ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/102 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{12/HC-A/1:02
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 102/HC
-
A/2012
•އިސްތިއުނާފުކުރި ފަރާތް
* ނަން: ސިވިލްސަރވިސްކޮމިޝަން
ކާޑު ނަންބަރ:
* ދާއިމީ އެޑްރެސް: ހ.ވެލާނާގެ
މިހާރުގެ އެޑްރެސް: ވެލާނާ ބިލްޑިންގ
==
•އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޢަބްދުއްރަޙްމާން މޫސާ
އައިޑީ ކާޑުނަންބަރު: A120943
ދާއިމީ އެޑްރެސް: ވައިކަރަދޫގެ /ހއ.އުލިގަމް
މިހާރުގެ އެޑްރެސް: ހުޅުމާލެ ފްލެޓް 03-G-1
* ރަޖިސްޓްރީކުރެވުނު ތާރީޚް: 04 އޭޕްރީލް 2012
ނިމުނު ތާރީޚް: 28 މެއި 2012
• އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/95
ހުށަހެޅި ތާރީޚް: 14 ޖުލައި 2011 * ނިމުނު ތާރީޚް: 02 ފެބުރުވަރީ 2012
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢައްބާސް ޝަރީފު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުތް
އީމެއިލް: fotoghcourt.gov.mv
ފޯން 129}3325، ފެކްސް 3316471
ވައިޓް
www.highcourt-gov.my en
2
2{12/HC-A/12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
98/VTR/2011
• ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ
މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ސިވިލް ސަރވިސް
ކޮމިޝަން ގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ
އުލިގަމް ވައިކަރަދޫގެ ޢަބްދުއްރަޙްމާން މޫސާ (އައިޑީކާޑް ނަންބަރު: A120943) އެވެ.
-01
ހއ،
95/VTR/2011
ފާހަގަކުރެވުނު ނުކުތާތައް:
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން، ސިވިލް ސަރވިސް ކޮމިޝަން ގެ ފަރާތުން
އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ.
02- އިސްތިއުނާފް މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2011/VTR/95
މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، ޢަބްދުއްރަޙްމާން މޫސާ
(A120943) ވައިކަރަދޫ ހއ.އުލިގަމް، 1 ޖެނުއަރީ 2009 ފެށިގެން ޣާޒީ ސްކޫލްގެ ވޮޗަރެއްގެ މަޤާމުގައި
ވަޒީފާ އަދާކުރަމުން ދަނިކޮން، ވަޒީފާ ދާއިމީނުކޮށްދީ 24 މެއި 2011 ގައި، އެއްވެސް ސަބަބެއްނެތި
ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާ އަނބުރާ ހޯދުމަށާއި އަދި ވަޒީފާއިން ވަކިކުރިދުވަހުން ފެށިގެން މައްސަލަ
ނިމޭދުވަހާ ހަމައަށް ހިނގާ ދުވަސްތަކުގެ މުސާރައާއި އެލަވަންސް ހޯދުމަށް އެދި ސިވިލް ސަރވިސް
ކޮމިޝަންގެ މައްޗަށް ޢަބްދުއްރަޙްމާން މޫސާ 14 ޖުލައި 2011 ގައި ހުށަހަޅާފައިވާ މައްސަލައެއްކަން
އެނގޭކަމާއި،
އެމައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"....ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި،
މައްސަލަ ރައްދުވާ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު،
މައްސަލަ ހުށަހެޅި ޢަބްދުއްރަޙްމާން މޫސާ ހުޅުމާލޭ ޣާޒީ ސްކޫލުގައި ސެކިއުރިޓީ އޮފިސަރގެ މަޤާމު ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.Figfhcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{12/HC-A/1(2
2004 ....
ޖެނުއަރީ 2009 ވަނަ ދުވަހުން ފެށިގެން އަދާކުރަމުން އައިސްފައިވަނީ، ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ
މުވައްޒަފެއްގެ ގޮތުންކަމަށާއި، އޭނާ ވަޒީފާގައި ގެންގުޅެން ފަށާފައިވާއިރުވެސް އޭނާއަކީ ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކުރާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޝަރުޠު
ފުރިހަމަ ނުވާ މީހެއްކަމުން އޭނާގެ ވަޒީފާ ދާއިމީކޮށްދެވޭނެ ތަނެއް ނެތްކަމަށް މައްސަލަ ރައްދުވި ފަރާތުން
ބުނިނަމަވެސް، ޢަބްދުއްރަޙްމާން މޫސާ ވަޒީފާއިން ވަކިކުރިކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާ 24 މެއި
2011 ގެ ނިޔަލަށް އޭނާ ޣާޒީ ސްކޫލްގެ ސެކިއުރިޓީ އޮފިސަރގެ މަޤާމުގައި 02 އަހަރު ދުވަހަށް ވުރެ
ދިގުމުއްދަތަށް ޚިދުމަތް ކޮށްފައިވާކަން އެނގެން އޮތުމުން، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގެ
ދަށުން ޢަބްދުއްރަޙްމާން މޫސާއަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ދިވެހި
ސިވިލް ސަރވިސްގެ ދާއިމީ ވަޒީފާއެއްގައި ހުރި މުވައްޓިފެއްކަމަށް ބަލަންޖެހޭ ހިނދު، އޭނާ ވަޒީފާއިން
ވަކިކުރުމުގައި ދިވެހި ސިވިލް ސަރވިސް ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރަން
ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް އޭނާއާމެދު ޢަމަލުކުރަންޖެހޭކަމަށާއި، އޭނާއަކީ ސިވިލް ސަރވިސްގެ
ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ)ގެ ދަށުން މުސްކުވިކޮށް ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ސިވިލް
ސަރވިސް ކޮމިޝަނަށް ލިބިދޭ އުމުރުގެ މީހެއްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަ ކުރާއިރު ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުންނާ މެދު ޢަމަލުކުރާ އުސޫލުން އޭނާއާމެދު
ޢަމަލުކޮށްފައިވާކަން އެނގެން ނެތަތީއާއި، ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މަޤާމެއްގައި ހުރި މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން އޭނާއާމެދު
ޢަމަލުކޮށްފައިވާކަން އެނގޭނެފަދަ އެއްވެސް ދަލީލެއް މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައި ނުވާތީ،
ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މައްސަލަ ހުށަހެޅި ޢަބްދުއްރަހްމާން މޫސާ ވަޒީފާއިން
ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި،
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޢަބްދުއްރަޙްމާން މޫސާ
ކުރިން އަދާކުރަމުން ދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން
ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، 24 މެއި 2011 ން 09 ފެބްރުއަރީ 2012 ގެ ނިޔަލަށް
ޢަބްދުއްރަޙްމާން މޫސާއަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ، 02 ފެބްރުއަރީ 2012 ވަނަ
ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ އޭނާއަށް ދީ ޚަލާސް ކުރުމަށްފަހު އެކަންޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.Figfhcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{12/HC-A/1(2
3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، ސިވިލް ސަރވިސް
ކޮމިޝަނަށް އަންގައި އަމުރުކުރަމެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން އެމައްސަލައިގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
22 / /
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2011/VTR/95 މައްސަލައިގެ ޙުކުމާއި ގުޅިގެން ސިވިލް ސަރވިސް ކޮމިޝަން ގެ ފަރާތުން އެމައްސަލަ
އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކުރާ
ވަޒީފާއަށް ޢައްޔަނު ކުރުމުގެ ޝަރުޠުތަކުގެ ތެރެއިން އެމާއްދާގެ 3 ވަނަ ޝަރުޠު ހަމަނުވާ މީހަކަށް، ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނާއި ޚިލާފަށް ވަޒީފާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ސިވިލް ސަރވިސް
ކޮމިޝަންގެ މައްޗަށް އަމުރުކުރުން ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ.
* ދެވަނަ ނުކުތާއަކީ: ސިވިލް ސަރވިސް ކޮމިޝަނުން ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއެއް
ދީފައިނުވާ މީހަކަށް ވަޒީފާދީފައިވާ މީހެއްކަމަށްބަލައި މުސާރައާއި އިނާޔަތް ދިނުމަށް ސިވިލް ސަރވިސް
ކޮމިޝަންގެ މައްޗަށް އަމުރުކުރުން ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ.
04- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/95 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިޔުންތަކާއި ހެކިތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/95 މައްސަލަ އިސްތިއުނާފު
ކުރުމަށްއެދި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ ތެރެއިން ފުރަތަމަޖެޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.Figfhcourt.gov.mv
5
2{12/HC-A/1(2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2*
ނުކުތާގައި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ވަޒީފާއަށް ޢައްޔަނު
ކުރުމުގެ ޝަރުޠުތަކުގެ ތެރެއިން އެމާއްދާގެ 3 ވަނަ ޝަރުޠު ހަމަނުވާ މީހަކަށް، ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނާއި ޚިލާފަށް ވަޒީފާ ހަމަޖައްސައި ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ސިވިލް ސަރވިސް ކޮމިޝަންގެ
މައްޗަށް އަމުރުކޮށްފައިވާކަމަށްބުނެ ފާހަގަކޮށްފައިވާތީ، އެނުކުތާއަށް ބެލުމުގެ ގޮތުން ހައިކޯޓުން ބެލިބެލުމުން،
ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 41 ވަނަ މާއްދާއަކީ
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މުވައްޒަފުން އައްޔަނު ކުރުމުގެ ޝަރުޠުތައް ބަޔާންކޮށްފައިވާ މާއްދާކަމާއި،
މިގޮތުން އެމާއްދާގެ (ހ) ގައި، "ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ޢައްޔަނުކުރެވޭނީ، ތިރީގައިމިވާ
ޝަރުޠުތައް ފުރިހަމަވާ މީހުންނެވެ." މިފަދައިން ބަޔާންކުރުމަށްފަހު، އެއަކުރުގެ (3) ވަނަ ނަންބަރުގައި،
"ވަޒީފާއަށްއެދި ހުށަހަޅާއިރު، މިޤާނޫނުގައި ބަޔާންކޮށްފައިވާ ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު
ކޮމިޝަނަށް ލިބިދޭ ޢުމުރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން." މިފަދައިން ބަޔާން ކޮށްފައިވާކަން އެނގެން
އޮންނަކަމާއި،
އެޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގައި، މުވައްޒަފެއްގެ ޢުމުރުން 55 އަހަރު ވުމުން
މިޤާނޫނުގެ 50 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ގޮތުގެމަތީން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން
ވަކިކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
އެހެންކަމުން ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިދޭ
ޢުމުރަކީ މުވައްޒަފުގެ ޢުމުރުން 55 އަހަރު ފުރިހަމަ ވުންކަން އެންގެން އޮތްއިރު، ޣާޒީ ސްކޫލުގެ ވޮޗަރު
ކަމުގެ މަޤާމަށްއެދި ޢަބްދުއްރަޙްމާން މޫސާ ހުށަހެޅިއިރު އޭނާއަކީ ޢުމުރުން 55 އަހަރު ފުރިހަމަވެފައިވާ
މީހެއްކަމަށް ހުށަހެޅިފައިވާ އޭނާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މަޢުލޫމާތުންނާއި، އޭނާގެ އަމިއްލަ
އިޢުތިރާފުން ސާފުކޮށް އެނގޭކަމުން، ޢަބްދުއްރަޙްމާން މޫސާ އަށް ޣާޒީ ސްކޫލުގެ ވޮޗަރު ކަމުގެ ވަޒީފާ އެންމެ
ފުރަތަމަ ދީފައިވަނީވެސް ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 41 ވަނަ
މާއްދާގެ (3) ވަނަ ނަންބަރާއި ޚިލާފަށްކަން އެނގެއެވެ
27320
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{12/HC-A/1{
ކލ ބ ގ / ތ
04
/
4
04ނ
(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/95 މައްސަލަ އިސްތިއުނާފު
ކުރުމަށްއެދި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ ތެރެއިން ދެވަނަ
ނުކުތާގައި، ސިވިލް ސަރވިސް ކޮމިޝަނުން ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއެއް ދީފައިނުވާ މީހަކަށް
ވަޒީފާދީފައިވާ މީހެއްކަމަށްބަލައި މުސާރައާއި އިނާޔަތް ދިނުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފައިވަނީ ކަމުގައި ބުނެފައިވާތީ، އެނުކުތާއާއި ގުޅިގެން ބެލިބެލުމުން،
މާން މޫސާ، ޣާޒީ ސްކޫލުގެ ވޮޗަރު ކަމުގެ މަޤާމުގައި ގެންގުޅެންފަށާފައިވަނީ 01 ޖެނުއަރީ 2009
ގައި ކޮންޓްރެކްޓް އުޞޫލުން ތިން މަސްދުވަހުގެ މުއްދަތަށްކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ
ލިޔުންތަކުން އެނގެން އޮންނަކަމާއި، ނަމަވެސް އެ ތިންމަސް ދުވަހުގެ ފަހުންވެސް ޣާޒީ ސްކޫލުގެ ފަރާތުން
ޢަބްދުއްރަޙްމާން މޫސާ ދެ އަހަރަށްވުރެ ދިގު މުއްދަތަކަށް ގެންގުޅެފައިވާކަމާއި، އެކަން އެގޮތަށް ކޮށްފައިވަނީ
ސިވިލް ސަރވިސް ކޮމިޝަނަށް ޤަވަޢިދާ އެއްގޮތްވާގޮތުގެ މަތީން ލިޔެ، ފުރިހަމަކުރަންޖެހޭ އިޖްރާއާތު ފުރިހަމަ
ކުރުމަކާ ނުލައިކަން ދެފަރާތުގެ ބަހުންވެސް އެނގޭކަމާއި،
ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަރާތުން
ޢަބްދުއްރަޙްމާން މޫސާ އަށް ޣާޒީ ސްކޫލުގެ ވޮޗަރު ކަމުގެ މަޤާމު ހަމަޖައްސައިދިނުން އެދި ސިވިލް ސަރވިސް
ކޮމިޝަނަށް ފޮނުވާފައިވާ ވަޒީފާ ދެއްވުންއެދި ދަންނަވާ ޗިޓް" ގައިވާ ތާރީޚަކީ 07 ފެބްރުއަރީ 2011 ގެ
ތާރީޚް ކަން އެނގެން އޮތްއިރު، އެޗިޓުގައި، ޢަބްދުއްރަޙްމާނު މޫސާއަށް އެމަޤާމު 09 އޯގަސްޓް 2010 އިން
ފެށިގެން ހަމަޖައްސައިދިނުމަށް އެދިފައިވާކަން އެނގޭކަމާއި، އެޗިޓުގައިވެސް ޢަބްދުއްރަޙްމާނު މޫސާގެ އުފަން
ތާރީޚަކީ 01 ޖެނުއަރީ 1953 ކަމަށް ބަޔާން ކޮށްފައިވާކަމާއި،
ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު: 22
/
2011
/
421/A-188 ގެ ސިޓީއަށް ބަލާއިރު،
އެސިޓީއަކީ، ޣާޒީ ސްކޫލުގެ ވޮޗަރުގެ މަޤާމަށް ހއ.އުލިގަން)ވައިކަރަދޫގެ އަލްފާޟިލް ޢަބްދުއްރަޙްމާނު މޫސާ
ހަމަޖެއްސުމަށް ހުށަހެޅުމާއި ގުޅިގެން އެކޮމިޝަނުގެ ފަރާތުން އެކަމުގައި ގޮތެއް ނިންމުމަށްފަހު އެކަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް އެންގުމުގެ ގޮތުން ފޮނުވާފައިވާ ސިޓީއެއްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.Figfhcourt.gov.mv
7
2{12/HC-A/1(2
އެއްބަސްވުމެއްގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ ދާއިމީ ވަޒީފާއެއްގައި ހުރި މުވައްޒިފެއްކަމަށް ބަލަންގެ ހައި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެސިޓީގައި "ދިވެހި ސިވިލްސަރވިސްގެ ގަވާއިދުގެ 88 ވަނަ މާއްދާގެ (ހ) ގެ 3 ގައިވާ
ގޮތުގެ މަތީން، ވަޒީފާއަށްއެދި ހުށަހަޅާއިރު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ)
ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިދޭ ޢުމުރަށްވުރެ
(55 އަހަރަށްވުރެ) ދޮށީ މީހެއްކަމުގައި ނުވުމަށް ބަޔާންކޮށްފައިވާއިރު، ޢަބްދުއްރަޙްމާން މޫސާ އަކީ
ވަގުތީގޮތުން ވަޒީފާގައި ގެންގުޅެން ފެއްޓެވި ތާރީޚުން ފެށިގެންވެސް 56 އަހަރު ވެފައިވާ މީހެއްކަމުގައި
ދެންނެވީމެވެ.
ވީމާ ޢަބްދުއްރަޙްމާން މޫސާ ވަޒީފާގައި ގެންގުޅުއްވަމުން ގެންދަވާނަމަ، ސިވިލް ސަރވިސްގެ
ގަވާއިދުގެ ދަށުން ނޯޓިސް ދެއްވުމަށްފަހު އޭނާ ދޫކޮށްލެއްވުމަށް އެދި ދެންނެވީމެވެ." މިފަދައިން އެސިޓީގައި
ބަޔާން ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
(ނ) އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު އެންމެހައި ސަބަބުތައް އެގޮތުގެ
މަތީން ހުރުމާއެކު، އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/95
މައްސަލަ ބައްލަވާ ނިންމަވާފައިވާ ނިންމެވުމުގައި، ޢަބްދުއްރަޙްމާން މޫސާ ހުޅުމާލޭ ޣާޒީ ސްކޫލުގައި
ސެކިއުރިޓީ އޮފިސަރގެ މަޤާމު 01 ޖެނުއަރީ 2009 ވަނަ ދުވަހުން ފެނިގެން އަދާކުރަމުން އައިސްފައިވަނީ،
ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މުވައްޒަފެއްގެ ގޮތުންކަމަށާއި، އޭނާ ވަޒީފާގައި ގެންގުޅެން ފަށާފައިވާއިރުވެސް
އޭނާއަކީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކުރާ ދިވެހި ސިވިލް ސަރވިސްގެ
މުވައްޒަފުންގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމުން އޭނާގެ ވަޒީފާ ދާއިމީކޮށްދެވޭނެ ތަނެއް ނެތްކަމަށް މައްސަލަ
ރައްދުވި ފަރާތުން ބުނިނަމަވެސް، ޢަބްދުއްރަޙްމާން މޫސާ ވަޒީފާއިން ވަކިކުރިކަމަށް މައްސަލަ ރައްދުވި
ފަރާތުން ބުނާ 24 މެއި 2011 ގެ ނިޔަލަށް އޭނާ ޣާޒީ ސްކޫލްގެ ސެކިއުރިޓީ އޮފިސަރގެ މަޤާމުގައި 02
އަހަރު ދުވަހަށް ވުރެ ދިގުމުއްދަތަށް ޚިދުމަތް ކޮށްފައިވާކަން އެނގެން އޮތުމުން، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ
މާއްދާގެ (ށ) ގެ ދަށުން ޢަބްދުއްރަޙްމާން މޫސާއަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.Figfhcourt.gov.mv
#
8
2{12/HC-A/1(2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހިނދު، އޭނާ ވަޒީފާއިން ވަކިކުރުމުގައި ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި ޢަމަލުކުރަން ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް އޭނާއާ މެދު ޢަމަލުކުރަން
ކަނޑައަޅުއްވައި، އެކަނޑައެ
ނޑައެޅުއްވުމުގެ މައްޗަށް އެމައްސަލާގައި ނިންމަވާފައިވާ ނިންމެވުމަކީ ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނާއި ޤަވާޢިދާއި ފުށުއަރާ ބާތިލް ނިންމުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު ވެވިފައިވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/95
މައްސަލާގައި ނިންމަވާފައިވާ ނިންމެވުން ބާޠިލް ކުރަންޖެހޭކަމަށް ފާހަގަކުރެވެއެވެ.
މައެ
07:
22 22 2
ހރއކ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތީން
އިސްތިއުނާފް މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2011/VTR/95 މައްސަލާގައި
ހއ.އުލިގަމް ވައިކަރަދޫގެ ޢަބްދުއްރަޙްމާން މޫސާ (ދ.ރ.ކާޑު ނަންބަރު:A120943) ހުށަހެޅި މައްސަލަ
ބައްލަވާ ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ
41 ވަނަ މާއްދާ އާއި ތަޢާރުޟުވާ ބާޠިލް ނިންމުމެއްކަމުގައި ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް
www.highcourt.gov.my en o