ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/558 ޤަޟިއްޔާގެ ޙުކުމް
l
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2016/HC-A/558
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 558/HC
-
A/2016
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު ނިހާން
އައި.ޑީ.ކާޑް ނަންބަރ: A302620
ދާއިމީ އެޑްރެސް: ވީނަސް ގއ.މާމެންދޫ
* މިހާރުގެ އެޑްރެސް: ސަނީސައިޑް! އދ.މާމިގިލި
*
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް:ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 21 ނޮވެމްބަރު2016 • ނިމުނު ތާރީޚް: 21 ނޮވެމްބަރ 2018
0
• އިސްތިއުނާފުކުރެވުނު ޤާޟިއްޔާ
• ނަންބަރު 2016/Cr-C/212
• ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުމާއި ބައިވެރިވުން
ހުށަހެޅުނުތާރީޚް: 10 މާރިޗް 2016
ނިމުނު ތާރީޚް: 10 ޖޫން 2016
ޑިހިރާއްޖޭގެ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
2
ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު ޢަލީ ސަމީރާ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2016/HC-A/558
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr-C/212 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ގއ.މާމެންދޫ ވީނަސް،
އަޙްމަދު ނިހާންގެ ފަރާތުން ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާފަރާތަކީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަ ކުރެވުނު ނުކުތާތަ
، ވ03
ދެމިކަނ،
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr
-
C/212 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، 7 ފެބްރުއަރީ 2016 ދުވަހުގެ ރޭ ދަންވަރު 2:45 ހާއިރު، ގއ.މާމެންދޫ
ރަތްމަސްގެ، މުޙްތާޒް މުޙްސިން އިތުރު ބަޔަކާއެކު، ލޯންޗެއްގަ އދ. މާމިގިއްޔަށް ގޮސް، އަޙްމަދު ނިހާނާ
އދ.މާމިގިލި މެޖިސްޓްރޭޓް ހުޅުވައިގެން އެތަނަށް
[email protected] ގެ ނަމުގައިވާ އީ-މެއިލް އެޑްރެހާއި އެއަށް ވަނުމަށް ބޭނުންވާ ޕާސްވޯޑު
އަޙްމަދު ނިހާނަށް މުޙްތާޒް މުޙްސިން ދިނުމުން، އެކޯޓުގެ ލެޕްޓޮޕުން އެ އީ-މެއިލް އެޑްރެހަށް ވަދެ "މާފުށި
އުމުރު" މިނަމުގައިވާ ކޯޓު އަމުރެއްކަމަށް ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއް ޑައުންލޯޑްކޮށް،
އެލިޔުމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސް، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ނެރެފައިވާ އަމުރެއްކަމަށް ދައްކުވައިދޭ ގޮތަށް ލިޔުމެއް ތައްޔާރުކޮށް،
ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުވުމަށް ރާވައި، އެކަން ކުޒަށް
އުޅެފައިވާތީ، ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ
ވަނަ ނަންބަރާއި 2 ވަނަ ނަންބަރާއި، 5 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި، 6 ވަނަ މާއްދާގެ
04:
148
މާޢީބް
8
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2016/HC-A/558
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން އަޙްމަދު ނިހާންގެ މައްޗަށް، ޓެރަރިޒަމް ޢަމަލެއް ކުރަން އުޅުމާއި
ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކުރުމުން ބެލުނު ޤަޟިއްޔާއެއް ކަމާއި،
29 22
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، ގއ.މާމެންދޫ(ވީނަސް، އަޙްމަދު ނިހާންގެ
މައްޗަށް މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވަކުރި ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ކުށުގެ
މައްސަލަ ޝަރީޢަތުން ބެލިއިރު، 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 07 ވަނަ ދުވަހުގެ 02:45 ހާއިރު،
ގއ. މާމެންދޫ ރަތްމަސްގެ، މުޙްތާޒް މުޙްސިން އިތުރު ބަޔަކާއެކު ލޯންޗެއްގައި މާލެއިން ފުރައިގެން
އދ.މާމިގިއްޔަށް ދިޔުމުން، އެ ދަންވަރު އަޙްމަދު ނިހާން، މުޙްތާޒް މުހުސިނާ ބައްދަލުކޮށް، ޢާންމު އުޞޫލާ
ޚިލާފަށް އެރޭ އދ.މާމިގިލި މެޖިސްޓްރޭޓް ކޯޓް ހުޅުވައިގެން ތިބެ، މުޙްތާޒް މުޙްސިނާ ބައިވެރިވެގެން، ޤާނޫނީ
އިންތަކުގެ ބޭރުން، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ކޯޓު
އަމުރެއް ތައްޔާރުކޮށް ނެރެން އުޅުނުކަން، މިމައްސަލައިގަ ލިބިފައިވާ ހެކިތަކާއި ޤަރީނާތަކުން ޝަރީޢަތަށް
ސާބިތުވާތީއާއި، އަޙްމަދު ނިހާނުގެ މިޢަމަލަކީ ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ އަސަރެއް ފޯރުވުމަށާ،
ރައީސުލްޖުމްހޫރިއް
ހުރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކޮށް ގަދަކަމުން ފޮރުވައި ރަހީނު
މެދުގައި ބިރުވެރިކަން އުފެއްދުމަށް އެހެން ބަޔަކާ ބައިވެރިވެގެން އަޙްމަދު ނިހާން ކުރަން
އުޅުނު ޢަމަލެއްކަން އެނގެން އޮންނާތީ، ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 4
ވަނަ މާއްދާގެ (ހ) ގެ 1 ވަނަ އަދި 2 ވަނަ ނަންބަރާ، އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ
ނަންބަރާ، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުމާއި
ބައިވެރިވުމުގެ ކުށުން އަޙްމަދު ނިހާން ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން،
ބުނެވިދިޔަ ޤާނޫނުގެ 6 ވަނަމާއްދާގެ (ނ) ގެ ދަށުން، ގއ.މާމެންދޫ ވީނަސް، އަޙްމަދު ނިހާން 17 (ސަތާރަ)
އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް، މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންކަން އެނިއެއް އޮވެއެވެ
ކުރުމަށާ، އާންމު ވީޑި
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
02 22 2& 0x2
2{016/HC-A/558
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr
-
C/212 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ގއ.މާމެންދޫ
ވީނަސް، އަޙްމަދު ނިހާންގެ ފަރާތުން 7 (ހަތެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ. އެގޮތުން ހުށަހެޅި؟
I 002
4 22
I 22 22 2
(ހ) ފުރަތަމަ ނުކުތާއަކީ: ޤާނޫނު ނަންބަރު 32/2015 ގެ 5 ވަނަ މާއްދާގެ (ހ) ގެ 2 ގައި
ތަޖުރީމްކޮށްފައިވާ އަމަލަކީ "ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން" ކަމަށްވާއިރު،
އިސްތިއުނާފުކުރާފަރާތުން އެމާއްދާގައި ބަޔާންކޮށްފައިވާ އަމަލުކަމުގައިވާ "ގަދަކަމުން މީހަކު ފޮރުވިކަން ނުވަތަ
ނެތްތަނުގައި
އަދި ކިއެއްތަ އެއިން އަމަލެއް ކުރިކަމަށް ދައުލަތުން ތުހުމަތުވެސް ކޮށްފައިނެތީސް އެ މާއްދާގެ ދަށުން ކުށް
ސާބިތު ވާކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނު އަސާސީގެ 59 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ކަމަށްވުން
ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ
މިންގަނޑަށް ކުށް ސާބިތުވެފައިނެތުން ކަމަށް ބުނެ ހުށަހެޅި ނުކުތާ
(ނ) ތިންވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 16/SC
-
A/2011
ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ އުސޫލާއި ޚިލާފަށް އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ވ) އާއި
ޚިލާފަށް ދަޢުވާލިބޭ ފަރާތުން ދިފާޢުގައި ހުށަހެޅި މުހިންމު ހެއްކަކު ހާޟިރު ކުރުމެއް ނެތި މައްސަލަ
ނިންމަވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ރ) ހަތަރުވަނަ ނުކުތާއަކީ: ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިންނަކީ ޢަޒުލުވެރިން
ނޫން ކަމަށް ޤަބޫލުކުރެވޭ ފާޅުވެގެންވާ ސަބަބުތަކެއް ހުރުމާއެކު އެހެކީންގެ ހެކިބަހަށް މައްސަލަ
ދިވެހީން
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
2016/HC-A/558
ޤަޟިއްޔާ
، ނިމުނު ގޮތުގެ ރިޕޯޓް
ރިޢާޔަތްކުރެއްވި ކުރެއްވުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 16/SC
-
A/2011 ޤަޟިއްޔާއާ ޚިލާފަށް
ކުރައްވާފައިވާ ކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ: ދައުލަތުން އިސްތިއުނާފުކުރާފަރާތުގެ މައްޗަށް ކްރިމިނަލް ކޯޓަށް 4
ޤަޟިއްޔާއަކުން ހުށަހެޅި 4 ދަޢުވާ ހިންގައި ހެކިބަސް ނަގާފައިވަނީ އެކުއެކުގައި އެއް އަޑު އަހުމެއްގައި ކަމުން
ހުރިހާ ޤަޟިއްޔާއެއްގެ ޝަރީޢަތް ހިންގާފައި ނުވާތީވެ، ހުރިހާ ދަޢުވާތަކުން ދިފާޢުވުމަށް ފުރުޞަތު
ލިބިފައިނުވާތީ، އެކަމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި 42 ވަނަ މާއްދާއާއި ޢަދުލު އިންސާފާއި
ރީޢަތްކުރުމުގެ އަސާސީ އުސޫލުތަކާ ޚިލާފުކަމެއް ކަމަށް ވުމުން ޝަރީޢަތަކުން އިއްވާފައިވާ ޙުކުމަކީ ޤާނޫނާ
ޚިލާފު ޙުކުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ޅ) ހަވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) ޚިލާފަށް
ހާމަކަމެއް ހަމަހަމަ ކަމެއް ނެތި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ކ) ހަތްވަނަ ނުކުތާއަކީ: ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް ދަޢުވާއިން
ދިފާއުވުމަށް އެކަށީގެންވާ ވަގުތާއި ފުރުޞަތު ނުދީ މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr-C/212 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ގއ.މާމެންދޫ ވީނަސް،
އަޙްމަދު ނިހާންގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭ ގޮތުން އަޙްމަދު ނިހާނުގެ ފަރާތުންނާއި
ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތައްޖޭގެ ހައި
މައްޗަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
4 22
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2016/HC-A/558
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ފުރަތަމަ ކަމަކީ: އިސްތިއުނާފުކުރެވިފައި މިވާ
މިވާ ކްރިމިނަލް
ކޯޓުގެ
ނަންބަރު 2016/Cr
-
C/212 ޤަޟިއްޔާގައި، ގއ.މާމެންދޫ ވީނަސް، އަޙްމަދު ނިހާންގެ މައްޗަށް ދައުލަތުގެ
ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން، ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)
ގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާއި، 5 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ
ނަންބަރާއި، 6 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމް ޢަމަލެއް ކުރަން
އުޅުމާއި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވަނީ، 7 ފެބްރުއަރީ 2016 ދުވަހުގެ ރޭގެ ދަންވަރު 2:45
ހައިއިރު، ގއ.މާމެންދޫ ރަތްމަސްގެ، މުޙްތާޒް މުޙްސިން އިތުރު ބަޔަކާއެކު، ލޯންޗެއްގައި އދ.މާމިގިއްޔަށް
ގޮސް، އދ.މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގެ މަޤާމުގައި ހުރި، ގއ.މާމެންދޫވީނަސް،
އަޙްމަދު ނިހާނާ ބައްދަލުކޮށް، އދ.މާމިގިލި މެޖިސްޓްރޭޓް ކޯޓް ހުޅުވައިގެން އެތަނަށް ވަދެ ތިބެ،
[email protected] ގެ ނަމުގައިވާ އީ-މެއިލް އެޑްރެހާއި އެއަށް ވަނުމަށް ބޭނުންވާ ޕާސްވޯޑު
އަޙްމަދު ނިހާނަށް މުޙްތާޒް މުޙްސިން ދިނުމުން، އެކޯޓުގެ ލެޕްޓޮޕުން އެ އީ-މެއިލް އެޑްރެހަށް ވަދެ "މާފުށި
އަމުރު" މިނަމުގައިވާ ކޯޓު އަމުރެއް ކަމަށް ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއް ޑައުންލޯޑްކޮށް،
އެލިޔުމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސް، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ނެރެފައިވާ އަމުރެއް ކަމަށް ދައްކުވައިދޭ ގޮތަށް ލިޔުމެއް
ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުވުމަށް ރާވައި، އެކަން ކުރަން
އުޅެފައިވާތީކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާ ކަމާއި، އެދަޢުވާ އަޙްމަދު ނިހާނުގެ މައްޗަށް ހުށަހެޅުމު
ދަޢުވާގައި ޙަވާލާދީފައިވާ ޤާނޫނީ މާއްދާތަކުގައި ބުނާފަދަ ޢަމަލެއް އަޙްމަދު ނިހާން ނުކުރާކަމަށާއި،
ރައީސުލްޖުމްހޫރިއްޔާ ފޮރުވަން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ރަހީނުކުރުމަށް އަޙްމަދު ނިހާނު ކުރި ޢަމަލެއް
ފެންނަން ނެތްކަމަށް ބުނެ އެދަޢުވާއަށް އަޙްމަދު ނިހާން އިންކާރުކޮށްފައިވާކަން ކްރިމިނަލް ކޯޓުގެ ނަންބަރު
2016/Cr-C/212 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.
f:
0x = eở
ތައްޔާރެކެން،
04
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2016/HC-A/558
404 4
(ށ) ދެވަނަ ކަމަކީ: ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމުގެ ނުވަތަ
ޢާންމުންނަށް ބިރުދެއްކުމަށް ނުވަތަ ޢާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމުގެ މަޤްޞަދުގައި
ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމަކީ، ޓެރަރިޒަމްގެ ޢަމަލެއް ކަމާއި، އެފަދަ
ޢަމަލެއް ކުރަން އުޅުމާއި ނުވަތަ އެފަދަ ޢަމަލެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ، ކުށެއް ކަމާއި،
އެކުށުގެ އަދަބަކީ،
17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުންކަން، ދައުލަތުން އަޙްމަދު ނިހާނުގެ
މައްޗަށް ދަޢުވާކޮށްފައިވާ ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ
(ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާއި، 5 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި، 6 ވަނަ
މާއްދާގެ (ހ) އާއި (ނ) އަށް ޖުމްލަ ގޮތެއްގައި ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން
ގއ.މާމެންދޫ(ވީނަސް، އަޙްމަދު ނިހާންގެ މައްޗަށް ހުށަހެޅި ދަޢުވާއަށް އޭނާ އިންކާރުކުރުމުން އެދަޢުވާ
ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ޝަފަހީ ހެއްކާއި ކިތާބީ ހެކި ހުށަހަޅާފައިވާ ކަމާއި، އެގޮތުން ޝަފަހީ
ހެކިންގެ ގޮތުގައި 14 (ސާދަ) ހެކިން ހުށަހަޅާފައިވާ ކަމާއި، އެ ހެކިންގެ ތެރެއިން 4 (ހަތަރެއް) ހެކިން
ހެކިބަސް ޝަރީޢަތުގައި ނަގާފައިވަނީ ސިއްރު ހެކިންގެ ގޮތުގައި ކަމާއި، ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓްއިން ތައްޔާރުކޮށްފައިވާ "ކޮމްޕިއުޓަރ
ފޮރެންސިކް ރިޕޯޓްކަން އެނގެއެވެ.
ހިރާއްޖޭގެ
(ށ) ހަތަރުވަނަ ކަމަކީ: މި މައްސަލައިގައި ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ހެކިންގެ
ތެރެއިން ސިއްރު ހެކިންގެ ގޮތުގައި ހެކިބަސް ދީފައިވާ ސިއްރު ހެކި 3
:
1 އަދި 6
ހެކިންނަކީ، 07 ފެބްރުއަ
ބުރުއަރީ 2017 ދުވަހުގެ ދަންވަރު 2:30 ނުވަތަ 2:45 އެހައިކަށް
ނަމަކަށް ކިޔާ ގަލްފް ކްރާފްޓް ލޯންޗެއްގައި މާލެއިން ފުރައިގެން އދ. މާމިގިއްޔަށް
1
ފ2
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2016/HC-A/558
އެމީހުންނާއެކު އެލޯންޗުގައި ގއ.މާމެންދޫ ރަތްމަސްގެ، މުޙްތާޒް މުޙްސިން ވެސް ދިޔަކަމާއި، އެލޯންޗުގައި
އދ.މާމިގިއްޔަށް ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހައްޔަރުކުރުމުގެ ކޯޓު އަމުރެއް
ނެރުމަށްޓަކައި ކަމާއި، އެމީހުންނަކީ އެފަދަ އަމުރެއް ނެރެން ބަޔަކު ރާވާކަމުގެ މަޢުލޫމާތު ލިބިގެން އެކަން
ކުރަންއުޅޭ ބަޔަކު ހޯދުމުގެ ގޮތުން ހިންގި އޮޕަރޭޝަނުގައި ބައިވެރިވި މީހުންކަމާއި، އެޢަމަލު ރޭވުމުގައި
ބައިވެރިވި މީހުންގެ މަޢުލޫމާތު އެހެކިންނަށް އެނގިފައިވާ މިންވަރު އެމީހުން ދީފައިވާ ހެކިބަހުގައި
ބަޔާންކޮށްފައިވާ ކަމާއި، އިސްވެ ބަޔާންކޮށްފައިވާ އޮޕަރޭޝަނުގައި އެތިން ހެކިންވެސް ބައިވެރިވެފައިވަނީ
ފުލުހުންގެ މުއައްސަސާއާ ގުޅިގެން އެ މުއައްސަސާގެ ވެރިން އެކަމުގައި އުޅުމަށް އިރުޝާދު ދިނުމުން ކަމާއި، އެ
އޮޕަރޭޝަނުގައި ކަންތައްތައް ހިނގަމުން ދިޔަ ގޮތުގެ މަޢުލޫމާތު ފުލުހުންގެ މުއައްސަސާއަށް އެމީހުން
ފޯރުކޮށްދެމުން ދިޔަ ކަމާއި، އދ.މާމިގިއްޔަށް 2017 ފެބްރުއަރީ 07 ދުވަހުގެ ދަންވަރު ގޮސް އެރަށު
މެޖިސްޓްރޭޓް ކޯޓް ހުޅުވައިގެން އެރަށުގެ މެޖިސްޓްރޭޓް އަޙްމަދު ނިހާނާއި މުޙްތާޒު މުޙްސިން ކޯޓުގެ ތެރެއަށް
ވަތްކަމާއި އެދެމީހުންގެ ފަހަތުން މިމީހުންވެސް ކޯޓު ރޫމް ތެރެއަށް ވަންނަން އުޅުމުން، ބޭރުގައި މަޑު
ކުރުމަށާއި، އަދި ކަމެއް ބޭނުންވެއްޖެނަމަ އަންގާލާނެ ކަމަށް މުޙްތާޒު މުޙްސިން ބުނުމުން އެމީހުން ކޯޓުން
ބޭރުގައި މަޑުކޮށްގެން ތިބިއިރު، ކޯޓުގެ ތެރޭގައި މުޙުތާޒު މުޙްސިނާއި އަޙްމަދު ނިހާނާ ދެމީހުން ކޯޓުގެ ލެޕްޓޮޕް
ހުޅުވައިގެން ތިބި ތަން ދުށްކަމަށާއި، އަޙްމަދު ނިހާނު އިނީ ލެޕްޓޮޕުން ޓައިޕްކުރަން ކަމަށާއި، މުޙްތާޒް މުޙްސިން
އިނީ އޭނާގެ ކައިރީގައި ކަމަށާއި، އެތަނުގައި އެމީހުން ތިބޭތާ 30 ނުވަތަ 45 މިނެޓް ފަހުން މުޙްތާޒު މުޙްސިން
ކޯޓު ބޭރަށް ނުކުމެ، ކޯޓު އަމުރު ނެރުމަށް ރެފަރެންސް ނަންބަރަކާއި އިންވެސްޓިގޭޓިން އޮފިސަރެއްގެ
ސިއްރު ހެކި1ގެ ގާތުގައި ބުނުމުން، ކަމާބެހޭ ފަރާތަށް އެކަން އެންގުމަށްފަހު އެމަޢުލޫމާތު
ދިންކަމާއި، ސިއްރު ހެކިން މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ބޭރުގައި ތިއްބާ އަޙްމަދު ނިހާން ވެސް ބޭރަށް ނުކުމެ،
އެމް.ޑީ.ޕީ.އިން ކުރާ ކަންތައްތައް ރަނގަޅު ނޫންކަމަށާއި، އެގޮތަށް ކަންތައްތައްކޮށް
އެކަމުގެ ތެރޭގައި އަޙްމަދު ނިހާންވެސް ވަރަށް ބިރުގަންނަކަމަށް ސިއްރު ހެކި 1 ގެ ގާތުގަ
ސިއްރު ހެކި 3 އާ އަޙްމަދު ނިހާން ވާހަކަ ދެއްކުމުގައިވެސް، އެކަމަކީ ވަރަށް
2 203
0232
2/
ނަން ބޭނުންވާކަމަށް
.0 ތތ 0x
04
އެއްކޮށްގެން
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
9
2016/HC-A/558
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2
02
oxo
ގޮވައިފިއްޔާ ވާނެ ގޮތެއްވެސް ނޭނގޭކަމަށާއި، ފުލުހުން ރަށު ތެރޭގައި އުޅޭ ކަމަށާއި ބަލައިގެން އުޅުމަށް އަޙްމަދު
ނިހާނު ބުނިކަމަށް ސިއްރު ހެކި 3 ބުނެފައިވާ ކަމާއި،
އދ.މާމިގިލިން ހޯދަން ދިޔަ ކޯޓު އަމުރެއް ނުލިބުނު ކަމާއި، އެރަށުން ލޯންޗް ފުރަމުން ކޯޓު
އަމުރު ކޮބައިތޯ؟ މުޙުތާޒު މުޙްސިންގެ ގާތުގައި ސިއްރު ހެކި 1 އެހުމުން އެހެން ދިމާއަކުން އެއަމުރު
ނަގައިފިކަމަށް މުޙްތާޒު މުޙްސިން ބުނި ކަމަށާއި، އދ.މާމިގިލިން ފުރައިގެން މާލެއަށް ދިޔަ ދަތުރުގައި މުޙުތާޒު
މުޙްސިން އދ.ދަނގެއްޗަށް ފައިބަން ބޭނުންވާކަމަށާއި އަދި ފަހުން މާލެއަށް ދާނެކަމަށް ބުނުމުން މުޙްތާޒު
މުޙުސިން އެރަށަށް ބޭލުމަށް ފަހު، ލޯންޗްގައި މާލެއަށް އައިކަމަށް އެހެކިން ބުނެފައިވާކަން އެނގޭކަމާއި،
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެންއުޅޭ ކަމުގެ
މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުމުން އެކަންކުރަން އުޅޭ ބަޔަކު ހޯދުމުގެ ގޮތުން މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި އިސްކޮށް އުޅުނު މޯލްޑިވްސް ޕޮލިސް
ސަރވިސަސްގެ ބޭކަލުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު،
ކޯޓު އަމުރެއް ނެރެގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް
ބަޔަކު މަސައްކަތް ކުރާ ކަމުގެ މަޢުލޫމާތު އިންޓެލިޖެންސަށް ލިބިގެން އެކަން ކުރާ މީހުންނާއި އެކަމުގައި އުޅޭ
ބަޔަކު ހޯދުމަށްޓަކައި ފުލުހުންގެ ފަރާތުން ޚާއްޞަ އޮޕަރޭޝަނެއް ހިންގުނު ކަމާއި، އެއޮޕަރޭޝަން މާލޭގައާއި
އދ.މާމިގިލީގައި ހިންގުނު ކަމާއި މާމިގިއްޔަށް ލޯންޗެއްގައި ދިޔަމީހުންނަކީ އެއޮޕަރޭޝަނުގައި ބައިވެރިވި މީހުން
ކަމާއި، އެމީހުންގެ ފަރާތުން އެއޮޕަރޭޝަނުގައި ކަން ހިނގާ ގޮތުގެ މަޢުލޫމާތު ފުލުހުންގެ އިދާރާއަށް ލިބެމުން
ދިޔަކަމާއި، އދ.މާމިގިލިން ހޯދަން ދިޔަ ކޯޓު އަމުރު ނުލިބުނު ކަމާއި، އެކަމަކު މާލެއިން އެއަމުރު ލިބިއްޖެކަމުގެ
ޚަބަރު ލިބުމުން އެއަމުރު އޮތްތަނަށް ދެފުލުހުން ފޮނުވައިގެން އެއަމުރު މޯލްޑިވްސް ޕޮލިސް ހެޑްކްއާޓަމި
ގެނައި ކަމާއި، އެއަމުރު އޮތީ ސިޓީއުރައަކަށް ލައި ބަންދުކޮށްފައި ކަމާއި، އެސިޓީއުރަ ކަނޑަ
ނެގުމަށްފަހު، ފޮރެންސިކް ތަޙުލީލު ކުރުމަށް ހާވަލު ކުރެވުނު ކަމާއި، ރައީސުލްޖުމްހޫރިއްޔާ ހައްރުކުރުމާ
ކޯޓު އަމުރު ހިފައިގެން ގ.ދޫވެހި ކައިރިއަށް ދިއުމުން އެކަމުގައި ބައިވެރިވާ މީހުންނާއި މީޑިއާގެ މީހުން ގ.ދެވެހި
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
10
ޤަޟިއްޔާ
ނިމުނު ގޮތުގެ ރިޕޯޓް
2016/HC-A/558
ކައިރިއަށް އަންނާނެކަމުގެ މަޢުލޫމާތު އިންޓެލިޖެންސުން ލިބިފައިވާތީ، އެގޮތަށް އެކަން ހިނގާތޯ ބެލުމުގެ ގޮތުން
އެސިޓީއުރަ ހިފައިގެން ގ.ދޫވެހި، ކައިރިއަށް ދިޔަކަމުގައި ވީނަމަވެސް، އެކަމުގައި ބައިވެރިވުމަށް އެއްވެސް
މީހަކު އަދި މީޑިއާއެއްގެ މީހަކުވެސް ގޮސްފައިނުވާ ކަމާއި، އެއަމުރު ނެރުމުގެ ކަންތަކުގައި އަޙްމަދު ނިހާންއާއި
މުޙުތާޒު މުޙްސިން ފިޔަވައި އިތުރު މީހަކު ބައިވެރިވެފައިނުވާ ކަމާއި، އަދި އޭގެ ފަހުންވެސް ޞައްޙަނޫން ކޯޓު
އަމުރެއް ނެރެގެން އެއަމުރަކީ ޞައްޙަ ކޯޓު އަމުރެއްކަމުގައި ދައްކައިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް އިތުރު މީހަކު މަސައްކަތްކޮށް އަދި އެކަމުގައި ބައިވެރިވި ކަމުގެ މަޢުލޫމާތު
ލިބިފައިނުވާކަން މިމައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ބަހުން އެނގޭކަމާއި،
މިމައްސަލައިގައި ދައުލަތުގެ ފަރާތުން ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ، މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފޮރެންސިކް ސަރވިސަސް އިން ތައްޔާރުކޮށްފައިވާ އެސަރވިސްގެ ނަންބަރު
2016
/
20/K
(
b
)
/
CIR "ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓް" އަށް ބަލާއިރު، އެރިޕޯޓަކީ ޕޮލިސް ކޭސް ނަންބަރު
LC2016
/
01775 އާގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމާއި، އެމައްސަލައިގައި ތުހުމަތު ކުރެވޭ
ފަރާތަކީ މިމައްސަލައިގައި އިސްތިއުނާފުކުރާ އަޙްމަދު ނިހާނު، ގއ.މާމެންދޫވީނަސް، ކަމާއި، އެޑިޕާޓްމަންޓަން
އެނަލައިޒް ކުރުމަށް 1 (އެކެއް) ލެޕްޓޮޕާއި 1 (އެކެއް) ހާޑްޑިސްކްއާއި 1 (އެކެއް) ހާޑްޑިސްކް އިމޭޖް ގެނައި
ކަމާއި، އެތަކެތީގެ ތެރެއިން ލެޕްޓޮޕްގެ ހާޑްޑިސްކް އެނަލައިޒްކުރުމުން މައްސަލައާ ގުޅުން ހުރިކަމަށް ބެލެވޭ 2
(ދޭއް) ފައިލް ފެނިފައިވާ ކަމާއި، އެދެފައިލްގައި އދ.މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ލެޓަރހެޑްގައި ހަދާފައިވާ
ކޯޓު އަމުރެއް އެކުލެވޭ ކަމާއި، އެތަނުން ފުރަތަމަ ފައިލްގައިވާ އަމުރު އެއްކޮށް ފުރިހަމަ ނުވާ ކަން ފާހަގަ
ކުރެވިފައިވާ ކަމާއި އެގޮތުން، އެއަމުރުގައި ހަވާލާދޭ ފޯމުގެ ނަންބަރާއި ކޯޓުގެ ފޯން ނަންބަރު އަދި ފޫޓަރގެ
މަޢުލޫމާތު ފުރިހަމަ ނުވާ ކަމާއި، ނަމަވެސް، ދެވަނަ ފައިލްގައި މިމަޢުލޫމާތު ފުރިހަމަ ކޮށްފައިވާކަން ފާހަގަ
ކުރެވިފައިވާ ކަމާއި، އެތަނުން ފުރަތަމަ ފައިލަކީ އީ-މެއިލްއަކުން ޑައުންލޯޑްކޮށްފައިވާ ފައިލެއް ކަމާއި އަދި
ދެވަނަ ފައިލަކީ ޑައުންލޯޑް ކުރުމަށްފަހު، ފައިލަށް ބަދަލު ގެނެސް އަލުން ސޭވް ކޮށްފައިވާ ފައިލެއް
ގެނެވުނު އެގްޒިބިޓް އެނަލައިޒް ކުރުމުން މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ވޯޑް ދެފައި
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
11
2016/HC-A/558
22
OXO
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ކަމާއި، އެ ދެފައިލްގައި އދ.މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ލެޓަރހެޑްގައި ކޯޓު އަމުރު ތައްޔާރުކޮށްފައިވާ ކަމާއި،
އޭގެ ތެރެއިން އެއްފައިލަކީ އީ-މެއިލްއަކުން ޑައުންލޯޑްކޮށްފައިވާ ފައިލެއްކަމަށް ބަޔާންކޮށްފައިވާއިރު،
އެތަކެތި ތަޙްލީލުކުރި، މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ޕޮލިސް ސްޓާރފް ސަރޖަންޓް
އިސްމާޢީލް ޝަރީފް، މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން، އެރިޕޯޓަކީ
އޭނާ ތައްޔާރުކުރި ރިޕޯޓެއް ކަމަށާއި އެއީ ޞައްޙަ ރިޕޯޓެއް ކަމަށާއި، ޑައުންލޯޑް ކޮށްފައި އޮންނަ ފައިލްގެ
ނަމަކަށް އޮންނަނީ މާފުނީ ކޯޓު އަމުރުކަމަށާއި، އަދި އޭގައި މާމިގިލީ ކޯޓު ލިޔެފައި އޮންނަކަމަށާއި، އެކޯޓު
އަމުރުގައި މާފުށީ ކޯޓުގެ ސިއްކައެއް އަދި ސޮއެއް ނެތް ކަމަށާއި، ޑައުންލޯޑް ކޮށްފައިވާ ފައިލްއާއި،
އެޑިޓްކޮށްފައިވާ ކަމަށް ބުނާ ފައިލްގައި މާ ބޮޑު ތަފާތުތަކެއް ފާހަގަ ކުރެވިފައިނުވާކަމަށާއި، އެޑިޓް ކޮށްފައިވާ
ފައިލްގެ ފޫޓަރ ފުރިހަމަކޮށްފައިވާ ކަމަށާއި، ޙަވާލާދޭ ފޯމު ނަންބަރު އަދި މައްސަލަ ތަޙްޤީޤްކުރާ ފަރާތުގެ ނަމާއި
ރޭންކް އަދި މެޖިސްޓްރޭޓްގެ ސޮއި ވެސް ނެތްކަމަށް ބުނެފައިވާކަން އެނގޭކަމާއި،
އޭގެ އިތުރުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިން ދީފައިވާ ހެކިބަހުންނާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކުން، އދ.މާމިގިލި މެޖިސްޓްރޭޓް ކޯޓުގައި އަޙްމަދު ނިހާން ތައްޔާރުކުރިކަމަށް ބުނާ ކޯޓު އަމުރު،
ޕްރިންޓްކޮށް، ނުވަތަ އެއްވެސް ފަރާތަކަށް އީ-މެއިލް ނުވަތަ އެހެން ވަސީލަތަކުން ފޮނުވާފައިނުވާކަން އެނގޭއިރު،
ކޯޓު އަމުރެއް ގޮތަށް ތައްޔާރުކޮށްފައިވާ ފައިލް ހަދާފައިވަނީ، ކޮން ފަރާތަކުން ކަމާއި، އެ
ފައިލް ޑައުންލޯޑް ކުރުމަށް ބޭނުންކޮށްފައިވާ އީ-މެއިލް އެޑްރެހަކީ، ކޮން ފަރާތަކުން ތައްޔާރުކޮށްފައިވާ އަދި ކޮން
ފަރާތަކަށް ނިސްބަތްވާ އީ-މެއިލް އެޑްރެހެއް ކަމާއި، އެ އީ-މެއިލް އެޑްރަހަށް އެޑޮކިއުމަންޓް
ފޮނުވާފައިވަނީ ކޮން
ފަރާތަކުންކަން އެނގޭނޭ ފަދަ މަޢުލޫމާތު ތަޙްޤީޤުގައި ހޯދިފައިނުވާކަން މިމައްސަލައިގައި ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން
ޗައި
9
ޢަޠީކޯޓު
އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2016/HC-A/558
24
(ބ) ފަސްވަނަ ކަމަކީ މީހެއްގެ ޢަމަލު ޝަރުޢީ އަދި ޤާނޫނީ އިޞްޠިލާޙުގައި ކުށެއް ކަމުގައި
ކަނޑައެޅޭނީ އެޢަމަލު ކުރިއިރު، އެޢަމަލަކީ ތަޖްރީމް ކުރެވިފައިވާ ޢަމަލެއްކަމުގައިވާ ނަމަކަން އެނގޭއިރު،
މިމައްސަލައިގެ ހާދިސާ ހިނގިއިރު، ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން" އާއި
އެފަދަ ޢަމަލެއް ކުރަން އުޅުމާއި އަދި އެފަދަ ޢަމަލެއްގައި ބައިވެރިވުމަކީ ޤާނޫނު ނަންބަރު 32/2015
(ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގައި ތަޖުރީމްކޮށްފައިވާ އަމަލެއްކަން އެނގެން އޮތުމުން، މިމައްސަލައިގެ
ދަޢުވާގައި ބަޔާންކުރާ ކުށަކީ މިމައްސަލައިގެ ހާދިސާ ހިނގިއިރު، ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުގައި
ޖިނާއީ ކުށެއްކަމުގައި ކަނޑައަޅާފައިވާ ޢަމަލެއްކަން އެނގޭއިރު،
ޖިނާއީ ކުށުގެ މަސްއޫލިއްޔަތު މީހެއްގެ މައްޗަށް ނިސްބަތް ކުރުމަށްޓަކައި، އެކުށުގެ މާއްދީ
ރުކުން (Actus reus !ޢަމަލު) އާއި މަޢުނަވީ ރުކުން (Mens rea |ނިޔަތް) ފުރިހަމަވާންޖެހޭނެ ކަމާއި، އެދެ
ރުކުން ޝަރީޢަތަށް ސާބިތުކޮށް ނުދެވޭނަމަ، އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޖިނާއީ ކުށުގެ
މަސްޢޫލިއްޔަތު އެމީހަކު އުފުލަންޖެހޭކަމަށް ޝަރީޢަތުން ކަނޑަނޭޅޭނެކަން އެނގޭއިރު،
އިސްތިއުނާފުކުރެވިފައި މިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr
-
C/212 ޤަޟިއްޔާގައި
ދައުލަތުގެ ފަރާތުން އަޙްމަދު ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ޢަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ
ކުށުގެ ދަޢުވާކޮށްފައިވަނީ، އަޙްމަދު ނިހާނު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޔާމީން ޢަބްދުލްޤައްޔޫމް
ހައްޔަރުކުރުމަށް ނެރެފައިވާ އަމުރެއްކަމަށް ދައްކުވައިދޭ ގޮތަށް ލިޔުމެއް ތައްޔާރުކޮށް، ރައީސުލްޖުމްހޫރިއްޔާ
އަލްފާޟިލް ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުވުމަށް ރާވައި، އެކަން ކުރަން އުޅެފައިވާތީކަމަށް ބުނެކަން
އެނގޭއިރު، އެދަޢުވާ ޝަރީޢަތަށް ސާބިތުކޮށްދިނުމަށްޓަކައި ދައުލަތުގެ ފަރާތުން އެދަޢުވާގައި ބަޔާންކޮށްފައިވާ
އަންނަނިވި ކަންކަން ޝަރީޢަތަށް ސާބިތުކޮށްދޭންޖެހޭނެ ކަމާއި، އެއީ:-
1- ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ނެރެފައިވާ
އަމުރެއްކަމަށް ދައްކުވައިދޭ ލިޔުމެއް އަޙްމަދު ނިހާން ތައްޔާރުކުރިކަން،
4 22
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
13
2016/HC-A/558
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2- ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް އަޙްމަދު ނިހާން
ރޭވިކަން؟
3- ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރަން އަޙްމަދު
ނިހާން އުޅުކަން، އަދި،
4- އެކަންކަމުގައި އަޙްމަދު ނިހާން ބައިވެރިވެފައިވާކަން، މިކަންކަން ކަމާއި،
މިމައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ރިއާޔަތް ކުރާއިރު، އިސްވެ ބަޔާންކޮށްފައިވާ
ކަންތައްތަކުގެ ތެރެއިން 3 ގައި ބުނެފައިވާ، "ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރަން އުޅުނުކަން" ބިނާކުރަނީ 1
ގައި ބުނެފައިވާ، ކޯޓު އަމުރު ނެރެގެންކަމާއި އަދި 3 ގައި ބުނެފައިވާ ކަމަކީ 1 ގައި ބަޔާންކޮށްފައިވާ ޢަމަލުގެ
ފަހުން ކުރާ ގޮތަށް އޮތް ޢަމަލެއްކަން މިމައްސަލައިގައި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން
އެނގޭކަމާއި، އަދި 2 ގައި ބުނެފައިވާ،"ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ރޭވުން" އަކީ، އިސްވެ ބުނެވުނު
1 އަދި 3 ގައި ބުނެފައިވާ ކަންކަމުގެ ކުރިންކުރެވިފައި ނުވަތަ 1 ގައި ބުނެފައިވާ ކަން ކުރުމަށްފަހު، ކުރެވިފައި
އޮންނަންޖެހޭނެ ކަމެއް ކަމާއި، އަދި އެކަމުގައި އަޙްމަދު ނިހާން ބައިވެރިވެފައިވަނީ ކޮން ޢަމަލަކުން ނުވަތަ ކޮން
ގޮތަކުންކަންވެސް އެނގެން އޮންނަންޖެހޭނެ ކަމާއި،
ކުށެއް ކުރުމަށް ރޭވުމަކީ، ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ ބައެއްގެ މެދުގައި ޤާނޫނާ ޚިލާފު
ކަމެއް ކުރުމަށް ނުވަތަ ޤާނޫނުގައި ހުއްދަ ކަމެއް ޤާނޫނާ ޚިލާފު ވަސީލަތެއް ބޭނުންކޮށްގެން ކުރުމަށް
އެއްބަސްވުން ކަމާއި، މީހެއްގެ މައްޗަށް ކުށެއް ކުރުމަށް ރޭވުމުގެ ދަޢުވާ ކުރެވޭ ޙާލަތުގައި، ޝަރީޢަތަށް
ސާބިތުކޮށް
ބިތުކޮށްދޭން ޖެހޭނީ އެބައެއްގެ މެދުގައި ޤާނޫނާ ޚިލާފު ޢަމަލެއް ކުރުމަށް އެއްބަސްވުން އޮތްކަން ކަމާއި،
އެފަދަ ދަޢުވާތަކުގައި ކުށްކުރުމަށް އެއްބަސްވުން އޮތްކަން ސާބިތުވުން ކޮންމެހެން ލާޒިމް ނުވާނެ ކަމާއި،
މިނަޒަރުން ބަލާއިރު، ރޭވުމުގެ ކުށާއި، އެހެންކުށްތަކާ ތަފާތުވާ ކަމާއި، އެހެނީ އެހެން ކުށްތަކުގައި ކުށެއް
ކުރުމަށް ޤަޞްދުކުރުމަކީ، އެކަން ތަންފީޒުކުރުމަށް ކަމެއް ނުކުރާ ހާހިނދަކު ނުވަތަ އެކަން ކުރަން ނޫޅޭ
ހާހިނދަކު، އޭގެ ޒާތުގައި ކުށެއް ކަމުގައި ނުބެލެވޭއިރު، އެއާ ޚިލާފަށް ރޭވުމުގެ ކުށުގައި ކައްގެ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
14
2016/HC-A/558
(12) އެމަޤްޞަދު ޙާޞިލް ކުރުމަށްޓަކައި ނުވަތަ އެކަން ފަސޭހަ މިޓާއި
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ކޮންމެވެސް ކުށެއް ކުރުމަށް އެއްބަސްވުމެއް އޮތުމުން، އަސްލު މަޤްޞަދު ހާސިލްކުރުމަށް އެއްބަސްވެފައި އޮތް
ކުށް ކުރިކަމުގައި ވިޔަސް، އަދި ނުކުރިކަމުގައި ވީނަމަވެސް، ރޭވުމުގެ ކުށް ފުރިހަމަވާނެ ކަމާއި، ރޭވުމުގެ ކުށަކީ
އެރޭވި މަޤްޞަދު ޙާޞިލް ކުރުމުގެ ކުށް ތަފާތު ކުށެއް ކަމާއި، ސަބަބަކީ، ކުށެއް ކުރަން ރޭވުން، ކުރަން
ޤަޞްދުކޮށްފައިވާ ކުށުގެ ޢަމަލު ފުރިހަމަ ވުމުގެ ކުރިން ނުވަތަ އެޢަމަލު ކުރަން އުޅުމުގެ ކުރިން ފުރިހަމަވާނެ
ކަން އެނގޭކަމާއި، ކުށެއް ކުރުމަށް ރޭވުމުގެ ކުށުގެ މާއްދީ ރުކުން މަޢުނަވީ ރުކުން ދެނެގަތުމަށް ދަތިތަކެއް
ހުންނަކަމާއި، މިކުށުގެ މާއްދީ ރުކުނަކީ ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ ބައެއްގެ މެދުގައި ކުށެއް (ޢަމަލެއް)
ކުރުމަށް އެއްބަސްވުމެއް އޮތުމާއި އަދި އެކަން އެމީހުންގެ މެދުގައި ޙިއްޞާ ކުރެވިފައިވުންކަމާއި މަޢުނަވީ
ރުކުނަކީ ރޭވިކުށް ކުރުމުގެ ނިޔަތް އޮތުންކަން އެނގޭއިރު،
މިމައްސަލައިގައި އަޙްމަދު ނިހާނުގެ މައްޗަށް ދަޢުވާކޮށްފައިވާ ޤާނޫނު ނަންބަރު 32/2015
(ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގައި، ޓެރަރިޒަމް ޢަމަލެއް ކުރުމަށް ރޭވުމަކީ ކުށެއް ކަމުގައި އެޤާނޫނުގެ 7
ވަނަ މާއްދާގައި ކަނޑައަޅާފައި ވީނަމަވެސް، އެފަދަ ކުށެއް "ރޭވުން" ކަމުގައި ބެލެވޭނެ ކަންތައްތައް
ބަޔާންކޮށްފައިނުވާތީ، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 11 ވަނަ
މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، އެހެން ޤާނޫނެއްގައި ކުށެއް ކުރުމަށް މިބަސް މާނަކޮށްފައިވޭތޯ
ބެލިއިރު، ޤާނޫނުނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 82 ވަނަ މާއްދާގައި، ކުށެއް ކުރުމަށް
ރޭވުމަކީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމާއި، އެގޮތުން ކުށެއްކުރުމަށް ރޭވުން ކަމުގައި ބެލެވޭނީ، މީހަކާއެކު
ނުވަތަ އެއަށްވުރެ ގިނަ ބަޔަކާއެކު،
(1) އެޢަމަލު ކުރަނީ:
(1.1) ކުށެއް ކުރުމުގެ ނިޔަތް އޮވެގެން ކަމުގައިވުން؛ އަދި
I 244
Aucox
'ރ
ކަމުގައިވުން.
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
(3) ކުށްނޫށްގެން
15
2{16/HC-A/558
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(2) ކުށުގެ ޢަމަލުގެ ގޮތުގައި ބެލެވޭ ޢަމަލު ހިންގުމުގައި ބައިވެރިވުމަށް އެހެން މީހަކާއެކު
ނުވަތަ ބަޔަކާއެކު އެއްބަސްވުން.
(3) އެމީހުންގެ ތެރެއިން ކޮންމެވެސް އެކަކު އެރޭވި ރޭވުމުގެ މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި
ކުރަންޖެހޭ ޢަމަލެއް ކުރުން. ކަމާއި،
ކުށް ކުރުމަށް ރޭވުމުގެ މަޤްޞަދުކަމުގެ ތެރޭގައި:
(1) ކުށް ކުރަން ރޭވުމުގެ ސަބަބުން ހިތްވަރު ދިން ނުވަތަ މަގުފަހިކޮށްދިން ކުށް ކުރުން؛
ކުށްކުރި ތަނުން ފިލުން؛
ލިބުނު ފައިދާ ބެހުން އަދި
(4) ހަނުހުރުން ފިޔަވައި، އެހެން ކޮންމެވެސް ޢަމަލެއް ކޮށްގެން، އެކުށް ކުރިކަން ފޮރުވުން
ނުވަތަ އެކަމާ ގުޅިގެން ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުން. ހިމެނޭ ކަމާއި،
ކުށެއް ރޭވުމުގެ ކުށުގެ ދަޢުވާގެ ދިފާއެއްގެ ގޮތުގައި ދެއްކިދާނެ ކަންތައްތަކެއްވާ ކަމާއި،
އެގޮތުން ކުށެއް ކުރުމަށް ރޭވުމަށްފަހު، އެރޭވުމުގައި އޭނާއާއެކު ބައިވެރިވި މީހުންނަށް އެ ރޭވުން އޭނާ
ދޫކޮށްލައިފިކަން އެންގުން، ނުވަތަ އެފަދަ ރޭވުމެއް އޮތް ކަން ޤާނޫނު ތަންފީޒުކުރުމުގެ އިދާރާތަކަށް އެންގުމާއި
އެކަމުގައި އޭނާ ބައިވެރިވިކަންވެސް އެންގުމަކީ، އޭނަގެ މައްޗަށް ހުށަހެޅިފައިވާ ރޭވުމުގެ ކުށުގެ ދަޢުވާގެ
ދިފާއެއްގެ ގޮތުގައި ނެގިދާނެ ސަބަބުތަކެއްކަން އެނގޭއިރު،
އިސްވެ ބުނެވުނު ދަޢުވާގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރަން
އަޙްމަދު ނިހާން އުޅުނީ ކޯޓު އަމުރެއް ނެރެގެން ކަމަށްވާއިރު، އެފަދަކަމެއް ކުރުމަށް އަޙްމަދު ނިހާން ރޭވިކަމުގެ
އެއްވެސް މިންވަރެއްގެ ހެއްކެއް ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާކަން އެނގެން އޮތުމުގެ އިތުރުން
މިމައްސަލައިގައި ދަޢުވާލިބޭ އަޙްމަދު ނިހާން އެވަގުތު މަސައްކަތް ކުރަމުން ދިޔަ، އދ.މާމިގިލި މެޖިސްޓްރޭޓް
ކޯޓުން އަދި އެހެން ކޯޓަކުންވެސް ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުވުމުގެ ކޯޓު އަމުރެއް އައް%
ނެރެފައިނުވާކަމާއި އަދި އެފަދަ އަމުރެއް ނެރުމަށް ރޭވުމުގެ ގޮތުން އަޙްމަދު ނިހާން ކުރި ޢަމަލެ**
047/
2
ޢަޢީޓް
.
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
16
2016/HC-A/558
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ފަރާތުން ދެއްކިފައިނުވާ ކަމާއި، އަދި އެފަދަ ކަމެއް ކުރުމަށް އެހެންމީހަކާ ނުވަތަ އެހެން ބަޔަކާއެކު
އެއްބަސްވެފައިވާކަން ޝަރީޢަތަށް ސާބިތުކޮށްދެވޭ މިންވަރުގެ ހެއްކެއް ދައުލަތުގެ ފަރާތުން ދެއްކިފައިނުވާކަން
އެނގޭކަމާއި،
ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމަކީ، ޤާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް
މަނާކުރުމުގެ ޤާނޫނު) ގެ 7 ވަނަ މާއްދާއިން ވަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުށަކަށްވާއިރު،
ޓެރަރިޒަމްގެ ކުށެއް ރޭވިކަމުގެ ކުށުގެ ދަޢުވާ ކުރާނަމަ، ކުރަންޖެހޭނީ އެމާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ
(ށ) ގެ ދަށުންކަން އެނގޭއިރު، މިމައްސަލައިގައި ޓެރަރިޒަމްގެ ޢަމަލެއް ރޭވުމުގެ ކުށުގައި އަޙްމަދު ނިހާނުގެ
މައްޗަށް ދަޢުވާ ކޮށްފައިނުވާކަން އެނގޭކަމާއި،
މިމައްސަލައިގެ ދަޢުވާގައި ބަޔާންކޮށްފައިވާފަދައިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވޭތޯ؟ އާއި، އެކަން ކުރުމަށް އެއްބަސްވެފައިވޭތޯ؟
Duc
(
1.
ބަލާއިރު،
ou oo
މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ދަޢުވާގައި ބަޔާންކޮށްފައިވާ ފަދަ ޢަމަލެއް
އަޙްމަދު ނިހާން ކޮށްފައިނުވާނެ ކަމަށްބުނެ އެދަޢުވާއަށް އިންކާރު ކުރުމުން އެދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހެޅި
ހެކިތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
ހައްޔަރުކުރުމުގެ އަމުރެއް، މިމައްސަލައިގެ ހާދިސާ ހިނގިއިރު އަޙްމަދު ނިހާން މެޖިސްޓްރޭޓް ކަމުގައި
ޢައްޔަންކޮށްފައިވާ އދ.މާމިގިލި މެޖިސްޓްރޭޓް ކޯޓުން ނެރެފައިނުވާ ކަމާއި، 7 ފެބްރުއަރީ 2016 ދުވަހު،
މާލެއިން ފެނުނު ކޯޓު އަމުރަކީ އދ.މާމިގިލި މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރެއް ނޫން ކަމާއި، އެއަމުރަކީ
ކ.މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ލެޓަރހެޑްގައި އޮތް އަމުރެއް ކަމާއި، މިމައްސަލައިގައި ހުށަހެޅިފައިވާ
ފޮރެންސިކް ތަޙުލީލު ރިޕޯޓުގައި، ކ.މާފުށި ކޯޓު އަމުރުގެ ނަމުގައި އޮތް އަމުރެއް ޑައުންލޯޑްހޮ
ބަދަލު ގެނެސްގެން އދ.މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ގޮތުގައި ތައްޔާރުކޮށް ސޭވް
ފާހަގަ ކުރެވިފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެއަމުރުގެ އެހެންފަރާތަކަށް އީ-މެއިލްގެ ޒަރީޢާއިން ނުވަތަ
ތަހިރާއްޖެ
ފ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
17
2016/HC-A/558
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ފެކްސްއިން ނުވަތަ އެނޫންވެސް އެހެން ވަސީލަތަކުން ފޮނުވާފައިނުވާ ކަމާއި، އަދި އެއަމުރު ޕްރިންޓްކޮށްފައިވެސް
ނުވާ ކަމާއި، އެއަމުރަކީ އެފަދަ ހައްޔަރުކުރުމުގެ އަމުރުގައި ފުރިހަމަވާންޖެހޭ މަޢުލޫމާތު ފުރިހަމަވެފައިވާ
އަމުރެއްނޫންކަން އެނގެން އޮތުމުން، އަޙްމަދު ނިހާނުގެ މައްޗަށް ދައުލަތުގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި
ބުނާފަދަ ކޯޓު އަމުރެއް ތައްޔާރުކޮށްފައިނުވާކަން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހަށާއި ކިތާބީ
ހެއްކަށް ބެލުމުން އެނގޭކަ
އެނގޭކަމާއި،
އިސްވެ ބުނެވިދިޔަ ދަޢުވާގައި ދައުލަތުގެ ފަރާތުން އަޙްމަދު ނިހާނުގެ މައްޗަށް
ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަ އުޅުންކަމަށް ބަޔާންކޮށްފައިވާ ކަމާއި، ޖިނާއީ ކުށުގެ ޢަމަލުގައި 4
(ހަތަރެއް) މަރުހަލާއެއް ވާކަމަށް ޤާނޫނީ އަދި ޝަރުޢީ ޢިލްމްވެރިން ބައިކޮށްފައިވާ ކަމާއި، އެއީ:-
1- ކުށް ކުރުމަށް ޤަސްދުކުރުން؛ (intention)
2- ކުށް ކުރުމަށް ތައްޔާރުވުން؛
ވުން:(preparation)
3- ކުށް ކުރަން އުޅުން؛ (attempt)
ބޭނުންވާ
4- ކުށް ފުރިހަމަކުރުން.(accomplishment) ކަމާއި،
މިމަރުހަލާތަކުގެ ތެރެއިން ކުށް ކުރުމަށް ޤަޞްދުކުރުން ނުވަތަ ނިޔަތްގަތުމަކީ، ކުށް ކުރުމުގެ
ފުރަތަމަ މަރުޙަލާ ކަމާއި، މިމަރުހަލާގައި އޭނާގެ ނިޔަތް ނުވަތަ ޤަޞްދުކޮށްފައި އޮތް ކަމެއް ތަންފީޒުކުރުމުގެ
ގޮތުން އެއްވެސް ކަމެއް ނުކުރާނަމަ، ހަމައެކަނި އޭނާގެ ނިޔަތުގެ މައްޗަށް ބަލައި އަދަބު ކަނޑަނޭޅޭނެ ކަމާއި،
ކުށުގެ ޢަމަލުގެ ދެވަނަ މަރުހަލާއަކީ ޤަޞްދުކުރި ޢަމަލު ކުރުމަށްޓަކައި
ވަސީލަތާއި
އާލާތްތައް ހަމަޖައްސައި، ކުށްކުރުމަށް ރޭވުމާއި ތައްޔާރު
ޔާރުވުމުގެ މަރުހަލާ ކަމާއި،
އިސްވެ ބުނެވުނު ދެމަރުހަލާގައި ކުރެވޭ ޢަމަލުތައް، ޢާންމު އުސޫލެއްގެ ގޮތެއްގައި ކުށެއް
ކަމުގައި ނުބެލެވޭ ކަމާއި،
ތިންވަނަ މަރުހަލާއަކީ، ކުށެއް ކުރަން އުޅުން (attempt) ކަމާއި،
ކުރުމަށް ޤަޞްދުކޮށްފައިވާ ކުށުގެ ތައްޔާރީތައް ވުމަށްފަހު، ސީދާ
ދާ އެކުށް ކުރުމަށް ޢަމަލީ ގޮތުން
22ތ
27 ހއ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2{016/HC-A/558
4 22
ކަމާއި އަދި މިޙާލަތުދެމި އޮންނާނީ ޤަޞްދުކޮށްފައިވާ ކުށް މުޅިން ފުރިހަމަ ނުވާނަމަ ކަމާއި، ޤަޞްދުކޮށްފައިވާ
ކުށުގެ މުޅި ޢަމަލު ފުރިހަމަވެއްޖެނަމަ، އެކުށްކުރީ ކަމުގައި ބެލެވޭނެ ކަމާއި، ކުށެއް ކުރަން ތައްޔާރުވުމުގެ
ޔާރުވުމުގެ ގޮތުން
ކުރާ ޢަމަލަށްވުރެ، އެކުށާއި ކައިރިއަށް ދިއުމަށް ހިންގާ ކޮންމެ ޢަމަލަކީ، ކުށެއް ކުރަން އުޅުން ކަމަށް ބެލެވިދާނެ
ކަމާއި، އެކުށެއް ކޮށް ނިންމާލުމުގެ ފުރުޞަތު އެމީހަކަށް އެއްގޮތަކަށް ނެތްނަމަވެސް، މިފަދަ ކަމެއް ކުރަން
އުޅުން ކަމަށް ސާބިތުވާނަމަ ކުށެއް ކުރަން އުޅުނުކަމަށް ބަލައި، އަދަބު ދެވިދާނެކަން އެނގޭކަމާއި،
ކުށްކުރަން އުޅުން ކަމަށް ބެލެވޭނީ ދެރުކުނެއް ފުރިހަމަވެގެން ކަމާއި، އެއީ، މާއްދީ ރުކުނާއި
މަޢުނަވީ ރުކުންކަމާއި، މާއްދީ ރުކުނުގައި ދެ އުންސުރެއް އެކުލެވިގެންވާ ކަމާއި، ފުރަތަމަ އުންސުރަކީ ކުށުގެ
ޢަމަލު ތަންފީޒުކުރަން ފެށުން ކަމާއި، ދެވަނަ އުންސުރަކީ އަމިއްލަ އިޚްތިޔާރުން ބޭރުން ސަބަބަކާ ލައިގެން
އެކުށް ފުރިހަމަ ނުވުންކަން އެނގޭކަމާއި، ކުށެއް ކުރަން އުޅުމަކީ ކުށުގެ ޢަމަލު ފުރިހަމަ ކުރުމުގައި ހިމެނޭ
ކުށުގެ އުންސުރުތަކުގެ ތެރެއިން ކަމެއް ކުރުން ނުވަތަ ކުށުގެ ޢަމަލު ހަމަވަގުތުން ސީދާ ފުރިހަމަ ކުރެވޭނެ
ކަމެއް ކުރުންކަން އެނގޭކަމާއި، މަޢުނަވީ ރުކުނަކީ، ކުށެއްކުރަން ޤަޞްދުކުރުންކަމާއި، ކުށެއް ކުރުމަށް
ޤަޞްދުކުރުމަށް ފަހު، އަދި އެކުށުގެ ތައްޔާރީތައްވުމަށް ފަހު، އަމިއްލަ އިޚްތިޔާރުގައި ކުށުގެ ޢަމަލު ހިންގުމުގެ
ޚިޔާލު ދޫކޮށްލައިފި ނަމަ ކުށް ކުރަން އުޅުނުކަމަށް ނުބެލެވޭނެ ކަމާއި، އަދި އަމިއްލަ އިޚްތިޔާރުގައި ކުށުގެ
އަމަލު ތަންފީޒު ކުރުމުގެ ޚިޔާލު ދޫކޮށްލައިފިނަމަ، އެކުށަކީ އޭގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ ކުށެއް
ނޫންކަމީ ޖިނާއީ ޢަދުލުގެ ނިޒާމުގައި އިސްތިޤްރާރުވެފައިވާ އުސޫލެއްކަން އެނގޭކަމާއި،
ކުށެއް ކުރުމުގެ އެންމެފަހު މަރުޙަލާއަކީ، ކުށެއް ފުރިހަމަވުން ނުވަތަ ކުށެއް ކޮށް ނިންމުން
ކަމާއި، ކުށެއް ކުރަން އުޅުން (attempt) އެމީހަކަށް ކާމިޔާބު ވެއްޖެނަމަ އެމީހެއްގެ މައްޗަށް ކުށް ކުރިކަން
ސާބިތުވާނެ ކަމާއި، ނަމަވެސް، ކުށް ކުރަން އުޅުން ނާކާމިޔާބު ވެއްޖެނަމަ އެމީހެއްގެ މައްޗަށް ސާބިތުކުރެވޭނީ
ކުށެއް ކުރަން އުޅުންކަން ކަމާއި،
އިސްވެ ބުނެވުނު ދަޢުވާގައި ކޯޓު އަމުރު ނެރެގެން ރައީސުލްޖުމްހޫރިއްޔާ
އަޙްމަދު ނިހާން އުޅުނުކަމަށް ބަޔާންކޮށްފައިވާއިރު، އެފަދަ ޢަމަލެއް އަޙްމަދު ނިހާން ކޮށްފައިތޯ؟
4 22
*
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
19
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2016/HC-A/558
އަޙްމަދު ނިހާނުގެ މައްޗަށް ދަޢުވާކޮށްފައިވާ ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގައި
ކުށެއްކުރަން އުޅުމަކީ ކުށެއް ކަމުގައި ކަނޑައަޅާފައި ވީނަމަވެސް، ކުށެއް "ކުށެއް ކުރަން އުޅުން" ކަމުގައި
ބެލެވޭނެ ކަންތައްތައް ބަޔާންކޮށްފައިނުވާތީ، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ
ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، އެހެން ޤާނޫނެއްގައި ކުށެއް ކުރަން އުޅުން" މިބަސް
މާނަކޮށްފައިވޭތޯ ބެލިއިރު، ޤާނޫނުލްޢުޤޫބާތުގެ 80 ވަނަ މާއްދާގައި، "ކުށެއް ކުރަން އުޅުން" ކަމުގައި ބެލެވޭނެ
ޢަމަލުތަކެއް ކަނޑައަޅާފައިވާ ކަމާއި، އެއީ:-
(1) ކުށެއް ކުރުމަށްޓަކައި ކުށުގެ ނިޔަތް އޮތުން؟
(2) ކުށުގެ ޢަމަލު ފުރިހަމަ ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅެއް އަޅައިފިކަން ރަމްޒުކޮށްދޭ
ފަދަ ޢަމަލެއް ޤަޞްދުގައި ކުރުން؛ އަދި އެޢަމަލު ކުރީ ކުށް ކުރުމަށް ބޭނުންވާ ޙާލަތު ދެމިއޮތް ކަމުގައި
ޤަބޫލުކޮށްގެން ކަމުގައިވުން، ކަމާއި،
ކުށެއްގެ ޢަމަލު ފުރިހަމަ ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅެއް އަޅައިފިކަމުގައި ބެލެވޭނީ
އެކުށުގެ ޢަމަލު ފުރިހަމަ ކުރުމަށް އޮތް އޭނާގެ މަޤްޞަދު އެޢަމަލުން ސާފުކޮށް ދަލީލުކޮށްދޭ ނަމަ ކަމާއި، އަދި
ކުށުގެ ޢަމަލު ފުރިހަމަ ކުރުމަށް އޮތް މަޤްޞަދު ސާފުކޮށް ދަލީލުކޮށްދޭނަމަ:
(1) އެމީހެއްގެ މައްޗަށް ކުށުގެ ޢަމަލު ހިންގޭ މީހާއަށް އިންތިޒާރުކުރުމާއި، އޭނާ ހޯދުމާއި
އޭނާގެ ފަހަތުން ދިއުން؛
(2)
އެ މީހެއްގެ މައްޗަށް ކުށުގެ ޢަމަލު ހިންގޭ މީހާ، އެ ކުށް ކުރުމަށް ބޭނުންވާ ތަނަށް
ގެންދިއުމަށް ލެންބުން ނުވަތަ ލެންބުމަށް މަސައްކަތްކުރުން؛
(3) ކުށް ކުރަން ބޭނުންވާ ތަން އެ ކަމަށް އެކަށީގެންވޭތޯ ބަލައި އެ ތަނުގެ މަޢުލޫމާތު
ހޯދުން؛
ދވ
P
ކުށުގެ ޢަމަލު ހިންގުމަ
ބޭނުންވާ ތަނަކީ ޢިމާރާތެއް ނުވަތަ އުޅަނދެއް ޕްރިފެވެ
އެނޫންވެސް ބަންދުކޮށްފައިވާ ތަނަކަށްވެފައި އެތަނަކަށް ހުއްދަނެތި ވަނުން:
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
20
2{016/HC-A/558
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ކުށުގެ ޢަމަލު ހިންގުމަށް ބޭނުންވާ ސާމާނު އަތުގައި ބެހެއްޓުމާއި، އެސާމާނަކީ އެ
ކުށުގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ އެއްޗެއްސަށްވުމާއި އެއިން އެޙާލަތުގައި
(5)
ހުއްދަ ބޭނުމެއް ނުކުރެވޭނެ އެއްޗެއްސަށްވުން، ނުވަތަ
404
(6) ކުށުގެ ޢަމަލު ހިންގުމަށް ބޭނުންވާ ސާމާނު އަތުގައި ބެހެއްޓުމާއި، ހޯދުމާއި، އެއާ
އެއްގޮތް އެއްޗެހި ހޯދުމާއި އަދި އެއްޗެހި ކުށުގެ ޢަމަލު ހިންގުމަށް ބޭނުންވާ ތަނުގައި ނުވަތަ އެތަނާ ކައިރި
ހިސާބެއްގައި ބެހެއްޓުމާއި، އެގޮތަށް އެ ސާމާނު ބެހެއްޓުމަކީ އެ ޙާލަތުގައި އެނޫން ހުއްދަ ބޭނުމެއް ހިފޭނެ
ކަމެއްކަމަށް ނުވުން. މި ޢަމަލުތަކަކީ ކުށެއްގެ ޢަމަލު ފުރިހަމަ ކުރުމަށްޓަކައި، އެކަށީގެންވާ ފިޔަވަޅެއް
އެޅީކަމުގައި ޤާނޫނީ ގޮތުން ބެލިދާނެ ޢަމަލުތަކެއްކަން އެނގޭއިރު،
މިމައްސަލައިގައި އަޙްމަދު ނިހާން ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް އުޅެފައިވަނީ ސައްޙަނޫން ކޯޓު އަމުރެއް ނެރެގެން އެއަމުރަކީ ޞައްޙަ
އެއްޗެއްކަމުގައި ދައްކައިގެން ކަމަށް ދައުލަތުގެ ފަރާތުން އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާއާއި އަދި އެދަޢުވާއާ
ގުޅޭ ގޮތުން ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގޭއިރު،
އަޙްމަދު ނިހާންގެ މައްޗަށް ހުށަހެޅި ދަޢުވާއަށް އިންކާ
ނެކާރުކޮށް، އެދަޢުވާގައި ބުނާފަދަ ޢަމަލެއް
ކޮށްފައިނުވާނެ ކަމަށް އަޙްމަދު ނިހާން ބުނެފައިވާ ކަމާއި، ދައުލަތުގެ ދަޢުވާގައި، ރައީސުލްޖުމްހޫރިއްޔާ
ހައްޔަރުކުރުމަށް އަޙްމަދު ނިހާން މަސައްކަތްކޮ
.ކަތްކޮށްފައިވަނީ ޞައްޙަނޫން ކޯޓު އަމުރެއް ނެރެގެން އެއަމުރަކީ ޞައްޙަ
އަމުރެއް ކަމުގައި ދައްކައިގެން ކަމަށް ބުނެފައިވާއިރު، މިމައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް
ބަލާއިރު، އަޙްމަދު ނިހާނު މަސައްކަތްކުރާ އދ.މާމިގިލި މެޖިސްޓްރޭޓް ކޯޓް ހުޅުވައިގެން ކޯޓު އަމުރު ނެރެން
އުޅުނީ ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުވުމުގެ ވަޞީލަތެއްގެ ގޮތުގައި އެއަމުރު ބޭނުންކުރަންކަން އެނގޭ ކަމާއި،
ކުށެއް ކުރުމަށް ޤަޞްދުކޮށް އެކަމަށް ވަސީލަތްތައް ހޯދައި ތައްޔާރުވުމުގެ މަރުހަލާއަކީ ދައުވާކޮށްފައިވާ
ޢަމަލު ކުރުމަށް މިންކަމުގައި ޤާނޫނީ ގޮތުން ބެލެވޭނެ ޙާލަތެއް ނޫން ކަމާއި،
032 ހ3
4 22
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
21
2016/HC-A/558
ބަލަންޖެހޭ ކަމާއި، ދަޢުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ތަޖަތުމަ.
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ހައްޔަރުކުރުވުމަށްޓަކައި އދ.މާމިގިލި މެޖިސްޓްރޭޓް ކޯޓު އަމުރެއް ނެރެފައިނުވާކަން މިމައްސަލައިގައި ދަޢުލަތުގެ
ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެނގޭކަމާއި،
ދަޢުވާގައިވާ ފަދައިން އަޙްމަދު ނިހާނު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
ހައްޔަރުކުރުވުމުގައި ބައިވެރިވެފައިވޭތޯ ބަލާއިރު، ކުށެއްކުރުމަށް ޤަސްދުކޮށް އެ ކުށެއް ރޭވުމާއި، ހިތްވަރު
ދިނުމާއި، އެހީތެރިވެދިނުމަކީ އެކުށުގެ ޢަމަލެއްގައި ބައިވެރިވުންކަމުގައި ޤާނޫނީ ގޮތުން ބެލެވިދާނެ
ޙާލަތްތަކެއްކަމަށް ވާއިރު، މައްސަލައިގައި އަޙްމަދު ނިހާން ބައިވެރިވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ
ހައްޔަރުކުރުމުގެ ކޯޓު އަމުރެއް ނެރުމަށް އަޙްމަދު ނިހާން އުޅެފައިވާތީކަމަށް ދައުލަތުގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށް ބެލުމުން އެނގޭއިރު، އަޙްމަދު ނިހާން، އެފަދަ ކޯޓު އަމުރެއް ނެރެފައިނުވުމާއި، ކޯޓު އަމުރެއް
ނުވަތަ އެހެން ވަޞީލަތެއް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުވުމުގައި އުޅެފައިވާކަން ނުވަތަ
ހައްޔަރުކޮށްފައިވާކަން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެނގެން ނެތަތީ، އަޙްމަދު ނިހާނުގެ
މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ކުށުގެ ޢަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ކުށުގެ ދަޢުވާގައި
ބަޔާންކޮށްފައިވާ ފަދަ ޢަމަލެއް ކުރަން އުޅުމާއި އެކަމުގައި ބައިވެރިވިކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
މަތިން މާނަ ކުރެވެން ނެތްކަމެވެ.
(ޅ) ހަވަނަ ކަމަކީ: ކުށެއް ކުރަން އުޅުމަކީ، ކުށެއް ކުރުމަށްޓަކައި ސީދާ ގޮތެއްގައި ކުރަންޖެހޭ
ޢަމަލުތައް ހިންގުންކަމާއި، އިސްވެ ބުނެވުނު ދަޢުވާގައިވާ ކުށުގެ ޢަމަލަކީ "ގަދަކަމުން މީހަކު ފޮރުވުން ނުވަތަ
ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން" ކަން އެނގެން އޮންނައިރު، އަޙްމަދު ނިހާން އެފަދަ ޢަމަލެއް ކުރުމަށްޓަކައި
އަދި އެފަދަ ޢަމަލެއް ކުރަން އުޅުމުގައި ބައިވެރިވުމަށް، ސީދާ ގޮތެއްގައި ހިންގާފައިވަނީ ކޮން ޢަމަލެއްތޯ
202/
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
22
2016/HC-A/558
0x3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
7 ފެބްރުއަރީ 2016 ދުވަހުގެ ރޭގެ ދަންވަރު 2:45 ހާއިރު، ގއ.މާމެންދޫ ރަތްމަސްގެ،
މުޙުތާޒް މުޙްސިން އިތުރު ބަޔަކާއެކު ލޯންޗެއްގައި އދ.މާމިގިއްޔަށް ގޮސް، އަޙްމަދު ނިހާނާ ބައްދަލުކޮށް، އދ.
މާމިގިލި މެޖިސްޓްރޭޓު ކޯޓު ހުޅުވައިގެން އެތަނަށް ވަދެ ތިބެ، [email protected] ގެ ނަމުގައިވާ
އީ-މެއިލް އެޑްރެހާއި އެއަށް ވަނުމަށް ބޭނުންވާ ޕާސްވޯޑު އަޙްމަދު ނިހާނަށް މުޙްތާޒް މުޙްސިން ދިނުމުން،
އެކޯޓުގެ ލެޕްޓޮޕުން އެ އީ-މެއިލް އެޑްރެހަށް ވަދެ "މާފުށީ އަމުރު" މިނަމުގައިވާ ކޯޓު އަމުރެއްކަމަށް ދައްކުވައިދޭ
ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއް ޑައުންލޯޑްކޮށް، އެލިޔުމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސްފައިވުމަކީ
ސާބިތުކޮށްދިނުމަށްޓަކައި ހެކިތަކެއް ހުށަހަޅާފައިވާ ކަމާއި،
މީހަކު ހައްޔަރުކުރުމަށް
ހަރުކުރުމަށް ކޯޓު އަމުރެއް ނެރުމަކީ، ޤާނޫނު އަސާސީގެ 46 ވަނަ މާއްދާގެ ދަށުން
ފަނޑިޔާރުންނަށް ލިބިދީފައިވާ ބާރެއް ކަމާއި، ދިވެހިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމުގައި، ކުށެއްގެ ތުހުމަތުގައި
މީހަކު ހައްޔަރުކުރުމުގައި ޢަމަލުކުރާ ގޮތަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހަކު ހައްޔަރު ކުރަންޖެހޭކަމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިނގާ ތަޙްޤީޤަށް ފާހަގަ ކުރެވިއްޖެ ނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
އެދުމުގެ މަތިން، މީހަކު ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެވިދާނެ ކަމާއި، އެގޮތަށް ކޯޓުން އަމުރު ނެރުމުގައި
ތުހުމަތުގައިވާ، މީހާ ހައްޔަރުކުރުމަށް ބޭނުންވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހުށަހަޅާފައިވާ
ސަބަބުތަކަށާއި، އެހާތަނަށް ތަޙްޤީޤަށް ލިބިފައިވާ ހެކި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކުރާކަން އެނގޭއިރު،
މިމައްސަލައިގައި 2016 ފެބްރުއަރީ 6 ވަނަ ދުވަހުގެ 23:00 ހާއިރު، އަޙްމަދު ނިހާނުގެ
މޯބައިލް ފޯނަށް ފުލުހުންގެ ފަރާތުން ކަމަށް ބުނެ ގުޅާ، ކޯޓު އަމުރެއް ހޯދުމަށް އެދުނު ކަމާއި، ކޯޓު ހުޅުވުމަށް
އެފަރާތުން އެދުނު ގަޑިއަށް ކޯޓު ހުޅުވުމަށް އޭނާ އެއްބަސްވެފައިވާކަން، އަޙްމަދު ނިހާނު ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭކަމާއި، އަދި 7 ފެބްރުއަރީ 2016 ވަނަ ދުވަހު
އަޙްމަދު ނިހާން ބުނެފައިވާ ފަދައިން އދ.މާމިގިލި މެޖިސްޓްރޭޓް ކޯޓް ހުޅުވައި ކޯޓު އަމުރެއް ތައްޔާރުކުރާ ފައި
އުޅެފައިވާ ކަމާއި، ނަމަވެސް، އެފަދަ އަމުރެއް އެކޯޓުން އަޙްމަދު ނިހާނު ނެރެފައިނުވާކަން މިމައް
ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކަށް ބެލުމުން އެނގެން އޮތުމުން، ޤާނޫނުގައި ބަޔާންކޮށްފައިވާފައިތިއްކެއްގެ
2 20
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
23
2016/HC-A/558
، ހައިކޯ"
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ގަދަކަމުން މީހަކު ފޮރުވައި ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމަށް އަޙްމަދު ނިހާން އުޅެފައިވާކަން ނުވަތަ
އެކަމުގައި ބައިވެރިވެފައިވާކަން އެނގެން ނެތްކަމެވެ.
(ކ) ހަތްވަނަ ކަމަކީ އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާގެ ދަޢުވާގައި ބަޔާންކޮށްފައިވާ
ހާދިސާއާ ގުޅިގެން ދައުލަތުން ފަރާތުން އަޙްމަދު ނިހާނުގެ މައްޗަށް 4 (ހަތަރެއް) ދަޢުވާއެއް ހުށަހެޅި ކަމާއި،
އެދަޢުވާތަކުގެ ޝަރީޢަތްތައް ހިންގައި، އެދަޢުވާތައް ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ
ހެކިބަސް ޝަރީޢަތުން ނަގާފައިވަނީ، އެކުއެކުގައި ހިންގުނު އެއްއަޑު އެހުމެއްގައިކަމަށް އަޙްމަދު ނިހާނުގެ
ފަރާތުން ބުނާކަމައި، އަދި އެކަމަށް ދައުލަތުގެ ފަރާތުންވެސް އެއްބަސްވެފައިވާކަން އެނގޭއިރު، ޝަރުޢީ
ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތް ބާއްވާނެ ދުވަހަކާއި ޝަރީޢަތް ހިންގާނެ ގޮތާއި، ހެކިން
ހާޒިރުކުރާނެ ގޮތާއި، ހެކިންގެ ގޮތުގައި ހާޒިރުކުރާނެ މީހުންގެ ޢަދަދާއި، ހެކިންގެ ހެކިބަސް ނަގާނެ ގޮތް
ކަނޑައެޅުމަކީ، އެމައްސަލަ ބައްލަވާ ފަނޑިޔާރެއްގެ ތަޤްދީނީ ބާރުގެ ތެރޭގައި ހިމެނޭ ކަމެއްކަމާއި، މިގޮތުން
ޝަރީޢަތް ހިންގުމުގައި ފަނޑިޔާރަށް ލިބިދީފައިވާ ތަޤްދީރީ ބާރުގެ ބޭނުން ކުރުމުގައި ޤާނޫނުއަސާސީންނާއި
ޤާނޫނުތަކުން މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިގެ
ލިބިދޭންޖެހޭ ޙައްޤުތަކާއި ފުރުސަތުތަކަށް ހުރަސްނޭޅޭނެ ގޮތަކަށް
ޝަރީޢަތް ކުރިއަށް ގެންދަންވާނެ ކަމަށް ޤަބޫލުކުރެވޭކަމާއި،
ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގަންވާނީ ޢަދުވެރިކަމާއެކު، ވަކިފަރާތަކަށް
ނުޖެހި ހާމަކަމާއެކު ގައި ކަމަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަމާއްދާގައި ބަޔާންކޮށްފައިވާ ކަމާއި،
އަދި ޢަދުލުވެރިކަމާއެކު ޝަރީޢަތް ހިންގޭކަން ކަށަވަރުކުރުމުގެ ގޮތުން، ޖިނާއީ ކުށުގެ ދަޢުވާ އުފުލިފައިވާ ކޮންމެ
މީހަކަށްމެ، ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް
ލިބޭންވާނެ ކަމާއި، އަދި އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމަށް ފުރުޞަތު ދޭންވާނެކަމަ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާކަމާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައި
އަސާސީ ޙައްޤުތައް ކުށުގެ ތުހުމަތުގައިވާ މީހާއަށް ތަނަވަސް ފުޅާ ދާއިރާއެއްގައި ބޭނުންހިފޭނެ ގޮއެއްގެ މަ
ޝަރީޢަތްތައް ހިންގުމުގެ އިޖްރާއާތު ގެންދިއުމަށް ފަނޑިޔާރުން ޚާއްޞަ ސަމާލުކަން ދޭންވާނެކަން އެނގޭއިރާ؟
މިހިރައްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
24
2016/HC-A/558
2 /
<< ou ox7
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މިމައްސަލައިގައި އިސްވެ ބަޔާންކުރެވުނު ގޮތަށް، ހެކިންގެ ހެކިބަސް ނެގުމުގެ ސަބަބުން،
މިމައްސަލައިގައި ދަޢުވާލިބޭ އަޙްމަދު ނިހާނަށް މައްޗަށް ހުށަހެޅިފައިވާ ދަޢުވާތަކުން ދިފާޢުވުމަށް
ލިބިދޭންޖެހޭ ފުރުޞަތުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ހިފުމަށް ހުރަސްއެޅިފައިވާ ކަމަށް ބުނެފައިވާއިރު، ކޮންމެ
ދަޢުވާއަކީ ވެސް އެދަޢުވާއެއްގެ ޠަބީޢަތުން ވަކި ވާޤީޢާތަކަކާއި އުންސުރުތަކެއް ޝަރީޢަތަށް ސާބިތުކޮށްދޭންޖެހޭ
ދަޢުވާއެއް ކަމާއި، އަދި ދަޢުވާ ސާބިތުކުރު
ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކިންނާ ސުވާލު ކުރުމުގެ
ޙައްޤަކީވެސް އެދަޢުވާލިބޭ މީހަކަށް ޤާނޫނުއަސާސީގެ 51 ވަނަމާއްދާގެ (ށ) އިން ލިބިދީފައިވާ އަސާސީ
ޙައްޤެއްކަމަށްވާއިރު، އަޙްމަދު ނިހާނުގެ މައްޗަށް މިމައްސަލައިގެ ހާދިސާއާގުޅިގެން ކޮށްފައިވާ ހަތަރު ދަޢުވާ
ކުރިއަށް ގެންގޮސްފައިވަނީ، ކޮންމެ ދަޢުވާއަކަށް ވަކި ޤަޟިއްޔާ ނަންބަރު ދެވިގެން ހަތަރު ޤަޟިއްޔާއެއްގެ
ގޮތުގައިކަން އެނގޭކަމާއި، ކޮންމެ ދަޢުވާއަކާ ގުޅިގެން ހުށަހަޅާ ހެއްކަކީވެސް އެދަޢުވާގެ ވާޤިޢާއާއި އުންސުރުތައް
ޝަރީޢަތަށް ސާބިތުކުރުމަށްޓަކައި ހުށަހަޅާ ހެކިން ކަމާއި، އެހަތަރު ދަޢުވާގެ ހެކިބަސް ނަގާފައިވަނީ
އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ކަމަށްވާއިރު، މިޤަޟިއްޔާގައި ހުށަހެޅި ހެކިންގެ
ހެކިބަސް ޝަރީޢަތުން ނެގުމުގައި، ކްރޮސް އެގްޒެމިން ކުރުމުގެ ފުރުޞަތު އަޙްމަދު ނިހާން އަށް
ލިބިދީފައިވާކަމާއި، އަދި އެހަތަރު ދަޢުވާގެ ޚުލާސާ ބަޔާން އިއްވުމަށް ފުރުޞަތު ދީފައިވެސް ވަނީ އެއް
ޝަރީޢަތުގެ މަޖިލީހުގައި އެއް ބަޔާނެއްގެ ގޮތުގައި، ހުރިހާ ދަޢުވާއެއް އެކުލެވޭ ގޮތަށް ކަން އެނގޭއިރު، މި
މައްސަލަތަކުގެ ޝަރީޢަތުގެ ހެކިބަސްނެގުމުގެ އިޖުރާޢަތުތައް މިގޮތަށް ކުރިއަށް ގެންގޮސްފައިވުމުގެ ސަބަބުން،
ދަޢުވާތަކުން ދިފާޢުވުމަށް އަޙްމަދު ނިހާނަށް ލިބިދީފައިވާ ޙައްޤުގެ ބޭނުންކުރުމުގެ ފުރުސަތަށް ހުރަސްއެޅޭ ގޮތަށް
ކަމުގައި ޤަބޫލުކުރެވޭ ކަމާއި، އެހެންކަމުން، އެހަތަރު ދަޢުވާގައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ
ޝަރީޢަތް އެކުގައި، ހެކިންގެ ހެކިބަސް ނެގެނީ ކޮން ދަޢުވާއަކާ ގުޅިގެންކަން، ވަކިކޮށް ނޭނގޭނޭ ގޮތަށް
އެކުއެކީގައި އެއްކޮށް އެހެކިންގެ ހެކިބަސް ނެގުމުގެ އިޖްރާއާތު ގެންގޮސްފައިވަނީ، ޤާނޫނުއަސާސީގެ
ވަނަމާއްދާގެ (ބ) އާއި، 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކުގެ ރޫޙާ އެއްގޮށް
ޝަރީޢަތުން ބެލެން ނެތްކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
25
2016/HC-A/558
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(އ) އަށްވަނަ ކަމަކީ: ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް
ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީ ގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއްގެ މައްޗަށްކަން އެނގެން
އޮންނައިރު، ޖިނާއީ މައްސަލަ ސާބިތުކުރުމަށް ބޭނުންކުރެވޭ އެންމެ މުހިއްމު އެއް ދަލީލުކަމުގައިވާ ހެކިންގެ
ހެކިބަސް ވާންޖެހޭނީވެސް ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ ހެކިބަހަކަށް ކަމާއި، މިގޮތުގެ މަތިން ބަލާއިރު
ހެކިބަސްދޭ ހެކިވެރިޔާގައި ޝަރުޢީ ގޮތުންނާއި ޤާނޫނީގޮތުން ހުރުން ލާޒިމްވާ ޝަރުޠުތަކާއި ސިފަތައް
ފުރިހަމަވެގެން މެނުވީ އެ ހެކިވެރިޔާގެ ހެކިބަހަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ ދަލީލެއް ކަމުގައި
ނުބެލެވޭނެ ކަމާއި،
ޤާނޫނީ އިޞްތިލާޙުގައި ދެއިދިނުމަކީ މީހަކު އަމިއްލަ ލޮލުން ދުށް ނުވަތަ އަޑުއެހި ނުވަތަ
އޭނާގެ ފަސް ޙިއްސުގެ ތެރެއިން ޙިއްސަކަށް އެނގިފައިވާ ކަމަކާމެދު އިޤްރާރުވުން ކަމުގައި ވީހިނދު، ޖިނާއީ
މައްސަލަތަކުގައި ހެކިދޭ ހެކިވެރިޔާގެ ހުންނަންޖެހޭ ޢާންމު ޝަރުޠުތަކެއްވާ ފަދައިން އެހެކިވެރިޔާގެ މައްޗަށް
ޖިނާޢީ މައްސަލަތަކުގައި ހެކިބަސްދިނުން މަނާވެގެންވާ ޙާލަތްތަކެއްވާކަން އެނގޭކަމާއި، އެގޮތުން؟
1- ހެކިވެރިޔާއަކީ މުއްތަހަމާ ވަކި ދަރަޖައަކަށް ތިމާގެ މީހަކަށް ވުމާއި،
2- ހެކިވެރިޔާއާއި މުއްތަހަމާއި ދެމެދު މަޞްލަޙަތާ ތަޢާރުޟުވާފަދަ ގުޅުމެއް އޮތުމާއި،
3- ހެކިވެރިޔާއަށް ޤާނޫނީ ގޮތުން ސިއްރު ހިފެހެއްޓުމަށް ލާޒިމްވެގެންވާ ކަމަކާ ގުޅިގެން
ހެކިބަސް ދިނުމާއި،
4- ފަނޑިޔާރަކު އޭނާ ބަލާ މައްސަލައެއްގައި ހެކިބަސް ދިނުމާއި،
5- ޤާނޫނީ ވަކީލަކު އޭނާ ވަކާލާތުކުރާ މައްސަލައެއްގައި ހެކިބަސް ދިނުމާއި،
6- އެއް ޖަރީމާއަކާ ގުޅިގެން ތުހުމަތު ކުރެވިފައިވާ މުއްތަހަމުންގެ ތެރެއިން އެއް މު
އެއްކޮޅަށް ނުވަތަ ދެކޮޅަށް ހެކިބަސް ދިނުން. ކަމާއި، މިކަންކަން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނަންބަރު 01/SC
-
A/2012 ޤަޟިއްޔާގައި ވެސް ބަޔާންކޮށްފައިވާއިރ
އަނެއް
09 ފ ދ ތދު
މުއްތަހަމަކު
/
<
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
26
2016/HC-A/558
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މިމައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންނާމެދު، މިމައްސަލައިގައި ދަޢުވާލިބޭ
އަޙްމަދު ނިހާންގެ ފަރާތުން ފާހަގަކޮށްފައިވާ އިޢުތިރާޝަކީ، ސިއްރުން ހެކިންގެ ހެކިބަސް ނެގުމާއި، ސިއްރުން
l
ހެކިބަސް ދީފައިވާ، ހެކިވެރިޔާ 1 އަދި ހެކިވެރިޔާ 2 އަކީ، ސިޔާސީ އެކްޓިވިސްޓުން ކަމަށްވުމާއި ސިއްރު
ހެކިވެރިޔާ 1 ތަހުޤީޤަށް ބަޔާން ދިނުމާއެކު، އޭނާއަށް ސިޔާސީ ބޮޑު މަޤާމެއް ދީފައި އޮތުމުން އެ ދެމީހުން
ހެކިބަސް ދީފައިވަނީ މާލީ އަދި ސިޔާސީ މަންފާއެއް އޮވެގެންކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމާއެކު އެ
މީހުންގެ ހެކިބަސް އެއްކިބާކުރަން ޖެހޭނެކަމަށް ބުނެކަން އެނގޭއިރު، ޝަރީޢަތަށް ހުށަހެޅޭ ހެކިންގެ ހެކިބަހާމެދު
ތުހުމަތު އުފެދޭފަދަ ސަބަބެއް އޮތްކަމަށް ހުށަހެޅިއްޖެނަމަ، އެކަން ޝަރީޢަތުން ބަލަންޖެހޭނެ ކަމާއި،
މިމައްސަލައިގައި ހެކިބަސްދީފައިވާ އިސްވެ ބުނެވުނު ހެކިންގެ ހެކިބަހުގެ ތެދުވެރިކަމާމެދު އަޙްމަދު ނިހާނުގެ
ފަރާތުން ހުށަހަޅާފައިވާ އިޢުތިރާޟުތަކުގެ ޙަޤީޤަތް އެގޮތަށް އޮތްތޯ ނުވަތަ ނެތްތޯ ޝަރީޢަތުން ބައްލަވާފައިވާކަން
މިޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން ނެތްކަމާއި،
ޝަރީޢަތަށް ހުށަހެޅޭ ދަޢުވާތަކާ ގުޅިގެން ހުށަހެޅޭ ހެކިންގެ ހެކިބަސް ޢާންމު އުޞޫލެއްގެ ގޮތުން
ޝަރީޢަތުން ނަގަންޖެހޭނީ، ހާމަކަމާއެކުގައި ހުޅުވާލެވިގެންވާ ޝަރީޢަތެއްގައި ކަމުގައިވީނަމަވެސް، އިސްތިސްނާ
ޙާލަތްތަކުގައި ހެކިންނަކީ ނޭނގޭ ގޮތެއް އެމީހުންގެ އައިޑެންޓިޓީ ހާމަނުކޮށް ނުވަތަ އަޑު
ބަދަލުކޮށްގެން ނުވަތަ ފަރުދާއެއްގެ ފުރަގަހުގައި އެމީހާ ނުފެންނަ ގޮތަށް ހުރެ ހެކިބަސް ނެގުމަކީ ދިވެހިރާއްޖޭގެ
ޝަރުޢީ ކޯޓުތަކުގައި އަދި ދީމިޤްރާތީ އެހެން މުޖްތަމަޢުތަކުގެ ޝަރުޢީ ކޯޓުތަކުގައި ޢަމަލުކުރަމުން ގެންދާ
އުސޫލެއްކަން އެނގޭކަމާއި،
ދަޢުވާއާ ގުޅިގެން ޝަރީޢަތަށް ހުށަހަޅާ ހެކިންގެ ތެރެއިން، ޝަރީޢަތަށް ހުށަހެޅޭނެ ހެކިންނާއި
ހާޒިރުކުރާނެ ހެކިން ކަނޑައެޅުމަކީ އެމައްސަލަ ބައްލަވާ ފަނޑިޔާރަކަށް ލިބިގެންވާ ތަޤް
ސިއްރު ހެކިންގެ ގޮތުގައި ހެކިބަސް ނަގައިދިނުމަށް ޝަރީޢަތުގައި އެހެކިން ހުށަހެޅި ފަރާތުން އެދޭއެދުމަށް
ބަލައި، ސިއްރު ހެކިންގެ ގޮތުގައި ހެކިބަސް ނެގުމަށް ޝަރީޢަތުން ކަނޑައެޅުމުގައި
ވާކަމާއި، އެގޮތުން، ސިއްރުން ހެކިބަސް ނެގުމަށް މަޤްބޫލު ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރިކަމާއި، ހެކިބަސް
ކ ބޑތ
ކޮންބައެއް
0
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
27
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2016/HC-A/558
ސިއްރުކޮށްދިނުމަށް އެހެކުން އެދިފައި އޮތުމާއި، އެހެކިންނަކީ ހެކިންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް
ފުރިހަމަވާ ބައެއްތޯ ބެލުމުގެ އިތުރުން،
1- ހެކިބަސްދޭ މީހާއަކީ ކާކުކަން އެނގޭ ގޮތަށް ހާމަކޮށް ޝަރީޢަތުގައި ހެކިބަސް ނަގައިފިނަމަ،
އެހެއްކަށް ނުވަތަ އޭނާގެ ޢާއިލާގެ ރައްކާތެރިކަމަށް ބިރުވެރިކަމެއް ކުރިމަތިވުމުގެ ސަބަބެއް
ޙަޤީޤަތުގައިވެސް އޮތްތޯ؟
2- އެހެކީގެ ހެކިބަސް މައްސަލައާ ގުޅުންހުރި މިންވަރާއި އެހެކިބަހުގެ މުހިންމުކަން އޮތް
މިންވަރު؟
3- ވަކިފަރާތަކަށް ނުޖެހި ޢަދުލުވެރިކަމާއެކު ހެކިބަސް ދެވިދާނެ ފަރާތެއްތޯ؟
4- ޝަރީޢަތުގެ މަޖިލީހުގައި އެހެކީގެ ސިއްރު ހިފެހެއްޓުމުގެ ޤާބިލްކަން ހުރި މިންވަރު.
5- ހެކިބަސް ސިއްރުން ނޫން އެހެން ގޮތަކަށް ނެގުމުގެ ފުރުޞަތު އޮތްތޯ؟ ޝަރީޢަތުން
ބަލަންވާނެ ކަމާއި،
މިކަންކަމުގެ މައްޗަށް ބެލުމަށްފަހު، ސިއްރު ހެކިބަސް ޝަރީޢަތުން ނެގުމުގެ ހުއްދަ ދެވިދާނެ
ކަމާއި، ސިއްރު ހެކިބަސް ނެގުމަކީ، ވަކި ޙާލަތްތަކެއްގައި އެކަމުގެ ޝަރޫރަތްތެރިކަމަށް ބަލައި ދިވެހިރާއްޖޭގެ
ޝަރުޢީ ނިޒާމު ބަލައިގެންފައިވާ ކަމެއްކަން މިކޯޓުގެ ނަންބަރު 163/HC
-
A/2013 ޤަޟިއްޔާގައިވެސް
ކަނޑައަޅާފައިވާ ކަމާއި، އެގޮތުން ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ދަޢުވާކުރެވޭ މައްސަލަތަކާ ގުޅިގެން
ހެކިބަސްދޭ ހެކިންގެ ނަފްސަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެ ކަމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި
ފެންނަން އޮވެފައި، އެހެކިންގެ ހެކިބަހަކީ މައްސަލައަށް މުހިއްމު ހެއްކެއްކަމުގައިވާނަމަ މުއްތަހަމާއި ހެކިވެރިޔާ
އެކަކު އަނެކަކަށް ފެންނަ ގޮތުން އެއް ޙާޝިރަކަށް ނުގެނެސް، ހެކިބަސް އަދާކުރަނީ ކާކު
ހެކިބަސް ސިއްރުން ނެގިދާނެ ކަމާއި، ނަމަވެސް އެފަދައިން ހެކިބަސް ނެގޭނީ ޝަރީޢަ
ކުރިއަށް ގެންދެވިދާނެކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތުގައިކަން އެނގޭއިރު،
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
28
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2016/HC-A/558
ސިއްރު ހެކިންގެ ހެކިބަހުގެ މައްޗަށް ހިންގޭ ޝަރީޢަތުގެ އިންސާފުވެރިކަން ކަށަވަރުކޮށް
ދިނުމުގެ ގޮތުން، ސިއްރު ހެކިންނާ ބައްދަލުކޮށް އެހެކިންގެ ޝަޚްޞާއި، އެމައްސަލައިގައި އެހެކިބަހުގެ
މުޙިއްމުކަން އޮތް މިންވަރު ބެލުމުގެ ގޮތުން އެހެކިންނާ ބައްދަލުކުރުމުގެ ފުރުސަތާއި، މައްސަލައިގައި އެހެކީގެ
ހެކިބަހުގެ މުޙިއްމުކަން ދެނެގަތުމަށްޓަކައި އެހެއްކާ ގުޅޭ މަޢުލޫމާތު ފަނޑިޔާރަށް ލިބިދޭންޖެހޭނެ ކަމާއި،
އެހެއްކަކީ ކާކުކަން ހާމަނުވާނޭ ގޮތެއްގެ މަތިން އެކަށީގެންވާ މިންވަރަށް ނުވަތަ އެއަށްވުރެ ގިނައިން އެހެއްކާ
ސުވާލު ކުރުމުގެ ފުރުޞަތު ދަޢުވާލިބޭ ފަރާތަށް ޝަރީޢަތުން ދޭންވާނެ ކަމާއި، ސިއްރު ހެކީގެ ހުއްދަ ފާޅުގައި
ލިބިގެންނޫނީ އެފަރާތަކީ ކޮންފަރާތެއްކަން އެނގޭނޭ މަޢުލޫމާތު ޝަރީޢަތުން ހާމަނުކުރުމާއި، އަދި ހެކި
ސިއްރުކުރި ސަބަބު ފިލައިގެން ދިއުމުގެ ކުރިން، ސިއްރު ހެކީގެ މަޢުލޫމާތު ހާމަކޮށްގެން ނުވާނެ ކަމާއި،
މައްސަލައިގައި ސިއްރު ހެކިންގެ ހެކިބަސް ޝަރީޢަތުގައި ނަގާފައިވަނީ، އެހެކިންގެ
ރައްކާތެރިކަމަށް ބިރުވެރިކަމެއް އޮވެގެންކަމާއި، އަދި އެހެކިބަސް ސިއްރު ނުކޮށް ނެގުމުގެ ފުރުޞަތު އޮތް
މިންވަރަށް ޝަރީޢަތުގައި ރިޢާޔަތްކުރެވި ބެލިގެންކަން އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން ނެތްކަމެވެ.
OOLOX
(ވ) ނުވަވަނަކަމަކީ: އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި
ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ، އެމީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު އެމީހަކަށް
ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
ބަޔާންކޮށްފައިވާއިރު، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލާ
ފަނޑިޔާރު ތަޤްރީމް ކޮށް ވަޒަންކުރުމަށްފަހު އެފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކާއި އެހެކިތަކާއި
ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެ ހުރެ ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިޞާޢު ވެގެ
ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
29
2016/HC-A/558
މައްސަލާގައި އަޙްމަދު ނިހާންގެ މައްޗަށް ކުށް ސާބިތުވެފައިވާކަމަށް ކަނޑައަޅުއްވާފައިވަނީ، ޤާނޫން އީ ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޖިނާއީ މައްސަލައެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ
ޙުކުމް ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީ ގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއްގެ މައްޗަށްކަން އެނގެން
އޮންނައިރު، ޖިނާއީ މައްސަލަ ސާބިތުކުރުމަށް ބޭނުންކުރެވޭ އެންމެ މުޙިއްމު އެއްދަލީލުކަމުގައިވާ ހެކިންގެ
ހެކިބަސްވާންޖެހޭނީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ ހެކިބަހަކަށްކަން އެނގޭއިރު،
މިމައްސަލައިގައި އަޙްމަދު ނިހާނުގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ
ފަރާތުން ހުށަހެޅި ހެއްކާއި ޤަރީނާތަކަށް ބަލާއިރު، މިމައްސަލައިގެ ހާދިސާ ހިނގިއިރު، އަޙްމަދު ނިހާން
މަސައްކަތްކުރަމުން ދިޔަ އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓުން ރައީސުލްޖުމްހޫރިއްޔާ ހައްޔަރުވުމަށް ކޯޓު އަމުރެއް
ނެރެފައިނުވާ ކަމާއި، އަދި އެފަދަ އަމުރެއް ތައްޔާރުކުރުމަށް އަޙްމަދު ނިހާން އުޅެފައިވީނަމަވެސް، އެއަމުރުގައި
ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެފައިނުވުމާއި، އެއަމުރު އެހެންފަރާތަކަށް ފޮނުވައި ނުވަތަ
ޕްރިންޓްކޮށްފައިނުވުމާއި، އަދި އެފަދަ އަމުރެއް ހިފައިގެން ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް މީހަކު ނުވަތަ
ބަޔަކުވެސް އުޅެފައިނުވުމުން އަޙްމަދު ނިހާންގެ އެޢަމަލަކީ ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުވުމަށް އުޅުމާއި،
އެކަމުގައި ބައިވެރިވިކަން އެކަށީގެންވާ މިންވަތުގެ ޝައްކެއް ނެތި ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާކަން
އެނގެން އޮންނަކަމެވެ.
(މ) ދިހަވަނަކަމަކީ، މި މައްސަލައިގައި އަޙްމަދު ނިހާނުގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރީ،
ޓެރަރިޒަމް ޢަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ކުށުގެ ދަޢުވާކޮށް ކުރިއަށް ގެންގޮސްފައިވަނީ، ޤާނޫނު
އަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި 42 ވަނަ މާއްދާއިން އަޙްމަދު ނިހާނަށް ލިބިދީފައިވާ އަސާސީ
ޙައްޤުތަކަށާއި، ކުށުން ބަރީޢަވުމަށް ޝަރީޢަތުން ލިބިދޭންޖެހޭ ޙައްޤު ހަނިވާ ގޮތަށް ކަމާއި، އަދި
،ހައި
51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ މިންވަރުގެ ޝައްކެއް ނެތް މިންވަރަކީ
ދަޢުވާ ސާބިތުނުވާކަން އެނގެން އޮންނާތީ، އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާ ގައި (ޤަޑޫގެ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
30
2{016/HC-A/558
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2
ވަނަ ނަންބަރާ، އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރާ، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ)
ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، އަޙްމަދު ނިހާންގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމް ޢަމަލެއް ކުރަން
އުޅުމާއި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން
ގއ.މާމެންދޫ ވީނަސް، އަޙްމަދު ނިހާން 17 (ސަތާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ
ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައި ވެއެވެ.
އެހެންކަމުން، ފީޤާ ޟީއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ކްރިމިނަލް
ކޯޓުގެ ނަންބަރު 2016/Cr
-
C/212 ޤަޟިއްޔާގައި ގއ.މާމެންދޫ! ވީނަސް، އަޙްމަދު ނިހާންގެ މައްޗަށް
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމުގައެވެ.
ޙުކުމް
ދެންފަހެ އިސްވެބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ކްރިމިނަލް ކޯޓުގެ
ނަންބަރު 2016/Cr
-
C/212 ޤަޟިއްޔާގައި، ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)
ގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަމާއްދާއާއި،2 ވަނަ ނަންބަރާ، އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގެ 2
ވަނަ ނަންބަރާ، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން އީޘާބޭނެދޫ
ވީނަސް، އަޙްމަދު ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ކުށުގަ
ދަޢުވާ ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނުނ އުކާ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
31
2016/HC-A/558
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޚިލާފަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް ކަނޑައަޅައި، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް، މި
ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv