ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/293 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 293/HC
-
A/2009
އިސްތިއުނާފު ކުރިފަރާތް:
* ނަން: ކްރިއޭޝަން ގްރޫޕް ޕްރައިވެޓް ލިމިޓެޑް
އައިޑީ ކާޑު ނަންބަރ:-
* ދާއިމީ އެޑްރެސް: ފިލާބިލްޑިންގ
* މިހާރުގެ އެޑްރެސް: ފިލާ ބިލްޑިންގ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ސްޓޭޓް ޓެރޭޑިންގ އޮގަނައިޒޭޝަން ޕލކ
އައިޑީ ކާޑު ނަންބަރ:-
OLC
ދާއިމީ އެޑްރެސް: އެސްޓީއޯ ބިލްޑިންގ
މިހާރުގެ އެޑްރެސް: އެސްޓީއޯ ބިލްޑިންގ
ރަޖިސްޓްރީކުރެވުނު ތާރީޚް: 15 ޝައްވާލް 1430
04 އޮކްޓޯބަރ 2009
ނިމުނު ތާރީޚް: 19 ޞަފަރު 1431
25 ޖެނުއަރީ 2010
* ނިންމެވިކްޓް: މަދަނީކޯޓް
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2008/MC/1134
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 2008-06-10
ނިމުނު ތާރީޚް: 2009-07-05
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2009/HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
C
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު
1134/MC/2008
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
<<
އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފްކޮށް ދިނުންއެދި ކްރިއޭޝަން ގްރޫޕް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަނެވެ
22,
0 0
<< O
1134IC2008
ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖްލިސްގައި ދައްކާފައިވާ ވާހަކަތަކަށާއި،
ޝަރީޢަތުގެ މަޖްލީސްއަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، އަދި މަދަނީ ކޯޓުގެ ނަންބަރު 2008/MC/1134
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށްބުނެ، ކްރިއޭޝަން ގްރޫޕް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ
ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި އެސްޓީއޯގެ
ފަރާތުން ކްރިއޭޝަން ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ބުނެފައިވާ ފައިސާއަކީ
އެދެފަރާތް ދެމެދު ސޮއިކުރެވިފައިވާ ނަންބަރު 2005
/
52/SD
/
CON-60 އެގްރިމެންޓާއި، ނަންބަރު -60
2005
/
53/SD
/
CON އެގްރިމެންޓާއި، މިދެއެގްރިމެންޓްގެދަށުން ކްރިއޭޝަން ގްރޫޕުން އެސްޓީއޯއިން
ކްރެޑިޓަށް ދޫކޮށްފައިވާ މުދަލުގެއަގާއި ދެފަރާތް ދެމެދު އެއްބަސްވެވިފައިވާ އެގްރިމެންޓްގެ 07 ވަނަ މާއްދާގައި
ބުނެފައިވާ ގޮތުގެމަތިން އެމުދަލުގެ އަގުގެތެރެއަށް އިތުރުކުރުމަށް އެއްބަސްވެވިފައިވާ ފައިސާކަން މިމައްސަލައާއި
ގުޅިގެން ޝަރީޢަތުގެ މަޖްލީސްއަށް ހުށަހެޅިފައިވާ ބުނެވިދިޔަ އެގްރިމެންޓްގެ 07 ވަނަ މާއްދާއިން އެނގެން
4 4 x 6 x
އނމވ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2009/HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
COO o oo
(ށ) ދެވަނަކަމަކީ އެސްޓީއޯއާއި، ކްރިއޭޝަން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ދެމެދު
ސޮއިކުރެވިފައިވާ ބުނެވިދިޔަ ދެއެގްރިމެންޓްގެދަށުން އެސްޓީއޯއިން ކްރެޑިޓަށް ދޫކޮށްފައިވާ މުދަލަކީ 60
ދުވަހުގެ މުއްދަތުގެ ތެރޭގައި އެމުދަލަށް ކަނޑައެޅިފައިވާ އަގުއަދާކުރުމުގެ ޝަރުޠުގެމަތިން ދޫކުރެވިފައިވާ
މުދަލަކަށްވާއިރު، އެޝަރުޠާ އެއްގޮތްވާ ގޮތުގެމަތިން އެމުދަލުގެ އަގު ކްރިއޭޝަން ގްރޫޕުން އަދާކޮށްފައި
ނުވާކަމާއި، އަދި އެދެ އެގްރިމެންޓްގެވެސް 07 ވަނަ މާއްދާއަކީ ކްރެޑިޓަށް އެމުދާ ދޫކޮށްފައިވާ މުއްދަތު
ފަހަނައަޅާ ދިއުމަށްފަހު، އެމުދަލުގެ އަގު ކަނޑައަޅާ މާއްދާކަމާއި، އިންސްޓޯލްމަންޓްގެ އުޞޫލުން އަގު
އަދާކުރާގޮތަށް ގަނެވިއްކާ މުދަލުގެ ޝަރުޢީ އަދި ޤާނޫނީ ޙައިޞިއްޔަތަށް ބަލާއިރު، މުދަލެއްގެ އަގު އެމުދަލެއް
ގަންނަ ވަގުތު އަދާކުރާ ޙާލަތުގައި އެމުދަލަށް ވަކި އަގެއް ކަނޑައެޅުމާއި، އަދި މުދަލެއްގެ އަގު ވަގުތުން
އަދާނުކުރެވޭ ޙާލަތުގައި އެމުދަލުގެ އަގުގެތެރެއަށް ފައިސާ އިތުރުކޮށް އެހެން އަގެއް ހަމަޖެއްސުމާއި،
މިކަންކަމަކީ ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ހުއްދަ ކަންތަކަކަށްވެފައި، އެފަދަ މުޢާމަލާތްތައް
ޝަރުޢީ އަދި ޤާނޫނީގޮތުން މަނާކުރެވެންޖެހޭ ސަބަބެއް ނެތުމެވެ.
(ނ) ތިންވަނަކަމަކީ ބުނެވިދިޔަ މުދަލުގެ އަގު ދެފަރާތް ދެމެދު އެއްބަސްވެވިފައިވާ ގޮތުގެމަތިން
ނުދެއްކި ގިނަދުވަސްތަކެއް ފާއިތުވުމާއި ގުޅިގެން އެފައިސާ ދެއްކޭނެ ގޮތަކާއި، އަދި ބަލަން އެއްބަސްވެވޭ
ގޮތުގެމަތިން ފައިސާ ދައްކައިފިނަމަ، އެސްޓީއޯގެ ފަރާތުން ދިނުމަށް އެއްބަސްވާ ލޯނަކާއި މިކަންކަންކަމާމެދު
ދެފަރާތުގެ ދެމެދު ވަކިގޮތަކަށް އެއްބަސްވެފައިވީނަމަވެސް ކްރިއޭޝަން ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ފައިސާ ދައްކާފައި ނުވާތީ، ފަހުން އެއްބަސްވެވުނު އެއްބަސްވުމާއި އެއްގޮތްވާގޮތުގެމަތިން ކްރިއޭޝަން ގްރޫޕް
ޕްރައިވެޓް ލިމިޓެޑުން ޢަމަލު ނުކުރުމުގެ ސަބަބުން އެއްބަސްވުން އުވާލުމާއެކު، ފުރަތަމަ އެއްބަސްވުމަށް
އެސްޓީއޯއިން ރުޖޫޢަވާ ރުޖޫޢަ ވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް އެސްޓީއޯއިން ކުރި
ޢަމަލެއްކަމަށް ބެލެވޭފަދަ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
02/
2 2 22
= ރއ ގުޅުވަން.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2009/HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ރ) ހަތަރުވަނަ ކަމަކީ އެސްޓީއޯގެ ދަޢުވާގައި ބުނެފައިވާ ފައިސާއަކީ ދެފަރާތް ދެމެދު ކުރެވިފައިވާ
ދެއެގްރިމެންޓްގެވެސް 07 ވަނަ މާއްދާގެދަށުން ދެފަރާތްދެމެދު އެއްބަސްވެވިފައިވާ އެމުދަލުގެ އަގުގެ
ބައިކުޅަބަޔަކަށް މެނުވީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބެލެވޭނެ ތަނެއް ނެތުމާއެކު، އެމުދަލުގެ
އަގުގެތެރޭގައި ހިމެނޭ ފައިސާއާއި ގުޅިގެން އެސްޓީއޯއިން ދޭ ލިޔުމަކަށްމެނުވީ، ކުރިއޭޝަން ގްރޫޕް ޕްރައިވެޓް
ލިމިޓެޑަށް ލިބިދެވޭފަދަ ޝަރުއީ އަދި ޤާނޫނީވިޔަސް ހަމައެއް ނެތުމާއެކު، މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށްބުނެ،
ކްރިއޭޝަން ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަކީ ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބަލާއިރު، ހަމަޖެހޭ އަސާސެއްގެ މައްޗަށް ބިނާވެފައިވާ ސަބަބުތަކެއްކަމަކަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ބުރަނުވެވޭތީ، އެޤަޟިއްޔާގައި ކުރައްވާފައި ޙުކުމަށް ބަދަލު
ގެންނަންޖެހޭ ފަދަ ސަބަބެއް އޮތް ކަމަކަށްވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
1134/MC/2008
42 0
ޙުކުމް:
ކުރިއޭޝަން ގުރޫޕް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކު
ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ބުނެފައިވާ ފައިސާއަކީ، ކުރެޑިޓަށް މުދާ ދޫކުރުމާބެހޭގޮތުން
އެދެފަރާތް ދެމެދު ސޮއި ކުރެވިފައިވާ ނަންބަރު 2005
/
52/SD
/
CON-60 އެގްރިމެންޓާއި، ނަންބަރު -60
2005
/
53/SD
/
CON އެގްރިމެންޓްގެ ދަށުން ދޫކުރެވިފައިވާ މުދަލުގެ އަގު، އެމުދާ ކުރެޑިޓަށް ދޫކުރެވިފައިވާ
މުއްދަތުގެ ތެރޭގައި ނުދައްކާނަމަ ދެފަރާތް ދެމެދު އެއްބަސްވެވިފައިވާ އަގުގެ އިތުރަށް ބުނެވިދިޔަ 02
އެގްރިމެންޓް 07 ވަނަ މާއްދާގެ ދަށުން އެމުދަލުގެ އަގުގެ ބައިކުޅަބައި ކަމަށް އެދެފަރާތް ދެމެދު
އެއްބަސްވެވިފައިވާ ފައިސާކަން ރަނގަޅަށް އެނގެން އޮންނާތީ، އެފައިސާ ސްޓޭޓްޓްރޭޑިންގ އޯގަނައިޒޭޝަނަށް
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
2009/HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ލިބިދިނުމަށް، މަދަނީ ކޯޓްގެ ނަންބަރު 2008/MC/1134 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްވާ ކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް އިއްތިފާޤް
ވެވިފައިވާތީ، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދު ކޮށް ފީމެވެ.
މިޤަޟިއްޔާބަލާ ނިޔާ ކަނޑައެޅީ:
Cand
(
ޢަލީ ޙަމީދު މުޙައްމަދު
(ފަނޑިޔާރު)
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
ޙަމީދު
(ފަނޑިޔާރު)
ދިވެހިރާއްa
ޢާޖިކްޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv