ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/189 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/189
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 189/HC-A/2014
• އިސްތިއުނާފުކުރި ފަރާތް:
ނަން: އަޙްމަދު އަޖްމަލް އިބްރާހީމް
އައިޑީ ކާޑު ނަންބަރު: A222716
ދާއިމީ އެޑްރެސް: ނަޞްރު ޅ. ހިންނަވަރު
މިހާރުގެ އެޑްރެސް:
އޮސާކާ{ މާލެ
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• ހުށަހެޅުނު ތާރީޚް: 08 ޖުލައި 2014
ނިމުނު ތާރީޚް: 11 އޯގަސްޓް 2014
0
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2014/5916(J(MD-145
• އަމުރު ނެރުނު ކޯޓު ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ބަންދު އަމުރު (މަސްތުވާތަކެތި ގެންގުޅުން ޓްރެފިކްކުރުން)
އަމުރު ނެރުނު ތާރީޚް: 29 ޖޫން 2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2{014/HC-A/189
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/5916(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށް އެދި އަޙްމަދު އަޖްމަލް އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
CCC.
އެވެ.
0
ނުކުތާތައް:
Ox
ފާހަގަކުރެވުނު ނުކު
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2014/5916(J(MD-145 ކޯޓު އަމުރަކީ، ހިންނަވަރު
ނަޞްރު އަޙްމަދު އަޖްމަލް އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މަސްތުވާތަކެތި ގެންގުޅުމާއި
ޓްރެފިކްކުރުމުގެ މައްސަލައާއި ގުޅިގެން މުޖްތަމަޢުގެ ސަލާމަތަށްޓަކައި، އަދި ހެކިންނަށް ނުފޫޒު
ފޯރުވަފާނެކަމަށްޓަކައި،
2014 ޖޫން 29 ވަނަ ދުވަހުގެ 10:05 އިން ފެށިގެން 2014 ޖުލައި 14 ވަނަ
ދުވަހުގެ 10:04 ގެ ނިޔަލަށް އަޙްމަދު އަޖްމަލް އިބްރާހީމް، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ
ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
02 ކްރިމިނަލް ކޯޓުގެ ނަންބަރު 2014/5916(J(MD-145 ކޯޓު އަމުރު ކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނޫންކަމަށްބުނެ އަޙްމަދު އަޖްމަލް އިބްރާހީމްގެ ފަރާތުން
އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް، އެނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއީ:
”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު ގެ 12 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ބަންދުގައި
ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
0
ބެހެއްޓުe
ކޮށް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/189
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2014/5916(J
(
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) 2013 ޑިސެމްބަރ 05 ވަނަ ދުވަހުގެ 07:30 ހާއިރު ޅ. ހިންނަވަރު އަޢީދުގެ ޙުސައިން
ޢީސާފުޅު އިތުރު ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ގެންގުޅެ އެތަކެތީގެ
ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން، އަޙްމަދު އަޖްމަލް އިބްރާހީމް ވެސް އެކަމުގައި
އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސްއިން ބުނެފައިވާތީ، އަޙްމަދު އަޖްމަލް އިބްރާހީމް ދޫކޮށްލައިފިނަމަ އަޙްމަދު
އަޖްމަލް އިބްރާހީމްގެ ސަބަބުން ތަޙްޤީޤަށް ހުރަސް އެޅިދާނެކަމށް ބެލެވޭތީއާއި، އަޙްމަދު އަޖްމަލް އިބްރާހީމް
ދޫކޮށްލައިފިނަމަ އަޙްމަދު އަޖްމަލް އިބްރާހީމް ސަބަބުން މުޖުތަމަޢަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ފެންނާތީ،
އަޙްމަދު އަޖްމަލް އިބްރާހީމްގެ ބަންދުގެ މުއްދަތު އިތުރު ކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ
ނަންބަރު: 112754/MF ”ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ހުށަހެޅުމުން، އަޙްމަދު
އަޖްމަލް އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މަސްތުވާތަކެތި ގެންގުޅުމާއި ޓްރެފިކްކުރުމުގެ މައްސަލައާއި
ގުޅިގެން މުޖްތަމަޢުގެ ސަލާމަތަށްޓަކައި، އަދި ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމަށްޓަކައި، 2014 ޖޫން 29
ވަނަ ދުވަހުގެ 10:05 އިން ފެށިގެން 2014 ޖުލައި 14 ވަނަ ދުވަހުގެ 10:04 ގެ ނިޔަލަށް އަޙްމަދު
އަޖްމަލް އިބްރާހީމް، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް
ކްރިނަލް ކޯޓުގެ ނަންބަރު 2014/5916(J(MD-145 އަމުރުގެ ދަށުން އަމުރު ކުރައްވާފައިވާކަން އެނގެން
46 4
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2{014/HC-A/189
މާއްދާއާއި
OXOC
4
(ނ) މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ މަރުޙަލާގައިވެސް،
ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހަކީ
ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި
ޢާންމު އުޞޫލެއްގެ ގޮތުން ޢަމަލުކުރަންޖެހޭ ގޮތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް
އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯ ބެލުން ކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ
ނޫންކަމާމެދު ގޮތެއް ނިންމުމުގެބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާއި 49 ވަނަ މާއްދާއިން އެނގެން އޮންނަކަމާއި، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި،
ޝައްކުކުރެ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެޙާދިސާ ތަޙްޤީޤުކުރުމުގައި ހުރީ ކިހާ
މިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ
ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި،
ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، އަދި ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު
އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
(ނ) އަޙްމަދު އަޖްމަލް އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މަސްތުވާތަކެތި ގެންގުޅުމާއި
ޓްރެފިކްކުރުމުގެ މައްސަލައާގުޅިގެން 2014 ޖޫން 29 ވަނަ ދުވަހު އަޙްމަދު އަޖްމަލް އިބްރާހީމްގެ ބަންދުގެ
މުއްދަތު އިތުރުކޮށް ދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ނަންބަރު:112754/MF ”ބަންދުގެ
މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު، އަޙްމަދު އަޖްމަލް އިބްރާހީމްގެ
ه
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/189
މައްޗަށް ތުހުމަތު ކުރެވުނު ކުށުގެ މައްސަލައިގެ ތަޙްޤީޤު ނިންމާ އޭނާގެ މައްޗަށް ދަޢުވާކުރު
ފުކުރުމަށްޓަކައި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަން މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއިގެ
”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު" ގެ 12 ވަނަ މާއްދާގެ (ހ) ގައި މައްސަލައިގެ ތަޙްޤީޤު ނިމުމުން، ޝަރީޢަތުން
މައްސަލަ ނިމެންދެން އެމީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓޭނީ ދަޢުވާ އުފުލޭ ވަރަށް ހެއްކާއި ޤަރީނާ
ހުރުމާއެކު، އެޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރި ސަބަބެއް އޮތްނަމަ
ކަމަށް ބަޔާކޮށްފައިވާއިރު، އެޤަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގައި ތަޙްޤީޤު ނިމުނަސް އެމީހަކު ހައްޔަރުން
ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، ޝަރީޢަތުން ވަކިގޮތެއް ނުނިމެނީސް އެމީހަކު މުޖްތަމަޢުގެ ތެރެއަށް
ދޫކޮށްލައިގެން ނުވާނެކަމަށް ސާފުޢިބާރާތުން ބަޔާންކޮށްފައިވާކަމާއި؛
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ތަޙްޤީޤުކޮށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހަށް މައްސަލަ ފޮނުވުމުގައި މިހާރު ޢަމަލުކުރަމުންދާ އުޞޫލަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން
ތަޙްޤީޤުކޮށް ނިމޭ ޖިނާޢީ ކުށުގެ މައްސަލައެއް ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް
އެމައްސަލައެއް ފޮނުވުމުގެ ކުރީން، އެމައްސަލައާ ގުޅޭ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ދެމެދު މަޝްވަރާކުރުމަށްފަހު ދަޢުވާކުރެވޭވަރަށް ހެކި ހުންނަ މައްސަލަތައް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަލައިގަތުން ކަމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ތަޙްޤީޤުކޮށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާއިރު ދަޢުވާކުރެވޭވަރަށް ހެކި
ހުންނަ މައްސަލަތަކާއި އެނޫން މައްސަލަ ވަކިކުރެވޭ ކަމަށް މިމައްސަލައާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަމާއި
ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/189
ކުށެއްގެ ތަޙްޤީޤުނިމި ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލައެއްގައި
ހިމެނޭ ފަރާތެއް ބަންދުގައި އިތުރަށް ބަހައްޓަން ބޭނުންވާ ސަބަބެއް އޮތްނަމަ އެ ކަމުގެ މައްޗަށް ރިޢާޔަތްކޮށް
އެމީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށްޓަކައި ފަނޑިޔާރަށް ހުށަހެޅުމަށް ނިންމާނީ ޕްރޮސިކިއުޓަރ
ޖެނެރަލްކަމާއި، ބަންދުގެ މުއްދަތު އިތުރުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ މައްސަލައަކީ ކޯޓަށް
ހުށަހެޅިފައިނުވާ މައްސަލައެއްނަމަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ނިންމުމުގެ މައްޗަށް ބިނާކޮށް މައްސަލައިގައި
ތުހުމަތު ކުރެވިފައިވާ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެމައްސަލަ ތަޙްޤީޤުކުރާ ފަރާތުން ކޯޓަށް
ހުށަހެޅިދާނެކަމާއި،
މިމައްސަލައިގައި ތުހުމަތުކުރެވިފައިވާ އަޙްމަދު އަޖްމަލް އިބްރާހީމްގެ ތަޙްޤީޤު ނިންމާ އޭނާގެ މައްޗަށް
ދަޢުވާކޮށްދިނުމަށް އެދި އެކަށީގެން ހެއްކާއި ޤަރީނާއާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
އެމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވީނަމަވެސް އޭނާގެ މައްޗަށް އެމައްސަލައިގައި
ކޯޓުގައި ދަޢުވާ އުފުލާފައިނުވާކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން
އެނގެން އޮންނަކަމާއިގެ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ބަލައިގަތުމަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން މައްސަލަ
ބަލައިގަންނަނީ އެމައްސަލައެއްގައި ދަޢުވާކުރެވޭވަރަށް ހެއްކާއި ޤަރީނާއި ހުރުމުންކަމާއި އަޙްމަދު އަޖްމަލް
އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަވެސް ބަލައިގަނެފައިވަނީ މައްސަލައިގާ ތުހުމަތުކުރެވޭ
މީހުންގެ މައްޗަށް ދަޢުވާކުރެވޭވަރަށް ހެއްކާއި ޤަރީނާ ހުރުމުންކަން ދައުލަތުގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކުން އެނގެން އޮންނަކަމާއިގެ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އަޙްމަދު އަޖްމަލް އިބްރާހީމްގެ ބަންދުގެ މުއްދަތު އިތުރު
ކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 112754/MF "ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު، އަޙްމަދު އަޖްމަލް އިބްރާހީމް ހިމެނޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/189
އިތުރު 6 މީހަކު އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ބަންދުގައި ބަހައްޓަންޖެހޭކަމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކަނޑައެޅުމަށްފަހު އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ
ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެދޭ ގޮތެއްގެ މަތީން ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް
އެދި ކްރިމިނަލް ކޯޓުގެ އިސްޤާޟީއަށް އެޑްރެސް ކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު
145
/
2014
/
365/އޭ-196 (18 ޖޫން 2014) ސިޓީ ކްރިމިނަލް ކޯޓުގެ ބަންދުގެ މުއްދަތު އިތުރުކުރުމުގެ
މަޖިލީހަށް ހުށަހަޅާފައިވާކަން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.
ވީމާ، ކްރިނަލް ކޯޓުގެ ނަންބަރު 2014/5916(J
(
MD-145 ކޯޓު އަމުރު ބާތިލްކުރަންޖެހޭ ފަދަ
ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
0
އެކަމް:
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް
ބަޔާންކުރެވިދިޔަ ގޮތަށް ހުރުމާއެކު، 2014 ޖޫން 29
ވަނަ ދުވަހުގެ 10:05 އިން ފެށިގެން 2014 ޖުލައި 14 ވަނަ ދުވަހުގެ 10:04 ގެ ނިޔަލަށް
ހިންނަވަރު ނަޞްރު، އަޙްމަދު އަޖްމަލް އިބްރާހީމް، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި
ބަންދުކޮށްފައި ބެހެއްޓުމަށް ކްރިނަލް ކޯޓުން ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު 2014/5916(J(MD-145
ކޯޓު އަމުރު ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ވިޔަސް އުޞޫލަކާ ޚިލާފަށް ކަމަށް ބެލެވެން ނެތް ކަމަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފިމެވެ.
*
****
ވެއްޖެ*
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv