ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/204 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/204
WWWA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
r
ކޯޓް
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 204/HC
-
A/2011
• އިސްތިއުނާފު ކުރި ފަރާތް
* ނަން: ޢަބްދުﷲ ޖިނާޙް އަޙްމަދު
ދާއިމީ އެޑްރެސް: އަސްދޫ/ ނ. ވެލިދޫ
* އައި.ޑީ.ކާޑު ނަންބަރު: A066459
މިހާރުގެ އެޑްރެސް:.
* ވަކީލް: އޒޫ. ޢަބްދުލް މަތީން ޢަބްދުލްކަރީމް، ލަކީ، ޅ. ހިންނަވަރު
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: އ. ޕަބްލިކް ޕްރޮސިކިއުޓަރ
ޕަބްލިކް ޕްރޮސިކިއުޓަރ އގ. އަޙްމަދު ތައުފީޤް
ނިމުނު ތާރީޚް: 03 ޖުމާދަލްއާޚިރާ 1433
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 ރަމަޟާން 1433
17 އޯގަސްޓް 2011
24 އޭޕްރީލް
2012
02 0 0
އިސްތިއުނާފު ކުރެވުނު ޤާޟިއްޔާ ނަންބަރު: 2010/D
-
12
-
C/39
ނިންމިކޯޓު:. ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ވައްކަން ކުރުން
ހުށަހެޅުނު ތާރީޚް: 25 އޮކްޓޯބަރ 2010
، ނިމުނު ތާރީޚް: 14 މާރޗް 2011
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2011/HC-A/204
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/D
-
12
-
C/39 ޤާޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށްއެދި
އަސްދޫ ޢަބްދުﷲ ޖިނާޙް އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/D
-
12
-
C/39 ޤާޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށްއެދި،
އެޤަޟިއްޔާގައި ދަޢުވާލިބުނު ވެލިދޫ އަސްދޫ ޢަބްދުﷲ ޖިނާޙް އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
ފ މ 02 ތ
فکر می کر
2. ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/D
-
12
-
C/39 ޤަޟިއްޔާ ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ނ. މަނަދޫ އަސުރުމާގޭ އަޙްމަދު ނަޝީދުއާއި ކަނީރުމާގޭ ޔޫސުފް
ވަލީދުއާއި ރެޑްރޯސް ރާޝިދު ޢަބްދުއްރަޙްމާން އާއި ވެލިދޫ އަސްދޫ ޢަބްދުﷲ ޖިނާޙް އަޙްމަދު އާއި
މަނަދޫ ސާދާމަންޒިލް އިބްރާހީމް ހަނީފް 05 ސެޕްޓެމްބަރ 2009 ދުވަހުގެރޭގެ
މަނަދޫގައި ހުންނަ ނ. އަތޮޅު ޕޯސްޓް އޮފީހަށް ވަދެ އެއޮފީހުގެ ތިޖޫރީގައި ހުރި -!52000ރ (ފަންސާސް
ދެހާސް ރުފިޔާ) ވަގަށް ނަގާފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ
މާއްދާއާއި، 136 ވަނަ މާއްދާއާއި، 137 ވަނަ މާއްދާގެ ދަށުން އަޙްމަދު ނަޝީދު އާއި ޔޫސުފް ވަލީދުއާއި
ރާޝިދު ޢަބްދުއްރަޙްމާން އާއި ޢަބްދުﷲ ޖިނާޙް އަޙްމަދު އާއި އިބްރާހީމް ހަނީފްގެ މައްޗަށް ޖަމާޢަތް
ހަދައިގެން ތަނެއް ހަލާކުކޮށްލައި، ދިހަހާސް ރުފިޔާއަށްވުރެ މަތީ އަދަދެއްގެ ފައިސާއިން ވައްކަން ކުރުމުގެ
ކުށުގެ ދަޢުވާ ދައުލަތުން ކުރުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
2 22 22
02 0 0
3. ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/D
-
12
-
C/39 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. "ދެންފަހެ ދައުލަތުން ނ. މަނަދޫ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2011/HC-A/204
ކުރެއްވި
ނ.
އަސުރުމާގޭ އަޙްމަދު ނަޝީދުއާއި ރެޑްރޯސް ރާޝިދު ޢަބްދުއްރަޙްމާނުއާއި ކަނީރުމާގޭ ޔޫސުފް ވަލީދުއާއި،
ސާދާމަންޒިލް އިބްރާޙީމް ހަނީފުއާއި ވެލިދޫ އަސްދޫ ޢަބްދުﷲ ޖިނާޙް އަޙްމަދުގެ މައްޗަށް
ވައްކަންކުރުމުގެ ކުށުގެ މިދައުވާއަށް ދައުވާލިބޭ އަޙްމަދު ނަޝީދުއާއި ރާޝިދު ޢަބްދުއްރަޙްމާނުއާއި ޔޫސުފު
ވަލީދުއާއި، އިބްރާޙީމް ހަނީފް އިޢުތިރާފްވެ 5 ސެޕްޓެމްބަރ 2009 ވަނަދުވަހުގެ ރޭގެ ވަގުތެއްގައި
ނ. މަނަދޫގައި ހުންނަ ނ. އަތޮޅު ޕޯސްޓް އޮފީހުގެ ފެންލައިޓް ހަލާކުކޮށްލައިގެންވަދެ އެއޮފީހުގެ ތިޖޫރީގައިހުރި
-/52000ރ (ފަންސާސްދެހާސް ރުފިޔާ) ވަގަށްނަގާފައި ވާނޭކަމަށް ބުނެފައިވުމާއި،
ވެލިދޫ އަސްދޫ
ޢަބްދުﷲ ޖިނާޙް އަޙްމަދު މިވައްކަން ކުރުމުގައި ބައިވެރިވެފައި ނުވާނޭކަމަށް ބުނިނަމަވެސް މިވައްކަންކުރުމުގައި
ޢަބްދުﷲ ޖިނާޙް އަޙްމަދު ބައިވެރިވެފައި ވާކަމަށާއި ވަގަށްނެގި ފައިސާގެތެރެއިން ޢަބްދުﷲ ޖިނާޙް އަޙްމަދަށް
ލިބުނުފައިސާ ރައްކާކޮށްދިނުމަށް އެދުނުކަމަށްބުނެ އެކަކު ހެކިބަސްދީފައިވުމާއި، މިވައްކަން ކުރުމުގައި
ބައިވެރިވި އަޙްމަދު ނަޝީދުއާއި ރާޝިދު ޢަބްދުއްރަޙްމާނުއާއި ޔޫސުފު ވަލީދުއާއި، އިބްރާހީމް ހަނީފުވެސް
މިވައްކަން ކުރުމުގައި ޢަބްދުﷲ ޖިނާޒް އަޙްމަދު ބައިވެރިވެ މިވައްކަން ކުރުމަށް ބޭނުންކުރި ތަޅުދަނޑިއަކީ
ޢަބްދުﷲ ޖިނާޙް އަޙްމަދު ދިންތަޅުދަނޑިއެއްކަމަށާއި، ތިޖޫރީގެ ކޯޑުވެސް ބުނެދިނީ ޢަބްދުﷲ ޖިނާޙް
އަޙްމަދުކަމަށް ބުނެފައިވުމާއި، މިވައްކަން ކޮށްފައިވަނީ ތިޖޫރީގެ ކޯޑު ޖަހައިގެން ތިޖޫރީއަށް އެއްވެސް
ގެއްލުމެއްނުދާކަން މިވައްކަންކޮށްފައިވާ ގޮތަށް ބެލުމުން އެނގެން އޮތުމާއި، ޢަބްދުﷲ ޖިނާހް އަޙްމަދަކީ
ކުރީގައި ނ. އަތޮޅު ޕޯސްޓް އޮފީހުގެ ތިޖޫރީއާއި ހަވާލުވެހުރި މީހާކަމަށް ޢަބްދުﷲ ޖިނާޒް އަޙްމަދު އިޢުތިރާފް
ވެފައިވާތީ، މިވައްކަން ކުރުމަށްޓަކައި އެ ތިޖޫރީގެ ކޯޑާއި ތަޅުދަނޑި ދީފައިވާ މީހަކީ ޢަބްދުﷲ ޖިނާޒް އަޙްމަދު
ކަމަށްބެލެވޭއިރު، ވަގަށްނެގި ފައިސާގެތެރެއިން ޢަބްދުﷲ ޖިނާހް އަޙްމަދަށް ލިބުނުފައިސާ ރައްކާކޮށްދިނީ
އަޙްމަދު ނަޝީދުކަމަށް އަޙްމަދު ނަޝީދު ބުނާތީ މިވައްކަން ކުރުމުގައި ޢަބްދުﷲ ޖިނާޒް އަޙްމަދު
ބައިވެރިވެފައިވާކަން ޝައްކެއް ނެތްމިންވަރަށް ޝަރީޢަތަށް ސާބިތުވާތީ ވައްކަންކުރުމުގެ ކުނުން އަޙްމަދު
ނަޝީދުއާއި ރާޝިދު ޢަބްދުއްރަޙްމާނުއާއި ޔޫސުފު ވަލީދުއާއި، އިބްރާޙީމް ހަނީފްއާއި ޢަބްދުﷲ ޖިނާޒް އަޙްމަދު
ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލް އުޤޫބާތުގެ 131 ވަނަ މާއްދާގެ
(ހ)ގެ ދަށުން، މިއީ އިބްރާޙީމް ހަނީފްއާއި ޔޫސުފް ވަލީދު ވައްކަންކުރި ދެވަނަ ފަހަރުކަމަށްވާތީ 2 (ދޭއް)
އަހަރަށް، އަޙްމަދު ނަޝީދުއާއި، ރާޝިދު ޢަބްދުއްރަޙްމާނުއާއި، ޢަބްދުﷲ ޖިނާޙް އަޙްމަދު ވައްކަންކުރި
ފުރަތަމަ ފަހަރުކަމަށްވާތީ 1 (އެކެއް) އަހަރަށް، މިވައްކަންކުރީ -/52000ރ (ފަންސާސް ދެހާސް ރުފިޔާ)
އިންކަމަށްވާތީ ޤާނޫނުލްއުޤޫބާތުގެ 132 ވަނަ މާއްދާގެ ދަށުން 4 (ހަތަރެއް) އަހަރާއި 4 (ހަތަރެއް) މަހަށް،
މިވައްކަންކުރީ ޖަމާޢަތް ހަދައިގެން ކަމަށްވާތީ ޤާނޫނުލްއުޤޫބާތުގެ 136 ވަނަ މައްދާގެ ދަށުން 2 (ދޭއް)
އަހަރަށް، މިވައްކަންކުރީ ނ. އަތޮޅު ޕޯސްޓް އޮފީހުގެ ފާޚާނާގެ ފެންލައިޓް ހަލާކުކޮށްލައިގެން ކަމަށްވާތީ
ޤާނޫނުލްއުޤޫބާތުގެ 137 ވަނަ މާއްދާގެ ދަށުން 1 (އެކެއް) އަހަރަށް، ޔޫސުފު ވަލީދު (A053804) އާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2011/HC-A/204
އިބްރާޙީމް ހަނީފް (A207377) އެކުޖުމުލަ 9 (ނުވައެއް) އަހަރާއި 4 (ހަތަރެއް) މަސްދުވަހުގެ މުއްދަތަށް،
އަދި އަޙްމަދު ނަޝީދު (A120195) އާއި ރާޝިދު ޢަބްދުއްރަޙްމާނު (A201593) އާއި ޢަބްދުﷲ ޖިނާޙް
އަޙްމަދު (A066459) 8 (އަށެއް) އަހަރާ 4 (ހަތަރެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް
ޙުކުމްކޮށްފީމެވެ." މިހެންނެވެ.
2 92 22
4. ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/D
-
12
-
C/39 ޤަޟިއްޔާ ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ ނ. ވެލިދޫ އަސްދޫ ޢަބްދުﷲ ޖިނާޙް އަޙްމަދުގެ ފަރާތުން
06 (ހައެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
ހ) ފުރަތަމަ ޢަބްދުﷲ ޖިނާޙް އަޙްމަދުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް ޢަބްދު
ޖިނާޒް އަޙްމަދު އިންކާރުކޮށްފައިވާއިރު، މިކުށް ޢަބްދުﷲ ޖިނާޒް އަޙްމަދުގެ މައްޗަށް ސާބިތުވާވަރަށް
އެކަށީގެންވާ ހެއްކާއި ޤަރީނާ ލިބިފައިވާކަމަށް ބެލެވެންނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: މައްސަލާގައި ޢަބްދުﷲ ޖިނާޙް އަޙްމަދުގެ މައްޗަށް ހެކިބަސްދީފައިވާ މީހުން
ކަމަށް ބުނެފައިވަނީ މައްސަލާގައި ދަޢުވާލިބޭ އަދި ކަނޑައެޅިގެން މިވައްކަން ކުރި 04 މީހުން ކަމަށް ވުމާއި،
އެމީހުންނަކީ ޢަބްދުﷲ ޖިނާޙް އަޙްމަދު އާމެދު ޒާތީ ދުޝްމަން ކަން އޮތް ބައެއްކަމުން އެމީހުންގެ ބުނުމަކީ
ކިބަހެއްކަމުގައި ބެލުމުގެ ފުރުޞަތު ނެތުމާއި އަދި އެމީހުންގެ ހެކިބަހުގެ ޞައްޙަކަމާ ދޭތެރޭ
ޝައްކުކުރެވެން
ހުށަހެޅި ނުކުތާ.
ހެކިބަހެއް
ދ ތ 0
2
2
އަކު9ނe
(ނ) ތިންވަނަ ނުކުތާއަކީ، މައްސަލާގައި ހެއްކެއްގެ ގޮތުގައި ޙާޟިރުކުރެއްވި ނ. މަނަދޫ ޝާތީވި
ޢަލީ ޝަމީމް ޢުމަރު ޢަބްދުﷲ ޖިނާޒް އަޙްމަދާ ދެކޮޅަށް ހެކިބަސްދީފައިވާއިރު، ޢަލީ ޝަމީމް ޢުމަރު އަކީ
ޢަބްދުﷲ ޖިނާޒް އަޙްމަދުގެ ކުރީގެ އަނބިމީހާގެ ކޮއްކޮކަމަށްވެފައި، ޢަބްދުﷲ ޖިނާޒް އަޙްމަދު ކުރީގެ
އަނބިމީހާއާއި ކައިވެނި ކުރުމަށްވެސް އެޢާއިލާގެ މީހުންގެ ތެރެއިން ޢަލީ ޝަމީމް ޢުމަރު ދެކޮޅުވެރިކަމުގައި
ވަރަށްބޮޑަށް މަސައްކަތްކޮށްފައިވުމާއި އަދި ޢަބްދުﷲ ޖިނާޙް އަޙްމަދުގެ އެކައިވެނި ރޫޅިގެން ދިއުމުގައިވެސް
ޢަލީ ޝަމީމް ޢުމަރުގެ ދައުރު ބޮޑުކަމާއި އަދި ކުރީގެ އަނބިމީހާއާއި އެޢާއިލާގެ މީހުން ޢަބްދުﷲ ޖިނާޙް
ދެމެދު ޒާތީ ދެކޮޅުވެރިކަން އޮތުމުން އެފަދަ މީހެއްގެ ހެކިބަހާމެދު ޝައްކުކުރުމުގެ ޖާގަ އޮތުމުން ޖިނާޢީ
ދ) 24
އއ20ދ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2011/HC-A/2[04
މައްސަލައެއްގައި އެފަދަ މީހެއްގެ ބަސް އެއީ ހެކިބަހެއްކަމުގައި ބެލުމަކީ ޤަބޫލުކުރެވޭނެކަމަކަށް ނުވާކަމަށްބުނެ
ހުށަހެޅި ނުކުތާ.
(ހ) ހަތަރުވަނަ ނުކުތާއަކީ: މިމައްސަލާގައި ކަންހިނގާފައިވާ ގޮތުން މައްސަލާގައި ޢަބްދުﷲ ޖިނާޙް
އަޙްމަދަށް ތުހުމަތުކުރެވޭ
ކުރެވޭކަމުގައި ބުނެ ޢަބްދުﷲ ޖިނާޙް އަޙްމަދުގެ ބޮލުގައި ވައްކަންކުރުމުގައި ބައިވެރިވުމުގެ
އިލްޒާމް އަޅުވައި ޢަބްދުﷲ ޖިނާޙް އަޙްމަދުގެ މައްޗަށް ކުށްސާބިތުކޮށްފައިވާއިރު، މިމައްސަލާގައި ޕޯސްޓް
އޮފީހުގެ ތަޅުދަނޑިއާ ޙަވާލުވެގެން ހުރި ފަރާތުގެ މައްޗަށް ތުހުމަތުކޮށްފައިނުވުމާއި، އަދި ޢަބްދުﷲ ޖިނާޙް
އަޙްމަދުއާ ޙަވާލުކޮށްފައިއޮތް ތަޅުދަނ ޕޯސްޓް އޮފީހާ ރަސްމީކޮށް ޙަވާލުކޮށްފައިވާކަމުގެ ރަސްމީ ލިޔުންތައް
ޝަރީޢަތަށް ހުށަނާޅާ ސިއްރުކޮށްފައިވުމާއި، އަދި ޢަބްދުﷲ ޖިނާޙް އަޙްމަދު އެތަނުގެ ވަޒީފާއިން ވަކިވެ އެތައް
ދުވަހެއް ވީއިރުވެސް ޢަބްދުﷲ ޖިނާޒް އަޙްމަދުއާ ޙަވާލުކުރި ތަޅުދަނޑިއެއް ގެއްލިގެން ނުވަތަ ނުދީގެން
އެއްވެސް ކަހަލަ މުޢާމަލާތެއް ހިނގާފައިނުވާއިރު، ޢަބްދުﷲ ޖިނާޙް އަޙްމަދުގެ އަތުގައި ޕޯސްޓް އޮފީހުގެ
ތަޅުދަނޑިއެއް އޮތްކަމަށް ބުނެފައިވާ ވާހަކައަކީ ކަނޑައެޅިގެން ދޮގު އަދި އެއްގޮތަކަށްވެސް ހަމަނުޖެހޭ
ބުއްދިޤަބޫލުނުކުރެވޭ ވާހަކައެއްކަމުގައިވުމާއި އަދި ވައްކަންކޮށްގެން ޢަބްދުﷲ ޖިނާޙް އަޙްމަދަށް ދިން
-/7000ރ ޢަބްދުﷲ ޖިނާޙް އަޙްމަދަށް ފޮރުވެން ނެތިގެން މީހަކާ ޙަވާލުކުރިކަމަށް ބުނާ ވާހަކައަކީވެސް
ބުލުކުރެވޭ ވާހަކައަކަށް ނުވާތީ، ޢަބްދުﷲ ޖިނާޙް އަޙްމަދުގެ ބޮލުގައި މިނުބައި އިލްޒާމް އެޅުވުމަށްޓަކައި
ދައްކާފައިވާ ވާހަކަތަކަކީ ބުއްދީގެ ހަމަތަކުން ބަލާއިރު ބުއްދިއަށް ޤަބޫލުކުރެވޭނެ ގޮތެއްކަމަށް ބެލުމުގެ
ފުރުޞަތު ނެއްކަމަށްބުނެ ހުށަހެޅި ނުކުތާ.
23xތކތ
()
ބ ފަސްވަނަ ނުކުތާއަކީ، މިފަދަ ބޮޑު ޖިނާޢީ މައްސަލައެއްގައި ހުށަހަޅަންޖެހޭ ސައިންޓިފިކް އަދި
ފޮރެންސިކް ހެކި ނުވަތަ ޤާރީނާ ހުށަހެޅިފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ޅ) ހަވަނަ ނުކުތާއަކީ، ޖިނާއީ މައްސަލައެއް ސާބިތުވާނީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި
ޝަރީޢަތުގައި ސާބިތުވެގެން ކަމުގައިވާއިރު، ޢަބްދުﷲ ޖިނާޒް އަޙްމަދުގެ މައްޗަށް އުފުލިފައިވާ ދަޢުވާގައި
ޝައްކާއި ވަހުމު އޮތުމާއި، އެކަށީގެންވާ ހެކި ނެތުމާއި، ޝަރީޢަތުގައި ޢަބްދުﷲ ޖިނާޒް އަޙްމަދުއާ ދެކޮޅަށް
ހެކިބަސްދީފައިވާ މީހުންގެ ހެކިބަހުގައިވެސް ޝައްކާއި ވަހުމް އޮތުމުން ޖިނާއީ ކުށެއްގެ ދަޢުވާ ޢަބްދުﷲ ޖިނާޙް
އަޙްމަދުގެ މައްޗަށް ސާބިތުވާކަމުގައި ޤަބޫލުކުރެވެން ނެތް ކަމަށްބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2011/HC-A/204
5. މިމައްސަލައާއި ގުޅިގެން ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/D
-
12
-
C/39
ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ނ. ވެލިދޫ އަސްދޫ ޢަބްދުﷲ ޖިނާޙް އަޙްމަދުގެ ފަރާތުން ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/D
-
12
-
C/39
ޤަޟިއްޔާގައި ޢަބްދުﷲ ޖިނާޙު އަޙްމަދު ހިމެނޭގޮތުން ހުށަހެޅިފައިވާ، ޖަމާޢަތް ހަދައިގެން ތަނެއް
ހަލާކުކޮށްލައިގެން، ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދެއްގެ ފައިސާއިން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާއަށް
ޢަބްދުﷲ ޖިނާޙް އަޙްމަދު އިންކާރުކޮށްފައިވާކަން އެގޭކަމާއި،
ހ23 02
ހު
ވާއަށް ޢަބްދުﷲ ޖިނާޙް އަޙްމަދު ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވާއިރު، މިދަޢުވާ
ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް
(ސ.ނ.3725) އިބްރާހީމް ފިރާޝްއާއި، ލާންސް ކޯޕްރަލް (ސ.ނ 2636) މޫސާ މުޢާޛުއާއި، ލާންސް
ކޯޕްރަލް (ސ.ނ 1101) ޢަބްދުﷲ ޝިޔާމްއާއި، ކޯޕްރަލް (ސ.ނ 1641) މުޙައްމަދު އަފްރާޙުއާއި، ކޯޕްރަލް
(ސ.ނ 1743) އަހުމަދު އާތިފްއާއި، އަދި ނ. މަނަދޫ ޝާތީވިލާ ޢަލީ ޝަމީމު ޢުމަރުއާއި
ޝަބްނަމް ސަޢީދު ޙަސަން ކަން، ދައުލަތުގެ ވަކީލް އަލްއުސްތާޛު އަޙުމަދު އާދަމް 2 ޖެނުއަރީ 2011
ވަނަދުވަހު ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނުން އެނގޭކަމެވެ.
ނ. މަނަދޫ
ހ
(ށ) ދެވަނަކަމަކީ، ދައުލަތުގެ ފަރާތުން ހުށަހެޅި، ބަޔާންކުރެވިދިޔަ ހެކިންކުރެ، މަނަދޫ
ޝާތީވިލާ ޢަލީ ޝަމީމު ޢުމަރުގެ ހެކިބަސް ފިޔަވައި އެހެން ހެއްކެއްގެ ހެކިބަސް ޢަބްދު ޖިނާޙް އަޙްމަދާ
އިދިކޮޅަށް ލިބިފައިވާކަމަށް ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/D
-
12
-
C/39 ޤާޟިއްޔާގައި
ފާހަގަކުރައްވާފައިނުވާކަމާއި،
2 ހ42
އެދުވާ
ޢަބްދުﷲ ޖިނާޙް އަޙްމަދުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅުއްވުމުގައި
ރިޢާޔަތްކުރައްވާފައިވަނީ، އެމައްސަލާގައި ލިބިފައިވާކަމަށް ފާހަގަކުރައްވާފައިވާ ގަރީނާތަކުގެ އިތުރުން،
ނ. މަނަދޫ ކަނީރުމާގޭ ޔޫސުފް ވަލީދުއާއި، ނ. މަނަދޫ އަސުރުމާގެ އަޙްމަދު ނަޝީދުއާއި،
ނ. މަނަދޫ
2 /
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2011/HC-A/2[04
ނ. މަނަދޫ
ރެޑްރޯސް ރާޝިދު ޢަބްދުއްރަޙްމާން އާއި، ނ. މަނަދޫ ސާދާމަންޒިލް އިބްރާހީމް ހަނީފް އާއި
ޝާތީވިލާ ޢަލީ ޝަމީމް ޢުމަރުގެ ބަހުގެ މައްޗަށްކަން އެނގޭކަމާއި،
މިފަރާތްތަކަށް ބަލާއިރު، ނ. މަނަދޫ ޝާތީވިލާ ޢަލީ ޝަމީމް ޢުމަރު ފިޔަވައި ދެންތިބި މީހުންނަކީ
މިދަޢުވާއަށް އިޢުތިރާފުވެ މިވައްކަމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާ ފަރާތްތަކެއްކަމަށް ޝަރީޢަތަށް
ސާބިތުވެފައިވާ ފަރާތްތަކެއްކަން ނ. މަނަދޫ ކޯޓުގެ ނަންބަރު 2010/D
-
12
-
C/39 ޤާޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމުން، ޢަބްދުﷲ ޖިނާޒް އަޙްމަދާއި ދެކޮޅަށް މިފަރާތްތަކުން ދީފައިވާ
ހެކިބަހަކީ އޭގެ މައްޗަށް އެކަނި ބިނާކޮށް ޢަބްދުﷲ ޖިނާޒް އަޙްމަދުގެ މައްޗަށް ކުށް ސާބިތުކުރުމަށް
ޤަބޫލުކުރެވޭނެ ހެކިބަހެއްނޫންކަމާއި ޢަބްދުﷲ ޖިނާޒް އަޙްމަދާ އިދިކޮޅަށް މިފަރާތްތަކުން ތަޙުޤީޤާއި ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރިކަމާއި މިގޮތުން، މިވައްކަންކޮށްގެން ނެގި ފައިސާ
ޢަބްދުﷲ ޖިނާޙް އަޙްމަދަށް ދިންމީހަކާއި ދިން ޢަދަދާ، އަދި ތިޖޫރީގެ ތަޅުދަނޑި ދީ ތިޖޫރީގެ ލޮކް ކޯޑު
ކިޔައިދިން ގޮތް މިފަރާތްތަކުން ބަޔާންކުރުމުގައިވެސް ތަފާތުތަކެއް ހުރިކަން ފާހަގަކުރެވޭކަމާއި،
ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ނ. މަނަދޫ ޝާތީވިލާ ޢަލީ ޝަމީމް ޢުމަރުގެ ބަހަށްބަލާއިރު،
ޢަބްދުﷲ ޖިނާޒް އަޙްމަދު ޢަލީ ޝަމީމް ޢުމަރު ގާތު މިވައްކަންކުރިކަމަށް ބުނެފައިވާކަމަށާއި، މިވައްކަމުން
ޢަބްދުﷲ ޖިނާޙް އަޙްމަދަށް ލިބުނު ފައިސާ ރައްކާކޮށްދިނުމަށް އެދިފައިވާކަމަށް ބުނެފައިވީނަމަވެސް، މިބުނުމަކީ
ޢަލީ ޝަމީމް ޢުމަރު އޭނާގެ އަމިއްލަ ޢިލްމެއްގެ މައްޗަށް ބުނެފައިވާ ބުނުމެއްނޫންކަން ފާހަގަކުރެވޭކަމާއި، އަދި
ޢަބްދުﷲ ޖިނާޙް އަޙްމަދު އޭނާގާތު ބުނެފައިވާ ކަމަށް ބުނާބުނުމެ
މިއީ 84ދ
މައްޗަށް ބަލައި ދީފައިވާ
ހެކިބަހެއްކަމާއި، ޢަލީ ޝަމީމް ޢުމަރުގެ މިބަހަށް ޢަބްދުﷲ ޖިނާޒް އަޙްމަދު އިންކާރުކޮށްފައިވާކަން އެނގެން
ބުނުމެއްގެ
xވ 2
4
އޮތްކަމެވެ.
(ނ) ތިންވަނަކަމަކީ، މިވައްކަންކުރުމުގައި ބައިވެރިވިކަމަށް އިޢުތިރާފްވެފައިވާ، ބަޔާންކުރެވިދިޔަ
ފަރާތްތަކުގެ ބަހަށް ބަލާއިރު، މިވައްކަން ކުރުމަށް ޢަބްދުﷲ ޖިނާޙް އަޙްމަދު ނ. މަނަދޫ ޕޯސްޓް އޮފީހުގެ
ތިޖޫރީގެ ތަޅުދަނޑިދީ، ތިޖޫރީގެ ލޮކް ކޯޑު ބުނެދީފައިވާކަމަށް ބުނެފައިވާކަން އެނގޭކަމާއި، މިބުނުމަށް ޢަބްދު
ޖިނާޒް އަޙްމަދު ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގައި އިންކާރުކޮށްފައިވާކަން އެނގެންއޮންނަ ކަމާއި، ޢަބްދު
ޖިނާޙް އަޙްމަދުގެ އަތުގައި ތިޖޫރީގެ ތަޅުދަނޑި، އޭނާ ޕޯސްޓް އޮފީހުގައި ވަޒީފާ އަދާކުރިއިރު އޮތްކަމަށާއި،
އޮތީ އެއްތަޅުދަނޑި ކަމަށާއި، ޕޯސްޓްއޮފީހުގެ ވަޒީފާއިން ޢަބްދުﷲ ޖިނާޒް އަޙްމަދު ވަކިކުރުމާއެކު ތަޅުދަނޑި
XOO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2011/HC-A/2[04
ވާނީ ފުލުހުންގެ ހާޟިރުގައި ނ. އަތޮޅު ޕޯސްޓް އޮފީހުގައި މަސައްކަތް ކުރާ ޢަލީ އަފީފުއާއި ލިޔުމުން
ވާލުކުރެވިފައިކަމަށް ބުނެފައިވާކަން އެނގެންއޮންނަކަމާއި،
މިގޮތުން އެލިޔުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުން
ނަޒަރުކުރިއިރު، އެލިޔުމަކީ ޕޯސްޓް އޮފީހުގެ ތިޖޫރީގައި އެވަގުތު ހުރިކަމަށްބުނާ ތަކެތީގެ ލިސްޓު
ހިމަނައި ތައްޔާރުކޮށްފައިވާ ލިޔުމެއްކަން އެނގޭކަމާއި، އެލިޔުމުގައި ޢަލީ އަފީފް އާއި ޢަބްދު
ޖިނާޙް
ސޮއިކޮށްފައިވާކަން
އިނގެންއޮންނަކަމާއި،
އަދި އެލިޔުމުގައި
[2009
Key and safe handover to Ali Afeef 20 july“ (ތަޅުދަނޑިއާއި ތިޖޫރި 20
ޖުލައި 2009 ގައި ޢަލީ އަފީފް އާ ޙަވާލުކުރެވިފައި)، މިހެން ލިޔެފައިވާކަން އެނގެންއޮންނަކަމާއި،
މިލިޔުމުން، ޢަބްދުﷲ ޖިނާޙު އަޙްމަދު ޢަލީ އަފީފް އާއި ތިޖޫރީގެ ތަޅުދަނޑި ހަވާލުކޮށްފައިވާކަން އެނގޭކަމާއި،
އަޙްމަދު
2
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މިވައްކަން ތަޙުޤީގު ކުރުމަށް
ހުށަހަޅައި ފޮނުއްވި ނަންބަރު 171
/
2009
/
11/CAD
-
MPL (6 ސެޕްޓެމްބަރ 2009) ސިޓީގައި ޢަބްދު
ޖިނާޒް އަޙްމަދުއާއި 2 ތަޅުދަނޑި ޙަވާލުކޮށްފައިވާނެކަމަށް ބުނެފައިވީނަމަވެސް، 20 ޖުލައި 2009 ދުވަހު،
މަތީގައި ދެންނެވިފައިވާ ލިޔުމުން ޢަބްދުﷲ ޖިނާޒް އަޙްމަދު ޢަލީ ޢަފީފް އާއި އެ ތިޖޫރީގެ ތަޅުދަނޑި
ޙަވާލުކޮށްފައިވާއިރު، އެކަމާއި ގުޅިގެން އެއްވެސް ވާހަކައެއް ނުވަތަ ސުވާލުކުރުމެއް ވިއަސް ޢަބްދު ޖިނާޙް
އަޙްމަދުއާއި ނ. އަތޮޅު ޕޯސްޓް އޮފީހުގެ ފަރާތުން ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ވިއަސް
ކޮށްފައިނުވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލާގައި ހިމެނޭ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށް
ބެލުމުން ފާހަގަކުރެވޭކަމާ އެހެންކަމުން، އެތިޖޫރީގެ ތަޅުދަނޑިއެއް ޢަބްދުﷲ ޖިނާޙް އަޙްމަދު އަތުގައި
އޮތްކަމަށް ބެލުމުގައި އެކަށީގެންވާ ޝައްކުތަކެއް ހުރިކަމަށް ފެންނަކަމެވެ.
CAD-MPL111/2009/12
ހަތަރުވަނަ ކަމަކީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ
ނަންބަރު
(09 ސެޕްޓެމްބަރ 2009) ސިޓީއަށް ބަލާއިރު، އެސިޓީގެ 05 ވަނަ
ނަންބަރުގައި "ކުންފުނީގެ އެއްވެސް ތިޖޫރީއެއްގެ ލޮކް ކޯޑް ނުވަތަ ސިކިއުރިޓީ އެއްވެސް ފީޗަރ އެއް
ބަދަލުކުރުމަށް ހަމަޖެހިފައެއް ނުވެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި، އަދި ތިޖޫރި
ބަލަހައްޓަން ހުންނަ މުވައްޒަފަކު ބަދަލުވިކަމުގައި ވީނަމަވެސް ކުންފުނީގެ އެއްވެސް ތިޖޫރީއެއްގެ ލޮކް ކޯޑް
ނުވަތަ ސެކިއުރިޓީ އެއްވެސް ފީޗަރއެއް ބަދަލުކުރުމަށް ހަމަޖެހިފައިނުވާކަމަށް މިމައްސަލައާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2011/HC-A/2[04
ދައުލަތުގެ ފަރާތުން 09 ފެބްރުއަރީ 2012 ދުވަހު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ބުނުމަށް
ބަލާއިރު،
ކުންފުނިތައް ނުވަތަ އޮފީސް ފަދަ ތަންތަނުގައި ބެހެއްޓިފައިވާ އެތަންތަނުގެ ތިޖޫރިއަކީ ފައިސާއާއި،
އަގުހުރި ލިޔުންފަދަ ތަކެތި ރައްކައުކުރުމަށް ބެހެއްޓިފައިވާ އެއްޗެއް ކަމަށްވާއިރު، ތިޖޫރިއާއި ޙަވާލުވެހުރި
ނުވަތަ އެވަގުތަކު އެތަކެތި ބަލަހައްޓަމުން ދިޔަ މުވައްޒަފަކު ބަދަލުވުމާއެކު އެތިޖޫރީއެއްގެ ލޮކް ކޯޑްފަދަ
ސެކިއުރިޓީ ފީޗަރސްތައް ބަދަލުކުރުމަކީ އެތަކެތީގެ ރައްކައުތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭނެކަމަކަށް
ވާއިރު، ތިޖޫރި ބަލަހައްޓާ މުވައްޒަފު ބަދަލުވިޔަސް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ އެއްވެސް ތިޖޫރިއެއްގެ ލޮކް
ކޯޑު ނުވަތަ ސެކިއުރިޓީ އެއްވެސް ފީޗަރއެއް ބަދަލުކުރުމަށް ހަމަޖެހިފައި ނުވާނަމަ އެއީ، އެފަދަ ތަންތަނުގެ
ފައިސާއާއި ތިޖޫރި ބެލެހެއްޓުމުގައި ރައްކާތެރި އަދި ފަރުވާތެރި ގޮތެއްކަމަށް ނުވާނެކަމާއި، އަދި އެއީ، ފަހުން
އެތިޖޫރިއާއި ހަވާލުވެހުރި މުވައްޒަފުގެ ޒިންމާ ކެނޑި، ކުރިން ތިޖޫރި ބެލެހެއްޓި ފަރާތެއްގެ ބޮލުގައި
ޒިންމާއެޅުވުމަށް ގަބޫލުކުރެވޭނެ ވާހަކައެއް ކަމުގައި ނުފެންނަކަމެވެ.
ބި) ފަސްވަނަ ކަމަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވަނީ "އެ މީހަކު
ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ އެ މީހަކީ ކުށެއް
ނެތް މީހަކު ކަމުގައި ބެލުމުގެ ލިބިގެންވެއެވެ." މިފަދައިން ކަމަށްވާއިރު، މިމައްސަލާގައި
ލިބިފައިވާ ހެކި، ޤާރީނާތައް ވަޒަންކޮށް، މިމައްސަލާގެ ކަން ހިނގާފައިވާ ގޮތަށާއި މިމައްސަލައިގެ
ވަށައިގެންވާ ކަންތައްތަކުގެ
މައްޗަށް ބަލާއިރު، ޢަބްދުﷲ ޖިނާޙް އަޙްމަދު ނ. މަނަދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2010/D
-
12
-
C/39 ޤަޟިއްޔާގައި ހުށަހެޅިފައިވާ ވައްކަންކުރުމުގައި ބައިވެރިވެފައިވާކަން
އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތަށް ސާބިތުވާންނެތްކަން ފާހަގަކުރެވެއެވެ.
02 0 0
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިވައްކަން ކުރުމުގައި ވެލިދޫ
އަސްދޫ ޢަބްދުﷲ ޖިނާޙް އަޙްމަދު (A066459) ބައިވެރިވެފައިވާކަން ސާބިތުވާކަމަށް ކަނޑައަޅުއްވައި،
ޢަބްދުﷲ ޖިނާޙް އަޙްމަދު 8 (އަށެއް) އަހަރާ 4 (ހަތަރެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް
ކަނޑައަޅުއްވައި، ނ.
ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/D
-
12
-
C/39 ޤަޟިއްޔާގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2011/HC-A/2[04
ކުރައްވާފައިވާ ޙުކުމުގެ އެބައި، މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، މިމައްސަލަ
ނިންމީއެވެ.
ޤަޟިއްޔާ ބަލައި ނިޔާކަނޑައެޅީ؟
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
އަޙްމަދު ޝަރީފު
(އިސްފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
(ފުނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv