ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/43 ޤަޟިއްޔާގެ ޙުކުމް
1
20j4/HC-A/43
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 43/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: ރަމީޒާ އިބްރާހީމް
އައިޑީ ކާޑު ނަންބަރ: A110299
#
کتریک
މެނޫރަންގެ{ބ.އޭދަފުނި
ލޭނޫރަންގެ/ބ.އޭދަފުށި
*
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: 1- ޢަލީ ޙަސަން
އައިޑީ ކާޑުނަންބަރު: A110939
ދާއިމީ އެޑްރެސް: އަނޯނާގެ ބ.އޭދަފުށި
މިހާރުގެ އެޑްރެސް: އަނޯނާގެ ބ.އޭދަފުށި
*
* ނަން: 2- ބ.އަތޮޅު ކައުންސިލްގެ އިދާރާ
އައިޑީ ކާޑުނަންބަރު:-
ދާއިމީ އެޑްރެސް: ބ.އަތޮޅު ކައުންސިލްގެ އިދާރާ
މިހާރުގެ އެޑްރެސް: ބ.އަތޮޅު ކައުންސިލްގެ އިދާރާ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 3 ފެބްރުއަރީ 2014 ނިމުނު ތާރީޚް: 27 ރަޖަބު 1435
23 ރަބީއުލްއާޚިރާ 1435
26 މެއި 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/F10C/37
ނިންމެވިކޯޓް: ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓް
މައްސަލައިގެ ބާވަތް: އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ޞައްޙަތޯ ބެލުން
ހުށަހެޅި ތާރީޚް: 2010-06-21 * ނިމުނު ތާރީޚް: 2013-04-18
•މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޔޫސުފް ޙުސައިން ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
އިއްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/43
• ދަޢުވާގެ ޚުލާޞާ
މިއީ، ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2010/F10C/37 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، ބ.އޭދަފުށީ ގުލޭނޫރަންގެ ރަމީޒް އިބްރާހީމް
(ދރ.ކާޑް ނަންބަރު:A110299) ގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި
އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ ބ.އޭދަފުށީ އަނޯނާގެ، އަލީ ޙަސަން އާއި ބ.އަތޮޅު ކައުންސިލްގެ އިދާރާ
5.
އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- އިސްތިއުނާފު މިކުރެވޭ ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2010/F10C/37
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ބ.އޭދަފުށީއަހިމާގޭ ޙުސައިން
މުޙައްމަދުގެ ނަމުގައިވާ އަހިމާގޭ ގިފިއްޔާއި، ގިފިލީގެ ވަޅުހުރި ބިމުގެ ސަރަހައްދު، ޙުސައިން މުޙައްމަދުއާއި
އެއްބަފާ ބ.އޭދަފުށީ ލީބިޔާ ޢަބްދުއްސައްތާރު މުޙައްމަދުގެ އަނބި ބ.އޭދަފުށީ ގުލޭނޫރަންގެ ރަމީޒާ އިބްރާހީމަށް
ޙުސައިން މުޙައްމަދު އޭނާގެ ޙަޔާތުގައި ހިބަކޮށްދީފައިވާ އިމަށްވުރެ ބިމުން ބޮޑުބައެއް ރަޖިސްޓްރީގައި
ހިމަނައިގެން އެބިން ބ.އޭދަފުށީ "ބްލޫމީޑްވިލް" ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާކަމަށްބުނެ، އެ ރަޖިސްޓްރީ
ޞައްޙަ ރަޖިސްޓްރީ އެއްތޯ ނުވަތަ ނޫންތޯ ޝަރީޢަތުން ކަނޑައަޅުއްވައި ދެއްވުން އެދި ޙުސައިން
މުޙައްމަދުގެ އެއްބަނޑު އެއްބަފާ އުޚްތު ބ.އޭދަފުށީ އަނޯނާގެ ޢާއިޝަތު މުޙައްމަދުގެ ދަރި ބ.އޭދަފުށީ އަނޯނާގޭ
ޢަލީ ޙަސަން ގެ ފަރާތުން ދަޢުވާކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި،
ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ބ.އޭދަފުށި، އަނޯނާގޭ ޢާއިޝަތު މުޙައްމަދުގެ އެއްބަނޑު
އެއްބަފާ ބޮޑު ބޭބެ ބ.އޭދަފުށި އަހިމާގޭ ޙުސައިން މުޙައްމަދުގެ ނަމުގައިވާ އަހިމާގޭ ގިފިއްޔާއި، ގިފިލީގެ
ވަޅުހުރި ބިމުގެ ސަރަހައްދު ބޮޑުބޭބެ އާއި އެއްބަފާ ބ.އޭދަފުށީ "ލީބިޔާ" ޢަބްދުއްސައްތާރު މުޙައްމަ
.: 04
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2014/HC-A/43
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބ.އޭދަފުށީ ގުލޭނޫރަންގެ ރަމީޒާ އިބްރާހީމަށް ބޮޑުބޭބެ އޭނާގެ ޙަޔާތުގައި ހިބަކޮށްފައިވާ އިމަށްވުރެ ބިމުން
ބޮޑުބައެއް ރަޖިސްޓްރީގައި ހިމަނައިގެން އެބިން ބ.އޭދަފުށީ "ބްލޫމީޑްވިލާ" ގެ ނަމުގައި ރަޖިސްޓްރީ
ކޮށްފައިވާތީ އެ ރަޖިސްޓްރީ އަކީ ސައްޙަ ރަޖިސްޓްރީއެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅައި ދިނުމަށް އެދި،
ބ.އޭދަފުށީ އަނޯނާގެ އަލީ ހަސަން ދަޢުވާކުރި ހިނދު، ބ.އޭދަފުށީ އަހީމާގެ ޙުސައިން މުޙައްމަދުގެ މިލްކުން
ކަނޑައި ބ.އޭދަފުށީ ގުލޭނޫރަންގެ ރަމީޒާ އިބްރާހީމަށް ހިބަކޮށްފައިވަނީ ބ.އޭދަފުށި އަހިވާގޭ ގިފިއްޔާއި،
ގިފިލީގެ ވަޅުކަން މިކޯޓުގެ ނަންބަރ 01/95 (26 މާރޗް 1995) “ބަފަތުން އެގެން އޮންނާތީ އާއި މި
ޤަޟިއްޔާ އާއި ގުޅިގެން ޙާޟިރު ކުރެވުނު ހެކިންގެ ހެކިބަހަށް ބަލާއިރު އެގޯތީގައި ހުރި ވަޅާއި އެ ވަޅު ހުރި
ގިފިލީގެ ހުޅަނގު ފަރާތުންނާއި، އުތުރުންވެސް ހުސްބިން އޮތްކަން ހެކިބަސް ލިބިފައިވާތީ އާއި ބ.އޭދަފުށި
"ބްލޫމީޑްވިލާ" އެވެ ކިޔާ ބަންޑާރަ ގޯތީގެ ރަޖިސްޓްރިއަށް ބަލާއިރު އެރަޖިސްޓްރީ ހަދާދީފައިވަނީ
ހިބަކުރެވިފައިވާ މިނަށްވުރެ ބޮޑުކޮށްކަން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނާތީ ބ.އޭދަފުނީ
ބްލޫމްޑްވިލް" އެވެ ކިޔާ ބަންޑާރަ ގޯއްޗަށް ހަދާދީފައިވާ ރަޖިސްޓްރީ ހަދާފައިވަނީ ހިބަކުރެވިފައިވާ ބިމަށްވުރެ
ބޮޑުކޮށް ކަމަށް ހެކިންގެ ހެކި ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި،
ބ.އޭދަފުށީ "ބްލޫމީޑްވިލާ" އެވެ ކިޔާ ބަންޑާރަ ގޯއްޗަށް އެއިރުގެ ބ.އަތޮޅުއޮފީސް (ބ.އަތޮޅު ކައުންސިލް) އިން
ހަދާދީފައިވާ ރަޖިސްޓްރީ ނަންބަރު F10
/
98
/
3 ރަޖިސްޓްރީ އަކީ ބާޠިލް ރަޖިސްޓްރީ އެއްކަމަށް ޙުކުމް
ކޮށްފީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
CCCX
އޮވެއެވެ.
ހއ 2
3
4
3
2
02- އިސްވެ
ގޮތުގެމަތީން ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2010/F10C/37 ޤަޟިއްޔާގެ ޙުކުމާގުޅިގެން ބ.އޭދަފުށީ ގުލޭނޫރަންގެ ރަމީޒާ އިބްރާހީމްގެ ފަރާތުން
އެމައްސަލަ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/43
#
ނުކުތާއެވެ.
4
* ފުރަތަމަ ނުކުތާއަކީ: ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި، އެ މައްސަލާގެ ބާވަތަށް
ބައްލަވައި، ރިޢާޔަތްކުރަންޖެހޭ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް ޙުކުމް ކަނޑައެޅުމަކީ ޝަރީޢަތުން
މައްސަލަތައް ބައްލަވައި ނިޔާ ކަނޑައެޅުމުގައި ޢަމަލުކުރެވޭ އުޞޫލަކަށްވާއިރު، ބ.އޭދަފުށީ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2010/F10C/37 ޤަޟިއްޔާ ނިންމަވާފައިވަނީ އެ އުޞޫލާއި ޚިލާފަށްކަމަށްބުން
ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/F 10C/37
ޤަޟިއްޔާގެ ޙުކުމުގައި، ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި އަދި ހެކިންގެ ހެކިބަހުން ބްލޫކީޑްވިލާ އަށް ރަޖިސްޓްރީ
ހަދާދީފައިވަނީ ހިބަކުރެވިފައިވާ މިނަށްވުރެ ބޮޑުކޮށްކަން ސާބިތުވާކަމަށް ކަނޑައަޅައި، ބްލޫމީޑްވިލާގެ
ރަޖިސްޓްރީއަކީ ޞައްޙަނޫން ރަޖިސްޓްރީއެއްކަމަށް ބަލައި ރަޖިސްޓްރީ ބާޠިލްކޮށް ނިންމާފައިވަނީ ޤާނޫނު
ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއާ ޚިލާފަށްކަމަށްބުނެ ފާހަގަކޮށްފައިވާ
ތިންވަނަ ނުކުތާއަކީ: ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/F 10C/37
ޤަޟިއްޔާ ނިންމާފައިވާ ނިންމުމަކީ ދެބަސްވުން އުފެދޭ ގޮތަށް އޮޅުންއަރާ ގޮތަށް ދެބަސްވުމަށް ނިމުމެއް
ނުގެނެވޭނެ ފަދަ ގޮތަކަށް އެ ޙުކުމާމެދު އިތުރު ސުވާލު އުފެދޭ ގޮތަށް
އުފެދޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވާތީ އެ
ނިންމުމަކީ ޙުކުމް ކަނޑައެޅުމުގައި ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
RU/2010 ރޫލިންގައި
ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: އިސްތިއުނާފު ރައްދުވާ ފަރާތުން ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް
ހުށަހެޅި ދަޢުވާއަކީ އަލްމަރްޙޫމް ޙުސައިން މުޙައްމަދު ތަރިކައާ ގުޅުންހުރި މައްސަލައެއް ކަމުގައިވާއިރު، އެ
ޤަޟިއްޔާ ނިންމާފައިވަނީ ތަރިކައިގެ މައްސަލަތަކުގައި ޢަމަލުކުރަމުން ގެންދަވާ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
03- ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާ ގުޅިގެން ބ.އޭދަފުށީ މެޖިސްޓްރޭޓް އިޓުގެ
ނަންބަރު 2010/F10C/37 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2014/HC-A/43
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނުޖެހޭކަމަށް ބުނެ ބ.އޭދަފުށީ) ގުލޭނޫރަންގެ ރަމީޒާ އިބްރާހީމް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި
ކުންeއeއ
ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/F10C/37
ޤަޟިއްޔާގައި ބ.އޭދަފުށީ އަނޯނާގޭ ޢަލީ ޙަސަން ހުށަހަޅާފައިވާ މައްސަލައަކީ، ބ.އޭދަފުށީ އަހިމާގޭ ޙުސައިން
މުޙައްމަދުގެ ނަމުގައިވާ އަހިމާގޭ ގިފިއްޔާއި، ގިފިލީގެ ވަޅުހުރި ބިމުގެ ސަރަޙައްދު، ޙުސައިން މުޙައްމަދު އާއި
އެއްބަފާ ބ.އޭދަފުށީގެ ލީބިޔާ ޢަބްދުއްސައްތާރު މުޙައްމަދުގެ އަނބި ބ.އޭދަފުށީ ގުލޭނޫރަންގެ ރަމީޒާ
އިބްރާހީމަށް، ޙުސައިން މުޙައްމަދު އޭނާގެ ޙަޔާތުގައި ހިބަކޮށްދީފައިވާ އިމަށްވުރެ ބިމުން ބޮޑުބައެއް
ރަޖިސްޓްރީގައި ހިމަނައިގެން، އެބިން ބ.އޭދަފުށީ "ބްލޫކީޑްވިލާ” ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާކަމަށްބުނެ،
އެ ރަޖިސްޓްރީ އަކީ ޞައްޙަ ރަޖިސްޓްރީ އެއްތޯ ނުވަތަ ނޫންތޯ ޝަރީޢަތުން ކަނޑައަޅުއްވައި ދެއްވުން އެދި
ހުށަހަޅާފައިވާ މައްސަލައެއްކަމާއި، އެމައްސަލަ ސާބިތުކުރުމަށްޓަކައި ޢަލީ ޙަސަންގެ ފަރާތުން ބ.އޭދަފުށި
މޫންލައިޓް ޢަބްދުއްސައްތާރު މުޙައްމަދު (ދ.ރ.ކާޑް ނަންބަރު:10919
A1) އާއި، އެރަށު ކަޝްމީރު ޔޫސުފް
ޙަސަން (ދ.ރ.ކާޑް ނަންބަރު:A079328) އާއި، ދަފްތަރު ނަންބަރު:4490،
(ދ.ރ.ކާޑް ނަންބަރު:A080539) އާއި މި ތިން މީހުން ހެކީންގެ ގޮތުގައި ހުށަހަޅާފައިވާކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
3.2- ދެވަނަ ކަމަކީ: ޙުސައިން މުޙައްމަދުގެ ފަރާތުން ރަމީޒާ އިބްރާހީމަށް ކުރި ހިބައިގެ
ޤަޟިއްޔާ ނަންބަރު:1995/F.10
-
C/4) ގެ ރިޕޯޓަށް ބަލާއިރު، ޙުސައިން މުޙައްމަދުގެ ފަރާތުން ހިބަކުރުމުގެ
ގޮތުން ބުނެފައިވާ ބަހީ، އަޅުގަނޑު ތަޞައްރަފް ފުދޭ ހެޔޮ ޙާލުގައިހުރެ، އަޅުގަޑުގެ މިލްކުގައިވާ ބ.އޭދަފުނީ
އަހިމާގެ ގިފިއްޔާ ގިފިލީގެ ވަޅު އަޅުގަނޑުގެ މިލްކުން ކަނޑައި އަޅުގަނޑުގެ އެއްބަފާ ކޮއްކޮގެ އަނއި
ގުލޭނޫރަންގޭ ރަމީޒާ އިބްރާހީލް އަށް (ބ.އޭދަފުށީ ސާދާގެ ޢުމަރު ޙުސައިންއާ ދެވިނަގޭ އަބްދު
އަނއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
i
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/43
Iu
ޙަސަންއާ ދެމީހުން ހެކިކޮށް) ހިބައިން ދީފީމެވެ." މިފަދައިންކަމާއި، ހިބަ ލިބުނު ފަރާތުން ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާ ބަހީ، "ޙުސައިން މުޙައްމަދު އަޅުގަނޑަށް އެކުޅަ ހިބަ ޤަބޫލުކޮށް ބަލައިގެންފީމެވެ."
މިފަދައިންކަމާއި،
ހިބައިން ދިނުމުގެ ގޮތުންނާއި، ހިބަ ބަލައިގަތުމުގެ ގޮތުން ދެފަރާތުން ދީފައިވާ ބަޔާނުގައި
ހިބަކުރާ ސަރަޙައްދުގެ މިންތައް ބަޔާންކޮށްފައިނުވާކަން ފާހަގަކުރެވެންއޮތްއިރު، އެ ހިބައަކީ ޝަރުޢީ ހަމަތަކުގެ
މަތިން ޞައްޙަ ހިބައެއްކަމަށް އެޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅުއްވައި އެގޮތުގެ މަތިން ނިންމެވިއިރުވެސް
ހިބަކުރި ސަރަޙައްދުގެ މިންތައް ކަނޑައަޅުއްވާފައި ނުވާކަން ފާހަގަކުރެވެއެވެ.
3.3- ތިންވަނަ ކަމަކީ: އިސްތިއުނާފް މިކުރެވޭ ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2010/F10C/37 ޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، ބ.އޭދަފުށީ "ބްލޫމީޑްވިލާ" އެވެ ކިޔާ
ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އަށް ބަލާއިރު އެރަޖިސްޓްރީ ހަދާފައިވަނީ ހިބަކުރެވިފައިވާ މިނަށްވުރެ
ބޮޑުކޮށްކަން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމަށް ވިދާޅުވެފައިވާއިރު، އެއީ ކޮން
ލިޔުންތަކެއް ކަމެއް އެ ޙުކުމުގައި ބަޔާންކޮށްފައިނުވާތީ، އެކަން ދެނެގަތުމުގެ ގޮތުން އެރިޕޯޓަށް ބެލިއިރު،
އެޤަޟިއްޔާއާއި ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކަކީ، އެމައްސަލަ ހުށަހެޅި ފަރާތުން ހުށަހެޅި ދަޢުވާ ފޯމާއި،
ބ.އޭދަފުށީ އަހިމާގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ ކޮޕީއާއި، ބ.އަތޮޅު ކޯޓުގެ ނަންބަރު 2/75
މިލްކުވެރިކަން ޘާބިތުކޮށްދޭ ލިއުމުގެ ކޮޕީއާއި، ބ.އޭދަފުށީ ކޯޓުގެ ނަންބަރު 1/95 (ހ) (1995/03/23)
ހިބަފަތުގެ ކޮޕީއާއި މި ހަތަރު ލިޔުންކަމާއި، މިލިޔުންތަކަށް ބަލާއިރު، އެއިން އެއްވެސް ލިޔުމެއްގައި،
ބ.އޭދަފުށީ އަހިމާގޭ ޙުސައިން މުޙައްމަދުގެ ފަރާތުން ބ.އޭދަފުށީ (ގުލޭނޫރަންގެ ރަމީޒާ އިބްރާހީމަށް ހިބަކުރި
ބައިގެ ބޮޑުމިން ބަޔާންކޮށްފައި ނުވާކަން އެނގެން އޮންނަކަމާއި،
އަދި މީގެ އިތުރުން ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/F10C/37
ހަދާދީފައިވާ ރަޖިސްޓްރީ ހަދާދީފައިވަނީ ހިބަކުރެވިފައިވާ ބިމަށްވުރެ ބޮޑުކޮށްކަމަށް ހެކީންގެ ހެކިބަހުރ އެނގެ
4 0
20 8
8
800
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
2014/HC-A/43
ނަމަށް ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމާއި ގުޅިގެން އެއްގަޑި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އޮންނަކަމަށް ބަޔާންކޮށްފައިވާތީ، އެޤަޟިއްޔާގައި ހެކިބަސްދީފައިވާ ހެކީންގެ ބަޔާންތަކަށް ހައިކޯޓުގެ
މިޤަޟިއްޔާގައި ރިޢާޔަތްކޮށް ބެލިބެލުމުން،
އޭގެތެރެއިން ބ.އޭދަފުށީ މޫންލައިޓް ޢަބްދުއްސައްތާރު މުޙައްމަދުގެ ބަޔާނުގައި، "ބ.އޭދަފުށި
އަހީމާ އެވެ ކިޔާ ބަންޑާރަ ގޯތީގައިހުރި ވަޅާއި، ވަޅުހުރި ގިފިލި ރަމީޒާ އިބްރާހީމްއަށް ހިބަކުރެވިފައިވާ ކަމުގެ
މަޢުލޫމާތެއް އަޅުގަނޑަކަށް ލިބިފައެއް ނެތެވެ." މިފަދައިން ބުނެފައިވާކަމާއި، އަދި ހެކީންގެ ތެރެއިން
ބ.އޭދަފުށީ ކަޝްމީރު ޔޫސުފް ޙަސަން ދީފައިވާ ހެކިބަޔާނުގައި، "އެދުވަސްވަރު އަޅުގަނޑު ހުރީ ބ.އޭދަފުށީ
އޮފީހުގެ ކުޑަކަތީބެއްގެ މަޤާމްގައެވެ. އެހެންނަމަވެސް "ބްލޫމީޑްވިލާ" ގޯތީގައި މިންއަޅަން އަޅުގަނޑު ނުދަމެވެ.
އަދި ހިބަކުރެވިފައިވާ ބައިގެ ބޮޑުމިނެއްވެސް އަޅުގަނޑަކަށް ނޭގެއެވެ." މިފަދައިން ބުނެފައިވާކަމާއި، އަދި
ތިންވަނަ ހެކިވެރިޔާގެ ބަޔާނަށް ބަލާއިރުވެސް ޙުސައިން މުޙައްމަދުގެ ފަރާތުން ރަމީޒާ އިބްރާހީމަށް ހިބަކުޅަ
އޭރިޔާގެ ބޮޑުމިނެއް ކަނޑައެޅިގެން އެނގޭކަމަށް ބުނެފައި ނުވާކަން ފާހަގަކުރެވެން އޮންނަ އޮތުމުން،
އެއިން އެއްވެސް ހެއްކަކަށް ޙުސައިން މުޙައްމަދު ހިބަކުރި ތަނުގެ ބޮޑުމިން އެނގިފައިނުވާކަމާއި، އަދި
"ބްލޫމީޑްވިލާ" އެވެ ކިޔާ ބަންޑާރަ ގޯއްޗަށް ހަދާދީފައިވާ ރަޖިސްޓްރީ ހަދާދީފައިވަނީ ހިބަކުރެވިފައިވާ
މިންވަރަށްވުރެ ބޮޑުކޮށްކަންވެސް އެމީހުންނަށް އެނގިފައި ނުވާކަން ފާހަގަކުރެވެއެވެ.
3.4- ހަތަރުވަނަ ކަމަކީ އިސްތިއުނާފު މިކުރެވޭ ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2010/F10C/37 ޤަޟިއްޔާގައި ބ.އަތޮޅު ކައުންސިލްގެ ފަރާތުން ޝަރީޢަތަށް ހާޒިރުވި ފަރާތުން
ދައްކާފައިވާ ވާހަކައަށް ބަލާއިރު، "ބްލޫމީޑްވިލާ" އެވެ ކިޔާ ބަންޑާރަ ގޯއްޗަށް ހަދާދީފައިވާ ރަޖިސްޓްރީ
ހަދާދީފައިވަނީ ހިބައިގެ ޤަޟިއްޔާ އަޞްލަކަށް ބަލައިގެން ކަމާއި، ހިބައިގެ ޤަޟިއްޔާގެ ޙުކުމުގައި ހިބަ
ކުރެވުނު ސަރަޙައްދުގެ ބޮޑުމިން ބަޔާންކޮށްފައި ނުވިނަމަވެސް، ރަޖިސްޓްރީ ހެއްދުމަށް ހުށަހެޅުނުއިރު
އަތޮޅުއޮފީހަށް ހުށަހެޅިފައިވަނީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅުނު ބިމުގެ މިންތަކާއެކުކަން އެނގެން އޮންނަކަމާއި،
ހިބައިން ލިބުނު ފަރާތުން އެތަން އޭނާގެ
އިދާރާއިން އެތަނުގައި މިންއަޅައި އެތަނުގެ އިންވަކިކޮށް، ހިބަލިބުނު ފަރާތަށް އެތަނުގެ
ޗ 2ދ8
އއަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/43
ހދ
އެންއަށް
ހައްދާދީފައިވަނީ، ހިބަކުރި ފަރާތް ދުނިޔޭގައި ހުއްޓާ އޭނާގެ ޙާޟިރުގައި އެނގުމާއި ފެނުމުގެ
ތެރެއިން ކަމާއި، ހިބަކުރި ތަނުގެ އިމާބެހޭގޮތުން އޭނާގެ ދުނިޔޭގައި އެއްވެސް ޝަކުވާއެއް ކޮށްފައިވާކަން
އެނގެން ނެތްކަމަށް ހިބައިން ލިބުނު ރަމީޒާ އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާ ބުނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިޢުތިރާޝްކޮށްފައި ނުވާކަން
ފާހަގަކުރެވެއެވެ.
3.5- ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ޤަޟިއްޔާގެ އަޑުއެހުން ނިމުނު ކަމަށް
08 އޭޕްރީލް 2014 ގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި އިޢުލާންކޮށް، އޭގެ ފަހުން މައްސަލަ ދިރާސާކޮށް
ޙުކުމްކުރުމަށްޓަކައި ތައްޔާރުވެފައިވަނިކޮށް، އިސްތިއުނާފު ރައްދުވާ އެއްފަރާތްކަމުގައިވާ ޢަލީ ޙަސަންގެ
ފަރާތުން 15 މެއި 2014 ގައި ސިޓީއެއް ފޮނުވައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ އަޑުއެހުން
އޯޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިން ކުރިއަށް ގެންދިޔައިރު ފަނޑިޔާރުން ދެއްކިވާހަކަ ސާފު ނުވާކަމަށާއި،
މިހާރު އޭނާގެ ފަރާތުން ޤާނޫނީ ވަކީލަކާއެކު ވާހަކަ ދެއްކުމަށް ބޭނުންވާކަމަށްބުނެ، އިތުރު އަޑުއެހުމެއް ބާއްވައި
ދިނުމަށް އެދިފައިވާތީ، އޯޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިން ބޭއްވި އަޑުއެހުމުގެ ރެކޯޑިންގ އަޑުއަހާ އެއަށް
ރިޢާޔަތްކުރެވިފައިވާކަމާއި،
އެދުވަހުގެ އަޑުއެހުމުގައި ޢަލީ ޙަސަން އާ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން
ކުރި ސުވާލުތަކުގެ ޖަވާބު ދީފައިވަނީ އެސުވާލުތަކާ ގުޅޭގޮތަށްކަމަށްވާތީ، ޢަލީ ޙަސަން އަށް ހައިކޯޓުގެ
ފަނޑިޔާރުން އެމަޖިލީހުގައި ދެއްކިވާހަކަ ސާފުވެފައިވާކަން އެނގޭކަމާއި، އަދި ޢަލީ ޙަސަން އެދުވަހުގެ
އަޑުއެހުމުގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށް ވިދާޅުވުމުން މައްސަލަ ބައްލަވާ ހައިކޯޓުގެ
ފަނޑިޔާރުންގެ ތެރެއިން ރިޔާސަތު ބެލެހެއްޓި ފަނޑިޔާރު ޢަލީ ޙަސަން އާ މުޚާތަބްކޮށް އިތުރު އަޑުއެހުމެއް
މިޤަޟިއްޔާއާ ގުޅިގެން ބާއްވާނީ ދައްކާނެ އިތުރު ވާހަކަ ހުރިކަމަށްވާނަމަ ކަމަށް ވިދާޅުވުމުން، އިތުރަށް
ދައްކާނެ ވާހަކެއް ނެތްކަމަށް ޢަލީ ޙަސަންގެ ފަރާތުން އެދުވަހުގެ އަޑުއެހުމުގައި ސާފު
ވިދާޅުވެފައިވާތީއާއި، އަދި މިޤަޟިއްޔާގައި ހިމެނޭ އެހެން ފަރާތްތަކުންވެސް އިތުރަށް ދައްކާ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
9
2014/HC-A/43
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނެތްކަމަށް ވިދާޅުވެފައިވާތީ، އަޑުއެހުން ނިމުނުކަމަށް އެދުވަހު އިޢުލާން ކުރެވިފައިވާކަމާއި، އެދުވަހުގެ
އަޑުއެހުމުގައި ޢަލީ ޙަސަންގެ ފަރާތުން އެދިފައިވާ ހަމައެކަނި ކަމަކީ، ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2010/F10C/37 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައިކަން
ޝަރީޢަތުން ބައްލަވައި ކަށަވަރު ކޮށްދިނުންކަމާއި، އެސަބަބަށްޓަކައި އެކަން ބެލުމުގެ ގޮތުން ހައިކޯޓުން
ބެލި ބެލުމުން ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/F10C/37 ޤަޟިއްޔާ ނިންމާފައިވާ
18 އޭޕްރީލް 2013 ތާރީޚާއި އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ 12 ޖެނުއަރީ
2014 ގެ ތާރީޚާއި ދެމެދުގައިވާ ދުވަސްތައް، ޤާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރަށާއި، އެމާއްދާގެ (ށ) އަށް ރިޢާޔަތްކޮށް
ގުނުމުން، ރަމީޒާ އިބްރާހީމްގެ ފަރާތުން އެމައްސަލަ ހުށަހަޅާފައިވަނީ 176 ދުވަހުގެ ތެރޭގައިކަން އެނގެން
އޮންނާތީ، އެޤަޟިއްޔާގެ އިސްތިއުނާފު ހައިކޯޓުން ބަލައިގަނެފައިވަނީ ޤާނޫނުގައި ބުނެފައިވާ މުއްދަތުގެ
ތެރޭގައިކަން ފާހަގަކުރެވޭކަމާއި،
އަދި ރަމީޒާ އިބްރާހީމްގެ ފަރާތުން ހައިކޯޓުގެ ޤަޟިއްޔާ ހުށަހެޅުމާ ގުޅިގެން މިޤަޟިއްޔާގައި
ހިމެނޭ އެންމެހައި ފަރާތްތަކަށް ލިޔުމުން އެންގިފައިވާ އެންގުމުގައި، މައްސަލާގެ ޝަރީޢަތުގެ މަޖިލީހަށް
ހާޒިރުވުމަށް ޤާނޫނީ ވަކީލަކު ހަމަޖައްސާނަމަ ނުވަތަ ބަދަލުގައި މީހަކު ހަމަޖައްސާނަމަ، 05 (ފަހެއް) ދުވަހުގެ
ތެރޭގައި ލިޔުމަކުން ހައިކޯޓަށް ހުށަހަޅައި ހައިކޯޓުގެ ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން އެކަން ހަމަޖެއްސުމަށް
އަންގާ ސޮއިކުރުވާފައިވާކަމާއި، ނަމަވެސް އޭގެ ފަހުން 08 އޭޕްރީލް 2014 ގައި މިޤަޟިއްޔާގެ އަޑުއެހުން
ބޭއްވުނު އިރުވެސް ޢަލީ ޙަސަންގެ ފަރާތުން ޤާނޫނީ ވަކީލަކު ހަމަޖައްސާފައި ނުވާކަމާއި، އަދި އެދުވަހުގެ
ޝަރީޢަތުގެ މަޖިލީސް ކުރިއަށް ދިޔައިރުވެސް އެފަދައިން އެދިފައިނުވާކަން ފާހަގަކުރެވޭތީ، މިޤަޟިއްޔާގެ
އެތަށް ދުވަހެއް ފަހުން މިޤަޟިއްޔާގައި ޙުކުމްކުރުމަ ތައްޔާރުވެފައިވަނިކޮށް،
މައްސަލައާއި ގުޅިގެން ޤާނޫނީ ވަކީލަކާއެކު ވާހަކަ ދެއްކުމަށްޓަކައި އިތުރު އަޑުއެހުމެއް
4 2
އަޑުއެހުން ނިމި
އޭގެ
ފިލްށް
OU
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/43
ޚި2 28
26
5
3c 29
ހމއކ6
ޙަސަންގެ ފަރާތުން އެދިފައިވިޔަސް، ޤަޟިއްޔާއާއި ގުޅިގެން އިތުރު އަޑުއެހުމެއް
ހުމެއް ބާއްވާންޖެހޭ ސަބަބެއް
އޮތްކަމަކަށް މިޤަޟިއްޔާ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަކަށް ނުފެނުނެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި
ސަބަބުތައް އެފަދައިން
ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/F10C/37 ޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ
ޙުކުމުގައި، ބ.އޭދަފުށީ "ބްލޫމީޑްވިލް" އެވެ ކިޔާ ބަންޑާރަ ގޯއްޗަށް ރަޖިސްޓްރީ ހަދާދީފައިވަނީ،
ހިބަކުރެވިފައިވާ ބިމަށްވުރެ ބޮޑުކޮށްކަން ހެކީންގެ ހެކިބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ މިޤަޟިއްޔާ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުހިނދު، އެޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަން
ޖެހޭނެކަމަށް މިޤަޟިއްޔާ ބެލި ހުރިހާ ފަނޑިޔާރުންނަށްވެސް
އެއްބަސް ވެވިފައިވެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ބ.އޭދަފުށީ އަހިމާގޭ
ޙުސައިން މުޙައްމަދުގެ ނަމުގައިވާ އަހިމާގޭ ގިފިއްޔާއި، ގިފިލީގެ ވަޅުހުރި ބިމުގެ ސަރަޙައްދު، ބ.އޭދަފުށީ
ގުލޭނޫރަންގެ ރަމީޒާ އިބްރާހީމަށް ހިބަކޮށްފައިވާ އިމަށްވުރެ ބިމުން ބޮޑުބައެއް ރަޖިސްޓްރީގައި ހިމަނައިގެން
އެބިން ބ.އޭދަފުނީ "ބްލޫމީޑްވިލާ" ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާކަން ހެކިންގެ ހެކި ބަހުންނާއި
ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ޘާބިތުވާކަމަށް ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
F10/37 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ ބެލި އެއްވެސް ފަނޑިޔާރަކަށް އެއްބަސްވެވިފައި ނުވާތީ ތިރިކޮށް ދީފައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/43
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/F10C/37 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލް ކަމަށް
މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv