ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/117 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/117
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
N
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޚި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 117/HC
-
A/2009
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޓްރެޝަރ އައިލެންޑް އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: މއ.
އައިޑީ ކާޑު ނަންބަރ:
މިހާރުގެ އެޑްރެސް: މއ. . ކޮށީގެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މިނިސްޓްރީ އޮފް ޓޫރިޒަމް އެޓާރނީ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް: ޣާޒީބިލްޑިންގ
އައިޑީ ކާޑު ނަންބަރ:
* މިހާރުގެ އެޑްރެސް: ޣާޒީބިލްޑިންގ
ރަޖިސްޓްރީކުރެވުނު ތާރީޚް: 05 ޖުމާދަލްއޫލާ 1430
30 އޭޕްރީލް 2009
ނިމުނު ތާރީޚް: 27 ޖުމާދަލްއޫލާ 1431
މެއި
12
2010
* ނިންމެވިކޯޓް: މަދަނީ ކޯޓް
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/MC/605
• ޤަޟިއްޔާގެ ބާވަތް: އެގްރިމެންޓް ބާޠިލްކުރުން
ހުށަހެޅުނުތާރީޚް: 2008-03-30
ނިމުނު ތާރީޚް: 2009-01-26
ދިވެހިރާއްޖޭގެ ހައިކޯޓު އަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު، ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
2009/HC-A/117
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު:2008/MC/605 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހިގެން، ޓްރެޝަރ އައިލޭންޑް އެންޓަޕްރައިސަސް ޕވޓ.ލޓޑ ގެ ފަރާތުން،
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ.
މިމައްސަލާގައި ދަޢުވާރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވެ.
* ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު:2008/MC/605 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ޓްރެޝަރ އައިލެންޑް
އެންޓަޕްރައިސަސް ޕވޓ.ލޓޑ ގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ޤާނޫނު ނަންބަރު:3/94 (ޓޫރިސް ރިސޯޓް ހެދުމަށް ފަޅުރަށް ދޫކުރުމާއި ބެހޭ ޤާނޫނު)
ގެ 06 ވަނަ މާއްދާގެ ދަށުން މާލެ އަތޮޅު ކަނުހުރާ (ތަރިވިލެޖް) އާއި ބެހޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމާއި
ހ.އެއްގަމުގެ ޖަމީލާ އިބްރާހީމް ދީދީއާ ދެމެދު ކުރެވިފައިވާ އެގްރީމެންޓަކީ އެޤާނޫނާއި ޚިލާފަށް ކޮށްފައިވާ
އެގްރީމެންޓެއް ކަމަށާއި، އެ އެގްރީމެންޓުގެ ސަބަބުން ޓްރެޝަރ އައިލެންޑް އެންޓަރޕްރައިސަސް ޕވޓ.ލިޓޑ
ގެ ޙައްޤުތައް ގެއްލިގެން ގޮސްފައިވާކަމަށްބުނެ އެ އެގްރީމެންޓް ބާޠިލް ކޮށްދެއްވުމަށްއެދި ޓްރެޝަރ އައިލެންޑް
އެންޓަރޕްރައިސަސް ޕވޓ.ލޓޑ ގެ ފަރާތުން މަދަނީ ކޯޓުގެ ނަންބަރު:2008/MC/605 ޤަޟިއްޔާގައި ދަޢުވާ
ކޮށްފައިވާ ސަބަބަކީ، މާލެ އަތޮޅު ކަނުއޮތްހުރާގައި ރިސޯޓެއް ހެދުމަށް އެންމެ ފުރަތަމަ ޑިޕާރޓްމަންޓް އޮފް
ޓޫރިޒަމް އެންޑް ފޮރިންގ އިންވެސްޓްމަންޓުން ހުއްދަ ދެއްވާފައިވާ ފަރާތަކީ މރ.ޕޮޕެލްކާ ނަމަކަށް ކިޔާ ބޭރު
މީހަކަށް ކަމަށްވެފައި، އެރިސޯޓުގައި އިންވެސްޓް ކޮށްފައިވަނީ މރ.ޕޮޑެލްކާ ޙިއްސާވާ ކުންފުންޏެއް ކަމަށްވާ
ލެޝަރ އައިލެންޑުން ކަމަށާއި، އެ ރިސޯޓު ހިންގުމުގެ ޕަވަރއޮފް އެޓޯނީއެއް ލެޝަރ އައިލެންޑުން،
22
ދިވެހިރާއްޖޭގެ ހައިކޯޓު އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު، ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2009/HC-A/117
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޓްރެޝަރ އައިލެންޑަށް ދީފައިވާ ކަމަށާއި، އެޕަވަރ އޮފް އެޓޯނީގެ ދަށުން އެރިސޯޓުގެ އެޑްމިނިސްޓްރޭޝަނާއި
މެއިންޓަނަސްގެ އިތުރުން އެރިސޯޓުގައި އިތުރަށް ހަދަންބޭނުންވާ ގޮތަށް ހެދުމުގެ އިޚްތިޔާރާއި ބާރު ޓްރެޝަރ
އައިލެންޑް އެންޓަރޕްރައިސަސް ޕވޓ.ލޓޑ އަށް ދީފައިވާކަމަށާއި، އަދި އެރިސޯޓުގައި ޕޮޑެލްކާ ޙިއްސާވާ
ލެޝަރ އައިލެންޑުން ކޮށްފައިވާ އިންވެސްޓްމަންޓް 16 އޮކްޓޯބަރ 1989 ގައި ޓްރެޝަރ އައިލެންޑަށް
ވިއްކާލާފައިވާކަމަށާއި، މިގޮތުން ކަނުހުރާ ރިސޯޓުގެ އިންވެސްޓްމަންޓް ގަނެ ޓްރެޝަރ އައިލެންޑުން އެރިސޯޓު
ހިންގަމުން ދަނިކޮށް އެދުވަސްވަރު ރާއްޖެއަށްކުރި އާދަޔާ ޚިލާފް ވިއްސާރާގެ ސަބަބުން މުޅިރަށް ހަލާކުވެފައި
ވަނިކޮށް، ރަށްވަށައިގެން އަލުން ތޮށިލައި، އަލުން ރަށުގައި ޢިމާރާތްކޮށް 1.4 މިލިޔަން ޑޮލަރގެ އެކުންފުނީގެ
ފަރާތުން އެރަށަށް އިންވެސްޓް ކޮށްފައިވާއިރު، ޖަމީލާ އިބްރާހީމް ދީދީގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީން
ހައްދަވައި ދެއްވާފައިވާ ރަޖިސްޓްރީތައް އެމިނިސްޓްރީއަށް ދައްކައިގެން އެމިނިސްޓްރީ މެދުވެރިކޮށް ނާޖާއިޒް
ފައިދާ ނަގާފައިވަނީ އެމިނިސްޓްރީއާ ޖަމީލާ އިބްރާހީމް ދީދީ އާއި ދެމެދުގައިވާ ނުރަގަޅު ރޭވުމެއްގެ ސަބަބުން
ކަމަށާއި، އަދި އެކަމުގެ ސަބަބުން ޤާނޫނު ނަންބަރު:3/94 (ޓޫރިސް ރިސޯޓް ހެދުމަށް ފަޅުރަށް ދޫކުރުމާއި
ބެހޭ ޤާނޫނު) އާއި ޚިލާފަށް އެކުންފުނީގެ ޙައްޤު ނިގުޅިގެން ގޮސްފައިވާކަމަށް ޓްރެޝަރ އައިލެންޑް
އެންޓަރޕްރައިސަސް ޕވޓ.ލޓޑ ގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
(ނ) މަދަނީ ކޯޓުގެ ނަންބަރު:2008/MC/605 ޤަޟިއްޔާގައި ޓްރެޝަރ އައިލެންޑް
އެންޓަރޕްރައިސަސް ޕވޓ.ލިޓޑ ގެ ފަރާތުން ކުޅި ދަޢުވާ ބައްލަވައި މަދަނީކޯޓުން ކުރެއްވި ޙުކުމުގައި، މާލެ
އަތޮޅު ކަނުހުރާ ރިސޯޓުގެ މިލްވެރިކަމުގެ މައްސަލައަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ހުރިހާ މަރުޙަލާއަކުން
ނިމިފައިވާ މައްސަލައެއްކަމަށް ކަނޑައަޅުއްވައި، އެމައްސަލަ އިތުރަށް ކުރިއަށް ގެންދާނެތަނެއް ނެތްކަމަށް
ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ކޯޓުތަކުން އޭގެ ކުރީން ނިންމަވާފައިވާ ޤަޟިއްޔާތަކަކާއި، އޭރުގެ ޝަރުޢީ
ނިޒާމުގެ އެންމެމަތީ މަރުޙަލާއިން ނިންމަވާފައިވާ ނިންމެވުމެއްގެ މައްޗަށް ބިނާކޮށްގެންކަމަށް އެޙުކުމުގައި
ބަޔާން ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
.
4
2009/HC-A/117
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ
އިސްތިއުނާފް މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު:2008/MC/605
ނިންމެވުމުގައި ޙަވާލާ ދެއްވާފައިވާ އެއްޤަޟިއްޔާ ކަމުގައިވާ ކޯޓު ނަންބަރު 04 ގެ ނަންބަރު JC4
/
94/462
ޤަޟިއްޔާ ގައި ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، މާލެ އަތޮޅު ކަނުއޮތްހުރާގައި ހަދާ ހިންގަމުން ގެންދާ
ތަރިވިލެޖް ރިސޯޓުގެ މިލްކުވެރިކަމާމެދު ދަޢުވާކުރާ އެހެން ފަރާތެއް ނެތުމާއެކު އެރިސޯޓަށް މިނިސްޓްރީ އޮފް
ޓޫރިޒަމުން ހައްދަވައި ދެއްވާފައިވާ ނަންބަރ: 33 ޓީ.އާރް.އެޗް ރަޖިސްޓްރީ، ޖަމީލާ އިބްރާހީމް ދީދީގެ ނަމުގައި
ހައްދަވައި ދެއްވާފައިވާތީ، ސަރުކާރުން ޓޫރިސްޓް ރިސޯޓް ހެދުމަށް ދޫކޮށްފައި އޮތް ފަޅު ރަށެއް ކަމުގައިވާ
މާލެ އަތޮޅު ކަނުހުރާގައި ހަދާ ހިންގަމުންދާ ތަރިވިލެޖް (ކަނުހުރާ ރިސޯޓު) ގައިވާ އެންމެހައި ޢިމާރާތްތަކާއި
ތަންތަނާއި ތަކެއްޗާއި އެރިސޯޓުގައި ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ އެންމެހައި ވަސީލަތްތަކުގެ މިލްކުވެރި
ފަރާތަކީ ސުމުއްވުލްއަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ދަރިކަނބަލުން އަންނަބީލާ ޖަމީލާ އިބްރާހީމް ދީދީ
ކަމުގައި ޙުކުމް ކުރައްވާފައިވާކަން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
(ރ) މަދަނީ ކޯޓުގެ ނަންބަރު:2008/MC/605 ޤަޟިއްޔާ ނިންމެވުމުގައި ޙަވާލާ ދެއްވާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:165/HC
-
A/2002 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބަލާއިރު، ޓްރެޝަރ އައިލެންޑް އެންޓަރޕްރައިސަސް ޕވޓ.ލިޓޑ ގެ ފަރާތުން ކަނުހުރާ ނުވަތަ ތަރިވިލެޖް
ރިސޯޓް ހިންގަމުން އައިސްފައިވަނީ ޖަމީލް އިބްރާހީމް ދީދީގެ އަތުން އެރަށް ކުއްޔަށް ހިފައިގެން ކަމާއި، އަދި
ކުއްޔަށް ހިފައިގެން އުޅުނު މުއްދަތުގެ ތެރޭގައި ޓްރެޝަރ އައިލެންޑް ގެ ފަރާތުން އެރަށަށް ކޮށްފައިވާ
އިންވެސްޓްމަންޓުގެ އަގު އަދާ ކުރުމާބެހޭ ގޮތުން މިދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެގްރީމެންޓުގައި
އެއްވެސް ވާހަކައެއް ބަޔާން ކޮށްފައި ނެތްކަމާއި، އަދި އެ އެގްރީމެންޓުގެ ދަށުން ކުއްޔަށް ދެވިފައިވާ
ހަމަވުމުން އެރަށުގައި ކުރެވިފައިވާ އިންވެސްޓްމަންޓާއެކު ރަށުގެ ވެރިފަރާތަށް އެރަށް ހަވާލު ކުރުމަށް
ދެފަރާތުން އެއްބަސްވެފައިވާކަމާއި، އެއެގްރީމެންޓުގެ މުއްދަތު 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 31 ގެ
ކުރައްވާފައިވާއިރު؟
07 ހ2
c4ހ
19ޓ
ދިވެހިރާއްޖޭގެ ހައިކޯޓު އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު، ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
2009/HC-A/117
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މީގެ އިތުރުންވެސް، ޤާނޫނު ނަންބަރު:3/94 (ޓޫރިސް ރިސޯޓް ހެދުމަށް ފަޅުރަށް ދޫކުރުމާއި
ބެހޭ ޤާނޫނު) ގެ 06 ވަނަ މާއްދާގެ ދަށުން ކުރަންޖެހޭ އެގްރީމެންޓް ކުރުމަށްޓަކައި ޖަމީލާ އިބްރާހީމް ދީދީގެ
ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމަށް ސިޓީ ފޮނުވުމުން، އެމިނިސްޓްރީގެ ފަރާތުން ކުރެއްވި އިޢުލާނަކާއި
ގުޅިގެން މާލެ އަތޮޅު ކަނުހުރާގައި ކޮށްފައިވާ އިންވެސްޓްމަންޓާ ބެހޭގޮތުން ޓްރެޝަރ އައިލެންޑް ގެ
ފަރާތުންވެސް އެމިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާކަން އެނގެން އޮތްކަމުގައިވިޔަސް، ދިގުމުއްދަތަކަށް
ކަނުހުރާ ރިސޯޓު ޖަމީލާ އިބްރާހީމް ދީދީގެ ފަރާތުން ޓްރެޝަރ އައިލެންޑަށް ކުއްޔަށް ދިނުމާމެދު ދެފަރާތުގެ
ދެމެދުގައި ވާހަކަ ދެކެވުމަށްފަހު، ކަނުހުރާގެ އިންވެސްޓްމަންޓުގެ މިލްކުވެރިކަމާބެހޭ ގޮތުން އެކުންފުނީގެ
ފަރާތުން ކުރަމުން އައިސްފައިވާ ޝަކުވާ ދޫކޮށްލާފައިވާކަމަށް އެކުންފުނީގެ ފަރާތުން ބުނެފައިވާކަމަށް
އެރިޕޯޓުގައި ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމާއި،
އަދި ކުރިން އިޝާރާތް ކުރެވުނު ކޯޓު ނަންބަރު: 4
/
94-JC/462 ޤަޟިއްޔާގައި އެކޯޓުގައި
ހިގަމުންދިޔައިރު، ކަނުހުރާ ރިސޯޓުގައިވާ އިންވެސްޓްމަންޓުގެ މިލްކުވެރި ކަމާމެދު ދަޢުވާކުރާ ފަރާތެއްވޭތޯ
ބެލުމަށް އެކޯޓުން ކުރެއްވި އިޢުލާނަށް ޓްރެޝަރ އައިލެންޑް އެންޓަރޕްރައިސަސް ޕވޓ.ލިޓޑ
މަސްއޫލުވެރިން އިޖާބަ ދީފައިނުވަނީ، އެއިޢުލާނު ކުރެވުނުކަން އެނގިތިބެކަން އެކުންފުނީގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޤްރާރު ވެފައިވާކަމާއި، މިކަންކަން ޝަރީޢަތަށް
ސާބިތުވާކަމަށް ކަނޑައަޅުއްވައި ކޯޓު ނަންބަރ 4 ގެ ނަންބަރު JC4
/
94/462 ޤަޟިއްޔާގެ ޙުކުމަށް ތާއީދު
ކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.
ގެ
އަދި މި ބަޔާން ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:165/HC
-
A/2002 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހައިކޯޓުގައި އޭރު ޢަމަލު ކުރަމުން އައިސްފައިވާ ޤަވާޢިދުގެ 26 ވަނަ މާއްދާގެ
ދަށުން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރުމުން، އެމައްސަލަ ބައްލަވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރ:165/HC
-
A/2002 ޤަޟިއްޔާ އަށް ތާއީދު ކުރައްވާ އެމައްސަލަ ނިންމަވާފައިވާކަން އެނގެން
އޮންނަކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2009/HC-A/117
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުކުމް:
ވީމާ އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކަށް ބަލާއިރު، އިސްވެ މިބަޔާން ކުރެވުނު
އެންމެހައި ކަންތައްތަކަށް ރިޢާޔަތް ކުރައްވާ މަދަނީ ކޯޓުގެ ނަންބަރު:2008/MC/605 ޤަޟިއްޔާގެ ޙުކުމުގައި،
މާލެ އަތޮޅު ކަނުހުރާ ރިސޯޓުގެ މިލްކުވެރި ކަމުގެ މައްސަލައަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ހުރިހާ މަރުޙަލާއަކުން
ނިމިފައިވާ މައްސަލައެއްކަމަށް ކަނޑައަޅުއްވައި، އެމައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް
ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، އެ ޤަޟިއްޔާގެ ޙުކުމަށް ތާއީދު
ކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
.ހި
ޢަބްދުލްޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
.ދ ގެ
ޙަމީދު
(ފަނޑިޔާރު)
އަޙްމަދު ޝަރީފު ޢަލީ
(ފުނޑިޔާރު)
ފިއްއްޖޭގެ އި
ދިވެހިރާއްޖޭގެ ހައިކޯޓު ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv