަން
ޝާކިރު މުޙައްމަދު (ދ.ރ.ކާޑު ނަންބަރު: A025712) އަށް ލިބިފައިވާ ބައިގައި 06 (ހައެއް) ބުރީގެ
ޢިމާރާތެއްކުރުމަށް މާލޭ މުނިސިޕަލްޓީން ފާސްކޮށްފައިވާ ކުރެހުމާއި، ޢިމާރާތްކުރުމުގެ ހުއްދައާއި އެއްގޮތަށް
ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ޢިމާރާތްކުރަމުން ދަނިކޮށް، މާލޭ މުނިސިޕަލްޓީގެ ފަރާތުން
ވަގުތީގޮތުން ޢިމާރާތްކުރުމުގެ މަސައްކަތްކުރުން
ކަތްކުރުން ހުއްޓާލުމަށް އެންގިއެންގުމާއި ގުޅިގެން އެ އެންގުން
ބާތިލުކޮށްދިނުމަށް އެދި، އަދި ޢިމާރާތްކުރުމުގެ މަސައްކަތް ހުއްޓުވުމުގެ ސަބަބުން ޙަސަން ޝާކިރު
މުޙައްމަދަށް ލިބެމުންދާ ގެއްލުމުގެ ޒިންމާ މުނިސިޕަލްޓީން އުފުލަންޖެހޭކަމަށް ކަނޑައަޅައިދިނުމަށް އެދި
ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކޮށް އެކޯޓުގެ ނަންބަރު
2010/Cv-C/472 ޤަޟިއްޔާއިން އެމައްސަލަ ބައްލަވައި އެމައްސަލަ ޙުކުމުގައި، ހ.ހުދުފިނިފެންމާގެ
އެވެ ކިޔާ ގޯތީގައި މަސައްކަތްކުރުން ހުއްޓާލުމަށް
އެކަތްކުރުން ހުއްޓާލުމަށް މާލޭ މުނިސިޕަލްޓީގެ ފަރާތުން އަންގާފައިވަނީ ޤާނޫނީ
އެއްވެސް ސަބަބެއް މެދުވެރިވެގެން ނޫންކަމުން، ބާޠިލްކުރުމަށާއި، ހ.ހުދުފިނިފެންމާގެއެވެ ކިޔާ
ގޯތީގައި ޢިމާރާތްކުރުމުގެ މަސައްކަތް ހުއްޓާލުމަށް މާލޭ މުނިސިޕަލްޓީގެ ފަރާތުން އެންގުމުގެ ސަބަބުން
ޙަސަން ޝާކިރު މުޙައްމަދަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމުގެ ބަދަލުގެ ޒިންމާ މާލޭ މުނިސިޕަލްޓީގެ
ފަރާތުން އުފުލަންޖެހޭނެކަމުގައި ކަނޑައަޅައިފާވާތީ، އެޙުކުމުގައި ބަޔާންވެގެންވާ ގޮތުގެ މަ
O OCC
8 0 4 6 8
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3A12"
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/22
ޝާކިރު މުޙައްމަދަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ކޮށްފައިވާ ދަޢުވާއެއްކަން އެނގެން
އޮންނަކަމެވެ.
(ށ) ދެވަނަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/472 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަކީ އެޙުކުމަށް މަތީ މަރުޙަލާގެ އެއްވެސް ކޯޓަކުން މިހާތަނަށް ބަދަލެއް ގެނެސްފައިވާ
ޙުކުމެއްކަން އެނގެން ނެތްކަމުން އެޙުކުމަކީ އެޙުކުމުގެ ބާރު އެގޮތުގައި ދެމިއޮތް ނިހާއީ ޙުކުމެއްކަން
އެނގެން އޮންނައިރު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލުމުން، މާލޭ މުނިސިޕަލްޓީގެ ފަރާތުން
ޢަމަލުކުރިގޮތުގެ ސަބަބުން ޙަސަން ޝާކިރު މުޙައްމަދަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމުގެ ޒިންމާ
މާލޭ ސިޓީ ކައުންސިލުން އުފުލަންޖެހޭނެކަމަށް ބަޔާންވެފައި އޮތުމުން، މާލޭ މުނިސިޕަލްޓީގެ ފަރާތުން
ޢަމަލު ކުރިގޮތުގެ ސަބަބުން ޙަސަން ޝާކިރު މުޙައްމަދަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުންތަކުގެ
ފުރިހަމަ ޒިންމާ މާލޭ ސިޓީ ކައުންސިލުން އުފުލަންޖެހޭނެކަން އެނގޭކަމެވެ.
Cut C
44
01
(ނ) ތިންވަނަކަމަކީ، މާލޭ މުނިސިޕަލްޓީގެ ފަރާތުން ޤާނޫނީ އެއްވެސް ސަބަބެއްނެތި ޙަސަން
ޝާކިރު މުޙައްމަދުގެ ފަރާތުން ކުރަމުންދިޔަ ޢިމާރާތްކުރުމުގެ މަސައްކަތް ހުއްޓާލުމުގެ ސަބަބުން ޙަސަން
ޝާކިރު މުޙައްމަދަށް ލިބިފައިވާ ގެއްލުންތަކަކީ ކޮބައިކަން ބަޔާންކުރަމުން އަދި އެ ގެއްލުމުގެ ބަދަލުގެ
ގޮތުގައި ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ހޯދުމަށް އެދޭ މިންވަރު ބަޔާންކުރަމުން ޙަސަން ޝާކިރު
މުޙައްމަދުގެ ފަރާތުން އިސްތިއުނާފުމިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2371
ޤަޟިއްޔާގައި ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެ ދަޢުވާގައި ޙަސަން ޝާކިރު މުޙައްމަދުގެ
ފަރާތުން އެދިފައިވަނީ މާލޭ މުނިސިޕަލްޓީގެ ފަރާތުން ޤަވާޢިދާއި ޚިލާފަށް މަސައްކަތް ހުއްޓާލަން އެންގުމުގެ
މަސައްކަތުގެ އަގުގެ ގޮތުގައި ގއ.ވިލިނގިލި ފައްސިޔަ މުޙައްމަދު ފައުޒީއަށް
ދޭންޖެހުނުކަމަށްބުނާ -/
119,856ރ. (އެއްލައްކަ ނަވާރަހާސް އައްސަތޭކަ ފަންސާސްރުފިޔާ) އާއި،
ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ ދަށުން ޙަސަން ޝާކިރު މުޙައްމަދު މާލެއިން ތަނެއް ކުއްޔަށް ހިފައިގެން
އުޅެން ޖެހުނު 08 (އަށެއް) މަހުގެ މުއްދަތަށް (01 އޮކްޓޯބަރ 2010 އިން 31 މެއި 2011 ގެ
ނިޔަލަށް) މަހަކު -/
15,000ރ. (ފަނަރަހާސްރުފިޔާ) ގެ މަގުން ޚަރަދުކޮށްފައިވާކަމަށްބުނާ -/
120,000ރ.
(އެއްލައްކަ ވިހިހާސްރުފިޔާ) އާއި، ޢިމާރާތްކުރުމުގެ މަސައްކަތް ފަށައި، ދިރިއުޅެވޭ ވަރުގެ ތަނެއް ހޯދުމަށް
ހޭދަވެފައިވާ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މަހަކު -/
15,000ރ. (ފަނަރަހާސްރުފިޔާ) ގެ
މަގުން ޚަރަދުކޮށްފައިވާކަމަށް ބުނާ -/180,000ރ. (އެއްލައްކަ އައްޑިހަހާސްރުފިޔާ) އާއި، ސިވިލް ކޯޓުގެ
ސަބަބުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮޔާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 316/1
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ربمموری
މުނު ގޮތުގެ ޚުލާޞާ
2015/HC-A/22
ނަންބަރު 2010/Cv-C/472 ޤަޟިއްޔާއާއި ގުޅިގެން ޤާނޫނީ އެހީތެރިކަން ހޯދުމަށް ޚަރަދުކޮށްފައިވާ
ކަމަށްބުނާ -/45,000ރ. (ސާޅީސްފަސްހާސް ރުފިޔާ) އާއި، އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ
ނަންބަރު 2013/Cv-C/2371 ޤަޟިއްޔާއާއި ގުޅިގެން ޚަރަދުކޮށްފައިވާކަމަށްބުނާ -/
45,000ރ.
(ސާސްފަސްހާސްރުފިޔާ) ކަން އެނގެން އޮންނައިރު، މިފައިސާތަކުގެ ތެރެއިން ޤާނޫނީ އެހީތެރިކަން
ހޯދުމުގެ ގޮތުން ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ޚަރަދުކުރިކަމަށްބުނާ -/
90,000ރ.
(ނުވަދިހަހާސްރުފިޔާ) ފިޔަވައި ދެންހުރި ފައިސާ ނަގައިދެވެންނެތްކަމަށް ސިވިލް ކޯޓުން
ކަނޑައަޅުއްވާފައިވަނީ، އެމިންވަރުގެ ގެއްލުމެއް ލިބުނުކަން އެނގޭ މިންވަރަށް ޙަސަން ޝާކިރު މުޙައްމަދު
ހެކި ހުށަހަޅާފައިނެތުމުންކަމަށް ބުނެކަމާއި އަދި ޤާނޫނީވަކީލަށް ޚަރަދުކުރިކަމަށް ބުނާ ފައިސާ
ނިންމާފައިވަނީ ދިވެހިރާއްޖޭގައި ވަކާލާތުކުރާ ވަކީލުންނާބެހޭ ޤަވާއިދުގެ 5.4 ވަނަ
މާއްދާގައިވާ ފަދައިން މަސައްކަތްފެށުމުގެކުރިން ވާންޖެހޭ އެއްބަސްވުމެއްނެތުމާއި، ޤާނޫނީއެހީތެރިކަން
ހޯދުމަށް އެމިންވަރަށް ޚަރަދުކުރިކަން އެނގެން ނެތުމުންކަމަށް މިމައްސަލަ ނިންމަވަމުން ސިވިލް ކޯޓުން
ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
44
444 އ އޗ
مردم کوسرسمی ماسی
8
CC OX
3/43
ހއeކޮށް
(ށ) ހަތަރުވަނަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2371 ޤަޟިއްޔާ ނިންމަވަމުން
ރ.ހުދުފިނިފެންމާގެ އެވެ ކިޔާ ގޯތީގައި ކުރަމުން ދިޔަ ޢިމާރާތުގެ މަސައްކަތް ޤަވާޢިދާ ޚިލާފަށް
ޑިލުމަށް މާލޭ މުނިސިޕަލްޓީގެ ފަރާތުން ޤާނޫނީ ސަބަބެއް ނެތި އެންގުމުގެ ސަބަބުން ޙަސަން ޝާކިރު
މުޙައްމަދަށް ލިބިފައިވާ ގެއްލުމުގެ ބަދަލުތައް ސާބިތުކުރުމަށްޓަކައި ޝަރީޢަތަށް ހެކި ހުށަހަޅާފައި
ނުވާކަމަށް އިސްތިއުނާފުމިކުރެވޭ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ފާހަގަކުރައްވާފައި ވީނަމަވެސް، މާލޭ
މުނިސިޕަލްޓީގެ ފަރާތުން ޢަމަލުކުރިގޮތުގެ ސަބަބުން ޙަސަން ޝާކިރު މުޙައްމަދަށް ލިބުނު ގެއްލުންތަކާއި
އަދި އެ ގެއްލުންތައް ސާބިތުކުރުމަށް ހެކީގެ ގޮތުގައި ޝަފަހީ އަދި ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާ
ކަންކަން ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/472
ޤަޟިއްޔާއާއި ގުޅިގެން އެކޯޓަށް ހުށަހަޅާފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2371
ޤަޟިއްޔާގެ މައްސަލައިގެ ދަޢުވާ ހުށަހަޅަމުން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/472
ޤަޟިއްޔާގައި ހުށަހެޅި ކަންކަމުގެ މައްޗަށާއި ލިޔުންތަކަށް ރިޢާޔަތްކޮށްދިނުމަށް ޙަސަން
މުޙައްމަދުގެ ފަރާތުން އެދިފައިވާކަން އެނގެން އޮތުމުން، އެރިޕޯޓާއި އެރިޕޯޓުގައިވާ އެންމެހައި
ލިޔެކިޔުންތަކަކީވެސް ހެކީގެ ގޮތުގައި ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ފަހުން ހުށަހެޅި މައްސަލައިގެ
ތެރޭގައިވެސް ބެލެވިގެންދާންޖެހޭނެ ހެކިތަކެއްކަމާއި، މިހެންކަމުން ޙަސަން ޝާކިރު މުޙައްމަދަށް ލިބިފައިވާ
3.
ޝާކިރު
UtCOOC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް .14
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/22
ބަދަލުތައް ސާބިތުކުރުމަށްޓަކައި ޙަސަން ޝާކިރު މުޙައްމަދަށް ޤަބޫލުކުރެވޭ ހެކިތައް ޝަރީޢަތަށް
ހުށަހަޅާފައިނެތްކަމުގައި
cca cccc
ކ
ނުބެލެވޭނެކަމެވެ.
3
އޭގެ ތެރެ
ޗި 30، 33
ޝަރާތްކުރެވެން
(ބ) ފަސްވަނަކަމަކީ، މާލޭ މުނިސިޕަލްޓީގެ ފަރާތުން ޤަވާޢިދާއި ޚިލާފަށް މަސައްކަތް ހުއްޓާލަން
އެންގުމުގެ ސަބަބުން މަސައްކަތުގެ އަގުގެ ގޮތުގައި ގއ.ވިލިނގިލި/ ފައްސިޔަ މުޙައްމަދު ފައުޒީއަށް
-/
119,856ރ. (އެއްލައްކަ ނަވާރަހާސް އައްސަތޭކަ ފަންސާސްރުފިޔާ) ދޭންޖެހުނުކަމަށްބުނެ މިކަން
ސާބިތުކުރުމުގެ ގޮތުން ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން މައްސަލައިގައި ހުށަހަޅާފައިވަނީ ތިން
ލިޔުމެއްކަމާއި،
ތެރެއިން ފުރަތަމަ ލިޔުމަކީ ޕާލް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އޮންނަ
ނަންބަރު 1311/9 ގެ -/59,576ރ (ފަންސާސް ނުވަހާސް ފަސްސަތޭކަ ހަތްދިހަ ހައެއް ރުފިޔާ) ގެ
ފައިސާ ބަލައިގެންފައިދޭ ރަސީދުކަމާއި، މިލިޔުމުގައިވާ ތާރީޚަށް ބަލާއިރު މިއީ 16 ޖޫން 2009
މިތާރީޚުގައި އޮންނަ ލިޔުމެއްކަމުގައިވާއިރު، މާލޭ މުނިސިޕަލްޓީން ރ. ހުދުފިނިފެންމާގޭ ގޯތީގައި
ކުރަމުންދިޔަ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާފައިވަނީ، 18 ޖޫން 2009 ވަނަ
ދުވަހުގައިކަން އެނގެން އޮންނައިރު، ރެވުނު ލިޔުމުގައިވާ ތަކެއްޗަކީ މުޙައްމަދު ފައުޒީއަށް
ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ދީފައިވާ ތަކެތިކަން އަދި މާލޭ މުނިސިޕަލްޓީގެ ފަރާތުން ޢަމަލުކުރި
ގޮތެއްގެ ސަބަބުން އެތަކެއްޗަށް ގެއްލުންވެފައިވާކަން ހަމައެކަނި މިލިޔުމަށް ބަލައިގެން އެނގެން ނެތުމުން،
މި ރަސީދުގެ މައްޗަށް އެކަނި ބަލައި އެރަސީދުގައިވާ ފައިސާއަކީ ޙަސަން ޝާކިރު މުޙައްމަދަށް ލިބުނު
ގެއްލުމުގެ ބަދަލުގައި މާލޭ މުނިސިޕަލްޓީން ދައްކަންޖެހޭނެ ފައިސާއެއްކަމުގައި ބެލެވެންނެތްކަމާއި،
ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ދެވަނަ ލިޔުމަކީ، ސްޓަރ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އޮންނަ ނަންބަރު 105/2009 (10 ޖޫން 2009) ގެ ފައިސާގެ
ބިލެއްކަމާއި، މިބިލަށް ބެލުމުން މިބިލުގައި ފާހަގަކޮށްފައިވަނީ ޢިމާރާތުގެ ފަހަތުބައި ތަޅާ، މަރާމާތު
ކުރުމާއި، އިމާރާތުގެ ފަހަތުބައިގެ ކޮންކްރީޓް ބައި 51 ފޫޓް ތެޅުން މިފަދައިން ކަން އެނގެން އޮންނައިރު،
އެ ބިލުގައިވާ ތާރީޚަށް ބެލުމުން އެބިމުގައިވާ އެ މަސައްކަތް ކޮށްފައިވަނީ، މާލޭ މުނިސިޕަލްޓީން
މަސައްކަތް ހުއްޓާލުމަށް 18 ޖޫން 2009 ގައި އެންގި އެންގުމުގެ ކުރިންކަން އެނގެން އޮންނައިރު،
މިބިލުގައި ބިލު ލިބެންވީ ފަރާތެއް ބަޔާންވެގެން ނުވާއިރު، މިއީ ޙަސަން ޝާކިރު މުޙައްމަދާއި މުޙައްމަދު
ފައުޒީ އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފޮނުވިފައިވާ ބިލެއްކަންވެސް އެނގެން ނެތުމުގެ އިތުރަށް
މިބިލުގައިވާ ފައިސާއަކީ ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން މުޙައްމަދު ފައުޒީއަށް
COCX
OCOCCC
3.
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3641
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
تم تمپي پي
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/22
ފައިސާއެއްކަންވެސް އެނގެން ނެތުމުން، އެބިލުގެ މައްޗަށް އެކަނި ބަލައި އެބިލުގައިވާ ފައިސާއަކީ ޙަސަން
ޝާކިރު މުޙައްމަދަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި މާލޭ މުނިސިޕަލްޓީން ދައްކަންޖެހޭނެ
ފައިސާއެއްކަމުގައި ބެލެވެންނެތްކަމާއި،
ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ތިންވަނަ ލިޔުމަކީ، ސްޓަރ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އޮންނަ ނަންބަރު 106/2009 (16 ޖޫން 2009) ގެ ފައިސާގެ
ބިލެއްކަމާއި، މިބިލަށް ބެލުމުން މިބިލުގައިވެސް މަސައްކަތްތަކެއް ފާހަގަކޮށްފައިވާއިރު، މިބިލުގައިވާ
ތާރީޚަށް ބެލުމުން މިބިލަކީވެސް މާލޭ މުނިސިޕަލްޓީން މަސައްކަތް ހުއްޓާލުމަށް 18 ޖޫން 2009 ގައި
އެންގި އެންގުމުގެ ކުރިން ތައްޔާރުކޮށްފައިވާ ބިލެއްކަން އެނގެން އޮތުމުންނާއި، މިބިލުގައި ހިމެނޭ
ފައިސާއަކީ ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން މުޙައްމަދު ފައުޒީއަށް ދައްކާފައިވާ ފައިސާއެއްކަން
ނެތުމުން، އެބިލުގެ މައްޗަށް އެކަނި ބަލައި އެބިމުގައިވާ ފައިސާއަކީވެސް ޙަސަން ޝާކިރު
މުޙައްމަދަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި މާލޭ މުނިސިޕަލްޓީން ދައްކަންޖެހޭނެ ފައިސާއެއްކަމުގައި
3ނ
ޏ ސ ޑ ޓ ޏ ސ ހ ޑޑ
ވާނނކމ.
(ލ) ހަވަނަކަމަކީ، މާލޭ މުނިސިޕަލްޓީގެ ފަރާތުން ޤަވާޢިދާއި ޚިލާފަށް މަސައްކަތް ހުއްޓާލަން
.ގެ ސަބަބުން ޙަސަން ޝާކިރު މުޙައްމަދާއި މުޙައްމަދު ފައުޒީއާއި ދެމެދު ވެވުނު ޢިމާރާތް
ރާތްކުރުމުގެ
އެއްބަސްވުމުގެ ދަށުން ޙަސަން ޝާކިރު މުޙައްމަދު މާލެއިން ތަނެއް ކުއްޔަށް ހިފައިގެން އުޅެން ޖެހުނު
08 (އަށެއް) މަހުގެ މުއްދަތަށް (01 އޮކްޓޯބަރ 2010 އިން 31 މެއި 2011 ގެ ނިޔަލަށް) މަހަކު
-/15,000ރ. (ފަނަރަހާސްރުފިޔާ) ގެ މަގުން ޙަސަން ޝާކިރު މުޙައްމަދު ޚަރަދުކޮށްފައިވާކަމަށްބުނާ
-/120,000ރ. (އެއްލައްކަ ވިހިހާސްރުފިޔާ) އާއި، ޢިމާރާތްކުރުމުގެ މަސައްކަތް ފަށައި، ދިރިއުޅެވޭ
ވަރުގެ ތަނެއް ހޯދުމަށް ހޭދަވެފައިވާ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މަހަކު -/
15,000ރ.
(ފަނަރަހާސްރުފިޔާ) މަގުން ޚަރަދުކޮށްފައިވާކަމަށް ބުނާ -/
180,000ރ. (އެއްލައްކަ
އައްޑިހަހާސްރުފިޔާ) އަކީ މާލޭ މުނިސިޕަލްޓީން ޒިންމާވާންޖެހޭ ފައިސާއެއްކަމުގައިބުނެ މިކަން
ސާބިތުކޮށްދިނުމުގެ ގޮތުން ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް
ބަލާއިރު، ހ.ހުދުފިނިފެންމާގެއެވެ ކިޔާ ބަންޑާރަގޯތި ޢިމާރާތްކުރުމަށް ޙަސަން ޝާކިރު މުޙައްމަދާއި
ގއ.ވިލިނގިލި/ ފައްސިޔަ މުޙައްމަދު ފައުޒީއާއި ދެމެދު 31 މެއި 2009 މިތާރީޚުގައި ވެފައިވާ
އެއްބަސްވުމަކާއި، 01 ޖޫން 2009 ދުވަހުން ފެށިގެން ކ.ކާސިންޖީ މަގުގައި ހުންނަ ފޫޅުމާ (ތިންވަނަ
ފަންގިފިލާ) ޙަސަން ޝާކިރު މުޙައްމަދު 15,000ރ. (ފަނަރަހާސްރުފިޔާ) ގެ ރޭޓުން
4/
CCC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:syk471%
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
نمي بي
މުނު ގޮތުގެ ޚުލާޞާ
2015/HC-A/22
2 34
COC
ހއދވ23
03 ހ3ދ
މއމގ
ހިފުމަށްޓަކައި ވެވިފައިވާ އެއްބަސްވުމެއް ހުށަހަޅާފައިވާކަން އެނގެން އޮންނައިރު، ހުށަހެޅިފައިވާ
މިލިޔުންތަކަށް ބެލުމުން ޙަސަން ޝާކިރު މުޙައްމަދު އޭރު ދިރިއުޅެމުންދިޔަ ގޭގައި ޢިމާރާތެއްކުރުމަށްޓަކައި
އެގެއިން ނިކުމެ އެހެން ޢިމާރާތަކުން ތަނެއް ކުއްޔަށް ހިފައިގެން އުޅުނުކަން އެނގޭކަމާއި، ޙަސަން
ޝާކިރު މުޙައްމަދާއި، މުޙައްމަދު ފައުޒީއާއި ދެމެދު ވެވުނު ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ ދަށުން
މުޙައްމަދު ފައުޒީގެ ފަރާތުން ޢިމާރާތުގެ 04 ވަނަ ބުރި ނިންމާ 15 (ފަނަރަ) މަސްދުވަހުގެ ތެރޭގައި
ޙަސަން ޝާކިރު މުޙައްމަދާއި ޙަވާލުކުރަންޖެހޭނެކަމަށް
ކަމަށް ބަޔާންވެގެން އޮންނައިރު، މާލޭ މުނިސިޕަލްޓީން
ވަގުތީގޮތުން މަސައްކަތް ހުއްޓާލަން އެންގުމުގެ ސަބަބުން މުޙައްމަދު ފައުޒީގެ ފަރާތުން އެއްބަސްވި
މަސައްކަތް ކުރިއަށް ގެންދެވިފައިނުވާކަން އެނގޭކަމާއި އަދި އެކަމުގެ ސަބަބުން އެ ޢިމާރާތް
ނިމުނުނަމަ ޙަސަން ޝާކިރު މުޙައްމަދަށް ލިބެން އޮތް މަންފާ ނުލިބި ދިއުމުގެ އިތުރަށް
ޢިމާރާތެއްގައި ކުއްޔަށް އިތުރު ދުވަސްތަކަކަށް ހުންނަންޖެހުމަކީ މާލޭ މުނިސިޕަލްޓީގެ ފަރާތުން
ނުޤަވާޢިދުން މަސައްކަތް ހުއްޓުވުމުގެ ސަބަބުން ޙަސަން ޝާކިރު މުޙައްމަދު ލިބިދިޔަ ސީދާ
ގެއްލުމެއްކަމުގައި ބަލަންޖެހޭކަމާއި، މިހެންކަމުން ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ ދަށުން ޙަސަން ޝާކިރު
މުޙައްމަދު މާލެއިން ތަނެއް ހިފައިގެން އުޅެން ޖެހުނު 08 (އަށެއް) މަހުގެ މުއްދަތަށް (01
އޮކްޓޯބަރ 2010 އިން 31 މެއި 2011 ގެ ނިޔަލަށް) މަހަކު -/15,000ރ. (ފަނަރަހާސްރުފިޔާ) ގެ
މަގުން ޙަސަން ޝާކިރު މުޙައްމަދު ޚަރަދުކޮށްފައިވާ -/120,000ރ. (އެއްލައްކަ ވިހިހާސްރުފިޔާ) އާއި،
މާރާތްކުރުމުގެ މަސައްކަތް ފަށައި، ދިރިއުޅެވޭ ވަރުގެ ތަނެއް ހޯދުމަށް ހޭދަވެފައިވާ 01 (އެކެއް) އަހަރު
ދުވަހުގެ މުއްދަތަށް މަހަކު -/15,000ރ. (ފަނަރަހާސްރުފިޔާ) ގެ މަގުން ޚަރަދުކޮށްފައިވާ -/
180,000ރ.
(އެއްލައްކަ އައްޑިހަހާސްރުފިޔާ) އަކީ މާލޭ މުނިސިޕަލްޓީން ގެއްލުމުގެ ބަދަލުގެ ގޮތުގައި ޒިންމާވާންޖެހޭނެ
ފައިސާއެއްކަން އެނގެން އޮންނަކަމެވެ.
އދ
ކުއްޔަށް
cuCOMO
އެނާ ގެގެ
(ކ) ހަތްވަނަކަމަކީ، މާލޭ މުނިސިޕަލްޓީގެ ފަރާތުން ޤަވާޢިދާއި ޚިލާފަށް މަސައްކަތް ހުއްޓާލަން
ސަބަބުން އެމައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޤާނޫނީ އެހީތެރިކަން ހޯދުމުގެ ގޮތުން
ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ޚަރަދުކުރިކަމަށްބުނާ -/90,000 ރ. (ނުވަދިހަހާސްރުފިޔާ) އަކީ
މާލޭ މުނިސިޕަލްޓީން ދިންމާވާންޖެހޭ ފައިސާއެއްކަމުގައި ބުނެ މިކަން ސާބިތުކޮށްދިނުމުގެ ގޮތުން ޙަސަން
ޝާކިރު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވަނީ މޯލްޑިވިއަން ލޯ ފާމް މިނަމުގައި އޮންނަ ނަންބަރު 79
އިންވޮއިސްކަމާއި، މިއިންވޮއިސް އަށް ބެލުމުން މިއިންވޮއިސްގައިވާ ފައިސާއަކީ ޙަސަން ޝާކިރު
މުޙައްމަދުގެ ފަރާތުން އެ އިންވޮއިސްއަށް ފައިސާ ދައްކާފައިވާ އިންވޮއިސްއެއްކަން އެނގެން ނެތުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 331471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/22
އިތުރަށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަކީލުގެ ފީ މައްސަލައިގައި ހިމެނޭ އަނެއް ޚަސްމުގެ އަތުން
ނަގައިދިނުމާއި ގުޅޭގޮތުން މިހާތަނަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބެލުމުން،
ވަކީލުގެ ފީ މައްސަލައިގައި ހިމެނޭ އަނެއް ޚަސްމުގެ އަތުން ނަގައިދެވޭނީ، ދެ ޚަޞްމުންގެ ދެމެދުގައި
އެކަމާއިގުޅޭގޮތުން އެއްބަސްވުމެއް އޮތްނަމަ އަދި ދިވެހިރާއްޖޭގައި ވަކާލާތުކުރާ ވަކީލުންނާއިބެހޭ ޤަވާޢިދުގެ
5.4 ވަނަ މާއްދާގައިވާ ފަދައިން މަސައްކަތް ފެށުމުގެ ކުރިން ވާންޖެހޭ އެއްބަސްވުމެއްވެފައި ވާނަމަކަން
އެނގެން އޮތުމުން، މިމައްސަލައާއި ގުޅިގެން ޤާނޫނީ އެހީތެރިކަން ހޯދުމަށް ޙަސަން ޝާކިރު މުޙައްމަދު
ޚަރަދު ކުރިކަމަށްބުނާ -/90,000 ރ. (ނުވަދިހަހާސްރުފިޔާ) އަކީ ޙަސަން ޝާކިރު މުޙައްމަދަށް ލިބުނު
ގެއްލުމުގެ ބަދަލުގެ ގޮތުގައި މާލޭ މުނިސިޕަލްޓީން ދައްކަންޖެހޭނެ ފައިސާއެއްކަމުގައި
¢ ¢ ¢ ¢ 4ދ ¢ ¢
ބެލެވެންނެތްކަމެވެ.
wވ
ރުކޮށް
4 ޖ
ބޭނުންވެގެން
284
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2371 ޤަޟިއްޔާގައި ޙަސަން ޝާކިރު
މުޙައްމަދުގެ ފަރާތުން ހުށަހެޅި މައްސަލައިގައި ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ޝަރީޢަތް
ހޯދުމަށް
ހުށަހަޅާފައިވާ ގެއްލުމުގެ ބަދަލަށް ބަލާއިރު، ޙަސަން ޝާކިރު
.ޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ހުށަހެޅުމެއް ޘާބިތުކުރުމަށްޓަކައި ޝަރީޢަތަށް ހެކި
ހަޅާފައި ނެތްކަމަށް ބަލައި އެމައްސަލައިގައި ލިބިދިނުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ނަގާދޭނެ ތަނެއް
.ގައި ކަނޑައަޅައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެނެސް، ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން
ބުނާކަންކަން ސާބިތުކުރުމަށް ޝަރީޢަތަށް ހުށަހަޅާފައިވާ ހެކިތައް ވަޒަންކޮށް ބެލިބެލުމުން، މާލޭ
މުނިސިޕަލްޓީގެ ފަރާތުން ޤަވާޢިދާއި ޚިލާފަށް މަސައްކަތް ހުއްޓާލަން އެންގުމުގެ ސަބަބުން ޙަސަން ޝާކިރު
މުޙައްމަދާއި މުޙައްމަދު ފައުޒީއާއި ދެމެދު ވެވުނު ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ ދަށުން ޙަސަން ޝާކިރު
މުޙައްމަދު މާލެއިން ތަނެއް ކުއްޔަށް ހިފައިގެން އުޅެން ޖެހުނު 08 (އަށެއް) މަހުގެ މުއްދަތަށް މަހަކު
-/15,000ރ. (ފަނަރަހާސްރުފިޔާ) ގެ މަގުން ޙަސަން ޝާކިރު މުޙައްމަދު ޚަރަދުކޮށްފައިވާ -/120,000
(އެއްލައްކަ ވިހިހާސްރުފިޔާ) އާއި، ޢިމާރާތްކުރުމުގެ މަސައްކަތް ފަށައި، ދިރިއުޅެވޭ ވަރުގެ ތަނެއް
ހޯދުމަށް ހޭދަވެފައިވާ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މަހަކު -/
15,000ރ. (ފަނަރަހާސްރުފިޔާ)
ގެ މަގުން ޚަރަދުކޮށްފައިވާ -/
180,000ރ. (އެއްލައްކަ އައްޑިހަހާސްރުފިޔާ) އަކީ މާލޭ މުނިސިޕަލްޓީގެ
ފަރާތުން ކުޅަޢަމަލުގެ އެން ޝާކިރު މުޙައްމަދަށް ލިބުނު ގެއްލުމުގެ ބަދަލުގެ މިންވަރުކަން
ޝަރީޢަތަށް ސާބިތުވާކަމާއި، މިފައިސާ ފިޔަވައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާގެ
ތެރެއިން ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ޤާނޫނީ އެހީތެރިކަން ހޯދުމުގެ ގޮތުން ޚަރަދުކުރިކަމަށްބުނާ
**
.ން
ރާއްޖޭގެ
ގައި
31 47
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
މުނު ގޮތުގެ ޚުލާޞާ
2015/HC-A/22
-/90,000 ރ. (ނުވަދިހަހާސްރުފިޔާ) އާއި މަސައްކަތުގެ އަގުގެ ގޮތުގައި ގއ.ވިލިނގިލި/ ފައްސިޔަ
މުޙައްމަދު ފައުޒީއަށް ޙަސަން ޝާކިރު މުޙައްމަދު ދޭންޖެހުނުކަމަށް ބުނާ -/
119,856ރ. (އެއްލައްކަ
ނަވާރަހާސް އައްސަތޭކަ ފަންސާސްރުފިޔާ) އަކީ މާލޭ މުނިސިޕަލްޓީން ޒިންމާވާންޖެހޭ ފައިސާކަން
ޝަރީޢަތަށް ސާބިތުވާ މިންވަރުގެ ހެކިތަކެއް ހުށަހެޅިފައިނެތްކަމުގައެވެ.
OCCO > ut
4
م سریسمون
.<
• ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން ސިވިލް ކޯޓުގެ
ނަންބަރު
2013/Cv-C/2371 ޤަޟިއްޔާގައި ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ހުށަހެޅި
މައްސަލައިގައި، ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް
ހުށަހަޅާފައިވާ ގެއްލުމުގެ ބަދަލަށް ބަލާއިރު، ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ
އެއްވެސް ހުށަހެޅުމެއް ޘާބިތުކުރުމަށްޓަކައި ޝަރީޢަތަށް ހެކި ހުށަހަޅާފައި ނުވާކަމަށް ބައްލަވައި
އެމައްސަލައިގައި ލިބިދިނުމަށް އެދިފައިވާ ގެއްލުމުގެ އެއްވެސް ބަދަލެއް ނަގާދޭނެ ތަނެއް ނެތްކަމުގައި
ކަނޑައަޅައި ކޮށްފައިވާ ޙުކުމު ބާތިލުކޮށް، އެޤަޟިއްޔާގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަ
އެދިފައިވާ ފައިސާގެ ތެރެއިން ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ޤާނޫނީ އެހީތެރިކަން ހޯދުމުގެ ގޮތުން
ޚަރަދުކުރިކަމަށްބުނާ -/90,000 (ނުވަދިހަހާސްރުފިޔާ) އާއި މަސައްކަތުގެ އަގުގެ ގޮތުގައި
ގއ.ވިލިނގިލި! ފައްސިޔަ މުޙައްމަދު ފައުޒީއަށް ޙަސަން ޝާކިރު މުޙައްމަދު ދޭންޖެހުނުކަމަށް ބުނާ
-/
119,856ރ. (އެއްލައްކަ ނަވާރަހާސް އައްސަތޭކަ ފަންސާސްރުފިޔާ) އަކީ މާލޭ ސިޓީކައުންސިލުން
ޙަސަން ޝާކިރު މުޙައްމަދަށް ދައްކަންޖެހޭ ފައިސާކަން ޝަރީޢަތަށް ސާބިތުވާ މިންވަރުގެ ހެކިތަކެއް
ހުށަހެޅިފައިނުވާކަމަށްޓަކައި އެމިންވަރަށް ފައިސާ ނަގައިދެވޭނެތަނެއް ނެތްކަމަށްކަނޑައަޅައި، މާލޭ
މުނިސިޕަލްޓީގެ ފަރާތުން ޤަވާޢިދާއި ޚިލާފަށް މަސައްކަތް ހުއްޓާލަން އެންގުމުގެ ސަބަބުން ޙަސަން ޝާކިރު
މުޙައްމަދާއި މުޙައްމަދު ފައުޒީއާއި ދެމެދު ވެވުނު ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ ދަށުން ޙަސަން ޝާކިރު
މުޙައްމަދު މާލެއިން ތަނެއް
ތަނެއް ކުއްޔަށް ހިފައިގެން އުޅެން ޖެހުނު 08 (އަށެއް) މަހުގެ މުއްދަތަށް މަހަކު
-/15,000ރ. (ފަނަރަހާސްރުފިޔާ) ގެ މަގުން ޙަސަން ޝާކިރު މުޙައްމަދު ޚަރަދުކޮށްފައިވާ -/120,000
(އެއްލައްކަ ވިހިހާސްރުފިޔާ) އާއި، ޢިމާރާތްކުރުމުގެ މަސައްކަތް ފަށައި، ދިރިއުޅެވޭ ވަރުގެ ތަނެއް
ހޯދުމަށް ހޭދަވެފައިވާ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މަހަކު -/15,000ރ. (ފަނަރަހާސްރުފިޔާ)
ގެ މަގުން ޚަރަދުކޮށްފައިވާ -/
180,000ރ. (އެއްލައްކަ އައްޑިހަހާސްރުފިޔާ) އަކީ މާލޭ މުނިސިޕަލްޓީ
443
.«
ކޯއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: a36471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
12
2015/HC-A/22
300,000/-
ރ.
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފަރާތުން ކުޅަޢަމަލުގެ ސަބަބުން ޙަސަން ޝާކިރު މުޙައްމަދަށް ލިބުނު ގެއްލުމުގެ ބަދަލުގެ މިންވަރުކަން
ޝަރީޢަތަށް ސާބިތުވާކަމަށްޓަކައި، އެކުޖުމްލަ
(ތިންލައްކަ ރުފިޔާ) އަކީ
މ.ހުދުފިނިފެންމާގެއެވެ ކިޔާގޯތީގައި ޢިމާރާތެއްކުރުމަށް މާލޭ މުނިސިޕަލްޓީން ފާސްކޮށްފައިވާ ކުރެހުމާއި،
އިމާރާތްކުރުމުގެ ހުއްދައާއި އެއްގޮތަށް ޙަސަން ޝާކިރު މުޙައްމަދުގެ ފަރާތުން ޢިމާރާތްކުރަމުން ދަނިކޮށް،
މާލޭ މުނިސިޕަލްޓީގެ ފަރާތުން ޤަވާޢިދާއި ޚިލާފަށް މަސައްކަތް ހުއްޓާލަން އެންގުމުގެ ސަބަބުން ލިބުނު
ގެއްލުމުގެ ބަދަލުގެ ގޮތުގައި ޙަސަން ޝާކިރު މުޙައްމަދަށް ލިބެންޖެހޭ ފައިސާކަމުގައި ކަނޑައަޅައި
މިފައިސާ ލިބިދިނުމުގެ ގޮތުން މިއަދު 07 ފެބުރުވަރީ 2017 ފެށިގެން 01 (އެކެއް) މަސްދުވަހުގެ
(ތިންލައްކަ ރުފިޔާ) ސިވިލް ކޯޓަށް ދައްކާ ޚަލާސްކުރުމަށް މާލޭ
ސިޓީކައުންސިލްގެ މައްޗަށް އަންގައި މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފިމެވެ.
uco
one etc
ތ
ރ13
300,000/-
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv