ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/80 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/8{
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު:80/HC
-
A/2012
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޝާމް ޢަލީ މުޙައްމަދު * ދާއިމީއެޑްރެސް: ބ. ހިޔާ
* އައިޑީ ކާޑު ނަންބަރ: A048255* މިހާރުގެ އެޑްރެސް: ހުޅުމާލެ ފްލެޓް 01-G-20
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން:ޢިނާޔާ ޢަލީ* ދާއިމީ އެޑްރެސް:ދަފްތަރު ނަންބަރު ރ.ސ.8636
* އައިޑީ ކާޑު ނަންބަރ: A077423 މިހާރުގެ އެޑްރެސް:ހދ. މަކުނުދޫ ފެހިވިލާގެ
ށަހެޅުނު ތާރީޚް:12 މާރޗް 2012
:
ނިމުނު ތާރީޚް:13ނޮވެމްބަރު 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Fm
-
C/411
• ނިންމެވިކޯޓު: ފެމިލީ ކޯޓު
ޤަޟިއްޔާގެ ބާވަތް:ޙަޟާނަތު
ހުށަހެޅުނުތާރީޚް: 03-04-2011
ނިމުނު ތާރީޚް: 09-10-2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
s
2
2012/HC-A/8{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ފެމިލީ ކޯޓުގެ ނަންބަރު 2011/Fm
-
C/411 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި
ހިޔާ، ޝާމް ޢަލީ މުޙައްމަދު ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ ޢިނާޔާ ޢަލީ، ދަފްތަރު ނަންބަރު ރ.ސ.8636
އަށެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ފެމިލީ ކޯޓުގެ ނަންބަރު 2011/Fm
-
C/411 ޤަޟިއްޔާ އަކީ، ގ. ހިޔާ ޝާމް
ޢަލީ މުޙައްމަދު އާއި މާލެ ދަފްތަރު ނަންބަރު ރ.ސ.8636 ޢިނާޔާ ޢަލީއާ ދެމީހުން އިދެގެން
ލިބިފައިވާ ދަރިފުޅު އަޙްމަދު އުދައިނު ޝާމް (އުފަންތާރީޚް: 6 އެޕްރީލް 2004) ޙަޟާނަތު
ލިބުމަށް އެދި ޝާމް ޢަލީ މުޙައްމަދުގެ ފަރާތުން ހުށަހެޅުމުން ފެމެލީ ކޯޓުން ބައްލަވާފައިވާ
ޤަޟިއްޔާއެއް ކަމާއި
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، ގ.ހިޔާ ޝާމް ޢަލީ މުޙައްމަދު (އައިޑީކާޑު
ނަންބަރު: A048255) އާއި ދަފްތަރު ނަންބަރު ރސ 8636 އިނާޔާ ޢަލީ (އައިޑީކާޑު ނަންބަރު:
A077423) އާ ދެމީހުން އިދެގެން ލިބިފައިވާ ދަރިފުޅު އަޙުމަދު އުޘައިނު ޝާމް (އުފަންތާރީޙް:
6 އެޕްރީލް 2004) ގެ ޙަޟާނަތު ލިބުމަށް އެދި ދަރިފުޅުގެ މަންމަ އިނާޔާ ޢަލީގެ މައްޗަށް
ދަރިފުޅުގެ ބައްޕަ ޝާމް ޢަލީ މުޙައްމަދު ދަޢުވާކުރުމުން ބެލުނު މި ޤަޞިއްޔާ އަށް 2011.04.13
ގައި ޝާމް ޢަލީ މުޙައްމަދު ދީފައިވާ ބަޔާނުގައި ދަރިފުޅުގެ ޙަޟާނަތު ނަގަން ބޭނުންވަނީ
ދަރިފުޅުގެ ޢުމުރުން
1 (އެކެއް) އަހަރުގައި ދަރިފުޅުގެ މަންމަގެ ފަރުވާކުޑަވުމުގެ ސަބަބުން
ދިރިއުޅުނު ގޭގެ ދެވަނަބުރިން ދަރިފުޅު ވެއްޓިފައިވާތީއާއި، ދަރިފުޅުގެ މަންމަ މިހާރު އިދެގެން
އުޅޭމީހާއަކީ ކޮންކަހަލަ މީހެއްކަން ނޭގޭތީއާއި އެމީހާއަކީ ރަގަޅު މީހެއްނޫންކަމުގެ އަޑުތައް
އިވިފައިވާތީއާއި ޢިނާޔާ ޢަލީގެ ތިމާގެ މީހުންނަކީ ބޮޑެތި ކުއްވެރިންކަމުގައި ވާތީއާއި މީގެތެރެއިން
45
ދިވެހިރާއްޖޭގެ ހައިކޯޓް،އްބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A{
9
އެކަކީ މަންމަން މީހަކަށްވެފައި މީހުންނަށް ބިރު ދައްކަމުން ދާމީހަކަށްވާތީއާއި މީގެއިތުރުން ޢިނާޔާ
ޢަލީ އަކީ މާލޭގައި ވަޒީފާ އަދާކުރަމުންދާ މީހަކަށްވާތީ ގިނަވަގުތުގައި ވަޒީފާގައި އުޅެންޖެހުމުގެ
ސަބަބުން އެކަށިގެންވާގޮތަށް
ދަރިފުޅާ އަޅައިނުލެވޭނެކަމަށް ފެންނާތީ ކަމަށް ޝާމް ޢަލީ މުޙައްމަދު
ބުނާކަމާއި، 201104
:
13 ގައި ޢިނާޔާ ޢަލީ ދީފައިވާ ބަޔާނުގައި ދަރިފުޅުވިހެއީއްސުރެ
މިހާތަނާޖެހެންދެންވެސް ދަރިފުޅު ބަލަމުންއައީ ޢިނާން ޢަލީ ކަމަށާއި، މިހުރިހައި ދުވަހު ދަރިފުޅު
ބަލާފައި މިހާރު ދަރިފުޅުގެ ޙަޟާރަތަށް އެދުނުނަމަވެސް ދަރިފުޅުގެ ޙަޟާނަތު ދަރިފުޅުގެ ބައްޕައާ
ޙަވާލުކުރަން ބޭނުންނުވާކަމަށާއި، ދަރިފުޅުގެ އުމުރުން 1 އަހަރުގައި ދިރިއުޅޭތަނުގެ ދެވަނަ ބުރިން
ދަރިފުޅުގެ ވެއްޓުނީ ދަރިފުޅުގެ ބައްޕަ ޝާމް ޢަލީ މުޙައްމަދުގެ ފަރުވާކުޑަކަމުން
ތަންހެދިފަހުރިގޮތުން ކަމަށް އިނާޔާ ޢަލީ ބުނާކަމާއި،28 ޖޫން 2011 ގައި ޢިނާޔާ ޢަލީ ދީފައިވާ
ބަޔާނުގައި ދަރިފުޅު ވެއްޓުނީ ޢިނާޔާ ޢަލީގެ ފަރުވާކުޑަކަމުންކަމަށް އޭރު ޝާމް ޢަލީ މުޙައްމަދު
ދެކުނުނަމަ މިއަދާ ހަމައަށް އެވާހަކަ ނުދައްކާ ފަސްކުރާނެކަމަށް ޤަބޫލުނުކުރެވޭކަމަ
އިނާޔާ ޢަލީ
ބުނާކަމާއި، ޝާމް ޢަލީ މުޙައްމަދުގެ ސަބަބުން ދަރިފުޅަށް ނަފްސާނީގޮތުން އަސަރުކޮށްފައިވާކަމާއި
ހިގައްޖެނަމަ ބައްޕަ މަރުވާނަމޭ ތޮށިގަޑުމަތިން ގެއަށް ނާންނާނަމޭ
ބުނެ ޝާމް ޢަލީ މުޙައްމަދު ދަރިފުޅާއި މުޙާތަބުކޮށްފައިވާތީކަމަށް އިނާޔާ ޢަލީ ބުނާކަމާއި،ދަރިފުޅަށް
ނޭދެވޭ އަސަރުކޮށްފާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެކަމަށާއި، ދަރިފުޅު ތަރުބިއްޔަތު ކުރުމުގެ
ގޮތުން ނޫނީ ދަރިފުޅާ ދިމާއަށް އެއްޗެއް ބުނެ ހަދާފައިނުވާނެކަމަށް ޝާމް ޢަލީ މުޙައްމަދު
ބުންކަމާއި، މިދަރިފުޅުގެ އުމުރުން 1 އަހަރުގައި ދިރިއުޅޭތަނުގެ ދެވަނަ ބުރިން ދަރިފުޅު
ވެއްޓިފައިވަނީ ދަރިފުޅުގެ މަންމަގެ އިހުމާލުން ކަމަށް ދަރިފުޅުގެ ބައްޕަ ބުނިނަމަވެސް 11 ޖުލައި
2010 ގައި މިދެމީހުން ވަރިވުމާހަމައަށްވެސް ދަރިފުޅު ބެލުމުގައި އިސްވެއުޅެމުން އައީ ދަރިފުޅުގެ
މަންމަކަމާއި ދުރިފުޅުގެ ބައްޕައަކީ ދިރިއުޅޭ ރަށްނޫން އެހެން ރަށެއްގައި ވަޒީފާއަދާކުރާ މީހެއްކަމާއި
މިހާރުވެސް ދަރިފުޅު ބަލަމުންގެންދަނީ ދަރިފުޅުގެ މަންމަކަމާއި މިކަންކަން މިހެން ހުރުމުންވެސް
ދަރިފުޅުގެ އުމުރުން 1 އަހަރުގައި ދަރިފުޅު ގޮވައިގެން ދިރިއުޅޭތަނުގެ ދެވަނަ ބުރިން ދަރިފުޅު
ވެއްޓުނީ ދަރިފުޅުގެ މަންމަގެ އިހުމާލުންކަމަށް އޭރު ދަރިފުޅުގެ ބައްޕަ ދެކިފައިނުވާކަން ދޭހަވާކަމާއި،
އަދި ދަރިފުޅު ވެއްޓުނީ ދުރިފުޅުގެ މަންމަގެ އިހުމާލުންކަށް ޤަބޫލުކުރެވި އެމައްސަލަ އެއްވެސް
މިހެންވާންޖެހުނީ މަންމައާއެކު
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A{
ތަނެއްގައި ޖައްސާފައިނުވާކަން އެއީ އެކަން މައްސަލައެއްގެ ގޮތުގައި ނަގަން ދަރިފުޅުގެ ބައްޕަ
ޝާމް ޢަލީ މުޙައްމަދު ބޭނުންނުވާތީ ކަމުގައި ބަލަންޖެހޭކަމާއި، މިހެންކަމުން ދަރިފުޅު ވެއްޓުނުތާ 6
އަހަރު ފަހުން ދަރިފުޅުގެ ޙަޟާނަތު ބޭނުންވަނީ ދަރިފުޅުގެ މަންމަގެ ބެލުމުގެ ދަށުގައި ހުއްޓާ
ދަރިފުޅު ވެއްޓިފައިވަނީ ދަރިފުޅުގެ މަންމަގެ އިހުމާލުން ކަމަށް ދެކޭތީ ކަމުގައި ދަރިފުޅުގެ ބައްޕަ
ބުނާ ބުނުން ޝަރީޢަތަށް ޤަބޫލުކުރެވެންނެތްކަމަށާއި، މިދެމީހުން އިނދެގެން އުޅުނު ދުވަސްވަރު
ދަރިފުޅުގެންގުޅެފައިވަނީ ދެމީހުންގެވެސް އެހީތެރިކަމާއި އެއްބާރުލުން ދަރިފުޅަށްދީގެންކަމާއި،
ދަރިފުޅުގެ ބައްޕަ ވަޒީފާއަދާކުރަނީ އެހެންރަށެއްގައި ކަމުން ގިނަ ވަގުތު ދަރިފުޅުގެ ޚިދުމަތުގައި
އުޅެވިފައިވަނީ ދަރިފުޅުގެ މަންމައަށްކަންވެސް ދެފަރާތުގެ ވާހަކައިން އެނގޭކަމާއި، މިހާރު ދެމީހުން
ވަރިވެފައިވުމާއެކު ދަރިފުޅުގެ ޙަޟާނަތު ލިބުމަށް އެދި ދަރިފުޅުގެ ބައްޕަ ހުށަހެޅުމާއި ގުޅިގެން
ބެލިބެލުމުން މިދަރިފުޅުގެ އުމުރުން 7 އަހަރު ވެފައިވާތީ، އާއިލާއާ ބެހޭ ޤާނޫނުގެ 44 ވަނަ
މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް މިދަރިފުޅުގެ މަންމައާއި ބައްޕަ ދެމީހުންކުރެ މިދަރިފުޅު އިޚުތިޔާރު
ކުރާނީ ކާކާއެކީގައި ދިރިއުޅެންތޯ ބެލުމަށް ޝަރީޢަތުގެ މަޖިލީހުން މިދަރިފުޅާއި ސުވާލުކުރުމުން
މައިންބަފައިން ކުރެ ވަކި މީހަކާ އެކު އުޅުމަށް މިދަރިފުޅު ޚިޔާރުކޮށްފައިނުވާކަމާއި، މިހެން ކަމުން
މިދުރިފުޅުގެ މަންމައާއި ބައްޕަ ވަރިވެފައިވާތީ، ޢާއިލާއާބެހޭ ޤަވާއިދުގެ 72 ވަނަ މާއްދާއަށް
ރިޢާޔަތްކޮށް މިދަރިފުޅު ތަރުބިއްޔަތުކޮށް ބެލެހެއްޓުމުގައި ދަރިފުޅަށް އެންމެ ބޮޑަށް އަޅާލުމާއި
އޯގާތެރިކަން ދެވޭނީ ކާކުކައިރީގައި ހުރުމުންތޯ ޝަރީޢަތުން ބަލަންޖެހޭ ކަމާއި، މިދަރިފުޅުގެ
މަންމައާއި ބައްޕައާ ދެމީހުންނަކީވެސް ވަޒީފާ އަދާކުރާ ދެމީހުންކަމާއި، ދަރިފުޅުގެ ބައްޕައަކީ ރަށުން
ބޭރުގައި ވަޒީފާއަދާކުރާ މީހަކަށްވާތީ ދަރިފުޅާއެކު ގިނަވަގުތު ހޭދަކޮށް ދަރިފުޅުގެ ކަންތައް
ބެލެހެއްޓުމުގައި އެކަށީގެންވާ ގޮތުގައި އުޅެވިދާނެކަމަށް ނުފެންނާތީއާއި ދަރިފުޅު އެންމެ
ކުޑައިރުންސުރެ މިހާތަނަށްވެސް މިދަރިފުޅުގެ ތަރުބިއްޔަތުގައި އެންމެ އިސްރޯލެއް އަދާކޮށްފައިވަނީ
ދަރިފުޅުގެ މަންމަކަމަށް މިދެފަރާތުގެ ވާހަކައިން އެނގޭތީއާއި، ކުރިއަށް އޮތްތާގަވެސް މިދަރިފުޅުގެ
ބައްޕައަށްވުރެ ބޮޑަށް ދަރިފުޅުގެ ކަންކަމުގައި ވަގުތު ހޭދަކޮށް ދަރިފުޅު ތަރުބިއްޔަތުކުރުމުގައި
އިސްދައުރެއް އަދާކުރެވޭނީ ދަރިފުޅުގެ މަންމައަށްކަމަށް ޝަރީޢަތަށް ބުރަވެވޭތީއާއި،ދަރިންގެ
ޙަޟާނަތުގެ އުމުރަކީ ހިޖުރީގޮތުން 7 އަހަރުކަމަށް ޢާއިލާއާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A{
ގައި ނައްޞުކުރުމާއެކު ކުއްޖާގެ އުމުރުން 7
އަހަރުވުމަށްފަހު ޝަރީޢަތުން އެހެންގޮތެއް
ކަޑަނާޅާނަމަ ކުއްޖާގެ މައިންބަފައިންކުރެ ކުއްޖާ އިޚުތިޔާރުކުރާ މީހެއްގެ ކައިރީގައި ދަރިފުޅު
އުޅުމުގެ ޙައްޤު ކުއްޖާއަށް ލިބިގެންވާކަމަށް ނައްޞުކޮށްފައިވާކަމާއި، ޢާއިލާއާ ބެހޭ ޤަވާއިދުގެ 72
ވަނަ މާއްދާއަށް ބަލާއިރު ދަރިންގެ ޙަޟާނަތު ހަވާލުކުރުމުގައި ދަރިންނަށް އެންމެ މަސްލަޙަތު ހުރި
ގޮތަށް ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭކަން އެނގޭކަމާއި، ޢާއިލާއާ ބެހޭ ޤާނޫނުގެ 42 ވަނަ މާއްދާ
ގެ (ށ) އަށް ޢަމަލުކުރުމުގައި ޢާއިލާއާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) އަށާއި ޢާއިލާއާ ބެހޭ
ޤަވާއިދުގެ 72 ވަނަ މާއްދާއަށް ރިޢާޔަތްކުރަންޖެހޭކަން އެގޭކަމާއި، އަދި މިދެމާއްދާއަށް
ރިޢާޔަތްކުރުމުގައި ކުއްޖާގެ ވަކި އުމުރަކަށް ބަލަންނުޖެހޭނެކަން ބަޔާންވެދިޔަ މާއްދާތަކުން
އެނގޭކަމާއި، ކުއްޖާގެ ބެލުންވަކިމީހަކާއި ހަވާލުކުރާއިރު ބަލަންޖެހޭނީ ކުއްޖާއަށް އެންމެ މަސްލަޙަތު
ހުރީ ކާކާ ހަވާލުކުރުމުންތޯ ކަންވެސް ވަރަށް ރަގަޅަށް އެނގޭކަމާއި، މިހެންކަމުން މިދެމީހުންގެ
ދަރިފުޅު އަޙްމަދު އުޘައިން ޝާމްގެ ޙަޟާނަތު މިދަރިފުޅުގެ ބައްޕަ ޝާމް ޢަލީ މުޙައްމަދުއާ
ހަވާލުކުރުމަށްވުރެ މިދަރިފުޅުގެ މަންމަ ކައިރީގައި ދަރިފުޅު ހުރުމުގެ މަސްލަޙަތު ބޮޑުކަމަށް
ޝަރީޢަތަށް ފެންނާތީ މިދެމީހުންގެ ދަރިފުޅު އަޙްމަދު އުދައިން ޝާމްގެ ޙަޟާނަތު ދަރިފުޅުގެ ބައްޕަ
ޝާމް ޢަލީ މުޙައްމަދުއާ ޙަވާލުކުރާނެތަނެއް ނެތްކަމަށް ކަނޑައަޅައި މިޤަޟިއްޔާ ނިންމީއެވެ.“
މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުންއެނގެން އޮވެއެވެ.
02-އިސްވެ ބަޔާންކުރެވުނު ފެމިލީ ކޯޓުގެ ނަންބަރު 2011/Fm-C/411 ޤަޟިއްޔާ
ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ޝާމް ޢަލީ
މުޙައްމަދުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަންނަނިވި ނުކުތާތައް ފާހަގަކޮށް
އެނުކުތާއާއިމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެއީ:-
• ފުރަތަމަ ނުކުތާއަކީ، ދަރިފުޅުގެމަންމަގެއިހުމާލާއި އަޅާލުން ކުޑަކަމުގެ ސަބަބުން
މާލޭގައި ގޭގެ ދެވަނަބުރިން މަގުމައްޗަށް އެދަރިފުޅުގެ އުމުރުން އެއްއަހަރުގައި ދިރިއުޅުނު ކޮޓަރީގެ
ކުޑަދޮރުން ވެއްޓިފައި ވުމުން މިއީ އެދަރިފުޅުގެ ޙަޟާނަތުގެ މައްސަލަ މައިން ބަފައިންގެ މެދުގައި
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A{
ހަމަޖައްސަވާއިރު، އޭރު ކުރިން އެމައްސަލަ ހަމަޖައްސާފައި ނުވާތީ މިއީ ޙަޟާނަތު ބޭނުންވުމުން
ދައްކާ ބަހަނާއަކަށް ހައްދަވާފައި އެ ޙާދިޘާއަށް އެއްގޮތަކަށްވެސް ރިޢާޔަތް ނުކުރައްވާ ފެމިލީ
ކޯޓުގެ ޤަޟިއްޔާނަންބަރު 2011/FM
-
C/411 އެމައްސަލަ ދޫކޮށްލައްވާ އަޅާނުލައްވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، މައްސަލައިގެ ދެފަރާތަކީވެސް ރަށުން ބޭރު ވަޒީފާއަށްދާ
ދެފަރާތްކަން މިޙަޟާނަތުގެ މައްސަލަ ނިންމެވިއިރު ބަޔާންތަކުން އެނގޭ ޙާލަތުގައި މަންމައާއި
ބައްޕަ އޮފީހަށް ދިއުމުންވެސް އެހެންމީހަކު އެދަރިފުޅު ބަލަހައްޓަން ގެނެސް އެޒިންމާ ބޮޑަށް ނަގަނީ
ބައްޕަކަން އެނގޭއިރު އަދި މުސްތަޤުބަލުގައި ބޭރުމީހަކު ލައްވާ ބެލުމަށް ވުރެ އެދަރިފުޅާއި
ގާތްތިމާގެ މީހެއްގެ އެހީގައި ޚުދު ބައްޕަގެ ބެލުމުގެ ދަށުން ގިނަކަންތައް ހަމަޖައްސާނެ ކަމުގެ
ޔަޤީންކަން ބައްޕަ ދިނުމުންވެސް ޙަޟާނަތު ޙަވާލުނުކުރެއްވިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، ދަރިފުޅު މުމައްޔިޒަކަށް ނުވާއިރު އިޚްތިޔާރަށް
ދޫކޮށްލެއްވިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، އަދި މަޞްލަޙަތަށް ރިޢާޔަތް ކުރެއްވުމަށް ދެފަރާތުން
އެދިފައިވާއިރު، ދަރިފުޅު އެހާކުޑައިރު އަމިއްލަ ވިސްނުމަށް މިހާބޮޑު މައްސަލައެއް ދޫކޮށްލެއްވިކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
42
ترک
03-ފެމިލީ ކޯޓުގެ ނަންބަރު 2011/Fm
-
C/411 ޤަޟިއްޔާ ޝަރީޢަތް ނިމުނު
ރިޕޯޓަށާއި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޝާމް ޢަލީ މުޙައްމަދުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި،އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
s
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A{
0) 7 2
(ހ)ޝާމް ޢަލީ މުޙައްމަދުގެ ފަރާތުން މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު
ކުރުމަށް ހުށަހަޅާފައިވާ ފުރަތަމަ ނުކުތާގައި ދަރިފުޅުގެ މަންމަގެ އިހުމާލާއި އަޅާލުން ކުޑަކަމުގެ
ސަބަބުން މާލޭގައި ގޭގެ ދެވަނަބުރިން މަގުމައްޗަށް އެދަރިފުޅުގެ އުމުރުން އެއްއަހަރުގައި ދިރިއުޅުނު
ކޮޓަރީގެ ކުޑަދޮރުން ވެއްޓިފައި ވުމުން މިއީ އެދަރިފުޅުގެ ޙަޟާނަތުގެ މައްސަލަ މައިން ބަފައިންގެ
މެދުގައި ހަމަޖައްސަވާއިރު، އޭރު ކުރިން އެމައްސަލަ ހަމަޖައްސާފައި ނުވާތީ މިއީ ޙަޟާނަތު
ބޭނުންވުމުން ދައްކާ ބަހަނާއަކަށް ހައްދަވާފައި އެ ޙާދިޘާއަށް އެއްގޮތަކަށްވެސް ރިޢާޔަތް ނުކުރައްވާ
ދޫކޮށްލާފައި ވާކަމަށް ބަޔާންކޮށްފައިވާއިރު
ފެމިލީ ކޯޓުން އެމައްސަލަ ނިންމެވި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 9 ވަނަ ނަންބަރުގައާއި ހުކުމުގައި އެހާދިސާގެ މައްޗަށް ޝަރީޢަތުން ނަޒަރުކޮށް
ރިޢާޔަތް ކުރައްވާފައިވާގޮތް ބަޔާން ކުރައްވާފައިކަމާއި
އެއީ ކުއްޖާގެ ޢުމުރުން 1 (އެކެއް) އަހަރުގައި ޝާމް ޢަލީ މުޙައްމަދު އާއި އިނާޔާ
ޢަލީއާއި ދެމީހުން ކައިވެނި ކޮށްގެން އެކުގައިއުޅެނިކޮށް ހިގާފައިވާ ހާދިސާއެއްކަމާއި އޭރުއެކަން
ހިނގާފައިވަނީ ކުއްޖާގެ މަންމަގެ އިހުމާލުންކަމަށް ކުއްޖާގެ ބައްޕަ ދެކިފައިނުވާކަން ދޭހަވާ ކަމަށާއި
މުން ކުއްޖާ ވެއްޓުނުތާ އެތައް އަހަރުތަކެއްފަހުން ކުއްޖާގެ ޙަޟާނަތު ބޭނުންވަނީ ދަރިފުޅުގެ
އުމުރުން އެއް އަހަރުގައި ދަރިފުޅު އެކުއްޖާގެ މަންމަގެ އިހުމާލުން ވެއްޓިފައިވާތީ ކަމަށް ޝާމް ޢަލީ
މުޙައްމަދު ބުނެފައިވާއިރު އެކަމާމެދު ކުއްޖާގެ މަންމަ އިނާޔާ ޢަލީ މިކޯޓުގެ ޝަރީޢަތަށް ދީފައިވާ
ބަޔާނުގައި ދަރިފުޅު ކޮޓަރީ ދޮރުން ވެއްޓުނީ ކުއްޖާގެ ބައްޕަ ޝާމް ޢަލީ މުޙައްމަދުގެ
ފަރުވާކުޑަކަމުންކަމަށާއި އެދޮރުފަތުގެ ތަންޑު ހަލާކުވެފައި ހުންނާތީ އެތައް ފަހަރަކު އެތަންޑު ރަގަޅު
ކުރުމަށް ޝާމް ޢަލީ މުޙައްމަދުގެ ގާތުގައި ބުނެފައިވާނޭ ކަމަށް ކުއްޖާގެ މަންމަ ބުނެފައިވާއިރު
ކުއްޖާ ވެއްޓުނުތާ އެތައް އަހަރުތަކެއް ފަހުން ޝާމް ޢަލީ މުޙައްމަދުއާއި އިނާޔާ ޢަލީއާއި ދެމީހުން
ވަކިވުމުން އެހާދިސާގެ މައްޗަށް ބިނާކޮށް ދަރިފުޅުގެ ޙަޟާނަތު ލިބުމަށް ބޭނުންވަނީ ދަރިފުޅުގެ
މަންމަގެ ބެލުމުގެ ދަށުގައި ހުއްޓާ ދަރިފުޅު ވެއްޓިފައިވަނީ ދަރިފުޅުގެ މަންމަގެ އިހުމާލުން ކަމަށް
3 / 0 4 ·
އއކމ
Ć O
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/8{g
ދެކޭތީ ކަމުގައި ޝާމް ޢަލީ މުޙައްމަދު ބުނާ ބުނުމަކީ ޝަރީޢަތުން ޤަބޫލުކުރެވޭ ވަރުގެ ބުނުމެއް
ނޫންކަން އެނގެއެވެ
02 20
(ށ)މައްސަލާގެ ދެފަރާތަކީވެސް ރަށުން ބޭރު ވަޒީފާއަށްދާ ދެފަރާތްކަން މިޙަޟާނަތުގެ
މައްސަލަ ނިންމެވިއިރު ބަޔާންތަކުން އެނގޭ ހާލަތުގައި މަންމައާއި ބައްޕަ އޮފީހަށް ދިއުމުންވެސް
އެހެންމީހަކު އެދަރިފުޅު ބަލަހައްޓަން ގެނެސް އެޒިންމާ ބޮޑަށް ނަގަނީ ބައްޕަކަން އެނގޭއިރު އަދި
މުސްތަޤުބަލުގައި ބޭރުމީހަކު ލައްވަ ބެލުމަށްވުރެ އެދަރިފުޅު ގާތްތިމާގެ މީހެއްގެ އެހީގައި ހުދު
ބައްޕަގެ ބެލުމުގެ ދަށުން ގިނަ ކަންތައް ހަމަޖައްސާނެ ކަމުގެ ޔަޤީންކަން ބައްޕަ ދިނުމުންވެސް
ހަޝާނަތު ހަވާލު ނުކުރެއްވި ކަމަށް ބުނެ އިސްތިއުނާފުކުރި ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް
ބެލުމުން ، ކުއްޖާ ވިހެއީ ސުރެން މިހާތަނަށްވެސް ދަރިފުޅު ބެލުމުގެ އެންމެ އިސް ދައުރެއް
އަދާކޮށްފައިވަނީ ކުއްޖާގެ މަންމަކަން ބަޔާންތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭ ކަމާއި
ކުއްޖާގެ މަންމަ ކުއްޖާ ބަލަމުން ދިޔަ، ތައް ދުވަހުވެސް ޝާމް ޢަލީ މުޙައްމަދުގެ އާއިލާގެ ފަރާތުން
ކުއްޖާ ބެލުމަށް އެއްވެސް އެހީތެރި ކަމެއް ލިބިފައިނުވާ ކަމަށް ކުއްޖާގެ މަންމަ އިނާޔާ ޢަލީ ބުނާ
ބުނުމަށް ޝާމް ޢަލީ މުޙައްމަދުގެ ފަރާތުން އިންކާރުކޮށްފައި ނުވާކަމާއި އަދި ޝާމް ޢަލީ
މުޙައްމަދުގެ މަންމައަކީ ގާތްގަޑަކަށް ޢުމުރުން 33 އަހަރު ވެފައިވާ މީހެއްކަން ޝާމް ޢަލީ
މުޙައްމަދުގެ ބަޔާނުން އެނގޭކަމާއި
ދަރިފުޅުގެ މަންމަ ކައިރިއަށް ދަރިފުޅު އަންނަންއުޅޭ ކޮންމެ ފަހަރަކު ޝާމް ޢަލީ
މުޙައްމަދު ދަރިފުޅަށް ބިރުދައްކާ، ބައްޕަ މަރުވާނަމޭ ތޮށިގަނޑު މަތިން މޫދަށް ފުންމާލާނަމޭ
ބުނަމުންދާތީ މިވާހަކަތައް ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ ޔުނިޓަށާއި މާފަންނު ޕޮލިސް ސްޓޭޝަންގައި
ވެސް ދެންނެވިފައިވާނެ ކަމަށާއި މިމައްސަލަ ބެލުމަށް ކަމާބެހޭ ފަރާތްތަކުން ޝާމް ޢަލީ
މުޙައްމަދުއަށް ދެފަހަރު ފޯނުކުރުމުންވެސް އޭނާ ޙާޟިރު ނުވުމުން ގޭތެރޭގެ މާހައުލު ބެލުމަށް
ޖެންޑާ މިނިސްޓްރީގެ ޓީމުން ޒިޔާރަތް ކުރާނެކަމަށް އަންގަވާފައިވާކަމަށް އިނާޔާ ޢަލީ ދަށުކޯޓަށް
ދީފައިވާ ބަޔާނުގައި ބުނެފައިވާ ކަމާއި އަދި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޔުނިޓުން މިދެފަރާތް
ދިރިއުޅޭގެއަށް އައިސް މިމީހުންގެ ދަރިފުޅުގެ ދިރިއުޅުން ހުންނަގޮތް ބައްލަވާފައިވާ ކަމަށް ޝާމް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2012/HC-A/80
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޢަލީ މުޙައްމަދު ދަށުކޯޓަށް ދީފައިވާ ބަޔާނުގައި ބުނެފައިވާ ކަމާއި، މިކަން ކަމަށް ބަލާއިރު ޝާމް
ޢަލީ މުޙައްމަދު މިނުކުތާގައި ހުށަހަޅާ ފައިވާ، ވާހަކަތަކަކީ ޝަރީޢަތުން އެކަމަށް ބުރަދަނެއް
ދެވޭވަރުގެ ހުއްޖަތެއް އޮތް ވާހަކަތަކެއް ނޫންކަން އެގެއެވެ.
(ނ) ދަރިފުޅު މުމައްޔިޒަކަށް ނުވާއިރު އިޚްތިޔާރަށް ދޫކޮށްލެއްވި ކަމަށާއި އަދި
މަސްލަހަތަށް ރިޢާޔަތްކުރެއްވުމަށް ދެފަރާތުން އެދިފައިވާއިރު ދަރިފުޅު އެހާކުޑައިރު އަމިއްލަ
ވިސްނުމަށް މިހާބޮޑު މައްސަލައެއް ދޫކޮށްލެއްވި ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު،
ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާ ބެހޭ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް
ބެލުމުން ކުއްޖާގެ ޢުމުރުން 7 އަހަރުވުމުން ކޯޓުން އެހެންގޮތަކަށް އަމުރު ނުކުރާނަމަ އެކުއްޖެއްގެ
މައިންބަފައިންކުރެ އެއްކުއްޖަކު އިޚުތިޔާރު ކުރާމީހަކާ އެކު ދިރިއުޅުމުގެ ޙައްޤު އެކުއްޖަކަށް
ލިބިގެންވާކަން އެނގޭކަމާއި މިގޮތުން ކުދިން ވަކި ފަރާތަކަށް ނަގައި ދިނުމަށް އެދި ކޯޓަށް ހުށަހެޅޭ
މައްސަލަތަކުގައި ކުއްޖާގެ އުމުރުން 7 އަހަރު ފުރި ފައިވާނަމަ އެކުއްޖަކަށް އިޚްތިޔާރުދީ ފުރުސަތު
ދިނުމަކީ ކޯޓުތަކުގައި ޢަމަލުކުރަމުން އައިސް އިސްތިޤުރާރުވެފައިވާ އުސޫލެއްކަން އެނގޭއިރު ޝާމް
ޢަލީ މުޙައްމަދު އާއި އިނާޔާ ޢަލީ އާއި ދެމީހުންގެ ދަރިފުޅުގެ ޢުމުރުން 7 އަހަރު ފުރިފައިވާތީ
ފެމިލީ ކޯޓުން ދަރިފުޅުގެ ބައްޕައާއި މަންމައާއި ދެމީހުންކުރެން އެދަރިފުޅު އުޅެން ބޭނުންވާ މީހެއްގެ
ގާތަށް ދިއުމަށް އިޚުތިޔާރު ދީފައިވުމަކީ ޤާނޫނީ ހަމަތަކާ ޚިލާފުކަމެއްކަމަށް ބެލެވެންނެތްކަމާއި އަދި
ކުއްޖާއަށް ކޯޓުން އިޚުތިޔާރު ދިނުމުން ކުއްޖާގެ މައިންބަފައިންކުރެން ވަކިމީހަކާ އެކު އުޅުމަށް
މިދަރިފުޅު އިޚުތިޔާރުކޮށްފައިނުވާކަން ފެމިލީ ކޯޓުގެ ނަންބަރު 2011/Fm
-
C/411 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭކަމާއި
ފެމިލީކޯޓުން މިކުއްޖާގެ މައްސަލަ ނިންމަވާފައިވަނީ ޢާއިލާއާބެހޭ ޤާނޫނުގެ 40 ވަނަ
މާއްދާގެ (ރ) އާއި (ބ) އަށް ރިޢާޔަތްކޮށް އެދަރިފުޅަށް އެންމެ
މަސްލަހަތު ބޮޑުގޮތްކަމަށް
ޝަރީޢަތަށް ބުރަވެވިފައިވާ ގޮތަށްކަން ފެމިލީ ކޯޓުން އެމައްސަލާގެ ޝަރީޢަތް ނިންމެވިގޮތުގެ
ރިޕޯޓަށް ބެލުމުން އެނގޭކަމާއި، އަދި އެދަރިފުޅުގެ ބައްޕަ ޝާމް ޢަލީ މުޙައްމަދު އާއި މަންމަ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A{
އިނާޔާ ޢަލީވެސް ފެމިލީ ކޯޓުގެ ޝަރީޢަތުގައި އެދިފައިވާ ގޮތަކީ އެދަރިފުޅަށް އެންމެ ބޮޑަށް
މަސްލަހަތު އޮތްގޮތަށް ކޯޓުން ރިޢާޔަތް ކުރެއްވުމަށް ކަން ދަށުކޯޓުގެ ޝަރީޢަތަށް ދެފަރާތުން
ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެއެވެ.
ވީމާ އިސްވެބަ
ވެބަޔާންވެދިޔަކަންކަން ބަޔާން ކުރެވިދިޔަ ގޮތަށް ހުރުމާއެކު މިމައްސަލަބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ފެމިލީ ކޯޓުގެ ނަންބަރު 2011/Fm-C/411
ޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމަށް ބަދަލުގެންނަންޖެހޭ ޝަރުއީ ނުވަތަ ޤާނޫނީ ވިޔަސް ސަބަބެއް
COCO
، ސ ސ ސ . ސ ހ މ 2
4
ފެންނަން ތކމަށެވެ.
ޙުކުމް:
މި 4 ·(
ހުރުމެއެކު
ދެންފަހެ، އިސްވެބަޔާން ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވިދިޔަ ކަންކަން އެގޮތަށް
ފެމިލީ ކޯޓުގެ ނަންބަރު 2011/Fm
-
C/411 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޝާމް
ޢަލީ މުޙައްމަދު ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބެލުމުން އެމައްސަލާގެ ހުކުމަށް ބަދަލު
ގެންނަންޖެހޭ ޝަރުއީ ނުވަތަ ޤާނޫނީ ވިޔަސް ސަބަބެއް ފެންނަންނެތުމުން ފެމިލީ ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
411/Fm-C/2011
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ
ޔޫސުފް ހުސައިން
(ފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
(ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
s