ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/69 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-A/69
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 69/HC
-
A/2008
އިސްތިއުނާފު ކުރިފަރާތް:
* ނަން: ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް
* ދާއިމީ އެޑްރެސް: ފަސްމީރު ބިލްޑިންގ / މާލެ
ރަޖިސްޓްރޭޝަން ނަންބަރު: 276
/
2002-C
މިހާރުގެ އެޑްރެސް: ފަސްމީރު ބިލްޑިންގ މާލެ
*
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
* ދާއިމީ އެޑްރެސް: މއ.ބެރިއަންފަރު މާލެ
* ރަޖިސްޓްރޭޝަން ނަންބަރު:
މިހާރުގެ އެޑްރެސް: މއ.
ބެރިއަންފަރު | މާލެ
• ހުށަހެޅުނު ތާރީޚް: 19 ޞަފަރު 1429
27 ފެބްރުއަރީ 2008
ނިމުނު ތާރީޚް: 7 މުޙައްރަމް 1434
21 ނޮވެމްބަރު 2012
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
• ނަންބަރު: 2006/MC/816
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
• ކޯޓު: މަދަނީ ކޯޓު
ނިންމެވި ތާރީޚް: 30 ޑިސެމްބަރު 2007
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
208/HC-A/69
0 324
އެކެޓްނެ
• ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2006/MC/816 ޤަޟިއްޔާ،
ބައްލަވައި
ނިންމަވާފައިވަނީ ޝަރުއީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
.
ޤަޟިއްޔާއެކެވެ.
މިޤްޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ.
4
344
2 މ
ފާހަގަކުރެވުނު ނުކުތާތައް
1. މަދަނީ ކޯޓުގެ ނަންބަރު 2006/MC/816 ޤަޟިއްޔާ، އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ރީތިރަށް ރިސޯޓު
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. މަދަނީ ކޯޓުގެ ނަންބަރު 2006/MC/816 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ރީތިރަށް ރިސޯޓް ބިނާކުރުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން މައި ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން ކޮށްނިންމާފައިވާ މަސައްކަތްތަކަށް US
$
69772.00 (ފަސްދޮޅަސް ނުވަހާސް
ހަތްސަތޭކަ ހަތްދިހަ ދޭއް ޔޫއެސް ޑޮލަރ) އެއްފަހަރާ ވަގުތުން ލިބިދެއްވުމަށް އެދި ރީތިރަށް ރިސޯޓް ޕްރައިވެޓް
ލިމިޓެޑުގެ މައްޗަށް މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
x
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑާއި މައި ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ރީތިރަށް ރިސޯޓުގައި މައި ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ކުޅަ މަސައްކަތްތަކަށް ކަނޑައެޅިފައިވާ 190,111.00$US (އެއްލައްކަ ނުވަދިހަހާސް
އެއްސަތޭކައެގާރަ ޔޫއެސް ޑޮލަރ) ގެ ތެރެއިން 69,772.00$US (ފަސްދޮޅަސްނުވަހާސް ހަތްސަތޭކަ
ހަތްދިހަދޭއް ޔޫއެސް ޑޮލަރ) މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން
ދައްކަންޖެހި ނުދައްކައިވާކަން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅުއްވައި، އެފައިސާ މިއަދު 30
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-A69
ޑިސެމްބަރު 2007 އިން ފެށިގެން 1 (އެކެއް) މަސްދުވަހުގެ މުއްދަތުގައި ދައްކާ ޚަލާޞްކުރުމަށް
ވައިކަން އެނގެން އޮންނަކަމެވެ.
3
4
5 ދވ
ކމކރއވ
3. މަދަނީ ކޯޓުގެ ނަންބަރު 2006/MC/816 ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ރީތިރަށް ރިސޯޓް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާބެހޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި؛-
cOOX O
(ހ) ފުރަތަމަ ނުކުތާއަކީ: ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މައި ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑް ލައްވާ ރީތިރަށް ރިސޯޓުގައި ކުރުވާފައިވާ މަސައްކަތްތަކަށް ފައިސާ ޙަވާލުކޮށް
ނިންމާފައިވަނިކޮށް އަދި މިކަން ސާބިތުކުރުމަށް ޕްރޮޖެކްޓްގެ ކޮންޓިޓިއު ސާރވެއަރ ކަމުގައިވާ އެމް.އެލް.
ސީގެ ފަރާތުން ލިބިފައިވާ އެކަމާބެހޭ ލިޔެކިޔުން ޝަރީޢަތަށް ހުށަހެޅުމުންވެސް އަދި ދައުވާކުރާ ފަރާތުން
އެފަރާތުގެ ދަޢުވާ ބިނާ ކޮށްފައިވާ ސްޓޭޓްމަންޓްގައި ބަޔާންކޮށްފައިވާ އިންވޮއިސް ނަންބަރު 05 (ފަހެއް) ގެ
އިތުރުން ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިތުރު ޕޭމަންޓް ވައުޗަރ ގެ ކޮޕީތައް ހެކީގެ
ގޮތުގައި ކޯޓަށް ހުށަހެޅުމުންވެސް (އެއީ ޕޭމަންޓް 06 އަދި ޕޭމަންޓް 7 އާ ބެހޭ ގޮތުންވެސް) އެލިޔެކިޔުންތައް
ކޯޓުން ޝަރީޢަތުގެ ބަޔާނުގައި ބަލައިގެން އެލިޔުންތަކަށް ރިޢާޔަތް ނުކުރައްވާ އަދި މަޙްޝަރު ބަޔާންތަކުގައި
ނުހިމަނާ ޝަރީޢަތް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ފެކްސް އަކީ މަސައްކަތްކުރި ކަމުގެ
ހެއްކެއް ކަމަށް ކޯޓުން ބެއްލެވިއިރު ދަޢުވާކުރާ ފަރާތާއި ޙަވާލު ކުރެވުނު މަސައްކަތްތައް ކުރުމަށްޓަކައި
ދެފަރާތް ދެމެދު ހެދިފައިވާ ކޮންޓްރެކްޓްތަކުގައި އެއްބަސްވެފައިވާ މަސައްކަތްތަކަކީ ކޮބައިތޯ އާއި އަދި
އެމައްސައްކަތްތަކުގެ ތެރެއިން ދަޢުވާކުރާ ފަރާތުން ފުރިހަމަ ކޮށްފައިވާ މިންވަރަށް ދޭންޖެހެނީ ކިހާ
ފައިސާއެއްކަމެއް ނުބައްލަވާ ޝަރީޢަތް ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
4. މަދަނީ
ކޯޓުގެ ނަންބަރު 2006/MC/816 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ރީތިރަށް
ރިސޯޓު ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން ރީތިރަށް ރިސޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWw.highcourt.gov.mv
5
އްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-A/69
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ ކޯޓުގެ
ނަންބަރު 2006/MC/816 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީރީތިރަށް ރިސޯޓު ޢިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އެރިސޯޓުގެ
ސީފުޑް ރެސްޓޯރަންޓާއި، ސީވޯލާއި، އެރައިވަލް ހޯލާއި، ސީވޯލުގެ މަސައްކަތް ރީތިރަށް ރިސޯޓާއި މައި
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ
ޙަވާލުކުރެވުނު ކަމާއި، އެމަސައްކަތްތަކުގެ ތެރެއިން ސީފުޑް ރެސްޓޯރަންޓާއި ސީވޯލުގެ މަސައްކަތް
ޙަވާލުކުރެވުނު ރީތިރަށް ރިސޯޓުގެ 10 ޑިސެމްބަރު 2003 ގެ ލެޓަރ އޮފް އެޕޮއިންޓްމަންޓުގައިވާ ގޮތުން
އެމަސައްކަތް ޙަވާލުކުރެވިފައިވަނީ 60,000.00$US (ފަސްދޮޅަސްހާސް ޔޫއެސް ޑޮލަރ) އަށް ކަމާއި،
މަސައްކަތަށް ފައިސާ ދޫކުރެވޭނީ އެފަރާތުން ކުރާ މަސައްކަތްތައް ކޮންޓިޓީ ސަރވެޔަރާއި އާކިޓެކްޓަރ ބަލައި،
ފައިސާ ދޫކުރުމުގެ ހުއްދަ ދިނުމުންކަމާއި، ރީތި ރަށް ރިސޯޓު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމަށް
ކަނޑައަޅާފައިވަނީ 30 ސެޕްޓެމްބަރު 2004 އަށް ނުވަތަ އޭގެކުރިން ކަމަށް ބަޔާންކޮށްފައިވާކަން އެނގެން
އޮންނަކަމާއި، އެރައިވަލް ހޯލާއި ސީވާލުގެ މަސައްކަތް މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޙަވާލުކުރެވުނީ
US
$
80,000.00 (އައްޑިހަހާސް ޔޫއެސް ޑޮލަރ) އަށް ކަމާއި، އޭގެ އިތުރުން އެރަށުގައި މައި ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަސައްކަތް ކޮށްފައިވާކަން ދެފަރާތުގެ ބަހުން އެނގޭކަމާއި، އަދި ރީތި ރަށުގައި
މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކަށް 120,339.00$US (އެއްލައްކަ
ވިހިހާސް ތިންސަތޭކަ ތިރީސްނުވަ ޔޫއެސް ޑޮލަރ) ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑުން މައި ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާކަމަށް މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާކަން އެނގެން
އޮންނައިރު، ރީތިރަށް ރިސޯޓުގައި މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކަށް
ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދޭންޖެހޭ ފައިސާ ދީ ޚަލާޞް ކޮށްފައިވާކަމަށާއި، އެހެންކަމުން
އެކުންފުންޏަށް ރީތިރަށް ރިސޯޓުގެ ފަރާތުން ދޭންޖެހޭ ފައިސާއެއް ނޯންނާނެކަމަށް ރީތިރަށް ރިސޯޓު ޕްރައިވެޓް
ލިމިޓެޑުން ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2008/HC-A/69
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
oc
(ށ) ދެވަނަ ކަމަކީ: މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ރީތިރަށް ރިސޯޓުގައި
ކުރެވެމުން ދިޔަ ސީފުޑް ރެސްޓޯރަންޓާއި ސީވާލުގެ މަސައްކަތާއި އަދި އެރައިވަލް ހޯލާއި ސީވޯލުގެ މަސައްކަތް
އެއްބަސްވެފައިވާ ގޮތަށް ނުކުރާކަމަށް ދެކިގެން، އެމަސައްކަތްތައް އެފަރާތުން ވަކިކުރެވި އިތުރު ބަޔަކާ
ޙަވާލުކޮށްގެން އެމަސައްކަތްތައް ފުރިހަމަ ކޮށްފައިވާކަން އެނގޭކަމާއި، މިގޮތުން ސީފުޑް ރެސްޓޯރަންޓާއި
ސީވާލުގެ މަސައްކަތް ވަކިކުރުމަށް 08 އޭޕްރީލް 2004 ގައި ރީތިރަށް ރިސޯޓުގެ ފަރާތުން މައި ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް ފޮނުވި ނޯޓިހަށް ބަލާއިރު، އެނޯޓިކަކީ، އެޕްރޮޖެކްޓުގެ މަސައްކަތްކުރުމުގައި
ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެމަސައްކަތް ކުރުމަށް ބޭނުންވާ ވަރަށް މީހުން
ހޯދާފައިނުވާތީ މަސައްކަތް ވަކިކުރުމަށް ދެވޭ 30 (ތިރީސް) ދުވަހުގެ ނޯޓިހެއްކަމަށާއި، އަދި އެޕްރޮގްރާމުގެ
ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެމަސައްކަތް ނިންމުމަށް އެހެން ކޮންޓްރެކްޓަރަކާ ޙަވާލުކުރުމުގެ ޙައްޤު
ރީތިރަށް ރިސޯޓަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، އެރައިވަލް ހޯލާއި އެތަނުގެ ސީވޯލުގެ މަސައްކަތް
ނުނިންމުމާ ގުޅިގެން އެމަސައްކަތް ފުރިހަމަކުރުމަށްޓަކައި، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑާއި ޓްރޮޕިކަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ޙަވާލުކޮށްފައިވާކަމާއި، އެމަސައްކަތް ފުރިހަމަ
ކުރުމަށް އެދެކުންފުންޏަށް 49,000.00$US (ސާޅީސްނުވަހާސް ޔޫއެސް ޑޮލަރ) ދީފައިވާކަމަށް ރީތިރަށް
ރިސޯޓު ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ރީތިރަ
ބިނާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މައި ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރެވުނު މަސައްކަތް ނިމިފައިވާތީ 31 ޖުލައި 2004 ދުވަހުގެ މެންދުރު ކެއުމުގެ
ކުރިން 8:30 ގައި، އެފަރާތުގެ ހުރިހާ މުވައްޒަފުން އެރަށުން ބާލައިގެން ގެންދިއުމަށާއި، އެގޮތަށް
ޢަމަލުނުކޮށްފިނަމަ، އެރަށުގައި ހުންނަ އެކުންފުނީގެ ކޮންމެ މުވައްޒަފަކަށް ދުވާލަކަށް 50.00$US
(ފަންސާސް ޔޫއެސް ޑޮލަރ) ޗާޖުކުރެވޭނެ ކަމަށާއި، އެފަރާތުގެ މުވައްޒަފުން މާދަމާ (31 ޖުލައި 2004)
ރަށުން ބޭލުމަށްޓަކައި ފެރީ ބޯޓު ތައްޔާރުކުރެވިފައިވާ ކަމަށާއި، އެމުވައްޒަފުން ރަށުން ފައިބައިގެން ދާއިރު،
ރީތިރަށް ރިސޯޓުގެ ތަކެތި ރިސޯޓާ ޙަވާލުކުރުމަށް އެފަރާތްތަކަށް ހަދާންކޮށް ދިނުމަށް އެދޭކަމަށާއި،
އެޕްރޮޖެކްޓުގެ މަސައްކަތުގައި ދިން އެއްބާރުލުމާއި އެހީތެރިކަމަށް އިޚްލާޞްތެރިކަމާއެކު އެފުރުސަތުގައި ޝުކުރު
އަދާކުރާކަމަށް ބަޔާންކޮށް، ރީތިރަށް ރިސޯޓުގެ ފަރާތުން ޖޯޖް މަސީހު، މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
ޢަލީ އަމްޖަދަށް 30 ޖުލައި 2004 ގައި ފެކްސް މެސެޖެއް ފޮނުވާފައިވާކަން އެނގޭކަމާއި،
20¢¢
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
1
208/HC-A/69
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
COX
ރީތިރަށުގައި ރިސޯޓެއް ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ
ހަވާލުކުރެވުނު މަސައްކަތްތައް ފުރިހަމަކޮށްފައިވާކަމަށް މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނަނީ
އެފެކްސް މެސެޖުގައި، މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރެވުނު މަސައްކަތް ނިމިފައިވާތީ" މިހެން
ބަޔާންކޮށްފައިވާތީކަން އެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮތް ނަމަވެސް، ލިޔުމުން
ކޮންޓްރެކްޓް ކުރެވިގެން މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލު ކުރެވުނު، ސީފުޑް ރެސްޓޯރަންޓާއި
ސީގޯލާއި އަދި އެރައިވަލް ހޯލާއި، ސީވާލުގެ މަސައްކަތް މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ވަކިކޮށް،
އެމަސައްކަތް ފުރިހަމަކޮށްފައިވަނީ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޓްރޮޕިކަލް
ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންކަމަށް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން
ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
OXO
(ރ) ހަތަރުވަނަ ކަމަކީ: ރީތިރަށް ރިސޯޓުގައި މަސައްކަތްކުރަމުން ދިޔަ މައި ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ މުވައްޒަފުން އެރަށުން ބޭލުމަށްފަހު، މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު
INV
/
24
/
2004
/
MC
/
RRR (23 އޯގަސްޓް 2004) ގެ އިންވޮއިސް ރީތިރަށް ރިސޯޓަށް ފޮނުވާފައިވާ
ކަމާއި، އެއިންވޮއިސްގައިވާ ގޮތުން އެކުންފުނިން ރީތިރަށް ރިސޯޓުގައި އެކުޖުމްލަ 190,111.00$US
(އެއްލައްކަ ނުވަދިހަހާސް އެއްސަތޭކައެގާރަ ޔޫއެސް ޑޮލަރ) ގެ މަސައްކަތްކޮށްފައިވާ ކަމާއި، އެއިގެ ތެރެއިން
US
$
120,339.00 (އެއްލައްކަ ވިހިހާސް ތިންސަތޭކަ ތިރީސްނުވަ ޔޫއެސް ޑޮލަރ) ލިބިފައިވާކަމާއި،
USS69,772.00 (ފަސްދޮޅަސްނުވަހާސް ހަތްސަތޭކަ ހަތްދިހަދޭއް ޔޫއެސް ޑޮލަރ) އެކުންފުންޏަށް ލިބެންޖެހި
ނުލިބިވާކަމާއި، އެއިންވޮއިސް ރީތިރަށަށް ލިބޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެފައިސާ ދެއްކުމަށް
އަންގާފައިވާކަމާއި، އެއިންވޮއިސްގައި ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 176,731.00$US (އެއްލައްކަ
ހަތްދިހަހަހާސް ހަތްސަތޭކަ ތެއްތިރީސް ޔޫއެސް ޑޮލަރ) ކަމަށާއި، އިތުރަށް 6180.00$US (ހަހާސް
އެއްސަތޭކަ އައްޑިހަ ޔޫއެސް ޑޮލަރ) ގެ މަސައްކަތް ކޮށްފައިވާކަމަށާއި، އަދި ކޮންޓްރެކްޓް ނަންބަރު 10.3 ގެ
ދަށުން 7,200.00$US (ހަތްހާސް ދުއިސައްތަ ޔޫއެސް ޑޮލަރ) ގެ މަސައްކަތް ކޮށްފައިވާކަމަށް
ބަޔާންކޮށްފައިވާއިރު، ނުލިބިވާކަމަށް ބުނެ މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް ދަޢުވާކޮށްފައިވާ
ފައިސާއަކީ، ރީތިރަށް ރިސޯޓުގެ ފަރާތުން އެކުންފުންޏަށް ފޮނުވާފައިވާ ސްޓޭޓްމަންޓެއްގެ މައްޗަށް ބިނާކޮށް،
ޖަހާފައިވާ އަދަދެއްކަމަށް އެކުންފުނިން ބުނާކަމާއި، އެސްޓޭޓްމަންޓަށް ބަލާއިރު، އެކުންފުންޏާ ޙަވާލުކުރެވުނު
މަސައްކަތްތަކުގެ އަގަކީ، 175,981.00$US (އެއްލައްކަ ހަތްދިހަފަސްހާސް ނުވަސަތޭކަ އައްޑިހައެކެއް
ޔޫއެސް ޑޮލަރ) ކަމާއި، އެމަސައްކަތުގެ އަގުގެ ތެރެއިން 5 (ފަހެއް) ފަހަރެއްގެ މަތިން އެކުޖުމްލަ
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2008/HC-A/469
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
US
$
107,060.00 (އެއްލައްކަ ހަތްހާސް ފަސްދޮޅަސް ޔޫއެސް ޑޮލަރ) ދައްކާފައިވާކަމާއި، އަދި ބާކީ
ނުދައްކައިވަނީ 68,921.00$US (ފަސްދޮޅަސް އައްހާސް ނުވަސަތޭކަ އެކާވީސް ޔޫއެސް ޑޮލަރ) ކަން
އެނގެން އޮންނަކަމާއި، އެސްޓޭޓްމަންޓުގެ ފަހުން ޕޭމަންޓް 6 (ހައެއް) އަދި 7 (ހަތެއް) ގެ ގޮތުގައި
US
$
8,580.00 (އައްހާސް ފަސްސަތޭކަ އައްޑިހަ ޔޫއެސް ޑޮލަރ) އާއި 4,701.00$US (ހަތަރުހާސް
ހަތްސަތޭކަ އެކެއް ޔޫއެސް ޑޮލަރ) ދައްކާފައިވާކަމަށް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ބުނެފައިވާކަމާއި، ރީތިރަށުގައި ރިސޯޓެއް ބިނާކުރުމުގެ މަސައްކަތުގައި ފައިސާ ދެވެނީ އެރަށުގައިކުރާ
މަސައްކަތްތައް ކޮންޓިޓީ ސަރވޭޔަރ އާއި އާކިޓެކްޓަރ ބަލައި ފައިސާ ދޫކުރުމުގެ ހުއްދަ ދިނުމުންކަން
އެނގޭކަމާއި، ރީތިރަށް ރިސޯޓުގައި މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިތުރަށް ކުރި މަސައްކަތުގެ
އަގާއި، ކޮންޓްރެކްޓް ނަންބަރު 10.3 ގެ ދަށުން ކުރި މަސައްކަތުގެ އަގު ހަމައަށް އެކުންފުންޏަށް ދައްކައި
ޚަލާޞްކޮށްފައިވާކަމަށް 19 އޮކްޓޯބަރު 2006 ގައި މަދަނީ ކޯޓަށް މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ހުށަހަޅާފައިވާ ބަޔާނަށް ބެލުމުން އެނގެން އޮންނަކަމާއި އަދި އެކުންފުނިން ހޯދުމަށް ދަޢުވާކޮށްފައިވަނީ
US
$
69,772.00 (ފަސްދޮޅަސްނުވަހާސް ހަތްސަތޭކަ ހަތްދިހަދޭއް ޔޫއެސް ޑޮލަރ) ކަމަށްވާއިރު، އެދަޢުވާ
ބިނާކުރި ލިޔުންތަކުގެ ތެރޭގައި ހިމެނޭ ލިޔުމެއްކަމަށް އެކުންފުނިން ބުނެފައިވާ ރީތިރަށް ރިސޯޓުން ފޮނުވާފައިވާ
ލިޔުމުގައި ޓޯޓަލް އައުޓްސްޓޭންޑިންގ ކަމަށް ބަޔާންކޮށްފައިވަނީ 68,921.00$US (ފަސްދޮޅަސް އައްހާސް
ނުވަސަތޭކަ އެކާވީސް ޔޫއެސް ޑޮލަރ) ކަން އެނގޭކަމާއި، އެހެންކަމުން، އެދެ ޢަދަދުގެ ތަފާތަކީ
އްކަމަށާއި އެދެ ޢަދަދުގެ ފަރަގުކަމުގައިވާ 851.00$US (އައްސަތޭކަ ފަންސާސް އެކެއް ޔޫއެސް
ޑޮލަރ) އުނިކުރުމާމެދު މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިޢުތިރާޅެއް ނެތްކަމަށް އެކުންފުނިން
ބުނެފައިވާކަން 17 ޖެނުއަރީ 2007 މަދަނީ ކޯޓަށް އެކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންނަށް
ބެލުމުން އެނގެން އޮންނަކަމެވެ.
43x ތ ދ ތ4
2012
/
1ނ
08
(ބ) ފަސްވަނަ ކަމަކީ: ރީތިރަށް ރިސޯޓު ބިނާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ލިޔުމުން
އެއްބަސްވެގެން މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވުނު ސީފުޑް ރެސްޓޯރަންޓާއި ސީވޯލާއި،
އެރައިވަލް ހޯލާއި، ސީގޯލުގެ މަސައްކަތުގެ ޖުމްލަ އަގަކީ،140,000.00 $US (އެއްލައްކަ ސާޅީސްހާސް
ޔޫއެސް ޑޮލަރ) ކަން އެނގޭކަމާއި، އެއްބަސްވެފައިވާ ގޮތަށް އެމަސައްކަތް ނުކުރާތީ އެމަސައްކަތް މައި
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ވަކިކޮށް، އެހެން ފަރާތަކާ ޙަވާލުކޮށްގެން ފުރިމަހަ ކުރެވުނު ކަމާއި، ރީތިރަށް
ރިސޯޓުގައި މައި ކޮމްޕެނީގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކަށް ދޭންޖެހޭ ފައިސާއެއް ދީ ޚަލާޞްކޮށްފައިވާ
ކަމަށާއި، އެފަރާތަށް ދޭންޖެހޭ އިތުރު ފައިސާއެއް ނޯންނާނެކަމަށް ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2008}l.IC-A60
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
Odoo
6
ފަރާތުން ބުނެފައިވާއިރު، މައި ކޮމްޕެނީގެ ފަރާތުން ރީތިރަށް ރިސޯޓުގައި ކުރި މަސައްކަތްތަކުގެ އަގަށް
އެކުޖުމްލަ 120,339.00$US (އެއްލައްކަ ވިހިހާސް ތިންސަތޭކަ ތިރީސްނުވަ ޔޫއެސް
ލިބިފައިވާކަމަށާއި އިތުރަށް ކުރި މަސައްކަތަށާއި ކޮންޓްރެކްޓް ނަންބަރު 10.3 ގެ ދަށުން ކުރި
މަސައްކަތްތަކަށް ލިބެންޖެހޭ ފައިސާވެސް ލިބިފައިވާކަމަށް ބުނެފައިވާކަން މައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން މަދަނީ ކޯޓަށް ހުށަހަޅާފައިވާ ބަޔާންތަކަށް ބެލުމުން އެނގޭއިރު، މިހާރު ނުލިބިވާކަމަށްބުނެ
އެކުންފުނިން ހޯދުމަށް ދަޢުވާކޮށްފައިވާ 69,772.00$US (ފަސްދޮޅަސްނުވަހާސް ހަތްސަތޭކަ ހަތްދިހަދޭއް
ޔޫއެސް ޑޮލަރ) އަކީ، އޮޅުމަކުން ލިޔެވިފައިވާ ޢަދަދެއްކަމަށް އެކުންފުނިން މަދަނީ ކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ހުށަހަޅާފައިވާ ބަޔާނަށް ބެލުމުން އެނގޭކަމާއި އަދި އެފައިސާއަކީ ރީތިރަށް ރިސޯޓު
ބިނާކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެކުންފުނިން ކުރި ކޮން މަސައްކަތަކަށް ލިބެންޖެހި
ނުލިބިވާ ފައިސާއެއް ކަމެއް އަދި ކުރި މަސައްކަތެއް އަދި އެމަސައްކަތަކަށް ކަނޑައެޅުނު ފައިސާގެ
މިންވަރެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޝަރީޢަތަށް ބުރަވެވޭ މިންވަރަށް ސާބިތުކޮށް
ދެވިފައިނުވާކަން އެނގެން އޮންނަކަމެވެ.
އެހެންކަމުން މަދަނީ ކޯޓުގެ ނަންބަރު 2006/MC/816 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤު ވެވިފައިވާތީ، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަ
އެއްބަސްވެވިފައިވެއެވެ.
ދ 34480
¢ ¢¢
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމް ގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
2{{{HC-A/69
ޤަޟިއްޔާ ނިމުނު
e/
ދެންފަހެ އިޞްވެ. ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު
2006/MC/816 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް
މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މަދަނީ ކޯޓުގެ ނަންބަރު
2006/MC/816 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށްފީމެވެ.
ހައިކޯޓް
,
ތައްޔާރުކުރީ: ޢާއިޝަތު ޝިހާބު
އާމިނަތު މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.tv