ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/248 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/248
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
• ޤަޟިއްޔާ ނަންބަރ: 248/HC-A/2012
* ނަން: ހަސަން ޝިނާން
އެޑްރެސް: ހަވީރީ އައްސޭރި/ ތ. ގާދިއްފުށި
އައިޑީ ކާޑު ނަންބަރ: A249651 މިހާރުގެ އެޑްރެސް: މ. ބާމިޔާގެ
އިސްތިއުނާފު ރައްދުވި ފަރާތް:
ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ހުށަހެޅުނު ތާރީޚް: 14 އޯގަސްޓް 2012 * ނިމުނު ތާރީޚް: 30 އޯގަސްޓް 2012
0
އިސްތިއުނާފުކުރެވުނު ކޯޓް އަމުރު ނަންބަރު: 2012
/
6547/J
(
MD-145
• އަމުރު ނެރުނު ކޯޓް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: މަސްތުވާތަކެތި ގެންގުޅުން ބޭނުންކުރުން ވިޔަފާރިކުރުން.
• އަމުރު ނެރުނު ތާރީޚް: 07 އޯގަސްޓް 2010
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/248
ދަޢުވާގެ ޚުލާޞާ:
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2012
/
6547/(J
(
MD-145 ކޯޓު އަމުރަކީ ޝަރުޢީ ނުވަތަ
ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ، ތ. ގާދިއްފުށި ހަވީރީ އައްސޭރި ޙަސަން
ޝިނާން (މ. ބާމިޔާގެ) އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީސް) އެވެ.
cu o
CCCO
CO
0
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު: 2012
/
6547/(J
/
MD-145 ކޯޓު އަމުރަކީ، މޯލްޑިވްސް ޕޮލިސް
ސަރވިސް ގެ ނަންބަރު MF076260 ”ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމް” އިން މ. ބާމިޔާގެ
ޙަސަން ޝިނާން (ދ.ރ.ކާޑު ނަންބަރު A249651)، 2012 އޯގަސްޓް 07 ވަނަ ދުވަހުން ފެށިގެން 15
ދުވަހުގެ މުއްދަތަށް މީނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށްއެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
CCCX
02- ކްރިމިނަލް ކޯޓުގެ ނަންބަރު: 2012
/
6547/(J
(
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޙަސަން ޝިނާންގެ ފަރާތުން، ދެ ނުކުތާ ފާހަގަކޮށް އެނުކުތާތަކާއިމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: ފުލުހުން ތުހުމަތުކުރާ މަސްތުވާ ތަކެތި ފެނިފައިވަނީ ޙަސަން ޝިނާންގެ އަތުން
ނުވަތަ ޙަސަން ޝިނާން އާއި އެއްވެސް ގުޅުމެއް ހުރި ތަނަކުން ނޫންކަމަށްވާއިރު، އަދި އެމަސްތުވާ
ތަކެތި ފެނުނު ގެއަކީ ޙަސަން ޝިނާން އާ އެއްވެސް ގުޅުމެއްހުރި ގެއަކަށް ނުވާއިރު، އަދި އެ
މަސްތުވާ ތަކެއްޗާ އެކު ހައްޔަރުކުރި އެއްވެސް މީހަކާ ޙަސަން ޝިނާން އާއި ޢާއިލީ ގޮތުން ނުވަތަ
އެނޫން ގޮތަކުންވެސް އެއްވެސް ގުޅުމެއް ނުވާއިރު، އަދި އެ މަސްތުވާ ތަކެއްޗާ ޙަސަން ޝިނާން
އާއި ގުޅުވޭނެ އެއްވެސް ހަމައެއް ނެތްއިރު، އެތަކެއްޗާ ޙަސަން ޝިނާން އާއި ގުޅުވައި ބަންދުގެ
މުއްދަތު އިތުރު ކުރައްވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
AJA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/248
• ދެވަނަ ނުކުތާއަކީ: ޙަސަން ޝިނާންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގާ ޙަސަން ޝިނާން
އާއި ދެކޮޅަށް އެއްވެސް ހެއްކެއް ޤަރީނާއެއް ޤާޟީއަށް ހުށަހެޅިފައިނުވާއިރު، ފުލުހުން ބުނެފައިވާ
ހަމައެކަނި ބުނުން ތަކުގެ މައްޗަށް އިޢުތިމާދުވެ، ބަންދުގެ މުއްދަތު އިތުރު ކުރައްވާފައިވާ ކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
04- ކްރިމިނަލް ކޯޓުގެ ނަންބަރު: 2012
/
6547/(J
(
MD-145 ކޯޓު އަމުރަށާއި، ޙަސަން
ޝިނާންގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަ ކުރެވެއެވެ.
(ހ) ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/6547(J(MD-145 ކޯޓު އަމުރަކީ، 2012 ޖޫން 15
ވަނަ ދުވަހުގެ 17:40 ހާއިރު، ކ. މާލެ މޭފްލާވަރ ގޭގެ ކޮޓަރިއެއްގެ ތެރޭގައި އިތުރު ބަޔަކާއި ގުޅިގެން
މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގާ ޙަސަން ޝިނާންއަކީ ފުޅާ
ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްކަމަށް ތުހުމަތު ކުރެވޭތީ މުޖްތަމަޢުގެ ސަލާމަތާއި
ރައްކާތެރިކަމަށްޓަކައި، 2012 އޯގަސްޓް 07 ވަނަ ދުވަހުން ފެށިގެން އިތުރު 15 ދުވަހުގެ މުއްދަތަށް
ބަންދުކޮށްފައި ނުވަތަ ހައްޔަރު ކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރު ކޮށްދެއްވުމަށްއެދި މޯލްޑިވްސް ޕޮލިސް
ސަރވިސް ގެ ނަންބަރު MF076260 [ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމް” އިން އެދުމުން،
މުޖްތަމަޢުގެ ސަލާމަތަށްޓަކައި މިވަގުތު ޙަސަން ޝިނާން ދޫކުރުމަށް ނުފެންނަ ކަމަށް ވިދާޅުވެ، މިނިސްޓްރީ
އެފެއާރޒުން ކަނޑައަޅައި ތަނެއްގައި ބަންދުކުރުމަށް ކުރައްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ
.
(ނ) މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ މަރުޙަލާގައިވެސް،
ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް ނޫންކަމާއި،
އެމީހައަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް
އޮފް ހޯމް
AJA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އެކުއެވެ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/248
ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު” ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އެމީހެއްގެ
ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް
ނިންމުމުގެބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ
މާއްދާގެ (ރ) އާއި 49 ވަނަ މާއްދާއިން އެނގެން އޮވެއެވެ.
(ނ) ޙަސަން ޝިނާންގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ
ވިޔަފާރިކުރުމުގެ ކުށުގެ ތުހުމަތުކަން ޙަސަން ޝިނާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދި ކްރިމިނަލް
ކޯޓަށް ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު MF076260 [ބަންދުގެ މުއްދަތު އިތުރު
ކުރުމަށް ހުށަހަޅާ ފޯމް” އިން އެނގެން އޮވެފައި؟
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުން ކުރުމުގެ ކުށްތަކަކީ ޒާތާއި
ބާވަތުން މުޖްތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ
ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށާއި، އަދި އެއީ މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ
ކުށެއްކަމަށާއި، އެކުށަކީ އެންމެ މަތީ ދަރަޖައިގެ ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށެއްކަމަށް ސްޕްރީމް ކޯޓުގެ
ނަންބަރު 33/SC-A/2011 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި، ބަޔާންކުރައްވާފައިވާކަން
އެނގެން އޮތުމުގެ އިތުރުންގެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން މީހަކު
ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތް ކަމުގައިވިޔަސް ޝައްކުކުރެވޭ
ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެޙާދިސާ ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ
ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި،
34
2/
COC
AJA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
46 ހއ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/248
ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ
މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، އަދި ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ
ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
(ށ) މިމައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް
ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ނަންބަރު MF076260 ”ބަންދުގެ މުއްދަތު އިތުރު ކުރުމަށް
ހުށަހަޅާ ފޯމް” އަށް ބަލާއިރު، އެފޯމްގައި މައްސަލައާއި ގުޅިގެން ލިބިފައިވާ ހެކި ނުވަތަ ޤަރީނާގެ ގޮތުގައި.
ހ. މޭފްލާވަރ ގޭގެ ކޮޓަރި ތެރެއިން ފެނުނު ހުދު ކުލައިގެ ސިޓީ އުރައެއްގެ ތެރޭގައި މަސްތުވާ ތަކެތި ކަމަށް
ދައްކާ، ބަރުދަނުގައި 60.5575 ގްރާމްހުރި ބްލެޓް ސައިޒުގެ 50 ރަބަރު ޕެކެޓް ފެނިފައިވާކަމާއި،
އިޝާރާތްކުރެވުނު ސިޓީއުރައިގެ ބޭރުން ނެގިފައިވާ ފިންގަރ ޕްރިންޓާއި ޙަސަން ޝިނާންގެ ފިންގަރ
ޕްރިންޓާއި ދިމާވެފައިވާ ކަމާއި، އަދި އޭގެ އިތުރުން އެކޮޓަރިން ބައި ކިލޯއަށް ވުރެ ގިނަ ޢަދަދެއްގެ
މަސްތުވާތަކެތި ފެނިފައިވާ ކަމާއި، ޙަސަން ޝިނާންގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާއިން
ޕޮޒިޓިވްވެފައިވާ ކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަ ؛
އިސްވެ އިޝާރާތްކުރެވުނު ފޯމުގައި ޙަސަން ޝިނާން އިތުރަށް ބަންދުގައި ބަހައްޓަން
މީހެއްކަމަށް ތުހުމަތުކުރެވޭތީވެ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބަޔާންކޮށްފައިވާ ކަމާއި،
ދެފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު ޙަސަން ޝިނާންގެ ތަޙްޤީޤު އަދި ފުރިހަމަވެފައި ނުވާކަން
އެނގޭކަމާއި، ތަޙްޤީޤު މަރުޙަލާއަކީ ތަޙްޤީޤަށް ބޭނުންވާ ހެކިތަކާއި ޤަރީނާތައް
މަރުޙަލާކަމާއި، ޙަސަން ޝިނާންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ
ވިޔަފާރިކުރުމުގެ ކުށް ކަމަށްވާއިރު، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި
މަސްތުވާތަކެއްޗަށް
34ތ &
ބޭނުންވާ
ހ) ބޑތ ތ
24
23
2 ޏ ޑ
އއބރހުންހދިން
· 4
ޢީނުން ކުރުމުގެ
A+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/248
ކުށްތަކަކީ އެކުށްތަކުގެ ޒާތާއި ބާވަތުން މުޖްތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، ނުރައްކާތެރިކަން
ބޮޑު ކުށުގެ ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމާއި، މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ
ވިޔަފާރިކުރުމުގެ ކުށުގެ ތުހުމަތުގައި އެފަރާތެއްގެ ތަހުޤީޤު ކުރެވެމުންދާ ފަރާތަކީ މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތި ވެދާނެ ފަރާތެއްކަމަށް ޤަބޫލުކުރެވޭ ފަރާތެއް ކަމަށްވާއިރު، މިމައްސަލައާއި ގުޅިގެން
ހޯދިފައިވާ ތަކެތި އަޅާފައިވާ ސިޓީއުރައިގެ ބޭރުން ފެނިފައިވާ އިގިލީގެ ނިޝާން، ޙަސަން ޝިނާންގެ އިގިލީގެ
ނިޝާނާއި ދިމާވެފައިވާކަން އެނގެން އޮތުމަކީ، ޙަސަން ޝިނާންގެ މައްޗަށް ތަހުމަތު ކުރެވިފައިވާ ކުށުގެ
ބާވަތުން މިމަރުޙަލާގައި ބަންދުގައި ބެހެއްޓުމަށް އެކަށީގެން ސަބަބެއް ކަމަށް ބެލެވެއެވެ.
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2012
/
6547/J
(
MDS-145 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ޙަސަން ޝިނާންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، ތާތަކާގުޅިގެން ދެފަރާތުން ދައްކާފައިވާ
ވާހަކައަށާއި، ހުށަހެޅިފައިވާ ލިޔުންތަކުގެ އަލީގައި އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ސަބަބުތަކަށްޓަކައި، ކްރިމިނަލް ކޯޓުގެ އިސްވެ އިސްވެ އިޝާރާތްކުރެވުނު އަމުރުގައި ގާދިއްފުށި(
ހަވީރީއައްސޭރި ޙަސަން ޝިނާން (ދ.ރ.ކާޑު ނަންބަރު A249651) 07 އޯގަސްޓް 2012 ގެ 14:45
އިން ފެށިގެން 22 އޯގަސްޓް 2012 ގެ 14:44 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ
ތަނެއްގައި ބަންދުކުރުމަށް ކުރައްވާފައިވާ އަމުރަށް ބަދަލު ގެންނަންޖެހޭ ކަމަކަށް މިމައްސަލަބެލި ހައިކޯޓުގެ
ފަނޑިޔާރުންނަކަށް ނުފެނުނެވެ.
ޑ 33/ ހ2 3
ހއ 2
3
4
3
.
ޙުކުމް.
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތް ކުރުމުން،
ކްރިމިނަލް ކޯޓުގެ ނަންބަރު 2012
/
6547/J
(
MD-145 ކޯޓު އަމުރަށް ބަދަލެއް ގެންނާނެ ތަނެއް ނެތް
ކަމަށް މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލިހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފިމެވެ.
di;
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv