ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-I-SH/11 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH11
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 01/HC
-
I
-
SH/2014
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތް:
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
ރަޖިސްޓަރީ ނަންބަރު: 2005/01
އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތް:
* ނަން: އިލެކްޝަންސް ކޮމިޝަން
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
ބެމްބޫ މާލެ
ޝަރާޝާ| މާލެ
• މައްސަލައިގައި ތަދައްޚުލްވި ފަރާތް:
* ނަން. އަޙްމަދު ރަޝީދު އިބްރާހީމް
ކާޑު ނަންބަރު: A035743
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
ރަދުވާނިއާ މާލެ
ރަދުވާނިއާ މާލެ
*
އައިޑީ
ހުށަހެޅުނު ތާރީޚް: 12 އޭޕްރީލް 2014
ނިމުނު ތާރީޚް: 23 އޭޕްރީލް 2014
ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ޝަކުވާ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފު ޙުސައިން
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH/11
3 84
1)
CO
ދަޢުވާގެ ޚުލާޞާ:
ތަ؟
2014 ވަނަ އަހަރުގެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ލ. އިސްދޫ ދާއިރާއަށް
ޕީ.ޕީ.އެމް.ގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ރަދުވާނިޔާ އަޙްމަދު ރަޝީދު އިބްރާހީމް ސަރުކާރުގެ
މުވައްޒަފުންނާ މުވައްޒަފުންގެ ޢާއިލާތަކުން އަޙްމަދު ރަޝީދު އިބްރާހީމަށް ވޯޓުދިނުމަށް މަޖްބޫރުކޮށް ވޯޓުނުދީފި
ނަމަ ވަޒީފާ ގެއްލިދާނެކަމުގައި އަންގައި އަދި މިނޫންވެސް ގޮތްގޮތުން މީހުންނަށް ވޯޓުދިނުމަށް ޝަރުތުކޮށް
ރިޝްވަތައް ހިމެނޭގޮތަށް އެކިއެކި އެހީތެރިކަން ފޯރުވައިދީ އެކަންކަމުގެ ބަދަލުގައި އަޙްމަދު ރަޝީދު
އިބްރާހީމަށް ވޯޓުދިނުމަށް ޝަރުތުކޮށް ވޯޓުދޭކަން ކަށަވަރު ކުރުމުގެ ގޮތުން ކޮންމެ ވޯޓު ކަރުދާހެއްގައި އެ
ކަރުދާހެއް ފާހަގަ ކުރެވޭގޮތަށް ޖަހަންވީ ނިޝާނެއް ނަންބަރެއް އަޙްމަދު ރަޝީދު އިބްރާހީމްގެ ފަރާތުން
ވޯޓުލައި ސަރަހައްދުގައި ޙަރަކާތްތެރިވި ޓީމުން އަންގައި، އެގޮތަށް ފާހަގަ ޖަހައިގެން ވޯޓުހޯދާފައިވާތީ އާއި،
މިގޮތުން މާލޭގައި ބެހެއްޓުނު ލ. އިސްދޫ ދާއިރާގެ O01.0.1 ނަންބަރު ފޮށީގައި 200 އާ ގާތްކުރާ
ޢަދަދަކަށް ވޯޓު ކަރުދާސް ފާހަގަވާނޭ ގޮތަށް އެކިއެކި ނިޝާން ޖަހާފައި ހުރިކަމަށް އެ ވޯޓުފޮށި ކައިރީގައި
ޙަރަކާތްތެރިވި މޮނިޓަރުން ބުނާތީއާއި، ޕީ.ޕީ.އެމް. ގެ ކެންޑިޑޭޓާއި އެމް.ޑީ.ޕީގެ ކެންޑިޑޭޓް ދެމެދު ހުރި
ނަތީޖާގެ ފަރަގަކީ، 92 ވޯޓުކަމުގައި ވާތީއާއި، ވޯޓު ގުނަމުން ދިޔައިރު، ޓެގްކޮށްފައިވާ ވޯޓުތައް ޕީ.ޕީ.އެމްގެ
ކެންޑިޑޭޓްގެ އޮބްޒާވަރުން ބަލަމުން ގެންގޮސްފައިވާތީއާއި، މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން
ނުޙައްގުން ހިންގާފައިވާ ޢަމަލަކަށް ވާތީއާއި، އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު
ވޯޓުތަކުގައި، ދޭ ވޯޓަކީ ސިއްރު ވޯޓަށް ވާންޖެހޭނެ ކަމަށް ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި
ބަޔާންކުރާތީއާއި، އިންތިޚާބުތަކުގައި ނަގަންވާނީ ސިއްރު ވޯޓުކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 7 ވަނަ
މާއްދާގައި ބަޔާންކުރާއިރު، އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގައި ބޭނުންކުރެވޭ ވޯޓުކަރުދާހުގައި
އެ ވޯޓުގެ ސިއްރުކަން ގެއްލޭފަދަ އެއްވެސް އެއްޗެއް ލިޔުމަކުން ވިޔަސް ނުވަތަ ކުރަހާ ކުރެހުމަކުން ވިޔަސް
ފެންނަން ނެތްކަން ކަށަވަރު ކުރުމުގެގޮތުން، އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަކީ، އިލެކްޝަންސް
ކޮމިޝަންގެ ޒިންމާއެއް ކަމަށާއި، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުތަކާއި ގުޅިގެން
އިލެކްޝަންސް ކޮމިޝަނުން ހަދާ ޤަވާޢިދެއްގައި ވޯޓުގެ ސިއްރުކަން ގެއްލުމަށް މަގުފަހިވާގޮތަށް އެއްވެސް
މާއްދާއެއް އޮވެގެން ނުވާނޭކަމަށާއި، އަދި އެފަދަ މާއްދާއެއް ހިމެނިފައިވާނަމަ އެ މާއްދާއެއް އިސްލާޙް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH/11
2014/HC-I-SH/02
ކުރަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާކަމާއި، ވޯޓުގެ ސިއްރުކަން ގެއްލުވާލުމަކީ ޤާނޫނާ ޚިލާފުކަމެއްކަން އެނގޭއިރު، ޤާނޫނާ
ޚިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ކޮންމެ ވޯޓަކީ، ބާޠިލް ވޯޓެއްކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ
56 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކުރާތީއާއި، ވޯޓު ޓެގް ކުރުމަކީ ކޯޓުގެ ސިއްރުކަން
ގެއްލިގެންދާ ކަމަކަށްވާތީއާއި، މިޙާލަތުގައި ވޯޓު ޓެގްކޮށްފައި މިވަނީ އިންތިޚާބަށް ނުފޫޒު ފޯރުވައި ވަކި
ކެންޑިޑޭޓަކަށް އިންތިޚާބުގެ ނަތީޖާ ލެންބުމަށްޓަކައި ހިންގި ޢަމަލެއްގެ ތެރެއިން ކަމަށްވާތީ، މިއީ
އިންތިޚާބުތަކާބެހޭ
ޢާއްމު 65 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވާ ޙާލަތު ކަމުގައިވާތީއާއި، ކޯޓުގެ ސިއްރުކަން ގެއްލޭފަދަ ގޮތަކަށް ދީފައިވާ ވޯޓުތަކަކީ ޤާނޫނާ
ޚިލާފަށް ދީފައިވާ ވޯޓުތަކަކަށްވާތީ ކަމަށްބުނެ، އެއީ ބާޠިލް ވޯޓުކަމުގައި ކަނޑައަޅުއްވައި ދެއްވައި 2014 ވަނަ
އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ލ. އިސްދޫ ދާއިރާގެ އިންތިޚާބު ބާޠިލްކޮށްދެއްވައި
އަލުން އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކޮށްދެއްވުމަށް އެދި ސިޔާސީ
ޕާޓީއެއްގެ ހައިސިއްޔަތުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިމައްސަލައިގައި މަޞްލަޙަތު އޮތް ތިންވަނަ ފަރާތެއްގެ ގޮތުގައި ބުނެވިދިޔަ އިންތިޚާބުގައި
ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވެފައިވާ ރަދުވާނިއާ މާލެ، އަޙްމަދު ރަޝީދު އިބްރާހީމް
ތަދައްޚުލުވެފައިވެ
cut o
14
0
ފާހަގަކުރެވުނު ނުކުތާތައް:
01-
2014 ވަނަ އަހަރުގެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ލ. އިސްދޫ ދާއިރާއަށް
ޕީ.ޕީ.އެމް.ގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ރަދުވާނިޔާ އަޙްމަދު ރަޝީދު އިބްރާހީމް ސަރުކާރުގެ
މުވައްޒަފުންނާ މުވައްޒަފުންގެ ޢާއިލާތަކުން އަޙްމަދު ރަޝީދު އިބްރާހީމަށް ވޯޓުދިނުމަށް މަޖްބޫރުކޮށް ވޯޓުނުދީފި
ނަމަ ވަޒީފާ ގެއްލިދާނެކަމުގައި އަންގައި އަދި މިނޫންވެސް ގޮތްގޮތުން މީހުންނަށް ވޯޓުދިނުމަށް ޝަރުތުކޮށް
ރިޝްވަތައް ހިމެނޭގޮތަށް އެކިއެކި އެހީތެރިކަން ފޯރުވައިދީ އެކަންކަމުގެ ބަދަލުގައި އަޙްމަދު ރަޝީދު
އިބްރާހީމަށް ވޯޓުދިނުމަށް ޝަރުތުކޮށް ވޯޓުދޭކަން ކަށަވަރު ކުރުމުގެ ގޮތުން، ކޮންމެ ވޯޓު ކަރުދާހެއްގައި އެ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH11
މާއްދާގައި
ކަރުދާހެއް ފާހަގަ ކުރެވޭ
ކުރެވޭގޮތަށް ޖަހަންވީ ނިޝާނެއް ނަންބަރެއް އަޙްމަދު ރަޝީދު އިބްރާހީމްގެ ފަރާތުން
ވޯޓުލައި ސަރަހައްދުގައި ޙަރަކާތްތެރިވި ޓީމުން އަންގައި، އެގޮތަށް ފާހަގަ ޖަހައިގެން ވޯޓުހޯދާފައިވާތީ އާއި،
މިގޮތުން މާލޭގައި ބެހެއްޓުނު ލ. އިސްދޫ ދާއިރާގެ U01.0.1 ނަންބަރު ފޮށީގައި 200 އާ ގާތްކުރާ
ޢަދަދަކަށް ވޯޓު ކަރުދާސް ފާހަގަވާނޭ ގޮތަށް އެކިއެކި ނިޝާން ޖަހާފައި ހުރިކަމަށް އެ ވޯޓުފޮށި ކައިރީގައި
ޙަރަކާތްތެރިވި މޮނިޓަރުން ބުނާތީއާއި، ޕީ.ޕީ.އެމް. ގެ ކެންޑިޑޭޓާއި އެމް.ޑީ.ޕީގެ ކެންޑިޑޭޓް ދެމެދު ހުރި
ނަތީޖާގެ ފަރަގަކީ، 92 ވޯޓުކަމުގައި ވާތީއާއި، ވޯޓު ގުނަމުން ދިޔައިރު، ޓެގްކޮށްފައިވާ ވޯޓުތައް ޕީ.ޕީ.އެމްގެ
ކެންޑިޑޭޓްގެ އޮބްޒާވަރުން
އޮބްޒާވަރުން ބަލަމުން ގެންގޮސްފައިވާތީއާއި، މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން
ނުޙައްގުން ހިންގާފައިވާ ޢަމަލަކަށް ވާތީއާއި، އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު
ވޯޓުތަކުގައި ދޭ ވޯޓަކީ ސިއްރު ވޯޓަށް ވާންޖެހޭނެ ކަމަށް ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި
ބަޔާންކުރާތީއާއި، އިންތިޚާބުތަކުގައި ނަގަންވާނީ ސިއްރު ވޯޓުކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 7 ވަނަ
ބަޔާންކުރާއިރު، އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގައި ބޭނުންކުރެވޭ ވޯޓުކަ
ވޯޓުކަރުދާހުގައި
އެ ވޯޓުގެ ސިއްރުކަން ގެއްލޭފަދަ އެއްވެސް އެއްޗެއް ލިޔުމަކުން ވިޔަސް ނުވަތަ ކުރަހާ ކުރެހުމަކުން ވިޔަސް
ފެންނަން ނެތްކަން ކަށަވަރު ކުރުމުގެގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަކީ، އިލެކްޝަންސް
ކޮމިޝަންގެ ޒިންމާއެއް ކަމަށާއި، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުތަކާ ގުޅިގެން
އިލެކްޝަންސް ކޮމިޝަނުން ހަދާ ޤަވާއިދެއްގައި ވޯޓުގެ ސިއްރުކަން ގެއްލުމަށް މަގުފަހިވާގޮތަށް އެއްވެސް
މާއްދާއެއް އޮވެގެން ނުވާނޭކަމަށާއި، އަދި އެފަދަ މާއްދާއެއް ހިމެނިފައިވާނަމަ އެ މާއްދާއެއް އިސްލާޙް
ކުރަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާކަމާއި، ވޯޓުގެ ސިއްރުކަން ގެއްލުވާލުމަކީ ޤާނޫނާ ޚިލާފުކަމެއްކަން އެނގޭއިރު، ޤާނޫނާ
ޚިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ކޮންމެ ވޯޓަކީ، ބާޠިލް ވޯޓެއްކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ
56 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކުރާތީއާއި، ވޯޓު ޓެގް ކުރުމަކީ ކޯޓުގެ ސިއްރުކަން
ގެއްލިގެންދާ ކަމަކަށްވާތީއާއި، މިޙާލަތުގައި ވޯޓު ޓެގްކޮށްފައި މިވަނީ އިންތިޚާބަށް ނުފޫޒު ފޯރުވައި ވަކި
ކެންޑިޑޭޓަކަށް އިންތިޚާބުގެ ނަތީޖާ ލެންބުމަށްޓަކައި ހިންގި ޢަމަލެއްގެ ތެރެއިން ކަމަށްވާތީ، މިއީ
ންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި
44
OCCX
2014/HC-I-SH/02
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH/11
ބަޔާންކޮށްފައިވާ ޙާލަތު ކަމުގައިވާތީއާއި، ކޯޓުގެ ސިއްރުކަން ގެއްލޭފަދަ ގޮތަކަށް ދީފައިވާ ވޯޓުތަކަކީ ޤާނޫނާ
ޚިލާފަށް ދީފައިވާ ވޯޓުތަކަކަށްވާތީ ކަމަށް ބުނެ، އެއީ ބާޠިލް ވޯޓުކަމުގައި ކަނޑައަޅުއްވައި ދެއްވައި 2014
ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ލ. އިސްދޫ ދާއިރާގެ އިންތިޚާބު ބާޠިލުކޮށްދެއްވައި
އަލުން އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކޮށްދެއްވުމަށް އެދި، ސިޔާސީ
ޕާޓީއެއްގެ ހައިސިއްޔަތުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
މިމައްސަލައިގައި މަޞްލަޙަތު އޮތް ތިންވަނަ ފަރާތެއްގެ ގޮތުގައި ބުނެވިދިޔަ އިންތިޚާބުގައި
ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވެފައިވާ ރަދުވާނިއާ މާލެ، އަޙްމަދު ރަޝީދު އިބްރާހީމް
ދައްޚުލުވެފައިވެއެވެ.
مترو
02- މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
އިންތިޚާބީ ޝަކުވާގެ މިމައްސަލަ ބިނާކޮށްފައިވާ ސަބަބުތަކާއި އޭގެ ތަފްޞީލުގައި ދިވެހިރައްޔިތުންގެ
ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު،
ވޯޓު ދިނުމުގެ ޙައްޤާއި ދޭންޖެހޭ ވޯޓަކީ ސިއްރު ވޯޓަކަށް ވާންޖެހޭކަމަށާއި، ޤާނޫނުއަސާސީގެ 26
ވަނަ މާއްދާގައި އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤަކީ
ޢުމުރުން
18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމަށް ބަޔާންކޮށްފައިވާއިރު، މިފަދަ ވޯޓު
ތަކަކީ ސިއްރު ވޯޓަށް ވާންޖެހޭނެކަމަށް ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާކަމަށާ
ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގައި، އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތާއި ބާރުތައް
ބަޔާންކޮށްދީ އެ މާއްދާގެ (ހ) ގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތުގެ ތެރޭގައި
އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، އެކަންތައް
ހިންގުމާއި، ބެލެހެއްޓުމާއި، އަދި އިންތިޚާބުތަކުގެ ކަންކަން ހިނގަނީ އިންސާފުވެރިކަމާއެކުގައި ކަން ކަށަވަރު
ކުރުން ހިމެނިފައިވާ ކަމަށާއި، އަދި އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން ބާއްވާ އިންތިޚާބުތަކާއި،
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH11
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ނަގަންވާނީ ސިއްރު ވޯޓުކަމަށް ޤާނޫނުއަސާސީގެ 171 ވަނަ
މާއްދާގެ (ހ) އިން ލާޒިމްކުރާކަމަށާއިގެ
ލ. އިސްދޫ ދާއިރާގެ އިންތިޚާބުގައި ޖުމްލަ 200 އެއްހައި ވޯޓު ފާހަގަކުރެވޭ ގޮތަށް ނިޝާން
ޖަހާފައިވަނީ ވޯޓުގެ ސިއްރުކަން ގެއްލުވާލައި، އެ ވޯޓު ދީފައިވަނީ ކާކުކަން ކަށަވަރުކޮށްދިނުމުގެ
މަޤްޞަދުގައިކަމަށާއި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 55 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެ މަތިން،
އިންތިޚާބުގައި ވޯޓު ގުނުމުގެ ކަންތައް ކުރިއަށްދާގޮތް ކެންޑިޑޭޓުންގެ މަންދޫބުންނަށް ވީހާވެސް ގާތުން
ފެންނަގޮތަކަށް ކުރިޔަށް ގެންދަން ލާޒިމް ކުރާއިރު، ޕީ.ޕީ.އެމް.ގެ ކެންޑިޑޭޓުގެ ފަރާތުން މި އިޖްރާއަތުގެ
ބޭނުންކޮށްފައިވަނީ، ވޯޓުކަރުދާހުގައި ޖަހަން އެންގި ނިޝާންތަކާއި، ކޯޑުތައް ޖަހާފައިވާކަން ކަށަވަރުކުރުމަށް
ކަމަށާއިގެ
4 އއ0
gހ2ށފަޏ
ކުރެވޭ
ވޯޓު ގުނަމުންދާ ވަގުތު ވޯޓު ދޭމީހުން، ދީފައިވާ ވޯޓުތައް ޕީ.ޕީ.އެމް.ގެ ކެންޑިޑޭޓުގެ ފަރާތުން ވޯޓު
ގުނާ މަރުކަޒުގައި ތިބި މަންދޫބުންނަށް ފެންނާނެތީއާއި، ޕީ.ޕީ.އެމް.ގެ ކެންޑިޑޭޓުގެ ފަރާތުން އަންގާފައިވާ
ފާހަގަ/ނިޝާން ނުވަތަ ޓެގް ޖަހާފައި އޮތް ވޯޓު ކަރުދާހެއް ނުފެންނަ ނަމަ ވޯޓުދޭމީހާގެ ވަޒީފާ ގެއްލިގެން
ހިނގައިދާނެކަމުގެ ނުވަތަ ކޮންދޭން ބުނެފައިވާ އެހެންވެސް ކަމެއް ނުކޮށްދީފާނެ ކަމުގެ ބިރު ގެ މަށްވާތީ،
މިގޮތަށް ބިރުދައްކައި ވޯޓު ދޭން އެންގި މީހުންގެ ތެރެއިން ގިނަ މީހުންވަނީ އިންތިޚާބުގައި ވޯޓު ކަރުދާހުގައި
ފާހަގަޖަހައި، ވޯޓުގެ ސިއްރުކަން ގެއްލުވާލާފައިކަށާއި؟
އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ބޭނުން ވޯޓު ކަރުދާހުގައި، އެ
ވޯޓުގެ ސިއްރުކަން ގެއްލޭފަދަ އެއްވެސް އެއްޗެއް ލިޔުމަކުން ވިޔަސް ނުވަތަ ކުރަހާ ކުރެހުމަކުންވިޔަސް
ފެންނަން ނެތްކަން ކަށަވަރުކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަކީ އިލެކްޝަންސް
ކޮމިޝަންގެ ޒިންމާއެއް ކަމަށާއި، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުތަކާ ގުޅިގެން
އިލެކްޝަންސް ކޮމިޝަނުން ހަދާ ޤަވާޢިދެއްގައި، ވޯޓުގެ ސިއްރުކަން ގެއްލުމަށް މަގުފަހިވާ ގޮތަށް އެއްވެސް
މާއްދާއެއް އޮވެގެން ނުވާނެކަމަށާއި، އަދި އެފަދަ މާއްދާއެއް ހިމެނިފައިވާނަމަ އެ މާއްދާއެއް އިސްލާޙް
ކުރަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާކަމަށާއިގެ
2014/HC-I-SH/02
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
98ބާއި
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH11
3
އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް
ރައްޔިތުންގެ
ކޮންމެ ރައްޔިތަކަށްމެ ލިބިދެވޭނެކަން ކަށަވަރުކޮށްދީފައިވާ ޙައްޤެއް ނަމަވެސް އިންތިޚާބަށް ނުފޫޒު ފޯރުވައި،
ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ލާޒިމް ކޮށްފައިވުމަކީ، ބުނެވިދިޔަ މާއްދާއާ ޚިލާފަށް ހިންގާފައިވާ ޣައިރު
ޤާނޫނީ ޢަމަލެއްކަމަށާއިގެ
ޤާނޫނުއަސާސީގެ 72 ވަނަ މާއްދާގެ (ށ) ގައިވަނީ އިންތިޚާބީ ދާއިރާއެއްގައި ވާދަކުރާ މީހުންގެ
ތެރެއިން އިންތިޚާބުވާނީ، އެދާއިރެއްގެ ވޯޓުދޭ ރައްޔިތުންގެ ސިއްރުވޯޓަކުން އެންމެ ގިނަ ވޯޓުލިބޭ
މީހެއްކަމަށާއިގެ
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވަނީ ޤާނޫނާޚިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ކޮންމެ ވޯޓަކީ ބާޠިލް ވޯޓެއްކަމަށާއި
އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން ބާއްވާ އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ
ޢާންމު ވޯޓުތަކުގައި ނަގަންވާނީ ސިއްރު ވޯޓު ކަމަށް ޤާނޫނުއަސާސީގެ 171 ވަނަ މާއްދާގެ (ހ) އިން
ލާޒިމްކުރާއިރު، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބޭ ވޯޓު ދިނުމުގެ ޙައްޤުގެ ބޭނުންކޮށް
ރައްޔިތުން ދޭ ވޯޓުތަކަކީ ސިއްރު ވޯޓަށް ވާންވާނެ ކަމަށް އެ މާއްދާގައި ބަޔާންކުރާކަމަށާއި،
ވޯޓުގެ ސިއްރުކަން ގެއްލުވާލުމަކީ ޤާނޫނާ ޚިލާފު ކަމަކަށްވާއިރު، ޤާނޫނާ ޚިލާފަށް ދީފައިވާކަން އެނގޭ
ކޮންމެ ވޯޓަކީ ބާޠިލް ވޯޓެއްކަން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ
ނަންބަރަށް ބެލުމުން އެނގޭކަމަށް ބަޔާންކޮށްފައިވާކަމާއިގެ
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން ހުށަހެޅި ދަޢުވާ ސާބިތުކޮށްދިނުމުގެ
ގޮތުން ހެކީގެ ގޮތުގައި ލ. މާބައިދޫ އަސުރުމާގެ، ޙުސައިން އަރީފު އާއި، ލ. މާބައިދޫ ވައިމަތީގެ، އަޙްމަދު
ޝުހާދު އާއި، ލ. މާބައިދޫ އައްސޭރި، މުޙައްމަދު ވަސީމް އާއި، ލ. ގަން ތުނޑި، އޮސްކާ، އާދަމް ޒާހިރު
އާއި، މިހަތަރު މީހުން ދީފައިވާކަމަށް ބުނާ ހަތަރު ބަޔާން ހުށަހަޅާފައިވާކަމާއި، އަދި ލ. މާބައިދޫ މީހަކު ވޯޓު
ކަރުދާސް ދެއްކި ވަގުތު ވޯޓު ފޮށި ކައިރީ ހަރަކާތްތެރިވި މޮނިޓަރެއް ކަމުގައިވާ ލ. މާބައިދޫ އަންބަރީވިލާ،
މުޙައްމަދު ފަޒީލް ނަގާފައިވާ ކަމަށްބުނާ ފޮޓޯއަކާއި، ލ. މާބައިދޫ/ ޑައިމަންޑްވިލާ ޢަބްދުﷲ ފަރީޝް އޭނަގެ
#
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH11
ވޯޓު ކަރުދާސް ދެއްކި ވަގުތު ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވި މޮނިޓަރުން ނަގާފައިވާކަމަށް ބުނާ ފޮޓޯއެއް
ހުށަހަޅާފައިވާކަން، އެމް.ޑީ.ޕީގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ ހުށަހަޅާ ފޯމުން
އެނގެން އޮވެއެވެ.
03- ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބީ
ޝަކުވާގެ މިމައްސަލަ ރައްދުވާ ފަރާތުގެ ގޮތުގައި ބަޔާންކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން
ޖަވާބުދާރީވުމުގެ ގޮތުން މިމައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު،
ލ.އިސްދޫ ދާއިރާގެ އިންތިޚާބުގައި ޕީ.ޕީ.އެމް ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ހ. ރަދުވާނިއާ އަޙްމަދު
ރަޝީދު އިބްރާހީމްގެ ފަރާތުން އެދާއިރާގެ ސަރުކާރުގެ މުވައްޒަފުންނާ އެމުވައްޒަފުންގެ ޢާއިލާތަކަށް ވޯޓު
ދިނުމަށް މަޖުބޫރުކޮށް ވޯޓު ނުދީފިނަމަ ވަޒީފާ ގެއްލިދާނެ ކަމުގައި އަންގައި، މިނޫންވެސް ގޮތްގޮތުން
ޝަރުޠުކޮށް ރިޝްވަތު ހިމެނޭ ގޮތަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ކުރާ މިތުހުމަތާއި ގުޅޭގޮތު
ފްގޮތުން
އެއްވެސް ކަހަލަ ހެއްކެއް ހުށަހަޅުއްވާފައި ނެތް ކަމަށާއި،
އަޙްމަދު ރަޝީދު އިބްރާހީމްއަށް ވޯޓު ދިނުމަށް ޝަރުތުކޮށް ވޯޓު ދޭކަން ކަށަވަރުކުރުމުގެ ގޮތުން
ކޮންމެ ވޯޓު ކަރުދާހެއް، އެކަރުދާހެއް ފާހަގަކުރެވޭ ގޮތަށް ޖަހަންވީ ނިޝާނެއް ނަންބަރެއް އަޙްމަދު ރަޝީދު
އިބްރާހީމްގެ ފަރާތުން ވޯޓު ލާ ސަރަހައްދުގައި ހަރަކާތްތެރިވި ޓީމުން އަންގައި އެގޮތަށް ފާހަގަ ޖަހުވައިގެން
ވޯޓު ހޯދާފައިވާކަމަށް ފާހަގަކޮށްފައިވާ ނުކުތާއާ ގުޅިގެން ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު 200 ވަރަކަށް ވޯޓު
ކަރުދާސްކޮޅުގައި ނިޝާން ހުރި ކަމަށް ދަޢުވާކުރާ ފަރާތުން ހެކި ހުށަހަޅާފައިވާ ކަމަށާއި،
އެހެން ނަމަވެސް އެއީ މިމައްސަލައިގެ ދަޢުވާކުރާ ފަރާތުން ތުހުމަތުކުރާ އަޙްމަދު ރަޝީދުގެ ފަރާތުން
އަންގައިގެން ޖަހާފައި ހުރި ނިޝާންތަކެއްތޯ ނުވަތަ ކުރެހުންތަކެއްތޯ އަދި އެފަރާތަށް ވޯޓު ލުމަށް ޝަރުޠުކޮށް
ޖަހާފައި ހުރި އެއްޗެއްތޯ ނުވަތަ ނޫންތޯ؟ އެކަން އެނގޭނެ ގޮތެއްވެސް ވިދާޅުވެފައި ނެތްކަމަށާއި،
އިންތިޚާބުތަކުގައި ނަގަންވާނީ ސިއްރު ވޯޓުކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 7 ވަނަ
މާއްދާގައި ބަޔާންކުރާއިރު، އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ބޭނުންކުރެވޭ ވޯޓު
COCX
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{014/HC-I-SH11
ކަރުދާހުގެ ވޯޓުގެ ސިއްރުކަން ގެއްލޭފަދަ އެއްވެސް އެއްޗެއް ލިޔުމަކުން ވިޔަސް ކުރަހާ ކުރެހުމަކުން ވިޔަސް
ފެންނަށް ނެތްކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅު އެޅުމަކީ އިލެކްޝަންސް
ކޮމިޝަނުގެ ޒިންމާއެއްކަމަށް ބުނެފައިވާއިރު، ފާހަގަކޮށްލަން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ
ގަވާއިދު 2014 ގެ 38 ވަނަ މާއްދާގެ (ށ) ގައި ޞައްޙަ ވޯޓަކީ ކޮބައިކަން ލިސްޓުކޮށް ކަނޑައަޅާފައި
އޮންނަކަމަށާއި،
38 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގައި "ވޯޓުކަރުދާހުގެ ލިޔެފައި ނުވަތަ ކުރެހުން
ކުރަހާފައި ހުރިނަމަވެސް އެމީހަކު ވޯޓު ދޭން ބޭނުން ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައިވާ
ވޯޓު، އެވާނީ ޞައްޙަ ވޯޓެއްކަމަށް އޮންނަކަމަށާއި، ވޯޓް ކަރުދާހުގައި ކުރަހާފައި އޮތުމަކުން އެއީ ބާޠިލް
ވޯޓެއްކަމަށް ބެލޭނެ ގޮތެއްނެތް ކަމަށާއި؛
ވޯޓު ސިއްރުކަން ގެއްލުމަށް މަގުފަހިވާގޮތަށް އެއްވެސް މާއްދާއެއް އިލެކްޝަންސް ކޮމިޝަނުން ހަދާ
ގަވާއިދެއްގައި އޮވެގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރެއްވި 02/HC-I-SH/2014
މިޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމަށް ފާހަގަކޮށްފައިވާ ނުކުތާއާބެހޭ ގޮތުން ފާހަގަކޮށްލަން ބޭނުންވަނީ،
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އިޢުލާންކުރެވިފައިވަނީ، 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި
ކަމަށާއި، އެ އިޢުލާނު ކުރުމަށްފަހު އިންތިޚާބުތަކާބެހޭ ޤަވާއިދުތަކަށް ބަދަލެއް ގެނައުމަކީ ކުރެވޭނެ ކަމެއްނޫން
ކަމަށާއި، އުޞޫލެއްގެ ގޮތުން ވަކި ކަމަކަށް ފެށުމުގެ ކުރިން އެކަން ކުރާނޭ ޤަވާޢިދުތައް އޮންނަނީ އިޢްލާން
ކުރެވިފައިކަމަށާއި، އެހެންވީމާ، އެ ޤަވާއިދެއް އެކަން ހިނގައިގަތުމަށްފަހު ބަދަލުކުރުމަކީ އިންސާފުވެރި ގޮތަކަށް
ނުވާނެކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރުގެ 02/HC
-
I
-
SH/2014 ޤަޟިއްޔާ ނިމިފައިވަނީ،
ގާތްގަނޑަކަށް އިންތިޚާބުގެ 3 ދުވަސް ކުރިން 19 މާރޗް 2014 ގައި ކަމަށާއި، އެދޭތެރޭގައި އެފަދަ ގޮތަށް
އޮވެއްޖެ ނަމަ އެ މާއްދާއެއް އިޞްލާޙް ކުރުމަށް ލިބިފައިވާ ވަގުތުކޮޅުވެސް ކުޑަކަމަށާއި، މި
ކައުންސިލުގެ އިންތިޚާބާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމެވި ޤަޟިއްޔާއެއް ކަމަށާއި،
އެހެންނަމަވެސް މި އިންސްޓްރަކްޝަންއާ އެއްގޮތް ވާގޮތުގެ މަތިން ޢަމަލު ކުރުމަށް ވަގުތެއްވެސް ލިބިފައެއް
ނެތް ކަމަށާއި،
COCX
4 ޑ 4
0އދއއ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH/11
44
އެހެންވީމާ، ކުރަހާފައި ހުރުމަކުން އޭގެ ޒާތުގައި ވޯޓު ބާތިލު ކުރުމަކީ، ގަވައިދު ހަމަޖެހިފައި
ގޮތުން އުނދަގޫ ކަމެއް ކަމަށާއި،
ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ދޭ ވޯޓަކީ ޤާނޫނާ ޚިލާފަށް ދޭ ވޯޓެއް ކަމަށް ދަޢުވާކުރާ ފަރާތުން
ވިދާޅުވާއިރު، އެ ފަރާތުން ހަވާލާދީފައި އޮތީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއަށާއި، ޤާނޫނުއަސާސީގެ 170
ވަނަ މާއްދާއަށާއި، އަދި ޤާނޫނުއަސާސިގެ 171 ވަނަ މާއްދާގެ (ހ) އަށް ކަމަށާއި، މި މާއްދާތަކުން އެ ވޯޓަކީ
ސިއްރު ވޯޓެއްކަމަށް ހެދުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމު ކުރާކަމަށާއި، ނުވަތަ ނެގޭ ވޯޓަކީ
ނުވަތަ ބޭއްވޭ ކޮންމެ އިންތިޚާބެއްގައި ދޭ ވޯޓަކީ ސިއްރު ވޯޓެއްކަން ޔަގީން ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު
ނުވަތަ އެކަން ކުރުމަށްޓަކައި އިންތިޒާމުތައް ހަމަޖެއްސުމަކީ އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތެއް
ކަމަށާއި،
އެހެންނަމަވެސް މި މައްސަލައިގައި ހުށަހަޅާފައިވާ ފޮޓޯއަށް ބަލާއިރު އެ ފޮޓޯގައި އެ ހުންނަނީ
އަމިއްލައަށް ވޯޓުގެ ސިއްރުކަން ގެއްލުވާލާފައި ކަމަށާއި، މީހަކު އޭނަގެ ވޯޓު އަމިއްލައަށް އޭގެ ސިއްރުކަން
ގެއްލުވާލައިފިއްޔާ، އެ ވޯޓު ބާތިލުވާނެ ކަމަށް، ނުވަތަ އެއީ ޤާނޫނާއި ޚިލާފަށް ދެވޭ ވޯޓެއް ކަމަށް
ކަނޑައެޅިގެން ޤާނޫނީ އެއްވެސް ނައްސެއްގައި ސާފު ސީދާކޮށް ބުނެފައެއް ނެތް ކަމަށާއި،
އިލެކްޝަންސް ކޮމިޝަނުން އޭގެ ސިއްރުކަން ދެމެހެއްޓުމަށްޓަކައި، ކޯޓުގެ މުޅި ޕްރޮސެސްގެ
ސިއްރުކަން ހިފެހެއްޓުމަށްޓަކައި އިންތިޒާމު ހަމަޖައްސަންޖެހޭ ކަމަށާއި، އެ ގޮތުން އިންތިޒާމުތަކެއް ހުރީ
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަމަޖައްސަވާފައި ކަމަށް ބުނެފައިވާކަން އެނގެން އޮވެއެވެ.
Oc
04- ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބީ
ޝަކުވާގެ މިމައްސަލައިގައި މަޞްލަޙަތު އޮތް ތިންވަނަ ފަރާތެއްގެ ގޮތުގައި ތަދައްޚުލްވެފައިވާ އަޙްމަދު ރަޝީދު
އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން ކޮށްފައިވާ ދަޢުވާއަށް އިންކާރުކުރާކަމަށާއި،
އަޙުމަދު ރަޝީދުގެ ފަރާތުން އެކަހަލަ އެއްވެސް ކަމެއް ކުރިކަން އެނގޭފަދަ އެއްވެސް ހެއްކެއް ދަޢުވާ
ފޯމާއިއެކު ހުށަހަޅާފައި ނެތް ކަމަށާއި، އެކަހަލަ އެއްވެސް ކަމެއް އަޙްމަދު ރަޝީދުގެ ފަރާތުން ކޮށްފައި
OC
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
22+
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH11
ނުވާނެކަމަށާއި، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އިންތިޚާބާބެހޭ ޤާނޫނާއި ޤަވާޢިދާއި
ޚިލާފަށް އެއްވެސް ޢަމަލެއް އަޙްމަދު ރަޝީދުގެ ފަރާތުން ނުވަތަ އަޙްމަދު ރަޝީދަށް ތާއީދުކުރާ ފަރާތަކުން
ހިންގާފައި ނުވާނެކަމަށާއި، އަދި އެފަދަ ޢަމަލެއް ހިންގުމަށް ވާގިވެރިވެ ނުވަތަ އެފަދަ ކަމެއް ކުރުވާފައި
ބުނެފައިވާކަން އެނގެން އޮވެއެވެ.
ޗި ދދވ
ނުވާނެކަމަށް
CCCX
45- މިމައްސަލައާއި ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކަށާއި، އެސަބަބުތަކާއި ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވާ
ފަރާތުންނާއި، މިމައްސަލައިގައި ތަދައްޚުލުވި އަޙްމަދު ރަޝީދު އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) 2014 ވަނަ އަހަރުގެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ލ. އިސްދޫ ދާއިރާއަށް
ޕީ.ޕީ.އެމް.ގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ރަދުވާނިޔާ އަޙްމަދު ރަޝީދު އިބްރާހީމް ސަރުކާރުގެ
މުވައްޒަފުންނާ މުވައްޒަފުންގެ ޢާއިލާތަކުން އަޙްމަދު ރަޝީދު އިބްރާހީމަށް ވޯޓުދިނުމަށް މަޖްބޫރުކޮށް ވޯޓުނުދީފި
ނަމަ ވަޒީފާ ގެއްލިދާނެކަމުގައި އަންގައި އަދި މިނޫންވެސް މީހުންނަށް ވޯޓުދިނުމަށް ޝަރުތުކޮށް
ރިޝްވަތައް ހިމެނޭގޮތަށް އެކިއެކި އެހީތެރިކަން ފޯރުވައިދީ އެކަންކަމުގެ ބަދަލުގައި އަޙްމަދު ރަޝީދު
އިބްރާހީމަށް ވޯޓުދިނުމަށް ޝަރުތުކޮށް ވޯޓުދޭކަން ކަށަވަރު ކުރުމުގެ ގޮތުން ކޮންމެ ވޯޓު ކަރުދާހެއްގައި އެ
ކަރުދާހެއް ފާހަގަ ކުރެވޭގޮތަށް ޖަހަންވީ ނިޝާނެއް ނަންބަރެއް އަޙްމަދު ރަޝީދު އިބްރާހީމްގެ ފަރާތުން
ވޯޓުލައި ސަރަހައްދުގައި ޙަރަކާތްތެރިވި ޓީމުން އަންގައި އެގޮތަށް ފާހަގަ ޖަހައިގެން ވޯޓުހޯދާފައިވާތީ އާއި،
މިގޮތުން މާލޭގައި ބެހެއްޓުނު ލ. އިސްދޫ ދާއިރާގެ O01.0.1 ނަންބަރު ފޮށީގައި 200 އާ ގާތްކުރާ
ޢަދަދަކަށް ވޯޓު ކަރުދާސް ފާހަގަވާނޭ ގޮތަށް އެކިއެކި ނިޝާން ޖަހާފައި ހުރިކަމަށް އެ ވޯޓުފޮށި ކައިރީގައި
ޙަރަކާތްތެރިވި މޮނިޓަރުން ބުނާތީއާއި، ޕީ.ޕީ.އެމް. ގެ ކެންޑިޑޭޓާއި އެމް.ޑީ.ޕީގެ ކެންޑިޑޭޓާ ދެމެދު ހުރި
ނަތީޖާގެ ފަރަގަކީ، 92 ވޯޓުކަމުގައި ވާތީއާއި، ވޯޓު ގުނަމުން ދިޔައިރު، ޓެގްކޮށްފައިވާ ވޯޓުތައް ޕީ.ޕީ.އެމްގެ
ކެންޑިޑޭޓްގެ އޮބްޒާވަރުން ބަލަމުން ގެންގޮސްފައިވާތީއާއި، މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން
cout Oc
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-I-SH/11
2014/HC-I-SH/02
ނުޙައްގުން ހިންގާފައިވާ ޢަމަލަކަށް ވާތީއާއި، އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު
ވޯޓުތަކުގައި ދޭ ވޯޓަކީ ސިއްރު ވޯޓަށް ވާންޖެހޭނެ ކަމަށް ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި
ބަޔާންކުރާތީއާއި، އަދި އިންތިޚާބުތަކުގައި ނަގަންވާނީ ސިއްރު ވޯޓުކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 7
ވަނަ މާއްދާގައި ބަޔާންކުރާއިރު، އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގައި ބޭނުންކުރެވޭ
ވޯޓުކަރުދާހުގައި އެ ވޯޓުގެ ސިއްރުކަން ގެއްލޭފަދަ އެއްވެސް އެއްޗެއް ލިޔުމަކުން ވިޔަސް ނުވަތަ ކުރަހާ
ކުރެހުމަކުން ވިޔަސް ފެންނަން ނެތްކަން ކަށަވަރު ކުރުމުގެގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަކީ،
އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއް ކަމަށާއި، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުތަކާއި
ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހަދާ ޤަވާޢިދެއްގައި ވޯޓުގެ ސިއްރުކަން ގެއްލުމަށް މަގުފަހިވާގޮތަށް
އެއްވެސް މާއްދާއެއް އޮވެގެން ނުވާނޭކަމަށާއި، އަދި އެފަދަ މާއްދާއެއް ހިމެނިފައިވާނަމަ އެ މާއްދާއެއް އިސްލާޙް
ކުރަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާކަމަށާއި، ވޯޓުގެ ސިއްރުކަން ގެއްލުވާލުމަކީ ޤާނޫނާ ޚިލާފުކަމެއްކަން އެނގޭއިރު، ޤާނޫނާ
ޚިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ކޮންމެ ވޯޓަކީ ބާޠިލް ވޯޓެއްކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56
ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކުރާތީއާއި، ވޯޓު ޓެގް ކުރުމަކީ ވޯޓުގެ ސިއްރުކަން
ގެއްލިގެންދާ ކަމަކަށްވާތީއާއި، މިޙާލަތުގައި ވޯޓު ޓެގްކޮށްފައި މިވަނީ އިންތިޚާބަށް ނުފޫޒު ފޯރުވައި ވަކި
ކެންޑިޑޭޓަކަށް އިންތިޚާބުގެ ނަތީޖާ ލެންބުމަށްޓަކައި ހިންގި ޢަމަލެއްގެ ތެރެއިން ކަމަށްވާތީ، މިއީ
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވާ ޙާލަތު ކަމުގައިވާތީއާއި، ކޯޓުގެ ސިއްރުކަން ގެއްލޭފަދަ ގޮތަކަށް ދީފައިވާ ވޯޓުތަކަކީ، ޤާނޫނާ
ޚިލާފަށް ދީފައިވާ ވޯޓު ކަމަށް ބުނެ، އެއީ ބާޠިލް ވޯޓުކަމުގައި ކަނޑައަޅުއްވައި ދެއްވައި 2014 ވަނަ އަހަރު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ލ. އިސްދޫ ދާއިރާގެ އިންތިޚާބު ބާޠިލްކޮށްދެއްވައި އަލުން
އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރު ކޮށްދެއްވުމަށް އެދި، ސިޔާސީ ޕާޓީއެއްގެ
ހައިސިއްޔަތުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ
މައްޗަށް ދަޢުވާލިބޭ ގޮތަށް އިންތިޚާބީ ޝަކުވާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ
ހުށަހަޅާފައިވާކަމާއި،
3 384
4
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH11
މިމައްސަލައިގައި މަޞްލަޙަތު އޮތް ތިންވަނަ ފަރާތެއްގެ ގޮތުގައި ބުނެވިދިޔަ އިންތިޚާބުގައި
ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވެފައިވާ ހ. ރަދުވާނިއާ މާލެ، އަޙްމަދު ރަޝީދު އިބްރާހީމް ތަދައްޚުލުވެފައިކަން
އެނގެން އޮވެއެވެ.
24 ހއ
(ހ) ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 45 ވަނަ މާއްދާގެ (ހ)
ގައި، ވޯޓުލާމީހާ، ވޯޓު ކަރުދާހުގައި ފާހަގަ ޖަހަންވާނީ އެމީހަކު އަމިއްލައަށް ކަމަށާއި، ވޯޓު ކަރުދާހުގައި
އަމިއްލައަށް ފާހަގަ ޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހަކު ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގައި އެހެން
މީހަކު އެހީތެރިވެދިނުމަކީ ހުއްދަކަމެއްކަމަށް އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
އިންތިޚާބެއްގައި ވޯޓު ދޭނީ އެއިންތިޚާބެއްގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެމީހަކަށް ފެންނަ
މީހަކަށް ކަމާއި، އެގޮތުން ވޯޓު ދިނުން ފުރިހަމަވާނީ ވޯޓުލާ މީހާ އަތަށް ދޫކުރާ ވޯޓު ކަރުދާސްކޮޅުގައި،
އެމީހަކަށް ފެންނަ ކެންޑިޑޭޓުގެ ނަމާ ދިމާގައި ރަނގަޅު ފާހަގަޖަހައި، ވޯޓު ކަރުދާސް ކޮޅު ވޯޓުފޮށްޓަށް
ވައްޓާލުމުން ކަމާއި، ވޯޓުކަރުދާސްކޮޅުގައި ރަނގަޅު ފާހަގަޖަހާނީ ވޯޓުލާ ސަރަހައްދުގައި ހުންނަ ވޯޓިންގ ބޫތު
ތެރޭގައި ކަމާއި، ވޯޓުލާން އަންނަ މީހަކު ވޯޓުލާ ސަރަހައްދުގައި އެއްވެސް ހާލެއްގައި އަދި އެއްވެސް
ސިފައެއްގައި ކެމެރާއަކުން ނުވަތަ ފޯނަކުން ނުވަތަ އެބާވަތުގެ އެހެންވެސް ވަސީލަތެއް ބޭނުން ކޮށްގެން ފޮޓޯ
ނެގުމާއި، މަންޒަރާއި އަޑު ރެކޯޑު ކުރުމަކީ، މަނާކަމެއްކަން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 51 ވަނަ
އަށް ބެލުމުން އެނގެން އޮވެއެ
34
)8ރި ·
ހއދގެ
.
(ނ) 2014 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ލ. އިސްދޫ ދާއިރާއަށް ޕީ.
އެމް ގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް، ރަދުވާނިއާ އަޙްމަދު ރަޝީދު އިބްރާހީމް، ސަރުކާރުގެ
މުވައްޒަފުންނާއި، މުވައްޒަފުންގެ ޢާއިލާތަކަށް، އަޙްމަދު ރަޝީދު އިބްރާހީމަށް ވޯޓު ދިނުމަށް މަޖުބޫރުކޮށް، ވޯޓު
ނުދީފިނަމަ، ވަޒީފާ ގެއްލިދާނޭ ކަމުގައި އަންގައި، އަދި މިނޫން މީހުންނަށް ވޯޓު ދިނުމަށް
ޝަރުޠުކޮށް، ރިޝްވަތަށް ހިމެނޭ ގޮތަށް އެކިއެކި އެހީތެރިކަން ފޯރުވައިދީފައިވާ ކަމަށް ދިވެހިރައްޔިތުންގެ
ގެނެގެންވެސް
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH/11
COXOX
އއ20
ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން ހުށަހަޅާފައިވާ މިމައްސަލައިގައި ބުނެފައިވާ ބުނުމުގެ މައްޗަށް
ނަޒަރުކުރާއިރު،
ސަރުކާރުގެ މުވައްޒަފުންނާއި، މުވައްޒަފުންގެ ޢާއިލާތަކަށް، އަޙްމަދު ރަޝީދު އިބްރާހީމަށް ވޯޓު
ދިނުމަށް މަޖުބޫރުކޮށް، ވޯޓު ނުދީފިނަމަ، ވަޒީފާ ގެއްލިދާނޭ ކަމުގައި އަންގައި، އަދި މިނޫން ގޮތްގޮތުންވެސް
މީހުންނަށް ވޯޓު ދިނުމަށް ޝަރުޠުކޮށް، ރިޝްވަތަށް ހިމެނޭ ގޮތަށް އެކިއެކި އެހީތެރިކަން ފޯރުވައިދީފައިވާ
ކަމަށް މިމައްސަލައިގެ ޚުލާޞާގައި ބަޔާންކުރުން ފިޔަވައި ވޯޓު ދިނުމަށް މަޖުބޫރުކުރި ގޮތެއް އަދި ވަޒީފާ
ގެއްލިދާނެ ކަމަށް އެންގި ގޮތެއް، އަދި ރިޝްވަތަށް ހިމެނޭ ގޮތަށް ފޯރުވައިދިން އެހީތެރިކަމެއްގެ ބާވަތެއް
ނުވަތަ އެކަންކަމުގެ އެއްވެސް ތަފްސީލެއް ބަޔާންކޮށްފައިނުވުމުގެ އިތުރުން، އެކަންކަން ސާބިތުކުރުމުގެ ގޮތުން
.ވެސް މީހެއްގެ ނަމެއްވިޔަސް ހުށަހަޅާފައިނުވާކަމާއި،
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން މިމައްސަލައިގައި ހެކީގެ ގޮތުގައި
ހުށަހަޅާފައިވާ ބަޔާންތަކަށް ބަލާއިރު، އެބަޔާންތަކުގައިވެސް އެއިން އެއްވެސް ފަރާތަކަށް މަޖުބޫރުކޮށް، ވޯޓު
ނުދީފިނަމަ ވަޒީފާ ގެއްލިދާނޭ ކަމަށް އެންގިކަން، ނުވަތަ ވޯޓު ދިނުމަށް ޝަރުޠުކޮށް، ރިޝްވަތަށް ހިމެނޭ
ގޮތަށް އެއްވެސް މީހަކަށް އެހީތެރިކަން ފޯރުވައިދީފައިވާކަން އެނގޭ ކަމަށް ބުނެފައިނުވާކަން އެނގެން
އޮންނަކަމާއި؛
އެހެންކަމުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން ހުށަހެޅި ދަޢުވާ ނުވަތަ
މައްސަލައިގެ ޚުލާޞާގައި ހިމަނާފައިވާ މިވާހަކައަކީ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނު) ގެ 64 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ހެއްކާއި ތަފްޞީލް ހިމެނުމަކާ ނުލައި ހުށަހަޅާފައިވާ
ޝަކުވާއެއްކަން ރަނގަޅަށް އެނގެން އޮތުމުން، އެއީ ހަރުދަނާ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް
ހުށަހަޅާފައިވާ ކަމެއް ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ނ) ވޯޓުދޭކަން ކަށަވަރުކުރުމުގެ ގޮތުން، ކޮންމެ ވޯޓު ހިދާހެއްގައި އެ ކަރުދާހެއް ފާހަގަކުރެވޭ
ގޮތަށް ޖަހަންވީ ނިޝާނެއް ނަންބަރެއް، އަޙްމަދު ރަޝީދު އިބްރާހީމްގެ ފަރާތުން ވޯޓުލާ ސަރަޙައްދުގައި
ހަރަކާތްތެރިވި ޓީމުން އަންގައި، އެގޮތަށް ފާހަގަ ޖަހުވައިގެން ވޯޓު ހޯދާފައިވާކަމަށް ދިވެހިރައްޔިތުންގެ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-I-SH11
2
3 މކ އވ
އެމުވައޒަ
ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބާބެހޭ ޝަކުވާގެ މިމައްސަލައިގެ ޚުލާޞާގައި
ބުނެފައިވާ ބުނުމުގެ މައްޗަށް ޝަރީޢަތުން ނަޒަރުކުރުމުގެ ގޮތުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
(އެމް.ޑީ.ޕީ)ގެ ފަރާތުން މިމައްސަލަ ސާބިތުކުރުމަށް ހުށަހަޅާފައިވާ ބަޔާންތަކަށް ބަލާއިރު،
ލ. މާބައިދޫ އަސުރުމާގެ، ޙުސައިން އަރީފް (ދރ.ކާޑު ނަންބަރު: A134418) ދީފައިވާ ބަޔާނެއް
ކަމަށް ބުނެ ހުށަހަޅާފައިވާ ބަޔާނުގައި، ލ. އިސްދޫ ދާއިރާގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލޭގައި ބެހެއްޓުނު
O01.0.1 ނަންބަރު ވޯޓު ފޮށި ކައިރީގައި، އެއިންތިޚާބުގައި ރާއްޖެ ޓީވީގެ މޮނިޓަރެއްގެ ގޮތުގައި
ހަރަކާތްތެރިވި ކަމަށާއި، ވޯޓު ނަގަމުންދިޔައިރު ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނާއި
އްޒަފުންގެ ޢާއިލާއަށް ނިސްބަތްވާ ފަރާތްތައް ވޯޓިންގ ބޫތު ތެރޭގައި ތަންކޮޅެއް ގިނައިރުވާކަން
ފާހަގަކުރެވުނު ކަމަށާއި، ވޯޓު ނިމުމުން، ވޯޓު ގުނަމުންދިޔައިރު، ވަރަށް ގިނަ ވޯޓު ކަރުދާހުގައި ކުރެހުން
ހުރިކަމަށާއި، އެ ގޮތުން 150 އަށް ވުރެ ގިނަ ވޯޓު ކަރުދާހުގައި ވޯޓު ކަރުދާސް ފާހަގަކުރެވޭ ފަދަ
ނިޝާންތައް ޖަހާފައިވާކަން ފާހަގަކުރެވުނު ކަމަށް ބުނެފައިވާ ކަމާއި؛
އަދި ލ. މާބައިދޫ ވައިމަތީގެ، އަޙްމަދު ޝުހާދު ދީފައިވާ ބަޔާނެއް ކަމަށް ބުނެ ހުށަހަޅާފައިވާ
ބަޔާނުގައި، ލ.
އިސްދޫ ދާއިރާގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލޭގައި ބެހެއްޓުނު O01.0.1 ނަންބަރު ވޯޓު
ފޮށި ކައިރީގައި، އެއިންތިޚާބުގައި ރާއްޖެ ޓީވީގެ މޮނިޓަރެއްގެ ގޮތުގައި ހަރަކާތްތެރިވި ކަމަށާއި، ވޯޓު
ނަގަމުންދިޔައިރު ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނާއި އެމުވައްޒަފުންގެ ޢާއިލާއަށް ނިސްބަތްވާ
ފަރާތްތައް ވޯޓިންގ ބޫތު ތެރޭގައި ތަންކޮޅެއް
ގިނައިރުވާކަން ފާހަގަކުރެވުނު ކަމަށާއި، ވޯޓު
ނިމުމުން ވޯޓު
ގުނަމުން ދިޔައިރު، ވަރަށް ގިނަ ވޯޓު ކަރުދާހުގައި ކުރެހުން ހުރިކަމަށާއި، އެ ގޮތުން 150 އަށް ވުރެ ގިނަ
ވޯޓު ކަރުދާހުގައި ވޯޓު ކަރުދާސް ފާހަގަކުރެވޭ ފަދަ ނިޝާންތައް ޖަހާފައިވާކަން ފާހަގަކުރެވުނު ކަމަށް
ބުނެފައިވާ ކަމާއިގެ
އަދި ލ. މާބައިދޫ އައްސޭރި، މުޙައްމަދު ވަސީމް ދީފައިވާ ބަޔާނެއް ކަމަށް ބުނެ ހުށަހަޅާފައިވާ
ބަޔާނުގައި، ލ. މާބައިދޫގައި ބެހެއްޓުނު ވޯޓު ފޮށި ކައިރީގައި، މޮނިޓަރެއްގެ ގޮތުގައި ހަރަކާތްތެރިވި ކަމަށާއި،
ވޯޓު ގުނަމުންދިޔައިރު ޕީ.ޕީ.އެމް އަދި ޑީ.އާރު.ޕީގެ ކެންޑިޑޭޓަށް ދީފައިވާ ވޯޓުތަކުގައި ވޯޓު ކަރުދާސް
ފާހަގަވާނެފަދަ ނިޝާން ޖަހާފައިވާކަން ފާހަގަކުރެވުނު ކަމަށާއި، އަދި ވޯޓުލުމަށްފަހު ވަރަށް ގިނަ މީހުން
AJA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH11
ގަން ތުނޑި.
އެމީހުންގެ ވޯޓުކަރުދާސް ނަގައި ޕީ.ޕީ. އެމްގެ ކެންޑިޑޭޓުގެ ފަރާތުން ތިބި އޮބްޒާވަރުންނަށް ފެންނަ ގޮތަށް
ދައްކާފައިވާކަމަށް ބުނެފައިވާ ކަމާއިގެ
އޮސްކާ، އާދަމް ޒާހިރު ދީފައިވާ ބަޔާނެއް ކަމަށް ބުނެ ހުށަހަޅާފައިވާ ބަޔާނުގައި،
ލ. އިސްދޫ ދާއިރާގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލޭގައި ބެހެއްޓުނު O01.0.1 ނަންބަރު ވޯޓު ފޮށި
ކައިރީގައި، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވި ކަމަށާއި، ވޯޓު
ނަގަމުންދިޔައިރު ކެންޑިޑޭޓުންގެ ޢާއިލާގެ ބޭފުޅުންނާއި ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނާއި
އެބައިމީހުންގެ ޢާއިލާއަށް ނިސްބަތްވާ ފަރާތްތައްވެސް ވޯޓިންގ ބޫތު ތެރޭގައި ތަންކޮޅެއް ގިނައިރުވާކަމަށާއި،
ވޯޓު ގުނަމުންދިޔައިރު ޕީ.ޕީ.އެމް އަދި ޑީ.އާރު.ޕީގެ ކެންޑިޑޭޓަށް ދީފައިވާ ވޯޓުތަކުގައި ވޯޓު ކަރުދާސް
ފާހަގަވާނެފަދަ ނިޝާން ޖަހާފައިވާކަން ފާހަގަކުރެވުނު ކަމަށާއި، އަދި ވޯޓުލުމަށްފަހު ވަރަށް ގިނަ މީހުން
އެމީހުންގެ ވޯޓުކަރުދާސް ނަގައި ޕީ.ޕީ. އެމް.ގެ ކެންޑިޑޭޓުގެ ފަރާތުން ތިބި އޮބްޒާވަރުންނަށް ފެންނަ ގޮތަށް
ދައްކާފައިވާކަމަށް ބުނެފައިވާކަމާއި؛
އެހުރިހާ މީހުންގެ ބަޔާނުގައި ބަޔާންކޮށްފައިވާ އެއްޗަކަށް ޖުމްލަ ގޮތެއްގައި ބަލާއިރު، އެނގިގެންދަނީ
ވޯޓު ނަގަމުންދިޔައިރު ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނާއި އެމުވައްޒަފުންގެ ޢާއިލާއަށް ނިސްބަތްވާ
ފަރާތްތައް ވޯޓިންގ ބޫތު ތެރޭގައި ތަންކޮޅެއް ގިނައިރުވާކަމާއި، ވޯޓު ގުނިއިރު ޕީ.ޕީ.އެމް އަދި ޑީ.އާރު.ޕީގެ
ކެންޑިޑޭޓަށް ދީފައިވާ ވޯޓުތަކުގައި ކުރެހުން ހުރިކަންކަމާއި؛
އެހެން ނަމަވެސް، އެކަންކަން އެގޮތަށް ހިނގާފައިވަނީ އަޙްމަދު ރަޝީދު އިބްރާހީމް ނުވަތަ އޭނަގެ
ފަރާތުން ވޯޓުލާ ސަރަޙައްދުގައި ހަރަކާތްތެރިވި ޓީމުން އަންގައިގެން ކަމަށް މިމައްސަލައާ ގުޅިގެން
ހުށަހަޅާފައިވާ އިސްވެ ބަޔާންކުރެވުނު ފަރާތްތަކުން ދީފައިވާ ބަޔާންތަކުގެ ތެރެއިން އެއްވެސް ބަޔާނެއްގައި
ބުނެފައިވާކަން އެނގެން ނެތުމާއެކު،
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 64 ވަނަ މާއްދާގެ (ނ)
ރިޢާޔަތްކުރުމުން، ވޯޓުދޭކަން ކަށަވަރުކުރުމުގެ ގޮތުން، ކޮންމެ ވޯޓު ކަރުދާހެއްގައި އެ ކަރުދާހެއް ފާހަގަކުރެވޭ
ގޮތަށް ޖަހަންވީ ނިޝާނެއް ނަންބަރެއް، އަޙްމަދު ރަޝީދު އިބްރާހީމްގެ ފަރާތުން ވޯޓުލާ ސަރަޙައްދުގައި
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-I-SH11
ހަރަކާތްތެރިވި ޓީމުން އަންގައި، އެގޮތަށް ފާހަގަ ޖަހުވައިގެން ވޯޓު ހޯދާފައިވާކަމަށް ޝަރުޢީ އަދި ޤާނޫނީ
މަތަކުން ން ބެލެވެން ނެތްކަން އެނގެއެވެ.
(ބ) އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން ބާއްވާ އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލުހޯދުމުގެ
ޢާންމު ވޯޓުތަކުގައި ނަގަންވާނީ ސިއްރު ވޯޓުކަމަށް ޤާނޫނުއަސާސީގެ 171 ވަނަ މާއްދާގެ (ހ) އިން
ލާޒިމުކުރާއިރު، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ހ) ދަށުން ލިބޭ ވޯޓު ދިނުމުގެ ޙައްޤުގެ ބޭނުންކޮށް
ރައްޔިތުން ދޭ ވޯޓުތަކަކީ، ސިއްރު ވޯޓަކަށް ވާންވާނެ ކަމަށާއި، ވޯޓު ސިއްރުކަން ގެއްލުވާލުމަކީ ޤާނޫނާ ޚިލާފް
ކަމަކަށްވާއިރު، ޤާނޫނާ ޚިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެއް ކަން
އިންތިޚާބުތަކާބެހޭ
ތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރަށް ބެލުމުން އެނގޭކަމަށާއި،
ލ. އިސްދޫ ދާއިރާގެ އިންތިޚާބުގައި ޖުމްލަ 200 އެއްހައި ވޯޓުފާހަގަ ކުރެވޭ ގޮތަށް ނިޝާން
ޖަހާފައިވަނީ ވޯޓުގެ ސިއްރުކަން ގެއްލުވާލައި، އެވޯޓު ދީފައިވަނީ ކާކުކަން ކަށަވަރުކޮށްދިނުމުގެ މަޤުސަދުގައި
ކޮންމެ ވޯޓު ކަރުދާހެއްގައި އެ ކަރުދާހެއް ފާހަގަކުރެވޭ ގޮތަށް ޖަހަންވީ ނިޝާނެއް ނަންބަރެއް، އަޙްމަދު
ރަޝީދު އިބްރާހީމްގެ ފަރާތުން ވޯޓުލާ ސަރަޙައްދުގައި ހަރަކާތްތެރިވި ޓީމުން އަންގައި، އެގޮތަށް ފާހަގަ
ޖަހުވައިގެން ވޯޓު ހޯދާފައިވާކަމަށާއި، އެގޮތަށް ވޯޓު ކަރުދާހުގައި ޓެގުކޮށް ވޯޓުގެ ސިއްރުކަން ގެއްލުވާލުމަކީ
ޤާނޫނާ ޚިލާފުކަމެއްކަމަށާއި، ޤާނޫނާ ޚިލާފު ވޯޓަކީ ބާޠިލް ވޯޓެއްކަމަށް
ދިވެހިރައްޔިތުންގެ
ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން ބުނެފައިވާ ބުނުމަށް ނަޒަރުކުރާއިރު،
ވޯޓު ގުނުމުގައި ބާޠިލް ވޯޓެއްކަމަށް ގުނޭނީ:-
1- އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 36 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިލެކްޝަންސް
ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓުޑޯ އާއި
2- އެއްވެސް ފާހަގައެއް ޖަހާފައިނުވާ ވޯޓުއާއި
3- ޤާނޫނާ ޚިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓުގެ އާއި
4- އަދި މިނޫންވެސް އެ އިންތިޚާބަކާ ގުޅޭ ޚާއްޞަ ޤާނޫނެއްގައި ބާޠިލް ވޯޓުކަމަށް ކަނޑައަޅާފައިވާ
ތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) އިން އެނގެން އޮތުމުގެ އިތުރުން،
6
5
4
2 ހދވ
ލެވޭނެކަމަށް
ވޯޓު، ކަން އިންތިޚާބު
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
18 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH/11
Ocac
ވޯޓު ދީފައިވަނީ ކާކަށްކަން ކަށަވަރުނުވާ ވޯޓާއި، ރަނގަޅު ފާހަގަ ޖަހާފައިނުވާ ވޯޓާއި،
އިންތިޚާބު
ޤަބުކުރަންޖެހޭ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓަކީ
ބާޠިލް ވޯޓުކަން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 2014 ގެ 38 ވަނަ މާއްދާގެ (ހ) އިން
އެނގެން އޮންނަކަމާއިގެ
ވޯޓުކަރުދާހުގައި ލިޔެފައި ނުވަތަ ކުރެހުން ކުރަހާފައި ހުރި ނަމަވެސް، އެމީހަކު ވޯޓުދޭން ބޭނުން
ކެންޑިޑޭޓުގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓަކީ ޞައްޙަ ވޯޓުކަމުގައި ބެލޭނެކަން ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 2014 ގެ 38 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުން އެނގެން
އޮތުމުން، ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގައިގެ އިތުރުން ނިޝާނެއް ނުވަތަ ނަންބަރެއް ނުވަތަ ފާހަގައެއް
ހުރުމަކީ، އެވޯޓެއް ބާޠިލްކުރެވޭނެ ހަމައެއް ކަމަށް ބެލެވެން ނެތްކަމާއި؛
އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ބޭނުންކުރެވޭ ވޯޓު ކަރުދާހުގައި
އެވޯޓުގެ ސިއްރުކަން ގެއްލޭފަދަ އެއްވެސް އެއްޗެއް ލިޔުމަކުން ވިޔަސް ނުވަތަ ކުރަހާ ކުރެހުމަކުން ވިޔަސް
ފެންނަން ނެތްކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަކީ އިލެކްޝަންސް
ކޮމިޝަންގެ ޒިންމާއެއްކަމަށާއި، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުތަކާއި ގުޅިގެން
އިލެކްޝަންސް ކޮމިޝަނުން ހަދާ ޤަވާއިދެއްގައި، ވޯޓުގެ ސިއްރުކަން ގެއްލުމަށް މަގުފަހިވާ ގޮތަށް އެއްވެސް
މާއްދާއެއް އޮވެގެން ނުވާނޭކަމަށާއި، އަދި އެފަދަ މާއްދާއެއް ހިމެނިފައިވާނަމަ،
އިސްލާހު
ކުރަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވަނީ، 19 މާޗް 2014 ގައި ކަމަށްވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު
2014 އަށް ޢަމަލުކުރަން ފަށާފައިވަނީ އެގަވާއިދު ޢާންމުކުރި ތާރީޚު ކަމުގައިވާ 26 ޖަނަވަރީ 2014 ގައިކަން
އެނގޭކަމާއި، މިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ޙުކުމް ކުރެވުނު ދުވަހާއި ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބު ބޭއްވުމާ ދެމެދު ލިބިފައިވަނީ 2 (ދޭއް) ދުވަސް ކަމާއި، އެއީ އެގަވާއިދަށް އިސްލާހު
ގެނެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް، އެކަށީގެންވާ ތަނަވަސް ފުރުސަތެއް ކަމަށް ބެލެވެން
ނެތްކަމާއި
2 ޑ 8
އެPއދާއެއް
cu o
2014/HC-I-SH/02
Occc
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
19 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH/11
ވޯޓުގެ ސިއްރުކަން ގެއްލުވާލުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކޮށްފައިވާ އެއްވެސް
ކަމެއް މިމައްސަލަ ހުށަހެޅި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ފަރާތުން ބަޔާންކޮށްފައި
ނުވާއިރު، ވޯޓު ކަރުދާސްކޮޅު މީހަކު ދައްކާލައި ވޯޓުގެ ސިއްރުކަން ގެއްލުވާލުމަކީ އިލެކްޝަންސް ކޮމިޝަންގެ
މައްސަލައެއް ނޫންކަމަށާއި، ސިއްރުގޮތުގައި ވޯޓު ދެވޭނެ އިންތިޒާމް އިލެކްޝަންސް ކޮމިޝަނުން
ރާވާފައިވާކަމަށް މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
(އެމް.ޑީ.ޕީ)ގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވާކަން އެނގެން އޮންނަކަމާއި،
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބާޠިލް ވޯޓެއްކަމަށް
ކަނޑައެޅުމުގައި ވޯޓުގުނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންގެ ނިންމުމާމެދު ޝަކުވާކުރުމުގެ ޙައްޤު
ވޯޓުގުނާ ތާނގައި ޙާޟިރުވެހުރި ކެންޑިޑޭޓަށް ނުވަތަ ކެންޑިޑޭޓުންގެ މަންދޫބަށް ލިބިގެންވާކަން، އެޤާނޫނުގެ
56 ވަނަ މާއްދާގެ (ނ) އިން އެނގޭކަމާއި، ބާޠިލް ވޯޓެއްކަމަށް ކަނޑައެޅުމުގައި ޚިލާފެއް އުފެދިއްޖެ
ހިނދެއްގައި އެވޯޓު އެއީ ބާޠިލް ވޯޓެއްކަން ނުވަތަ ބާޠިލް ވޯޓެއް ނޫންކަން ކަނޑައަޅާނީ ވޯޓުލާ އެ
މަރުކަޒަކަށް އިލެކްޝަންސް ކޮމިޝަނުން ޢައްޔަންކޮށްފައިވާ އިސް މީހާ ކަމާއި، އަދި އެގޮތުން އެކަމާމެދު
ޝަކުވާ އުފުލި ފަރާތާއި އެކަން ނިންމިގޮތް، ކަންހިނގާދިޔަ ގޮތުގެ ރިޕޯޓުގައި ހިމަނަންވާނެ ކަމަށް
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު،
ވޯޓު ގުނުމުގައި ޞައްޙަ ވޯޓެއްކަން ނުވަތަ ބާޠިލް ވޯޓެއްކަން ކަނޑައެޅުމުގައި އެއްވެސް ޚިލާފެއް
އުފެދިގެން އެކަމުގެ ޝަކުވާ ވޯޓު ގުނުމުގެ މަސައްކަތް ކުރަމުންދިޔައިރު މިމައްސަލަ ހުށަހަޅާފައިވާ
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން ހުށަހަޅާފައިނުވާކަން އެފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުގެ އިތުރުން، އެފަދަ ޝަކުވާއެއް
އޮވެގެން 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ލ. އިސްދޫ ދާއިރަށް ކުރިމަތިލާފައިވާ
އެއްވެސް ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓުންގެ ފަރާތުންވިޔަސް ޝަކުވާއެއް ކޮށްފައި ނުވާކަން ލ. އިސްދޫ
ދާއިރާއަށް ވޯޓުލުމަށްޓަކައި ބެހެއްޓުނު ވޯޓު ފޮށި ތަކުގެ ކަންހިނގާ ދިޔަ ގޮތުގެ ރިޕޯޓުތަކުން އެނގެން
Occx
CCCX
އޮވެއެވެ.
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
20 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-I-SH11
ވީމާ، 2014 ވަނަ އަހަރު މާޗް މަހުގެ 22 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބުގެ ލ. އިސްދޫ ދާއިރާގެ ވޯޓުގެ މުނިއިރު ވޯޓު ކަރުދާހުގައި ނިޝާން ފާހަގަ ޖަހާފައިހުރި، ވޯޓަކީ
ޤާނޫނާ ޚިލާފު ބާޠިލްވޯޓެއްކަމަށް ކަނޑައެޅޭނެ ޤާނޫނީ ހަމައެއް ނެތްކަމަށާއި،
އެ ދާއިރާގެ އިންތިޚާބުގެ ނަތީޖާ ބާޠިލްކުރަންޖެހޭ ފަދަ ސަބަބެއް މެދުވެރިވެފައިވާކަން ޝަރީޢަތަށް
ސާބިތުވާފަދަ ހެކި ހުށަހެޅިފައިނުވާކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ
ފަނޑިޔާރުން އިއްތިފާޤު ވެއެވެ.
0
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު އެންމެހައި
ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް،
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން ހުށަހެޅި އިންތިޚާބާބެހޭ ޝަކުވާގެ މިމައްސަލައާ
ގުޅިގެން ޝަރީޢަތުން ބެލިބެލުމުން، 2014 ވަނަ އަހަރުގެ މާރޗް މަހުގެ 22 ވަނަ ދުވަހު ބޭއްވުނު
ރައްޔިތުންގެ މަޖިލީހުގެ ލ. އިސްދޫ ދާއިރާގެ އިންތިޚާބުގެ ނަތީޖާ ބާޠިލުކޮށް، އަލުން އެ ދާއިރާގެ އިންތިޚާބު
ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކުރަންޖެހޭ ފަދަ ކަމެއް، ޝަރީޢަތަށް ސާބިތު ނުވާތީ،
ކުވާގެ މައްޗަށް ބިނާކޮށް، ލ. އިސްދޫ ދާއިރާގެ އިންތިޚާބުގެ ނަތީޖާ ބާޠިލު ކުރާނެ ތަނެއް ނެތްކަމަށް،
ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
އެޝަކުވާ؛
cu o
ދިވެހި2
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv