ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/23 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
ގޮތުގެ ރިޕޯޓު
2{{{{FIC-A:23
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 23/HC
-
A/2010
އިސްތިއުނާފުކުރި ފަރާތް.
* ނަން: ރީތިރަށް ރިސޯޓު ޕވޓ ލޓޑ
ރަޖިސްޓްރީ ނަންބަރު: 276
/
2002-C
* ދާއިމީ އެޑްރެސް: މއ.ސީރާޒީގެ
މިހާރުގެ އެޑްރެސް: ފަސްމީރު ބިލްޑިންގް
• އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: އިބްރާހީމް ޒުހައިރު
ދާއިމީ އެޑްރެސް: ނީލްވިލާނ.ހޮޅުދޫ
* މިހާރުގެ އެޑްރެސް: ނީލްވިލާ ނ.ހޮޅުދޫ
އައިޑީ ކާޑުނަންބަރު: A113522
ރަޖިސްޓްރީ ތާރީޚް: 27 ޞަފަރު 1431
11 ފެބްރުއަރީ 2010
ނިމުނު ތާރީޚް: 21 ރަބީޢުލްއައްވަލު 1433
13 ފެބްރުއަރީ 2012
އިސްތިއުނާފުކުރެވުނު ނިންމެވުމުގެ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/60
• ނިންމެވި ފަރާތް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅި ތާރީޚް: 30.06.2009
ނިމުނު ތާރީޚް: 25.11.2009
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީޘްގޭ 3 ނަންބަރު ދޮރާށި ވާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު
2010HC-A23
ދަޢުވާގެ ޚުލާޞާ:
4444
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/60 ނިންމެވުން، އެކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށްބުނެ ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އެނިންމެވުން އިސްތިއުނާފު ކޮށްދިނުމަށްއެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ ނ.ހޮޅުދޫ(ނީލްވިލާ އިބްރާހީމް ޒުހައިރުއެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
60/VTR/2009
1) އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލައިގައި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ މައިކަލް ޕެއިންއަށް އެރަށުގެ ބަޔަކު
ހަމަލާދީ މާރާމާރީ ހިންގައި ވަރަށް ބޮޑަށް ޒަޚަމްކޮށްލުމާއި ގުޅިގެން އެރަށުގެ 9 މުވައްޒަފަކު މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ތަޙުޤީގަށް މާލެ ގެނައުމާއި ގުޅިގެން އެމީހުން 13 އެޕްރީލް 2009 ގައި ރީތިރަށް
ރިސޯޓު ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ވަކިކުރިއިރު އެރިސޯޓުގެ ވެއިޓަރަކަށް އުޅުނު އިބްރާހީމް ޒުހައިރު
(A113522) ނީލްވިލާނ.ހޮޅުދޫ، މީންވެސް ވަޒީފާއިން ވަކިކުރި 9 މީހުންގެ ތެރޭގައި ހިމެނޭތީ، އޭނާ
ވަޒީފާއިން ވަކިކޮށްފައިވަނީ ގަވާއިދާއި ޚިލާފަށްކަމަށްބުނެ އެނބުރި ވަޒީފާއަށް ދިއުމަށް އެދި ރީތިރަށް ރިސޯޓު
ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް 30 ޖޫން 2009 ގައި ނ.ހޮޅުދޫނީލްވިލާ އިބްރާހީމް ޒުހައިރު ދަޢުވާ
ކޮށްފައިވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ބެލި މައްސަލައެއްކަމާއި،
އެ މައްސަލަ ނިންމާފައިވަނީ "...މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވާ
ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، މައްސަލަ ހުށަހެޅި
ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބަކާހުރެކަން މައްސަލަ ރައްދުވި ފަރާތަށް
ސާބިތުކޮށްދެވިފައިނުވާކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތް މައްސަލަ ރައްދުވާ ފަރާތުގެ ވަން އެންޑް
އޮންލީ ރީތިރަށް ރިސޯޓުގައި އަދާކުރަމުން ގެންދިޔަ ވެއިޓަރެއްގެ ވަޒީފާގައި ހުރުމަށް އެދިފައިވީނަމަވެސް،
މައްސަލައިގެ ހިމެނޭ ދެފަރާތުގެ މަސްލަޙަތައް ރިޢާޔަތްކުރާއިރު އެއީ އެންމެ އެދެވޭގޮތްކަމަށް މައްސަލަ ބެލި
މަޖިލީހުގެ މެންބަރުންނަށް ނުފެންނާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (2) އަށް
ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތުން އެދޭނަމަ، ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ މުސާރައާއި
ދިވެހިރާއްޖޭގެ ހައިކޯޓު،ޙާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު
2(jp;IHC-A23
3 3
ޢިނާޔަތްތަކަށް އުނިކަމެއް ނާންނަފަދަގޮތަށް، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން
އަދާކުރަމުން ދިޔަ ބާވަތުގެ ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއަކަށް މައްސަލަ ހުށަހެޅި ފަރާތް މިއަދު، 25
ނޮވެމްބަރ 2009 ން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތުގައި ހަމަޖައްސާ، އެކަން ވަޒީފާއާބެހޭ
ޓްރައިބިޔުނަލަށް ލިޔުމުން އެންގުމަށާއި، މައްސަލަ ހުށަހެޅި ފަރާތަކީ އެއްވެސް ޙާލެއްގައި މައްސަލަ ރައްދުވާ
ފަރާތުގެ ވަޒީފާއިން ވަކިވެފައިވާ މީހެއްގެ ގޮތުގައި ނުބެލުމަށާއި، 14 އެޕްރީލް 2009 ން ފެށިގެން ވަޒީފާ
ހަމަޖައްސާ ދުވަހާއި ހަމައަށް ލިބެންޖެހޭ އެންމެހާ މުސާރައާއި ޢިނާޔަތްތައް މިއަދު، 28 ނޮވެމްބަރ 2009
ން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތަށް އެކީ އެއްފަހަރާ ދައްކާ،
އެކަން ވަޒީފާއާބެހޭ ޓްރައިބިޔުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ބެލި މަޖިލީހުގެ އަޣުލަބިއްޔަތުން މައްސަލަ
ރައްދުވާ ފަރާތް ކަމުގައިވާ ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑަށް އަންގާ އަމުރު ކުރުމަށާއި،
އެހެންނަމަވެސް، މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ ރައްދުވާ ފަރާތުން
ހަމަޖައްސާދޭ ވަޒީފާ ބޭނުން ކަމުގައިނުވާނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އަށް
ރިޢާޔަތްކޮށް، 2 އޮކްޓޫބަރ 2009 ގައި މައްސަލަ ހުށަހެޅި ފަރާތަށް އެހެން ވަޒީފާއެއް ހަމަޖެހިފައިވާކަމަށް
މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވާތީއާއެކު، މައްސަލަ ހުށަހެޅި ފަރާތަށް ބަދަލުގެ ގޮތުގައި 13 އެޕްރީލް
2009 ން ފެށިގެން 1 އޮކްޓޫބަރ 2009 ގެ ނިޔަލަށް އޭނާ އެވަޒީފާގައި ދެމިހުރިނަމަ 2009 އެޕްރީލްގެ
މުސާރައިގެ ގޮތުގައި ލިބެންޖެހޭ -/3825 (ތިންހާސް އަށްސަތޭކަ ފަންސަވީސް) ރުފިޔާއާއި، އެމަހުގެ
ސާރވިސް ޗާޖުގެ ގޮތުގައި ލިބެންޖެހޭ 8733.75 (އަށްހާސް ހަތްސަތޭކަ ތިރީސް ތިނެއް ޕޮއިންޓް ހަތެއް
ފަހެއް) ރުފިޔާއާއި، 2009 އިގެ މުސާރައިގެ ގޮތުގައި ލިބެންޖެހޭ -/3825 (ތިންހާސް އަށްސަތޭކަ
ފަންސަވީސް) ރުފިޔާއާއި، އެމަހުގެ ސާރވިސް ޗާޖުގެ ގޮތުގައި ލިބެންޖެހޭ -/4590 (ހަތަރުހާސް ފައްސަތޭކަ
ނުވަދިހަ) ރުފިޔާއާއި، 2009 ޖޫންގެ މުސާރައިގެ ގޮތުގައި ލިބެންޖެހޭ -/3825 (ތިންހާސް އަށްސަތޭކަ
ފަންސަވީސް) ރުފިޔާއާއި، އެމަހުގެ ސަރވިސް ޗާޖުގެ ގޮތުގައި ލިބެންޖެހޭ -/2346 (ދެހާސް ތިންސަތޭކަ
ސާޅީސް ހައެއް) ރުފިޔާއާއި، 2009 ޖުލައިގެ މުސާރައިގެ ގޮތުގައި ލިބެންޖެހޭ -38251 (ތިންހާސް
އަށްސަތޭކަ ފަންސަވީސް) ރުފިޔާއާއި، އެމަހުގެ ސަރވިސް ޗާޖުގެ ގޮތުގައި ލިބެންޖެހޭ 3442.50 (ތިންހާސް
ހަތަރުސަތޭކަ ސާޅީސް ދޭއް ޕޮއިންޓް ފަހެއް ސުމެއް) ރުފިޔާއާއި، 2009 އޯގަސްޓްގެ މުސާރައިގެ ގޮތުގައި
ލިބެންޖެހޭ -/3825 (ތިންހާސް އަށްސަތޭކަ ފަންސަވީސް) ރުފިޔާއާއި، އެމަހުގެ ސާރވިސް ޗާޖުގެ ގޮތުގައި
ލިބެންޖެހޭ -/5814 (ފަސްހާސް އަށްސަތޭކަ ސާދަ) ރުފިޔާއާއި، 2009 ސެޕްޓެމްބަރުގެ މުސާރައިގެ ގޮތުގައި
ލިބެންޖެހޭ -/3825 (ތިންހާސް އަށްސަތޭކަ ފަންސަވީސް) ރުފިޔާއާއި، އެމަހުގެ ސާރވިސް ޗާޖުގެ ގޮތުގައި
24 ¢ ¢ ¢
ދިވެހިރާއްޖޭގެ ހައިކޯޓު، ޙާބުރުޒު ހިނގުން ތީލްގޭ 3 ނަންބަރު ދޮރާށި ވަދެ، ދިވެހިރާއްޖެ، ފޯން. 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ނިމިމުނު ގޮތުގެ ރިޕޯޓު
2{{{;fHC-A;23
ލިބެންޖެހޭ -/5406 (ފަސްހާސް ހަތަރުސަތޭކަ ހައެއް) ރުފިޔާއާއި، 2009 އޮކްޓޫބަރުގެ 1 ދުވަހުގެ
މުސާރައިގެ ގޮތުގައި ލިބެންޖެހޭ 123.39 (އެއްސަތޭކަ ތޭވީސް ޕޮއިންޓް ތިނެއް ނުވައެއް) ރުފިޔާއާއި،
އެމަހުގެ 1 ދުވަހަށް ސާރވިސް ޗާޖުގެ ގޮތުގައި ލިބެންޖެހޭ 229.50 (ދުއިސައްތަ އޮނަތިރީސް ޕޮއިންޓް
ފަހެއް ސުމެއް) ރުފިޔާއާއި އެކުޖުމްލަ 53,293.63 (ފަންސާސް ތިންހާސް ދުއިސައްތަ ނުވަދިހަ ތިނެއް
ޕޮއިންޓް ހައެއް ތިނެއް) ރުފިޔާއިން 2009 އެޕްރީލްގެ 13 ދުވަހަށް މުސާރައިގެ ގޮތުގައި ދައްކާފައިވާ
1657.50 (އެއްހާސް ހަސަތޭކަ ފަންސާސް ހަތެއް ޕޮއިންޓް ފަހެއް ސުމެއް) ރުފިޔާއާއި އެ 13 ދުވަހަށް
ސާރވިސް ޗާޖުގެ ގޮތުގައި ދައްކާފައިވާ 1657.50 (އެއްހާސް ހަސަތޭކަ ފަންސާސް ހަތެއް ޕޮއިންޓް ފަހެއް
ސުމެއް) ރުފިޔާއާއި ނޯޓިސްގެ ބަދަލުގައި 1 (އެކެއް) މަހުގެ މުސާރައިގެ ގޮތުގައި ދައްކާފައިވާ -/3825
(ތިންހާސް އަށްސަތޭކަ ފަންސަވީސް) ރުފިޔާ އުނިކުރުމަށްފަހު ޖެހޭ 46,153.63 (ސާޅީސް ހަހާސް
އެއްސަތޭކަ ފަންސާސް ތިނެއް ޕޮއިންޓް ހައެއް ތިނެއް) ރުފިޔާ، މިއަދު 25 ނޮވެމްބަރ 2009 ވާ ދުވަހުން
ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތް ކަމަށްވާ އިބްރާހީމް ޒުހައިރު
(A113522} ނީލްވިލާ ނ.ހޮޅުދޫ އަށް އެކީ އެއްފަހަރާ ދައްކާ، އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން
އެންގުމަށް މައްސަލަ ބެލި މަޖިލީހުގެ އަޣުލަބިއްޔަތުން މައްސަލަ ރައްދުވާ ފަރާތް ކަމުގައިވާ ރީތިރަށް ރިސޯޓު
ޕްރައިވެޓް ލިމިޓެޑަށް އަންގާ އަމުރުކުރަމެވެ." މިފަދައިންނެވެ.
(2
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/60 ނިންމެވުން، އެކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށްބުނެ ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އެނިންމެވުން އިސްތިއުނާފު ކުރަމުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ދަޢުވާކުރި ފަރާތަށް ވަޒީފާއާއި، އަދިވެސް އެފަރާތަށް
ލިބެންޖެހޭނެކަމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމެވިއިރު އެފަރާތުގެ
މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ މައްސަލައެއްގެ ތަޙްޤީޤު ހިނގަމުންދާކަމަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން
ސާބިތުވާއިރުވެސް އެކަމަށް ބައްލަވާފައިނުވުމާއި، އަދި އެފަރާތަށް މިވަގުތު ވަޒީފާ ދިނުމަކީ ރަނގަޅު
ދިވެހިރާއްޖޭގެ ހައިކޯޓު، ޙާބުރުޒާ ހިނގަން، ތީމްގޭ 3 ނަންބަރު ދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2{){{;HC-A;23
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު
453 ވ 2
4 / ތތ
ނޫންކަމެއްކަމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެފައިވަނިކޮށް އޭގެ މައްޗަށްވެސް ނުބައްލަވާ
މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، ދަޢުވާކުރި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ
23 ވަނަ މާއްދާގެ (ށ) ގެ 1 ގެ ދަށުން ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ އިޚްތިޔާރުގެ
ދަށުން ކަމަށް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާނެކަމަށާއި، އަދި
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ނ) ގެ 1 ގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު އޭނާގެ
މައްޗަށް ކުށެއް ސާބިތުވުން ޝަރުތުކޮށްފައި ނުވާއިރު ދަޢުވާކުރި ފަރާތް ވަޒީފާއިން ވަކިކުރި ވަކިކުރުން
ރަނގަޅުނޫންކަމަށް ނިންމޭނެ ޤާނޫނީ ހަމައެއް ނެތްކަމަށްބުނެ
ހިތްކަމަށްބުނެ ހުށަހެޅި ނުކުތާ.
0
ތިންވަނަ ނުކުތާއަކީ، ދަޢުވާކުރި ފަރާތަކީ ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ޖެނެރަލް
މެނޭޖަރުގެ ޖާނަށް ސީރިއަސް އަނިޔާތަކެއް ދިން މައްސަލައަކާއި ގުޅިގެން ތުހުމަތުގައި މިހާރުވެސް ހުރި
މީހަކަށްވާއިރު މިޙާލަތު އޭގެ ޒާތުގައި ދެމިއޮތްވާ އެފަރާތަށް ވަޒީފާދޭން އެންގުމަކީ މަޞްލަޙަތާއި ފުށުއަރާކަމެއް
4 2012
ކ9ނeނ
ހުށަހެޅި ނުކުތާ.
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/60 ނިންމެވުމުގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ނ.ހޮޅުދޫނީލްވިލާ އިބްރާހީމް ޒުހައިރުއާއި ރީތިރަށް ރިސޯޓް ޕްރައިވެޓް
ލިމިޓެޑާއި ދެމެދު 17 ޖޫން 2008 ން ފެށިގެން 02 އަހަރު ދުވަހުގެ މުއްދަތަށްވެފައިވާ ވަޒީފާގެ
އެއްބަސްވުމެއް އޮންނަކަމާއި، 17 އެޕްރީލް 2009 ވަނަ ދުވަހުގެ ރޭ ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ
އޭރުގެ ޖެނެރަލް މެނޭޖަރ މައިކަލް ޕެއިންއަށް އެރަށުގެ މުވައްޒަފުންގެ ބަޔަކު ހަމަލާދީ، މާރާމާރީ ހިންގާ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ ދިވެހިރާއްޖެ، ފޯން: 3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
1
200!HC-A123
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު
ވަރަށް ބޮޑަށް ޒަޚަމްކޮށްލުމާ ގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކަން ބެލިބެލުމުން، އެ ރަށުގެ 9
މުވައްޒަފަކާއިމެދު ތުހުމަތު ކުރެވިގެން އެކަން އިތުރަށް ތަހުޤީޤުކުރުމަށް އެ 9 މީހުން މާލެ ގެނައިއިރު
އިބްރާހިމް ޒުހައިރުއާއި މެދުވެސް ތުހުމަތު ކުރެވިގެން އޭނާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙުޤީޤަށް މާލެ
ގެނައުމާއި ގުޅިގެން 13 އެޕްރީލް 2009 ގައި އިބްރާހިމް ޒުހައިރު ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ
ވަޒީފާއިން ވަކިކޮށްފައިވާކަމާއި،
ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާއި ނުލައިނަމަވެސް، މުވައްޒަފަކު ވަޒީފާއިން
ވަކިކޮށްފިނަމަ، އޭނާ އެވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ވަޒީފާ އަދާކުރި މީހާއަށް
ޤަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 03 މަސްދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ،
ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ ޙައްޤު ވަޒީފާއިން ވަކިވެފައިވާ ފަރާތަށް ލިބިގެންވާކަމަށް ޤާނޫނު ނަންބަރު
2/2008 ( ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގައި އޮންނަކަމާއި، އިބްރާހީމް ޒުހައިރުގެ ފަރާތުން
މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން
އިބްރާހިމް ޒުހައިރު ޤާނޫނާއި ގަވާއިދާއި ޚިލާފަށް ވަކިކޮށްފައިވާކަމަށް ބުނެކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން
އެނގެން އޮތްކަމެވެ.
2
4
(ށ) ދެވަނަކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށަހަޅާ
ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް
ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، އެހެނިހެން
ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންވެގެން
އޮންނަކަމާއި، އިބްރާހީމް ޒުހައިރު ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކިކުރި ސަބަބެއްގެ
ގޮތުގައި 13 އެޕްރީލް 2009 ގެ ޓާމިނޭޝަން އޮފް އެމްޕްލޮއިމަންޓް ސިޓީގައި ބަޔާންކޮށްފައިވާ މައިގަނޑު
ސަބަބަކީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ، މރ. މައިކަލް ޕެއިން އަށް ދެވުނު
ނުރައްކާތެރި ޙަމަލާއެއްގައި ޒަޚަމްވުމާއި ގުޅިގެން އެ މައްސަލާގައި ތަހުޤީޤުކުރުމަށް މޯލްޑިވްސް ޕޮލިސް
ސާރވިސްގެ ބެލުމުގެ ދަށަށް އިބްރާހީމް ޒުހައިރު ގެންދިއުންކަން އެނގެން އޮންނަކަމާއި، އަދި އިބްރާހީމް
ޒުހައިރު ވަޒީފާއިން ވަކިކުރި ސަބަބު ބަޔާންކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ރީތިރަށް ރިސޯޓް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ އިބްރާހީމް ޒުހައިރުއާއި އިތުރު ބަޔަކު
ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކިކޮށްފައިވަނީ ރީތިރަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ
ލރ. މައިކަލް ޕެއިން އަށް ދެވުނު ނުރައްކާތެރި ޙަމަލާއާއި ގުޅިގެން އެމައްސަލައިގެ ތަޙުޤީޤަށް މާލެ ގެނައި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި ތަލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWw.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު
2]HC-A23
މީހުންގެ ތެރޭގައި އިބްރާހީމް ޒުހައިރު ހިމެނޭއިރު، އިބްރާހީމް ޒުހައިރު އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ،
އިބްރާހީމް ޒުހައިރާއި ދެން ތިބި އެހެން މީހުންގެ ފަރާތުން ރަށުގެ މުވައްޒަފުންނަށް ނުވަތަ ރަށަށް
ގެއްލުންތަކެއް ލިބިދާނެކަމަށް ރިސޯޓުގެ މެނޭޖްމަންޓަށް ޤަބޫލުކުރެވިގެން ކަމަށާއި، އިބްރާހީމް ޒުހައިރު
ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 1 ގެ ދަށުން ރީތިރަށް
ރިސޯޓަށް ލިބޭ ޤާނޫނީ ބާރުގެ ދަށުންކަމަށާއި، މި ސަބަބަށްޓަކައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ
ދަށުން ބަދަލު ލިބިދެވެންޖެހޭނެ އެއްވެސް ޖާގައެއް އޮތްކަމަށް ނުފެންނަ ކަމަށެވެ.
(ނ) ތިންވަނަކަމަކީ، ޤާނޫނު ނަންބަރު 2/2008 ( ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު،
އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން
ނުވާނެކަމަށާއި،
ނާއި، އެޤާނޫނުގެ 23 ވަނަ މާއްދާގައިވާ ޙާލަތުތަކުގައި މެނުވީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ
ވަޒީފާގެ އެއްބަސްވުމެއް ވަޒީފާދޭ ފަރާތަށް ބާޠިލުކުރެވޭނީ އެންމެ މަދުވެގެން ނޯޓިސް ދޭން ޖެހޭނެކަމަށް
ބަޔާންކޮށްފައިވާ ނޯޓިސް ދިނުމަށް ފަހުގައިކަމަށާއި، ނޯޓިހެއް ދިނުމަކާއި ނުލައި، ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ
ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތު އަޚުލާޤު އެކަށީގެންނުވުވާއި އެކު، އޭނާ ވަޒީފާގައި އިތުރަށް
ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެކަމެއްކަ
ލެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ
ޙާލަތުގައިކަމަށާއި، ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، އެނޯޓިސްގެ މުއްދަތު
ފެށޭ ދުވަހުން ފެށިގެން އެނޯޓިސްގެ މުއްދަތު ނިމޭ ދުވަހާއި ހަމައަށް، އެމުވައްޒަފަކަށް ލިބިދޭންޖެހޭ މުސާރައާ
އެހެނިހެން ޢިނާޔަތްތައް، ހަމަޔަށް އޭނާއަށް ދިނުމަށްފަހު، ވަޒީފާދޭ ފަރާތަށް، އޭނާ ވަޒީފާއިން
ވަކިކުރެވިދާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 21، 22، 23، 25 މި މާއްދާތަކުން އެނގެން އޮވެއެވެ.
(ރ) ހަތަރުވަނަކަމަކީ، 13 އެޕްރީލް 2009 ގެ ޓްމިނޭޝަން އޮފް އެމްޕްލޮއިމަންޓް ސިޓީއަށް
ބަލާއިރު، އިބްރާހީމް ޒުހައިރު ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާއި
ބެހޭ ޤާނޫނުގެ 25 ވަނަ މާއްދާއާއި، ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑާއި އިބްރާހީމް ޒުހައިރުއާއި
ދެމެދުވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 6.2 ގެ ދަށުންކަން އެނގެންއޮންނަކަމާއި، މި މާއްދާގެ ދަށުންވެސް
އިބްރާހީމް ޒުހައިރު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތީސް ކަމުގައި އިބްރާހީމް ޒުހައިރަށް
ޤަބޫލުކުރެވޭނަމަ، އެކަމުގެ ޝަކުވާ އުފުލުމުގެ ފުރުސަތު ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާއިން އިބްރާހީމް
ޒުހައިރަށް ލިބިގެންވާކަމާއި، މި ގޮތުން އިބްރާހީމް ޖުހައިރަށް ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ
ދީފައިވުމުން އަދި މި ފައިސާ އިބްރާހިމް ޒުހައިރުއާއި ޙަވާލުކޮށްފައިވާވުމަކުން، އިބްރާހީމް ޒުހައިރު ވަޒީފާއިން
ދިވެހިރާއްޖޭގެ ހައިކޯޓު، ޙާބުރުޒު ހިނގަން، ތީޘްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު
2010;HC-A23
ވަކިކުރި ވަކިކުރުމަކީ އިބްރާހީމް ޒުހައިރު އެކަމަށް އެއްބަސްވާ، ސައްޙަކަމެއްކަން ދަލީލު ކޮށްދޭކަމެއް
ނޫންކަމާއި، ނޯޓިސްދިނުމުގެ ބަދަލުގައި ފައިސާ ދިނުމަށްފަހު ވަޒީފާއިން މުވައްޒަފަކު ވަކިކުރި ނަމަވެސް
އެފަރާތަކުން ވަޒީފާއިން ވަކިކުރިކުރުމާއި މެދު އިންކާރުކުރާ ޙާލަތުގައި މުވައްޒަފު ވަޒީފާއިން ވަކިކުރީ
އެކަށީގެންވާ ހަމައަކުންކަން ވަޒީފާދިން ފަރާތުން ސާބިތުކޮށްދޭންޖެހޭކަން އެނގެއެވެ.
44
(ބ) ފަސްވަނަކަމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުން، ނޯޓިހެއް ދިނުމަކާއި
ނުލައި، ވަޒީފާއަދާކުރާ ފަރާތެއް ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތު އަޚުލާޤު އެކަށީގެންނުވުމާއިއެކު،
ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ
ފަރާތަށް ނުފެންނަ ޙާލަތުގައިކަމާއި، ވަޒީފާއަދާކުރާ ފަރާތުގެ މަސައްކަތުގެ އަޚުލާޤު އެކަށީގެންނުވާކަމަށް
ބެލެވޭނީ ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް
ލިބިދާނެ ކަމަށް ފެނުން ނުވަތަ ޚިޔާނަތެއްވެފައިވުން މި ދެޙާލަތުގައިކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ (ނ) ގެ 1 އަދި 2 ކަށް ބެލުމުން އެނގެއެވެ.
(beyond reasonable doubt)
ހަވަނަކަމަކީ، ޖިނާއީ މައްސަލަތައް ޝަރީޢަތަށް ސާބިތުކުރުމަށް އޮންނަ މިންގަނޑާއި،
މީހެއްގެ މައްޗަށް އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި ކަމެއް ސާބިތުވީ ކަމަށް ކަނޑައަޅާ މިންގަނޑުގައި
ތަފާތެއްވާކަމާއި، ޖިނާއީ މައްސަލަތަކުގެ ތެރެއިން ޙައްދުގެ މައްސަލަތައް ފިޔަވާ ޝަރީޢަތަށް ކުށެއް
ސާބިތުވިކަމަށް ބަލާ މިންގަޑަކީ އެކަށީގެންވާ ޝައްކެއް ނެތުން
ކަމަށްވާއިރު، މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމުގައި ކަމެއް ސާބިތުވާކަމަށް ނިންމަނީ ހުށަހެޅިފައިވާ
ހެކިތަކާއި ޤަރީނާތައް ވަޒަންކޮށް ބަލާއިރު، ބޮޑަށް ބުރަވެވޭ ގޮތެއް (balance of probabilities) ގެ
މައްޗަށް ބިނާކޮށްގެންކަ އެނގޭކަމާއި، މީހަކު ޖިނާއީ ކުށެއް ކުރި ކަމުގެ ތުހުމަތުގައި އޭނާ
އާއި އޭނާގެ ވަޒީފާއިން
ވަކިކުރާ ޙާލަތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމެއްގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން
ބަލަން ޖެހޭނީ މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި އެކަން ސާބިތުވާން އޮންނަ މިންގަނޑުން ކަމާއި،
މިހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 1 ގެ ދަށުން މީހަކު ވަޒީފާއިން ވަކި
ކުރާއިރުވެސް އެމީހެއްގެ މައްޗަށް ޖިނާއީ މައްސަލަތަކުގައި ކުށެއް ސާބިތުވާން އޮތް މިންގަނޑަށް ކުށެއް
ސާބިތުވެފައިވޭތޯ ނުވަތަ ނޫންތޯ ބަލަން ނުޖެހޭކަމާއި، ނަމަވެސް އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް
އަދާކުރުމުގެ ނުވަތަ މަސައްކަތް ކުރުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 37 ވަނަ
މާއްދާއިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަ އިތުރުން، އެއްވެސް މީހެއްގެ
.4 / ހ 0
2
43
.ޤުކަށްވުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލްގެ [email protected] ވެބް ސައިޓް: www.highcourt.gov.mv
,
I0
2010HC-AA/23
ޤަޟިއްޔާ، ނިމުނު ގޮތުގެ ރިޕޯޓު
ވަޒީފާއެއް ނުޙައްޤުން ނިގުޅައިގަނެވިއްޖެނަމަ، އެކަމުގެ ނުރަނގަޅު އަސަރު އެމީހަކަށާއި، އެމީހެއްގެ ޢާއިލާއަށް
އަދި މުޅި މުޖުތަމަޢުއަށް ފޯރާނެކަމީ ޝައްކެތްނެތްކަމެއް
މެއްކަމާއި، ވަޒީފާއިން މީހުން ވަކިކުރެވޭއިރު ޢަމަލު ކުރަން
ޖެހޭ އުސޫލުތަކަކާއި، ތަބާވާންޖެހޭ އިޖުރާއާތު ތަކެއް ޤާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިފައިވަނީ މި
ސަބަބަށްޓަކައި ކަމާއި، މުވައްޒަފެއް ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާއަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ވަޒީފާދޭ ފަރާތަށް ފެނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ
ދަށުން ނޯޓިސް އެއް ނުދީ ވަޒީފާއިން ވަކިކުރެވޭނެ ހުއްދަ ސަބަބެއް ކަމުގައި އޮތްނަމަވެސް، މި މާއްދާއަކީ
ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ ފެނުމުގެ މައްޗަށްއެކަނި ވަޒީފާއިން ވަކިކުރުމުގެ ހުއްދަ ލިބިގެންވާ މާއްދާއެއް
ނޫންކަމާއި، މި މާއްދާގެ ދަށުން ވަޒީފާއިން ވަކި ކުރާއިރު ވެސް ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާއަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ވަޒީފާދޭ ފަރާތަށް ފެނުނު ހަމައަކީ އެކަށީގެންވާ ހަމައެއްތޯ ބެލެވެން
ޖެހޭކަމާއި، އަދި އެފަދަ ތުހުމަތެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މީހެއްގެ ވަޒީފާއިން ވަކިކޮށްފައިވަނީ
ޢަދުލުވެރިކަމާއި އެކުގައިތޯއާއި، ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ހަމައަކުންތޯއާއި، ވަޒީފާއިން ވަކިކުރުމުގެ
ކުރިން ޝަކުލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމްވެފައިވާ ކަންތައްތަކަށް ވަޒީފާދިން ފަރާތުން
ތަބާވުމަށް ފަހުގައިތޯއާއި، މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ބަލަންޖެހޭ ބެލުންތަކެއް އެކަށީގެންވާ މިންވަރަކަށް
ބެލުމަށްފަހު، ޑިއު ޕްރޮސެސް (due process} ނުވަތަ ޕްރޮސީޖަރަލް ފެއާނަސް
(fairness ޤާއިމުކުރުމަށް ފަހުގައިތޯ ކަށަވަރުކުރަން ޖެހެއެވެ.
2 20
(procedural
ހަތްވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ހުށަހެޅި ލިޔެކިޔުންތަކަށް ބެލިއިރު، އިބްރާހީމް
ޒުހައިރު ވަޒީފާއިން ވަކިކުރަން ޖެހުނު ސަބަބެއްކަމަށް 13 އެޕްރީލް 2009 ގެ ޓާމިނޭޝަން އޮފް
އެމްޕްލޮއިމަންޓް ސިޓީގައި އޮތް ހަމައެކަނި ސަބަބަކީ، ރީތިރަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ މރ. މައިކަލް
ޕެއިންއަށް ދެވުނު ނުރައްކާތެރި ޙަމަލާއެއްގައި ޒަޚަމްވުމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން
އެމައްސަލައިގެ ތަޙުޤީޤު ކުރުމަށް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް އިބްރާހީމް ޒުހައިރު ގެންދިއުންކަން
އެނގެންއޮތްއިރު، އިބްރާހީމް ޒުހައިރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު 24
ގަޑިއިރު ނުވަނީސް ދޫކޮށްލާފައިވާކަން އެނގޭކަމާއި، އަދި މިހާތަނަށް އައިއިރުވެސް އެ ހާދިސާއާ ގުޅިގެން
އިބްރާހީމް ޒުހައިރަށް ކަމާބެހޭ އެއްވެސް އިދާރާއަކުން ފިޔަވަޅެއް އަޅާފައިވާކަން އެނގެން ނެތްކަމާއި،
އިބްރާހީމް ޒުހައިރު ވަޒީފާއިން ވަކިކޮށްފައިވަނީ އެމައްސަލައެއްގައި އިބްރާހީމް ޒުހައިރުގެ މައްޗަށް ތުހުމަތު
ކުރެވުނުކަމުގެ މައްޗަށް ތަޙުޤީޤަށް ލިބުނު މަޢުލޫމާތަކީ ކޮބައިކަންވެސް ނުބަލާކަމާއި، އިބްރާހީމް ޒުހައިރު
ވަޒީފާއިން ވަކިކުރުމުގެ ސަބަބެއްކަމަށް ބުނާ ޙާދިސާ އަކީ ވަރަށް ގިނަ ބަޔަކު ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ
ދިވެހިރާއްޖޭގެ ހައިކޯޓު، ޢާބުރުޒު ހިނގުން ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
11
201}}IIC-A23
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު
ޙާދިސާއެއްކަމަށްވާއިރު، އިބްރާހީމް ޒުހައިރު ވަޒީފާއިން ވަކިކުރުމުގެކުރިން އެކަމުގައި އިބްރާހީމް ޒުހައިރު
ބައިވެރިވެފައިވާ މިންވަރެއް ދެނެގަތުމަށްޓަކައި ރީތިރަށް ރިސޯޓްގެ ފަރާތުން އެކަށީގެންވާ މަސައްކަތެއް
ކޮށްފައިވާކަން އެނގެންނެތުމުގެ އިތުރުން، ވަޒީފާއިން ވަކިކުރުމުގެ ކުރިން މި ޙާދިސާއާއި ގުޅިގެން އިބްރާހީމް
ޒުހައިރުގެ ފަރާތުން ބުނާ އެއްޗެއްވެސް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ބަލާ ހޯދާފައިވާކަން
އެނގެންނެތްކަމާއި، މީހެއްގެ މައްޗަށް ވަޒީފާއިން ވަކިކުރުން ފަދަ ބޮޑު ފިޔަވަޅެއް އެޅޭއިރު، އޭނާގެ ދިފާޢުގައި
އެއްޗެއް ބުނުމަށް ފުރުސަތުދީ އެމުވައްޒަފަކަށް ކަމުގެ ޙަޤީޤަތް ހާމަކުރުމަށް ފުރުސަތު ދިނުމަކީ ޢަދުލު
އިންސާފުގެ ހަމަތަކުން ބަލާއިރު، އެކަން ކުރުމަށް އޮންނަ އެންމެ އަދުލުވެރިގޮތްކަމަށްވާއިރު އަދި ރީތިރަށް
ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ އެމްޕްލޯއިމަންޓް ހޭންޑް ބުކްއަށް ބެލުމުން އިބްރާހީމް ޒުހައިރު ވަޒީފާއިން
ވަކިނުކޮށް، އިބްރާހީމް ޒުހައިރުގެ މައްޗަށް ތުހުމަތު ކުރެވުނު ކަމުގެ ޒާތަށް ބަލައި، އިބްރާހީމް ޒުހައިރު ވަގުތީ
ގޮތުން ސަސްޕެންޑް ކުރުމަށްފަހު، އެކަން އިތުރަށް ބަލާ އިބްރާހީމް ޒުހައިރާއިމެދު ފިޔަވަޅު އެޅުމުގެ ފުރުސަތު
ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ލިބިދީފައި އޮތްއިރު، އެކަން އެމަގުން ރީތިރަށް ރިސޯޓު ޕްރައިވެޓް
ލިމިޓެޑުން ކޮށްފައި ނެތްކަމާއި، މިކަންކަމުގެ މައްޗަށްބަލާއިރު، ރީތިރަށް ރިސޯޓުގައި ހިނގި ހަމަނުޖެހުމަކާއި
ގުޅިގެން އިބްރާހީމް ޒުހައިރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގެންދިޔަ ގެންދިއުން އެކަނި އެއީ އިބްރާހީމް
ޒުހައިރު އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމަށް އޮތް އެކަށީގެންވާ ހަމައެއް ކަމުގައި ބެލެވެން ނެތުމުގެ
އިތުރުން، އިބްރާހީމް ޒުހައިރު ވަޒީފާއިން ވަކިކުރުމުގެ ކުރިން އެކަމުގައި ޕްރޮސީޖަރަލް ފެއަރނަސް
ޤާއިމުވެފައިވާކަން އެނގެން ނެތްކަން ފާހަގަކުރެވޭކަމެވެ.
އެއްގޮތް
އަށްވަނަކަމަކީ، މި ޤަޟިއްޔާގައި ބަޔާންކުރެވިފައިވާ ޙާދިސާއާ ގުޅިގެން ރީތިރަށް
ރިސޯޓު ޕްރައިވެޓް ލިމިޓެޑުން ވަޒީފާއިން ވަކިކުރި އެހެން ތިން މުވައްޒަފެއްގެ މައްސަލަ، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 25/HC
-
A/2010 ޤަޟިއްޔާގައާއި، ނަންބަރު
24/HC
-
A/2010 ޤަޟިއްޔާގައާ
ޔާގައާއި
އަދި ނަންބަރު 22/HC
-
A/2010 ޤަޟިއްޔާގައި ބައްލަވައި ނިންމަވާފައިވާކަމާއި، އެ ތިން ޤަޟިއްޔާއާއި މި
ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޙާދިސާއާއި ޙަޤީޤަތްތަކަކީ އެއް ޙާދިސާއެއް އަދި
ޙަޤީޤަތްތަކެއްކަމަށްވާއިރު، އެ ތިން ޤަޟިއްޔާ ނިންމަވާފައިވަނީ، ބަޔާންކުރެވިދިޔަ ހަމަތަކާއި އުސޫލުތަކުގެ
މައްޗަށް ބިނާކޮށްގެންކަމާއި، މިހާރު ބަލަމުންގެންދާ ޤަޟިއްޔާގެ އަޑުއެހުމުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2009/VTR/60 މައްސަލާގައި އިބްރާހީމް ޒުހައިރުއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ރީތިރަށް
ރިސޯޓު ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާގެ އަދަދު ހިސާބު ކޮށްފައިވަނީ ރަނގަޅަށްނޫން ކަމަށް
ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވީނަމަވެސް، މި ނުކުތާއަކީ މި މައްސަލަ އިސްތިއުނާފު
ދިވެހިރާއްޖޭގެ ހައިކޯޓު، ޙާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
12
201{;HC-A:23
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު
ކުރުމަށް ކުރިން ހުށަހެޅުނު ނުކުތާއެއްނޫންކަމާއި، އަދި މިކަންތައްތައް ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވަނީ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާތަކުގައިވެސް މި
މައްސަލަ ވަކިގޮތަކަށް ނިންމުމަށްފަހުގައި ކަމަށްވާތީ، ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަލަށް
ހުށަހެޅި ނުކުތާ ބަލައިގަންނަން މި މައްސަލަބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމެވެ.
އެހެންކަމުން އިބްރާހީމް ޒުހައިރު ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައިކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައި،
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއިން ލިބިދޭ ޤާނޫނީ ޙައްލު އިބްރާހީމް ޒުހައިރަށް ލިބިދިނުމަށް އެ
ޓްރައިބިއުނަލް އިން ނިންމާފައިވާ ނިންމުން ބަދަލުކުރަން ޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަކަށް މި
މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
ޙުކުމް.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއިއެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/60 މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބަލާނެ ތަނެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
ދިވެހިރާއްޖޭގެ ހައިކޯޓު، ދޯބުރުޒު ހިނިތުން، ތީމްގޭ 3 ނަންބަރު ދޮރާށި ލާވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.ru
13
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު
2f313HC-A73
2009/VTR/60 ގެ މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް މި
މައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ماها
ނަe
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
އަޙްމަދު ޝަރީފު
(އިސްފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
،ފަނޑިޔާރު)
ތައްޔާރުކުރީ އާމިނަތު މުޙައްމަދު
ޗެކްކުރީ: ޒަރީނާ އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓު، ބުރުޒު ހިނގުން، ތީޘްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647I
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv