ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/40 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/40
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 40/HC
-
A/2012
. އިސްތިއުނާފުކުރި ފަރާތް:
ނަން: ކައިދޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް:
ރޯނުގެ
* މިހާރުގެ އެޑްރެސް: ރޯނުގެ
ރެޖިސްޓްރީ ނަންބަރ: 489
ކުންފުނީގެ ފަރާތުން: ވަކީލު މޒ. އަޙްމަދު މުރާދު
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު މާޖިދު އަޙްމަދު ، ދާއިމީ އެޑް
އެޑްރެސް: )
: ޗިޗަންޑާގެ/ ގދ. ތިނަދޫ
އައިޑީ ކާޑު ނަންބަރ: A304447 މިހާރުގެ އެޑްރެސް: ޗިޗަންޑާގެ/ ގދ. ތިނަދޫ
ބަދަލުގައި: އަޙްމަދު ޝިފާޢު، ރޭއަލިވާގެ/ ގދ. ފަރެސްމާތޮޑާ (ވ. އައްސޭރިވާދީ)
:
ހުށަހެޅުނު ތާރީޚް: 12 ފެބުރުއަރީ 2012 * ނިމުނު ތާރީޚް: 02 ސެޕްޓެމްބަރ 2013
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2011/VTR/90
ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހެޅުނުތާރީޚް: 12-07-2011 * ނިމުނު ތާރީޚް: 24-11-2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު
A+A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{012/HC-A/40
ދަޢުވާގެ ޚުލާޞާ
> =2 4ހދ38$
އއޤީލންވާކަމަށްބެނޭ،
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/94 މައްސަލަ އެޓްރައިބިއުނަލުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެ ނިންމުން އިސްތިއުނާފު
ކޮށްދިނުމަށްއެދި ކައިދޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު
489) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ގދ. ތިނަދޫ ޗިޗަންޑާގެ މުޙައްމަދު މާޖިދު އަޙްމަދު
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު A304447) އެވެ.
0
COOCOCC
އެންޑް
ގަކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/94 މައްސަލަ އަކީ، ކައިމޫ
ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް (ކައިބޫ) ގައި ރޫމް އެޓެންޑެންޓްގެ މަޤާމުގައި
ވަޒީފާ އަދާކުރަމުން ދަނިކޮށް 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 08 ވަނަ ދުވަހު މުޙައްމަދު މާޖިދު އަޙްމަދު
ވަޒީފާއިން ވަކިކޮށްފައިވަނީ، ޤާނޫނާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި ޚިލާފަށް ކަމަށް
މުޙައްމަދު މާޖިދު އަޙްމަދު ދެކޭތީ، ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށް ކައިދޫ ޓްރެވަލްސް
ހޮޓެލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް އަންގާ އަމުރުކޮށްދިނުމަށް އެދި މުޙައްމަދު މާޖިދު
އަޙްމަދުގެ ފަރާތުން ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަމާއި،
އެމައްސަލަ ނިންމަވާފައިވަނީ، ”..މުޙައްމަދު މާޖިދު އަޙްމަދު ކައިދޫ ޓްރެވަލްސް އެންޑް ހޮޓެލް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގާ މޫކައި ހޮޓެލްގައި ރޫމް އެޓެންޑެންޓްގެ މަޤާމުގައި 10
ޑިސެމްބަރ 2009 އިން ފެށިގެން ވަޒީފާއަދާކުރަމުން ދަނިކޮށް 09 ޖުލައި 2011 ގައި ވަޒީފާއިން
ވަކިކޮށްފައިވަނީ ހޮޓާ ތެރޭގައި ދުންފަތުގެ އިސްތިޢުމާލު ނުކުރުމަށް އެތަކެއްފަހަރު މަތިން ނަޞޭޙަތްތެރިވެ
ދެފަހަރެއްގެ މަތިން އިންޒާރު ދިނުމަށްފަހުވެސް އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުނުކޮށް، ދުންފަތުގެ
އިސްތިޢުމާލު ކުރަމުން ގެންދާތީ ކަމަށް ބުނާއިރު، މައްސަލަ ހުށަހެޅިފަރާތް ވަޒީފާއިން ވަކިކުރިކަން އެންގުމުގެ
ގޮތުން ދީފައިވާ ލިޔުމުގައި ބަޔާންކޮށްފައިވާ ކަންކަން ޘާބިތުވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވާތީ، ޤާނޫނު
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/40
ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މުޙައްމަދު މާޖިދު އަޙްމަދު
ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ
ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، ޤާނޫނު ނަންބަރު 02/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މުޙައްމަދު މާޖިދު
އަޙްމަދު ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން
ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، 08 ޖުލައި 2011 އިން ފެށިގެން މައްސަލަ ނިމުނު ދުވަހާ ހަމައަށް
މުޙައްމަދު މާޖިދު އަޙްމަދަށް މުސާރައާއި ޢިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ މިއަދު 24 ނޮވެމްބަރު
2011 އިން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ އޭނާއަށް ދިނުމަށްފަހު، އެކަން
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، ކައިދޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް ޕްރައިވެޓް
ލިމިޓެޑް އަށް އަންގާ“ އެގޮތުގެމަތިންކަން އެމައްސަލައިގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
-02
ބަޔާންކުރެވުން
އިސްވެ
ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2011/VTR/94 މައްސަލަ ނިންމެވުމުން، އެ މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު
ތަކާއި ޚިލާފަށް ކަމަށްބުނެ، ކައިދޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
އިސްތިއުނާފު ކުރުމަށް އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއީ،
• މުޙައްމަދު މާޖިދު އަޙްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާއިބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެމާއްދާއާއި އެއްގޮތަށް ކަމަށްވާތީ، އެޤާނޫނުގެ 21 ވަނަ މާއްދާއާއި
ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށް ޓްރައިބިއުނަލްއިން ނިންމަވާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/94 މައްސަލައިގެ މައްސަލަ ނިމުނު
ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ކައިދޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން މައްސަލާގައި ހިމެނޭ
AAA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/40
ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ކައިދޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ގދ. ތިނަދޫ
ޗިޗަންޑާގެ މުޙައްމަދު މާޖިދު އަޙްމަދުއާއި ދެމެދު، 10 ޑިސެމްބަރ 2009 ގައި ވަޒީފާގެ އެއްބަސްވުމެއްގައި
ސޮއިކުރެވިފައިވާކަމާއި، މިއެއްބަސްވުމުގެ ދަށުން މުޙައްމަދު މާޖިދު އަޙްމަދަށް ދީފައިވާ ވަޒީފާއަކީ، ރޫމް
އެޓެންޑެންޓުގެ ވަޒީފާކަމާއި؛
ރޫމް އެޓެންޑެންޓެއްގެ ހައިޘިއްޔަތުން މުޙައްމަދު މާޖިދު އަޙްމަދުގެ ވަޒީފާގެ ޒިންމާތަކާއި
މަސްއޫލިއްޔަތުތަކާއި، ވަޒީފާއާއި ގުޅިގެން އިސްލާޙީ ފިޔަވަޅު އެޅޭނެ ގޮތާއި، އެޅޭނެ ފިޔަވަޅުތަކާއި، އަދި
ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތައް އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގައި ބަޔާންކުރެވިފައިވާކަން
އެނގެންއޮވެއެވެ.
.ހ2އ)
(ނ) ކައިދޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު މާޖިދު
އަޙްމަދުއާއި ދެމެދު، ސޮއިކުރެވިފައިވާ އިސްވެ އިޝާރާތްކުރެވުނު ވަޒީފާގެ އެއްބަސްވުމުގެ 11 ވަނަ
މާއްދާގައި، ވަޒީފާގައި ދެމިހުންނަ ހުރިހާ ވަގުތެއްގައިވެސް ވަޒީފާ ދޭފަރާތުގެ ހުރިހާ އުޞޫލުތަކާއި
ޤަވާޢިދުތަކަށް ވަޒީފާ އަދާކުރާ ފަރާތުން ޙުރުމަތްތެރިކޮށް ހިތާ ތަބާވާން ޖެހޭނެކަމަށް ބަޔާންކޮށްފައިވާކަ
އެއްބަސްވުމުގެ ޓަރމްސް އެންޑް ކޮންޑިޝަންގެ 12 ވަނަ މާއްދާގައި ވަޒީފާ އަދާކުރާ ފަރާތާއި ދޭތެރޭގައި
އަޚްލާޤީ ފިޔަވަޅު އެޅުމުގެ ޙައްޤު ވަޒީފާދޭފަރާތަށް ލިބިގެންވާކަމަށް ބަޔާންކޮށް، 12.4 ގައި އަޚްލާޤީ ފިޔަވަޅު
އަޅައިގެންވެސް ވަޒީފާ އަދާކުރާ ފަރާތް އިޞްލާހު ނުވެއްޖެނަމަ، އެއްބަސްވުން ނިމުމަކަށް ގެނެސް ވަޒީފާ
އަދާކުރާފަރާތް ވަޒީފާއިން ވަކިކުރުމުގެ ޙައްޤު ވަޒީފާ ދޭފަރާތަށް ލިބިގެންވާކަމަށް ބަޔާންކުރެވިފައިވާކަން
ut cu
އެނގެންއޮވެއެވެ.
(ނ) 08 ޖުލައި 2011 ވަނަ ދުވަހު، ކައިދޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް
ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން މުޙައްމަދު މާޖިދު އަޙްމަދު ވަކިކުރުމުގެ ކުރިން، މުޙައްމަދު މާޖިދު އަޙްމަދު
އަދާކުރާ ވަޒީފާގެ މަސައްކަތާއި އަދި މަސަތްކަތުގެ އަޚްލާޤާއި ގުޅޭގޮތުން ޖުމްލަ 03 (ތިނެއް) ފަހަރެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/40
CCCXOC
މަތިން ލިޔުމުން ނަސޭހަތާއި އިންޒާރުދީ އިޞްލާހީ ފިޔަވަޅު އަޅާފައިވާކަމާއި، އެގޮތުން ގެސްޓުންގެ ކޮޓަރީގައި
ލެޕްޓޮޕް ކުޅޭތީ އެކަމާއި ގުޅިގެން 17 ޖެނުއަރީ 2010 ގައި ލިޔުމުން އިންޒާރުދީފައިވާކަމާއި، މަސައްކަތަށާއި
އަދި މަސައްކަތުގެ ވަގުތަށް ފަރުވާ ނުބަހައްޓާނީ އެކަން އިޞްލާހުކުރުމަށް އަންގައި 07 އޭޕްރީލް 2010 ގައި
ލިޔުމުން ދީފައިވާ އިންޒާރާއި އަދި މުޙައްމަދު މާޖިދު އަޙްމަދު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި
ފަރުވާކުޑަކުރާތީ އެކަން ރަނގަޅު ކުރުމަށް 30 އޭޕްރީލް 2011 ވަނަ ދުވަހު ލިޔުމުން އިންޒާރުދީފައިވާކަން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެންއޮވެއެވެ.
(ރ) ކައިދޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން
މުޙައްމަދު މާޖިދު އަޙްމަދު ވަކިކޮށްފައިވަނީ، ހޮޓަލުގެ ޢިމާރާތުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލު ނުކުރުމަށް
ދެވިފައިވާ އެތައް ނަސޭހަތްތަކާއި ކުރިން ދެފަހަރެއްގެ މަތިން ނަސޭހަތްދީފައިވީނަމަވެސް އެނަސޭހަތާއި
އިރުޝާދާއެއްގޮތަށް ޢަމަލުނުކޮށް ދުންފަތުގެ އިސްތިޢުމާލުކުރާތީކަމަށް، ވަޒީފާއިން ވަކިކުރިކަން ބަޔާންކޮށް 08
ޖުލައި 2011 ވަނަ ދުވަހު ކައިދޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
މުޙައްމަދު މާޖިދު އަޙްމަދަށް ފޮނުވާފައިވާ މެމޯއިން އެނގެންއޮވެއެވެ.
() މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤީ މިންގަނޑާއި ގުޅިގެން އިޞްލާޙީ ފިޔަވަޅު އަޅައި،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ބަލާނީ، ހަމައެކަނި އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އަންގައި
ނުވަތަ ވަކިކުރިކަން އަންގައި ފޮނުވާ މެމޯގައި ބަޔާންކޮށްފައިވާ މަސައްކަތުގެ އަޙްލާޤީ މައްސަލައަށް
އެކަނިނޫންކަމާއި، އޭގެއިތުރުން އެ މުވައްޒަފަކު ވަޒީފާގައި ދެމިހުރި މުއްދަތުގައި ވަޒީފާގެ މަސްއޫލިއްޔަތާއި
އަދި މަސައްކަތުގެ އަޚްލާޤާއި ގުޅޭގޮތުން އެމުވައްޒަފަކާއި މެދު އެޅިފައިވާ އެހެނިހެން ފިޔަވަޅުތަކުގެ
މައްޗަށްވެސް ރިޢާޔަތްކުރަންޖެހޭނެކަމާ މާއި، އެގޮތުން ކައިދޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް ޕްރައިވެޓް
ލިމިޓެޑްގެ ވަޒީފާއިން މުޙައްމަދު މާޖިދު އަޙްމަދު ވަކިކޮށްފައިވަނީ، ހޮޓަލުގެ ޢިމާރާތުގެ ތެރޭގައި ދުންފަތުގެ
އިސްތިޢުމާލު ނުކުރުމަށް
ދެވިފައިވާ އެތައް ނަސޭހަތަކާއި، ކުރިން ދެފަހަރެއްގެ މަތިން
ނަސޭހަތްދީފައިވީނަމަވެސް އެނަސޭޙަތާއި އިރުޝާދާއެއްގޮތަށް ޢަމަލުނުކޮށް ދުންފަތުގެ އިސްތިޢުމާލުކުރާތީ ކަމަށް
ބަޔާންކޮށް، ދުންފަތުގެ އިސްތިޢުމާލުކުރުމާގުޅޭގޮތުން ކުރިން ލިޔުމުން އިންޒާރެއްދީފައިނުވިނަމަވެސް، މުޙައްމަދު
މާޖިދު އަޙްމަދުގެ ވަޒީފާގެ މަސްއޫލިއްޔަތާއި އަދި މަސައްކަތުގެ އަޚްލާޤާއި ގުޅޭގޮތުން 03 (ތިނެއް) ފަހަރެއްގެ
coc
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/40
44
މަތިން ލިޔުމުން އިންޒާރުދީފައިވާތީ، ކައިދޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ
ވަޒީފާއިން މުޙައްމަދު މާޖިދު އަޙްމަދު ވަކިކޮށްފައިވަނީ، ވަޒީފާއާއިބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ އަސާސްގެ މަތިންކަން އެނގެންއޮވެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2011/VTR/94 މައްސަލައިގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
0
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތް ކުރުމުން،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/94 މައްސަލައިގައި، މުޙައްމަދު މާޖިދު އަޙްމަދު
ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008 ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ
ޚިލާފަށްކަމަށް ކަނޑައަޅައި، މުޙައްމަދު މާޖިދު އަޙްމަދު ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން
ޓުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، 08 ޖުލައި
2011 ން ފެށިގެން މައްސަލަ ނިމުނު ދުވަހާ ހަމައަށް މުޙައްމަދު މާޖިދު އަޙްމަދަށް މުސާރައާއި ޢިނާޔަތުގެ
ގޮތުގައި ލިބެންޖެހޭ ފައިސާ ދިނުމަށް، ކައިދޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އަށް
އަންގާ ކުރައްވާފައިވާ އަމުރު މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ބާތިލްކޮށްފީމެވެ.
2
2
4
2 ހއ
هހއ2e"
cu o C
އެއްޖޭގެ
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv