ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/198 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/198
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ:198/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
ދާއިމީ އެޑްރެސް: އައްސޭރި/ އއ.ރަސްދޫ
• މިހާރުގެ އެޑްރެސް: އައްސޭރިއއ.ރަސްދޫ 2 އައިޑީކާޑް ނަންބަރު: A002428
ޢަބްދުﷲ ޢަފީފު
އިސްތިއުނާފު ރައްދުވި ފަރާތް:
- ދަން: އއ. ރަސްދޫ ކައުންސިލް
ދާއިމީ އެޑްރެސް: އއ. ރަސްދޫ ކައުންސިލްގެ އިދާރާ | އއ.ރަސްދޫ
*މިހާރުގެ އެޑްރެސް:
ރަސްދޫ ކައުންސިލްގެ އިދާރާ | އއ.ރަސްދޫ
*
• ރަޖިސްޓްރީކުރެވުނު ތާރީޚް: 15ސެޕްޓެމްބަރ2010
ނިމުނު ތާރީޚް: 09 އެޕްރީލް 2014
C
އިސްތިއުނާ
އިއުނާފުކުރެވުނުޤަޟިއްޔާ ނަންބަރު: ނަންބަރު 2009/U
-
2
-
C/32 ޤަޟިއްޔާ
ޤަޟިއްޔާގެ ބާވަތް: ބަދަލުހޯދުން
• ނިންމެވި ކޯޓް:އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކޯޓު
ހުށަހެޅި ތާރީޚް: 08 ނޮވެމްބަރ 2009
ނިމުނު ތާރީޚް: 23 ޖޫން 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުލްޣަނީމުޙައްމަދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
210/HC-A/198
ދައުވާގެ ޚުލާޞާ
މިއީ، އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކޯޓު ނަންބަރު 2009/U
-
2
-
C/32 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އެދި އއ.ރަސްދޫ އައްސޭރި ޢަބްދުﷲ ޢަފީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެ
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އއ. ރަސްދޫ ކައުންސިލްގެ އިދާރާ އެވެ.
ހ2(02
ހނހޅުމނ
ފާހަގަކުރެވުނު ނުކުތާތައް
1- އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކޯޓު ނަންބަރު 2009/U
-
2
-
C/32 ޤަޟިއްޔާއަކީ،
އއ.ރަސްދޫ ޕެންޒީމާގޭ ގޯތި (މިހާރު ޢަބްދުﷲ ޢަފީފުއަށް ލިބިފައިވާ ޕެންޒީމާގޭ ގޯތި) މިގޯއްޗަކީ
އިހުޒަމާނުގެ ބޮޑު ގޯއްޗެއްގެ ގޮތުގައި އޮއްވާ އެގޯތީގައިހުރި ގެ އާއި ބަދިގެ އާއި ދެމެދުން ކުރީ
ޒަމާނުގައި މީހުން ހިނގާ ބިނގާވެ އުޅުނު މަގު ރަސްދޫ އޮފީހުން ރަސްމީކޮށް 10 ފޫޓުގެ ފުޅާ
ގޯޅިއެއްހަދާ އަދިއެގޯޅީގެ އުތުރުންއޮތް ބަޔާއި އެބިމުގައިހުރި ނުއުފުލޭ މުދާ އެރަށު މަދަރުސާދޮށުގޭ
ގޯއްޗަށް ޖައްސާފައި ވާކަމަށާއި އެއީ ޤާނޫނީ ހަމަތަކާއި ޚިލާފަށް ކުރައްވާފައިވާ ކަމެއްކަމަށްބުނެ އެބިން
އަނބުރާ ޕެންޒީމާގޭ ގޯއްޗަށް ލިބިދިނުން އެދި ކުރާ ދަޢުވާއެއްކަން އެމައްސަލައިގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުން އެގެންއޮވެއެވެ.
I
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ
ރަސްދޫ އައްސޭރި ޢަބްދު
ޢަފީފުގެ ބައްޕަ އއ.ރަސްދޫ ޕެންޒީމާގެ އަލްމަޙްރޫމް މުޙައްމަދު ޤާސިމްގެ މިލްކިއްޔާތުގެ ތެރޭގައި
ހުރިކަމަށް ޢަބްދުﷲ ޢަފީފުބުނާ އއ.ރަސްދޫ ޕެންޒީމާގެ ގޯތީގެ 4938 އަކަފޫޓް ބިމުން 3750
އަކަފޫޓް ބިން ވަކިވާގޮތަށް ޕެންޒީމާގޭ ގެއާއި ބަދިގެއާއި ދެމެދުން 10 ފޫޓް ފުޅާމިނުގެ ގޯޅިއެއް
ރަސްދޫ އޮފީހުން ހަދާދީފައިވަނީ ޤަވާޢިދާ ޚިލާފަށް ކަމަށާއި، މިގޯޅި ހެދުމުން ޕެންޒީމާގޯތީގެ ބިމުން
ވަކިވި 3750 އަކަފޫޓް ބިމުގައި ހުރި ޕެންޒީމާގޭ ބަދިގެ އާއި، އެހެނިހެން ދިރޭ މުދަލަށް (ރުއްގަސް)
އިދާރީ ގޮތުން ބަދަލު ދެއްވާފައިނުވާތީ، މިތަކެތީގެ ބަދަލު ހޯދުމަށް އަބްދުﷲ އަފީފު ދަޢުވާކުރާ
ޑިހިރާއްޖޭގެ ހި
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/198
މިޤަޟިއްޔާގައި، ޝަރީޢަތުން ބެލިބެލުމުގައި އއ.ރަސްދޫ ޕެންޒީމާގޯތީގެ ބިމާއި ޢިމާރާތް ޢަބްދު
ޢަފީފުގެ ބައްޕަ އަލްމަޙްރޫމް މުޙައްމަދު ޤާސިމަށް ރަޖިސްޓްރީ ކޮށްދެއްވާފައިވާކަން އެނގޭފަދަ ރަސްމީ
ލިޔުމެއް ނުވަތަ ރަޖިސްޓްރީއެއް ހުށަހަޅާފައިނުވާތީ އާއި، ޢަބްދުﷲ އަފީފުގެ ބައްޕަގެ މިލްކު
ޘާބިތުކުރުމަށް ހުށަހަޅާ ހެކިން ހުށަހެޅުމަށް ދެވުނު ދެވަނަ ފުރުޞަތުގައި ހުށަހެޅި ހެކިންނާއި ފުރަތަމަ
ހުށަހެޅި ހެކިންގެ ހެކިބަހަށް ޝަރީޢަތުން ބަލާއިރު، މަދަނީ ޙައްޤެއް ޘާބިތުކުރެވޭ ފަދަ ހެކިބަސް
އެއްވެސް މީހަކަށް ދެވިފައިނުވާތީ، އއ.ރަސްދޫ ޕެންޒީމާގޭ އަލްމަޙްރޫމް މުޙައްމަދު ޤާސިމްގެ
މިލްކުގައިވާ މުދަލެއް ނުވަތަ އޭނާގެ ނަމުގައިވާ ބިމަކުން ބައެއް ރަސްދޫ އޮފީހުން ބަދަލު ނުދެއްވާ
މީނާގެ ކިބައިން ވަކިކޮށްފައިވާކަން ޘާބިތުކޮށްދެވިފައި ނުވާކަމަށް ކަނޑައަޅައި މައްސަލަ ނިންމީއެވެ."
މިފަދައިން ކަން އެޤަޟިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
OX
01- އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކޯޓު ނަންބަރު 2009/U
-
2
-
C/32 ޤަޟިއްޔާ
ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި
އއ.ރަސްދޫ ، އައްސޭރި ޢަބްދުﷲ ޢަފީފުގެ ފަރާތުން މައިގަނޑު 10(ދިހައެއް) ނުކުތާހުށަހަޅާއެނުކުތާތަކާއި
ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
1
ފުރަތަމަ ނުކުތާ ރަސްދޫ ކަތީބު އަލްފާޟިލް ޢަލީ މޫސާ ބުނާ ބުނުމުން
އއ.ރަސްދޫ ޕެންޒީމާގެ އަކީ ޢަބްދުﷲ ޢަފީފުގެ ބައްޕަގެ މިލްކެއްކަން އެނގެން އޮތްއިރު އެކަމަށް
ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
2- ދެވަނަ ނުކުތާއަކީ، ރަސްދޫ،ޕެންޒީމާގެ ގޯތިން ހެދި މަގަކީ ޒަމާނުގެ ތަރައްޤީއާއެކު
ކަމާބެހޭފަރާތުގެ ހުއްދަ ލިބިގެން ހަދާފައިވާ މަގެއްކަމާއި، މީގެއިތުރުން ޢަބްދުﷲ ޢަފީފު
ރަށުއޮފީހުގައި އެދިގެން އެމަގުގެ ދެކުނަށް އޮތްބައި، އެއީ އަވަށު މެދުތެރޭގައި އޮތް ބިމަކަށްވާތީ،
ގޯއްޗަކަށްވުރެ ކުޑަވިޔަސް އެންމެ ރަނގަޅުކަމަށް ބުނުމާއެކު އެބައި މީހުންނަށް ދިނީކަމަށް ރަސްދޫ
ކަތީބު ޢަލީ މޫސާ ބުނާއިރު، މިއަދާހަމައަށްވެސް އއ.ރަސްދޫ!ޕެންޒީމާގެއިން ސަރުކާރަށް
ނަންގަވާފައި ނުވާކަމާއި، ރަސްދޫ!ޕެންޒީމާގެއިން އުނިކޮށްފައިވާ ބަޔަށް ޝަރުޢީ ބަދަލު
ލިބިފައިނުވާއިރު އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކޯޓުގެ ނަންބަރު 2005/U2-C/16
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/198
ޤަޟިއްޔާގައި
ރަސްދޫ ޕެންޒީމާގެ އެވެކިޔާ ބަންޑާރަގޯތީގައި ހުރި އިމާރާތްތަކާއި
ވަޅުފަދަތަންތަނާއި ތަކެއްޗަކީ ރަސްދޫ:ޕެންޒީމާގޭ އަލްމަރުޙޫމް މުޙައްމަދު ޤާސިމްގެ
ތަރިކާގައިހިމެނޭ ތަކެތިކަމަށް ކަނޑައަޅުއްވާ ނިންމަވާފައިވާއިރު، އެކަމަށް ރިޢާޔަތްނުކުރައްވާ
މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާ
3- ތިންވަނަ ނުކުތާއަކީ، އއ.ރަސްދޫ ކޯޓުގެ ނަންބަރު 2009/U2
-
C/32 ގެ ޤަޟިއްޔާ ނިމުނުގޮތުގެ
ރިޕޯރޓްގެ ތިންވަނަ ނަންބަރަށް ބަލާއިރު ދައުލަތުގެ
އެޓަރނީ ޖެނެރަލްގެ ފަރާތުންވެސް
އއ.ރަސްދޫ(ޕެންޒީމާގެ ގޯއްޗާއި އެގޯތީގައިވާ މުދަލަކީ ރަސްދޫޕެންޒީމާގޭ އަލްމަރުޙޫމް މުޙައްމަދު
ޤާސިމްގެ މިލްކުގައިވާ މުދަލާއި އޭނާގެ ނަމުގައިވާ ބިމެއްކަމަށް އިޢުތިރާފު ލިބޭހިނދު، އެގޯއްޗާއި އެގޯތީގައިވާ
މުދާ އަލްމަރުޙޫމް މުޙައްމަދު ޤާސިމްގެ ކިބައިން ނިގުޅައިގަނެފައިވަނީ ޤާނޫނީ އަދި ޝަރުޢީ
ހަމަތަކާޚިލާފަށްކަން އެނގެން އޮތްއިރު އެކަމަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި
ނުކުތާ.
4 ހަތަރުވަނަ ނުކުތާއަކީ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯރޓްގެ 3 ވަނަ ނަންބަރުގެ (ނ)އަށް ބަލާއިރު
އަލްމަރުޙޫމް މުޙައްމަދު ޤާސިމްގެ ތަރިކައިގެތެރޭގައި ހިމެނޭ މުދަލަކާމެދު ޝަރީޢަތްމެދުވެރިނުކޮށް ރަށު
އޮފީހުން
ބޭނުންގޮތަކަށް ޢަމަލުކުރެވެން ނޯންނަ ހިނދު އެކަމަ
ރިޢާޔަތްނުކުރައްވާ
މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
5
- ފަސްވަނަ ނުކުތާއަކީ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯރޓްގެ 3 ވަނަ ނަންބަރުގެ (ނ) އަށް ބަލާއިރު،
ޢަބްދުﷲ ޢަފީފުގެ ބައްޕަގެ ތަރިކައިގެ މައްސަލަ ނިންމެވި ޤަޟިއްޔާގައި އިތުރު މުދާ ހުންނާނެކަމަށް
އެއްވެސް ވާރިޘަކު ބުނެފައި ނެތުމުން ދެން އެމަރުޙޫމުގެ ތަރިކާގައި ހިމަނަންޖެހޭ އެއްވެސް މެދަލެއް
ހުންނާނެކަމަށް ޤަބޫލުނުކުރެވޭކަމަށް ދައުލަތުން ބުނާއިރު، ރަސްދޫ ކޯޓްގެ ނަންބަރު -U2/16
ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
5
2010/HC-A/198
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
8
2005/C ގެ މާކުރިން ފެށިގެންވެސް އެބަހީ 1989 ވަނަ އަހަރުން ފެށިގެން އއ. ރަސްދޫ/ ޕެންޒީމާގެއިން
އުނިކުރި މަސްއަލާގައި އަލްމަރުޙޫމް މުޙައްމަދު ޤާސިމްގެވާރިޘުން ސަރުކާރުގެ ފަރާތްތަކާ
ޝަކުވާކުރަމުން އައިސްފައިވާކަން ރަސްދޫ ކޯޓުގެ ނަންބަރު 2009/U2
-
C/32 ޤަޟިއްޔާގައި ހުށަހެޅިފައިވާ
ލިޔެކިޔުންތަކުންވެސް އެނގެންއޮތްކަން އެޤަޟިއްޔާގެ އިތުރު ބަޔާނުގެ 3 ވަނަ ނަންބަރުގެ (ނ) ގެ ދެވަނަ
ޕެރެގްރާފްގައި ވިދާޅުވެފައިވާކަމާއި، އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ އަލްމަރުޙޫމް މުޙައްމަދު ޤާސިމްގެ
ރިކާގެތެރެއިން އއ. ރަސްދޫގެ އައްސޭރިއެވެ ކިޔާ ބަންޑާރަ ގޯތީގައި ހުރި ޢިމާރާތްތަކާއި، ވަޅުފަދަތަންތަނާއި
އަދި އއ.ރަސްދޫ!ޕެންޒީމާގެއެވެ ކިޔާ ބަންޑާރަ ގޯތީގައި އުނި ނުކޮށްހުރި ޢިމާރާތްތަކާއި، ވަޅުފަދަތަންތަނާއި،
ތަކެތިކަމާއި އަދި ތަރިކާގެ މައްސަލަ ނިންމެވި ޤަޟިއްޔާގައި ތަރިކާގެގޮތުގައި ހުރި މުދަލެއް
ބުނެފައިނުވާއިރު، އެކަމަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހނނކމނ
6- ހަވަނަ ނުކުތާއަކީ، ޝަރީޢަތް ނިމުނުގޮތުގެރިޕޯރޓްގެ 4ވަނަ ނަންބަރުގައި ރަސްދޫ(ޕެންޒީމާގެ
ބިމުން 3650(ތިންހާސް ހަސަތޭކަ ފަންސާސް) އަކަފޫޓުގެ ބިން ކަނޑައި އެބިން އއ. ރަސްދޫ
މަދަރުސާދޮށުގޭ ގޯއްޗަށް ރަސްދޫ އޮފީހުން ޖައްސަވާފައިވަނީ އަލްމަރުޙޫމް މުޙައްމަދު ޤާސިމްގެ ވާރިޘުންގެ
ރުހުމުގެ މަތިންކަމަށް ބުނާބުނުމަކީ ރަސްދޫ އޮފީހުގައި އޭރު ހުންނެވި ކަތީބު ވިދާޅުވެފައިވާ ދޮގެއްކަމަށް
ވާރިޘުން ބުނާއިރު އަދި އެކަން އެގޮތަށް ހިނގާފައިވާކަން ދައުލަތަށް ޘާބިތުކޮށް ނުދެވޭހިނދު، އެކަމަށް
ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
7- ހަތްވަނަ ނުކުތާއަކީ، ރަސްދޫ ޕެންޒީމާގޭ ގޯތީގެމެދުން މަގެއް ކަނޑައި އެގޯތީގެ އެއްބައި
މަދަރުސާ ދޮށުގެއަށް އިތުރުކޮށްދީފައިވަނީ ދައުލަތުން ބަދަލު ނުދެއްވާކަން އެއޮފީހުގެ ލިޔެކިޔުންތަކުން
ފެންނަންހުރިކަމަށް އަރިއަތޮޅު އުތުރުބުރީ އަތޮޅުއޮފީހުން މެދުޕްރޮވިންސް އޮފީހަށް ފޮނުވާފައިވާ
ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/198
ނަންބަރު: 2009
/
1648/MC ( 04-08-2009) ގެ މެސެޖުން އެނގެންއޮތްއިރު އެކަމަށް
ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
o coox OC
8- އަށްވަނަ ނުކުތާއަކީ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 6ވަނަނަންބަރަށް ބަލާއިރު، އއ.ރަސްދޫ
ޕެންޒީމާގެ ރަޖިސްޓްރީ ހަދަން ގިނަގުނަ މަސައްކަތް ތަކެއްކޮށްގެންވެސް ރަޖިސްޓްރީ ނުލިބިވަންކަމާއި،
ރަޖިސްޓްރީ ނުކޮށްގެންނާއި އަދި ބިމާބެހޭ ޤާނޫނާއި، ޚިލާފުވުމުންކަމަށްބުނެ އެއްވެސް އެންގުމެއް އަންގާ
ބިމާބެހޭ ޤާނޫނުގެ ދަށުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު އަދި އަރިއަތޮޅު އުތުރުބުރީ
ރަސްދޫކޯޓުގެ ނަންބަރު 2005/U2C/16ޤަޟިއްޔާގައި އއ. ރަސްދޫ ޕެންޒީމާގެ އެވެކިޔާ ބަންޑާރަ
ގޯތީގައި ހުރިޢިމާރާތްތަކާ ވަޅުފަދަތަންތަނާ ތަކެއްޗަކީ އއ. ރަސްދޫ ޕެންޒީމާގެ އަލްމަރުޙޫމް މުޙައްމަދު
ޤާސިމްގެ ތަރިކާގައި ހިމެނޭ ތަކެތިކަން ވާރިސުންނާ ހެކިންގެ ހެކިބަހުން ސާބިތުވާކަމަށް ކަނޑައަޅުއްވާ
ނިންމަވާފައިވާއިރު މިކަންކަމަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
o coc
9- ނުވަވަނަ ނުތާއަކީ، ކަމެއްގެ ގޮތުގައި ދަންނަވާލަން ޖެހެނީ
ރަސްދޫ ޕެންޒީމާގެ
ގޯތީގެބިމާއި ޢިމާރާތް ޢަބްދުﷲ ޢަފީފުގެ ބައްޕަ އަލްމަރުޙޫމް މުޙައްމަދު ޤާސިމްއަށް ރަޖިސްޓްރީ
ކޮށްދެއްވާފައިވާކަން އެނގޭފަދަ ރަސްމީ ލިޔުމެއް ނުވަތަ ރަޖިސްޓްރީ، ހުށަހަޅާފައިނުވާކަމަށާއި، މަދަނީ
ޙައްޤެއް ސާބިތުކުރެވޭފަދަ އެއްވެސް ހެއްކެއް އެއްވެސްމީހަކަށް ދީފައިނުވާކަމަށް ވިދާޅުވެ އަރިއަތޮޅު
އުތުރުބުރީ ރަސްދޫ ކޯޓު ނަންބަރު 2009/U-2-C/32 ގެ ޤަޟިއްޔާ ގައި ހުށަހެޅުނު ހެކިންގެ
ހެކިބަހުން އއ. ރަސްދޫ ޕެންޒީމާގެ ގެއަކީ އަލްމަރުޙޫމް މުޙައްމަދު ޤާސިމްގެ ތަރިކައިގެ ތެރޭގައި
ހިމެނޭ ގެއެއްކަން އެނގެންއޮތްއިރު އއ. ރަސްދޫ ޕެންޒީމާގެ އަލްމަރުޙޫމް މުޙައްމަދު ޤާސިމްގެ
މިލްކުގައިވާ މުދަލެއް ނުވަތަ އޭނާގެ ނަމުގައިވާ ބިމަކުން ބައެއް ރަސްދޫ ޕޮރޮވިންސުން ބަދަލު ނުދެއްވާ
މީނާގެ ކިބައިން ވަކިކޮށްފައިވާކަން ސާބިތު ކޮށްދީފައިނުވާކަމަށް ކަނޑައަޅުއްވާ ޙުކުމް ކުރައްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
5
05
10- ދިހަވަނަ ނުކުތާއަކީ، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 10ވަނަނަންބަރުގެ ފުރަތަމަ
ޕެރެގްރާފްއަށް ބަލާއިރު ޤާނޫނު ނަންބަރު 26/76 އެއީހެއްކާބެހޭ ޤާނޫނުގެ (5) ވަނަނަންބަރުގައި
ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/198
0/259
مرمر
އަދި
ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމްކުރާކަމެއްގައި ހެއްކެއް ކަމުގައި ބެލެވޭނީ
ހަމައެލިޔުމަށް ކަމަށާއި، ނަމަވެސް އެލިޔުން ނެތުމީ ޤަބޫލުކުރެވޭފަދަ އުޒުރަކުންކަން ޝަރީޢަތުގެ
މަޖިލީހަށް ސާބިތުވެއްޖެނަމަ އޭގެބަދަލުގައި އެހެން ހެކި ޤަބޫލުކުރެވޭނެކަމަށްއޮތް
ރަސްދޫ ކޯޓުގެ ނަންބަރު 2005/U2C/16 ޤަޟިއްޔާއަށް ރިޢާޔަތް ނުކުރައްވާ މައްސަލަ
ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ،
3 - އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކޯޓު ނަންބަރު 2009/U
-
2
-
C/32 ޤަޟިއްޔާ ނިންމަވާފައި
ވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި
ޢަބްދުﷲ ޢަފީފުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ
0x2 22
.އެވެ"
(ހ) ފުރަތަމަ ކަމަކީ، ރަސްދޫ އުއްސޭރި ޢަބްދުﷲ ޢަފީފުގެ ފަރާތުން
އިސްތިއުނާފުކޮށްފައިވާ އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކޯޓު ނަންބަރު 2009/U
-
2
-
C/32 ޤަޟިއްޔާ
އަކީ ޢަބްދުﷲ އަފީފުގެ ބައްޕަ އަލްމަޙްރޫމް މުޙައްމަދު ޤާސިމުގެ ތަރިކާގައި ހިމެނޭ އއ."
އއ.ރަސްދޫ
ޕެންޒީމާގެ ގޯތި (މިހާރު ޢަބްދުﷲ ޢަފީފަށް ލިބިފައިވާ ޕެންޒީމާގެ ގޯތި، މިގޯއްޗަކީ އިހުޒަމާނުގެ ބޮޑު
ގޯއްޗެއްގެ ގޮތުގައި އޮއްވައި، އެގެއާއި ބަދިގެއާއި ދެމެދުން ކުރީ ޒަމާނުގައި މީހުން ހިނގާ ބިނގާވެ އުޅުނު
މަގު ރަސްދޫ އޮފީހުން ރަސްމީކޮށް 10 ފޫޓްގެ ފުޅާ ގޯޅިއެއް ހަދާ އެގޯޅީގެ އުތުރުން އޮތްބައި މަދަރުސާ
ދޮށުގޭ ގޯއްޗަށް ޖައްސާފައި ވާކަމަށާއި އަދި އެބިމުގައި ހުރި ނުއުފުލޭ މުދާ އއ.ރަސްދު އޮފީހުން މަދަރުސާ
ދޮށުގޭ ގޯއްޗަށް ޖައްސާފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ އެބިން އަނބުރާ ޕެންޒީމާގެ ގޯއްޗަށް
ހަމަޖައްސައިދިނުން އެދި އއ.ރަސްދޫ ކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެއް ކަމާއި
ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/198
ޖު 2
24
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޢަބްދުﷲ ޢަފީފުގެ ފަރާތުން ހުށަހެޅުމުން
މިމައްސަލައިގައި ހައިކޯޓުގައި އެންމެ ފުރަތަމަ އިސްތިއުނާފު ރައްދުވާފަރާތެއްގެ ޙައިސިއްޔަތުން
ޖަވާބުދާރީވެފައިވަނީ ދަޢުލަތުގެ އެޓާރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކަމާއި، ނަމަވެސް ޤާނޫނު
ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް
ޢަމަލުކުރަން ފެށުމާއެކު، އޭގެ ކުރިން އަތޮޅު އޮފީސްތަކުންނާއި ރަށު އޮފީސްތަކުން ކުރަމުން އައިސްފައިވާ
މަސައްކަތްތަކުގެ ތެރެއިން، ކަމާބެހޭ ކައުންސިލްތަކަށް، އެ ޤާނޫނުގެ ދަށުން ބަދަލުވެފައިވާ ކަންކަމުގައި،
ކޯޓުތަކުގައި ތަމްޘީލް ކުރައްވާނީ އެކަމާބެހޭ ކައުންސިލަކުންކަމަށް" ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު: 2011/04 ޢާއްމު ސިޓީއިން އެންގެވުމާއި ގުޅިގެން މިމައްސަލައިގައި ޖަވާބުދާރީ ވާންޖެހޭ
ފަރާތަކީ އއ.ރަސްދޫ ކައުންސިލް ކަމުން އެގޮތުގެ މަތިން އެކައުންސިލްގެ ފަރާތުން މިމައްސަލާގައި
ޖަވާބުދާރީވެފައިވެއެވެ.
(ށ) ދެވަނަކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި ހިމެނިފައިވާ އއ.ރަސްދޫ
ޕެންޒީމާގެއެވެ ކިޔާ ބަންޑާރަ ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަކީ މިމައްސަލަ އިސްތިއުނާފުކުރި
ފަރާތްކަމަށްވާ އއ. ރަސްދޫ އައްސޭރި ޢަބްދުﷲ ޢަފީފްގެ ބައްޕަ އަލްމަރުހޫމް މުޙައްމަދު ޤާސިމްގެ
ތަރިކާގައި ހުރި މުދާ ބެހުމަށްޓަކައި އއ. ރަސްދޫ ކޯޓަށް ހުށަހެޅުނު ޤަޟިއްޔާ ނަންބަރު -2-U/16"
2005/C ޤަޟިއްޔާއަށް ވެސް ހުށަހެޅިފައިވާ ރަޖިސްޓްރީ ކަން އެނގޭކަމާއި އެއީ ރަސްދޫ އޮފީހުގެ
ނަންބަރު 2
/
77170-I ރަޖިސްޓްރީކަމާއި އެރަޖިސްޓްރީގައި އެގޯތީގެ ވެރިފަރާތާއި އެގޯތި ޙަވާލުކުރެވުނު
ފަރާތް އެނގެން ނެތްކަން ފާހަގަކުރެވޭކަމާއި އަދި މިކަން ޢަބްދުﷲ ޢަފީފް ދަށުކޯޓުގެ ޝަރީޢަތަށް ދީފައިވާ
ބަޔާނުންވެސް އެނގޭކަމާއި، ނަމަވެސް އެގޯއްޗަކީ ޢަބްދުﷲ ޢަފީފުގެ ބައްޕަ އަލްމަރުހޫމް މުޙައްމަމދު
ޤާސިމް ނިޔާވުމާއި ހަމައަށްވެސް އޭނާގެ އަނބިދަރިންނާއިއެކު ދިރިއުޅެމުން ގެންދިޔަ ކަންކަންވެސް
ހުށަހެޅިފައިވާ ލިޔެކިޔުން ތަކުންނާއި ބަޔާންތަކުން އެނގެއެވެ.
ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/198
އއ. ރަސްދޫ
(ނ) ތިންވަނަކަމަކީ، އއ. ރަސްދޫ ޕެންޒީމާގެއެވެ ކިޔާ ގޯއްޗަކީ އިހުޒަމާނުގެ ބޮޑު
ގޯއްޗެއްކަމާއި އަދި އެގޯތީގެ ގެއާއި ބަދިގެއާއި ދެމެދުން ރަށު އޮފީހުން ގޯޅިއެއްހަދާ އަދި އެގޯތީގެ ބައެއް
ރަސްދޫ އޮފީހުން އެރަށު މަދަރުސާދޮށުގޭ ގޯއްޗަށް ޖެއްސުމުގެ ސަބަބުން ޕެންޒީމާގެ ގޯތީގެ ބިމުން
3750 އަކަފޫޓު ބިން އުނި ވެފައިވާކަމަށް އިސްތިއުނާފު ކުރެވިފައިވާ އއ. ރަސްދޫ ކޯޓުގެ ނަންބަރު
2009/C-2-!32 ޤަޟިއްޔާގެ ޝަރީޢަތަށް ޢަބްދުﷲ ޢަފީފުގެ ފަރާތުން ދީފައިވާ ބަޔާނުގައިވެސް
ބުނެފައިވާއިރު
ޢަބްދުﷲ ޢަފީފްގެ ބައްޕަ އަލްމަރުހޫމް މުޙައްމަދު ޤާސިމްގެ ތަރިކައިގެ މައްސަލަ
އއ.ރަސްދޫ ކޯޓަށް ހުށަހެޅުނު ޤަޟިއްޔާ ނަންބަރު 2005/U
-
2
-
C/16 ޤަޟިއްޔާއިން ބައްލަވާ މަރުހޫމް
މުޙައްމަދު ޤާސިމްގެ ތަރިކައިގެ ތެރޭގައި ހިމެނޭ އއ. ރަސްދޫ އައްސޭރިއެވެ. ކިޔާ ގެއާއި
ޕެންޒީމާގެއެވެ ކިޔާ ގެއާއި މިދެގެ ވާރިޘުންގެ މެދުގައި ބަހައި 21 އޭޕްރީލް 2007 ގައި މައްސަލަ
ނިންމަވާފައިވާއިރު މި ދެންނެވި ތަރިކައިގެ މައްސަލަ އއ. ރަސްދޫ ކޯޓުގައި ހިންގުނުއިރު އެ މައްސަލައިގެ
ތެރޭގައި ޕެންޒީމާގޭ ގޯތިން ނުވަތަ މަރްހޫމް މުޙައްމަދު ޤާސިމްގެ ތަރިކައިގައި ހިމެނޭ މުދަލުން ބައެއް
އެއްވެސް ފަރާތަކުން ބުނީ ކޮށްފައިވާކަމަށް ބަޔާންކުރެވިފައި ނުވާކަމާއި
އަދި އެޤަޟިއްޔާގެ ޙުކުމް އެއްވެސް ފަރާތަކުން އިސްތިއުނާފްކޮށްފައިވާކަން އެނގެން
ނެތުމުން އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ފައިޞަލާކުރަނިވި ޙުކުމުގެ ބާރު ދެމިއޮތް
އިސްތިޤްރާރުވެފައިވާ ޙުކުމެއްކަން އެނގޭކަމާއި، މަރްހޫމް މުޙައްމަދު ޤާސިމްގެ ތަރިކައިން ޢަބްދު
އަފީފަށް ލިބިގެންވާކަމަށް އއ. ރަސްދޫ ކޯޓުގެ ނަންބަރު 2005/U
-
2
-
C/16 ޤަޟިއްޔާގެ ޙުކުމުން
ކުނޑައަޅުއްވާފައިވާ މިންވަރަށް ވުރެން އިތުރު މިންވަރެއް އެތަރިކައިން ޢަބްދުﷲ ޢަފީފަށް ލިބިގެން
ވާކަމަށް ބެލެވޭފަދަ ޤާނޫނީ ނުވަތަ ޝަރުޢީ ހުއްޖަތެއް ނެތްކަން އިނގޭއިރު،
ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/198
ޢަބްދުﷲ ޢަފީފުގެ ބައްޕަ އަލްމަރުހޫމް މުޙައްމަދު ޤާސިމްގެ ތަރިކައިގައި ހިމެނޭ އއ.ރަސްދޫ
ޕެންޒީމާގެއެވެ ކިޔާ ބަންޑާރަ ގޯތިން ބައެއް ޤާނޫނީ ހަމަތަކާއި ޙިލާފަށް އއ. ރަސްދޫ އޮފީހުން
އުނިކޮށްފައިވާ ކަމަށް ޢަބްދުﷲ ޢަފީފުގެ ފަރާތުން ބުނާ ބުނުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން
ޝަރީޢަތަށް ސާބިތު ކުރެވޭވަރުގެ ހުއްޖަތެއް ހުށަހެޅިފައި ނުވާކަން އެނގެއެވެ.
އެހެންކަމުން، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމުން އަރިއަތޮޅު އުތުރުބުރީ ރަސްދޫ
ކޯޓުގެ ނަންބަރު 2009/U
-
2
-
C/32 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަން
ޖެހޭފަދަ ޤާނޫނީ ނުވަތަ ޝަރުޢީ ވިޔަސް ސަބަބެއް ނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
57
##
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވި ދިޔަ ގޮތަށް ހުރުމާއެކު އަރިއަތޮޅު
އުތުރުބުރީ ރަސްދޫ ކޯޓުގެ ނަންބަރު 2009/U
-
2
-
C/32 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ވިޔަސް ސަބަބެއް ނެތް ކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެމަތީން
ޙުކުމްކޮށްފީމެވެ.
ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv