ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/13 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/13
ޤަޟިއްޔާ ނިމުނު ގޮތު
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކަ
ޤިރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 13/HC
-
A/2012
އިސްތިއުނާފު ކުރިފަރާތް:
ނަން: ފެލިދުއަތޮޅު ފުލިދޫ ކައުންސިލް
އައިޑީ ކާޑު ނަންބަރު:
*
* ދާއިމީ އެޑްރެސް: ވ. ފުލިދޫ ކައުންސިލްގެ އިދާރާ
.
34
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު:
* .އުމީ އެޑްރެސް:
ރަޖިސްޓްރީކުރެވުނު
17 ޞަފަރު 1430
11 ޖެނުއަރީ 2012
ނިމުނު ތާރީޚް: 28 ޞަފަރު 1433
22 ޖެނުއަރީ 2012
އިސްތިއުނާ
މެތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/J1C/12
ޤަޟިއްޔާގެ ބާވަތް: ބަދަލު ދިނުން
ނިންމެވި ކޯޓް: ފެލިދުއަތޮޅު ފުލިދޫ މެޖިސްޓްރޭޓް ކޯޓު
ހުށަހެޅުނު ތާރީޚް: 19 ސެޕްޓެމްބަރ 2011
4
* .މ.ޑީ
ނިމުނު ތާރީޚް: 27 އޮކްޓޫބަރ 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮ
2{012/HC-A/13
کی عمر
ވާގެ ޚުލާޞާ
02 0 0
OX
މިއީ، ފެލިދުއަތޮޅު ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/J1C/12 ޤަޟިއްޔާ
އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ،
އެ ނިންމުން
އިސްތިއުނާފު ކޮށްދިނުމަށްއެދި، ފެލިދުއަތޮޅު ފުލިދޫ ކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ސްޓޭޓް އިލެކްޓްރިކް
ކޮމްޕެނީ ލިމިޓެޑްއެވެ.
ކުރެވުނު
ސްޓޭޓް
ހ2 22
2 ދވ
1. އިސްތިއުނާފުކުރެވިފައިމިވާ ފެލިދުއަތޮޅު ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/J1C/12 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ވ. ފުލިދޫ ރައްޔިތުން ކަރަންޓުގެ ޚިދުމަތް
ދިނުމަށް ބޭނުންކުރާ
ފުލިދޫ ރައްޔިތުންގެ އިންޖީނުގެއާއި، ތަކެތީގެ ތެރެއިން ދެފަރާތުން
އެބަސްވެވުނު ތަކެއްޗަށް، ދެފަރާތަށް އެއްބަސްވެވިފައިވާ އަގުގެ މައްޗަށް ބިނާކޮށް އެތަކެތީގެ ބަދަލު
އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ފަރާތުން ވ. ފުލިދޫ ކައުންސިލަށް ލިބިދީ އެތަކެތި
ސްޓެލްކޯއަށް މިލްކުކޮށްދިނުމާއެކު، ވ. ފުލިދޫ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދިނުން ސްޓެލްކޯއާ
ޙަވާލުކުރުމަށް އެދިގެން ފުލިދޫ ކައުންސިލްގެ ފަރާތުން އެކައުންސިލްގެ ރައީސް،
ފުލިދޫތަނޑިރަތްމާގެ ބުޝްރީ މޫސާ ހުށަހެޅުމުން ފެލިދުއަތޮޅު ފުލިދޫ މެޖިސްޓްރޭޓް ކޯޓުން ބައްލަވައި
ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ".. ފުލިދޫ ރައްޔިތުން
ޢިމާރާތްކޮށްފައިވާ އާ އިންޖީނުގެއާއި، ވ. ފުލިދޫ ރައްޔިތުން ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ،
މިރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގައިވާ ތަކެއްޗަކީ ވ. ފުލިދޫ ރައްޔިތުންގެ މިލްކު
ތަންތަނާއި ތަކެތިކަމަށް މިކޯޓުގެ ނަންބަރު 2011;10
:
51C ޤަޟިއްޔާގައި ޙުކުމްކޮށްފައިވުމުން
ފާހަގަކުރެވޭ ނުކުތާތަކުގެ 4 ވަނަ ނަންބަރުގައިވާ ހުރިހާ ތަންތަނާއި ތަކެއްޗަކީ ވ. ފުލިދޫ ރައްޔިތުންގެ
ތަންތަނާއި ތަކެތިކަން ސާބިތުވާކަމަށް ކަނޑައަޅައި މިތަކެއްޗަށް މައްސަލަ ހުށަހަޅާ ފަރާތުންނާއި،
މައްސަލަ ރައްދުވާ ފަރާތުން އެއްބަސްވާ އަގު 732752/75 ރުފިޔާ (ހަތްލައްކަ ބައްތިރީސްހާސް
ހަތްސަތޭކަ ފަންސާ ދެ ރުފިޔާއަތްދިހަ ފަސް ލާރި) ހުށަހަޅާފައިވީނަމަވެސް މިވަގުތު ވ. ފުލިދޫ
ޙާލަތު ހުރިގޮތުން ސްޓެލްކޯއިން ހުށަހަޅާ ކޮންމެ އަގަކަށް ފުލިދޫ ކައުންސިލުން
ކަރަންޓުގެ
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު 1
4 * * *
=32
2{012/HC-A/13
گمرکی
2
އެއްބަސްވުމަށް މަޖުބޫރުތަކެއް ހުރިކަމަށް ބުރަވެވުނު ހިނދު އަގުކޮމިޓީއެއް ޢައްޔަންކޮށް އެ އަގުކޮމިޓީން
ކަނޑައެޅި އަގުކަމުގައިވާ 1257124/25 ރުފިޔާ (ބާރަލައްކަ ފަންސާސް ހަތްހާސް އެއްސަތޭކަ
ސައްވީސް ރުފިޔާ!ފަންސަވީސް ލާރި) އަކީ މިތަކެތީގެ އަގުކަމުގައި ކަނޑައަޅައި ފައިސާދެއްކުމަށް
ދެފަރާތުން އެއްބަސްވެފައިވާ 8 އަހަރު ދުވަހުގެ ތެރޭގައި ހިމެނޭ 96 (ނުވަދިހަ ހައެއް) މަސްދުވަހަށް
މިފައިސާ ބަހައި ފުރަތަމަ މަހު 13099/29 ރުފިޔާ (ތޭރަހާސް ނުވަދިހަނު ރުފިޔާ (ނަވާވީސް ލާރި)
ދެން އޮތް 95 (ނުވަދިހަ ފަހެއް) މަހުންކުރެ ކޮންމެ މަހަކު 13095/00 (ތޭރަހާސް ނުވަދިހަ
ފަސްރުފިޔާ) މިގޮތަށް މިއަދު (27-10-2011) ދުވަހުން ފެށިގެން މަސްހަމަކޮށް ކޮންމެ މަހަކު ޅ.
ފުލިދޫ ކައުންސިލާ ޙަވާލުކުރުމަށްޓަކައި މިކޯޓަށް ދެއްކުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
(ސްޓެލްކޯ) އަށް އަންގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ފަރާތުން މިފައިސާ
ދައްކާ ޚަލާސްކުރުމުން ފާހަގަކުރެވޭ ނުކުތާތަކުގެ 4 ވަނަ ނަންބަރުގައިވާ އެންމެހާ ތަންތަނާއި ތަކެއްޗަކީ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ އަމިއްލަ މިލްކު ތަންތަނާއި ތަކެތިކަމަށް
ކަނޑައަޅައި ފެލިދޫ އިންޖީނުގެއާ ސްޓެލްކޯގެ ފަރާތުން ހަވާލުވުމުގައި ދެފަރާތުން ބުނާ މުއްދަތު
ތަފާތުވުމާއެކު ޝަރީޢަތުން އިންޖީނުގެއާ ޙަވާލުވުމަށް ދެމަސްދުވަހުގެ މުއްދަތު ކަނޑައަޅައި މިއަދު
(2011-10-27) ދުވަހުން ފެށިގެން ދެމަސްދުވަހުގެ ތެރޭގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
(ސްޓެލްކޯ) އިން ވ. ފުލިދޫ ރައްޔިތުންގެ އިންޖީނުގެއާ ހަވާލުވެ ވ. ފުލިދޫ ރައްޔިތުންނަށް ކަރަންޓުގެ
ޚިދުމަތް ދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް އަންގައި" އެގޮތުގެމަތިންކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
02 0
2. ފެލިދުއަތޮޅު ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/J1C/12 ޤަޟިއްޔާ
އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ވ. ފުލިދޫ
ކައުންސިލުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް ނުކުތާ ފާހަގަކޮށް،
އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ފެލިދުއަތޮޅު ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/J1C/12 ޤަޟިއްޔާއަކީ ވ. ފުލިދޫ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި
ފޯރުކޮށްދިނުމަށްޓަކައި ވ. ފުލިދޫ ކައުންސިލުން ބޭނުންވީ ހިނދު، އެކަން އެކަށީގެންވާގޮތުގައި ކުރެވޭނޭ
ޤާބިލު ކުންފުންޏެއްކަމަށްވާ ސްޓޭޓް އިލެކްޓިރިކް ކޮމްޕެނީ ލިމިޑެޓް (ސްޓެލްކޯ) އާ ވ.
ފުލިދުއަށް2ގެ
OU OO
0
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
4 *2
2012}HC-A/13
کی مرگی
ދެވެ
.
ޤަޟިއްޔާ ނިމުނު
ކަރަންޓު ދިނުމަށް ޙަވާލުކުރުމަށްޓަކައި، ވ. ފުލިދޫ އިންޖީނުގޭގެ މިލްކުވެރިފަރާތްކަމުގައިވާ ވ. ފުލިދޫ
ކައުންސިލުން އިންޖީނުގެ އަގުކޮށް އިންޖީނުގޭގެ އަގުކަމުގައި ކަނޑައަޅާފައިވާ 75;
7,32,725ރ.
(ހަތްލައްކަ ބައްތިރީސްހާސް ހަތްސަތޭކަ ފަންސާސް ދެރުފިޔާ ހަތްދިހަ ފަސްލާރި) 8 (އަށެއް)
އަހަރުދުވަހުގެ ތެރޭގައި ފުލިދޫ ކައުންސިލަށް ސްޓެލްކޯއިން ދެއްކުމުން އެތަންތަނާއި ތަކެތި
ސްޓެލްކޯއަށް މިލްކުވާގޮތަށް އިންޖީނުގެ ސްޓެލްކޯއާ ޙަވާލުކުރުމަށްޓަކައި ޝަރީޢަތަށް ހުށަހެޅުނު
މައްސަލައެއްކަމުގައިވެފައި، ވިއްކާ ފަރާތާއި ގަންނަ ފަރާތްތުން މިއަގަށް އެއްބަސްވެފައިވާއިރު، ވ. ފުލިދޫ
މެޖިސްޓްރޭޓް ކޯޓުން އެހެންއަގެއް ކަނޑައަޅުއްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ވ. ފުލިދޫ އިންޖީނުގޭގެ ވެރިފަރާތަކީ ވ. ފުލިދޫ
ކައުންސިލްކަމަށްވެފައި އެތަން ހިންގާ ފަރާތަކީވެސް ވ. ފުލިދޫ ކައުންސިލްކަމުގައިވީއިރު، މެޖިސްޓްރޭޓް
ކޯޓުން އެތަނުގެ އަގު ކަނޑައެޅުއްވިއިރު ފުލިދޫ ކައުންސިލުން އެއްވެސް ލިޔުމެއް
ގެންދަވާފައިނުވާކަމާއި، އަދި އަގު ކަނޑައެޅުމާމެދު މަޝްވަރާކޮށްފައިވެސް ނުވާތީ އިންޖީނުގޭގެ ތަކެތީގެ
އަސްލުއަގެއް ކަނޑައަޅަން ކޯޓަށް އެނގޭނެކަމަށް ޤަބޫލުނުކުރާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
4 22
OU OO
.
32
2 ހއ
އވޯކްރީމަށް
2&
ކަރަންޓުދެވެން
• ތިންވަނަ ނުކުތާއަކީ، ފުލިދޫއަށް ކަރަންޓު ދިނުމަށްޓަކައި ސްޓެލްކޯއާ
ނިންމާފައިވަނީ ފުލިދޫއަށް އެކަށީގެންވާ ގޮތެއްގައި ވ. ފުލިދޫ ކައުންސިލުން
ނެތުމާއި، . ފުލިދޫ އިންޖީނުގެއަށް ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭތީއާއި، ކަރަންޓުގެ
ޚިދުމަތް އެކަށީގެންވާގޮތެއްގައި ތަރައްޤީކުރެވެން ނެތިގެންކަމުގައިވާއިރު، ބޭނުންކޮށްފައިވާ ތަކެއްޗަށް
އެކަށީގެންވާވަރަށްވުރެ ބޮޑު އަގަކަށް ސްޓެލްކޯއިން އަގުދެއްކުމަށް މަޖުބޫރުކުރުމަކީ ކުރެވޭނޭކަމެއް
ހުށަހަޅާފައިވާ ނުކުތާއެވެ.
މި 2 ހދ82
OLOO
02 2x 22
• ހަތަރުވަނަ ނުކުތާއަކީ، މެޖިސްޓްރޭޓް ކޯޓުން ކުރައްވާފައިވާ ޙުކުމުގެ ސަބަބުން
ވ. ފުލިދޫ ރައްޔިތުންނަށް އެރަށު ކައުންސިލުން ފޯރުކޮށްދޭން ލާޒިމުވާ އަސާސީ ޚިދުމަތެއްކަމުގައިވާ
ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީ ތަރައްޤީކުރުމަށް ހުރަސްއެޅިފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
.3
މައްސަލައާ ގުޅިގެން ފެލިދުއަތޮޅު ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/J1C/12 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން
ފުލިދޫ ކައުންސިލްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ
ރައްދުވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{12/HC-A/13
5 ޤަޟިއްޔާ ނިމުނު "
ދެވެ
މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
0x
eކށް
ފުލިދޫ
9
(ހ) ފުރިހަމަ ކަމަކީ، ފެލިދުއަތޮޅު ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/J1C/12 ޤަޟިއްޔާގައި ހިމެނޭ ދަޢުވާގެ ޞިޝާއަށް ބަލާއިރު، އެދަޢުވާގައި ހިމެނޭ މައްސަލައަކީ،
ވ. ފުލިދޫ ރައްޔިތުން ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ވ. ފުލިދޫ ރައްޔިތުންގެ އިންޖީނުގެއާއި،
ތަކެތީގެ ތެރެއިން ދެފަރާތުން އެއްބަސްވެވުނު ތަކެއްޗަށް، ދެފަރާތަށް އެއްބަސްވެވިފައިވާ އަގުގެ މައްޗަށް
އެތަކެތީގެ ބަދަލު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ފަރާތުން ވ.
ކައުންސިލަށް ލިބިދީ އެތަކެތި ސްޓެލްކޯއަށް މިލްކުކޮށްދިނުމާއެކު ވ. ފުލިދޫ ރައްޔިތުންނަށް ކަރަންޓުގެ
ޚިދުމަތް ދިނުން ސްޓެލްކޯއާ ޙަވާލުކުރުމަށް އެދިގެން ފުލިދޫ ކައުންސިލްގެ ފަރާތުން އެކޯޓަށް
ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަމާއި، އެމައްސަލަ ފެލިދުއަތޮޅު ފުލިދޫ މެޖިސްޓްރޭޓް ކޯޓަށް ވ.
ފުލިދޫ ކައުންސިލުގެ ފަރާތުން ހުށަހަޅާފައިވަނީ، އެމައްސަލައިގައި ސްޓެލްކޯއަށް ވިއްކުމަށް ވ. ފުލިދޫ
ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވާ ތަންތަނާއި ތަކެއްޗަކީ ފުލިދޫ ކައުންސިލްގެ މިލްކު ތަންތަނާއި
ތަކެތި ކަމުގައި ބަލައިގެންކަން، އެކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ
އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ފޯމުންނާއި، މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި އެކައުންސިލްގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އެނގެން އޮންނަކަމާއި،
ނަމަވެސް، ވ. ފުލިދޫ ކައުންސިލްގެ ފަރާތުން ސްޓެލްކޯއަށް ވިއްކުމަށް ހުށަހަޅާފައިވާ
އެންމެހާ ތަންތަނާއި ތަކެއްޗަކީ "ވ. ފުލިދޫ ރައްޔިތުންގެ އަމިއްލަ މިލްކުގައި ހިމެނޭ ތަންތަނާއި ތަކެތި"
ކަމަށް ފެލިދުއަތޮޅު ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/J1C/10 ޤަޟިއްޔާގައި
ޙުކުމްކުރައްވާފައިވާކަމާއި، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފެދުނު ކައުންސިލްތައް އުފެދުނު ހިސާބުންފެށިގެން،
ރަށުރައްޔިތުންގެ ނަމުގައި ހުރިތަކެތި އެރަށެއްގެ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުވާނެކަމަށް
އެޤާނޫނުގެ 139 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، މިގޮތުން ބެލެނިވެރިކަން ނުވަތަ ބެލެހެއްޓުމުގެ
ޒިންމާ ޙަވާލުވާ ތަންތަނުގެ ތެރޭގައި ރަށުގެ ރައްޔިތުން ހިންގަމުން އައިސްފައިވާ އިންޖީނުގެތައް
ހިމެނޭކަމަށް އެމާއްދާގައި ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން، ވ. ފުލިދޫ ރައްޔިތުންގެ އިންޖީނުގެއާއި
އެއިންޖީނުގެއާ ގުޅިފައިވާ ވަސީލަތްތަކުގެ ބެލެހެއްޓުމުގެ ޒިންމާ ޙަވާލުވެފައިވާ ފަރާތަކީ ވ. ފުލިދޫ
ކައުންސިލްކަން އެގޭކަމާއި،
ދިވެހިރާއާa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު "
2{012/HC-A/13
می هرکی
ވ. ފުލިދޫ ކައުންސިލްގެ ފަރާތުން ސްޓެލްކޯއަށް ވިއްކުމަށް ހުށަހަޅާފައިވާ އެންމެހާ
ތަންތަނާއި ތަކެތި ރައްކާތެރިކަމާއެކު ބަލަހައްޓާ ތައްރައްޤީ ކުރުމުގެ ޒިންމާ ވ. ފުލިދޫ ކައުންސިލާ
ހަވާލުވެފައިވީނަމަވެސް، އެތަންތަނާއި ތަކެތީގެ މިލުކުވެރިކަން ވ. ފުލިދޫ ކައުންސިލަށް ބަދަލުވެފައިވާކަން
އެކައުންސިލަށް ސާބިތުކޮށްދެވިފައި ނުވާކަމާއި، އެހެންކަމުން ވ. ފުލިދޫ ކައުންސިލްގެ ފަރާތުން
ސްޓެލްކޯއަށް ވިއްކުމަށް ހުށަހަޅާފައިވާ އެންމެހާ ތަންތަނާއި ތަކެއްޗަކީ ވ. ފުލިދޫ ރައްޔިތުންގެ އަމިއްލަ
މިލްކުގައި ހިމެނޭ ތަންތަނާއި ތަކެތިކަމާއި،
ފުލިދޫ ކައުންސިލްގެ ފަރާތުން ސްޓެލްކޯއަށް ވިއްކުމަށް ހުށަހަޅާފައިވާ އެންމެހާ
ތަންތަނާއި ތަކެއްޗަކީ ވ. ފުލިދޫ ރައްޔިތުންގެ އަމިއްލަ މިލްކުގައި ހިމެނޭ ތަންތަނާއި ތަކެތިކަމަށް
ވުމާއެކު، އެތަންތަނާއި ތަކެތި ވިއްކުމުގައި ވ. ފުލިދޫ ކައުންސިލުން ޢަމަލުކުރަންޖެހޭނީ އެރަށުގެ
ރައްޔިތުންގެ މަސްލަޙަތު އެންމެ ރަނގަޅަށް ހިމާޔަތްކުރެވޭނެ ގޮތެއް ބަލައިގެންކަމާއި، މިގޮތުގެމަތިން،
ފުލިދޫ ކައުންސިލްގެ ފަރާތުން ސްޓެލްކޯއަށް ވިއްކުމަށް ހުށަހަޅާފައިވާ އެންމެހާ ތަންތަނާއި ތަކެތި
ސްޓެލްކޯއަށް ވިއްކުމަށް ކައުންސިލުން ކަނޑައަޅާފައިވާ އަގަކީ އެރަށުގެ ރައްޔިތުންގެ މަސްލަޙަތަށް
ބެލެވިގެން ކަނޑައެޅިފައިވާ އަގެއްކަމަށް ޝަރީޢަތަށް ޤަބޫލު ނުކުރެވޭނަމަ، ޝަރީޢަތުން ބަލާ އެކިއެކި
މައްސަލަތަކުގައި މުދަލާއި ތަންތަނާއި ތަކެތީގެ އަގު ކަނޑައެޅުމަށް ހަމަޖެހިފައިވާ އުސޫލުން،
ޝަރީޢަތުން ކަނޑައަޅާ އަގުކޮމިޓީއަކުން، ވ. ފުލިދޫ ކައުންސިލްގެ ފަރާތުން ސްޓެލްކޯއަށް ވިއްކުމަށް
ހުށަހަޅާފައިވާ އެންމެހާ ތަންތަނާއި ތަކެތި އަގުކުރުމުގެ ބާރު ފެލިދުއަތޮޅު ފުލިދޫ މެޖިސްޓްރޭޓް ކޯޓަށް
ލިބިގެންވާކަމާއި، މިއީ މިބާވަތުގެ މައްސަލަތަކުގައި މީގެކުރިންވެސް ދިވެހިރާއްޖޭގެ ކޯޓުތަކުން
ޢަމަލުކުރަމުން އައިސްފައިވާ ގޮތްކަމެވެ.
9
"
(ށ) ދެވަނަ ކަމަކީ، ފެލިދުއަތޮޅު ފުލިދޫ މެޖިސްޓްރޭޓް ކޯޓުން،
ކައުންސިލްގެ ފަރާތުން ސްޓެލްކޯއަށް ވިއްކުމަށް ހުށަހަޅާފައިވާ އެންމެހާ ތަންތަނާއި ތަކެތީގެ އަގު
ކަނޑައެޅުއްވިއިރު ވ. ފުލިދޫ ކައުންސިލުން އެއްވެސް ލިޔުމެއް ގެންދަވާފައިނުވާކަމާއި، އަދި އަގު
ކަނޑައެޅުމާމެދު މަޝްވަރާކޮށްފައިވެސް ނުވާތީ އިންޖީނުގޭނެ ތަކެތީގެ އަސްލުއަގެއް ކަނޑައަޅަން ކޯޓަށް
އެނގޭނެކަމަށް ޤަބޫލުނުކުރާކަމަށްބުނެ ވ. ފުލިދޫ ކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ ނުކުތާއަށް ނަޒަރުކުރާއިރު،
ޝަރީޢަތުން ބަލާ އެކިއެކި މައްސަލަތަކުގައި މުދަލާއި ތަންތަނާއި ތަކެތީގެ އަގު
ކަނޑައެޅުމަށް ހަމަޖެހިފައިވާ އުސޫލުން، ޝަރީޢަތުން ކަނޑައަޅާ އަގުކޮމިޓީއަކުން އަޅުކަނޑައަޅާ
<<
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{12/HC-A/13
7 ޤަޟިއްޔާ ނިމުނު ގޮ
کی عمری
ދެވެ
4 22
މައްސަލަތަކުގައި، އެމައްސަލައަކާ ގުޅިގެން އަގު ކަނޑައެޅޭ ތަކެތީގެ އަގު ކަނޑައެޅުމުގައި އެތަކެތީގެ
ބަލަދުވެރިފަރާތާ މަޝްވަރާކުރުމަކީ ޝަރުޢީ އަގުކޮމިޓީގެ މައްޗަށް ނުވަތަ ޝަރީޢަތުގެ މައްޗަށް
ކޮންމެހެން ލާޒިމުކަމެއް ނޫންކަމާއި، އެތަކެއްޗަށް އަގު ކަނޑައެޅުމަށް ޝަރީޢަތުން ޙަވާލުކުރާ
އަގުކޮމިޓީއަކުން ކަނޑައަޅާފައިވާ އަޑަކާމެދު އެފަރާތްތަކުން ދެކޭގޮތް ހާމަކުރުމުގެ ފުރުސަތު
މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ޝަރީޢަތުން ދިނުމަށް ފަހު، އަގުކޮމިޓީން ކަނޑައެޅި އަގާމެދު
ޝަރީޢަތުން ގޮތެއް ނިންމުމުގައި އެފަރާތްތަކުން ބުނާއެއްޗަކަށް ރިޢާޔަތްކުރުމުން ފުދޭކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ވ.
ފުލިދޫ ކައުންސިލްގެ ފަރާތުން ސްޓެލްކޯއަށް ވިއްކުމަށް ހުށަހަޅާފައިވާ އެންމެހާ ތަންތަނާއި ތަކެތީގެ އަގު
ކަނޑައެޅުމަށްޓަކައި، އިންޖީނުގޭގެ ރަޖިސްޓްރީއާއި އިންޖީނުގެ ހިމެނޭ ސަރަޙައްދުގެ ޗާޓު، ވ. ފުލިދޫ
ކައުންސިލްގައި ދަންނަވައިގެން ފެލިދުއަތޮޅު ފުލިދޫ މެޖިސްޓްރޭޓް ކޯޓުން ހޯއްދަވާފައިވާކަމާއި،
ޝަރީޢަތުން ކަނޑައެޅި އަގުކޮމިޓީގެ އަގާބެހޭގޮތުން، މިމައްސަލައިގައި ހިމެނޭ ވ. ފުލިދޫ ކައުންސިލް
އަދި ސްޓެލްކޯގެ ބަސް ޝަރީޢަތަށް ހޯއްދަވާފައިވާކަމާއި، މިގޮތުން އަގު ކޮމިޓީން ނިންމި އަގަކީ
"ޝަރީޢަތުން ކުރިއަގަކަށްވާތީ އެއަގަށް އިޙްތިރާމްކުރާ ކަމަށް" ބުނެ އެއަގަށް ވ. ފުލިދޫ ކައުންސިލުން
ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވެފައިވާކަން އެނގެން އޮންނަކަމެވެ.
OU OO
02
2 ބ 2
0 ވ2 4
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ފެލިދުއަތޮޅު ފުލިދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2011/J1C/12 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ، ވ.
ފުލިދޫ ކައުންސިލާއި ސްޓެލްކޯއާ ދެމެދު ކުރުމަށް އެދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ވިޔަފާރިއެއް
ޢަޤުދުކުރުމަށްޓަކައި ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައަކަށް ވާއިރު، ދެފަރާތެއްގެ ދެމެދުގައި ކުރެވޭ
ވިޔަފާރީގެ މުޢާމަލާތެއް، އެވިޔަފާރީގައި ހިމެނޭ އެއްވެސް ފަރާތެއްގެ ނުރުހުމުގައި އެފަރާތްތަކުގެ
މައްޗަށް، ޢަޤުދުނުކުރެވޭނެކަމާއި، އިސްލާމީ ޝަރީޢަތުގައި ހުއްދަކުރެވިފައިވާ ވިޔަފާރި މުޢާމަލާތަކީ
އެވިޔަފާރި މުޢާމަލާތެއްގައި ބައިވެރިވާ ފަރާތަކުގެ ރުހުމާއެކު ކުރެވޭ ވިޔަފާރި މުޢާމަލާތްތައްކަން
"އައްނިސާއު" ސޫރަތުގެ 29 ވަނަ އާޔަތަށް ބެލުމުން އެނގެން އޮންނަކަމާއި، އެހެންކަމުން، ވ. ފުލިދޫ
ރައްޔިތުން ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވ. ފުލިދޫ ރައްޔިތުންގެ އިންޖީނުގެއާއި، ތަކެތީގެ
ތެރެއިން ވ. ފުލިދޫ ކައުންސިލުން ސްޓެލްކޯއަށް ވިއްކުމަށް ހުށަހަޅާފައިވާ ތަންތަނާއި ތަކެތީގެ އަގުކަމަށް
އަގުކޮމިޓީން ކަނޑައަޅާފައިވާ އަގަށް ސްޓެލްކޯއިން އިންކާރުކުރާހާ ހިނދަކު، އަގުކޮމިޓީން
[
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
44 35 22
2{12/HC-A/13
8 ޤަޟިއްޔާ ނިމުނު "
کی مرگی
ކުނޑައަޅާފައިވާ
މިވިޔަފާރި ޢަޤުދުކުރުމަށް ސްޓެލްކޯގެ
މައްޗަށް
ޝަރީޢަތުން
42 4 2 22 22 3323
082ރނކރވުނުކަމެވެ"
ވީމާ، އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ، ވ. ފުލިދޫ
ކައުންސިލާއި ސްޓެލްކޯއާ ދެމެދު ވިޔަފާރިއެއް ޢަޤުދުކުރުމަށްޓަކައި ޝަރީޢަތަށް ހުށަހެޅިފައިވާ
މައްސަލައަކަށް ވާއިރު، ވ. ފުލިދޫ ކައުންސިލުން ސްޓެލްކޯއަށް ވިއްކުމަށް ހުށަހަޅާފައިވާ ތަންތަނާއި
ތަކެތީގެ އަގުކަމަށް ޝަރީޢަތުން ކަނޑައަޅާފައިވާ އަގަށް މައްސަލައިގައި ހިމެނޭ ދެފަރާތުންކުރެ
އެއްފަރާތުން އެއްބަސް ނުވާހާ ހިނދަކު، އެފަރާތުގެ ނުރުހުމުގައި އެވިޔަފާރި ޢަޤުދުކުރުމަށް
މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ޝަރީޢަތުން އެންގުމަކީ ޝަރުޢީ އުޞޫލާއި ޚިލާފު
ކަމެއްކަމުގައިވާތީ، ފެލިދުއަތޮޅު ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/J1C/12 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަކީ ބަދަލު ގެންނަންޖެހޭ ޙުކުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވުނުވެ.
• ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
މުންކުރެވުނު ގޮތަށް ހުރުމާއެކު، ފެލިދުއަތޮޅު ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/J1C/12
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކުރައްވާފައިވާ
އްކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވާތީ، ފެލިދުއަތޮޅު ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/J1C/12 ޤަޟިއްޔާގެ
ޙުކުމް ބާޠިލުކޮށް އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
92
02 ދ ތތ
ޙުކުމެއްހަ
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
ފަނޑިޔާރު)
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
ޢަލީ ސަމީރު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv