ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/178 ޤަޟިއްޔާގެ ޙުކުމް
1
2[12/HC-A/178
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ހ
s
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރު: 178/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ސާމީ ޢަޤީލް
އައިޑީ
ކާޑު ނަންބަރ: A012688
4
ދާއިމީ އެޑްރެސް: ފ.ރަންގަލި
މިހާރުގެ އެޑްރެސް: ފ.ރަންގަލި
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ސިވިލް ސަރވިސް ކޮމިޝަން
، ދާއިމީ އެޑްރެސް: ވެލާނާބިލްޑިންގ ގެ މާލެ
2
ހުށަހެޅުނު ތާރީޚް: 12 ޖޫން 2012
ނިމުނު ތާރީޚް: 09 މާރޗް 2014
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2012/VTR/6
ނިންމެވި އިދާރާ: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ޤަޟިއްޔާގެ ބާވަތް: ވަޒީފާއާބެހޭ ( ވަޒީފާ ބަދަލުކުރުން)
• ހުށަހެޅުނުތާރީޚް: 11 ޖެނުއަރީ 2012
1 ނިމުނު ތާރީޚް: 14 މާރޗް 2012
:
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު
ޒަކަރިއްޔާ، ފަނޑިޔާރު ޢަލީ ސަމީރު
ޝުޢައިބު ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/178
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/6 މައްސަލަ
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ އެމައްސަލަ
އިސްތިއުނާފުކޮށްދިނުމަށް އެދި، ހ.ރަންގަލި، ސާމީ ޢަޤީލްގެ ފަރާތުން އެމައްސަލަ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ، ސިވިލް ސަރވިސް ކޮމިޝަން
އެވެ.
ފާހަގަކުރެވުނު ނުކުތާ
:19މ.
1- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
2012/VTR/6 މައްސަލައަކީ،
.ރަންގަލި، ސާމީ ޢަޤީލްގެ (A012688) ކ.މާލެ މިނިސްޓްރީ އޮފް ފިނޭސް އެންޑް ޓްރެޜަރީގެ
ޑިރެކްޓަރ ޖެނެރަލްގެ ވަޒީފާ އަދާކުރަމުން އައިސްފައިވަނިކޮށް، އޭނާގެ ނުޤަބޫލުގައި މިނިސްޓްރީ އޮފް
ޓްރާންސްޕްރޯޓް އެންޑް ކޮމިއުނިކޭޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ ވަޒީފާއަށް ބަދަލުކުރުމާ ގުޅިގެން، މާލީ
ގެއްލުންތަކެއް ވެފައިވާކަމަށް ބުނެ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި އޭނާ ހުރި ވަޒީފާގައި
އަލުން ބަހައްޓައިދިނުމުގެ އަމުރެއް ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ނެރެދިނުމަށްއެދި ސާމީ
ޢަޤީލްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެޓްރައިބިއުނަލުން ބައްލަވާފައިވާ
މައްސަލައެއްކަމާއި،
އެމައްސަލަ ނިންމަވާފައިވަނީ،
ސާމީ އަޤީލް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް
ކޮމިއުނިކޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ބަދަލުކޮށްފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނުގެ 67 ވަނަ މާއްދާއާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ 96 ވަނަ މާއްދާގެ (ށ)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
1647
33
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/178
#
ގައިވާގޮތުގެ މަތިންކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާއިރު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ
67 ވަނަ މާއްދާއާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ 96 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހި
ސިވިލް ސަރވިސްގެ އެއް މަޤާމުން އަނެއް މަޤާމަށް ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފަކު
ބަދަލުކުރުމަށް ހުއްދަކުރާފަދަ ޙާލަތެއް މެދުވެރިވެފައިވާކަމަށް މިމައްސަލައިގައި ބުރަވެވެން ނެތްނަމަވެސް،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި ސާމީ އަޤީލް އަދާކުރަމުން ދިޔަ ޑިރެކްޓަރ ޖެނެރަލްގެ
މަޤާމުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އޭނާގެ
ވަޒީފާ ބަދަލުކޮށްފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ ކޮރަޕްޝަންގެ މައްސަލައަކާ
ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީގައި ސާމީ އަޤީލް އަދާކުރަމުން ދިޔަ މަޤާމުގެ
މަސްއޫލިއްޔަތުތަކާއެކު އެ މަޤާމުގައި އޭނާ ބެހެއްޓުމަށް ނުފެންނަކަމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަނުން
ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމާގުޅިގެންކަން އެނގެން އޮވެމެ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން
ބަލާ މައްސަލަތަކުގައި މައްސަލައެއް ބެލުމަށް ފަހު، ކޮރަޕްޝަން މައްސަލައަކީ ހިންގުމުގެ ދާއިރާގައި ހުރި
މައްސަލައެއްގެ ސަބަބުން ދިމާވެފައިވާ ކަމެއްނަމަ، އެ ކޮމިޝަނުގެ ބާރު ހިނގާ ދާއިރާތަކުގެ ތެރޭގައި
ހިމެނޭ މުއައްސަސާއަކަށް، އެކަމެއް އިޞްލާޙުކުރަން .ގުމުގެ އިޚްތިޔާރު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ
ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަންބަރުގެ ދަށުން އެ ކޮމިޝަނަށް ލިބިދޭ ހިނދު، އެންޓި-
ކޮރަޕްޝަން ކޮމިޝަނުން ސާމީ އަޤީލް ހުރި މަޤާމުގައި އޭނާ ބަހަށްޓަން ނުފެންނަކަމަށް ސިވިލް
ސަރވިސް ކޮމިޝަނަށް އެ ހުށަހެޅުން ތަންފީޛުކުރުމުގެ ގޮތުން ސިވިލް ސަރވިސް
ކޮމިޝަނުން އޭނާ މަޤާމު ބަދަލުކުރިކަން އެނގެން އޮތުމުން، ސިވިލް ސަރވިސް ކޮމިޝަނުން ސާމީ އަޤީލް
ވަޒީފާއިން ބަދަލުކުރަން ނިންމި ނިންމުމަކީ، ޤާނޫނާއި ޤަވާޢިދާއި ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅާނެ
ތަނެއް ނެތުމުން، ސާމީ އަޤީލް އެދިފައިވާފަދަ އަމުރެއް މި މައްސަލައިގައި ކުރެވޭނެ ތަނެއް ނެތްކަމަށް
ކަނޑައަޅައި، މި މައްސަލަ ނިންމައިފީމެވެ." މިފަދައިންކަން އެމައްސަލައިގެ މައްސަލަނިމުނު ގޮތުގެ
2 20
4 ވ 22
އެންގެން
22
22 2ތ
ހުށަހެޅުމުން،
ރިޕޯޓުން އެގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/178
02- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/6 މައްސަލަ ނިންމާފައި ވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް ކަމަށްބުނެ، ހ.ރަންގަލި، ސާމީ ޢަޤީލްގެ ފަރާތުން
އިސްތިއުނާފު ކުރުމަށް އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއީ،
ހަމާއްދާގެ
• ފުރަތަމަ ނުކުތާއަކީ، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނުގެ) 67 ވަނަމާއް 1 ގައި ބުނެފައިވާ ގޮތުގެ މަތިން ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކަށް
އިދާރީގޮތުން ބަދަލެއް ގެނެވިފައިނުވާއިރު ބުނެވިދިޔަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓު
އެންޑް ކޮމިއުނިކޭޝަން ވަޒީފާއަށް އިސްތިއުނާފުކުރާ ފަރާތުގެ ވަޒީފާ ބަދަލުކުރި ބަދަލުކުރުމަކީ
ހަވާލާދީފައިވާ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތު އުފަންނުވަނީސް އެމާއްދާގެ މަޤްޞަދާއި، ކަނޑައެޅިގެން
ޚިލާފުވާ ގޮތަށް އެމާއްދާ މާނަކޮށް ޢަމަލުކޮށްފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން މައްސަލައިގެ ޙަޤީގަތުގެ މައްޗަށް
ބައްލަވާ މައްސަލަ ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނުގެ) 85 ވަނަ
މާއްދާގެ ދަށުން އެޓްރައިބިއުނަލުން ރަނގަޅުކަމަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަމަށް ވިދާޅުވެފައިވާއިރު،
ޙަވާލާދީފައިވާ މާއްދާ ތަޠުބީޤް ކުރައްވާފައިވާގޮތް ޤާނޫނީގޮތުން ބަލާއިރު، ރަނގަޅުކަމަށް ނުވާކަމަށްބުނެ
ހުށަހެޅި
ތިންވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 13/2008 (އެންޓިކޮރަޕްޝަން ކޮމިޝަންގެ
ޤާނޫނު) ގެ 25 ވަނަމާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އެންޓިކޮރަޕްޝަން
ކޮމިޝަނަށް ލިބިފައިވަނީ ހަމައެކަނި އެކޮމިޝަންގެ ބާރު ހިނގާ ދާއިރާއެއްގައިވާ މުއައްސަސާއެއްގެ
ހިންގުމުގެ ދާއިރާއެއްގައި ހުރި މައްސަލަ ހައްލުކުރުމަށްކަމަށް އެންގުން ކަމަށްވާއިރު، ވަޒީފާއާބެހޭ
ޓްރައިބިއުނަލުން އިސްވެބުނެވުނު މާއްދާ ތަރުޖަމާކޮށް މާނަކުރުމުގައި އެންޓިކޮރަޕްޝަން ކޮމިޝަންގެ ބާރުގެ
ދާއިރާއެއްގައިވާ މުއައްސަސާއެއްގެ މުވައްޒަފެއްގެ މައްޗަށް އެމާއްދާ ތަންފީޛް ކުރެވިދާނެ ކަމަށް
ކަނޑައަޅުއްވައި އެގޮތުގެ މަތިން އެމާއްދާ މާނަކޮށްތަރުޖަމާކޮށްފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއާއި، ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލްސަރވިސްގެ
UCO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 1
1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2[12/HC-A/178
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤާނޫނުގެ ޚުދޫދުގެ ތެރެއިން ލިބިދީފައިވާ ޤާނޫނީ ރައްކާތެރި ކަމަށް ރިޢާޔަތް ކުރެއްވުމަކާއިނުލައި ވަޒީފާގެ
ޙައްޤުތައް ނިގުޅައިގަނެވޭ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމެވުން ކަމަށްބުނެ ހުށަހެޅި
2 2 22
ކއވާ"
03- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
2012/VTR/6 މައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް
ހ.ރަންގަލި، ސާމީ ޢަޤީލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި
ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/6 މައްސަލައަކީ، ހ.ރަންގަލި،
ސާމީ ޢަޤީލް މިނިސްޓްރީ އޮފް ފިނޭސް އެންޑް ޓްރެޜަރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ވަޒީފާ
އަދާކުރަމުން ދަނިކޮށް އޭނާގެ ނުޤަބޫލުގައި މިނިސްޓްރީ އޮފް ޓްރާންސްޕްރޯޓް އެންޑް ކޮމިއުނިކޭޝަނުގެ
ޑިރެކްޓަރ ޖެނެރަލްގެ ވަޒީފާއަށް ބަދަލުކުރުމާ ގުޅިގެން، މާލީ ގެއްލުންތަކެއް
ވެފައިވާކަމަށް ބުނެ،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި އޭނާ ހުރި ވަޒީފާގައި އަލުން ބަހައްޓައިދިނުމުގެ އަމުރެއް
ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ނެރެދިނުމަށް އެދި ސާމީ ޢަޤީލްގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅުމުން، ސިވިލް ސަރވިސް ކޮމިޝަނުން ސާމީ އަޤީލް ވަޒީފާއިން ބަދަލުކުރަން
ނިންމި ނިންމުމަކީ، ޤާނޫނާއި ޤަވާޢިދާއި ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅާނެ ތަނެއްނެތްކަމަށް
ކަނޑައަޅައި، ސާމީ އަޤީލް އެދިފައިވާފަދަ އަމުރެއް ކުރެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ވަޒީފާއާއިބެހޭ
ޓްރައިބިއުނަލުން ހުކުމްކުރައްވާފައިވާ މައްސަލައެއް ކަމާއި،
ސާމީ ޢަޤީލް މިނިސްޓްރީ އޮފް ފިނޭސް އެންޑް ޓްރެ ޜަރީގައި އަދާކުރަމުންދިޔަ ޑިރެކްޓަރ
ޖެނެރަލްގެ ވަޒީފާއިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
1647
33
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/178
މަޤާމަށް ބަދަލު ކޮށްފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) އަށް
ރިޢާޔަތްކޮށް އަދި ވަޒީފާ ބަދަލުކުރުމަށް މިނިސްޓްރީ އޮފް ޓްރާންސް ޕޯރޓް އެންޑް ކޮމިއުނިކޭޝަނުން
އެދިލައްވާފައިވާތީކަންވެސް ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 2012
/
8/CSC(3) (3 ޖަނަވަރީ
2012) " ވަޒީފާ ބަދަލު ކުރެއްވި ޗިޓް"ން އެނގޭކަމާއި އަދި ސާމީ ޢަޤީލް ބަދަލުކުރެވުނު މަޤާމަކީ އޭނާ
ކުރިން ހުރި މަޤާމާއި އެއް ލެވެލެއްގެ މަޤާމެއްކަން އެލިޔުމުން އެނގެން އޮންނަކަމާއި
ސާމީ ޢަޤީލް މިނިސްޓްރީ އޮފް ފިނޭސް އެންޑް ޓްރެޜަރީގައި އަދާކުރަމުންދިޔަ ވަޒީފާއިން
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ ވަޒީފާއަށް
ބަދަލުކޮށްފައިވަނީ އޭނާ މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް
މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއާއި، އެމައްސަލާގައި އޭނާގެ މައްޗަށް އެކަށީގެންވާ ހެއްކާއި
ޤަރީނާ ލިބިފައިވާ ކަމަށާއި ސާމީ އަޤީލަށް ރައްދުވާގޮތަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ
އެހެން މައްސަލަތަކަށް ބަލާއިރު ސާމީ ޢަޤީލް އަދާކުރަމުން ގެންދާ އެމަޤާމުގެ މަސްޢޫލިއްޔަތުތަކާއެކު
ބެހެއްޓުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ނުފެނުމުގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް
ޓްރެޝަރީ ފިޔަވައި އެހެން ވުޒާރާއަކަށް ސާމީ ޢަޤީލްގެ ވަޒީފާ ބަދަލުކުރަން ފެންނަ ކަމަށް، އެންޓި
ކޮރަޕްޝަން ކޮމިޝަނުން ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމާ ގުޅިގެން، ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނުގެ 67 ވަނަ މާއްދާއާއި ދިވެހި ސިވިލް ސަރވިސް ޤަވާއިދު 2010 ގެ 96 ވަނަ
މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަމަށް ސާމީ ޢަޤީލްގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅި މައްސަލާގެ ޖަވާބުގައި ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވާކަން އެނގެން
4 0
xތ ދ ތ 2
2
ންނަކީ3ވ.
(ށ) އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުޤީޤުކުރެވުނު މައްސަލައަކާއި ގުޅިގެން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ އެންމެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
1647
33
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
2012/HC-A/178
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2c22
އިސްވެރިއެއްގެ މަޤާމުގައިހުރި އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ހ.ރަންގަލި، ސާމީ ޢަޤީލް، މަޤާމުގެ
ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް
ތުހުމަތު ކުރެވޭތީއާއި، އެމައްސަލާގައި ސާމީ ޢަޤީލްގެ މައްޗަށް އެކަށީގެންވާ ހެއްކާ ޤަރީނާ ލީބިފައިވުމާއެކު
މައްސަލައިގެ ބާވަތުންނާއި ސާމީ ޢަޤީލަށް ރައްދުވާގޮތަށް އެކޮމިޝަނުން ބަލަމުންގެންދާ އެހެން
މައްސަލަތަކަށް ބަލާއިރު ސާމީ ޢަޤީލް އަދާކުރަމުންގެންދާ އެމަޤާމުގައި އެމަސްޢޫލިއްޔަތުތަކާއެކު ބެހެއްޓުމަށް
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ނުފެންނާތީ، ޓެންޑަރ އިވެލުއޭޝަން ބޯޑުގެ އެއްވެސް މަސްޢޫލިއްޔަތެއް
އަދާނުކުރެވޭ ގޮތަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ފިޔަވާ އެހެން ވުޒާރާއަކަށް ސާމީ
ޢަޤީލްގެ ވަޒީފާ ބަދަލުކުރުމަށް އެކޮމިޝަނަށް ފެންނަ ކަމަށް ބަޔާންކޮށް އެންޓިކޮރަޕްޝަން ކޮމިޝަންގެ
ފަރާތުން ސިވިލް ސަރވިސްއަށް ސިޓީ ފޮނުވާފައިވާކަން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނަންބަރު
188
/
2011
/
58/B-123 (20 ޑިސެމްބަރ 2011) ލިޔުމުން އެނގެން އޮވެއެވެ.
(ނ) ސާމީ ޢަޤީލް އަދާކުރަމުންދިޔަ ވަޒީފާއިން އެހެން ތަނަކަށް އޭނާ ބަދަލު ކުރެވުނު
ސަބަބު ކަމަށް ވަޒީފާ ބަދަލު ކުރެއްވި ޗިޓް ގައި ބަޔާންކޮށްފައިވާ ސަބަބަކީ، ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ވަޒީފާ ބަދަލުކުރުމަށް މިނިސްޓްރީ އޮފް ޓްރާންސް
ޕޯރޓް އެންޑް ކޮމިއުނިކޭޝަނުން އެދިލައްވާފައިވާތީ ކަމަށް ބަޔާންކޮށްފައިވާ ހިނދު،
އިދާރީ ގޮތުން އޮފީހެއްގެ ހިންގުން ހަރުދަނާކޮށް އެދެވޭ ބަދަލެއް ގެނެވޭނެ ކަމަށް ސިވިލް
ސަރވިސް ކޮމިޝަނަށް ފެނިއްޖެ ހާލަތެއްގައި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 67 ވަނަ
މާއްދާގައިވާ ގޮތުގެ މަތީން މުވައްޒަފަކު އެހެންއޮފީހަކަށް ބަދަލުކުރުމުގެ ބާރު ސިވިލް ސަރވިސް
ކޮމިޝަނުގެ ޤަވާއިދު 2010 ގެ 96 ވަނަ މާއްދާގެ (ނ) ގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނަށް
ލިބިގެންވާކަމާއި، ބުނެވުނު މާއްދާގެ ދަށުން މުވައްޒަފަކު ބަދަލު ކުރެވޭނީ ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތީންކަން މިމާއްދާއިން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/178
404
އިދާރީ ގޮތުން ގެނެވޭ ބަދަލެއްގެ ސަބަބުން ސަރުކާރުގެ އޮފީހެއްގެ ހިންގުމަށް އެދެވޭ
ބަދަލެއް ގެނެވިދާނެ ކަމަށް މިނިސްޓަރަށް ނުވަތަ ޒިންމާދާރު އިސްވެރިއަކަށް ޤަބޫލުކުރެވިގެން ކޮމިޝަނަށް
ހުށަހެޅިއްޖެ ހިނދެއްގައި ސިވިލް ސަރވިސްގައި ވަޒީފާ އަދާ ކުރާ މުވައްޒަފަކު އެއްއޮފީހުން އަނެއް
އޮފީހަށް ބަދަލުކުރެވިދާނެކަމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާކަމާއި
އިސްތިއުނާފު
މައްސަލާގައި
ކަންހިނގާފައިވާ ގޮތަށް ބަލާއިރު ، ސާމީ ޢަޤީލް ސަރުކާރުގެ އެހެން މުވައްސަސާއަކަށް ވަގުތީ ގޮތުން
ބަދަލުކުރެއްވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ލަފާ ދެއްވުމާއި ގުޅިގެން މިނިސްޓްރީ އޮފް
ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ފަރާތުން ސާމީ ޢަޤީލް އެމިނިސްޓްރީއަށް ބަދަލު ކޮށްދެއްވުމަށް
އެދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޕްރމަނަންޓް ސެކްރެޓަރީގެ ފަރާތްޕުޅުން
ސިވިލް ސަރވިސް ކޮމިޝަނުގައި އެދިފައިވާކަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ
ނަންބަރު
188
/
2012
/
01/A-69 ސިޓީއިން އެނގެން އޮންނަކަމާއި ސާމީ ޢަޤީލް އެހެން
މިނިސްޓްރީއަކަށް ބަދަލު ކުރެއްވުމާއިމެދު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އިޢުތިރާސެއް
ނެތްކަންވެސް އެމިނިސްޓްރީގެ ނަންބަރު 69
/
2012
/
1/E-13(02 ޖެނުއަރީ 2012) ގެ ސިޓީން
އެނގޭކަމެވެ.
02c
(ހ) ސާމީ އަޤީލް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެ ޝަރީގައި އަދާކުރަމުން ދިޔަ
ވަޒީފާއިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް
ބަދަލުކޮށްފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި ސާމީ އަޤީލް އަދާކުރަމުން ދިޔަ މަޤާމުގެ
މަސްއޫލިއްޔަތުތަކާއެކު އެ މަޤާމުގައި އޭނާ ބެހެއްޓުމަށް ނުފެންނަކަމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަނުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2[12/HC-A/178
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމާގުޅިގެންކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި މައްސަލައާއި
ގުޅިގެން ޝަރީޢަތަށް ދީފައިވާ ބަޔާންތަކުންވެސް އެނގެން އޮތް ހިނދު،
އަނެއް
އެންޓި-ކޮރަޕްޝަން ކޮމިޝަނުން މައްސަލައެއް ބަލައި ނިންމުމަށްފަހު ޢަމަލުކުރަންވާނީ ޤާނޫނު
ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ކަމާއި އެގޮތުން، ފުރަތަމަ ގޮތަކީ، އެ މައްސަލައަކީ
ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްނަމަ، އެ މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް
އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މައްސަލަ ނިންމުން ކަން އެމާއްދާގެ (ހ) ގެ (1) އިން
އެނގޭކަމާއި، ގޮތަކީ އެމައްސަލައަކީ ކޮރަޕްޝަންގެ މައްސަލައެއް އެކުލެވިގެންވާ
މައްސަލައަކަށްވެފައި، ޝަރީޢަތަށް ހުށަހަޅައިގެން ސާބިތުކުރެވޭވަރުގެ އެކަށީގެންވާ ހެއްކާއި ޤަރީނާ
ހުރިކަމަށް ކޮމިޝަނަށް ޤަބޫލުކުރެވޭނަމަ، އެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް
ފޮނުވުންކަން އެމާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމާއި އަދި މީގެ އިތުރުން، އެ
މައްސަލައަކީ އެ ޤާނޫނުގެ (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) 24 ވަނަ މާއްދާގައިވާ
މުއައްސަސާއެއްގެ
ބައެއްގެ ހިންގުމުގެ ދާއިރާގައި ހުރި މައްސަލައެއްގެ ސަބަބުން
ބުން ދިމާވެފައިވާ ކަމެއްނަމަ، އެކަން
އިޞްލާޙުކުރަން އެމުއައްސަސާއަކަށް އެންގުމުގެ ބާރު އެކޮމިޝަނަށް ލިބިގެންވާކަންވެސް
ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާން ކުރެވިފައިވާކަން އެނގޭކަމާއި
ހ ވ މ 24
3
ހ2 0
xތ
19ކށް
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބާރު ހިންގާ ދާއިރާކަމަށް އެޤާނޫނުގެ 24 ވަނަ
މާއްދާގެ (ހ) ގައި ވެރިކަން ހިންގުމުގެ ބާރުގެ އެންމެހާ މުއައްސަސާތަކާއި އެމުއައްސަސާތަކުގެ އެންމެހާ
މުވައްޒަފުންކަމަށް ބަޔާންކޮށްފައިވާކަމާއި އަދި އެމާއްދާގެ (އ) ގައި އެޤާނޫނުގެ ދަށުން ނުވަތަ އެހެން
ޤާނޫނެއް
ލެއްގެ ދަށުންވެސް ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމަށްޓަކައި އެޤާނޫނުގެ ދަށުން ކޮމިޝަނުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2012/HC-A/178
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތަޙުޤީގުކުރާ އެއްވެސް މައްސަލައަކާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކާއި، އެމުއައްސަސާތަކުގެ
އެންމެހައި މުވައްޒަފުންވެސް އެކޮމިޝަނުގެ ބާރު ހިނގާ ދާއިރާގައި ހިމެނޭ ކަމާއި
ސާމީ ޢަޤީލް ވަޒީފާ އަދާކުރަމުން ދިޔަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަކީ
ވެރިކަންހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ސަރުކާރުގެ މިނިސްޓްރީއެއްކަމާއި
4 22
ސަރުކާރުގެ މިނިސްޓްރީ ތަކުގައި ވަޒީފާއަދާ ކުރާ މުވައްޒަފުންނަކީ ދިވެހި ސިވިލް ސަރވިސްގެ
މުވައްޒަފުން ކަމާއި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި އެއްވަޒީފާއިން އަނެއް
ވަޒީފާއަށް ބަދަލު ކުރުމާއި ވަޒީފާއިން ވަކިކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވާ ފަރާތަކީ ސިވިލް
ސަރވިސް ކޮމިޝަން ކަމަށް ސިވިލް ސަރވިސްގެ ޤާނޫނު 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި
4 22
އެހެންކަމުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފަކުކުރާ ޢަމަލަކާއި ގުޅިގެން ފިޔަވަޅު
އަޅަންޖެހޭ ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަންކަން އެނގޭކަމާއި މިނިސްޓްރީ އޮފް ފިނޭންސް
އެންޑް ޓްރެޜަރީއަކީ ސިވިލް ސަރވިސްގެ ޤާނޫނުގެ ބާރު ހިނގާ ސަރުކާރު އޮފީހެއް ކަމަށްވާއިރު
އެމިނިސްޓްރީގެ ކަމެއް އިސްލާޙްކުރުމަށް ނުވަތަ ފިޔަވަޅުއެޅުމަށް އަންގަންޖެހޭ ފަރާތަކީ ސިވިލް ސަރވިސް
ކޮމިޝަން
ޝަން ކަން އެނގޭކަމާއި އަދި ދިވެހި ސިވިލް ސަރވިސްގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ބަލައި،
އެކަމެއް އިސްލާޚުކުރަން އެންގުމުގެ އިޚްތިޔާރު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިފައިވާކަންވެސް
އެނގެން އޮވެއެވެ.
ވީމާ އިސްވެބަޔާން ކުރެވުނު އެންމެހާކަންކަން އެގޮތަށް ހުރުމާއެކު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ
ނަންބަރު 2012/VTR/6 މައްސަލާގައި އެޓްރައިބިއުނަލުގެ ނިންމެވުމަށް
ބަދަލުގެންނަންޖެހޭ ސަބަބެއް
އޮތް ކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް
ނުފެނެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/178
ޙުކުމް:
19ނނށ ޒ
ދެންފަހެ އިސްވެދިޔަ ނުކުތާ ތަކުގައި ކުރެވުނު ކަންކަން ބަޔާންވެދިޔަ ގޮތަށް
ހުރުމާއެކު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/6 މައްސަލާގައި އެޓްރައިބިއުނަލުގެ
ނިންމެވުމަށް ބަދަލުގެންނަން ޝަރުޢީ ނުވަތަ ޤާނޫނީ ވިއަސް ސަބަބެއްނެތް ކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި މައްސަލަ
ނިންމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv