ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/192 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/192
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
9
ކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 192/HC-A/2009
އިސްތިއުނާފުކުރި ފަރާތް:
ނަން: ޢަބްދުއްނާޞިރު އިބްރާހީމް
އައިޑީ ކާޑު ނަންބަރު: A008530
.1
ދާއިމީ އެޑްރެސް: ފިޔާތޮށިގެއއ.ފެރިދޫ
މިހާރުގެ އެޑްރެސް: ރިހިވެލި އއ.ފެރިދޫ
2. * ނަން: ޒާހިދު އިބްރާހީމް
އައިޑީ ކާޑު ނަންބަރު: A008746
* ދާއިމީ އެޑްރެސް: ނޫރީގެ (އއ.ފެރިދޫ
* މިހާރުގެ އެޑްރެސް: ނޫރީގެ (އއ.ފެރިދޫ
3. * ނަން: ސަކީނާ އިބްރާހީމް
އައިޑީ ކާޑު ނަންބަރު: A008618
* ދާއިމީ އެޑްރެސް: ބަގީޗާގެ(އއ.ފެރިދޫ
* މިހާރުގެ އެޑްރެސް: ބަގީޗާގެ އއ.ފެރިދޫ
*
4. * ނަން: ފާރޫޤް ޢަލީ
އައިޑީ ކާޑު ނަންބަރު: A008752
ދާއިމީ އެޑްރެސް: ސާދީވިލާ އއ.ފެރިދޫ
* މިހާރުގެ އެޑްރެސް: ސާދީވިލާ އއ.ފެރިދޫ
*
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ބްލޫލެގޫން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
އެޑްރެސް: ހ.ގާދޫގެ(މާލެ
ރަޖިސްޓްރީ ނަންބަރު:
26
* މިހާރުގެ އެޑްރެސް: ލ.ގާދޫގެ|މާލެ
ރަޖިސްޓްރީ ތާރީޚް: 13 ރަޖަބު 1433
06 ޖުލައި 2009
ނިމުނު ތާރީޚް: 23 ޛުލްޤަޢިދާ 1433
09 އޮކްޓޫބަރ 2012
ހައިކޯޑު
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
2009/HC-A/192
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: މަދަނީ ކޯޓުގެ ނަންބަރު 2008/MC/727
ނިންމެވި ފަރާތް: މަދަނީ ކޯޓު
މައްސަލައިގެ ބާވަތް: އއ.މަޑޫގަލި ރިސޯޓުން ލިބޭ ފައިދާގެ ޙިއްސާގެ މިލްކުވެރިކަން ސާބިތުކުރުން
. ހުށަހެޅި ތާރީޚް: 16.04.2008
ނިމުނު ތާރީޚް: 08.04.2009
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢައްބާސް ޝަރީފް
ފަނޑިޔާރު ޢަލީ ސަމީރު
• ދަޢުވާގެ ޚުލާޞާ:
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/727 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުއީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އއ.ފެރިދޫ ފިޔާތޮށިގެ ޢަބްދުއް ނާޞިރު އިބްރާހީމްއާއި،
އއ.ފެރިދޫނޫރީގެ ޒާހިދު އިބްރާހީމްއާއި، އއ.ފެރިދޫބަގީޗާގެ ސަކީނާ އިބްރާހީމް އަދި އއ.ފެރިދޫސާދީވިލާ
ފާރޫޤް ޢަލީގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ބްލޫލެގޫން އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓެޑްއެވެ.
8 29 223
ހނހޅ2
ccc
0
(l
ފާހަގަކުރެވުނު ނުކުތާތައް:
އިސްތިއުނާފު ކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2008/MC/727 ޤަޟިއްޔާގައި
އއ.މަޑޫގަލި ރިސޯޓުގެ ފައިދާގެ %5 އއ.ފެރިދޫ ފިޔާތޮށިގެ ޙުސައިން އިބްރާހީމްއަށް ނުވަތަ އޭނާ ދުނިޔޭގައި
ނެތްހިނދެއްގައި އޭނާގެ ވާރިސުންނަށް ލިބޭގޮތަށް އިބްރާހީމް ޙުސައިންއާއި، އއ.މަޑޫގަލި ރިސޯޓް
ހިންގަމުންގެންދާ ބްލޮލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، ދެމެދު ވެފައިވާ އެއްބަސްވުމާއި ބްލޫލެގޫން
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން ޚިލާފުވެ، އެއްބަސްވުމުގައިވާގޮތަށް އއ.މަޑޫގަލި ރިސޯޓުގެ ފައިދާގެ
5
% ގެ ގޮތުގައި 04 މާރޗް 2005 އިން ފެށިގެން މައްސަލަ ނިންމަވާ ޙުކުމްކުރައްވާ ދުވަހާއި ހަމައަށް
ލިބެންޖެހޭ މިންވަރެއް އޭގެ ޒާތުން ހޯއްދަވައި ދެއްވުމަށާއި، 04 މާރޗް 2005 އިން ފެށިގެން މައްސަލަ
ނިންމަވާ ދުވަހާއި ހަމައަށް އއ.މަޑޫގަލި ރިސޯޓަށް ފައިދާގެ ގޮތުގައި ލިބިފައިވާ މިންވަރަކީ
ދެކެމެވެރއެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ވެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/192
ކޮބައިކަން ޝަރީޢަތް މެދުވެރިވެގެން ހޯއްދަވައިދެއްވުމަށާއި، އއ.މަޑޫގަލި ރިސޯޓަކީ މަރްޙޫމް ޙުސައިން
އިބްރާހީމްގެ ނަމުގައި އޮތްތަނެއްކަމަށް ކިތާބީ ހެކިތަކުން ޤަރީނާ ލިބޭތީ، އއ.މަޑޫގަލި ރިސޯޓުގެ ކުލީގެ
މިލްކުވެރިކަމުގެ މައްސަލަ ޝަރީޢަތުން ބައްލަވައި މަރްޙޫމް ޙުސައިން އިބްރާހީމްގެ ވާރިސުންގެ ނަމަށް ރިސޯޓުގެ
ކުލީގެ މިލްކުވެރިކަން އޭގެ ޒާތުން ބަދަލުކޮށްދެއްވުން އެދި، ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ
މައްޗަށް، އއ.ފެރިދޫ ފިޔާތޮށިގެ އަލްމަރްޙޫމް ޙުސައިން އިބްރާހީމްގެ ވާރިސުންކަމުގައިވާ އއ.ފެރިދޫ ފިޔާތޮށިގެ
ޢަބްދުއްނާޞިރު އިސްމާޢީލްއާއި، އއ.ފެރިދޫނޫރީގެ ޒާހިދު އިބްރާހީމްއާއި، އއ.ފެރިދޫބަގީޗާގެ ސަކީނާ އިބްރާހީމް
އަދި އއ.ފެރިދޫސާދީވިލާ ފާރޫޤް ޢަލީގެ ފަރާތުން ޕަވަރ އޮފް އެޓަރނީ ލިބިގެން އއ.ފެރިދޫބަގީޗާގެ ޢަބްދު
ލުޠުފީ ދަޢުވާކުރުމުން، މަދަނީ ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ
މަޑޫގަލި ރިސޯޓުގެ ފައިދާގެ %5
ފެރިދޫ | ފިޔާތޮށިގެ ޙުސައިން އިބްރާހީމަށް ނުވަތަ އޭނާ ދުނިޔޭގައި ނެތްހިނދެއްގައި އޭނާގެ ވާރިޘުންނަށް
ލިބޭގޮތަށް ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާދާރުން އަދި އެކޮމްޕެނީގެ ބޯޑުމެމްބަރުންގެ
ޤަރާރަކުން ނިންމަވާފައިވަނީ ޤާނޫނު ނަމްބަރު 3194 (ޓޫރިސްޓް ރިސޯޓް ހެދުމަށް ފަޅުރަށްރަށް ދޫކުރުމާއިބެހޭ
ޤާނޫނު) ފާސްވުމުގެކުރިން އެރަށް ވަރުވާއަށް ލިއުއްވައިގެން އުޅުނު ފަރާތަކީ ފެރިދޫ ! ފިޔާތޮށިގެ ޙުސައިން
އިބްރާހީމްކަމުން އޭރު އެރަށުގެ މައްޗަށް ޙުސައިން އިބްރާހީމަށް ޤާނޫނީގޮތުން ލިބިގެންވާ ޙައްޤެއް އޮތުމުގެ
ސަބަބުން އެކަމުގެ މުޤާބިލެއްގެ ގޮތުގައިކަން ޢަމަލު ކޮށްފައިވާގޮތުން އެނގޭކަމާއި، އަދި ޤާނޫނު ނަމްބަރު 3194
(ޓޫރިސްޓް ރިސޯޓް ހެދުމަށް ފަޅުރަށްރަށް ދޫކުރުމާއިބެހޭ ޤާނޫނު) ފާސްވުމާއި ގުޅިގެން،
މަޑޫގަލި
ރިސޯޓުގައި މަރްޙޫމް ޙުސައިން އިބްރާހީމްގެ މިލްކިއްޔާތެއް ހުރިކަން ޝަރީޢަތަށް ޘާބިތުވެފައިނެތްހިނދު
އެޤާނޫނުގެދަށުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް 21
(އެކާވީސް) ދުވަހަށް މަޑޫގަލި ރިސޯޓް ކުއްޔަށްދިނުމުން މިރަށުގެ މައްޗަށް މަރްޙޫމް ޙުސައިން އިބްރާހީމަށް
ޤާނޫނީގޮތުން އޮތް ޙައިޘިއްޔަތު ގެއްލިގެން ގޮސްފައިވާތީ، އެހިނދުންފެށިގެން މަރްޙޫމް ޙުސައިން އިބްރާހީމްއާއި،
ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އުފެދިފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައިސްފައިވާކަން
ހުށަހެޅިފައިވާ ލިއުންތަކުން ޝަރީޢަތަށް ޘާބިތުވާތީ، މިދަޢުވާގައި ދަޢުވާކުރާ ފަރާތްތަކުން ހޯދުމަށް އެދިފައިވާ
މަޑޫގަލި ރިސޯޓް ހިންގައިގެން ލިބޭ ފައިދާގެ %5 އަށްވާފައިސާ ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުގެ ނުރުހުމުގައި މަރްޙޫމް ޙުސައިން އިބްރާހީމްގެ ވާރިޘުންނަށް ޝަރީޢަތުން ނަގާދޭނެތަނެއް ނެތްކަމަށާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
2009/HC-A/192
އއ.
bs beމ
އަދި މަޑޫގަލި ރިސޯޓުގެ ކުލީގެ މިލްކުވެރިފަރާތަކީ ފެރިދޫ / ފިޔާތޮށިގެ އަލްމަރްޙޫމް ޙުސައިން
އިބްރާހީމްގެ ވާރިޘުންކަން ޝަރީޢަތަށް ޘާބިތުވާފަދަ ކާފީ ހެއްކެއް ދަޢުވާކުރާ ފަރާތްތަކަށް ދެއްކިފައިނުވާތީ،
މަޑޫގަލި ރިސޯޓުގެ ކުލީގެ މިލްކުވެރިކަން މަރްޙޫމް ޙުސައިން އިބްރާހީމްގެ ވާރިޘުންގެ ނަމަށް އޭގެޒާތުން ބަދަލުކޮށް
ދެއްވުންއެދި، ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް، ފެރިދޫ | ފިޔާތޮށިގެ
ޢަބްދުއްނާޞިރު އިސްމާޢީލްއާއި، އއ. ފެރިދޫ { ނޫރީގެ ޒާހިދު އިބްރާހީމްއާއި، އއ. ފެރިދޫ / ބަގީޗާގެ ސަކީނާ
އިބްރާހީމްއާއި، ފެރިދޫ / ސާދީވިލާ ފާރޫޤު ޢަލީގެ ފަރާތުން ޕަވަރ އޮފް އެޓަރނީ ލިބިގެން
ފެރިދޫ
ބަގީޗާގެ ޢަބްދުﷲ ލުޠުފީ ކުޅަ މިދަޢުވާ ޝަރީޢަތަށް ޘާބިތުނުވާކަމަށް ކަނޑައަޅައި" ޙުކުމްކުރައްވާފައިވާކަން އެ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
CCCX
(2
މަދަނީ ކޯޓުގެ ނަންބަރު 2008/MC/727 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އއ.ފެރިދޫ ފިޔާތޮށިގެ ޢަބްދުއް ނާޞިރު އިބްރާހީމްއާއި،
އއ.ފެރިދޫ ނޫރީގެ ޒާހިދު އިބްރާހީމްއާއި، އއ.ފެރިދޫބަގީޗާގެ ސަކީނާ އިބްރާހީމް އަދި އއ.ފެރިދޫސާދީވިލާ
ފާރޫޤް ޢަލީގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 06 (ހައެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/727 ޤަޟިއްޔާ އެކޯޓުން
ނިންމެވިއިރު މަރްޙޫމް ޙުސައިން އިބްރާހީމްގެ ތަރިކައިގެ މައްސަލައާއިބެހޭ އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2004/U-7-C/05 ގައި ބަޔާންކޮށް، ހަމަ އެކޯޓުގެ 2004/U
-
7
-
C/17 ނަންބަރު ޤަޟިއްޔާގައި
ބަޔާންކޮށްފައިވާ ގޮތުން ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ޤަރާރުގައިވާ %5
ފަހެއް އިންސައްތަ) އަކީ މަރްޙޫމް ޙުސައިން އިބްރާހީމްގެ ވާރިސުންނަށް ލިބެންޖެހޭ އެއްޗެއްކަމަށް
ކަނޑައަޅާފައިވާތީ، ދަށުކޯޓުން ކޮށްފައިވާ ޙުކުމެއް ބާޠިލުކުރެވޭފަދަ ޙުކުމެއް ދަށުކޯޓަކުން ނުކުރެވޭނެތީވެ،
އެޤަޟިއްޔާއަށް މިހާރުވެސް ޢަމަލުކުރަންޖެހޭނެކަމަށާއި،
އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓުގެ
ޤަޟިއްޔާގައި ވާރިސުންނަށް ލިބިދޭންޖެހޭ މިންވަރު ހައިކޯޓުގެ ޙުކުމަކުންނޫނީ ބާޠިލު ނުކުރެވޭނެކަމަށާއި، އެއީ
ހއ 3 ޑ 33
ނކ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2009/HC-A/192
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
މަރްޙޫމް ޙުސައިން އިބްރާހީމްގެ ވާރިސުންނަށް ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ލިބެންޖެހޭ ޙައްޤެއްވާކަން އެނގެންއޮންނަކަމެއްކަމަ
ބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 3/94 (ޓޫރިސްޓް ރިސޯޓް ހެދުމަށް ފަޅުރަށްރަށް
ދޫކުރުމާއިބެހޭ ޤާނޫނު) ފާސްވުމާއި ގުޅިގެން އއ.މަޑޫގަލި ރިސޯޓުގައި މަރްޙޫމް ޙުސައިން އިބްރާހީމްގެ
މިލްކިއްޔާތެއް ހުރިކަން ޝަރީޢަތަށް ސާބިތުވެފައިނެތްކަމަށް މަދަނީ ކޯޓުން ބުނެފައިވީނަމަވެސް ދެފަރާތުގެ
ދެމެދުގައި ކޮށްފައިވާ އެގްރީމެންޓާއި އަދި ފާސްކޮށްފައިވާ ކުންފުނީގެ ޤަރާރަށް 04 މާރޗް 2005 އާ ހަމައަށް
ގޮސްފައިވާކަން އެނގެންއޮންނަކަމަށް
2/
ހއ 9
8 ޑ 8
ދުފުރަންވާސި 24/ރPނ
ގެންއޮންނަކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، އަލްމަރްޙޫމް ޙުސައިން އިބްރާހީމް 25 ޖުލައި 1994 ގައި
މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ފޮނުވާފައިވާ ސިޓީއެއްގައި މަޑޫގަލި ރިސޯޓާއި ބެހޭގޮތުން އޭނާ ހުށަހެޅި މައްސަލަ
އަނބުރާ ގެނައީ އެރިސޯޓުން ބްލޫލެގޫން އިންވެސްޓްމަންޓަށް ލިބޭ ފައިދާގެ %5 މަރްޙޫމް ޙުސައިން
އިބްރާހީމްއަށް ލިބޭނެކަމަށް ބޯޑުން ނިންމާފައިވާތީކަމަށް ބަޔާންކުރާހިނދު، ބްލޫލެގޫން އިންވެސްޓްމަންޓްއަށް
އއ.މަޑޫގަލި ރިސޯޓު އެނޫން ޙާލަތެއްގައި ލިބޭނެ އެއްވެސް ގޮތެއް ނެތުމުން މަރްޙޫމް ޙުސައިން އިބްރާހީމްއަށް
ލިބިފައިވާ ޙައްޤެއް ޙުސައިން އިބްރާހީމް ދޫކޮށްލީ ރިސޯޓު ހިންގައިގެން ލިބޭ ފައިދާގެ %5 ހޯދުމުގެ ނިޔަތުގައި
ކަމަށްވެފައި އަދި ދަޢުވާލިބޭ ފަރާތާއި އަލްމަރްޙޫމް ޙުސައިން އިބްރާހީމްއާއި ދެމެދު ކޮށްފައިވާ އެގްރީމެންޓް
ނިމުމަކަށް ގެނައީ 21 އަހަރު ދުވަހަށް މަޑޫގަލި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކުއްޔަށް ދިނުމަށްކަމަށް
ބުނެފައިވީނަމަވެސް ދަޢުވާލިބޭ ފަރާތަށް މަޑޫގަލި ލިބިފައިވަނީ އަދި އެރަށުގައި އެފަދަ ރިސޯޓެއް ހެދުމުގެ
ފުރުޞަތު ލިބިފައިވަނީ ޙުސައިން އިބްރާހީމްއާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އަދި ޤަރާރު އަދި 25 ޖުލައި
1994 ގައި ފޮނުވާފައިވާ ސިޓީގެ ސަބަބުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހަތަރުވަނަ ނުކުތާއަކީ، 25 ޖޫން 1994 ގައި ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން މޫސާ ޙަސަން ސޮއިކޮށް މިނިސްޓަރ އޮފް ޓޫރިޒަމްއަށް ފޮނުވާފައިވާ ސިޓީގައިވާގޮތުން
އެދުވަހާއި ހަމައަށް ރިސޯޓު ހިންގައިގެން ލިބޭ ފައިދާގެ %5 މަރްޙޫމް ޙުސައިން އިބްރާހީމްއަށް ދެމުން އައިކަމާއި
ރިސޯޓަކީ ކުންފުނިން އިންވެސްޓްކޮށް ހަދާފައިވާ އެކުންފުނީގެ މިލްކިއްޔާތެއްކަމަށްވިޔަސް، ކުންފުންޏަށް ލިބޭ
ފައިދާގެ %5 ކުރިއެކޭ އެއްގޮތަށް، އަދި އޭގެ ފަހުންވެސް ދޭގޮތަށް ނިންމާފައިވާކަން އެނގެއެވެ. އެހެންކަމުން
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/192
ޓޫރިޒަމް މިނިސްޓްރީއިން މިކަމުގައި ގެންގުޅެފައިވާ ހަމައަކީވެސް 25 ޖުލައި 1994 ގައި މަރްޙޫމް ޙުސައިން
އިބްރާހީމް ފޮނުވާފައިވާ ސިޓީގައިވާ ބުނެފައިވާފަދައިން އޭނާއަށް އެރިސޯޓުގެ ފައިދާގެ %5 ގެ މުޤާބިލްގައި
ނިންމަވާފައިވާ ނިންމެވުމެ
ނިންމެވުމެއްކަމަށް ޤަބޫލުކުރެވޭކަމަށް
ނުކުތާ.
އެބޭކަމަށް ބުނެ ހުށަހެޅި
4
ފަސްވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 3/94 (ޓޫރިސްޓް ރިސޯޓް ހެދުމަށް
ފަޅުރަށްރަށް ދޫކުރުމާއިބެހޭ ޤާނޫނު) ފާސްވުމާއި ގުޅިގެން އއ.މަޑޫގަލީގައި އަލްމަރްޙޫމް ޙުސައިން އިބްރާހީމްގެ
ޤާނޫނީ ޙައިޞިއްޔަތު ނެތްކަމަށް މަދަނީ ކޯޓުގެ ޙުކުމްގައި ބުނެފައިވީނަމަވެސް ދެފަރާތުގައި ކޮށްފައިވާ
އެގްރީމެންޓަށް 04 މާރޗް 2005 ގެ ނިޔަލަށް އެއްވެސް ޚިޔާލު ތަފާތުވުމެއްނެތި ދަޢުވާލިބޭ ފަރާތުގެ ރުޙުމުގައި
ފައިދާގެ %5 ދެމުން އަންނަކަން އެނގޭކަމަށާއި ބަޔާންކުރެވުނު ކޮންޓްރެކްޓަކީ ޤާނޫނީ ބަނދެވުމެއްނެތް
ކޮންޓްރެކްޓެއްކަމަށް ނިންމަވާފައިވީނަމަވެސް މަރްޙޫމް ޙުސައިން އިބްރާހީމްގެ ފަރާތުން %5 ގެ މުޤާބިލްގައި
އެރަށް ދޫކޮށްލާފައިވާކަމަށް އެނގޭކަމާއި މިއީ
ކޮންމެހެންވެސް
ޢަމަލުކުރުން ލާޒިމް ކޮންޓްރެކްޓެއްކަމާއި މިއާއި
ޚިލާފުވެވޭނެ އެއްވެސް ހަމައެއްނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
0
6 24
ހަވަނަ ނުކުތާއަކީ، ބްލޫލެގޫން އިންވެސްޓްމަންޓުން މަޑޫގަލީގައި ރިސޯޓު ހިންގާހާ
ދުވަހަކު، އެކުންފުނީގެ ފައިދާގެ %5، މަރްޙޫމް ޙުސައިން އިބްރާހީމްއަށް ދިނުމަށް އަދި މަރްޙޫމް ޙުސައިން
އިބްރާހީމް ނެތް ދުނިޔެއެއްގައި އޭނާގެ ވާރިސުންނަށް ލިބޭގޮތަށް ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ ބޯޑް ރިޒޮލިއުޝަނުން ފާސްކޮށްފައިވުމާއި، ޙުސައިން އިބްރާހީމް، 25 ޖުލައި
1994 ގައި ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވި ސިޓީއިން އެނގޭގޮތުގައި، އޭނާ އެރަށް ރިސޯޓު ހަދަންދިނީ، އޭގެ
މުޤާބިލުގައި އޭނާގެ ވާރިސުންނަށްވެސް އެތަނުގެ ފައިދާގެ %5 ލިބޭގޮތަށްވާތީކަމަށް ބަޔާންކޮށްފައިވުމުން،
މިމައްސަލާގައި އިސްލާމީ ޝަރީޢަތުން ޙައްލު ލިބިގަންނަން ނަޒަރު ހިންގާއިރު، މީހެއްގެ ކިބައިގައި އޭނާގެ
ވާރިސުންނަށް ވާރުތަވާ މަންފާއާއި ފައިދާއާއި، މުދަލާއި، އެތަރިކައެއް ޙައްޤުވާ ވާރިސުންނަކީ، ތަޞައްރަފު ފުދި،
ރުޝާދު ލިބިފައިވާ، ހެޔޮވިސްނޭ މީހުންކަމަށްވާނަމަ އެމީހުންގެ ކިބައިން އެއްވެސް ޙާލެއްގައި ނިގުޅައިގަނެވޭނެ
ނުވަތަ އެޙައްޤަކުން މަޙްރޫމް އެއްޗެއްނޫންކަމާއި، ވާރިސުންނަށް މިމައްސަލާގައި އެޙައްޤު ނުލިބޭނަމަ،
ދަޢުވާލިބޭ ފަރާތަށް ދެފަރާތުގެ ދެމެދުގައިވާ އެގްރިމެންޓުގެ ނުޙައްޤު އަދި ހަމަނޫން ފައިދާއެއް ލިބިގެންދާކަމާއި،
4 422
(ރެވޭނޭ
ދިވެހިރާއްޖޭގެ
$
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/192
އިސްލާމީ ޝަރީޢަތުގައި ޖުމްހޫރު ޢިލްމުވެރިން (ޝާފިޢީ، މާލިކީ، ޙަންބަލީ) ވިދާޅުވާގޮތުން އިދާރާގެ ޢަޤުދަކީ
ވާރުތަވާނެ ޙައްޤެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2008/MC/727 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
2 ހ4
ހ) ފުރަތަމަ ކަމަކީ، އ. މަޑޫގަލި ރަށަކީ މިނިސްޓްރީ އޮފް އެގްރިކަލްޗަރއިން އަލްމަރްޙޫމް
ޙުސައިން އިބްރާހީމްއަށް ވަރުވާއަށް ލިޔުއްވާފައިވާ ރަށެއްކަން އެނގެން އޮންނަކަމާއި، 15 އޮކްޓޯބަރ 1982
ގައި ޙުސައިން އިބްރާހީމްއާއި ހ.މިރިހި، ޙުސައިން ޝަރީފްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނުކަން
އެނގެން އޮންނަކަމާއި، ބުނެވުނު އެއްބަސްވުމުގައި، އ. މަޑޫގަލީގައި ޓޫރިސްޓް ރިސޯޓެއް ހެދުމަށްޓަކައި އެރަށް
ޙުސައިން ޝަރީފްއަށް ޙުސައިން އިބްރާހީމް ކުއްޔަށްދިންކަން އެނގޭކަމާއި، އަދި އެ ކުލީގެ ޖުޤާބިލެއްގެ ގޮތުގައި
އެރަށަށް ލިބޭ އާމްދަނީއަކުން ޚަރަދު ކަނޑާފައި ބާކީ އޮންނަ ފައިދާއެއްގެ ތެރެއިން 1/25 ކުއްޔަށްދިން
ފަރާތްކަމުގައިވާ ޙުސައިން އިބްރާހީމްއަށް ޙުސައިން ޝަރީފްދޭ ގޮތަށް އެއްބަސްވެފައިވާކަން އެނގޭކަމާއި،
އޭގެ ފަހުން، 6 ފެބްރުއަރީ 1989 ގައި ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑްއިން ޤަރާރެއް ފާސްކޮށްފައިވާކަން އެނގޭކަމާއި، މި ޤަރާރުގައި އ. މަޑޫގަލި ޓޫރިސްޓް ރިސޯޓު ހެދުމަށް
އެ ރަށުގެ އެގްރިކަލްޗަރ ލެސީ ކަމުގައިވާ ޙުސައިން އިބްރާހީމްއާއި މިރިހި، ޙުސައިން ޝަރީފްއާއި ދެމެދު
15 އޮކްޓޯބަރ 1982 ގައި ކުރެވުނު އެގްރީމެންޓުގައިވާ ގޮތުގެ މަތިން، މަޑޫގަލީގެ ފައިދާއިން %4 (ހަތަރެއް
އިންސައްތަ) ޙުސައިން އިބްރާހީމްއަށް ދިނުމަށް އެއްބަސްވެފައިވާއިރު، ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑްއަކީ، މިރިހި، ޙުސައިން ޝަރީފް ބައިވެރިވާ ކުންފުންޏެއްކަމަށް ވުމާއެކު، އެ ކުންފުނީގެ ފަރާތުން
އިންވެސްޓްކޮށްގެން މަޑޫގަލީގައި ޓޫރިސްޓް ރިސޯޓެއް ޑިވެލޮޕްކުރުމަށް ޑިޕާރޓްމަންޓް އޮފް ޓޫރިޒަމްއިން ދީފައިވާ
ހުއްދައިގެ ދަށުން ޙުސައިން ޝަރީފްއަށް ލިބިފައިވާ ހުރިހާ ބާރަކާއި އިޚްތިޔާރެއް އެ ކުންފުންޏަށް ދީފައިވުމާއެކު،
މަޑޫގަލީގެ ފައިދާއިން ޙުސައިން އިބްރާހީމްއަށް ދޭންޖެހޭ އެއްޗެއް ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުން ދިނުމަށާއި، އަދި މިގޮތުން ޙުސައިން އިބްރާހީމްއަށްދޭ ޙިއްސާއަކީ ޚަރަދު ކަނޑާ ލިބޭ ފައިދާ 4
14
8 0 4 6 8
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
8
2009/HC-A/192
44
ޓް
ގޮތުގެ މަތިން
(ހަތަރެއް އިންސައްތަ) އިގެ ބަދަލުގައި %5 (ފަހެއް އިންސައްތަ) ކަމުގައި ހަމަޖައްސައި، އަދި މިގޮތުން
ޙުސައިން އިބްރާހީމްއަށް ލިބޭ ޙިއްސާ، ދުނިޔޭގައި ނެތިއްޖެނަމަ އޭނާގެ ވާރިސުންނަށް ލިބޭގޮތަށް އޮތުމަށް
ބްލޫލެގޫންގެ 3 ޙިއްސާދާރުން އަދި އޮފް ޑިރެކްޓަރުންގެ އިއްތިފާޤުން ފާސްކުރުމުން އެގޮތުގެ
ޢަމަލުކުރުމަށް އެއްބަސްވެފައިވާކަމަށް ބުނެވިދިޔަ ޤަރާރުގައި ބަޔާންކޮށްފައި އޮންނަކަން ފާހަގަކުރެވޭކަމާއި،
1994 ގައި ޤާނޫނު ނަންބަރު 3/94 ޓޫރިސްޓް ރިޒޯޓް ހެދުމަށް ފަޅުރަށްރަށް ދޫކުރުމާބެހޭ
ޤާނޫނު) ވުޖޫދަށް އައުމުން، 23 އޭޕްރިލް 1994 ގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި ނަންބަރު
88
/
94
/
07/MT އިޢުލާނުގައި ޤާނޫނު ނަންބަރު 3/94 ފާސްވުމުގެ ކުރިން ވަކި މުއްދަތެއް ނެތި ރިޒޯޓު
ހެދުމުގެ ހުއްދަދެވިފައިވާ ރަށްރަށުގައި ހަދާފައިވާ ޢިމާރާތްތަކާއި ތަކެތީގެ ވެރިފަރާތްތަކާއި މިނިސްޓްރީއާ ދެމެދު،
އެ ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން އެގްރީމަންޓް ކުރަން ޖެހޭތީ، އެފަދަ ރަށްރަށުގައި ހަދާފައިވާ ޢިމާރާތްތަކާއި
ތަކެތީގެ ވެރިފަރާތްތަކުން، އެގްރީމަންޓް ކުރުމަށްޓަކައި 7 މޭ 1994 ގެ ކުރިން މިނިސްޓްރީ އޮފް ޓޫރިޒަމަށް
ސިޓީ ފޮނުވުމަށް އިޢުލާންކޮށްފައިވާކަމާއި، އަދި އެފަދަ އެގްރީމަންޓެއްކުރަން ބޭނުންނުވާ ފަރާތެއްވާނަމަ، ޤާނޫނު
ނަންބަރު 3/94 ގެ 8 ވަނަ މާއްދާގެ ދަށުން ޢަމަލުކު
ލުކުރުމަށްޓަކައި އެކަން މިނިސްޓްރީއަށް
އިޢުލާންކޮށްފައިވާކަން އެނގޭކަމާއި،
ބުނެވުނު އިޢުލާނާ ގުޅިގެން ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ޙުސައިން
އިބްރާހީމްއާ މިދެފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމަށް ސިޓީ ފޮނުވިކަން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު
94
/
465/MIS/88 (21 ޖުލައި 1994) ގެ ސިޓީއިން އެނގެން އޮންނަކަމާއި، އަދި އިސްވެ ބަޔާންކުރެވުނު
ސިޓީއަކީ އެ މިނިސްޓްރީއިން ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އިސްވެ ބަޔާންކުރެވުނު
އިޢުލާނަށް އިޖާބަ ދީފައިވާތީ ފޮނުވާފައިވާ ސިޓީއެއްކަން އެނގެން އޮންނަކަމާއި، އެ ސިޓީގައި، ބްލޫލެގޫން
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ޙުސައިން އިބްރާހީމްއާ ދެމެދު އ.މަޑޫގައްޔާ ގުޅޭގޮތުން ވާހަކަ
ދެއްކުމަށްފަހު މިނިސްޓްރީ އޮފް ޓޫރިޒަމާ އެގްރީމެންޓްކުރުމާ ބެހޭ ގޮތުން ދެފަރާތުން ނިންމާ ގޮތެއް 31 ޖުލައި
1994 ގެ ކުރިން އެ މިނިސްޓްރީއަށް ލިޔުމަކުން އެންގުމަށް ބުނެފައިވާކަމާއި، އަދި ބުނެވުނު މުއްދަތުގެ ތެރޭގައި
ދެފަރާތު ދެމެދު ވަކި ގޮތަކަށް އެއްބަސްނުވެވިއްޖެނަމަ، ރަށުގެ މިލްކުވެރިކަން ސާބިތުކުރުމަށްޓަކައި މައްސަލަ
ޝަރީޢަތަށް ހުށަހަޅައި އެކަން މިނިސްޓްރީ އޮފް ޓޫރިޒަމަށް އަންގަން ބުނެފައިވާކަންވެސް ފާހަގަކުރެވޭކަމާއި،
އެންގުމަށް
މ އ ސ ޑއ އ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/192
ނަން:
8 0 4 6 8
25 ޖުލައި 1994 ގައި ޙުސައިން އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމަށް ސިޓީއެއް
ފޮނުވާފައިވާކަން އެނގޭކަމާއި، އެ ސިޓީގައި ޤާނޫނު ނަންބަރު 194
3 އާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމްގެ
ބަރު 88
/
94
/
07/MT އިޢުލާނާ ގުޅިގެން ޙުސައިން އިބްރާހީމް އަރީއަތޮޅު މަޑޫގަލި ރިޒޯޓާބެހޭ ގޮތުން
މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހެޅި މައްސަލަ ޙުސައިން އިބްރާހީމް އަނބުރާ ގެނައީ ކަމަށް ބުނެފައިވާކަން
ފާހަގަކުރެވޭކަމާއި، އަދި މިގޮތަށް ޙުސައިން އިބްރާހީމް ނިންމި ސަބަބަކީ މަޑޫގަލި ރިޒޯޓަކީ ބްލޫލެގޫން
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އިންވެސްޓްކޮށްގެން ހަދާފައިވާ ރަށެއްނަމަވެސް، އެ ރިޒޯޓުން ކުންފުންޏަށް
ލިބޭ ފައިދާގެ %5 (ފަހެއް އިންސައްތަ) ޙުސައިން އިބްރާހީމްއަށް ލިބޭގޮތަށް އެ ކުންފުނީގެ ބޯޑުން
ނިންމާފައިވާތީކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އެހެންކަމުން، 11 އޭޕްރިލް 1995 ގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި ބްލޫލެގޫން އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓެޑާ ދެމެދު މަޑޫގަލި 21 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމާބެހޭ
އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން އެނގެން އޮންނަކަމެވެ.
43ޑ 4
ގ
83ނ
ފަރުވާއަށް
ދެވަނަ ކަމަކީ،
މަޑޫގައްޔަކީ އެންމެ ފުރަތަމަ ޙުސައިން އިބްރާހީމްއަށް
ސަރުކާރުން ލިޔުއްވާފައިވާ ރަށެއްކަމުގައި ވީނަމަވެސް، ޤާނޫނު ނަންބަރު 3/94 އަށް ޢަމަލުކުރަން ފެށުމުން، އަދި
އެ ޤާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެޤާނޫނު ފާސްވުމުގެ ކުރިން މުއްދަތެއް ކަނޑަނޭޅި ރިޒޯޓު
ހަދަން ހުއްދަ ދެވިފައިވާ ރަށްރަށުގެ ޢިމާރާތްތަކާއި ތަކެތީގެ ވެރި ފަރާތްތަކާ މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު އެ
ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެގްރީމަންޓް އެ ޤާނޫނަށް ޢަމަލު ކުރަން ފަށާތާ 1 އަހަރު ދުވަހުގެ
ތެރޭގައި ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު، އަދި އެފަދަ ރަށްތައް ކުއްޔަށް ދެވޭނީ ގިނަވެގެން މީލާދީ 21
އަހަރު ދުވަހަށްކަމަށް އެ މާއްދާގެ (ށ) އިން އެނގެން އޮންނައިރު،
އެ ރަށުގައި ޢިމާރާތްކޮށް ޓޫރިސްޓް ރިޒޯޓު ހެދުމުގެ ހުއްދަ ހ. މިރިހި، ޙުސައިން ޝަރީފްއަށް
މިނިސްޓްރީ އޮފް ޓޫރިޒަމުން ދީފައިވާކަން އެނގެން އޮންނަކަމާއި، ޙުސައިން ޝަރީފް ބައިވެރިވާ
.ކަމަށްވާ ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެ ރަށުގައި ޓޫރިސްޓް ރިޒޯޓެއް
ހަދާފައިވާކަން އެނގޭކަމާއި، ޤާނޫނު ނަންބަރު 3194 ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ލާޒިމުކުރަނީ
ކުންފުންޏެއްކަމަށްވާ
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
10
2009/HC-A/192
އިން-38
މިނިސްޓްރީ އޮފް ޓޫރިޒަމާއި އެފަދަ ރަށްރަށުގައި ހަދާފައިވާ ޢިމާރާތްތަކާއި ތަކެތީގެ ވެރިފަރާތް ދެމެދު ޓޫރިސްޓް
ރިޒޯޓެއް ހެދުމާބެހޭ ގޮތުން އެއްބަސްވުމެއްގައި ސޮއިކުރުމަށްކަން ބަޔާންކުރެވިފައި އޮތުމުން،
ޓޫރިސްޓް ރިޒޯޓު ހެދުމާބެހޭ އެއްބަސްވުންތައް ބުނެވުނު ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ކުރެވެނީ
އެ ރަށެއްގެ އިންވެސްޓަރުންނާއެކުކަން އެނގެން އޮންނަކަމާއި، މަޑޫގަލީގައި ޓޫރިސްޓް ރިޒޯޓް ހަދައި
އިންވެސްޓްކުރީ ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުންކަމަށްވީ ހިނދު، އަދި މިކަމަށް ޙުސައިން
އިބްރާހީމްވެސް އިންކާރުކޮށްފައިނުވާކަން ލިޔެކިއުމުން އެނގެން އޮންނައިރު، އަދި މަޑޫގަލީގައި ޓޫރިސްޓް ރިޒޯޓެއް
ހެދުމަށްޓަކައި އެ ރަށް ކުއްޔަށް ދިނުމާ ބެހޭ އެގްރީމަންޓްގައިވެސް 11 އޭޕްރިލް 1995 ގައި ސޮއިކޮށްފައިވަނީ
ބްލޮލެގޫ ންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްކަމުން، މަޑޫގަލި ކުއްޔަށް ހިފާ ފަރާތަކީ ބްލޮލެގޫން
އިންވެސްޓަމަންޓް ޕްރައިވެޓް ލިމިޓެޑްކަން އެނގޭކަމާއި،
އިސްވެ ބުނެވުނު އެގްރީމަންޓް ހަދައި ސޮއިކުރުމާ ބެހޭ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި
އެ މިނިސްޓްރީގެ ނަންބަރު 94
/
465/MIS/88 (21 ޖުލައި 1994) އިޢުލާނަށް ޙުސައިން އިބްރާހީމް
އިޖާބަދީފައިވީ ނަމަވެސް، އެ ރަށުގައި ޓޫރިސްޓް ރިޒޯޓެއް ހެދުމަށްޓަކައި ޤާނޫނު ނަންބަރު 3/94 ގެ ދަށުން
ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަންތައްތަކަކާއި ޙައްޤުތަކާއި އިލްތިޒާމްތައް ބްލޫލެގޫން
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ޙުސައިން އިބްރާހީމް އަމިއްލައަށް ދޫކޮށްލާފައިވާކަން ޙުސައިން އިބްރާހީމް
މިނިސްޓްރީ އޮފް ޓޫރިޒަމަށް 25 ޖުލައި 1994 ގައި ފޮނުވާފައިވާ ސިޓީއިން އެނގެންއޮންނަކަމާއި، އަދި މިކަން
މިގޮތަށް ކުރި ސަބަބަކީ، މަޑޫގަލި ރިޒޯޓަކީ ލޮލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން
އިންވެސްޓްކޮށްގެން ހަދާފައިވާ ރަށެއްނަމަވެސް، ރިޒޯޓުން އެކުންފުންޏަށް ލިބޭ ފައިދާގެ %5
(ފަހެއް އިންސައްތަ) ޙުސައިން އިބްރާހީމްއަށް ލިބޭގޮތަށް އެ ކުންފުނިން ޤަރާރެއް ފާސްކޮށްފައިވާތީކަން
އެނގޭކަމާއި،
ޤާނޫނު ނަންބަރު 3/94 އަށް ޢަމަލުކުރަން ފެށުމަށްފަހު، އަދި ބްލޫލެގޫން އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު މަޑޫގަލި ކުއްޔަށް ހިފުމާބެހޭ ގޮތުން އެއްބަސްވުމެއްގައި
11 އޭޕްރިލް 1995 ގައި ސޮއިކުރުމުން، މަޑޫގައްޔާ ގުޅިގެން ސަރުކާރާއި ޙުސައިން އިބްރާހީމްއާ ދެމެދު
ޤާނޫނީ ގޮތުން އޮތް ގުޅުން ނިމުމަކަށްއައިކަން އެނގެން އޮންނަކަމާއި،
އެ
2 2 4 2 2 4 8 s
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ކަމަނ
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/192
2011/SC-A/02
ޙުސައިން އިބްރާހީމްއާއި ޙުސައިން ޝަރީފްއާ ދެމެދު މަޑޫގަލި ކުއްޔަށް ދިނުމާބެހޭ ގޮތުން
އެއްބަސްވުމެއްގައި ސޮއިކުރީ ޤާނޫނު ނަންބަރު 3/94 ވުޖޫދަށް އައުމުގެ ކުރިންކަން އެނގެން އޮންނަކަމާއި، އަދި
ބުނެވުނު ދެފަރާތު ދެމެދު އެފަދަ އެއްބަސްވުމެއްގައި ސޮއިކުރަން ޖެހުނު ސަބަބަކީ އ. މަޑޫގައްޔަކީ ޙުސައިން
އިބްރާހީމްއަށް ވަރުވާއަށް ލިޔުއްވާފައިއޮތް ރަށެއްކަމަށްވީ ހިނދު، އެ ރަށުން މަންފާ ހޯދުމުގެ ޙައްޤު ލިބިފައިވަނީ
ޙުސައިން އިބްރާހީމްއަށްވާތީކަން ފާހަގަކުރެވޭކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު
ޤަޟިއްޔާގައިވެސް
ފާހަގަކުރައްވާފައިވާ ފަދައިން، ވަރުވާއަށް ލިޔުއްވާ ރަށްތަކަކީ އެ ރަށްތަކުގެ މިލްކުވެރިކަމުގެ ޙައްޤު ވަރުވާއަށް
ލިޔުއްވާ ފަރާތަށް ލިބޭ ރަށްތަކެއް
ގެކެއްނޫންކަމާއި، ހަމައެކަނި އޮންނަ ޙައްޤަކީ ވަރުވާއަށް ދޫކޮށްފައި އޮންނަ
މުއްދަތުގައި ދައުލަތުން ކަނޑައަޅާ އުޞޫލަކުން އެރަށަކުން މަންފާ ލިބުމުގެ ޙައްޤުކަމާއި، ހަމައެކަނި މަންފާ
ލިބިގަތުމަށްލިބޭ އެއްވެސް ޢައިނީ (In Rem) ޙައްޤަކީ މިލްކުވެރިކަމުގެ ޙައްޤެއް
ބަޔާންކުރައްވާފައިވާކަން ފާހަގަކުރެވޭކަމާއި،
މިހެންކަމުން، 6 ފެބްރުއަރީ 1989 ގައި ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން
ފާސްކުރި ޤަރާރުގެ ދަށުން މަޑޫގަލީގައި ޓޫރިސްޓް ރިޒޯޓެއް ހިންގައިގެން ލިބޭ ފައިދާގެ %5 (ފަހެއް އިންސައްތަ)
ޙުސައިން އިބްރާހީމްއަށް ކުރިއެކޭވެސް އެއްފަދައިން ދިނުމަށް ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ނިންމާފައިވީނަމަވެސް، އަދި 25 ޖުލައި 1994 ގައި ޙުސައިން އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމަށް
ފޮނުވި ސިޓީގައި، ޤާނޫނު ނަންބަރު 3194 އާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88
/
94
/
07/MT
އިޢުލާނާ ގުޅިގެން ޙުސައިން އިބްރާހީމް މަޑޫގަލި ރިޒޯޓާބެހޭ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހެޅި
މައްސަލަ ޙުސައިން އިބްރާހީމް އަނބުރާ ގެނައީ އެރިޒޯޓުން ކުންފުންޏަށް ލިބޭ ފައިދާގެ %5
(ފަހެއް އިންސައްތަ) ޙުސައިން އިބްރާހީމްއަށް ލިބޭގޮތަށް އެ ކުންފުނީގެ ބޯޑުން ނިންމާފައިވާތީކަމަށް
ބުނެފައިވީނަމަވެސް، ޤާނޫނު ނަންބަރު 3/94 އަށް ޢަމަލުކުރުމުގެ ގޮތުން، 11 އޭޕްރިލް 1995 ގައި ބްލޫލެގޫން
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު މަޑޫގަލި ކުއްޔަށް ދިނުމާބެހޭ ގޮތުން
.ބަސްވުމެއްގައި ސޮއިކުރުމުން، މަޑޫގައްޔާއި ގުޅޭގޮތުން ޙުސައިން އިބްރާހީމްގެ ހުރިހާ ޙައްޤުތަކެއް
ޙުސައިން އިބްރާހީމް އަމިއްލައަށް ދޫކޮށްލާފައިވާކަމާއި،
.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
12
2009/HC-A/192
އެރަށުން އެއްވެސް މަންފާއެއް ޙުސައިން އިބްރާހީމްއަށް ލިބިގަތުމަށް ޤާނޫނު ލާޒިމުކުރާ ނުވަތަ
ޤާނޫނީ އިލްތިޒާމްތަކެއް ދަލީލުކޮށްދޭ ކިތާބީ މުސްތަނަދެއްވެސް މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތްތަކަށް
ދެއްކިފައިނުވާކަން އެނގެން އޮންނަކަމެވެ.
ތިންވަނަ ކަމަކީ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރާ
ފަރާތްތަކުން ޙުސައިން އިބްރާހީމްއާއި ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާދެމެދު އޮތް
އެއްބަސްވުމަކަށް އިޝާރާތްކޮށްފައިވީނަމަވެސް، އެފަދަ އެއްބަސްވުމެއް ދަށު ކޯޓުގައިވެސް އަދި ދިވެހިރާއްޖޭގެ
ހައިކޯޓުގައިވެސް ދެއްކިފައިނުވާކަން ފާހަގަކުރެވޭކަމާއި،
މައްސަލައާ ގުޅިގެން ހުށަހެޅުނު އެއްބަސްވުމަކީ 15 އޮކްޓޯބަރ 1982 ގައި
ޙުސައިން އިބްރާހީމްއާއި މިރިހި، ޙުސައިން ޝަރީފްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ކޮޕީއެއްކަން އެނގެން
އޮންނަކަމާއި، 6 ފެބްރުއަރީ 1989 ގައި ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ޤަރާރެއް
ފާސްކޮށްފައިވާކަމާއި، އަދި އެ ޤަރާރުގެ ދަށުން ޙުސައިން ޝަރީފް ޙުސައިން އިބްރާހީމްއަށް ދައްކަންޖެހޭ
ފައިދާކަމުގައިވާ %4 (ހަތަރެއް އިންސައްތަ) ގެ ބަދަލުގައި %5 (ފަހެއް އިންސައްތަ) ދައްކަން ނިންމިކަން
އެނގެން އޮންނަކަމާއި، އަދި މިގޮތަށް ނިންމީ ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ކުންފުނީގެ
ޤަރާރަކުންކަން އެނގެން އޮންނަކަމާއި، ކުންފުންޏެއްގެ ޤަރާރަކީ ތިންވަނަ ފަރާތަކާވެވޭ އެއްބަސްވުމެއްފަދަ
ތެއްނޫންކަމާއި، މަދަނީ ކޯޓުގެ ނަންބަރު 2008/MC/727 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި
ފާހަގަކުރައްވާފައިވާ ފަދައިން، ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ޤަރާރަކީ އެ ކުންފުނީގެ ބޯޑުގެ
ޑިރެކްޓަރުން އެއްބަސްވާހާ ހިނދަކު، އޭގެ މައްޗަށް ޢަމަލުކުރުން ނުވަތަ ނުކުރުން އެއީ އެ ފަރާތްތަކުގެ
އިޚްތިޔާރުގައިވާ
ކަންތައްތަކެއްކަން އެނގެން އޮންނަކަމެވެ.
6.84
8
9 ހ4
ހަތަރުވަނަ ކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/727 ޤަޟިއްޔާ އެކޯޓުން
ނިންމެވިއިރު މަރްޙޫމް ޙުސައިން އިބްރާހީމްގެ ތަރިކައިގެ މައްސަލައާއިބެހޭ އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2004/U-7-C/05 ޤަޟިއްޔާ ގައި ބަޔާންކޮށް، ހަމަ އެކޯޓުގެ ނަންބަރު 2004/U-7-C/17
ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތުން ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ޤަރާރުގައިވާ %5
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާޑްގެ
އެކަ. 8 އ އ
13
2009/HC-A/192
.މެކު
2692 22
84 8 2
.ދިވެނީ
uc Oc
(ފަހެއް އިންސައްތަ) އަކީ މަރްޙޫމް ޙުސައިން އިބްރާހީމްގެ ވާރިސުންނަށް ލިބެންޖެހޭ އެއްޗެއްކަމަށް
ކަނޑައަޅާފައިވާތީ، ދަށުކޯޓުން ކޮށްފައިވާ ޙުކުމެއް ބާޠިލުކުރެވޭފަދަ ޙުކުމެއް ދަށުކޯޓަކުން ނުކުރެވޭނެތީވެ،
ޤަޟިއްޔާގައި ވާރިސުންނަށް ލިބިދޭންޖެހޭ މިންވަރު ހައިކޯޓުގެ ޙުކުމަކުން ނޫނީ ބާޠިލު ނުކުރެވޭނެކަމަށާއި، އެއީ
މަރްޙޫމް ޙުސައިން އިބްރާހީމްގެ ވާރިސުންނަށް ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ލިބެންޖެހޭ ޙައްޤެއްވާކަން އެނގެންއޮންނަކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން،
އއ.ފެރިދޫ ކޯޓުގެ ނަންބަރު 2004/U-7-C/05 ޤަޟިއްޔާއަކީ މަރުޙޫމް ޙުސައިން
އިބްރާހީމް 3 އޮކްޓޯބަރ 2003 ގައި ނިޔާވެފައިވާތީ މަރުޙޫމް ޙުސައިން އިބްރާހީމްގެ ތަރިކަބެހުމާ ބެހޭގޮތުން
މައްސަލަ ހުށަހެޅުމުން، އެ މައްސަލަ ބައްލަވާފައިވާ ޤަޟިއްޔާއެއްކަން އެނގޭކަމާއި، އެ ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 8 ވަނަ ނުކުތާގައި، "ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑްގެ ބޯޑް އޮފް ޑިރެކްޓަރުންގެ މެދުގައި 6 ފެބްރުއަރީ 1989 ގައި ބޭއްވުނު ޚާއްސަ ޖަލްސާގައި
ފާސްކޮށްފައިވާ ޤަރާރުގައި ކުންފުންޏަށް ލިބޭ ފައިސާއިން ޚަރަދު ކަޑާ ލިބޭ ފައިދާގެ %5 (ފަސް ޕަސެންޓް)
ޙިއްސާ އއ. ފެރިދޫ ފިޔާތޮށިގޭ ޙުސައިން އިބްރާހީމް ދުނިޔޭގައި ނެތިއްޖެނަމަ އޭނާގެ ވާރިސުންނަށް ލިބޭގޮތަށް މި
ޤަރާރުގައި ވުމުން ޙިއްސާވެސް މިހާރު މިޤަޟިއްޔާގައި ހިމެނޭ 4 ވާރިސުންނަށް ލިބެންޖެހޭ އެއްޗެއްކަމަށް
ދެކެމެވެ" މިހެން ބަޔާންކުރައްވާފައިވާކަން ފާހަގަކުރެވޭކަމާއި،
ބުނެވިދިޔަ ޤަޟިއްޔާގެ ޙުކުމުގައި ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ
ޤަރާރުގައިވާ %5 (ފަހެއް އިންސައްތަ) ޙިއްސާއަކީ މަރްޙޫމް ޙުސައިން އިބްރާހީމްގެ 4 ވާރިސުންނަށް ލިބެންޖެހޭ
އެއްޗެއްކަމަށް ކަނޑައަޅުއްވާފައިވާކަން ފާހަގަކުރެވޭކަމާއި،
އއ.ފެރިދޫ ކޯޓުގެ ނަންބަރު 2004/U
-
7
-
C/17 ޤަޟިއްޔާއަކީ އަލްމަރްޙޫ
ރްޙޫމް ޙުސައިން
އިބްރާހީމްގެ ތަރިކައިގައި ހިމެނޭ ގޯތިގެދޮރާއި އޭނާގެ މިލްކުގައި ހިމެނޭ އެންމެހައި ތަކެތި އޭނާގެ ވާރިސުންގެ
މެދުގައި ބަހައި ވަކިކޮށްދިނުމަށް އެދި، ޙުސައިން އިބްރާހީމްގެ ވެރިއެއްކަމުގައިވާ އއ.ފެރިދޫބަގީޗާގެ ސަކީން
އިބްރާހީމްގެ ފަރާތުން އެ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބައްލަވާފައިވާ މައްސަލައެއްކަން އެނގޭކަމާއި،
އއ.ފެރިދޫ ކޯޓުގެ ނަންބަރު 2004/U
-
7
-
C/17 ޤަޟިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ
ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 11 ވަނަ ނުކުތާގައި އއ.ފެރިދޫ ކޯޓުގެ ނަންބަރު 2004/-
7
-
C!05
I ¢ ¢ ¢ ¢
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2009/HC-A/192
ބަޔާންކުތީ
އެ
ޤަޟިއްޔާއާ ޙަވާލާދެއްވައި، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާ ގޮތުގެ މަތިން އެ ތަރިކައިގައި ހިމެނޭ
އެންމެހައި ވާރިސުންނަށް ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން މިލްކުވެފައިވާ އެކުންފުނީގެ ފައިދާގެ
5
% (ފަހެއް އިންސައްތަ) ޙިއްސާއަށް ލިބެންވާ ފައިސާގެ މިންވަރު އެނގިވަޑައިގެންފައި ނެތުމާއެކު، އެ
ކުންފުންޏަށް އެކަން ސާފުކުރުމަށް އެ ކޯޓުން ފޮނުއްވި ސިޓީއަށްވެސް ޖަވާބެއް ލިބިވަޑައިގެންފައިނުވާތީ، އިސްވެ
ކުރެވުނު ޙިއްސާއަށް ލިބެންވާ ފައިސާ ޤަޟިއްޔާގެ ތެރޭގައި
ނިންމެވެން ނެތްކަން
ބަޔާންކުރައްވާފައިވާކަމާއި،
އއ.ފެރިދޫ ކޯޓުގެ ނަންބަރު 2004/U
-
7
-
C/17 ޤަޟިއްޔާގެ ޙުކުމުގައި ބްލޫލެގޫން
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން މިލްކުވެފައިވާ %5 (ފަހެއް އިންސައްތަ) ޙިއްސާގެ ފައިދާއަށް ލިބެންވާ
ފައިސާގެ އަދަދު އެނގެން ނެތުމާއެކު އެފައިސާ އއ.ފެރިދޫ ކޯޓުގެ ނަންބަރު 2004/U-7-C/05 ޤަޟިއްޔާއިން
ފެރިދޫ ކޯޓަށް ލިބުމުން، އެ ފައިސާ ބަހައިދެވޭނެ ކަމަށް އަންގަވާފައިވާކަން ފާހަގަކުރެވޭކަމާއި،
އއ.ފެރިދޫ ކޯޓުގެ ނަންބަރު 2004/U-T-C/05 ޤަޟިއްޔާގެ ޙުކުމުގައި ބްލޫލެގޫން
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ޤަރާރުގައިވާ %5 (ފަހެއް އިންސައްތަ) ޙިއްސާއަކީ މަރްޙޫމް ޙުސައިން
އިބްރާހީމްގެ 4 ވާރިސުންނަށް ލިބެންޖެހޭ އެއްޗެއްކަމަށް ކަނޑައަޅުއްވާފައި ވީނަމަވެސް، އިސްވެ ބުނެވުނެ
ޤަޟިއްޔާގެ ޙުކުމަށް ވާސިލުވުމަށްޓަކައި ފާހަގަކުރެއްވި ނުކުތާތަކުގެ 8 ވަނަ ނުކުތާގައި، އަލްމަރުޙޫމް ޙުސައިން
އިބްރާހީމްގެ ވާރިސުންނަށް ލިބެންޖެހޭ އެއްޗެއްކަމަށް ކަނޑައަޅުއްވާފައިވަނީ ބްލޫލެގޫން އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓެޑްގެ ބޯޑް އޮފް ޑިރެކްޓަރުންގެ މެދުގައި 6 ފެބްރުއަރީ 1989 ގައި ބޭއްވުނު ޚާއްސަ ޖަލްސާގައި
ފާސްކޮށްފައިވާ ޤަރާރަށް ބެއްލެވުމަށްފަހުގައި އެ ޤަޟިއްޔާއަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމާއި،
އިސްވެ އިޝާރާތް ކުރެވުނު ފަދައިން، ކުންފުންޏެއްގެ ޤަރާރަކުން ނިންމާ ނިންމުންތަކަށް
ކުންފުންޏެއްގެ ޤަރާރަކުން ބަދަލުވެސް ގެނެވިދާނެކަން އެނގެން އޮންނަކަމާއި، ކުންފުންޏެއްގެ ޤަރާރަކުން ތިންވަނަ
ޚުތަކަށް ލިބިދޭ މަންފާއަކީ އެ ކުންފުންޏާއި އެ ތިންވަނަ ފަރާތާ ދެމެދު ޤާނޫނީ ގޮތުން ދެމި އޮންނާނެ
އެއްބަސްވުމެއް ޤާއިމުކުރެވުނީކަމަށް ބެލެވިގެންވާނެ ކަމެއް ނޫންކަމާއި،
އއ.ފެރިދޫ ކޯޓުގެ
ނަންބަރު
ޤަޟިއްޔާގައިވެސް އިޝާރާތް
ކުރައްވާފައިވަނީ ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ބޯޑް އޮފް ޑިރެކްޓަރުންގެ މެދުގައި 6
ފެބްރުއަރީ 1989 ގައި ފާސްކުރެވުނު ޤަރާރަށްކަން އެނގެން އޮންނަކަމާއި، އެހެންކަމުން ، މަދަނީ
ހއ ހދ8
05/U-7-C/2004
*
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/192
3
4
3
2 ގދ ޏ
ما سریع پیک
ނަންބަރު 2008/MC/727 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ފަދައިން،
ކުންފުނީގެ ޤަރާރަކީ އެ
ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ މެދުގައި އެއްބަސްވެވޭ ވަކި
އެކަމަށްވީ ހިނދު، އަދި އެފަދަ ޤަރާރެއްގެ ދަށުން ތިންވަނަ ފަރާތަކަށް މަންފާއެއްލިބޭ ނަމަ އެ ބެލެވޭނީ
ތަބައްރުއެއްގެ ގޮތުން ދޭދިނުމަކަށް ކަމަށްވީ ހިނދު، އެފަދަ ކަންކަމަކީ ޝަރީޢަތް މެދުވެރިކޮށް ކުންފުނީގެ
މައްޗަށް ޢަމަލުކުރުން ލާޒިމުކަމަށް ކަނޑައެޅޭނެފަދަ ކަންކަން ނޫންކަން އެނގެންއޮންނަކަމެވެ.
އ ހޑ އ ހ އމ
ޕީeއ
ވީމާ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރާ ފަރާތްތަކަށް މަދަނީ ކޯޓުގެ
ނަންބަރު 2008/MC/727 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް
ކަނޑައަޅާނެ ޤާނޫނީ ނުވަތަ ޝަރުޢީ ހުއްޖަތްތަކެއް ދެއްކިފައިނުވެއެވެ.
ކެން
727/MC/2008
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަ އެގޮތަށް ހުރު
ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އއ.ފެރިދޫ ފިޔާތޮށިގެ ޢަބްދުއްނާޞިރު
އިބްރާހީމްއާއި، އއ.ފެރިދޫނޫރީގެ ޒާހިދު އިބްރާހީމްއާއި، އއ.ފެރިދޫބަގީޗާގެ ސަކީނާ އިބްރާހީމް އަދި
އއ.ފެރިދޫސާދީވިލާ ފާރޫޤް ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ
ޙުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަމަށް މި މައްސަލަބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެ ޤަޟިއްޔާގައި މަދަނީ ކޯޓުން
ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
46
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv