ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/282 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/282
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
.
• ޤަޟިއްޔާ ނަންބަރު: 282/HC
-
A/2014
• އިސްތިއުނާފު ކުރި ފަރާތް:
* ނަން:އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދު
، ދާއިމީ އެޑްރެސް: ޔޫ.ބީ.އެން.ޓަވަރ، ނަންބަރު 10 ކުއަލަލަންޕޫރު، މެލޭޝިޔާ
މިހާރުގެ އެޑްރެސް: ޔޫ.ބީ.އެން.ޓަވަރ، ނަންބަރު 10/ ކުއާލަލަންޕޫރު، މެލޭޝިޔާ
އިސްތިއުނާފު ރައްދުވި ފަރާތް:
1. * ނަން: ސަލްޓަން އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑް
* ދާއިމީ އެޑްރެސް: ފަސްމީރު ބިލްޑިންގ މާލެ * މިހާރުގެ އެޑްރެސް: ފަސްމީރު ބިލްޑިންގ މާލެ
0
* ރަޖިސްޓްރީ ނަންބަރު.
C-614/2004
0
2. * ނަން: ސަލްޓަން އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: ފަސްމީރު ބިލްޑިންގ މާލެ މިހާރުގެ އެޑްރެސް: ފަސްމީރު ބިލްޑިންގ މާލެ
* ރަޖިސްޓްރީ ނަންބަރު: 72
/
2002-C
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 19 ޛުލްޙިއްޖާ 1435 ނިމުނު ތާރީޚް: 24 ޞަފަރު 1438
13 އޮކްޓޯބަރ 2014
24 ނޮވެމްބަރ 2016
• އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv-C/1116
• ނިންމެވި ކޯޓު ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 05 ޖޫން 2013
• ޤަޟިއްޔާ ނިމުނު ތާރީޚް: 22 މެއި 2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު.ޢަބްދުﷲދީދީ ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރުން ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/282
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1116 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، އެކްސްޕޯޓް
އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތްތަކަކީ ސަލްޓަން އޮފް ދަ ސީސް މެރިން ޓެކްސީ
ޕްރައިވެޓް ލިމިޓެޑާއި، ސަލްޓަން އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްއެވެ.
ގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1116 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، އެކްސްޕޯޓް އިމްޕޯޓް
ބޭންކް އޮފް މެލޭޝިޔާ ބަރްހާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1116 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރުހާދާއި ސަލްޓަން އޮފް ދަ ސީސް
މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑާއި، ސަލްޓަން އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑާއި މި 03 (ތިނެއް)
ފަރާތްތަކުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ
ބަރުހާދަށް ސަލްޓަން އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުން ގެރެންޓީދީގެން ސަލްޓަން އޮފް ދަ ސީސް މެރިން
ޓެކްސީ ޕްރައިވެޓް ލިމިޓެޑަށް އެކްސްޕޯޓް އިމްޕޯޓް އޮފް މެލޭޝިޔާ ބަރުހާދުން ދިނުމަށް
އެއްބަސްވެފައިވާ 800,000.00$US (އަށްލައްކަ) ޔޫ.އެސް ޑޮލަރުގެ ޓާރމް ލޯނުން ދީފައިވާ
8 0 4
ޏވެ
މިޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/282
US
$
600,000.00 (ހަލައްކަ) ޔޫ.އެސް ޑޮލަރުގެ ލޯނަށް އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ
މިލޯނުގެ ފައިސާ ސަރވިސްޗާޖާއި ޖޫރިމަނާއާއި އެކުގައި ލިބުމަށް ލޯނުނެގި ސަލްޓަން އޮފް ދަ ސީސް މެރިން
ޓެކްސީ ޕްރައިވެޓް ލިމިޓެޑާއި، މިލޯނަށް ގެރެންޓީދިން ސަލްޓަން އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ
މައްޗަށް އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރުހާދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1116 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެދިޔަ
ބަޔާންތަކަށާއި، ފާހަގަކުރި ނުޤުތާތަކުގެ މައްޗަށް ބެލުމަށްފަހު، އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ
ބަރުހާދާއި ސަލްޓަން އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑާއި، ސަލްޓަން އޮފް ދަ ސީސް
ޕްރައިވެޓް ލިމިޓެޑާއި މި 03 (ތިނެއް) ފަރާތްތަކުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ސަލްޓަން
އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުން ލޯނަށް ގެރެންޓީދީގެން އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ
ބަރުހާދުން، ސަލްޓަން އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެއްބަސްވެފައިވާ
US
$
800,000.00 (އަށްލައްކަ) ޔޫ.އެސް ޑޮލަރުގެ ޓާރމް ލޯނުން ދޫކޮށްފައިވާ 600,000.00$US
(ހަލައްކަ) ޔޫ.އެސް ޑޮލަރުގެ ލޯނުފައިސާ ހޯދުމުގެ މިދަޢުވާއަކީ ދަޢުވާގައިވާ މިމުޢާމަލާތުގެ އެއްބަސްވުމުގެ
ދަށުން މެލޭޝިޔާގެ ކޯޓުގައި ބެލި، ޙުކުމެއް އައިސްފައިއޮތް މައްސަލައަކަށްވާތީ މިލޯނާއިމެދު މިފަރާތްތަކުގެ
މެދުގައި ވެފައިވާ މިއެއްބަސްވުމުގެ ދަށުން މިމައްސަލަ އަލުން ބެލުމުގެ އިޚްތިޞާސް މިކޯޓަށް ލިބިގެންވާކަމަށް
ބަލާނެތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ" މިފަދައިންނެވެ.
4. ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1116 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދުގެ ފަރާތުން 03
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/282
(ތިނެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، އެދަޢުވާއަކީ 21 ސެޕްޓެމްބަރ 2006 ގައި އެކްސްޕޯޓް އިމްޕޯޓް ބޭންކް
އޮފް މެލޭޝިޔާ ބަރުހާދު އާއި ސަލްޓަން އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑާއި ސަލްޓަން އޮފް
ދަ ސީސް ޕްރައިވެޓް ލިމިޓެޑާއީ މި ތިން ފަރާތުގެ މެދުގައި ވެފައިވާ "ފެސިލިޓީ" އެއް
" އެއްބަސްވުމުގެ 20.15
ވަނަ މާއްދާގެ ދަށުން އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރުހާދުއަށް ލިބިގެންވާ ޙައްޤުގެ ދަށުން
ކޮށްފައިވާ ދަޢުވާއެއްނަމަ
ދަޢުވާއެއްނަމަވެސް، ޝަރީޢަތުން ކަނޑައަޅުއްވާފައިވަނީ މެލޭޝިޔާގެ ހައިކޯޓުން "ފެސިލިޓީ"
އެއްބަސްވުމާ ގުޅޭގޮތުން ޙުކުމެއް ކުރައްވާފައި އޮތުމުން، "ފެސިލިޓީ" އެއްބަސްވުމުގެ ދަށުން އިތުރު ދަޢުވާއެއް
އެކްސްޕޯޓް
.ޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރުހާދަށް ދިވެހިރާއްޖޭގައި ނުކުރެވޭނެ ކަމަށްކަމަށާއި، އެއީ ތިން
ފަރާތުން ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމުގައި ދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
J
• ދެވަނަ ނުކުތާއަކީ، މިމައްސަލައަކީ މެލޭޝިޔާގެ ހައިކޯޓުން ނިންމާފައިވާ ޙުކުމެއް ތަންފީޒް
ކުރުމަށް ދިވެހިރާއްޖޭގެ ކޯޓަކަށް ހުށަހަޅައިގެން ތަންފީޒް ކުރުމުގެ ގޮތުން ކުރި ދަޢުވާއެއް ނޫން ނަމަވެސް،
މިތަ މެލޭޝިޔާގެ ހައިކޯޓުގެ ޙުކުމެއް ތަންފީޛުކުރުމުގެ ގޮތުން ހުށަހެޅި މައްސަލައެއް ކަމަށް ޝަރީޢަތުން
ދެކެވަޑައިގެން އެގޮތުގެމަތިން މައްސަލައިގެ ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި .
453 ޑ
ނުކުތާއެވެ.
23=45
. ތިންވަނަ ނުކުތާއަކީ، މައްސަލާގެ ދަޢުވާކޮށްފައިވާ ކަންކަމަށް ބެއްލެވުމެއްނެތި ހަމައެކަނި
އިޖުރާއީ ގޮތުން ދަޢުވާލިބޭ ފަރާތްތަކުން ހުށަހަޅާފައިވާ ނުކުތާއެއް ކަމަށްވާ "ރެސް ޖުޑިކާޓާ" ގެ މަބްދަޢު އާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 205/HC-A/2012 ގެ ޙުކުމަށް ރިޢާޔަތްކުރައްވައި "ރެސް
ޖުޑިކާޓާ" ގެ މަބްދަޢު މިމައްސަލައަށް އެޕްލައި ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން ފެސިލިޓީ"
އެއްބަސްވުމާގުޅޭ ގޮތުން މިމައްސަލާގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް މީގެ ކުރިން އެއްވެސް ޙުކުމެއް
ގުޅޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/282
ކުރައްވާފައިނުވާހިނދު އަދި މެލޭޝިޔާގެ ހައިކޯޓުން ކުރައްވާފައިވާ ޙުކުމް ދިވެހިރާއްޖޭގައި ސީދާ
ތަންފީޛުކުރެވޭނޭ ޤާނޫނީ އުސޫލެއް ކަނޑައަޅާފައިނުވާއިރު އެކަންކަމަށް ރިޢާޔަތް ކުރެއްވުމެއްނެތި ކަމަށް ބުނެ
· · 479
ހުށަހެޅި .
ނއއ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1116 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ،
ބުނެ، އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދުގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
499 ދދވ
ންކުecކށް
2 (49ހ8
9 8 4 4
އެންކުތަeށް
އ JW
8 26
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1116 ޤަޟިއްޔާ
އިސްތިއުނާފުކުރަމުން އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދުގެ ފަރާތުން ހުށަހަޅާފައިވާ
ބަލާއިރު،
ބިނާވެފައިވާ މައިގަނޑު ސަބަބަކީ،
ފަރާތުން
އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ހުށަހެޅި ދަޢުވާއަކީ އެބޭންކާއި ސަލްޓަން އޮފް ދަ
ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑާއި ސަލްޓަން އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑާ ދެމެދު
ކުރެވިފައިވާ "ފެސިލިޓީ" އެއްބަސްވުމުގެ ދަށުން އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދަށް
ލިބިގެންވާ ޙައްޤުގެ ދަށުން ކުރިދަޢުވާއެއް ނަމަވެސް، އެދަޢުވާއަށް ބެއްލެވުމެއްނެތި އިޖުރާއީ ގޮތުން ދަޢުވާ
ފަރާތްތަކުން ހުށަހެޅި "ރެސް ޖުޑިކާޓާ" ގެ ނުކުތާއަށް ރިޢާޔަތްކުރައްވައި، ރެސް ޖުކާޓާގެ މަބްދަޢު
އެމައްސަލައަށް އެޕްލައި ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން ފެސިލިޓީ" އެއްބަސްވުމާގުޅޭ
ގޮތުން އެމައްސަލާގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް މީގެ ކުރިން އެއްވެސް ޙުކުމެއް ކުރައްވާފައިނުވާހިނދު
އަދި މެލޭޝިޔާގެ ހައިކޯޓުން އެފެސިލިޓީއާ ގުޅިގެން ކުރައްވާފައިވާ ޙުކުމް ދިވެހިރާއްޖޭގައި ތަންފީޛުކުރެވޭނެ
4
&jr
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/282
ޤާނޫނީ އުސޫލެއް ކަނޑައެޅިފައިނުވާއިރު އެކަންކަމަށް ރިޢާޔަތްނުކޮށްކަމަށް ބުނެ ހުށަހެޅި ސަބަބުކަން
ފާހަގަކުރެވޭކަމެވެ.
428
(ނ) ދެވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1116 ޤަޟިއްޔާގައި އެކްސްޕޯޓް
އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދުގެ ފަރާތުން ކޮށްފައިވާ ދަޢުވާއަށް ބަލާއިރު، އެދަޢުވާއަކީ އެކްސްޕޯޓް
ބޭންކް އޮފް މެލޭޝިޔާ ބަރުހާދާއި ސަލްޓަން އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑާއި،
ސަލްޓަން އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑާއި މި 03 (ތިނެއް) ފަރާތުގެ މެދުގައި ވެފައިވާ
އެއްބަސްވުންތަކުގެ ދަށުން އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރުހާދަށް ސަލްޓަން އޮފް ދަ ސީސް
ޕްރައިވެޓް ލިމިޓެޑުން ގެރެންޓީދީގެން ސަލްޓަން އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑަށް
އެކްސްޕޯޓް އިމްޕޯ ބޭންކް އޮފް މެލޭޝިޔާ ބަރުހާދުން ދިނުމަށް އެއްބަސްވެފައިވާ 800,000.00$US
(އަށްލައްކަ) ޔޫ.އެސް ޑޮލަރުގެ ޓާރމް ލޯނުން ދީފައިވާ 600,000.00$US (ހަލައްކަ) ޔޫ.އެސް ޑޮލަރުގެ
ލޯނަށް އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ މިލޯނުގެ ފައިސް ސަރވިސްޗާޖާއި ޖޫރިމަނާއާއި
އެކުގައި ލިބުމަށް ލޯނުނެގި ސަލްޓަން އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑާއި، މިލޯނަށް
ގެރެންޓީދިން ސަލްޓަން އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ
މައްސަލައެއްކަން އެނގެންއޮންނަކަމާއި،
އެދަޢުވާއާ ގުޅިގެން އެދަޢުވާ ރައްދުވި ސަލްޓަން އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް
ލިމިޓެޑާއި، ސަލްޓަން އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގައި ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު، އެދަޢުވާއަކީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދުގެ ފަރާތުން
މެލޭޝިޔާގެ ކުއަލަލަމްޕޫރުގެ ހައިކޯޓުގައި ދަޢުވާކޮށް، އެކޯޓުން ޙުކުމްކޮށްފައިވާ މައްސަލައަކަށްވާތީއާއި
އެމުޢާމަލާތުގެ އެއްބަސްވުންތަކާ ގުޅިގެން އުފެދޭ ހިޔާލު ތަފާތުވުންތައް ޙައްލުކުރުމަށް މެލޭޝިޔާގެ ކޯޓް ނުވަތަ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/22
8 0 4
އެހެން ޖޫރިސްޑިކްޝަން ލިބިގެންވާ ކޯޓަކަށް ދިއުމުގެ އިޚްތިޔާރު އެއެއްބަސްވުމުން ލިބިފައިވާއިރު،
އެއެއްބަސްވުމުގެ ދަށުން އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދުން ގޮސްފައިވަނީ ކުއާލަލަމްޕޫރުގެ
ހައިކޯޓަށްކަމަށްވުމުން، އެއްބަސްވުމުގެ ދަށުން އެމައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކީ
މެލޭޝިޔާގެ ކޯޓުކަމަށާއި، އަދި އެމައްސަލައަކީ އެމައްސަލައިގެ މައުޟޫއާމެދު ގޮތެއް ކަނޑައެޅި ޙުކުމް
ކޮށްފައިވާ މައްސަލައެއްކަމުން އަލުން އެމައްސަލަ ބެލުމަކީ ޑަބަލް ޖެޕެޓީގެ ޙާލަތު ކުރިމަތިވެ، އަދި ޤާނޫނީ
ނިޘާމްތަކުގައި ކަނޑައެޅި އިސްތިޤުރާރުވެފައިވާ މަބްދަޢުއެއްކަމަށްވާ ރެސްޖުޑިކާޓާ ގެ އުޞޫލުގެ ދަށުން އަލުން
ސިވިލް ކޯޓުގައި ބެލެވޭނެ މައްސަލައެއް ނޫންކަމަށް ފާހަގަކޮށްފައިވާކަމާއި،
އެމައްސަލާގައި ސިވިލް ކޯޓުން ޙުކުމް ކުރައްވާފައިވަނީ، އެޤަޟިއްޔާގައި ހުށަހެޅިފައިވާ ދަޢުވާއަކީ
އެދަޢުވާގައިވާ މުޢާމަލާތުގެ އެއްބަސްވުމުގެ ދަށުން މެލޭޝިޔާގެ ކޯޓުގައި ބެލި، ޙުކުމެއް އައިސްފައިއޮތް
މައްސަލައަކަށްވާތީ އެލޯނާމެދު އެފަރާތްތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެމައްސަލަ އަލުން
ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންނުވާކަމަށް ކަނޑައަޅުއްވައިކަން
އެނގެންއޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދުނިޔޭގައި ކުރިއަރާފައިވާ ތަފާތު ޤާނޫނީ ޖޫރިސްޑިކްޝަންތަކުން
ޢަމަލުކުރަމުންދާ ޝަރީޢަތް ހިންގުމުގެ ނިޒާމުތަކުން ޒަމާނުއްސުރެ ބަލައިގަނެ އެމައްޗަށް ޢަމަލުކުރަމުންދާ އަދި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް އެމައްދަޢަކަށް ޤާނޫނީބާރު ލިބިދީފައިވާ، ޤާނޫނީ މަބްދަޢުއެއްކަމަށްވާ
"ރެސް ޖުޑިކާޓާ" (res judicata) ގެ ޤާނޫނީ މަބްދަޢުއަކީ، ކޯޓަކުން ފައިޞަލާކުރަނިވި ޙުކުމެއް
ކުރެވިފައިވާ މައްސަލައެއްގައި، އެ މައްސަލާގައި ހިމެނޭ ފަރާތްތަކުން އެމައްސަލާގެ ތެރޭގައި ކޯޓަށް
ހުށަހަޅާފައިވާ ނުވަތަ އެމައްސަލާގެ ތެރޭގައި ހުށަހެޅުމުގެ ފުރުޞަތު އޮތް ކަންކަމުގެ މައްޗަށް ބިނާކޮށް،
އެމައްސަލައެއްގައި ހިމެނޭ ފަރާތަކުން އިތުރު ދަޢުވާއެއް ކުރުން މަނާކުރާ މަބްދަޢުއެއްކަމާއި، މިދެންނެވުނު
މަބްދަޢު ދަޢުވާއެއްގެ މައްޗަށް ތަޠުބީޤުކޮށް، އެދަޢުވާއެއް ނުކުރެވޭނެކަމަށް ކަނޑައެޅުމުގައި ނުވަތަ ކޮށްފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/282
ދަޢުވާއެއް ބާޠިލްކުރުމުގައި ފުރިހަމަވާންޖެހޭ 3 (ތިނެއް) ޝަރުތެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
305/HC-A/2012 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާކަމާއި، އެއީ:-
1. ފަހުން ހުށަހެޅުނު މައްސަލާގައި ހުށަހަޅާފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުޞަތު އޮތް ކަންކަން
އެމައްޗަށް ބިނާކޮށްފައިވާ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ހުށަހެޅުނު އެހެން މައްސަލައެއް، ކަމާބެހޭ ޝަރުޢީ
ކޯޓަކުން ކުރިން ބެލިފައިވުން، އަދި
ފަހުން ހުށަހެޅުނު މައްސަލައާއި ކުރިން ބަލާފައިވާ މައްސަލާގެ ޙަޞްމުންނަކީ
އެއްބަޔަކަށްވުން؛ އަދި
3. ކުރިން ހުށަހެޅުނު މައްސަލާގައި ހިމެނުނު ކަންތައްތައް އެމައްޗަށް ބިނާކޮށްފައިވާ ޙަޤީޤަތްތަކުގެ
މައްޗަށް އެމައްސަލާގައި ފައިޞަލާކުރަނިވި ޙުކުމެއް ކުރެވިފައިވުން؛ ކަމާއި،
.2
ހއ ހ3
"ރެސް ޖުޑިކާޓް"
ގެ
މާބޮދައި
4 އދ
821ފއެޖެނަމަ،
ބަލައިގަނެ އެމައްޗަށް
ޢަމަލުކުރަމުންދާ ޤާނޫނީ
ޖޫރިސްޑިކްޝަންތަކުގެ ކޯޓުތަކުން ޢަމަލުކުރެވެމުންދާ ގޮތަށް ބަލާއިރު، ކޯޓަކަށް ހުށަހެޅޭ މައްސަލައެއްގައި،
"ރެސް ޖުޑިކާޓާ" ގެ ދަށުން އެދަޢުވާއެއް ނުކުރެވޭނެކަމަށް ކަނޑައެޅުމުގައި ނުވަތަ ކޮށްފައިވާ ދަޢުވާއެއް
ބާޠިލްކުރުމުގައި މަތީގައި ބަޔާންކުރެވުނު 3 (ތިނެއް) ޝަރުޠު ފުރިހަމަވާކަމަށް އެކޯޓަކަށް
އެފަދަ މައްސަލައަކީ (އިސްތިއުނަވީ މަރުޙަލާގެ ކޯޓުތަކަށް، ޤާނޫނާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ހުށަހަޅާ
ޙާލަތްތަކުގައި ފިޔަވައި) ކޯޓަށް ހުށަހެޅޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި، އެމައްސަލައެއް
ބާޠިލްކުރުންކަމާއި، މިކަން މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 305/HC-A/2012 ޤަޟިއްޔާގައި
ފާހަގަކުރައްވާފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/282
4 2 2 4 8
ބޭންކް
އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1116 ޤަޟިއްޔާގައި ހިމެނޭ
މައްސަލައަކީ، އިސްވެދެންނެވިފައިވާ ޤާނޫނީ އުޞޫލަށް ރިޢާޔަތްކޮށް "ރެސް ޖުޑިކާޓާ" ގެ ދަށުން އެކޯޓުގައި
ބެލެވޭނެ މައްސަލައެއްތޯ ބަލާއިރު،
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1116 ޤަޟިއްޔާގައި ހުށަހެޅުނު ޙަޤީޤަތްތަކުގެ މައްޗަށް
ބިނާކޮށް، އެފެސިލިޓީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ އެފައިސާ ހޯދުމަށް އެދި
މެލޭޝިޔާގެ ހައިކޯޓުގައި އެކޯޓުގެ ސުއިޓް ނަންބަރު 2008-1477-22-D3 އިން އެކްސްޕޯޓް އިމްޕޯޓް
އޮފް މެލޭޝިޔާ ބަރްހާދުގެ ފަރާތުން ދަޢުވާކޮށް، އެމައްސަލާގައި ދަޢުވާލިބުނު ސަލްޓަން އޮފް ދަ ސީސް މެރިން
ޓެކްސީ ޕްރައިވެޓް ލިމިޓެޑާއި ސަލްޓަން އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އެކްސްޕޯޓް އިމްޕޯޓް
ބޭންކް އޮފް މެލޭޝިޔާ ބަރްހާދަށް ފައިސާ ދެއްކުމަށް ޙުކުމްކޮށްފައިވާކަން އެލިޔުމުންނާއި އެކްސްޕޯޓް އިމްޕޯޓް
ބޭންކް އޮފް މެލޭޝިޔާ ބަރްހާދުގެ ފަރާތުން މިކޯޓުގައި ދައްކާފައިވާ ވަހާކަތަކުން ސާފުވާކަމާއި، އަދި
އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ހިމެނޭ ދަޢުވާއަކީ މެލޭޝިޔާގެ ހައިކޯޓުގައި ކުރެވި
އެމައްސަލައާމެދު ފައިޞަލާކުރަނިވި ޙުކުމެއް ކުރެވިފައިވާ މައްސަލައެއްކަމާމެދު އެކްސްޕޯޓް އިމްޕޯޓް ބޭންކް
އޮފް މެލޭޝިޔާ ބަރްހާދުން ދެކޮޅުނުހަދާކަމާއި، އެފަރާތުން ދެކޮޅު ހަދަނީ އެމައްސަލަ މެލޭޝިޔާގެ ކޯޓެއްގައި
ބެލިފައިވުމަކީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެބޭންކަށް ކަމާގުޅޭ އެހެން
ޖޫރިސްޑިކްޝަންއަކަށް މައްސަލަ ހުށަހެޅުމަށް ލިބިފައިވާ ޙައްޤުގެ ދަށުން ދިވެހިރާއްޖޭގެ ކޯޓަކަށް އެމައްސަލަ
ހުށަހެޅުމަށް އޮތް ހުރަހެއް ނޫންކަމަށްބުނެކަން އެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް
ބެލުމުން ސާފުވާކަމާއި، އެހެންކަމުން މިދެމައްސަލާގައިވެސް އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ
ރްހާދުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަކީ އެއް ޙަޤީޤަތް މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ
އެޤީޤަތްތަކެއްގެ
ދެދައުވާކަން ފާހަގަކުރެވޭކަމާއި،
ދިވެހިރާއްa
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/282
"ރެސް ޖުޑިކާޓާ" ގެ މަބްދަޢު ތަޠުބީޤު ކުރުމުގައި ދެން ފުރިހަވާންޖެހޭ ޝަރުޠަކީ ފަހުން
ހުށަހެޅުނު މައްސަލައާއި ކުރިން ބަލާފައިވާ މައްސަލައިގެ ޙަޞްމުންނަކީ އެއްބައެއްތޯ ބެލުން ކަމަށްވާތީ
މިޝަރުޠު އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ފުރިހަމަވޭތޯ ބަލާއިރު، އިސްތިއުނާފުކުރެވިފައިމިވާ
ސިވިލް ކޯޓުގެ ޤަޟިއްޔާއަކީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދުގެ ފަރާތުން ސަލްޓަން އޮފް
ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑާއި ސަލްޓަން އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް
ހުށަހަޅާފައިވާ ދަޢުވާއެއްކަމަށްވާއިރު، އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދުގެ ފަރާތުން
މެލޭޝިޔާގެ ހައިކޯޓަށް ހުށަހަޅައި ކުރިއަށް ގެންގޮސްފައިވާ ދަޢުވާގައިވެސް މައްސަލަ ރައްދުވާ ފަރާތްތަކުގެ
ގޮތުގައި ހިމަނާފައިވަނީ ސަލްޓަން އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑާއި، ސަލްޓަން އޮފް ދަ
ސީސް ޕްރައިވެޓް ލިމިޓެޑުކަން ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުން ސާފުވާކަމާއި،
އެހެންކަމުން، މިދެންނެވުނު ކަންކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައަކީ، ކޯޓަކުން ފައިޞަލާކުރަނިވި ޙުކުމެއް ކުރެވިފައިވާ
މައްސަލައެއްގައި، އެމައްސަލާގައި ހިމެނޭ ފަރާތްތަކުން އެމައްސަލާގެ ތެރޭގައި ކޯޓަށް ހުށަހެޅިފައިވާ ނުވަތަ
އެމައްސަލާގެ ތެރޭގައި ހުށަހެޅުމުގެ ފުރުޞަތު އޮތް ކަންކަމުގެ މައްޗަށް ބިނާކޮށް، އެމައްސަލައެއްގައި ހިމެނޭ
ފަރާތްތަކުން އިތުރު ދަޢުވާއެއް ކުރުން މަނާކުރާ މަބްދަޢުއެއްކަމަށްވާ "ރެސް ޖުޑިކާޓާ" ގެ ދަށުން،
އެމައްސަލާގައި އެދިފައިވާ ކަންކަމުގެ މައްޗަށް ސިވިލް ކޯޓުން ފައިޞަލާކުރަނިވި ޙުކުމެއް ކުރެވޭނެ
މައްސަލައެއް ނޫންކަން ފާހަގަކުރެވޭކަމެވެ.
ވީމާ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް އެކްސްޕޯޓް އިމްޕޯޓް އޮފް މެލޭޝިޔާ ބަރް" ފަރާތުން ހުށަހަޅާފައިވާ
1116/Cv-C/2013
9ވ
ޑރހދިގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
2014/HC-A/282
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ނުކުތާތަކަށް ބަލައި އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ
ވިޔަސް ސަބަބެއް ފެންނަން ނެތްކަމުގައެވެ.
4ވ
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/1116 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަ
:ދަލުގެންނާނެތަނެއް ނެތްކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv