ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/275 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/275
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 275/HC
-
A/2009
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކާޑު ނަންބަރު:
ދާއިމީ އެޑްރެސް:-
މިހާރުގެ އެޑްރެސް:.
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އަޙްމަދު ޝަހީމް
* ދާއިމީ އެޑްރެސް: ވާރިޔާ ބ.އޭދަފުށި
އައިޑީ ކާޑު ނަންބަރު: 063519-A
* މިހާރުގެ އެޑްރެސް: ވާރިޔާ/ބ.އޭދަފުށި
• ރަޖިސްޓްރީ ތާރީޚް: 12 ރަމަޟާން 1430
02 ސެޕްޓެމްބަރ 2009
* ނިމުނު ތާރީޚް: 29 ރަބީޢުލްއައްވަލު 1433
21 ފެބްރުއަރީ
2012
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ބ.އޭދަފުށީ ކޯޓުގެ ނަންބަރު: 2009/F10C/20
ފަރާތް: ބ.އޭދަފުށީ ކޯޓު
• މައްސަލައިގެ ބާވަތް: އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުން
ހުށަހެޅި ތާރީޚް: 2009-07.06
ނިމުނު ތާރީޚް: 2009-09.06
:
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
އިސްފަނޑިޔާރު އަޙުމަދު ޝަރީފް
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2009/HC-A/275
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ:
މިއީ، ބ.އޭދަފުށީ ކޯޓުގެ ނަންބަރު 2009/F10C/20 ޤަޟިއްޔާ، އެކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ބ.އޭދަފުށީވާރިޔާ އަޙްމަދު ޝަހީމްއެވެ.
(l
20F10C/2009
ޤަޟިއްޔާއަކީ
• ފާހަގަކުރެވުނު ނުކުތާތައް:
އިސްތިއުނާފުކުރެވޭ ބ.އޭދަފުށީ ކޯޓުގެ ނަންބަރު
ބ.އޭދަފުށި ވާރިޔާ އަޙްމަދު ޝަހީމް 10 ސެޕްޓެމްބަރ 2008 ވަނަ ދުވަހު ހަވީރު 17:30
އެހާކަންހާއިރު، ރަޖިސްޓްރީ ނަންބަރު ސީ ބީ1 އޭ ޕީ 4307 ކާރުގައި ބ.އޭދަފުށީ އުތުރުފަރާތު އަތިރިމަތިން
އިރުން ހުޅަނގަށް ބާރު ސްޕީޑުގައި ދުއްވާފައިގޮސް ބ.އޭދަފުށީ އަތިރިމަތީގައި ޓްރެފިކް ބެލެހެއްޓުމުގައި
ހަރަކާތްތެރިވި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލ.ކޯޕްރަލް ޢަލީ ރާޝިދުގެ ގައިގާ މީނާ ދުއްވި ކާރުންޖެހި
އެކްސިޑެންޓް ވެފައިވާތީ، ޤާނޫނު ނަންބަރު 05/2009 (އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު) ގެ 60 ވަނަ
މާއްދާގެ (ނ) ގެ ދަށުން އަޙްމަދު ޝަހީމްގެ މައްޗަށް އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވިކަމުގެ
ކުށުގެ ދަޢުވާ ދައުލަތުން ކުރައްވާފައިވާތީ، ބ.އޭދަފުށީ ކޯޓުން ބެއްލެވި ޤާޟިއްޔާ އެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ، ބ.އޭދަފުށިވާރިޔާ އަޙްމަދު ޝަހީމްގެ
މައްޗަށް އިންޖީނުލީ އެއްގަމުގައި ދުއްވާ އެއްޗެއް ނުރައްކާތެރި ގޮތަކަށް ދުއްވައިގެން އެއްގަމު ދަތުރުފަތުރުގެ
ޤާނޫނު 5/2009 ގެ 60 ވަނަ މާއްދާގެ (ނ) ގެ ދަށުން ކުރައްވާ ދަޢުވާއަށް ދަޢުވާލިބޭ އަޙްމަދު ޝަހީމް
ދަޢުވާގެ އަސްލަށް އިންކާރުކުރުމުން ދަޢުވާ ޘާބިތުކުރުމަށް ދެއްކި އެއްވެސް ހެއްކެއްގެ ބަހުން ނުރައްކާތެރިކޮށް
ދުއްވާފައިގޮސް ޓްރެފިކް ބަލަހައްޓަން އޭދަފުށީގައި ތިބި 2 ފުލުހުންކުރެ ފުލުހެއްގެ ގައިގާ އަޙްމަދު ޝަހީމް
ދުއްވި ކާރުން ޖެހިފައިވާކަން އެނގެން ނެތްކަމަށާ، 10 ސެޕްޓެމްބަރ 2008 ދުވަހު 10:30 ހާއިރު އޭދަފުށީ
އަތިރިމަތީގެ އެއްކޮޅުން އަނެއް ކޮޅަށް ބާރު ސްޕީޑެއްގައި އަޙްމަދު ޝަހީމް ކާރު ދުއްވިކަން އެނގެން އޮތް
ނަމަވެސް ނުރައްކާތެރި ގޮތަކަށް ދުއްވާފައިގޮސް ލ.ކޯޕްރަލް ޢަލީ ރާޝިދުގެ ގައިގާ އަޙްމަދު ޝަހީމް ދުއްވި
ކާރުން ޖެއްސިކަން ޝަރީޢަތަށް ޘާބިތުވާފަދަ ގޮތަކަށް ހެކިބަސް ލިބިފައި ނުވާކަމަށާ، ދަޢުވާ ޘާބިތުކުރުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2009/HC-A/275
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދެއްކި ހެކީންކުރެ 3 މީހުންގެ ބަހުން އަޙްމަދު ޝަހީމް ދުއްވި ކާރު މަޑުކުރުމަށް ފުލުހުން އެންގި އެންގުމަށް
ކާރު މަޑުކުރިކަމާ، މިގޮތަށް މަޑުކޮށްލާފައި ކާރު ދުއްވާލާ ފުލުހުންގެ ކައިރިއަށް ގޮސް ކާރުގެ ބުރެކި ޖެއްސި
ވަގުތު ކާރުގެ ކުރީކޮޅުން ލ.ކޯޕްރަލް ޢަލީ ރާޝިދުގެ ކަކުލާ ހިސާބުގައި ޖެހި އެވަގުތު ކާރުގެ ބޮނެޓް މައްޗަށް
ޢަލީ ރާޝިދު ވެއްޓުނުކަން އެނގެން އޮތުމާ، ޢަލީ ރާޝިދުގެ ބަޔާނުންވެސް ކާރުގެ ކުރީކޮޅުން ޢަލީ ރާޝިދުގެ
ކަކުލާ
ކިލާ ދިމާލުގައި ޖެހި ކާރުގެ ބޮނެޓް މައްޗަށް ވެއްޓުނުކަމާ، މިކަމުން އެއްވެސް ކަހަލަ އަނިޔާއެއް ގެއްލުމެއް
ލިބިފައިނުވާކަމަށާ، މިކަމާމެދު ދަޢުވާ ކުރަން ބޭނުންކަމަށް ތަޙްޤީޤުގެ މަރުޙަލާގައި ބުނެފައިވިޔަސް
މިމައްސަލާގައި އެއްވެސް ގޮތަކުން އަޙްމަދު ޝަހީމްގެ މައްޗަށް ދަޢުވާކުރަން ބޭނުންނޫންކަމަށް ޝަރީޢަތުގެ
މަޖިލީހުގައި ޢަލީ ރާޝިދު ބުނެފައިވާކަމަށްޓަކައި، އަޙްމަދު ޝަހީމްގެ މައްޗަށް ދަޢުލަތުން ކުރެއްވި ދަޢުވާ
ޘާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
(2
ބ.އޭދަފުށީ ކޯޓުގެ ނަންބަރު 2009/F10C/20 ޤަޟިއްޔާ، އެކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ހުށަހެޅި މައިގަނޑު ނުކުތާއަކީ ބ.އޭދަފުށިވާރިޔާ އަޙްމަދު ޝަހީމް ދުއްވި ރަޖިސްޓަރީ ނަންބަރު ސީ :1 އޭ
4307 ކާރުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް ޢަލީ ރާޝިދުގެ ގައިގާ ޖެހުނީ،
އަޙްމަދު ޝަހީމް، ބ.އޭދަފުށީ އުތުރު ފަރާތު އަތިރިމަތިން އިރުން ހުޅަނގަށް ބާރު ސްޕީޑްގައި ކާރު
ދުއްވާފައިދަނިކޮށް، އެވަގުތު އެތަނުގައި ޓްރެފިކް ބެލެހެއްޓުމުގައި ޙަރަކާތްތެރިވި ފުލުހުންގެ ބޭކަލުން މީނާގާތު
އެންގުމުން ކާރު މަޑުކުރުމަށްފަހު، މީނާ ކުއްލިއަކަށް ވަރަށް ބާރު ސްޕީޑެއްގައި ފުލުހުންގެ
ބޭކަލުންނާ ދިމާއަށް ކާރު ދުއްވާފައިގޮސް ފުލުހުންގެ ބޭކަލުންގެ ކައިރިއަށް މަޑުކުރަން އުޅުމުގެ ތެރޭގައިކަން،
ހެކިންގެ ހެކިބަހުން އެގެން އޮތްއިރުވެސް، އެކަންކަމަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
(3
މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ޖިނާއީ ކޯޓުގެ ނަންބަރު 2009/F10C/20 ޤަޟިއްޔާގެ ޝަރީޢަތް
2 0 0
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2009/HC-A/275
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
4307
އަޙްމަދު ޝަހީމް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނުގައި،
އަޙްމަދު ޝަހީމް 10 ސެޕްޓެމްބަރ 2008 ދުވަހު ރަޖިސްޓްރީ ނަންބަރު ސީ ބީ
1 އޭ
ޕީ
ކާރު ބ.އޭދަފުށީ އުތުރު ފަރާތު އަތިރިމަތިން އިރުން ހުޅަނގަށް ގާތްގަނޑަކަށް 10 ކިލޯމީޓަރު ބާރު
މިނުގައި ދުއްވާފައި ދަނިކޮށް ބ.އަތޮޅު އޮފީހާއި ކައިރީގައި މަގުމަތީގައި ޓްރެފިކް ބަލަހައްޓަން ތިބި ދެ
ފުލުހުންގެ ތެރެއިން ލ.ކޯޕްރަލް ޢަލީ ރާޝިދު (ބ.އޭދަފުށި/ކަޝްމީރު) އަޙްމަދު ޝަހީމް ދުއްވަމުން ދިޔަ
ކާރުގެ ކުރި މައްޗަށް އަރާ ކާރާއި ދިމާއަށް އަތްހަނައަޅާފައި މަޑުކުރުމަށް ބުނުމުން، އެއިރު އަޙްމަދު
ޝަހީމްއިން ކާރާއި ޢަލީ ރާޝީދުއާ ދެމެދު 10 ވަރަކަށް ފޫޓުހުރިކަމަށާއި، ޢަލީ ރަޝީދު މަޑުކުރާށޭ
ބުނުމުން ވަގުތުން އަޙްމަދު ޝަހީމް މަޑުކުރިކަމަށާއި އަދި ކާރު މަޑުކުރި ވަގުތު ޢަލީ ރަޝީދުގެ
ގައިގައި ކާރުން ޖެހިފައިނުވާނެކަމަށް އަޙްމަދު ޝަހީމް ބުނެފައިވީނަމަވެސް،
ބ.ކިހާދޫ(ކީރަންމާގެ ޢަލީ މުޢާޛް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ
ބަޔާނުގައި ރަޖިސްޓްރީ ނަންބަރު ސީ
ކާރު ދުއްވާފައި ދަނިކޮށް އެ ކާރު
ހުއްޓުވުމަށް ފުލުހުންގެ ދެ މީހުން އަތްމައްޗަށް ނަގައިގެންހުރިކަމަށާއި، އެއިރު ކާރާއި ފުލުހުންނާއި
ދެމެދު ގާތްގަނޑަކަށް 10 ވަރަކަށް ފޫޓު ހުންނާނެކަމަށާއި، ފުލުހުން އަތް ނެގުމުން ކާރު ފުރަތަމަ
މަޑުކޮށްލިކަމަށާއި، އެއަށްފަހު ކުއްލިއަކަށް ވަރަށް ބާރު ސްޕީޑެއްގައި ކާރު ދުއްވާފައި އައިސް އެތަނުގައި
ތިބި ފުލުހުންގެ ދެ މީހުންނާއި ވަރަށް ކައިރިއަށް ގޮސްފައި ކުއްލިއަކަށް ބުރަކި ޖައްސާފައިވާކަމަށާއި،
އެ ވަގުތު އެކާރުގެ ކުރީކޮޅުން، ކޮންމެވެސް އެއް ފުލުހެއްގެ ކަކުލާއި ވީ ހިސާބުގައި ޖެހިފައި
ކުއްލިއަކަށް އޭނާ ބޮނެޓު މައްޗަށް ވެއްޓުނުކަމަށާއި، ވެއްޓުނު ވަގުތު އޭނާގެ ދެއަތް ކާރުގެ ބޮނެޓް
މަތީގައި ޖެހިފައި ހަމަ އެވަގުތު އޭނާ ބޮނެޓްމަތިން ތެދުވިކަމަށާއި، މި މަންޒަރު ޢަލީ މުޢާޛުއަށް
ފެނިފައިވަނީ އެ ކާރާއި ގާތްގަނޑަކަށް 10 ވަރަކަށް ފޫޓު ކައިރިންކަމަށް ބުނެފައިވާ ކަމާއި،
ބ.ކިހާދޫލިލީއާގެ ޢަބްދުﷲ ފައިޞަލް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ދީފައިވާ ބަޔާނުގައި، އިސްވެ ބުނެވުނު ކާރު އެ ދުވަހު ދުއްވާފައި ދަނިކޮށް ޓްރެފިކް ބަލަން ތިބި
l
4307
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
2009/HC-A275
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފުލުހުނާއި ގާތްގަނޑަކަށް 20 ފޫޓާއި ކައިރިވެފައި ވަނިކޮށް ކާރު ހުއްޓުވުމަށްޓަކައި ފުލުހުން
އަތްނާގާފައި މަޑުކުރުމަށް ބުނެފައިވާކަމަށާއި، ކާރު ދުއްވާފައި އައިސް ފުރަތަމަ ފުލުހުންނާއި
ގާތްގަނޑަކަށް 5 ވަރަކަށް ފޫޓު މަޑުކުރިކަމަށާއި، އެއަށް ފަހު ކުއްލިއަކަށް ވަރަށް ބާރު ސްޕީޑެއްގައި
އައިސް އެތާ ތިބި ދެ ފުލުހުން ކުރެ ޢަލީ ރަޝީދު ކައިރިއަށް އައިސް ކުއްލިއަކަށް ބުރަކި
ޖެއްސިކަމަށާއި، އެވަގުތު އެ ކާރުގެ ކުރީކޮޅުން ޢަލީ ރަޝީދުގެ ފައިގެ ކަށިމަތީގައި ޖެހިފައި
ކުއްލިއަކަށް އޭނާ ބޮނެޓު މައްޗަށް ވެއްޓުނުކަމަށާއި، ވެއްޓުނު ވަގުތު އޭނާގެ ދެއަތް ކާރުގެ ބޮނެޓު
މަތީގައި ޖެހިފައި ހަމަ އެ ވަގުތު އޭނާ ތެދުވިކަމަށާއި، ޢަބްދުﷲ ފައިޞަލްއަށް މި މަންޒަރު ފެނިފައިވަނީ
ގާތްގަނޑަކަށް 15 ވަރަކަށް ފޫޓުކައިރިން ކަމަށް ބުނެފައިވާކަމާއި،
ބ.ކިހާދޫޑޯރެންސީވިލާ އިބްރާހީމް ފަޟީލް މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ދީފައިވާ ބަޔާނުގައި، ފުލުހުން ކާރު ހުއްޓުވުމަށްޓަކައި އެ ކާރު ފުލުހުންނާއި
ގާތްގަނޑަކަށް 50 ވަރަކަށް ފޫޓު ދުރުގައި އޮއްވާ ފުލުހުން ކާރާއި ދިމާއަށް އަތް ނަގާފައި މަޑުކުރާށޭ
ބުނި ކަމަށާއި، ކާރު ދުއްވާފައި އައިސް ފުލުހުންނާއި ގާތްގަނޑަކަށް 15 ވަރަކަށް ފޫޓު ކައިރިއަށް
އައިސް ތަންކޮޅެއް މަޑުކޮށްލިކަމަށާއި، އެއަށް ފަހު ކުއްލިއަކަށް ވަރަށް ބާރު ސްޕީޑެއްގައި ކާރު
ދުއްވާފައި އައިސް އެތަނުގައި ތިބި ފުލުހުންގެ ތެރެއިން ޢަލީ ރަޝީދުއާއި ވަރަށް ކައިރިއަށް ގޮސްފައި
ކުއްލިއަކަށް ބުރަކި ޖައްސާފައިވާކަމަށާއި، އެވަގުތު އެކާރުގެ ކުރީކޮޅު ޢަލީ ރާޝިދުގެ ކަކުލާއި ވީ
ހިސާބުގައި ޖެހިފައި ކުއްލިއަކަށް އޭނާ ކާރުގެ ބޮނެޓު މައްޗަށް ވެއްޓުނުކަމަށާއި، ވެއްޓުނު ވަގުތު އޭނާގެ
ދެއަތް ކާރުގެ ބޮނެޓު މަތީގައި ޖެހިފައި ހަމަ އެވަގުތު އޭނާ ތެދުވިކަމަށާއި، އިބްރާހީމް ފަޟީލްއަށް މި
މަންޒަރު ފެނިފައިވަނީ ގާތްގަނޑަކަށް 10 ވަރަކަށް ފޫޓު ކައިރިން ކަމަށް ބުނެފައިވާކަން އެނގެން
4 **
އަޅައެވެ"
l
އޭ
ބ.އޭދަފުށި/ކަޝްމީރު ޢަލީ ރާޝިދު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ދީފައިވާ ބަޔާނުގައި،
ރަޖިސްޓްރީ ނަންބަރު ސީ ބީ
4307 ކާރުގައި އަޙްމަދު ޝަހީމް
ހުޅަނގުން އިރަށް ވަރަށް ބާރަށް ދުއްވާފައި ދިޔަކަމަށާއި، އޭނާ ކާރު ދުއްވާފައި ދިޔައީ ގަޑިއަކު 40
ކިލޯމީޓަރަށް ވުރެ ބާރު ސްޕީޑެއްގައިކަން ޢަލީ ރާޝިދަށް ޔަޤީންވާކަމަށާއި، އެ ކާރު ދުއްވި މަގުގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2009/HC-A275
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކޮޅަށް ގޮސް އަނބުރާލާފައި ހަމަ އެ މަގުން ގާތްގަނޑަކަށް ކުރިން ބުނެވުނު ސްޕީޑުގައި އަތިރިމަތިން
ލާފައި އިރުން ހުޅަނގަށް ދުއްވާފައި އައިކަމަށާއި، އެ ކާރު ޢަލީ ރާޝިދާއި ގާތްގަނޑަކަށް 50 ފޫޓު
ކައިރިވެފައިވަނިކޮށް، ކާރު ހުއްޓުވުމަށްޓަކައި ކާރާއި ދިމާ ކުރިމައްޗަށްވާ ގޮތަށް މަގުގެ މެދަށް ނިކުމެ
ކާރާއި ދިމާއަށް އަތް ނަގާފައި މަޑުކުރުމަށް ޢަލީ ރާޝިދު އެންގިކަމަށާއި، ކާރު ދުއްވާފައި އައި ގޮތަށް
އައިސް ޢަލީ ރާޝިދާއި ގާތްގަނޑަކަށް 15 ވަރަކަށް ފޫޓު ކައިރިއަށް އައިސްފައި މަޑުކޮށްލިކަމަށާއި،
އެއަށްފަހު ކުއްލިއަކަށް ވަރަށް ބާރު ސްޕީޑެއްގައި ކާރު ދުއްވާފައި ޢަލީ ރާޝިދާއި ވަރަށް ކައިރިއަށް
އައިސްފައި ކުއްލިއަކަށް ބުރަކި ޖެއްސިކަމަށާއި، އެ ވަގުތު އެ ކާރުގެ ކުރީކޮޅުން ޢަލީ ރާޝިދުގެ
ކަކުލާއި ވީހިސާބުން ޖެހިފައި، ކުއްލިއަކަށް ޢަލީ ރާޝިދު ބޮނެޓު މައްޗަށް ވެއްޓުނުކަމަށާއި، އަދި
އެވަގުތު އޭނާގެ ދެ އަތް ކާރުގެ ބޮނެޓު މަތީގައި ޖެހުނުކަމަށާއި، އެހެންނަމަވެސް އެއްވެސް ގެއްލުމެއް
ލިބިފައިނުވާކަން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
22 ހ2
ނަށް
ޤާނޫނު ނަންބަރު 05/2009 (އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު) ގެ 60
ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިދާފަދަ
ގޮތެއްގައި އުޅަނދު ދުއްވި މީހެއްގެ އަދަބަކީ 1 (އެކެއް) އަހަރާއި 2 (ދޭއް) އަހަރާ ދެމެދުގެ
މުއްދަތަކަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުންކަމަށްވީއިރު،
އިސްވެ ބުނެވުނު މާއްދާގެ ދަށުން ކުށް ސާބިތުކުރުމަށްޓަކައި މީހެއްގެ
ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބުނުކަން ޝަރީޢަތަށް ސާބިތުކުރަންނުޖެހޭކަމާއި، އިސްވެ
ބުނެވުނު މާއްދާގެ ބޭނުމަށްޓަކައި އެ މާއްދާގެ ދަށުން ކުށެއް ސާބިތުވާނީ މީހެއްގެ ހަށިގަނޑަށް ނުވަތަ
ފުރާނައަށް ގެއްލުމެއް ލިބިދާފަދަ ގޮތެއްގައި އުޅަނދެއް އެމާއްދާއިން ސަރީޙަކޮށް
އެނގެންއޮންނަކަމާއި،
މިގޮތުން، މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިދާފަދަ
ގޮތަކަށް ތުހުމަތުކުރެވޭ މީހާ އުޅަނދު ދުއްވިކަން ކަނޑައެޅުމަށްޓަކައި، ޝަރީޢަތުން ކަނޑައަޅަންޖެހޭނީ
އާދައިގެ ފަރުދެއް (reasonable man) ގެ ނަޒަރުގައި ތުހުމަތުކުރެވޭ މީހާ ދުއްވާފައި ދިޔަގޮތަކީ
ނުރައްކާތެރި ގޮތެއް ކަމަށް އޭނާއަށް ޤަބޫލުކުރެވޭކަން ނުވަތަ ނޫންކަން، އަދި އެގޮތަށް ދުއްވާފައި
22
2
4 ވ 2
ދުވަމުންކަން
ތިއެތިރާއްa
ބާޠީބޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2009/HC-A/275
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
27 ހއ
ނޫންކަމާއި،
ދިޔުމުން މީހަކަށް ގެއްލުން ލިބިމުގެ އިޙްތިމާލު (possibility) އޮތްކަން ޤަބޫލުކުރެވުންކަމާއި،
މިގޮތުން، ކަނޑައެޅިގެން ނުރައްކާތެރިގޮތަކަށް ދުއްވުމަކީ ކޮންމެހެން އުޅަނދު ދުއްވުމަށް ހުއްދަ
ކުރެވިފައިވާ ދުވެއްޔަށްވުރެ ބާރު ދުވެއްޔެއްގައި ދުއްވުން ނެކަމާއި ހުއްދަ ކުރެވިފައިވާ
ދުވެއްޔެއްގައިވެސް، ކިތަންމެ މަޑުންނަމަވެސް ނުރައްކާތެރި ގޮތަކަށް މީހެއްގެ ހަށިގަނޑަށް ނުވަތަ
ފުރާނައަށް ގެއްލުމެއް ލިބިދާފަދަގޮތަކަށް ދުއްވިދާނެކަމާއި، އޭގެ މިސާލެއްގެ ގޮތުން، މިމައްސަލައިގެ
ޙާދިސާއަށް ބަލާއިރު، ބާރު ދުވެއްޔެއްގައި ދުއްވާފައި އައިސް 10 ފޫޓު ދުރުގައި މަޑުކޮށްފައި އޮންނަ
އުޅަނދެއް، ކުއްލިއަކަށް ދުވެލި ބާރުކޮށްލާފައި މީހަކަށް ބިރު ދެއްކުމުގެ ގޮތުން ނުވަތަ ޖެއްސުންކުރުމުގެ
ގޮތުން މީހެއްގެ ގަޔާއި ދިމާއަށް ދުއްވާފައިގޮސް އެންމެ ފަހު ވަގުތު ބުރަކި ޖައްސާއިރުގައި، ކާރުގެ
ދުވެލި ހުއްދަ ކުރެވިފައިވާ ދުވެލީގެ ތެރޭގައި ހުރުން އެކަށީގެންވާކަމާއި، އެހެންނަމަވެސް އެގޮތަށް
ދުއްވާފައި ދިޔަ ދިޔުންވާނީ ނުރައްކާތެރިކޮށް ދުއްވި ދެއްވުމެއްކަމަށާއި، އެހެންކަމުން މީހެއްގެ
ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިދާފަދަ ގޮތަކަށް އުޅަނދެއް ދުއްވުމާއި، އެ އުޅަނދު
ދުއްވާފައި ދިޔަ ދުވެއްޔާއި ކޮންމެހެން ގުޅުމެއް އޮންނަންޖެހޭ ކަމަކަށް، އަދި އެފަދައިން ދުއްވައިގެން
މީހަކަށް ކަނޑައެޅިގެން ގެއްލުމެއް ލިބުން ކޮންމެހެން ލާޒިމް ނޫންކަމަށް މައްސަލަބެލި ފަނޑިޔާރުންނަށް
ޤަބޫލުކުރެވުނުހިނދު،
ބ.ކިހާދޫކީރަންމާގެ ޢަލީ މުޢާޛުއާއި، ބ.ކިހާދޫ ލިލީއާގެ ޢަބްދު
ފައިސަލްއާއި، ބ.ކިހާދޫ ޑޯރެންސީވިލާ އިބްރާހީމް ފަޟީލް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ
ބަޔާންތަކުގައި ޢަލީ ރާޝިދުގެ ގައިގައި އަޙްމަދު ޝަހީމް ކާރުން ޖައްސާފައިވަނީ އަޙްމަދު ޝަހީމްއަށް
ނޭނގިގެން ނޫންކަމަށާއި، އެކަން އަޙްމަދު ޝަހީމްކުރީ ގަސްދުގައިކަމަށާއި، އަދި އެހެން ބުނާ ސަބަބަކީ
އެދުވަހު އެތަނުގައި ތިބި ފުލުހުން އެކާރު ހުއްޓުވަން އަތްނަގާފައިވަނިކޮށް، ކާރު މަޑުކުރުމަށްފަހު ދެވަނަ
ފަހަރަށް ބާރު ސްޕީޑެއްގައި ފުލުހުންނާއި ވަރަށް ކައިރިއަށްގޮސް ކުއްލިއަކަށް ބުރަކި ޖައްސާ ކާރު
މަޑުކުރަން އުޅެފައިވާތީކަމަށް ބުނެފައިވުމުން، އަޙްމަދު ޝަހީމް ކާރު ދުއްވާފައި ދިޔައީ ކަނޑައެޅިގެން
ނުރައްކާތެރި ގޮތަކަށްކަމާއި އަދި އެގޮތަށް ދުއްވާފައި ދިޔުމުން މީހަކަށް ގެއްލުން ލިބިމުގެ އިޙްތިމާލު
އޮތްކަން އެކަށީގެންވާ މިންވަރަށް ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވެއެވެ.
3
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2009/HC-A/275
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ
ޖެނެރަލްއަކީ ޖިނާއީ ކުށްތަކާއި ގުޅިގެން ދިވެހިރާއްޖޭގައި ކުރާ އެންމެހައި ދަޢުވާތަކާއިބެހޭ ކަންކަން
ބަލަހައްޓާ ފަރާތްކަމުގައި އެނގެން އޮންނަކަމާއި، 223 ވަނަ މާއްދާގެ (މ) ގެ ދަށުން ކުށެއްކުރިކަމަށް
ތުހުމަތު ކުރެވިފައިވާ މީހަކާމެދު ދަޢުވާ އުފުލުމަށް ނުވަތަ ދަޢުވާ ނުއުފުލުމަށް ނިންމައިފައިވާ ނިންމުމެއް
މުރާޖަޢާކޮށް އެ ނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދަޢުވާއެއް އަނބުރާ ގެނައުން ޕްރޮސިކިއުޓަރ
ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނިފައި އޮތުމުން، ބ.އޭދަފުށީ ކޯޓުގެ ނަންބަރު
2009/F10C/20 ޤަޟިއްޔާގައި ދަޢުވާކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންކަމުން، އެ
މައްސަލައިގެ ތަޙްޤީޤުގެ މަރުޙަލާގައި ޢަލީ ރާޝިދު ދަޢުވާ ކުރަން ބޭނުންވާކަމަށް ބުނުމުން، އެމައްސަލަ
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެއޮފީހުގެ ފަރާތުން
އެމައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްފަހު، ބ.އޭދަފުށީ ކޯޓުގެ ނަންބަރު 2009/F10C/20 ޤަޟިއްޔާގެ
ޝަރީޢަތުގެ މަޖިލިހުގައި ޢަލީ ރާޝިދު ދަޢުވާ ކުރަން ބޭނުންނޫން ކަމަށް ބުނެފައިވީނަމަވެސް،
ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (މ) ގެ ދަށުން އެމައްސަލަ ދެން އަނބުރާ ގެންދިއުމުގެ ބާރު
އޮތީ ޕްރޮސިކިޔުޓަރ ޖެނެރަލްއަށްކަން އެނގޭކަމާއި، އަދި ޢަލީ ރާޝިދު ބ.އޭދަފުށީ ކޯޓުގެ ނަންބަރު
2009/F10C/20 ޤަޟިއްޔާގައި އަޙްމަދު ޝަހީމްގެ މައްޗަށް ދަޢުވާ ކުރަން ބޭނުންނުވާކަމަށް
ބުނިބުނުމުގެ މައްޗަށް ބަރޯސާވެ، ބ.އޭދަފުށީ ކޯޓުން އަޙްމަދު ޝަހީމްގެ މައްޗަށް ދައުލަތުންކުރި ދަޢުވާ
ސާބިތުނުވާކަމަށް ނިންމެވި ނިންމެވުމަކީ، ޤާނޫނީ އަދި ޝަރުޢީ އުސޫލުތަކާއި އެއްގޮތަށް އެކޯޓުން
ނިންމަވާފައިވާ ނިންމެވުމެއް ނޫންކަން މައްސަލަބެލި ފަނޑިޔާރުންނަށް
ޤަބޫލުކުރެވެއެވެ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ބ.އޭދަފުށީ ކޯޓުގެ
ނަންބަރު 2009/F10C/20 ޤަޟިއްޔާއަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލިހަށް ޤަބޫލުކުރެވެއެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
2009/HC-A/275
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހއ 22232
ބަޔާންކުރެވެން
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ބ.އޭދަފުށީ ކޯޓުގެ ނަންބަރު 2009/F10C/20 ޤަޟިއްޔާއަށް ބަދަލު
ގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް
އެއްބަސްވެވުނުހިނދު، ބ.އޭދަފުށީ ކޯޓުގެ ނަންބަރު 2009/F10C/20 ޤަޟިއްޔާގައި ނިންމަވާފައިވާ
ނިންމެވުން ބާޠިލުކޮށް، ޤާނޫނު ނަންބަރު 05/2009 (އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު)ގެ 60 ވަނަ
މާއްދާގެ (ނ) ގެ ދަށުން ބ.އޭދަފުށި(ވާރިޔާ އަޙްމަދު ޝަހީމް އެއްގަމުގައި އިންޖީނުލީ އެއްޗެއް މީހެއްގެ
ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިދާފަދަ ގޮތަކަށް ދުއްވުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް
ކަނޑައަޅައި، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 05/2009 (އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު)
ގެ 60 ވަނަ މާއްދާގެ (ނ) ގެ ދަށުން ބ.އޭދަފުށި ވާރިޔާ އަޙްމަދު ޝަހީމް (ދިވެހި ރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A063519) ގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 1 (އެކެއް) އަހަރު
ދުވަހުގެ މުއްދަތަށް ހިފެހެއްޓުމަށް ޙުކުމްކޮށް، އެގޮތުގެމަތިން މިޤަޟިއްޔާ ނިންމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;