ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/194 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/194
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 194/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް؟
* ނަން: އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާ
އަތޮޅާއިރަށް: އދ.މަހިބަދޫ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އަރިއަތޮޅު ދެކުނުބުރީ
އަތޮޅާއިރަށް: އދ.މަހިބަދޫ
ހ2
އިge
ކައުންސިލްގެ އިދާރާ
• ރަޖިސްޓްރީ ތާރީޚް: 18 ރަމަޝާން 1435
ނިމުނު ތާރީޚް: 03 ޖުމާދަލް
މާދަލްއާޚިރާ 1436
ފެބްރުއަރީ 2015
15 ޖުލައި
2014
22
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2012/I-4-MC/30
• ނިންމެވި ކޯޓް: އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓު
• މައްސަލައިގެ ބާވަތް: މިލްކް ސާބިތުކުރުން.
• މައްސަލަބެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު: ޢައްބާސް ޝަރީފު
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/194
ދަޢުވާގެ ޚުލާޞާ
މިއީ، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ބަރު 2012/I-4-MC/30 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުން
އެދި އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލް އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ce O
CCC.
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ
އިދުރއވެ.
0l- އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/I
-
4
-
MC/30
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، އަރިއަތޮޅު ދެކުނުބުރީ (އދ)
މަހިބަދޫ އަތޮޅުވެހި ކިޔާ ޢިމާރާތާއި، އދ.މަހިބަދޫ ހިޔާވަހި ކިޔާ ޢިމާރާތް ހުރި (6268 އަކަފޫޓު) ބަންޑާރަ
ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަނަކީ އަރިއަތޮޅު ދެކުނުބުރި (އދ) އަތޮޅު ރައްޔިތުންގެ
މިލްކެއްކަމުގައި ޝަރީޢަތަށް ސާބިތު ކުރުމަށްޓަކައި އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން
ހުށަހެޅުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ އެންމެހައި
ލިޔެކިޔުމާއި، ދެ ފަރާތުން (މައްސަލަ ހުށަހެޅި ފަރާތާއި މައްސަލައަށް ތަދައްޚުލް ވެފައިވާ ފަރާތުން)
ޝަރީޢަތުގެ މަޖްލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލާގައި ކަން ހިނގާފައިވާ ގޮތަށާއި، ހެދިފައިވާ
ޤާނޫނުތަކަށާއި، ޤަވާއިދުތަކަށާއި، ޝަރުޢީ ޤާއިދާތަކަށާއި، އާދަކާދައިގެ މައްޗަށް ރިޢާޔަތްކޮށް، އދ.މަހިބަދޫ
އަތޮޅުވެހި ކިޔާ ޢިމާރާތާއި، އދ.މަހިބަދޫ ހިޔާވަހި ކިޔާ ޢިމާރާތް ހުރި (6268 އަކަފޫޓު) ބަންޑާރަ ބިމުގައިވާ
އެންމެހައި ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަނަކީ އަރިއަތޮޅު ދެކުނުބުރީ އަތޮޅު ރައްޔިތުންގެ މިލްކެއް ކަމުގައި
ޝަރީޢަތަށް ސާބިތު ކުރުމުގެ މި ދަޢުވާއަށް ޝަރީޢަތުގެ ހަމަތަކުން ބެލިއިރު،
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
2014/HC-A/194
ބުނެވިދިޔަ ބިމަކީ 1960 ގެ ކުރީގެ އަހަރުތަކުގައި އަރިއަތޮޅުގެ ރަށްރަށުގެ ދަރިވަރުންނަށް ތަޢުލީމް
ދިނުމަށްޓަކައި މަދަރުސާއެއް އަޅައިގެން އަލްފާޟިލް މަލަން ދޮހުއްތުގެ އަތޮޅު ވެރިކަމުގައި ބޭނުންކުރަން
ފަށާފައިވާ ބިމެއްކަމަށާއި، އަދި އޭގެފަހުން އެ ބިމުގައި އަލްފާޟިލް މަނާގެ ސަޢީދުގެ އަތޮޅު ވެރިކަމުގައި
ޢިމާރާތްކޮށް، އަތޮޅު ރައްޔިތުންގެ ފިހާރައިގެ ގޮތުގައްޔާއި، އަތޮޅު ކޮމިޓީގެ އޮފީހުގެ ގޮތުގައްޔާއި، ހެލްތު
ސެންޓަރާއި،އަތޮޅު ކޯޓުގެ ގޮތުގައި ބޭނުން ކުރެވެމުން އައިސްފައިވާކަމާއި، އަދި އޭގެފަހުން މީލާދީން 2000
ވަނަ އަހަރު އަލްފާޟިލް އިބްރާހީމް އަހްމަދު މަނިކުގެ އަތޮޅު ވެރިކަމުގައި އަތޮޅު ރައްޔިތުންގެ މާލިއްޔާއިން
ޚަރަދުކޮށްގެން 4 (ހަތަރު) ބުރީގެ ޢިމާރާތެއް ކުރެވިފައިވާކަމާއި، އަތޮޅު ވެއްސާއި، ހިޔާވެހި ޢިމާރާތް ބޭނުން
ކުރެވިފައި ވަނީވެސް އަތޮޅު ރައްޔިތުންގެ ބޭނުމަށް ކަމަށް އަރިއަތޮޅު ދެކުނުބުރީގެ އަތޮޅު ކައުންސިލުން
މިކޯޓަށް ފޮނުވާފައިވާ ލިޔެކިޔުންތަކުންނާއި ހުށަހަޅާފައިވާ ބަޔާންތަކުން އެނގެން އޮންނަކަމާއި،
J
"އަތޮޅު ވެހި" ކިޔާ ޢިމާރާތާއި، "ހިޔާވަހި" ކިޔާ ޢިމާރާތް ހުރި ބަންޑާރަ ބިމުގައިވާ (މިސްކިތްމަގާއި
ވީފަރާތު 08
:
7 "100،) ހީނާގެއާ ވީ ފަރާތު [05 [95، އަމީނީމަގާ ވީފަރާތު "00
'63 އަދި ރަތްވިލާމަގާ
ވީފަރާތު "00
'65، 6268 އަކަފޫޓު) އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރިކަމާމެދު
ދަޢުވާކުރާ ފަރާތެއް ވޭތޯ ބެލުމަށްޓަކައި ސިވިލް ކޯޓު މެދުވެރިކޮށް ކުރެވުނު އެކޯޓުގެ ނަންބަރު: -144
A2
/
2012
/
270 (09 މެއި 2012މ) އިޢުލާނަށް އިޖާބަދީ މިމައްސަލައަށް ތަދައްޚުލްވި އަރިއަތޮޅު
ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާއިން "އަތޮޅުވެހި" ކިޔާ ޢިމާރާތާއި، "ހިޔާވަހި" ކިޔާ ޢިމާރާތް ހުރި
ބިމަކީ މަހިބަދޫ ރައްޔިތުންގެ ޙައްޤެއްކަމަށްބުނެ ދައްކާފައިވާ ވާހަކަތަކަށާއި، މިކަން ސާބިތުކުރުމަށް
ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން އެބިމަކީ މަހިބަދޫ ރައްޔިތުންގެ ބިމެއްކަން ޝަރީޢަތަށް ސާބިތުކޮށް ދެވިފައި
ނުވާކަމާއި،
އުޞޫލުލް ފިޤުހުގައި މަޝްހޫރު ވެފައިވާ ފިޤުހީ ޤާއިދާއެއް ކަމުގައިވާ "لاމ هلލޑެ" (އާދައާ
އެއްގޮތަށް ޙުކުމް ކުރެވޭ ހުއްޓެވެ) ޝަރުޢީ ޙުކުމެއް ސާބިތު ކުރުމުގާ އާދައަކީ ޤަބޫލު ކުރެވޭ އެއްޗެކެވެ.
ނުވަތަ އާދައާ އެއްގޮތަށް ޙުކުމް ކުރެވޭ ހުއްޓެވެ. "لللޑޫ ތهل" ޤަވާޢިދުތަކުގެ ތެރޭގައި ހިމެނޭ ބައެއް
ޤަވާޢިދުގައި ވެއެވެ. "للاލهلل للاޓ ލޓޑް ل للهل LA" މީސްތަކުން (ވާހަކަ ދެއްކުމުގައްޔާއި
ޢަމަލުކުރުމުގައި ބޭނުންކުރާގޮތަކީ އެއަށް ޢަމަލު ކުރުން ވާޖިބު ހުއްޖަތެކެވެ. ބަޔާންކޮށްފައިވާކަން އެނގެން
އޮންނައިރު، އދ.މަހިބަދޫ އަތޮޅުވެހި ކިޔާ ޢިމާރާތާއި، އދ.މަހިބަދޫ ހިޔާވަހި ކިޔާ ޢިމާރާތްތަކުގެ ރަޖިސްޓްރީ
ހެއްދިފައި ނުވަނީ އެބިމަކީ ވަރަށް ކުރީގެ ބިމަކަށްވެފައި އާދަކާދައިގެ ގޮތުން އެއިރަކު ހުރިވެރިއެއް ދެއްކިތާކު
ގެތައްއަޅާ ސަރުކާރުގެ ޢިމާރާތްތައް އަޅާ ރަށު ރައްޔިތުންނާއި އަތޮޅު ރައްޔިތުންގެ ނަމުގައި ޢިމާރާތްތައްވެ
CCO
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/194
އެ ދުވަސްވަރަކީ ބިން ވަކިކޮށް ޢިމާރާތްތަކަށް ރަޖިސްޓްރީ ހަދައި އުޅުނު ޒަމާން ކަމަށް ނުވެފައި، އެ
އިރެއްގައި އެބައެއްގެ ތެރޭގައި ޢަމަލު ކުރެވޭ އާދައަކީ އެއާ އެއްގޮތަށް ޙުކުމް ކުރަން ޖެހޭ އެއްޗެއްކަން
އިސްވެދެންނެވުނު އުޞޫލުލް ފިޤުހުގެ ޤާޢިދާތަކުން ސާބިތުވާކަން އެނގެން އޮންނަކަމާއި،
7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 139 ވަނަ
މާއްދާގައިވަނީ މިޤާނޫނަށް ޢަމަލުކުރުމުގެ ކުރިން ހިގަމުންއައި ރަށު އޮފީސްތަކާއި އަތޮޅު އޮފީސްތަކާއި އަދި
މިނޫނަސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ބެލުމުގެ ދަށުގައި، މިޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚާ ހަމައަށް
ހުރި ރައްޔިތުންގެ ތަންތަނާއި ތަކެއްޗާއި ރައްޔިތުންގެ އެކައުންޓްތަކުގައި ހުރި ފައިސާއާއި ފިހާރައާއި
ރައްޔިތުންގެ މުދަލާއި ރައްޔިތުންގެ ވިޔަފާރިއާއި ރައްޔިތުން ހިންގަމުންއައި މަދަރުސާތަކާއި ކްލާސްތަކާއި
އިޖްތިމާޢީ މަރުކަޒުތަކާއި އިންޖީނުގެތަކާއި އެހެނިހެން ވަޞީލަތްތައް، މިޤާނޫނުގެ ދަށުން އުފައްދާ އަތޮޅު
ކައުންސިލާއި ރަށު ކައުންސިލް އުފެދުމާއެކު، ރަށު ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުވީކަމަށާއި، މިގޮތުން
އަތޮޅު ރައްޔިތުންނަށް ނިސްބަތްވާތަކެތި ބަދަލުވާނީ އަތޮޅު ކައުންސިލްގެ ދަށަށް ކަމަށް ބުނެފައިވުމާއި، އަދި
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ނަންބަރު 234
/
2013
/
16/VR-431 (29 މެއި 2013)
ސިޓީގައި އދ.މަހިބަދޫގައި ޤާއިމް ކުރެވިފައިވާ އަތޮޅުވެހި ޢިމާރާތާއި ހިޔާވަހި ޢިމާރާތާއި އަދި އެތަންތަނުގެ
ބިމަކީ ޒަމާނުއްސުރެ އަތޮޅު އޮފީހުގެ ބެލުމުގެ ދަށުގައި ހުރި އަތޮޅު އޮފީހުގެ ތަންތަން ކަމަށާއި، އެތަންތަން
މިހާރުވަނީ އަތޮޅު ކައުންސިލްގެ ތަންތަނާއި ތަކެތި ކަމަށް ލޯކަލް ކައުންސިލްތަކުގެ ޤާނޫނު ކަށަވަރުކޮށްދޭކަމަށް
ބުނެފައިވާތީ، އދ.މަހިބަދޫ އަތޮޅު ވެހި ކިޔާ ޢިމާރާތާއި، އދ.މަހިބަދޫ ހިޔާވެހި ކިޔާ ޢިމާރާތާއި، މިދެ
ޢިމާރާތް ހިމެނޭ ބަންޑާރަ ބިމުގައިވާ (މިސްކިތްމަގާއި ވީފަރާތު [08 '100، ހީނާގެއާ ވީފަރާތް "05
955
އަމީނީމަގާ ވީފަރާތު "00
'63 އަދި ރަތްވިލާމަގާ ވީ ފަރާތް "00
'65، ޖުމްލަ: 6268 އަކަފޫޓު)
އެންމެހައި ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަނަކީ އަރިއަތޮޅު ދެކުނުބުރީ ރައްޔިތުންގެ މިލްކެއްކަމުގައި ޝަރުޢީ
އަދި ޤާނޫނީ ހަމަތަކުން ޝަރީޢަތަށް ސާބިތުވެއްޖެ ކަމުގައި ކަނޑައަޅައި ޙުކުމްކޮށްފީމެވެ”. މިފަދައިންނެވެ.
44
-02
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/I-4-MC/30
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުން އެދި އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް
ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.ރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2014/HC-A/194
(ހ) ފުރަތަމަ ނުކުތާއަކީ، "އަތޮޅު ވެހި" ކިޔާ ޢިމާރާތާއި، "ހިޔާ ވަހި" ކިޔާ ޢިމާރާތުގެ ބިމަކީ
ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށް ދޫކޮށްފައިވާ ބިމަކަށްނުވާހިނދު، އެބިމުގެ މިލްކުވެރިކަން ކޯޓު މެދުވެރިކޮށް
ސާބިތުކޮށްގެން ބޭނުންކުރުމަކީ ބިމާބެހޭ ޤާނޫނުގެ 5، 7،8
9، މިމާއްދާތަކުގައި ކަނޑައަޅާ ބަޔާންކޮށްފައިވާ
އުޞޫލާ ޚިލާފުކަމެއްކަން އެގެން އޮތްނަމަވެސް އެކަމަށް ދަށުކޯޓުން ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ، ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށް ދޫކުރާ ބިންތައް ފިޔަވައި އެހެނިހެން
ބޭނުންތަކަށް އެކަށައަޅާފައިވާ ބަންޑާރަ ބިންތަކުގެ މިލްކުވެރިކަމާއި ބޭނުންކުރުމުގެ ހައްޤު ލިބުމާއި ނުލިބުން
ބިނާވާ އަސާސަކީ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީއަކާއި އެބިމެއް ދޫކުރެވިފައިވާ ފަރާތާއި ދެމެދު ވެވޭ
އެއްބަސްވުންކަން ބިމާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާއިން އެނގެން އޮތްނަމަވެސް، އެކަމަށް ރިޢާޔަތް ނުކުރައްވާ
ވެހި" ކިޔާ ޢިމާރާތާއި، "ހިޔާވަހި" ގެ މިލްކުވެރިކަން ހެކިންގެ ހެކިބަހުގެ މައްޗަށް ބުރަވެ
ސާބިތުކޮށްފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
މ
އަތޮޅު
(ނ) ތިންވަނަ ނުކުތާއަކީ، އަތޮޅު ވެހި" ކިޔާ ޢިމާރާތާއި، "ހިޔާ ވަހި ކިޔާ ޢިމާރާތުގެ މަސައްކަތް
ކުރުމަށް އަތޮޅު ރައްޔިތުންގެ ފައިސާއިން ހޭދަކޮށްފައި ވުމަކީ އެދެ ޢިމާރާތާއި ބިމުގެ މިލްކުވެރިކަން އަތޮޅު
ރައްޔިތުންގެ ނަމަށް މިލްކުވާންޖެހޭ ސަބަބެއް ނޫންކަން ބިމާބެހޭ ޤާނުނުގެ 40 (ށ) އަށް ބަލާއިރު އެނގެން
އޮތްނަމަވެސް އެކަމަށް ރިޢާޔަތް ކުރައްވާފައި ނުވުންކަމަށް ބުނެ ހުށަހެޅި
ން ކe.
4
44
3
2 ހއ
(ރ) ހަތަރުވަނަ ނުކުތާއަކީ، ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި، ޢިމާރާ ރުމަށް ދޫކޮށްފައިވާ
ބިންތައް ފިޔަވައި އެހެން ބިންތަކުގެ މިލްކުވެރިކަން ދައުލަތުގެ ކިބައިން ވަކިނުކުރެވޭނެކަން ބިމާބެހޭ ޤާނޫނާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 78/HC
-
A/2011 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ އުޞޫލުތަކާއި
މަބްދަޢުތަކުން އޮޅުމެއްނެ
މެއްނެތް ގޮތެއްގައި އެގެން އޮތްނަމަވެސް، "އަތޮޅުވެހި" ކިޔާ ޢިމާރާތާއި، "ހިޔާވަހި"
ޢިމާރާތް ހުރި ބަންޑާރަ ބިމުގެ މިލްކުވެރިކަން ދައުލަތުގެ ކިބައިން ގެއްލޭ ގޮތަށް ދަށު ކޯޓުން ޙުކުމް
ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
I
ދިވެހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2014/HC-A/194
03- މިމައްސަލައާއި ގުޅިގެން އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/I4
-
MC/30 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ އަރިއަތޮޅު ދެކުނުބުރީ
މަހިބަދޫ ކައުންސިލްގެ ފަރާތުން އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު މިކުރެވޭ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/I-4-MC/30 ޤަޟިއްޔާއަށް ބަލާއިރު، މިމައްސަލައިގައި ޚިލާފު އުފެދިފައި ވަނީ އަރިއަތޮޅު
މަހިބަދޫގައި ހުރި "އަތޮޅުވެހި" އަދި "ހިޔާވަހި" ކިޔާ ޢިމާރާތްތައް ހުރި ބަންޑާރަ ބިމުގައިވާ އެންމެހައި
ޢިމާރާތުގެ މިލްކުވެރިފަރާތްތަކާއި މެދުގައި ކަން އެނގޭކަމާއި، މިގޮތުން އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ
މެޖިސްޓްރޭޓް ކޯޓަށް އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހެޅި މައްސަލައަކީ،
މިބުނެވުނު ޢިމާރާތުގެ މިލްކުވެރިކަން ސާބިތުކޮށް، މިދެޢިމާރާތަކީ އަރިއަތޮޅުގެ އަތޮޅު ރައްޔިތުންގެ
މިލްކެއްކަމަށް ޝަރީޢަތުން ސާބިތުކުރުމަށްޓަކައި ހުށަހެޅުމުން ބެލުނު މައްސަލައެއްކަން އެނގޭކަމެވެ.
(ނ) ދެވަނަކަމަކީ، އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހެޅި
މިމައްސަލައާއި ގުޅިގެން އަރިއަތޮޅު މަހިބަދޫގައި ހުރި "އަތޮޅުވެހީ" އެވެ ކިޔާ ޢިމާރާތް ހުރި ބަންޑާރަ
ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރިކަމާއި މެދު ދަޢުވާކުރާ ފަރާތެއްވޭތޯ ބެލުމަށް
ސިވިލްކޯޓު މެދުވެރިވެ އަރިއަތޮޅު މަހިބަދޫ މެޖިސްޓްރޭޓު ކޯޓުގެ ފަރާތުން އިޢުލާނެއް ކުރެވުނުކަމާއި،
މިއިޢުލާނާއި ގުޅިގެން މިޢިމާރާތުގެ މިލްކުވެރިކަމާއި މެދު ހަމައެކަނި ޝަކުވާކޮށްފައިވަނީ އަރިއަތޮޅު ދެކުނުބުރީ
ރަށު ކައުންސިލުންކަމާއި، މިގޮތުން މިޢިމާރާތުގެ މިލްކުވެރިކަމުގެ މިމައްސަލައިގެ ތެރެއަށް އަރިއަތޮޅު
ދެކުނުބުރީ ރަށު ކައުންސިލްގެ އިދާރާއިން ތަދައްޚުލްކުރެވުނު ކަމާއި، އަދި މިޢިމާރާތްތަކުގެ މިލްކުވެރިކަމާއި
މެދު އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހަޅަން ބޭނުންވި ހެކިން ހުށަހެޅުމުގެ
ފުރުސަތުދީ އެފަރާތުން ހެކީގެ ގޮތުގައި ހުށަހެޅުނު ފަރާތްތައް ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވި ހެކިބަސް
ނެގިފައިވާކަން އެނގޭކަމެވެ.
(ނ) ތިންވަނަކަމަކީ، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ އަށް
ބަލާއިރު، ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމަށް ބެލޭނީ ހަމަ
އެލިޔުމެކެވެ. ނަމަވެސް އެލިޔުމެއް ނެތުނީ ޤަބޫލުކުރެވޭފަދަ ޢުޛުރަކުންކަން ޝަރީޢަތުގެ މަޖިޓިއްގެ ފައި
4
CCC>
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
7
2014/HC-A/194
ސާބިތުވާނަމަ އޭގެ ބަދަލުގައި އެހެން ހެކި ޤަބޫލުކުރެވޭކަމަށް ބަޔާންވެގެން އޮންނަކަމާއި، ޢާއްމު އުސޫލެއްގެ
ގޮތުން ބަންޑާރަ ބިންބިމުގައި ހުންނަ ޢިމާރާތްތަކުގެ މިލްކުވެރިކަން ސާބިތުކުރުމުގެ ގޮތުން ބެލެވޭ އެންމެ
މުހިއްމު އެއް ހެއްކަކީ އެޢިމާރާތަށް ކަމާއިބެހޭ ރަސްމީ އިދާރާތަކުން ހަދާދެވިފައިވާ ރަޖިސްޓްރީކަން
އެނގޭކަމާއި، އެހެންނަމަވެސް އެރަޖިސްޓްރީ ނެތީ ޤަބޫލުކުރެވޭ ފަދަ ޢުޛުރަކުން ކަން ޝަރީޢަތުގެ މަޖިލީހަށް
ސާބިތުވާނަމަ އެފަދަ ލިޔުމެއްގެ ބަދަލުގައި ޝަރީޢަތުން ޤަބޫލުކުރާ އެހެނިހެން ހެކިތަކުގެ މައްޗަށްވެސް
ރިޢާޔަތްކުރެވިދާނެކަމާއި، މިމައްސަލައިގައި ދެފަރާތުން ދެއްކިވާހަކަތަކަށް ބެލުމުން އެޢިމާރާތެއްގެ
މިލްކުވެރިކަމުގެ މައްޗަށް އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހެޅި
މައްސަލައިގައި ބަޔާންކުރާ ޢިމާރާތްތަކަކީ އެއްވެސް އިރެއްގައި އެޢިމާރާތުގެ ރަޖިސްޓްރީ ހެދިފައިވާ
ޢިމާރާތަކެއްކަން އެނގެންނެތްކަމާއި، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ހުރި "އަތޮޅުވެހި" ކިޔާ ޢިމާރާތާއި
"ހިޔާވެހި" ކިޔާ ޢިމާރާތަށް ރަޖިސްޓްރީ އެއް ހަދާދެވިފައިނުވާ ސަބަބަކީ، މިޢިމާރާތްތައް ހުރި ބިމަކީ ވަރަށް
ކުރިން ޙަވާލުކުރެވިފައިވާ ބިމަކަށްވެފައި، އާދަކާދައިގެ ގޮތުން އެއިރަކު ހުރިވެރިއެއް ދެއްކިތާކު ގެތައްއަޅާ
ސަރުކާރުގެ ޢިމާރާތްތައް އަޅާ ރަށު ރައްޔިތުންނާއި އަތޮޅު ރައްޔިތުންގެ ނަމުގައި ޢިމާރާތް އެޅި ދުވަސްވަރަކީ
ބިންވަކިކޮށް ޢިމާރާތް ރަޖިސްޓްރީ ހަދައި އުޅުނު ޒަމާނަކަށް ނުވާތީކަން ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުގައި ފާހަގަކުރައްވާފައިވާއިރު، މިއީ މިޢިމާރާތުގެ ރަޖިސްޓްރީ ނުހެދި އޮތް އޮތުމަށް ޤަބޫލުކުރެވެން އޮތް
ޢުޛުރެއްކަމާއި، މިހެންކަމުން މިޢިމާރާތުގެ މިލްކު ސާބިތުކުރުމުގައި ދެން ރުޖޫޢަވާންޖެހޭނީ ޝަރީޢަތުން
ޤަބޫލުކުރާ އިތުރު ހެކިތަކާއި ސާބިތުކުރުމަށް ފުދޭ ޤަރީނާތަކުގެ މައްޗަށްކަން އެނގޭކަމެވެ.
(ރ) ހަތަރުވަނަކަމަކީ، އިސްތިއުނާފު މިކުރެވޭ މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް
ބަލާއިރު، އަރިއަތޮޅު މަހިބަދޫގައި ހުރި އަތޮޅުވެހި އަދި ހިޔާވަހި ޢިމާރާތުގެ މިލްކުވެރިކަމާއިމެދު ދަޢުވާ އުފުލި
އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ފަރާތުން ބުނެފައިވަނީ އެޢިމާރާތްތަކަކީ އެއަތޮޅު
ރައްޔިތުންގެ މިލްކު ޢިމާރާތްތަކެއްކަން އެނގޭއިރު، މިމައްސަލައިގެ ތެރެއަށް ތަދައްޚުލުވި އަރިއަތޮޅު ދެކުނުބުރީ
މަހިބަދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ބުނެފައިވަނީ އެޢިމާރާތްތަކަކީ މަހިބަދޫ ރައްޔިތުންގެ މިލްކު
ޢިމާރާތްތަކެއް ކަމުގައި ކަން އެނގޭކަމާއި، އިޝާރާތްކުރެވުނު ފަދައިން މިޢިމާރާތް ތަކަކީ އެޢިމާރާތްތަކުގެ
ރަޖިސްޓްރީ އެއް ހެދިފައި ނެތް ޢިމާރާތްތަކެއް ކަމުން މިއިން ކޮންމެ ފަރާތަކަށްވެސް އެފަރާތަކުން ބުނާ ބުނުން
ސާބިތުކުރުމަށް ހެކި ޤަރީނާ ހުށަހެޅުމުގެ ފުރުސަތު ޝަރީޢަތުގެ ފަރާތުންދާ ކޮންމެ ފަރާތަކުންވެސް ހުށަހެޅި
ހެކިން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވި އެފަރާތްތަކުގެ ހެކިބަސް ނެގިފައިވާކަމާއި، މިގޮތުން ނެގުނު
ހެކިބަސްތަކަށް މިމައްސަލަ ދަށު ކޯޓުގައި ބެއްލެވި ފަނޑިޔާރު ވަޒަންކުރެއްވުމަށް އެހެކިބަސްތަކުން
832
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/194
J
އަތޮޅު
20ނ
ނަތީޖާ މިމައްސަލަ ނިންމެވި ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާކަމާއި، މިގޮތުން އަރިއަތޮޅު ދެކުނުބުރީ
މަހިބަދޫގައި ހުރި "އަތޮޅުވެހި" އަދި "ހިޔާވެހި" ކިޔާ ޢިމާރާތް ހުރި ބިމަކީ މަހިބަދޫ ރައްޔިތުންގެ
ޙައްޤެއްކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަށާއި، މިކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން
އެބިމުގައިވާ ޢިމާރާތްތަކަކީ މަހިބަދޫ ރައްޔިތުންގެ މިލްކެއްކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާ
ނުވާކަމަށް
ފާހަގަކުރައްވާފައިވާކަން އެނގޭއިރު، އެކަން އެގޮތުގައިވާކަން މިމައްސަލަބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށްވެސް ޤަބޫލުކުރެވޭކަމާއި،
އެއާއި ޚިލާފަށް އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ހުރި "އަތޮޅުވެހި" އަދި "ހިޔާވެހި" ކިޔާ ޢިމާރާތް
ތަކަކީ އަރިއަތޮޅު ދެކުނުބުރީ އަތޮޅު ރައްޔިތުންގެ ޙައްޤެއްކަން ސާބިތުކުރުމަށް އަރިއަތޮޅު ދެކުނުބުރީ
ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހެޅި އެންމެހައި ލިޔުންތަކާއި، ހެކިތަކާއި، ކަން ހިނގާގޮސްފައިވާކަމަށް
ބުނެ ހުށަހެޅިކަންކަމުގެ މައްޗަށް ބެލުމުން މިއީ އެއަތޮޅު ރައްޔިތުންގެ މިލްކު ޢިމާރާތްތަކެއްކަން ސާބިތުވު.
ފުދޭ މިންވަރަށް ހެކި ހުށަހަޅާފައިވާކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަކަމަކީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ
އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގައި "މިޤާނޫނަށް ޢަމަލުކުރުމުގެ ކުރިން ހިނގަމުންއައި ރަށު
އޮފީސްތަކާއި އަތޮޅު އޮފީސްތަކާއި އަދި މިނޫނަސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ބެލުމުގެ ދަށުގައި،
މިޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚާ ހަމައަށް ހުރި ރައްޔިތުންގެ ތަންތަނާއި ތަކެއްޗާއި ރައްޔިތުންގެ
އެކައުންޓުތަކުގައި ހުރި ފައިސާއާއި ފިހާރައާއި ރައްޔިތުންގެ މުދަލާއި ރައްޔިތުންގެ ވިޔަފާރިއާއި ރައްޔިތުން
އައި މަދަރުސާތަކާއި މަކްތަބުތަކާ
ތަކާއި ކްލާސްތަކާއި އިޖްތިމާޢީ
އިންޖީނުގެތަކާއި
ވަސީލަތްތައް، މިޤާނޫނުގެ ދަށުން އުފައްދާ އަތޮޅު
ލް އުފެދުމާއެކު،
ރަށުކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުވީއެވެ. މިގޮތުން އަތޮޅު ރައްޔިތުންނަށް ސްބަތްވާ ތަކެތި ބަދަލުވާނީ
އަތޮޅު ކައުންސިލްގެ ދަށަށެވެ. މިފަދައިން އޮންނަކަމާއި،
ރައްޔިތުންނަށް ނިސްބަތްވާ
ޢިމާރާތްތައް މިޤާނޫނުގެ ދަށުން ބަދަލުވެގެންދާނީ އެއަތޮޅު ކައުންސިލްގެ ބެލުމުގެ ދަށަށްކަން
2 21 2
مرسيوني
9ދވހއ
ރޒަކއި
¢ ¢
8://
cc
0 31 c
މިހެންކަމުން އަތޮޅު
/6 2
އެނގޭކަމެވެ.
(ޅ) ހަވަނަކަމަކީ، މިމައްސަލައިގައި ޙަވާލާދެވޭ ބިން، ދައުލަތުގެ ފަރާތުން އަރިއަތޮޅު އޮފީހަށް
އެއަތޮޅު ރައްޔިތުންގެ ބޭނުންތަކަށް ދީފައިވާ ވަކި ތާރީޚެއް މިމައްސަލައިގައި ހުށަހެޅުނު ލިޔުމަކުންވެސް އަދި
ދީފައިވާ ހެކިބަހަކުންވެސް އެނގެންނެތްކަމާއި އެހެންނަމަވެސް މިމައްސަލައިގައި ދީފައިވާ ހެކިބަސްތަކެ
ބެލުމުން ޒަމާނުއްސުރެ މިބިން ބޭނުންކުރެވެމު އައީ އެއަތޮޅު ރައްޔިތުންގެ ނަމުގައިކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
2014/HC-A/194
މިބިމުގައި އަތޮޅު ރައްޔިތުންގެ ފަރާތުން ޢިމާރާތްތަކެއްކޮށް އެބިމުގެ ބޭނުން އަތޮޅު ރައްޔިތުންގެ ނަމުގައި
ބޭނުންކުރަމުން ގޮސްފައިވަނީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެޤާނޫނުގެ
ދަށުން ހެދިފައިވާ ޤަވާޢިދުތައް ވުޖޫދައަށް އައުމުގެ މާކުރިން ކަން އެނގޭކަމާއި، މިހެންކަމުން މިއީ ބިމާބެހޭ
ޤާނޫނުގެ 8،745، 40،9 މިމާއްދާތަކުގެ ދަށުން ރިޢާޔަތްކުރަން ޖެހޭގޮތަށް އޮތް އެޤާނޫނުގައި ބުނާ ފަދައިން
އެޤާނޫނުގެ ދަށުން ދޫކުރެވުނު ބިމެއްނޫންކަމާއި، އަދި މިކަން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީ ކަމުގައިވާ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަށަވަރުކޮށްދީފައިވާކަމާއި، މިގޮތުން
އެމިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ މޯލްޑިވްސް ލޭންޑް އޮތޯރިޓީގެ ނަންބަރު
234
/
2013
/
19/VR-1
43 ( 29 މެއި 2013) ސިޓީގައި، އދ.މަހިބަދޫގައި ޤާއިމުކުރެވިފައިވާ އަތޮޅުވެހި
ޢިމާރާތާއި، ހިޔާވަހި ޢިމާރާތާއި އަދި އެތަންތަން ހިމެނޭ ބިމަކީ ޒަމާނުއްސުރެ އަތޮޅު އޮފީހުގެ ބެލުމުގެ
ދަށުގައިހުރި އަތޮޅު އޮފީހުގެ ތަންތަން ކަމަށާއި އެހެންކަމުން އެތަންތަން މިހާރުވަނީ އަތޮޅު ކައުންސިލްގެ
ތަންތަނާއި ތަކެތިކަމަށް ލޯކަލް ކައުންސިލްގެ ޤާނޫނު ކަށަވަރުކޮށްދޭކަމަށާއި، މިހެންކަމުން ހެދިފައިވާ
ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ރަޖިސްޓްރީ ހެދޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދޭކަމަށް
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ކ) ހަތްވަނަކަމަކީ، އިސްތިއުނާފު މިކުރެވޭ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/I-4-MC/30 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، އެޙުކުމުގައި
ބަޔާންކޮށްފައިވަނީ އދ.މަހިބަދޫ އަތޮޅު ވެހި ކިޔާ ޢިމާރާތާއި، އދ.މަހިބަދޫ ހިޔާވެހި ކިޔާ ޢިމާރާތާއި، މިދެ
ޢިމާރާތް ހިމެނޭ ބަންޑާރަ ބިމުގައިވާ (މިސްކިތްމަގާއި ވީފަރާތު [08 '100، ހީނާގެއާ ވީފަރާތް "05 '495
އަމީނީމަގާ ވީފަރާތު "00
'63 އަދި ރަތްވިލާމަގާ ވީ ފަރާތް "00
65، ޖުމްލަ: 6268 އަކަފޫޓު) އެންމެހައި
ޢިމާރާތްތަކާއި، ފަޅުފަދަ ތަންތަނަކީ އަރިއަތޮޅު ދެކުނުބުރީ ރައްޔިތުންގެ މިލްކެއްކަމުގައި ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުން ޝަރީޢަތަށް ސާބިތުވެއްޖެ ކަމުގައި ކަނޑައަޅައި އެގޮތުގެ މަތީންކަމާއި، މިޙުކުމުގައި މިދެޢިމާރާތް
ހުރި ބަންޑާރަ ބިމުގެ މިލްކުވެރިކަން ދައުލަތުގެ ކިބައިން އެކީގައި ނިގުޅައިގަނެ އެދެޢިމާރާތް ހުރި ބިމަކީ އަތޮޅު
ރައްޔިތުންގެ މިލްކު ބިންތަކެއް ކަމުގައި ކަނޑައަޅުއްވާފައި ނުވާކަން އެނގޭކަމެވެ.
04 0 0
ވީމާ، އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/T
-
4
-
MC/30
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް އެދި އަރިއަތޮޅު ދެކުނުބުރީ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯ
10
2014/HC-A/194
ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ސަބަބެއް ފެންނަން ނެތްކަމަށެވެ.
.ހުކުމް
3 34
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު، އަރިއަތޮޅު ދެކުނުބުރީ
މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/I-4-MC/30 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް
އިސްތިއުނާފުކުރުމަށް އެދި އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބަލައި، އެޤަޟިއްޔާގައިކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެންނަން ޖެހޭ ފަދަ ޝަރުޢީ އަދި
ޤާނޫނީ ވިޔަސް ސަބަބެއް ފެންނަންނެތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/I-4-MC/30
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނާނެތަނެއް ނެތްކަމަށްކަނޑައަޅައި، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv