ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/143 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/143
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 143/HC-A/2011
• އިސްތިއުނާފު ކުރިފަރާތް:
* ނަން: އަޙްމަދު ތަސްމީން ޢަލީ
އައިޑީ ކާޑު ނަންބަރ: A009475
ރުވާމާގެ
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
ސީރާޒީގެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އަޙްމަދު ނާޝިމް
އައިޑީ ކާޑު ނަންބަރ: A046840
: ދާއިމީ އެޑްރެސް: މ. ނިޔަނދުރު
މިހާރުގެ އެޑްރެސް:
އާބިން
14
0
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 ރަޖަބް 1432
09 ޖޫން 2011
ނިމުނު ތާރީޚް: 13 ޖުމާދިލްއާޚިރު 1434
23 އޭޕްރީލް 2013
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cv-C/1737
ނިންމިކޯޓް: ސިވިލް ކޯޓް
ޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނު ތާރީޚް: 29 ޑިސެމްބަރ 2010 = ނިމުނު ތާރީޚް: 21 އޭޕްރީލް 2011
0
0
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު އަޙްމަދު ޝަރީފު ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2011/HC-A/143
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1737 ޤަޟިއްޔާ، ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި
އަޙްމަދު ތަސްމީން ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ މ. ނިޔަނދުރު އަޙްމަދު ނާޝިމްއެވެ.
ރުމަގެ
CCCO
ކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1737 ޤަޟިއްޔާ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި
ހ.ރުވާމާގެ އަޙްމަދު ތަސްމީން ޢަލީގެ ފަރާތުން ހުށަހަޅާފައިވެއެވެ.
ރިޕޯޓަށް
02- ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/1737 ޤަޟިއްޔާ ނިމުނުގޮތުގެ
ބެލިއިރު، އެޤަޟިއްޔާއަކީ ނިޔަނދުރު | މާލެ، އަޙްމަދު ނާޝިމްގެ އަތުން ހ. ރުވާމާގެ އަޙްމަދު
ތަސްމީން ޢަލީ އަނބުރާ ދައްކާގޮތަށް ނަގާފައިވާ ފައިސާގެ ތެރެއިން މިހާތަނަށް ނުދީވާ -/
1,920,000ރ.
(އެއްމިލިއަން ނުވަލައްކަ ވިހިހާސް ރުފިޔާ) ދެއްކުމަށް ތަކުރާރުކޮށް އެންގުމުންވެސް އެފައިސާ ދީފައިނުވާތީ
އާއި ދެފަރާތުގެ މެދުގައި އޮތް ގާތްކަން ނުގެއްލޭނެ ގޮތުގެމަތިން، 25 ނޮވެމްބަރ 2010 ވަނަ ދުވަހުގެ
ކުރިން އެފައިސާ ދެއްކުމަށް އަޙްމަދު ތަސްމީން ޢަލީއަށް އަޙްމަދު ނާޝިމްގެ ފަރާތުން 12 ނޮވެމްބަރ 2010
ވަނަ ދުވަހު އެންގުމުންވެ-
ގުމުންވެސް އެފައިސާގެ ތެރެއިން އެއްވެސް މިންވަރެއް ދައްކާފައިނުވާކަމަށްބުނެ، އަޙްމަދު
ނާޘިމްގެ އަތުން އަޙްމަދު ތަސްމީން ޢަލީ ނަގާފައިވާ ފައިސާގެތެރެއިން މިހާތަނަށް ނުދީވާ -/
1,920,000ރ.
(އެއްމިލިއަން ނުވަލައްކަ ވިހިހާސްރުފިޔާ) އާއި އަދި މިމައްސަލާގައި ކުރަންޖެހޭ ޤާނޫނީ އެންމެހައި
މަސައްކަތުގެ ފީއެއްގެ ގޮތުން މިމައްސަލާގެ ވަކީލަށް ދީފައިވާ -/
100,000ރ. (އެއްލައްކަ ރުފިޔާ) އާއި
އެކު ޖުމްލަ -/
2,020,000ރ. (ދެމިލިއަން ވިހިހާސް ރުފިޔާ) ވަގުތުން އެކީ އެއްފަހަރާ އަޙްމަދު ތަސްމީން
ޢަލީގެ އަތުން ހޯދުމަށް އެދި އަޙްމަދު ނާޝިމް ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
CCC
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2011/HC-A/143
#
10
.
އެޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި
ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، ވާމާގެ / މާލެ، އަޙްމަދު ތަސްމީން ޢަލީގެ މައްޗަށް
ނިޔަދުރު | މާލެ، އަޙްމަދު ނާޝިމް ހުށަހަޅާފައިވާ މިމައްސަލަ ޝަރީޢަތުން ބެލިއިރު،
އަޙްމަދު ނާޝިމްގެ އަތުން އަޙްމަދު ތަސްމީން ޢަލީ -/1,920,000ރ. (އެއްމިލިއަން
ނުވަސަތޭކަ ވިހިހާސް ރުފިޔާ) އަނބުރާ ދޭގޮތަށް ނަގާފައިވާކަން މިމައްސަލާގައި ހުށަހެޅިފައިވާ
ލިޔުންތަކުންނާއި ދެފަރާތުގެ ބަހުން ޝަރީޢަތަށް ސާބިތުވާކަމާއި، މިފައިސާ ހޯދުމަށް މައްސަލަ ޝަރީޢަތަށް
ހުށަހެޅުމަށްޓަކައި އަޙްމަދު ނާޝިމް ޤާނޫނީ ވަކީލަކު އައްޔަންކޮށްފައިވާތީ، ކުއްޔަށް ގެންދާތަކެތީގެ ކުލި
ޝަރީޢަތުން ނަގައި ދިނުމާބެހޭ ޤަވާޢިދަށް ޤިޔާ ކޮށް، ޤާނޫނީ ވަކީލެއް އައްޔަންކުރުމުގެ ސަބަބުން އަޙްމަދު
ނާޝިމްއަށް ލިބިފައިވާ މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި -/1,800ރ. (އެއްހާސް އަށްސަތޭކަ ރުފިޔާ) އާއި،
އެކު ޖުމްލަ -/
1,921,800ރ. (އެއްމިލިއަން ނުވަސަތޭކަ އެކާވީސްހާސް އަށްސަތޭކަ ރުފިޔާ) އަކީ އަޙްމަދު
ނާޝިމްއަށް އަޙްމަދު ތަސްމީން ޢަލީ ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި،
މިފައިސާ އަޙްމަދު ނާޝިމްއަށް އަނބުރާ ލިބިދިނުމުގެ ގޮތުން، މިއަދު 21 އޭޕްރިލް 2011
ވަނަ ދުވަހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު މަދުވެގެން އެމަހަކަށް ޖެހޭވަރު
މިކޯޓަށް ދައްކަމުންގޮސް މިފައިސާ އެމުއްދަތުގެ ތެރޭގައި އެއްކޮށް ދައްކާ ޚަލާޞްކުރުމަށް ރުވާމާގެ {
މާލެ، އަޙްމަދު ތަސްމީން ޢަލީއަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
,ކރކޮށް ހ.
.1
03- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1737 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށްބުނެ
ރުވާމާގެ އަޙްމަދު ތަސްމީން ޢަލީގެ ފަރާތުން 4
(ހަތަރު) ނުކުތާއެއް ހުށައަޅާ އެނުކުތާތަކާއިބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: މިއީ
ޚާއްސަ ޙާލަތެއްގައި، ޢާންމު ވިޔަފާރީގެ އުޞޫލާއި ޚިލާފަށް
ލިއެކިއުމުން އެއްބަސްވުމެއްނެތި، ވަކި ކަންތައްތަކެއް މެދުވެރިވުމުން ފައިސާދޭގޮތަށް ނެގި
ފައިސާއެއްކަމަށްވާއިރު، އެއީ މުޅި މިމައްސަލާގެ އެންމެ މުޙިއްމު އެއް އަސާސެއްކަމަށްވާއިރު، އެކަންތައްތައް
ރާއްޖޭގެ
ދަޢުވާލިބޭ ފަރާތުން ދަޢުވާގެ ޖަވާބުގައި ތަކުރާރުކޮށްފައިވާއިރު، ދަޢުވާކުރާ ފަރާތުން އެކަމަށް
.ވަ&3
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
4
2011/HC-A/143
ނުވާއިރު އެނުކުތާގެ މައްޗަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމިނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތައް
ތަންދޭކަމެއްނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ދަޢުވާލިބޭ ފަރާތުން ތަކުރާރުކޮށް އެދިފައިވާ ކަންތައްތަކަށް
ދަޢުވާކުރާ ފަރާތުން ޖަވާބުދީފައިނުވާއިރު އެކަންތައްތަކަށް މައްސަލަ ބެއްލެވި ފަނޑިޔާރު ރިޢާޔަތް
ކުރައްވާފައިނުވާކަމާއި، އަދި މިމައްސަލާގައި ދަޢުވާކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ތެރޭގައި
އެއްކަމަކާއި ގުޅޭގޮތުން ތަފާތު ދެގޮތަކަށް ވާހަކަ ދައްކާފައިވާކަން ފަނޑިޔާރުގެ ސަމާލުކަމަށް
ގެނެސްފައިވާއިރު އެކަންތަކުގެ މައްޗަށް ޝަރީޢަތުން ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ދަޢުވާކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް އެކަނި
ބަރޯސާކޮށް މައްސަލަ ނިންމާފައިވާ ހުށަހެޅި ނުކުތާ.
ވާކަމަށްބުނެ
(ނ) ހަތަރުވަނަ ނުކުތާއަކީ: މިމައްސަލަ ނިންމުމުގައި ދަށުކޯޓުގެ ފަނޑިޔާރު، ޤާނޫނީ
ހަމަތަކާއި، ލޭންދޭނުގެ އުޞޫލުތަކާއި، ކޮންޓްރެކްޓްގެ އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
04- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1737 ޤަޟިއްޔާ ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ހ. ރުވާމާގެ އަޙްމަދު ތަސްމީން ޢަލީގެ ފަރާތުން އިސްތިޢުނާފު
ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(4.1) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1737 ޤަޟިއްޔާއަކީ،
މ. ނިޔަނދުރު އަޙްމަދު ނާޝިމްގެ އަތުން ހ.ރުވާމާގެ އަޙްމަދު ތަސްމީނު ޢަލީ އަނބުރާ ދައްކާގޮތަށް
ނަގާފައިވާ -/
2,570,000ރ. (ދެމިލިއަން ފަސްލައްކަ ހަތްދިހަ ހާސް ރުފިޔާ) ގެ ތެރެއިން ނުލިބިވާ
-/
1,520,000ރ. (އެއްމިލިއަން ނުވަލައްކަ ވިހިހާސް ރުފިޔާ) ހޯދުމަށް އެދި އަޙްމަދު ނާޝިމްގެ ފަރާޖްގެ ހައި
އަޙްމަދު ތަސްމީނު ޢަލީގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5
2011/HC-A/143
7701-101434-101
އަޙްމަދު ނާޝިމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ ނަންބަރު
އެކައުންޓުގެ 000318 ނަންބަރު ޗެކުން -/
2,570,000ރ. (ދެމިލިއަން
ފަސްލައްކަ ހަތްދިހަ ހާސް ރުފިޔާ) އަޙްމަދު ތަސްމީނު ޢަލީއަށް ދޫކޮށްފައިވާކަމާއި، މިފައިސާއަކީ އަނބުރާ
ދައްކާގޮތަށް ދެވިފައިވާ ފައިސާއެއްކަން ދެފަރާތުގެ ބަހުން އެނގޭކަމާއި، އެގޮތުން މިދައުވާއަށް އަޙްމަދު
ތަސްމީނު ޢަލީ އިޢުތިރާފުވާ ކަން އެނގެން އޮންނަކަމާއި،
އަނބުރާ ދޭގޮތަށް ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ފައިސާގެ މުޢާމަލާތާއި ގުޅިގެން
އެފައިސާ އަނބުރާ ދައްކާނެ ގޮތަކާއި މެދު ދެފަރާތުގެ މެދުގައި ވަކިގޮތަކަށް އެއްބަސްވެފައިވާކަމަށް އަޙްމަދު
ތަސްމީނު ޢަލީގެ ފަރާތުން ބުނި ނަމަވެސް އެކަން ސާބިތުކޮށްދެވިފައިނުވާކަމާއި ދަރަނީގެ އަސްލު
ބިނާވެގެންވަނީ އަނބުރާ ދިނުމުގެ މައްޗަށްކަމާއި އެހެން ކަމުން ދަރަނީގެ ފައިސާ ކަނޑައެޅިފައިވާ ވަގުތުގައި
ނުވަތަ މުޘާލަބާކުރެވޭ ހިނދު ލަސްނުކޮށް އަނބުރާ އަދާކުރަންޖެހޭކަމާއި ޙައްޤުގެ ވެރިފަރާތުގެ ޙައްޤު
ހޯދުމަށް އެދުމުން އެފައިސާއަކީ އަނބުރާ ދައްކާނެ ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ފައިސާއެއްކަމަށް
ބުނުމަކީ ހަމަޖެހޭ ވާހަކައެއް ނޫންކަމާއި ވަކިމުއްދަތެއްނެތި ދަރަނި ދޫކުރުމަކީ މުޢާމަލާތް ކުރުމުގައި
ޢަމަލުކުރެވޭ އުސޫލެއް ނުވަތަ ހަމަޖެހިފައި އޮންނަ ގޮތެއް ނޫންކަމާއި އަދި އެގޮތަށް ދަރަންޏެއް
ދޫކުރެވިފައިވީ ނަމަވެސް ޙައްޤުގެވެރިފަރާތުން ޙައްޤު ހޯދަން އެދުމުން އެދަރަނި އެހިސާބުން
އަދާކުރުމަކީ ދަރަނިވެރިޔާގެ ޒިންމާއެއްކަން ޝަރުޢީ ހަމަތަކަށް ބަލާއިރު އެނގޭކަމާއި އަޙްމަދު ތަސްމީނު
ޢަލީގެ ބާރުގެ ދަށުގައިވާ ރަށެއް ނުވަތަ މުދަލެއް ނުވަތަ އޭނަގެ ހިއްސާއެއް އޮންނަ އެއްޗެއް އަޙްމަދު ނާޝިމު
ވިއްކައިގެން އަޙްމަދު ނާޝިމުގެ ޙައްޤު ހޯދުމުގެ ވާހަކައަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫންކަމާއި އޭގެ މައްޗަށް
އެޙްމަދު ނާޝިމްއަށް ބާރު ފޯރުވޭނެ ނުވަތަ ތަސައްރަފު ކުރެވޭނެ ފުރުސަތެއް ނޯންނާނެ ކަމާއި އަދި
ސަރުކާރުގެ މުއައްސަސާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ އެއްޗެއްނަމަ ނުވަތަ މޯގޭ ކުރެވިފައިވާ
މުދަލެއްނަމަ ނުވަތަ އެހެން ބައެއްގެ ޙައްޤު އެކުލެވޭ އެއްޗެއްކަމުގައި ވަނީނަމަ އަމުދުން އަޙްމަދު ނާޝިމުގެ
އިޚްތިޔާރެއް ނުވަތަ ބާރެއް އަދި ކިއެއްތަ އަޙްމަދު ތަސްމީނު ޢަލީގެ ފުރިހަމަ ބާރެއް އެމުދަލެއްގެ މައްޗަށް
ނުހިނގާނެއިރު ށ.ކަނބާލިފަރު ގަންނާނެ ފަރާތެއް އަޙްމަދު ނާޝިމް އަމިއްލައަށް ހޯދާ އެރަށް ވިއްކައި
އަޙްމަދު ނާޖިމުއަށް ލިބެންޖެހޭ ދަރަނީގެ ފައިސާ އަމިއްލައަށް ހޯދުމުގެ ވާހަކައަކީ ހަމަޖެހޭ ވާހަކައެއް
ނޫންކަން އެނގެން އޮންނަކަން.
އޭނަގެ
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2011/HC-A/143
(4.2) އަޙްމަދު ތަޞްމީން ޢަލީ އާއި އަޙްމަދު ނާޖިމް އާއި ދެމެދު ވެވިފައިވާ
މިއެއްބަސްވުމުގައި ދެފަރާތުގެ ދެމެދުގައި ހިނގާ މައްސަލައެއްގައި ކޯޓަށް ދާންޖެހިއްޖެ ޙާލަތެއްގައި
އެކަމަށްޓަކައި ހިނގާ މިފަދަ ޚަރަދުތައް ދިނުމާމެދު ވަކި ގޮތަކަށް އެއްބަސްވެފައި ނުވާކަން ސިވިލް ކޯޓުގެ
ނަންބަރު 2010/Cv
-
C/1737 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި، އަދި
މިނުކުތާ އާއި ގުޅޭގޮތުން ދަށު ކޯޓުން ގޮތެއް ކަނޑައެޅުއްވީ ކުއްޔަށް ގެންދާ ތަކެތީގެ ކުލި ޝަރީޢަތުން
ނަގައިދިނުމާބެހޭ ގަވާއިދަށް ޤިޔާސްކުރައްވައިގެންކަން ފާހަގަކުރެވޭކަމާއި،
ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 2 ގައި
ހިމެނިފައިވާ ދިވެހިރާއްޖޭގައި ވަކާލާތުކުރާ ވަކީލުންނާބެހޭ ގަވާއިދުގެ 5 ވަނަ މާއްދާގައި، ޤާނޫނީ ވަކީލަކަށް
މުވައްކިލުގެ އަތުން ފީ ނެގިދާނެ ގޮތްތައް ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި، އެގޮތުން އިސްވެ
ބުނެވުނު މާއްދާގައި ވަކީލަކަށް މުވައްކިލެއްގެ އަތުން ފީ ނެގޭނީ އެދެފަރާތުގެ ދެމެދުގައި އެއްބަސްވާ ގޮތެއްގެ
މަތިންކަން އެނގެން އޮންނަކަމާއި، ކުއްޔާއި ގުޅޭ މައްސަލަތަކުގައި ކުއްޔަށް ގެންދާ ތަކެތީގެ ކުލި
ޝަރީޢަތުން ނަގައިދިނުމާބެހޭ ގަވާއިދަށް ޢަމަލުކުރުމުގެ އުސޫލުގައި ވަކީލުގެ ފީ ނަގާ ދެވޭނެ ގޮތް
ބަޔާންކުރެވިފައިވަނީ އެކަމަށް ޚާއްސަ ކުރެވިގެންކަމާއި، ކުއްޔަށް ގެންދާ ތަކެތީގެ ކުއްޔާއި ގުޅޭ މައްސަލަތައް
ފިޔަވައި އެހެން މައްސަލަތަކުގައި، ވަކީލުގެ ފީ، މައްސަލައިގެ އަނެއް ޚަސްމުގެ އަތުން ނަގައިދެވޭނެ
ގޮތްތަކެއް ބަޔާންކުރާ ޤާނޫނެއް އަދި ގަވާއިދެއްވިޔަސް ނެތްކަމާއި، އަދި މައްސަލައިގެ ދެޚަޞްމުންގެ
ދެމެދުގައިވެސް މިފަދަ ޚަރަދުތަކާ ގުޅޭގޮތުން ކުރިން ވަކިގޮތަކަށް އެއްބަސްވެފައިނުވާއިރު، މައްސަލައެއް
ޝަރީޢަތަށް ހުށަހެޅުމަށްފަހު، ވަކީލާއި މުވައްކިލާ ދެމެދު ކުރިން އެއްބަސްވެފައިނެތި ވަކީލުގެ ފީއާއި ބެހޭ
ގޮތުން ނުވަތަ ވަކީލުގެ ފީ އާއި ޚަރަދުގެ އިލްތިޒާމް އުފުލަންޖެހޭ ފަރާތަކީ މައްސަލައިގެ އަނެއް
ޚަސްމުކަމަށް ކަނޑައެޅުމަކީ މިފަދަކަންކަން ތަންޒީމުކުރެވޭ އެއްވެސް ޤާނޫނެއް، ގަވާއިދެއް ނެތި،
ޢަމަލުކުރެވޭނެ ގޮތެއް ނޫންކަމާއި، ވަކީލުގެ ޕީ، މައްސަލައިގެ އަނެއް ޚަސްމުގެ އަތުން ނަގައިދިނުމުގައި،
މިހާތަނަށް ކޯޓުތަކުން އަމަލުކުރަމުން އައި ގޮތަކީ، ދެޚަޞްމުންގެ ދެމެދުގައި މިކަމާއި
އެއްބަސްވުމެއް އޮތްނަމަ އެއާ އެއްގޮތަށް ވަކީލުގެ ފީ ނަގައިދިނުންކަމާއި،
343
ގެވެތން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2011/HC-A/143
އެހެންކަމުން، މަދަނީ ކޯޓުގެ ނަންބަރު 2010/Cv-C/1737 ޤަޟިއްޔާގެ ޙުކުމުގައި
އަޙްމަދު ތަސްމީން ޢަލީ، އަޙްމަދު ނާޝިމްއަށް ވަކީލުގެ ފީގެ ގޮތުގައި -/
1,800ރ. (އެއްހާސް އަށްސަތޭކަ
ރުފިޔާ) ދައްކަންޖެހޭކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
cccc
014
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައް ބަޔާންކުރެވި
ދިޔަ ގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1737 ޤަޟިއްޔާގެ ޙުކުމުގައި
ނިޔަނދުރު އަޙްމަދު ނާޝިމްގެ އަތުން ހ. ރުވާމާގެ، އަޙްމަދު ތަސްމީން ޢަލީ -/
1,920,000ރ.
(އެއްމިލިއަން ނުވަސަތޭކަ ވިހިހާސް ރުފިޔާ) އަނބުރާ ދޭގޮތަށް ނަގާފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް
ކަނޑައަޅައި އެފައިސާ ދެއްކުމަށް އަޙްމަދު ތަސްމީން ޢަލީއަށް އަންގަވައި ކުރައްވާފައިވާ ޙުކުމަށް މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއިދުކޮށް ވަކީލުގެ ފީއާއި ބެހޭގޮތުން އެޙުކުމުގައި
ޤިޔާސްކޮށް ކަނޑައަޅައިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުސޫލަށް ނުފެތޭތީ ޙުކުމުގެ އެބައި ބާޠިލުކޮށް
މަތީން ޙުކުމްކޮށްފީމެވެ.
3ވ
3034
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv