ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/20 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/20
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 20/HC-A/2010
• އިސްތިއުނާފު ކުރިފަރާތް:
* ނަން: އިބްރާހީމް ޢަލީ
ދާއިމީ އެޑްރެސް: ޏ.ފުވައްމުލަކު | މުބާޙުމަންޒިލް
މިހާރުގެ އެޑްރެސް: އެލިއާބުޓިކް
އައިޑީ ކާޑު ނަންބަރ: A001850
0
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ މުޙައްމަދު
އައިޑީ ކާޑު ނަންބަރ: A037076
* ދާއިމީ އެޑްރެސް: ފ.ވަރަޕްލަސް
މިހާރުގެ އެޑްރެސް: ގ.ވަރަޕްލަސް
*
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 23 ޞަފަރު 1432
07 ފެބްރުއަރީ 2010
*ނިމުނު ތާރީޚް: 11 ރަބީއުލްއާޚިރު 1434
21 ފެބުރުއަރީ 2013
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/1883
ނިންމިކޯޓް: ސިވިލްކޯޓު (މަދަނީކޯޓް)
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނު ތާރީޚް: 11 އޯގަސްޓް 2009 ނިމުނު ތާރީޚް: 31 ޑިސެމްބަރ 2009
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު އަޙްމަދު ޝަރީފު ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
'2
2010/HC-A/20
ދަޢުވާގެ ޚުލާޞާ:
މިއީ، މަދަނީކޯޓުގެ ނަންބަރު 2009/MC/1883 ޤަޟިއްޔާ، ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ޏ.ފުވައްމުލައް
މުބާޙުމަންޒިލް އިބްރާހީމް ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދައުވާ ރައްދުވާ ފަރާތަކީ ގ.ވަރަޕްލަސް ޢަބްދުﷲ މުޙައްމަދުއެވެ.
CCCC
• ފާހަގަކުރެވުނު ނުކުތާތައް:
01- މަދަނީކޯޓުގެ ނަންބަރު 2009/MC/1883 ޤަޟިއްޔާނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ޏ. ފުވައްމުލައް
މުބާޙުމަންޒިލް އިބްރާހީމް ޢަލީގެ ފަރާތުން ހުށަހަޅާފައިވެއެވެ.
02- މަދަނީކޯޓުގެ ނަންބަރު 2009/MC/1883 ޤަޟިއްޔާ، ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ 2008 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ މެދެއްހާ ހިސާބުގައި ގ. ވަރަޕްލަސް
ޢަބްދުﷲ މުޙައްމަދުގެ ގެއަށް ޏ. ފުވައްމުލައް(މުބާޙުމަންޒިލް އިބްރާހީމް ޢަލީ އައިސް އުޅުމުގެ ތެރޭގައި،
ޢަބްދުﷲ މުޙައްމަދު ރާއްޖެއިން ބޭރުން އެތެރެކޮށްފައިވާ ޓުއަރިސްޓް މުދާތަކެއް އިބްރާހީމް ޢަލީ ބޭނުންވެގެން
އޭގެ ސާމްޕަލް ގެންގޮސް އޭގެ 04 (ހަތަރެއް) ދުވަސްފަހުން 2008 ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހު
އިބްރާހީމް ޢަލީ އައިސް އެމުދާތައް އެކުގައި ވިއްކާނީ ކިހާވަރަކަށްތޯ ޢަބްދުﷲ މުޙައްމަދު ގާތުގައި އެހުމުން،
އެއްފަހަރާ ފައިސާ ދޭނަމަ -/400,000 (ހަތަރުލައްކަ ރުފިޔާ) އަށް ދީފާނެކަމަށް ޢަބްދުﷲ މުޙައްމަދު
ބުނުމުން، 04 (ހަތަރެއް) މަސްދުވަހުން 04 (ހަތަރެއް) ލައްކަ ރުފިޔާ ނެގޭގޮތަށް އިބްރާހީމް ޢަލީ ޗެކް
ދިނުމުން މުދާތައް ދިނުމަށް އިބްރާހީމް ޢަލީ އެދުނު ހިނދު، އެގޮތަށް ޢަބްދުﷲ މުޙައްމަދުވެސް އެއްބަސްވެ
ދެހެކިންގެ ޙާޟިރުގައި ލިޔުމެއް ލިޔެ، އެއްވެސް މައްސަލައެއް ނުޖެހި ޗެކްތަކަށް ފައިސާ ލިބޭނެކަމަށް
ބަޔާންކޮށް އިބްރާހީމް ޢަލީ ސޮއިކުރުމަށްފަހު ދެހެކިންވެސް ސޮއިކޮށް ނިމުމާއެކު އިބްރާހިމް ޢަލީގެ
އެކައުންޓުގެ -/
100,000ރ. (އެއްލައްކަ ރުފިޔާ)ގެ 04 (ހަތަރެއް) ޗެކް ޢަބްދުﷲ މުޙައްމަދާ ޙަވާލު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 332532 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
3
2013/HC-A/
އެމުދާތައް އިބްރާހީމް ޢަލީ ގެންގޮސްފައިވާއިރު، ބުނެވިދިޔަ ޗެކްތަކަށް މިއަދާ ހަމައަށްވެސް ފައިސާ
ލިބިފައިނުވާކަމަށް ބުނެ، މުދާތަކުގެ އަގުކަމަށްވާ -/
400,000ރ. (ހަތަރުލައްކަ ރުފިޔާ) އިބްރާހީމް ޢަލީގެ
އަތުން ހޯދުމަށް އެދި ޢަބްދުﷲ މުޙައްމަދު ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް
ރިޢާޔަތްކުރާއިރު، ޏ. ފުވައްމުލަކު / މުބާޙުމަންޒިލް އިބްރާހީމް ޢަލީއާއި ގ.ވަރަޕްލަސް ޢަބްދުﷲ މުޙައްމަދާއި
ދެމެދު 16 ޑިސެމްބަރ 2008 ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން އެދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ
ވިޔަފާރީގެ ޢަޤްދު ބާޠިލް ކޮށްދިނުމަށްއެދި އިބްރާހީމް ޢަލީ ހުށަހެޅި މައްސަލަ މިކޯޓުގެ ނަންބަރު
2009/MC/1476 ގެ ޤަޟިއްޔާގައި ބެއްލެވުމަށްފަހު، ޢަބްދުﷲ މުޙައްމަދުގެ ނުޤަބޫލުގައި އެވިޔަފާރީގެ
ޢަޤްދު ރޫޅައިލެވިދާނެފަދަ ޙާލަތެއް މެދުވެރިވެފައި އޮތްކަން ޝަރީޢަތަށް ސާބިތުނުވާތީ އެވިޔަފާރީގެ ޢަޤްދު
ބާޠިލް ކޮށްދެވެން ނެތްކަމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމަށް އެނގެންއޮވެފައި، އިބްރާހީމް
ޢަލީއާއި ޢަބްދުﷲ މުޙައްމަދާއި ދެމެދު ކުރެވިފައިވާ ބުނެވިދިޔަ ވިޔަފާރީގައި ޢަބްދުﷲ މުޙައްމަދުގެ އަތުން
އިބްރާހީމް ޢަލީ ގަނެފައިވާ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން ޢަބްދުﷲ މުޙައްމަދަށް އިބްރާހީމް ޢަލީ
ދޫކޮށްފައިވާ -/100,000 ރ. (އެއްލައްކަ ރުފިޔާ) ގެ 04 (ހަތަރެއް) ޗެކް ބައުންސްވެ، އެމުދަލުގެ އަގަށްވާ
-/
400,000ރ. (ހަތަރުލައްކަ ރުފިޔާ) ޢަބްދުﷲ މުޙައްމަދަށް ލިބިފައިނުވާތީ، މިފައިސާއަކީ ޢަބްދު
މުޙައްމަދަށް އިބްރާހީމް ޢަލީ ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި،
މިފައިސާ ޢަބްދުﷲ މުޙައްމަދަށް ލިބިދިނުމަށްޓަކައި މިއަދު 31 ޑިސެމްބަރ 2009
ދުވަހުން ފެށިގެން 04 (ހަތަރެއް) މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު މަހަކުވެސް މަދުވެގެން
އެމަހަކަށްޖެހޭވަރު މިކޯޓަށް ދައްކަމުންގޮސް އެމުއްދަތުގެ ތެރޭގައި -/
400,000ރ. (ހަތަރުލައްކަ ރުފިޔާ) ގެ
މިދަރަނި ޚަލާސް ކުރުމަށް ޏ. ފުވައްމުލައް މުބާޙުމަންޒިލް އިބްރާހީމް ޢަލީއަށް އަންގައި ޙުކުމްކޮށްފީމެވެ."
މިފަދައިންނެވެ.
ބުނެ
03- މަދަނީކޯޓުގެ ނަންބަރު 2009/MC/1883 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށް ފުވައްމުލައް މުބާޙުމަންޒިލް އިބްރާހީމް ޢަލީގެ ފަރާތުން 04
(ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
77ހމްޑ ޓ ޓ
4
2010/HC-A/20
(ހ) ފުރަތަމަ ނުކުތާއަކީ: އިބްރާހީމް ޢަލީ އާއި ގ. ވަރަޕްލަސް ޢަބްދުﷲ މުޙައްމަދާއި
ދެމެދު ކުރެވުނު ވިޔަފާރީގެ މުޢާމަލާތަކީ މުދާ ބަލާ ޗެކް ކުރުމެއްނެތި މުދަލުގެ ޙަޤީޤަތް އެނގިގެން ފައިސާ
އަދާކުރުމުގެ ގޮތުން 4 ފަހަރުން އަގު އަދާކުރުމަށް ޗެކު ހަވާލު ކުރެވުނު މުޢާމަލާތަކަށްވެފައި ސާމްޕަލްގެ
ގޮތުގައި ގެންދެވުނު ތަކެއްޗާއި މުދަލާއި މުޅިން ތަފާތުކޮށް މުދާ ގެންގޮސް ބެލި ބެލުމުން އެނގޭތީ ވިޔަފާރި
ރޫޅާލުމަށް އެދުމުން ޢަބްދުﷲ މުޙައްމަދު އިންކާރުކޮށްފައިވާތީ، ވިޔަފާރިއާއި މެދު ގޮތެއް ނުނިމި އޮތް
ނަމަވެސް ވިޔަފާރީގައި އަޤްދު ޞައްޙަވާނީ ވިއްކާ ފަރާތާއި ގަންނަ ފަރާތުން މުދަލާއި މުދަލުގެ އަގަށް
ރުހިގެންކަމަށްވާއިރު މަދަނީކޯޓުގެ މިޤަޟިއްޔާގެ ޙުކުމުގައި މިވިޔަފާރީގެ އަޤްދު ބާޠިލުކުރެވެން ނެތްކަމަށް
ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
(ށ) ދެވަނަ ނުކުތާއަކީ: އިބްރާހީމް ޢަލީ ޢަބްދުﷲ މުޙައްމަދު އަތުން ގެންދިޔަ މުދަލަކީ
އޭގެ ޙަޤީޤަތް ބެލުމެއްނެތި ޢަބްދުﷲ މުޙައްމަދު ބުނާ ބުނުމެއްގެ މައްޗަށް އިތުބާރުކޮށް ސާމްޕަލްގެ ގޮތުގައި
ދިން ތަކެއްޗާއި މުދާ ތަފާތުވާނަމަ އަނބުރާ މުދާ ޙަވާލުވެ ވިޔަފާރީގެ މުޢާމަލާތް ރޫޅާލުމަށް ޢަބްދު
މުޙައްމަދު އެއްބަސްވެގެން ގެންގޮސްފައިވާ މުދާ ކަމަށްވެފައި ސާމްޕަލްގެ ގޮތުގައި ނެގި ތަކެއްޗާއި މުދާ
ތަފާތުވާތީ، އެކަން އެންގުމުން ޢަބްދުﷲ މުޙައްމަދު އެކަން ޤަބޫލުނުކޮށް ފައިސާހޯދުމަށް ދަޢުވާކުރިއިރު
މަދަނީކޯޓުގެ މިޤަޟިއްޔާގައި މިވިޔަފާރި ހިނގިގޮތާއި، މުދަލުގެ އަގާއި ސާމްޕަލާއި، މުދަލާއި ހުރި ތަފާތު
ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
އީޖާބާއި
(ނ) ތިންވަނަ ނުކުތާއަކީ: ވިޔަފާރިއެއް ޞައްޙަވުމުގެ
ޤަބޫލު އެއްގޮތްވުން ލާޒިމުވާހިނދު، މިވިޔަފާރީގައި އީޖާބާއި ޤަބޫލު ތަފާތުވެފައިވާއިރު މަދަނީކޯޓުގެ
މިޤަޟިއްޔާގައި މިކަން ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ރ) ހަތަރުވަނަ ނުކުތާއަކީ: މުދާ ގަތުމުގެ މުޢާމަލާތުގައި ދެފަރާތް ދެމެދު ވެވުނު
އެއްބަސްވުމުގައި މުދަލުގެ ޒާތާއި، ސިފަ ބަޔާންކުރެވިފައިވާއިރު އެއްބަސްވުމުގައި ކަނޑައެޅިފައިވާ ޒާތާއި،
ސިފަ މުދަލުގައި ނުހިމެނޭކަމަށް މުދާ ލިބުނު ފަރާތުން ބުނާ ބުނުމުގެ
މައްޗަށް ޝަރީޢަތުން
ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުފުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2010/HC-A/20
04- މިމައްސަލައާއި ގުޅިގެން މަދަނީކޯޓުގެ ނަންބަރު 2009/MC/1883 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ޏ.ފުވައްމުލައް މުބާޙުމަންޒިލް އިބްރާހީމް ޢަލީގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(4.1) އިސްތިއުނާފުކުރެވިފައިވާ މަދަނީކޯޓުގެ ނަންބަރު 2009/MC/1883 ޤަޟިއްޔާއަކީ
ގ.ވަރަޕްލަސް ޢަބްދުﷲ މުޙައްމަދާއި ޏ.ފުވައްމުލައް މުބާޙުމަންޒިލް އިބްރާހީމް ޢަލީ އާއި ދެމެދު ކުރެވިފައިވާ
ގަނެވިއްކުމުގެ އެއްބަސްވުމާއި އެއްގޮތަށް މުދާ ގަތް ފަރާތްކަމުގައިވާ އިބްރާހީމް ޢަލީ އަގު ދައްކާފައި ނުވާތީ،
މުދާ ވިއްކި ފަރާތްކަމަށްވާ ޢަބްދުﷲ މުޙައްމަދު ވިއްކާ މުދަލުގެ އަގު ހޯދުމަށް އެދި ހުށަހަޅާފައިވާ
މައްސަލައެއްކަން އެޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭކަމާއި، ޢަބްދުﷲ މުޙައްމަދާއި
އިބްރާހީމް ޢަލީ އާދެމެދު ވެފައިވާ ގަނެވިއްކުމުގެ އެއްބަސްވުމަކީ ބާޠިލް އެއްބަސްވުމެއްކަމަށް ކަނޑައަޅާ
ދިނުމަށްއެދި އިބްރާހީމް ޢަލީ މަދަނީކޯޓަށް ހުށަހެޅުމުން ބެލުނު އެކޯޓުގެ ނަންބަރު 2009/MC/1476
ޤަޟިއްޔާ ނިންމަވާފައިވަނީ 16 ޑިސެމްބަރ 2008 ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން ގ.ވަރަޕްލަސް
ޢަބްދުﷲ މުޙައްމަދާއި ޏ.ފުވައްމުލައް މުބާޙުމަންޒިލް އިބްރާހީމް ޢަލީ އާއި ދެމެގު ކުރެވިފައިވާ ވިޔަފާރި
އަޤްދު، ޢަބްދުﷲ މުޙައްމަދުގެ ނުޤަބޫލުގައި ރޫޅާލެވިދާނެފަދަ ޙާލަތެއް މެދުވެރިވެފައި އޮތްކަން ޝަރީޢަތަށް
ސާބިތުވެފައިނުވާތީ އެވިޔަފާރީގެ އަޤްދަކީ ބާޠިލް ކޮށްދެވެންނެތް އަޤްދެއްކަމަށް ކަނޑައަޅުއްވާކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި،
އިސްވެބުނެވުނު މަދަނީކޯޓުގެ ނަންބަރު 2009/MC/1476 ޤަޟިއްޔާއަކީ އިސްތިއުނާފުގެ
މަރުހަލާގައި އެޤަޟިއްޔާގެ ޙުކުމްއަށް އެއްވެސް ބަދަލެއް އައިސްފައިވާ ޤަޟިއްޔާއެއް ނޫންކަމާއި، ދެފަރާތުގެ
ދެމެދުގައި ކުރެވިފައިވާ އަޤްދު ދެމިއޮތްކަމަށް އެޤަޟިއްޔާއިން ކަނޑައަޅާ އެއަޤްދު ބާޠިލްކުރެވެން ނެތްކަމަށް
ކަނޑައެޅުމުން ވިޔަފާރީގެ ޞައްޙަކަމާއި މެދު ނުވަތަ އެއަޤްދު ތަންފީޒު ކުރުމުގައި އެއްވެސް އުޒުރެއް
އޮންނަންޖެހޭ ސަބަބެއް އޮތްކަމަށް ޤާނޫނީ ގޮތުން ބެލެން ނެތްކަން އެނގެން އޮންނަކަން.
ococcox
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2010/HC-A/20
(4.2) 16 ޑިސެމްބަރ 2008 ވަނަ ދުވަހު ގ.ވަރަޕްލަސް ޢަބްދުﷲ މުޙައްމަދާއި
ޏ.ފުވައްމުލައް މުބާޙުމަންޒިލް އިބްރާހީމް ޢަލީ އާދެމެދު ވިޔަފާރީގެ އަޤްދެއް ލިޔުމުން ކުރެވިފައިވާކަން
މަދަނީކޯޓުގެ ނަންބަރު 2009/MC/1883 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން
އެނގޭކަމާއި، އެއްބަސްވުމުގައި ދެފަރާތުން ކުރަން އެއްބަސްވާ ކަންކަން ސާފުކޮށް ދެފަރާތަށްވެސް އެނގޭނެ
ގޮތަކަށް އޭގައި ލިޔެވި ބަޔާންކޮށްފައިވާކަމާއި،
ޢަބްދުﷲ މުޙައްމަދާއި އިބްރާހީމް ޢަލީ އާދެމެދު ވެވިފައިވާ އެއްބަސްވުމުގައި
ބަޔާންކޮށްފައިވަނީ
އެއްބަސްވުމުގެ ދަށުން ވިއްކަން އެއްބަސްވެފައިވާ މުދަލުގެ ބާވަތާއި
ރުތައްކަމާއި އަދި ހަމައެހެންމެ އެމުދަލުގެ އަގު ދައްކާނެގޮތްވެސް ބަޔާންކޮށްފައިވާކަން އެއެއްބަސްވުމަށް
OX
4
އޭގެ
2
7
5
ބެލުމުން އެނގެން އޮންނަހިޓ
އިންނަކަން.
(4.3) އިބްރާހީމް ޢަލީގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅުއްވާފައިވާ ނުކުތާތަކުގައި
މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ މަދަނީކޯޓުގެ ނަންބަރު 2009/MC/1476
ޤަޟިއްޔާގެ ދަށުން ބެލެވި އެކަންކަމުގެ މައްޗަށް ޝަރީޢަތުން ޙުކުމްކުރެވިފައިވާ
ކަންތައްތަކެއްކަން އެނގެން
އޮންނަކަމާއި، އަޤްދުގެ ނުވަތަ ވިޔަފާރީގެ ޞައްޙަކަމާއި މެދު ވާހަކަ ދައްކައި ވިޔަފާރި ރޫޅާލުމަށްޓަކައި
މުދަލުގެ އައިބެއް ހުރިކަމަށް ނުވަތަ އެހެންވެސް ސަބަބެއް ނުވަތަ ޙުއްޖަތެއް ދެއްކުމުގެ ފުރުސަތެއް ޝަރުޢީ
އަދި ޤާނޫނީ ގޮތުން މިހާރު ނެތްކަން ޝަރީޢަތަށް ފާހަގަކުރެވޭކަން.
ޙުކުމް:
ޙާކުމް:
ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައް ބަޔާންކުރެވި ދިޔަ
ގޮތުގެ މަތިން ހުރުމުން މަދަނީކޯޓުގެ ނަންބަރު 2009/MC/1883 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ކަނޑައެޅޭނެ ތަނެއް ނެތްކަމަށް މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ޕޯން: 29(3325، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv