ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/156 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/156
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 156/HC-A/2012
ދާއިމީ އެޑްރެސް: ގ.ރޯޝަންހިޔާ/ މާލެ
މިހާރުގެ އެޑްރެސް: -
އިސްތިއުނާފު ކުރި ފަރާތް:
* ނަން: އަޙްމަދު އިލްހާމް
އައި.ޑީ.ކާޑު ނަންބަރު: A150643
* ވަކީލް: ޝަހީމް އަޙްމަދު ހ.ހެޕީނައިޓް
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: އ. ޕަބްލިކް ޕްރޮސިކިއުޓަރ
0
*
0
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 02 ރަޖަބް 1433 ނިމުނު ތާރީޚް: 03 ރަޖަބު 1433
23 މެއި 2012
24 މެއި 2012
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2012/4024(J
(
MD-145
ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ
ޔާގެ ބާވަތް: ކޯޓުއަމުރު
*އަމުރު ނެރުނު ތާރީޚް: 16 މެއި 2012
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީސަމީރު، ފަނޑިޔާރު: އަޙްމަދު ޝަރީފް، ފަނޑިޔާރު: ޔޫސުފް ޙުސައިން
0
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/156
0
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/4024(J(MD-145 ކޯޓު އަމުރަކީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރުމަށްއެދި
ގިރޯޝަންހިޔާ، އަޙްމަދު އިލްހާމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
އަޙްމަދު އިލްހާމްގެ ފަރާތުން ކުރި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް) އެވެ.
;(ސއވ
ފާހަގަކުރެވުނު ނުކުތާ
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/4024(J(MD-145 ކޯޓު އަމުރަކީ، މަސްތުވާތަކެތީގެ
ވިޔަފާރިކުރުމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި މުޖުތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި
އަޙްމަދު އިލްހާމް ދޫކުރަންނުފެންނާތީ އާއި، އަޙްމަދު އިލްހާމް ދޫކޮށްލައިފިނަމަ މައްސަލައާ ގުޅުންހުރި ހެކިތައް
ގެއްލުވާލަން މަސައްކަތްކޮށްފާނެކަމަށް ފެންނާތީ ކަމަށް ވިދާޅުވެ 16 މެއި 2012 ވަނަ ދުވަހުގެ 20:03 އިން
ފެށިގެން 26 މެއި 2012 ވަނަ ދުވަހުގެ 20:00 ގެ ނިޔަލަށް، 10 (ދިހައެއް) ދުވަހުގެ މުއްދަތަށް
މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި އަޙްމަދު އިލްހާމް ބަންދުކޮށްފައި ބެހެއްޓުމަށް
ކުރައްވާފައިވާ އަމުރެއްކަން އެއަމުރުން އެނގެންއޮވެއެވެ.
CCCXOC
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/4024(J(MD-145 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
އަޙްމަދު އިލްހާމްގެ ފަރާތުން ދޭއް ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާއިމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
ccc
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
2012/HC-A/156
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/4024(J(MD-145 ކޯޓު އަމުރު އަޙްމަދު އިލްހާމްގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: 04 މީހަކު މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމަށް
ތުހުމަތުކުރެވޭ މައްސަލައެއްގައި 2012 މެއި 16 ވަނަ ދުވަހުގެ 20:03 ހާއިރު އަޙްމަދު އިލްހާމް
ދެވިފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 072201/MF "ހައްޔަރު ކުރެވޭ މީހާގެ
މަޢުލޫމާތު ފޯމް" އިން އެނގެއެވެ.
ހހ##
(ނ) ދެވަނަ ކަމަކީ: ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްގެ ހައްޔަރާމެދު ގޮތެއް
ނިންމައިދިނުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް މައްސަލަ ހުށަހެޅުމުގެ ކުރިން "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު” ގެ
ޖަދުވަލު (2) ގައި ބަޔާންކުރެވިފައިވާ ހުވާ ފަނޑިޔާރު ލައިދިނުމުން އެމައްސަލައެއް ތަޙްޤީޤުކުރާ މީހާ
ފަނޑިޔާރުގެ ކުރިމަތީގައި ހުވާ ކުރަންވާނެކަން އިޝާރާތްކުރެވު. ޤަވާއިދުގެ 05 ވަނަ މާއްދާގެ (ށ) ގައި
ސާފު ޢިބާރާތުން އެނގެން އޮވެފައި،
އިސްތިއުނާފުކުރެވޭ މިމައްސަލާގައި އަޙްމަދު އިލްހާމްގެ ބަންދާމެދު ގޮތެއް ނިންމައިދިނުމަށް
ހުށަހެޅުމުގެ ކުރިން އިސްވެ އިޝާރާތްކުރެވުނު ހުވާކުރުވާފައި ނުވާކަން މިމައްސަލައާ ގުޅިގެން ދައުލަތުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން
އެނގެންއޮތުމުން، ކްރިމިނަލް ކޯޓުން އަޙްމަދު އިލްހާމް ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުއްވުމުގައި
ޢަމަލުކުރައްވާފައިވަނީ "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާސްރުވެ
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު” ގެ 05 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިފައިވާ
އެއްގޮތަށް ނޫންކަން އެނގެއެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/156
ޙުކުމް:
(މިޘާއެކު
.ދިމާއިކު
ދެންފަހެ، އިސްވެ ބަޔާންކުރެވުނު
ކަންތައްތައް ބަޔާންކުރެވިދިޔަ ގޮތަށް
ގިރޯޝަންހިޔާ އަޙްމަދު އިލްހާމް 16 މެއި 2012 ވަނަ ދުވަހުގެ 20:03 އިން ފެށިގެން 26 މެއި 2012
ވަނަ ދުވަހުގެ 20:02 އަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު
2012/4024(J(MD-145 ކޯޓު އަމުރު ނެރުއްވުމުގައި ޢަމަލުކުރައްވާފައިވަނީ "ކުށެއްގެ ތުހުމަގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 05
ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިފައިވާ އިޖުރާއާތުތަކާ ޚިލާފަށްކަން އެނގެން އޮތުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/4024(J
(
MD-145 ކޯޓު އަމުރު މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv