ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/285 ޤަޟިއްޔާގެ ޙުކުމް
ޤަޟިއްޔާ ނިމުނު ގޮތު
2{13/HC-A/285
کی عمری
ދެލި
بماند از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 285/HC
-
A/2013
• އިސްތިއުނާފު ކުރިފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް:
ޕީ.ޓީ. އޮފީސް، މަޖީދީމަގު ( މާލެ
މިހާރުގެ އެޑްރެސް: ޕީ.ޖީ. އޮފީސް، މަޖީދީމަގު / މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
1.* ނަން: ޢަބްދުﷲ ތިލްމީޒް
ނިންމަނަ/ މާލެ
އައިޑީކާޑު ނަންބަރު: A344470
، މިހާރުގެ އެޑްރެސް: މ. ތިންވަނަ މާލެ
*
ދާއިމީ އެޑްރެސް:
2* ނަން: މުޙައްމަދު ޝައިފަން
* އައިޑީކާޑު ނަންބަރު: A367844
ދާއިމީ އެޑްރެސް: މމދދަފްތަރު ނަންބަރ 3912/ މާލެ * މިހާރުގެ އެޑްރެސް: ލ.އަންގޫރުމާގެ/ މާލެ
3.* ނަން: މުޙައްމަދު ނިޝާން ޢަބްދުލްޙާދީ
* ދާއިމީ އެޑްރެސް: މ. ސިލްވަރނެސްޓް/ މާލެ
އައިޑީކާޑު ނަންބަރު: A167427
މިހާރުގެ އެޑްރެސް: މ.ސިލްވަރނެސްޓް/ މާލެ
* ރަޖިސްޓްރީކުރެވުނު ތާރީޚް:
15 ސެޕްޓެންބަރ 2013 * ނިމުނު ތާރީޚް: 10 މެއި 2016
/2،އެމްވީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/285
ޤަޟިއްޔާ ނިމުނު
=32
, 2
کی عمری
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
4 ނަންބަރު: 2012/Cr
-
C/606
* ކޯޓު: ކްރިމިނަލް ކޯޓު
*ޤަޟިއްޔާގެ ބާވަތް: ޤަޞްދުގައި މީހަކު މެރުން
ނިންމެވި ތާރީޚް: 20 މާރޗް 2013
.
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު ޢަބްދުﷲދީދީ ފަނޑިޔާރު ޢަބްދުﷲ ޙަމީދު،
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
ވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/285
کمری
ދަޢުވާގެ ޚުލާޞާ
.2
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/606 ޤަޟިއްޔާގައި ދަޢުވާލިބުނު
ފަރާތްތަކުގެ ތެރެއިން ނިންމަނަ| ޢަބްދުﷲ ޙިލްމީޒާއި، ދަފްތަރު ނަންބަރު 3912/ މުޙައްމަދު
ޝައިން އާއި އަދި މ. ސިލްވަރނެސްޓް މުޙައްމަދު ނިޝާން ޢަބްދުލްޙާދީއާ މި ތިން މީހުންގެ މައްޗަށް
ކުށް ސާބިތުނުވާކަމަށް ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެތިން
މީހުންގެ ބައިގައި ނިންމަވާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
2 332 22
ހެނހެން
92ދ
މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތްތަކަކީ، މ.ދިންމަން ޢަބްދުﷲ ތިލްމީޒާއި،
ދަފްތަރު ނަންބަރު 3912/ މާލެ، މުޙައްމަދު ޝައިފަން އާއި އަދި މ.ސިލްވަރނެސްޓް މުޙައްމަދު
މިޝަން ޢަބްދުލްޙާދީއެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/606 ޤަޟިއްޔާގައި ދަޢުވާލިބުނު
ފަރާތްތަކުގެ ތެރެއިން މ.ނިންމަން ޢަބްދުﷲ ޙިލްމީޒާއި، ދަފްތަރު ނަންބަރު 3912/ މުޙައްމަދު ޝައިފަން
އާއި އަދި މ.ސިލްވަރނެސްޓް/ މުޙައްމަދު ވިޝާން ޢަބްދުލްޙާދީއާ މި ތިން މީހުންގެ މައްޗަށް ކުށް
ސާބިތުނުވާކަމަށް ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެތިން މީހުންގެ
ބައިގައި ނިންމަވާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
inun
2013/HC-A/285
کی عمری
ޤަޟިއްޔާ ނިމުނު "
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/606 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ މ.ދިންމަން؛ ޢަބްދުﷲ ތިލްމީޒް އާއި، ދަފްތަރު ނަންބަރު
13912 މުޙައްމަދު ޝައިފަން އާއި މ.ސިލްވަރނެސްޓް، މުޙައްމަދު ވިޝާން ޢަބްދުލްޙާދީއާއި
ޅ.ކުރެންދޫ، މާފަހި/ މުޙައްމަދު އާޞިފް އާއި މ.ނަލަހިޔާމަންޒިލް ޢަލީ ނަބީޙް އަދި ބ.ތުޅާދޫ، ކާނިމާގެ
ރައްޒާން ޢަބްދުއްރަޙްމާން 01 އޭޕްރީލް 2012 ދުވަހުގެ 16:45 ހާއިރު، މ.ފެއަރީކޯނަރ ޢަލީ
ޝިފާން، ބޮޑުތަކުރުފާނުމަގު މ.ވެސްޓްޕާރކް ރެސްޓޯރެންޓް ކައިރީގައި ހުއްޓައި، މި މީހުން
ސައިކަލްތަކެއްގައި އެތަނަށްގޮސް، މި މީހުންގެ ތެރެއިން ޢަބްދުﷲ ތިލްމީޒްއާއި، މުޙައްމަދު އާޞިފްއާއި،
މުޙައްމަދު ޝައިފަންއާއި، މުޙައްމަދު ނިޝާން ޢަބްދުލްޙާދީ، ޢަލީ ޝިފާންގެ ހަށިގަނޑުގެ އެކިތަންތަނަށް
ވަޅިން ހަމަލާދީ ބޮޑެތި ޒަޚަމްތަކެއްކޮށް، ޢަލީ ޝިފާންއާމެދު މާރާމާރީ ހިންގާފައިވާތީއާއި، ޢަލީ
ޝިފާންއަށް ހަމަލާ ދިނުމަށްފަހު ރައްޒާން ޢަބްދުއްރަޙްމާންއާއި، މުޙައްމަދު އާޞިފް ގޮވައިގެން ޢަބްދު
ތިލްމީޒްއާއި، ޢަލީ ނަބީޙް ސައިކަލްތަކުގައި ގޮސްފައިވާތީއާއި، މިހަމަލާތަކުގެ ސަބަބުން ޢަލީ ޝިފާނަށް
ލިބުނު އަނިޔާއަށް ބޭސް ފަރުވާކުރަމުން ދަނިކޮށް 01 އޭޕްރީލް 2012 ދުވަހު ޢަލީ ޝިފާން
ނިޔާވެފައިވާތީ، ޢަބްދުﷲ ތިލްމީޒްއާއި، މުޙައްމަދު އާޞިފްއާއި، ޢަލީ ނަބީހްއާއި، މުޙައްމަދު ޝައިފަންއާއި
ރައްޒާން ޢަބްދުއްރަޙްމާންއާއި، މުޙައްމަދު ވިޝާން ޢަބްދުލްޙާދީގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ
ކުށުގެ ދަޢުވާ ކުރުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، މ.ދިންމަނަ ޢަބްދުﷲ ތިލްމީޒް އާއި،
ޅ.ކުރެންދޫ، މާފަހި މުޙައްމަދު އާޞިފް އާއި ދަފްތަރު ނަންބަރު 13912 މުޙައްމަދު ޝައިފަން އާއި
މ.ނަލަހިޔާމަންޒިލް ޢަލީ ނަބީރް އާއި ބ.ތުޅާދޫ، ކާނިމާގެ ރައްޒާން ޢަބްދުއްރަޙްމާން އާއި
މ.ސިލްވަރނެސްޓް މުޙައްމަދު ނިޝާން ޢަބްދުލްޙާދީގެ މައްޗަށް ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ
މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، މީހެއްގެ މައްޗަށް ކުށް ސާބިތުކުރުމުގައި ފަނޑިޔާރު ރިޢާޔަތް
ކުރަންޖެހޭ ކަންތައްތައްކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
A/2012 ޤަޟިއްޔާގައި ބަޔާން
ދިވެއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޤަޟިއްޔާ
44 235 23
2
2013/HC-A/285
ކޮށްފައިވާ ކަންތައްތަކާއި، މި މައްސަލައަކީ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ މައްސަލައަކަށް ވެފައި،
މި މައްސަލާގައި ހެކިންގެ ހެކިބަސް މިނެކިރާ ވަޒަންކުރަންޖެހޭނީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ
އުޞޫލުތަކާއި އެއްގޮތަށްކަމަށްވެފައި، މިދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިން ތަޙްޤީޤު
މަރުޙަލާގައާއި، ޝަރީޢަތުގެ މަރުޙަލާގައި ޙާދިޘާއާއި ގުޅިގެން ދީފައިވާ ހެކިބަހުގައި ބޮޑެތި ފުށުއެރުންތައް
ހުރިކަމަށް ޝަރީޢަތަށް ފެންނާތީ، ޝުބުހައެކުލެވޭ ހެކިބަސްތަކެއްގެ މައްޗަށް ބިނާކޮށް ބައެއްގެ މައްޗަށް
ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުކުރެވިދާނެކަމަށް ޝަރީޢަތަށް ނުފެންނާތީ، ދަޢުލަތުން
މ.ދިންމަން ޢަބްދުﷲ ޙިލްމީޒް އާއި، ޅ.ކުރެންދޫ، މާފަހި، މުޙައްމަދު އާޞިފް އާއި ދަފްތަރު ނަންބަރު
3912/ މުޙައްމަދު ޝައިފަން އާއި މ.ނަލަހިޔާމަންޒިލް ޢަލީ ނަބީރް އާއި ބ.ތުޅާދޫ، ކާނިމާގެ| ރައްޒާން
މާން އާއި މ.ސިލްވަރނެސްޓް/ މުޙައްމަދު ނިޝާން ޢަބްދުލްޙާދީގެ މައްޗަށް ކުޅަ ޤަޞްދުގައި
މީހަކު މަރާލުމުގެ ކުށް، މި 06 މީހުންގެ މައްޗަށް ސާބިތުނުވާ
ނުވާކަމަށް ކަނޑައަޅުއްވައިކަން އެނގެން
/0
2
0
02
2 ބ
جرم تر ترح
އޮންނަކަމެވެ.
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/606 ޤަޟިއްޔާގައި ދަޢުވާރައްދުވާ
ފަރާތްތަކުގެ ތެރެއިން މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ބައިގައި ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާކަމަށްބުނެ އެޤަޟިއްޔާގައި ބައްލަވާފައިވާ ބުނެވިދިޔަ މީހުންގެ
ބައި އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައިގަނޑު 05 (ފަހެއް)
ނުކުތާއެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި، އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
4 22
(ހ) ފުރަތަމަ ނުކުތާއަކީ، މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް
ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއަށް ކްރިމިނަލް ކޯޓުގައި އިންކާރުކުރުމާ ގުޅިގެން،
ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތައް ހެކިބަސް އަދާކޮށްފައިވާ ގޮތަށް ބަލާއިރު
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8, q3
2013/HC-A/285
6ޤަޟިއްޔާ ނިމުނު '
އެހެކިބަހުގައި ބޮޑެތި ފުށު އެރުންތަކެއް ހުރިކަމަށް ފާހަގަ ކުރައްވައި މައްސަލަ ނިންމަވާފައިވާގޮތް
ރަނގަޅުނޫން ކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: މި މައްސަލައިގެ ދަޢުވާލިބޭ ފަރާތްތަކުން ދަޢުވާއަށް ކްރިމިނަލް
ކޯޓުގައި އިންކާރުކުރުމާ ގުޅިގެން، ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަސްވަނަ ހެކި (ބ)،
ޝަރީޢަތުގައި ހެކިބަސްދެމުން ދައްކާފައިވާ ވާހަކަތައް ބަޔާންކުރައްވަމުން، ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުގެ 13 ވަނަ ނަންބަރުގެ 12 ވަނަ ފޮޅުވަތުގައި ވިޝާން ޢަބްދުލްޙާދީ، ވަޅީގެ މުއްގަނޑެއްގައި
ހިފަހައްޓައިގެން ހުއްޓާ ދުށްކަމަށް ބަޔާންކުރައްވާފައިވަނީ ރަނގަޅަށްނޫންކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އެއްހެއްކަކީ
ފާސިގެއްކަމަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
A/2012
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
(ރ) ހަތަރުވަނަ ނުކުތާއަކީ: މި މައްސަލައިގައި ދައުލަތުން ހުށަހެޅި ޑީ.އެން.އޭ. ރިޕޯޓާއި،
މި މައްސަލައިގައި ހުށަހެޅި މެޑިކޯ ލީގަލް ރިޕޯޓުގައި ޢަލީ ޝިފާނަށް ލިބިފައިވާކަމަށް ބަޔާންކޮށްފައިވާ
އަނިޔާތަކަށް ހެކިންގެ ހެކިބަހުން ބާރުދޭއިރު، އެކަމަށް ރިޢާޔަތް ކުރެއްވުމަކާނުލައި މައްސަލަ
ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 14/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ
މާއްދާއާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ
(.) ފަސްވަނަ ކަމަކީ: ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ ތަފްޞީލު އިޖުރާއަތެއް
ލިޔެވިފައި ނެތްނަމަވެސް، ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރަމުންދާ ޢާއްމު އުޞޫލުތަކާ ޚިލާފަށް މި
މައްސަލައިގައި ޢަމަލު ކުރައްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
/ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/285
04- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/606 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާގުޅޭ ގޮތުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންނާއި، މިއިސްތިއުނާފް ދަޢުވާރައްދުވާ މ.ދިންމަން ޢަބްދު
ތިލްމީޒާއި، މމދދަފްތަރު ނަންބަރު 3912)މާލެ، މުޙައްމަދު ޝައިފަންއާއި، މ.ސިލްވަރނެސްޓް
މުޙައްމަދު ނިޝާން ޢަބްދުލްޙާދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/606 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޚި
ޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ޓާ
(ހ) ފުރަތަމަ ކަމަކީ އިސްތިއުނާފު ކުރެވިފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2012/Cr
-
C/606 ޤަޟިއްޔާގައި ދައުލަތުން މ.ދިންމަނަ| ޢަބްދުﷲ ޙިލްމީޒާއި،
މިމދ ދަފްތަރު
ނަންބަރު 3912;މާލެ، މުޙައްމަދު ޝައިފަންއާއި މ.ސިލްވަރނެސްޓް! މުޙައްމަދު ވިޝާން ޢަބްދުލްޙާދީގެ
މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާކޮށްފައިވަނީ، މިތިން މީހުންނާއި އިތުރު ބަޔަކު
ބައިވެރިވެގެން 01 އޭޕްރީލް 2012 ދުވަހުގެ 15:45 ހާއިރު، މ.ފެއަރީކޯނަރ ޢަލީ ޝިފާން،
ބޮޑުތަކުރުފާނު މަގު މ.ވެސްޓްޕާރކް ރެސްޓޯރެންޓް ކައިރީގައި ހުއްޓައި، މިތިން މީހުން އިތުރު ބަޔަކާއެކު
ސައިކަލްތަކެއްގައި އެތަނަށްގޮސް، މިމީހުންގެ ތެރެއިން ޢަބްދުﷲ ޙިލްމީޒާއާއި، މުޙައްމަދު ޝައިފަންއާއި،
މުޙައްމަދު ވިޝާން ޢަބްދުލްޙާދީއާއި އަދި އިތުރު މީހަކު، ޢަލީ ޝިފާންގެ ހަށިގަނޑުގެ އެކިތަންތަނަށް
ވަޅިން ހަމަލާދީ ބޮޑެތި ޒަޚަމްތަކެއްކޮށް، ޢަލީ ޝިފާނާމެދު މާރާމާރީ ހިންގާފައިވާތީއާއި، ޢަލީ ޝިފާނަށް
ހަމަލާ ދިނުމަށްފަހު އެމީހުންގެ ތެރެއިން މީހަކު ގޮވައިގެން ޢަބްދުﷲ ޙިލްމީޒް ސައިކަލުގައި
ގޮސްފައިވާތީއާއި، މިހަމަލާތަކުގެ ސަބަބުން ޢަލީ ޝިފާންއަށް ލިބުނު އަނިޔާއަށް ބޭސްފަރުވާކުރަމުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4d
8ޤަޟިއްޔާ ނިމުނު
2013/HC-A/285
ދެވެ
ދަނިކޮށް، 01 އޭޕްރީލް 2012 ދުވަހު ޢަލީ ޝިފާން ނިޔާވެފައިވާތީކަން އެނގެން އޮންނަކަމާއި، އެދަޢުވާ
ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެދަޢުވާއަށް މި މީހުން ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވާކަން
އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ކްރިމިނަލް
ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާއަށް އިންކާރު ކުރުމުން އެ ދަޢުވާ ސާބިތު ކުރުމަށްޓަކައި ދައުލަތުގެ
ފަރާތުން ހެކީގެ ގޮތުގައި މަންޒަރު ދުށް 5 (ފަހެއް) ހެއްކަކާއި، ކްރައިމް ސީން އެގްޒެމިނޭޝަން ރިޕޯޓާއި،
ޢަލީ ޝިފާނުގެ މެޑިކޯ ލީގަލް ރިޕޯޓާއި، އަދި ޑީ.އެން.އޭ ރިޕޯޓު ހުށަހަޅައި، އިސްވެ ބުނެވިދިޔަ މަންޒަރު
ދުށް ހެކިންގެ ހެކިބަސް ސިއްރު ހެކިންގެ ގޮތުގައި ޝަރީޢަތުން ނައްގަވައި ދެއްވުމަށް އެދިފައިވާކަމާއި
އެގޮތުން އެހެކިންގެ ހެކިބަސް ނަންގަވާފައިވަނީ "ސިއްރު ހެކިންގެ ގޮތުގައި ކަމާއި، އިސްތިއުނާފު
ކުރެވިފައި މިވާ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި އެހެކިން ފާހަގަ ކޮށްފައިވަނީ ސިއްރު
ހެކި (ހ) އިން ފެށިގެން (ބ) އަށް މިއަކުރުތަކުންކަން އެނގޭކަމާއި، އެ ގޮތުން ދައުލަތުގެ ފަރާތުން
ހުށަހެޅި ހެކީންގެ ތެރެއިން:-
1. ސިއްރު ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ޙާޟިރު ކުރެވުނު ފުރަތަމަ ހެކި (ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގައި ސިއްރު ހެކި "(ހ)" ގެ ގޮތުގައި ބަޔާންކޮށްފައިވާ ފަރާތް)، ޝަރީޢަތުގެ
މަޖިލީހުގައި ހެކިބަސް ދިނުމަށްޓަކައި ކުރަންޖެހޭ ހުވައި ކުރުމަށްފަހު، ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު، 01 އޭޕްރީލް 2012 ވަނަ ދުވަހު 16:45 ހާއިރު، މ.
ފެއަރީކޯނަރ، ޢަލީ ޝިފާން ވެސްޓްޕާރކް ކައިރީގައި ހުއްޓާ ސައިކަލުތަކެއްގައި ބަޔަކު އެތަނަށް ގޮސް
މަޑުކޮށްލުމަށް ފަހު، ދުވެފައިގޮސް ޢަލީ ޝިފާނަށް ހަމަލާދިންކަމަށާއި، ސައިކަލުގައި ދިޔައީ 4 (ހަތަރެއް)
މީހުން ކަމަށާއި، ހަމަލާއަށް ފަހު އޭނާއަށް (ހެކިވެރިޔާއަށް) ޢަލީ ޝިފާން ފެނުނުއިރު ހުރީ ތަންތަން
ކަނޑައިގެން ގޮސްފައިކަމަށާއި، މިމައްސަލައާ ގުޅިގެން ފުލުހުންކުރި ތަޙްޤީޤަށް ބަޔާނެއް ދީފައިވާނެކަމަށް
ބުނެފައިވާކަން އެނގޭއިރު، އެފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާނަށް
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ކްތ ދ
މި ޤަޟިއްޔާ ނިމުނު "
2013/HC-A/285
می هرکی
ބަލާއިރު، 2012 އޭޕްރީލް 01 ދުވަހުގެ 16:40 އެހައިކަށްހައިއިރު، އޭނާ މާފަންނު ވެސްޓްޕާކް
ރެސްޓޯރަންޓް ކައިރިން ސައިކަލުގައި ދަނިކޮށް އޭނާގެ އަންހެނުން އޭނާގެ ފޯނަށް ގުޅުމުން ވެސްޓްޕާކް
ސަރަހައްދުގައި ސައިކަލް މަޑުކޮށް، ފޯނުން ވާހަކަ ދައްކަން އިންއިރު، ވެސްޓް ޕާކް ރެސްޓޯރަންޓް
ދޮރުމަތީގައި މ.ފެއަރީކޯނަރ ޢަލީ ޝިފާން ހުއްޓާ ދުށްކަމަށާއި، އޭގެ ކުޑައިރު ކޮޅެއް ފަހުން ވެސްޓް ޕާކް
ރެސްޓޯރަންޓް ކައިރިއަށް ޖީއެން 2 (ދޭއް) ސައިކަލްގައި 04 (ހަތަރެއް، މީހުން އައިކަމަށާއި އެތަނުން
ފިޔާތޮށި ކުލައިގެ ޖީއެން ސައިކަލް ދުއްވަން އިނީ އޭނާ ދަންނަ ވަނަމަކަށް "އާތު" (ތަޙްޤީޤުން އެނގުނު
ގޮތުގައި، މ.ދިންމަން؛ ޢަބްދުﷲ ތިލޯމީޒު) ކަމަށާއި، އެމީހުން ސައިކަލުގައި ގޮސް ޢަލީ ޝިފާން
ހުރިތަނުގެ ކައިރީގައި އޮތް ޕާކިންގ ޒޯނު ކައިރީގައި މަޑުކުރުމަށްފަހު، އެދެމީހުން ލައިގެން ތިބި ޓީޝާޓް
ހިއްލާލި ވަގުތު އެދެމީހުންގެ ޓީޝާޓް ތެރެއިން އުނަގަނޑާ ހިސާބުގައި ބަޑާ ދިމާލަށް ޖިންސް ދަށުގައި ވަޅި
ހުރިކަމަށާއި އަދި އެދެމީހުންގެ ކަނާތުން ވަޅީގެ މުއްގަނޑުގައި ހިފައި ވަޅިއަތަށް ނެގުމަށްފަހު
ދުވެފައިގޮސް، ޢަލީ ޝިފާނަށް ވަޅިން ހަމަލާދިންތަން ދުށް ކަމަށާއި، އެއަށްފަހު އެދެމީހުން ގޮސް
ސައިކަލަށް އެރުމުން އެދެމީހުން ގޮވައިގެން އެދެސައިކަލް ދިޔައީކަމަށް ބުނެފައިވާކަން އެނގޭކަމާއި،
2. ސިއްރު ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ޙާޟިރު ކުރެވުނު ދެވަނަ ހެކި (ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގައި ސިއްރު ހެކި "(ނ)" ގެ ގޮތުގައި ބަޔާންކޮށްފައިވާ ފަރާތް)، ޝަރީޢަތުގެ
މަޖިލީހުގައި ހެކިބަސް ދިނުމަށްޓަކައި ކުރަންޖެހޭ ހުވައި ކުރުމަށްފަހު، ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު، 01 އޭޕްރީލް 2012 ވަނަ ދުވަހު 16:45 ހާއިރު ޢަލީ ޝިފާން
ވެސްޓްޕާރކް ތެރޭގައި ހުއްޓާ ބަޔަކު މީހުން ގޮސް ޢަލީ ޝިފާނަށް ހަމަލާދިން ތަން ދުށް ކަމަށް
ބުނެފައިވާކަން އެނގޭކަމާއި،
3. ސިއްރު ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ޙާޟިރުކުރެވުނު ތިންވަނަ ހެކި (ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގައި ސިއްރު ހެކި "(ނ)" ގެ ގޮތުގައި ބަޔާންކޮށްފައިވާ ފަރާތް)، ޝަރީޢަތުގެ
202
24
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
83
10 ޤަޟިއްޔާ ނިމުނު
2{13/HC-A/285
މަޖިލީހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު، 01 އޭޕްރިލް 2012 ވަނަ ދުވަހުގެ 16:45 ހާއިރު،
ވެސްޓްޕާރކް ކައިރިން އޭނާއާއި މި މައްސަލައިގެ ހާދިސާގައި ނިޔާވި ޢަލީ ޝިފާންއާ ދިމާވެފައިނުވާ
ކަމަށާއި އޭނާ، ކަނބާއައިސާރަނި ހިނގުމުގައި ވެސްޓްޕާރކް ރެސްޓޯރެންޓްގެ މެދާ ހިސާބުގައި ހުއްޓާ
ހަނދާންވާ ގޮތުގައި ތިން ސައިކަލް ކަނބާއައިސާރަނި ހިނގުމުން އުތުރަށް ދިޔައިރު، އެތަނުން
އެއްސައިކަލުގެ ފަހަތުގައި މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ މުޙައްމަދު ޝައިން އިންކަމަށާއި،
އޭނާއަށް މުޙައްމަދު ޝައިފަން ފެނުނީ ސައިކަލްގައި އެސް.ޓީ.އޯ އިމާރާތުގެ އިރުއުތުރު ކަންމަތިން
ކަނބާއައިސާރަނި ހިނގުމުން ސައިކަލް ލަބާލަނިކޮށް މުޙައްމަދު ޝައިފަން މޫނު އަނބުރާލުމުން ކަމަށާއި،
އެއިރު އެހިސާބުގައި ކަމެއް ހިނގައިގެން އުޅޭކަމެއް އޭނާއަށް ނޭނގޭކަމަށާއި، ނަމަވެސް، އޭގެ ފަހުން
ވެސްޓްޕާރކް ކައިރިއަށް ދިޔައިރު މީހުން އެއްވެފައި ތިބިކަމަށާއި، އޭނާއަށް ފެނުނީ އަނިޔާވެފައި އޮތް
މީހެއްކަމަށާއި، އޭނާ އަނިޔާވެފައި އޮތް މީހާއަށް އެހީވި ކަމަށާއި، ޝައިފަން ފެނުމާއި އަނިޔާ ލިބިފައި އޮތް
މީހާ ފެނުމާއި ދޭތެރޭ ދިހަވަރަކަށް މިނިޓްވާނެ ކަމަށާއި، އަނިޔާވި މީހާ އޮތީ ވެސްޓްޕާރކްގެ ދެކުނު ފަރާތު
ގޭޓުން އެތެރޭގައި ކަމަށާއި، އެތަނުން ތިން ސައިކަލް ދިޔައިރު ކޮންމެ ސައިކަލެއްގެ މަތީގައި ދެމީހުން
ތިބިކަމަށާއި، މި މައްސަލައިގެ ތަޙްޤީޤަށް ބަޔާނެއް ދީފައިވާނެ ކަމަށާއި، އެއީ ކަންހިނގާދިޔަ ގޮތަށް ތެދަށް
ދީފައިވާ ބަޔާނެއްކަމަށް ބުނެފައިވާކަން އެނގޭއިރު، ސިއްރު ހެކީ (ނ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބަލާއިރު، އޭނާ ޝަރީޢަތުގައި ހެކިބަސް ދީފައިވާ ގޮތަށް ތަޙްޤީޤުގައިވެސް
ބުނެފައިވާކަން އެނގޭކަމާއި،
4. ސިއްރު ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ޙާޟިރުކުރެވުނު ހަތަރުވަނަ ހެކި (ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގައި ސިއްރު ހެކި "(ރ)" ގެ ގޮތުގައި ބަޔާންކޮށްފައިވާ ފަރާތް)، ޝަރީޢަތުގެ
މަޖިލީހުގައި ހެކިބަސް ދިނުމަށްޓަކައި ކުރަންޖެހޭ ހުވައި ކުރުމަށްފަހު، ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު، 01 އޭޕްރީލް 2012 ވަނަ ދުވަހުގެ 16:45 ހާއިރު، ޢަލީ
ޝިފާން ވެސްޓްޕާރކް ދޮރުމަތީގައި ހުއްޓާ ދުށް ކަމަށާއި، ޢަލީ ޝިފާނަށް ހަތަރު މީހަކު ގޮސް ހަމަލާ ދިން
OLC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 * 38
11ޤަޟިއްޔާ ނިމުނު
2013/HC-A/285
کی مرگی
ދެވެ
ކަމަށާއި، އެތަނުން އެކަކުގެ އަތުގައި ވަޅިއެއް އޮތްކަމަށާއި، އެމީހުންގެ މޫނު ނިވާކޮށްފައި ތިބުމުން
ތަޅައިގަތީ ކޮން ބައެއްކަން ނޭނގޭކަމަށާއި، ހަމަލާދިންއިރު އެކަކުގެވެސް މޫނު ނުފެނުނު ނަމަވެސް
ހަމަލާދިން މީހުންގެ ތެރޭގައި މުޙައްމަދު ޝައިފަންއާއި ޢަބްދުﷲ ތިލްމީޒް ހުރިކަމަށާއި، އެދެމީހުން
ފެނިފައިވަނީ ސައިކަލުގައި ދަނިކޮށް ފަހަތުން ކަމަށާއި، ސައިކަލްގައި ދިޔައީ ހަތަރު މީހުންކަމަށާއި،
އެހަތަރު މީހުންވެސް ތެޅިކަމަށާއި، އެމީހުން ސައިކަލްގައި ދިޔައީ ވަރަށް މަޑުންކަމަށާއި، އެހަތަރު
މީހުންވެސް ތިބީ ބޯދިގުކޮށް ކަމަށާއި އެމީހުން ލައިގެން ތިބީ ކަޅުކުލައިގެ އަތްދިގު ޓީޝާޓެއް ކަމަށާއި،
އެމީހުންގެ ތެރެއިން މީހަކު ގެންގުޅުނީ މަސްކަނޑާ ވަޅިއެއް ކަމަށާއި އެވަޅި ޢަލީ ޝިފާންގެ ކޮނޑު
މައްޗަށް ޖެހިތަން ދުށްކަމަށާއި، ހަމަލާ ދިނުމަށްފަހު އެމީހުން ސައިކަލަށް އަރައިގެން ދިޔައީކަމަށާއި، އެއިރު
އޭނާ (ހެކި "ރ") ހުރީ ވެސްޓްޕާރކް ކަންމަތީގައި އެމީހުންނާއި 24 (ސައުވީސް ވަރަކަށް ފޫޓު
ދުރުގައިކަމަށާއި އަދި އެއިރު ޢަލީ ޝިފާން ވެއްޓިފައި އޮތްކަމަށް ބުނެފައިވާކަން އެނގޭކަމާއި
5. ސިއްރު ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ޙާޟިރުކުރެވުނު ފަސްވަނަ ހެކި (ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގައި ސިއްރު ހެކި "(ބ)" ގެ ގޮތުގައި ބަޔާންކޮށްފައިވާ ފަރާތް)، ޝަރީޢަތުގެ
މަޖިލީހުގައި ހެކިބަސް ދިނުމަށްޓަކައި ކުރަންޖެހޭ ހުވައި ކުރުމަށްފަހު، ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު، 01 އޭޕްރީލް 2012 ވަނަ ދުވަހު ވެސްޓްޕާރކް ދޮރުމަތީގައި
ޢަލީ ޝިފާން ހުއްޓާ ދުށްކަމަށާއި، ޢަލީ ޝިފާނަށް ހަމަލާދިން މީހުން ވެސްޓްޕާރކް ކައިރިއަށް ދިޔައީ
ސައިކަލްތަކެއްގައި ކަމަށާއި، އެމީހުންގެ ތެރޭގައި މުޙައްމަދު ޝައިފަންއާއި ޢަބްދުﷲ ޙިލްމީޒީއާއި މުޙައްމަދު
މިޝާން ޢަބްދުލްޙާދީ ހުރި ކަމަށާއި، އެތިން މީހުންގެ ތެރެއިން ޝައިފަންއަކީ ދެވަނަ ސައިކަލުން ވަޅި
ހިފައިގެން ފޭބި ކުއްޖާކަމަށާއި، އަދި ފުރަތަމަ ސައިކަލުން ވަޅި ހިފައިގެން ފޭބީ މުޙައްމަދު ވިޝާން
ޢަބްދުލްޙާދީ ކަމަށާއި، ފުރަތަމަ ސައިކަލް ދުއްވަންއިނީ ޢަބްދުﷲ ތިލްމީޒު ކަމަށާއި، ދެވަނަ ސައިކަލް
ދުއްވަން އިން މީހާ ސާފުނުވާކަމަށާއި، އެހަތަރު މީހުން އައީ ޖުޕިޓަރ ސައިކަލަކާއި ޖީއެން ސައިކަލަކާ
ދެސައިކަލްގައި ކަމަށާއި، އެމީހުންގެ ތެރެއިން މުޙައްމަދު ޝައިފަން ތިލައާއެކު ވަޅީގެ މުއްގަނޑުގައި ހިފައި
ދިބެއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
44 35 33
2{13/HC-A/285
12 ޤަޟިއްޔާ ނިމުނު "
گمرکی
ވަޅިނެގިތަން އަދި މުޙައްމަދު ވިޝާން ޢަބްދުލްޙާދީ ވަޅީގެ މުއްގަނޑުގައި ހިފައި ވަޅިނެގިތަން ދުށް ކަމަށާއި
މުޙައްމަދު ޝައިފުން ގެންގުޅުނީ ތިލައިގައި ތިންއިންޗި ހުންނަ ވަރުގެ ވަޅިއެއްކަމަށާއި، ވަޅި ނަގައިގެން
އެދެމީހުން ދިޔައީ ޝިފާން ކައިރިއަށް ކަމަށާއި ނަމަވެސް ހަމަލާދިންތައް ފެނިފައިނުވާކަމަށާއި، އެކަމަކު
އޭގެ ފަހުން ޢަލީ ޝިފާން ފެނުނުއިރު ވަރަށް ބޮޑަށް ޒަޚަމްވެފައި ހުއްޓާ ދުށްކަމަށް ބުނެފައިވާކަން އެނގެން
އޮންނަކަމާއި،
6. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2012
/
0009/E2
(
e
)
/
DNAN
ޑީ.އެން.އޭ ނޯޓިހަށް ބަލާއިރު ވ.ފެއަރީކޯނަރ ޢަލީ ޝިފާންގެ ހަށިގަނޑުން ނެގުނު ބްލަޑް ސާމްޕަލްއިން
ލިބުނު ޑީ.އެން.އޭ ޕްރޮފައިލް ކްރައިމް ސީން އެވިޑެންސްތަކުން ލިބުނު ޑީ.އެން.އޭ ޕްރޮފައިލް (މ.
ފެއަރީކޯނަރ، ޢަލީ ޝިފާން ގެ ކަނާއަތުން ނެގުނު ނިޔަފަތި) އަދި ދ. ފެއަރީކޯނަރ ޢަލީ ޝިފާންގެ
ހަށިގަނޑުން ނެގުނު ހުދުކުލައިގެ ޓީޝާރޓް އާއި ދިމާވާކަމާއި، އަދި ޢަލީ ޝިފާންގެ ވާއަތުން ނެގުނު
ނިޔަފަތިން ލިބުނު މިކްސްޑް ޑީ.އެން.އޭ ޕްރޮފައިލް އާއި މޅޅދަފްތަރު ނަންބަރު 3912/ މާލެ، މުޙައްމަދު
ޝައިފަންގެ ފަރާތުން ލިބުނު ރިފަރެންސް ބަކަލް ސޮވޮބް އިން ލިބުނު ޑީ.އެން.އޭ. ޕްރޮފައިލްއާ ދިމާވާކަމަށް
ބަޔާންކޮށްފައިވާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑީއެންއޭ ތަޙްލީލު ރިޕޯޓު ތައްޔާރުކުރި ފަރާތުން
ރިޕޯޓްއަކީ ޞައްޙަ ރިޕޯޓެއްކަމަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެ ހެކިބަސް
ދީފައިވާކަމާއި،
7. އައި.ޖީ.އެމް.ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ ޢަލީ ޝިފާނުގެ ވެޑިކޯ ލީގަލް ރިޕޯޓަށް
ބަލާއިރު، ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އަނިޔާވެގެން ޢަލީ ޝިފާން ހޮސްޕިޓަލަށް ގެނައިއިރު
އޭނާގެ ހާލު ވަރަށް ދެރަކަމާއި، އެއިރު އޭނާގެ ބުރަކައްޓާއި އަތުގައިވާ ޒަހަމްތަކުން ހޯސްލާފައި
ލޭއަންނަކަމާއި، ޢަލީ ޝިފާނަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި އޭނާގެ ބުރަކަށީގެ ދެ ތަނެއްގައާއި
ވާއަތްތިލައިގައި ފުން ޒަޚަމެއްވާކަމާއި، އަދި ވާއަތުގައި ތިލަ ޒަހަމެއްވާކަމަށް ބަޔާންކޮށްފައިވާ ކަމާއި، ޢަލީ
ޝިފާން މަރުވެފައިވަނީ ތޫނުއެއްޗަކުން އަނިޔާވެ، ހަށިގަނޑުން ގިނައަދަދެއްގެ ލޭ ފޭބުމުގެ
ފޭބުމުގެ ސަބަބުން
2 / 2&
އެ ޖަގިޔާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
==
pdf
ޤަޟިއްޔާ ނިމުނު
2013/HC-A/285
کی عمری
ޝޮކެއްޖެހިގެންކަމަށް އެރިޕޯޓުގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި، ހަމައެފަދައިން ޢަލީ ޝިފާނުގެ މަރު
ސާބިތުކުރި ކަމުގެ ލިޔުމަށް ބަލާއިރުވެސް ޢަލީ ޝިފާން މަރުވި ސަބަބުކަމަށް ބަޔާންކޮށްފައިވަނީ އޭނާއަށް
ލިބިފައިވާ އަނިޔާގެ ސަބަބުން ގިނަ އަދަދަކަށް ލޭ ފޭބުމުގެ ސަބަބުން ޝޮކް ޖެހިގެންކަން އެނގެން
އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ ޤާނޫނީ އިސްތިލާހުގައި ހެކިދިނުމަކީ މީހަކު އޭނާގެ އަމިއްލަ
ލޮލުން ދުށް ނުވަތަ އަޑުއެހި، ނުވަތަ އޭނާގެ ފަސް ޙިއްސުގެ ތެރެއިން ޙިއްސަކަށް އެނގިފައިވާ ކަމަކާމެދު
އިޤްރާރުވުންކަމާއި، އިސްލާމީ ޝަރީޢަތުގައި ހެކިވެރިޔާގައި ހުރުން ލާޒިމްވެގެންވާ އަސާސީ އެއް ޝަރުތަކީ
ހެކިވެރިޔާގައި "ޢަދްލު" ވެރިކަމުގެ ސިފަ ހުރުންކަން އިސްލާމީ ޝަރީޢަތުގެ ނައްޞުތަކުން ސާފުކޮށް
އެނގޭކަމާއި، އިސްލާމީ ފިޤްހުގައި ހެކިވެރިއެއްގައި ޢަދުލުވެރިކަމުގެ ސިފަ ހުރިކަމުގައި ބެލެވޭނީ އެމީހަކީ
ބޮޑެތި ފާފަތަކަށް އަރައިނުގަންނަ އަދި ކުދި ފާފަކުރުމުގައި ދެމިނުހުންނަ މީހެއްކަމުގައި ވާނަމަކަން
އެނގެން އޮންނަކަމާއި، އަދި އިސްލާމީ ޖިނާއީ ނިޒާމުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ޤަސްދުގައި މީހުން
މެރުމާއި، ވައްކަން ކުރުމާއި، ޒިނޭކުރުމާއި، "ޤަޛުފު" ކުރުމާއި، ބަނގުރާ ބުއިންފަދަ ބޮޑެތި ޖަރީމާތައް
ޝާމިލްވެގެންވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 01!SC
-
A/2012 ޤަޟިއްޔާގައި
ކަނޑައަޅުއްވާކަން އެނގޭއިރު،
މި މައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ދަށު ކޯޓުގެ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ސިއްރު ހެކި "(ބ" ގެ ގޮތުގައި ބަޔާންކޮށްފައިވާ
ހެކިވެރިޔާއަކީ، ހެކިންގެ ކިބައިގައި ހުންނަންޖެހޭ ޢަދުލުވެރިކަމުގެ ސިފަ ގެއްލިފައިވާ މީހެއްކަމުގައިވާތީ
އޭނާގެ ހެކިބަސް ޤަބޫލުނުކުރެވޭނެކަމަށް މި މައްސަލާގައި ދަޢުވާލިބޭ މީހުންގެ ފަރާތުން ބުނެފައިވާކަމާއި
އެގޮތަށް
އެމީހުންގެ ފަރާތުން ބުނަނީ، ސިއްރު ހެކި (ބ) ގެ މައްޗަށް ވައްކަން ކުރުމުގެ ކުށް ސާބިތުވެ
02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާތީކަން އެނގޭކަމާއި،
ޖީން
ސާބިތު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
14 ޤަޟިއްޔާ ނިމުނު
38 3
, s:
2013/HC-A/285
کی عمری
ދެވެ
ވައްކަމަކީ އިސްލާމީ ޝަރީޢަތުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކުށެއްކަމާއި އެފަދަ ކުށެއް
ސާބިތުވެފައިވާ މީހެއްގެ ހެކިބަހަކީ، އެހެކިބަހުގެ މައްޗަށް އެކަނި ދަޢުވާ ސާބިތުކުރުމަށް ފުދޭ ކާފީ ދަލީލެއް
ނޫންކަމާއި، ނަމަވެސް، މައްސަލައެއްގައި ލިބިފައިހުރި ހެކިތަކަށް އެފަދަ ހެއްކެއްގެ ބަހުން އިތުރު ބާރެއް
ނުވަތަ ހަރުދަނާކަމެއް ލިބޭނަމަ، ޤަރީނާއެއްގެ ގޮތުގައި އެފަދަ ހެކިވެރިއެއްގެ ބަސް ޝަރީޢަތުން
ޤަބޫލުކުރުމުގައި ޝަރުޢީ އަދި ޤާނޫނީ ހުރަހެއްނެތްކަން ދަޢުވާ ސާބިތުކުރުމުގައި އިސްލާމީ ޤަޟާއީ
ނިޒާމުގައި އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް
(ޢަބްދުﷲ ޙިލްމީޒާއާއި، މުޙައްމަދު ޝައިންއާއި، މުޙައްމަދު ނިޝާން ޢަބްދުލްޙާދީ) ދައުލަތުގެ ފަރާތުން
ދަޢުވާކޮށްފައިވަނީ ޤަޞްދުގައި މީހަކު މަރާލުމުގެ ދަޢުވާކަމާއި، ޤަޞްދުގައި މީހަކު މެރުމަކީ އިސްލާމީ
ޝަރީޢަތުގައިވާ ގޮތުގެމަތިން އަދަބު ކަނޑައެޅޭ ކުށެއްކަމާއި، މިގޮތުން އެއިރު ޢަމަލުކުރެވެމުން ދިޔަ
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު، އެމާއްދާގައިވަނީ "މިފަދަ ކުށުގެ ޢަމަލުގެ
ސަބަބުން މީހަކު މަރުވެއްޖެނަމަ އެކުށްކުރި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބެކެވެ."
މިފަދައިން ކަމާއި، އެއަކުރުގައިވާ "މިފަދަ" މިލަފްޒު މުޚާތަބު ކުރެވެނީ އެމާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ "ޝަރުޢީ އަދި ޤާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަށް"ކަން އެނގޭއިރު،
މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާނުލައި މެރުމާއި، ތޫނު ހަތިޔާރުން
މީހުންނަށް ބިރުދެއްކުންފަދަ ބޮޑެތި ލާއިންސާނީ ޖަރީމާތަކަކީ އިސްލާމީ ޝަރީޢަތުގައި ޖިނާޔަތުގެ އެންމެ
މަތީ ދަރަޖައިގެ ކުށްތައްކަމާއި، ޤަޞްދުގައި މީހުން މެރުމަކީ މީސްތަކުންގެ މެދުގައި ޢަދާވާތްތެރިކަމާއި
ލޭއޮހޮރުވުން ފެތުރި، މުޖުތަމަޢުގައި ބިރުވެރިކަން ފެތުރިގެން ހިނގާދާނެކަމެއްކަމާއި،
މާތް ﷲ ހުރުމަތްތެރި ކުރައްވާފައިވާ ނަފުސެއް ޙައްޤަކާ ނުލައި މަރައިފި މީހެއްގެ
މައްޗަށް ދުނިޔެމަތީގައި ކަނޑައެޅިފައިވާ ޢުޤޫބާތް ބަޔާންކުރައްވަމުން ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ
404
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
15ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{013/HC-A/285
ކުރައްވާފައިވަނީ: ( fللޖ ޢަޤީ، ޤާޞަ هلل هلل ޣީ، ޤަلللا ޝުފާ لޑިނަޑި (5ﷲ “ﷲ ޤަهل ވުޤޑަ
له من أخيه شي اتباع بالمعروف وأداة إيه ياخستانيه لك تخفيف من ربكم ورحم من اعتدى بعد لك قلة عذاب أليم)
! މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާމެދު ޤިޞާޞް ހިފުން ތިޔަބައިމީހުންގެ
މައްޗަށް ފަރުޟުކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅަކެވެ. އަންހެނަކަށް އަންހެނެކެވެ.
ފަހެ، އެމީހާގެ (މަރުވި) އަޚާގެ ފަރާތުން ޤިޞާޞްގެ ބައެއް މާފުކުރެވުނު މީހާ ދަންނާށެވެ!) ފަހެ،
އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުއްޓެވެ. އަދި އިޙްސާންތެރިކަމާއެކު
މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުއްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ
ޙަޟްރަތުން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަޙްމަތެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ
ޢަދާވާތްތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ." މިފަދައިންކަމާއި،
އަދި ކީރިތި ޤުރުއާނުގެ އެހެން އާޔަތެއްގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ: (هل& zގ هلاދ ޝަޑާ هل
jلހޭ ޤަهللا ގަޣާهل) 2 މާނައީ: "އަދި ޤިޞާޞް ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ.
އޭ ބުއްދީގެ އަހުލުވެރިންނޭވެ! (އެއީ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ." މިފަދައިންކަމާއި،
އަދި އެހެން އާޔަތެއްގައިވަނީ: (ވަޒަޒް ވޖ 4 النفس بالنفس والعين بالعين والأنف بالأنفي
والأن بالدين والسن بال واروع قصاص فمن تصدق يه فهو كفارة له ومن لم يحكم بما أنزل الله فأووك هم الظالمون) 3
މާނައީ:
ތައުރާތު ގައި އެއުރެންގެ މައްޗަށް ތިމަން ރަސްކަލާނގެ (ޤިޞާޞްގެ އުޞޫލު)
ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން، ނަފުސަކަށް ނަފުސެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ.
ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. ޒަޚަމްތަކަކީ ޤިޞާޞްހުރި ކަމެކެވެ. ފަހެ، އެކަން
މަޢާފުކޮށްފި މީހާއަށް އެއީ ކައްފާރާ އެކެވެ. އަދި ﷲ ބާވާލެއްވި ޙުކުމުން ޙުކުމް ނުކުރާމީހާ (ދަންނާށެވެ!)
ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ." މިފަދައިންކަމާއި،
3
1
2
للهلا: للل
ޖާޖް ގެ 178 ވަނަ لللا
هلލދީ لللޖާޖް ގެ 179 ވަނަ އާޔަތް
هلލދީ ޝޯ للاޤާ ގެ 45 ވަނަ އާޔަތް
3
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
16 ޤަޟިއްޔާ ނިމުނު
, s:
=32
2{13/HC-A/285
کی عمری
،
ޙައްޤަކާއި ނުލައި މާތްﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް (އިންސާނެއް)
ނުމެރުމަށާއި އަނިޔާވެރިގޮތުގައި މަރާލެވިފައިވާ މީހާގެ ވާރުތަވެރިންނަށް މާތް ﷲ ބާރުވެރިކަމެއް
ދެއްވާފައިވާކަން ބަޔާންކުރައްވާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ: (ޕީ للا هلل ل1للا j
ޤި&“ވަދަ ޤާ ޢަلޑިއާޕެޡަ ނަلا لاއާއި للاí ޑންﷲ ޤާ، ޘަ( لل ޢަހهللا) 4މާނައީ: "އަދި ތިޔަބައިމީހުން،
ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި
މަރާލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ވަލީވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް
ދެއްވީމެވެ. ފަހެ، ޤަތުލު ކުރުމުގައި އޭނާ އިސްރާފު ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ވަލީވެރިޔާއަކީ،
ނަޞްރު ލިބިގެންވާ މީހެއް ކަމުގައިވިއެވެ." މިފަދައިންކަމާއި،
އިސްވެ ބަޔާންކުރެވުނު ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން ސާފުކޮށް އެނގޭގޮތުގައި
އަނިޔާވެރިގޮތުގައި ޤަތުލުކުރެވުނު މީހާގެ ވާރިޘުން ޤިޞާޞް ހިފުމަށް ބޭނުންވާނަމަ، އަދި އެކަމަށް ހުރަސް
އަޅާ ޝަރުޢީ ސަބަބެއް މެދުވެރިވެފައި ނެތްނަމަ، އެކަން އެމަގުން ތަންފީޒު ކުރެވެންޖެހޭނެ ކަމާއި، މި
އާޔަތްތަކުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބާރުވެރިކަމަކީ، ޤާޠިލުގެ މައްޗަށް ޢުޤޫބާތް ކަނޑައެޅުމުގައި
ޤާތިލުގެ ކިބައިން ޤިޞާޞް ހިފުން، ނުވަތަ ޤާތިލުގެ ކިބައިން ދިޔަ އަތުލުމަށް ފަހު ޞުލްޙަވެރިވުން،
ނުވަތަ ޤާތިލަށް ޢަފޫކުރުން، މިކަންތައްތަކުގެ ތެރެއިން ގޮތެއް އިޚްތިޔާރު ކުރުމުގެ ބާރުތައް މަރާލެވުނު
މީހާގެ ވާރުތަވެރިންނަށް ލިބިދީފައިވުމުންކަން އެނގޭއިރު،
މި މައްސަލާގައި ނިޔާވި މ.ފެއަރީކޯނަރ ޢަލީ ޝިފާންގެ ހުރިހާ ވާރިޘުން ކްރިމިނަލް
ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ޙާޟިރުކޮށް މިފަދަ މަރުގެ މައްސަލަތަކުގައި ކުށް ސާބިތުވެ ޝަރީޢަތުން
އަދަބު ކަނޑައެޅުމުގައި ވާރިޘުންނަށް އިސްލާމީ ޝަރީޢަތުގައި ލިބިދީފައިވާ ޙައްޤު އޮތްގޮތް ސާފުކޮށް
ދިނުމަށްފަހު މި މައްސަލާގައި އެވާރިޘުން ބޭނުންވަނީ ކޮންގޮތެއްތޯ އެހުމުން، އަލްމަރުހޫމް ޢަލީ ޝިފާންގެ
4
4
8 |[ ه|$ ގެ 33 ވަނަ އާޔަތް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
17 ޤަޟިއްޔާ
23
4 *2
=32
2013/HC-A/285
ހ2
ހުރިހާ ވާރިޘުންވެސް ބޭނުންވަނީ ޢަލީ ޝިފާންގެ ޤާތިލު! ޤާތިލުންގެ ކިބައިން މަރަށްމަރު (ޤިޞާޞް)
ހިފުމަށްކަމަށް އެއްވެސް އޮޅުމެއްނެތި ސާފު ޞަރީޙަ ބަހުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
0 2
<< O
(ބ) ފަސްވަނަ ކަމަކީ: މި މައްސަލާގައި ދައުލަތުގެ ފަރާތުން ދަޢުވާކޮށްފައިވަނީ
ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާކަމާއި، ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބަކީ، މިހާދިސާ
ހިނގިއިރު އަދި މި މައްސަލާގައި ދަޢުވާކުރެވުނު އިރު، ޢަމަލު ކުރެވެމުން ދިޔަ ޤާނޫނުލްޢުޤޫބާތުގެ 88
ވަނަ މާއްދާގެ (ރ) ގެ ދަށުން އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބެއް ކަން އެނގޭކަމާއި، ޙައްޤަކާނުލައި
ޤަޞްދުގައި މީހަކު މެރުމަކީ އިސްލާމީ ދީނުގައި ޙަރާމްކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ
އަދި ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ތެރޭގައި ހިމެނޭ ކުނެއްކަން އެނގޭއިރު، މި މައްސަލަ މިކޯޓުގައި
ހިނގަމުން ދަނިކޮށް 16 ޖުލައި 2015 ގައި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތު) އަށް ޢަމަލުކުރަން ފެށުމާއެކު، މި މައްސަލައިގެ ޙާދިސާ ހިނގިއިރު، އަދި ދަށު ކޯޓުގައި
މި މައްސަލަ ހިންގައި ޙުކުމްކުރި އިރު، ޢަމަލުކުރެވެމުން ދިޔަ ޤާނޫނު ނަންބަރު 1/81 (ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތު) އުވާލެވިފައިވާކަން އެނގޭއިރު، މިހާރު ޢަމަލު ކުރެވެމުންދާ ޤާނޫނުލްޢުޤޫބާތުގެ ދެވަނަ
ބައިގެ 110 ވަނަ މާއްދާގެ (ހ) ގައި، އެނގިހުރެ މީހަކު މަރައިފިމީހާ އެކުރަނީ ކުށެއްކަމަށް
ބަޔާންކޮށްފައިވާ ކަމާއި، އަދި އެޤާނޫނުގެ ތިންވަނަ ބައިގެ 1205 މާއްދާގެ (ހ) އަށް ޤާނޫނު ނަންބަރު
2015/26 (ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް 3 ވަނަ އިޞްލާޙު
ގެނައުމުގެ ޤާނޫނު) އިން ގެނެވުނު އިޞްލާޙުގައި، "މިޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި
ވީނަމަވެސް، އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް،
އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އެއްވެސް ޝައްކެއްނެތް މިންވަރަށް މީހެއްގެ
މައްޗަށް ސާބިތުވެއްޖެނަމަ، އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން
އެކަމަކަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބެވެ." މިފަދައިން ބަޔާންކޮށްފައި އޮތުމުން، މިހާރު ޢަމަލު
އިޖްތި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
18 ޤަޟިއްޔާ
4 3
=32
2013/HC-A/285
28
کی عمری
ކުރެވެމުންދާ ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ) އަށާއި އެއިގެ ކުރިން ޢަމަލުކުރެވެމުންދި
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) އަށް ބެލުމުން، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލު ނިޒާމުގައި
މަރުގެ ކުނަށް ކަނޑައެޅެނީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އަދަބުކަން އެނގޭކަމާއި،
"އިސްލާމީ ޝަރީޢަތް" ކަމަށް ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައި ބުނެފައިވަނީ،
ކީރިތި ޤުރުއާނާއި، މާތް ނަބިއްޔާގެ ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލް އަޙުވާލުއްޝަޙުޞިއްޔާ އާއި،
މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހުލުއްސުއްނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން ބުރަވެ ވަޑައިގަންނަވާ
ގޮތަށްކަން އެނގޭކަމާއި،
އެހެންކަމުން އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތުގެ މައްޗަށް
ފަނޑިޔާރު ރިޢާޔަތްކުރުމުގައި ބަލަންޖެހޭނީ އަހުލުއްސުއްނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން ބުރަވެ
ވަޑައިގަންނަވާ ގޮތަށްކަމަށްވުމުން، މިފަދަ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭނީ އެ ޢިލްމުވެރިން ކުރެ
ޖުމްހޫރު ޢިލްމުވެރިން ބުރަވެ ވަޑައިގަންނަވާ ރައުޔުގެ މައްޗަށްކަން އެނގޭއިރު،
ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި މަރުގެ ވައްތަރުތައް 03 (ތިނެއް) ބަޔަކަށް
ބެހިގެންވާކަމާއި، އެއީ:-
(1) ޤަތުލު ޢަމްދު للهل للލهلا (ޤަޞްދު މަރު)،
(2) ޤަތުލު ޝިބުހު ޢަމްދު لهل ﷲޑ لللهلا (ޤަޞްދު މަރާ ވައްތަރު ޤަތުލު)
(3) ޤަތުލު ޚަޠައު هل، لލޮلا (ކުށަކުން، އޮޅިގެން މީހަކު މަރުވުން) ކަން
އެނގޭއިރު، ބުނެވިދިޔަ މަރުގެ ވައްތަރުތަކުގެ ތެރެއިން 2 އާއި 3 ގައި ބުނެފައިވާ މަރުގެ ވައްތަރުތަކަކީ
އެފަދަ މަރުގެ އަދަބެއްގެ ގޮތުން ޤިޞާޞް ނުހިފޭނެ މަރުގެ ވައްތަރުތަކެއް ކަމާއި، އަދި ހަމައެކަނި
ޤިޞާޞް ޙައްޤުވަނީ لهل للލهلا (ޤަޞްދު މަރު) ގައި ކަމާއި، އެފަދަ މަރުގެ މައްސަލަތަކުގައިވެސް
ޤިޞާޞް ހިފޭނީ އެކަމަށް މަޤްތޫލުގެ ހުރިހާ ވާރިސުން ޞަރީހަކޮށް އެދޭނަމަކަމަށް ޖުމްހޫރު ޢިލްމުވެރިން
އެއްބަސްވެފައިވާކަން އެނގޭއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
19 ޤަޟިއްޔާ ނިމުނު
2013/HC-A/285
کی مرگی
ދެވެ
2
ފެއަރީ ކޯނަރ ޢަލީ ޝިފާނުގެ މަރުގެ މައްސަލާގައި ދައުލަތުގެ ފަރާތުން ކޮށްފައިވާ
ދަޢުވާއަކީ "ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ" ކަމަށްވާ ކަމާއި، ޝަރުޢީ އިސްތިލާޙުގައި
ޤަޞްދުމަރު ނުވަތަ 3ل ގދ އަކީ މީހަކު މަރުވެދާފަދަ ހަތިޔާރަކުން ނުވަތަ ހަތިޔާރެއްގެ
0
2
xތ
0ކން
"40
ގޮތުގައި ބޭނުންކުރެވިދާނެ އެއްޗަކުން މީހެއްގެ ހަށިގަނޑަށް ނުވަތަ ގުނަވަނަކަށް ހަމަލާ ދިނުމުގެ ސަބަބުން
ނުވަތަ ކުޑަ ކައްޓެއްފަދަ ވަސީލަތެއް ބޭނުން ކޮށްގެން މީހެއްގެ މަރުވަޅަކަށް ހަމަލާ ދިނުމުގެ ސަބަބުން
އެމީހާ މަރުވުން ކަމާއި،
5ޅ&" (ޤަޞްދުމަރު) ގައި 03 ރުކުނެއް ފުރިހަމަވުން އިސްލާމީ ޝަރީޢަތް
ލާޒިމްކުރާކަމާއި، އެއީ؛ (1) މަރާލެވުނު މީހާއަކީ، ދިރިހުރި އަދި ލޭ އޮހޮރުވުން މަނާކުރެވިފައިވާ (ލޭ
ހުއްދަކުރެވިފައިވާ ނުވާ) މީހެއްކަމުގައިވުން. (2) އެމީހާ މަރުވީ ޤާތިލް (murderer) ކުރި ޢަމަލުގެ
ނަތީޖާއެއްގެ ގޮތުން ކަމަށްވުން. (3) ޤާތިލް ކުޅަ ޢަމަލަކީ އެމީހާ މަރާލުމުގެ ނިޔަތުގައި ކުޅަ
ޢަމަލެއްކަމުގައިވުން. މިތިން ރުކުންކަމާއި،
އެގޮތުން ބަލާއިރު، 01 އޭޕްރީލް 2012 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި
ފެއަރ ކޯނަރ ޢަލީ ޝިފާނަށް ބަޔަކު މީހުން ހަމަލާދިންއިރު އޭނާއަކީ ދިރިދުނިޔޭގައި ހުރި މީހެއްކަން
ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެނގޭކަމާއި، އަދި އޭނާއަކީ އެއްވެސް ގޮތަކުން ލޭގެ
ޙުރުމަތް ކެޑިފައިވާ މީހެއްނޫންކަމުން، "هلا هلا" (ޤަޞްދު މަރު) ގައި ފުރިހަމަ ވާންޖެހޭ ފުރަތަމަ ރުކުން
މި މައްސަލާގައި ފުރިހަމަވާ ކަމާއި،
ޢަލީ ޝިފާން މަރުވެފައިވަނީ ސައިކަލްތަކެއްގައި އައިބަޔަކު އޭނާގެ ގައިގައި ތަޅައި
ހަށިގަނޑަށް ވަޅިއަކުން ހަމަލާދިނުމުން އެހަމަލާގައި ހަށިގަނޑަށް ލިބުނު ޒަޚަމްތަކުން އޭނާގެ
ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ފޭބުމުގެ ސަބަބުން ޝޮކެއްޖެހިގެންކަން ޢަލީ ޝިފާނުގެ މެޑިކޯ ލީގަލް
ރިޕޯޓާއި އައިޖީއެމް ހޮސްޕިޓަލުން އޭނާ ބެލި ޑޮކްޓަރ ދީފައިވާ ހެކިބަހާއި ޢަލީ ޝިފާންގެ މަރު ސާބިތުކުރި
ގޮތުގެ ލިޔުމަށް ބެލުމުން އެނގޭތީ، ޢަލީ ޝިފާން މަރުވެފައިވަނީ
ހަށިގަނޑަށް ތޫނު އެއްޗަކުން
2 22c
އަނގ
4 *
4 2c
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
44 235 23
2013/HC-A/285
20 ޤަޟިއް
ނިމުނު
ދިން ހަމަލާތަކުގައި ލިބުނު ޒަޚަމްތަކުގެ ސަބަބުންކަން އެނގޭތީ، هل هلا (ޤަޞްދު މަރު) ގައި
ފުރިހަމަވާންޖެހޭ ދެވަނަ ރުކުން ފުރިހަމަވާ ކަމާއި،
ޤާا هلا (ޤާޞްދު މަރު) ގައި، ފުރިހަމަވާންޖެހޭ ތިންވަނަ ރުކުނަކީ، ޤާތިލް ކުޅަ ޢަމަލަކީ
އެމީހާ މަރާލުމުގެ ނިޔަތުގައި ކުޅަޢަމަލެއްކަމުގައިވުންކަން އެނގޭކަމާއި، ޤާތިލް ކުޅަ ޢަމަލުގެ ނިޔަތް
ދެނެގަތުމަށްޓަކައި އިސްލާމީ ޝަރީޢަތުގައިވެސް އަދި ޖިނާއީ ޤާނޫނުތަކުގައިވެސް ކަނޑައެޅިފައިވާގޮތަކީ
އެމީހާ މަރާލުމަށް ބޭނުންކުރި ވަސީލަތާއި މަރާލުމަށް ރޭވި ރޭވުމާއި، ހަމަލާދީފައިވާ ތަނާއި، ހަމަލާދީފައިވާ
ގޮތަށް ބެލުންކަން އެނގޭއިރު،
01 އޭޕްރީލް 2012 ވަނަ ދުވަހު 16:45 ވެސްޓްޕާރކް ދޮރުމަތީގައި ޢަލީ ޝިފާން
ހުއްޓާ ދެ ސައިކަލެއްގައި އައިބަޔަކު ފައިބައިގެންގޮސް ޢަލީ ޝިފާނުގެ ހަށިގަނޑުގެ އެކިތަންތަނުގައި
ތަޅައި އަނިޔާކޮށް ވަޅިން ހަމަލާދިނުމަށްފަހު، އެމީހުން އެތަނަށްދިޔަ ސައިކަލްތަކަށް އަރައިގެން ދިޔަކަން މި
މައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުން ސާބިތުވާއިރު، މިހާދިސާގައި ހިނގާފައިވާ
ތަނާއި ޢަލީ ޝިފާނަށް ހަމަލާދިނުމުގައި ޢަމަލުކޮށްފައިވާ ގޮތަށާއި ޢަލީ ޝިފާނަށް ހަމަލާދިނުމަށް
ބޭނުންކޮށްފައިވާ ވަޞީލަތަށް ބެލުމުން ޢަލީ ޝިފާނަށް ހަމަލާދީފައިވަނީ އޭނާ މަރާލުމުގެ ނިޔަތުގައިކަން
ބުނެވިދިޔަ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ އަލީގައި ބެލިބެލުމުން އެނގެން އޮންނާތީ، ލޮلا هلا
(ޤަޞްދު މަރު) ގައި ފުރިހަމަވާންޖެހޭ ތިންވަނަ ރުކުން މި މައްސަލާގައި ފުރިހަމަވާކަން އެނގެން
އޮންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ: އިސްވެ ބަޔާންކުރެވުނު ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ އަލީގައި
މ.ފެއަރީކޯނަރ ޢަލީ ޝިފާން މަރާލުމުގައި މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ނުވަތަ
ފަރާތެއް ބައިވެރިވެފައިވޭތޯ ބަލާއިރު، މި މައްސަލާގައި އިސްތިއުނާފުރައްދުވާ ފަރާތްތަކުގެ ތެރެއިން
ދަފްތަރު ނަންބަރު 3912/ މާލެ، މުޙައްމަދު ސައިމަންއާއި
ސިލްވަރނެސްޓް މުޙައްމަދު ވިޝާން
ޢިއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
21 ޤަޟިއްޔާ
ނިމުނު
2013/HC-A/285
کی عمری
ދެވެ
ޢަބްދުލްޙާދީ ތަޙްޤީޤުގައި ހަނުހުރުމަށްފަހު، ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާއަށް އިންކާރުކޮށްފައިވާކަމާއި،
އަދި މ.ދިންމަން ޢަބްދުﷲ ތިލްމީޒް ތަޙްޤީޤުގައާއި ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާއަށް
އިންކާރުކޮށްފައިވާކަމާއި އެދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހެޅި (ސިއްރު) ހެކިންގެ
ހެކިބަހަށް ބަލާއިރު، އެހެކިންގެ ތެރެއިން ބައެއް ހެކިންނަށް 01 އޭޕްރީލް 2012 ވަނަ ދުވަހު 16:45
ވެސްޓްޕާރކްގެ ދޮރުމަތީގައި އަދި އަނެއް ބައި ހެކިންނަށް ވެސްޓް ޕާކް އެތެރޭގައި މ. ފެއަރީކޯނަރ ޢަލީ
ޝިފާން ހުއްޓާ 4 (ހަތަރެއް) މީހުން، ދެ ސައިކަލެއްގައި ވެސްޓް ޕާކް ކައިރިއަށް ގޮސް ޢަލީ ޝިފާންއަށް
ހަމަލާދިންތަން ސިއްރު ހެކި (ހ)، (ނ)، (ރ) އަދި (ބ) ދުށްކަމަށް ބުނެފައިވާކަން އެނގޭއިރު، ޢަލީ
ޝިފާންއަށް ހަމަލާދިން މީހުންގެ ތެރޭގައި މުޙައްމަދު ޝައިފަން ހުރިކަން ސިއްރު ހެކި (ނ) އާއި (ރ)
އާއި (ބ) ބަހުން އެނގޭކަމާއި، އޭނާގެ އިތުރުން ޢަބްދުﷲ ތިލްމީޒް، ޢަލީ ޝިފާނުގެ ގައިގާ ތެޅި މީހުންގެ
ތެރޭގައި ހުރިކަމަށާއި ޢަލީ ޝިފާނަށް ހަމަލާދޭން އައި މީހުންގެ ތެރެއިން އެކަކު ތޫނު އެއްޗެއް ގެންގުޅު
ކަމާއި، އަދި ޢަލީ ޝިފާންގެ ކޮނޑުމައްޗަށް ވަޅިއަކުން ހަމަލާދިން ތަން ދުށްކަމަށް ސިއްރު ހެކި (ރ)
ބުނެފައިވާކަމާއި، ސިއްރު ހެކި (ބ) ގެ ބަހަށް ބަލާއިރު، ޢަލީ ޝިފާންއަށް ހަމަލާދޭން އައި މީހުންގެ
ތެރޭގައި ޢަބްދުﷲ ޙިލްމީޒާއި މުޙައްމަދު ޝައިފަންއާއި މުޙައްމަދު ވިޝާން ޢަބްދުލްޙާދީ ހުރިކަމާއި،
ޢަބްދުﷲ ތިލްމީޒު އިނީ ފުރަތަމަ އައި ސައިކަލް ދުއްވަންކަމާއި، މުޙައްމަދު ޝައިފަންއާއި މުޙައްމަދު
މިޝާން ޢަބްދުލްޙާދީ އާ ދެމީހުން ވަޅި ނަގައިގެން ޢަލީ ޝިފާން ކައިރިޔަށް ދިޔައީ ވެސްޓްޕާރކް ތެރޭގައި
އޮންނަ ޕަރކިންގ ޒޯންތެރެއިން ކަމާއި އަދި މުޙައްމަދު ޝައިން ވަޅި ހިފައިގެން ޢަލީ ޝިފާން
ކައިރިއަށް ދިޔަ ކަމާއި، އޭގެ ފަހުން ޢަލީ ޝިފާން ފެނުނުއިރު ވަރަށް ބޮޑަށް ޒަޚަމްވެފައިހުރި ކަމަށް
ސިއްރު ހެކި (ބ) ބުނެފައިވާކަން އެނގެން އޮތުމުން،
އިސްވެ ބުނެވުނު ސިއްރު ހެކިންގެ ހެކިބަހަށް ޖުމްލަ ގޮތެއްގައި ބަލާއިރު، 01 އޭޕްރިލް
2012 ވަނަ ދުވަހު 16:45 ހާއިރު، މ.ފެއަރީކޯނަރ ޢަލީ ޝިފާން ވެސްޓް ޕާރކް ދޮރުމަތީ އެތެރޭގައި
ހުއްޓާ ދެސައިކަލްގައި 4 (ހަތަރެއް) މީހުން ގޮސް އޭނާއަށް ހަމަލާދިން މީހުންގެ ތެރޭގައި މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
22 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{13/HC-A/285
202c
ޝައިފަން ހުރިކަން ސިއްރު ހެކި (ނ) އާއި (ރ) ގެ ހެކިބަހުންނާއި، ސިއްރު ހެކި (ބ) ގެ ބަހުން ލިބޭ
ޤާރީނާއިން އެނގޭކަމާއި އަދި އެމީހުންގެ ތެރޭގައި ޢަބްދުﷲ ތިދެމީޒު ހުރިކަން ސިއްރު ހެކި (ރ) ގެ
ހެކިބަހުންނާއި، ސިއްރު ހެކި (ބ) ގެ ބަހުން ލިބޭ ޤަރީނާއިން އެނގޭކަމާއި، ޢަލީ ޝިފާނަށް ހަމަލާދިން
މީހުންގެ ތެރެއިން އެކަކު ތޫނު އެއްޗެއް ގެންގުޅުނު ކަމާއި، އަދި އެއިގެ ތެރެއިން މީހަކު ޢަލީ ޝިފާންގެ
ކޮނޑުމައްޗަށް ވަޅިއަކުން ހަމަލާދިންކަމަށް ސިއްރު ހެކީ (ރ) ބުނެފައިވާއިރު، ސިއްރު ހެކި (ބ) ގެ
ބަހުން ވަޅި ގެންގުޅުނު އެއްމީހަކީ މުޙައްމަދު ޝައިފަންކަމާއި އަދި އޭނާ ވަޅި ހިފައިގެން ޢަލީ ޝިފާނާ
ދިމާލަށް ދިޔަކަން އެނގޭކަމާއި ޢަލީ ޝިފާން މަރުވެފައިވަނީ ބުނެވިދިޔަ ޙާދިސާގައި އޭނާގެ ހަށިގަނޑަށް
ލިބިފައިވާ ޒަޚަމްތަކުން ގިނައަދަދެއްގެ ލޭ އައުމުގެ ސަބަބުން ޝޮކް ޖެހިގެންކަން ޢަލީ ޝިފާނުގެ މަރު
ސާބިތު ކުރި ގޮތުގެ ލިޔުމުންނާއި އޭނާ ބެލި ޑޮކްޓަރުގެ ބަހުންނާއި ޢަލީ ޝިފާނުގެ ލެޑިކޯ ލީގަލް ރިޕޯޓުން
އެނގޭކަމާއި، އަދި ޢަލީ ޝިފާނުގެ ވާއަތުން ނެގުނު ނިޔަފަތިން ލިބުނު މިކްސްޑް ޑީއެންއޭ ޕްރޮފައިލްއާއި
މި މައްސަލާގައި އިސްތިއުނާފު ރައްދުވާ މުޙައްމަދު ޝައިފަންގެ ފަރާތުން ލިބުނު ރިފަރެންސް ބަކަލް
ސްކޮބް އިން ލިބުނު ޑީއެންއޭ ޕްރޮފައިލް އާ ދިމާވެފައިވާކަން އެނގެން އޮތުމުން، މ. ފެއަރީކޯނަރ ޢަލީ
ޝިފާނަށް ހަމަލާދިނުމުގައި މުޙައްމަދު ޝައިފަންއާއި ޢަބްދުﷲ ޙިލްމީޒް ބައިވެރިވެފައިވާކަން އިސްވެ
ބަޔާންކުރެވުނު ހެކިންގެ ހެކިބަހުންނާއި ޤަރީނާތަކުން އެނގޭކަމާއި، އަދި މި މައްސަލާގައި އިސްތިއުނާފު
ރައްދުވާ މ. ސިލްވަރނެސްޓް މުޙައްމަދު ވިޝާން ޢަބްދުލްޙާދީ، ޢަލީ ޝިފާނަށް ހަމަލާދޭން އައި މީހުންގެ
ތެރޭގައި ހުރިކަމަށް ބުނެފައިވަނީ ސިއްރު ހެކި (ބ) ގެ އެކަނިކަމުގައިކަން އެނގެން އޮންނަކަމެވެ.
(ކ) ހަތްވަނަ ކަމަކީ؛ ޖިނާއީ މައްސަލަތައް ޝަރީޢަތަށް ސާބިތުކޮށް ދިނުމުގެ ޒިންމާއަކީ
ދައުލަތުގެ ފަރާތުން އުފުލަންޖެހޭ ޒިންމާއެއްކަމާއި، ޖިނާއީ މައްސަލަތައް ޝަރީޢަތަށް ސާބިތުކޮށް ދޭން
ޖެހޭ މިންގަނޑަކީ އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތިކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އަށް ބެލުމުން އިނގޭއިރު، ޤިޞާޞް ކަނޑައެޅިފައިވާ ކުށެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
23 ޤަޟިއްޔާ
44 23 2
=32
2013/HC-A/285
2
ޝައްކެއެކު
ޝަރީޢަތަށް ސާބިތުވާ މިންގަނޑަކީ އެއްވެސް ކެއްނެތް މިންވަރުކަން ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ) އަށް ޤާނޫނު ނަންބަރު 2015/26 (ޤާނޫނު ނަންބަރު
9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ގެނެވުނު
އިޞްލާޙަށް ބެލުމުން އެނގޭކަމާއި، ޤަދު މަރަކީ ޤިޞާޞްގެ ޢުޤޫބާތް ކަނޑައެޅޭ ކުށެއްކަމަށްވާއިރު،
އިސްވެ ބުނެވުނު މިންގަނޑުން މީހެއްގެ މައްޗަށް މަރުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްޓަކައި
އެއްވެސް މަޖުބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި ދަޢުވާލިބޭ ފަރާތުންވާ އިޢުތިރާފް ނުވަތަ ދެހެކިންނަށް
ވުރެ މަދުނޫން ޢަދަދެއްގެ ހެކިންގެ ހެކިބަސް ނުވަތަ ހެއްކަކާއި އެހެކި އިތުރަށް ކަށަވަރުކޮށްދޭ ޤަރީނާހުރި
ނަމަ، ބުނެވި ދިޔަ މިންގަނޑުން ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެކަން އެނގޭއިރު، މި މައްސަލާގައި
ދައުލަތުގެ ފަރާތުން ހުށަހަޅާ ފައިވާ ހެކިންގެ ހެކިބަހުން ވ.ފެއަރީކޯނަރ، ޢަލީ ޝިފާން މަރާލުމުގައި
މމދ ދަފްތަރު ނަންބަރު 3912/ މާލެ، މުޙައްމަދު ޝައިފަން ބައިވެރިވެފައިވާކަން ސިއްރު ހެކި (ނ)
އާއި (ރ) އާއި އަދި (ބ) ގެ ބަހުން އެނގޭއިރު، އެހެކިންގެ ބަހަށް ފޮރެންސިކް ހެކި (ޑީއެންއޭ ޕްރޮފައިލް
ރިޕޯޓް) އިން އިތުރަށް ކަށަވަރުވާކަމާއި، އަދި ޢަލީ ޝިފާން މަރުވި ސަބަބަކީ އޭނާއަށް ލިބުނު
އަނިޔާތަކުގައި ގިނައަދަދެއްގެ ލޭ ބޭރުވުމުގެ ސަބަބުން ޗޮކްޖެހިގެންކަން އެނގެން އޮތުމުން މިމީހުންގެ
ޢަމަލާއި ޢަލީ ޝިފާން މަރުވި ސަބަބާއި ގުޅިފައިވާތީ ޢަލީ ޝިފާން މަރާލުމުގައި މޅޅ ދަފްތަރު
ނަންބަރު 3912/ މާލެ، މުޙައްމަދު ޝައިފަން ބައިވެރިވާކަމާމެދު އެއްވެސް ޝައްކެއް އުފެދިފައިނެތްކަމަށް
މި ޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވިފައިވާ ކަމާއި،
ނަމަވެސް، މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ޢަބްދުﷲ ތިލްމީޒް، ޢަލީ ޝިފާނުގެ
ގައިގާ ތެޅި މީހުންގެ ތެރޭގައި ހުރިކަމަށް ސިއްރު ހެކި (ރ) ބުނާއިރު، (ބ) ގެ ބަހުން، ޢަބްދު
ތިލްމީޒަކީ ޢަލީ ޝިފާނަށް ހަމަލާދޭން އައިމީހުން އައި ދެސައިކަލްގެ ތެރެއިން ފުރަތަމަ ސައިކަލް ދުއްވަން
އިން މީހާކަން އެނގޭއިރު، އެހެކިންގެ ހެކިބަސް ތަފާތުވެފައިވުމާއި އެހެކިންގެ ހެކިބަހަށް ބާރު ލިބިދޭފަދަ
ހަރުދަނާ އިތުރު ހެއްކެއް އަދި ޤަރީނާއެއްވިޔަސް ހުށަހެޅިފައިނުވާތީއާއި، އަދި މި މައްސަލާގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
23
443
24 ޤަޟިއްޔާ ނިމުނު
2{13/HC-A/285
سي سي کی هرکی
ދެވެ
އިސްތިއުނާފު ރައްދުވާ މުޙައްމަދު ޝިބާން ޢަބްދުލްޙާދީ، ޢަލީ ޝިފާން މަރާލުމުގައި ބައިވެރިވީކަމުގެ
މައްޗަށް ހެކި ބަސްދީފައިވަނީ ސިއްރު ހެކި (ބ) އެކަނި ކަމުގައިވާތީއާއި އަދި ސިއްރު ހެކި (ބ) ހެކީގެ
ގޮތުގައި ޝަރީޢަތަށް ބަލައިގަނެފައިވަނީ ޤާރީނާގެ ދަރަޖައިގައިކަމަށްވާތީ ހަމައެކަނި އޭނާގެ ބަހުގެ މައްޗަށް
ބިނާކޮށް ދައުލަތުން މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ޢަބްދުﷲ ޙިލްމީޒާއި މުޙައްމަދު މިޝަން
ޢަބްދުލްޙާދީގެ މައްޗަށް ކޮށްފައިވާ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ އެއްވެސް ޝައްކެއް ނެތް
މިންވަރަށް ޝަރީޢަތަށް ސާބިތުވާނުވާކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ
ފަނޑިޔާރުންނަށްވެސް އެއްބަސްވެވިފައިވެއެވެ.
އެހެންކަމުން، މީޤަޟިއްޔާ ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ،
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/606 ޤަޟިއްޔާގައި ދައުލަތުން މ. ދިންމަ! ޢަބްދު
ތިލްމީޒާއި، ދަފްތަރު ނަންބަރު 3912/ މާލެ، މުޙައްމަދު ޝައިފަންއާއި މ. ސިލްވަރނެސްޓް/ މުޙައްމަދު
މިޝާން ޢަބްދުލްޙާދީގެ މައްޗަށް ހުށަހެޅި ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާގައި، ޢަބްދު
ތިލްމީޒާއި މުޙައްމަދު ވިޝާން ޢަބްދުލްޙާދީގެ މައްޗަށް އެކުށް ސާބިތުނުވާކަމަށް އިސްވެ ބުނެވުނު
ޤަޟިއްޔާގައި ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމުގެ އެބަޔަށް ތާއީދުކުރުމަށާއި، އަދި އެޤަޟިއްޔާގައި
ދަޢުވާލިބުނު މުޙައްމަދު ޝައިން، ވ.ފެއަރީކޯނަރ، ޢަލީ ޝިފާން މަރާލުމުގައި ބައިވެރިވެފައިވާކަން
ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ޤަރީނާތަކުން އެއްވެސް ޝައްކެއްނެތް މިންވަރަށް
ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، އެނާގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށް
ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/606 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ
އެބައި ބާޠިލްކޮށް، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ އެބަޔަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
fee
ހ22 22
02
25 ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/285
کی حر متمم مب
497
އުކާވެ
9
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް
ކޯޓުގެ ނަންބަރު 2012/Cr-C/606 ޤަޟިއްޔާގައި ދައުލަތުން މ.ނިންމަން ޢަބްދުﷲ ޙިލްމީޒާއި،
ދަފްތަރު ނަންބަރު 3912/ މުޙައްމަދު ޝައިފަންއާއި މ.ސިލްވަރނެސްޓް މުޙައްމަދު މިޝަން
ޢަބްދުލްޙާދީގެ މައްޗަށް ހުށަހެޅި ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާގައި، އެދަޢުވާލިބުނު
މ.ދިންމަނަ! ޢަބްދުﷲ ތިލްމީޒާއި، ސިލްވަރނެސްޓް މުޙައްމަދު ނިޝާން ޢަބްދުލްޙާދީގެ މައްޗަށް
ޤަޞްދުގައި މީހަކު މެރުމުގެ ކުށް ސާބިތުނުވާކަމަށް ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމުގެ އެބަޔަށް
ތާއީދުކޮށް، މ.ފެއަރީކޯނަރ ޢަލީ ޝިފާން މަރާލުމުގައި އެޤަޟިއްޔާގައި ދަޢުވާލިބުނު މުޙައްމަދު ޝައިފަން
ބައިވެރިވެފައިވާކަން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ޤަރީނާތަކުން އެއްވެސް
ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާތީ، އޭނާގެ މައްޗަށް ދައުލަތުގެ ފަރާތުން ކޮށްފައިވާ
ކަނޑައަޅައި، މުޙައްމަދު ޝައިފަންގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށް ސާބިތުނުވާކަމަށް
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/606 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ އެބައި ބާޠިލުކޮށް،
މި ޙާދިސާގައި ނިޔާވި މ. ފެއަރީކޯނަރ! ޢަލީ ޝިފާންގެ ހުރިހާ ވާރިޘުން ބޭނުންވަނީ ޢަލީ ޝިފާނުގެ
ޤާތިލުންގެ ކިބައިން މަރަށް މަރު (ޤިޞާޞް) ހިފުމަށް ކަމުގައި ސާފު ޞަރީޙަ ބަހުން އެއްވެސް
ޚިލާފެއްނެތި ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ، އިސްލާމީ ޝަރީޢަތާއި ޤާނޫނު ނަންބަރު 9/2014
(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 1205 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މި ޤަޟިއްޔާގައި
އިސްތިއުނާފު ރައްދުވާ މމ ދަފްތަރު ނަންބަރު 3912/ މާލެ، މުޙައްމަދު ޝައިފަން (A367844)
މެރުމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
eeވ
ދިވެހިރާއްޖެ
497
ތި
===
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv