ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/91 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/91
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އަދި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 91/HC
-
A/2013
އިސްތިއުނާފުކުރި ފަރާތް؟
ނަން: އެމް.ވީ.ކޭ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
*ރަޖިސްޓްރީ ނަންބަރު: 28
/
87-C
ޑީ
ދާއިމީ އެޑްރެސް: ލ.ގާދޫ ބިލްޑިންގް
* މިހާރުގެ އެޑްރެސް: ލ.ގާދޫ ބިލްޑިންގް
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަލީ މުރުތަޟާ
ކާޑް ނަންބަރު: A022033
، ދާއިމީ އެޑްރެސް: ފިފްޓީފުލަވަރ/ ސ.މަރަދޫ
* މިހާރުގެ އެޑްރެސް ފިފްޓީފުލާވަރ | ސ.މަރަދޫ
"1436
28 ރަބީޢުލްއާޚިރާ 1434
10 މާރިޗު
ނިމުނު ތާރީޚް: 17 ރަޖަބް
26 އޭޕްރީލް 2015
2013
99
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/S3C/41
. ނިންމެވި ކޯޓް: އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓު
، މައްސަލައިގެ ބާވަތް: ދަރަނި
، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް
ފަނޑިޔާރު އޗ.އަލީ ސަމީރު، ފަނޑިޔާރު އގ.ޝުއައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އޗ.އައްބާސް ޝަރީފް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/91
ދަޢުވާގެ ޚުލާޞާ
އައްޑުއަތޮޅު
މިއީ، މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S3C/41 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި އެމް.ވީ.ކޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ECCO
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ ސ.މަރަދޫ ފިފްޓީފްލާވަރ ޢަލީ މުރުތަޝާއެވެ.
ހ93އނެކެއް
01
އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S3C/41 ޤަޟިއްޔާ ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، 2011 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެއަހަރުގެ ނޮވެމްބަރު
މަހާދެމެދު އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ސ.ގަމުގައި ހިންގާ ދޫގަހުގެ އެކި
ޢިމާރާތްތަކުގެ ވަޑާމުގެ މަސައްކަތާއި، އެކިއެކި މަރާމާތުގެ މަސައްކަތްތައް، އެކުންފުނީގެ ފަރާތުން، ސ.މަރަދޫ
ފިލްޓީފްލާވަރ ޢަލީ މުރުތަޟާ ލައްވައި ކުރުވައި، އެމަސައްކަތުގެ ޢުޖޫރައަށްވާ ފައިސާގެ ތެރެއިން
-/35,0000 (ތިންލައްކަ ފަންސާސް ހާސް ރުފިޔާ) ނުދީވާތީ، މިފައިސާ ލިބިގަތުމަށްޓަކައި، އެމް.ވީ.ކޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސ.މަރަދޫ/ ފިފްޓީފްލާވަރ ޢަލީ މުރުތަޟާ ދަޢުވާކުރުމުން ބެލެވުނު
މައްސަލައެއްކަމާއި،
އެމައްސަލަ ނިންމަވާފައިވާ ގޮތަކީ "ދެންފަހެ، ސ.މަރަދޫ ފިފްޓީފްލާވަރ ޢަލީ މުރުތަޟާ ލައްވައި،
އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސ.ގަމުގެ ދޫގަހުގައި ހުންނަ އެކިއެކި ޢިމާރާތްތަކުގެ
ވަޑާމުގެ މަސައްކަތާއި، އެކިއެކި މަރާމާތުގެ ގިނަ ގުނަ މަސައްކަތްތަކެއް ކުރުވާފައިވާކަން، 2011 ވަނަ
އަހަރު އެކުންފުނީގެ މެނޭޖަރެއްގެ ޙައިޞިއްޔަތުން ސ.ގަމުގެ ދޫގަސް ބަލަހައްޓަމުން ގެންދިޔަ، ސ.ފޭދޫ
ޝަބުނަމީވިލާ ޢަބްދުﷲ ރަޝީދު (އައިސީ) ގެ ބަހުންނާއި، މިމައްސަލާގައި އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ޝަރީޢަތަށް ޙާޟިރުވި، ސ.މީދޫ ފަޒާ މަސްޢޫދު ސަޢީދުގެ ބަހުން އެނގޭތީ އާއި ޢަލީ
މުރުތަޟާ ކުރި މަސައްކަތުގެ އަގަށް ހުށަހެޅި ބިލްތަކުގެ ތެރެއިން ފައިސާ ނުލިބިވާ ބިލްތަކުގައިވާ ފައިސާގެ
ދިވެހިރާއްޖޭގެހައިކޯޓް، ދެބުރުޒުންމާލެ
ލެ،ދިވެހިރާއްޖެ، ފޯން 3325129، ފެކްސް 3316471
އީމެއިލް gf.gov.mvދިވެހިވާifވެބްސައިޓް.www.highcourt.gov.niv
3
2013/HC-A/91
މިންވަރަކީ، ޢަލީ މުރުތަޝާ ކުރި މަސައްކަތުގެ އަގަށް ހުށަހެޅި ބިލްތަކުގެ ތެރެއިން ފައިސާ ނުލިބިވާ
ބިލްތަކުގައިވާ ފައިސާގެ މިންވަރަކީ، -/35,0000 (ތިންލައްކަ ފަންސާސްހާސް ރުފިޔާ) ކަމުގައި ކުންފުނީގެ
ފަރާތުން ޝަރީޢަތަށް ޙާޟިރުވި ސ.މީދޫ ފަޒާ މަސްޢޫދު ސަޢީދު އެއްބަސްވެފައި ނުވިނަމަވެސް، ޢަލީ
މުރުތަޝާއަށް ނުލިބިވާ ފައިސާގެ މިންވަރަކީ -/35,0000ރ. (ތިންލައްކަ ފަންސާސްހާސް ރުފިޔާ) ކަން
2011 ވަނަ އަހަރުގެތެރޭ ސ.ގަމުގެ ދޫގަހުގެ އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފެއް
ޙައިޞިއްޔަތުން މަސައްކަތްކުރި ސ.މަރަދޫ އިރުމަތީގޭ އިބްރާހީމް އާތިފްގެ ބަހުންނާއި، ސ.މަރަދޫ
ފިފްޓީފްލާވަރ ޢަލީ މުރުތަޝާގެ ހުވައިން ޝަރީޢަތަށް ސާބިތުވާތީއާއި، އަދި ސ.މަރަދޫ ފިފްޓީފްލާވަރ ޢަލީ
މުރުތަޟާ އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސ.ގަމުގައި ހިންގާ ދޫގަސްގެ ވަޑާމުގެ
މަސައްކަތާއި، އެހެނިހެންވެސް މަސައްކަތްކޮށް ހެދިކަން، ސ.މަރަދޫ މޫންލައިޓްހައުސް ބަދުރުއްދީން
ނާޞިރުގެ ހެކިބަހުން އެނގެން އޮތުމާއި، އަދި ޢަލީ މުރުތަޝާގެ މިދަޢުވާ ޞައްޙަ ނޫންކަން އެނގޭ އެއްވެސް
ހެއްކެއް ޤަރީނާއެއް، ދަޢުވާލިބޭ، އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް
ހުށަހަޅާފައި ނުވާތީ، ސ.މަރަދޫ ފިފްޓީފްލާވަރ ޢަލީ މުރުތަޟާ ލައްވައި އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން ސ.ގަމުގެ ދޫގަހުގައި ކުރުވާފައިވާ ވަޑާމުގެ މަސައްކަތާއި އެހެންވެސް މަސައްކަތުގެ އަގަށްވާ
ފައިސާގެ ތެރެއިން ނުދެވިވާ ފައިސާގެ މިންވަރަކީ -/35,0000 (ތިންލައްކަ ފަންސާސް ހާސް ރުފިޔާ) ކަން
ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، އަދި މިފައިސާ ޢަލީ މުރުތަޟާއާ ޙަވާލުކުރުމަށްޓަކައި، މިއަދުން
(21 އޮކްޓޯބަރު 2012 ދުވަހުން ފެށިގެން 01 މަސްދުވަހުގެ މުއްދަތުގައި، މިކޯޓަށް ދެއްކުމަށް އެމް.ޑީ.ކޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
-02
އއ
41}S3C/2012
އެޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން
އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 03 ނުކުތާ
ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 2 ވަނަ ނަންބަރުގައި އަލީ މުރުތަޟާ
މަސައްކަތް ކުރުމަށް ބޭނުންކޮށްފައިވަނީ އޭނާގެ އަމިއްލަ ތަކެތިކަމަށް ބަޔާންކޮށްފަ
ންކޮށްފައި ވީނަމަވެސް އެކަން
ހައިކޯޑް
ރާއްޖެ،Kން: 3325129، ފެކްސް 33166471
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހނގުން
އީމެއިލް
www.highcourt.gov.my:edmiolancourt.gov.my
4
213/HC-A/91
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
ޝަރީޢަތަށް ސާބިތުކޮށްދެވި ނުވަތަ ޝަރީޢަތުން އަގު ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
މ 4( 8
مرو مرس
(ނ) ދެވަނަ ނުކުތާއަކީ، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް، 5،8 އަދި 12 ވަނަ ނަންބަރުގައި
ހުށަހަޅާފައިވާ ދަޢުވާއާއި ލިބިފައިވާ ހަމައެކަނި ލިޔުންތަކަކީ އިންވޮއިސްތައް ކަމަށް
ބަޔާންކޮށްފައިވާއިރު، ދަޢުވާކޮށްފައިވާ ފައިސާ -/35,0000 ރުފިޔާ ސާބިތު ކުރުމަށްޓަކާ
މަސައްކަތް ޝަރީއަތުން އަގު ކުރައްވާފައި ކަމަށް ބުނެ ހުށަހެޅި .
އޭނާ ކޮށްފައިވާ
497
ނޫކީ .
(ނ) ތިންވަނަ ނުކުތާއަކީ، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 13 ވަނަ ނަންބަރުގައި ޢަލީ މުރުތަޟާ
ކޮށްފައިވާ ހުވާގައި އޭނާއަށް ނުލިބިވާ ފައިސާގެ އަދަދަކީ -/35,0000 ރުފިޔާކަމަށް ބަޔާންކޮށްފައި ވީނަމަވެސް
އޭނާކުރި މަސައްކަތާގުޅޭ އެއްވެސް އެއްބަސްވުމެއް ނުވަތަ ކޯޓޭޝަނެއް ނެތްހިނދު، -/35,0000 ރުފިޔާއަކީ
ހުށަހެޅި އިންވޮއިސްތަކުގެ ޢަދަދުން ނުލިބިވާ ފައިސާކަން ނުވަތަ އޭނާ ކޮށްފައިވާ މަސައްކަތުގެ އަގު،
(ރާއްޖޭގައި އެފަދަ މަސައްކަތް ކޮށްއުޅޭ ޢާންމު ރޭޓުން އަގު ކުރުމުން، ކަން، އޭނާ ޝަރީޢަތުގައި ކުރި
ހުވައިކަން އެނގެން ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
24
4
03- މިމައްސަލައާއި ގުޅިގެން އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/S3C/41 މައްސަލަ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ އެމް.ޑީ.ކޭ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަން،
ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، 2011 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެއަހަރުގެ ނޮވެމްބަރ މަހާއިދެމެދު
އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، ސ.ގަމުގައި ހިންގާ ދޫގަހުގެ އެކި ޢިމާރާތްތަކުގެ
ވަޑާމުގެ މަސައްކަތާއި، އެކިއެކި މަރާމާތުގެ މަސައްކަތްތައް، އެކުންފުނީގެ ފަރާތުން، މިމައްސަލަ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، ދިފާ 332229ފެކްސް331647
l
އީމެއިލް [email protected]ޓްސަwww.highcourt.govaw
5
ޤަޟިއްޔާ ނިމުނު ގޮތުގެ ލްސް ރިޕޯޓް
2013/HC-A/91
01 4 8 9
ނޫންކަމަށް
އިސްތިއުނާފުކުރާ ސ.މަރަދޫ ފިފްޓީފްލާވަރ ޢަލީ މުރުތަޟާ ލައްވައި ކުރިވިކަމާއި މެދު އެމް.ވީ.ކޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށުކޯޓުގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިޢުތިރާޟްނުކުރާކަމާއި، އަދި މިމަމަސައްކަތްތައް ޢަލީ މުރުތަޝާ ލައްވާކުރުވާފައިވަނީ މިދެފަރާތުގެ ދެމެދުގައި
ލިޔެކިޔުމުން އެއްބަސްވެގެން މިދެފަރާތުންވެސް އެއްބަސްވާއިރު، ޢަލީ މުރުތަޝާގެ ފަރާތުން
އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އުފުލި ދަޢުވާއަކީ، އޭނާ ލައްވާ އެމް.ޑީ.ކޭ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ކުރުވިކަމަށް ބުނާ މަސައްކަތްތަކުގެ އުޖޫރައަށްވާ ފައިސާގެ ތެރެއިން -/350000 ރ.
(ތިންލައްކަ ފަންސާސްހާސް ރުފިޔާ) ނުދީވާކަމަށް ބުނެ އެފައިސާ ހޯދުމުގެ މައްޗަށް ހުށަހެޅި ދަޢުވާކަން
އެނގެން އޮންނަކަމެވެ.
4
#
(ށ) ދެވަނަކަމަކީ، އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ޢަލީ މުރުތަޟާއާއި ދެމެދު
އަނގަބަހުން ވެވުނު އެއްބަސްވުމުގެ ދަށުން ޢަލީ މުރުތަޟާލައްވާ އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
މަސައްކަތްތަކެއް ކުރުވިކަމަށް އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާއިރު، އެކުންފުނީގެ
އެދުމުގެ މަތީން ޢަލީ މުރުތަޟާ ލައްވާކުރުވި މަސައްކަތްތަކުގެ އުޖޫރަ ދިނުމުގެ ޒިންމާއާއި އިލްތިޒާމް
އުފުލަންޖެހެނީ އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންކަން އެނގެން އޮންނައިރު، ދެފަރާތުގެ ދެމެދުގައި
އެއްބަސްވެވިގެން ކުރެވުނު މިމަސައްކަތުގެ އުޖޫރަ އެއްބަސްވެފައިވާ ގޮތުގެ މަތީން އެމް.ޑީ.ކޭ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ދީފާނުވާކަން މިމައްސަލައާ ގުޅިގެން ދެފަރާތުންމެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކުން އެނގެން އޮންނަކަމެވެ.
(ރ) ތިންވަނަކަމަކީ، މަދަނީ ޚުސޫމަތްތަކުގައި ޚަސްމުންގެ ދައުރަކީ އީޖާބީ ދައުރެއްކަމާއި، މިގޮތުން
ޘާބިތުކުރުމުގެ ޙައްޤު އަބަދަށްވެސް ޚަސްމުންނަށް ލިބިގެންވާނެކަމާއި، ޚަސްމުންގެ އަތުގައިވާ ޤާނޫނު
ހުއްދަކުރާ އެންމެހައި ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ލިބިއޮންނާނެކަމާއި،
ހަމަ އެމޭރުމުން އެއް ޚަސްމު ހުށަހަޅާ ހެކި ނުވަތަ ދަލީލު ނަޤު ޝުކޮށް އިދިކޮޅު ޘާބިތުކުރުމުގެ ޙައްޤު އަނެއް
ގެންވާނެކަމާއި،
ފަސްމަށްވެސް
ދި
މިމައްސަލައިގައި ދަށުކޯޓުގައި ކަން ހިނގާދިޔަ ގޮތުގެ މައްޗަށްބަލާއިރު، ޢަލީ މުރުތަޟާ ހުށަހެޅި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނދެން،މާޝާ ޖެހިއްޖެ، ގޯ
މިގޯއްޖެ، ގޯ3325029، ފެކްސް 3316471
އީމެއިލް nfighcourt.gov.mvބޭ
www.highcourt.gov.my
6
2013/HC-A/91
ދަޢުވާ ސާބިތުކުރުމަށް އޭނާގެ ފަރާތުން ހެކިން ހުށަހެޅިކަމާއި، ޢަލީ މުރުތަޝާގެ ފަރާތުން ހެކީންގެ
މައްޗަށާއި، އަދި ޖުމްލަކޮށް ޢަލީ މުރުތަޟާ ފައިސާ ލިބެންވާނެކަމަށްބުނާ ބުނުމާއިމެދު އެމް.ޑީ.ކޭ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންކާރު ނުކުރާކަމާއި، އެއާ ޚިލާފަށް ޢަލީ މުރުތަޝާ ލައްވާ އެމް.ވީ.ކޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މަސައްކަތްތަކެއް ކުރުވިކަމަށް އެކުންފުނިން އެއްބަސްވެ، އެމަސައްކަތުގެ
އުޖޫރަ ދިނުމަށް ދެކޮޅު ހަދަމުން އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށުކޯޓުގައި ދެއްކި
ވާހަކަތަކަށް ބަލާއިރު، އެކުންފުނި ދަށުކޯޓުގައި ތަމްސީލުކުރި ސ.މީދޫ ފަޒާ މަސްޢޫދު ސަޢީދު ބުނެފައިވަނީ،
ޢަލީ މުރުތަޟާ ހޯދުމަށް ހުށަހަޅާފައިވާ -/350000ރ. (ތިންލައްކަ ފަންސާސްހާސް ރުފިޔާ) އަކީ އެމް.ޓީ.ކޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢަލީ މުރުތަޟާ ލައްވާ ކުރުވާފައިވާ މަސައްކަތުގެ ފުރިހަމަ
އަގުކަން ބަޔާންކުރަން އެނގޭނީ މިމަސައްކަތާބެހޭ އެއްބަސްވުމާއި، މިމަސައްކަތާއި ގުޅޭ އެންމެހާ
ލިޔެކިޔުންތައް ލިބުމުންކަމަށާއި، އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެހާތަނަށް ބެލިބެލުމުން، ޢަލީ
މުރުތަޝާ ކޮށްފައިވާ މަސައްކަތުގެ އަގަށް އޭނާ ހުށަހެޅި ބިލުތައް ފިޔަވައި، އިތުރު އެއްވެސް ލިޔުމެއް
ލިބިފައިނުވާކަމަށާއި، ޢަލީ މުރުތަޟާ، އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި މަސައްކަތް ކުރި
ދުވަސްވަރު އެކުންފުނީގެ މެނޭޖަރަކަށް ހުރީ ސ.މަރަދޫ ޝަބްނަމީވިލާ ޢަބްދުﷲ ރަޝީދުކަމަށާއި، އޭނާގެ
ދަށުން ކޮންސްޓްރަކްޝަން ސައިޓްތަކުގެ ސުޕަވައިޒަރަކަށް ހުރީ ސ.މަރަދޫ | އިރުމަތީގެ އިބްރާހިމް
އާތިފްކަމަށާއި، އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބޭނުންވަނީ، މިމައްސަލައާއި ގުޅިގެން މިދެފަރާތުގެ
ބަހެއް ހޯދުމަށްކަމަށެވެ." މިފަދައިންކަމާއި،
26 ތ 8
9
އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ދިފާޢުގައި ދައްކާފައިވާ މިވާހަކަތަކަށް ބަލާއިރު، ޢަލީ
މުރުތަޟާ ލައްވާ ކުރުވާފައިވާ މަސައްކަތުގެ ފުރިހަމަ އަގުކަން ބަޔާންކުރަން އެނގޭނީ މިމަސައްކަތާބެހޭ
އްބަސްވުމާއި، މިމަސައްކަތާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ލިބުމުންކަމަށް ބުނެފައިވީ ނަމަވެސް
މިމަސައްކަތާއި ގުޅިގެން ދެފަރާތުގެ ދެމެދުގައި ލިޔެކިޔުމުން އެއްބަސްވުމެއް އެކުލަވާލެވިފައިނުވާކަމަށް
އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންވެސް އިޢުތިރާފްވާއިރު ލިޔުމުންވެފައިވާ އެފަދަ އެއްބަސްވުމެއް
އެނގޭކަމާއި، މަސައްކަތާއި ގުޅޭ އެންމެހައި ލިޔުންތައް ބަލަން ބޭނުންކަމަށް އެކުންފުނިން
ބުނާއިރު، އެބުނާ އެންމެހައި ލިޔުންތަކަކީ ކޮބައިކަން އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
2
8 ތ ދ8
ނޭނކން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ދިވެހިރާއްޖެ، ފޯން:3325029، ފެކްސް:331471
އީމެއިލް: [email protected]ވެބްސައިޓް:www.highcourt.gov.mv
މަތތަކެއްކަން
މިއކުތްވެވޭ
7
2013/HC-A/91
ހާމަކޮށްދެވިފައި ނުވާކަމާއި، ދެފަރާތުން އެއްބަސްވިގޮތަށް މަސައްކަތްތަކެއް ކުރުމަށްފަހު އެމަސައްކަތްތަކަށް
ޢަލީ މުރުތަޝާގެ ފަރާތުން ބިލުކުރެވުނުކަން މިދެފަރާތުގެ ވާހަކައިންވެސް އެނގެން އޮންނައިރު، މިބިލުތައް
ކުރެވުމުން މިބިލުތަކަށް އެއްވެސް އިންކާރެއްކޮށް އެކަން ޢަލީ މުރުތަޝާއަށް އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން އެންގިކަން ސާބިތުވާންނެތްކަމާއި މީގެ އިތުރުން، އެބިލުތަކަށް އިންކާރުކޮށް ޝަރުޢީކޯޓެއްގައި
އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއްވެސް މައްސަލަ ޖައްސާފައިނުވާކަމަށް އެކުންފުނިން
ބުނާކަމާއި، އަދި އެބިލުތަކުގައި އޮތް ޢަދަދުތައް ގޯސް
އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން ދަށުކޯޓުގައި ފާހަގަކޮށްފައިނުވާކަން އެނގޭކަމާއި،
2 ގ ޏ ޑ 8
ومرمرمرم مرمرم
މިމައްސަލައާއި ގުޅިގެން އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބޭނުންވަނީ އެމަސައްކަތް
ކުރެވުނު ދުވަސްވަރު ކުންފުނީގެ މެނޭޖަރަކަށް ހުރިފަރާތާއި، ސައިޓުތަކުގެ ސްޕަވައިޒަރަކަށް ހުރި ފަރާތުގެ
ބަހެއް ހޯދުމަށްކަމަށް ބުނެފައިވާތީ މިފަރާތްތައް، ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވި އެދެމީހުންގެ
ހެކިބަސް ކޯޓުން ނަގާފައިވާކަމާއި މިގޮތުން މިމަސައްކަތް ކުރެވުނު ދުވަސްވަރު އެމް.ޑީ.ކޭ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ މެނޭޖަރަކަށް ސ.މަރަދޫ ޝަބްނަމީވިލާ ޢަބްދުﷲ ރަޝީދުގެ ހެކިބަހުގައި ބުނެފައިވަނީ
"މިމަސައްކަތާއި ގުޅޭގޮތުން އޭނާއަށް ލިބިފައިވާ މަޢުލޫމާތަކީ، ސ.މަރަދޫ އިރުމަތީގެ އިބްރާހިމް ޢާތިފަކީ،
އެމް.ވީ.ކޭގެ ފަރާތުން ޢަލީ މުރުތަޟާއާއި ޙަވާލުކުރެވުނު މަސައްކަތްތަކުގެ ފޫޓުއަޅައި މިންކޮށް، މިފަދަ
ކަންކަން ކުރުމަށް ކުންފުނީގެ ފަރާތުން ޙަވާލުކުރެވުނު މުވައްޒަފުކަމަށާއި، އަލީ މުރުތަޟާ ކުރީ ކޮންކޮން
ކޮށްދިކަން އެނގޭކަމަށެވެ." މިފަދައިންކަން އެނގޭއިރު، އިބްރާހީމް އާތިފްގެ ހެކިބަހުގައި
ބުނެފައިވަނީ "ޢަލީ މުރުތަޟާ ހޯދުމަށްއެދި ދަޢުވާކުރާ -/350000 ރ. (ތިންލައްކަ ފަންސާސްހާސްރުފިޔާ)
އަކީ، ޢަލީ މުރުތަޝާ ލައްވައި ސ.ގަމު ދޫގަހުގައި ކުރުވާފައިވާ މަސައްކަތުގެ އަގުކަމަށާއި، މިއަގަކީ ޢަލީ
މުރުތަޟާ ލައްވައިކުރުވި މަސައްކަތުގެ އަގުކަން ރަނގަޅަށް އެނގޭކަމަށެވެ." މިފަދައިން ކަން އެނގޭކަމާއި،
މިހެންކަމުން އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މިމައްސަލައިގެ ޖަވާބުގައި ދެއްކި ވާހަކަތަކުން އަދި
އެފަރާތުން އެދިގެން ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހުން ޢަލީ މުރުތަޟާ ހުށަހަޅާ ހުށަހެޅުންތަކާއި ދަލީލުތައް
ކޮށް އިދިކޮޅު ޘާބިތުކުރެވޭ މިންވަރުގެ ޙުއްޖަތެއް ދެއްކިފައިނުވާކަން
ނަޤު ޝުކޮށް
އެނގޭކަމެވެ.
ވެހިރާއްޖޭ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ފެބްސައިޓް WWW.highcourt.gov.mv
8
2013/HC-A/91
(.) ހަތަރުވަނަކަމަކީ، އިސްލާމީ ފިޤުހުގެ ޖުމުހޫރުންގެ އަރިހުގައި އެކެއްގެ ހެކިބަހަކީ "އަލްޔަމީން
މަޢައް ޝާހިދުލް ވާއިދު" ގެ އަސާސްގެ ދަށުން، ދަޢުވާކުރާފަރާތުގެ ހުވަޔާއި އެކު ފުރިހަމަ ކުރެވިދާނެ
ދަލީލެއްކަމާއި، މިއަސާސްގެ މައްޗަށް ޤިޔާސްކުރާ ހިނދު އުނި ދަލީލެއް ފުރިހަމަ ކުރަނިވި ހުވާ ނުވަތަ "އަލް
އަމީނުލް މުތައްމިމަ" އަކީ ޘާބިތުކުރުމުގައި ބޭނުންކުރެވިދާނެ ވަސީލަތެއްކަމާއި، މިގޮތުން ދަޢުވާއެއްގައި
ޚަސްމަކު ހުށަހަޅާ ދަލީލަކީ ދަޢުވާ ޘާބިތުކުރުމަށް ކާފީ ދަލީލެއް ނޫންކަމަށް ކޯޓަކަށް ފެނިއްޖެނަމަ އެދަލީލު
ހުށަހެޅި ޚަސްމުގެ ހުވަޔާއި އެއްކޮށް އެދަލީލު ފުރިހަމަ ކުރުމުގެ އިޚްތިޔާރު އެކޯޓަކަށް ލިބިގެންވާނެކަމަށާއި،
އަދި މިފަދައިން ހުވާ ދިނުމަކީ މައްސަލަ ބަލާ ފަނޑިޔާރު ނުވަތަ ޝަރީޢަތުގެ މަޖިލީހަށް ލިބިގެންވާ
އިޚުތިޔާރެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 02/SC-A/2010 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ
ނުކުތާތަކުގައި ބަޔާންކޮށްފައިވާކަމާއި،
އިސްތިއުނާފު މިކުރެވޭ އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުން މިމައްސަލަ ނިންމެވުމުގައި،
އެމައްސަލައިގައި ދަޢުވާކުރި ޢަލީ މުރުތަޝާއަށް ހުވާދީފައިވަނީ މިއުސޫލުގެ ދަށުންކަމާއި، މިގޮތުން
އެމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 12 ވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ފަދައިން،
އެމް.ޑީ.ކޭ ގެ ފަރާތުން ދެއްކިވާހަކަތަކުން މިމަސައްކަތް ހިނގި އިރު، އެކުންފުނީގެ މަސައްކަތްތައް ހިނގާ
ނުހިނގާގޮތް ބަލައި މިންއަޅައި ވަޒަންކޮށް، އެކަންކަމުގެ މައްޗަށް އައުމަގު ވަޒަންކޮށް ހެދުމަށް
ޙަވާލުކުރެވިފައިވާ ފަރާތަކީ ސ.މަރަދޫ އިރުމަތީގެ އިބްރާހީމް ޢާތިފްކަން އެނގެން އޮންނައިރު، މިއިބްރާހީމް
އާތިފްގެ ހެކިބަހުގައި ޢަލީ މުރުތަޟާ އެދި ހުށަހަޅާ ފައިސާގެ ޢަދަދަކީ ސައްޙަ ޢަދަދެއްކަމަށް ބުނެ
ހެކިބަސްދީފައިވާތީ، މަދަނީ މައްސަލަ ޘާބިތުކުރުމުގައި އިސްލާމީ ޝަރީޢަތުގައި ޢާއްމުކޮށް އޮންނަ މިންގަނޑުގެ
މަތިން، މިމައްސަލައިގައި އަލީ މުރުތަޝާގެ ފަރާތުގައި ހުރީ ފުރިހަމަ އެއްހެކި މާއި އެކު އަދި ޢަލީ
މުރުތަޟާ ހުވާކުރަން ހުރުމާއިއެކު، ޢަލީ މުރުތަޟާ އަށް ހުވާދީފައިވަނީ ކަމަށް ފާހަގަކުރައްވާފައިވާކަމާއި،
މިގޮތުން ޝަރީޢަތުގެ ފަރާތުން ޢަލީ މުރުތަޝާއަށް ހުވާ ދިނުމުން ޢަލީ މުރުތަޟާ ހުވާކޮކް ހުވާގެ
ޢިބާރާތުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަން އެނގެން އޮންނަކަމެވެ.
އ ހތމ ތ
ކމަށްވާހއ
ދެފުކޮށް
ވީމާ، އިސްވެ ދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/S3C/41 ޤަޟިއްޔާގައި، ސ.މަރަދޫ ފިފްޓީފްލާވަރ ޢަލީ މުރުތަޝާ ލައްވައި އެމް.ޑީ.ކޭ މޯލްޑިވްސް
ހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާންމުޒުހިވާލޮޖީމާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް immourt.gov.mvވެބްސައިޓް:www.highcourt.gov.mv
9
2013/HC-A/91
ޕްރައިވެޓް ލިމިޓެޑުން ސ.ގަމުގެ ދޫގަހުގައި ކުރުވާފައިވާ ވަޑާމުގެ މަސައްކަތާއި އެހެންވެސް މަސައްކަތުގެ
އަގަށްވާ ފައިސާގެ ތެރެއިން ނުދެވިވާ ފައިސާގެ މިންވަރަކީ -/35,0000 (ތިންލައްކަ ފަންސާސް ހާސް
ރުފިޔާ) ކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އަސްލަކާއި ޚިލާފަށް
ކަމުގައި ބެލެވެންނެތްކަމާއި، މިހެންކަމުން އެޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް އެމް.ވީކޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޙުކުމަށް ބަދަލެއް
ހުންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ފެންނަން ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާކަމެވެ.
ޑ ތ ގދ ޏ 4ތ ރ
ގެންނަންޖެހފަދަ
އާކުމާ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އައްޑުއަތޮޅު މަރަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S3C/41 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
އިސްތިއުނާފުކުރުމަށް އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ
މައްޗަށް ބަލައި، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެންނަން ޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ
ފެންނަންނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S3C/41 ޤަޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެން ނެތްކަމަށްކަނޑައަޅައި، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ވިޔަސް ސަބަބެއް
2 / 2 4 8 2
3ނނއ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv