ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/37 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/37
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 37/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
ނަން: މުޙައްމަދު
އައިޑީ ކާޑު ނަންބަރު: A121343
އަބޫބަކުރު
އެޑްރެސް: ބުލޫހެވަން| ލ.ގަން، ތުނޑި
މިހާރުގެ އެޑްރެސް: ބުލޫހެވަން ލ.ގަން، ތުނޑި
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ހުށަހެޅުނު ތާރީޚް: 01 ފެބުރުވަރީ 2015
ނިމުނު ތާރީޚް: 09 ފެބުރުވަރީ 2015
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2015
/
37/PO
)
06MC
-
TS)
• އަމުރު ނެރުނު ކޯޓު: ލ.ގަމު މެޖިސްޓްރޭޓް ކޯޓް ތުނޑީ ސެކްސަން
މައްސަލައިގެ ބާވަތް: ބަންދު އަމުރު (މަކަރާއި ހީލަތް ފޯޖުކުރުން)
އަމުރު ނެރުނު ތާރީޚް: 26 ޖަނަވަރީ 2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
އްޖޭގެ
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/37
ދަޢުވާގެ ޚުލާޞާ
މިއީ، ލ.ގަމު މެޖިސްޓްރޭޓް ކޯޓް ތުނޑީ ސެކްސަންގެ ނަންބަރު 2015
/
37/PO
)
06MC
-
TA)
ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓު
އަމުރު އިސްތިއުނާފު ކޮށްދިނުމަށް އެދި ބުލޫހެވަން ލ.ގަން، ތުނޑީ މުޙައްމަދު އަބޫބަކުރުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ
ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) އެވެ.
CCCO
0
ފާހަގަކުރެވުނު ނުކުތާތައް:
01- ލ.ގަމު މެޖިސްޓްރޭޓް ކޯޓް ތުނޑީ ސެކްސަންގެ ނަންބަރ 2015
/
37/PO
)
06MC
-
TA)
ކޯޓު ކޯޓުއަމުރަކީ، ބުލޫހެވަން/ ލ.ގަން، ތުނޑި މުޙައްމަދު އަބޫބަކުރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަކަރާއި
ހީލަތް ހެދުމާއި ޕޯޖްކުރުމުގެ މައްސަލައާ ގުޅިގެން، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް
ހުރަސްއެޅިދާނެކަމަށްޓަކައި އާއި ހެކިބަސް ދޭންތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާފާނެކަމަށް ބެލެވޭތީ، 2015
ޖަނަވަރީ 26 ވަނަ ދުވަހުގެ 20:30 އިން ފެށިގެން 2015 ފެބުރުއަރީ 10 ވަނަ ދުވަހުގެ 20:30 ގެ
ނިޔަލަށް މުޙައްމަދު އަބޫބަކުރު، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި
ބެހެއްޓުމަށް އަމުރު ކުރައްވާ ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
02- ލ.ގަމު މެޖިސްޓްރޭޓް ކޯޓް ތުނޑީ ސެކްސަންގެ ނަންބަރު 2015
/
37/PO
)
06MC
-
TA)
ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ތީނޫންކަމަށްބުނެ
މުޙައްމަދު އަބޫބަކުރުގެ ފަރާތުން އެއަމުރު އިސްތިއުނާފުކުރުމަށް އަންނަނިވި 02 (ދޭއް) ނުކުތާ ފާހަގަކޮށް، އެ
ދެ ނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 19/SC-A/2010 ނަންބަރު ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނަންބަރުގެ (ބ) އާ ޚިލާފަށް މިމައްސަލައިގައި
ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ގޮތުގެ މަތީން
eyއ
z
ހައި9
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8ދ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/37
. ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 19/SC-A/2010 ނަންބަރު ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް މައްސަލަ
ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
03- ލ.ގަމު މެޖިސްޓްރޭޓް ކޯޓް ތުނޑީ ސެކްސަންގެ ނަންބަރު 2015
/
37/PO
)
06MC
-
TS)
ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން އިސްތިއުނާފުކުރި
ފަރާތުންނާއި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި
މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު،
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ފާހަގަކުރެވިފައިވެއެވެ.
(ހ) ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ
ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ
(ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު” ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ
ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ox
coc
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/37
CCCX
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި
ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަން އެނގެން އޮވެއެވެ.
(ނ) މިއިސްތިއުނާފުކުރެވޭ މައްސަލައިގާ އިސްތިއުނާފުކޮށްފައިވާ މުޙައްމަދު އަބޫބަކުރުގެ މައްޗަށް
ތުހުމަތުކުރެވިފައިވަނީ، މަޤާމުގެ ނުފޫޒު ބޭނުންކޮށް، އިތުރުބަޔަކާއި ބައިވެރިވެގެން ލ. ގަމުން އެކިއެކި
ފަރާތްތަކަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގޯތިތަކެއް ޤަވާޢިދާ ޚިލާފަށް ވިއްކައި އަދި އެގޯތިތަކަށް
ޞައްޙަނޫން ގޯތީގެ ރަޖިސްޓްރީތަކެއް ހަދައިދީފައިވާތީ މަކަރާއިޙީލަތް ފޯޖުކުރުމުގެ ތުހުމަތުކަން، މޯލްޑިވްސް
ޕޮލިސް ސަރވިސް ގެ ނަންބަރު: TD075416 [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ބަންދުކުރިތާ 24
ގަޑިއިރުގެ ތެރޭގައި ފަޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް، އިންނާއި، ދައުލަތުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި، މުޙައްމަދު އަބޫބަކުރުގެ
މައްޗަށް ތުހުމަތުކުރެވިފައިވާ އެމައްސަލައަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިހާރު ތަޙްޤީޤު
ކުރަމުންދާ މައްސަލައެއްކަން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއިގެ
ކުށެއްގެ ތުހުމަތުކުރެވިގެން ތަޙްޤީޤު ކުރެވެމުންދާ މީހަކީ ކުށެއް ކުރިކަމުގެ ތުހުމަތުގެ މަޙައްލުގައިވާ
މީހެއް ކަމާއި، އެފަދަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ ޙާލަތްތަކުގައި، އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު
ބައްލަވަން ޖެހޭނީ، ތުހުމަތުމަތު ކުރެވިފައިވާ މީހާގެ މަޞްލަހަތަށް އެކަނި ނޫންކަމާއި، ތުހުމަތުގައިވާ މީހެއްގެ
ފަރުދީ މަސްލަޙަތަށް ރިޢާޔަތްކުރުމާއެކު، މުއްތަހަމުގެ ފަރުދީ މަޞްލަޙަތަށްވުރެ މުޖުތަމަޢުގެ ޖަމާޢީ މަޞްލަޙަތު
ރައްކާތެރިކޮށް ޙިމާޔަތްކު އައުލާކަން
ބޮޑުވެގެންވާކަމަށްޓަކައި، މުޖުތަމަޢުގެ މަސްލަޙަތާއި ޙައްޤުތައް
:400
RE
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/37
338
ރައްކާތެރިކުރެވޭނެ ގޮތްތަކެއްގެ މައްޗަށްވެސް ފަނޑިޔާރު ރިޢާޔަތްކޮށް މި ދެ މަސްލަޙަތު ބެލެންސް ކުރެވޭނެ
ގޮތެއްގެ މައްޗަށް ކަން އެނގެއެވެ.
(ނ) މިމައްސަލައިގާ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މުޙައްމަދު އަބޫބަކުރު ހައްޔަރުކޮށްފައިވަނީ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2015
/
06/G5
(
O
)
6
/
AW [ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް
ފަނޑިޔާރަށް ހުށަހަޅާ ފޯމް” އިން 2015 ޖެނުއަރީ 25 ވަނަ ދުވަހު ލ.ގަމު މެޖިސްޓްރޭޓް ކޯޓް ތުނޑީ
ސެކްޝަނަށް ހުށަހެޅުމުން އެކޯޓުގެ ނަންބަރު PO
)
06MC
-
T5
/
2015
/
03) ދުކުރުމުގެ އަމުރު، ގެ
ދަށުން ހައްޔަރުކުރުމުގެ ހުއްދަލިބިގެންކަން އެނގެން އޮންނަކަމާއިގެ
”ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ކަމާމެދު ޠަޢުނުކުރުމުގެ ފުރުޞަތު ބަންދުކުރެވުނު ފަރާތަށް
ލިބިދިނުމާއި ދުކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށްވާނަމަ ވަގުތުން ދޫކޮށްލުމަށް އަމުރު ނެރެންވާނެ
ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 19/SC-A/2010 ނަންބަރު ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ
2 ވަނަ ނަންބަރުގެ (ހ) ބަޔާންކޮށްފައިވާއިރު، މުޙައްމަދު އަބޫބަކުރު ބަންދުކުރެވިފައިވަނީ ޤާނޫނާ ޚިލާފަށް
ކަމަށް ބުނެ އެއްވެސް ކޯޓަކަށް މައްސަލަ ހުށަހަޅާފައިވާކަން އެނގެން ނެތުމުގެ އިތުރުން މިއިސްތިނާފުކުރެވޭ
އަމުރާ ގުޅިގެން ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް މުޙައްމަދު އަބޫބަކުރު ބަންދުކޮށްފައިވަނީ ޤާނޫނާ
ޚިލާފަށް ކަމަށް ބުނެ ޝަކުވާއެއްކޮށް އެކަން
އެކަން ފާހަގަކޮށްފައިވާކަން އެނގެން ނެތްކަމާއި؛
މިއިސްތިއުނާފުކު
(ފުކުރެވޭ އަމުރަކީ އިސްވެ އިޝާރާތްކުރެވުނު ހައްޔަރުކުރުމުގެ އަމުރުގެ ދަށުން މުޙައްމަދު
އަބޫބަކުރު ހައްޔަޑު
ހައްޔަރުކުރުމަށް ފަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD075416 ”ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
މައްސަލަ ހުށަހަޅާ ފޯރމް“ އިން މުޙައްމަދު އަބޫބަކުރުގެ ބަންދާމެދު ގޮތެއް ކަނޑައަޅައި ދެއްވުން އެދި، ލ.
ގަމު މެޖިސްޓްރޭޓް ކޯޓް ތުނޑީ ސެކްޝަނަށް ހުށަހެޅުމުން މުޙައްމަދު އަބޫބަކުރު ބަންދުގައި ބެހެއްޓުމަށް
ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮތުމުން އެ އަމުރުގައި މުޙައްމަދު އަބޫބަކުރު ހައްޔަރުކުރެވިފައިވަނީ
ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ކަނޑައަޅައި ސާފު ޢިބާރާތުން ބަޔާންކުރެވިފައިނުވިނަމަވެސް، މުޙައްމަދު
އަބޫބަކުރު ބަންދުގައި ބެހެއްޓުމަށް އަމުރު ކުރެއްވި ކުރެއްވުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
އްޖޭގެ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/37
އެހެންކަމުން،
مس
(P0306MC-TS/2015/37
މުޙައްމަދު އަބޫބަކުރު ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް ދަލާލަތުކުރާ ކަމެއްކަން
އެނގޭކަމާއިގެ
ލ.ގަމު
މެޖިސްޓްރޭޓް ކޯޓް
ސެކްސަންގެ ނަންބަރު
ކޯޓު އަމުރު ނެރުއްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
19/SC-A/2010 ނަންބަރު ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނަންބަރުގެ (ބ) އާ
ޚިލާފަށްކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ހ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މުޙައްމަދު އަބޫބަކުރު ބަންދުގައި ބެހެއްޓުމަށް
އެދިފައިވަނީ، މުޙައްމަދު އަބޫބަކުރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައާއި ގުޅިގެން ހެކިބަސް ދޭން ތިބި
ބަޔަކަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީ އާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަން
މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ނަންބަރު: TD075416 ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން
ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް“ އިން
އެނގެން އޮންނަކަމާއި؛
މުޙައްމަދު އަބޫބަކުރުގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ، މަޤާމުގެ ނުފޫޒު ބޭނުންކޮށް، އިތުރުބަޔަކާއި
ބައިވެރިވެގެން ލ. ގަމުން އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގޯތިތަކެއް ޤަވާއިދާ ޚިލާފަށް
ވިއްކައި އަދި އެގޯތިތަކަށް ޞައްޙަނޫން ގޯތީގެ ރަޖިސްޓްރީތަކެއް ހަދައިދީފައިވާކަމުގެ ތުހުމަތުކަމަށްވާއިރު،
ގޯތިގެދޮރާއި ބޯހިޔާވެހިކަމާ ގުޅޭ ކަންކަމަކީ މުޖްތަމަޢުގެ ނިޒާމު ޢާންމުއާ ގުޅިފައިވާ ކޮންމެ ރައްޔިތަކާމެ
ގުޅިފައިވާ އަސާސީ ކަމަކަށްވާއިރު، މުޖްތަމަޢުގެ ނިޒާމު ޢާންމާ ގުޅިފައިވާ ކަންކަމުގެ އިތުބާރާއި ޔަޤީންކަމަށް
ބުރޫ އަރާފަދަ ކަންކަން ހިންގާ ފަރާތްތަކަކީ މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތާއި ޞުލްޙަ މަޞްލަޙަތު
ރައްކާތެރިކުރާ ފަރާތްތަކެ
ތެތަކެއްގެ ގޮތުގައި ނުބެލެވޭނެކަމާއި، އެހެނެއްކަމަކު އެފަދަ ފަރާތްތަކަކީ މުޖުތަމަޢުގެ
ސަލާމަތާއި ރައްކާތެރިކަމާއި ޞުލްޙަ މަޞްލަޙަތަށް ނުރައްކާކޮށްފާނެ ފަރާތްތަކެއް ކަމަށް ބަލަންޖެހޭ
/4ވ ހޑ ހއ
ފަރާތްތަކެއްކަމައިގެ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
ކަންތައްތައި
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/37
މުޙައްމަދު އަބޫބަކުރަކީ މިހާރުވެސް ލ. ގަމު ކައުންސިލު އިދާރާގެ މުވައްޒަފެއްކަމާއި މިމައްސަލައިގާ
ހެކިންގެ ގޮތުގައި ބެލެވޭ މީހުންނާއި ހެކީގެ ގޮތުގައި ބެލެވޭ ލިޔުންތަކަކީ ލ. ގަމު ކައުންސިލް އިދާރާއަށް
ނިސްބަތްވާ މީހުންނާއި ލިޔުންތައްކަމާއި؟
އެހެންކަމުން މުޙައްމަދު އަބޫބަކުރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައާއި ވަޒީފާ
އަދާކުރަމުންދާ ތަނާއި، އަދާކުރަމުންދާ ވަޒީފާއާއި ތުހުމަތުކުރެވިފައިވާ މައްސަލައިގާ ހެކިންގެ ގޮތުގައި ބެލެވޭނެ
މީހުންނާއި ހެކީގެ ގޮތުގައި ބެލެވޭނެ ލިޔެކިޔުމާއި މިކަން ކަމަށް ބަލާއިރު މުޙައްމަދު އަބޫބަކުރަކީ މުޙައްމަދު
ބޫބަކުރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައާއި ގުޅިގެން ހެކިބަސްދޭ މީހުންނަށް ނުފޫޒު ފޯރުވައި
ނުވަތަ މައްސަލައިގެ ހެކި ނައްތާލެވިދާނެ ފަދަ އިޙްތިމާލް އޮތް މަޙައްލެއްގައި ހުރި މީހެއް ކަމަށް ބެލެވެއެވެ.
ވީމާ، ލ.ގަމު މެޖިސްޓްރޭޓް ކޯޓް ތުނޑީ ސެކްސަންގެ ނަންބަރު2015
/
37/PO
)
06MC
-
TS)
ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތް ކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
UCO
ޙުކުމް
432ޑ
ޔާންކުރެވުން
23:38
04 0 0
ދެންފަހެ، އިސްވެ
ބަޔާންކުރެވިދިޔަ ގޮތަށް ލ.ގަމު
މެޖިސްޓްރޭޓް ކޯޓް ތުނޑީ ސެކްސަންގެ ނަންބަރު 2015
/
37/PO06MC
-
TS) ކޯޓު އަމުރަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފިމެވެ.
cu o
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ