ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/142 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/142
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ވެ ރި
(1ހިރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 142/HC
-
A/2009
• އިސްތިއުނާފު ކުރިފަރާތް:
އިބްރާހީމް ޝަރީފް
އައިޑީ ކާޑު ނަންބަރ: A120353
*
ދާއިމީ އެޑްރެސް: ލ. މާމެންދޫ | ދަނޑުމަތީގެ
މިހާރުގެ
އެޑްރެސް: ހ. ކޫލްކޫލް
..
כלס כלס
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ:-
ދާއިމީ އެޑްރެސް:
* މިހާރުގެ އެޑްރެސް:
ރަޖިސްޓްރީކުރެވުނު ތާރީޚް: 26 ޖުމާދަލްއޫލާ 1430
* ނިމުނު ތާރީޚް: 18 ރަބީޢުލްއައްވަލް 1431
04 މާރޗް 2010
21 މެއި
2009
* ނިންމެވިކްޓް: މަދަނީކޯޓް
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2008/JC/1367
• ޤަޟިއްޔާގެ ބާވަތް: މީހުން ދިރިއުޅޭ ތަނަކުން ވައްކަންކުރުން.
ހުށަހެޅުނުތާރީޚް:
11-08-2008
ނިމުނު ތާރީޚް: 2009-03-24
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2009/HC-A/142
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
C
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1367 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ ލ. މާމެންދޫ ދަނޑުމަތީގެ / ހ. ކޫލްކޫލް އިބްރާހީމް
ޝަރީފް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
0
ހއ 2 ހ22
ބަޔާންތަކުގެ
ކުރެވުނު ނުކުތާތައް:
މިމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި،
ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1367 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯރޓްގެ މައްޗަށާއި،
މިމައްސަލައާ ގުޅޭގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި،
މައްޗަށް ބަލާއިރު،
އަންނަނިވި ކަންތައް ފާހަގަކުރެވިފައިވެއެވެ.
(ހ) މިމައްސަލައާ ގުޅިގެން އިބްރާހީމް ޝަރީފް ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1367 ގެ
ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް 2008/08/28 ދުވަހު ދީފައިވާ ބަޔާނަށްބަލާއިރު، އޭނާގެ މައްޗަށް
ބުނެވުނު ޤަޟިއްޔާގައި އުފުލިފައިވާ ދަޢުވާއަށް އޭނާ އިންކާރުކުރާ ކަމަށާއި، އެދަޢުވާއަށް އޭނާ އިންކާރުކުރާ
ސަބަބަކީ ދައުލަތުގެ ފަރާތުން މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ބަޔާނަކީ ފުލުހުން އިބްރާހީމް ޝަރީފަށް
ބިރުދައްކައި، އަނިޔާކޮށް، މިމައްސަލާގައި ޝަރީފް ބައްދާނެކަމަށާއި، ބަޔާން ތައްޔާރުކުރާނީ ތިމަންމެން
ބޭނުންގޮތަކަށް ކަމަށްބުނެ ތައްޔާރުކޮށްފައިވާ ބަޔާނަކަށްވެފައި، އަދި އެބަޔާނުގައި އިބްރާހީމް ޝަރީފް
ސޮއިކޮށްފައިއެވަނީ ބަޔާނުގައި ސޮއިނުކޮށްފިނަމަ ގެއަށް ނުފޮނުވާނެކަމަށް ބުނެ ބިރުދެއްކުމުން ކަމަށާއި، އަދި
އިބްރާހީމް ޝަރީފްގެ ބަޔާނުގައި އެވާ 02 ފޯނަކީ އެއީ އިބްރާހީމް ޝަރީފްގެ އަމިއްލަ ފޯނާއި، އިބްރާހީމް
ޝަރީފް އަމިއްލައަށް ހިންގާ "ކެފޭ ޓެންތައުސަން" ހޮޓަލުގެ ޑެލިވަރީގެ ކަންތައް ހަމަޖައްސަން ބޭނުންކު
ފޯނަކާއި، ދެފޯނުކަމަށާއި، ބަޔާނުގައި އެވަނީ އިބްރާހީމް ޝަރީފް ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިކަމަށް
އެބަޔާނުގައި އޭނާ
ގައި އޭނާ ބުނެފައިވާކަން އެނގެއެވެ.
(ނ) މިމައްސަލައިގެ ތަޙްޤީޤަށް އިބްރާހީމް ޝަރީފް ދީފައިވާކަމަށް ބުނާ ބަޔާނަށް ބަލާއިރު، 2007
ޑިސެމްބަރ 19 ވަނަ ދުވަހު މެންދަމު 02.28 ހާއިރު، އިބްރާހީމް ޝަރީފް ފެރީން ފައިބައިގެން ގެއަށް
ދިއުމަށް ހިނގާފައި ދަނިކޮށް ވިލިގިނލީ ބޯޅަދަޑާއި އަރާ ހަމަވީތަނުން ނަމާ އެޑްރެސް ނޭނގޭ 04
މީހުންއައިސް އިބްރާހީމް ޝަރީފަށް ބިރުދައްކައިގެން ވ. އެލްސިސްޕްރިން ކައިރިއަށް ގެންގޮސް
ކުޑަކުޑަދޮރުގެ އެތެރެއަށް ކޮށްޕާލުމުން އޭނާ އެގެއަށް ވަންކަން އެބަޔާނުން އެނގެން އޮތް ކަމުގައިވިޔަސް، އެގޭ
ޓައިލްސްމަތީގައި އަޅާފައި އޮތް ގޮދަޑި ކޮޅުގައިވާގޮތަށް ޓައިލްސްމަތީގައި އޮތް ނޮކިއާ 02 ފޯނާއި،
ނ#
22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2009/HC-A/142
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2 /
2 0 0
ސޮނީއެރިކްސަން (އައި.އެމް.އީ. ނަންބަރު އަދި މޮޑެލްނޭނގޭ) ފެނުމުންވެސް އިބްރާހީމް ޝަރީފް އެތިންފޯނު
ނުނަގާކަމަށް ޞަރީޙަކޮށް ބުނެފައިވާކަމާއި، އަދި ބަޔަކު މީހުން އިބްރާހީމް ޝަރީފަށް ބިރުދައްކައިގެން
ބުނެވުނުރޭ ކ.
އެލިސިސްޕްރިން ގެއަށްވަދެ އެގެއިން އެއްވެސް ފޯނެއް އޭނާ ވަގަށްނެގިކަމަށް ބުނެފައި
ނުވާކަން އެބަޔާނަށް ބެލުމުން އެނގެއެވެ.
(ނ) އިބްރާހީމް ޝަރީފް މިމައްސަލާގެ ތަޙްޤީޤަށް ދިންކަމަށް ބުނާ ބަޔާނާބެހޭގޮތުން
ދައުލަތުގެ
ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައި ހުރި ވާހަކަތަކުގައި އިބްރާހީމް ޝަރީފްގެ ތަޙްޤީޤް
ބަޔާނުގައި ބުނާރޭ ވ. އެލްސިސްޕްރިން އިން ސީދާ އޭނާ އެފޯނުތައް ވަގަށްނެގިކަމަށް ނުބުނާކަމަށް ދައުލަތުގެ
ފަރާތުންވެސް ބުނެފައިވާކަން މިމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.
(ރ) އިބްރާހީމް ޝަރީފްގެ ތަޙްޤީޤް ބަޔާނުގައި، އެބަޔާނުގައި އޭނާ ބުނާރޭ އޭނާގެ "ޖިންސްސޯޓް"
ގެ ޖީބުގައި ނޮކިއާ 2100 (އައި،އެމް.އީ.ނަންބަރު 352931/00/702871/5) ގެ ފޯނަކާއި، ނޮކިއާ 7250i
(އައި.އެމް.އީ ނަންބަރު 353371/00/297323/6) ގެ ފޯނަކާއި، އެދެފޯން އޮތްކަން އެނގެން އޮތް
ކަމުގައިވިޔަސް ދައުލަތުން އިބްރާހީމް ޝަރީފްގެ މައްޗަށް އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ކޮށްފައިވާ
ދަޢުވާގެ ސީޕޯގައި ބަޔާންކޮށްފައިވާ 3 ފޯނުގެތެރއިން އެއްވެސް ފޯނެއްގެ އައި.އެމް.ޑީ ނަންބަރުތައް
ބަޔާންކޮށްފައި ނެތުމުން، ދައުލަތުގެ މިދަޢުވާގައި ބުނާ ތިންފޯނުގެ މިނަންބަރުތައް، އިބްރާހީމް ޝަރީފްގެ
މިތަޙްޤީޤް ބަޔާނުގައި އޭނާގެ ޖީބުގައި އޮތްކަމަށް ބުނެފައިވާ މިދެފޯނުގެ ނަންބަރާއި ދިމާނުވާކަން އެނގެން
އޮތުމުން، ދައުލަތުގެ ދަޢުވާގައި ބުނާ ތިން ފޯނު އޭނާ ވަގަށްނެގިކަމަށް އޭނާ ވެފައިވާކަމަށް ބެލެވޭ އިޢުތިރާފެއް
އެބަޔާނުން ފެންނަން ނެތްކަން އެބަޔާނަށް ބެލުމުން އެނގެއެވެ.
(ބ) އިސްވެ އިޝާރާތް ކުރެވުނު ޖިނާއީ ކޯޓުގެ ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން އިބްރާހީމް
ޝަރީފްގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ ތިން ފޯނު އިބްރާހީމް ޝަރީފް ވަގަށްނެގިކަން
ސާބިތުކުރުމަށް ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ ހަމައެކަނި ހދ. ވައިކަރަދޫ ! ބްލޫހައުސް
އަޙްމަދު ޚަލީލުކަން އިސްވެ އިޝާރާތްކުރެވުނު ޖިނާއީ ކޯޓުގެ ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ކޮށްފައިވާ
ދަޢުވާގެ ސީޕޯއަށް ބެލުމުން އެނގެން އޮންނައިރު، މިމައްސަލައިގެ ތަޙްޤީޤަށް އަޙްމަދު ޚަލީލު ދީފައިވާ
ބަޔާނަށާއި، އަދި މިމައްސަލައިގެ ޝަރީޢަތަށް އަޙްމަދު ޚަލީލު ދީފައިވާ ބަޔާންތަކަށް ބަލާއިރު، ބުނެވުނު ޖިނާއީ
ކޯޓުގެ ޤަޟިއްޔާގެ ދަޢުވާގައި ބުނާ ނޮކިއާ 2100 ފޯނާއި، ސޮނީއެރިކްސަން K700i ގެފޯނާއި، ނޮކިއާ
725i ގެ ފޯނާއި މިތިން ފޯނަކީވެސް އަޙްމަދު ޚަލީލު ދިރިއުޅޭ ވ. އެލްސިސްޕްރިން ގޭގައި ބޭނުންކުރަމުންދިޔަ
ފޯނުތަކެއްކަމާއި، އެގޮތުން ސޮނީއެރިކްސަން K700i ގެފޯނުއެއީ އަޙްމަދު ޚަލީލުގެ އަމިއްލަ ފޯނެއްކަމާއި،
2 22 22
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2009/HC-A/142
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނޮކިއާ ދެފޯނުންކުރެ އެއްފޯނަކީ އަޙްމަދު ޚަލީލުގެ އަންހެނުން ބެނުންކުރަމުން އައި ފޯނެއްކަމާއި، އަނެއް ފޯނަކީ
އަޙްމަދު ޚަލީލުގެ އަންހެނުންގެ ކޮއްކޮ ކުރިން ބޭނުންކޮށްފައި އޮތް ފޯނެއްކަމާއި، މިފޯނުތަކުގެ މައްސަލާގައި
އަޙްމަދު ޚަލީލަކީ އިބްރާހީމް ޝަރީފްއާމެދު ދަޢުވާކުރާ ފަރާތްކަމާއި، މިކަންކަން އަޙްމަދު ޚަލީލުގެ ބަޔާންތަކުން
އެނގެން އޮތުމުން، އަޙްމަދު ޚަލީލަކީ މިމައްސަލައިގައި މުސްތަޤިއްލު ގޮތެއްގައި އިބްރާހީމް ޝަރީފްގެ މައްޗަށް
ހެކިބަސްދެވޭ ފަދަ މަޤާމެއްގައިވާ މީހެއްނޫންކަމާއި، އެހެނީ އަޙްމަދު ޚަލީލު މިމައްސަލާގައި މިހެކިބަސްދެނީ
އޭނާގެ މަޞްލަޙަތު އެކަމަށް އޮތްކަމެއްގެ މައްޗަށްކަން އަޙްމަދު ޚަލީލުގެ މިވާހަކައިން އެނގޭކަމާއި،
އެހެންކަމުން އަޙްމަދު ޚަލީލަކީ ޚަސްމެއްގެ މަޤާމުގައި ހުރެ އިބްރާހީމް ޝަރީފްގެ މައްޗަށް ހެކިބަސްދޭ
މީހެއްކަން އެނގެން އޮތުމުން، އަޙްމަދު ޚަލީލުގެ މިހެކިބަހަކީ، ދައުލަތުން އިބްރާހީމް ޝަރީފްގެ މައްޗަށް
ކޮށްފައިވާ މިދަޢުވާ ސާބިތުވުމަށް ޝަރުޢީ ހަމަތަކުގެމަތިން އެއްވެސް މިންވަރަކަށް ހެކިލިބޭފަދަ ހެކިބަހެއް
ނޫންކަން ރަނގަޅަށް އެނގެއެވެ.
(ލ) ޖިނާއީ ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާގެ ދަޢުވާގައި ބުނާ ނޮކިއާ 2100 ފޯނާއި
ސޮނީއެރިކްސަން K700i ގެފޯނާއި، ނޮކިއާ 725i ގެ ފޯނު 19 ޑިސެމްބަރ 2007 ދުވަހުގެރޭގައި ވ.
އެލްސިސްޕްރިން ގެއިން އިބްރާހީމް ޝަރީފް ވަގަށްނެގިކަމުގެ މައްޗަށް ހެކިލިބޭ ހެކިވެރިއަކީ އަޙްމަދު ޚަލީލު
އެކަނިކަމަށާއި، އިތުރު ހެއްކެތް ނެތްކަމާއި، މިކަންކަން މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުން އެނގެއެވެ.
(ކ) އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާގެ ދަޢުވާގައި ބުނާ ޙާދިޘާ ހިނގިތަނަށް ދިޔަ ފުލުހުންގެ
ބަޔާނަށް ބަލާއިރުވެސް، އެޤަޟިއްޔާގެ ދަޢުވާގައި ބުނާ ފޯނުތައް އިބްރާހީމް ޝަރީފް ނެގިތަން ދުށްކަމަށް
އެމީހުންގެ މިޙާދިޘާ ބަޔާނުގައި އެމީހުން ބުނެފައިނުވާކަމާއި، އަދި އެމީހުންގެ ބަޔާނުގައި " އިބްރާހީމް
ޝަރީފްއާ ސުވާލުކުރުމުން އޭނާ ވ. އެލިސްސްޕްރިން ގެއަށް ވައްކަން ކުރަންވަނީ ބަޔަކުމީހުން
(ކޮންބައެއްކަމެއްނޭނގޭ) އޭނާއަށް މަޖްބޫރުކޮށް ބިރުދެއްކުމުންކަމަށް އިބްރާހީމް ޝަރީފް ބުނެފައިވެއެ
މިގޮތަށް ބުނެފައިވީނަމަވެސް މީހަކު ވައްކަމެއް ކުރުމުގެ ނިޔަތުގައި ތަނަކަށް ހަމައެކަނި ވަންވަނުމަކީ، އޭނާ
އެއްޗެއް ވަގަށް ނުނަގާހާހިނދަކު، ނުވަތަ އޭނާވަދެ އެއްޗެއް ވަގަށްނެގިކަން ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެމަތިން ސާބިތުވާ މިންވަރުގެ ކުފީހެކި ނެތްހިނދު، އޭނާ ވައްކަން ކޮށްފިކަމަށް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެމަތިން ބެލެވޭނެ ކަމެއްކަމަށް ނުވާތީ، ފުލުހުންގެ މިބަޔާނަކީ، އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާގެ
ދަޢުވާގައި ބުނާ ފޯނުތައް އިބްރާހީމް ޝަރީފް ވަގަށްނެގިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން
އެއްވެސް މިންވަރެއްގެ ހެއްކެއް ނުވަތަ ޤާރީނާއެއްވިޔަސް ލިބޭ ބަޔާނެއް ނޫންކަން އެނގެއެވެ.
.
l
04 04
2 02 0 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2009/HC-A/142
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
04
axތ4 2 ދ ތ
پی پی کر مر ملحس
(އ) ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ޅ) ގައި އެމީހެއްގެ ޙާޟިރުގައި ޝަރީޢަތް ކުރެވުމަ
އެމާއްދާގެދަށުން ކުށެއްކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއްކަން އެނގެން
އޮންނައިރު، ބުނެވުނު ޖިނާއީ ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް އިބްރާހީމް ޝަރީފް ބަޔާންދީފައި
ވީނަމަވެސް، އެޤަޟިއްޔާ ނިންމަވާފައިވަނީ އިބްރާހީމް ޝަރީފްގެ ޣައިރު ޙާޟިރުގައިކަން އެޤަޟިއްޔާގެ
ޙުކުމުން އެނގެން އޮންނައިރު، އެޤަޟިއްޔާގައި އޭނާގެ މައްޗަށް ޣައިރު ހާޟިރުގައި ޙުކުމްކުރެއްވި އެއްވެސް
ސަބަބެއް އެޤަޟިއްޔާއިން އެއްވެސް މިންވަރަކަށް އެނގެން ނެތްކަން ފާހަގަކުރެވިފައިވުމުން، އެޤަޟިއްޔާގެ
ޝަރީޢަތް ހިންގިފައިވަނީ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ށ) ގައިވާ އުޞޫލާއި
ބެލެވެން ނެތްކަން އެނގެއެވެ.
(ވ) މީހަކު ޤާނޫނާއި ޚިލާފަށް އެހެންމީހެއްގެ ގޯތިގެދޮރަށް ވަނުމާއި، އަދި އެގޮތަށްވަދެ ވައްކަން
ކުރުމާއި މިއީ މުޅިން ތަފާތު ވަކި ކުށްތަކެއްކަން އެނގެން އޮތުމުން، އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާގެ
ދަޢުވާގައި ބުނާރޭ އިބްރާހީމް ޝަރީފަށް ބަޔަކު ބިރުދައްކައިގެން ވ. އެލިސްސްޕްރިން އަށް ވަންކަމަށް
ހަމައެކަނި އޭނާ ބުނާބުނުމަކީ އެޤަޟިއްޔާގެ ދަޢުވާގައި ބުނާތަކެތި އޭނާ ވަގަށްނަގާފައިވާކަމަށް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުގެމަތިން ބެލެވޭނެ ތަނެއްއޮތް ބުނުމެއްނޫންކަން އެނގެއެވެ.
(މ) އިސްވެ އިޝާރާތް ކުރެވުނު ޤާޟިއްޔާގެ ދަޢުވާގައި ބުނާ ފޯނުތައް އިބްރާހީމް ޝަރީފް
ވަގަށްނަގާފައިވާކަމަށް ބުނެ އޭނާއާމެދު ދަޢުވާކުރަން ބޭނުންކަމަށް އަޙްމަދު ޚަލީލު ބުނެފައިވާއިރު، އިބްރާހީމް
ޝަރީފް ވަގަށްނެގިކަމަށް އަޙްމަދު ޚަލީލުބުނާ ހުރިހާ ފޯނުތަކެއް އަޙްމަދު ޚަލީލަށް ލިބިފައިވާކަން
އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
(ފ) އިސްވެ ބަޔާންކުރެވުނު ކަންކަން މިބަޔާންކުރެވުނު ގޮތުގެމަތިން ހުރުމާއެކު ދިވެހިރާއްޖޭގެ
ހައިކޯޓުން މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އެއްބަސްވެވިފައިވަނީ ޖިނާއީ ކޯޓުގެ ނަންބަރު
2008/JC/1367 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފްކަމަށާއި،
އެހެންކަމުން އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭނެކަމަށެވެ.
:
4 22
ތ07
ހ
24 20
ޙުކުމް:
{
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ޖިނާއީ ކޯޓުގެ
ނަންބަރު 2008/JC/1367 ގެ ޤަޟިއްޔާގައި ލ. މާމެންދޫ | ދަނޑުމަތީގެ އިބްރާހީމް ޝަރީފްގެ
މައްޗަށް
ދައުލަތުގެ ފަރާތުން ކޮށްފައިވާ މީހުންދިރިއުޅޭ ތަނަކުން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާއަށް ޝަރީޢަތުގައި
އިބްރާހީމް ޝަރީފް ކޮށްފައިވަނީ އިންކާރުކަމަށްވާތީއާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2009/HC-A/142
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަދި މިމައްސަލައާއި ގުޅިގެން ކުރެވުނު ތަޙްޤީޤަށް މީނާ ދިންކަމަށް ދައުލަތުގެ ފަރާތުން ބުނާ
ބަޔާނުގައިވެސް ބުނެވުނު ޤަޟިއްޔާގެ ދަޢުވާގައި ބުނާ ނަންބަރުތަކުގެ ފޯނުތައް މީނާ ވަގަށްނެގިކަމުގެ މައްޗަށް
މީނާ އެބަޔާނުގައި ވެފައިވާ އިޢުތިރާފެއް ނެތަތީއާއި،
ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ
މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ އެމީހަކީ ކުށެއް ނެތް މީހަކުކަމުގައި ބެލުމުގެ
ޙައްޤު ލިބިގެންވާކަމަށް ކަނޑައެޅި ބަޔާންވެފައިވާއިރު،
އިބްރާހީމް ޝަރީފްގެ މައްޗަށް ބުނެވުނު ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާ ޘާބިތުކުރުމަށް ހެއްކެއްގެ
ގޮތުގައި ހުށަހަޅާފައިވަނީ ހދ. ވައިކަރަދޫ ބްލޫހައުސް އަޙްމަދު ޚަލީލުކަން ދައުލަތުގެ ވާހަކައިން އެނގެން
އޮންނައިރު، މިއަޙްމަދު ޚަލީލަކީ އިބްރާހީމް ޝަރީފްގެ މައްޗަށް މިމައްސަލާގެ ދައުވާގައި ބުނާ ފޯނުތަކާމެދު
ދަޢުވާކުރާ ޚަޞްމެއްކަން މިއަޙްމަދު ޚަލީލުގެ ބަހުން އެނގެން އޮތުމުން، މިއަޙްމަދު ޚަލީލަކީ މިމައްސަލާގައި
އިބްރާހީމް ޝަރީފްގެ މައްޗަށް މުސްތަޤިއްލު ގޮތެއްގައި ހެކިބަސްދެވޭ ފަދަ މަޤާމެއްގައި ހުރި މީހެއްނޫންކަން
އެނގެން އޮންނާތީ ޝަރުޢީ ހަމަތަކުގެ މަތިން ބަލާއިރު، މިއަޙްމަދު ޚަލީލުގެ ހެކިބަހަކީ ބުނެވުނު ޤަޟިއްޔާގައި
އިބްރާހީމް ޝަރީފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާ ޝަރުޢީ ހަމަތަކުގެމަތިން ސާބިތުވުމަށް އެއްވެސް
މިންވަރަކަށް ހެކިލިބޭ ހެކިބަހެއްކަމުގައި ބަލާނެ ޖާގައެއް އޮތް ހެކިބަހެއް ކަމުގައި ނުވާތީއާއި،
މިއަޙްމަދު ޚަލީލު ފިޔަވައި އިތުރު ހެއްކެއް ބުނެވުނު ޤާޟިއްޔާގައި އިބްރާހީމް ޝަރީފްގެ މައްޗަށް
އުފުލިފައިވާ ދަޢުވާ ޘާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައި ނުވާތީއާއި،
އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ދަޢުވާގައި ބުނާ ޙާދިޘާ ހިނގިތަނަށްދިޔަ ފުލުހުންގެ
ބަޔާނުންވެސް ޖިނާއީ ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި އިބްރާހީމް ޝަރީފްގެ މައްޗަށް އުފުލިފައިވާ ދަޢުވާ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ސާބިތުވުމުގެ މައްޗަށް ހެކި ނުވަތަ ޤަރީނާ ލިބިފައި ނުވާތީއާއި،
އަދި މީގެ އިތުރުން ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތް ހިންގިފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ
މާއްދާގެ (ށ) ގައިވާ އުޞޫލާއި އެއްގޮތްކަމަށް ބެލެވޭނެ ތަނެއް ނޯންނާތީ،
މިކަންކަމުގެ މައްޗަށް ބަލާއިރު، ޖިނާއީ ކޯޓުގެ އިސްވެޙަވާލާދެވުނު އެކޯޓުގެ ނަންބަރު
2008/JC/1367 ގެ ޤަޟިއްޔާގައި ލ. މާމެންދޫ ދަނޑުމަތީގޭ އިބްރާހީމް ޝަރީފްގެ މައްޗަށް ދައުލަތުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2009/HC-A/142
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފަރާތުން ކޮށްފައިވާ މީހުން ދިރިއުޅޭ ތަނަކުން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ޘާބިތުނުވާކަމަށް
މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.
ގެ
ނޯޓް: ހައިކޯޓުގެ މިޤަޟިއްޔާ މިގޮތަށްނިމުމުން، ޖިނާއީކޯޓުގެ ނަންބަރު 2008/JC/1367
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްވީއެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ޝައި
ބަލަ"
.
އާދަމް މުޙައްމަދު ޢަބްދު
ފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
(ފަނޑިޔާރު)
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv