ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/63 ޤަޟިއްޔާގެ ޙުކުމް
1
2{{09/HC-A/63
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ކޯޓު
!ރާއްޖޭގެނ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 63/HC
-
A/2009
އިސްތިއުނާފުކުރި ފަރާތް
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
* އައިޑީ ކާޑު ނަންބަރ:
* ދާއިމީ އެޑްރެސް: -
މިހާރު އެޑްރެސް:-
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ޙާމިދު ޢަބްދު
އައިޑީ ކާޑުނަންބަރު: A205397
* ދާއިމީ އެޑްރެސް: މިރިހިމާގެ} ނ.ވެލިދޫ
މިހާރުގެ އެޑްރެސް: މ.ބީޗްފްލެޓް/ މާލެ
ސްޓްރީކުރެވުނު ތާރީޚް: 24 މާރޗް 2009
* ނިމުނު ތާރީޚް:
11 ޖެނުއަރީ 2012
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2008/JC/1477
ނިންމެވިކޯޓް: ޖިނާއީކޯޓު
މައްސަލައިގެ ބާވަތް: ވައްކަން
ހުށަހެޅި ތާރީޚް: 04 ނޮވެމްބަރ 2008 ނިމުނު ތާރީޚް: 23 ޑިސެމްބަރ 2008
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް :
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަޙުމަދު ޝަރީފު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
fighhcourt.gov.mv
2
2{{39}HC-A/63
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީކޯޓުގެ ނަންބަރު: 2008/JC/1477 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފުކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލް
އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި،
މައްސަލަ ރައްދުވާ ފަރާތަކީ ނ.ވެލިދޫ/މިރިހިމާގެ، ޙާމިދު ޢަބްދުﷲ (އައި.ޑީ.ކާޑް ނަންބަރު205397-A)
އެވެ.
:
0l
ފާހަގަކުރެވުނު ނުކުތާތައް
މިއީ، ޖިނާއީކޯޓުގެ ނަންބަރު: 2008/JC/1477 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފުކޮށްދިނުން އެދި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެކެވެ. މި ޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ނ.ވެލިދޫމިރިހިމާގެ، ޙާމިދު ޢަބްދު
އެވެ.
02 - އިސްތިއުނާފު މިކުރެވޭ ޖިނާއީކޯޓުގެ ނަންބަރު: 2008/JC/1477 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ނ.ވެލިދޫމިރިހިމާގެ، ޙާމިދު ޢަބްދު
16ޖުލައި 2007 ދުވަހުގެ 16:30 ހާއިރު ކ.ސާރާވިލާއަށް ވަދެ އެގޭގެ ކޮޓަރިއެއްގައި ހުރި ޑްރެސިންގ
ޓޭބަލެއްގެ ވަތްގަޑު ތެރޭގައި އޮތް ކުޑަ ދަބަހެއް ނަގައި، އޭގެތެރެއިން -/200ރ.(ދުއިސައްތަ) ރުފިޔާ މި
ޙާމިދު ޢަބްދުﷲ ވަގަށް ނަގާފައިވާކަމަށްބުނެ، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 138
ވަނަ މާއްދާގެ ދަށުން ޙާމިދު ޢަބްދުﷲ ގެ މައްޗަށް މީހުން ދިރިއުޅޭ ތަނަކުން ވައްކަން ކުރުމުގެ ކުށުގެ
ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާނީ، ޙާމިދު ޢަބްދުﷲ ގެ މައްޗަށް ދައުލަތުން ކުޑަ ވައްކަން
ކުރުމުގެ ދަޢުވާއަށް ޙާމިދު ޢަބްދުﷲ އިންކާރު ކޮށްފައި ވުމާއި، ޙާމިދު ޢަބްދުﷲ އެފައިސާ ނެގިކަން
ސާބިތުވާ ވަރުގެ ހެކި ލިބިފައި ނުވާކަމަށް ކަނޑައަޅުއްވައި، ޙާމިދު ޢަބްދުﷲ ގެ މައްޗަށް ދައުލަތުން ކުޅަ
ދަޢުވާ ސާބިތު ނުވާކަމަށް ކަނޑައަޅުއްވާފައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.jiighcourt.gov.mv
3
2{{39/HC-A/63
<< o
03 -ޖިނާއީކޯޓުގެ ނަންބަރު: 2008/JC/1477 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 03 (ތިން)
ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ : ނ.ވެލިދޫ/މިރިހިމާގެ، ޙާމިދު ޢަބްދުﷲ ވައްކަން ކުރިކަމަށް
އިޢުތިރާފުވެ 06 އޯގަސްޓް 2007 ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސަށް ދީފައިވާ ބަޔާނަށް ރިޢާޔަތް
ނުކުރައްވައި މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
(ނ) ދެވަނަ ނުކުތާއަކީ: ޖިނާއީ ކޯޓުން މިމައްސަލަ ނިންމެވުމުގައި، ދައުލަތުން ހެކީގެ
ގޮތުގައި ހުށަހަޅާފައިވާ އެއްވެސް ޤަރީނާ އަކަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވާ ކަމަށް
ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
(ނ) ތިންވަނަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް މައްސަލަ
ނިންމާފައިވާކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.
04 - މިމައްސަލައާއި ގުޅިގެން ޖިނާއީކޯޓުގެ ނަންބަރު:2008/JC/1477 ޤަޟިއްޔާ ގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ
ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ޖިނާއީކޯޓުގެ ނަންބަރު:2008/JC/1477 ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން
ނ.ވެލިދޫ/މިރިހިމާގެ، ޙާމިދު ޢަބްދުﷲ ގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، މީހުން ދިރިއުޅޭ ތަނަކުން
ވައްކަން ކުރުމުގެ ކުށުގެ ދަޢުވާކަމާއި، އެދަޢުވާއަށް ޙާމިދު ޢަބްދުﷲ އިންކާރު ކޮށްފައިވާ ކަމާއި، އޭނާ
ދަޢުވާއަށް އިންކާރު ކުރުމުން އެދަޢުވާ ސާބިތު ކުރުމަށް ހެކި ހުށަހެޅުމުގެ ފުރުޞަތު ދިނުމުން ދައުލަތުގެ
ފަރާތުން ހުށަހަޅާފައިވަނީ، ޙާމިދު ޢަބްދުﷲ މައްސަލާގެ ތަޙްޤީޤަށް ދީފައިވާ އިޢުތިރާފު ބަޔާނާއި،
ކ.ސާރާވިލާ/ ޢާއިޝަތު ޖީޒާއާއި، އެގޭގައި އުޅޭ ހދ.ނޮޅިވަރަމް ނަސީމީ ހައުސް އާމިނަތު ޙުސައިން
މައްސަލާގެ ތަޙްޤީޤަށް ދީފައިވާ ބަޔާން ކަމާއި، މީގެ އިތުރުން ޝަރީޢަތަށް ފެންނަނަމަ މި ޢާއިޝަތު
ޖީޒާއާއި އާމިނަތު ޙުސައިން ކޯޓަށް ހާޒިރު ކޮށްދެއްވުމަށް ދައުލަތުގެ ފަރާތުން އެދިފައިވާކަން އެނގެން
2 2 22
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 6471
533
އީމެއިލް: [email protected] ވެބް ސައިޓް: WWW
.
fighhcourt.gov.mv
4
2{{39/HC-A/63
'ޖަނަވައެވެ
(ށ) މައްސަލާގެ ތަޙްޤީޤަށް 06 އޯގަސްޓް 2007 ގައި ޙާމިދު ޢަބްދުﷲ ދީފައިވާ
ބަޔާނަށް ބަލާއިރު، 2007 ވަނަ އަހަރު ޖުލައި މަހުގެ 16 ވަނަ ދުވަހުގެ 16:30 ހާއިރު ވިލިގިއްޔަށް
ގޮސްގެން އުޅުމުގެ ތެރޭގައި، ވ.ސާރާވިލާ އެވެ ކިޔާ ގެއަކަށް ވަދެ، އެގޭތެރޭގައި އޭރު އުޅެމުންދިޔަ
މީހުނަށް ނުފެނި، އަދި ސަލާމް ނުގޮވާ، އެމީހުންގެ ހުއްދަ ނުހޯދާ، އެގޭތެރޭގައި ހުރި ކޮޓަރިއަކަށް
ވަތްކަމަށާއި، ވަދެ އެކޮޓަރި ތެރޭގައި ހުރި ޑްރެސިންގ ޓޭބަލެއްގެ ވަތްގަޑުތެރޭގައި އޮތް ކުޑަ ދަބަހެއް
ހުޅުވައި އޭގެ ތެރޭގައި އޮތް -2003ރ.(ދުއިސައްތަ ރުފިޔާ) ނަގާފައިވާކަމަށް އެބަޔާނުގައި
އެއްބަސްވެފައިވާކަން އެނގެން އޮތްކަމުގައި ވިޔަސް، އެބަޔާނުގެ މައްޗަށް ބިނާކޮށް ދައުލަތުން ޙާމިދު
ޢަބްދުﷲ ގެ މައްޗަށް މީހުން ދިރިއުޅޭ ތަނަކުން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާ ކުރުމަށް ޖިނާއީ ކޯޓަށް
މައްސަލަ ހުށަހަޅާފައިވަނީ 14 ނޮވެމްބަރ 2008 ގައި ކަން، ޖިނާއީކޯޓުގެ ނަންބަރު:2008/JC/1477
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި، އަދި އެއީ ދިވެހިރާއްޖޭގައި މިހާރު
ޢަމަލު ކުރެވެމުން މިދާ ޤާނޫނުއަސާސީ ތަޞްދީޤްކޮށް ޢަމަލު ކުރަން ފެށިތާރީޚަށްވުރެ ފަހުގެ
ތާރީޚެއްކަމާއި، އެހެންކަމުން ޙާމިދު ޢަބްދުﷲ ގެ މައްޗަށް އުފުލިފައިވާ ދަޢުވާއަށް ހިފާނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ،
މީހާ ބުއްދި
ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައި ވާ އިއުތިރާފު ފިޔަވައި، އެހެން އިޢުތިރާފުތަކަކީ
ހެއްކެއްކަމުގައެއް ނުބެލެވޭނެއެވެ." މިފަދައިން ބުނެފައިވާ ޤާނޫނީ މަބްދައު ކަމާއި، އެގޮތުން ބަލާއިރު،
ޙާމިދު ޢަބްދުﷲ، މައްސަލާގެ ތަޙްޤީޤުގައި ދީފައިވާ ބަޔާނުގައި، އޭނާ ވ.ސާރާވިލާ އެވެ، ކިޔާ ގޭގެ
ކޮޓަރިއެއްގެ ތެރޭގައި ހުރި ޑްރެސިންގ ޓޭބަލެއްގެ ވަތްގަޑުގެ ތެރޭގައި އޮތް ކުޑަ ދަބަހެއްގެ ތެރޭގައި އޮތް
-;200ރ. ނެގިކަމަށް އިޢުތިރާފުވެފައި، ޝަރީޢަތުގެ މަޖިލީހުގައި އެއިޢުތިރާފުން ރުޖޫޢަ ވެފައިވާކަން
އެނގެން އޮންނާތީ، މައްސަލާގެ ތަޙްޤީޤަށް 06 އޯގަސްޓް 2007 ގައި ޙާމިދު ޢަބްދުﷲ ދީފައިވާ
ބަޔާނުގައި ވެފައިވާ އިޢުތިރާފަކީ އެއަށް ޝަރީޢަތުން ހެއްކެއްގެ ގޮތުގައި ބެލޭނެ އިޢުތިރާފެއް ނޫންކަން
އެނގެއެވެ.
(ނ) ޖިނާއީކޯޓުގެ ނަންބަރު: 2008/JC/1477 ޤަޟިއްޔާގައި ދައުލަތުން ހެކީގެ
ގޮތުގައި ހުށަހަޅާފައިވާ ވ.ރާވިލާ:ޢާއިޝަތު ޖީޒާ އާއި، ހދ.ނޮޅިވަރަމް! ނަސީމީ ހައުސް، އާމިނަތު
ޙުސައިނާއި ދެމީހުން ޝަރީޢަތަށް ހާޒިރު ކޮށްފައި ނުވާސަބަބު ބެލުމުގެ ގޮތުން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން، އެޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 03 (ތިނެއް) ވަނަ
ނަންބަރުގައި، "ދަޢުވާ ސާބިތު ކުރުމަށް ހެކީންގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ވސާރާ ވިލާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
fighhcourt.gov.mv
ހައިކޯ
ދިވެހީ
5
2{{39}HC-A/63
44447
ފެނެއެވެ.
ޢާއިޝަތު ޖީޒާއާއި، އެގޭގައި އުޅޭ ހދ.ނޮޅިވަރަމްގެ ނަސީމީ ހައުސް އާމިނަތު ޙުސައިނާއި މިދެމީހުންގެ
ތެރެއިން ޢާއިޝަތު ޖީޒާއަކީ މިފައިސާގެ ވެރިފަރާތްކަމަށް މިދެމީހުންގެ ބަޔާނު (ތަޙްޤީޤު) ގައި ބުނެފައިވާ
ސާރާ އާދަމްގެ ދަރިއެއް ކަމާއި، އާމިނަތު ޙުސައިނަކީ ޢުމުރުން 12 އަހަރުގެ ކުއްޖެއްކަމާއި، މިދެމީހުން
ދީފައިވާ ބަޔާން (ތަޙްޤީޤު) އަށް ބަލާއިރު މިއިން އެކަކަށްވެސް ޙާމިދު ޢަބްދުﷲ އެފައިސާ ނެގިތަން
ފެނިފައި ނުވާކަން އެނގޭތީ، މިމީހުން ކޮންމެހެން (ކޯޓަށް ޙާޟިރު ކުރުމުގެ ބޭނުމެއް އޮތް ކަމަކަށް
މިފަދައިން ފާހަގަ ކުރައްވާފައި ވާކަން އެނގެން އޮންނާތީއާއި،
އަދި ހަމަ އެނުކުތާގައި، "މިފައިސާގެ ވެރިފަރާތް ކަމަށް ބުނާ ސާރާ އާދަމް، މިފައިސާ
މީހަކު ވަގަށް ނަގާފައިވާކަމަށްބުނެ، ކަމާބެހޭ އެއްވެސް ފަރާތެއްގައި ޝަކުވާ ކޮށްފައިވާކަން އެނގެން
ނެތުމާއި، އަދި ޙާމިދު ޢަބްދުﷲ އަތުން މިފައިސާ އަތުލެވިފައި ވާކަމަށް ފުލުހުންގެ ބަޔާނެއްވެސް ލިބިފައި
ނުވާކަން ފާހަގަކުރެވެއެވެ." މިފަދައިން ފާހަގަކުރައްވާފައިވާކަން އެނގެން އޮންނާތީ، މިކަންކަން ކަމުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން ވިސްނާ ބެލުމުން،
މައްސަލަ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދެހެކީންކުރެ އެއްވެސް
ފަރާތެއް އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރު ކުރެވިފައި ނުވަނީ، އެދެފަރާތުގެ ތަޙްޤީޤު ބަޔާނުން،
އޭގެ ތެރެއިން އެކަކަށްވެސް ޙާމިދު ޢަބްދުﷲ އެފައިސާ ނެގިތަން ފެނިފައި ނުވާތީކަމަށް ފާހަގަކުރައްވާފައި
ވާއިރު، އެދެމީހުންނަށް ފައިސާ ނެގިތަން ފެނިފައި ނުވިޔަސް، އެދެމީހުން ޝަރީޢަތަށް ހާޒިރުކޮށްގެން
ޝަރީޢަތުން ކަށަވަރު ކުރެވޭނޭ ކަންތައްތަކެއް ހުރިކަން އެނގޭކަމާއި، މިގޮތުން އެބުނާ ކުޑަ ދަބަހެއްގައި -
/200ރ. އޮތްކަން ޢާއިޝަތު ޖީޒާއަށް އެނގުނު ގޮތަކާއި، އަދި އެދަބަހުގައި އެނޫން އެހެން ފައިސާ،
ހުރިކަން ނުވަތަ ނެތްކަން ޢާއިޝަތު ޖީޒާއަށް އެނގޭތޯއާއި، އެންމެ ފަހުން އެ ދަބަސް ބަލާ ހެދި
ވަގުތަކާއި، އޭގެފަހުން
ފަހުން ގެއަށް ވަދެ ނުކުމެ އުޅުނު ބަޔަކާއި، މިކަންކަން ބަލާ ސުވާލުކޮށް ސާފުކުރުވުނީސް
ކަމާއި،
އަދި މީގެ އިތުރުން މައްސަލަ އާއި ގުޅިގެން ތަޙްޤީޤު ކުރި ފަރާތުގެ ބަޔާނެއް ދައުލަތުގެ
ފަރާތުން ހުށަހަޅާފައި ނެތްކަމުގައި ވިޔަސް، ތަޙްޤީޤު ބަޔާންތަކުގައި، މައްސަލަ ތަޙްޤީޤްކުރި ފަރާތްތަކުގެ
ނަންތައް ހިމެނިފައި ވާކަމާއި، އެމީހުން ޝަރީޢަތަށް ހާޒިރު ކުރިނަމަ، ޙާމީދު ޢަބްދުﷲ ފުލުހުންގެ ބެލުމުގެ
ދަށަށް ގެންދެވުނު ގޮތަކާއި، އޭނާ ބަލާ ފާސްކުރިއިރު، އޭނާ އަތުގައި ހުރި ފައިސާގެ އަދަދަކާއި، އެބުނާ
-/200ރ. އަށް ވުރެ އިތުރު ފައިސާއެއް އޭނާ އަތުގައި އެވަގުތު ހުރިތޯއާއި، އެބުނާ ފައިސާ ޢާއިޝަތު
ޖީޒާއާއި ޙަވާލު ކުރެވިފައި ވޭތޯއާއި މިފަދަ އެންމެހައި ކަންކަން ބަލާ ކަށަވަރު ކުރެވުނީސްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި/ މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 36471
އީމެއިލް: [email protected] ވެބް ސައިޓް: WWW
.
fighhcourt.gov.mv
6
2{{39/HC-A/63
464ޖ އ.ހ2ވ
އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާން
ކޮށްފައިވާ، "ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފު
ފިޔަވައި، އެހެން އިޢުތިރާފުތަކަކީ ހެއްކެއްކަމުގައެއް ނުބެލެވޭނެއެވެ." މިފަދައިން އޮންނަ އޮތުމުން ޙާމިދު
ޢަބްދުﷲ ގެ ތަޙްޤީޤް ބަޔާނުގައި އޭނާ ވެފައިވާ އިޢުތިރާފު ނަފީވެގެން ދިޔަ ކަމުގައި ވިޔަސް،
އެބަޔާނުގައިވާ އެހެނިހެން ކަންތައްތަކުން، ލިބިދޭ ޤަރީނާއެއް ނުވަތަ ޤަރީނާތަކެއް ނަފީވެގެން ނުދާނެކަމާއި،
މިގޮތުން ޙާމިދު ޢަބްދުﷲ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި، 2007 ވަނަ އަހަރު ޖުލައި މަހުގެ 16 ވަނަ
ދުވަހުގެ 16:30 ހާއިރު އޭނާ ހުރީ ޖަލުގައި ކަމަށް ބުނެފައިވާއިރު، އެއީ ރަގަޅު ތެދު ބުނުމެއްތޯއާއި،
އޭނާގެ އެބަސް ތެދުކަމުގައި ޝަރީޢަތަށް ސާބިތު ވެއްޖެނަމަ އިތުރު އެއްވެސް ބެލުމެއް ނެތި މައްސަލަ
އެހިސާބުން ވަކިގޮތަކަށް ނިމިގެން ދާނެކަމާއި، ނަމަވެސް އެބަސް ދޮގުވެއްޖެނަމަ، އޭނާގެ ތަޙްޤީޤް
ބަޔާނުގައިވާ "އިޢުތިރާފު" ގެ ނުކުތާ ފިޔަވައި، އެހެނިހެން ކަންކަމުން ޝަރީޢަތަށް ލިބިދޭ ޤަރީނާ އާއި
ޢާއިޝަތު ޖީޒާއާއި އާމިނަތު ޙުސައިން އާއި މައްސަލަ ތަޙްޤީޤު ކުރި ފަރާތްތައް ހާޒިރުކޮށް ސުވާލު
ކުރިނަމަ އެފަރާތްތަކުގެ ބަހުންވެސް ޤަރީނާތަކެއްލިބި، އެޤަރީނާ ތަކުގެ މެދުގައި ގުޅުންތަކެއް ހުރެ،
އެގުޅުމުގެ ސަބަބުން މައްސަލަ ސާބިތުވެގެން ދިޔުމަކީވެސް މިމައްސަލާގައި އޮތް އިޙްތިމާލެއް ކަމުގައި
މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤް ވެވިފައިވެއެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށްބެލިއިރު، ޖިނާއީކޯޓުގެ
ނަންބަރު: 2008/JC/1477 ޤަޟިއްޔާ ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ނ.ވެލިދޫ/މިރިހިމާގެ، ޙާމިދު ޢަބްދުﷲ (އައި.ޑީ.ކާޑް ނަންބަރު205397-A) ގެ މައްޗަށް ޤާނޫނުލް
ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 138 ވަނަ މާއްދާގެ ދަށުން މީހުން ދިރިއުޅޭ ތަނަކުން ވައްކަން
ކުރުމުގެ ކުށުގެ ދަޢުވާ ކުރުމުން، އެދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމް ކުރައްވާފައިވަނީ، ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާގޮތުގެ މަތީން އެމައްސަލަ ސާބިތު ވޭތޯ ނުވަތަ ނުވޭތޯ ބެލެންހުރި ގިނަ
ކަންތައް ތަކަކަށް ބެލުމަކާއި ނުލައިކަމަށް މިމައްސަލަ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހަށް
އިއްތިފާޤް ވެވިފައިވާތީއާއި، އެކަންތައްތައް ބެލުމުގެ ގޮތުން ދައުލަތުން ހުށަހަޅާފައިވާ ހެކީންނާއި، މައްސަލަ
ތަޙްޤީޤް ކުރި ފަރާތްތައް ހައިކޯޓަށް ހާޒިރުކޮށްގެން ބަލާފިނަމަ، އޭގެ ސަބަބުން ނުކުމެދާނެ ނަތީޖާ
އިސްތިއުނާފު ކުރުމަށް ދަޢުވާ ރައްދުވާ ފަރާތަށް ލިބިފައިވާ ޙައްޤަށް އުނިކަން ލިބުމުގެ ފުރުޞަތު އޮތަތީ،
2x 2 2x 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި| މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 16471 ޖެ
އީމެއިލް: [email protected] ވެބް ސައިޓް: WWW
.
fighcourt.gov.mv
7
2{{09/HC-A/63
މިދަޢުވާއަކީ ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަލުން ކަމާބެހޭ ކޯޓަށް ހުށަހަޅައިފިނަމަ،
މިޤަޟިއްޔާގައި ހައިކޯޓުން ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކުރުމާއެކު ފައިޞަލާ ކުރަނިވި ޙުކުމެއް
ކުރަންޖެހޭ ދަޢުވާއެއްކަމުގައި ކަނޑައަޅައި، އެގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ.
.ޑްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
fighcourt.gov.mv