ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/293 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2008HC-A/293
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 293/HC
-
A/2008
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ރީތިރަށް ރިސޯޓު ޕިވޓ ލޓޑ
* އައިޑީ ކާޑު ނަންބަރު:
ދާއިމީ އެޑްރެސް: ފަސްމީރު ބިލްޑިންގ
މިހާރުގެ އެޑްރެސް
އެޑްރެސް: ފަސްމީރު ބިލްޑިންގ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕވޓ ލޓޑ
ދާއިމީ އެޑްރެސް: 06-04 އެސްޓީއޯ ޓްރޭޑް ސެންޓަރ މިހާރުގެ އެޑްރެސް: 06-04 އެސްޓީއޯ ޓްރޭޑް ސެންޓަރ
އައިޑީ ކާޑުނަންބަރު:
ރަޖިސްޓްރީ ތާރީޚް: 26 ޝައްވާލު 1429
26 އޮކްޓޯބަރ 2008
* ނިމުނު ތާރީޚް: 05 މުޙައްރަމް 1433
30 ނޮވެމްބަރ 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: މަދަނީ ކޯޓުގެ ނަންބަރު: MC2006/1302
ނިންމެވި ފަރާތް: މަދަނީ ކޯޓް
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 10.08.2006
ނިމުނު ތާރީޚް: 29.07.2008
0
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
2
2{{8/HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
0
ދަޢުވާގެ ޚުލާޞާ:
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2006/MC/1302 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެނިންމެވުން އިސްތިއުނާފުކޮށް ދިނުމަށްއެދި ރީތިރަށް ރިސޯޓް
ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 276
/
2002-C)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ
އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ.
coc
ފާހަގަކުރެވުނު ނުކުތާތައް:
coc
01- އިސްތިއުނާފު މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2006/MC/1302 ޤަޟިއްޔާގައި ހިމެނޭ
މައްސަލައަކީ، ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންޝުއަރެންސް ޕޮލިސީ ނަންބަރު 14034080
ގެ ދަށުން ރީތިރަށް ރިސޯޓް، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި
އިންޝުއަރ ކޮށްފައިވަނިކޮށް، 26 ޑިސެމްބަރ 2004 ގެ ސުނާމީގެ ސަބަބުން ރީތިރަށް ރިސޯޓަށް ބޮޑެތި
ގެއްލުންތައްވެފައިވާތީ، އިންޝުއަރެންސް ޕޮލިސީގެ ދަށުން ރީތިރަށް ރިސޯޓަށް ލިބެންޖެހޭ ފައިސާ އެއްބަސްވުމާއި
ޚިލާފަށް ނުދީގެން، މި ފައިސާ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
އެއްފަހަރާ ހޯދުމަށްއެދި ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާކުރުމުން
މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އިންޝުއަރެންސް ޕޮލިސީ ނަންބަރު 14034080 ގެ ދަށުން ރީތިރަށް ރިސޯޓު، އެލައިޑް އިންޝުއަރެންސް
ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި އިންޝުއަރ ކޮށްފައިވަނިކޮށް 26 ޑިސެމްބަރ 2004 ގެ
ސުނާމީގެ ސަބަބުން ރިސޯޓަށް ބޮޑެތި ގެއްލުންތައްވެފައިވާތީ، އިންޝުއަރެންސް ޕޮލިސީގެ ދަށުން ރީތިރަށަށް
ލިބެންޖެހޭ ފައިސާ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް
ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ މި ޤަޟިއްޔާ ބެލިއިރު ރީތިރަށް ރިސޯޓު ޕްރައިވެޓް
ލިމިޓެޑުން އިންޝުއަރެންސް ނަގާފައިވާ ރިސްކުތަކުގެ ތެރޭގައި ސުނާމީ ހިމަނާފައިނުވާކަން ހުށަހެޅިފައިވާ
ލިއުންތަކުން ޝަރީޢަތަށް ޘާބިތުވާކަމަށްޓަކައި ސުނާމީގެ ސަބަބުން ލިބުނު ގެއްލުމަކާއި ގުޅިގެން އިންޑެމިނިޓީއެއް
ނުވަތަ ބަދަލެއް ދިނުމަށް އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް
cox
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
2{{8/HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ލާޒިމްކުރާނެ ޤާނޫނީ ހަމައެއްނެތްކަމަށް..." ކަނޑައަޅުއްވާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުން އެނގެންއޮވެއެވެ.
02- މަދަނީ ކޯޓުގެ ނަންބަރު 2006/MC/1302 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި އެއްގޮތް ނުވާކަމަށްކަމަށްބުނެ އެ ނިންމެވުން އިސްތިއުނާފުކުރަމުން، ރީތިރަށް
ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެ ނުކުތާތަކާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
coc
ބެހޭގޮތުން
oco
• ފުރަތަމަ ނުކުތާއަކީ، ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވަނީ
ކޮންޓްރެކްޓާރސް އޯލްރިސްޓް ޕޮލިސީއެއް ކަމަށްވެފައި، މިޕޮލިސީއަކީ ހުރިހައި ނުރައްކަލެއް ހިމަނާފައިވާ
ޕޮލިސީއެއް ކަމުގައިވުމުން ނަގާފައިވާ ރިސްކުތަކުގެ ތެރޭގައި ސުނާމީ ހިމެނިފައިވާތީ އިތުރު އިސްތިސްނާއަކުން
ސުނާމީ އިސްތިސްނާކުރަން ނުޖެހުމާއެކުވެސް ކުއެސްޝަނަރ
ޕްރޮޕޯސަލްއަށް ކޯޓުން
ބައްލަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ޑ / 434
6
8 0¢
6 24
• ދެވަނަ ނުކުތާއަކީ، ކުއެސް ޝަނަރއަކީ ޕޮލިސީގައި ހިމަނާފައިވާ ޑޮކިއުމެންޓަކަށް ނުވެފައި،
އިންޝުއަރެންސް ޕޮލިސީއަކީ ހުރިހާ ކުންފުނިތަކަށްވެސް މިއުނިކް ރީއިން ޝުއަރަރގެ ފޯމެޓަކުން އޮންނަ
ޕޮލިސީ ފޯޅަކަށްވެފައި، އޭގެ އިތުރަށް އިތުރު ޑޮކިއުމެންޓްތަކެއް އިންޝުއަރެންސް ޕޮލިސީގައި ނުހިމެނޭގޮތަކަށް
އިތުރުކޮށްގެން ރީއިންޝުއަރއެއް ނުކުރެވޭނެކަމަށްވާތީ މިމައްސަލާގައި ފައިސާ ނުދީގެން އުޅެނީ އެލައިޑް
އިންޝުއަރެންސްގެ ފަރާތުން މިމައްސަލަ ރީއިންޝުއަރ ނުކުރާތީކަމަށްވެގެން މިފަދަ ބޮޑު ޢަދަދެއްގެ ފައިސާ
ދޭން އެލައިޑް އިންޝުއަރެންސް ނުކުޅެދިގެން ކަމަށްވާތީ ރީއިން ޝުއަރ ކުރިތޯ ބައްލަވައިދެއްވުމަށް ކޯޓުގައި
އެދުމުން އެކަން ބައްލަވައިދެއްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، އިންޝުއަރެންސް ޕޮލިސީގެ ބައެއްގެ ގޮތުގައި ކުއެސް ޝަނަރ
ހިމަނައިގެން މިއޯލް ސްކްސް ޕޮލިސީއިން އިސްތިސްނާކުރެވޭނެ ތަކެތި ޕޮލިސީގައި ހިމަނާފައިވަނިކޮށް އޭގެ
އިތުރު އިސްތިސްނާއެއް ކުރާނަމަ އެއީ ޤަވާޢިދާ ޚިލާފަށް ކުރާކަމެއްކަމަށާއި، އަދި އެއީ އިން
ހިރާއްޖޭގެ
. ހަޢީ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2008/HC-A293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
oco
"ދިވެހިން&12 ހާއިކޯޖު
ޕޮލިސީ ނެގި ފަރާތާއި ދިން ފަރާތުގެ މަޤްޞަދެއްނޫންކަމަށް ބުނެ ދެއްކި ވާހަކަތަކަށް ރިޢާޔަތް
ކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ހަތަރުވަނަ ނުކުތާއަކީ، އިންޝުއަރެންސް ޕޮލިސީގެ ޖެނެރަލް ކޮންޑިޝަންސްގެ 5 ވަނަ
މާއްދާގެ (ބ) ގައި މިޕޮލިސީގެ ދަށުން ކަވަރު ނަގާފައިވަނިކޮށް އެއަށް ދިމާވާކަމެއްގެ ސަބަބުން ބަދަލު ހޯދުން
ދިމާވެދާނެ ޙާލަތެއްގައި ކަންތައް ކުރަންޖެހޭ ވާހަކަ ވަނިކޮށް، އެއަށް ރިޢާޔަތް ކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
• ފަސްވަނަ ނުކުތާއަކީ، ސުނާމީގެ ސަބަބުން ރީތިރަށް ރިސޯޓަށް ލިބުނު ގެއްލުން
ކުޑަކުރުމަށް އެލައިޑުން މަސައްކަތް ކުރިކަމަށް އިޢްތިރާފުވުމުން އެއީ މިޕޮލިސީގެ ދަށުން ކަވަރުކޮށްފައިވާ
ރިސްކެއްކަމަށް އިޢްތިރާފުވާކަން އެނގޭތީ އެވާހަކަ ދެއްކުމުން ކޯޓުން އެކަމަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
ހަވަނަ ނުކުތާއަކީ، އިންޝުއަރ ކޮށްފައިވާ ޕޮލިސީގައިވާ ސޮފްޙާތަކާ މުޅިން ޚިލާފު ވަކި
ދެ ސޮފްޙާއެއް ދަޢުވާލިބޭ ފަރާތުން ހުށަހަޅައިގެން އެއީ ޕޮލިސީއާ އެކު ހިމެނިފައިވާ ދެ ސޮފްޙާއޭ ބުނެ
ކޯޓުގައި ޙަޤީޤަތާ ޚިލާފު ވާހަކަ ދެއްކުމުން، އެވާހަކަ ކޯޓުގެ ސަމާލުކަމަށް ގެންނެވުމުންވެސް އެކަމަށް ރިޢާޔަތް
ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
• ހަތްވަނަ ނުކުތާއަކީ، ޖޭބީ ބޮޑާ ސަރވެއަރ ދަޢުވާލިބޭ ފަރާތުން އައްޔަންކުރިކަމަށް ކޯޓުގައި
އިޢުތިރާފުވެފައިވާތީ އިންޝުއަރެންސް ކަވަރުގައި ނުހިމެނޭ ކަމެއް ސަރވޭކުރުމަށް އިންޝުއަރެންސް
ކުންފުނިން ބަޔަކު އައްޔަން ކުރުމުގެ ބޭނުމެއް ނުވާހިނދު، ސުނާމީ ކާރިޘާގައި ދަޢުވާކުރާ ފަރާތަށް ލިބުނު
ގެއްލުން ސަރވޭކޮށް ގެއްލުން މިނިމައިޒް ކުރުމަށް މަސައްކަތްކުރަން އިންޝުއަރެންސް ކުންފުނިން ޖެހުނީ
އެއީ ކަވަރުކޮށްފައިވާ ރިސްކެއްކަމަށް އެފަރާތަށް ޤަބޫލުކުރެވޭތީކަން ފާހަގަކޮށް ވާހަކަ ދެއްކުމުން އެކަމަށް
ކޯޓުން ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2{{8}HC-A/293
03- މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2006/MC/1302 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
¢ ¢ ¢
OdX
މި
(ހ) "ކޮންޓްރެކްޓަރސް އޯލް ރިސްކްސް އިންޝުއަރެންސް ޕޮލިސީ" އަކީ ދުނިޔޭގެ އެހެން
ޤައުމުތަކުގައިވެސް ބޭނުންކުރެވެމުން އަންނަ އިންޝުއަރެންސް ޕޮލިސީގެ ބާވަތެއްކަމަށްވެފައި، މި ޕޮލިސީއަކީ
މައިގަނޑު ގޮތެއްގައި ޢިމާރާތް ކުރުމުގައި ދިމާވެދާނެ ކަންތައްތަކަށް އަމާޒު ކުރެވިގެން ޢިމާރާތްކުރާ
ފަރާތްތަކުން ނަގާ އިންޝުއަރެންސްއެއްކަމާއި، ކޮންޓްރެކްޓަރސް އޯލް ރިސްކްސް އިންޝުއަރެންސް ޕޮލިސީގެ
ދަށުން އިންޝުއަރކޮށްދޭ އިންޝުއަރެންސް ކުންފުނިތަކުން މައިގަނޑު ދެ ކަމެއް ޕޮލިސީގެ ދަށުން
ކަވަރުކުރާ ކަމާއި، އެއީ ކޮންސްޓްރަކްޝަން މަސައްކަތް ހިނގަމުންދާ ތަނުގައި އަލަށް އަޅާ ޢިމާރާތްތަކާއި،
އިންޝުއަރ ކުރެވުނުއިރު އެތަނުގައި ހުރި ޢިމާރާތްތަކަށްވެސް ލިބިދާނެ އެކިއެކި ގެއްލުންތަކާއި، އަދި ތިންވަނަ
ފަރާތަކަށް ނުވަތަ އެފަދަ ފަރާތެއްގެ މުދަލަށް ކޮންސްޓްރަކްޝަން ސައިޓުން ލިބިދާނެ ގެއްލުންތަކަށް (ތަރޑް
ޕާރޓީ ލަޔަބަލިޓީ) (third party liability) ބަދަލު ލިބިދިނުންކަމާއި، މި ޕޮލިސީއަކީ ދުނިޔޭގެ އެކި
ޤައުމުތަކުގައި ވަކި އުސޫލެއްގެ ދަށުން ޢަމަލު ކުރެވެމުން އަންނަ ޕޮލިސީއެއްކަމާއި، އަދި އެއީ މައިގަނޑު
ގޮތެއްގައި، ޕޮލިސީގެ ނަމުންވެސް އެނގޭފަދައިން، އެ ޕޮލިސީ ނަގާ ފަރާތަކުން އިންޝުއަރ ކޮށްފައިވާ
ތަނަކަށް ލިބޭ ކޮންމެ ގެއްލުމަކަށް އެ ޕޮލިސީގެ ދަށުން ބަދަލު ލިބިދެވޭނެކަމާއި، އެހެން ނަމަވެސް ޕޮލިސީ
ދޫކުރުމުގައި ކަނޑައެޅިގެން ވަކިކަންކަމެއް އިސްތިސްނާ ކުރެވިފައިވާނަމަ، ނުވަތަ ޕޮލިސީ ދޫކުރުމަށްޓަކައި
މަޢުލޫމާތު ސާފުކުރުމަށް ފުރާ ފޯމުގައި، އިންޝުއަރ ކުރަން ހުށަހަޅާ ތަނުގައި ވަކި ބާވަތެއްގެ ރިސްކުތަކެއް
ހުންނާނެކަމަށް ފާހަގަކުރަން ހުންނަ ތަންތަނުގައި ފާހަގަކޮށް އެރިސްކުތައް ކަވަރުކުރަން ބޭނުންވާކަމަށް
ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާނަމަ، އެފަދަ ކަންކަން ނުވަތަ ރިސްކުތައް މިޕޮލިސީގެ ދަށުން ބަދަލު
ލިބިދެވޭ ކަންތައްތަކުގެ ތެރޭގަ ނުހިމެނޭނެކަމާއި
މާއި، އަދި މިއީ ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައިވެސް
އިންޝުއަރެންސް ކުންފުނިތަކުން ޤަބޫލުކުރާ މަފްހޫމެއްކަން އެނގެއެވެ.
¢¢
ތރޭގައި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
6
2{{8}HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
(ނ) ކުއެސް ޝަނަރ އެންޑް ޕްރޮޕޯސަލް ފޯމަކީ ޢާންމު ގޮތެއްގައި އިންޝުއަރެންސް
ކުންފުނިތަކުން އިންޝުއަރެންސްގެ ޚިދުމަތް ހޯދާ ފަރާތުން ބޭނުންވާ ޚިދުމަތުގެ ނުވަތަ "ސްކް" ގެ ތަފްސީލު
ބަޔާންކުރުމުގެ އިތުރުން، އެ ރިސްކްއަކަށް އިންޝުއަރެންސް ކަވަރ ދޭނެތޯ ނުވަތަ ނުދޭނެތޯ ނިންމުމަށްޓަކައި
އަދި ޕްރީމިއަމް ކަނޑައެޅުމަށްޓަކައި ބޭނުންވާ އެހެނިހެން މަޢުލޫމާތު ދެނެގަތުމަށްޓަކައި އިންޝުއަރެންސްގެ
ޚިދުމަތް ހޯދާ ފަރާތަށް ފޮނުވާ ފޯމެއްކަމާއި، ބޭނުންވާ ޚިދުމަތުގެ ތަފްސީލާއި އެ ޚިދުމަތް ދޭނެތޯ ނުވަތަ
ނުދޭނެތޯ ނިންމުމަށްޓަކައި ނުވަތަ ޕްރީމިއަމް ކަނޑައެޅުމަށްޓަކައި ބޭނުންވާ އެހެނިހެން މަޢުލޫމާތު
ފޯމެއްގައި (އެއީ އިންޝުއަރެންސް ޕްރޮޕޯސަލްގެ އިތުރުން އިންޝުއަރެންސް ކުންފުނިން ސާފުކުރަން ބޭނުންވާ
މަޢުލޫމާތު) ބަޔާންކުރުމަކީ، ދުނިޔޭގެ އެހެން ޤައުމުތަކުގެ އިންޝުއަރެންސް ކުންފުނިތަކުންވެސް ޢާންމުގޮތެއްގައި
ކުރާކަމެއްކަން އެނގޭކަމާއި، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގެ އިންޝުއަރެންސް ކުންފުނިތަކުން މިފަދަ
ފޯމުތައް ހުންނަނީ ޚިދުމަތް ހޯދާ ފަރާތުން ބޭނުންވާ ޚިދުމަތާއި އިންޝުއަރެންސް ކުންފުނިން ބޭނުންވާ އިތުރު
މަޢުލޫމާތު، ސާފުކޮށް އަދި ސަރީޙަކޮށް ފޯމު ފުރާ ފަރާތަކަށް އެނގޭގޮތަށް ބައްޓަން ކުރެވިފައިކަމާއި، އަދި
ޢާންމު ގޮތެއްގައި އިންޝުއަރެންސް ބަހުރުވައިން "ރިސްކް"، މި ލަފްޒު ނިސްބަތްވަނީ އިންޝުއަރެންސް
ކަވަރޭޖް ރައްދުވާ، މުސްތަޤުބަލުގައި ވެދާނެ ގެއްލުމަކަށްކަން އެނގެއެވެ.
(ނ) ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ކޮންޓްރެކްޓަރސް އޯލް ރިސްކްސް
އިންޝުއަރެންސް ޕޮލިސީ ނަންބަރު 14034080 އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްގެ
ކިބައިން ނަގާފައިވާކަމާއި، އަދި މި ޕޮލިސީއާ ގުޅިގެން ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ކުއެސްޝަނަރ
އެންޑް ޕްރޮޕޯސަލް ކިޔާ ފޯމެއް ފުރިކަމާއި، އަދި މި ފޯމުގައި ދުނިޔޭގެ އެހެން ޤައުމުތަކުގެ ބައެއް
އިންޝުއަރެންސް ކުންފުނިތަކުން ފުރަންޖެހޭ ފޯމުތަކުގައިވާ ފަދައިން، ކޮންސްޓްރަކްޝަން މަސައްކަތް
ހިނގަމުންދާ ތަނުގައި އަލަށް އަޅާ ޢިމާރާތްތަކަށް ލިބިދާނެ އެކިއެކި ގެއްލުންތަކާއި، އަދި ތިންވަނަ ފަރާތަކަށް
ނުވަތަ އެފަދަ ފަރާތެއްގެ މުދަލަށް ކޮންސްޓްރަކްޝަން ސައިޓުން ލިބިދާނެ ގެއްލުންތަކަށް (ތަރޑް ޕާރޓީ
ލަޔަބިލިޓީއަށް) އިންޝުއަރެންސް ކަވަރޭޖް ބޭނުންވާ ކަންތައްތަކާއި ބެހޭ މަޢުލޫމާތު
ލުމާތު ފުރާފައިވާކަމާއި، މިގޮތުން،
ފޯމުގެ 11 ވަނަ ނުކުތާއަކަށް ސްޕެޝަލް ރިސްކް" ކިޔާ ސެކްޝަނެއް އޮންނަކަމާއި، އަދި މި
ސެކްޝަނުގެ ދަށުން ސްޕެޝަލް ރިސްކް ނުވަތަ ޚާއްޞަ ނުރައްކަލެއް ކަމަށް ބަޔާންކުރެވިފައިވާ
ކަންތައްތަކެއްވާކަމާއި، އެތަނުން ބައެއް
ކަންތައްތަކަށް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
2{{8}HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ގޮޅީގައި ރަނގަޅު ފާހަގަ ޖަހާފައިވާކަމާއި، އެހެންނަމަވެސް ސުނާމީއަށް ޖަހާފައިވަނީ "ދޯ" ކަން އެނގޭކަމާއި،
މިގޮތުން، މި
ސެކްޝަނުގައި ފާހަގަޖެހެނީ ކަވަރ ކުރަން ބޭނުންވާ ނުވަތަ ބޭނުންނުވާ ޚާއްޞަ ރިސްކުކަމަށް
އެ ފޯމުގެ އެންމެ ފަހު ޞަފްޙާއަށް ބެލުމުން އެނގޭކަމާއި، އެންމެ ފަހު ޞަފްޙާގައި ޚިދުމަތް ހޯދާ ފަރާތުން އެ
ފަރާތުން އިންޝުއަރ ކުރަން ބޭނުންވާ އަދަދާއި ސްޕެޝަލް ރިސްކްއާއި ތާރޑް ޕާރޓީ ލަޔަބިލިޓީއަށް
ކަނޑައަޅަން ބޭނުންވާ އިންޑެލްނިޓީގެ ލިމިޓް ބަޔާންކުރަން އޮތުމުން، އިންޝުއަރެންސް ޕޮލިސީ ބިނާކުރެވޭނީ
މި ފޯމުގައި ޚިދުމަތް ހޯދާ ފަރާތުން ދޭ މަޢުލޫމާތުގެ މައްޗަށް ބަރޯސާވެގެންކަން އެފަދަ ފޯމެއްފުރާ އާދައިގެ
ފަރުދަކަށް (reasonable man) ވެސް އެނގެންޖެހޭނެކަމާއި، އަދި ފޯމުގައިވާ އެއްވެސް ކަމެއް
ސާފުނުވާނަމަ އެކަން ސާފުކޮށްދިނުމަށް އެދުމަކީ ފޯމު ފުރާ ފަރާތުގެ ޒިންމާއެއްކަމާއި، މިމައްސަލައިގައި ރީތިރަށް
ރިސޯޓް ޕްރައިވެޓް ލިމިޓެޑުން މިފޯމު ފުރިއިރު ފޯމުގައިވާކަމެއް ސާފުނުވާތީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ
އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއްވެސް އިތުރު މަޢުލޫމާތެއް ހޯދަން އެދިފައިވާކަން އެނގެން
ނެތްކަމާއި، މިޙާލަތުގައި، މި މައްސަލައިގައި ކުއެސްޝަނަރ އެންޑް ޕްރޮޕޯސަލްގެ އެންމެ ފަހު ޞަފްޙާގެ
އެހެން ބައިތައް ފުރާފައި، ސްޕެޝަލް ރިސްކަށް ބޭނުންވާ އިންޑެމްނިޓީގެ ލިމިޓް ރީތިރަށް ރިސޯޓް ޕްރައިވެޓް
ލިމިޓެޑުން ބަޔާންކޮށްފައި ނެތުމުން، އެ ސްޕެޝަލް ރިސްކް އިންޝުއަރެންސް ޕޮލިސީގައި ހިމެނުމަށް
ބޭނުންނުވާކަމުގެ މާނަ ދޭހަވާކަން ފާހަގަކުރެވެއެވެ.
(ރ) އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ކުއެސްޝަނަރ އެންޑް ޕްރޮޕޯސަލް ފޯމަށް ބެލުމުން، އެ ފޯމަކީ ޚިދުމަތް ލިބިގަންނަ ފަރާތުން ބޭނުންވާ
ޚިދުމަތްތަކާއި އޭގެ ތަފްސީލު ބަޔާން ކުރުމަށް އޮންނަ ފޯމެއްކަން އެނގޭކަމާއި، އަދި ހަމަ އެ ފޯމުގައި ޚިދުމަތް
ލިބިގަންނަ ފަރާތުން ސޮއި ކުރާތަނުގެ މަތީގައި، އެ ކުއެސްޝަނަރ އެންޑް ޕްރޮޕޯސަލް އަކީ އެ ފޯމުގެ
މަތީގައި ބަޔާންކުރެވިފައިވާ ރިސްކާއި ގުޅިގެން ޚިދުމަތްދޭ ފަރާތުންދޭ އެއްވެސް ޕޮލިސީއެއް ބިނާކުރެވޭނެ
އަސާސްކަމާއި އަދި އެ ޕޮލިސީއެއްގެ ބައެއް ގޮތަށް ހިމެނިގެންދާނެ އެއްޗެއްކަމަށް ޚިދުމަތް ލިބިގަންނަ ފަރާތުން
އެއްބަސްވާކަމަށް ލިއެވިފައިވާކަމާއި، އަދި އެބައިގެ ތިރީގައި ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ސޮއިކޮށްފައި އޮތުމުން، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންޝުއަރެންސް ޕޮލިސީއެއް ހެދުމަށްޓަކައި އެއްބަސްވުމެއް
ހެދުމުގެ ކުރިން، ޤާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ހުށަހެޅުން ހުށަހެޅިފައިވާކަމާއި، އަދި މިގޮތުން
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2{{8}HC-A/293
ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ނަގާ ޕޮލިސީގައި އެ ކުއެސްޝަނަރ އެންޑް ޕްރޮޕޯސަލް ހިމެނުމަށް
ހުށަހެޅުނީކަން މިމައްސަލަ ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމާއި، އިސްވެ ބަޔާންކުރެވުނު ފަދައިން، އޯލް
ރިސްކް އިންޝުއަރެންސް ޕޮލިސީތަކުގައި، ޢާންމުގޮތެއްގައި ޚިދުމަތަށް އެދޭ ހުރިހާ ފަރާތަކަށްވެސް ތަތުބީޤު
ކުރެވޭ އިސްތިސްނާތަކެއްވާކަމާއި، އެހެންނަމަވެސް، މިފަދަ ޕޮލިސީތަކުގައި އިންޝުއަރެންސް ކުންފުނިތަކުން،
ޢާންމު އިސްތިސްނާތައް ނޫނަސް ދެ ފަރާތުން އެއްބަސްވެގެން އެހެނިހެން އިސްތިސްނާތައް ހިމެނުމަކީ އެހެން
ޤައުމުތަކުގެ އިންޝުއަރެންސް ކުންފުނިތަކުންވެސް ކޮށްއުޅޭކަމެއްކަން އެނގެން އޮތުމުން، މަދަނީ
ނަންބަރު 2006/MC/1302 ޤަޟިއްޔާގައި އެ ކޯޓުން މި މައްސަލަ ނިންމެވުމުގައި ކުއެސްޝަނަރ އެންޑް
ޕްރޮޕޯސަލްއަށް ރިޢާޔަތް ކުރައްވާފައިވަނީ ރަނގަޅަށްކަމަށް ޤަބޫލުކުރެވެއެވެ.
ކޯޓުގެ
¢ ¢ ¢ ¢
(ބ) އިސްތިއުނާފުކުރެވިފައިވާ މިމައްސަލައަކީ ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑާއި
އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްއާއި ދެމެދު ވެވިފައިވާ ކޮންޓްރެކްޓަރސް އޯލް ރިސްކް
އިންޝުއަރެންސް ޕޮލިސީގެ މައްސަލައަކަށްވީ ހިނދު، އަދި މި މައްސަލައިގެ އަސާސަކީވެސް އިސްވެ ބަޔާން
ކުރެވުނު ޕޮލިސީއާއި އެއާ ގުޅުންހުރި ލިޔެކިއުންތަކަށްވީ ހިނދު، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ
މޯލްޑިވްސްއިން ރީއިންޝުއަރ ކުރިތޯ ނުވަތަ ނޫންތޯ ބެލުމަކީ ކޯޓަށް ހުށަހެޅިފައިއޮތް މައްސަލައާ ސީދާ
ގުޅުންހުރި ކަމެއް ނޫންކަމާއި، އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްއާއި
އެހެން
ފަރާތަކާއި ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކާއި އިލްތިޒާމްތަކަކީ އެދެފަރާތުގެ
ދެމެދުގައި އޮތް ކަމަކަށް (privity of contract ވީހިނދު، މި މައްސަލައިގައި ރީތިރަށް ރިސޯޓް
ޕްރައިވެޓް ލިމިޓެޑާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްއާ ދެމެދު އިންޝުއަރެންސް
ޕޮލިސީގެ ސިފައިގައި ވެވިފައިވާ އެއްބަސްވުމުގެދަށުން ދެފަރާތުގެ ޒިންމާތަކާއި އިލްތިޒާމްތަކަށް ރިޢާޔަތް
ކުރުމުގައި ބަލަން ޖެހޭނީ ހަމައެކަނި އެޕޮލިސީއާއި އެއާ ގުޅުންހުރި ލިޔެކިއުންތަކަށްކަމާއި، އަދި ރީތިރަށް
ރިސޯޓް ޕްރައިވެޓް ލިމިޓެޑުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްގެ ކިބައިން ޚިދުމަތް
ހޯދުމުގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްއިން ރީއިންޝުއަރ ކުރުމާބެހޭ މަޢުޟޫޢު
މިދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމެއްގައި ފާހަގަކުރެވިފައިނުވާކަން އެނގެންއޮތުމުން، މަދަނީ ކޯޓުން ރީތިރަށް
ރިސޯޓް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ގޮތަށް ރީއިން ޝުއަރ ކުރުމާބެހޭ ގޮތުން އިތުރު މަޢުލޫމާތު
ނުހޯއްދެވުމަށް ނިންމަވާފައިވަނީ ރަނގަޅަށްކަމަށް ޤަބޫލުކުރެވޭކަމާއި، އަދި ސުނާމީގެ ސަބަބުން
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
9
2{{08/HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުން ކުޑަކުރުމަށް އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ
މޯލްޑިވްސްއިން މަސައްކަތް ކުރިކަމަށް އިޢްތިރާފްވުމާއި ޖޭބީ ބޮޑާ ސަރވެއަރުން އެ ރަށަށް ފޮނުވުމަކީ،
ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްއާއި ދެމެދު
އެއްބަސްވެވިފައިވާ ޕޮލިސީގެ ދަށުން ސުނާމީއަކީ ކުވަރުކޮށްފައިވާ ރިސްކެއްކަމަށް އިޢުތިރާފުވެވުނީކަމަށް ޤާނޫނީ
ގޮތުން ބެލެވޭނެ ހުއްޖަތްތަކެއްނޫންކަމާއި، އެހެނީ މިފަދަ މައްސަލަތަކުގައި ލިއެކިއުމުން ދެފަރާތުން
އެއްބަސްވެވިފައިވާނަމަ، އެ އެއްބަސްވުމާއި ބެހޭ ކަންތައްތަކުގައި އަބަދުވެސް ރުޖޫޢަވާން ޖެހޭނީ އެ
އެއްބަސްވުމަށްކަން ކޮންޓްރެކްޓްއާ ބެހޭ ޢާންމު އުސޫލުތަކަށް ބަލާއިރު އެނގެން އޮންނަކަމެވެ.
OOOOX
cu o
(ޅ) އިންޝުއަރ ކޮށްފައިވާ ޕޮލިސީގައިވާ ޞަފްޙާތަކާ މުޅިން ޚިލާފު ވަކި ދެ ޞަފްޙާއެއް
އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްގެ ފަރާތުން ހުށަހަޅައިގެން އެއީ ޕޮލިސީއާ އެކު
ހިމެނިފައިވާ ދެ ޞަފްޙާ ކަމަށް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ދަށު ކޯޓުގައި ބުނެފައިވާއިރުވެސް އެ
ކޯޓުން އެކަމަށް ރިޢާޔަތް ކުރައްވާފައިނުވާ ކަމަށް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބުނެފައިވީ ނަމަވެސް، ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ފުރާފައި ސޮއިކުރި ކުއެސްޝަނަރ
އެންޑް ޕްރޮޕޯސަލްގައި އެފޯމަކީ ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ނަގާ އިންޝުއަރެންސް ޕޮލިސީގެ
އަސާސްކަމަށް ބަޔާންކޮށްފައިވާކަމާއި، މިގޮތުން، ޕޮލިސީ ނުވަތަ ދެފަރާތުގެ ދެމެދުގައި އެއްބަސްވުން
ހެދުމަށްޓަކައި ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ބޭނުންވާ އިންޑެރްނިޓީއާއި، އަދި އޭގެ މައްޗަށް ބިނާކޮށް
ހަދަންޖެހޭ ޕްރީމިއަލް އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްއިން ހެދުމަށްޓަކައި
ކުއެސް ޝަނަރ އެންޑް ޕްރޮޕޯސަލްގެ ސިފައިގައި ހުށަހެޅި ހުށަހެޅުމާއިނުލާ އެޕޮލިސީއެއް ނުހެދޭނެކަން މައްސަލަ
ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، މަދަނީ ކޯޓުގެ ނަންބަރު
2006/MC/1302 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް މި މައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުނުކުރެވެއެވެ.
cu o
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
10
2{{8/HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
• ޙުކުމް:
ދެންފަހެ އިސްވެ ބަޔާންކުރެވުނު ޤާނޫނީ އަދި ޝަރުޢީ ސަބަބުތައް އެހެން ހުރުމާއިއެކު މަދަނީ
ކޯޓުގެ ނަންބަރު 2006/MC/1302 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޙުކުމަކީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ ޚިލާފަށް
ކުރައްވާފައިވާ ޙުކުމެއްކަމަށް ބަލާނެ ތަނެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv