ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-DM/01 ޤަޟިއްޔާގެ ޙުކުމް
1
2009/HC-DM/01
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޤަލއްޔާ ނަންބަރ: 01/HC
-
DM/2009
• މައްސަލަ ހުށަހެޅި ފަރާތް:
* ނަން:1- މޫސާ އަންވަރު
އައިޑީ ކާޑު ނަންބަރ: A294988
2- ބަދުރުއްދީން ނަސީމް
އައިޑީ
ކާޑު ނަންބަރ.A058929
*
ދާއިމީ އެޑްރެސް: ލާމިގެސ. ހިތަދޫ
މިހާރުގެ އެޑްރެސް: މއ.ނީލްގެ / މާލެ
ދާއިމީ އެޑްރެސް: ނަސީމާމަންޒިލްސ. ހިތަދޫ
މިހާރުގެ އެޑްރެސް: މއ.ބޯގަންވިލާ / މާލެ
• މައްސަލަ ރައްދުވި ފަރާތް:
* ނަން. އެޓާރނީޖެނެރަލް އޮފީސް
ވަކީލު: ޑެޕިއުޓީ ސްޓޭޓްއެޓާރނީ އޖ. ފާތުމަތު ޙަލީމް
އައިޑީ ކާޑު ނަންބަރ: A000501
* ނިމުނު ތާރީޚް: 04
ރަޖަބު
1431
ޓްރީކުރި ތާރީޚް: 19 ޞަފަރު 1430
05 ފެބްރުއަރީ 2009
"16
ޖޫން 2010
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން ތީމްގޭ 3ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2009/HC-DM/01
އެނގޭ ރިޕޯޓް
ޞަފްޙާ ނަންބަރ 3
01- ދަޢުވާގެ ޚުލާޞާ
02- ފާހަގަކުރެ
03- ޙުކުމް:
ކރަވެ 049އގެ
03-09:
09-10 :
04- މަޙްޝަރު ބަޔާންތައް:
04.1 ދަޢުވާކުރާ ފަރާތުގެ މަޙްޝަރު ބަޔާންތަ
މޫސާ އަންވަރު ސ.ހިތަދޫ ލާމިގެ ފަރާތުން ދެއްކި ވާހަކަތައް:
މަޙްޝަރު ނަންބަރ: 03-01 :HC
-
DM
-
01 Mpg-2009
04.2 ދަޢުވާ ރައްދުވި ފަރާތުގެ މަޙްޝަރު ބަޔާންތައް:
އެޓާރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން: ޑެޕިއުޓީ ސްޓޭޓް އެޓަރނީ އޖ.ފާތިމަތު ޙަލީމްގެ ފަރާތުން ދެއްކި
ވާހަކަތައް:
މަޙްޝަރު ނަންބަރ: 04-04 :HC
-
DM
-
01_Mpg-2009
ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު: 14
{
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން ތީމްގޭ 3ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލްގެ [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2009/HC-DM/01
އައްޔާ އިލް
¢ ¢ ¢9
ދަޢުވާގެ ޚުލާޞާ:
މިއީ، ޤާނޫން އަސާސީގެ 41 ވަނަ މާއްދާގެ (ށ) އިން ދިވެހިރައްޔިތުންނަށް ލިބިދޭދިވެހިރާއްޖޭގައި
މީހުންދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ވަޒަންވެރިވުމުގެ ޙައްޤު، ޤާނޫނުއަސާސީއާއި ޚިލާފަށް
ހަނިކޮށްފައިވާކަމަށްބުނެ، ޤާނޫނު ނަންބަރު 46/78 ދިވެހިރާއްޖޭގެ ރަށެއްގައި ރައްވެހިވުމާއިބެހޭ ޤާނޫނުގެ
ދެވަނަ މާއްދާ (ށ) ބާޠިލް ކޮށްދިނުން އެދި ސ.ހިތަދޫ ލާމިގެ މޫސާއަންވަރު އަދި ހިތަދޫ(
ނަސީމީމަންޒިލް ބަދުރުއްދީން ނަސީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
(constitutinal ) ދަޢުވާއަކާ ބެހޭ މައްސަލައެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ
ފަރާތަކީ ދިވެހިދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހެވެ.
424 42
ފާހަގަކުރެވުނު ނުކުތާތައް
-01
7004 (
-02
{
މިއީ، ޤާނޫނު އަސާސީގެ 41 ވަނަ މާއްދާގެ (ށ) އިން ދިވެހިރައްޔިތުންނަށް ލިބިދޭ
ދިވެހިރާއްޖޭގައި މީހުންދިރިއުޅޭ ކޮންމެރަށެއްގައިވެސް ވަޒަންވެރިވުމުގެ ޙައްޤު، ޤާނޫނު އަސާސީއާއި
ޚިލާފަށް ހަނިކޮށްފައިވާކަމަށްބުނެ، ޤާނޫނު ނަންބަރު 46/78 ގެ ދެވަނަ މާއްދާގެ (ނ) ބާޠިލް ކޮށްދިނުން
އެދި ސ.ހިތަދޫ ގެ ލާމިގެ މޫސާ އަންވަރު އަދި ސ.ހިތަދޫ، ނަސީމީމަންޒިލް ބަދުރުއްދީން ނަސީމްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި މައްސަލަ
ރައްދުވާ ފަރާތަކީ ދިވެހިދައުލަތުގެ ބަންޑާރަ ނައިބް އޮފީހެވެ.
ސ.ހިތަދޫ | ލާމިގެ މޫސާއަންވަރު އަދި ސ. ހިތަދޫ ނަސީމާމަންޒިލް ބަދުރުއްދީން
ނަސީމުގެ ފަރާތުން ހުށަހަޅާފައިވާ އިސްވެ ބުނެވުނު ދުސްތޫރީ ދަޢުވާ ބިނާކުރާ ސަބަބުތައް ކަމަށްބުނެ،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދެއްކި ސ.ހިތަދޫ ލާމިގެ މޫސާއަންވަރު
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބަލާއިރު، 07 ސަބަބެއް ހުށަހަޅާ
ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދެކެވިފައިވެއެވެ.
(ހ) ފުރަތަމަ ސަބަބަކީ: ޤާނޫނު ނަންބަރ 46/78 ގެ 02 ވަނަ މާއްދާގެ (ށ) ގައި ވަނީ،
މިޤާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓްރީކޮށްދެވޭ މީލާދީގޮތުން 16 އަހަރު ފުރިފައިވާ މީހުން ރަޖިސްޓްރީ
ކޮށްދެވޭނީ، އެމީހަކު ދިރިއުޅުމުގެ ގޮތުން 05 އަހަރުދުވަހު އުޅެފައިވާ ރަށެއްގައެވެ. އެރަށެއްގައި 05
އަހަރު އުޅެފައިނުވާނަމަ، އެމީހެއްގެ ބައްޕަ ނުވަތަ މަންމަ ރަޖިސްޓްރީ ކުރެވިފައިވާ ރަށެއްގައެވެ. މިގޮތުން
ރަޖިސްޓްރީ ކޮށްދެވޭ މީލާދީގޮތުން 16 އަހަރު ނުފުރޭ ކުދިން ރަޖިސްޓްރީކޮށްދެވޭނީ، އެކުއްޖެއްގެ
84 ޚި2ޑ
ޢީކަންކަމުهހ
2
¢¢¢ ¢*
ދިވެހިރާއްޖޭގެ ރުއިކޯޓް، އާބުރުޒު ހިނގުން ތީމްގޭ 3ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316472
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-DM/01
ގޮތުގެއެވެ.
ބަލަދުވެރިޔާ އެދޭ، އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ ރަށްވެހި ވެފައިވާ ރަށެއްގެ ރައްވެއްސެއްގެ
މިފަދައިން ކަމަށްވުމެވެ.
(ށ) ދެވަނަ ސަބަބަކީ: ޤާނޫނު އަސާސީގެ 41 ވަނަ މާއްދާގެ (ށ) ގައިވަނީ ”ދިވެހިރާއްޖޭގައި
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި އެއްރަށުން އަނެއްރަށަށް ޙިޖުރަކުރުމުގެ ޙައްޤު ކޮންމެ
ރައްޔިތަކަށްމެ ލިބިގެންވެއެވެ.” މިފަދައިންނެވެ.
(ނ)ތިންވަނަ ސަބަބަކީ: ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައިވަނީ "މިބާބުގައި
ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމް ދީނުގެ އަޞްލަކާއި ޚިލާފު ނުވާނޭ ގޮތުގެ
މަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މިޤާނޫނުއަސާސީ ކަށަވަރުކޮށްދެއެވެ. އަދި މިއިން އެއްވެސް
ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިޤާނޫނު އަސާސީއާއި ތަޢާރުޟު ނުވާ
ގޮތެއްގެ މަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ
ޤާނޫނަކުންވެސް އެއިން ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން
ދީމިޤްރާޠީ މުޖުތަމަޢުއެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެއްޓިދާނެ ކަމަށް ޤަބޫލުކުރެވޭ
މިންވަރަކަށެވެ.” މިފަދައިން ބުނެފައިވުމެވެ.
(ރ) ހަތަރުވަނަ ސަބަބަކީ: ޤާނޫނު ނަންބަރ 46/78 ގެ 2 ވަނަ މާއްދާގެ (ށ) އިން ވަރަށް
ސާފުކޮށް ޤާނޫން އަސާސީގެ 41 ވަނަ މާއްދާގެ (ށ) އިން ދިވެހި ރައްޔިތުންނަށް ލިބިފައިވާ މީހުން
ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމުގެ ޙައްޤުވަނީ ހިފަހައްޓާފައެވެ. މިޙައްޤު ހިފަހައްޓާފައި މިވަނީ
މިނިވަން ދީމިޤްރާޠީ މުޖުތަމައެއްގައި މިފަދަ ޙައްޤެއް ހިފެހެއްޓޭނެކަމަށް ޤަބޫލު ނުކުރެވޭ މިންވަރަކަށް
ކަމަށާއި، މިއީ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި ޚިލާފު، އެމާއްދާއާ ތަޢާރުޟުވާ
ހިފެހެއްޓުމަކަށްވާކަމެވެ.
(ބ)ފަސްވަނަ ސަބަބަކީ: ޤާނޫނު އަސާސީގެ 63 ވަނަ މާއްދާގައިވަނީ،
59 އެއްވެސް ޤާނޫނެއް
ނުވަތަ ޤާނޫނަކުން ބައެއްވިޔަސް މިބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާ ނުވަތަ މިނިވަން ކަމަކާ
ތަޢާރުޟުވާނަމަ، އެޤާނޫނެއް ނުވަތަ އެޤާނޫނަކުން އެޙައްޤަކާ ނުވަތަ އެމިނިވަން ކަމަކާއި ތަޢާރުޟުވާ
މިންވަރެއްވާނީ ބާޠިލު އެއްޗަކަށެވެ.” މިފަދައިންކަމަށްވުމެވެ.
(ޅ)ހަވަނަ ސަބަބަކީ: ޤާނޫނު އަސާސީގެ 66 ވަނަ މާއްދާގައިވަނީ މިޤާނޫނު އަސާސީއަށް
ޢަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ހިނގަމުންއަންނަ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޤަރާރު
ތަކާއި އިޢުލާން ތަކުގައި ބަޔާންވެފައިވާ ކަންތައްތަކުގެ ތެރެއިން، މިބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން ތީމް 3ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2009/HC-DM/01
ޗިޗަގރިޓި
14
4 *
މިނިވަންކަމާއި ތަޢާރުޟުވާ އެއްމެހައި ކަންތައްތައް، މިޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށުމާއެކު
ބާޠިލުވީއެވެ." މިފަދައިންކަމަށްވުމެވެ.
(ކ) ހަތްވަނަ ސަބަބަކީ: އެހެންކަމުން ޤާނޫނު ނަންބަރ 46/78 ގެ 02 ވަނަ މާއްދާގެ (ށ) އަކީ
ޤާނޫނު އަސާސީގެ 41 ވަނަ މާއްދާގެ (ނ) ގެ އަލީގައި ޤާނޫނު އަސާސީގެ 16 ގެ (ހ) އާ ތަޢާރުޟުވާ
މާއްދާއެކެވެ.
03- ޤާނޫނު އަސާސީގެ 41 ވަނަ މާއްދާގެ (ށ) އިން ދިވެހިރައްޔިތުންނަށް ލިބިދޭ
ވަޒަންވެރިވުމުގެ ޙައްޤު، ޤާނޫނު އަސާސީއާއި ޚިލާފަށް ހަނިކޮށްފައިވާކަމަށްބުނެ، 46/78 ގެ ޤާނޫނުގެ
ދެވަނަ މާއްދާގެ (ށ) ބާތިލް ކޮށްދިނުން އެދި ސ.ހިތަދޫ ! ލާމިގެ މޫސާއަންވަރު އަދި ހިތަދޫ
ނަސީމީ މަންޒިލް ބަދުރުއްދީން ނަސީމުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން
އެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓްގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
ޤާނޫނުނަންބަރު 46/78 ގެ 2 ވަނަ މައްދާގެ (ށ) ގައި މިޤާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓްރީ ކޮށްދެވޭ
މިލާދީގޮތުން 16އަހަރު ފުރިފައިވާމީހުން ރަޖިސްޓްރީ ކޮށްދޭނީ އެމީހަކު ދިރިއުޅުމުގެ ގޮތުން
މެދުކެޑުމެއްނެތި 5 އަހަރު ދުވަހު އުޅެފައިވާ ރަށެއްގައި ކަމަށާއި، އެއްރަށެއްގައި 5 އަހަރު ހޭދަކޮށްފައި
ނުވާނަމަ އެމީހެއްގެ ބައްޕަ ނުވަތަ މަންމަ ރަޖިސްޓްރީކުރެވިފައިވާ ރަށެއްގައިކަމަށާއި، މިގޮތުން
ރަޖިސްޓްރީކޮށްދެވޭ މީލާދީގޮތުން 16 އަހަރު ނުފުރޭ ކުދިން ރަޖިސްޓްރީ ކޮށްދެވޭނީ އެކުއްޖެއްގެ
ބަލަދުވެރިޔާ އެދޭ އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ ރަށްވެހިވެފައިވާ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި
ކަމަށްވާއިރު، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 41 ވަނަމާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ
މީހުންދިރިއުޅޭ ކޮންމެރަށެއްގައި ވަޒަންވެރިވުމާއި އެއްރަށުން
ށުން އަނެއްރަށަށް ހިޖުރަކުރުމުގެ ޙައްޤު ކޮންމެ
ރައްޔިތަކަށް ލިބިގެންވާއިރު، ޤާނޫނުއަސާސީން މިލިބިދޭ ވަޒަން ވެރިވުމުގެ ޙައްޤު ޤާނޫނު ނަންބަރު
46/78 ގެ ދެވަނަ މާއްދާގެ (ށ) ގެ ދަށުން 5 އަހަރުދުވަހު މެދުނުކެޑި އެރަށެއްގައި ދިރިއުޅުމަށް
ކަނޑައަޅާފައިވާތީ، މިއީ ޤާނޫނުއަސާސީގެ 16 ވަނަމާއްދާގައި ބަޔާންކޮށްފައިވާ އެކަށީގެންވާ މިންވަރެއް
ނޫންކަމަށާއި، 16 ވަނަ މާއްދާގެ (ހ) ގައި މިބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި
މިނިވަންކަން އިސްލާމް ދީނުގެ އަޞްލަކާއި ޚިލާފު ނުވާނޭ ގޮތުގެމަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން
މިޤާނޫނު އަސާސީ ކަށަވަރުކޮށްދޭކަމަށާއި، އަދި މިއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ
އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިޤާނޫނު އަސާސީއާއި ތަޢާރުޟު ނުވާ ގޮތެއްގެ މަތީން، ރައްޔިތުންގެ
މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމަށާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން
ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން ދީމިޤްރާޠީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން ތީމްގޭ 3ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my en
6
:ޒީ
2009/HC-DM/0]
OK
-
މުޖުތަމަޢުއެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެއްޓިދާނެ ކަމަށް ޤަބޫލުކުރެވޭ މިންވަރަކަށް
ކަމަށްވާއިރު، ޤާނޫނު އަސާސީގެ 63 ވަނަ މާއްދާގައި އެއްވެސް ޤާނޫނަކުން ނުވަތަ ޤާނޫނަކުން
ބައެއްވިއަސް މިބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރަޟްވާނަމަ،
އެޤާނޫނެއް ނުވަތަ އެޤާނޫނަކުން އެޙައްޤަކާ ނުވަތަ އެމިނިވަންކަމަކާ ތަޢާރަޟްވާ މިންވަރެއްވާނީ ބާޠިލު
އެއްޗެއްކަމަށް ބަޔާންކޮށްފަވާއިރު، ޤާނޫނު ނަންބަރު 46/78 އަކީ މިޤާނޫނުއަސާސީ އިސްލާހު ކުރުމުގެ
މާކުރިން 1978 ވަނައަހަރު އެކުލަވާލެވިފައޮތް ޤާނޫނަކަށްވުމުން، ޤާނޫނުއަސާސީގެ 63 ވަނަ
މާއްދާގެދަށުން ބާތިލްވެފައިވާ ޤާނޫނެއް ކަމަށް ޝަރީޢަތުގެ ފަރާތުން ކަނޑައަޅާދިނުންއެދޭ ކަމަށް ސ.
ހިތަދޫ ލާމިގޭ/ މޫސާ އަންވަރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން ފާހަގަ
ކުރައްވާފައި ވެއެވެ.
04- ސ.ހިތަދޫ ! ލާމިގެ މޫސާއަންވަރު އަދި ހިތަދޫ ނަސީމާ މަންޒިލް ބަދުރުއްދީން
ނަސީމުގެ ފަރާތުން ހުށަހަޅާފައިވާ އިސްވެ ބުނެވުނު ދަޢުވާއަށް ޖަވާބުދާރީ ވުމުގެ ގޮތުން އެޓަރނީ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު އެފަރާތުން ބުނެފައިވަނީ،
މިމައްސަލައާ ގުޅިގެން ދައުލަތުންވަކި އެއްޗެއް ދަންނަވާކަށްނެތް ކަމަށާއި، ދައުލަތުން އެދެނީ ކޯޓަށް
ފެނިވަޑައިގަންނަވާ ގޮތަކަށް މައްސަލަ ނިންމަވައި ދެއްވުމަށް ކަމަށެވެ.
05- މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކަވާފައިވާ ވާހަކަތަކަށާއި،
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، ޤާނޫނު އަސާސީގެ 41 ވަނަ މާއްދާގެ (ށ) އިން
ދިވެހިރައްޔިތުންނަށް ލިބިދޭ ރާއްޖޭގައި މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމުގެ ޙައްޤު، ޤާނޫނު
އަސާސީއާއި ޚިލާފަށް ހަނިކޮށްފައިވާކަމަށް ބުނެ، ޤާނޫނު ނަންބަރު 46/78 ގެ ދެވަނަ މާއްދާގެ (ށ)
ބާތިލް ކޮށްދިނުން އެދި ސ.ހިތަދޫ | ލާމިގެ މޫސާ އަންވަރު އަދި ހިތަދޫ ނަސީމާ މަންޒިލް
ބަދުރުއްދީން ނަސީމުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ވިސްނަބަލާއިރު، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ދިވެހިރާއްޖޭގައި މީހުންދިރިއުޅޭ ކޮންމެރަށެއްގައި ވަޒަންވެރިވުމާއި އެއްރަށުން
އަނެއްރަށަށް ހިޖްރަކުރުމުގެ ޙައްޤު ކޮންމެ ރަށްޔިތަކަށްމެ ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ށ) ގައި ސާފުބަހުން ބުނެފައިވާކަން ފާހަގަކުރެވިފައިވާއިރު، ޤާނޫނު
ނަންބަރު 46/78 ދިވެހިރާއްޖޭގެ ރަށެއްގައި ރަށްވެއްސަކަށް ވުމާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ)
ގައި މި ޤާނޫނުގައި ވާގޮތުގެމަތިން ރަޖިސްޓްރީ ކޮށްދެވޭ މީލާދީގޮތުން 16 އަހަރު ފުރިފައިވާ މީހުން
ރަޖިސްޓްރީ ކޮށްދޭނީ އެމީހަކު ދިރިއުޅުމުގެ ގޮތުން މެދު ކެނޑުމެއްނެތި 5 އަހަރު ދުވަހު ދިރިއުޅެފައިވާ
(
2 20
40
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން ތީމްގޭ 3ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1
2009}IC-DM/01
OXO
ކަމަށާއި އެއްރަށެއްގައި 05 އަހަރު ހޭދަކޮށްފައިނުވާނަމަ އެމީހެއްގެ ބައްޕަ ނުވަތަ މަންމަ
ރަޖިސްޓްރީކުރެވިފައިވާ ރަށެއްގައެވެ. މިފަދައިން ބުނެފައިވާކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.
(ށ) ދެވަނަކަމަކީ: ދިވެހިރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ޤާނޫނުއަސާސީގެ 2
ވަނަ ބާބުގައި ބަޔާންކުރިއިރު، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި މިބާބުގައި ބަޔާންކޮށްފައިވާ
އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާނޭ ގޮތެއްގެމަތިން
ކޮންމެމީހަކަށްމެ ލިބިގެންވާ ކަމަށާއި އަދި އެއިންއެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް
މިންވަރެއް ހިފެހެއްޓޭނީ މި ޤާނޫނުއަސާސީއާއި ތަޢާރަޟުނުވާ ގޮތެއްގެމަތިން ރައްޔިތުންގެ މަޖިލީހުން
ފާސްކުރާ ޤާނޫނުއަކުން ކަމަށާއި އަދި އެފަދަ ޤާނޫނަކުންވިޔަސް އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް
ހިފެހެއްޓޭނީ މިނިވަންދިމްޤްރާތީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް
ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށް ކަމަށް ބުނުމަށްފަހު އެމާއްދާގެ (ށ) ގައި އިސްލާމްދީނުގެ
އަޞްލުތައް ރައްކާތެރި ކޮށްދެމެހެއްޓުމަށްޓަކައި އަސާސީ ޙައްޤުތަކާ މިނިވަންކަމާ ބެހޭ ބާބުގައި
ބަޔާންކޮށްފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއް މިޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓުމަށް މިމާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
މިފަދައިން ބުނެފައިވާކަންވެސް ފާހަގަކުރެވިފައި އޮންނައޮތުމެވެ.
(ނ) ތިންވަމަކަމަކީ: އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް މިބާބުގައި
ބަޔާންކޮށްފައިވާ އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާޝްވާނަމަ އެޤާނޫނެއް ނުވަތަ ޤާނޫނަކުން
އެޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރަޝްވާ މިންވަރެއްވާނީ ބާޠިލްއެއްޗަކަށް ކަމަށް ޤާނޫނުއަސާސީގެ 63
ވަނަ މާއްދާގައި ބުނެފައިވާތީ، ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިއިރު ރާއްޖޭގައި ޢަމަލުކުރަމުންއައި
ޤާނޫނުތަކުގެ ތެރެއިން އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނެއްގެބައެއްވިޔަސް ޤާނޫނުއަސާސީގެ 63 ވަނަ
މާއްދާގައި ބުނެފައިވާފަދައިން އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރަޟްވާނަމަ އެޤާނޫނެއް ނުވަތަ
ޤާނޫނެއްގެ ބައެއްވިޔަސް އެއީ ބާޠިލް އެއްޗެއްކަމަށް ބެލެވޭނެކަން ރަނގަޅަށް އެނގެން އޮންނައިރު،
ހުށަހެޅިފައިވާ ދުސްތޫރީ ދަޢުވާގައި ބުނެފައިވާ ޤާނޫނުނަންބަރު 46/78 (ދިވެހިރާއްޖޭގެ ރަށެއްގައި
ރަށްވެހިވުމުގެ ޤާނޫނު) އަކީ 2008 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 07 ވަނަ ދުވަހު ދިވެހިރާއްޖޭގައި
ޢަމަލުކުރަންފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިއިރުވެސް އަދި
މިހާތަނަށްވެސް ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނެއްކަންވެސް ފާހަގަކުރެވިފައި
އޮންނައޮތުމެވެ.
(ނ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 63 ވަނަ މާއްދާއަށް
ބަލާއިރު، ބާޠިލްވާނެކަމަށް ނުވަތަ ބާޠިލް އެއްޗެއްކަމަށް އެމާއްދާގައި ބުނެފައިވަނީ ޤާނޫނުއަސާސީގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން ތީމްގެ 3ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2009/HC-DM/01
ULOX
ބަޔާންވެފައިވާ އަސާސީޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރުޟުވާ ޤާނޫނެއް ނުވަތަ އެޤާނޫނެއްގައިހިމެނޭ
އިސްވެބުނެވުނު އަސާސީ ޙައްޤުތަކުގެ ތެރެއިން ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރަޝްވާ މިންވަރު
ކަމަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުން ދެކެނީ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިއިރު
ރާއްޖޭގައި ޢަމަލުކުރަމުންއައި ޤާނޫނުތަކުގެ ތެރެއިން ބުނެވިދިޔަ ކަންތަކުގެ ތެރެއިންކަމަކާ ތަޢާރަޟުނުވާ
ޤާނޫނުތަކުގެ ޤާނޫނީހައިޘިއްޔަތަށް އެއްވެސް ބަދަލެއް ނައިސް ދެމިއޮންނާނެކަމަށެވެ. އަދި ޤާނޫނެއްގެ
މާއްދާއެއް އަނެއްމާއްދާއަކާ ތަޢާރަޟްވުމަކީ ކޮބައިތޯ ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުން
ދެކެނީ އެއްޤާނޫނެއް އަނެއްޤާނޫނާ ނުވަތަ ޤާނޫނެއްގެބައެއް އަނެއްޤާނޫނެއްގެ ބަޔަކާ ތަޢާރަޝްވުމުގެ
މާނައަކީ އެއްޤާނޫނެއްގެ މަދުނޫލް ނުވަތަ ޤާނޫނެއްގައި ނައްސުން ބުނެފައިވާ އެއްޗަކާ އަނެއްޤާނޫނެއްގެ
.ދުލޫލާ ނުވަތަ ޤާނޫނެއްގާ ނައްސުން ބުނެފައިވާ އެއްޗަކާ ދިމާލަށް އިދިކޮޅުވާ ގޮތަށް އޮތުންކަމަށްވުމާއެކު
ޤާނޫނުނަންބަރު 46/78 ގެ ދެވަނަ މާއްދާގެ (ނ) ގައި މިޤާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓްރީކޮށްދެވޭ
މީލާދީގޮތުން 16 އަހަރު ފުރިފައިވާ މީހުން ރަޖިސްޓްރީ ކޮށްދެވޭނީ އެމީހަކު ދިރިއުޅުމުގެ ގޮތުން
މެދުކެނޑުމެއްނެތި 05 އަހަރު ދުވަހު އުޅެފައިވާ ރަށެއްގައި ކަމަށް ބުނެފައިވާ ބުނުމަކީ، ދިވެހިރާއްޖޭގައި
މީހުންދިރިއުޅޭ ކޮންމެރަށެއްގައިމެ ވަޒަންވެރިވުމާއި އެއްރަށުން އަނެއްރަށަށް ހިޖުރަކުރުމުގެ ޙައްޤުކޮންމެ
ރައްޔިތަކަށް ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ބުނުމާއި
ތަޢާރަޝްވެ އެވާހަކަނަފީ ވެގެންދާފަދަ ބުނުމެއްނޫންކަމާއި، އެހެންކަމުން ޤާނޫނުނަންބަރު 46/78 ގެ 2
ވަނަ މާއްދާގެ (ހ) ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ނ) އާ ތަޢާރަޟްވާ ކަމަށް ޝަރުޢީ އަދި
ޤާނޫނީ ބޭނުންތަކުގައި ބެލެވޭނީ ޤާނޫނުނަންބަރު 46/78 ގެ 2 ވަނަ މާއްދާގެ (ނ) އަކީ
ދިވެހިރައްޔިތުންނަށް ރާއްޖޭގެ ކޮންމެރަށެއްގައިވެސް ރަށްވެހިވުމަށް ލިބިފައިވާ ޙައްޤު ލިބުމަށް
ކަނޑައެޅިގެން ހުރަސްއަޅާ އަކުރަކަށްވާ ޙާލަތުގައި ކަމަށްވާތީއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއިން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤެއް ލިބިދިނުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް
ކަނޑައެޅިފައި ހުރުންފަދަކަންކަމަކީ މުޖުތަމަޢުގެ ކަންތައްތައް ތަންޒީމްކޮށް ބެލެހެއްޓުމާއި ގުޅިފައިވާ
ޝަރޫރަތްތެރި ކަންތައްތަކަކަށްވެފައި، ވަކި އުޞޫލެއްނެތި ކަންކަންވީއްލިފައި ހުރުމަކީ މުޖުތަމަޢުގައި
ހަމނުޖެހުންއުފެދި ޢާއްމުމަޞްލަޙަތު ގެއްލިދާނެ ކަމަކަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންދެކެނީ
އަސާސީޙައްޤެއް ލިބިގަތުމަށްޓަކައި ކަނޑައެޅިފައިވާވަކި އުޞޫލުތަކަކަށް ޢަމަލުކުރަން ޖެހުމަކީ
އެސާސީޙައްޤެއް ލިބިގަތުމަށް އޮތް ހުރަހެއްކަމަށް ޤާނޫނީ ގޮތުން ބެލެވިގެން ނުވާނެކަމަށެވެ.
(ބ) ފަސްވަނަކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރު ކޮށްދީފައިވާ
އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ތެރެއިން ވަކިމިންވަރެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ
(
44 0.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން ތީމްގޭ ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.inv
9
2009/HC-DM/01
ރ ރިޕީޓް 6
ޤާނޫނަކުން ހިފެހެއްޓިދާނެކަމަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވާއިރު، ދިވެހިރާއްޖޭގައި
މީހުންދިރިއުޅޭ ކޮންމެރަށެއްގައި ރަށްވެހިވުމަށް ދިވެހިކޮންމެ ރައްޔިތަކަށް ލިބިގެންވާކަމަށް
ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރަށްވެހިވުމުގެ ޙައްޤު ބައިކުރެވިދާނެ ޙައްޤަކަށްނުވާތީ އެޙައްޤުގެބައެއް
ހިފެހެއްޓުމުގެ މައްސަލާގެ ޙަޤީޤަތާއި މެދު ސުވާލު އުފެދޭކަން ފާހަގަކުރެވިފައިވާކަމާއި ޤާނޫނުނަންބަރު
46/78 ގެ 2 ވަނަ މާއްދާގެ (ށ) ގެ ޞައްސަށް ބަލާއިރު، ރާއްޖޭގައި ދިރިއުޅޭ ކޮންމެރަށެއްގަ
ކޮންމެރައްޔިތަކަށްވެ
ކަށްވެސް ރަށްވެހިވުމުގެ ޙައްޤުލިބިގެންވާކަން ޤާނޫނު ނަންބަރު 46/78 އިން އިތުރަށް
ކަށަވަރު ކޮށްދެވިފައިވާތީއާއި ރަށްވެހިވުމުގެ ޙައްޤުލިބޭނޭ ރަށެއް ނުވަތަ ރަށްތަކެއް އެޤާނޫނުގެ އެމާއްދާގައި
ކަނޑައެޅިފައިމެ، އަނެއްބައި ރަށްރަށް އިސްތިޘްނާކޮށްފައި ނުވާތީއާއި އަދި އެފަދަޙައްޤެއް ލިބިގަނެވޭނެ
އިންތިޒާމްތަކެއް ހަމަޖެއްސުމަކީ އެޙައްޤެއް ނުވަތަ ޙައްޤަކުން ބަޔެއްވިޔަސް ހިފެހެއްޓުން ކަމަށް ޤާނޫނީ
ގޮތުން ބެލެވިދާނެކަމެއް ކަމަކަށް ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
55
ޙުކުމް:
ދެންފަހެ، ޤާނޫނު ނަންބަރު 46/78 (ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ޤާނޫނު) ގެ
2 ވަނަ މާއްދާގެ (ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ނ) އާ
ތަޢާރަޟުވާ ކަމަށާއި އަދި އެސަބަށްޓަކައި ދިވެހިރާއްޖޭގައި މީހުންދިރިއުޅޭ ކޮންމެރަށެއްގައި ކޮންމެ
ރައްޔިތަކަށްމެ އަސާސީ ހައްގެއްގެ ގޮތުގައި ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ށ) ގެ ދަށުން
ލިބިދީފައިވާ ރަށްވެހިކަމުގެ ޙައްޤާ ތަޢާރަޝްވާ ބުނެވިދިޔަ ޤާނޫނު ނަންބަރު 46/78 ގެ 2 ވަނަ މާއްދާގެ
(ނ) އަކީ ބާޠިލް އަކުރެއްކަމަށް ކަނޑައަޅާދިނުމަށް އެދި ހުށަހަޅާފައިވާ ދަޢުވާގެ މައްޗަށާއި
ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 46/78 ގެ 2 ވަނަ މާއްދާގެ (ށ) ގެ މައްޗަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު، ޤާނޫނެއްގެ އެއްމާއްދާ އަނެއްމާއްދާއަކާ
ތަޢާރަޟްވުމަކީ
އެމާއްދާއެއްގެ މައުލޫ (އެމާއްދާގެ ނައްސުން ސީދާ ގޮތެއްގައި ދޭހަވާމާނަ) އަނެއްމާއްދާގެ މައުލޫލާ
ދިމާލަށްއިދިކޮޅުވުން ކަމަށްވެފައި، ޙައްޤުތައް ބޭނުންކުރުމަށް ވަކި އުޞޫލުތަކެއް ކަނޑަނޭޅި އެބަޔަކު
ހިތުހުރި ގޮތަކަށް ޢަމަލު ކުރުމަށް ވީއްލިފައިހުރުމަކީ ޤައުމުގެ ކުރިއެރުމާއި ހަމަހިމޭންކަމަށް ބުރޫއަރާފާނެ
ކަމަކަސްވާތީއާއި، ޤާނޫނެއްގެ މާއްދާއަކުން ކަށަވަރު ކޮށްދީފައިވާ ޙައްޤެއް ޙާޞިލު ކުރުމަށްޓަކައި ޢަމަލު
ކުރަންޖެހޭ ވަކިގޮތެއް އެޤާނޫނެއްގެ ނުވަތަ އެހެން ޤާނޫނެއްގަވިޔަސް މާއްދާއެއްގައި ކަނޑައެޅިފައި
އޮންނައޮތުމަކީ ތަޢާރަޝްވުމެއް ކަމަށް ބެލެވެންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއްނެތް ކަމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް އިއްތިފާޤް ވެވިފައިވާތީ، ދިވެހިރާއްޖޭގެ
ޑ 04
4
44
4
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން ތީމްގޭ 3ނަންބަރު ދޮރާށި ޘާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
l0
2009/HC-DM/1
4 24 23 @ 3
eހރއް
ރިއްޔާގެ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ނ) އާއި ޤާނޫނު ނަންބަރު 46/78 ގެ 2 ވަނަ
މާއްދާގެ (ށ) އާ ދެމެދު ތަޢާރަޟްވުމެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ:
ޢަބްދުލް ޙަމީދު
ޢަލީ ޙަމީދު މުޙައްމަދު
(ފަނޑިޔާރު)
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
(ފަނޑިޔާރު)
ޓައިޕްކުރީ: ޝަކީބާ.
• ޗެކްކުރީ:ޝަހީދާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުދުމީ ހިނގުން ތީމްގޭ 3ނަންބަރު ދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv