ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/135 ޤަޟިއްޔާގެ ޙުކުމް
اور سر میں تیمور
2013/HC-A/135
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރ: 135/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
އައިޑީ ކާޑު ނަންބަރ:
އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް(މާލެ
މިހާރުގެ އެޑްރެސް އެޓަރނީ ޖެނެރަލްގެ އޮފީސް މާލެ
0
އިސްތިއުނާފު ރައްދުވި ފަރާތްތައް:
1- * ނަން: އަލްމަނާސިކް ޕްވޓ.ލeޑ
ދާއިމީ އެޑް
އެޑްރެސް: ފ.ކަރޯއާގެމާލެ
ހާރުގެ އެޑްރެސް: ފ.ކަރޯއާގެ މާލެ
*
ކާޑްޔަންބޯލްގެ
2- * ނަން: އަލްފަތުހު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕވޓ.ލިޓޑ
އައިޑީ ކާޑުނަންބަރު:.
އެޑްރެސް: މ.އެކްސެލް/މާލެ
މިހާރުގެ އެޑްރެސް: މ.އެކްސެލް މާލެ
3- * ނަން: އަލްސަފާ ޕިވޓ.ލިޓޑ
އައިޑީ ކާޑުނަންބަރު:.
، ދާއިމީ އެޑްރެސް: ހ.ގްރީން/މާލެ
މިހާރުގެ އެޑްރެސް: ހ.ގްރީން!މާލެ
4 * ނަން: ކްލެސިކް ޙައްޖު އެންޑް އުމްރާ ޕްވޓ.ލިޓޑ
އައިޑީ ކާޑުނަންބަރު:
ދާއިމީ އެޑްރެސް: މ.އެކްސެލްމާލެ
މިހާރުގެ އެޑްރެސް: މ.އެކްސެލް(މާލެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޟިއްޔާ ނިމުނު ގޮތުގެ ޚުލާ
2013/HC-A/j35
ޑީ
:
ޓްރީކުރެވުނު ތާރީޚް: 11 ޖުމާދަލްއާޚިރާ 1434ހ.
21 އެޕްރީލް 2013މ.
* ނިމުނު ތާރީޚް: 20 ޖުމާދަލްއާޚިރާ 1434ހ.
30 އޭޕްރީލް 2013މ.
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013-Cv-C/805
ނިންމެވިކްޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: 1434 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް
އިވެލުއޭޓްކުރުމަށް އަމުރުކޮށްދިނުމަށް އެދި.
• ހުށަހެޅި ތާރީޚް: 10 އެޕްރީލް 2013
0
ނިމުނު ތާރީޚް: 15 އެޕްރީލް 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުން ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޝުއައިބު ޙުސައިން ޒަކަރިއްޔާ
ދަޢުވާގެ ޚުލާޞާ:
މިއީ، ސިވިލް ކޯޓުގެ ނަންބަރު: 2013/Cv-C/805 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ އެޓަރނީ ޖެނެރަލްގެ އޮފީހު މިނިސްޓްރީ އޮފް އިސްލާމިކް
އެފެއަރޒް) ގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ
ފަރާތްތަކަކީ، އަލްމަނާސިކް ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕވޓ.ލޓޑ އާއި، އަލްފަތުހު ޙައްޖު އެންޑް ޢުމްރާ
ގްރޫޕް ޕވޓ.ލޓޑ އާއި، އަލްސަފާ ޕވޓ.ލޑި އާއި، ކްލެސިކް ޙައްޖު އެންޑް ޢުމްރާ ޕްވޓ.ލޓޑ އެވެ.
01 މިއީ، ސިވިލް ކޯޓުގެ ނަންބަރު: 2013/Cv-C/805 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ އެޓަރނީ ޖެނެރަލްގެ އޮފީރު (މިނިeގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާ
2013/HC-A/135
03
އޮފް އިސްލާމިކް އެފެއަރޒް) ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން
ބަލާފައިވާ ޤަޟިއްޔާއެކެވެ.
02- އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު: 2013/Cv-C/805 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އާއި އަލްފަތުޙު
ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި އައްޞަފާ ޕްރައިވެޓް ލިމިޓެޑް އަދި ކްލެސިކް ޙައްޖު
އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑް އިން 1434 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ހުށަހަޅާފައިވާ
ޕްރޮޕޯޒަލްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބަލައިގަތުމަށްފަހު އެޕްރޮޕޯޒަލްތައް އިވެލުއޭޓް
ނުކުރުމަށް ނިންމާފައިވަނީ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުޞޫލާއި ޚިލާފަށްކަމަށް
ކަނޑައަޅައިދިނުން އެދިގެން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އާއި އަލްފަތުޙު ޙައްޖު އެންޑް
ޢުމްރާ ގްރޫޕް
ޕްރައިވެޓް ލިމިޓެޑް އާއި އަލްޞަފާ ޕްރައިވެޓް ލިމިޓެޑް އަދި ކްލެސިކް ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް
ލިމިޓެޑް ގެ ފަރާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް
ދަޢުވާކޮށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"... މި މައްސަލައިގައި ކަންހިނގާފައިވާ
ގޮތުގެ މައްޗަށް ބެލުމުން، "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުޞޫލު" ގައި ބަޔާންކޮށްފައިވާ
ކަންކަން ކުރުމަށް އޮތް އެންމެ ފުރިހަމަ އިޖުރާއަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒަށް އޭގެ އެންމެ
ފުރިހަމަ ގޮތުގައި ފުރިހަމަކުރެވިފައިނެތުމަކީ އެކަމުގެ ޛިންމާ އަދި އެކަމުން ނުކުންނަ ނަތީޖާއެއްވިޔަސް
ދަޢުވާކުރާ ފަރާތްތަކުން އުފުލަންޖެހޭ ކަމަކަށް ނުވުމުންނާއި، އަދި އެކަމުގެ ސަބަބުން ދަޢުވާކުރާ ފަރާތްތަކުގެ
ޙައްޤަށް އުނިކަމެއް އަންނަންޖެހޭ ސަބަބެއްވިޔަސް ނެތަތީ،
1434 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ދަޢުވާކުރާ އަލްމަނާސިކް
ޕްރައިވެޓް ލިމިޓެޑް އާއި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި އައްޞަފާ
ޕްރައިވެޓް ލިމިޓެޑް އަދި ކްލެސިކް ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މިނިސްޓްރީ އޮފް
އިސްލާމިކް އެފެއާރޒަށް ހުށަހެޅި ޕްރޮޕޯޒަލްތައް އިވެލުއޭޓް ނުކުރުމަށް އެމިނިސްޓްރީން ނިންމާފައިވަނި
"ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުޞޫލު" އާއި ޚިލާފަށްކަމަށް ކަނޑައަޅައި،
1434 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ހުށަހަޅާފައިވާ ޙަމަރާ
ފުރިހަމަވާ ޕްރޮޕޯޒަލްތަކާއެކު އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އާއި އަލްފަތުޙު ޙައްޖު އެންޑް
I
a>
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ނިމުނު ގޮތުގެ
ل
2013/HC-A/j35
CCCX
ހއ 8
9 ވ 3
ކީ eeއ
ޕްރައިވެޓް ލިމިޓެޑް އާއި އައްޞަފާ ޕްރައިވެޓް ލިމިޓެޑް އަދި ކްލެސިކް ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް
ލިމިޓެޑް ގެ ފަރާތުން ހުށަހެޅި ޕްރޮޕޯޒަލްތައް، "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުޞޫލު" އާއި
އެއްގޮތް ގޮތުގެ މަތިން އިވެލުއޭޓްކުރުމަށާއި، އެފަދައިން އިވެލުއޭޓްކުރުމަށްފަހު ކަނޑައެޅިފައިވާ އުޞޫލުން
ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ މައްޗަށް އަމުރުކޮށްފީމެވެ.
މިފަދައިން ބަޔާންކޮށްފައިވާކަން އެމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03 އިސްވެ
ކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު: 2013/Cv-C/805
ޤަޟިއްޔާގެ ޙުކުމު ކުރެއްވުމުން އެޙުކުމް ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި އެއްގޮތް ނޫންކަ
ނޫންކަމަށް ބުނެ
އެޓަރނީ ޖެނެރަލްގެ އޮފީސް (މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް) ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު
ކުރަމުން، އަންނަނިވި
ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/805 ޤަޟިއްޔާގެ
ކުމްކުރެއްވިއިރު، ޙަވާލާދީފައިވާ މައްސަލައިގައި ހުށަހެޅިފައިވާ ބައެއް ވަޤާއިޢުތައް (ފެކްޓްސް) ޔަޤީން
ނުކުރައްވައި .ވާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
* ދެވަނަ ނުކުތާއަކީ: 24 ފެބްރުއަރީ 2013 ގައި ދިވެހިސަރުކާރުގެ ގެޒެޓްގައި
ޝާއިޢުކުރައްވާފައިވާ "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުޞޫލު" ގެ 6 ވަނަ މާއްދާގައި
ބުނެފައިވާ ލިޔުންތަކާއި، އެ އުޞޫލުގެ 21 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ލިޔުންތަކުގެ ތަފާތަކީ
ކޮބައިކަމާއި،
ދެމާއްދާގެ މަޤްޞަދު ގެއްލޭގޮތަށް ޙަވާލާދީފައިވާ ސިވިލްކޯޓުގެ ނަންބަރު
2013/Cv-C/805 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
ތިންވަނަ ނުކުތާއަކީ: ޙަވާލާދީފައިވާ ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާއިން ދަޢުވާހުށަހެޅި ކުންފުނިތަކުގެ ޕްރޮޕޯޒަލްތަކުގެ ޞައްޙަކަން ޔަޤީންކުރުމަށް ޕްރޮޕޯޒަލްތައް
ބަލައިގަތުމުގެ މަރުޙަލާ މަޑުޖައްސާލާފައި އޮތް އޮތުން، އެފަރާތްތަކަށް އަންގާފައިނެތުމަކީ، އެ
ޞައްޙަކަމަށް އެ ޤަޟިއްޔާގައި ކަނޑައެޅުއްވިއިރު، ބެއްލެވިކަމެއްކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
* ހަތަރުވަނަ ނުކުތާއަކީ: "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލު" ގެ
ދަށުން ޝަރުތުހަމަނުވާ ޕްރޮޕޯޒަލްތައް ބާޠިލުކުރުމުގެ ބާރު މިނިސްޓްރީ އޮފް އިސްލާމިކް އެފެމާރަށް
ޙުކުމެކެރއވ
އެ
805/Cv-C/2013
2
2x ހއ ހދ
ar
A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/135
ނަންބަރު
805/Cv-C/2013
ޗެވެ
ލިބިފައިވީނަމަވެސް، ޙަވާލާދީފައިވާ ސިވިލް ކޯޓުގެ
ޤަޟިއްޔާގެ
މިކުމްކުރެއްވިއިރު އެކަމަށް ރިޢާޔަތްކުރައްވާފައިނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
ފަސްވަނަ ނުކުތާއަކީ: "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލު" ގެ
ދަށުން ޝަރުތުހަމަނުވާ ޕްރޮޕޯޒަލްތައް ބާޠިލުކުރުމުގެ ބާރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒަށް
ލިބިދީފައިވުމުގެ އިތުރުން، 1434 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ބައެއް ފަރާތްތަކުން ހުށަހެޅި
ޕްރޮޕޯޒަލްތައް އިވަލުއޭޓް ނުކުރެވޭނެކަމަށްބުނެ، ދައުލަތުން ހުށަހެޅި ނުކުތާއަށް ސިވިލް ކޯޓުގެ ނަންބަރު
2013/Cv
-
C/805 ޤަޟިއްޔާގައި ޙުކުމްކުރެއްވިއިރު ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ
4 2 23 9
ބއފ.
ޓީ. ޙައްޖު
* ހަވަނަވަނަ ނުކުތާއަކީ: ފެށުމުގައި ޝަރުތުހަމަނުވާ ޕްރޮޕޯޒަލެއް ބަލައިގެންފިނަމަ ނުވަތަ
އޮޅުމަކުންވެސް ބަލައިގަނެވިއްޖެނަމަ، އެ ޕްރޮޕޯޒަލެއް ޝަރުތުހަމަވާ ޕްރޮޕޯޒަލްތަކާއެކު އިވަލުއޭޓްކުރުމަށް
ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/805 ޤަޟިއްޔާއިން ކަނޑައެޅުއްވުމަކީ އެކަމުގެ ސަބަބުން
ކޮރަޕްޝަނަށް މަގުފަހިވެގެން ހިނގައިދާނޭ ކަމެއްކަމަށް ބުނެ ހުށަހަޅައިފައިވާ ނުކުތާ އެވެ.
04- އިސްވެ ބަޔާންވެ ދިޔަގޮތުގެ މަތިން ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/805
ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ބެލުމަށް ހަމަޖެހިފައިވާ
ޤަޟިއްޔާގެ ތެރެއަށް ތަދައްޚުލުވުމަށްއެދި، މިނާ ޙައްޖު ޢުމްރާ ޕްރައިވެޓް ލިމިޓެޑާއި، އެސް.
ޢުމުރާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، ޒަމްޒަމް އެޗް އެންޑް ޔޫ ޓްރެވަލް ޕްރައިވެޓް ލިމިޓެޑާއި،
މއ.އަސަރީވިލާ ޢަބްދުﷲ ނަޞްރު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ހިނދު، އެފަރާތްތައް ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކޮށް އެފަރާތްތަކާއި ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/805 ޤަޟިއްޔާ
އާއި ގުޅުންހުރި މިންވަރެއް ބަލާ ސާފުކުރުމަށްފަހު، އޭގެ ތެރެއިން ޢަބްދުﷲ ނަޞްރު މުޙައްމަދުގެ ފަރާތުން
ހުށަހަޅާފައިވާ ހުށަހެޅުން ފިޔަވައި އެހެން ހުށަހެޅުންތައް ބަލައިގަތުމަށް ނިންމުމަށްފަހު، ހައިކޯޓުގެ
މިޤަޟިއްޔާގެ އަޑުއެހުންތައް ކުރިއަށް ގެންދެވިފައިވަނީ އިސްވެ ބަޔާންކުރެވުނު ތަދައްޚުލް ވުމަށްއެދި ހުށަހެޅި
ކުންފުނިތައް ބައިވެރިކޮށްގެންކަމާއި، ޢަބްދުﷲ ނަޞްރު މުޙައްމަދުގެ ފަރާތުން ތަދައްޚުލުވުމަށްއެދި ހުށަހެޅި
ހުށަހެޅުން ޤަބޫލުކުރެވިފައި ނުވަނީ، ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ޕްރޮޕޯސަލް އެއްޗެޅުދު
ފުރުޞަތަކީ އެކަމަށް ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށް އެކަނި ހުޅުވާލެވިފައިވާ ފުރުސަތަކަށް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
f6
ނިމުނު ގޮތުގެ ޚުތާ
2013/HC-A/j35
ޢަބްދުﷲ ނަޞްރު މުޙައްމަދު ތަދައްޚުލުވުމަށް އެދިފައިވަނީ ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ކަމަށްވީނަމަވެސް އެކަން އިނގޭނެ ލިޔުންތައް ހުށަހަޅާފައިނުވާތީކަމާއި،
މީގެ އިތުރުން ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/805 ޤަޟިއްޔާ އިސްތުނާފު
ކުރުމަށްއެދި، އަލްޙަމަލަތުލްއިޚްލާޞް ލިލްޙައްޖި ވަލް ޢުމުރާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން
ހުށަހެޅުމުން ހައިކޯޓުން އެކުންފުނިން ހުށަހެޅި އިސްތިއުނާފް ޤަޟިއްޔާ ބަލައިގަނެ، ޤަޟިއްޔާ ނަންބަރު
136/HC-A/2013 ގެ ދަށުން އެމައްސަލަ ބެލުމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ބެންޗަކީ ހައިކޯޓުގެ
މިޤަޟިއްޔާ (135/HC
-
A/2013) ބެލުމަށްވެސް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ކަމުގައިވާތީއާއި،
އަލްޙަމަލަތުލް އިޚްލާޞް ލިލްޙައްޖި ވަލް ޢުމުރާ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމުން ބެލުމަށް ހަމަޖެހިފައިވާ
ނަންބަރު 136/HC-A/2013 ޤަޟިއްޔާގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއާއި ދައުލަތުގެ
ފަރާތުން ހައިކޯޓުގެ މިޤަޟިއްޔާގައި ހުށަހަޅާފައިވާ ނުކުތާތަކާ ގުޅުންހުރީތީއާއި، ނަންބަރު
135/HC-A/2013 ޤަޟިއްޔާ ބަލާ ނިންމޭއިރު، ނަންބަރު 136/HC
-
A/2013 ޤަޟިއްޔާގައި
ހުށަހަޅާފައިވާ ނުކުތާއާއިމެދު ގޮތެއް ކަނޑައެޅިގެންދާނެތީ، މި ދެޤަޟިއްޔާގެ ޠަބީޢަތުން މިދެޤަޟިއްޔާއަކީވެސް
އެންމެ އަވަހަކަށް ބަލާ ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭފަދަ އަވަސް ޙާލަތެއް މެދުވެރިވެފައިވާ ދެ
ޤަޟިއްޔާކަމުގައިވާތީ، ނަންބަރު 136/HC
-
A/2013 ޤަޟިއްޔާ ހުށަހެޅި ފަރާތަށް މިޤަޟިއްޔާއަށް
ތަދައްޚުލުވުމަށް ހައިކޯޓުގެ އިސްނެގުމަކުން ދަޢުވަތު ދިނުމުން އެކުންފުނީގެ ފަރާތުން އެކަން ޤަބޫލުކޮށް
ނަންބަރު 135/HC
-
A/2013 ޤަޟިއްޔާއަށް ތަދައްޚުލްވެފައިވާތީ، މިޤަޟިއްޔާ ހިންގިފައި މިވަނީ
އިސްތިއުނާފުކުރާ ފަރާތެއްގެ ހައިސިއްޔަތުން އަލްޙަމަލަތުލް އިޚްލާޞް ލިލްޙައްޖި ވަލް ޢުމުރާ ޕްރައިވެޓް
ލިމިޓެޑް ބައިވެރިކޮށްގެންކަން ފާހަގަކުރެވެއެވެ.
އަދި މިޤަޟިއްޔާގެ ތެރެއަށް ތަދައްޚުލްވެފައިވާ އިސްވެ ކުންފުނިތަކުތެރެއިން،
އަލްޙަމަލަތުލް އިޚްލާޞް ލިލްޙައްޖި ވަލް ޢުމުރާ ޕްރައިވެޓް ލިމިޓެޑާއި، މިނާ ޙައްޖު ޢުމްރާ ޕްރައިވެޓް ލިމިޓެޑް
އާއި މިދެކުންފުންޏަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަންބަރު 01
/
2013
/
07/IUL
)
142
-
D)
(05 މާރޗް 2013) ގެ އިޢުލާނާއި ގުޅިގެން 1432 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން
ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން، އެމިނިސްޓްރީން 1434
އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދެއްވާފައިވާ ކުންފުނިތަކުގެ ތެރޭގައި
ދެކުންފުނި ކަމާއި، އަދި ތަދައްޚުލްވެފައިވާ ޒަމްޒަމް އެޗް އެންޑް
ޓްރެވަލް ޕްރައިވެމް
2 3 4 5 22
9ބ9ނކން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
2013/HC-A/135
އެސް.
11 ޑ ޒ
އޮންނަކަމެވެ.
OXOC
ދައުލަތުގެ ފަރާތުން ބުނެފައިeގެ ހައިކޯޓް
ޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙައްޖު ޢުމްރާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އިސްވެ ބަޔާންކުރެވުނު އިޢުލާނާއި ގުޅިގެން
ޕްރޮޕޯސަލް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެ ހުއްދަ ލިބިފައިނުވާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ
ދެކުންފުނިކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި އެކުންފުނިތައް ތަމްސީލުކުރާ ފަރާތްތަކުގެ ބަހުން އެނގެން
05 ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/805 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯރޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޓަރނީ
ޖެނެރަލްގެ އޮފީހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް) ގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތްތަކުންނާއި މިޤަޟިއްޔާގެ
ތެރެއަށް ތަދައްޚުލްވެފައިވާ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު
އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: 1434 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް
އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އާއި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި
އަލްޞަފާ ޕްރައިވެޓް ލިމިޓެޑް އަދި ކްލެސިކް ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒަށް ހުށަހެޅި ޕްރޮޕޯޒަލްތައް އިވެލުއޭޓް ނުކުރުމަށް އެމިނިސްޓްރީން
ނިންމާފައިވަނީ "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލު" އާއި ޚިލާފަށްކަމަށް
ކަނޑައަޅުއްވައި، 1434 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ހުށަހަޅާފައިވާ ޝަރުޠު
ފުރިހަމަވާ ޕްރޮޕޯޒަލްތަކާއެކު އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އާއި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް
ޕްރައިވެޓް ލިމިޓެޑް އާއި އަލްޞަފާ ޕްރައިވެޓް ލިމިޓެޑް އަދި ކްލެސިކް ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް
ލިމިޓެޑް ގެ ފަރާތުން ހުށަހެޅި ޕްރޮޕޯޒަލްތައް "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލު" އާއި
އެއްގޮތްވާ ގޮތުގެމަތިން އިވެލުއޭޓްކުރުމަށާއި، އެފަދައިން އިވެލުއޭޓްކުރުމަށްފަހު ކަނޑައެޅިފައިވާ އުޞޫލުން
ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ މައްޗަށް އަމުރުކުރައްވާ
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/805 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ އެޤަޟިއްޔާގައި
ހުށަހެޅުނު މައްސަލާގެ ބައެއް ވަޤާއިޢުތައް (ފެކްޓްސް) ޔަޤީން ނުކުރައްވާކަމަށް
ސަބަބަކީ، އެޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގައި، ދަޢުވާކުރާ ފަރާތްތަކުން ޕްރޮޕޯސަލްތައް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/135
"ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލު" ގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ
ލިޔުން އެޕްރޮޕޯސަލްތައް ގެނައި ފަރާތްތަކުގެ އަތުގައި ނެތިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ
ކަމާބެހޭ މުވައްޒަފު އެމިނިސްޓްރީގެ ނާއިބުގެ ގޮތުގައި ހުރި ފަރާތުގައި އެވާހަކަ ދެންނެވުމުން،
"ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލު" ގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ
ލިޔުން ނެތްކަމުގައިވިޔަސް އެ ޕްރޮޕޯސަލްތައް ބަލައި ގަތުމަށް އެމިނިސްޓްރީގެ ނައިބު ވިދާޅުވެފައިވާކަމަށް
އެޤަޟިއްޔާގައި ފާހަގަކުރައްވާފައިވާއިރު، އެމިނިސްޓްރީގެ ނައިބު އެފަދައިން ވިދާޅުވެފައިވާކަން ނުވަތަ
ނޫންކަން ޝަރީޢަތުން ޔަޤީންކުރެއްވުމެއްނެތި ޙުކުމް ކުރައްވާފައިވާތީކަމަށް ދައުލަތުގެ އިސްތިއުނާފް ނުކުތާގައި
ފާހަގަކޮށްފައިވާއިރު،
ދައުލަތުގެ އެބަސް އޭގެ ޒާތުގައި ތެދުކަމަށްވިޔަސް، ދައުލަތުން ހައިކޯޓުގައި ދައްކާފައިވާ
ވާހަކައިން ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/805 ޤަޟިއްޔާގައި ދަޢުވާކުރި ފަރާތްތަކުން މިނިސްޓްރީ
އޮފް އިސްލާމިކް އެފެއަރޒުގެ ނަންބަރު 01
/
2013
/
07/IUL
)
142
-
D) (05 މާރޗް 2017) ގެ
އިޢުލާނުގައި ޕްރޮޕޯޒަލްތައް ހުށަހެޅުމަށް ބުނެފައިވާ ތާރީޚާއި ގަޑިއަށް ހާޒިރުވިއިރު، ހާޒިރުވެފައިވަނީ ޙައްޖަށް
މީހުން ގެންދިޔުމުގައި ޢަމަލުކުރުމަށް ކަނޑައެޅުނު އުޞޫލުގެ 21 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ
ލިޔުންތައް ފުރިހަމަ ނުކޮށްކަމާއި، އެކަމުގެ މަޢުލޫމާތު އެމިނިސްޓްރީގެ ކަންކަން ނިންމޭ ފެންވަރުގެ ވެރިޔަކަށް
އަދި މި އިޢުލާނާއި
ކަންކަމަށް ޚާއްޞަކުރެވިފައިވާ ވެރިޔާއަށް ދެންނެވުމުން، އެލިޔުންތައް
ނެތްކަމުގައިވިޔަސް އެކުންފުނީގެ ޕްރޮޕޯސަލްތައް ބަލައިގަތުމަށް އެ ވެރިޔާ އަންގަވާފައިވާކަން ސާފުކޮށް
އެނގެން އޮންނަކަމަށްޓަކައި، ދައުލަތުގެ ފަރާތުން މިނުކުތާގައި ފާހަގަކޮށްފައިވާ ޙަޤީޤަތް ޝަރީޢަތުން ކަށަވަރު
ކުރުމާއި ނުކުރުމަކީ މިމައްސަލައިގެ ޙުކުމަށް އެކަމުގެ ސަބަބުން އަސަރެއް ފޯރާނެ ކަމެއްކަމަށް ބެލެވެން
63.
ނެތްކަމެވެ.
(ނ) ދެވަނަ ކަމަކީ: "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލު" ގެ ނަމުގައި
އުޞޫލެއް އެކުލަވާލެވި 24 ފެބްރުއަރީ 2013 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި އެ އުޞޫލު
ޝާއިޢުކުރައްވާފައިވާކަމާއި، އެ އުޞޫލަށް ބަލާއިރު، އެ އުޞޫލު އެކުލަވާލާފައިވަނީ ދިވެހިރާއްޖެއިން ޙައްޖަށް
މީހުން ގެންދާ އެންމެހައި ފަރާތްތަކުން އެމައްޗަށް ޢަމަލު ކުރަންޖެހޭގޮތަށްކަން އެ އުޞޫލުގެ
މާއްދާއިން އެނގެން އޮންނަކަމާއި، އެ އުޞޫލުގައި ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމު
ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
?/32މާން
ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/135
އެދުމާއި، އެ ހުއްދައަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމާއި، ޕްރޮޕޯޒަލް ހުށަހަޅާ ކުންފުނިތަކުގައި ފުރިހަމަވާންޖެހޭ
ޝަރުތުތަކާއި، ޕްރޮޕޯޒަލްތަކާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތަކާއި، ޕްރޮޕޯޒަލް ބަލައިގަތުމާއި،
ޕްރޮޕޯޒަލްތަކަށް މާކްސް ދެވޭނެ ގޮތްތަކާއި، މިނޫންވެސް ކަންކަން ބަޔާންކޮށް އެ ކަންކަން ކުރަންޖެހޭނީ އެ
އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ބަޔާންކުރެވިފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހޯދުމަށް އެދި މިނިސްޓްރީ އޮފް
އިސްލާމިކް އެފެއަރޒަށް ހުށަހަޅާނީ އެ އަހަރަކަށް ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ހުއްދައަށް
އެދުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން އިޢުލާނު ކުރުމުން ކަމަށް
އިސްވެ ބަޔާންކުރުނު އުޞޫލުގެ 4 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާކަމާއި،
1434 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯޒަލް
ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުގެ
ނަންބަރު 01
/
2013
/
07/IUL
)
142
-
D) އިޢުލާނުން 2013 މާރޗް 05 ގައި އިޢުލާނު ކޮށްފައިވާކަމާއި،
އެ އިޢުލާނުގައިވާ ގޮތުން ޕްރޮޕޯޒަލް ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު
ދިނުމުގެ ބައްދަލުވުން އޮންނާނީ 2013 މާރޗް 11 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް
އިސްލާމިކް އެފެއަރޒުގެ މީޓިން ރޫމްގައި ކަމާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ކުންފުނިތަކުން
ހުށަހަޅާ
ޕްރޮޕޯޒަލް ބަލައިގަންނަގޮތަށް ހަމަޖެހިފައި ނުވާކަމާއި، ޕްރޮޕޯޒަލްތައް ހުށަހަޅަންޖެހެނީ
ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި 24 މާރޗް 2013 ވާ އާދިއްތަ ދުވަހުގެ 10:00 އަށް ކަމާއި،
އިޝާރާތްކުރެވުނު އިޢުލާނާއި ގުޅިގެން 1432 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޙައްޖަށް
ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމަށް ހާޒިރުވި ކުންފުނިތައް އެނގޭ ލިޔުމެއް ދައުލަތުގެ
ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާކަމާއި، އެލިޔުމަށް ބަލާއިރު ޕްރޮޕޯޒަލް
ހާޒިރުވެފައިވަނީ 17 ކުންފުންޏަކުންކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލު" ގެ 21
ވަނަ މާއްދާގެ (ހ) ގައި، "މިއުޞޫލުގެ 7 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ޕްރޮޕޯޒަލް ހުޅުވުމުގެ
ބައްދަލުވުމަށް ކުންފުނީގެ ފަރާތުން މީހަކު ހާޒިރުނުވެ ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައެއް ނުގަނެވޭނެއެވެ. އަދި
މިބައްދަލުވުމަށް ހާޒިރުވާ މީހަކީ ކުންފުނީގެ ފަރާތުން ފޮނުވި މީހެއްކަން އެނގޭނޭ ލިޔުމަކާއި ޓްމެންޓްގެ
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު އޮންނަންވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަމާއި، އަދި
/3
uc
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/135
UCO
·
އޭނާގެ
6 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށްއެދި ހުށަހަޅާ ޕްރޮޕޯސަލާއެކު
ހުށަހަޅަންޖެހޭ ލިޔުންތައްކަމާއި،
މި ދެ މާއްދާއަށް ބަލާއިރު، މި ދެމާއްދާގައި ބުނެފައިވާ ލިޔުންތަކަކީ ތަފާތު ދެޙާލަތެއްގައި
ތަފާތު ދެމަޤްޞަދަކަށްޓަކައި ހުށަހަޅަންޖެހޭ މުޅިން ތަފާތު ލިޔުންތަކެއްކަމާއި، އަދި އެ ލިޔުންތަކުގެ
ނަތީޖާވެސް މުޅިންތަފާތުކަން އެ އުޞޫލުގެ 7 ވަނަ މާއްދާގެ (ހ) ގައި، "ޕްރޮޕޯސަލާއެކު ހުށަހަޅަންޖެހޭނެ
ކަމަށް 6 ވަނަ މާއްދާގެ (ހ) އިން (ސ) އަށް ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން އެއްވެސް ލިޔުމެއް
ޕްރޮޕޯސަލާއެކު ހުށަނާޅާނަމަ އެޕްރޮޕޯސަލްތައް ބާޠިލް ކުރެވޭނެއެވެ." މިފަދައިން ބަޔާންކޮށްފައިވުމުން
ސާފުވެގެންދާ ކަމާއި؛
އެންކަމުން 21 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ޕްރޮޕޯޒަލް ހުޅުވުމުގެ ބައްދަލުވުމަށް
ކުންފުނީގެ ފަރާތުން ހާޒިރުވާ މީހަކީ ކުންފުނީގެ ފަރާތުން ފޮނުވި މީހެއްކަން އެނގޭނޭ ލިޔުމަކާއި،
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު އެމީހެއްގެ އަތުގައި އޮންނަންވާނެކަމާއި، އެމާއްދާގެ އެ އަކުރުގައިވާ
ޢިބާރާތަށް ބަލާއިރު ޕްރޮޕޯޒަލް ހުށަހަޅަން އަންނަ ފަރާތުގެ އަތުގައި އޮންނަންވާނެ ކަމަށް ބުނެފައިވާ ލިޔުމާއި
އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނެތި އެފަރާތުން ހުށަހަޅާ ޕްރޮޕޯޒަލް ބަލައިގަނެވިގެން
ނުވާނެކަން އެނގޭކަމާއިގެ
އަދި އެ އުޞޫލުގެ 6 ވަނަ މާއްދާގެ (ހ) އިން (ސ) އަށް ބަޔާންކޮށްފައިވާ ލިޔުންތަކަކީ،
ކުރިން މިބަޔާންކުރެވުނު 21 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ދެލިޔުން އެކުގައި ފުރިހަމަވުމުން
ބަލައިގަންނަ ޕްރޮޕޯސަލްތައް ހުޅުވާއިރު، ބަންދުކުރެވިފައިވާ ސިޓީއުރައިގެ ތެރޭގައި ހުންނަންޖެހޭ
ލިޔުންތަކެއްކަމާއި؟
މި ދެ މާއްދާގައި ބުނެފައިވާ ލިޔުންތަކުގެ ތެރެއިން އެންމެ ލިޔުމެއް މަދުވިކަމުގައިވިޔަސް،
އެފަރާތަކަށް ޙާޞިލްވެގެންދާނެ ނަތީޖާއަކީ، އެލިޔުމަކީ 6 ވަނަ މާއްދާގެ (ހ) އިން (ސ) އަށް
ބަޔާންކޮށްފައިވާ ލިޔުމެއްކަމުގައިވާނަމަ، އެބައްދަލުވުމުގައި ބައިވެރިވެވި ޕްރޮޕޯސަލް ހުޅުވާފަހުން ޕްރޮޕޯސަލް
ބާޠިލްވެގެން ދިޔުންކަމާއި، އަދި އެ ލިޔުމަކީ 21 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ލިޔުމެއްކަމުގައިވާނަމަ،
ޕްރޮޕޯޒަލްތައް ބަލައިނުގަތުންކަމާއި، އެހެނީ 21 ވަނަ މާއްދާގެ (ހ) ގެ ފުރަތަމަ ޖުމްލައިގައިވާ ގޮތުން
ޕްރޮޕޯޒަލް ހުޅުވުމުގެ ބައްދަލުވުމަށް ކުންފުނީގެ ފަރާތުން މީހަކު ހާޒިރުނުވެ ހުށަހަޅާ ޕްރޮޕޯޕަލްތް
ބަލައިނުގަނެވޭނެކަން ބަޔާންކޮށްފައިވާކަމާއި، އަދި މިމާއްދާގެ މި އަކުރުގެ ދެވަނަ ޖުމްލައިގެ
etc.
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާ
2013/HC-A/135
44
ބަލާއިރު ޕްރޮޕޯޒަލް ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވާ މީހަކީ ކުންފުނީގެ ފަރާތުން ފޮނުވި މީހެއްކަން
އެނގޭނޭ ލިޔުމަކާއި އޭނާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު އޮންނަން ވާނެކަން އެނގޭކަމާއި،
އެހެންކަމުން ކުންފުނީގެ ފަރާތުން ހާޒިރުވި ފަރާތެއް ކަމަށް ބެލެވޭނީ އެމީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ
ކާޑާއި އެ މީހަކީ ކުންފުނީގެ ފަރާތުން ފޮނުވި މީހެއްކަން އެނގޭނޭ ލިޔުމާއެކު ހާޒިރުވުމުންކަމާއި، މިކަންކަން
ފުރިހަމަ ނުވެ ހުށަހަޅާ ޕްރޮޕޯޒަލެއް ބަލައިގަނެވިގެން ނުވާނެކަން މިމާއްދާގެ މިއަކުރުން ސާފުކޮށް އެނގެން
އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯޒަލްތައް
ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ ކަންތައްތަކާއި، ހުށަހަޅަންޖެހޭ ލިޔުންތަކާއި އެންމެހައި މަޢުލޫމާތުތައް
"ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލު" ގައި ސާފުކޮށް ބަޔާންކުރެވިފައިވާ ކަމާއި، އެ
އުޞޫލަށް ބަލާއިރު، އެ އުޞޫލުގައި ކަނޑައެޅިފައިވާ ކަމެއްގައި އެއާއި ޚިލާފަށް ޢަމަލުކުރުމުގެ ބާރު
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުގެ އެއްވެސް މުވައްޒަފަކަށް ނުވަތަ އެނޫން ފަރާތަކަށްވިޔަސް
ދެވިފައިވާކަން އެނގެން ނެތްއިރު،
އެ އުޞޫލުގެ 21 ވަނަ މާއްދާގެ (ހ) ގައި ބުނާ ދެ ލިޔުން އެކުގައި ނުވަތަ އޭގެ ތެރެއިން
ލިޔުމެއް ނެތް ޙާލަތުގައި ޢަމަލުކުރަންޖެހޭގޮ
ރަންޖެހޭގޮތް ސާފުކޮށް ބަޔާންކޮށްފައިއޮއްވާ، އެއާއި ޚިލާފަށް ޢަމަލުކުރެވި
އެޕްރޮޕޯޒަލްތައް ބަލައިގަނެވިފައިވުމަކީ، އެ ޕްރޮޕޯޒަލްތައް ބަލައިގަނެވިފައިވަނީ ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ
ގޮތަށް ޞައްޙަގޮތުގައިކަމަށް ބެލެވެންޖެހޭ ސަބަބެއް ނޫންކަން އެގޭކަމެވެ.
އިސްވެ ބަޔާންކުރެވުނު އެންމެހައި ނުކުތާތަކަކީ މިމައްސަލަ ބަލާ ތިންފަނޑިޔާރުންނަށްވެސް
އެމައްޗަށް އެއްބަސްވެވިފައިވާ ނުކުތާތަކެއްކަމާއި، ނަމަވެސް އެނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތަކުގެ
މައްޗަށް ބިނާކޮށް މިމައްސަލަ ނިންމުމުގައި މައްސަލަ ބެލި ފަނޑިޔާރުންގެ މެދުގައި ރައުޔު
ތަފާތުވެފައިވާކަމާއި، އެގޮތުން މައްސަލައިގެ އަޤައްލިއްޔާ ރައުޔުއަކީ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ
ރައުޔުކަމާއި، އަޣްލަބިއްޔަތުގެ ރައުޔުއަކީ ފަނޑިޔާރު ޢަބްދުﷲ ޙަމީދުއާއި ފަނޑިޔާރު ޝުޢައިބު ޙުސައިން
ޒަކަރިއްޔާގެ ރައުޔުކަން ފާހަގަކުރެވެއެވެ.
ތީ ތޮ ތޯ 3 ފ4
އާޖެރއކއ އއގޮތަށް
UcOccc
ދިވެހިރާއްޖޭގެ
، ހައި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/135
އެއްޗަކުން
#
ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދުގެ ރައުޔު:
އިސްވެ ބަޔާންކުގެ
ންކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައްތަކުގެ އިތުރުން
"ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލު" އަށް ބަލާއިރު، އެ އުޞޫލު އެކުލަވާލެވުނު
މަޤްޞަދަކަށް ވެފައިވަނީ؛
(ހ) ދިވެހިރާއްޖެއިން ޙައްޖަށްދާ މީހުންނަށް ރަނގަޅު ޚިދުމަތްތައް ލުއިފަސޭހަ ގޮތުގައި ދިނުން.
(ށ) ދިވެހިރާއްޖެއިން ޙައްޖަށްދާ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުން
(ނ) ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދާ ކުންފުނިތަކުގެ ޙައްޤުތައް ޙިމާޔަތްކުރުން؛ މި ތިން
މަޤްޞަދު ޙާޞިލްކުރުންކަމާއި،
ޤާނޫނުތަކާއި ޤަވާޢިދުތައް މާނަކުރުމުގައި އެ އެއްޗެއް އެކުލަވާލި އަދި އެ
ޙާޞިލުކުރަން ބޭނުންވި މަޤްޞަދަށްބަލައި އެމަޤްޞަދު ޙާޞިލުވާނެހެން އެ
އެއްޗެއް މާނަކުރުމަކީ
ރުމުގައި ގެންގުޅޭ ހަމަތަކުގެތެރެއިން ހަމައެއްކަން ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް
ބަޔާންކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާއަށް ބެލުމުން އިނގޭކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/805 ޤަޟިއްޔާ އިސްތިއުނާފަށް ހުށަހެޅި ފަރާތުގެ
ބަހަށާއި، އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތުގެ ބަހަށާއި، ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި، މިޤަޟިއްޔާގެ
ތެރެއަށް ތަދައްޚުލްވެފައިވާ ފަރާތްތަކުގެ ބަހަށާއި، އެފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު،
ފެންނަން އޮތް އެއް ޙަޤީޤަތަކީ މަތީގައި ބަޔާންކުރެވުނު މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ތަޢާރަފްކުރި
އުޞޫލާއި އެއްގޮތަށް އެންމެ ފުރަތަމަ މަރުޙަލާއިން ފެށިގެންވެސް އެ އުޞޫލު ތަޢާރަފުކުރި ފަރާތަށް
ޢަމަލުކުރެވިފައި ނުވާކަންކަމާއި، ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި އުޞޫލެއް އެކުލަވާލައި އެ އުޞޫލުން
ޙާޞިލުކުރަން ބޭނުންވި މަޤްޞަދު ތަކުގެ ތެރެއިން 2/3 (ތިންބައިކުޅަ ދެބައި) ބިނާވެފައިވަނީ، ޙައްޖަށް
ދާމިހުންނަށް ލުއިފަސޭހަ ރަގަޅު ޚިދުމަތެއްދީ، އެމީހުންގެ ޙައްޤުތައް ޙިމާޔަތްކުރެވޭނެ
ގޮތެއް ހޯދުންކަން
އެނގެން އޮތްއިރު، އެކަން ޙާޞިލްވެގެންދާނީ އެކަމަށް އެންމެ ޤާބިލް ފަރާތްތަކަކާއި އެމަސައްކަތް
ޙަވާލުކުރެވިގެންކަން އެއީވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއްކަމާއި، އެކަން އެންމެ ފުރިހަމަ ގޮތުގައި
ޙާޞިލުވެގެންދާނީ އުޞޫލު އޭގެ ޒާތުގައި އަކުރުން އަކުރަށް ތަންފީޒު ކުރެވިގެންކަމާއި، ނަމަވެސް
ހުށަހެޅިފައިވާ މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އުޞޫލާއި ޚިލާފަށް ޢަމަލުކުރެވިފައިވަނީ
ޕްރޮޕޯސަލްތައް ހުށަހެޅި ކުންފުނިތަކުންގެ ތެރެއިން ބައެއް ކުންފުނިތަކަށް އެކަނި ނޫންކަމާއި، އެ އުސޫ2
eގެ ފައިން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
ޟިއްޔާ ނިމުނު ގޮތުގެ ޚުލާ
¢¢
می میر
2013/HC-A/135
/ ޏ ސ ޑ 3
4
ހއޤީޤަ8ނ
ޚިލާފަށް ޢަމަލުކުރެވިފައިވާ ފަރާތްތަކުގެ ތެރޭގައި އުޞޫލު ތަންފީޒުކުރަންތިބި ފަރާތްތައްވެސް ހިމެނިފައިވާކަން
އެނގެން އޮތުމާއެކު، އުޞޫލާ އެއްގޮތަށް ޢަމަލުނުކުރެވުމުގެ ނަތީޖާއެއްގެ އެކުންފުނިތަކުގެ ބިޑްތައް
ބާޠިލްކޮށް މިކަން ނިންމާލުމަށްވުރެ، އެންމެ ޤާބިލް، ކަމަށް އެކަށީގެންވާ ކުންފުނިތައް ހޮވުމުގެ ފުރުޞަތު
ލިބިގެންދާނީ މުޅި ޕްރޮސެސް އަލުން ފަށައިގެން ކަމުގައިވާތީ، އެއީ މިކަމުގައި އޮތް ފުރިހަމަ
ޙައްލުކަމުގައި އަޅުގަނޑަށް ފެންނަކަމެވެ.
އެންމެ
6
ފަނޑިޔާރު ޢަބްދުﷲ ޙަމީދުއާއި ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ރައުޔު:
ޙައްޖަށް މީހުންގެ ގެންދިޔުމުގެ ހުއްދައަށް އެދި 17 ކުންފުންޏަކުން ޕްރޮޕޯސަލް
ހުށަހަޅާފައިވާކަމާއި، އެއިގެ ތެރެއިން 10 ކުން ންފުންޏަކުން ”ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ
އުޞޫލު، ގައިވާ އެންމެހައި ކަންކަން ފުރިހަމަކުރުމަށްފަހު ޕްރޮޕޯޒަލް ހުށަހަޅާފައިވާކަމާއި، އަދި 7
ކުންފުންޏަކުން "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލު" ގެ 21 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކުރާ ކުންފުނީގެ ސިޓީ ހުށަހަޅާފައިނުވާކަން އެނގެން އޮންނައިރު، އެ 7 ކުންފުނީގެ ތެރޭގައި ސިވިލް
ކޯޓުގެ ނަންބަރު 2013/Cv-C/805 ޤަޟިއްޔާގައި ދަޢުވާކުރި 4 ކުންފުނިވެސް ހިމެނޭކަން އެނގޭކަމާއި،
1434 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ހުއްދަ މިހާރު ލިބިފައިވާ
ފަރާތްތަކަކީ، 1434 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯޒަލް
ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން 2013 މާރޗް 05 ގައި ކުރި މިނިސްޓްރީ އޮފް އިސްލާމިކް
އެފެއަރޒުގެ ނަންބަރު 01
/
2013
/
07/IUL
)
142
-
D) "އިޢުލާނު" އަށް އިޖާބަދިނުމުގެ ގޮތުން
"ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލު" ގައިވާ އެންމެހައި ކަންކަން ފުރިހަމަ ކުރުމަށްފަހު،
ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތްތަކެއްކަން ދައުލަތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން
ވެސް ޚިލާފެއް
ނެތި އެނގެން އޮންނަކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/805 ޤަޟިއްޔާގައި ދަޢުވާކޮށްފައިވާ 4 ކުންފުންޏަކީ
"ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލު" އާއި އެއްގޮތަށް
ގޮތަށް ފުރިހަމަ ކުރަންޖެހޭ ކަންކަން
ފުރިހަމަ ވާގޮތަށް ޕްރޮޕޯޒަލް ހުށަހެޅި ފަރާތްތަކެއް ނޫންކަން ސާފުކޮށް އެނގެން އޮތްއިރު،
1434 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ހުށަހަޅާފައިވާ ޝަރުޠު ފުރިހަމަވާ
ޕްރޮޕޯޒަލްތަކާއެކު "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލު" ގައި ކަނޑައެޅިފައިވާ ގާގޮޗާމްގެ ފައި
I
sތޑ 8
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޓެޖީ
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާ
ތގެ ޚުލާސާ
2013/HC-A/135
utco
ޚިލާފަށް ހުށަހަޅާފައިވާ ފަރާތްތަކެއްގެ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމަކީ، އެ އުޞޫލާއި އެއްގޮތަށް ޤާނޫނީ
ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމަށްފަހު ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތްތަކުގެ
ޙައްޤު ގެއްލުމުގެ އިޙްތިމާލު އޮންނާނެ ކަމެއްކަމާއި،
އަދި ވަކި ގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އުޞޫލުތަކާއި އިޖުރާއާތު ތަކެއް ވަނިކޮށް،
އިޖްރާއާތުތަކާއި ޚިލާފަށް، ކަންކުރުމަށް ފުރުޞަތު ދެވޭނަމަ އަދި އެގޮތަށް ކުރެވޭ ކަންކަމަކީ ޤާނޫނީ ގޮތުން
ޞައްޙަ ކަންކަން ކަމުގައި ބަލައިގަނެވޭނަމަ އެފަދަ ކަންކަމަކީ ކޮރަޕްޝަނަށް މަގުފަހިވެގެން ހިގައިދާނެ ކަމެއް
އެ
ކަމެވެ.
ވީމާ، 1434 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ހުށަހަޅާފައިވާ ޝަރުޠު
ފުރިހަމަވާ ޕްރޮޕޯޒަލްތަކާއެކު، އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އާއި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް
ޕްރައިވެޓް ލިމިޓެޑް އާއި އަލްޞަފާ ޕްރައިވެޓް ލިމިޓެޑް އަދި ކްލެސިކް ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް
ލިމިޓެޑް ގެ ފަރާތުން ހުށަހެޅި ޕްރޮޕޯޒަލްތައް "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުޞޫލު" އާއި
އެއްގޮތްވާ ގޮތުގެ މަތިން އިވެލުއޭޓްކުރުމަށް ކަނޑައަޅުއްވައި ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/805
ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ރަނގަޅަށް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ނުފެނުނެވެ.
އިސްވެ ބަޔާންކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމުން،
1434 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ހުށަހަޅާފައިވާ ޝަރުޠު ފުރިހަމަވާ
ޕްރޮޕޯޒަލްތަކާއެކު، އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑާއި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް
ލިމިޓެޑާއި އަލްޞަފާ ޕްރައިވެޓް ލިމިޓެޑް އަދި ކްލެސިކް ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހެޅި ޕްރޮޕޯޒަލްތައް "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލު" އާއި އެއްގޮތްވާ ގޮތުގެ
މަތިން އިވެލުއޭޓްކުރުމަށް ކަނޑައަޅުއްވައި ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/805 ޤަޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން
ބާޠިލްކޮށް އެގޮތުގެ މަތީން ޙުކުމްކޮށްފީމެވެ.
ޖެހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv