ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/173 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/173
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
e
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
0
• ޤަޟިއްޔާ ނަންބަރ: 173/HC-A/2009
ދަޢުވާކުރި ފަރާތް: ޔޮޓްޓްއާރސް މޯލްޑިވްސް ޕވޓ ލޓޑ
1- (ނަމާއި ޢާންމު ނަން)
އައިޑީ ކާރޑް ނަންބަރު: 090228-A
ދާއިމީ އެޑްރެސް:
1/
ވިލަރެސް
މިހާރުގެ އެޑްރެސް: ނ. ވިލަރެސް
OX
0
• ދަޢުވާލިބުނު ފަރާތް: މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ * މިހާރުގެ އެޑްރެސް: -
*
ހުށަހެޅުނު ތާރީޚް: 21 ރަޖަބު 1430
15 ޖޫން 2009
ނިމުނު ތާރީޚް: 17 ޝަޢުބާން 1430
29 ޖުލައި 2009
.
o
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު 2009/MC/601 * * ނިންމެވިކޯޓް: މަދަނީކޯޓް
ޤަޟިއްޔާގެ ބާވަތް: ޙުކުމް ތަންފީޛްކުރުން
ހުށަހެޅުނުތާރީޚް: 03-03-2009
ނިމުނު ތާރީޚް: 13-05-2009
0
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/173
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/601 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ޔޮޓްޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހ. ވިލަރެސް / މާލެ ގެ ފަރާތުން ހިތްހަމަ ނުޖެހޭކަމަށްބުނެ
އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުމަށްއެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިމައްސަލާގައި ދަޢުވާލިބުނީ މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އަށެވެ.
އެމިނިސްޓްރީގެ ފަރާތުން މިމައްސަލައިގެ ޝަރީޢަތަށް ޙާޟިރުވެ ޝަރީއަތުގައި އެމިނިސްޓްރީ ތަމްޘީލްކޮށް
ވާހަކަ ދައްކާފައިވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުންނެވެ.
0x0
* ފާހަގަކުރެވުނު ނުކުތާތައް:
1. މިއީ، މަދަނީކޯޓުގެ ނަންބަރު 2009/MC/601 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުމަށްއެދި ޔޮޓްޓްއާރސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑް ހ. ވިލަރެސް | މާލެ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޤަޟިއްޔާއެކެވެ.
04
2- މަދަނީކޯޓުގެ ނަންބަރު 2009/MC/601 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓްބެލިއިރު، އެޤަޟިއްޔާއަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ ގެ މައްޗަށް
ޔޮޓްޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވިލަރެސް މާލެ ގެ ފަރާތުން ދަޢުވާކުރުމުން ބެލެވިފައިވާ
ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާއަށް ޔޮޓްޓްއާރސްއިން ހުށަހަޅާފައިވާ މައްސަލައަކީ މަދަނީކޯޓުގެ ނަންބަރު
2008/MC/451 ގެ ޤަޟިއްޔާގެ ޙުކުމް ތަންފީޛުކޮށް ދެއްވުން އެދި މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް
އެންޑް ކަލްޗަރ ގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއްކަމާއި،
އެޤަޟިއްޔާގައި ޔޮޓްޓްއާރސްއިން އެދިފައިވަނީ ކ. ބިޔާދޫ ކާމިޔާބުކުރުމުގެ ފުރުޞަތު
ޔޮޓްޓްއާރސްއަށް ލިބިފައިވީނަމަވެސް އެފުރުޞަތު ގެއްލިފައިވާކަމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން
ކުރިމަތިވާ ގެއްލުމުގެ ބަދަލުގައި ބިޔާދުގެ ބަދަލުގައި ޅ. ކުޑަވިލިގިނލި ޔޮޓްޓްއާރސްއަށް
200x
02 0
0x
0 ދި
ޔޮޓް ޓުއަރސްއަށް
**
OOX
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/173
0
02 0 2 0x
ކަނދިއޅުމަށް
(25
0 ހ
ގެ
LOOCOX O
OOX
/ 0
OOX
ކުއްޔަށް ދިނުމަކީ އެކަށީގެންވާ އަދި ދެވިދާނެ ބަދަލެއްކަމަށް މަދަނީކޯޓުގެ ނަންބަރު 2008/MC/451 ގެ
ޤަޟިއްޔާއިން ޙުކުމް ކުރެއްވިތާ 09 މަސްދުވަހަށްވުރެގިނަ ދުވަސްވީއިރުވެސް، ސަރުކާރުން އެޙުކުމް ނިޔާކުރާ
ގޮތުގެމަތިން އެކަންކުރައްވާފައި ނުވާތީ އެކަމުގެސަބަބުން ޔޮޓްޓްއާރސްއަށް ވަރަށްބޮޑެތި ގެއްލުންވަމުންދާ
ކަމަށްބުނެ މަދަނީކޯޓުގެ ނަންބަރު 2008/MC/451 ގެ ޤަޟިއްޔާގެ ޙުކުމް ތަންފީޛް
ސަރުކާރަށް އަންގަވައި ޙުކުމްކޮށް ދެއްވުމަށްކަމާއި، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމްގެ ޢިބާރާތުގައިވަނީ
ދެންފަހެ، މަދަނީކޯޓުގެ ނަންބަރު 2008/MC/451 ޤަޟިއްޔާގެ ޙުކުމް
ތަންފީޛުކޮށްދެއްވުންއެދި ޔޮޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން، މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް
އެންޑް ކަލްޗަރގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައަށް ބަލާއިރު،
ކ. ތިޔާދޫ ކާމިޔާބުކުރުމުގެ ފުރުޞަތު ޔޮޓްޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ލިބިފައިވީނަމަވެސް، އެފުރުޞަތު ގެއްލިފައިވާކަމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން ޔޮޓްޓްއާރސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުރިމަތިވީ ގެއްލުމުގެ ބަދަލުގައި (ކ. ތިޔާދުގެ ބަދަލުގައި) ކ، ކުޑަވިލިނގިލި
ޔޮޓްޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދިނުމަކީ އެކަށީގެންވާ އަދި ދެވިދާނެ ބަދަލެއްކަމަށް
މަދަނީކޯޓުގެ ނަންބަރު 2008/MC/451 ގެ ޤަޟިއްޔާއިން ޙުކުމް ކުރެއްވިތާ 09 (ނުވައެއް)
މަސްދުވަހަށްވުރެގިނަ ދުވަސްވީއިރުވެސް، ސަރުކާރުން އެޙުކުމް ނިޔާކުރާގޮތުގެމަތިން އެކަންކުރައްވާފައި ނުވާތީ،
އެކަމުގެސަބަބުން ޔޮޓްޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ވަރަށްބޮޑެތި
މަދަނީކޯޓުގެ ނަންބަރު 2008/MC/451 ގެ ޤަޟިއްޔާގެ ޙުކުމް ތަންފީޛުކޮށްދެއްވުމަށް ސަރުކާރަށް އަންގަވައި
ޙުކުމްކޮށްދެއްވުންއެދި ޔޮޓްޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކޮށްފައިވާއިރު،
ނަންބަރު 2008/MC/451 ގެ ޤަޟިއްޔާގެ ޙުކުމްގައި ސަރުކާރުން ބ. ކުޑަވިލިނގިލި
ޔޮޓްޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދިނުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭ
މިވަގުތަށް ޤާނޫނާއި ޤަވާޢިދު ތަންދޭ ޖަވާހަރީ ކަންތައްތަކަށް މައިގަނޑު ގޮތެއްގައި ދެފަރާތުން އެއްބަސްވާކަން
އެނގެން އޮތުމުން، ފަންނީ ކޮމެޓީގެ ލަފާގެމަތިން ސަރުކާރުން ދޭންނިންމި މިބަދަލަކީ، އެކަށީގެންވާ އަދި
ދެވިދާނެ ބަދަލެއްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމުގެ މައްޗަށް ބަލައި،
ނަންބަރު 2008/MC/451 ގެ ޤަޟިއްޔާގެ ޙުކުމްގައި ކުޑަވިލިނގިލި ޔޮޓްޓްއާރސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދިނުމަށް ކަނޑައަޅުއްވާފައިވާ ކަމަށްބުނެ، ސަރުކާރުން އެޙުކުމާއި އެއްގޮތަށް
Oo
2
0
0
2
0
2
0 2ވ
ވަމުންދާތީ،
OOX
0 0
OOX
2 0
v
04
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/173
451/MC/2008
2 20
ޢުމަލުކޮށްފައި ނުވާތީ، އެޙުކުމް ތަންފީޛުކޮށްދެއްވުމަށް އެދި ޔޮޓްޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
އެދިފައިވާއިރު،
ނަންބަރު 2008/MC/451 ގެ ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، މިބަދަލަކީ ޤާނޫނު ނަންބަރު
2/99 ”ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު“ ގައިވާ ގޮތުގެމަތިން ދެވިދާނެ ބަދަލެއްކަމާއި، އަދި ޤާނޫނުގެ
ދަށުން އެގޮތަށް މިރަށް ކުއްޔަށްދޭ ދިނުމަކީ ޤާނޫނުން އިސްތިސްނާވާނެ ކަމެއްނޫންކަމަށް ނަންބަރު
ގެ ޤަޟިއްޔާގެ ޙުކުމްގައި އޮންނާތީ، މިޙުކުމަކީ އެޑްވައިޒަރީ ޖަޖްމެންޓެއްކަމަށް
ޝަރީޢަތުން ދެކޭތީއާއި، އަދި މީގެއިތުރުން މިރަށާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް
ވަކިމުއްދަތެއް، އަދި ކުރަންވީކަންތައްތަކާއި، އެކަންކަން ކުރަންވިގޮތެއް ބަޔާންކޮށްފައި ނެތުމާއި، އަދި
އެކަންކަން ވަކިގޮތަކަށް ކުރުމަށް ޝަރީޢަތުން ސަރުކާރަށް ލާޒިމްކޮށްފައި ނެތުމުން، ޔޮޓްޓްއާރސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުޅަ ފަދައަކުން ނަންބަރު 2008/MC/451 ޤަޟިއްޔާއާއި ގުޅިގެން ޝަރީޢަތުން
ތަންފީޛު ކޮށްދޭންޖެހޭ ޙުކުމެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމީއެވެ.” މިފަދައިންކަމާއި، މިކަންކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.
OOX
2 0
UCOU OX
3- މަދަނީކޯޓުގެ ނަންބަރު 2008/C/451 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ޔޮޓްޓްއާރސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހަށް
05 (ފަހެއް) ނުކުތާ ހުށަހަޅައި ވާހަކަދައްކާފައިވެއެވެ. އޭގެތެރެއިން:
Ooxo
ފުރަތަމަނުކުތާއަކީ ޔޮޓްޓްއާރސް މޯލްޑިވްސް ޕވޓ ލޓޑ އިން ތަންފީޛުކޮށްދެއްވުމަށް
ހުށަހެޅި މަދަނީ ކޯޓުގެ ނަންބަރު 2008/MC/451 ގެ ޤަޟިއްޔާގެ ޙުކުމަކީ ޤާނޫނު ނަންބަރު 2199 ގެ
ދަށުން ރަށެއް އެއީ ދެވިދާނެ ބަދަލެއްކަމާއި، އަދި އެޤާނޫނުގެދަށުން އެގޮތަށް ރަށްދޭ ދިނުމަކީ ޤާނޫނުން
އިސްތިސްނާވާނެ
އަންގައިދޭ ޙުކުމެއްނޫންކަމާއި،އެހެންކަމުން އެއީ އެޑްވައިޒަރީ
ޖަޖްމެންޓެއްކަމާއި، އަދި ޝަރީޢަތުން ތަންފީޛުކޮށްދޭންޖެހޭ ޙުކުމެއް އެޤް ޟިއްޔާގައި ނެތްކަމަށް ފާހަގަކުރި
ނުކުތާތަކުގެ 6 ވަނަ ނަންބަރުގައާއި، ޙުކުމްގައި ވިދާޅުވެ މަދަނީ ކޯޓުގެ ނަންބަރު 2009/MC/601 ގެ
ޤަޟިއްޔާ ނިންމަވާފައިވާއިރު، މަދަނީ ކޯޓުގެ ނަންބަރު 2008/MC/451 ގެ ޤަޟިއްޔާއިން ޝަރީޢަތަށް
ކަމެއްނޫންކަމަށް
07 / 0 ,
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ކިމާއެންތްކަމަށް
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/173
ހުށަހެޅުނީ ޤާނޫނު ނަންބަރު 2/99 ދިވެހިރާއްޖޭގެ ޓްއަރިޒަމާބެހޭ ޤާނޫނުގެ ދަށުން ބަދަލުގައި ރަށެއް ދެވިދާނެތޯ
ބެލުމަށް ތިއަރެކްޓިކަލް ސުވާލެއް ނޫންކަން އެނގޭކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ހ ކމމދ
0
200x
ދެވަނަނުކުތާއަކީ ޝަރީޢަތުގެ މަރުޙަލާގައި ޓެޓްއާރސްއަށް ދިނުމަށް ސަރުކާރުން
ހުށަހެޅުއްވި ބަދަލު އެއީ ދެވިދާނެ ބަދަލެއްކަމުގައި ޝަރީޢަތުން ވިދާޅުވި ވިދާޅުވުމަކީ ޔޮޓްޓްއާރސް އިން
ހުށަހެޅި ދަޢުވާގައި ޔޮޓްޓްއާރސްގެ ޙައްޤު އޮތްކަމަށް ޝަރީޢަތުން ޤަބޫލުފުޅު ކުރެއްވި ކުރެއްވުމެއްކަން
އެނގޭހިނދު، މަދަނީކޯޓުގެ ނަންބަރު 2009/MC/601 ޤަޟިއްޔާގެ ޙުކުމްގައި ބުނެވުނު ނުކުތާއަށް ރިޢާޔަތް
ކުރައްވާފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
0
LOOX
4
ތިންވަނަ ނުކުތާއަކީ މަދަނީކޯޓުގެ ނަންބަރު 2008/MC/451 ޤަޟިއްޔާގެ ޙުކުމްގައި
ބ. ކުޑަވިލިނގިލިއްޔަކީ ދެވިދާނެ ބަދަލެއްކަމުގައި ވިދާޅުވުމުގެ އިތުރަށް އެއީ އެކަށީގެންވާ ބަދަލެއްކަމުގައި
ވިދާޅުވެފައިވާކަމާއި، "އެކަށީގެންވާ، މިލަފްޒުން ޔޮޓްޓްއާރސްއަށް ދިނުމަށް ސަރުކާރުން ހުށަހެޅުއްވި ބަދަލަކީ
ޔޮޓްޓްއާރސް މޯލްޑިވްސްގެ ޙައްޤަށްލިބިދޭ އެކަށޭނަ ފަރުވާއެއްކަން ޝަރީޢަތުން ޤަބޫލުކުރައްވާކަން އެނގޭކަމާއި،
އެހެންނަމަވެސް އެޤަޟިއްޔާ ތަންފީޛުކޮށްދެއްވުމަށް އެދި ހުށަހެޅި މައްސަލަ މަދަނީކޯޓުގެ ނަންބަރު
ޤަޟިއްޔާއިން މައްސަލަ ބައްލަވާ ޙުކުމެއްކުރެއްވިއިރު، މަދަނީކޯޓުގެ ނަންބަރު
2008/MC/451 ޤަޟިއްޔާގައި ކުޑަވިލިނގިއްޔަކީ އެކަށީގެންވާ ބަދަލެއްކަމުގައި ވިދާޅުވެފައިވާ
ވިދާޅުވުމަށް އެއްގޮތަކަށްވެސް ރިޢާޔަތް ކުރައްވާފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
601/MC/2009
20
ހަތަރުވަނަ ނުކުތާއަކީ މަދަނީކޯޓުގެ ނަންބަރު 2008/MC/451 ޤަޟިއްޔާ އެކުގައި
ބަލާއިރު، އެޤަޟިއްޔާއިން ޔޮޓްޓްއާރސް އިން ޝަރީޢަތަށް ހުށަހަޅާފައިވަނީ އޮކްޓްއާރސްއަށް ގެއްލިފައިވާ
ޙައްޤު ހޯދުމަށްކަމާއި، ސަރުކާރުން ޝަރީޢަތުގެ މަރުޙަލާގައި ބަދަލު ހުށަހެޅުއްވިކަމާއި، ސަރުކާރުން
އެހުށަހެޅުއްވި ބަދަލަކީ ދެވިދާނެ އަދި އެކަށީގެންވާ ބަދަލެއްކަމަށް ޝަރީޢަތުން ޙުކުމްކުރެއްވިކަން އެނގޭހިނދު،
.ޙުކުމާގުޅިގެން ސަރުކާރުން ތަންފީޛް ކުރަންޖެހޭ
ޝަރީޢަތުން ވިދާޅުވުންކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/173
0
ފަސްވަނަ ނުކުތާއަކީ މަދަނީކޯޓުގެ ނަންބަރު 2008/MC/451 ޤަޟިއްޔާއިން
ކުރައްވާފައިވާ ޙުކުމަކީ، އެޑްވައިޒަރީ ޖަޖްމެންޓެއްކަމަށް އެކޯޓުގެ ނަންބަރު 2009/MC/601 ޤަޟިއްޔާއިން
ވިދާޅުވިއިރު، އެއްވެސް ކޯޓަކުން އެޑްވައިޒަރީ ޖަޖްމެންޓެއް ނުދޭކަމާއި، ޚުދު އެޑްވައިޒަރީ އޮޕީނިއަންދޭ
ކޯޓްތަކުން އެޑްވައިޒަރީ އޮޕީނިއަން ދެނީވެސް ޤާނޫނީ ހަމަތަކުގެމަތިން އެބާވަތުގެ އޮޕީނިއަން ދިނުމުގެ
އިޚްތިޞާޞް އެކޯޓަކަށް އޮވެގެންކަމާއި، އަދި އިޚްތިޞާޞްކީ ކޮންމެ ޖުޑިސްޓިކް ޝަންއެއްގައިމެ އެންމެ
މަތީކޯޓަކަށް ލިބިގެންވާ ޚާއްޞަ އިޙްތިޞާޞްއްކަމާއި، ދިވެހިރާއްޖޭގައި އެޑްވައިޒަރި އޮޕީނިއަން ދިނުމުގެ
އިޚްތިޞާޞްކީ ހަމައެކަނި ސްޕްރީމް ކޯޓަށް ޚާއްޞަވެގެންވާ އިޚްތިޞާ ސެއްކަން އެނގޭހިނދު، އެކަންކަމަށް
ރިޢާޔަތް ކުރައްވާފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
0 0
އެޙުކުމެއް
4- މަދަނީކޯޓުގެ ނަންބަރު 2009/MC/601 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހޭކަމަށްބުނެ، ޔޮޓްޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖްލީހަށް ހުށަހެޅި އިސްވެދިޔަ ނުކުތާތަކަށް ޖަވާބުދާރީ ވުމުގެގޮތުން ހައިކޯޓުގެ މިޤަޟިއްޔާގައި
ދަޢުވާލިބޭ މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ ގެ ފަރާތުން ދައުލަތުގެ އެޓަރނީ ޖެނެރަލްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ބުނެފައިވަނީ މިމައްސަލަ މަދަނީކޯޓަށް ހުށަހެޅުމާއި
ގުޅިގެން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޕޮޒިޝަނަކަށްވީ މަދަނީ ކޯޓުގެ ނަންބަރު 2008/MC/451 ޤަޟިއްޔާގެ
ޙުކުމަކީ ތަންފީޛް ކުރެވެންޖެހޭނެ ޙުކުމެއްކަމަށްކަމަށާއި، ޝަރުޢީ ޙުކުމަކީ ޚާއްޞަކޮށް
އިސްތިއުނާފްކޮށް ނިމިއްޖެނަމަ ނުވަތަ އިސްތިއުނާފްކުރަން ބޭނުންނުވާނަމަ ނުވަތަ އިސްތިއުނާފްކުރުމުގެ މުއްދަތު
ފަހަނައަޅާ ހިގައްޖެނަމަ، އެޙުކުމެއް ތަންފީޛް ކުރަންޖެހޭނެ ގޮތުގައި ދައުލަތުންދެވޭކަމަށާއި،
މަދަނީކޯޓުން ޙުކުމްކުރެއްވިއިރު،
އެޑްވައިޒަރީ
ޖަޖްމެންޓެއްގެގޮތުގައި
ޙުކުމްކުރައްވާފައިވާތީ، އެކަމާގުޅިގެން ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ދައުލަތުގެ ފަރާތުން
އިންކާރުނުކުރާ ކަމަށާއި، ދައުލަތުންވެސް ޤަބޫލުކުރާ ގޮތުގައި އެޑްވައިޒަރީ އޮޕީނިއަން ނެރެންވާނީ ސްޕްރީމް
ކޯޓުންކަމަށް ދައުލަތުން ޤަބޫލުކުރާކަމަށާއި، ދައުލަތުން ޤަބޫލުކުރާގޮތުގައި ދަށުމަރުޙަލާގެ ކޯޓުތަކުން
ނިންމަންޖެހޭނީ ތަންފިޒް ކުރެވޭނެ ޙުކުމްތަކެއްކަމަށާއި، ތަންފީޛު ނުކުރެވޭނެ ޙުކުމެއް ކުރައްވާނެކަމަށް
ލުނުކުރާކަމަށާއި، ޤަޟިއްޔާ ނަންބަރު 2008/MC/451 ގައި ޙުކުމް ކުރެއްވިއިރު، އެޙުކުމަކީ
0
4 0 2 73
ހިކިމިއުގ
02/2 0 2 4
4ހންނަމަވަ-
20
/ވ ހދ 0
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/173
އެޑްވައިޒަރީ ޖަޖްމެންޓެއްކަމަށް ވިދާޅުވެފައި ނުވާކަމަށާއި، ދައުލަތުން ޤަބޫލުކުރަނީ ޤަޟިއްޔާ ނަންބަރު
2008/MC/451 ގެ ޙުކުމަކީ ތަންފީޛް ކުރެވޭނެ ޙުކުމެއްގެ ގޮތުގައިކަމަށެވެ.
5- މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މަދަނީކޯޓުގެ ނަންބަރު 2009/MC/601 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓްގެ މައްޗަށާއި، އަދި އެރިޕޯޓާއި އެކުގައިވާ ބަޔާންތަކާއި، ލިޔެކިޔުންތަކާއި، އަދި މިމައްސަލައާ ގުޅޭގޮތުން
ޝަރީޢަތަށް ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކާއި، ބަޔާންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
coc
0 0 0 0
•v
/«މ /ވ
ބަޔައށް
20
4 20 02
(ހ)- އެޤަޟިއްޔާއެއްގެ ޙުކުމް ތަންފީޛުކޮށްދިނުމަށް ޔޮޓްޓްއާރސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން މަދަނީކޯޓުގެ ނަންބަރު 2009/MC/601 ގެ ޤަޟިއްޔާގައި އެދިފައިވާ މަދަނީ ކޯޓުގެ
ނަންބަރު 2008/MC/451 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، އެޙުކުމްގެ ޢިބާރާތުގައިވަނީ
”ދެންފަހެ، ޔޮޓްޓްއާރސް މޯލްޑިވްސް ޕަރްއިވެޓް ލިމިޓެޑްން ވިލިވަރާއި،
ހުށަހެޅި ބިޑް، ބިޑް އިވެލުއޭޝަން ކޮމިޓީން ޕްރެލިމިނަރީ އެގްޒަމިނޭޝަން ސްޓޭޖްގައި ބެއްލެވުމަށްފަހު،
ސަބްސްޓޭންޝަލީ ރެސްޕޯންސިވް ނޫންކަމަށް ނިންމި ނިންމެވުން ޞައްޙަކަމަށް މަދަނީ ކޯޓުގެ ނަންބަރު
2005/MC/786 ޤަޟިއްޔާއިން ކަނޑައަޅުއްވައި ކުރެއްވި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
139/HC
-
A/2005 ޤަޟިއްޔާއިން ބާޠިލްކުރެއްވުމާއިގުޅިގެން، އައި.ޓީ.ބީ ގެ 21.1 ވަނަ މާއްދާގައި ކޮންމެ
ޞައްޙަ ބިޑެއް އިވެލުއޭޓްކުރަން ޖެހޭކަމުގައި ބަޔާންކޮށްފައިވީހިނދު، ވިލިވަރާއި،
ޔޮޓްޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ދެބިޑް ސަރުކާރުން އެކުލަވާލި ކޮމިޓީން
ވަޒަންކުރުމަށްފަހު، ޔޮޓްޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކ. ތިޔާދޫއަށް ހުށަހެޅި ބިޑަށް މިހާރު
އެރަށް އެވޯޑްކުރެވިފައިވާ ފަރާތަށްވުރެ ގިނަ ޕޮއިންޓްސް ލިބިފައިވާތީ، ދިވެހިރާއްޖޭގެ ޓޫރިޒަމާއިބެހޭ (ޤާނޫނު
ނަންބަރު 2/99) ގެ 05 ވަނަ މާއްދާއާއި، ބީލަމުގެ އުޞޫލުތަކާއި، އެއްގޮތްވާގޮތުގެމަތިން
ޔޮޓްޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެވޯޑްކޮށްދެއްވުމަށް ސަރުކާރުގެ މައްޗަށް ޙުކުމްކޮށްދިނުމަށްއެދި،
ޔޮޓްޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މިޤަޟިއްޔާގައި ޔޮޓްޓްއާރސް
OXO
0/29/
•v
*
ބަޔައ
SOOX
ބިޔާދޫ
0
0x073
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/173
V
ކުރުމަށް އޮތް
0 0
200x
02
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބިޑް އިވެލުއޭޝަންގެ މަރުޙަލާގައި ވާދަކޮށް ބިޔާދޫ ކާމިޔާބު
ފުރުޞަތު ގެއްލިގެން ގޮސްފައިވާތީ، ޔޮޓްޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުރިމަތިވާނެ ގެއްލުމުގެ
ބަދަލުދޭން ސަރުކާރުން ނިންމާ އެކަމަށްޓަކައި އެކުލަވާލެވުނު ފަންނީ ކޮމެޓީން ލަފާދީފައިވާ އެޕޮޗްނިޓީ
ކޮސްޓްގެ އެސެސްމަންޓްގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު ޓޫރިސްޓް ރިސޯޓެއް ހެދުމަށްޓަކައި ކ. ކުޑަވިލިނގިލި
ޔޮޓްޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރުމަށް ނިންމައި ސަރުކާރުން ހުށަހެޅި ޕްރޮޕޯސަލްގައިވާ
ކަންތަކުގެ މައްޗަށް ޔޮޓްޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ބައެއް ކަންތައްތަކަކީ ޤާނޫނީ
އޮނިގަނޑުގެ ތެރެއިން މިހާރުން މިހާރަށް ހަމަޖައްސައި އަދި މިމަރުޙަލާގައި އެއްބަސްވެވިދާނެ
ކަންތަކެއްކަމަށްނުވެފައި، ސަރުކާރުން
ކުޑަވިލިނގިލި ޔޮޓްޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ކުއްޔަށްދިނުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭ މިވަގުތަށް ޤާނޫނާއި ޤަވާޢިދުތަންދޭ ޖަވާހަރީ
ކަންތައްތަކަށް މައިގަނޑު ގޮތެއްގައި ދެފަރާތުން އެއްބަސްވާކަން އެނގެން އޮތުމުން، ފަންނީ ކޮމިޓީގެ
ލަފާގެމަތިން ސަރުކާރުން ދޭންނިންމި މިބަދަލަކީ އެކަށީގެންވާ އަދި ދެވިދާނެ ބަދަލެއްކަމަށް ޝަރީޢަތަށް
ޤަބޫލުކުރެވޭކަމަށް ކަނޑައަޅައި، ޢާއްމުކޮށް
ޢާއްމުކޮށް އިޢުލާންކޮށް ނުވަތަ ބިޑްގެ އުޞޫލު ނޫންގޮތަކަށް ޓޫރިސްޓް
ރިސޯޓެއްހަދައި ތަރައްޤީކުރުމަށް ރަށެއް ދޫކުރެވޭނީ ސަރުކާރުގެ ޙިއްޞާއެއް އޮވެގެންކަން ޤާނޫނު ނަންބަރު
2/99 ދިވެހިރާއްޖޭގެ ޓޫރިޒަމާއިބެހޭ ޤާނޫނުގެ 05 ވަނަ މާއްދާއިން އެނގެން އޮތުމުން ބ. ކުޑަވިލިނގިލި
ބަދަލެއްގެ ގޮތުގައި ކުއްޔަށް ދިންކަމުގައިވިޔަސް އެޤާނޫނުން އިސްތިސްނާވެގެން ނުދާނެކަމާއި، އަދި ސަރުކާރުގެ
ޙިއްޞާއެއް އޮތުމަކީ މިބަދަލު ޢަދުލުވެރި ބަދަލެއްކަމަށްވުމާއި، ނުވުމުގެ މައްޗަށް ބިނާކުރެވޭނެކަމެއް ނޫންކަމާއި،
އަދި އެއީ ރިސޯޓެއް ތަރައްޤީކޮށް އެއިން މަންފާ ޙާޞިލްކޮށް ހެދުމަށް އެއްވެސް މިންވަރެއްގެ ހުރަސްތަކެއް
އެޅޭނެ ކަމެއްނޫންކަން އަންގާ މިޤަޟިއްޔާ ނިންމީއެވެ.؟ މިފަދައިންކަމާއި، އެޤަޟިއްޔާ އެގޮތުގެމަތިން
ނިމިފައިވަނީ 2008/05/01 ގައިކަމާއި، މިކަންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެނގެއެވެ.
(ށ) މިމައްސަލައާއި ގުޅިގެން ޔޮޓްޓްއާރސްގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު، އެފަރާތުން މިމައްސަލާގައި ބޭނުންވަނީ މަދަނީ ކޯޓުގެ 2008/MC/451 ގެ ޙުކުމްގައި
ގޮތުގެމަތިން ބ. ކުޑަވިލިނގިލި ޔޮޓްޓްއާރސް އަށް ލިބުންކަން ޔޮޓްޓްއާރސްގެ ބަހުން އެނގެއެވެ.
OOX
2 0
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/173
(ނ) މިމައްސަލައާއި ގުޅިގެން މިމައްސަލާގައި ދަޢުވާލިބޭ މިނިސްޓްރީ އޮފް ޓޫރިޒަމް
އާރޓްސް އެންޑް ކަލްޗަރ ތަމްޘީލްކުރާ ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތުން މިމައްސަލައިގެ ޝަރީޢަތުގެ
މަޖްލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މަދަނީ ކޯޓުގެ ނަންބަރު 2008/MC/451 ގެ ޤަޟިއްޔާގެ
ޙުކުމާއި ކުޑަވިލިނގިލި ޔޮޓްޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޓޫރިސްޓް ރިސޯޓެއް
ހިންގުމަށް ދޭންޖެހޭކަމަށް ދައުލަތުން ޤަބޫލުކުރާކަމަށް ދައުލަތުގެފަރާތުން ޝަރީޢަތުގައި ޞަރީޙަބަހުން
އިޢުތިރާފްވެފައިވާކަން ދައުލަތުގެ ބަޔާންތަކަށް ބެލުމުން އެނގެއެވެ.
Oo
އެއްގޮތަށް
v
· · · 4
COOX
(ރ)- މިމައްސަލާއާއި ގުޅިގެން ޔޮޓްޓްއާރސްގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން
ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މަދަނީ ކޯޓުގެ ނަންބަރު 2008/MC/451 ގެ ޤަޟިއްޔާއަކީ
މިދެފަރާތުންކުރެ ފަރާތަކުން އިސްތިއުނާފްކޮށްފައިވާ ޤަޟިއްޔާއެއް ނޫންކަން އެނގެން އޮތުމުން އެޤަޟިއްޔާގެ
ޙުކުމަކީ ސާބިތުވެ، ދެމިއޮތް ޙުކުމެއްކަން އެނގެއެވެ.
OXO
(ބ)- އިސްވެ ފާހަގަކުރެވިދިޔަ ކަންކަން އިސްވެ ފާހަގަކުރެވިދިޔަ ގޮތުގެމަތިން ހުރުމާއެކު،
އެޤަޟިއްޔާއެއްގެ ޙުކުމް ތަންފީޛުކޮށް ދެއްވުމަށް ޔޮޓްޓްއާރސްގެ ފަރާތުން މަދަނީކޯޓުގެ ނަންބަރު
2009/MC/601 ގެ ޤަޟިއްޔާގެ ދަށުން އެދިފައިވާ މަދަނީ ކޯޓުގެ ނަންބަރު 2008/MC/451 ގެ
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، ކ. ބިޔާދޫ ކާމިޔާބުކުރުމުގެ ފުރުޞަތު ޔޮޓްޓްއާރސް އަށް
ގެއްލިފައި ވުމާއެކު އެފުރުޞަތު ގެއްލިފައިވާކަމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން ޔޮޓްޓްއާރސް އަށް
ކުރިމަތިވާ ގެއްލުމުގެ ބަދަލުގައި ކ. ތިޔާދުގެ ބަދަލުގައި ކ. ކުޑަވިލިނގިލި ޔޮޓްޓްއާރސް އަށް ކުއްޔަށް
ދިނުމަކީ އެކަށީގެންވާ އަދި ދެވިދާނެ ބަދަލެއްކަމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވައި ޙުކުމް ކުރައްވާފައިވާކަން
އެނގެން އޮންނަހިނދު، އެޤަޟިއްޔާއަކީ ދަޢުވާކުރާ ފަރާތުންނާއި، އަދި ދައުވާލިބޭ ފަރާތާއި މިދެފަރާތުންކުރެ
ފަރާތަކުން އިސްތިއުނާފް ކޮށްފައިވާ ޤަޟިއްޔާއެއް ނޫންކަން މިދެފަރާތުގެބަހުން އެނގެން އޮތުމުން އެޤަޟިއްޔާގެ
ޙުކުމަކީ މައުޖޫވެ ދެމިއޮތް ޙުކުމެއްކަން އެނގެން އޮންނައިރު، އަދި ޔޮޓްޓްއާރސްގެ ފަރާތުން މަދަނީކޯޓުގެ
ނަންބަރު 2009/MC/601 ގެ ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާގެދަށުން ބޭނުންވަނީ މަދަނީ ކޯޓުގެ ނަންބަރު
2008/MC/451 ގެ ޤަޟިއްޔާގެ ޙުކުމްގައި ބުނާ އުޞޫލުގެ މަތިން ކުޑަވިލިނގިލި ޔޮޓްޓްއާރސް އަށް
**
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/173
20
ލިބުންކަން މިމައްސަލާއާއި ގުޅިގެން ޝަރީޢަތުގައި ޔޮޓްޓްއާރސްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން
އޮންނައިރު، މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައިވެސް މަދަނީ ކޯޓުގެ
ނަންބަރު 2008/MC/451 ގެ ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ކ. ކުޑަވިލިނގިލި ޔޮޓްޓްއާރސް މޯލްޑިވްސް
ޕަރްއިވެޓް ލިމިޓެޑަށް ޓޫރިސްޓް ރިސޯޓެއް ހިންގުމަށް ދޭންޖެހޭކަމަށް ދައުލަތުން ޤަބޫލުކުރާކަމަށް ދައުލަތުން
އެއްބަސްވެފައިވާކަން އެނގެން އޮތްއިރުވެސް، މަދަނީކޯޓުގެ ނަންބަރު 2009/MC/601 ގެ ޤަޟިއްޔާ
ނިންމަވާފައިވަނީ މިދެފަރާތުން އެޤަޟިއްޔާގެ ޝަރީޢަތުގައި އެދިފައިވާގޮތާއި ކަނޑައެޅިގެން ޚިލާފަށްކަން
އެނގެން އޮތުމުން ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލުމުގައި ބައިވެރިވި ހުރިހާ ފަނޑިޔާރުންނަށްވެސް
އެއްބަސްވެވިފައިވަނީ މަދަނީކޯޓުގެ ނަންބަރު 2009/MC/601 ގެ ޤަޟިއްޔާ ކުރައްވާފައިވާ ޙުކުމަކީ، ޝަރުއީ
ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކުރައްވާފައިވާ ރަނގަޅު ޙުކުމެއް ނޫން
ހުންކަމަށާއި،
އެހެންކަމުން އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭކަމަށެވެ.
CLO
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، އެޤަޟިއްޔާ
އެއްގެ ޙުކުމް ތަންފީޛު ކޮށްދިނުމަށް ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑް ތ. ވިލަރެސް މާލޭގެ
ފަރާތުން މަދަނީކޯޓްގެ ނަންބަރު 2009/MC/601 ގެ ޤަޟިއްޔާގެ ދަޢުވާގެ ދަށުން އެދިފައިވާ
މަދަނީކޯޓްގެ ނަންބަރު 2008/MC/451 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށްބަލާއިރު،
ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބިޑް އިވެލުއޭޝަންގެ މަރުޙަލާގައި ވާދަކޮށް
ބިޔާދޫ ކާމިޔާބުކުރުމުގެ ފުރުޞަތު ޔޮޓް ޓްއާރސްއަށް ގެއްލިގެން ގޮސްފައިވުމާއެކު އެފުރުޞަތު ޔޮޓް
ޓްއާރސްއަށް ގެއްލިފައިވާކަމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ޔޮޓް ޓްއާރސްއަށް ކުރިމަތިވާ ގެއްލުމުގެ
ބަދަލުގައި ކ. ކުޑަވިލިގިލި ޔޮޓް ޓްއާރސްއަށް ކުއްޔަށްދިނުމަކީ އެކަށީގެންވާ އަދި ދެވިދާނެ ބަދަލެއްކަމަށް
ކަނޑައަޅުއްވާ
ޙުކުމް ކުރައްވާފައިވާކަން ބުނެވުނު މަދަނީކޯޓްގެ ނަންބަރު
2008/MC/451 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލުމުން އެގެން އޮންނާތީ
0x
02 07
އެޤަޟިއްޔާގައި
-سر سرمد)
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: !331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/173
OXOC
2 o
*
OXOC
އަދި ބުނެވުނު މަދަނީކޯޓްގެ ނަންބަރު 2008/MC/451 ގެ ޤަޟިއްޔާއަކީ، އޮޓް ޓްއާރސް
މޯލްޑިވްސްގެ ފަރާތުންވެސް އަދި ދައުލަތުގެ ފަރާތުންވެސް އިސްތިއުނާފުކޮށްފައިވާ ޤަޟިއްޔާއެއްނޫންކަން
މިދެފަރާތުންގެ ބަހުން އެނގެންއޮތުމުން އެޤަޟިއްޔާގެ ޙުކުމަކީ މައުޖޫދުވެ ދެމިއޮތް ޙުކުމްއަކަށް
އެނގެންއޮންނާތީއާއި،
ޔޮޓް ޓްއާރސްގެ ފަރާތުން މަދަނީކޯޓްގެ ނަންބަރު 2009/MC/601 ގެ ޤަޟިއްޔާގައި
ކޮށްފައިވާ ދަޢުވާގެދަށުން ބޭނުންވަނީ މަދަނީކޯޓްގެ ނަންބަރު 2008/MC/451 ގެ ޤަޟިއްޔާގެ ޙުކުމުގައިބުނާ
އުޞޫލުގެމަތިން ކުޑަވިލިގިލި ޔޮޓް ޓްއާރސްއަށް ލިބުންކަން މިމައްސަލައާގުޅިގެން ޔޮޓް ޓްއާރސް
މޯލްޑިވްސްގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެންއޮންނައިރު، މިމައްސަލައާގުޅިގެން
ދައުލަތުގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުގައިވެސް މަދަނީކޯޓްގެ ނަންބަރު 2008/MC/451
ގެ ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ކ. ކުޑަވިލިގިލި އޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޓޫރިސްޓް
ރިސޯޓެއް ހިންގުމަށް ޖެހޭކަމަށް ދައުލަތުން ޤަބޫލުކުރާކަމަށް ދައުލަތުން އެއްބަސްވެފައިވާކަން
އެނގެންއޮންނާތީ،
މަދަނީކޯޓްގެ ނަންބަރު 2008/MC/451 ގެ ޤަޟިއްޔާގެ ޙުކުމުގައި ކަނޑައެޅިފައިވާ
އުޞޫލުގެ މަތިން، ދިވެހިދައުލަތާއި ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ޤާނޫނާއި
ޤަވައިދުގެ އިމުގެ ތެރޭގައި އެއްބަސްވާގޮތެއްގެ މަތިން ކުޑަވިލިގިލީގައި ޔޮޓް ޓުއަރސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޓޫރިސްޓް ރިސޯޓެއް ހަދާ ހިނގުމަށްޓަކައި މިއަދުން (2009/07/29 ދުވަހުން)
ފެށިގެން 45 ދުވަހުގެ ތެރޭގައި، ދިވެހިދައުލަތުގެ ފަރާތުން ބ. ކުޑަވިލިގިލި، ޔޮޓް ޓުއަރސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށް ދިވެހިދައުލަތުގެ ކަމާބެހޭ ފަރާތްކަމުގައިވާ މިނިސްޓްރީ އޮފް ޓޫރިޒަމް
އާޓްސް އެންޑް ކަލްޗާރއަށް، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ
އިއްތިފާޤުން އަންގާ މިގޮތުގެމަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.
کرسکے اور
.
**
202
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/173
0
ނޯޓް: ހައިކޯޓްގެ މިޤަޟިއްޔާ މިގޮތަށް ނިމުމުން މަދަނީކޯޓްގެ ނަންބަރު 2009/MC/601
ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމްބާތިލްވީއެވެ.
2 20
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ:
Pettheng
އާދަމް މުޙައްމަދު ޢަބްދު
ޢަބްދުލްޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
އަ...
ޙާމިދު
(ފަނޑިޔާރު)
(ފަނޑިޔާރު)
• ޓައިޕްކުރީ: ޒަރީނާ އިބްރާހީމް
ޗެކްކުރީ: ޢާއިޝަތު ނާހިދާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv