ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/31 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/3j
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 31/HC
-
A/2013
އިސްތިއުނާފުކުރި ފަރާތް:
ނަން: މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރ: 374
/
1996-C
* ދާއިމީ އެޑްރެސް: ހ.ހާލި(މާލެ
މިހާރުގެ އެޑްރެސް: ހ.ހާލިމާލެ
*
0
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ބ.ތުޅާދޫ ކައުންސިލްގެ އިދާރާ
އައިޑީ ކާޑުނަންބަރު
* ދާއިމީ އެޑްރެސް: ތުޅާދޫ ކައުންސިލްގެ އިދާރާ
މިހާރުގެ އެޑްރެސް: ތުޅާދޫ ކައުންސިލްގެ އިދާރާ
ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ރަބީޢުލްއައްވަލް 1434
31 ޖެނުއަރީ 2013
ނިމުނު ތާރީޚް: 23 ޛުލްޤައިދާ 1434
29 ސެޕްޓެމްބަރު 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު 2012/F12C/18
ނިންމެވިކޯޓް: ތުޅާދޫ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ބިމާއި ޢިމާރާތް ޙަވާލުކުރުން
ހުށަހެޅި ތާރީޚް: 2012-05-14 ނިމުނު ތާރީޚް: 2017-12-04
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހިމް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/3]
ދަޢުވާގެ ޚުލާޞާ:
އީ،
ބ.ތުޅާދޫ
މެޖިސްޓްރޭޓް ކޯޓު
ނަންބަރު: 2012/F12C/18 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑް
ގެ ފަރާތުން ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާ އެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު
ރައްދުވާ ފަރާތަކީ ބ.ތުޅާދޫ ކައުންސިލްގެ އިދާރާއެވެ.
01 ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު: 2012/F12C/18 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް ތެލުގެ
ވިޔަފާރިކުރުމަށްޓަކައި، ބ.ތުޅާދޫއިން ދޫކޮށްފައިވާ 2010 އަކަފޫޓުގެ ބިމާއި
ބެހޭގޮތުން މާޅޮސް މަޑުލު
ދެކުނުބުރީ އަތޮޅު އޮފީހާއި މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެވިފައިވާ އެއްބަސްވުމާއި އެ
ކުންފުނީން ޚިލާފުވެފައިވާކަމަށާއި، އަދި އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށްބުނެ، އެ ބިމާއި އެ
ބިމުގައިވާ އިމާރާތް ބ.ތުޅާދޫ ކައުންސިލްގެ އިދާރާއާއި
ޙަވާލުކުރުމަށް އެންގުމުންވެސް ޙަވާލުކޮށްފައި
ނުވާކަމަށްބުނެ، މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ބ.ތުޅާދޫ ކައުންސިލް އިދާރާއިން އެ
ބިމާއި އިމާރާތް ހޯދުމަށް ދަޢުވާކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމާއި،
އެ މައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި،
ގަކުރެވުނު ނުކުތާތަކު މައްޗަށް ބަލާ ނަޒަރުކުރިހިނދު، ބ.ތުޅާދޫ ކައުންސިލްގެ އިދާރާއިން މެރީޑިއަމް
ސަރވިސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްފައިވާ މި ދަޢުވާއަކީ، ބ.އަތޮޅު އޮފީހާއި މެރީޑިއަމް ސަރވިސް
ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ބ.ތުޅާދޫން 2010 އަކަފޫޓުގެ ބިން، ތެލުގެ
ފަހގަ#
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2013/HC-A/3]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވިޔަފާރިކުރުމަށްޓަކައި 01 މާރޗް 2010 ން ފެށިގެން ފަސް އަހަރުގެ މުއްދަތަކަށް 10
އޭޕްރީލް 2007 ގައި މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ބިމެއްކަމާއި، އެއްބަސްވުމުގައިވާ
ގޮތުން 31 މާރޗް 2012 އަށް އެއްބަސްވުމުގައިވާ މުއްދަތު ހަމަވެފައިވާތީއާއި، އަދި އެއްބަސްވުމުގައިވާ
ގޮތުގެމަތިން ތެލުގެ ޚިދުމަތް ރައްޔިތުންނަށް ނުލިބޭތާ މިހާރު އަހަރަކަށްވުރެ ގިނަދުވަސްވެފައިވާކަމަށާއި،
ޚިދުމަތްނުދެވި، އެގޮތަށް އެތަން ހުރުމުން ރައްޔިތުންނަށާއި، ތަނަށް ގެއްލުންވަމުންދާތީ އެއްބަސްވުމުގައިވާ
ގޮތުގެމަތިން 30 ދުވަހުގެ މުއްދަތެއް، ތަނުގައި ޚިދުމަތްދޭން ފެށުމަށްދީ، އެމުއްދަތުގެ ތެރޭގައި ޚިދުމަތްދޭން
ނުފަށައިފިނަމަ ބިން އަތުލެވޭނެކަމަށް ޝްރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް ކައުންސިލުން
އެންގުމުންވެސް ޚިދުމަތްދޭން ފަށާފައިނުވާތީ، އެތަނުގައިވާ މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑްގެ
އަމިއްލަ ތަކެތި ގެންދިޔުމަށްފަހު ބިމާއި، ޢިމާރާތް ކައުންސިލް އިދާރާއަށް ޙަވާލުކުރުމަށް އެންގުމުންވެސް
އެތަން ކައުންސިލް އިދާރާއާއި ޙަވާލުކޮށްފައި ނުވާތީ ޝަރީޢަތް މެދުވެރިކޮށް އެބިމާއި ޢިމާރާތް ކައުންސިލަށް
ނަގާދިނުމަށް އެދި ޝަރީޢަތުގައި އެދިފައިވީހިނދު،
ބ.ތުޅާދޫ ކައުންސިލްގެ އިދާރާއިން މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް
ބިމާއި، ޢިމާރާތް ހޯދުމަށްޓަކައި ކޮށްފައިވާ މިދަޢުވާގެ ޝަރީޢަތް ހިންގާ ނިންމުމަށްޓަކައި، މެރީޑިއަމް
ސަރވިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަކީލަކު ކޯޓަށް ޙާޟިރުވުމަށް މިކޯޓުގެ ނަންބަރު
2012
/
06/F12C (23 މެއި 2011) ސިޓީ އާއި، ނަންބަރު 2012/02 ކޯޓު އަމުރު ފޮނުވުމުންވެސް
ކޯޓަށް ޙާޟިރުވެފައިނުވާތީ، މިކޯޓުގެ ނަންބަރު 2012/03 (11 ސެޕްޓެމްބަރ 2012 ކޯޓު އަމުރުންނާއި،
ނަންބަރު 20121251 ކޯޓަށް ޙާޟިރުވުމުގެ އަމުރުން، އެ އަމުރުގައިވާ ދުވަހާއި ގަޑިއަށް ކޯޓަށް
ޙާޟިރުނުވެއްޖެނަމަ، މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ
ނިންމާނެކަން އެންގި އެންގުމަށްވެސް އިޖާބަނުދީ، ކޯޓަށް ޙާޟިރުނުވުމުން، މިމައްސަލަ ކުރިއަށް ގެންދަނީ
މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ޙާޟިރުގައި ކަމަށާއި، ބ.ތުޅާދޫ ކައުންސިލްގެ އިދާރާއިން
ޤިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/3]
މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މިކުޅަ ދަޢުވާގައި، ބ.ތުޅާދޫން މެރީޑިއަމް ސަރވިސް
ޕްރައިވެޓް ލިމިޓެޑަށް ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ދޫކޮށްފައިވާ 2010 އަކަފޫޓްގެ ބިން ދޫކުރުމުގައި
ދެފަރާތުން ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު 01 މާރޗް 2012 އަށް ހަމަވެފައިވާތީ، (ދިވެހިރާއްޖޭގެ އިދާރީ
ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން) ގެ 23 ވަނަ މާއްދާގެ އ،ތ އަދި 145 ވަނަ މާއްދާއިން
އެބާރު ރަށު ކައުންސިލަށް ލިބިގެންވާކަމަށް ޝަރީޢަތަށް ބުރަވެވޭތީ، މިއަދުން ފެށިގެން (2012-12-04)
01 (އެކެއް) މަސްދުވަހުގެ ތެރޭގައި އެތަނުގައި ހުރި، މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑްގެ އަމިއްލަ
އެންމެހައި ތަކެތި (އުފުލޭމުދާ، އެތަނުން ނެރެ (އެތަނުން ގެންދިޔުމަށްފަހު) ނަންބަރު 2007/03 ގެ
އެއްބަސްވުމުގެ 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެބިމާއި، އިމާރާތް ބ.ތުޅާދޫ ކައުންސިލްގެ އިދާރާއާއި
ޙަވާލުކުރުމަށް، މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް އަންގާ (މެރީޑިއަމް ސަރވިސް ޕްރައިވެޓް
ލިމިޓެޑްގެ ޣައިރު ޙާޟިރުގައި) އަމުރުކޮށް މިމައްސަލަ ނިންމީއެވެ." މިފަދައިން ބަޔާންކޮށްފައިވާކަން
އެމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ccc
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2012/F12C/18 ޤަޟިއްޔާގެ ޙުކުމް ކުރުމާއި ގުޅިގެން މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑް ގެ
ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި
ނުކުތާތައް ފާހަގަކޮށް އެ ނުކުތާތަކާއި މެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް ތެލުގެ
ވިޔަފާރިކުރުމަށްޓަކައި، ބ.ތުޅާދޫން ދޫކޮށްފައިވާ 2010 އަކަފޫޓުގެ ބިން، ބ.ތުޅާދޫ ކައުންސިލާއި
ޙަވާލުކުރުމަށް މެރީޑިއަމް ސަރވިސްގެ މައްޗަށް އަމުރުކޮށް، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވަނީ،
މެރީޑިއަމް ސަރވިސްގެ ބަހެއް ހޯދުމަކާ ނުލާ ކަމުން ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއާއި ޚިލާފަށް
ހިންގަވާފައިވާ ޝަރީޢަތަކުން ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ކުން 04
/
0ކުން
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/3]
* ދެވަނަ ނުކުތާއަކީ: މައްސަލައިގެ ޒާތް ކިތަންމެ ސާފުކަމުގައި ލޯ މައްޗަށް ފެނުނު
ނަމަވެސް އަނެއް ފަރާތުގެ ބަހެއް ހޯދުމަކީ އިސްލާމީ ޝަރީޢަތުގައި ޝަރީޢަތް ހިންގުމުގެ އެންމެ އަސާސީ
އިޖުރާތު ކަމަށްވާއިރު މިމައްސަލަ ނިމުމުގެ އިޙްތިމާލު ކޮންމެ ކޮޅަކަށް އޮތް ނަމަވެސް މެރީޑިއަމް ސަރވިސްގެ
ބަހެއް ހޯދަންޖެހޭނެ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
* ތިންވަނަ ނުކުތާއަކީ: މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް ތެލުގެ
ވިޔަފާރިކުރުމަށްޓަކައި، ބ.ތު
ބ.ތުޅާދޫން ދޫކޮށްފައިވާ 2010 އަކަފޫޓުގެ ބިން، ބ.ތުޅާދޫ ކައުންސިލާއި
ޙަވާލުކުރުމަށް މެރީޑިއަމް ސަރވިސްގެ މައްޗަށް އަމުރުކޮށް، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮ
ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2010/SC-A/02 ގައި ކަނޑައަޅާފައިވާ މަދަނީ އިޖުރާތާއި ޚިލާފަށް
ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
މިމައްސަލައާއި ގުޅިގެން ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު
2012/F12C/18 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ ނިމުނުގޮތާއިމެދު ހިތްހަމަ
ނުޖެހޭކަމަށްބުނެ މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
-03
ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: އިސްތިއުނާފު މިކުރެވޭ ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު:
2012/F12C/18 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
ހުށަހަޅާފައިވާ ތިން ނުކުތާގައިވެސް މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންކަމަކީ މެރީޑިއަމް ސަރވިސް
ޕްރައިވެޓް ލިމިޓެޑް ގެ ޣައިރު ހާޒިރުގައި އެޤަޟިއްޔާ ހިންގާ ޙުކުމްކޮށްފައިވާތީ އެކަމުގެ މައްޗަށް
ފާހަގަކޮށްފައިވާ
ގެން އޮންނާތީ، އެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު ދިރާސާކޮށް
ބެލުމުން، އެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (7) ވަނަ ނަންބަރުގައި، މެރީޑިއަމް ސަރވިސް
އެނގެން
OX
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/3]
ލިމިޓެޑަށް ރައްދުވާ ގޮތަށް ބ.ތުޅާދޫ ކައުންސިލްގެ އިދާރާގެ ފަރާތުން އެ ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ
މައްސަލަ ހިންގުމަށްޓަކައި އެ ކުންފުނީގެ ފަރާތުން ޖަވާބުދާރީވާނެ މީހަކު ހަމަޖެއްސުމަށްފަހު 06 ޖޫން 2012
ވަނަ ދުވަހު އެ ކޯޓު ބަންދުވުމުގެ ކުރިން އެކަން އެންގުމަށް އެ ކޯޓުގެ ނަންބަރު: 2012
/
06/F12C
(23 މެއި 2012) ގެ ސިޓީ އިން މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑުގައި ދަންނަވާފައިވާކަމަށާއި،
ނަމަވެސް އެ ސިޓީގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިއިރުވެސް އެ ކުންފުނީގެ ފަރާތުން އެއްވެސް ޖަވާބެއް
ދީފައި ނުވާކަމަށާއި، އެހެންކަމުން އެ ކޯޓުގެ ނަންބަރު: 2012/02 ކޯޓު އަމުރުން، އެ ކޯޓުގެ ނަންބަރު:
2012/F 12C/18 ޤަޟިއްޔާ އަށް މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ޖަވާބުދާރީ ވާނެ
މީހަކު ހަމަޖެއްސުމަށްފަހު 28 ޖޫން 2012 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެކޯޓަށް އެންގުމަށް މެރީޑިއަމް
ސަރވިސް ޕްރައިވެޓް ލިމިޓެޑަށް އެންގިފައިވާކަމަށާއި، ނަމަވެސް އެ އަމުރަށްވެސް އެ ކުންފުނީގެ ފަރާތުން
އިޖާބަދީފައި ނުވާތީ، އެ ކޯޓުގެ ނަންބަރު 2012/03 ކޯޓު އަމުރު، 11 ސެޕްޓެމްބަރ 2012 ގައި އެ
ކުންފުންޏަށް ފޮނުވިފައިވާކަމަށާއި، އެ އަމުރުގައި އެއީ އެ ކުންފުނީން މީހަކު ހަމަޖެއްސުމަށް ދެވޭ އެންމެ
ފަހުގެ ފުރުޞަތު ކަމަށް ބަޔާންކޮށް، ހުށަހެޅިފައިވާ މައްސަލައަށް އެ ކުންފުނީގެ ފަރާތުން ޖަވާބުދާރީވާނެ
މީހަކު 27 ސެޕްޓެމްބަރ 2012 ގެ 14:00 ގެ ކުރިން ހަމަޖައްސައި އެކަން އެ ކޯޓަށް އެންގުމަށާއި، އެ
މުއްދަތުގައި އެކުންފުނި ތަމްސީލުކުރާނެ ފަރާތެއް ހަމަނުޖައްސައިފިނަމަ އެ ކުންފުނީގެ ޣައިރު ހާޒިރުގައި
އެމައްސަލަ ހިންގާ ނިންމާނެކަމަށް އެންގުމުންވެސް، އެ އަމުރަށްވެސް އެ ކުންފުނީގެ ފަރާތުން އިޖާބަ
ދީފައިނުވާތީ، އެ ކޯޓުގެ ނަންބަރު: 2012/251 ކޯޓަށް ހާޒިރުވުމުގެ އަމުރު 12 ނޮވެމްބަރ 2012 ގައި
މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވައި އެ އަމުރުގައިވާ ގަޑިއަށް އެ ކުންފުނީގެ ފަރާތުން އެ
ކޯޓަށް ހާޒިރުނުވިނަމަ ޣައިރު ހާޒިރުގައި މައްސަލަ ނިންމާނެކަންވެސް އެންގިފައިވާކަމަށާއި، ނަމަވެސް އެއިން
އެއްވެސް އަމުރަކަށް އެ ކުންފުނީގެ ފަރާތުން އިޖާބަ ދީފައި ނުވާތީ، އެ މައްސަލަ ހިންގާ ނިންމާފައިވަނީ އެ
ކުންފުނީގެ ޣައިރު ހާޒިރުގައިކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭތީ،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2013/HC-A/3]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OU OO
އެކަންކަމާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މެރީޑިއަމް
ސަރވިސް ޕްރައިވެޓް ލިމިޓެޑާއި ސުވާލު ކުރުމުން، ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު:
2012/F 12C/18 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (7) ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ،
އިސްވެ ބަޔާންކުރެވިފައިވާ އަމުރުތައް ކުންފުންޏަށް ލިބިފައިނުވާކަމަށް އެ ކުންފުނީގެ ފަރާތުން
ބުނެފައިވާކަން ފާހަގަކުރެވެއެވެ.
އެ
3.2- ދެވަނަ ކަމަކީ: ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު: 2012/F 12C/18
ޤަޟިއްޔާގެ (7) ވަނަ ނަންބަރުގައި މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވުނުކަމަށް ބަޔާން
ކޮށްފައިވާ ކޯޓު އަމުރުތައް އެ ކުންފުންޏަށް ލިބިފައި ނުވާކަމަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެ
ކުންފުނީގެ ފަރާތުން ބުނުމާ ގުޅިގެން، އެކަން ހިނގާފައިވާގޮތް ރަނގަޅަށް ސާފުކުރުމުގެ ގޮތުން ބ.ތުޅާދޫ
މެޖިސްޓްރޭޓް ކޯޓުން ފާހަގަކޮށްފައިވާ އިސްވެ ބަޔާންކުރެވުނު އެ ކޯޓުގެ ސިޓީއާއި އެ ކޯޓުގެ ތިން އަމުރު
މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް ރައްދު ކުރެވިފައިވާކަން އެނގޭ ލިޔުންތައް ހައިކޯޓަށް ފޮނުވައި
ދެއްވުމަށް އެ ކޯޓުގައި ދެންނެވުމުން، އެ ކޯޓުގެ ނަންބަރު: 95
/
2013
/
02/F12C (24 އޭޕްރީލް 2013)
ސިޓީއާއެކު އެ ލިޔުންތައް ހައިކޯޓަށް ފޮނުވާފައިވާކަމާއި، މިގޮތުން އެ ލިޔުންތަކަށް ބަލާއިރު، އެއިން ކޮންމެ
ލިޔުމެއްގައިވެސް "ފެކްސްކޮށްފައި" މިފަދައިން ލިޔެފައިވާ ތައްގަނޑެއް ޖަހައި، އެ ތައްގަނޑުގެ ތެރޭގައި
އަތުލިޔުމުން ފެކްސް ކުރެވުނު ތާރީޚާއި ގަނޑި ލިޔެފައިވާކަމާއި، އަދި އެ ލިޔުންތަކުގެ ތެރެއިން ފުރަތަމަ
މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވުނު ކަމަށް ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2012/F12C/18 ޤަޟިއްޔާގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2012
/
06/F12C (23 މެއި 2012) ސިޓީގައި އިޝާރާތްކުރެވުނު ތައްގަނޑުގެ ކައިރީގައި އަތުލިޔުމުން،
"ލިބުނުކަމަށް ތަބައްސުމް" މިފަދައިން ލިޔެފައިވާކަމާއި، އަދި އެ ކޯޓުގެ ނަންބަރު 2012/251 "ކޯޓަށް
ޙާޟިރުވުމުގެ އަމުރު" ގައި އިޝާރާތް ކުރެވުނު ތައްގަނޑު ގެ ކައިރީގައި ތަބައްސުމް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2013/HC-A/3]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ލިޔެފައިވާކަމާއި، އަދި އެ ކޯޓުގެ ނަންބަރު: 2012/02 "ކޯޓު އަމުރު" ގައި، އިޝާރާތްކުރެވުނު ތައްގަނޑުގެ
ކައިރީގައި "ލިބުނުކަމަށް ތަބައްސުމް" މިފަދައިން ލިޔެފައިވާކަމާއި، އެ ކޯޓުގެ ނަންބަރު 2012/03 "ކޯޓު
އަމުރު" ގައި، "11/9
14:13 އަދި ނުލިބޭކަމަށް - ޢުމަރު" މިހެން ލިޔުމަށްފަހު، އޭގެ ތިރިން "11/9
14:25 ފެކްސް ގައި ކުޑަ މައްސަލައެއް އުޅޭކަމަށް ތަބައްސާމް" މިހެން ލިޔެފައިވާކަމާއި، އަދި އޭގެ
އިތުރުން 13/09/129
10:00 ރައްސާމް ލިބިފައިވާކަމަށް ވިދާޅުވި" މިފަދައިން ލިޔެފައިވާކަން އެނގެން
އޮންނަކަމާއި، މިކަންކަން ފާހަގަކުރެވިފައިވާތީ،
މިލިޔުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މެރީޑިއަމް ސަރވިސް
ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށްފަހު، މިކަންކަމާ ބެހޭގޮތުން ޖަވާބުދާރީވުމަށް ދެންނެވުމުން، އެކަންކަން
ސާފުކުރުމަށްފަހު، އެ ކުންފުނީން ދީފައިވާ ޖަވާބުގައި، ޢުމަރު މުޙައްމަދު އާއި ސަންފާ ތަބައްސުމް އަކީ
ބ.ތުޅާދޫ މެޖިސްޓްރީޓްރޭޓް ކޯޓުން ވިދާޅުވެފައިވާ ކޯޓު އަމުރުތައް ފޮނުވިކަމަށް ބުނާ ތާރީޚުތަކުގައި އެ
ކުންފުނީގެ ވަޒީފާ އަދާކޮށްފައިވާ ދެ މީހުންކަމުގައި ވިޔަސް އެ އަމުރުތަކުގައި އެ ކޯޓުގެ މުވައްޒަފުން ގަލަމުން
ލިޔެ ބަޔާންކޮށްފައިވާފަދަ މުޢާމަލާތެއް، އެ ކުންފުނީގެ އިސްވެ ބަޔާންކުރެވުނު މުވައްޒަފުންނާއެކު ބ.ތުޅާދޫ
މެޖިސްޓްރޭޓް ކޯޓުން ހިންގާފައި ނުވާކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.
3.3- ތިންވަނަ ކަމަކީ: ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު: 2012/F 12C/18
ޤަޟިއްޔާ އާއި ގުޅިގެން މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވިފައިވާކަމަށް އެ ރިޕޯޓުގައި
ބަޔާންކޮށްފައިވާ އިސްވެ ބަޔާންކުރެވުނު އަމުރުތައް އެ ކުންފުންޏަށް ރައްދުކޮށްފައިވަނީ ފެކްސްގެ ޒަރިއްޔާއިން
ކަމަށް އެ ކޯޓުން ބުނެފައިވާތީ، އެ އަމުރުތައް ފެކްސް ގެ ޒަރިއްޔާއިން އެ ކުންފުންޏަށް ރައްދުކުރެވުނުކަން
އެނގޭ ފެކްސް މެޝިންގެ ޓްރާންސްމިޝަން ރިޕޯޓުތައް ފޮނުއްވައި ދެއްވުމަށް އެ ކޯޓުގައި ދެންނެވުމުން،
އެފަދަ ރިޕޯޓެއް ނެތްކަމަށް އެ ކޯޓުގެ ނަންބަރު: 95
/
2013
/
03/F12C ސިޓީ ގައި ވިދާޅުވެފައިވާކަން
ދިވެހިރާއްޖޭގެ
ފާހަގަކުރެވެއެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/3]
އ
3.4- ހަތަރުވަނަ ކަމަކީ: "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު"
ގެ 28 ވަނަ މާއްދާގައި، "ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބި،
މަޤުބޫލު ޢުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރު ނުވެއްޖެނަމަ، ނުވަތަ
ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައިނެތި، އެމީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ޙާޟިރުގައި މައްސަލަ
ހިންގޭނެކަން އެނގޭނެ ގޮތަށް އެމީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ
ވަޞީލަތްތަކުން އިޢުލާނު ކުރުމަށްފަހު، އިއުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރު ނުވެއްޖެނަމަ، ކޯޓަށް
ޙާޟިރުވުމަށް އެނގުނީ ކަމަށް ބަލައި، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، އެމީހާގެ
ޣައިރު ޙާޟިރުގައި ކޯޓުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެވެ މިފަދައިން އޮންނަ އޮތުމުން
އެނގެނީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް (ޖިނާއީ މައްސަލަ ފިޔަވައި) ގައި ދަޢުވާ ރައްދުވާ ފަރާތް ކޯޓަށް
ހާޒިރުވުމަށް އަންގާ ފޮނުވާ ކޯޓަށް ހާޒިރުވުމުގެ އަމުރު އެފަރާތަށް ރައްދުވެ، ކޯޓަށް ހާޒިރުވެފައި ނުވާ
ނަމަވެސް އެފަރާތެއްގެ ޣައިރު ހާޟިރުގައި އެމައްސަލަ އެއް ހިންގާ ޙުކުމް ކުރެވޭނީ، އެފަރާތެއްގެ ޣައިރު
ޙާޟިރުގައި އެ މައްސަލައެއް ހިންގާ ޙުކުމް ކުރެވޭނެކަން އެނގޭގޮތަށް އެފަރާތެއް ހޯދުމަށް ރޭޑިއޯއިން ނުވަތަ
ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތަކުން އިޢުލާނު ކުރުމަށްފަހު، އެ އިޢުލާނުގައި އެފަރާތް އެ
ކޯޓަކަށް ހާޒިރުވުމަށް އަންގާފައިވާ ތާރީޚާއި ގަޑިއަށް ޙާޟިރުވެފައި ނުވާނަމަ ކަމާއި،
އިސްތިއުނާފު މިކުރެވޭ ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު: 2012/F12C/18
ޤަޟިއްޔާގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާގައި މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް އެ
ކުންފުނީގެ ޣައިރު ހާޒިރުގައި ޙުކުމް ކުރައްވާފައިވަނީ، އެ ކުންފުންޏަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު
ފޮނުވުމުން އެ އަމުރުތައް އެ ކުންފުންޏަށް ރައްދުވެ އެ ކޯޓަށް ހާޟިރު ވެފައި ނުވާތީ ކަމުގައި ބަލައިގެންކަމަށް
ހައިކޯޓުން ބެލިކަމުގައި ވިޔަސް، އިސްވެ މިބަޔާންކުރެވުނު "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ
ގޮތުގެ ޤަވާޢިދު" ގެ 28 ވަނަ މާއްދާގައި ބުނެފައިވާފަދައިން ޚަބަރު ފަތުރާ ވަޞީލަތަކުން، ކަނޑައެޅީމެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/3]
ތްރީޚަކާއި ކަނޑައެޅިފައިވާ ގަޑިއަކަށް މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑް ޙާޟިރުވުމަށާއި، އަދި އެ
އިޢުލާނުގައި ބަޔާންކޮށްފައިވާ ތާރީޚާއި ގަޑިއަށް އެ ކުންފުނީގެ ފަރާތުން މީހަކު ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް
ޙާޟިރު ނުވިނަމަ އެ ކުންފުނީގެ ޣައިރު ޙާޟިރުގައި އެ މައްސަލަ ހިންގާ ނިންމާނެކަމަށް އަންގާ ކޮށްފައިވާ
3
s Aވ
އިޢުލާނެއް ނެތްކަން ފާހަގަކުރެވެއެވެ.
އެހެންކަމުން ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2012/F12C/18 ޤަޟިއްޔާގައި
މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑް ގެ ޣައިރު ޙާޟިރުގައި ޙުކުމް ކޮށްފައިވަނީ އެ ޤަޟިއްޔާ އާއި
ގުޅިގެން އެ ކުންފުންޏަށް އެ ކޯޓަށް ޙާޟިރުވުމަށް ފޮނުވުނު އަމުރުތައް އެ ކުންފުންޏަށް ރައްދުވެ އެ
އަމުރުތަކާއި އެއްގޮތަށް އެ ކޯޓަށް ޙާޟިރުވެފައި ނުވާތީ ކަމުގައި ބެލިކަމުގައިވިޔަސް، އެ ކުންފުނީގެ ޣައިރު
ޙާޟިރުގައި އެ މައްސަލަ ހިންގާ ޙުކުމް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އެންމެހައި އިޖްރާއާތު
ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވެން ނެތްކަން ފާހަގަކުރެވެއެވެ.
3.5 ފަސްވަނަ ކަމަކީ: މައްސަލަ ހުށަހެޅިފައިވާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި
ހުންނަ ކުންފުނި ނުވަތަ ކްލަބް ޖަމްޢިއްޔާފަދަ ޤާނޫނީ ޝަޚްޞްތައް ޙާޟިރުކުރުމުގައި އެފަދަ ތަންތަނުގެ
އެއްބާރު ނުލިބޭ ޙާލަތުގައި، ފެކްސްގެ ޒަރިއްޔާއިން ކޯޓު އަމުރު ރައްދުކޮށް ހެދުމުން، އެފަދަ ތަނަކުން އެ
އަމުރު ލިބިފައިވާކަމަށް އިންކާރު ކުރާ ޙާލަތުގައި، އަމުރު ފޮނުވި ކޯޓަކީ ލިބިފައިވާ ވަޞީލަތްތައް މަދު ކޯޓެއް
ކަމުގައިވާނަމަ، އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަންތައްތައް ގެންދެވިފައިވާކަން ސާބިތުވުމަކީ ދަތި އުނދަގޫ
ވާނެކަމާއި، އެހެންކަމުން ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން މާލޭގައި ހުންނަ ފަރާތަކަށް ކޯޓު އަމުރެއް
ރައްދުކުރަން ވެއްޖެނަމަ، މާލޭގައި ހުންނަ ސިވިލް ކޯޓުގެ ރަށުގެ ކޯޓު ޝެކްޝަން" އާއި ވާހަކަ ދައްކައިގެން
އެ ސެކްޝަން މެދުވެރިކޮށް އެ އަމުރު ރައްދުކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަކީ މިފަދަ މައްސަލަތައް
މެދުވެރިނުވެ އެފަދަ ކޯޓުތަކުން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތު އޮމާންކަމާއެކު ފުރިހަމަކުރެވެމުން ދާނެ
ވަސީލަތެއްކަން ފާހަގަކުރެވެއެވެ.
ކަމެއްކަމަށް ވެސް
s
ހިރާއްޖޭގެ
ccc
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
2013/HC-A/3]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކަންތައްތައް
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކޮށްފައިވާ އެންމެހައި
އެތައް އެގޮތުގެ މަތިން ހުރުމާއެކު، ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2012/F12C/18
ޤަޟިއްޔާގައި ދަޢުވާ ރައްދުވި މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑް އަށް އެ ކޯޓަށް ޙާޟިރުވުމަށް
ތަކުރާރުކޮށް އެންގުމުން އެ ކޯޓަށް ޙާޟިރުވެފައި ނުވާކަމަށް ބައްލަވާ، އެ ކުންފުނީގެ ޣައިރު ޙާޟިރުގައި އެ
ޤަޟިއްޔާ ހިންގާ ޙުކުމް ކޮށްފައިވަނީ، ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ޙުކުމް ކުރުމުގެ ކުރިން ފުރިހަމަ
"ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 28 ވަނަ މާއްދާގައި
ބުނެފައިވާ އެންމެހައި އިޖްރާއާތު ފުރިހަމަ ކުރުމަކާނުލައި ކަމަށްވާތީ، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެ
ގެންނަން ޖެހޭނެކަމާއި، އަދި އެ ޤަޟިއްޔާއަކީ އެ ކޯޓުން އަލުން ބެލުމަށްޓަކައި ތަޙްލީލު ކުރަންޖެހޭނެ
ޤަޟިއްޔާއެއް ކަމަށް މިމައްސަލަ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައި ވެއެވެ.
8.3
6
4
ކުރަންޖެހޭނެކަމަށް
cec
uc
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ރިޢާޔަތްކޮށް ބަލާއިރު، ބ.ތުޅާދޫ ކައުންސިލްގެ އިދާރާގެ ފަރާތުން މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑް ގެ
މައްޗަށް ދަޢުވާކޮށް ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު: 2012/F12C/18
ޤަޟިއްޔާ އާއި ގުޅިގެން މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް އެ ކޯޓަށް ޙާޟިރުވުމަށް ތަކުރާރުކޮށް
އެންގުމުންވެސް އެކުންފުނީގެ ފަރާތުން އެ ކޯޓަށް ޙާޟިރުވެފައި ނުވާކަމަށް ބައްލަވާ، އެ ކުންފުނީގެ ޣައިރު
ޙާޟިރުގައި އެ ޤަޟިއްޔާ ހިންގާ ޙުކުމް ކޮށްފައިވަނީ، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ
ޤަވާޢިދު" ގެ 28 ވަނަ މާއްދާގައި ބުނެފައިވާ އިޖްރާއާތު ފުރިހަމަ ކުރުމަކާނުލައިކަން ޝަރީޢަތަށް ސާބިތުވާތީ،
ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު: 2012/F12C/18 ޤަޟިއްޔާގެ
ބާޠިލްކުރުމާއެކު، އެ ޤަޟިއްޔާއަކީ ޤާނޫނު ނަންބަރު: 22/2010 (ކޯޓުތަކާބެހޭ ޤާނޫނު) ގެ 46
6
ތިމާ
07:
:
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
2013/HC-A/3]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން އެ ކޯޓުން އަލުން ބެލުމަށްޓަކައި ތަޙްލީލް ކުރަންޖެހޭ ޤަޟިއްޔާއެއް ކަމަށް
މިޤަޟިއްޔާ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، އެ ޤަޟިއްޔާ އަލުން ބެލުމަށްޓަކައި
ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ތަޙުލީލުކޮށް މިޤަޟިއްޔާ ނިންމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv