ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-I-SH/17 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2t{)9/HC-I-SH!
ދިވެހިރާއްޖޭގެ ހައިކޯޓް
1/
ދިވެހިރާއްޖެ
ޗުއްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރ: 17/HC
-
I
-
SH/2009
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތް:
* ނަން: ޢަބްދުﷲ ޤާސިމް
ކާޑު ނަންބަރ: 054689-A
އައިޑީ
ދާއިމީ އެޑްރެސް: ސިލެޓް! މަތިމަރަދޫ ލ. ގަން
މިހާރުގެ އެޑްރެސް: ބަނޑޭރި ކޮށި 183
އިންތިޚާބީ ޝަކުވާގެ ދަޢުވާ ރައްދުވި ފަރާތް:
* ނަން: އިލެކްޝަންސް ކޮމިޝަން
އައިޑީ ކާޑު ނަންބަރ: -
ދާއިމީ އެޑްރެސް: އެމް.ޕީ. އޭ ބިލްޑިންގް| މާލެ
އެޑްރެސް: އެމް.ޕީ.އޭ ބިލްޑިންގް!މާލެ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 07ޖުމާދަލްއާޚިރާ 1439
*
ނިމުނު ތާރީޚް: 21 ޖުމާދަލްއާޚިރާ 1439
ޖޫން
ން6
01
2009
15
2009
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332532، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2039{HC-I-SH!
ޞަފްޙާ ނަންބަރ: :03-03
01- ދަޢުވާގެ ޚުލާޞާ
02- ފާހަގަކުރެވުނު ނުކުތާތައް
#
03-08:
03- ޙުކުމް:
08-09:
04- މަޙްޝަރު ބަޔާންތައް:
04.1 އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތުގެ މަޙުޝަރު ބަޔާންތައް:
ޢަބްދުﷲ ޤާސިމްގެ ފަރާތުން ދެއްކި ވާހަކަ:
މަޙުޝަރު ނަންބަރ: 06-01:HC-I-SH-17Mpg-2009
04.2 އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތުގެ މަހުޝަރު ބަޔާންތައް:
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދެއްކިވާހަކަ:
މަޙުޝަރު ނަންބަރ: 11-07:HC
-
I
-
SH
-
17Mpg-2009
05 - މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
1- މިމައްސަލައާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބު 2009 ކަންހިނގާ ދިޔަ ގޮތުގެ ރިޕޯރޓް.
2- މިމައްސަލައާ ގުޅިގެން ޢަބްދުﷲ ޤާސިމު ސިލެޓް މަތިމަރަދޫ ލ. ގަން އިލެކްޝަންސް ކޮމިޝަންގެ
ނަންބަރު 2009
/
50-A
)
F) އިޢުލާނާއި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް.
06 - ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު: 3
ދަޢުވާގެ ޚުލާޞާ
މިއީ، 09 މެއި 2009 ވަނަ ދުވަހު ބޭއްވުނު ރާއްޖޭގެ ޢާއްމު އިންތިޚާބުގައި ލ. ގަން
ދާއިރާގެ ނަންބަރު
O02.3.2 ލ.ގަން މަތިމަރަދޫ ވޯޓް ފޮއްޓަށް ވޯޓްލުމުގައި ކަންތައްތައް ހިނގާފައިވަނީ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
ނިމުނު ގޮތުގެ ރިޕޯޓް
2[09/HC-I-SH/1
ދިވެހިރާއްޖޭގެ އިންތިޚާބާބެހޭ ޢާންމު ޤާނޫނާއި ޚިލާފަށް ކަމަށްބުނެ އެޤާނޫނުގެ 65 ވަނަ މާއްދާގައިވާ ފަދައިން
އެދާއިރާގެ އިންތިޚާބު ބާޠިލް ކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލ. ގަން މަތިމަރަދޫ ސިލެޓް(
ބަނޑޭރި ކޮށި 183 ޢަބްދުﷲ ޤާސިމް ދިވެހިރާއްޖޭގެ ހައިކޯޓުގައި ދަޢުވާ ކުރުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
4
ފާހަގަކުރެވުނު ނުކުތާ
ol- މިއީ، 09 މެއި 2009 ވަނަ ދުވަހު ބޭއްވުނު ރާއްޖޭގެ ޢާއްމު އިންތިޚާބުގައި ލ. ގަން
ދާއިރާގެ ނަންބަރު O02.3.2 ލ. ގަން މަތިމަރަދޫ ވޯޓް ފޮއްޓަށް ވޯޓްލުމުގައި ކަންތައްތައް ހިނގާފައިވަނީ
ދިވެހިރާއްޖޭގެ އިންތިޚާބާބެހޭ ޢާއްމު ޤާނޫނާއި ޚިލާފަށް ކަމަށްބުނެ އެޤާނޫނުގެ 65 ވަނަ މާއްދާގައިވާ ފަދައިން
އެދާއިރާގެ އިންތިޚާބު ބާޠިލް ކުރުމަށްއެދި އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލ. ގަން މަތިމަރަދޫ ސިލެޓް!
ބަނޑޭރިކޮށި 183 ޢަބްދުﷲ ޤާސިމް ދިވެހިރާއްޖޭގެ ހައިކޯޓުގައި ދަޢުވާކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
02- މިމައްސަލަ ހުށަހަޅާ ސަބަބާއި ތަފްސީލުގައި ޢަބްދުﷲ ޤާސިމް 7 ނުކުތާއެއް ފާހަގަ
ކޮށްފައިވެއެވެ. އެއީ:
1- ލ. ގަމު ދާއިރާގެ ފޮށިތަކަށް ވޯޓްލުމުގެ ޝަރުތު ހަމަވާ (އިލެކްޝަންސް ކޮމިޝަނުން
ޢާއްމުކޮށްފައިވާ ލިސްޓުގައި ހިމެނޭ) މީހުންނަށް ވޯޓް ނުލެވުނުކަމަށާއި އަދި ވޯޓު ނުލެވުމާ ގުޅިގެން
ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅުމުންވެސް އެފަރާތްތަކަށް ވޯޓުލުމުގެ ފުރުޞަތު ދީފައި ނުވާކަމަށާއި މިކަމަކީ
އިންތިޚާބާބެހޭ ޢާއްމު ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކޮށްފައިވާ ކަމަކަށްވުން ކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއާއި
2- އިންތިޚާބާބެހޭ ޢާއްމު ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ވޯޓުލާ މަރުކަޒުގައި
މީހުން ތިބެގެން ވޯޓުލާފައިވުން ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއާއި
3- އިންތިޚާބާބެހޭ ޢާއްމު ޤާނޫނުގެ
32 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ވޯޓުލާ މަރުކަޒުގައި
ހިމެނޭ ބައެއް މުވައްޒަފުން ވޯޓުލާ މަރުކަޒު ކައިރީގައި ކެމްޕޭނު ކުރުމުގެ ޙަރަކާތްތައް ހިންގުން ކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއާއި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331671
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
209/HC-I-SH/17
1 ނުކުތާއެވެ.
4 އިންތިޚާބާ ބެހޭ ޢާއްމު ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ޖިސްމާނީ ގޮތުން
ނުކުޅެދިގެންނުވާ މީހުންނަށް ފުރުޞަތުދީ އެމީހުންގެ ވޯޓު ކަރުދާހުގައި ފާހަގަ ޖަހާފައިވުން ކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއާއި
5- އިންތިޚާބާ ބެހޭ ޢާއްމު ޤާނޫނުގެ 32 ވަނަ މާއްދާގެ (ބ) އާ ޚިލާފުވެ އިލެކްޝަންސް
ކޮމިޝަނުން ވޯޓުލާ މަރުކަޒަށް ޢައްޔަން ކޮށްފައިވާ މުވައްޒަފުން ފާސް ނެތި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރި
ވެފައިވުން ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއާއި
6- އިންތިޚާބާ ބެހޭ ޢާއްމު ޤާނޫނުގެ 40 ވަނަ މާއްދާއާ ޚިލާފުވެ އޮބްޒަރވްކުރުމަ
ޓްކުރުމަށް ބަޔަކު
ހަމަޖެހިފައި ނުވުންކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއާއި
7- އިންތިޚާބާ ބެހޭ ޢާއްމު ޤާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއި
އިރުޝާދު ޢަބްދުﷲ ޤާސިމަށް ފޯރުކޮށްދީފައި ނުވުންކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއާއި މި
03- ޢަބްދުﷲ ޤާސިމުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި މިދަޢުވާއަށާއި މިދަޢުވާކުރާ ފަރާތުން
މިދަޢުވާގެ ސަބަބުތަކާއި ތަފްޞީލު ކަމަށްބުނެ ހުށަހެޅި ކަންކަމަށް ޖަވާބުދާރީވުމުގެ ގޮތުން މިމައްސަލައިގައި
ދަޢުވާލިބޭ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ
ބަޔާނުގައި ބުނެފައިވަނީ ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ މިދަޢުވާގައި ސާފު ނުވާ ކަންތައްތަކެއް
އެބަހުރިކަމަށާއި އިލެކްޝަންސް ކޮމިޝަނުން ދެކޭގޮތުގައި މިދަޢުވާ ފުރިހަމަ ގޮތުގައި ހުށަހެޅިފައި ނުވާކަމަ
އެއީ ފުރަތަމަ ނަންބަރުގައި ޝަރުޠުހަމަވާ މީހުންނަށް ވޯޓް ނުލެވުނުކަމަށް ބުނާއިރު އެއީ ކިތައްމީހުން ކަމެއް
ބައެއްކަމެއް
މެއް އަދި މިހާތަނަކަށް ހުށަހަޅާފައެއްނުވާ ކަމަށާއި އެކަން އެނގެން ނެތުމުން އިލެކްޝަންސް
ކޮމިޝަނަށް އިތުރަށް ބެލެވިފައެއްވެސް ނެތްކަމަށާއި ދެވަނަ ނަންބަރުގައި އިންތިޚާބާބެހޭ ޢާއްމު ޤާނޫނުގެ 32
ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ވޯޓްލާ މަރުކަޒުގައި މީހުން ތިބެގެން ވޯޓްލާފައިވާކަމަށް ބުނެފައިވާއިރު
މިކަމުގެ ތަފްޞީލުތަކެއް ހުށަހެޅިފައި ނެތްކަމަށާއި މިދަޢުވާ ހުށަހެޅިފައިމިއޮތީ ހެކިބަހުން އިތުރު ކަންތައްތަކެއް
ހޯދައިގެން އިލެކްޝަންސް ކޮމިޝަނުން އެއަށް ޖަވާބުދާރީވާންޖެހޭ ގޮތަކަށްކަމަށާއި ދަޢުވާކުރާ ފަރާތުގެ 3 ވަނަ
ނަންބަރުވެސް އޮތީ މިކަހަލަމޭރުމަކުން ކަމަށާއި 4 ވަނަ ނަންބަރުގައި އޮތީ 45 ވަނަމާއްދާއާ ޚިލާފަށް
ނުކުޅެދިގެން ނުވާމީހުންނަށް ފުރުޞަތު ދީފައިވާ ކަމަށްކަމުގައިވާއިރު އެނަންބަރުގައި ވަކި ފަރާތެއްވެސް
ބަޔާންކޮށްފައި ނުވާކަމަށާއި އަދި އެއީ ކޮންބައެއްކަމެއް، ކިތައްމީހުންކަމެއް، އެކަންކުރީ ކޮންބައެއްކަމެއް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ވާނެ. ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2009FIC.C-SIl7
އެއްޗެއް
OX
8
މިކަހަލަ އެއްވެސް މަޢުލޫމާތެއް ނެތްކަމަށާއި ދަޢުވާގެ ފުރިހަމަ ތަފްޞީލެއްވެސް ނެތްކަމަށާއި މިކަހަލަ
ތަފްޞީލުތަކެއްނެތި ޖަވާބުދާރީވުމަށްޓަކައި މިކަންކަމާބެހޭ ކަންތައްތައް ބެލެއްނެތްކަމަށާއި، ދަޢުވާކުރާ ފަރާތުގެ
5 ވަނަ ނަންބަރުގައި 32 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ، ވޯޓްލާ މަރުކަޒަށް
ޢައްޔަންކޮށްފައިވާ މުވައްޒަފުން ޕެސްނެތި ވޯޓްލާ މަރުކަޒުގައި ޙަރަކާތްތެރިވެފައިވާ ކަމަށްބުނެފައިވާއިރު އެއީ
ކޮންބައެއްކަމެއް ކިތައްމީހުންކަމެއް ކޮންއިރަކުކަމެއް މިކަހަލައެއްވެސް ނޭނގޭކަމަށާއި މީގެ
އިތުރުތަޞީލެއްނެތި މީގެ ފުރިހަމަ ޖަވާބެއް ދެވެންނެތްކަމަށާއި ދަޢުވާކުރާ ފަރާތުގެ ނަންބަރު 06 ގައި 40
ވަނަ މާއްދާ އާޚިލާފަށް އޮބްޒަރވްކުރަން ބަޔަކު ހަމަޖެހިފައިނުވާ ކަމަށް ބުނެފައިވާއިރު އޮބްޒާވަރެއްގެ ވާހަކަ
ދަޢުވާކުރާ ފަރާތުން ޝަރީޢަތުގައި ބުނެފައިވާތީ އޮބްޒާވަރުން ހަމަޖެހިފައިވާކަން އެބައެނގޭކަމަށާއި އަދި
ޤަވާއިދު ހަމަޖެހިފައިވާގޮތަށް އޮބްޒަރވަރުން އެތަންތަނަށް ޒިޔާރަތްކުރެވިފައި އެބަހުރިކަމަށާއި ދަޢުވާކުރާ
ފަރާތުގެ މިނަންބަރުގައި ވަކިން އޮބްޒާވަރުން ހަމަނުޖެހިގެން ނުވަތަ އެފޮށި ކައިރިއަށް އޮބްޒަރވަރުން
ނުދާކަމަށް ބުނާއިރު ކަންހިނގާދިޔަގޮތުގެ ރިޕޯރޓްގައި ދަޢުވާކުރާ ފަރާތުން ޝަކުވާކުރާ ވޯޓްފޮށި ހުރިތަނަށް
ޒިޔާރަތްކުރި އޮބްޒަރވަރުންނާއި އޮބްޒަރވަރުންގެ ނަމާއި މަޢުލޫމާތު މިދާއިރާގެ ކަންހިނގާދިޔަގޮތުގެ
މިރިޕޯރޓްގައި ފާހަގަކޮށްފައިވާނެ ކަމަށާއި އެއީ ދަޢުވާކުރާ ފަރާތުގެ ދަޢުވާގައި ބުނާ
ގަން ދާއިރާގެ
ނަންބަރު o02.3.2 ވޯޓްފޮށީގެ ކަންހިނގާދިޔަ ގޮތުގެ ރިޕޯރޓްކަމަށާއި އެރިޕޯރޓްގެ 9 ވަނަ ނަންބަރުގައި
ޒިޔާރަތްކުރި އޮބްޒާވަރުންގެ ނަމާއި އެމީހުންގެ މަޢުލޫމާތު ބަޔާން ކޮށްފައިވާކަމަށާއި މިއިންވެސް އޮބްޒާވަރުން
ހަމަޖެހިގެން އޮބްޒަރވް ކުރުމަށް އެފޮށިކައިރިއަށްވެސް ޒިޔާރަތް ކޮށްފައިވާކަން އެނގޭކަމަށާއި ދަޢުވާކުރާ
ފަރާތުގެ 07 ވަނަ ނަންބަރުގައި އިންތިޚާބާ ބެހޭ ޢާއްމު ޤާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ
މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދީފައިނުވާ ކަމަށް ބުނެފައިވާއިރު މިއީ ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ
އެހެން މައްސަލައެއްގައިވެސް ހުށަހަޅާފައިވާ ނުކުތާއެއްކަމަށާއި މިމަޢުލޫމާތަކީ ޢާއްމުކޮށް ވެބްސައިޓްގައިވެސް
ޝާއިޢުކޮށްފައިވާ މަޢުލޫމާތު ތަކެއް ކަމަށާއި އަދި މިކަމާގުޅިގެން އިޢުލާނެއްވެސް ކުރެވުނުކަ
އެއިޢުލާނާގުޅުވާފައި ކެންޑިޑޭޓުން ދީފައިވާ މަޢުލޫމާތު ފޯރމްގައި ހިމެނިފައިވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް
ދީފައިވާ އެޑްރެހަށް އީމެއިލްގެ ޛަރީޢާއިން އެމަޢުލޫމާތު ފޯރުކޮށްދީފައި ވާނެކަމަށާއި ޢަބްދުﷲ ޤާސިމް ދީފައިވާ
އީމެއިލް އެޑްރެހުގެ ޛަރީޢާއިން އެމަޢުލޫމާތު ފޯރުކޮށްދީފައިވާނެކަމަށާއި އެހެންކަމުން މިނުކުތާއަކީވެސް
ޚިވުނުކަމަށާއި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
427 0.34405
6
ޤަޟިޢްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-I-SH/1
ކމތ އވ
0
LOXO
ޤަބޫލުކުރެވޭ
ކޮމިޝަނުން އިންކާރުކޮށް އިންތިޚާބުގެ އެނަތީޖާއަށް ބަދަލު އަންނަވަރުގެ ކަމެއް ހުށަހަޅާފައިވެސް ނުވާކަމަށެވެ.
4- ޢަބްދުﷲ ޤާސިމް މިމައްސަލަ ހުށަހަޅާ ސަބަބާއި ތަފްޞީލުކަމަށްބުނެ ހުށަހަޅާފައިވާ
ނުކުތާތަކަށްބަލާއިރު އޭގެ ތެރެއިން:
ފުރަތަމަ ނުކުތާގައި ދ. ގަރުދާއިރާގެ ފޮށިތަކަށް ވޯޓްލުމުގެ ޝަރުތު ހަމަވާމީހުންނަށް
ވޯޓް ނުލެވުނު ކަމަށާއި އަދި އެފަރާތްތަކަށް ވޯޓްލުމުގެ ފުރުޞަތުދީފައި ނުވާކަމަށް ބުނާއިރު މިނުކުތާގައި
މިބުނާ ވޯޓްނުލެވުނީ ކަނޑައެޅިގެން ކޮންބަޔަކަށް ކަމާއި އަދި އެމީހުންގެ ނަންތަކަކީ ކޮބައިކަން މިނުކުތާގައި
ތަފްޞީލު ބަޔާންކޮށްދީފައި ނުވާކަމާއި
ދެވަނަ ނުކުތާގައި އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާ
ޚިލާފަށް ވޯޓްލާ މަރުކަޒުގައި މީހުން ތިބެގެން ވޯޓްލާފައިވާ ކަމަށް ބުނެފައިވާއިރު އެމާއްދާ އާޚިލާފަށް
ވޯޓްލާމަރުކަޒުގައި ތިބީކޮންބައެއްކަމާއި އެމީހުންގެ ނަންތަކާއި މިހުރިހާއި މަޢުލޫމާތުތަކެއް މިނުކުތާގައި
ތަފްޞީލުކޮށް އޮޅުން ފިލާވަރަށް ބަޔާންކޮށްދެވިފައިނުވާކަމާއި
ތިންވަނަ ނުކުތާގައި އިންތިޚާބުތަކާ ޢާއްމު ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް
ވޯޓްލާމަރުކަޒުގައި ހިމެނޭ ބައެއް މުވައްޒަފުން ވޯޓްލާމަރުކަޒު ކައިރީގައި ކެންޕޭނު ކުރުމުގެ ޙަރަކާތްތައް
ހިންގާފައިވާކަމަށް ބުނެފައިވާއިރު މިފަދަ ޙަރަކާތް ހިންގީ ކަނޑައެޅިގެން ކޮންބައެއްކަމާއި އެމީހުންގެ ނަންތަކަކީ
ކޮބައިކަމާއި އެމީހުން އެޙަރަކާތް ހިންގިނަމަ ހިނގީ ކޮންއިރަކު ކަމާއި މިކަންކަން އޮޅުން ފިލާވަރަށް
މިނުކުތާގައި މިބަޔާން ކޮށްދެވިފައި ނުވާކަމާއި
• ހަތަރުވަނަ ނުކުތާގައި ޖިސްމާނީ ގޮތުން ނުކުޅެދިގެން ނުވާމީހުންނަށް ފުރުޞަތުދީ
އެމީހުންގެ ވޯޓް ކަރުދާހުގައި ފާހަގަ ޖަހާފައިވާކަމަށް ބުނެފައިވާއިރު މިއީކޮންބައެއްކަމާއި މިމީހުންގެ ނަންތަކަކީ
ކޮބައިކަން އެއްވެސް މިންވަރަކަން މިނުކުތާގައި ސާފުކޮށް ބަޔާން ކޮށްދީފައިނުވާކަމާއި
• ފަސްވަނަ ނުކުތާގައި އިލެކްޝަންސް ކޮމިޝަނުން ވޯޓްލާ މަރުކަޒަށް ޢައްޔަން ކޮށްފައިވާ
މުވައްޒަފުން ވޯޓްލާ މަރުކަޒުގައި ފާސްނެތި ޙަރަކާތްތެރި ވެފައިވާކަމަށް ބުނެފައިވާއިރު މިނުކުތާގައި މިވާހަކަ
ދައްކަނީ އިލެކްޝަންސް ކޮމިޝަނުން ޢައްޔަން ކޮށްފައިވާ ކޮންމުވައްޒަފެއްކަން ނުވަތަ ކާކުކަން އަދި
އެމީހުންގެ ނަމަކީ ކޮބައިކަން އެއްވެސް މިންވަރަކަށް މިނުކުތާގައިވެސް ބަޔާން ކުރެވިފައިނުވާކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤުޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
17:HC-I-SH
200
• ހަވަނަ ނުކުތާގައި އިންތިޚާބު ތަކާބެހޭ ޢާއްމުޤާނޫނުގެ 40 ވަނަ މާއްދާއާ ޚިލާފުވެ
އޮބްޒާރވް ކުރުމަށް ބަޔަކު ހަމަޖެހިފައިނުވާ ކަމަށް ބުނެފައިވާއިރު، މިނުކުތާ އާގުޅިގެން އިލެކްޝަންސް
ކޮމިޝަނުން ހުށަހެޅި ލ. ގަންދާއިރާގެ ނަންބަރު O02.3.2 ގެ ވޯޓް ފޮށީގެ ކަންހިނގައި ދިޔަގޮތުގެ
ރިޕޯރޓްގެ 9 ވަނަ ނަންބަރަށް ބަލާއިރު އޮބްޒާވަރުންގެ ގޮތުގައި ޒިޔާރަތްކޮށްފައިވާ މީހުންގެ ނަންތަކާއި
އެމީހުން ނިސްބަތްވާ ޕާޓީ ތަކާއި މުއައްސަސާތައް އެނަންބަރުގައި ލިޔެބަޔާން ކޮށްފައިވާކަމާއި މިގޮތުން
ޢައްބާސް އިބްރާހީމް- ޕީއޭގެ އަސަރު މުޙައްމަދު- ޖުމްހޫރީޕާޓީ! ޙަސަން މުޙައްމަދު- ޖުމްހޫރީޕާޓީ! ޢަލީ
އިސްމާޢީލް-އެމް.ޑީ.ޕީ! މުޙައްމަދު ޢާރިފު. ޕީއޭ! ޢަލީސުލައިމާން TVM ! ޢަބްދުއްސައްތާރު ޤާސިމް-
އެމް.ޑީ.ޕީ! ހިއުމަންރައިޓްސް ކޮމިޝަނުން ފަރާތުން ޢައިޝަތު އަފްރީން މުޙައްމަދާއި، ޖިހާން މަޙްމޫދު އާއި
މިއެންމެން އޮބްޒާވަރުންގެ ގޮތުގައި ޒިޔާރަތްކޮށްފައިވާކަން އެނަންބަރުގައި ބަޔާންކޮށްފައިވުމުން ޢަބްދު
ޤާސިމުގެ މިނުކުތާއަކީވެސް ހަމަޖެހޭ ރަނގަޅު އަސާސެއްގެ މައްޗަށް ހުށަހަޅާ ނުކުތާތައް ނޫންކަމާއި
• ހަތްވަނަ ނުކުތާގައި އިންތިޚާބު ތަކާބެހޭ ޢާއްމުޤާ
އެމުޤާނޫނުގެ 33 ވަނަ މާއްދާގައި ބަޔާން
ކުރެވިފައިވާ މަޢުލޫމާތާއި އިރުޝާދު ޢަބްދުﷲ ޤާސިމަށް ފޯރުކޮށްދީފައި ނުވާކަމަށް ބުނެފައިވާއިރު، މިނުކުތާއަކީ
ޢަބްދުﷲ ޤާސިމު މިކޯޓަށް ހުށަހެޅި ނަންބަރު 00183 އިންތިޚާބާ ބެހޭ ޝަކުވާގެ މައްސަލަ ހުށަހެޅި ފޯމުގެ
ދަށުން ބެލެވުނު މިކޯޓުގެ ނަންބަރު 12/HC
-
I
-
SH/2009 ގެ ޤަޟިއްޔާއަށްވެސް ޢަބްދުﷲ ޤާސިމް ހުށަހެޅި
ނުކުތާއެއްކަމާއި މިނުކުތާއާއިމެދު މިކޯޓުގެ ނަންބަރު 12/HC
-
I
-
SH/2009 ގެ ޤަޟިއްޔާގައި ވަކިގޮތެއް
ނިމިފައިވާތީ މިނުކުތާއަކީ މިކޯޓުގެ މިޤަޟިއްޔާގެ ދަށުން މިހާރު ބެލެވޭނެ ތަނެއްއޮތް ނުކުތާއެއް ނޫންކަމާއި
މިކަންކަން ، ޢަބްދުﷲ ޤާސިމް މިމައްސަލައަށް ހުށަހެޅި ނުކުތާތަކަށް ބެލުމުން އެނގެއެވެ.
5- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) ގެ 64 ވަނަ މާއްދާގެ
(ނ) އިން މިބާވަތުގެ އިންތިޚާބާބެހޭ ޝަކުވާތައް ހައިކޯޓަށް ހުށަހެޅުމަށް ވަކި ހަމަތަކަކާއި އުޞޫލުތަކެއް
ކަނޑައެޅި ބަޔާން ވެފައިވާކަމާއި މިގޮތުން މިފަދަ މައްސަލަތައް ހައިކޯޓަށް ހުށަހަޅާއިރު ސަބަބާއި ތަފްޞީލާއި
ހެއްކާއެކު ހުށަހަޅަންޖެހޭ ކަމާއި ޢަބްދުﷲ ޤަސިމް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިންތިޚާބީ މިޝަކުވާއަކީ
މިމާއްދާގައި ބުނާ ތަފްޞީލާއެކު ހުށަހެޅިފައިވާ ދަޢުވާއެއްނޫންކަން އިސްވެ ފާހަގަކުރެވުނު ހަތަރުވަނަ ނުކުތާގައި
ޔާންކުރެވިދިޔަ ކަންކަމުން އެނގެން އޮތުމުން މިދަޢުވާއަކީ، އިންތިޚާބު ތަކާބެހޭ ޢާއްމުޤާނޫނުގެ 64 ވަނަ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިޙިޔާ ނިމުނު ގޮތުގެ ރިޕޯޓް
2009HC-SH?
މާއްދާގެ (ނ) ގައި ކަނޑައެޅި ބަޔާންވެފައިވާ ޝަރުތުތައް ފުރިހަމަވާ ގޮތަށް ހުށަހެޅިފައިވާ ދަޢުވާއެއްނޫންކަން
އެނގެއެވެ.
6- އިސްވެ ބަޔާން ކުރެވިދިޔަކަންކަން ބަޔާން ކުރެވި ދިޔަގޮތުގެމަތިން ހުރުމާއެކު
ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އިންތިފާޤުވެވިފައިވަނީ މިމައްސަލައަކީ
ބުނެވުނު ޤާނޫނު 64 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުތުތައް ފުރިހަމަވާ ގޮތަށް ހުށަހެޅިފައިވާ
މައްސަލައެއް ނޫންކަން ސާފުކޮށް އެނގެން އޮންނާތީ މިމައްސަލަ މައުޟޫޢީ ގޮތުން ބަލައި އިތުރަށް ކުރިއަށް
ގެންދާނެ ތަނެއް ނެތްކަމަށެވެ.
..)
2
09 މެއި 2009 ވަނަ ދުވަހު ބޭއްވުނު ދިވެހި ރާއްޖޭގެ ޢާއްމު އިންތިޚާބުގައި ލ. ގަން
ދާއިރާގެ ނަންބަރު O02.3.2 ލ. ގަން މަތިމަރަދޫ ވޯޓް ފޮއްޓަށް ވޯޓް ލުމުގައި ކަންތައްތައް ހިނގާފައިވަނީ
ދިވެހިރާއްޖޭގެ އިންތިޚާބާބެހޭ ޢާއްމު ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެޤާނޫނުގެ 65 ވަނަ މާއްދާގައިވާ ފަދައިން
އެދާއިރާގެ އިންތިޚާބު ބާޠިލުކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލ. ގަން މަތިމަރަދޫ ސިލެޓް
ބަނޑޭރިކޮށި 183 ޢަބްދުﷲ ޤާސިމު ދިވެހިރާއްޖޭގެ ހައިކޯޓްގެ
ހު
ޤަޟިއްޔާއަށް ހުށަހެޅި އިންތިޚާބީ
ޝަކުވާގެ ދަޢުވާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލިހިނދު
މި ދަޢުވާ އެފަރާތުން ހުށަހަޅާފައިވަނީ އެކަށީގެންވާ ތަފްޞީލުތަކާއެކު ނޫންކަން
މައްސަލައިގެ ސަބަބާއި ތަފްޞީލުކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާތަކަށް ބެލުމުން ސާފުކޮށް އެނގެން
އޮންނަހިނދު
ޤާނޫނު ނަންބަރު 11/2008 ( އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނު) ގެ 64 ވަނަ މާއްދާގެ
(ނ) ގައި މިބާވަތުގެ އިންތިޚާބީ ޝަކުވާތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް ވަކި ހަމަތަކާއި
ކަނޑައެޅި ބަޔާންވެފައިވާ ކަމާއި މިގޮތުން މިފަދަ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާއިރު ސަބަބާއި ތަފުޞީލާއި ހެއްކާއެކު ހުށަހަޅަންޖެހޭނެ ކަމަށް ކަނޑައެޅި ބަޔާންވެފައިވާއިރު
ޚި
އުޞޫލުތަކެއް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.lv
9
ފެމުނު ގޮތުގެ ރިޕޯޓް
2009/HC-I-SH17
ޢަބްދުﷲ ޤާސިމު މިދަޢުވާ މިކޯޓަށް ހުށަހަޅާފައިވަނީ، ޢަބްދުﷲ ޤާސިމުގެ ޝަކުވާ،
އޮޅުމެއްނެތި ސާފުވާފަދަ އެކަށީގެންވާ ތަފްޞީލާއެކުނޫންކަން ޢަބްދުﷲ ޤާސިމު ދަޢުވާ ބިނާކުރި ނުކުތާތަކަށް
ބެލުމުންނާއި އަދި ޢަބްދުﷲ ޤާސިމުގެ ބަހުން އެނގެން އޮތުމުން ޢަބްދުﷲ ޤާސިމް ހުށަހެޅި އިންތިޚާބީ
ޝަކުވާގެ މި މައްސަލައަކީ ބުނެވުނު ޤާނޫނުގެ 64 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުޠުތައް
ފުރިހަމަވާގޮތަށް ހުށަހެޅިފައިވާ މައްސަލައެއް ނޫންކަން ސާފުކޮށް އެނގެން އޮންނާތީ
މިދަޢުވާ މައުޟޫޢީ ގޮތުން ބަލައި އިތުރަށް ކުރިޔަށް ގެންދާނެތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
سے
ޢާދަމް މުޙައްމަދު ޢަބްދު
،ފަނޑިޔާރު)
ޢަބްދުލް ޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
،ފަނޑިޔާރު)
ޓައިޕްކުރީ: ފާޠިމަތު ނީޝާ
ޗެކްކުރީ ފަރީދާ މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv