ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/03 ޤަޟިއްޔާގެ ޙުކުމް
1
213/HC-A/03
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 03/HC-A/2013
އިސްތިއުނާފުކުރި ފަރާތްތައް:
*
* ނަން: އަޙްމަދު ޙުސައިން
އައިޑީ ކާޑު ނަންބަރު: A059899
ދާއިމީ އެޑްރެސް: ފ.ދޮންލުނބޯއާގެ/ މާލެ
މިހާރުގެ އެޑްރެސް: މ.ނިއުލައިފް/ މާލެ
:
އިސްތިއުނާފު ރައްދުވި ފަރާތްތައް:
ނަން: ސިވިލް ސަރވިސް ކޮމިޝަން
ވަކީލު: އޒީ.އާޔަތުﷲ ޙުސައިން
ކާޑު ނަންބަރު: A153226
: ދާއިމީ އެޑްރެސް: އާގެ ގއ.ގެމަނަފުށި
ޖިސްޓްރީ ތާރީޚް: 24 ޞަފަރު 1434
06 ޖެނުއަރީ 2013
ނިމުނު ތާރީޚް: 09 ޝަޢުބާން 1434
19 ޖޫން
2013
ދިވެހިރާއްޖޭގެ
ހައިކޯ
0
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/815
ނިންމެވި ކޯޓް: ސިވިލް
ޤަޟިއްޔާގެ ބާވަތް: އެއްބަސްވުމުގެ ދަށުން ލިބެންވާ ފައިސާ ހޯދުން
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު: ޔޫސުފު ޙުސައިން
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/03
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/815 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާއި
ތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުން އެދި ކ.މާލެ ގ.ދޮންލުނބޯއާގެ އަޙްމަދު
ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަންއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
A01 ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/815 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ފާސްވެ،
އެޤާނޫނަށް ޢަމަލުކުރަން ފެށިއިރު، ގ.ދޮންލުނބޯއާގެ އަޙްމަދު ޙުސައިން (ދ.ރ.ކާޑު ނަންބަރު A059899)
އަކީ ދިވެހި ސަރުކާރުގެ މުވައްޒަފެއްގެ ގޮތުގައި 48 (ސާޅީސް އަށެއް) އަހަރަށްވުރެ ގިނަދުވަހު
ޚިދުމަތްކޮށްފައިވާ މީހެއްކަމުގައި ވާތީއާއި، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު)
ގެ 73 ވަނަ މާއްދާގެ (ނ) ގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނުން، އެކޮމިޝަނުގެ ނަންބަރު
2008
/
1507/CSC/(31) ޗިޓު އަޙްމަދު ޙުސައިންއަށް ފޮނުވިއިރު، އަޙްމަދު ޙުސައިންއަކީ ދިވެހި ސިވިލް
ސަރވިސްއިން މުސްކުޅި ކުރާ އުމުރުގެ ސަރުކާރުގެ މުވައްޒަފަކަށްވާތީ، ޤާނޫނު ނަންބަރު 5/2007 (ދިވެހި
ސިވިލް ސަރވިސް ޤާނޫނު) ގެ 50 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ޢިނާޔަތްތައް އަޙްމަދު ޙުސައިންއަށް
ލިބެންޖެހޭނެކަމުގައި ކަނޑައަޅައި ދިނުންއެދި، އަޙްމަދު ޙުސައިންގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަންގެ
މައްޗަށް ދަޢުވާކުރުމުން ބެލެނު މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނު) ފާސްވެ، އެޤާނޫނަށް ޢަމަލުކުރަން ފެށިއިރު، ގ.ދޮންލުނބޯއާގެ އަޙްމަދު ޙުސައިން
(ދ.ރ.ކާޑު ނަންބަރު A059899) އަކީ ދިވެހި ސަރުކާރުގެ މުވައްޒަފެއްގެ ގޮތުގައި 48 (ސާޅީސް އަށެއް)
އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މީހެއްކަމުގައި ވާތީއާއި، ޤާނޫނު ނަންބަރު 5/2007 (ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނު) ގެ 73 ވަނަ މާއްދާގެ (ނ) ގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނުން،
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
2013/HC-A/03
ބަޔާންކުރާ
އެކޮމިޝަންގެ ނަންބަރު 2008
/
1507/CSC(31) ޗިޓު އަޙްމަދު ޙުސައިންއަށް ފޮނުވިއިރު، އަޙްމަދު
ޙުސައިންއަކީ ދިވެހި ސިވިލް ސަރވިސްއިން މުސްކުޅި ކުރާ ޢުމުރުގެ ސަރުކާރުގެ މުވައްޒަފަކަށްވާތީ، ޤާނޫނު
ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 50 ވަނަ މާއްދާގެ (ނ) ގައި
ޢިނާޔަތްތައް އަޙްމަދު ޙުސައިންއަށް ލިބިދޭންޖެހޭނެކަމުގައި ކަނޑައަޅައިދިނުން އެދި، އަޙްމަދު ޙުސައިންގެ
ފަރާތުން ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ކުޅަ ދަޢުވާއަށް ބަލާއިރު،
ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 01 މެއި 2008 ދުވަހު
ޢަމަލުކުރަން ފަށައި، އެޤާނޫނުގެ ދަށުން އަޙްމަދު ޙުސައިންއަށް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއެއް
ދީފައިނުވާ ޙާލަތުގައި، އެޤާނޫނުގެ ދަށުން އަޙްމަދު ޙުސައިންއަށް ޢިނާޔަތްދިނުން އެދި ކޮށްފައިވާ ދަޢުވާއަށް
އިންކާރުކުރާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވާކަމާއި،
ޤަޟިއްޔާއާ
މިއްޔާއާއި ގުޅިގެން ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކާއި
ލިޔުންތަކަށް ރިޢާޔަތްކޮށް، ދަޢުވާކުރާ އަޙްމަދު ޙުސައިންއަކީ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނު) ގެ 50 ވަނަ މާއްދާގެ (ނ) ގައިވާ ޢިނާޔަތް ޙައްޤުވާ ފަރާތެއްކަން ނުވަތަ ނޫންކަމަށް
ބަލާއިރު، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ވުޖޫދަށް އައިއިރު އަޙްމަދު
ޙުސައިންއަކީ ޢުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރަށްވުރެ ގިނަދުވަސްވެފައިވާ ސަރުކާރުގެ
މުވައްޒަފެއްކަން އެނގެން އޮތްހިނދު، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ
49 ވަނަ މާއްދާއަށް ޖުމްލަކޮށް ބެލުމުން އެނގެން އޮތުމުންނާއި، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނު) ފާސްކޮށް، އެޤާނޫނަށް ޢަމަލުކުރަން ފެށިއިރު އަޙްމަދު ޙުސައިން ހުރީ ސަރުކާރުގެ
ވިޔަފާރި ކުންފުންޏެއް ކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ ވަޒީފާގައިކަން އަޙްމަދު ޙުސައިންގެ ބަހުން އެނގެން އޮވެފައި، ޤާނޫނު ނަންބަރު 5/2007 (ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނު) ގެ 03 ވަނަ މާއްދާގައި ސިވިލް ސަރވިސްގައި ހިމެނިގެން ނުވާ ފަރާތްތައް
އެމާއްދާގެ (ބ) ގައި "ދައުލަތުގެ ވިޔަފާރި ތަންތަނުގައި ވަޒީފާއަދާކުރާ މުވައްޒަފުން"
ހިމެނިގެންވާތީ، އަދި އަޙްމަދު ޙުސައިންއަށް ސިވިލް ސަރވިސްގެ ވަޒީފާއެއް އެއްވެސް އިރެއްގައި
ހަމަޖެހިފައިވާކަން އެނގެން ނެތްކަމުން، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ
49 ވަނަ މާއްދާގެ (ށ) އަށް ޙަވާލާދީ، އެޤާނޫނުގެ 50 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ޢިނާޔަތްތައް
އަޙްމަދު ޙުސައިންއަށް ލިބިދޭންޖެހޭކަމަށް ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމުގައި
ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
ހ4 2
2x
ބަޔާންކޮށް
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2013/HC-A/03
2- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/815 ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ގ.ދޮންލުނބޯއާގެ ކ.މާލެ އަޙްމަދު
ޙުސައިންގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، އަޙްމަދު ޙުސައިންއަކީ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނު) ގެ އިމުގެ ތެރޭގައި ހިމެނޭ، އެޤާނޫނުން ރައްކާތެރިކަމާއި
ޙިމާޔަތާއި މަންފާ
ލިއްބައިދޭންޖެހޭ މުވައްޒަފެއްކަމުގައިވާއިރު، ޝަރީޢަތުން އެކަމަށް ރިޢާޔަތްކޮށްފައިނުވުމާއި، އަދި އަޙްމަދު
ޙުސައިންއަކީ 48 އަހަރަށްވުރެ ގިނަ ދުވަހުގެ ޚިދުމަތުގައި ހުރި ޚިދުމަތްތެރިއެއް ކަމަށްވެފައި، ޤާނޫނަކުން
ލިބިދޭންޖެހޭ ރައްކާތެރިކަމާއި ޙިމާޔަތާއި މަންފާ އެހާގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މީހަކަށް ނުލިބޭގޮތަށް
ޤާނޫނަކުން ލިބިދޭންޖެހޭ ރައްކާތެރިކަމާއި ޙިމާޔަތާއި މަންފާއިން މަޙްރޫމްކޮށްފައި ވާކަމަށް ބުނެ ހުށަހެޅި
453
ންކުe.
(ނ) ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް
ޢަމަލު ކުރަންފެށިއިރު، ދިވެހި ސިވިލް ސަރވިސް ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގައި ބުނާ ވަޒީފާއިން
މުސްކުޅި ކުރާ އުމުރުގެ މުވައްޒަފަކަށް އަޙްމަދު ޙުސައިންވާއިރު އަދި އެޙާލަތުގައި ސިވިލް ސަރވިސް
ކޮމިޝަނުގެ ޒިންމާއަކީ ސިވިލް ސަރވިސް ޤާނޫނުގެ 50 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ
އަޙްމަދު ޙުސައިން ވަޒީފާއިން މުސްކުޅި ކުރުން ކަމަށްވާއިރު، އެކަމަށް ޝަރީޢަތުން
ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހ8 ހއ 36
4ނހރ ކއކ
ucou
(ނ) ތިންވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އިން
ލިބިދޭންޖެހޭ ރައްކާތެރިކަމާއި، ޙިމާޔަތާއި މަންފާ ނުލިބޭގޮތަށް، އެ ރައްކާތެރިކަމާއި ޙިމާޔަތާއި މަންފާއިން
މަޙްރޫމްކޮށް، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 73 ވަނަ މާއްދާގެ (ނ)
ގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނުން ފޮނުވި އެކޮމިޝަނުގެ ޗިޓް ނަންބަރު 2008
/
1507/CSC/(31)
ޗިޓަކީ ބާޠިލް ޗިޓެއްކަމުގައިވާއިރު، ޝަރީޢަތުން އެޗިޓަކީ ބާޠިލް ޗިޓެއްކަމުގައި ކަނޑައަޅާފައި ނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
2013/HC-A/03
(ހ) ހަތަރުވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ
50 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ޢިނާޔަތްތައް އަޙްމަދު ޙުސައިނަށް ދީފައިނުވަނީ ދިވެހި ސިވިލް
ސަރވިސް ޤާނޫނުގެ 50 ވަނަ މާއްދާގެ (ނ) އާއި ޚިލާފަށްކަމާއި، ޤާނޫނު ނަންބަރު 5/2007 (ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނު) ގެ ދަށުން އަޙްމަދު ޙުސައިނަށް ލިބެންޖެހޭ މަންފާ ނުލިބޭގޮތަށް ދޫކޮށްލުމުން
އަޙްމަދު ޙުސައިނަށް ގެއްލިގެން ދިޔަ ޙައްޤުތަކާއިމެދު ޝަރީޢަތުން ވިސްނާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
03- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/815 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަނުޖެހޭ ކަމަށްބުނެ އަޙްމަދު ޙުސައިންގެ ފަރާތުން އިސްތިއުނާފް ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، އަޙުމަދު ޙުސައިންގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް ރައްދުވާ
ގޮތަށް ސިވިލް ކޯޓުގައި އުފުލާފައިވާ ދަޢުވާ ބިނާކޮށްފައިވަނީ، އަޙްމަދު ޙުސައިން އަކީ ދިވެހި ސަރުކާރުގެ
މުވައްޒަފެއްގެ ގޮތުގައި 48 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މީހަކަށްވާތީއާއި، ޤާނޫނު ނަންބަރު
5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ވުޖޫދުވުމަށްފަހު، އެޤާނޫނަށް ރިޢާޔަތްކޮށް އަޙްމަދު ޙުސައިން
އަކީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފެއްނޫންކަން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން އޭނާއަށް
އެންގިއިރު، އަޙްމަދު ޙުސައިން އަކީ ދިވެހި ސިވިލް ސަރވިސް އިން މުސްކުޅި ކުރާ ޢުމުރުގެ ސަރުކާރުގެ
ވައްޒަފަކަށްވާތީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ނ) ގައި
ޢިނާޔަތްތައް އަޙްމަދު ޙުސައިން އަށް ލިބިދޭންޖެހޭނެ ކަމުގައި ކަނޑައަޅައިދިނުން އެދި ހުށަހެޅި ދަޢުވާއެއްކަން
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/815 ޤަޟިއްޔާގެ ދަޢުވާ ފޯމުންނާއި އެމައްސަލައިގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގޭކަމެވެ.
ހ4 498
ޏނ
(ށ) ދެވަނަކަމަކީ، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަކީ ދިވެހި
ސިވިލް ސަރވިސްގެ ނަމުގައި، މުސްތަޤިއްލު ޚިދުމަތެއް ޤާއިމުކޮށް، އެޚިދުމަތުގެ ޤާނޫނީ ޙައިސިއްޔަތާއި،
މަޤުސަދުތަކާއި، މަސްއޫލިއްޔަތުތަކާއި ހުދޫދުތައް އެކަށައެޅުމުގެ ޤާނޫނުކަން އެޤާނޫނުގެ 1 ވަނަ މާއްދާގެއްޖޭގެ)
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2013/HC-A/03
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށްނުވާ ހުރިހާ ފަރާތްތަކާއިއެކު އޮންނަ ޚިދުމަތުގެ\ތިރާއްޖޭގެ
އަށް ބެލުމުން އެނގެން އޮތްއިރު، ދިވެހި ސިވިލް ސަރވިސްގައި ހިމެނެނީ، ސަރުކާރުގެ މަސްއޫލު
އޮފީސްތަކުގެ ޒިންމާދާރު އިސްވެރިންނާއި، ސިވިލް ސަރވިސްގެ މުވައްޒަފުންކަމުގައި އެޤާނޫނުގެ 2 ވަނަ
މާއްދާގައި ބަޔާންވެފައި އޮންނަކަމާއި، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ
މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިސްކޮށް، ވަކިކުރާ ފަރާތްތަކާއި، ވަޒީރުންގެ ނާއިބުންނާއި،
ރައީސުލްޖުމުހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީ އާއި ދިވެހި ސިފައިންނާއި، ދައުލަތުގެ ވިޔަފާރި ތަންތަނުގައި
ވަޒީފާއަދާކުރާ މުވައްޒަފުންނާއި، އެހެން ޤާނޫނަކުން ސިވިލް ސަރވިސްގައި ނުހިމެނޭ ފަރާތްތައްކަމުގައި
ކަނޑައަޅާ ފަރާތްތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭނެ ފަރާތްތަކެއްކަން ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައި އޮންނަކަމާއި، އަދި ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ދިވެހި ސިވިލް ސަރވިސްގެ ހުރިހާ
މަޤާމެއް އުފައްދައި، އެމަޤާމުތަކުގެ ކޮލިފިކޭޝަން ކަނޑައަޅަންވާނެކަމަށާއި، ޤާނޫނަށް ޢަމަލުކުރަން
ފެށުމާއެކު، މިޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރު މުވައްޒަފުންގެ ގޮތުގައިތިބި ނަމަވެސް މި
ޤާނޫނުގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށްނުވާ ހުރިހާ ފަރާތްތަކާއި އޮންނަ ޚިދުމަތުގެ
ގުޅުމަށް ނިމުންގެންނަ
މިނަންވާނެކަމަށާއި، މިގޮތުން ކޮމިޝަނުން ލިޔުމުން ފޮނުވާ ނޯޓިހަކުން މިކަން ރައްދުވާ
ފަރާތްތަކަށް އަންގަންވާނެކަމަށާއި އަދި މިޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި، މިޤާނޫނުގެ
ދަށުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންކަމަށް ކަނޑައަޅާ މުވައްޒަފުންނަށް ދިވެހި ސިވިލް
ސަރވިސްގެ ވަޒީފާ ހަމަޖައްސަންވާނެކަމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 73 ވަނަ މާއްދާގެ (ށ)،
(ނ) އަދި (ރ) މި އަކުރު ތަކުގައި ބަޔާންކޮށްފައިވާކަން އެނގޭކަމެވެ.
(ނ) ތިންވަނަކަމަކީ، ޤާނޫނު ނަންބަރު 5/2007 ( ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ފާސްކޮށް،
އެޤާނޫނަށް ޢަމަލުކުރަން ފެށިއިރު އަޙްމަދު ޙުސައިން އަދާކުރަމުން ދިޔައީ ސަރުކާރުގެ ވިޔަފާރި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑުގެ
ވަޒީފާއެއްކަން އަޙްމަދު ޙުސައިންގެ ފަރާތުން ދަށުކޯޓުގައި ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅުނު
ލިޔެކިޔުންތަކުން އެނގެން އޮތްއިރު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން
ސަރުކާރު މުވައްޒަފުންގެ ގޮތުގައިތިބި ނަމަވެސް އެޤާނޫނުގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ
މުވައްޒަފުންނަށްނުވާ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ ވިޔަފާރި ތަންތަނުގައި ވަޒީފާއަދާކުރާ މުވައްޒަފުން
ހިމެނިގެން ވާކަމަށް އެޤާނޫނުގެ ބަޔާންކޮށްފައިވާތީއާއި، އަދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން
383
488 މހ8 4
ކުންފުންޏެއްކަމަށްވާ
ހައިކޯޓު
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/03
ނިމުންގެންނަންވާނެކަމަށާއި މިގޮތުން ސިވިލް ސަރވިސް ކޮމިޝަނުން ލިޔުމުން ފޮނުވާ ނޯޓިހަކުން މިކަން
ރައްދުވާ ފަރާތްތަކަށް އަންގަންވާނެކަމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 73 ވަނަ މާއްދާގައި ބަޔާން
ކޮށްފައިވާތީ އެގޮތުގެ މަތިން އަޙްމަދު ޙުސައިން އަކީވެސް ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފެއް ނޫންކަން
އަންގާ ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 2008
/
1507/CSC (31) 20 އެޕްރީލް 2008 ގެ
"ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފެއް ނޫންކަން ދަންނަވާ ޗިޓު" އަޙްމަދު ޙުސައިން އަށް ފޮނުވި މި ޗިޓު
އަޙްމަދު ޙުސައިންއަށް ރައްދުވެފައިވާކަން އެނގެން އޮންނަކަމާއި، އެހެންނަމަ
ންނަމަވެސް މިޗިޓު އަޙްމަދު ޙުސައިން
އަށް ލިބުމުން މިޗިޓާއި މެދު އިންކާރުކޮށް އަޙްމަދު ޙުސައިންގެ ފަރާތުން އޭރު ޝަރުޢީ އެއްވެސް
މަރުޙަލާއަކަށް ގޮސްފައިވާކަން އެނގެން ނެތްއިރު، މިޗިޓު އަޙްމަދު ޙުސައިން އަށް ލިބުމުން ސިވިލް
ސަރވިސް ކޮމިޝަންގެ ވަޒީފާއެއްގައި ދެމި ހުރުމަށް އަޙްމަދު ޙުސައިން ބޭނުންވެގެން އެފަދައިން ސިވިލް
ސަރވިސް ކޮމިޝަންގައި އެދިފައިވެސް ވާކަން އެނގެން ނެތްކަމާއި އަދި މި ޗިޓު ލިބުމަށްފަހު 28 އެޕްރީލް
2010 ވަނަ ދުވަހު މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑުގައި
އަޙްމަދު ޙުސައިން އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކުރަންދެން އެވަޒީފާގައި ދެމިހުރިކަން މިމައްސަލަ އާއި
އެކު ހުށަހެޅުނު ލިޔުންތަކާއި ދެފަރާތުންމެ ދަށުކޯޓުގައި ދެއްކިވާހަކަތަކުގެ މައްޗަށް ބެލުމުން އެނގޭކަމެވެ.
ހއ 2
3
4
(ރ) ހަތަރުވަނަކަމަކީ، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ ދަށުން
ޙިމާޔަތާއި ރައްކާތެރިކަމާއި އެޤާނޫނުން ލިބިދެވޭ މަންފާ ލިބޭނީ އެޤާނޫނުގެ ދަށުން ބަޔާންކުރާ ފަރާތްތަކަށް
އެކަނިކަމާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ޢަމަލުކުރަން ފެށިއިރު އަޙްމަދު ޙުސައިން އަކީ ސިވިލް
ސަރވިސްގެ ޤާނޫނުގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޢުމުރު ފުރިހަމަވެފައިވާ ފަރާތަކަށްވާތީ، އެޤާނޫނުގެ
50 ވަނަ މާއްދާގައި ޢިނާޔަތްތަކަކީ އަޙްމަދު ޙުސައިން އަށް ލިބިދޭން ޖެހޭ ޢިނާޔަތެއްކަމަށް
އަޙްމަދު ޙުސައިން ބުނާ ބުނުމަށް ބަލާއިރު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 49 އަދި 50 ވަނަ
މާއްދާއަކީ ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން މުވައްޒަފަކު މުސްކުޅިކުރުމުގެ ޢުމުރާއި މުސްކުޅިކުރެވޭ
ތަކަށް ލިބިދެވޭ އިނާޔަތްތައް ބަޔާންކޮށްދޭ މާއްދާކަމުން އެޤާނޫނުގެ 49 ވަނަ މާއްދާގައި
ޢުމުރު ފުރިހަމަވެފައިވާނަމަ ޢިނާޔަތްތައް ލިބިދެވޭނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 2 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ފަދަ ސިވިލް ސަރވިސްގެ މުވައްޒަފަކަށް އެފަރާތެއް ވުމުންކަން އެނގޭކަމާއި، ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނަށް ޢަމަލުކުރަން ފެށިއިރު އަޙްމަދު ޙުސައިން އަކީ ސަރުކާރުގެ މުވައްޒަފެއްނަމަވެސް
އަޙްމަދު ޙުސައިން ސަރުކާރުގައި އަދާކުރަމުން ދިޔަ ވަޒީފާއަކީ ސިވިލް ސަރވިސްގެ ވަޒީފާއެއް ނޫންކަން އަދި
މިފަދަ ވަޒީފާ ތަކުގައި ތިބި މީހުންނަށް އެކަން އަންގާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށްނޫވާ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
2013/HC-A/03
ހުރިހާ ފަރާތްތަކާއިއެކު އޮންނަ ޚިދުމަތުގެ ގުޅުމަށް ނިމުންގެންނަންވާނެކަމަށް ސިވިލް ސަރވިސްގެ ޤާނޫނުގައި
ކަނޑައެޅި ބަޔާންކޮށްފައި އޮތްއޮތުމުގެ މައްޗަށް ރިޢާޔަތްކޮށް އެފަދައިން އަޙްމަދު ޙުސައިން އަށްވެސް
އެންގިފައިވާކަން މިމައްސަލައިގައި ފެންނަން ހުރި ލިޔެކިޔުންތަކުން އެނގެން އޮތުމުން، އަޙްމަދު ޙުސައިން
އަކީ އެއްވެސް އިރެއްގައި ސިވިލް ސަރވިސްގެ މުވައްޒަފެއްގެ ގޮތުގައި ހުރި ފަރާތެއްކަމަށް ބެލެވެން ނެތުމުން
މިޙާލަތުގައި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެޤާނޫނުގެ 50 ވަނަ
މާއްދާގައި ބުނެފައިވާ ޢިނާޔަތްތައް އަޙްމަދު ޙުސައިން އަށް ޙައްޤުނުވާކަން އެނގޭކަމެވެ.
815/Cv-C/2012
ވީމާ، އިސްވެ ފާހަގަކުރެވުނު މިކަންކަން މިގޮތުގެ މަތިން ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ
ނަންބަރު
ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް އަޙްމަދު ޙުސައިންގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއް
ޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ފެންނަންނެތްކަމަށެވެ.
CC OCOOC
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއިއެކު، ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/815 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް އަޙްމަދު
ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލާ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލެއްގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ސަބަބެއް ފެން
ފެންނަންނެތްކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/815 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމަ
ކަނޑައަޅައި
މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
cu o
ޖީސީޑީ
އެޤީބެގެ
މަތިން މި
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv