ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/323 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮ
ގޮތުގެ
2015/HC-A/323
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު:323/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ޞަފްވާން
، ދާއިމީ އެޑްރެސް: ހ.ޓްރެންކްއިލްވިލާ/ ކ.މާލެ
އައިޑީކާޑު ނަންބަރު: A093609
* މިހާރުގެ އެޑްރެސް: މއ.
ޝާދީވިލާ
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
* ދާއިމީ އެޑްރެސް: އެސް.ޓީ.އޯ ހެޑް އޮފީސް
ރެޖިސްޓްރޭޝަން ނަންބަރު: 186
/
2001-C
މިހާރުގެ އެޑްރެސް: އެސް.ޓީ.އޯ ހެޑް އޮފީސް
0
• ރަޖިސްޓްރީކުރެވުނު ތާރީޚް: 03 ޛުލްޙިއްޖާ 1436
16 ސެޕްޓެމްބަރު 2015
، ނިމުނު ތާރީޚް: 22 މުޙައްރަމް 1439
12 އޮކްޓޯބަރު 2017
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/VTR/139
• ޤަޟިއްޔާގެ ބާވަތް: ވަޒީފާއާބެހޭ
• ނިންމެވި ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހެޅުނު ތާރީޚް: 14 އޮކްޓޯބަރު 2014
ނިމުނު ތާރީޚް:
17 ޖޫން 2015
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސްގެ
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޖާޢުއެއްތަޝްމި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބު ރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:
16471@ވެ..
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
2
ޤަޟިއްޔާ ނިމުނު ގޮ
2015/HC-A/323
•ދަޢުވާގެ ޚުލާޞާ:
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/139 މައްސަލަ ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެމައްސަލަ އިސްތިއުނާފު ކުރުމަށް އެދި
ހ.ޓްރެންކްއިލްވިލާ، މުޙައްމަދު ޞަފްވާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
<< O
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް
މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ
ލިމިޓެޑް ( އެސް.ޓީ.އޯ) އެވެ.
ފާހަގަ ކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/139 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެ މައްސަލައަކީ، މުޙައްމަދު ޞަފްވާން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުގައި
ލޯޔަރެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކޮށްފައިވާކަމަށް
ބުނެ، ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، މުޙައްމަދު ޞަފްވާން
އަދާކުރަމުންދިޔަ ވަޒީފާ އަނބުރާލިބިދިނުމަށާއި، އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކޮށްފައިވާ
މުއްދަތުގައި ނުލިބިވާ މުސާރައާ އެންމެހައި ޢިނާޔަތްތަކާއި، އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން
ވަކިކޮށްފައިވާތީ ވަޒީފާއާބެހޭ ޤާބޫނުގެ 29 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދިނުން އެދި
މުޙައްމަދު ޞަފްވާނުގެ ފަރާތުން
ތުން ހުށަހެޅުނު މައްސަލައެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި
ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ހެކިން ގެ
ލޭންޖްގެ ކުއީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 316471، އޭގެ
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
3
ޤަޟިއްޔާ ނިމުނު ގޮ
2015/HC-A/323
ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި މުޙައްމަދު ޞަފްވާން، ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުގައި ލޯޔަރެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އެކަށީގެންވާ
ސަބަބެއްނެތި ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް
ކަނޑައަޅައިދިނުމަށާއި، މުޙައްމަދު ޞަފްވާން އަދާކުރަމުންދި ވަޒީފާ އަނބުރާ ލިބިދިނުމަށާއި، އެކަށީގެންވާ
ސަބަބެއްނެތި ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގައި ނުލިބިވާ މުސާރައާ އެންމެހައި ޢިނާޔަތްތަކާއި،
އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކޮށްފައިވާތީ ވަޒީފާއާބެހޭ ޤާމޫނުގެ 29 ވަނަ މާއްދާގެ ދަށުން
ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާފައިވާ މި މައްސަލާގައި މުޙައްމަދު ޞަފްވާން ވަޒީފާއިން
ވަކިކޮށްފައިވަނީ އެސް.ޓީ.އޯގެ ކޯޑް އޮފް ކޮންޑަކްޓާ އޭނާ ޚިލާފުވެފައިވާތީ، އެކަންކަން އިޞްލާޙްކުރުމަށް
ދެވުނު ފުރުޞަތުގައި އިޞްލާޙްކުރުމަށް ބޭނުންނުވުމާއެކު، އެފަދަ މުވައްޒަފެއް އެސް.ޓީ.އޯގައި އިތުރަށް
ބެހެއްޓުމަކީ ވަޒީފާދޭފަރާތަށް ކުރެވޭނެކަމަށްނުވާތީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މައުޟޫޢީ
ޢަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަމަށް މައްސަލަ ރައްދުވިފަރާތުން ބުނިނަމަވެސް
އެކަން ސާބިތުކޮށްދެވޭ މިންވަރަށް ހެއްކާއި ޤަރީނާ ހުށަހަޅާފައިނުވާތީ، މުޙައްމަދު ޞަފްވާން ވަޒީފާއިން
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ
މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތުން ވަޒީފާ އަނބުރާ ލިބިދިނުމަށް
އެދިފައިވީނަމަވެސް ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށް ބަލާއިރު، މި މައްސަލަގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި
އިތުބާރު ގެއްލިފައިވާތީ، ވަޒީފާ އަނބުރާ ރުޖޫޢަކުރުމަކީ އެންމެ ޢަދުލުވެރި ގޮތްކަމަށް ނުފެންނާތީ، ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ ދަށުން ބަދަލުގެ ގޮތުގައި -/61050 ރ.
( ފަސްދޮޅަސް އެއްހާސް ފަންސާސް ރުފިޔާ) މުޙައްމަދު ޞަފްވާން އަށް މިއަދު (17 ޖޫން 2015) އިން
ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިނުމަށްފަހު އެކަން ހަމަޖެހޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި
ޙައިކުރީ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: [31647، ދިވެހިބި
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/323
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން
މިފަދައިންނެވެ.
ގެ މައްޗަށް އަމުރުކޮށް.."
02- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/139 މައްސަލަ އެ ޓްރައިބިއުނަލުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އެމައްސަލަ އިސްތިއުނާފުކުރުމަށް
މުޙައްމަދު ޞަފްވާނުގެ ފަރާތުން އެއް ނުކުތާ ހުށަހަޅައި އެ ނުކުތާއާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
އެ ނުކުތާއަކީ: މުޙައްމަދު ޞަފްވާން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ
ޢަދުލުވެރިކަމާއި މައުޟޫޢީ އަދުލުވެރިކަންވެސް ޤާއިމުވެފައިނުވާކަމަށް ނިންމަވާފައިވާއިރު، އެއީ އަލުން
އަނބުރާ ވަޒީފާއަށް ރުޖޫޢަ ކޮށްދޭންޖެހޭ ފަދަ ޙާލަތެއް ކަމަށްވާއިރުވެސް، އަދި ޓްރައިބިއުނަލުން އަމުރެއް
ނެރުމުގައި އެންމެ ފުރަތަމަ ބަލަންވާނީ އެ މުވައްޒަފަކު ވަކިކުރި ވަޒީފާގައި އަލުން ބެހެއްޓުމަށް ނުވަތަ އެ
ވަޒީފާއާގުޅޭ ނުވަތަ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށް ކަމަށް ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާ ބެހޭ ޤާނޫނު)ގެ 29 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނިކޮށް، އެމާއްދާގައި
ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް، އޭނާ ކުރިން ހުރި ވަޒީފާގައި އަލުން ބެހެއްޓުމަށް އަމުރުކުރައްވާފައި
ނުވުމާއި، މުސާރައާ ޢިނާޔަތްތައް ނަގައިދިނުމަށް އެދިފައިވާއިރުވެސް މުސާރައާ ޢިނާޔަތްތައް
ނަގައިދެއްވާފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 329
3325، ފެކްސް: 16471މާ، ޑީ.ޑިވެ
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/323
03. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/139 މައްސަލަ ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެ އެމައްސަލަ އިސްތިއުނާފު ކުރުމަށް އެދި މުޙައްމަދު ޞަފްވާނުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށާއި އެ ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
•ở 2 x
(ހ) ފުރަތަމަ ކަމަކީ: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުގައި މުޙައްމަދު
ޞަފްވާން އަދާކުރަމުން ދިޔަ ވަޒީފާއިން 15 ޖުލައި 2014 ވަނަ ދުވަހު ވަކިކޮށްފައިވާއިރު، މުޙައްމަދު
ޞަފްވާން ވަޒީފާއިން ވަކިކުރިކުރެވުނު ކަން ބަޔާންކޮށް މުޙައްމަދު ޞަފްވާންއަށް ފޮނުވާފައިވާ ޓާމިނޭޝަން
ސްޓިޕާއި އެސްލިޕްގައި ޙަވާލާދީފައިވާ އެސް.ޓީ.އޯ އެޑްމިން އަދި އެޗް އާރ ޑިޕާޓްމަންޓުގެ ނަންބަރު
1438
/
2014/HRD (14 ޖުލައި 2014) ސިޓީގައި މުޙައްމަދު ޞަފްވާން، ވަޒީފާއިން ވަކިކުރެވުނު
ސަބަބެއް ކަމަށް ބަޔާންކޮށް
ރެކޮށްފައިވަނީ، އިވެލުއޭޝަން ކޮމިޓީން ބެލި ބެލުމުގައި މުޙައްމަދު ޞަފްވާން ވަނީ
ވަކީލެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ކަންތައްތަކެއް ކޮށްފައިކަމަށާއި އަދި މުޙައްމަދު ޞަފްވާންއަކީ
ޤާނޫނީ ވަކީލަކަށްވުމުން މުޙައްމަދު ޞަފްވާންގެ ޒިންމާ އަދާކުރުމުގެ ޤާބިލުކަމާ ދޭތެރޭ ކުންފުނިން އިތުބާރު
ނުކުރެވޭނޭ ފަދަ ޙާލަތެއް މެދުވެރިވެފައިވާ ކަމަށާއި، އެހެންވުމުގެ ސަބަބުން ވަކީލެއްގެ މަޤާމުގައި
އެކުންފުނީގައި އިތުރަށް ބެހެއްޓުމަކީ ދަތިކަމެއްކަމަށާއި އަދި މުޙައްމަދު ޞަފްވާނުގެ މައްޗަށް ތުހުމަތު
ކުރެވިފައިވާ، ވަޒީފާގެ އަޚުލާޤީ މިންގަނޑުން ބޭރުކަންކަން ފާހަގަކޮށް އެކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި،
އިސްލާޙުކުރުމަށް ނަޞޭޙަތްތެރިވެ ނޯޓިސްދީ، އެކަންކަން ތަކުރާރުވެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭނެކަމުގެ
އިންޒާރުދިނުމާއެކު، އެކަންކަމާއި ގުޅިގެން ޖަވާބުދާރީވާން ބޭނުންނުވާކަމުގައި މުޙައްމަދު ޞަފްވާނުގެ ފަރާތުން
ލިންޖްގެ ހަދި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:
6471ވާ، ދީދީ ޑިވެ
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
0 24 2 0 22
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/323
22
ﷲ 2 އ
ދެ ހ2
02262
0
2
2 ތތ
77703c
ބޭނުނޭވާމެ
ބުނެފައިވާތީ އެކަމަށް އެދެވޭ އިޖާބައެއް ދީފައިނުވާތީ އެކަންކަމުގެ މައްޗަށް ރިޢާޔަތްކޮށްކަމަށް އެސިޓީގައި
ބަޔާންކޮށްފައިވާކަމާއި،
މުޙައްމަދު ޞަފްވާން ވަޒީފާއިން ވަކިކުރެވުނު ސަބަބާއި ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަންގެ ފަރާތުން ދީފައިވާ ބަޔާނުގައި މުޙައްމަދު ސަފްވާން ވަޒީފާއިން ވަކިކޮށްފައިވަނީ އެސް.ޓީ.އޯގެ
ކޯޑް އޮފް ކޮންޑަކްޓާ އޭނާ ޚިލާފުވެފައިވާތީ، އެކަންކަން އިޞްލާޙުކުރުމަށް ދެވުނު ފުރުޞަތުގައި
އިޞްލާޙުކުރުމަށް
ސަބަބުންކަމަށް ބުނެފައިވާ ކަމާއި، އެސް.ޓީ.އޯގެ ކޯޑް އޮފް ކޮންޑަކްޓާ
މުޙައްމަދު ޞަފްވާން ޚިލާފުވެފައިވާކަމަށް ބުނެ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުގެ
ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު،
އެސް.ޓީ.އޯގެ ބޭނުމަށް ނޫން ބޭނުމަކަށް އެސް.ޓީ.އޯގެ މުދަލެއް ނުވަތަ އެނޫންވެސް އެއްޗެއް
ބޭނުންކޮށްގެން ނުވާނެކަމަށް ކޯޑް އޮފް ކޮންޑަކްޓުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި އަދި
ކުންފުނީގެ މުދަލާއި ވަސީލަތްތައް ކުންފުނީގެ ބޭނުންތަކަށް ނޫން ބޭނުންތަކަށް ބޭނުންކުރުމަކީ މުވައްޒަފުން
ންޖެހޭނެ ކަމެއްކަމަށް ކޯޑް އޮފް ކޮންޑަކްޓުގެ 7 ވަނަ މާއްދާގެ (ރ)ގެ 5 ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވާއިރު، މުޙައްމަދު ޞަފްވާން އޮފީހުގައި
އަމިއްލަ ބޭނުންތަކަށް ގެންގޮސް ބޭނުންކުރަމުން ގޮސްފައިވާކަމަށާއި އަދި އޮފީހުގައި ބޭނުންކުރަމުން އައި
ޕްލަންޖަރއެއް މުޙައްމަދު ޞަފްވާން އަމިއްލައަށް ގެންގޮސްފައިވާ ކަމަށާއި، އެސް.ޓީ.އޯގެ ކޯޑް އޮފް
ކޮންޑަކްޓުގެ 14 ވަނަ މާއްދާގައި މުވައްޒަފުންނަށް ވަޒީފާގެ ހައިސިއްޔަތުން ލިބޭ މަޢުލޫމާތަކީ ސިއްރު
މަޢުލޫމާތުކަމަށާއި އެފަދަ މަޢުލޫމާތު ކުންފުނީގެ ކަމާބެހޭ މުވައްޒަފަކު ފިޔަވައި އެހެން ފަރާތްތަކަށް
ފޯރުކޮށްދޭންވާނީ އެފަރާތަކަށް އެ މަޢުލޫމާތު ދިނުމަކީ ޤާނޫނާއި ޤަވާއިދުގައިވާ ގޮތުން ވާޖިބުވާ ޙާލަތެއްގައި
ކަމަށްވާއިރު، މުޙައްމަދު ޞަފްވާން ބައިވެރިނުވާ ބައްދަލުވުމެއްގައި ބައިވެރިވިކަމަށް ދައްކައި އެސްޓީ
4 27,
0
0
2
2
2
گروه ترور
XO
· 2
,..އެގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: [31647، ދިވެހިބި
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/323
02 0
އިސްވެރިންގެ ބައްދަލުވުމެއްގައި ދެކެވުނު ވާހަކަތަކެއްކަމަށްބުނެ ކުންފުނީގެ އެހެނިހެން ސްޓާފުން ގާތުގައި
ކުންފުނީގެ ޑެޓް ރިކަވަރީ ބައި އައުޓްސޯސް ކުރަނީކަމަށް މެނޭޖިންގް ޑިރެކްޓަރ ބުނިކަމަށް މުޙައްމަދު
ޞަފްވާން ވާހަކަ ދައްކައި ސްޓާފުންގެ މެދުގައި ސުލްޙަ ނަގާލަން މަސައްކަތްކޮށް އެ ސްޓާފުންގެ ހިތްތަކުގައި
ވަޒީފާގައި ދެމިތިބެވިދާނެކަމާމެދު ސުވާލު އުފައްދާފައިވާ ކަމަށާއި އަދި ކުންފުނީގެ ވަކީލަކަށް ހުރެ ކުންފުނީގައި
ނެތް ލިޔުންތަކެއް އުފައްދައި އެލިޔުންތަކަކީ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ލިޔުންތަކަކަށް ހެދުމަށް
ލަފާދީފައިވާކަމަށް ފާހަގަކޮށްފައިވާކަން އެނގެންއޮންނަކަމެވެ.
<< o ec ox
(ނ) ދެވަނަ ކަމަކީ، މުޙައްމަދު ޞަފްވާން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަމާއި މައުޟޫޢީ
ޢަދުލުވެރިކަންވެސް ޤާއިމުވެފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/139
މައްސަލާގައި ކަނޑައަޅުއްވައިފައިވާއިރު، އެއީ އަލުން އަނބުރާ ވަޒީފާ އަށް ރުޖޫޢަ ކޮށްދޭންޖެހޭ ފަދަ ޙާލަތެއް
ކަމަށްވާއިރުވެސް، އަދި ޓްރައިބިއުނަލުން އަމުރެއް ނެރުއްވުމުގައި އެންމެ ފުރަތަމަ ބައްލަވަންވާނީ އެ
މުވައްޒަފަކު ވަކިކުރި ވަޒީފާގައި އަލުން ބެހެއްޓުމަށް ނުވަތަ އެވަޒީފާއާގުޅޭ ނުވަތަ އެނޫންވެސް
އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓެވުމަށް ކަމަށް ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާ ބެހޭ ޤާނޫނު)ގެ 29
ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނިކޮށް، އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް، އޭނާ ކުރިން
ހުރި ވަޒީފާގައި އަލުން ބެހެއްޓުމަށް އަމުރުކުރައްވާފައި ނުވާކަމަށް ބަޔާންކޮށް މުޙައްމަދު ޞަފްވާން އެފަރާތުން
ހުށަހެޅި ނުކުތާއަށް ނަޒަރުކުރާއިރު،
ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާ ބެހޭ ޤާނޫނު)ގެ 29 ވަނަ މާއްދާގެ (ށ) ގައި
ޓްރައިބިއުނަލުން އަމުރެއް ނެރުމުގައި ފުރަތަމަ ބަލަންވާނީ އެމުވައްޒަފަކު ވަކިކުރިއިރު ހުރި ވަޒީފާގައި އަލުން
ބަޔާންކުރެވިފައިވީނަމަވެސް، އެގޮތަށް ކަނޑައެޅުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން
04
2
0 ހތކ
ހއތވާނީ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 329
3325، ފެކްސް: 16471
33
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
8
2015/HC-A/323
,09 ތ 0
2 0ތ
379ނފަ63
4
2
0
2 ތތ
@ހއޓއށް
މައްޗަށާއި އަދި މިނޫނަސް މުޙައްމަދު ޞަފްވާން ކޮށްފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަތީ
ޤަޟިއްޔާ ނިމުނު ގޮ
ވަޒީފާއިން ވަކިކުރި މީހާ ވަޒީފާއިން ވަކިކުރެވުނު ޙާލަތުތަކަށާއި، ވަޒީފާއިން ވަކިކުރަން ދިމާވީ އެމުވައްޒަފަކު
ކުރި ޢަމަލެއްގެ ސަބަބުން
އެކަމުގައި އޭނާ ބައިވެރިވާ މިންވަރަށް ރިޢާޔަތްކުރަންވާނެކަމަށް
ބަޔާންކުރެވިފައި އޮތުމުން، ވަޒީފާ ދޭ ފަރާތުން ޤާނޫނާ ޚިލާފަށް މުވައްޒަފަކު ވަޒީފާއިން ވަކިކުރި ނަމަވެސް،
އެފަދަ މުވައްޒަފަކަށް ޤާނޫނީ ފަރުވާއެއްގެ ގޮތުން އެމުވައްޒަފަކު ކުރިން ހުރި ވަޒީފާގައި
ކަނޑައެޅުމުގައި، އެމައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ޓްރައިބިއުނަލުން ބައްލަވަން ޖެހޭނެކަން
އެނގޭކަމާއި، އަދި އެމާއްދާގެ ދަށުން ޓްރައިބިއުނަލުން މުވައްޒަފަކު ކުރިންހުރި ވަޒީފާގައި އަލުން
ބެހެއްޓެވުމަށް އަމުރެއް ނެރުއްވާއިރު، ވަޒީފާ ދޭ ފަރާތުގެ ޙައްޤުތަކަށްވެސް ރިޢާޔަތް ކުރައްވަންޖެހޭކަން
އެޤާނޫނުގެ 01 ވަނަ މާއްދާއިން އެނގޭކަމާއި، މިގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ
ޚިލާފަށްކަމަށް ކަނޑައެޅޭ ޙާލަތުގައިވެސް އެފަދަ މުވައްޒަފަކު ވަޒީފާގައި ބެހެއްޓުމަށް އަމުރު ކުރުމަކީ އެންމެ
މަސްލަޙަތު ރަނގަޅު އަދި އެންމެ އިންސާފުވެރި ގޮތް ކަމަށްނުވެ ހިނގައިދާނެކަމާއި އެފަދަ ޙާލަތުގައި އަމުރެއް
ނެރުމުގައި ދެފަރާތަށް އެންމެ މަސްލަޙަތުހުރި ގޮތުގެ މައްޗަށް ރިޢާޔަތް ކުރަންޖެހޭނެކަން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 128/HC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލަށް ބަލާއިރު އެނގެން
އޮންނަކަމާއި،
މިގޮތުން ބަލާއިރު، މުޙައްމަދު ސަފްވާން ވަޒީފާއިން ވަކިކޮށްފައިވަނީ މުހައްމަދު ޞަފްވާން
ކުންފުނީގެ ޤާނޫނީ ވަކީލަކަށްވެހުރެ މުޙައްމަދު ޞަފްވާންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ގޮތަށް ޢަމަލު
ބަހައްޓާފައިވާކަމަށް އެކުންފުނީގެ އިވެލުއޭޝަން ކޮމިޓީން ބެލި ބެލުމުން ފެނިފައިވާތީ، މުޙައްމަދު ޞަފްވާން
އަދާކުރަމުންދިޔަ ވަޒީފާގައި މެދު އިތުބާރު ނުކުރެވޭފަދަ ޙާލަތެއް މެދުވެރިވެފައިވާތީކަމަށް ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައި ވާއިރު، ކުންފުނީގެ އިސްވެރިންގެ
ބައްދަލުވުމެއްގައި ދެކެވުނު ވާހަކަތަކެއްކަމަށްބުނެ މުޙައްމަދު ޞަފްވާން ޙިއްސާކުރަންނުޖެހޭ މަޢުލޫމާތުތަކެއް
ޙިއްސާކޮށް ޙަޤީޤަތް މުވައްޒަފުންގެ
މެދުގައި ވާހަކަ
ދައްކައިފައިވާކަން ވަޒީފާއާއި
ޓްރައިބިއުނަލުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުން ސާބިތުކޮށްދީފައިވާއިރު،
OLO
އޭނާއާމެދު
x4ހ2
24 2
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 329
3325، ފެކްސް: 16471
33
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
ޤަޟިއްޔާ ނިމުނު ގޮ
2015/HC-A/323
ލިމިޓެޑުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މުޙައްމަދު ޞަފްވާންއާ މެދު އިތުބާރު
ގެއްލޭފަދަ ކަންތައްތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، މުޙައްމަދު ޞަފްވާން އާމެދު
ކުރިން އޮތް އިތުބާރު ގެއްލިފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުގެ ފަރާތުން
ބުރަވެވޭކަމާއި
މިޙާލަތުގައި މުޙައްމަދު ޞަފްވާން ވަޒީފާގައި ބެހެއްޓުމަށް އަމުރު ކުރުމަކީ
މަސްލަޙަތު ހުރި ކަމެއްކަމަށް ނުފެންނަކަމެވެ.
22 ހ
eeނ
މައި،
(ނ) ތިންވަނަ ކަމަކީ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މި މައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުން ދެކެނީ، އިސްތިއުނާފުކުރެވިފައި މިވާ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2014/VTR/139 މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެންނާނެ ތަނެއް ނެތް ކަމުގައެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފުކުރެވިފައި މިވާ،
ވަޒީފާއާ ބެހޭޓްރައިބިއުނަލްގެ ނަންބަރު 2014/VTR/139 މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް މި
މައްސަލަ މި ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 329
3325، ފެކްސް: 16471
33
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my