ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/298 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/298
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރު: 298/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޕަރނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިޓޑ
ރަޖިސްޓްރީ ނަންބަރު: 0649
/
2010-C
އެޑްރެސް: މިނިސްޓްރީ އޮފް ފިނޭންސް
* މިހާރުގެ އެޑްރެސް: މިނިސްޓްރީ އޮފް ފިނޭންސް
*
*
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ފާޠިމަތު މުޙައްމަދު
އައިޑީ ކާޑުނަންބަރު: A051856
ދާއިމީ އެޑްރެސް: ޔަމަން | ހދ. ކުޅުދުއްފުށި
މިހާރުގެ އެޑްރެސް: ޔަމަން | ހދ. ކުޅުދުއްފުށި
*
• ރަޖިސްޓްރީކުރި ތާރީޚް: 07 ޛުލްޙިއްޖާ 1433
23 އޮކްޓޯބަރު 2012
= ނިމުނު ތާރީޚް: 09 މުޙައްރަމް 1435
13 ނޮވެމްބަރ 2013
، އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR;19
• ނިންމެވި ފަރާތް: ވަޒީއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: ވަޒީފާއާ ބެހޭ
ހުށަހެޅި ތާރީޚް: 16.02.2012
= ނިމުނު ތާރީޚް: 2012-17.06
ދިވެހިރާއްa
0
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާ)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2012/HC-A/29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
404
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/19 މައްސަލަ، އެޓްރައިބިއުނަލްއިން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އަޕަރނޯދު ހެލްތް ސާރވިސަސް ކޯޕަރޭޝަން
ލިމިޓެޑްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހދ.ކުޅުދުއްފުށި ! ޔަމަން ފާތިމަތު
މުޙައްމަދުއެވެ.
2 ތތ ހ23
(l
އިސްތިއުނާފު ކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/19
މައްސަލައަކީ ހދ. ކުޅުދުއްފުށި | ޔަމަން ފާޠިމަތު މުޙައްމަދު (A051856)، އަޕަރ ނޯތު ހެލްތް ސަރވިސަސް
ކޯޕަރޭޝަން ލިމިޓެޑްގައި، ޑެޕިއުޓީ މެނޭޖަރކަމުގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އޭނާގެ ކިބައިގައި
ވަޒީފާ އަދާކުރެވޭފަދަ އިލްމާއި ހުނަރު ނެތުމުގެ ސަބަބުންނާއި ދެފަރާތުން އެއްބަސްވެވިފައިވާ ވަޒީފާގެ
އެއްބަސްވުމާއި ވަޒީފާއާބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށްބުނެ، ރިޑަންޑަންސީ ޕެކޭޖުގެ ދަށުން 22
ޖެނުއަރީ 2012 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށްކަމަށް ބުނެ، އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް
ރައްދުވާގޮތަށް އެމައްސަލަ ބައްލަވައިދެއްވުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ބެއްލެވި މައްސަލައެއްކަމާއި،
އެ މައްސަލަ ނިންމަވާފައިވަނީ "... ދެންފަހެ، މި މައްސަލައާއި ގުޅިގެން މައްސަލަ ހުށަހެޅި
ފަރާތާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ބަލާއިރު،
މައްސަލަ ހުށަހެޅި ފާތިމަތު މުޙައްމަދު (A051856)، ޔަމަން / ހދ. ކުޅުދުއްފުށި، އަޕަރ ނޯތު ހެލްތް
ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖަރކަމުގެ މަޤާމުން 22 ޖެނުއަރީ 2012 ވަނަ ދުވަހު
ވަކިކޮށްފައިވަނީ، ފާތިމަތު މުޙައްމަދުގެ ކިބައިގައި ވަޒީފާ އަދާކުރެވޭފަދަ އިލްމާއި ހުނަރު ނެތުމުގެއެއްރޫޤާބަތުގެ
ރިޑަންޑަންސީ ޕެކޭޖުގެ ދަށުންކަމަށާއި، އަދި ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2012/HC-A/1298
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
00 0 0
ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިންކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނެފައިވާއިރު، އެފަދަ ޙާލަތުގައި
ޢަމަލުކުރުމަށް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައަޅާފައިވާފަދައިން ފާތިމަތު މުޙައްމަދު އާއިމެދު ޢަމަލުކޮށްފައިވާކަން
ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ހެއްކާއި ދަލީލު ހުށަހަޅާފައި ނުވުމުން، ޤާނޫނު ނަންބަރު
02/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފާޠިމަތު މުޙައްމަދު
ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008 ވަޒީފާއާބެހޭ ޤާނޫނު)އާއި ޚިލާފަށްކަމަށް މައްސަލަބެލި
މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، އެޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް
ރިޢާޔަތްކޮށް، ފާތިމަތު މުޙައްމަދު އަދާކުރަމުންދިޔަ ވަޒީފާގައި، ނުވަތަ އޭނާ އަދާކުރަމުން ދިޔަ ބާވަތުގެ ނުވަތަ
އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި މައްސަލަ ރައްދުވި އަޕަރ ނޯތު
ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އޭނާ ވަޒީފާއަށް
ނެރުމާއި، އޭނާ ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން މިމައްސަލަ ނިމުނު ދުވަހާ ހަމައަށް މުސާރައާއި
ޢިނާޔަތުގެ ގޮތުގައި އޭނާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ވަޒީފާއިން ވަކިކުރިއިރު ދީފައިވާ ޢިނާޔަތުގެ ފައިސާ
އުނިކުރުމަށްފަހު ބާކީދޭންޖެހޭ މިންވަރު މިއަދު، 17 ޖޫން 2012 އިން ފެށިގެން، 15(ފަނަރަ) ދުވަހުގެ ތެރޭގައި
ހަމަޖައްސައި، އެކަން 7 (ހަތެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ
ރައްދުވި އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްއަށް އަންގާ
މައްސަލަ
ންމަވާފައިވާކަން މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2
0
2 هل
ހI 0x2
އަމުރަކށް
24 2
(2
19/VTR/2012
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ،
އެޓްރައިބިއުނަލްއިން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އަޕަރ ނޯތު ހެލްތް
ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރަމުން ފާހަގަކުރި ނުކުތާއަކީ،
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމެވުމުގައި ވަޒީފާގެ އެއްބަސްވުމުގެ 38 ވަނަ މާއްދާގެ (ރ) އަށް
ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
0 0
<< O
(3
މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/19 މައްސަލައިގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2012/HC-A/1298
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރުމަށް ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިނގާފައިވާ
ގޮތަށް ނަޒަކުރާއިރު،
ހދ. ކުޅުދުއްފުށި | ޔަމަން، ފާތިމަތު މުޙައްމަދު، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރކަމުގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، އަޕަރ ނޯތު ހެލްތް
ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް އުފެދުމާއި ގުޅިގެން އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން
ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖަރަކަށް ބަދަލުކޮށްފައިވާކަމާއި، އަދި ފާތިމަތު މުޙައްމަދުއަށް ޑެޕިއުޓީ މެނޭޖަރކަމުގެ
މަޤާމް ދީފައިވާކަން އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު
2011
/
03/UNHSC(3) (01 ޖޫން 2011) އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ
މުވައްޒަފެއްކަން ދަންނަވާ ޗިޓުންނާއި އަދި އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑާއި ފާމަތު
މުޙައްމަދު ސޮއިކޮށްފައިވާ، އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ވަޒީފާގެ އެއްބަސްވުމުން
އެނގެންއޮންނަކަމާ
މަކަމާއި،
އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑުން 5 ނޮވެމްބަރު 2011 ގައި ފޮނުވި
ނަންބަރު 2011
:
25 ސަރކިއުލަރގައި، 01 ޖެނުއަރީ 2012 އިން ފެށިގެން ކުންފުނި ރީސްޓްރަކްޗަރ ކުރުމަށް
ހަމަޖެހިފައިވާކަމަށާއި، މިރީސްޓްރަކްޗަރ ކުރުމުގެ ތެރޭގައި މުވައްޒަފުން ވަކިކުރެވޭނެކަމަށް އަންގާފައިވާކަން
އެނގެންއޮންނަކަމާއި،
ފާތިމަތު މުޙައްމަދު އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ
މެނޭޖަރގެ މަޤާމުން ވަކިކޮށްފައިވަނީ އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު
2012
/
15/UNISC(2) (19 ޖެނުއަރީ 2012) ގެ ވަޒީފާއިން ވަކިކުރިކަން ދަންނަވާ ޗިޓުންކަން
އެނގެންއޮންނަކަމާއި، އަދި މިވަޒީފާއިން ފާތިމަތު މުޙައްމަދު ވަކިކޮށްފައިވަނީ 2012 ޖެނުއަރީ 22 ވަނަ ދުވަހު
ކަމާއި، އަދި ފާތިމަތު މުޙައްމަދު މިވަޒީފާއިން ވަކިކޮށްފައިވަނީ ފާތިމަތު މުޙައްމަދު އަދާކުރަމުންދިޔަ މަޤާމަކީ
ފަންނީ މަޤާމަކަށްވާތީ، މަޤާމާއި ގުޅޭ މަތީ ތަޢުލީމާއި ތަޖުރިބާ ހުރި ފަރާތެއް މިމަޤާމަށް ހޯދުމަށް، އަށްގެންނެވެ
ބޯޑުން ނިންމުމާއި ގުޅިގެންކަމަށާއި، އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2012/HC-A/298
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2 22 22
މެނޭޖަރގެ މަޤާމުން ފާތިމަތު މުޙައްމަދު ވަކިކޮށްފައިވަނީ، 3 (ތިނެއް) މަސް ދުވަހުގެ މުސާރައާއި ސާރވިސް
އެލަވަންސަށްވާ ފައިސާ، އަދި -/30،000 ރުފިޔާގެ ޚާއްޞަ އެލަވަންސެއް ދިނުމަށްފަހުގައިކަން އިސްވެބުނެވުނު
ޗިޓަށް ބެލުމުން އެނގެންއޮންނަކަމެވެ.
އެއްބަސްވެތަޗެގެ
(ށ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އެހެން ގޮތަކަށް އެޤާނޫނުގައި ބަޔާންކޮށްފައިނުވާހާ ހިނދަކު، އެޤާނޫނުގެ 4 ވަނަ ބާބުގައި
ބަޔާންކޮށްފައިވާ މާއްދާތައް، ހުރިހާ ބާވަތުގެ ވަޒީފާގެ
މައްޗަށް ހިންގޭނެކަމަށް
ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި،
އެގޮތުން، ރިޑަންޑަންސީއަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ
މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއްތޯ ބަލާއިރު، ރިޑަންޑަންސީގެ ޙާލަތާ
ގުޅޭ އެއްވެސް އުޞޫލެއް ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި އެޤާނޫނުގެ ދަށުން ހެދިފައިވާ
ގަވާއިދުތަކުގައި ޤާއިމްކުރެވިފައި ނެތްކަމާއި، އެހެންނަމަވެސް ވިޔަފާރީގެ ނަފާ ހޯދުމަށް ހިންގޭ ކުންފުނިތައް
ރީސްޓްރަކްޗަރ ކުރުމަށް ނުވަތަ ކުންފުނީގެ މާލީ ޙާލަތު ދަށްވުންފަދަ ކަމެއް މެދުވެރިވެގެން، ކުންފުނީގެ
މުވައްޒަފަކު ދޫކޮށްލަންޖެހިއްޖެނަމަ، ނުވަތަ މަދުކުރަންޖެހިއްޖެނަމަ، އެފަދަ ޙާލަތުގައި މުވައްޒަފަކު ނުވަތަ
މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރާ ވަކިކުރުމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށްއޮތް އެކަށީގެންވާ
ސަބަބެއްކަމަށް ބެލެވިދާނެކަމާއި، ނަމަވެސް މި ސަބަބަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ވަކިކުރުމުގައި
ޙަޤީޤަތުގައިވެސް އެފަދަ ޙާލަތެއް މެދުވެރިވެފައިވޭތޯއާއި، އެކަން ކޮށްފައިވަނީ ހެޔޮނިޔަތުގައި ތޯއާއި، އަދި އެއީ
ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކަނޑައެޅިގެން ބޭއިންސާފުން ވަޒީފާއިން ވަކިކުރުމަށްޓަކައި ކޮށްފައިވާ
ކަމެއްތޯ ނުވަތަ ނޫންތޯއާއި އަދި ވަޒީފާއިން ވަކިކުރާނެ މުވައްޒަފުން ކަނޑައެޅުނުގޮތަކާއި، އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި (substantive fairness) އިޖްރާއީ
ޢަދުލުވެރިކަން (procedural fairness) ޤާއިމްވެފައިވޭތޯ ބަލައި އެކަންކަން ކަށަވަރުވާންޖެހޭނެކަމަށް،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 89/HC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމެވެ.
(ނ) ތިންވަނަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެޓްރައިބިއުނިންޖްގެ
2012/VTR/19 މައްސަލަ ނިންމެވުމުގައި ވަޒީފާގެ އެއްބަސްވުމުގެ 38 ވަނަ މާއްދާ
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2012/HC-A/298
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0 4 3 0 2
کمر کرست می
22
0 ދު
ބޭނުންވާ
203k ތ ދ
کر مروسرمه
ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން
އިސްތިއުނާފުކުރި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުން ރިޢާޔަތްކުރިއިރު،
އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑާއި ފާތިމަތު މުޙައްމަދުއާއި ދެމެދުވެފައިވާ
ވަޒީފާގެ އެއްބަސްވުމުގެ 38 ވަނަ މާއްދާގެ (ރ) ގެ ދަށުން މުވައްޒަފުގެ ޤާބިލްކަން އުނިވެގެން ރިޑަންޑަންޓް
ކުރެވިދާނެކަމަށް ބަޔާންކުރެވިފައިވާކަމާއި، އެގޮތުން، މުވައްޒަފު އަދާކުރަންޖެހޭ ވަޒީފާގެ މަސައްކަތަށް ބޭނުންވާ
ހުނަރު މުވައްޒަފުގެ ގައިގައި އުނިވެގެން، ނުވަތަ ނެތްކަން ފާހަގަކުރެވިގެން، ނުވަތަ ވަޒީފާ އަދާކުރުމުގައި
ޓެކްނޮލޮޖީއާއި ގޮތްތައް ބަދަލުވެގެން ނުވަތަ މުވައްޒަފު އަދާކުރަންޖެހޭ ވަޒީފާގެ މަސައްކަތަށް
ކެރި ކުޅަދާނަކަން ނެތިގެން މުވައްޒަފަކު ބޭނުންނުހިފޭ ންކަމަށް އެއަކުރުގައި
ބަޔާންކުރެވިފައިވާކަމާއި، އަދި ވަޒީފާ އަދާކުރުމުގައި ގެންގުޅެންޖެހޭ ޓެކްނޮލޮޖީއާއި ގޮތްތައް ބަދަލުވެގެން
މުވައްޒަފުގެ ޤާބިލިއްޔަތު ނެތްކަން ވަޒީފާދޭ ފަރާތަށް ފާހަގަކުރެވޭ ހިނދު، އެޤާބިލިއްޔަތު ލިބިދޭނެ ތަމްރީނެއް
މުވައްޒަފަށް ހޯދައިދިނުމަށް ވަޒީފާދޭފަރާތުން ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރަންވާނެކަމަށާއި،
ނަމަވެސް، އެކަން ކުރެވުމަކީ ރިޑަންޑަންޓް ކުރުމަށް އެޅޭ ހުރަހަކަށް ނުވަތަ މިއެއްބަސްވުމާ
ޚިލާފުވިކަމަކަށް ނުވާނެކަމަށް ބަޔާންކޮށްފައިވާކަމާއި،
އިސްވެ ބުނެވުނު މާއްދާއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތް ނުކުރައްވާކަމަށް އަޕަރ ނޯތު
ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވީނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2012/VTR/19 މައްސަލައިގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އިސްވެ ބުނެވުނު
އެއްބަސްވުމުގެ 38 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތް ކުރައްވާފައިވާކަން އިސްވެ ބުނެވުނެ ރިޕޯޓުގެ 1.3 ގެ 5
ވަނަ ޕެރަގްރާފަށް ބެލުމުން އެނގޭކަމާއި، އެހެންނަމަވެސް އެމައްސަލަ ނިންމުމުގައި، މުވައްޒަފަކު ވަޒީފާއިން
ވަކިކުރާކުރުމަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން
ވަކިކޮށްފައިވާ ވަކިކުރުމެއްކަން ކަނޑައެޅުމަށްޓަކައި، އެމައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ
ޢަދުލުވެރިކަން ޤާއިމްކުރެވިފައިވޭތޯ ކަނޑައަޅަންޖެހޭނެކަމަށް މި މައްސަލަ ބެލި ހުރިހާ ފަނޑިޔާރުންނަށްވެސް
4
2 ބ ހދ
4 22
2
444 3 24 2
84 ތ
އެއްބަލްވަރމްވެ.
(ހ) ހަތަރުވަނަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 95VTR2012
ނިންމެވިގޮތަށް ވާޞިލުވެވުނު ސަބަބުތަކަށް ބަލާއިރު، އެމައްސަލަ ނިމުނުގޮތުގެ ރިޕޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2012/HC-A/1298
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20 2 0 0
ޕެރެގްރާފްގައި އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ސަރކިއުލަރ ނަންބަރު 2011
:
25 ގައި
1 ޖެނުއަރީ 2012 އިން ފެށިގެން ކުންފުނި ރީސްޓްރަކްޗަރ ކުރުމަށް ހަމަޖެހިފައިވާކަމާއި އަދި މުވައްޒަފުން
މަދުކުރެވޭނެ ވާހަކަ މުވައްޒަފުންނަށް އަންގާފައިވީ ނަމަވެސް، ރީސްޓްރަކްޗަރ ކުރުމުގައި ގެންގުޅޭނެ އުޞޫލާއި
މިންގަނޑުތައް ކަނޑައަޅާފައިވާކަން އެނގެން ނެތްކަމަށް ފާހަގަކުރައްވާފައިވާކަމާއި،
އިސްވެ ބުނެވުނު މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 1.3 ގެ 8 ވަނަ ޕެރެގްރާފްގައި ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ
އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ބަޔާންކުރެވިފައިވާއިރު، އެސަބަބު ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ
ޒިންމާއެއްކަމުގައި ވީހިނދު، ފާތިމަތު މުޙައްމަދު ވަޒީފާއިން ވަކިކުރެވިފައިވަނީ ރީސްޓްރަކްޗަރ ކުރުމުގައި
ގެނެވުނު ބަދަލުތަކާ ގުޅިގެންކަމަށް އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން
ބުނެފައިވާއިރު، އެކަން ސާބިތުކޮށްދިނުމަށް ހެއްކާއި ދަލީލު ހުށަހެޅުމަކީ އަޕަރ ނޯތު ހެލްތް ސަރވިސަސް
ކޯޕަރޭޝަން ލިމިޓެޑްގެ ޒިންމާއެއްކަމުގައި ބަޔާންކުރައްވާފައިވާކަން ފާހަގަކުރެވޭކަމާއި،
ކުރިންވެސް ފާހަގަކުރެވުނު ފަދައިން، މުވައްޒަފަކު ރިޑަންޑަންޓް ކުރުމުގައިވެސް މައުޟޫޢީ
ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ފުރިހަމަވާންޖެހޭނެކަމާއި، އެގޮތުން، ރިޑަންޑަންސީގެ ޙާލަތުގައި
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކުރެވިފައިވާކަމަށް ބެލޭނީ ކުންފުނި
ރީސްޓްރަކްޗަރކޮށް މުވައްޒަފުން ރިޑަންޑަންޓްކުރުމަށް ނިންމި ނިންމުމަކީ ޙަޤީޤަތުގައިވެސް ކުންފުންޏަށް
ކުރިމަތިވެފައިވާ އިޤްތިޞާދީ 4economic ސަބަބުތަކަށްޓަކައި، ކުންފުނިން ހެޔޮނިޔަތުގައި ނިންމާފައިވާ
ވާނަމަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 180/HC
-
A/2011 ޤަޟިއްޔާގައި
ކަނޑައަޅާފައިވާކަމާއި،
އަދި ރިޑަންޑަންސީގެ ޙާލަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާޢީ ޢަދުލުވެރިކަން
ޤާއިމްވެފައިވާކަމުގައި ބެލެވޭނީ ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެފައިވާ ކުންފުނިން، ރިޑަންޑަންސީގެ ސަބަބުން
ވަކިކުރާ މުވައްޒަފުން ވަކިކުރުމުގައި އަންނަނިވި އިޖުރާއީ ފިޔަވަޅުތައް އަޅާފައިވާނަމަކަމަށާއި، އެގޮތުން؟
(ހ) ކުންފުންޏަށް ދިމާވެފައިވާ އިޤްތިޞާދީ ޙާލަތުގެ ސަބަބުން، ކުންފުނީގެ ވަޒީފާގައި ތިބި
މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން ވަކިކުރަންޖެހިފައިވާކަން، ކުންފުނީގެ މުވައްޒަފުންނަށްއިންތިޕިއާވާ
އަންގާފައިވުން، އަދި
ނިންމުމެއްކަމަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/298
(ށ) ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން
ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއްތާއި އުސޫލުތަކަކީ ކޮބައިކަން ކުންފުނީގެ މުއައްޒަފުންނަށް ކުރިއާލާ
އަންގާފައިވުން؛ އަދި
(ނ) ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުންނަށް ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ
މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ އެޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ ބަދަލުގައި ފައިސާ
ދީފައިވުން؛ އަދި
(ރ) ރިޑަންޑަންޓްވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްޞަ އިނާޔަތްތަކެއް ދިނުމަށް
ކުންފުނިން ކަނޑައަޅާފައިވާނަމަ، އެޢިނާޔަތް ލިބިދެވޭނެ ގޮތާއި މިންގަނޑުތައް ކުރިން ކަނޑައެޅި، ކުންފުނީގެ
މުވައްޒަފުންނަށް އެންގިފައިވުން؛
ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 180/HC
-
A/2011 ޤަޟިއްޔާއާއި އަދި
182/HC
-
A/2012 ޤަޟިއްޔާ ފަދަ މައްސަލަތަކުގައި ކަނޑައަޅާފައިވާކަން ފާހަގަކުރެވެން އޮތުމުން،
ހުށަހެޅިފައިމިވާ މައްސަލާގައި، އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑުން
ފާތިމަތު މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ ރީސްޓްރަކްޗަރ ކުރުމުގައި ގެނެވުނު ބަދަލަކާއި ގުޅިގެންކަމަށް
އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިވީ
ނަމަވެސް، އެކޯޕަރޭޝަނުން ރިޑަންޑަންޓްކުރީ ޖުމްލަ ދެ މުވައްޒަފުންކަން އެކޯޕަރޭޝަނުން ބުނެފައިވާކަމާއި، އަދި
އެއީ އެޗްއާރު އާއި ފައިނޭންސް ޑިޕާރޓްމަންޓްގެ އެންމެ އިސްކޮށް އުޅޭ ފަރާތްތައް ކަމުގައި ބުނެފައިވާއިރު، އަދި
ފާތިމަތު މުޙައްމަދުއަކީ އެޗް.އާރު ގެ އެންމެ އިސް ފަރާތްކަމުގައި އެކޯޕަރޭޝަނުން ބުނެފައިވާއިރު، ކޯޕަރޭޝަންގެ
އޮނިގަނޑަށް ބަދަލު ގެނައުމަށާއި ފާތިމަތު މުޙައްމަދު ވަޒީފާއިން ވަކިކުރުމަށް އެކޯޕަރޭޝަންގެ ޑިރެކްޓަރުންގެ
ބޯޑުން ބޭއްވި ޖަލްސާގެ ޔައުމިއްޔާކަމަށް ބުނެ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ލިޔުމަށް ބަލާއިރު،
އެލިޔުމުގައި، ފައިނޭންސްއާއި އެޗް.އާރުގެ އެންމެ އިސްފަރާތްތަކުގެ ބަދަލުގައި ހުންނާނީ މެޑިކަލް ޑިރެކްޓަރަކާއި
ނާރސް ޑިރެކްޓަރެއްކަމަށް އެލިޔުމުގައި ބަޔާންކުރެވިފައިވާކަމާއި، އެގޮތުން މެޑިކަލް ޑިރެކްޓަރެއް ބެހެއްޓުމުގެ
މަޤްޞަދަކީ މެޑިކަލް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ޒިންމާދާރު ވެރިއެއް
24 2
އެކު
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
2012/HC-A/298
OLC
ފަރާތެއް ހޯދުމަށް އެ ކޯޕޮރޭޝަންގެ ބޯޑުން ނިންމުމާ ގުޅިގެންކަމަށް ފާތިމަތު މުޙައްމަދު ވަޒީފާއިން ވައިޓް ހައިކޯ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެލިޔުމުން އެނގޭކަމާއި، އަދި ނާރސް ޑިރެކްޓަރެއް ބެހެއްޓުމުގެ މަޤްޞަދަކީ ނަރުހުންދޭ ޚިދުމަތްތަކުގެ ފެންވަރު
ރަނގަޅު ކުރުމުގެ ގޮތުން ޒިންމާދާރު ވެރިއެއް ބެހެއްޓުންކަމަށް ބަޔާންކުރެވިފައިވާކަމާއި،
އަލަށް ތަޢާރަފް ކުރެވުނުކަމަށް ބުނާ މަޤާމްތައް ކަމުގައިވާ މެޑިކަލް ޑިރެކްޓަރ އަދި ނާރސް
ޑިރެކްޓަރގެ ޝަރުޠުތަކަކީ މެޑިކަލް އަދި ނާރސިންގ ދާއިރާގެ ޑިޕްލޮމާއެއް ނުވަތަ އެއާ އެއްފެންވަރެއްގެ
ކޯޕޮރޭޓް ގަވަރނަންސްއާއި ކޯޕޮރޭޓް ބެސްޓް ޕްރެކްޓިސް ދެމެހެއްޓުމުގެ ތަޖުރިބާއާއި ތަމްރީން ލިބިފައިހުރުންކަމަށް
ކޯޕަރޭޝަންގެ ބޯޑުން ބޭއްވި ޖަލްސާގެ ޔައުމިއްޔާކަމަށް ބުނާ ލިޔުމުގައި ބަޔާންކުރެވިފައިވާކަމާއި، ޑިޕްލޮމާގެ
ފެންވަރު ނެތްނަމަވެސް، ކޯޕޮރޭޓް ގަވަރނަންސްއާއި ކޯޕޮރޭޓް ބެސްޓް ޕްރެކްޓިސް ދެމެހެއްޓުމުގެ ތަޖުރިބާއާއި
ތަމްރީން ލިބިފައިހުރުމުގެ ޝަރުޠު ކަނޑައަޅާފައިވާއިރު، އިޝާރާތްކުރެވިފައިވާ އެއްފެންވަރެއްގެ ތަޖުރިބާއާއި
ތަމްރީންކަމަށް ބަލާނެ މިންގަނޑެއް އެ ޔައުމިއްޔާގައި ބަޔާންކުރެވިފައިނުވާކަން ފާހަގަކުރެވެން އޮތްހިނދު،
ފާޠިމަތު މުޙައްމަދުއަކީ 1979 އިން ފެށިގެން ސަރުކާރުގައި ވަޒީފާއަދާކުރަމުން ދިޔަ
ފަރާތެއްކަމުގައި ފާތިމަތު މުޙައްމަދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ފާހަގަކޮށްފައިވާއިރު، އަޕަރ ނޯތު
ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖަރކަމުގެ މަޤާމަށް ފާތިމަތު މުޙައްމަދު ބަދަލުވު
ކުރިން، ފާތިމަތު މުޙައްމަދުހުރީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރކަމުގެ
މަޤާމުގައިކަން އެނގޭކަމާއި، އަދި އެމަޤާމުގެ ވަޒީފާ ބަޔާނަށް ބަލާއިރު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި
ހދ. އަތޮޅުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ވަޒީފާ އަދާކުރާ އެންމެހައި ދިވެހި މުވައްޒަފުންނާބެހޭ އެންމެހައި
ކަންތައްތައް ބަލަހައްޓައި އަދި އިދާރީ ގޮތުން ކުރަންޖެހޭ އެހެން ކަންތައްތައް ބެލެހެއްޓުން
ފާތިމަތު މުޙައްމަދުގެ
ޒިންމާތަކުގެ ތެރޭގައި ހިމެނިފައިވާކަން ފާހަގަކުރެވޭކަމާއި،
ފާޠިމަތު މުޙައްމަދު އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގައި އަދާކުރި ޑެޕިޔުޓީ
މެނޭޖަރކަމުގެ މަޤާމުގެ ވަޒީފާ ބަޔާނެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިނުވާކަމާއި، އަދި އެ މަޤާމުގެ
ޝަރުޠުތަކަކީ ކޮބައިކަންވެސް އެކޯޕޮރޭޝަނަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެދެވިފައިނުވާއިރު، ފާތިމަތު
މުޙައްމަދު އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިޔުޓީ މެނޭޖަރކަމުގެ މަޤާމުން
ވަކިކޮށްފައިވަނީ އޭނާގެ މަޤާމަކީ ފަންނީ މަޤާމެއްކަމަށް ބުނެ، އެ މަޤާމާއި ގުޅޭ މަތީ ތަޢުލީމާއި ތަޖުރިބާ ހުރި
ދަންނަވާ ޗިޓުގައި ބަޔާންކުރެވިފައިވާކަމާއި، އެހެންނަމަވެސް، އެ ކޯޕޮރޭޝަންގެ ބޯޑުން
ހހ2 22
މިމަޤް
ex
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
2012/HC-A/298
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OLX
2 22 22
އަންގައިދޭ ޔައުމިއްޔާކަމަށް ބުނެ ހުށަހެޅި ލިޔުމުގައި، ފާތިމަތު މުޙައްމަދު ރިޑަންޑަންޓްކުރުމަށް ނިންމައި، އަލަށް
ތަޢާރަފު ކުރި ކަމަށް ބުނާ މަޤާމުތަކުގައި މެޑިކަލް އަދި ނާރސް ޑިރެކްޓަރެއްގެ ކަމާބެހޭ ދާއިރާގެ ޑިޕްލޮމާއެއް
ނެތްނަމަވެސް، ކޯޕޮރޭޓް ގަވަރނަންސްއާއި ކޯޕޮރޭޓް ބެސްޓް ޕްރެކްޓިސް ދެމެހެއްޓުމުގެ ތަޖުރިބާއާއި ތަމްރީން
ލިބިފައިހުރުމުން އެމަޤާމަށް ޝަރުޠު ފުރިހަމަވާނެކަމަށް ބަޔާންކުރެވިފައިވާކަމާއި، އަދި އެ ޔައުމިއްޔާގައި އިޝާރާތް
ކުރެވިފައިވާ ތަޖުރިބާއަކީ ކޮބައިކަން ކަނޑައެޅި ބަޔާންކުރެވިފައި ނެތްކަން ފާހަގަކުރެވޭކަމާއި، އަދި އަލަށް
ތަޢާރަފުކުރިކަމަށް ބުނާ މަޤާމުތަކަށް ފާތިމަތު މުޙައްމަދުގެ ޝަރުޠު ފުރިހަމަ ނުވަނީ ކިހިނެތްކަން ބޯޑުން
ކަނޑައެޅި ގޮތެއްވެސް އެ ޔައުމިއްޔާގައި ބަޔާންކޮށްފައި ނެތްކަން ފާހަގަކުރެވޭކަމާއި،
އެހެންކަމުން، ފާތިމަތު މުޙައްމަދުގެ ކިބައިގައި އޭނާހުރި މަޤާމުގައި ހުރުމުގެ މަތީ ތަޢުލީމާއި
ތަޖުރިބާ ނެތުތީ އޭނާ ވަޒީފާއިން ރިޑަންޑަންޓްކުރީ ކަމަށް އަޕަރ ނޯތު ހެލްތް ސާރވިސަސް ކޯޕަރޭޝަން
ލިމިޓެޑުން ބުނާއިރު، އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ އިދާރީ އޮނިގަނޑަށް ގެނެވުނު
ބަދަލުތަކުގެ ތެރެއިން މަޤާމުތަކެއް މަދުވުމުގެ ބަދަލުގައި އައު މަޤާމުތަކެއް އުފައްދައި، އެ މަޤާމުތަކުގެ ޝަރުޠު
ކަނޑައެޅިއިރު، އެ ޝަރުޠުތަކުގެ ތެރޭގައި މަތީ ތަޢުލީމު ހުރުން ލާޒިމްނުވާކަން އެނގޭކަމާއި، އަދި
އެ މަޤާމުތަކަކީ ފަންނީ މަޤާމުތަކެއް ކަމުގައި އެކޯޕޮރޭޝަނުން ބުނެފައިވާއިރު، އެއްވެސް މަތީ ތަޢުލީމެއް ނެތި،
ހަމައެކަނި ތަޖުރިބާއަށާއި ތަމްރީނަށް ބިނާކޮށް އެމަޤާމްތަކަށް ކުރިމަތިލާ މީހުންގެ ޝަރުޠު ފުރިހަމަވާނެކަން
އެނގެން އޮންނަކަމާއި، އަދި ފާތިމަތު މުޙައްމަދު އޭނާ ހުރި ވަޒީފާއިން ވަކިކުރަން ނިންމިއިރު، ފާޠިމަތު
މުޙައްމަދުގެ ކިބައިގައި ޤާބިލުކަން ނެތްކަމަށް ކަނޑައަޅާފައިވާ ގޮތުގެ އެއްވެސް ތަފްޞީލެއް އެނގެން ނެތްހިނދު،
އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑުން އެކޯޕޮރޭޝަންގެ ސްޓްރަކްޗަރއަށް ނުވަތަ އޮނިގަނޑަށް
ބަދަލު ގެނެސްފައިވަނީ އިޤްތިޞާދީ ސަބަބުތަކަށްޓަކައިކަމަށް ބުނެފައިވީ ނަމަވެސް، އެ އޮނިގަނޑަށް ބަދަލު
ގެނެސްފައިވަނީ، ޙަޤީޤަތުގައިވެސް އެފަދަ ޙާލަތެއް މެދުވެރިވެގެން، ހެޔޮ ނިޔަތެއްގައިކަމަށް އެކޯޕޮރޭޝަންއަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ސާބިތުކޮށްދެވިފައިނުވާކަމާއި، އަދި މި މައްސަލައިގެ ކަންހިނގާ ދިޔަ ގޮތަށް
ބަލާއިރު، ފާތިމަތު މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ ކަނޑައެޅިގެން ބޭއިންސާފުން ފާޠިމަތު މުޙައްމަދު އެ
ވަޒީފާއިން ވަކިކުރުމަށްކަމަށް ބެލެވޭކަމާއި،
މީގެ އިތުރުން، އެ ކޯޕަރޭޝަންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ކޯޕޮރޭޝަންގެ ބޯޑުގެ މެންބަރުން ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާކަމަށް ބުނާ ލިޔުމުގައި، އެއްވެސް
22 / /
، އަންއޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
11
2012/HC-A/298
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2x 2 0
0x3
ސޮއިކޮށްފައިނުވާކަމާއި، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިންވެސް އެގޮތަށް ސޮއިކޮށްފައިވާ ލިޔުމެއްގެ ކޮޕީ
ހުށަހެޅުމަށް އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑަށް ތަކުރާރުކޮށް އެންގުމުންވެސް،
އެކޯޕަރޭޝަނަށް އެފަދަ ލިޔުމެއް ހުށަހެޅިފައިނުވާކަން ފާހަގަކުރެވެން އޮތުމުން،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/19 މައްސަލަ ނިންމެވިގޮތުގެ ރިޕޯޓުގައި
ފާހަގަކުރައްވާފައިވާ ފަދައިން، ރީސްޓްރަކްޗަރ ކުރުމުގައި ގެންގުޅޭނެ އުޞޫލާއި މިންގަނޑުތައް
ކަނޑައަޅާފައިވާކަން އެނގެން ނެތްކަމާއި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ
މާއްދާގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ބަޔާންކުރެވިފައިވާއިރު، އެ
ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން އެ ސަބަބު ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމުގައި
ވީހިނދު، އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑުން ފާތިމަތު މުޙައްމަދު ވަޒީފާއިން
ވަކިކުރެވިފައިވަނީ ރީސްޓްރަކްޗަރ ކުރުމުގައި ގެނެވުނު ބަދަލުތަކާ ގުޅިގެންކަން ސާބިތުކޮށްދިނުމުގެ ގޮތުން
އެކަށީގެންވާ ވަރަށް ހެއްކާއި ދަލީލު ހުށަހަޅާފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވަނީ
ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށްކަމަށް މިމައްސަލަ ބެލި ހުރިހާ ފަނޑިޔާރުންނަށްވެސް ފެނުނުކަމާއި،
އެހެންކަމުން، ފާތުމަތު މުޙައްމަދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކުރެވިފައިވާކަން
ބެލެވެން ނެތްކަމާއި،
އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު 2011/25 ސަރކިއުލަރ
(05 ނޮވެމްބަރު 2011) ގައި 01 ޖެނުއަރީ 2012 އިން ފެށިގެން ކުންފުނި ރީސްޓްރަކްޗަރ ކުރުމަށް
ހަމަޖެހިފައިވާކަމަށާއި، ރީސްޓްރަކްޗަރ ކުރުމުގެ ތެރޭގައި މުވައްޒަފުން ވަކިކުރެވޭނެކަމުގައި އަންގާފައިވާކަން
އެނގެންއޮތްނަމަވެސް، ރިޑަންޑަންސީގެ ދަށުން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޢިނާޔަތްދެވޭނެ ގޮތްތަކާއި،
މިންގަނޑުތަކާއި، ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން
ވަކިކުރުމުގައި ޢަމަލުކުރާނޭ އިޖްރާއާތުތަކާއި، އުޞޫލުތަކަކީ ކޮބައިކަން އަޕަރ ނޯތު ހެލްތް ސަރވިސަސް
ކޯޕަރޭޝަން ލިމިޓެޑުން އެކޯޕަރޭޝަންގެ މުވައްޒަފުންނަށް ކުރިއާލައި އަންގާފައިވާކަން އެނގޭނޭ އެއްވެސް
ލިޔެކިޔުމެއް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިނުވާކަން ފާހަގަކުރެވޭކަމާއި، އަދި އަޕަރ ނޯތު ހެލްތް
ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑުން އެކޯޕަރޭޝަންގެ އޮނިގަނޑަށް ބަދަލުގެނެސް، ފާޠިމަތު
ވަޒީފާއިން ވަކިކުރަން ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުން އަންގައިދޭ ޔައުމިއްޔާކަމަށް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/298
ލިޔުމުގައި ޖަހާފައިވާ ތާރީޚަކީ 17 ޖެނުއަރީ 2012 ވީ ބުރާސްފަތި ދުވަސްކަމުގައި ވީހިނދު، ފާތިމަތު
މުޙައްމަދު ވަޒީފާއިން ވަކިކުރި ތާރީޚަކީ 22 ޖެނުއަރީ 2012 ވީ އާދީއްތަ ދުވަސްކަން ފާހަގަކުރެވޭކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
ނަންބަރު 2012/VTR/19 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައިވެސް
ރީސްޓްރަކްޗަރ ކުރުމުގައި ގެންގުޅޭނެ އުޞޫލާއި މިންގަނޑުތައް ކަނޑައަޅައި މުވައްޒަފުންނަށް އަންގާފައިވާކަން
ހިގެންނެތްކަން ފާހަގަކުރައްވާފައިވާކަމާއި، އެހެންކަމުން، ހުށަހެޅިފައިމިވާ މައްސަލައިގައި އިޖްރާއީ
ޢަދުލުވެރިކަންވެސް ޤާއިމްކުރެވިފައިނުވާކަން އެނގެން އޮތުމުން،
ފާޠިމަތު މުޙައްމަދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން
ޤާއިމްކޮށްފައި ނެތުމުން، ފާތިމަތު މުޙައްމަދު އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގައި
އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ
މާއްދާގެ ދަށުން އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑަށް
ސާބިތުކޮށްދެވި އިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/19 މައްސަލާގައި
ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް މިމައްސަލަބެލި އެއްވެސް
ފަނޑިޔާރަކަށް ނުފެނުނުކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވިފައިވާ ފަދައިން، އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަން
ލިމިޓެޑްގައި ފާތިމަތު މުޙައްމަދު އަދާކުރަމުން ގެންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ، އޭނާގެ ކިބައިގައި
ވަޒީފާ އަދާ ކުރެވޭނެ ޢިލްމާއި ހުނަރު ނެތުމުގެ ސަބަބުން ރިޑަންޑަންސީ ޕެކޭޖުގެ ދަށުންކަމަށް އަޕަރ ނޯތު
ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ބުނިކަމުގައިވީނަމަވެސް، ރިޑަންޑަންޓް ކުރުމުގައި
ޤާއިމްކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާޢީ ޢަދުލުވެރިކަން އަޕަރ ނޯތު ހެލްތް ސަރވިސަސް
ކޯޕަރޭޝަން ލިމިޓެޑުން މި މައްސަލާގައި ޤާއިމްކޮށްފައިވާކަމަށް ބެލެވެން ނެތުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2012/VTR/19 މައްސަލައިގައި ވާޞިލުވެވުނު ނަތީޖާއަށާއި އަދި ފާތިމަތު މުޙައްމަދުއަށް
ދެއްވާފައިވާ ޙައްލަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ.
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
13
2012/HC-A/29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• އުކުވެ
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2012/VTR/19 މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި އަޕަރ ނޯތު ހެލްތް ސަރވިސަސް
ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް، އެމައްސަލާގައި ނިންމަވާފައިވާ
ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ހަމައެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
کی کہ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;